ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް މުޙައްމަދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200-M4/6/2024/4
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މުވައްޒަފަށް ނެތް ނަމަވެސް، ކޮމިޓީން ފިޔަވަޅު އަޅަންވާނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާ ގޮތަށް ކަމަށް އެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ޅ) ގައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ޙައްޤު މުވައްޒަފަށް ލިބިގެންވާކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ނުކުތާ ބަލައިނުގަތް.
- ވާޤިޢާ
- ވަޒީފާދޭ ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޝަކުވާ ބަލާ ކޮމިޓީން މުވައްޒަފަކު ޖިންސީ ފުރައްސާރައިގެ ޢަމަލެއް ހިންގިކަމަށް ބުރަވެވޭތީ، އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން 14 ދުވަހަށް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރި. އެ ފިޔަވަޅު ބާޠިލުކުރުމަށް އެދި މުވައްޒަފު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، ޓްރައިބިއުނަލަށް އިޚްތިޞާޞް ނެތްކަމަށާއި މުވައްޒަފަށް ހައިސިއްޔަތު ނެތްކަމަށް ބުނެ ވަޒީފާދޭ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅި.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޝަކުވާ ބަލާ ކޮމިޓީން މުވައްޒަފާމެދު އެޅި އިޞްލާޙީ ފިޔަވަޅަށް ޝަކުވާ ރައްދުވި މުވައްޒަފު ތަޢުނުކުރާ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ، އަދި އިޚްތިޞާޞްއާ ގުޅޭ އިޖުރާއީ ނުކުތާއާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ރ) ގައިވާ އަޑުއެހުމެއް ނުބާއްވައި ގޮތެއް ނިންމުމުން ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ރ) ގެ ދަށުން އަޑުއެހުމެއް ބޭއްވުން ލާޒިމުކަމަށާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ޓްރައިބިއުނަލަށް ދިއުމުގެ ޙައްޤު ދީފައިވަނީ ޝަކުވާ ހުށަހަޅާ ފަރާތަށް ކަމަށާއި، މައްސަލަ ހުށަހެޅީ ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާނުދީ ކަމުން ޓްރައިބިއުނަލުން އަމިއްލައަށް ނުކުތާ އުފެއްދީ ކަމަށާއި، ޚާއްޞަ ޤާނޫނު ޢާއްމު ޤާނޫނަށް ވުރެ އިސްކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނި. އިޚްތިޞާޞްއަކީ ޤާނޫނީ ސުވާލަކަށްވާތީ އަޑުއެހުމެއް ލާޒިމުނުވާކަމަށާއި، އިޞްލާޙީ ފިޔަވަޅަށް ތަޢުނުކުރުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންވާކަމަށް އިސްތިއުނާފު ރައްދުވި ފަރާތުން ބުނި.
- ކޯޓުގެ ސަބަބުތައް
- ގަވާއިދުގެ 69 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހާއި، އަޑުއެހުމެއް ނުބޭއްވުމުން ގެއްލުނު ޙައްޤެއް ބަޔާންނުކުރުމުން ފުރަތަމަ ނުކުތާ ބަލައިނުގަނެވޭ. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ތުހުމަތުކުރެވޭ ފަރާތަށް ޚާއްޞަ އިސްތިއުނާފީ މަގެއް ނެތް ނަމަވެސް، ކޮމިޓީން ފިޔަވަޅު އަޅަންވާނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާ ގޮތަށް ކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުން މުވައްޒަފަށް ޓްރައިބިއުނަލަށް ދެވޭ؛ މައްސަލަ ހުށަހަޅާއިރު އިޚްތިޞާޞްގެ ޤާނޫނީ އަސާސް ބަޔާންކުރުން ލާޒިމުކުރާ ނައްޞެއް ފާހަގަކޮށްފައެއް ނުވޭ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބަލައިނުގަނެ، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓްރައިބިއުނަލުން އިޚްތިޞާޞްއާ ގުޅޭ އިޖުރާއީ ނިންމުމެއް ނިންމުމުގެ ކުރިން އަޑުއެހުމެއް ބޭއްވުމަކީ އިސްތިއުނާފުކުރެވުނު ނިންމުން ނިންމި އިރު ޢަމަލުކުރުމަށް ޓްރައިބިއުނަލްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެވެ. އެހެންނަމަވެސް، އެ މާއްދާއަށް ގެނެސްފައިވާ އިސްލާހަށާއި، އަޑުއެހުމެއް ނުބޭއްވުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ގެއްލުނު ޙައްޤެއްވެސް ބަޔާންކޮށްދީފައިނުވާތީ، އެ އިސްތިއުނާފީ ނުކުތާއަށް ބަލައި ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ.
HN2 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޝަކުވާ ހުށަހަޅާ ފަރާތަށް، ކޮމިޓީގެ ނިންމުން ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބޭ ގޮތެވެ. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި، މިފަދަ ޝަކުވާއެއް ރައްދުވާ ފަރާތް ނުވަތަ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނު މީހާއަށް ލިބިފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ބަޔާންކޮށްފައިނުވެއެވެ.
HN3 ޖިންސީ ފުރައްސާރައިގެ ޢަމަލެއް ސާބިތުވެއްޖެނަމަ އަޅާ ފިޔަވަޅުތައް ވެސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޢާންމު ސުލޫކީ މިންގަނޑުތަކުގެ ދަށުން އަޅާ ފިޔަވަޅުތަކާ އެއްގޮތެވެ.
HN4 ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ ޝަކުވާ ރައްދުވާ ފަރާތަށް ޝަކުވާ ކޮމިޓީގެ ނިންމުންތައް އިސްތިއުނާފުކުރުމުގެ ޚާއްޞަ ނިޒާމެއް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ. އެހެންނަމަވެސް، ޖިންސީ ފުރައްސާރައިގެ ޝަކުވާތައް ބަލާ ކޮމިޓީއިންވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރަންޖެހެނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާގޮތެއްގެ މަތިންކަމަށް ބަޔާންކޮށްފައިވާއިރު، މުވައްޒަފާމެދު އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއް ކަމަށް އެ ފިޔަވަޅު އެޅުނު މުވައްޒަފަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅިދާނެކަން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) އިން އެނގެން އޮވެއެވެ.
HN5 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ލިބުނު ގޮތް ބަޔާންކޮށްދިނުމަކީ ލާޒިމް ކަމެއް ކަމަށް ބަޔާންކުރާ އެއްވެސް ޤާނޫނީ ނައްޞެއް ފާހަގަކޮށްފައެއް ނުވެއެވެ.
HN6 ވަޒީފާގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތަކުގައި ޓްރައިބިއުނަލުން ބަލާނީ، މުވައްޒަފާމެދު އެޅުނު ފިޔަވަޅު އަޅާފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯއެވެ. މި މަގުން މި އިޖުރާއަތު އޮތުމުގެ ބޭނުމަކީ ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުތައްވެސް ކަށަވަރުކުރުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- މުޙައްމަދު ޒާހިރު
- ބެންޗު
- ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު M4/6/2024/4-200 އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތް އިސްތިއުނާފކުރުމަށް އެދު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ (މީގެ ފަހުން 'ސްޓެލްކޯ' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް') ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޅ.ހިންނަވަރު، […] އާދަމް މުޙައްމަދު (މީގެ ފަހުން 'އިސްތިއުނާފު ރައްދުވާ ފަރާތް' ނުވަތަ 'އާދަމް މުޙައްމަދ)' އެވެ.
ކަންހިނގާފައިވާ ގޮތް
2ޅ.ހިންނަވަރު/ ކެނެރީގެ، އާދަމް މުޙައްމަދު އަކީ، ސްޓެލްކޯގައި ޑްރައިވަރެއްގެ މަޤާމުގައި، 20 ޖަނަވަރީ 2022 އިން ފެށިގެން ވަޒީފާއަދާކުރަމުންދިޔަ ފަރާތެކެވެ.
3އާދަމް މުޙައްމަދު އަށް ރައްދުވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޝަކުވާ ބަލާ ކޮމިޓީން މައްސަލަ ތަހުޤީޤުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުން ދީފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށް އާދަމް މުޙައްމަދު ކޮށްފައިވާ ޢަމަލަކީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/16) ގައި ބަޔާންކޮށްފައިވާ ފަދައިން ޖިންސީ ފުރައްސާރައިގެ ތެރޭގައި ހިމެނޭ ޢަމަލެއްކަމަށް ބުރަވެވޭތީ، އިސްލާހީ ފިޔަވަޅެއްގެ ގޮތުން 14 (ސާދަ) ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އާދަމް މުޙައްމަދު އަންގާފައިވެއެވެ. ރަޖިސްޓްރޭޝަން ނަންބަރު 0486/2012-C އައިޑީ23 ޖުލައި 2024 އިން 05 އޯގަސްޓް 2024 އަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ނަންބަރު 1/MIS/2024/380-6 ސިޓީ
4އާދަމް މުޙައްމަދުގެ މައްޗަށް އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރުމަށް ނިންމާފައިވާ ނިންމުމަކީ އިޖުރާއަތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައިދީ، މުސާރަ ނުލިބޭ ގޮތަށް ކޮށްފައިވާ ސަސްޕެންޝަން އުވާލާ، އެ މުއްދަތަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ސްޓެލްކޯގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ސަސްޕެންޝަން ރެކޯޑު ފައިލުން އުނިކޮށްދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އާދަމް މުޙައްމަދުގެ ފަރާތުން މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލަމުންދަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 128/VTR/2024 މައްސަލައިންނެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 128/VTR/2024 މައްސަލަ އެ ޓްރައިބިއުނަލްގައި ބަލަމުންދަނިކޮށް، ސްޓެލްކޯގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ.
6މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 128/VTR/2024 މައްސަލައިގައި ހުށަހެޅި އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމިގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އިޖުރާއީ ނުކުތާއާއި، އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު އެ ޓްރައިބިއުނަލްގެ
ނިންމުން
7އާދަމް މުޙައްމަދަކީ ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން އެ ފަރާތާ ދެކޮޅަށް ޝަކުވާ ހުށަހެޅި، އެ ޝަކުވާ ސާބިތުވާކަމަށް ނިންމާ ފިޔަވަޅު އަޅާފައިވާ ފަރާތެއްކަމުގައިވާއިރު، އާދަމް މުޙައްމަދަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު M4/6/2024/4-200 "އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތް" ނޫންކަމަށާއި، އާދަމް މުޙައްމަދުގެ ޝަކުވާއަކީ އެ ފަރާތާމެދު އިދާރީ ހިންގުމުގެ ދާއިރާގެ ތެރެއިން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއިން މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާފައިވާތީ ހުށަހެޅިފައިވާ ޝަކުވާއަކަށްވާއިރު، ޤާނޫނުއަސާސީގެ 43 ވަނަ މާއް ދާ ގެ (ނ) ގެ ދަށުން އެ ފިޔަވަޅާމެދު ތައުނުކުރުމަށް މައްސަލަ ހުށަހަޅަންޖެހެނީ ކޯޓަކަށް ކަމަށާއި، އަދި އާދަމް މުޙައްމަދާމެދު ފިޔަވަޅު އެޅުމުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ އެއްވެސް މާއްދާއަކަށް ހަވާލާދީފައި ނުވާތީ އާދަމް މުޙައްމަދަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންވެސް އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޞިފަތު ނުވަތަ ހައިސިއްޔަތު ލިބިގެންވާ ފަރާތެއް ކަމުގައި ނުވާތީ، މި މައްސަލައަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް ކަމުގައި ކަނޑައަޅައި، މައްސަލަ ހުށަހަޅާ ފޯމު ބާޠިލުކޮށްދިނުމަށް އެދި، ސްޓެލްކޯއިން އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު M4/6/2024/4-200 އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ނިންމި ގޮތުގައި ބަޔާންކޮށްފައިވަނީ؛ "... މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވުމުން އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއް ކަމަށް އެފިޔަވަޅު އެޅުނު މުވައްޒަފަކަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމުގައި ޤާނޫނު ނަންބަރު 2008/12 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވެއެވެ. އެހެންކަމުން، ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާދަމް މުޙައްމަދަށް ނެތްކަމުގައިވީނަމަވެސް، އެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ޅ) ގައި، 'ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައްކޮށް، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ސާބިތުވެއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާނެގޮތެއްގެމަތިން އޭނާއާމެދު އެކަށީގެންވާ ފިޔަވަޅުއެޅުން' މިފަދައިން ބަޔާންކޮށްފައިވާތީ، ޝަކުވާ ބަލާ ކޮމިޓީއިން އަޅާ ފިޔަވަޅަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން އަޅާ ފިޔަވަޅެއްކަން ޔަޤީންކުރުމަކީ ޝަކުވާ ބަލާ ކޮމިޓީގެ ޒިންމާއެއްގެ ގޮތުގައި އެ ޤާނޫނުގައި ކަނޑައަޅާފައިވާއިރު، އެ ކޮމިޓީން ނިންމާ ނިންމުންތައް ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ތަބާވުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުން ލާޒިމުކޮށްފައިވާކަން އެނގެން އޮންނާތީއާއި، އެ ކޮމިޓީން ނިންމާ ނިންމުންތަކާ ގުޅިގެން މުވައްޒަފަކު ހުށަހަޅާ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި މައްސަލަ ރައްދުވާ ފަރާތުން ބަޔާންކުރާ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮށް ހަމައެކަނި ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ވަކިން ކިޔައި ތަޠުބީޤުކުރެވިދާނެކަމަށް ނުފެންނާތީއާއި، އެ ކޮމިޓީން އާދަމް މުޙައްމަދާމެދު އަޅާފައިވާ އިޞްލާހީ ފިޔަވަޅާ ގުޅިގެން އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުން އާދަމް މުޙައްމަދަށް ލިބިގެންވާކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮންނާތީއާއި، އަދި މީގެ އިތުރުން، އިޞްލާހީ ފިޔަވަޅު އެޅުމާ ގުޅިގެން ޓްރައިބިއުނަލަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަން އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް ލިބިގެން ނުވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/82 ޤަޟިއްޔާއާއި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ އެ ބާވަތުގެ އެހެން ޤަޟިއްޔާތަކުން އެނގެން އޮންނާތީ، މައްސަލަ ރައްދުވާ ފަރާތުން އިޖުރާއީ ނުކުތާ ހުށަހަޅާ ފޯމުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށާއި، އަދި މި މައްސަލައިގެ މައްސަލަ ހުށަހަޅާ ފޯމަށް ބަލާއިރު، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް ކަމުގައި ކަނޑައެޅިދާނެ ކަމުގެ އިޙްތިމާލެއް ނެތަތީ މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާ ބަލައިނުގަތުމަށް ނިންމައި، އެކަން އެންގީމެވެ." މިފަދައިންނެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
9އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ :
9.1 ގަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 69 ވަނަ މާއްދާއާއި ހިލާފަށް އިޖުރާއީ އިއުތިރާޒާމެދު ގޮތެއް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
9.2 ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) މާނަކޮށް ތަތުބީގުކުރުމުގައާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސް ކަނޑައެޅުމުގައި ޤާނޫނާއި ހިލާފަށް މާނަކުރުމާއެކު، އަދުލުވެރިކަން ގެއްލޭގޮތަށް އަދި ދައުވާގެ އަސާސް އޮޅޭގޮތަށް ނިންމުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާ ފީ ނުކުތާތަކާ ގުޅިގެން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
10އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
10.1 ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 10 ވަނަ ބާބުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެއްކަން ވަޒީފާއާބެހޭ ޤާނޫނުން ސާފުވާކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސް ކަނޑައެޅުމުގެ ބޭނުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކުރުން ލާޒިމު ކަން؛
10.2 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު ގެ 1 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް އަށް ނަޒަރުކުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި ތަންފީޒުކުރާނޭ އިޖުރާއަތަކީ، އަދި ތަތުބީގުކުރާނޭ އުސޫލުތަކަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާއި އުސޫލުތައްކަމާމެދު ބަހުސެއް ނެތްކަން؛
10.3 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީކުރެވޭ މައްސަލަތަކުގައި، އިޖުރާއީ އިއުތިރާޒުތައް ހުށަހެޅުމުގެ ފުރުސަތު އަދި ހައިސިއްޔަތު އެމައްސަލައެއްގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ލިބިގެންވާކަމާއި، އަދި މިފަދައިން އިޖުރާއީ އިއުތިރާޒުތަކާއި ހުށަހެޅުންތައް ހުށަހެޅުމާއި ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 69 ވަނަ މާއްދާގައިކަން؛
10.4 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އިޖުރާއީ އިއުތިރާޒެއް ނުވަތަ އިހްތިސާސްއަށް ތައުނުކޮށް ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ އެގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ އިބްތިދާއީ އަޑުއެހުމުގެ ކުރީން، "އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބާއްވަންވާނެ" ކަމަށްކަން؛
10.5 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުގެ ދަށުން މާނަކުރާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، އިބްތިދާއީ އަޑުއެހުމުގެ ކުރީން، "އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް" ތާވަލުކޮށް ކުރިއަށް ގެންދިއުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިޔާރަށް ދޫކޮށްލެވިފައިވާ ކަމެއް ނޫންކަމާއި، އެއީ ފުރިހަމަކުރުން ލާޒިމު އިޖުރާއަތެއްކަން؛ އަދި އެފަދަ އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ތާވަލުކޮށް، އިއުތިރާޒު ހުށަހަޅާ ފަރާތަށް އެފަރާތުގެ އިއުތިރާޒު ހުށަހެޅުމަށް ފުރުސަތު ދިނުމަކީ އަދި އެއިއުތިރާޒުގެ މައުލޫމާތު އަނެއް ފަރާތަށް އެނގިގެންދިއުމަކީ، އެމައްސަލައެއްގައި ހިމެނޭ ހަސްމުންނަށް ލިބިގެންވާ ހައްގެއްކަން؛
10.6 28 އޯގަސްޓް 2024 ގައި އިސްތިއުނާފު ކުރާ ފަރާތުން އިޖުރާއީ އިއުތިރާޒުފަދަ ހުށަހެޅުމެއް ނުވަތަ އެނޫންވެސް ހުށަހެޅުމެއް ހުށަހެޅުމުގައި، ޝަރީއަތުން ސާފުކުރުމަށް އެދޭ އިތުރު ކަމެއް ނުވަތަ ޝަރީއަތުގެ ކުރިމަތީގައި އޮތް ޤާނޫނީ ބަހުސް ނުވަތަ ސުވާލާއި ގުޅޭގޮތުން އިތުރު ޤާނޫނީ ބަހުސެއް އުފަންވާ ހާލަތުގައި، އެފަދަ ކަންކަން ޝަރީއަތުގެ ބޭނުމަށްޓަކައި ސާފުކުރުމަށް ކުރަންޖެހޭ ސުވާލުތަކާއި ސާފުކުރުމަށް އެދޭ މައުލޫމާތާއި އިތުރު ހެއްކެއް ނުވަތަ ލިޔުމެއް ބޭނުންވާ ހާލަތުގައި އެފަދަ ހެއްކެއް ނުވަތަ ލިޔުމެއް ވުޖޫދުގައިވޭތޯ ނުވަތަ ނޫންތޯ އަދި ވުޖޫދުގައިވާނަމަ، އެފަދަ ހެއްކެއް ނުވަތަ ލިޔުމެއް ހުށަހެޅުމަށް އެންގުން ނުވަތަ ކަށަވަރުކުރަންޖެހޭ ވާގިއާއެއް އޮތްނަމަ، އެވާގިއާ ކަށަވަރުކުރުމުގެ ބޭނުމަށްވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ "އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް" ތާވަލުކޮށް ކުރިއަށް ގެންދިއުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ އިސްވެދެންނެވުނު މާއްދާގެ މަގުސަދެއްކަން؛
