މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (ދަޢުލަތް) ވ. 1-ޙުސައިން ހާފިޡު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B4/VA/2022/05
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން 87 އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރި ދެ އިޢުލާނަށް ޢަމަލުކުރުން ޖުޑީޝަލް ރިވިއު ނިމެންދެން ހުއްޓުވުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކީ، ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައިވާ ޝަރުޠުތަކާއި ބެލެންސް އޮފް ކޮންވީނިއެންސްގެ އުޞޫލާ އެއްގޮތަށް ނެރުނު އަމުރެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް (އަޣުލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިޖުރާއަތުގެ ޤާނޫނާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން، ދަޢުވާއެއްގައި ގޮތެއް ނިންމުމުގެ ކުރިން ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމަށް ނެރޭ ވަގުތީ އަމުރަކީ ކޯޓުގެ އިޚްތިޔާރީ ބާރުގެ ދަށުގައި އޮތް ކަމެކެވެ.
HN2 ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތަކަކީ: (1) އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވުން، (2) ވަގުތީ އަމުރަކާ ނުލައި މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، އަދި (3) އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަމުގައި ވުމެވެ.
HN3 މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމަށް ބެލޭނީ، އެ ޙައްޤެއް ޙިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް (legal rule) އޮތުމުގެ އިތުރުން، ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް އޮތުމުގެ އިޙްތިމާލު ޤާއިމުވާކަމަށް ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކެއް ކަމުގައިވާނަމައެވެ.
HN4 ރަޖިސްޓްރީ ބާޠިލުކުރި ކުރުމުގެ ޞައްޙަކަމަކީ މައުޟޫޢީ ދަޢުވާގައި ކަނޑައެޅެންޖެހޭ ކަމެއް ކަމުގައިވާއިރު، މައުޟޫޢީ މައްސަލަ ނިމުމުގެ ކުރިން އެކަމަށް ގޮތެއް ކަނޑައެޅިގެން ދިއުމަކީ އަސްލު މައްސަލައިގެ އަސާސް ނެތިގެން ދާނެ ކަމެކެވެ؛ އަދި ރަޖިސްޓްރީއެއް ދަޢުވާކުރާ ފަރާތްތަކުގެ އަތުގައި އޮތްކަން ދެފަރާތުގެ ބަހުންނާއި ލިޔެކިޔުންތަކުން އެނގޭއިރު، ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަމަށް ބެލެވޭނެއެވެ.
HN5 ވަގުތީ އަމުރު ނުނެރެއްޖެނަމަ ލިބިދާނެ ގެއްލުމަށް އެކަށީގެންވާ ބަދަލެއް (adequate remedy) ދެވޭނަމަ ޢާންމު އުޞޫލަކީ ވަގުތީ އަމުރެއް ނުނެރުމެވެ؛ ގެއްލުމާ ގުޅޭ ސުވާލުތަކަށް ސާފު ޖަވާބެއް ނުލިބޭ ޙާލަތުގައި، ކޯޓުން ބަލަންޖެހޭނީ އަމުރު ނެރުމުން ނުވަތަ ނުނެރުމުން ގެއްލުމާއި އުނދަގޫ ބޮޑަށް އުފުލަންޖެހޭނީ ކޮން ފަރާތެއްތޯއެވެ (balance of convenience).
