ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/67

ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. ރިސްޒާޑް ލުރެންސް މަޖޫސްކީ

ދަށުކޯޓުގެ ނިންމުން ބާޠިލު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 25 ޖުލައި 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 232/VTR/2020ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 232/VTR/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރި ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކުރާތީ ވަޒީފާއާބެހޭ ޤާނޫނުގެ 87(ށ) ގެ ދަށުން 1 މަހުގެ މުސާރަ (USD10,000) ބަދަލުގެ ގޮތުގައި އަދި އަސްލު އެއްބަސްވުމުގެ މުސާރައިގެ މައްޗަށް ހިސާބުކޮށް ބާކީ މުސާރަ ނަގައިދިނުމަށް ނިންމިއެވެ.
ވާޤިޢާ
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރު ރަސްމީ ދަތުރެއްގައި ތައިލެންޑްގައި ހުއްޓާ ކޮވިޑް-19 ގެ ސަބަބުން ބޯޑަރުތައް ބަންދުވެ ރާއްޖެ ނައިސް ހުރެވުނެވެ. ކުންފުނިން 1 އޭޕްރީލް 2020 އިން ފެށިގެން މުސާރަ ކުޑަކޮށް، ޖުލައިން ފެށިގެން ނޯޕޭގައި ބަހައްޓައި، 2 މަހުގެ ނޯޓިސް ދީ 17 އޮގަސްޓް 2020 ގައި ވަޒީފާއިން ވަކިކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޮވިޑް-19 ގެ އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން މުވައްޒަފެއްގެ މުސާރަ ކުޑަކޮށް، ނޯޕޭގައި ބަހައްޓައި، ނޯޓިސް ދީގެން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯއާއި، 22 ސެޕްޓެމްބަރު 2020 ގައި ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) އޭގެ ކުރިން ހިނގި ކަންކަމަށް ތަޠުބީޤުކުރެވޭތޯ؛ އަދި އަސްލު އެއްބަސްވުމުގެ މުސާރައިގެ މައްޗަށް ފައިސާ ނަގައިދިނުން ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ޓްރައިބިއުނަލުން ޤާނޫނު ނަންބަރު 20/2020 މާޒީއަށް ތަޠުބީޤުކޮށް، ފަރާތްތަކުން ނުފާހަގަކުރި ކަންކަމަށް ބިނާކޮށް ނިންމާފައިވާ ކަމަށާއި، ތަކެތި ފޮނުވި ޚަރަދު އުނިނުކުރި ކަމަށެވެ. މުވައްޒަފު ބުނީ އިޖުރާއީ ޢަދުލުވެރިކަން ނެތްކަން އެ ޤާނޫނާ ނުލައިވެސް ސާބިތުވާ ކަމަށާއި، މުސާރަ ކުޑަކުރުމަށް އެއްބަސްނުވާ ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި މާލީ ދަތިކަން މުސާރައިން އުނިކުރެވޭ ޙާލަތެއްގެ ގޮތުގައި ނުހިމެނޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 20/2020 ކުރީގެ ކަންކަމަށް ތަޠުބީޤުކުރުމަކީ ގޯހެއް ކަމަށާއި، އެއްބަސްވުމުން ވަޒީފާދޭ ފަރާތަށް ޝަރުޠު ބަދަލުކުރުމުގެ ބާރު ދީފައިވާއިރު މުވައްޒަފު ލިޔުމުން އިންކާރު ނުކޮށް ޢަމަލުން ދުލެއް ދީފައިވާތީ މުސާރަ ކުޑަކުރުން ޞައްޙަ ކަމަށާއި، ސަބަބު ބަޔާންކޮށް ނޯޓިސް ދީ ހުރިހާ މުވައްޒަފުންނަށް އެޅި ފިޔަވަޅެއްގެ ގޮތުން ވަކިކުރިތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށް ކޯޓުން ނިންމިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޤާނޫނެއް ހިނގާނީ އެ ޤާނޫނު ފާސްކޮށް، ތަޞްދީޤުކޮށް، ގެޒެޓްކުރެވޭ ތާރީޚުގެ ފަހުން ހިނގާ ކަންކަމަށެވެ. ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއިން މާޒީއަށް ހިނގާ ޤާނޫނު ހެދުން މަނާކޮށްފައިވަނީ ކުށާ ގުޅޭގޮތުން ކަމަށާއި، މަދަނީ މުޢާމަލާތްތަކާ ގުޅޭގޮތުން އެފަދަ މަނާކުރުމެއް ޤާނޫނުއަސާސީގައި ނުފެނެއެވެ.

ވަޒީފާއާބެހޭ › ވަޒީފާއާ ބެހޭ

HN2 ޤާނޫނެއް ވުޖޫދުވުމުގެ ކުރީގެ ތާރީޚަކުން ފެށިގެން ހިނގާ ގޮތަށް ކުރިން ކުރި ކަމެއްގެ ޤާނޫނީ ޙާލަތު ބަދަލުކުރާ ޤާނޫނަކީ ރިޓްރޯއެކްޓިވް (retroactive) ޤާނޫނެއް ކަމަށާއި، ރިޓްރޮސްޕެކްޓިވް (retrospective) ޤާނޫނަކީ މުސްތަޤްބަލަށް ހިނގާ ނަމަވެސް މާޒީގައި ހިނގާފައިވާ ކަމެއްގެ މައްޗަށް އެހެން ނަތީޖާއެއް ހިމަނާފައިވާ ޤާނޫނެކެވެ.

ވަޒީފާއާބެހޭ › ވަޒީފާއާ ބެހޭ

HN3 ޤާނޫނު ނަންބަރު 20/2020 ގެ 47 ވަނަ މާއްދާގައިވާ ގޮތުން އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށާއި، މާޒީއަށް ހިނގާނެކަމަށް ބަޔާންކުރާ މާއްދާއެއް އޭގައި ނެތުމުން، އެ ޤާނޫނުގެ އުޞޫލުތައް އެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާ ނިމިފައިވާ ކަމެއްގެ މައްޗަށް ތަޠުބީޤުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ވަޒީފާއާބެހޭ › ވަޒީފާއާ ބެހޭ

HN4 އެއްބަސްވުމެއްގެ ޝަރުޠުތަކަށް އަމިއްލައަށް ބަދަލު ގެނެވޭތޯ ބެލުމުގައި ފުރަތަމަ ރުޖޫޢަވާންޖެހެނީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަށެވެ. ވަޒީފާދޭ ފަރާތަށް ޝަރުޠުތަކަށް ބަދަލު ގެނައުމުގެ ބާރު އެއްބަސްވުމުން ދީފައިވާއިރު، ބަދަލަށް އިޢުތިރާޒުކުރާނަމަ ނޯޓިސް މުއްދަތުގައި ލިޔުމުން އަންގަންޖެހޭ ކަމަށް ބަޔާންކޮށްފައިވާނަމަ، އެގޮތަށް އިންކާރު ނުކުރާ މުވައްޒަފު އެ ބަދަލަށް ރުހުނީ ކަމުގައި ބަލަންޖެހެއެވެ.

HN5 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންޓްރެކްޓާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ އަނެއް ބައިވެރިޔާ ދުލެއް ދީފިނަމަ ކަމަށްވާއިރު، ކުޑަކުރި މުސާރައަށް ލިޔުމުން އިންކާރު ނުކޮށް، ކުޑަކުރި މުސާރަ ނުލިބޭތީ ސުވާލުކުރުމާއި އެނބުރި އައުމުން ދޭނީ ކޮން މުސާރައެއްތޯ ސުވާލުކުރުމުން، މުވައްޒަފު އެ ބަދަލަށް ދުލެއް ދީފައިވާކަމަށް އިފްތިރާޟުކުރެވެއެވެ.

HN6 ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވެއްޖެކަމަށް ހަމައެކަނި ބުނެ މުވައްޒަފެއްގެ މުސާރައިން އުނި ނުކުރެވޭނެކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނަމަވެސް، ދެފަރާތުން ކުރެ ފަރާތަކުން މެދުވެރިނުކުރާ ބޯޑަރު ބަންދުވުމުގެ ސަބަބުން މުވައްޒަފަށް ވަޒީފާއަށް ނުނިކުމެވުނު ޙާލަތުގައި މުސާރަ ކުޑަކުރުމަކީ އެ އުޞޫލާ ޚިލާފު ކަމެއް ނޫނެވެ.

HN7 ވަޒީފާއިން ވަކިކުރި ސަބަބު ސިޓީގައި ބަޔާންކޮށް، އެއްބަސްވުމުގައިވާ ނޯޓިސް ދީ، ކުރިމަތިވި ޙާލަތާއި ފިޔަވަޅުތައް މުވައްޒަފަށް ބަޔާންކޮށްދެމުން ގޮސް، އެ ފިޔަވަޅަކީ ވަކި މުވައްޒަފަކަށް ނޫން، ހުރިހާ މުވައްޒަފުންނަށް އެޅި ފިޔަވަޅެއްނަމަ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަކިކުރިކަމަށް ނުބެލެވޭނެއެވެ.

HN8 ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމުގެ ބުރަ ވަޒީފާދޭ ފަރާތުގެ މައްޗަށް އޮތް ނަމަވެސް، ހުރިހާ ޙާލަތެއްގައި ޙައްޤުތައް އޮތީ ހަމައެކަނި މުވައްޒަފަށް ކަމަށް ނުބެލޭނެއެވެ. ކޮންމެ މައްސަލައެއް ބަލަންވާނީ އޭގެ ވަށައިގެން ހިނގާ ޙަޤީޤަތްތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި، ދުނިޔޭގެ ކޮވިޑް-19 ފަދަ ޚާއްޞަ ޙާލަތެއްގައި އަސްލު އެއްބަސްވުމުގެ ބޮޑު މުސާރަ ދިނުމަށް ވަޒީފާދޭ ފަރާތް ލާޒިމުކުރެވޭނެ ކަމެއް ނޫނެވެ.

HN9 ދެފަރާތުން ކުރެ ފަރާތަކުން ފާހަގަ ނުކުރި ނަމަވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބަލައި މައްސަލަ ނިންމުމަށް ފަނޑިޔާރަށް ހުރަހެއް ނެތް ނަމަވެސް، ފަރާތްތަކުން ނުފާހަގަކުރާ ޤާނޫނީ ނުކުތާތައް ފަނޑިޔާރު އަމިއްލައަށް އިސްވެ ފާހަގަކޮށް ގޮތް ނިންމުމަކީ އެއާ ތަފާތު ކަމެކެވެ. ހިންގަންޖެހޭ ޤާނޫނު ދެއްކުމަކީ ކޯޓުގެ އޮފިސަރުންގެ ގޮތުގައި ވަކީލުންގެ ޒިންމާއެކެވެ.