10.7 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު M4/6/2024/4-200 (03 ސެޕްޓެންބަރު 2024) އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތް، ގައި އިސްތިއުނާފކުރު ފަރާތުން ހުށަހެޅި ހުށަހެޅުންތަކާއި، މައްސަލައިގައި ހުށަހެޅިފައިވާ ކިތާބީ ހެކިތަކުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައިނުވި ނަމަވެސް، ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދީ ނިންމުން ނިންމާފައިވާކަން ؛
10.8 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/67 ގަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ 43 ވަނަ ޕެރެގްރާފުގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުގެ ދަށުން، "ދެފަރާތުންކުރެ ފަރާތަކުން ފާހަގަ ނުކުރާ ޤާނޫނީ ނުކުތާތައް ފަނޑިޔާރަކު އަމިއްލައަށް އިސްވެ ފާހަގަކޮށް އެކަމާއިމެދު ގޮތް ނިންމުން" މިހާލަތުގައި ކަން ހިނގާފައިވާ ގޮތަށް ނަޒަރުކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމުގައި އެއްވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދީފައި ނުވާ ކަން؛ ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އާއި ހަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/67 ގަޒިއްޔާ (ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. ރިސްޒާޑް ލުރެންސް މަޖޫސްކީ) ހުށަހަޅާފައިވާ ހުށަހެޅުންތަކެއްކަމާއި، މައްސަލަ ހުށަހަޅާ ފޯމުގައި އެއްވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދިނުމެއްނެތި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަކުރާރުކޮށް ބަޔާންކުރުމަށްފަހު، އެމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަމުގައި ސަރީހަ ނައްސުން ބުނެފައިނުވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު M4/6/2024/4-200 (03 ސެޕްޓެންބަރު 2024) އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި ހަވާލާދީފައިވަނީ، މައްސަލއަ ގައި ހިމެނޭ ހަސްމުންގެ ހުށަހެޅުންތަކުގެ ބޭރުންކަން؛
10.9 މައްސަލައިގެ އިޖުރާއީ އިއުތިރާޒުގެ މަރުހަލާގައިވެސް، ނުވަތަ އިބްތިދާއީ މަރުހަލާގައިވެސް ނުވަތަ އެނޫންވެސް މަރުހަލާއެއްގައި، ޝަރީއަތުން ސާފުކުރުމަށް އެދޭ ކަމެއް ސާފުކުރުމެއްނެތި، ޝަރީއަތުން އިފްތިރާޟް (presume) ކޮށްގެން ނިންމުންތައް ނިންމާނަމަ، އެކަމުގެ ސަބަބުން ނިކުމެގެންދާ ނަތީޖާއަކީ މައްސަލަ ހުށަހަޅާ ފަރާތުންވެސް އަދި މައްސަލަ ރައްދުވާ ފަރާތުންވެސް ހުށަހެޅުންތަކާއި ހެކި ހުށަހެޅުމުގެ ޒިންމާއިން ބަރީއަވެގެންދިއުމާއެކު، ޝަރީއަތުން ހިތުހުރި ގޮތަކަށް ނިންމުންތައް ނިންމުންކަން؛
10.10 އެހެންނަމަވެސް، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ގަޒިއްޔާގައި "އެއްވެސް ހާލެއްގައި ކަމުގެ ހަގީގަތް ކަށަވަރުނުކޮށް ހިތަށްއެރިގޮތަކަށް ހުކުމް ކުރުމަށް ލިބިފައި އޮންނަ ފާހެއް ނޫނެވެ. ޚަސްމުންގެ މައްޗަށް އަނިޔާވެރިވެ، ހިތުހުރި ގޮތަކަށް ހުކުމްކުރުމުގެ މިނިވަންކަން ފަނޑިޔާރުންނަށް ލިބިގެންނުވެއެވެ." މިފަދައިން ބަޔާންކުރައްވާ ކަނޑައަޅުއްވާފައިވާ ޤާނޫނީ އުސޫލުގެ ދަށުން މަނާކަމެއްކަން ސާފުވާން އޮތަތީ، މިހާލަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ގަޒިއްޔާ (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) ގެ ޝަރީއަތް ނިމުނުގޮތުގެ 36 ވަނަ ޕެރެގްރާފް ގަވާއިދުގެ 69 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ "އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް" ތާވަލުކޮށް ކުރިއަށް ގެންދިއުމުގެ ލާޒިމީ ވާޖިބާއި މަގުސަދުގެ އަލީގައިވެސް، އެއަޑުއެހުން ތާވަލުކޮށް ކުރިއަށް ގެންދިއުމެއްނެތި، އަދި ލިޔެވި ކަނޑައެޅިފައިވާ އިޖުރާއަތު މަސްހުނިވެގެންދާގޮތަށް އޮޅުންބޮޅުން ގަނޑެއްގެ ތެރެއިން ވެއްޓިގެންދާގޮތަށް އަމަލުކުރުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާ ބާރެއް އަދި އިހްތިޔާރެއް ނޫންކަން؛
1110 އެފަދަ ފާސިދު އިޖުރާއަތެއްގެ ނަތީޖާއެއްގެ ގޮތުގައި ވާސިލުވާ ނިންމުންތަކާއި ހުކުމްތަކަކީ، ހަސްމުންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް އަދި އަދުލުވެރި ޝަރީއަތެއްގެ އުންސުރުތަކާއި ހިލާފަށް ނިންމޭ ނިންމުންތަކެއް އަދި ހުކުމްތަކެއްކަން.
ދެވަނަ ނުކުތާއާ ގުޅޭ
11. އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ސްޓެލްކޯގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
11.1 ކޮންމެ މަދަނީ ނުވަތަ ޖިނާއީ މައްސަލައެއް ހުށަހެޅުމުގައިވެސް، މައްސަލަ ހުށަހެޅުމުގެ ކުރިއަށް އަދި މައްސަލަ ހުށަހެޅުމުން އަދި މައްސަލަ އިގެ އިޖުރާއަތުތައް ކުރިއަށްދާއިރުވެސް، ޝަރީއަތުން ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް ހުންނަކަމާއި، އެގޮތުން، މައްސަލައެއް ހުށަހެޅުމުގެ ކުރިއަށް ކަށަވަރުވާންޖެހޭ ކަންކަމުގެ ތެރޭގައި، މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ނުވަތަ ސިފަތު ލިބިގެންވުމާއެކު، އެފަދަ މައްސަލައެއް ހުށަހެޅުމަށް އެކަށީގެންވާ މަސްލަހަތެއް އޮންނަންޖެހޭކަ ން؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/62 ގަޒިއްޔާ (މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 2 ފަރާތެއް) އަދި ރިއާޔަތްކުރެވޭފަދަ (persuasive authority) ޤާނޫނީ މުސްތަނަދެއްގެ ގޮތުގައި، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ
11.2 މައްސަލައެއް ހުށަހެޅުމުގައި، އެމައްސަލައަކީ ކޮބައިކަން ސާފުކޮށްދިނުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެ އްކަން؛ އެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ގޟަ އްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުސޫލުކަމުގައިވާ، އާންމު އުސޫލެއްގެ ގޮތުން މަދަނީ ހުސޫމާތުތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދައުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެއް ހަސްމު އަނެއް ހަސްމާ ކުރިމަތިކުރުވާ "ދަފްއު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތަކީ އެ "ދަފްއުއެއް" ކުރާ ފަރާތުން، މިއުސޫލުގެ ދަށުން، މައްސަލައެއް ހުށަހަޅާއިރު، އެމައްސަލަ އެކަށީގެންވާ މިންވަރަށް ސާފުކޮށްދިނުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަން؛
11.3 މައްސަލައެއް ހުށަހެޅުމުގައި، އެމައްސަލަ ބިނާކުރާ ވާގިއާތަކާއި ޤާނޫނީ އަސާސްތަކާއެކު، އެމައްސަލައިގައި އެދިހޯދުމަށް ހުށަހަޅާ ގަޟާއީ ފަރުވާ remedy) (judicial އަކީ ކޮބައިކަން ބަޔާންކުރުމާއެކު، އެއީ ވަކި ހާއްސަ ޤާނޫނެއްގެ ނުވަތަ ވަކި މާއްދާއެއްގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަމުގައިވާނަމަ، އެފަދައިން ބަޔާންކުރުމަކީވެސް މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަން؛
11.4 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 128/VTR/2024 މައްސަލައި ގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ނަޒަރުކުރާއިރު، އެއްވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދީފައި ނުވާކަމާއި، މުޅީންވެސް ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އާއި ހަވާލާދީ ހުށަހަޅާފައިވާ ހުށަހެޅުންތަ އްކަން؛ މައްސަލަ ހުށަހަޅާ ފޯމުގައި އެއްވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދިނުމެއްނެތި، ޖިންސީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ގަޒިއްޔާ (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ) ގެ ޝަރީއަތް ނިމުނުގޮތުގެ ހުލާސާގެ 4 ވަނަ ސަފްހާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ގަޒިއްޔާ (ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ގެ ޝަރީއަތް ނިމުނުގޮތުގެ 14 ވަނަ ޕެރެގްރާފު ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަކުރާރުކޮށް ބަޔާންކޮށްފައިވާ ކަމާއި އަދި އެމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަމުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި ނުވާކަމާއި، އިސްވެދެންނެވުނު ފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވީހިނދު، އެމައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ބަލަންޖެހޭކަން؛
11.5 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/280 ގޟަ އްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލާއި، އަދި ހަމައެހެންމެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/39 ގޟަ އްޔާގެ ޝަރީއަތް ނިމުނުގޮތަށް ރިއާޔަތްކުރުމުން، ވަޒީފާދޭ ފަރާތުގެ ނިންމުންތަކާއި ފިޔަވަޅުތައް ބިނާކުރާ ޤާނޫނީ އަސާސްގެ ގޮތުގައި އެފަރާތުން ފާހަގަކުރާ ކަންކަމަށްމެނުވީ ރިއާޔަތްކުރުމަކީ އަދުލުވެރިކަމެއް ނޫންކަމުގައި ސާފުވާކަމާއި، އިސްވެ ބަޔާންކުރެވުނު ގަޟިއްޔާތައް އެކުއެކީގައި ނަޒަރުކުރުމުން ސާފުވެގެންދާ ޤާނޫނީ އުސޫލަކީ، ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގައިވެސް، ވަޒީފާދޭ ފަރާތުން މުވައްޒަފަށް ރައްދުކުރާ ލިޔުމުގައި ނުވަތަ ނޯޓިސްގައި ބަޔާންކުރާ ސަބަބު އަދި ޤާނޫނީ އަސާސަކީ އެކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ރިއާޔަތްކުރަންޖެހޭ އަދި އެފަދައިން ގައިދުކުރެވޭ ސަބަބެއް އަދި ޤާނޫނީ އަސާސެއްކަން؛