HN6 ރަޖިސްޓްރީ ބާޠިލުކުރި ކުރުން ދަމަހައްޓައިފިނަމަ ގެއްލުމާއި އުނދަގޫ ތަޙައްމަލުކުރަންޖެހޭނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ކަމަށްވެ، ދައުލަތަށް ސީދާ ގެއްލުމެއް ނުލިބޭ ޙާލަތުގައި، ބެލެންސް އޮފް ކޮންވީނިއެންސް ވަނީ ވަގުތީ އަމުރަށް އެދުނު ފަރާތްތަކާ ދިމާއަށެވެ؛ އެހެންކަމުން ސިވިލް ކޯޓުގެ ވަގުތީ އަމުރު ނެރެފައިވަނީ ވަގުތީ އަމުރުގެ އުޞޫލުތަކާ އެއްގޮތަށެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ރިޔާސަތު
- މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- މުޙައްމަދު ނިޔާޒް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒގް ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓު ގެ ނަންބަރު 052022//AV/4B-144 (17 އޮކްޓ ބަރު 2022) "ވަގުތީ އަމުރު " ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް އެދި ދިވެހި ދަޢުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޓްރާންސްޕޯޓް މިނިސްޓްރީ)" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ […]، ސ.ހިތަދޫ / ޙުސައިން ހާފިޘު އާއި ސ.ހިތަދޫ، […] / އަޒްހާ މުޙައްމަދު އާއި ހުޅުމާލެ 10471، ޢަބްދުއްރަޝީދު އާއި ގއ.ވިލިނގިލި، […] / މުޙައްމަދު ޝަހުމު އާއި ށ.މަރޮށި، […] / ޙަސަން ވަހީދު އާއި […] ޢަލީ ނާޖިހު އާއި ލ.ފޮނަދޫ، ސްކައިލައިން / މުޙައްމަދު އަފްޞަލް އާއި ސ.ހުޅުދޫ، […] / މުޙައްމަދު ޞާއިމް ޢަބްދުﷲ އަދި ނ.މަނަދޫ، […] / މ ސ ޝިފާޒް މީގެ ފަހުން ("އިސްތިއުނާފު ރައްދުވާ ފަރާތްތައް)" ގެ މައްޗަށެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
3ޤަވާޢިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއް ކަމަށްބުނެ، ޓްރާންސްޕޯޓް މިނިސްޓްރީގެ ނަންބަރު: 472/2022/3472/(IUL) (07 ސެޕްޓެމްބަރ 2022) އިޢުލާނާއި ހަމަ އެމިނިސްޓްރީގެ ނަންބަރު: ނަންބަރު: 472/2022/5472/(IUL) (27 ސެޕްޓެމްބަރ 0222) އިޢުލާން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް މިދެ އިޢުލާނުގެ ދަށުން، 87 ވެހިކަލްގެ ރަޖިސްޓްރީ ބާޠިލްކުރިއެވެ. މިވެހިކަލްތަކުގެ ރަޖިސްޓްރީ ބާޠިލްކުރި ސަބަބެއްކަމަށް ބަޔާން ކޮށްފައިވަނީ، ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް އެވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކޮށްފައވުމެވެ.
4މިކަމާއި ގުޅިގެން، ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާއި، "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އާ ޙަވާލާދީ، ބަޔާންވެދިޔަ ދެ އިޢުލާނުގެ ޞައްޙަކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސުވާލު އުފައްދައި ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
5އަދި އެ ދަޢުވާގެ މައުޟޫޢު ނިމެންދެން ވަގުތީ އަމުރެއްގެ ދަށުން، ރަޖިސްޓްރީތައް ބާޠިލުކުރި ކުރުމުގެ މައްޗަށް ޢަމަލު ކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދުނެވެ. މިމައްސަލަ ބަލަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު: 2022-CVC-3647 ޤަޟިއްޔާއިންނެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނަންބަރު472/2022/3472/(IUL) (07 ސެޕްޓެންބަރު 2022) އިއުލާން އަދި ނަންބަރު: 472/2022/5472/(IUL) (27 ސެޕްޓެންބަރު 2022) އިއުލާނު. ޖުޑިޝަލް ރިވިއުގެ ދަޢުވާ ހުށަހަޅާ ފޯމު ވަގުތީ އަމުރަށް އެދޭ ފޯމު
6ސިވިލް ކޯޓުގެ ނަންބަރު: 2022-CVC-3647 ޤަޟިއްޔއާއާ ގުޅިގެނި އެކޯޓުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު އެކޯޓުން ނެރެފައިވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ މި އަމުރެވެ. ސިވިލް ކޯޓުގެ ވަގުތީ އަމުރު:
7ސިވިލް ކޯޓުގެ ނަންބަރު 144-B4/VA/2022/05 "ވަގުތީ އަމުރު"ން އަމުރުކޮށްފައިވާ މިމައްސަލައާއި ގުޅޭ ބައި ތިރީގައި އެވަނީއެވެ؛ ..." ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3647 ޤަޟިއްޔާއިން ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިއަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނަންބަރު 472/2022/3472/(IUL) (07 ސެޕްޓެންބަރު 2022) އިއުލާން އަދި ނަންބަރު 472/2022/5472/(IUL) (26 ސެޕްޓެންބަރު 2022) އިޢުލާނު ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އެ އިޢުލާނުތަކުނ ބާޠިލްކަމަށް ކަނޑައަޅާފައިވް އުޅަނދުތަކުގެ ރަޖިސްޓްރީއަކީ މިހިނދަށް ބާޠިލްވެފައިވާ ރަޖިސްޓްރީތަކެއްކަމުގައި ނުބެލުމަށާއި، އެ އިއުލާނުތަކުން ރަޖިސްޓްރީ ބާޠިލްކޮށްފައިވާ އުޅަނދުތަކަށ ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (ދައުލަތް) އާއި ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:
8ސިވިލް ކޯޓުގެ ނަންބަރު B4/VA/2022/05-144 (17 އޮކްޓޫބަރު 2022) "ވަގުތީ އަމުރު" ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ 20 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
8.1- އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ އުޅަނދުތަކުގެ ރަޖިސްޓްރީތަކަކީ ފޯޖްކޮށް "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 4 ވަނަ މާއްދާގައި އުޅަނދެއް ރަޖިސްޓްރީ ކުރުމުގައި ޢަމަލުކުރަންޖެހޭ އުސ ލ ޚިލާފަށާ އުފައްދާފައިވާ ރަޖިސްޓްރއެއްކަމާއީ އަދި އެ ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ އުޅަނދުތަކަކީ ޙަވާލާދެވުނު މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަނުވާ އުޅަނދުތަކެއްކަނ ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތްއިރު، މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު B4/VA/2022/05-144 ވަގުތީ އަމުރުގައި ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކގު 4 ގައި ބަޔާންކޮށްފައިވާ ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ މުހިއްމު އެއް ޝަރުތުކަމުގައިވާ މައުޟޫޢީ ޙައްޤެއް ނުވަތެ ޤާނޫނީ މަރުކަޒެއް އޮތު މުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުން، މިޝަރުތު ފުރިހަމަވެފައި ނުވަނީސްކަމާއި، އަދި މައްސަލައިގެ ވާޤިޢާތަކަށް ފުރިހަމައަށް ރިޢާޔަތްކުރެއްވުމެއްނެތި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ؛
8.2- ސިވިލް ކޯޓުގެ ނަންބަރު B4/VA/2022/05-144 ވަގުތީ އަމުރުގައި، ވަގުތީ އަމުރެއް ނެރެދީފިނަމަ ގެއްލުން ބޮޑީ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރު ނެރެދިނުމުގައި ހުންނަންޖެހޭ އެއް ޝަރުތުކަމުގައިވާ ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުޞ ލާއި، އެކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރ މެނޭޖް މަންޓ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 43 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ of Balance Convenience ގެ ޓެސްޓު ނުރަނގަޅުކޮށް ތަޠުބީޤުކޮށް، އެޤަޟިއްޔާގައި ދެފަރާތުގެ މަޞްލަޙަތު ވަޒަންކުރުމާ ގުޅޭ ގޮތުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފަށް، މައްސަލައިގާ ވާޤިޢާތަކަށް ފުރިހަމައަށް ރިޢާޔަތްކުރެއްވުމެއްނެތި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް
9އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ވަރަށް ތަފްޞީލްގޮތެއްގައި އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އެހުރިހާ ވާހަކަތަކއެ މަޙްޟަރުކުރެވި މިޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެޓޭޗްކުރެވިފައިވާނެއެވެ. މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ބުނަނީ، މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގަ މިމައްސަލައިގ ނެތްކަމަށެ ވެ. އެފަދައިން ފާހަގަކުރާ ސަބަބަކީ އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައި އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. މިގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުތަކުން ޖުމްލަ 87 އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލްކޮށްފައިވަނީ އިޝާރާތްކުރެވުނު މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާތީކަމަށެވެ. އަދި މި ބާޠިލްކުރި އުޅަނދު ތަކުގެ ތެރެއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 9 ފަރާތެއް ކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނަނީ އެފަރާތްތަކުގެ އަތުގައިވަނީ ސައްހަ ރަޖިސްޓްރީތަކެއް ކަމަށެވެ. ނަމަވެސް ދައުލަތުން އުފައްދާ ހުސމަތަކީ ރަޖިސްޓްރީތައް ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައިވަނީ ސައްހަ މަގުންތޯ މިކަމާއިމެދުކަމަށެވެ. އެގޮތުން މިރަޖިސްޓްރީތައް ހެދުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިނުވާކަމަށެވެ. އެހެންކަމުން މިފަދަ ހާލަތުގައި މައުޟޫޢީ ދަޢުވާ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ކާމިޔާބުވާނެކަމުގެ އަސާސީ އަދި ޙަޤީޤީ އިޙްތިމާލު އޮތްކަމަށް ދައްކުވައިދނުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެންމެ ކުޑަމިނުން އެޕްލިކޭޝަން ފޯމް ނުވަތަ ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުމެއް މިނިސްޓްރީއަށް ހުށަހެޅިކަން ދައްކުވައިދޭން ޖެހޭނެކަމަށެވެ. އެހެންކަމުން، ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައިވާ ގޮތަށް ދައުލަތުން މިމައްސަލައިގ މައުޟ ޢީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށް ނުދެކޭކަމަށެވެ.
10މީގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އީކުއިޓަބަލް ރެމެޑީއެއ ހޯދުމަށް ކޯޓަށް އައިސްފައިވަނީ ސާފު އަތަކާއެކު ނންކަމަށ ވެ. ސަބަބަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައިވަނީ ޤާނނ ގަވާއިދާ ޙިލާފަށ ކަންތައްތަކެއް ކުރުމަށްފަހު، އެނިވާ ފައްގަނޑގެ ދަށުގައު ނުޙައްޤު މަންފާއެއް ހޯދުމުގެ ބޭނުމުގައި ހެޔޮ ނިޔަތެއް ނެތިކަން ފާހަގަކުރާކަމަށެވެ.
11ހަމައެހެންމެ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟ ޢީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް ނެތްކަމަށް ދައުލަތުން ދެކޭކަމަށެވެ. ސަބަބަކީ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގއަ ކަނޑައަޅުއްވާފައި ޝަރުތުތަކަކީ ވަކި ވަކިން ކިޔަންޖެހޭ ޝަރުތުތަކެއް ނޫންކަމަށާއި، ވަގުތީ އަމުރަކަށް އެދޭ ފަރާތަކަށް ތަދާރުކު ނުކުރެވޭ ގެއްލުމެއް ވާކަމަށް ކަނޑައެޅޭނީ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ޤާއިމްވެގެން އޮންނަ ހާލަތުގައި އެކަނިކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް ތަކަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަ ނ ބޮޑް ގޮތެއްގައި ނެތަތީ، އުފަންވެފައިނުވާ މައުޟ ޢީ ޙައްޤަކުން ގެއްލުމެއްވެސް ކުރިމަތި ނުވާނެކަމަށެވެ. މީގެ އިތުރުން، ޤާނޫނީ ގޮތުން ހިމާޔަތްލިބެންޖެހޭ މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނ ނ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށް ބެލިނަމަވެސް، ވަގުތީ އަމުރަށަ އެދް ފަރާތަށް ލިބޭނެކަމަށް އެފަރާތުން ބުނާ ގެއްލުމަކީ ތަދާރުކު ނުކުރެވޭނެ ގެއްލުމެއް ނ ންކަމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ދިފާޢުތަކަށް ބެލުމުންވެސް އެނގޭނެކަމަށެވެ. އަދި އެކަންކަމުގެ ތަފްސީލްތައް ބަޔާންކޮށްފައިވާނެކަމަށާއި، އެކަންކަމަށް ރިޢާޔަތްކޮށްދިނުމަށް ދައުލަތުން އެދޭކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
12އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 052022//AV/4B-144 ވަގުތީ އަމުރު ނެރެދެއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއަ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އޞު ލުތަކާ ޚިލާފަށްކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 052022//AV/4B-144 ވަގުތީ އަމުރު ބާޠިލްކޮށް، މިމައްސަލައިގައި ވަގުތީ އަމުރު ނެރެންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް މިހިނދަށް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް
13އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ވަރަށް ތަފްޞީލްގޮތެއްގައި ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އެހުރިހާ ވާހަކަތަކެއް މަޙްޟަރުކުރެވި މިޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެޓޭޗްކު ރެވިފައިވާނެއެވެ. މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ބުނަނީ، މިމައްސަލައިގ އިސްތިއުނާފަ ރައްދުވު ފަރާތްތަކުގެ ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ނެތްކަމަށެވެ. އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހަޅާފައިވާ މައުޟޫޢީ ދައުވާއަކީ، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޢަދަލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ޙައްޤުން މަހްރ މްވާ ގޮތަށް އެފަރާތްތަކުގެ ނަންމަތީ ޓްރާންސްޕޯޓް މިނިސްޓްރީއިން ރަޖިސްޓްރީކޮށްދީފައިވާ އެފަރާތްތަކުގެ އަމިއްލަ މުދަލުން ތަސައްރުފ ކުރުމުގު ޙައްޤު ނިގުޅައިގެންފައިވާތ ހުށަހަޅާފައިވީ ދައުވާއެއްކަމަށެވެ. މުދާ މިލްކުކުރުމާއި، މުދަލުން ތަސައްރުފު ކުރުމަކީވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ އަސާސީ ޙައްޤެއްކަމަށްވާއިރު، އަދި ޓްރާންސްޕޯޓް މިނިސްޓްރީން ކުއްލި ގޮތަކަށް ބާޠިލްކުރި ރަޖިސްޓްރީތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ކުރިން ދ ކޮށްފައިވާ އެއްޗެއްކަމާމެދު އެއްވެސް ހުސމާތެއް ނެތްއިރު، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް މިމައްސަލައި ގައި އޮތްކަމާމެދު ޙަޤީޤަތުގައި ބަހުސް ކުރާނެ ޖާގައެއް އޮތްކަމަށް ނުބެލެވޭކަމަށެވެ. ސަބަބަކީ ދައުވާގެ މައިގަނޑު އެމައްޗަށް ބިނާވެފައި އޮތީ، ދައުވާކުރާ ފަރާތްތަކުގެ މިލްކުވެރިކަމުގެ އޮތް މުދަލަކާ ގުޅޭ ގޮތުން ކަމުގައިވާތީ، އަދި ދައުވާގެ ނިންމުމުން، ފަރުވާލިބި ގެންދަނީ، އެފަރާތްތަކުގެ ނަމުގައި އޮތް އުޅަނދުގެ މިލްކުވެރިކަމުގެ މައްޗަށް އޮތް ހުސމާތަށްކަމަށާއި، އެހެންކަމުން ޤާނޫނީ ގޮތުން ހިމާޔަތް ލިބިދޭންޖެހޭ މައުޟޫޢީ ޙައްޤެއް އިސްތިއުނާފުކުރާ ފަރާތްތަކުގެ ކިބައިގައި އޮތްކަން ސާފުކަމަށެވެ.
14މީގެ އިތުރުން ވަގުތީ އަމުރު ނެރުމުގެ މަރުހަލާއަކީ، ލިބިދާނެކަމަށް ބެލެވޭ ގެއްލުންތައް ވަޒަންކުރުމަށް ތަފްސީލީ ހެކި ޤަރީނާ ހުށަހަޅައި، އެހެއްކަށް ތައުނުކުރުމުގެ ފުރުސަތު ދީގެން، ފިޔަވަޅު އަޅާ މަރުހަލާއެއް ނޫންކަންވެސް، މިވާބަތުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އެނގިގެންދާނެކަމަށާއި، ވަގުތީ އަމުރުގެ މައްސަލަތަކުގައި، މައްސަ ލައިގެ ވަށައިގެންވާ ކަންތައްތަކަށް ބަލައި، ކޯޓުން އަވަސް ފިޔަވަޅެއް ނާޅައިފިނަމަ، މައްސަލާގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ފެންނަ ޙާލަތުގައި ވީހާވެސް އަވަހަށް އެ މައްސަލައެއްގައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެ ފަނޑިޔާރަށް އެޅިދާނެކަމަށާއި، އެފަދައިން އަމުރެއް ނެރޭކަމުގައިވަނީނަމަ އެމައްސަލައިގެ ޙަސްމުންގެ ޙާޟިރުގައި އަދި ޣައިރު ޙާޟިރުގައިވެސް އަމުރު ނެރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/135 ޤަޟިއްޔާގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަގުތީ އަމުރެއް ނެރެނުދީފިނަމަ ލިބޭނެ ގެއްލުންތަކަކީ ކޮބައިކަން ފާހަގަކޮށްފައިވާނެކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
15އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 052022//AV/4B-144 އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން:
16މިމައްސަލައާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެއްކި ވާހަކަތަކަށާއި އަދިހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަ ކުރެވިފައިވެއެވެ.
ޤާނ ނ ނަންބަރު: 2021/32 ( މަދަނީ އިޖުރާއަތުގެ ޤާނނ:)
17HN1ޤާނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު") އާއި އެޤާނޫނުގެ ދަށުން، ސިވިލް ކޯޓުން ހަދާފައިވާ ގަވާއިދު ނަންބަރު 105-2022/R "ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު" ގައި ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ބަޔާން ކުރެއެވެ. އެހެންކަމުން، ވަގުތީ އަމުރަކީ ކޯޓުގެ އިޚްތިޔާރީ ބާރުގެ ދަށުގައި އޮތް ކަމެކެވެ.
18މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަގުތީ އަމުރުގެ ގޮތުގައި ނެރެދިނުމަށަ އެދެވިދާނެ ތަފާތު ބާވަތްތަކުގެ އަމުރުތަކެއް ބަޔާން ކުރެއެވެ. އެހެންކަމުން، ވަގުތީ އަމުރަކަށް އެދި ހުށަހަޅާއިރު، އެހުށަހަޅަނ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮން ނަންބަރެއްގައި ބަޔާންކުރަ ކޮން ބާވަތެއްގެ އަމުރެއްކަން ސާފުވާންޖެހެއެވެ. އެކަން އެގޮތަށް ބަޔާން ކުރުމަކާއި ނުލައި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެވި ދާނެކަމަށް ޤަބ ލެއް ނުކުރެވެއެވެ.
19މަދަނީ އިޖުރާއަތު ޤާނޫނުގައި ވަގުތީ ގޮތުން ނެރެވިދާނެ އަމުރުތަކެއްގެ ވާހަކަ ބަޔާން ކޮށްފައިވަނިކޮށް، އެޤާނޫނުގެ އެއްވެސް މާއްދާއަކާއި ޙަވާލާދިނުމެއްނެތި، ހަމަ ކުރިއެކޭ އެއްގޮތަށް މިހާރުވެސް ޢަމަލު ކުރާން ކޯޓުތަކުން ދ ކޮށްލައިފިނަމަ، މަދަނީ އިޖުރާއަތެއްގެ ބޭނުމެއް ހަޤީޤަތުގައި ނެތެވެ. މަދަނީ އިޖުރާއަތު ޤާނނގު 236 ވަނަ މާއްދާގެ (ށ) ގައި ކޯޓު އަމުރަށް އެދޭ ފޯމުގައި މަދުވެގެން އަންނަނިވި މަޢުލޫމާތާއި ލިޔެކިޔުން އަމުރަށް އެދޭ ފަރާތުން ހިމަނަންވާނެ ކަމަށް ބަޔާންކޮށް އެއަކުރުގެ (1) ވަނަ ނަންބަރުގައި "ނެރެދިނުމަށް އެދޭ އަމުރުގެ ބާވަތް" ހިމަނަންވާނެ ކަމަށް ބަޔާން ކުރެއެވެ. ޤާނ ނ ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ) އަދި (ށ). ގަވާއިދު ނަންބަރު 2022/105-R "ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު "ގެ 111 ވަނަ (ހ) އަދި (ށ).
20މަދަނީ އިޖުރާއަތު ޤާނނގު 242 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ގޮތުން، ވަގުތީ އަމުރުގެ ގޮތުގައި ތަފާތު 11 (އެގާރަ) ބާވަތެއްގެ ވަގުތީ އަމުރު ނެރެވިދާނެއެވެ. އޭގެ ތެރޭގައި، ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ އަމުރު (242 ވަނަ މާއްދާގެ (ށ) ގެ (2)) ހިމެނެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ވަގުތީ އަމުރަށް އެދޭ ފޯމުން (ފޯމް 32) ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުގެ އިތުރުން އެފޯމުގައި، އެއެދޭ ވަގުތީ އަމުރަކީ މަދަނީ އިޖުރާއަތުގެ ޤާނނުގައ ބަޔާންކުރި ކޮން ބާވަތެއްގެ ވަގުތީ އަމުރެއްކަން އެނގޭގޮތަށް އެޤާނޫނުގެ މާއްދާއާއި އަކުރާއި ނަންބަރަށް ޙަވާލާދީ ސާފުކޮށް ބަޔާން ކުރުމަކީ ކންމެހެނ ބޭނުން ކަމެކެވެ. އެދިފައިވާ ވަގުތީ އަމުރު:
21މިމައްސަލައިގައި ދަށު ކޯޓުގައި އެދިފައިވާ އަމުރަކީ؛
2.21. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ނިންމުމާއި ހަމައަށް މިނިސްޓްރީގެ ނަންބަރު (IUL)472/472/2022/3 (7 ސެޕްޓެންބަރު 2022) އަދި އެމިނިސްޓްރީގެ ނަންބަރު (IUL)472/472/2022/5 (26 ސެޕްޓެމްބަރ 2022) އިއުލާންތަކަކީ ވަގުތީ ގޮތުން ޢަމަލުކުރަންނުޖެހޭ އެއްޗެއްކަމަށް ކަނޑައަޅުއްވައިދެއްވައި؛