HN10 ދަށު ޓްރައިބިއުނަލުގައި ހުށަނާޅާ ނުކުތާއެއް (ތަކެތި ފޮނުވި ޚަރަދު ބަދަލުން އުނިކުރުން) އިސްތިއުނާފީ މަރުޙަލާގައި ގޮތް ނިންމަންޖެހޭ ސަބަބެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ފާޠިމަތު ޝިފާނާ، ތާނީފް ޝިރަން، މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ފަނޑިޔާރު ޢަބްދުލްމާނިޢު

ޙުސައިން ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 20VTR/20/232 މައްސަލަ އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސަން ސިޔާމް ރިސޯޓްސް" ނުވަތަ "އިސްތިއުނާފކުރު " ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ސްޕެއިންގެ ރައްޔިތެއްކަމަށްވާ، ރިސްޒާޑް ލުރެންސް މަޖޫސްކީ(Ryszard Lourence Majewski) (މީގެ ފަހުން "ރިސްޒާޑް" ނުވަތަ "އިސްތިއުނާފު ރައްދުވާ )" އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:

2ރިސްޒާޑް އަކީ ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ހިންގަމުން އައި އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް (މީގެ ފަހުން "އޮޅުވެލި ބީޗް)" ގައި ޖެނެރަލް މެނޭޖަރއެއްގެ މަޤާމުގައި 2 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން 6 ޑިސެންބަރު 2019 އިން ފެށިގެން ވަޒީފާ އަދާކުރަމުންދިޔަ ދާއިމީ މުވައްޒަފެކެވެ. ވަޒީފގާ އެއްބަސްވުން ނިމޭ ތާރީޚަކީ، 05 މާރިޗް 2021 އެވެ. ފުރަތަމަ އަސާސީ މުސާރައަކީ މަހަކު US$9500.00 (ނުވަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އެވެ. ޕްރޮބޭޝަން މުއްދަތަށްފަހު، އަސާސީ މުސާރައަކީ މަހަކު USD$10,000.00 (ދިހަހާސް އެމެރިކާ ޑޮލަރު) އެވެ. ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:0208/2005-C ޕާސްޕޯޓް ނަންބަރު:[…] ވަޒީފާއާބެހޭ އެއްބަސްވުން (ކޮންޓްރެކްޓް އޮފް އެމްޕްލޮއިމަންޓް އެންޑް ޖޮބް ޑިސްކްރިޕްޝަން) ވަޒީފާއާބެހޭ އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (d) ވަޒީފާގެ އެއްބަސްވުމުގެ 2 ގެ (a)

3އޮޅުވެލި ބީޗް ގައި ހުޅުވުމަށް ހަމަޖެހިފައިވާ ރސްޓޯރެންޓަކަށް ބޭނުންވާ ތަކެތެ ގަތުމަށް 2020، މާރިޗް 5 އިން 14 އަށް ރަސްމީ ދަތުރެއްގައި ރިސޒާޑް ތައިލެންޑްއަށް ދަތުރު ކުރިއެވެ. މިދަތުރުގައި ތައިލެންޑްގައި އުޅެނިކޮށް، ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން، ދިވެހިރާއްޖެ އާއި ތައިލެންޑްގެ ބޯޑަރު ބަންދވެ، ރާއްޖެ ނާދެވި ތައިލެންޑްގައި މަޑުކުރަން އޭނާއަށް ޖެހުނެވެ. މިކަން ސަން ސިޔާމް ރިސޯޓްސގް މެނޭޖްމަންޓްއަށް އެންގުމުން، އަނބުރާ ރާއްޖެ ނައިސް ތައިލެންޑްގައި މަޑުކުރުމަށް އިރުޝާދު ދިންކަމަށް ރިސޒާޑް ބުނެއެވެ.

4ކޮވިޑް -19ގެ ހާލަތާއި ގުޅިގެން، ބޯޑަރުތައް ބަންދުވެ، ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުމުގެ ސަބަބުން އޮޅުވެލި ބީޗަށްވެސް ފަތުރުވެރިން އައުން ހުއްޓި، އާމްދަނީ ނުލިބި ސަން ސިޔާމް ރިސޯޓްސްގެ މާލީ ހާލަތު ދަށަށް ދިޔަކަމަށް އެކުންފުނިން ބަޔާން ކުރެއެވެ. އެހެންވެ، ކުންފުނި ސަލާމަތް ކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށް ބުނެއެވެ. މިގޮތުން ސަން ސިޔާމް ރިސޯޓްސގައް ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފުންގެ މުސާރަތަކަށް 01 އޭޕްރީލް 2020 އިން ފެށިގެން ވަގުތީ ބަދަލު ގެންނަނަ ނިންމިއެވެ.

5މިނިންމުން ރިސްޒާޑްއަށްވެސް ޙިއްޞާ ކޮށްފައިވެއެވެ. 01 އޭޕްރީލް 2020 ގައި ރިސްޒާޑްއަށް އެޑްރެސްކޮށް ފޮނުވި ލިޔުމުގައި ހުރި އެހެނިހެން ކަންކަމުގެ އިތުރުން އެލިޔުމުގައި ބަޔާން ކޮށްފއިވަ އެވެ؛ Subject: Amendment to Employment Agreement Relating to Economic Downturn (COVID19) Further to the guidelines that has been made by the Board of Directors of Sun Siyam, with the aim to manage and sustain employment of all team members, and security of remuneration as we go through the economic downfall owing to the COVID-19 pandamic, please be advised that you st will be receiving the adjusted pay effective 1 April 2020 until further notice as follows: • Adjuested Basic Salary:USD 1200 per month. ސަން ސިޔާމް ރިސޯޓްސްގެ އެކްސްޕެންސް ރިކުއެސްޓް ފޯރމް. މިފޯރމްގައި ރިޓަރން ޑޭޓްއަކަށް ލިޔެފައިވަނީ 13 މާރިޗް 2020 ނަމަވެސް، ރިސްޒާޑް ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ހުށަހަޅާ ފޯމް އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓްގައި ބަޔާންކޮށްފައިވަނީ 14 މާރިޗް 2020 ކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމް (އެންޓްރީ ނަންބަރު 2020/4163) ގެ 7.2 ވަނަ ނުކުތާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް (އެންޓްރީ ނަންބަރު 2020/5005) ގެ 4.1.2 ވަނަ ނުކުތާ އަދި ހަމަ މިލިޔުމުގެ އެންމެ ތިރީގައި ބަޔާން ކޮށްފައިވަނީ؛ I,____________________ hereby acknowledge receiving a copy of the Amendment to Employment Agreement Relating to Economic Downturn (COVID19). ނަމަވެސް މިލިޔުން ލިބުނުކަމަށް ސޮއިކޮށް، ރިސްޒާޑް ފޮނުވިކަން އެނގޭކަށް ނެތެވެ.

6މިއެންގުން، ސަން ސިޔާމް ރިޒޯޓްސްއިން އަންގާފައިވަނިކޮށް، ރިސްޒާޑްގެ ފަރާތުން، 12 ޖުލައި 2020 ގައި ފޮނުވި އީ-މެއިލްގައި ކުޑަކުރި ކަމަށް ބަޔާންކުރާ މުސާރަވެސް އޭޕްރީލް މަހުން ފެށިގެން އޭނާއަށް ލިބެމުން ނުދަނީ ކީއްވެތޯ ސުވާލު އުފައްދާފައިވެއެވެ.

7ރިސޒާޑްގެ ފަރާތުން ފޮނުވި މެއިލް އާއި ގުޅިގެން، ސަން ސިޔާމް ރިސޯޓްސް އިން 16 ޖުލައި 2020 ގައި، ފޮނުވި ޖަވާބު މެއިލްގައި، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިކަމާއި ގުޅިގެން އެޅިފައިވާ ބައެއް ފިޔަވަޅުތައް ބަޔާން ކޮށްދީފައިވެއެވެ. އޭގެ ތެރޭގައި، އޭޕްރީލް މަހުން ފެށިގެން، ހުރިހާ ޑައިރެކްޓަރުން ނ -ޕޭގައި ބައިތިއްބފައި ތިބާ ކަމާއި، ޢަމަލީގޮތުން މަސައްކަތް ކުރަމުންދާ ގްރޫޕްގެ ޖ .އެމް އަދި އެނޫން ބައެއް މީހުންނަށް މިހާރު ދެމުންދަނީ ބަދަލު ގެނެވުނު ކުޑަ މުސާރަކަން ބަޔާން ކޮށްދީފައެވެ. މިގޮތުން، ރިސޒާޑްވެސް 2020 ވަނަ އަހަރު ނިމެންދެން ނ- ޕޭގައި ބަހައްޓަންޖެހޭ ކަން އަންގާފައިވެއެވެ. އަދި ދެފަރާތުން އެއްބަސްވި މުސާރަ އާ ޢިނާޔަތްތައް މިޙާލަތުގައި ދިނުމަކީ ކުރެވެން އޮތް ކަމެއް ނޫންކަމަށް ބަޔާންކޮށް، ރިސޒާޑް އެދޭނަމަ، މިމުއްދަތުގައި އެހެން މަޤާމެއް ހޯދުން ނުވަތަ ސަން ސިޔާމް ރިސޯޓްސގް މަޤާމުން ވަކިވެގެން ދިއުމުގެ ފުރުޞަތު ހުޅުވިފައި އޮތްކަން އެންގިއެވެ. އެހެން މީހުންނަށް އެފައިސާ މިހާރު ދެމުން ނުދިޔަނަމަވެސް، ބަދަލު ގެނެވުނު މުސާރައާއި އެއްގޮތަށް، އޭޕްރީލް، މެއި، ޖޫން މި ތިންމަހުގެ ފައިސާ ރިސޒާޑް އަށް ޖަމާކޮށްދޭނެކަން އަންގާފައިވެއެވެ. Relating to Economic Downturn (Covid 19) Amendment to Employment Agreement (01 އޭޕްރީލް 2020) “…Why my salary is not paid since April where there was a memo issued by you that I will receive 1200$.”