11.6 އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ އިސްތިއުނާފުކުރާ ފަރާތުގެ ނަންބަރު I/MIS/2024/1380-6 (23 ޖުލައި 2024) ސިޓީގައި ބަޔާންކުރާ ފިޔަވަޅަށް ތައުނުކޮށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަމާއި، އިސްތިއުނާފުކުރާ ފަރާތުގެ ނަންބަރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/280 ގަޒިއްޔާ (ޕްރިސިޝަން މެރިން ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރައްޒާޤު ޢަލީ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/39 ގަޒިއްޔާ (ޢަލީ ޝަރީފު ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް) I/MIS/2024/1380-6 (23 ޖުލައި 2024) ސިޓީގައި ބަޔާންކުރަނީ އިސްތިއުނާފު ރައްދުވާ ފަރާތަށް ރައްދުވާގޮތަށް އިސްތިއުނާ ފުކުރާ ފަރާތުގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޝަކުވާ ބަލާ ކޮމިޓީއަށް ހުށަހެޅުނު މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކުރާފަދަ ޖިންސީ ފުރައްސާރަކުރުމުގެ އަމަލެއް ހިންގާފައިވާކަމަށް ސާބިތުވާކަމަށް ބުރަވެވޭކަމަށާއި، އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭގޮތަށް ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އަންގާކަމަށްކަން؛
11.7 މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ކިތާބީ ހެކިތަކުން މައްސަލައިގައި ހިމެނޭ ހަސްމުން ތަތުބީގުކުރުމަށް އެދޭ ޤާނޫނު ސާފުކޮށް އެނގެން އޮތްއިރު، މިހާލަތުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު ކަށަވަރުކޮށްދީފައިވަނީ ކޮން ފަރާތްތަކަކަށް ތޯ ނަޒަރުކުރުން މުހިއްމުކަމަށާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސްއަކީ ކޮބައިތޯވެސް ބެލުން މުހިއްމުކަން؛
11.8 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސްއަށް ނަޒަރުކުރާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސް ކަނޑައެޅުމުގެ ބޭނުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކުރުން ލާޒިމުކަން؛
11.9 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 13 ވަނަ މާއްދާއާއި އެ މާއްދާގެ (މ) އާއި (ދ) ގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ ނައްސުތަކުންވެސް ޤާނޫނެއްގައި އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވާނަމަ، އެމައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިސާސް އޮތްކަމާއި، އެހެންކަމުން، މިހާލަތުގައި އިތުރަށް ކަށަވަރުކުރަންޖެހޭ ޤާނޫނީ އުސޫލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު ކަށަވަރުކޮށްދީފައިވަނީ ކޮން ފަރާތްތަކަކަށްތޯ ކަން؛
11.10 ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނުވަތަ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ 26 ވަނަ މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ މީހަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރަނީ އެމާއްދާގެ (ހ) ގައި ބަޔާންކުރާ އަދި ހަވާލާދޭ " ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އެކުލަވާލާފައިނުވާ ހާލަތުގައި، އެފަދަ ތަންތަނުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކާބެހޭ މައްސަލަތައް ސީދާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު އޮތްކަން ސާފުވާކަމާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ޝަކުވާ ރައްދުވާ ފަރާތަކީ "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ގެ މެންބަރަކަށްވާ ހާލަތުގައި، އެމައްސަލަ ސީދާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ އުސޫލުކަމާއި، އަދި 26 ވަނަ މާއްދާގެ (ހ) ގައި ޝަކުވާ ހުށަހެޅި ފަރާތަށް ކޮމިޓީގެ ނިންމުން ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އެކަމުގެ ސަބަބުން ޝަކުވާ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވާ ކަން؛
11.11 އިސްވެބަޔާންކުރެވުނު އެންމެހާ މާއްދާތަކުގައިވެސް، އަދި ހާއްސަގޮތެއްގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ މީހާ އަށް ނުވަތަ ޝަކުވާ ހުށަހެޅި ފަރާތަށް އެޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާކަމަށްކަން؛
1211 ހަވާލާދެވުނު އެއްވެސް މާއްދާއެއްގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޝަކުވާ ރައްދުވާ ފަރާތް ނުވަތަ ތުހުމަތުތައް ރައްދުވި ނުވަތަ ސާބިތުވި ފަރާތަށް، ކުރިމަތިވާ ކަމެއްގެ ސަބަބުން، ނުވަތަ އެފަރާތަކަށް ތުހުމަތު ނުވަތަ ޝަކުވާ ރައްދުވުމުގެ ސަބަބުން ނުވަތަ ޝަކުވާ ސާބިތުވި ފިޔަވަޅު އެޅުމުގެ ސަބަބުން، އެކަމަށް ތައުނުކޮށް މައްސަލަ ހުށަހެޅުމުގެ ވާހަކައެއް ބަޔާންކޮށްފައިނު ވާކަން؛ މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު M4/6/2024/4-200 (03 ސެޕްޓެންބަރު 2024) އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތުގައި ބަލައިގަނެފައިވާ ނުކުތާއެއްކަމާއި، އެގޮތުން، އެނިންމުމުގައި، "ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުއާދަމް މުޙައްމަދަށް ނެތްކަމުގައިވީނަމަވެސް" މިފަދައިން ބަޔާންކޮށްފައިވީހިނދު، ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޖިންސީ ފުރައްސާކުރުމުގެ ޝަކުވާ ރައްދުވާ ފަރާތަށް އެޝަކުވާއާއި ގުޅިގެން ނިންމާ ނިންމުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަނޭޅޭނޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް ގަބޫލުކުރާކަން ސާފު ވާކަން؛
1311 އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ އިސްތިއުނާފު ކުރާ ފަރާތުގެ ނަންބަރު I/MIS/2024/1380-6 (23 ޖުލައި 2024) ސިޓީގައި ބަޔާންކުރާ ފިޔަވަޅަށް ތައުނުކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން ސާފުވާން އޮތަތީ، އަދި އެސިޓީއާއި އިސްވެދެންނެވުނު މައްސަލައިގައި މުތުލަގަށް ބަޔާންކުރަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނު އެކަނިކަން އެނގެން އޮތަތީ، އެނޫން ޤާނޫނަކަށް ރިއާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން މައްސަލަ ހުށަހަޅާފައިވާކަމުގައި ބެލެވޭނޭ އަސާސެއް ނެތްކަ ން؛ އަދި އިސްވެ ބަޔާންކުރެވުނު ފަދައިން ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ބެލޭ މައްސަލަތަކުގައި ޝަކުވާ ރައްދުވާ ފަރާތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކޮށްފައި ނެތަތި، އެއީ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާ ހައްގެއްކަމުގައި ބެލެވޭނޭ އަސާސެއްވެސް ނެތްކަން؛
1411 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު M4/6/2024/4-200 (03 ސެޕްޓެންބަރު 2024) އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި ހަވާލާދިނުމާއެކު، އެމާއްދާގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅުއްވާފައިވާކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ނަޒަރުކުރާއިރު، އެއްވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދީފައި ނުވާކަމާއި، މުޅީންވެސް ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އާ ހަވާލާދީ ހުށަހަޅާފައިވާ ހުށަހެޅުންތައްކަން؛
1511 މައްސަލަ ހުށަހަޅާ ފޯމުގައި އެއްވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނަށް ހަވާލާދިނުމެއްނެތި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަކުރާރުކޮށް ބަޔާންކޮށްފައިވާކަމާއި، އަދި އެމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަމުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި ނުވާކަމާއި، އަދި އެސަބަބުތަކަށްޓަކައި، އެމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ހުށަހެޅި މައްސަލައެއްކަމުގައި ބެލެވޭނޭ އެއްވެސް އަސާސެއް ނެތްކަން؛
1611 މަސައްކަތުގެ އަހުލާގު އެކަށީގެންނުވުމާއި، ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގުމާއި ތަފާތުކަމާއި މަސައްކަތުގެ އަހުލާގަކީ މުވައްޒަފެއްގެ ވަޒީފާ އަދާކުރުމުގައި ބަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ފަރުވާތެރިކަމާއި، އަހައްމިއްޔަތާއި، ހާޒިރީއާއި އެނޫންވެސް ސަބަބުވެރި މުވައްޒަފެއްގެ ކިބައިން ސަބަބުވެރި ވަޒީފާދޭ ފަރާތަކުން ބޭނުންވާނޭ (expect) ފަދަ ކަންކަންކަމާއި، މިކަންކަމަކީ ވަޒީފާއާބެހޭ ޤާނޫނުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަންކަމަށާއި، އެހެންނަމަވެސް، ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމަށްވާއިރު، އެއީ ހާއްސަ ޤާނޫނެއް އަދި ހާއްސަ އިޖުރާއަތުތަކެއްކަމަށާއި، ހާއްސަ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އަދި ހާއްސަ ކުށްތަކެއްކަން؛
1711 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/12 ގޟަ އްޔާގެ ޝަރީއަތް ނިމުނުގޮތުގެ 26 ވަނަ ޕެރެގްރާފަށް ނަޒަރުކުރުމުން، އަދި ކުރިއަރާފައިވާ ޤާނޫނީ ނިޒާމުތަކުގައި އިސްތިގްރާރުވެފައިވާ ޤާނޫނީ ޤާއިދާއެއްކަމުގައިވާ “lex specialis derogat legi general” (މާނަ / ތަރުޖަމާ: a law governing a specific subject matter overrides a law governing only general matters) އަށް ނަޒަރުކުރުމުންވެސް، މިހާލަތުގައި ހާއްސަ އުސޫލުތައް ކަނޑައަޅާފައިވާ ހާއްސަ ޤާނޫނަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ކަމަށާއި، އަދި އެސަބަބަށްޓަކައި، އެހާއްސަ ޤާނޫނުގެ ދަށުން ޝަކުވާ ރައްދުވެ، އެ ޝަކުވާ ސާބިތުވާ ފަރާތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ އާންމު ޤާނޫނު (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން އަޅާ، މަސައްކަތުގެ އަހުލާގު އެކަށީގެންނުވުމުގެ ސަބަބުން އަޅާ ފިޔަވަޅުތަކުގެ ގޮތުގައި ބަލާނަމަ، ހާއްސަ ޤާނޫނު ވުޖޫދުކުރުމުގެ ބޭނުމެއް ނޯންނާނޭކަން؛ އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ހާއްސަވެގެންދާގޮތަށް ނަޒަރުކުރާއިރު، އެޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާ ފަރާތަކާއި ދެކޮޅަށް ޝަކުވާ ހުށަހެޅުމުގެ ހާއްސަ އިޖުރާއަތުތަކާއި، ޝަކުވާ ބެލުމުގެ ހާއްސަ އިޖުރާއަތުތަކާއި، ޝަކުވާ ބެލުމަށް 03 (ތިނެއް) މެންބަރުންގެ ކޮމިޓީއެއް އޮތުން ލާޒިމުކުރުމުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/12 ގަޒިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ) އިތުރުން، އެޝަކުވާ ބެލުމަށް ކަނޑައަޅާފައިވާ ކޮމިޓީގައި ޖިންސީ ހަމަހަމަކަން ކަށަވަރުކުރުމުގެ އިންތިޒާމުތައްވެސް އެޤާނޫނުގައި ބަޔާންކޮށްފައިވީހިނދު، އަދި މިއިން އެއްވެސް ކަމެއް އާންމު " މަސައްކަތުގެ އަހުލާގު އެކަށީގެންނުވާ" މައްސަލަތަކުގައި ތަހުގީގުކުރުމުގެ ބޭނުމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާ ތަންޒީމުކޮށްފައި ނެތަތީ، އާންމު " މަސައްކަތުގެ އަހުލާގު އެކަށީގެންނުވާ" މައްސަލަތަކާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ އަމަލުތަކާއި އެއްހަމަކޮށް އެއް ދަރަޖަކުރުމެއް ދެވޭނޭ އަސާސެއް ނެތްކަ ން؛