3.21. އެއިއުލާންތަކަށ ޢަމަލުކުރުން ފަސްކޮށްދެއްވުމާއެކު، މައްސަލައިގެ ހުކުމް ކުރުމާހަމައަށް، ބުނެވިދިޔަ އިއުލާންތަކުން ބާތިލްކަމަށ ކަނޑައަޅާފައިވް އުޅަނދުތަކުގެ ރަޖިސްޓްރީއަކީ މިހިނދަށް ބާތިލްވެފައިވާ ރަޖިސްޓްރީތަކެއްކަމުގައި ނުބެލުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މައްޗަށް އަމުރުކޮށްދެއްވައި؛
4.21. ބުނެވިދިޔަ އިއުލާންތައް ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުން ވަގުތީ ގޮތުން މަޑުޖައްސާލުމުށާއި، މައުޟ ޢީ ދައުވާގައި ގޮތެއް ކަނޑައެޅުމާހަމައަށް، ދެންނެވުނު އިއުލާންތަކުން ރަޖިސްޓްރީ ބާޠިލްކޮށްފައިވާ އުޅަނދުތަކަށ ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށް ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް؛ މިފަދައިންނެވެ. ބަޔާންވެދިޔަ ވަގުތީ އަމުރަށް އެދުނުއިރު، ޙަވާލާ ދޭ އެއްވެސް ޤާނ ނ މާއްދާއެއް އަކުރެއް ނަންބަރެއް ނެތެވެ. އެހެންކަމުން، މިވަގުތީ އަމުރު ނެރުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު ތަޠބީޤުކޮށްފައިވާ ގޮތެއް އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ޤަވާޢިދެއް އެއަމުރުގެ މައްޗަށް ހިނގިގޮތް އެނގޭކަށް ނެތެވެ. ބެލެވެން އޮތީ، މި ވަގުތީ އަމުރު ނެރެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބަޔާންކޮށްދިން ވަޤާޢިއުތައް (facts) އެ ހުށަހެޅި ގޮތަށް ހުރިކަމަށް ބަލައިގެން ނެރުނު އަމުރެއްގެ ގޮތުގައެވެ. މައްސަލައިގައި ހިމެނޭ ފަރާތްތައް:
22އިސްތިއުނާފު ކުރެވިފައިވާ ވަގުތީ އަމުރުގައި އެދިފައިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ނަންބަރު (IUL)472/472/2022/3 (7 ސެޕްޓެންބަރު 2022) އިޢުލާނާއި އަދި އެމިނިސްޓްރީގެ ނަންބަރު (IUL)472/472/2022/5 (26 ސެޕްޓެމްބަރ 2022) އިޢުލާނަކީ ވަގުތީ ގޮތުން ޢަމަލުކުރަންނުޖެހޭ އެއްޗެއްކަމަށް ކަނޑައަޅައި ދިނުމަށެވެ. މި ދެއިއުލާނުގެ ތެރެއިން ފުރަތަމަ ބަޔާން ކުރި އިޢުލާނުން 37 ވެހިކަލްގެ ރަޖިސްޓްރީ ބާޠިލުކޮށްފައިވެއެވެ. އަދި ދެވަނަ އިޢުލާނުން 50 ވެހިކަލްގެ ރަޖިސްޓްރީ ބާޠިލު ކޮށްފައިވެއެވެ. ޖުމްލަ 87 ރަޖިސްޓްރީއެވެ. މިރަޖިސްޓްރީތައ ބާޠިލް ކުރުމާއި ގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުން ޖުޑީޝަލް ރިވިއުގެ ދަށުން ބަލައި ދިނުމަށް އެދި ހުށަހެޅި 09 ފަރާތުންނެވެ. އެއީ އިސްތިއުނާފު ރައްދުވާ ފަރާތްތަކެވެ. މިދެންނެވި ބާޠިލކުރު 87 ރަޖިސްޓްރީ އަކީ އިސްތިއުނާފު ރައްދުވާ މި