8ރިސޒާޑްގެ ފަރާތުން، 25 ޖުލައި 2020 ގައި، ސަން ސިޔާމް ރިސޯޓްސއަށް ފޮނުވި އީ-މެއިލްގައި ބަޔާންކުރަނީ އޭނާ އާއި ސަން ސިޔާމް ރިސޯޓްސް އާ ދެމެދު ހިނގަހިނގާ އޮތް އެއްބަސްވުމެއް އެބަ އޮތްކަމަށާއި، އެހެންކަމުން، މިހާރުވެސް އޭނާ ހުރީ މަޤާމުގައި ކަމަށްވާތީ، އޭނާއަށް އެއްބަސްވުމުގައި ވާގޮތަށް މުސާރަ ލިބެންޖެހޭނީ ހަމައެކަނި ޖޫންގެ ނިޔަލަށް ނޫންކަމަށް ބުނެ، ރިޒޯޓް ވިޔާފާރިއަށް ހުޅުވާލެވި، އެހެން މުވައްޒަފުންނަށް މުސާރަ ދޭއިރު ރިސޒާޑްއަށް މުސާރަދިނުން އެއްފަރާތް ކޮށްލުމަކީ ޤާނޫނީ ހަމައަކުން ރނަ ގަޅު ގޮތެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި އޭނާ ވަޒީފާއިން ވަކިވާނީ، އެހެން ވަޒީފާއެއް ލިބުމުން ކަމަށާއި، އޭގެ ކުރިން ވަޒީފާއިން ވަކި ކުރާނަމަ، އެއްބަސްވުމުގައިވާ ފުލް މުސާރައިން ދެމަސްދުވަހުގެ ނޯޓިސް މުއްދަތަށްވު ފައިސާ ދިނުމަށްފަހު އޭނާ ވަޒީފާއިން ވަކި ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

9މިމެއިލްއަށްފަހު، ރިސްޒޑާ ގެ ފަރާތުން ހަމަ އެދުވަހުގެ އެހެން ވަގުތެއްގައި ސަން ސިޔާމް ރިސޯޓްސއަށް ފޮނުވާފައިވާ މެއިލްއަކުން އެދިފައިވަނީ، އޭނާގެ ވަޒީފާއާބެހޭ ގޮތުން، ކުރިން ސާފުކުރަން އެދުނު ކަންކަން ސާފުކޮށް ދިނުމަށެވެ. މި ކަމާއި ގުޅިގެން، ސަން ސިޔާމްގެ ފަރާތުން އަންގާފައިވަނީ، ކުރިންވެސް ބަޔާންކުރިގޮތަށް، ރިސްޒާޑް ބެހެއްޓޭނީ ޖުލައި މަހުން ފެށިގެން ނ-ޕޭ ގައި ކަމަށެވެ. ނަމަވެސް ރިސޒާޑް ނިންމާ ގޮތެއް އެނގެން ބޭނުންވާ ކަމަށާއި، އެގޮތުން، މަޤާމުގައި ދެމި ހުންނާނީތޯ ނޫނީ މަޤާމުން ވަކިވެގެން ދާނީތޯ ގޮތެއް ކަނޑައަޅައި އަންގައިދިނުމަށް ސަން ސިޔާމް ރިސޯޓްސގެ ފަރާތުން އެދިފައިވެއެވެ.

10ކުންފުނީގެ މާލީ ހާލަތު ރަނގަޅު ނުވާތީކަމަށްބުނެ، 02 މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު، 17 އޮގަސްޓް 2020 ގައި ރިސޒާޑް ވަޒީފާއިން ވަކިކޮށްފައިވެއެވެ. 25 ޖުލައި 2020 ގައި ރިސް ޒާޑް ގެ ފަރާތުން ފޮނުވާފައިވާ މެއިލް 25 ޖުލައި 2020 ގައި ސަން ސިޔާމް ގެ ފަރާތުން ފޮނުވާފައިވާ މެއިލް 17 އޮގަސްޓް 2020 ގައި ފޮނުވި ވަޒީފާއިން ވަކިކުރިކަމުގެލިޔުން

11ރިސޒާޑް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި އަދި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޝޭންގެ "ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންވެންޝަން 1982" (ނަންބަރު 158) އިން ވަޒީފާއަދާކުރާ ފަރާތެއްގެ ޙައިޞިއްޔަތުން މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަމާއި އަސާސީ ޙައްޤުތައް ނ ގުޅައިގަނެ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ގޮތާއި ޚިލާފަށް، ވަޒީފާއިން ވަކިކޮށްފައިވާތީ، މިމައްސަލަ ބަލާ ނިމުމާހަމައަށް ވަޒީފާގައި ދެމިހުރިނަމަ އެއްބަސްވުމުގެ ދަށުން ލިބޭނެ މުސާރައާއި އިނާޔަތްތައް ހޯދުމަށް އެދި ރިސޒާޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ ނިންމި ގޮތް ތިރީގައި އެވަނީއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:

12ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 020VTR/2/232 މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށު ބެލިއިރު، އމައްސަލެ ނިންމާފައިވަނީ؛ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، ރިސްޑާޒް ލުރެންސް މަޖޫސްކީ، (ޕާސްޕޯޓް ނަންބަރު:[…])، 06 ޑިސެންބަރު 2019 އިން ފެށިގެން އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި އިންޓަރނޭޝަނަލް ލޭބަރ އޯގައިނައިޒޭޝަންގެ "ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންވެންޝަން 1982" (ނަންބަރު 158) އިން ވަޒީފާ އަދާކުރާ ފަރާތެއްގެ ހައިސިއްޔަތުން މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަމާއި އަސާސީ ހައްޤުތައް ނިގުޅައިގަނެ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ގޮތާއި ޚިލާފަށް 17 އޮގަސްޓް 2020 ވަނަ ދުވަހު މައްސަލަ ހުށަހަޅާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީ، މައްސަލަ ބަލާ ނިމުމާ ހަމައަށް ރިސްޑާޒް ލުރެންސް މަޖޫސްކީއަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން 01 އެޕްރީލް 2020 އިން 17 އޮގަސްޓް 2020 ގެ ނިޔަލަށް ލިބެންޖެހި ނުލިބިވާ -USD57,625.80/ (ފަންސާސް ހަތްހާސް ހަސަތޭކަ ފަންސަވީސް އެމެރިކާ ޑޮލަރު އަށްޑިހަ ސެންޓް) އަދި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި ރައްކާތެރިކަން ނިގުޅައިގަނެ ވަޒީފާގެ ރައްކާތެރިކަމުން ރިސްޑާޒް ލުރެންސް މަޖޫސްކީ މަޙްރޫމުކޮށްފައިވާތީވެ އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ދިވެހިރާއްޖެއަކީ ILO ގެ މެންބަރަކަށް ވިޔަސް، "ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންވެންޝަން 1982" (ނަންބަރު 158)ގައި، ދިވެހިރާއްޖެއިން ސޮއިކޮށްފައި އެއަށް ޢަމަލުކުރަން ނިންމާފައިވާކަން އެނގޭކަށް ނެތެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމް (އެންޓްރީ ނަންބަރު 2020/4163) ނެތިކަމަށް ކަނޑައަޅައިދިނުމަށް އެދި ރިސްޑާޒް ލުރެންސް މަޖޫސްކީގެ ފަރާތުން ސަން ޝިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 15 ނޮވެންބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން ބަލާފައިވާ މިމައްސަލައިގައި، ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތު މައްސަލަ ރައްދުވި ކުންފުންޏަށް މެދުވެރިވެފައިވާއިރު، އެކަމާ ގުޅިގެން މިމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފިޔަވަޅާއި 2 ވަނަ ނަންބަރުގައިވާ ފިޔަވަޅު އެޅުމަށް މައްސަލަ ރައްދުވި ފަރާތުން ނިންމި ނިންމުމަށް މައްސަލަ ހުށަހެޅި ފަރާތުން އެއްބަސްވެފައިނުވުމުން، އޭނާއަށް އިތުރު ވަޒީފާއެއް ހަމަޖައްސައިދޭން މައްސަލަ ރައްދުވި ފަރާތުން މަސައްކަތްކޮށް އިތުރު ވަޒީފާއެއްވެސް ހަމަޖައްސައިދެވޭނެ ގޮތެއް ނެތް ހާލަތުގައި، އެންމެ ޢަދުލުވެރި ގޮތަކީ އޭނާއަށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށްފަހު އޭނާ ވަޒީފާއިން ދޫކޮށްލުންކަމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުކަމުގައި ބުރަވެވުނު ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން އެފަރާތަށް އެއް މަސްދުވަހުގެ މސާރައިގު ގޮތުގައި ޖެހޭ USD10,000 (ދިހަހާސް އެމެރިކާ ޑޮލަރު) ނަގައިދިނުމަށާއި، 1 އޭޕްރީލް 2020 އިން ފެށިގެން 17 އޮގަސްޓް 2020 ގެ ނިޔަލަށް މައްސަލަ ހުށަހެޅި ފަރާތަށް މުސާރައިގެ ގޮތުގަ އާއި ނޯޓިސް މުއްދަތުގެ ގޮތުގަ އާއި ނޯޓިސްގެ މުއްދަތުގެ ލިބެންޖެހޭ ޖުމްލަ ޢަދަދަކީ USD65,483.87 (ފަސްދޮޅަސް ފަސްހާސް ހަތަރުސަތޭކަ އަށްޑިހަ ތިން އެމެރިކާ ޑޮލަރު އަށްޑިހަ ހަތް ސެންޓް) ކަން އެނގެމް އޮންނައިރު، މިޢަދަދުން މައްސަލަ ހުށަހެޅި ފަރާތަށް ނޯޓިސް ފައިސާއާއި މުސާރައިގެ ގޮތުގައި ދީފައިވާ USD7,858.72 (ހަތްހާސް އަށްސަތޭކަ ފަންސާސް އަށް އެމެރިކާ ޑޮލަރު ހަތްދިހަ ދެ ސެންޓް) އުނިކުރުމަށްފަހު ޖެހޭ ޢދަދަ ށްވަ 27USD57,626. (ފަންސާސް ހަތްހާސް ހަސަތޭކަ ސައްބީސް އެމެރިކާ ޑޮލަރު ތިން ސެންޓް) ނަގައިދިނުމަށް ކަނޑައަޅައި، އިސްވެބަޔާންކުރެވުނު ކަންތައްތައް މިއަދު 17 ޖަނަވަރީ 2022 އިން ފެށިގެން (ރަސްމީ ބަންދު ނޫން) 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭ ފުރިހަމައަށް ތަންފީޒުކުރުމަށްފަހު އެކަންތައްތައް ހަމަޖެހޭތާ (ރަސްމީ ބަންދު ނޫން) 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރަބިއުނަލަށް ލިޔުމުން އެންގުމަށް، މިމައްސަލަ ރައްދުވި ސަން ޝިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށް މިމައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ. މިމައްސަލަ މިގޮތަށް ނިންމުމުން، ސަން ސިޔާމް ރިސޯޓްސގެ ފަރާތުން އެމައްސަލަ ހައިކޯޓުގައް އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފީ ނުކުތާ:

13ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 20VTR/20/232 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ތިރގައިވީ ނުކުތތައާ ހުށަހަޅާ އެނުކުތތަކާ އާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.13 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2020VTR//232 މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތް 17 އޮގަސްޓް 2020 ގައި ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމށަ ކަނޑައަޅުއްވާފައިވަނީ 22 ސެޕްޓެންބަރު 2020 ގައި ފާސްކޮށް، ޢަމަލުކުރަންފަށާފައިވާ ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ރެޓްރިސްޕެކްޓިވްކޮށް ތަޠުބީޤުކޮށް ކަމަށްބުނެ ހުށަހެޅި ނުކުތާ.

2.13 މައްސަލައިގައި ހިމެނޭ އެއްވެސް ޙަސްމެއް ފާހަގަކޮށްފައިނުވާ ކަންކަމަށް ބިނާކޮށް މައްސަލަ ނިންމާފއިވާކަމަށްބުނެ ހުށަހެޅި ނުކުތާ.

3.13 އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލުގެ ގޮތުގައި USD10,000 (ދިހަހާސް އެމެރިކާ ޑޮލަރު) ނަގާދިނުމަށް ކަނޑައަޅުއްވާފައިވާއިރު، އެއަދަދުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމިއްލަ ތަކެތި އޭނާއަށް ފޮނުވުމަށް އިސްތިއުނާފުކުރާ ފަރާތުން ކުރި ޚަރަދު އުނިކޮށްފައިނުވުމަކީ ޢަދަލު އިންސާފުގެ ހަމަތަކާ ޚިލާފަށް ކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

14އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތތައާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތތަކާއާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .141- އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ އަޚްލާޤު ގޯސްވެގެން ނޫންކަމަށާއި، އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ މުސާރަ އޭނާއަށް ދެވޭނޭ މާލީ ޤާބިލުކަން ނެތުމުގެ ސަބަބުންކަމަށާއި އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތު ދިގުދެމި، ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓި، ކުންފުންޏަށް އާމްދަނީ ލިބުން ހުއްޓިފައިވާތީކަމަށެވެ. އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ނިންމާފައިވަނީ 22 ސެޕްޓންބަރެ 2020 ގައި ގެޒެޓުކޮށްފައިވާ ޤާނޫނު ނަންބަރު 2020/20 (ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ މާއްދާތައް އެމައްސަލައަށް ރެޓްރޮސްޕެކްޓިވްކޮށް ހިނގާނެކަމަށް މާނަކުރުމަށްފަހުކަމަށެވެ. މިގޮތުން ޤާނޫނުގެ 47 ވަނަ މާއްދާގައިވާގޮތުން، އެޤާނޫނަށް ޢަމަލުކުރަން ފަށާނީ އެޤާނޫނު ފާސްވެ، ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންކަމަށާއި، އެއީ 22 ސެޕްޓެންބަރު 2020 ކަމަށާއި، ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މިވަނީ އެޤާނޫނު އޭގެ ކުރީގެ ތާރީޚެއްގައި ހިނގާފައިވާކަމަށް ތަޠުބީޤުކުރައްވާފައިވާކަމަށެވެ. އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 18 ވަނަ މާއްދާއަށް ބަލާއިރު، ޤާނޫނެއް ހިނގަން ފަށާނީ ވަކި ދުވަހަކުންކަމަށް ބަޔާންކޮށްފައިވާނަމަ، އެޤާނޫނެއް ހިނގަން ފަށާ ދުވަހުގެ ކުރީދުވަސް ނިމޭ ހިސާބުންކަމަށް ބަޔާންކޮށްފައި އޮތުމުން، އޭޕްރީލް 2020 އިން ފެށގެނި 17 އޮގަސްޓް 2020 އާ ދެމެދު ހިނގާފައިވާ ކަމަކަށް 22 ސެޕްޓެންބަރު 2020 ގައި ޢަމަލުކުރަން ފެށި ޤާނޫނެއް ތަޠުބީޢުކުރެވޭނޭ ހަމައެއް ނޯންނާނެކަމަށެވެ. އެހެންކަމުން މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ އިޝާރާތްކުރެވުނު ދެ މާއްދާއަށް ބެލުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. .241- މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވާ ގޮތް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާއިރު، މިކަންކަމަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވަނީ އެފަދަ ޙާލަތެއްގައި ރީޒަނަބަލް ވަޒީފާދޭ ފަރާތަކުން ޢަމަލުކުރާނޭ ފަދައަކުންކަމަށް އިސްތިއުނާފުކުރާ ފަރާތުން އިތުރަށް ބުނެފައިވެއެވެ.

3.41- އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 9.1 އިން ފެށިގެން 9.4 ގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަމަކީ އެމައްސަލައިގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތް އަދި އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ފާހަގަކޮށްފައިވާ ކަންކަމެއް ނޫންކަމަށެވެ. އެހެންކަމުން މައްސަލައިގެ އެއްވެސ ޙަސްމެއް ހުށަހަޅާފައިނުވާ ކަމެއްގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމިދާނެކަމަށް ނުދެކޭކަމަށާއި، ވަކިން ޙާއްސަކޮށް މިނިސްޓްރީ އޮފް ހެލްތުގެ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރި ޤަރާރު އަދި ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު އަދި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުއަށް އެއްވެސް ޙަސްމަކު ހަވާލާދީ، އެއިން އެއްވެސް ޤާނޫނެއް މިމައްސަލައަށް ތަޠުބީޤުވާކަމަށް އަދި ތަޠުބީޢުކޮށްދިނުމަށް އެދިފައިވެސް ނުވާއިރު، އެޤާނޫނަށް ޢަމަލުކުރަން ފެށުމުގީ ކުރިން ހިނގާފައިވާ ކަމަކަށް އެޤާނޫނު އެޕްލައިކުރެވިދާނެކަމަކަށް ނުދެކޭކަމަށެވެ. .441-އިސްތިއުނާފީ ތިންވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ތައިލޭންޑްގައި ހުރެ، އޭނާއާއި އޭނާގެ އަނބިމީހާގެ ތަކެތި އެތަނަށް ފޮނުވާދިނުމަށް އެދުމުން، އިސްތިއުނާފުކުރާ ފަރާތުން ވަނީ އެތަކެތި ފޮނުވާދީފައިކަމަށާއި، އެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ވަރަކަށް އިންކާރުކޮށްފައިނުވާއިރު، މިފައިސާ އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭކަމަށް ކަނޑައެޅި ފައިސާގެ ތެރެއިން އުނިކުރެވެންޖެހޭ ފައިސާއެއްކަމަށް ވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިއިރު މިކަމަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:

15ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިސްތިއުނާފުކުރާ ފަރާތުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ބަޔާންކޮށް ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ ފައިސާ ނަގައިދޭނޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާދެއްވައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އުނިކުރި ފައިސާއަކީ ކުންފުނގީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އަޅަންޖެހުނު ފިޔަވަޅެއް ކަމުގައިވާތީ، އެފައިސާއަކީވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވާދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

16އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބާ ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތތަކާއާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .161- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިއިރު އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅާފައިވަނީ ހަމައެކަނި ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް އެކަނި ރިޢާޔަތްކޮށް ނޫންކަމަށާއި، އެގޮތަށް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ދިމާވެފައިވާ މާލީ ދަތިކަމާއި ގުޅިގެން އެވަގުތު މުވައްޒަފުން ދޫކޮށްލުން ނޫންގޮތެއް ނެތްކަމަށްބަޔާންކޮށްފައިވާތީ، އެފަދައިން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ސީދާ އެފަރާތް ޚިޔާރުކުރެވުނު ގޮތް ބަޔާންކޮށްދެވިފައިނުވާތީ އާއި ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް މުއްދަތަށްވާ ފައިސާ ދީފައިނުވާތީކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އުނިކުރުމަށް އެފަރާތުން އެއްވެސް އިރެއްގައި އެއްބަސްވެ އެކަމަށް އިޛުނަ ދީފައިނުވާނެކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި މުވައްޒަފުންގެ މުސާރައިން އުނިކުރެވިދާނެ ހާލަތް ބަޔާންކޮށްފައިވާއިރު މިހާލަތްތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުން ހިމެނިފައިނުވަނީސް، އަދި މިހާލަތް އެމާއްދާގައި ހިމެނިފައިނުވާއިރު، އަދި އެމާއްދާ ހިމެނޭގޮތަށް އެމާއްދާ ރައްޔިތުންގެ މަޖިލީހުން ބައްޓަންކޮށްފައިނެތީސް، ވަޒީފާދޭ ފަރާތަކަށް މުވައްޒަފެއްގެ މުސާރައިން އުނިކުރުމުގެ ޙައްޤެއް ލިބިގެންނުވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ މުއްވައްޒަފުންނަށް ފުރިހަމަ މުސާރަދީގެން ގެންގުޅެވޭނެ މާލީ ޤާބީލުކަން ނެތްނަމަ މުވައްޒަފުންނަށް ނޯޓިސް ދިނުމަށްފަހު ނުވަތަ އެމުއްދަތައްވާ ފައިސާ ދިނުމަށްފަހު މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު އިސްތިއުނާފުކުރާ ފަރާތަށް އޮތްނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން އެފުރުސަތުގެ ބޭނުންނުކޮށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ނުގަބޫލުގައި އެފަރާތާއި އެއްވެސް މަޝްވަރާކުރުމެއްނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުގު ނުޤަބޫލުގައި އެއްވެސް މަޝްވަރާކުރުމެއްނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރަ ކުޑަކޮށް އެއަށް ފަހު މުސާރަ ނުލިބޭ ގޮތަށް ބަހައްޓައި އަދި އެއަށްފަހު ވަޒީފާއިން ވަކިކުރުންމިއީ ރީޒަނަބަލް ވަޒީފާދޭ ފަރާތަކުން ޢަމަލުކުރާނޭ ގޮތެއް ކަމަކަށް ޤަބޫލުނުކުރެވޭކަމަށެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށްކަން ސާބިތުވާތީކަމަށާއި، މިކަންކަމަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ރިޢާޔަތްނުކޮށްވެސް ސާބިތުވާކަންކަމަށްވތާ މިމައްސަލައިގައި އިޖުރާއީ އަދަލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމަށެވެ. .261- އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ޓްރައިބިއުނަލް ރިޕޯޓުގެ 9.1 އިން ފެށިގެން 9.4 ގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަމަކީ ކޮވިޑް -19 އާ ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުން އިސްތިއުނާފުކުރާ ފަރާތަށްވެސް ތަހައްމަލު ކުރަންޖެހުނުކަން ސާބިތުކުރުމަށް ހުދު އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިހުރިކަނކަންކަމަށާއި، އިސްތިއުނާފީ ދެވަނަ ނުކުތާއިން އިސްތިއުނާފުކުރާ ފަރާތް ސާބިތުކުރަން ބޭނުންވާ ކަންކަން ސާފުނުވާކަމަށެވެ. .361- އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގަ ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ތަކެތި ތައިލޭންޑަށް ފޮނުވުމަށް ހިނގި ޚަރަދު އަނބުރާ ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުން އެއްވެސް އިރެއްގައި އަންގާފަނުވާކަމަށެވެ. އަދި މިކަން ކޮށްދިންއިރު، މިއީ އަނބުރާ ރައްދުކުރަންޖެހޭ ފައިސާއެއްކަމުގައި އެއްވެސް އިޝާރާތެއް ކުރުމެއްނެތި މިހާރު މިފައިސާ ހޯދުމަށް މަސައްކަތްކުރުމަކީ ކުންފުނީގެ bad faith ދައްކުވައިދޭ ކަމެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ސިފަކުރެވޭކަމަށާއި، މިފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނަގައިދެވިފައިވާ ގެއްލުމުގެ ބަދަލުން އުނިކުރެވޭނޭ ފައިސާއެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭމަށެވެ. އަދި މިމައްސަލައި ގައި ނަގާދީފައިވާ ބަދަލަކީ ޢަދުލުވެރި ބަދަލެއްތޯ ބަލާއިރު، ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު 2017/SC-A/44 ޤަޟިއްޔާއާއި 2019/SC-A/68 ޤަޟިއްޔާ އަދި ނަންބަރު 2018/SC-A/12 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތައް މިމައްސަލައަށް ތަޠުބީޤުކުރާނަމަ އިސްތިއުނާފު ރައްދުވާ ފަރާތަށްވެސް އެންމެ މަދުވެގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2 މަސްދުވަހުގެ އަސާސީ މުސާރައަށްވާ ފައިސާލިބެންޖޭހެނެކަމަށާއި، އެހެންނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލައިގައި ހުށަހެޅިފައިވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ނަގާދީފައި ވަނީ 1 މަސްދުވަހުގެ މުސާރައަށްވާ ފައިސާކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ދޭންޖެހޭ ގެއްލުމުގެ ބަދަލަށްވާ ފައިސާއިން އިސްތިއުނާފު ރައްދުވާ ފަރާތުގެ މުދާ ތައިލެންޑަށް ފޮނުވަން އެފަރާތުން ކުރި ޚަރަދު ކަނޑާނަމަވެސް އަދިވެސް އިތުރަށް ފައިސާ ދައްކަންޖެހެނީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

17އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2020VTR//232 މައްސަލައި ގެ ނިންމު މަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދެއްވައި، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖރު އީ ޢަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައިކަނާ ކަނޑައަޅުއްވައިދެއްވައި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާގެ މަސައްކަތްކުރި ދުވަހަށްވާ ފައިސާގެ ގޮތުގައި ޓްރައިބިއުނަލުން ނަގާދީފައިވާ ޖުމްލަ 27USD57,626. (ފަންސާސް ހަތް ހާސް ހަސަތޭކަ ސައްބީސް އެމެރިކާ ޑޮލަރު ހަތްދިހަ ދެ ސެންޓް) އާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދީފައިވާ USD10,000.00 (ދިހަހާސް އެމެރިކާ ޑޮލަރު) އަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ ފައިސާކަން ކަނޑައަޅައިދެއްވައި މިފައިސާ އެކީ އެއްފަހަރާ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދެވޭންޖެހޭކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމައިވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް :

18މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:20VTR/20/232 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާއާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ: ޤާނޫނު ނަންބަރު:2020/20 ތަޠު ބީޤް ކުރިގޮތާގުޅޭ:

19އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގެ ފުރަތަމަބައި، ބިނާކޮށްފައިވަނީ ޤާނޫނު ނަންބަރު:2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މާޒީއަށް ތަޠުބީޤު ކޮށްފައިވު ކަމަށް ބުނެއެވެ.

20HN1ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ބާވަތެއްގެ ޤާނޫނެއް ކަމަށްވިޔަސް، އެޤާނޫނެއް ހިނގާނީ، ކަނޑައެޅިގެން އެޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެޤާނޫނެއް ފާސްކޮށް، ތަޞްދީޤުކޮށް ގެޒެޓްކުރެވޭ ތާރީޚުގެ ފަހަށު ހިނގާ ކަންކަމަށެވެ. މިއީ ޢާންމު އުޞޫލެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއިން، މާޒީގެ ޙާލަތަށް ޤާނޫނުތައް (ex post facto laws) ހެދުން މަނާ ކޮށްފައިވަނީ ކުށާއި ގުޅޭ ގޮތުންނެވެ. މަދަނީ، ޢާއިލީ މުޢާމަލާތްތަކާއި ގުޅޭ ގޮތުން މާޒީއަށް ހިނގާގޮތަށް ޤާނޫނު ހެދުން މަނާކުރާ މާއްދާއެއް ޤާނޫނުއަސާސީގައި އޮތްކަމަށް ނުފެނެއެވެ.

21HN2އެޤާނޫނެއް ވުޖޫދުވުމުގެ ކުރިން ކޮށްފައިވާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ޤާނޫނީ ޙާލަތު އެ ޤާނޫނަކުނޫ ބަދަލުކޮށްލައި އެޤާނޫނު ވުޖޫދު ވުމުގެ ކުރީގެ ތާރީޚަކުން ފެށިގެން އެޤާނޫނެއް ހިނގާގޮތަށް އޮތްނަމަ، އެއީ ރިޓްރޯއެކްޓިވް (retroactive) ޤާނޫނެކެވެ. ނަމަވެސް ރިޓްރޮސްޕެކްޓިވް (retrospective) ޤާނޫނަކީ، އެޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ފަހަށް ހަމައެކަނި މުސްތަޤްބަލަށް ހިނގާނެ (prospective) ނަމަވެސް، މާޒީގއަ ހިނގާފައިވާ ކަމެއްގެ މައްޗަށް އެހެން ނަތީޖާއެއް ހިމަނާފައިވާ ޤާނޫނެވެ.

22އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު އޮތް ވަޒީފާގެ ގުޅުމާއިމެދު ދެބަސްވުން އުފެދިފައިވާ މުއްދަތު ފެށިގެން ގޮސްފައިވާކަމަށް ބެލެވެން އޮތީ، 01 އޭޕްރީލް 2020 އިން 17 އޮގަސްޓް 2020 ގެ ނިޔަލަށެވެ. ސުވާލު މިކުރެވެނީ، މިމުއްދަތުގެ ތެރޭގައި، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ހިންގާފައިވާ މުޢާމަލާތުތަކެއްގެ މައްޗަށް 22 ސެޕްޓެމްބަރު 2020 ގައި ޢަމަލު ކުރަންފެށި ޤާނޫނެއް ހިންގުން ނުވަތަ އެޤާނޫނުގެ އަސަރު އެމުޢާމަލާތްތަކުގެ މައްޗަށް ހިންގުމުގެ މައްޗަށެވެ.

23HN3ޙަވާލާދެވޭ ޤާނޫނު ތަޞްދީޤުކޮށް ގެޒެޓް ކޮށްފައިވަނީ 22 ސެޕްޓެމްބަރު 2020 ގައެވެ. އެޤާނޫނަށް ޢަމަލު ކުރަންފަށާނީ، އެ ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށް އެޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މި ޤާނޫނުގެ އެއްވެސް މާއދާއެއްގައް މިޤާނޫނު ހިނގާންފަށާނީ، ޤާނޫނު ނަންބަރު:2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، 12 މާރިޗު 2020 ގައި "ކޮވިޑް -19 އާއި ގުޅިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު" އިޢުލާނު ކުރި ތާރީޚުން ފެށިގެން، ނުވަތަ މާޒީގެ ވަކިތާރީޚަކުން ފެށިގެން (retroactive) ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތެވެ. އަދި އެޤާނޫނުގެ އެއްވެސް މާއްދާއެއްގެ އަސަރު އެޤާނޫނު ފާސްވުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތްތަކުގެ ނަތީޖާ ބަދަލު ކުރެވޭ ގޮތަށް ބަޔާންކޮށްފައި އޮތްކަމަކަށް ނުފެނެއެވެ. ވީމާ، ޤާނޫނު ނަންބަރު:2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ބަޔާންކުރާ އުޞޫލުތަކެއް، އެޤާނޫނު ވުޖޫދުވެ ހިންގާން ފެށުމުގެ ކުރިން ހިނގާނިމިފައިވާ ކަމެއްގެ މައްޗަށް ޠަތްބީޤު ކޮށްފައިވަނީ ރނަ ގަޅަކަށް ނޫނެވެ.

24މިނުކުތާއާއި ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުން ދިން ރައްދުގައި، ޓްރައިބިއުނަލުން މިމައްސަލަ ނިންމިއިރު، އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ނުވާކަމަށް ނިންމީ ހަމައެކަނި ޤާނޫނު ނަންބަރު:2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މާޒީއަށް ހިންގައިގެން ނޫންކަމަށް ބުނާތީ، މިނުކުތާގައި އިސްތިއުނާފުކުރާފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ޚުޞޫމާތެއް އޮތްކަމަކަށް ނުފެނެއެވެ. އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް އެއްބަސްވުން ބަދަލު ކުރުން:

25HN4އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ރައްދު ދެމުން، އިސްތިއުނާފު ރައްދުވާ ފަރާތުން، ފާހަގަކުރި މައިގަނޑު އަނެއް ކަމަކީ، ވަޒީފާގެ އެއްބަސްވުމަށް އިސްތިއުނާފުކުރާ ފަރާތުން ބަދަލު ގެނެސް މުސާރަ ކުޑަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހެއް ރުހުމެއް ނެތި ކަމަށެވެ. އެއްބަސްވުމުގެ އެއް ބައިވެރިއަކު އަމިއްލައަށް (unilaterally) އެއްބަސްވުމަށް ބަދަލުގެނެސް މުސާރައަށް ބަދަލު ގެނައުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. މިކަން ބެލުމަށްޓަކައި، ފުރަތަމަވެސް ރުޖޫޢަވާންޖެހެނީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި ބުނާ އެއްޗެއް ބެލުމަށެވެ. ސަބަބަކީ، މިޚުޞޫމާތުގެ ޙަކަމަކީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ކަމަށްވާތީއެވެ.