1811 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ގޟަ އްޔާގެ ޝަރީއަތް ނިމުނުގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުޙައްމަދު ނިޔާޒުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ އިޖުރާއީ އަދި ޝަކުލީ ކަންތައްތަކަށް ރިއާޔަތްކުރުމަށް އެދޭކަމަށާއި، އެގޮތުން އެ ރައުޔުގައި، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ކުރީން މާޒީގައި އަމަލުކޮށްފައިވާ ފަދައިން، މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވުމަށްފަހު އަމަލުނުކުރެވޭނޭކަން ސާފުކޮށް ބަޔާންކުރައްވާފައިވާކަމާއި، އަދި ދައުވާ އުފުލާ ފަރާތަކުން ޝަރީއަތަށް މައްސަލަތައް ހުށަހެޅުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނއާ އެއްގޮތަށް އަމަލުކޮށް، ހުށަހަޅަންޖެހޭ ލިޔުންތަކާއި ފޯމުތައް ހުށަހެޅުމުގައި އަމަލުކޮށްފައިވަނީ އިސްވެބަޔާންކޮށްފައިވާ ޤާނޫނާއި އެއްގޮތަށްތޯ ޝަރީއަތުންވެސް ކަށަވަރުކުރަންޖެހޭނޭކަމަށް އެގަޟިއްޔާ ނިމުނުގޮތުގެ 26 ވަނަ ޕެރެގްރާފުގައި ކަނޑައަޅުއް ވާފައިވާކަން؛
19HN111 އިސްވެ ބަޔާންކުރެވުނު ޤާނޫނީ އުސޫލަކީ ސީދާގޮތުން ލާޒިމު އުސޫލުތަކެއް ނޫންކަމުގައިވީ ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، އިސްވެދެންނެވުނު ފަދައިން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި ހަވާލާދީ ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ގަޒިއްޔާ (ދިވެހި ދައުލަތް ވ. ޙުސައިން ޙާފިޡް އަދި އިތުރު ފަރާތްތަކެއް) އަދި އެޤާނޫނުގެ ދަށުން ޝަކުވާ ރައްދުވި ފަރާތަށް މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު ކަށަވަރުކޮށްދީފައިނުވާއިރު، އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން ސާބިތުކޮށްދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޒިންމާއެއްކަމާއި، އަދި އެމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލައެއްކަމުގައިވާނަމަ، އެފަދައިން ބަޔާންކޮށް، އެމައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިދެވެނީ އެޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުންކަން ބަޔާންކުރުމަކީވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޒިންމާއެއް ކަން؛
2011 އެހެންނަމަވެސް، އިސްވެދެންނެވުނު ފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތުން އެފަދަ އެއްވެސް ހުށަހެޅުމެއް ނުވަތަ ބަޔާންކުރުމެއް ހުށަހަޅާފައިނުވާކަމާއި، އަދި އެފަދައިން ހުށަހަޅާފައިނުވާ ހާލަތުގައި، އެމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ހުށަހެޅި މައްސަލައެއް ނުވަތަ ހުށަހެޅުމުގެ އިހްތިމާލު އޮތް މައްސަލައެއްކަމުގައި ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބާރުތަކާއި އިހްތިޔާރުގެ ތެރޭގައި ހިމެނޭފަދަ ކަމެއް ނޫންކަ ން؛ އަދި މައްސަލައެއްގައި ޤާނޫނީ ބަހުސްތަކެއް ނުވަތަ ޤާނޫނީ ނުކުތާތަކެއް އުފަންކުރުމަކީވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބާރުތަކާއި އިހްތިޔާރުގެ ތެރޭގައި ހިމެނޭފަދަ ކަމެއް ނޫންކަ ން؛
2111 އެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ގަޒިއްޔާގައި، "ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތަކަށް ކަމާއި، ޚަޞްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ގަޒިއްޔާ (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު) ގެ ޝަރީއަތް ނިމުނގޮތު 12 ވަނަ ސަފްހާ (ޝަރީއަތަށް ފާހަގަކުރެވުނު ކަންކަމުގެ 8 ވަނަ ނުކުތާގެ (ހ) ގައި) ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމާއި، ހަމައެއާޢެކު، ފުރަތަމަ މަރުޙާލާގެ ކޯޓުގައި އެދިފައިނުވާ އާ ކަމަކަށް ޚަޞްމުންގެ ފަރާތުން ފުރަތަމަ ފަހަރަށް އިސްތިއުނާފީ ކޯޓުގައި ފައިޞަލާކޮށްދިނުމަށް އެދުމަކީ އުޞޫލެއްގެ ގޮތުގައި ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވިފައިވާ "މުރާފަޢާތު" (Civil Procedure) ގެ ހަމަތަކާ ޚިލާފުކަމެއްކަން އެނގެން އޮންނަކަމެވެ." މިފަދައިން ކަނޑައަޅުއްވާ ޤާނޫނީ އުސޫލެއް ގާއިމުކުރައްވާފައިވީހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 128/VTR/2024 މައްސަލައިގައިވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިގަނެ ފައިސަލާކޮށް، ނިންމުމެއް ނިންމަންޖެހޭނީ އިސްތިއުނާފކުރު ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށްކަން ސާފުވާކަމާއި، އަދި އެނޫންގޮތަކަށް އަމަލުކުރާނަމަ، އެފަދައިން އަމަލުކުރުމަށް ޤާނޫނުން ހުއްދަކުރުން ލާޒިމުކަން؛
2211 އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ގޟަ އްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުސޫލާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/67 ގޟަ އްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުސޫލުގެ އަލީގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިނުވާ ހުށަހެޅުމެއް ނުވަތަ ބަޔާންކުރުމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމިއްލައަށް އުފަންކުރުވާ މައްސަލައިގައި އެކަންކަމަށް ރިއާޔަތްކުރުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބާރުތަކާއި އިހްތިޔާރުގެ ތެރޭގައި ނުހިމެނޭކަމެއްކަ ން؛ އަދި އެފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމަލުކުރާނަމަ، އެއީ އަދުލުވެރި އަދި ވަކި ފަރާތަކަށް ބުރަވެފައިނުވާ ޝަރީއަތެއްކަމުގައި ބެލުމުގެ އިހުތިމާލު ކުޑަކަން؛ އެހެނީ، އެފަދަ ހާލަތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުސީދާގޮތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/67 ގަޒިއްޔާ (ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. ރިސްޒާޑް ލުރެންސް މަޖޫސްކީ) ނަމަވެސް، އެއްހަސްމުގެ ފަރާތުން ވަކާލާތުކޮށް، ޤާނޫނީ އިރުޝާދު ދޭކަމުގެ އިހުތިމާލެއް އަދި އިހުސާސެއް ވުޖޫދުވުގެންދާކަން؛
23HN211 އިސްވެ ބަޔާންކުރެވުނު ފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމަލުކުރުމަށް ފުރުސަތު އެރުވިއްޖެނަމަ، އެކަމުގެ ނަތީޖާއަކީ މިހާލަތުގައި އިސްތިއުނާފކުރު ފަރާތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަށަވަރުވެގެންވާ އަސާސީ ހައްގު ހަނިކުރެވިގެން ދިއުންކަމުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހު ޅާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/61 ގަޟިއްޔާގައިވެސް ހަވާލާދީފައިވާ އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ މުއާހަދާ (International Covenant on Civil and Political Rights) ގެ 14 ވަނަ އާރޓިކަލްގައި ބަޔާންކުރާ “Right to equality before courts and tribunals and to a fair trial” އިތުރަށް ތަފްސީލުކޮށްދޭ އެކުވެރި ދައުލަތްތައް (United Nations) ގެ "ހިއުމަން ރައިޓްސް ކޮމިޓީ" ގެ 90 ވަނަ ސެޝަން (09 ޖުލައި 2007 އިން 27 ޖުލައި 2007 ގެ ނިޔަލަށް ޖެނީވާ، ސްވިޓްޒަރލޭންޑް) ގެ ރިޕޯޓުގެ 13 ވަނަ ނުކުތާއަށް ބަލާއިރުވެސް، ދަލީލުކޮށްދެނީ ކޮންމެ މައްސަލައެއް ހިންގުމުގައިވެސް، އިޖުރާއީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅުމަކީ ނުވަތަ ހަމަހަމަކަން ނަފީވާފަދައިން ވަކި ފަރާތަކަށް ބުރަވުމަކީ އެޝަރީއަތުގެ އަދުލުވެރިކަން ނެތިގެއްލިދާ ކަމެއްކަމުގައިކަން؛
24HN311 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު M4/6/2024/4-200 (03 ސެޕްޓެންބަރު 2024) އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/82 ގޟަ އްޔާއަށި ހަވާލާދީފައިވާކަމާއި، އެއީ އެގަޟިއްޔާ ނިމުނުގޮތުގެ 28 ވަނަ ޕެރެގްރާފުގައި ބަޔާންކުރާ ކޯޓުތަކުގެ އިހްތިސާސްއާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވި ޤާނޫނީ އުސޫލަށް ރިއާޔަތްކޮށްކަމުގައި ސަރީހަ ނައްސުން ބަޔާންކޮށްފައިނުވިނަމަވެސް، އެގަޒިއްޔާއާއި ހަވާލާދިނުމުގައި ބޭނުންކޮށްފައިވާ އިބާރާތްކުރުމާއި، ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލަށް ރިއާޔަތްކޮށް އެފަދައިން އިސްތިއުނާފް ކުރާ ފަރާތުން އިފްތިރާޟް (presume) ކުރެވޭކަން ؛
2511 އިސްވެ ހަވާލާދެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ 28 ވަނަ ޕެރެގްރާފުގައި ބަޔާންކުރާ ކޯޓުތަކުގެ އިހްތިސާސްއާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވި ޤާނޫނީ އުސޫލަށް އިސްތިއުނާފކުރު ފަރާތުން އެއްބަސްކަމަށާއި އެހެންނަމަވެސް، އެޤާނޫނީ އުސޫލު މިހާލަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސްއަށް ތަތުބީގުކުރި ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު M4/6/2024/4-200 (03 ސެޕްޓެންބަރު 2024) އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތުގައި ތަތުބީގުކޮށްފައިވާ ގޮތުގެ އިދިކޮޅުވެސް އެބައޮތްކަމާއި، އެއީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިހްތިސާސް ލިބިގެންނުވާ މައްސަލަތަކުގައި ކޯޓުތަކަށް އެމައްސަލަތަކުގައި ފައިސަލާކޮށް ގޮތެއް ކަނޑައެޅުމުގެ އިހްތިސާސް ލިބިގެންވުންކަމަށާއި، އިސްވެދެންނެވުނު ފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، އެމައްސަލަ ހުށަހަޅާފައިވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ސިފަތު އެފަރާތަށް ޤާނޫނުން ކަށަވަރުވެފައިނުވާ އަދި އެމައްސަލަ ބެލުމުގެ އިހްތިސާސް ޤާނޫނުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދީފައިނުވާ ބާވަތުގެ މައްސަލައެއްކަމުން، ހަވާލަދެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގޟަ އްޔާގި ޝަރީއަތް ނިމުނުގޮތުގެ 28 ވަނަ ޕެރެގްރާފުގައި ބަޔާންކުރާ ޤާނޫނީ އުސޫލުގެ ދަށުން، މިހާލަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/82 ގަޒިއްޔާ (ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ވ. މުޙައްމަދު މުޚްތާރު) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިހްތިސާސް ލިބިގެންވާކަމަށް ކަނޑައެޅުމަކީވެސް، އިސްވެދެންނެވުނު ޤާނޫނީ އުސޫލާއި ހިލާފުކަމެއްކަން؛
26HN411 އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، އިސްވެދެންނެވުނު ފަދައިން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި ހަވާލާދީ ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، އަދި އެމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލައެއްކަމުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައިނެތަތީ، މިހާލަތުގައި އެއީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލައެއްކަމުގައި ނުބެލެވޭނޭކަމަށާއި، އަދި އެމައްސަލަ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލައެއްކަމުގައި ބަލައިގަނެ ޤާނޫނީ އަސާސް ކަނޑައަޅާ، ޤާނޫނީ އުސޫލުތަކާއި ޤާނޫނީ ބަހުސްތަކާއި ނުކުތާތައް ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބާރުތަކާއި އިހްތިޔާރުގެ ތެރޭގައި ހިމެނޭފަދަ ކަމެއް ނޫންކަމަށާއި، އަދި އެސަބަބުތަކަށްޓަކައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭފަދަ މައްސަލައެއް ނޫންކަން؛
27HN511 އިސްވެދެންނެވުނު ވާގިއާތަކާއި، ހެކިތަކާއި، މަދަނީ އިޖުރާއަތުގެ ޤާނޫނު އަދި ޤާނޫނީ އުސޫލުތަކާއި އިސްތިއުނާފީ ކޯޓުތަކުގެ ނިންމުންތައް އެފަދައިން ތަރުތީބުވެފައިވީހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު M4/6/2024/4-200 (03 ސެޕްޓެންބަރު 2024) އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތަކީ ފާސިދު އިޖުރާއަތެއް، އަދި ހުށަހަޅާފައިނުވާ ނުކުތާތަކުގެ ބޭރުން، އަދި ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކުރުމެއްނެތި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބާރުތަކާއި އިހްތިޔާރުގެ ބޭރުން އަމަލުކޮށް ނިންމާފައިވާ ނިންމުމެއްކަމަށާއި، އެމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭފަދަ މައްސަލައެއް ނޫންކަމުގައިވެސް ފާހަގަކޮށް، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 280 ވަނަ މާއްދާއާއި، 282 ވަނަ މާއްދާއާއި، 283 ވަނަ މާއްދާގެ ދަށުން، މިއިސްތިއުނާފީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާކަން.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
12. ސްޓެލްކޯގެ ފަރާތުން އެދިފައިވަނީ؛ " އިސްތިއުނާފް ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި ހަވާލާދީ ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، އެހުށަހެޅުމުގައި އެއްވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނާއި ހަވާލާދީފައިނެތަތީ، އެމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލައެއްކަމުގައި ނުބެލެވޭނޭކަމަށް ކަނޑައަޅުއްވައިދެއްވައި؛ އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޖިންސީ ފުރައްސާރަކުރުމުގެ ޝަކުވާ ރައްދުވި ފަރާތަށް އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު ލިބިގެންނުވާކަމަށާއި، އިސްތިއުނާފް ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު ލިބިގެންނުވާކަމަށް ކަނޑައަޅުއްވައިދެއްވައި؛ އަދި އިސްތިއުނާފް ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމެއްނެތިކަމަށް ކަނޑައަޅުއްވައިދެއްވައި؛ އަދި އިސްތިއުނާފް ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނެއްގައި އެއިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ކަނޑައަޅާފައި ނެތް ހާލަތެއްގައިކަމަށް ކަނޑައަޅުއްވައިދެއްވައި؛ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު M4/6/2024/4-200 (03 ސެޕްޓެންބަރު 2024) އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތް ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވައި؛ އިސްވެދެންނެވުނު މޭރުމުން ހުކުމެއް ކޮށްދެއްވުމާއެކު، ވެވަޑައިގަތް އެންމެ އަވަސް ފުރުސަތެއްގައި މައްސަލަ ނިންމަވައި ދެއްވުމަށެވެ." މިފަދަންނެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން
13. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
13.1 ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް މައްސަލައެއް ބެލުމުގެ ޤާނޫނީ ބާރު ނުވަތަ އިޚްތިޞާޞް (Jurisdiction) އޮތްތޯ ބެލުމަކީ ހަމައެކަނި ޤާނޫނު މާނަކޮށްގެން ނިންމޭނެ ޤާނޫނީ ސުވާލެއް (Law of (Point އޮތްތޯ ބެލުންކަމާއި، އެގޮތުން ޤާނޫނީ ސުވާލެއް އޮތްތޯ ކަނޑައެޅުމުގައި މިފަދަ ނިންމުންތައް ނިންމުމަށްޓަކައި ކޮންމެހެން އަޑުއެހުމެއް ބާއްވައި، ހެކިބަސް ނަގައި، ދެ ފަރާތުގެ ވަކާލާތު އަޑުއެހުމަކީ ލާޒިމު ކަމެއް ނ ންކަން؛
13.2 ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބިދީފައިވަނީ ސީދާ ޤާނޫނުން ކަމުން، ޤާނޫނުގައި ސާފުކޮށް ލިޔެފައިވާ ކަމެއް ކަށަވަރުކުރުމަށް އިތުރު އަޑުއެހުމެއް ބޭއްވުމަކީ ޟަރޫރީ ކަމެއް ނޫންކަން؛
13.3 ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ "ރަޖިސްޓްރީ" ކުރުމުގެ ކުރިން ބަލާ ބެލުމަކީ އިދާރީ މަރުޙަލާ އެއްކަމާއި، މިއީ ޝަރީޢަތުގެ އަޑުއެހުންތަކުގެ ކުރިން ހިނގާ ކަމެއްކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު A/97)-Ihusaan Shareef v. MTCC (2021/SC ގަޟިއްޔާގައި ސުޕްރީމް ކޯޓުން އިރުޝާދު ދީފައިވަނީ އިޚްތިޞާޞްގެ މައްސަލަކީ މައްސަލައިގެ އެންމެ ކުރީ މަރުޙަލާގައި ކަނޑައަޅަންޖެހޭނެ ގޮތެއްކަމާއި، އެގޮތުން އެ މަރުޙަލާގައި ޓްރައިބިއުންއިން އަމިއްލައަށް އިޚްތިޞާޞް އޮތްކަން ކަށަވަރުކުރުމަކީ ޓްރައިބިއުނަލުގެ ޒިންމާއެއްކަމުން، މީގެ މާނައަކީ އަޑުއެހުމަކާ ނުލައިވެސް ޓްރައިބިއުނަލަށް އެފަދަ ނިންމުން ނިންމިދާނެކަން؛
13.4 އިޚްތިޞާޞް "އޮތްކަމަށް" ނިންމުމާއި "ނެތްކަމަށް" ނިންމުމުގެ ތަފާތަށް ބަލާއިރު، ޤާނޫނީ ގޮތުން "އަޑުއެހުމެއް ބޭއްވުން" ލާޒިމުވަނީ މީހެއްގެ އަސާސީ ޙައްޤަކަށް އުނިކަން އަންނަ ފަދަ ނިންމުމެއް ނިންމާއިރުގައިކަމުގައި ދެކޭކަމަށާއި، ސަބަބަކީ އިޚްތިޞާޞް ނެތްކަމަށް ނިންމައިފިނަމަ، މައްސަލަ ހުށަހެޅި ފަރާތުގެ "ޢަދުލު އިންޞާފަށް ވާޞިލުވުމުގެ ޙައްޤު" ގެއްލިގެންދާނެތީ ކަމުން، އެފަދަ ނިންމުމެއް ނިންމަންވާނީ އަޑުއެހުމެއް ބާއްވައިފަ އ ކަމަށާއި، އެހެންނަމަވެސް އިޚްތިޞާޞް އޮތްކަމަށް ނިންމުމަކީ މައްސަލަ ކުރިއަށް ގެންދަން ނިންމާ ނިންމުމެއްކަމުން، މީގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމެއް ނޯންނާނެކަމަށާއި، ސަބަބަކީ މައްސަލައިގެ ތެރެއިންވެސް އިޚްތިޞާޞް ނެތްކަމަށް ބުނެ އަނެއް ފަރާތަށް އިއުތިރާޒުކުރުމުގެ ފުރުޞަތު ވެސް ފަހުން އޮންނާނެ ކަން؛
13.5 ވީމާ، އަޑުއެހުމެއް ބޭއްވުމަކާ ނުލައި އިޚްތިޞާޞް އޮތްކަމަށް ނިންމުމަކީ ޓްރައިބިއުނަލުގެ ގަވާއިދާ ޚިލާފު ކަމެއް ނޫންކަމާއި، ސަބަބަކީ ޖިންސީ ފުރައްސާރައިގެ ޤާނޫނުގެ ދަށުން ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބިދީފައިވަނީ ޤާނޫނުން ކަނޑައެޅިގެން ކަމަށްވާތީ، އިޚްތިޞާޞް އޮތްކަން ނިންމުމުން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަން ނާންނާތީ ""Hearing އެއްގެ މަޤްޞަދެއް އެ ޙާލަތުގައެ ކޮންމެހެން ނެތްކަން؛
13.6 ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގއ ވަރަށް ބަޔާންކޮށްފައިވަނީ، ވަޒީފާދޭ ތަނުގެ ކޮމިޓީން ނިންމާ ނިންމުމަކަށް އިއުތިރާޒުކުރާ ފަރާތުން، އެ ނިންމުމެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިދާނެ ކަމަށް ކަމުން، ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބިގެންނުވާ ކަމަށް ބުނުމަކީ ޤާނޫނުގެ ސާފު ނައްޞާ ޚިލާފު ވާހަކައެ އްކަން؛
13.7 ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-A/418 އަޙްމަދު ނަޖާޙު ރަފީޤު ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޤަޟިއްޔާއަކީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި މައްސަލައެއްގައި، ޓްރައިބިއުނަލުން މައްސަލަ ބަލައި ނިންމި ގޮތް ހައިކޯޓުން އިސްތިއުނާފު ބަލައި ނިންމާފައިވާ މައްސަލައެއްކަމާއި، މި މައްސަލައިގައި ޓްރައިބިއުނަލުގެ އިޚްތިޞާޞާ މެދު ސުވާލު އުފައްދާފައި ނުވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2022/SC-A/71 (ޖޭ.އެސް. ސީ ވ. މުޙައްމަދު މާލިކު ) ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޓްރައިބިއުނަލުން މުވައްޒަފު އަނބުރާ ވަޒީފާއަށް ނެރުމަށް ކުރި އަމުރު ދަމަހައްޓާފައިކަމުން، ސުޕްރީމް ކޯޓުން މިފަދަ މައްސަލައެއް ބަލައި ގޮތް ކަނޑައެޅުމަކީ، ޓްރައިބިއުނަލަށް އެ އިޚްތިޞާޞް އޮތްކަން އެންމެ މަތީ ދަރަޖައަށް ކަށަވަރުވުންކަން.