26މިގޮތުން ބަލާއިރު، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ 17 ވަނަ މާއްދާގައި ބަޔާން ކުރަނީ؛

17. Governing Rules: a. This Contract shall be governed by the laws and regulations of the Republic of Maldives and the policies and procedures of Sun Siyam Pvt Ltd. b. Employer reserves the right to make changes at any time to any of the terms and conditions in this Contract of Employment. You will be notified of any minor changes of detail and any such changes take effect from the date of notification. You will be given not less than seven (7) days written notice of any changes. Such changes will be deemed to be accepted unless you notify employer of any objection in writing before the expiry of the notice.

27ވީމާ، މިމައްސަލައިގައި، ސަން ސިޔާމް ރިސޯޓްސް އަށް އަމިއްލަ (unilaterally) އަށް ވަޒީފާގެ އެއްބަސްވުމަށް ބަދަލު ނުގެނެވޭނެ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ވާހަކައަކީ މުޅިން ރނަ ގަޅު ވާހަކައެއް ނޫނެވެ. އެބަދަލު ގެނައުމުގެ ބާރު ދެފަރާތުންވީ އެއްބަސްވުމުގައި އެވަނީ ސަން ސިޔާމް ރިސޯޓްސްއަށް ދީފައެވެ. އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތީ، އެފަދަ ބަދަލެއް ގެނައިކަން އެންގުމަށް ދޭ ނޯޓހުގި މުއްދަތުގައިއެބަދަލަކަށް އިންކާރު ކުރާނަމަ އެކަން ބަޔާން ކުރުމެވެ. އެފަދައިން އިންކާރު ކުރާކަނ އަންގާފައިނުވާނަމަ، އެބަދަލަކާއިމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ރުހުނީ ކަމުގައި މި އެއްބަސްވުމުގެ ދަށުން ބަލަންޖެހެއެވެ.

28ކޑިވޮ-19 އާއި ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ހީނަރކުން، ސަން ސިޔާމް ރިސޯޓްސއަށްވެސް ތަހައްމަލް ކުރަންޖެހުނުކަން ޓްރައިބިއުނަލުންވެސް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އެކަމުގެ މައްޗަށް ބަލައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމް ކުރެވިފައިވާކަމަށް ޓްރައިބިއުނަލުންވެސް ޤަބޫލުކޮށްފައިވެއެވެ. އަދި އެކަމާއިމެދު ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއް އޮވެގެން ޖަދަލެއް ކޮށްފައިވާކަން ފެންނާކަށް ނެތެވެ.

29މިދެންނެވި އިޤްތިޞާދީ ހީނަރުކަމާއި ގުޅިގެން، ސަން ސިޔާމް ރިސޯޓްސްގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ހިމެނޭ އެއްކަމަކީ، 01 އޭޕްރީލް 2020 އިން ފެށިގެން މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް ދަށް ކުރުމެވެ. އެބަދަލު އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައަށްވެސް ގެނެސް، އެކަން 01 އޭޕްރީލް 2020 ގައި އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައި އެބަ އޮތެވެ. މިކަން އަންގާ ފޮނުވި ލިޔުމުގައި ބަޔާން ކުރަން; “…as we go through the economic downfall owing to the COVID-19 pandamic, st please be advised that you will be receiving the adjusted pay effective 1 April 2020 until further notice, as follows: Adjusted Basic Salary:USD 1200 per month…” މިފަދައިންނެވެ. ސުވާލަކީ، ކުރިން ބަޔާންކުރި އެއްބަސްވުމުގެ މާއްދާގައި އޮތް ގޮތަށް، މި ބަދަލާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔުމުން އިންކާރު ކޮށްފައި ވ ހެއްޔެވެ؟ އިސްތިއުނާފު ރައްދުވާ ފަރާތުން ޓްރައިބިއުނަލްގައި އަދި މިކޯޓުގައިވެސް ބުނެފައިވަނީ، މި ބަދަލަށް އާބަސް ދީފައި ނުވާނެ ކަމަށެވެ.

30HN5ނަމަވެސް، 01 އޭޕްރީލް 2020 ގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައަށް ގެނެވުނު ބަދަލު އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާ ފޮނުވި ލިޔުން ލިބުނުކަނވެސް އަދ އެބަދަލަށް އިންކާރުކުރާ ކަންވެސް ލިޔުމުން ބަޔާންކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ސަން ސިޔާމް ރިސޯޓްސއަށް ހުށަހަޅާފައެއް ނެތެވެ. ނަމަވެސް އެބަދަލު އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައަށް ގެވުނުކަން އޭނާއަށް އެނގޭކނަ އެނގެއެވެ. އެހެނީ، އެބަދަލާއި އެއްގޮތަށް މުސާރަ ޖަމާ ނުކުރާތީ، އެކަމާމެދު ސުވާލުކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ސަން ސިޔާމް ރިސޯޓްސްއަށް މެއިލް ކޮށްފައިވެއެވެ. އެމެއިލްގައި ބަޔާން ކުރަނީ؛ “…why my salary is not paid since April where there was a memo issued by you that I will receive 1200$. To date I have not received an offical document as to why I am not getting paid. …I need a date when to return and what salary will be paid once I start my duties.... If the company no longer needs my services then they can pay my 2 months notice period And I can continue with my life….” މިފަދައިންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން، މި މެއިލްގައވެސި، މުސާރަ ކުޑަ ކުރި ކުރުމާމެދު އިންކާރުކޮށް ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް ޝަކުވާއަކީ، ކުޑަކުރި މުސާރަ އޭޕްރީލް މަހުން ފެށިގެން ލިބެމުން ނުދާކަމުގަ ޝަކުވާއެވެ. ކުޑަކުރި މުސާރައާ މެދު އެއްބަސްވުމުގައިވާ ގޮތަށް ލިޔުމުން އިންކާރުނުކޮށް، އެއްބަސްވުމާއި އެއްގޮތަށް އަސާސީ މުސާރަ ޖަމާ ނުކޮށްގެން ޝަކުވާ ކުރުމުގެ ބަދަލުގައި ކުޑަކުރި މުސާރަ ޖަމާނުވާކަމަށް ބުނެ ސުވާލު ކުރީ އެކަމާމެދުގައެވެ. އަދި އެނބުރި އައުމުން، ދެން ދޭނީ ކޮން މުސާރައެއްހޭ؟ ބުނެ ސުވާލު ކޮށްފައިވުމުން، ޙާލަތާއި ގުޅިގެން ކުޑަކުރި މުސާރައަށް އިންކާރު ނުކުރާކަމަށް ބުރަވެވެން އޮވެއެވެ.

31ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "....މިއާޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކޮށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު އޮތް ވަޒީފާގެ އަސްލު އެއްބަސްވުމަށް އިސްތިއުނާފުކުރާ ފަރާތަށް ބަދަލު ގެނެވިދާނެކަން އެއެއްބަސްވުމުން އެނގެން އޮވެފައި، އެބަދަލާމެދު ލިޔުމުން އިންކާރު ކުރުން ލާޒިމުވާ ފަރާތަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ކަމަށްވާއިރު، އެކަމަށް އިންކާރު ނުކޮށް، ޤާނޫނު ނަންބަރު 91/4 އެބަދަލާ އެއްގޮތަށް މުސާރަ ނުދީގެން ސުވާލު ކުރުމާއި، އަދި އެނބުރި އައުމުން ދޭނީ ކޮން މުސާރައެއްތޯ ކުރި ސުވާލުން އިފްތިރާޟު ކުރެވޭ ކަމަކީ، އަސްލު އެއްބަސްވުމުގައި އަސާސީ މުސާރައާ ގުޅޭ ގޮތުން އޮތް ބަޔަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޙާލަތާއި ގުޅިގެން ދުލެއް ދީފައި އޮތީ ކަމަށެވެ.

32ވީމާ، ކޮވިޑް -19 އާއި ގުޅިގެން، ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމާއި ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރަ ކުޑަކޮށްފައިވަނީ އެކަމުގެ ސަބަބު ބަޔާންކޮށް، އެއީ އެކަށީގެންވާ ސަބަބެއްކަމަށް ޤަބޫލު ކުރެވޭ ޙާލަތުގައި، އަދި ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާއި އެއްގޮތަށް ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރަ ކުޑަކުރި އިޖުރާއަތުގައި ގޯހެއް އޮތްކަމަށް ބުރައެއް ނުވވެ އެވެ.

33HN7ހަމައެހެންމެ، 01 އޭޕްރީލް 2020 ގައި އިސްތިއުނާފުކުރާ ފަރާތަށް އެންގި އެންގުމުގައި، ކުރިމަތިވެފައިވާ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތަށް ވަޒީފާ ދޫކޮށްލުމަށް ފުރުޞަތު އޮތްކަން އަންގާފައިވެއެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުންވެސް، ވަކި ގޮތެއް ނިންމާ ސަން ސިޔާމް ރިސޯޓްސއަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްޗެއް އަންގާފައެއް ނެތެވެ. އެހެންވެ، 12 ޖުލައި 2020 ގައި، އިސްތިއުނާފު ރައްދުވާ ފަރާތުން، ކުޑަކުރި މުސާރަ ޖަމާ ނުވާތީ އެކަމުގެ ސުވާލު ހިމެނޭ ގޮތަށް ސުވާލުތަކެއް ކޮށްފޮނުވި އީ-މެއިލްއަށް ދިން ޖަވާބުގައި ސަން ސިޔާމް ރިޒޯޓުން ބުނެފައިވަނީ؛ “…one such decision was having all Directors on No-pay since April indefinitely. This includes Group GM…who are actively working on sites are given the adjusted allowance. Even though the borders have opened yesterday, the business pickup and forcast over the next months are not at all healthy and we have to be very frugal in how we manage our costs if we are to survive even until the end of the year. As such we have scaled down the operational team at all the resorts to the bare minimum and the others will be sent off (expat) or asked to stay back at their Islands with a lower allowance. Unfortunately this also means that we will have to keep you on No-pay atleast until the end of the year. This is indeed a very difficult decision but we will simply not be able to support you on the agreed remuneration package given the circumstances. ….To that end we will be flexible if you seek other positions during this time or decide to leave our employment. We will also be depositing the 3 months adjusted pay allowance for the months April to June to your account as a special circumstance, even though others on the same level will not get this allowance. Please let us have your decision at your earliest convenience…”

34ވީމާ ކޮވިޑް 19 އާއި ގުޅިގެން، ކުރިމަތިވި އިޤްތިޞާދީ ޙާލަތު އަދި އެކި ފަންތީގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލު، އަދި ނޯޕޭގައި މުވައްޒަފުން ތިބިކަން އެކަށީގެންވާ ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ބަޔާންކޮށްދެމުން ގޮސްފައިވާކަން އެނގެއެވެ. އަދި ކުޑަކުރި މުސާރައިން އޭޕްރީލް މަހުން ފެށިގެން ޖޫން މަހާއި ހަމައަށް ފައިސާ ޖަމާކޮށްދޭނެކަމާއި އެއަށްފަހު ޖުލައި މަހުން ފެށިގެން އަހަރުގެ ނިޔަލަށް، އިސްތިއުނާފު ރައްދުވާ ފަރާތްވެސް ނ-ޕޭ ގައި ބަހައްޓަންޖެހޭކަން އެވަނީ އަންގާފައެވެ. އަދި އެމުއްދަތުގައި އެހެން ވަޒީފާއެއް ހޯދުމުގެ ފުރުޞަތު ދީފައި ވެއެވެ. އަދި މުސާރަ ކުޑަކުރުމާއި، ނޯޕޭ ގައި ބަހައްޓާފައިވަނީ ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތް ނޫންކަން އެނގެއެވެ.