ދެވަނަ ނުކުތާ އާ ގުޅޭ
14.އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
14.1 ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް ބެލުމުން އެ ޤާނޫނަކީ ވަޒީފާގެ މާހައުލުގައި ކުރެވޭ ޖިންސީ ފުރައްސާރަތަކާ ގުޅިގެން ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ޤާނޫނެއްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަމާއި، އެގޮތުން އެ ޤާނޫނުގެ ތަޢާރަފުގައި ވެސް ބަޔާންވެގެންވަނީ މިއީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް މާނަކުރުމަށާއި، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެކި ފަރާތްތަކުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރުމުގެ ޤާނޫނުކަމަށާއި، އެ ޤާނޫނުގެ މަޤުސަދަކީ ވަޒީފާ އަދާކުރާ ތަންތަނާއި، ތަޢުލީމީ ޚިދުމަތްދޭ މަރުކަޒުތަކާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދޭ އެކި މުއައްސަސާތަކުގައި ހިނގާ ޖިންސީ ފުރައްސާރައާއި ގޯނާގެ އަމަލުތައް ހުއްޓުވައި، އެފަދަ ކަންކަމުން ރައްކާތެރިވެފައިވާ މާހައުލެއް ގާއިމުކުރުންކަން؛
14.2 އެހެންކަމުން އެ ޤާނޫނުގެ މަޤްސަދުގެ ގޮތުގައި ވެސް އެންމެ ފުރަތަމަ ބަޔާންވެގެން ވަނީ ވަޒީފާ އަދާކުރާ ތަންތަން ކަމާއި، ހަމައެހެންމެ އަޅާ ފިޔަވަޅާ ގުޅޭގޮތުން ވެސް ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ތަހުގީގުތައް ހިންގުމާއި، ޖިންސީ ފުރައްސާރައާއި ގޯނާގެ އަމަލެއް ހިންގާފައިވާކަން ސާބިތުވާ ފަރާތްތަކާމެދު ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭ ފަދަ ގޮތަށްކަމަށާއި، އެހެންކަމުން މި ޤާނޫނުގެ މުޅި މަޤްސަދަކީ ވެސް ވަޒީފާގެ މަޙައުލުގައި ކުރެވޭ ޖިންސީ ފުރައްސާރައާ ގުޅޭގޮތުން އެކަމުގެ ފިޔަވަޅުއެޅުމާއި، އެ ފިޔަވަޅާ މެދު ހިތްހަމަ ނުޖެހޭ ކަމަށްވާނަމަ، އެ ފިޔަވަޅު ބާޠިލްކުރަން ހުށަހެޅުމުން އެކަން ބެލުން ހިމެނޭކަމަށް އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަން؛
14.3 ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ނުކުރާ ކޮންމެ މައްސަލައެއް ފުރަތަމަ މަރުހަލާގައި ބެލުމުގެ ބާރު ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަމާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގައި (ރ) ގައި މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބަޢު ނުވުމުން އެ ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއް ކަމަށް އެ ފިޔަވަޅު އެޅުނު މުވައްޒަފަށް ފެންނަ ޙާލަތުގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލްއަށް ހުށަހެޅިގެން ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަން ؛
14.4 ވަޒީފާއާބެހޭ ޤާނޫނާ ޙަވާލާ ނުދިން ކަމުގައި ވިޔަސް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އެ ފަރާތުގެ ވަޒީފާގެ މާހައުލުގައި އަޅާފައިވާ އިސްލާޙީ ފިޔަވަޅު ބާޠިލްކޮށް އެކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަމުން، އެކަމުގެ އިޚްތިސާސް ލިބިގެންވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ކަން މި ދެންނެވުނު ޤާނޫނީ ނައްސުތަކުން ހާމަވެގެން ދާކަން؛
14.5 ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ބާޠިލުކުރުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކީ ޤާނޫނީ ގޮތުން ފުރިހަމައަށް ލިބިދޭ ޙައްޤެއްކަމުން، މިކަން ކަށަވަރުކޮށްދޭ ޤާނޫނީ ހަމަތަކަކީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ވަޒީފާދޭ ތަނުގެ ކޮމިޓީން މައްސަލަ ބަލައި ނިންމާ ގޮތެއް ނުވަތަ އަޅާ ފިޔަވަޅެއް އިސްތިއުނާފު ކުރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމާއި، އެގޮތުން އެ ޤާނޫނުގެ ދަށުން ވަޒީފާދޭ ފަރާތުން އުފައްދާފައިވާ ކޮމިޓީއަކުން ނިންމާ ނިންމުމާމެދު އިއުތިރާޒުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިދާނެކަން؛
14.6 ފިޔަވަޅު ބާޠިލުކުރުމުގެ ބާރު ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމުގެ މަޤްޞަދަކީ، އަޅާފައިވާ ފިޔަވަޅަކީ ޤާނޫނާ ޚިލާފަށް ނުވަތަ އިޖުރާއަތާ ޚިލާފަށް އަޅާފައިވާ ފިޔަވަޅެއްނަމަ އެ ފިޔަވަޅެއް ބާޠިލުކުރުންކަމާއި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އަޅާ ފިޔަވަޅުތައް ބާޠިލުކުރުމާއި، ވަޒީފާއިން ވަކިކޮށްފައިވާނަމަ އަނބުރާ ވަޒީފާ ދިނުމަށް އަމުރުކުރުންކަން؛
14.7 އެހެންކަމުން ޖިންސީ ފުރައްސާރައިގެ މައްސަލަ އިގައި އެޅި ފިޔަވަޅު ބާޠިލުކުރަން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އިން ސީދާ ލިބޭ އިޚްތިޞާޞެއްކަމާއި، އެ ނޫން ގޮތަކަށް ބުނާ ބުނުމަކީ ޤާނޫނާ ޚިލާފު، އަދި އިސްތިއުނާފީ ނިޒާމުގެ އަސާސާ ޚިލާފު ވާހަކައެއްކަން.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
15.އިސްތިއުނާފު ރައްދުވާ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައަކީ ޓްރައިބިއުނަލްއަށް އިޚްތިސާސް ލިބިގެންވާ މައްސަލައެއް ކަމުގައި ކަނޑައަޅައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
16. މި މައްސަލައަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އާދަމް މުޙައްމަދުގެ ފަރާތުން ހުށަހެޅުމުން ބަލަމުންދާ އެ ޓްރައިބިއުނަލްގެ ނަންބަރު 128/VTR/2024 މައްސަލައަކީ އެ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިނުވާ މައްސަލައެއްކަމަށް ދެކި ސްޓެކްލޯގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާ އެ ޓްރައިބިއުނަލަށް ބަލައިނުގަތުމުން، ޓްރައިބިއުނަލްގެ އެ ނިންމުން މި ކޯޓުގައި އިސްތިއުނާފުކުރުމުން ބަލަމުންދާ މައްސަލައެކެވެ.
17.މި މައްސަލައިގައި މިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ؛
17.1 ޓްރައިބިއުނަލުން އިޖުރާއީ އިއުތިރާޒާމެދު ގޮތް ކަނޑައެޅީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 69 ވަނަ މާއްދާއާ ޚިލާފަށްތޯ؟
17.2 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު މާނަކޮށް ތަތުބީގުކުރުމަގައާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށް މާނަކޮށް، އަދުލުވެރިކަން ގެއްލޭގޮތަށް އަދި ދައުވާގެ އަސާސް އޮޅޭގޮތަށްތޯ؟ އެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ގެ 69 ވަނަ މާއްދާ
18.ސްޓެލްކޯގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނީ ޓްރައިބިއުނަލުން އިޖުރާއީ އިއުތިރާޒާމެދު ގޮތް ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ.
19.އިސްތިއުނާފު ކޮށްފައިމިވާ އިޖުރާއީ ނިންމުނި 30 ސެޕްޓެންބަރު 2024 ގައި ޓްރައިބިއުނަލުން ނިންމި އިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 69 ވަނަ މާއްދާގެ (ނ) ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ގަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) މީގެ ފަހުން، މިރައުޔުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ކަމަށް ބަޔާންކޮށްފައިއެވަނީ މި ގަވާއިދަށް ނިސްބަތްކޮށެވެ. ބަލައި ގޮތެއް ނިންމުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް އެދެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ؛ " (ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އިޖުރާއީ ނުކުތާއެއް ހުށަހެޅިއްޖެނަމަ، މި ގަވާއިދުގެ 31 ވަނަ މާއްދާ (އިބްތިދާއީ ބައްދަލުވުން) ގައި ބަޔާންކޮށްފައިވާ އިބްތިދާއީ ބައްދަލުވުން ބޭއްވުމުގެ ކުރިން، އިޖުރާއީ ނުކުތާއާ ގުޅިގެން އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބާއްވާންވާނެއެވެ." މިފަދައިންނެވެ. މި މާއްދާ، 15 އޮކްޓޫބަރު 2025 ގައި އިސްލާހުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އިސްލާހުކުރެވުނުއިރު މި މާއްދާގެ ޢިބާރާތުގައި، އިޚްތިޞާޞްއާ ގުޅޭ އިޖުރާއީ ނުކުތާއެއް ހުށަހެޅިއްޖެނަމަ އިޖުރާއީ ނުކުތާއާ ގުޅިގެން އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބޭއްވުމުގެ އިޚްތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
20.ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، ޖިންސީ ފުރައްސާރަކުރުމާބެހޭ މައްސަލައަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމުން، ޝަކުވާ ރައްދުވި ފަރާތަށް މިފަދަ މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކާ ގުޅިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިޚްތޞާޞި ނުލިބޭ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކެއެވެ. އަދި، މިކަމާ ގުޅިގެން ލިޔުމުން، އިޖުރާއީ ނުކުތާ، އެކަމަށް ޓްރައިބިއުނަލުން ޚާއޞް ކޮށްފައިވާ ފޯމުން ހުށަހަޅާފައިވެއެވެ. އަދި މި ހުށަހެޅުން ހުށަހެޅުމާ ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވަނީ އެ އިޖުރާއީ ނުކުތާ ބަލައިނުގަތުމަށެވެ.
21.ސްޓެލްކޯގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބަޔާންކުރި ފަދައިން ޓްރައިބިއުނަލުން އިޚްތިޞާޞްއާ ގުޅޭ އިޖުރާއީ ނިންމުމެއް ނިންމުމުގެ ކުރިން އަޑުއެހުމެއް ބޭއްވުމަކީ އިސްތިއުނާފުކޮށްފައިމިވާ ނިންމުން ނިންމި އިރު ޢަމަލުކުރުމަށް ޓްރައިބިއުނަލްގެ ގަވާއިދުގައި ބަޔާންކޮށްފަ އިވާ ގޮތެވެ. އެހެންނަމަވެސް، އެ ގަވާއިދު ނަންބަރު 102-2025/R (ގަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) މާއްދާއަށް ގެނެސްފައިވާ އިސްލާހަށާއި، މި އިސްތިއުނާފުގައި، އަޑުއެހުމެއް ނުބޭއްވުމުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތަށް ގެއްލުނު ޙައްޤެއްވެސް ބަޔާންކޮށްދީފައިނުވާތީ އަހުރެން ދެކެނީ މި އިސްތިއުނާފީ ނުކުތާއަށް ބަލައި، ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ސްޓެލްކޯއަށް ބުނެދެވިފައިނުވާކަމަށެވެ. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީގެ ނިންމުން އިސްތިއުނާފު ކުރުން
22. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ގެ 26 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ؛ "26)ހ( . ޝަކުވާ ކޮމިޓީން ނިންމާ ނިންމުމެއް އެ މައްސަލަ ހުށަހެޅި ފަރާތަށް ޤަބޫލުނުކުރެވޭނަމަ، ކޮމިޓީން އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން 180 (ސަތޭކައަށްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އެފަރާތަށް ލިބިގެންވެއެވެ .
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓަރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ޝަކުވާ ކޮމިޓީއަށް މައްސަލަ ހުށަހަޅައި، އެ ކޮމިޓީން މައްސަލަ ނިންމުމަށްފަހުގައެވެ .
(ނ) މައްސަލަ ބެލުމަށްފަހު، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އެކަމުގެ ސަބަބުން ޝަކުވާ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޙައްޤް މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ .
(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، މި ޤާނޫނުގައިވާ ގޮތުގެމަތިން ކޮމިޓީއަށް ޝަކުވާ ހުށަހަޅާތާ 60 (ފަސްދޮޅަސ) ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާފައި ނުވާނަމަ، އެ މައްސަލައެއް ސީދާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިޚްތިޔާރު ޝަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ ." ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު)، މީގެ ފަހުން މި ރައުޔުގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ކަމަށް ބަޔާންކޮށްފައިވާނީ މި ޤާނޫނަށް ނިސްބަތްކޮށެވެ މިފަދައިންނެވެ.
23.އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގައި، ބަޔާންކޮށްފައިވަނީ ޝަކުވާ ހުށަހަޅާ ފަރާތަށް، ކޮމިޓީގެ ނިންމުން ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބޭ ގޮތެވެ. ތެދެކެވެ. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި، މިފަދަ ޝަކުވާއެއް ރައްދުވާ ފަރާތް ނުވަތަ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނު މީހާއަށް ލިބިފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ބަޔާންކޮށްފައިނުވެއެވެ. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަކީ ވަޒީފާގެ މާޙައުލުތަކާއި، ތަޢުލީމުދޭ މަރުކަޒުތަކާއި، ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްދޭ ތަންތަނުގައި ހިނގާ ޖިންސީ ފުރައްސާރައިގެ ޢަމަލުތައް ހުއްޓުވައި، އެފަދަ ކަންކަމުން ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެކުލަވާލާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގައި، މަސައްކަތު މާހައުލުގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމަށްޓަކައި ޚާއޞް އިޖުރާއަތެއް ބަޔާންކޮށްފައިވެއެވެ.
24.ކަންމިހެން އޮތްނަމަވެސް، ވަޒީފާގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ މަސައްކަތުގެ އަޚުލާޤާ މަސައްކަތު މާހައުލުގައި ދިމާވާ ސުލޫކީ މައްސަލަތަކާ އެއްގޮތް ކަމެއް ހުރިކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، ޖިންސީ ފުރައްސާރައިގެ ޢަމަލެއް ސާބިތުވެއްޖެނަމަ އަޅާ ފިޔަވަޅުތައް ވެސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޢާންމު ސުލޫކީ މިންގަނޑުތަކުގެ ދަށުން އަޅާ ފިޔަވަޅުތަކާ އެއްގޮތްކަން ފާހަގަކުރެވެއެވެ.
25.ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރާނެ ޚާއްސަ އިޖުރާއަތެއް ބަޔާންކޮށް އެކަމަށް ވަކި ޤާނޫނެއް ހެދުމުގެ މައިގަނޑު މަގްސަދުކަމަށް އަހުރެންނަށް ފާހަގަކުރެވެނީ، ޖިންސީ ފުރައްސާރައަކީ، ޚާއްސަ ރައްކާތެރިކަމެއް އެފަދަ ޢަމަލުތައް ރައްދުވާ ފަރާތްތަކަށް ދޭންޖެހޭފަދަ މައްސަލަތަކަކަށް ވާތީއާއި، ވަޒީފާދީ ފަރާތްތަކާއި ޚިދުމަތްދޭ ތަންތަން ޒި ންމާދާރުކުރުމާއި، މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އަވަސް ނިޒާމެއް ޤާއިމުކުރުމާއި، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ހޯދައިދިނުމެވެ. އަދި، މިފަދަ ޚާއްސަ ޤާނޫނެއްގެ ސަބަބުން މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުބާރާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކުރެވެއެވެ.
26.ކުރިންވެސް ފާހަގަކުރި ފަދައިން، ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ ޝަކުވާ ރައްދުވާ ފަރާތަށް ޝަކުވާ ކޮމިޓީގެ ނިންމުންތައް އިސްތިއުނާފުކުރުމުގެ ޚާއްޞަ ނިޒާމެއް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ. އެހެންނަމަވެސް، ޖިންސީ ފުރައްސާރައިގެ ޝަކުވާތައް ބަލާ ކޮމިޓީއިންވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމުގައި، ޢަމަލުކުރަންޖެހެނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާގޮތެއްގެ މަތިންކަމަށް ބަޔާންކޮށްފައިވާއިރު، މުވައްޒަފާމެދު އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއް ކަމަށް އެ ފިޔަވަޅު އެޅުނު މުވައްޒަފަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅިދާނެކަން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) އިން އެނގެން އޮންނަކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް އަހުރެންނަށް ތާއީދު ކުރެވެއެވެ.
27.އާދަމް މުޙައްމަދުގެ ފަރާތުން މައްސަލަ ހުށަހެޅިއިރު، ވަޒީފާއާބެހޭ ޤާނޫނާ ހަވާލާދީފައިނުވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ބަލާއިރު، މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ލިބުނު ގޮތް ބަޔާންކޮށްދިނުމަކީ ލާޒިމް ކަމެއް ކަމަށް ބަޔާންކުރާ އެއްވެސް ޤާނޫނީ ނައްސެއް ފާހަގަކޮށްފައެއްނުވެއެވެ.
28HN6ވަޒީފާގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ އިސްތިއުނާފުކުރާއިރު، މިކަމުގައި އޮޅުން އަރަނީ ޖިނާއީ ތަބީޢަތުގެ ނުވަތަ އަޚުލާޤީ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާތީކަމުގައިވުން އެކަށީގެންވެއެވެ. ނަމަވެސް، މިކަން މިގޮތަށް ހިނގަނީ، ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތަކުގައި ވަޒީފާގެ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ގުޅޭގޮތުން ބަލާ ކަންކަމާއި، ޖިނާއީ ގޮތުން ނުވަތަ ޤާނޫނީ ގޮތުން މިފަދަ މައްސަލަތައް ބަލާ ތަހުގީގުކުރުމުގެ މަގެއް އޮތުމުގެ އިހުތިމާލު އޮތުމުން ކަމަށް ބެލެވެއެވެ. ޓްރައިބިއުނަލުން މިފަދަ މައްސަލަތަކުގައި ބަލާނީ، މުވައްޒަފާމެދު އެޅުނު ފިޔަވަޅު އަޅާފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯކަމުގައި އަހުރެން ދެކެމެވެ. މި މަގުން މި އިޖުރާއަތު އޮތުމުގެ ބޭނުމަކީ ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުތައްވެސް ކަށަވަރުކުރުން ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
ނިންމަން ފެންނަގޮތް
29އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، އަހުރެން ދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު M4/6/2024/4-200 'އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތް'އަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢު ގެ ރައުޔު
30ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ގެ ރައުޔު
31ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
32މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-M4/6/2024/4 'އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ޓްރައިބިއުނަލުން ނިންމި ގޮތް' އިސްތިއުނާފުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމުން ބާޠިލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ފަނޑިޔާރު ޙަސަން ޝަފީޢު
(ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފުޓްނޯޓު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 91 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ޅ)، 24 ވަނަ މާއްދާގެ (ހ)، 27 ވަނަ މާއްދާ
- ގަވާއިދު ނަންބަރު R-14/2022 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 69 ވަނަ މާއްދާގެ (ނ) އަދި (ރ)
- ގަވާއިދު ނަންބަރު R-14/2022 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 31 ވަނަ މާއްދާ
- ގަވާއިދު ނަންބަރު R-102/2025 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި 43 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 280، 282، 283 ވަނަ މާއްދާ
- 2021/SC-A/82
- 2022/HC-A/67
- 2020/SC-A/100
- 2019/SC-A/62
- 2010/SC-A/02
- 2019/SC-A/09
- 2012/HC-A/280
- 2021/HC-A/39
- 2021/SC-A/12
- 2022/HC-A/426
- 2013/SC-A/44
- 2019/SC-A/61
- 2021/SC-A/97
- 2021/HC-A/418
- 2022/SC-A/71
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.