35މީގެ ރައްދުގައި، ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ އަސްލު އެއްބަސްވުމާއި އެއްގޮތަށް މުސާރަ ދޭންޖެހޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ބަޔާންވެދިޔަ މަޢުލޫމާތު އެގޮތަށް، އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމުންނެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރަން އެދޭނަމަ، އަސްލު އެއްބަސްވުމުގައިވާ މުސާރައިން ދެ މަސްދުވަހުގެ ނޯޓިސް މުއްދަތަށް ފައިސާ ދޭންޖެހޭނެ ކަމަށްވެސް ބަޔާންކުރީ އެފަހުންނެވެ. އަދި ވަޒީފާއިން އިސްތިއުފާ ދޭނީ އެހެން ވަޒީފާއެއް ލިބުމުން ކަމަށު ބަޔާންކޮށްފައިވަނީވެސް މިދެންނެވި މަޢުލޫމާތަށް ފަހުގައެވެ. ވީމާ، އަސްލު އެއްބަސްވުމުގައި އޮތް މުސާރަ ދޭންޖެހޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން، ބުނެފައި މިވަނީ ކުޑަކުރި މުސާރަވެސް ނުލިބޭ ގޮތަށް، ޖުލައި މަހުން ފެށިގެން، އަހަރުގެ ނިޔަލަށް ނ-ޕޭ ގައި ހުންނަންޖެހޭކަން އެންގުމުންކަމަށް ބުރަވެވެން އޮވެއެވެ. އޭގެ ކުރިން ކުޑަކުރި މުސާރައަށް އިންކާރު ކޮށްފައި ނުވާކަމަށް ބުރަވެވެން އޮވެއެވެ. 2020 ޖުލައި 16 ގައި ސަން ސިޔާމް ރިސޯޓްސް އިން ރިސްޒާޑް އަށް ފޮނވު އީ -މެއިލް.

36HN6އިސްތިއުނާފު ރައްދުވާ ފަރާތުން، ޤާނޫނު ނަންބަރު:2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ އާ ޙަވާލާދީ، މުވައްޒަފެއްގެ މުސާރައިން ކެނޑުން ހުއްދަވާ މިންވަރަކީ، ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރުކަމަށް ބަޔާންކޮށް ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވުމަކީ، މުސާރައިން އުނިކުރެވޭނެ ކަމެއް ނޫންކަމަށް ބަޔާން ކުރެއެވެ. ވަޒީފާދޭ ފަރާތުގެ މާލީޙާލަތު ދަށްވެއްޖެކަމަށް ހަމައެކަނި ބުނެ މުވައްޒަފެއްގެ މުސާރައިން އުނި ނުކުރެވޭނެކަމަށް ބުނާ ބުނުމަކީ ރނަ ގަޅު ވާހަކައެކެވެ. ނަމަވެސް މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާދިން ފަރާތުގެ މާލީ ޙާލަތު ދަށްވުން އއ މުސާރައިން އުނިކުރި ހަމައެކަނި ސަބަބެއް ނޫނެވެ. ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެގެ އަދި ތައިލޭންޑް ބޯޑަރު ބަންދުކުރިއިރު، އިއްތިފާޤުންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން ހުރީ ރަސްމީ ދަތުރެއްގައި ތައިލެންޑު ގައެވެ. ރަސްމީ ބޭނުން ނިމުމަށްފަހުވެސް، ވަޒީފާ އަދާކުރަންޖެހޭ ތަނަށް ވަޒީފާއަށް ނުކުތުމަށްޓަކައި ކުރަންޖެހޭ ދަތުރު ކުރެވޭނެ ގޮތެއްނެތިފައެވެ. އެހެން ގޮތަކަށް ބުނާނަމަ، ވަޒީފާ އަދާކުރާ ތަނަށް ވަޒީފާއަކަށް ނުނިކުމވެއެވެ. މިއީ ދެފަރާތުން ކުރެ ފަރާތަކުން މެދުވެރިކުރުވި ޙާލަތެއް ނޫނެވެ.

37އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، 17 އޮގަސްޓް 2020 ގައެވެ. ވަޒީފާއިން ވަކި ކުރިކަން އަންގާ ފޮނުވި ސިޓީގައި، ވަޒީފާއިން ވަކި ކުރަންޖެހުނު ސަބަބު ބަޔާން ކޮށްފައިވެއެވެ. އެއީ، އިސްތިއުނާފުކުރާ ފަރާތުގެ ކުށުން އުފަންވި ސަބަބެއް ނޫންކަން އެނގެއެވެ. އެއީ ކޮވިޑް 19 އާއި ގުޅިގެން ކުރިމަތިވި ޙާލަތާއެކު، އިޤްތިޞާދީ ގޮތުން ލިބިފައިވާ އަދި ލިބިދާނެކަމަށް އަންދާޒާ ކުރެވޭ ހީނަރުކަމާއެކު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު އޮތް ވަޒީފާގެ އެއްބަސްވުން އިތުރަށް ކުރިއަށް ގެން ދެވެން ނެތިގެން ނިންމި ނިންމުމެއްކަން ބަޔާންކުރެއެވެ. އެސިޓީގައި އިތުރަށް ބަޔާނާ ކޮށްފައިވެއެވެ؛ “…After careful analysis of the current situation and underlying circumstances, it has been decided that we are unable to continue your employment. th We have, vide our e-mail dated 16 July 2020 informed you that the company needs to place you on No Pay status starting from July 2020. The payments applicable to you for the months April, May and June now been settled, albeit a delay for which we do apologize. We hereby serve you 2 months’ notice as per Employment Contract signed, as the Company is unable to continue your employment due to the financial down turn th consequent to COVID-19. Your last date of employment will be 17 August 2020. The payment due for July and August period will be made to you according to the adjusted COVID -19 allowance together with the final settlement. The settlement in lieu of the 2 month notice will be paid to you in accordance to the COVID-19 Policy made. As stated above, no employee within the organization is currently receiving their full remuneration….” މިފަދައިންނެވެ. ވީމާ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކި ކުރުމުގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ރނަ ގަޅަށް ކަމަކަށް ބުރައެއް ނުވވެ އެވެ.

38HN8އަހުރެން ހިތުން، ވިޔަފާރި އެއި ހިންގާ ބަޔަކު، އެވިޔާފާރިއެއް ނުބނޮ ދ ކުރިއަށް ގެންދެވޭނެ ގޮތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅނެއެވެ. މިމައްސަލައިގައި، ދިމާވެގެން އުޅޭ ޙާ ލަތަކީ، ހަމައެކަނި ރާއްޖެއަށް ކުރިމަތިވި ޙާލަތެއް ނޫނެވެ. އެއީ، ރާއްޖެ ހިމެނޭ ގޮތުން ދުނިޔެއަށް ކުރިމަތިވި ޙާލަތެކެވެ. ބޯޑަރުތައް ބަންދުވެ، ފަތުރުވެރިންގެ ދަތުރުތައް މުޅިންހެން ހުއްޓި، މިމައްސަލާގައި ބަޔާންކުރާ ވަޒީފާ އެމައްޗަށް ބިނާވާ ވިޔާފާރި މުޅިންހެން ހުއްޓުމަކަށް ގެނއަ ޚާއްޞަ ޙާލަތެކެވެ. މިޙާލަތުގެ އަސަރު ކުރީ ހަމައެކަނި އިސްތިއުނާފު ރއްދުވަ ފަރާތަކަށް ނޫނެވެ. މިފަދަ ޙާލަތެއްގައި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގައި އޮތް އަސްލު އެއްބަސްވުމާއި އެއްގޮތަށް ބޮޑު މުސާރައެއް ދޭން ވަޒީފާ ދޭ ފަރާތައް ލާޒިމު ކުރުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. ވަޒީފާ ދޭ ފަރާތުން ވިޔފާރަ ކުރަނީ ނުވަތަ އެތަނަކުން މީހަކަށް ވަޒީފާ ދެނީ ހަމައެކަނި މުވައްޒަފުންނަށް މުސާރަ އާއި ޢިނާޔަތްތައް ދިނުމަކަށް ނޫނެވެ. ދެފަރާތުގެ ފައިދާއަށެވެ. ވީމާ، ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވިޔަސް، ހަމައެކަނި ޙައްޤުތައް އޮތީ، މުވައްޒަފަށް ކަމަށް ހުރިހާ މައްސަލައެއްގައި އަދި ހުރިހާ ޙާލަތެއްގައި ބެލުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ކޮންމެ މައްސަލައެއްވެސްބަލަންވާނީ އެމައްސަލައެއްގެ ވަށައިގެން ހިނގާ ހަޤީޤަތްތަކަށްވެސް ރިޢާޔަތް ކޮށްގެންނެވެ.

39މިމައްސަލައިގައި، ކޮވިޑް -19 ގެ ޙާލަތު ދިމާވިކަން އެއީ ބަހުޘެއް އޮތް ކަމެއް ނޫނެވެ. އަދި އެޙާލަތާއި ގުޅިގެން، ފަތުރުވެރިން އައުން މަދުވެ، ބޯޑަރުތައް ބަންދުވެ، ފަތުރުވރެ ން އައުން ހުއްޓިގެން ދިޔަކަން ބަޔާންކޮށްދެވިފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ މާލީ ޙާލަތު ދައްވުމުން، އެޙާލަތަށް ރިޢާޔަތްކޮށް، ވަކި މުވައްޒަފަކަށް ބެލުމެއްނެތި، މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވާކަން އެނގެއެވެ. އަދި މުވައްޒަފުންގެ ތެރެއިން ނ-ޕޭ ގައި ހުންނަންޖެހޭކަން އެކިއެކި މުވައްޒަފުންނަށް އަންގާފައިވާކަން އެނގެން އޮވެއެވެ. މީގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތްވެސް ހިމެނެއެވެ. ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރަ ދަށްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކި ކުރަން ނިންމި ނިންމުމަކީ ކުރިމަތިވި ޙާލަތާއި ގުޅިގެން ހަމައެކަނި އިސްތިއުނާފު ރައްދުވި ފަރާތުގެ މައްޗަށް އެޅި ފިޔަވަޅެއް ނޫންކަން އެނގެއެވެ.

40ހުށަހެޅިފައިވާ ހިސާބުތަކަށް ބެލުމުން، 01 އޭޕްރީލް 2020 އިން ފެށިގެން، ކުޑަކުރެވުނު މުސާރައިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ މުސާރަ އާއި ވަޒީފާއިން ވަކި ކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް މުއްދަތުގެ 2 މަސްދުވަހަށްވާ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތަށް ޖަމާކޮށްދީ ފައިވާކަން އެނގެން އޮވެއެވެ. މިފައިސާގެ އިތުރުން އެހެން ފައިސާއެއް އިސްތިއުނާފު ރައްދުވާ ފަރާތަށް މިމައްސަލައާއި ގުޅިގެން ދޭންޖެހޭ ކަމަކަށް ބުރައެއް ނުވވެ އެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާގުޅޭ:

41އިސްތިއުނާފީ ދެވަނަ ނުކުތާގައި ބަޔާން ކުރަނީ ޚުޞޫމާތުގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކުން ފާހަގަ ކޮށްފައި ނުވާ ކަމަކަށް ބިނާކޮށް މައްސަލަ ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާގައި ނަންބަރު:1/2020 ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލތަ އިޢުލާނު ކުރި ޤަރާރު (12 މާރިޗް 2020) އަށާއި ޤާނޫނު ނަންބަރު:2012/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަށާއި އަދި ޤާނޫނު ނަންބަރު:2020/20 (އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) އަށް އެއްވެސް ޚަޞްމަކު ޙަވާލާދީ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. އަދި އެއިން ޤާނޫނެއް ނުވަތަ ޤަރާރު ތަޠްބީޤު ކޮށްދިނުމަށް އެދިފައި ނުވާކަމަށެވެ. ނަމަވެސް މައްސަލަ ނިންމީ ކުރިން ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް އެޤާނޫނުތައް ތަޠްބީޤު ކޮށްގެން ކަމަށެވެ.

42މި ނުކުތާގެ އަސްލަކީ، ފުރަތަމަ ނުކުތާގެ ފުރަތަމަ ބައިގައި ދެކެވުނު، ޤާނޫނު މާޒީއަށް ހިންގި ހިންގުންކަން، އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމަކަށް އެ ޤާނޫނު އެޕްލައި ކުރެވިދާނެ ކަމަށް ނުދެކޭ ކަމަށް ބުނެ މިނުކުތާގައި ފާހަގަކޮށްފައި އޮތް އޮތުންކަން އެނގެއެވެ. ވީމާ މިނުކުތާއަށް އެވަނީ ޖަވާބު ދެވިފައިވެއެވެ.

43HN9ދެ ޚަޞްމުންކުރެ ޚަޞްމަކު ފާހަގަ ނުކުރިނަމަވެސް، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އެޤާނޫނުތަކުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާއި ޤާނޫނީ ބާރުލިބިފައިވާ އެހެނިހެން އުޞޫލުތަކަށް މައްސަލަތައް ނިންމުމުގައި ބަލަންޖެހޭނެ ކަމަށް ދެކެމެވެ. ހުށަހެޅިފައިވާ މަޢުޟޫއާ ގުޅިގެން ދެފަރާތުން ކިޔައިދޭ ޙަޤީޤަތްތަކުގެ މައްޗަށް ހިންގާނެ ޤާނޫނަކީ ނުވަތަ ޤަވާޢިދަކީ ކޮބައިކަން ބުނެދިނުން އެއީ އޮފިސަރސް އޮފް ކޯޓުގެ ގޮތުގައި، ހިމެނޭ ވަކީލުން ކުރަންޖެހޭ ކަމެއް ކަމަށް ދެކމެ ވެ. އެއީ ޓްރައިބިއުނަލްތަކާއި ކޯޓުތަކުގެ މަސައްކަތް ފަސޭހަވެ އަވަސްވެގެން ދާނެ ގޮތެކެވެ. ވީމާ، ދެޚަޞްމުންކުރެ ޚަޞްމަކު ވަކި ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ވާހަކަ ބަޔާން ނުކުރުމަކީ މައްސަލަ ބަލަން އިންނަ މީހާއަށް ނޫނީ ފަނޑިޔާރަށް އެމައުޟޫއާ ގުޅޭ ޤާނޫނާއި ޤަވާޢިދަށް ބަލަން ހުރަސް އަޅާ ސަބަބެއް ނޫނެވެ. ނަމަވެސް ދެފަރާތުންކުރެ ފަރާތަކުން ފާހަގަ ނުކުރާ ޤާނޫނީ ނުކުތާތައް ފަނޑިޔާރަކު އަމިއްލައަށް އިސްވެ ފާހަގަކޮށް އެކަމާއިމެދު ގޮތް ނިންމުން މިނުކުތާގައި ޙަވާލާދެވޭ ޤާނޫނުތަކަށް ބެލުމާއި ތަފާތު ކަމަށް ދެކެމވެ. މިމައްސަލައިގައި، ޤާނޫނުތަކަށް ރިޢާޔަތް ކުރުމަށްވުރެ، ގޯސްވެގެން އުޅެނެ ޤާނޫނު ތަޠްބީޤުކުރި ގޮތެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:

44HN10މިނުކުތާގައި ފާހަގަ ކުރަނީ، ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ޓަރައިބިއުނަލުން 10000$ (ދިހަހާސް އެމެރިކާ ޑޮލަރު) ނަގައިދިން އިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމިއްލަ ތަކެތި ރާއްޖެއިން ފޮނުވައި ދިނުމަށް ސަން ސިޔާމް ރިސޯޓްސް އިން ކުރި ޚަރަދު އުނިކޮށްފައި ނުވާތީ އެވެ. ޓްރައިބިއުނަލުން ބަދަލު ނަގައިދޭ ޙާލަތުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ތަކެތި އަނބުރާ ފޮނުވުމަށް ކުރި ޚަރަދު އުނިކޮށްދިނުމަށް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައި އޮތްކަން އެނގޭކަށް ނެތެވެ.

45އިސްތިއިނާފު ރައްދުވާ ފަރާތުން، ސަން ސިޔާމް ރިޒޯޓްއަށް 25 ޖުލައި 2020 ގައި ފޮނުވި މެސެޖުގައި، އެމީހުންގެ އަތުގައި ހުރި އަމިއްލަ ތަކެތި މަދުވުމުން، ވީހާވެސް އަވަހަކަށް އިސްތިއުނާފު ރައްދުވާ ފަރާތާއި އޭނާގެ އަނބިމީހާގެ އަމިއްލަތަކެތި ފޮނުވައި ދިނުމަށް އެދިފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށް ފޮނުވި ސިޓީގައި މިކަމާއި ގުޅިގެން ބަޔާން ކުރަނީ؛ “…Arragements are currently being made to ship your belongings left at the property. As soon as a shipment date is confirmed and we have the Airway Bill in hand, we will keep you adviced of the same..”

46އިސްތިއުނާފު ރައްދުވާ ފަރާތާއި އޭނާގެ އަނބިމީހާގެ އަމިއްލަ ތަކެތި ސަން ސިޔާމް ރިޒޯޓްއިން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވަނީ އެކަމަށްއެދި އިސްތިއުނާފު ރައްދުވާ ފަރާތުން އެދުމުންކަން އެނގެއެވެ. އަދި އެކަމަށްޓަކައި ސަން ސިޔާމް ރިޒޯޓްއިން ޚަރަދުތަކެއް ކޮށްގެން އެތަކެތި އަނބުރާ ފޮނުވައި ދިން ކަންވެސް އެނގެން އޮވެއެވެ. ނަމަވެސް މިނުކުތާއަކީ، ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތުން، ހައްލު ހޯދުމަށް ރައްދުގައި ހުށަހެޅި ނުކުތާއެއް ނޫނެވެ. ވީމާ، މިނުކުތާއާއެމެދު މިމަރުޙަލާގައި ގޮތެއް ނިންމަންޖެހޭ ސަބަބެއް ނެތެވެ.

ނިންމުން

14. ބަޔާންވެދިޔަ ސަބުބުތައް އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ނުކޮށްކަމަށް ކަނޑައަޅާފައިވަނީ ރނަ ގަޅަށްކަމަށް ބުރައެއް ނުވވެ އެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލުގެ ގޮތުގައި ނަގައިދިން ފައިސާ އާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ އަސާސީ މުސާރައިގެ ގޮތުގައި އަސްލު އެއްބަސްވުމުގައި އޮތް ގޮތަށް ބަލައިގެން ފައިސާ ނަގައިދީފައިވަނީ ރަނގަޅަކަށް ނޫނެވެ. ވީމާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 20VTR/20/232 މައްސަލަ ނިންމުން ބާޠިލު ކުރަންޖެހޭ ކަމަށް ދެކމެ ވެ.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔް

15. މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް

16. މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

17. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) ox~:, o, .,. J"J_,.,.:;,.,,.,., .,0,1.;,c....,,,, 29 2022/HC-A/67 t. 0/ , .,,, 0 .S_.?.,,,.,A"'A_,,,, E ,; ,; .,,, ,,,,, ~ 0 0:, 0 C. ~:, 0///XOt. .,,,.,.;:,.,,,.,.,,,.,A ' .J".J>.,,,.,,r.?Y,SO.S AA .,,,.,.J>A.,J.,,, .;:,.,,,.,.,,,.,,,,,, 232/VTR/2020 ~ ,, ? .,,,,, t. ,,,,.,,, 0/ .,,,,, :,(/ .,, .,,,, ,,,,, ,,,,, / 0 :, ~ 0 (. 0:, ~ (. (. ox O , :, EVA ✓ .,,,.,J.,J,SOAA .s.,,,.,_,,,,.,,,, t..,,,.,.,, ..?"' .,?-A.?.? A.S •.J>.?.,J.rY.?Y/. A..J,A t_.,,,.,Y .,,,,, .,,, ,,,,, ,,,,, .,,,, .,,, .,,, ,,,,. .,,, :JJ O:JJ:JJ ;; .. 0 ; :..,..v .?V.,< .A/• .,,_,,~.S.;? ~ ~ ~ , www -hi ghcourt-gov -m v info@highcourt-gov -mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 47 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާ
  • ނަންބަރު 1/2020 ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު (12 މާރިޗު 2020)
  • ވަޒީފާގެ އެއްބަސްވުމުގެ 17 ވަނަ މާއްދާގެ (b) (Governing Rules)
  • 2017/SC-A/44
  • 2019/SC-A/68
  • 2018/SC-A/12

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