ޤާނ ނ ނަންބަރު:2009/5 ( އެއްގަމު ދަތުރުފަތުރުގެ ޤާނ ނ) "އެއްގަ މުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" "އެއްގަމު އުޅަނދު ދުއްވުމުގެ ޢާންމު ގަވާއިދު" " އެއްގަމު އުޅަނދު ގެ ރޯޑްވާދިނަސ ޓެސްޓް ހެދުމުގެ ގަވާއިދު" 09 ފަރާތަށް ހަމައެކަނި ނިސްބަތްވާ ރަޖިސްޓްރީތަކެއްކަނ އެނގޭކަށް ނެތެވެ. އެހެންކަމުން، މިމައްސަލައިގައި، ޚަޞްމުންނަކީ ކޮބައކަނި މަދަން އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަމަށް ދެކެމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ އެއްފަރާތަށްވުރެ 82. (ހ) މައްސަލައެއްގައި ދަޢުވާ ކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ގިނަ ފަރާތަށް ފަރުވާއަކީ، އެފަރާތަށް އެ ފަރުވާ ހޯދައިދީފިނަމަ، އެއަށް އެހެން އެކުގައި ދެވަނަ ފަރާތަކަށްވެސް ޙައްޤު ލިބިގެންވާ ފަރުވާއެއް ކަމުގައިވާ މައްސަލައިން ޙާލަތުގައި، އެ ދެވަނަ ފަރާތް އެމައްސަލައިގެ ޚަޞްމެއްގެ ޙައްލެއް ލިބެން ގޮތުގައި ހިމެނިދާނެއެވެ. އޮންނަ ޙާލަތް (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަރިކައިގެ މައްސަލަތަކުގެ މައްޗަށް މި މާއްދާއެއް ނުހިނގާނެއެވެ. މިފަދައިންނެވެ. އެހެންކަމުން، ދަޢުވާކުރާ ފަރާތުން އެދޭ ފަރުވާއަކީ، އޭނާއާއެކު އެހެން ބަޔަކަށްވެސް ޙައްޤުލިބިދޭ ފަރުވާއެއްކަމަށްވާ ޙާލަތުގައި، ކޯޓުން އެހެ ނ ގޮތަކަށް ކަނޑަނާޅާހާހިނދު، އެފަރުވާ ޙައްޤުވާ އެހެން ހުރިހާފަރާތްތައްވެސް އެމައްސަލައިގެ ހިމަނަންޖެހޭނ ކަމަށެ ދެކެމެވެ. މިޙާލަތުގައި، އެޙައްޤު ލިބިދެވޭ އެހެން ފަރާތްތަކުން، ދަޢުވާކުރާ ފަރާތެއްގެ ގޮތުގައި ހިމެނުމަށް އިންކާރުކުރާނަމަ، އެފަރާތްތަކަކީ ދަޢުވާ ލިބު ފަރާތްތަކެއްކަމުގައި ކޯޓުން އެހެން ގޮތަކަށް ކަނޑަޅާނާހިނދު، ހިމަނަންޖެހޭނެކަމަށް ދެކެމެވެ. ކޯޓުގައި އެކަމަށް ނޭދޭ ފަރާތަކަށް ވަގުތީ ފަރުވާ ދިނުން:
23މަދަނީ އިޖުރާއަތުގެ ޤާނޫނުގައި "ވަގުތީ" އަމުރުގެ ތަޢާރަފުގައ ބަޔާނި ކޮށްފައިވަނީ؛ ވަގުތީ އަމުރު 23. "ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނުވަތަ އެފަދަ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި މައްސަލައިގެ ޚަޞްމަކު ނުވަތަ މައްސަލައިގައި މަޞްލަޙަތު އޮތް އެހެން ފަރާތަކުން ކޯޓުގައި އެދޭ ޙާލަތުގައި ކޯޓުން ކުރާ ވަގުތީ އަމުރަށެވެ. މިފަދައިންނެވެ. އެހެންކަމުން، މައްސަލައިގެ ޚަޞްމަކު ކަމުގައި ނުވާ ނ ނ އެމައްސަލައިގައި މަޞްލަޙަތު އޮތަސް، ކޯޓުގައި އެކަމަށް އެދިފައި ނުވާ ފަރާތަކަށް ކޯޓުން ނެރޭ ވަގުތީ އަމުރަކުން ހުޅުވާލެވިފައިވާ ވަގުތީ ފަރުވާއެއް ލިބޭ ގޮތަށް އަމުރު ކުރުމަކީ ޤާނޫނާއި އެއްގޮތަކަށް ކުރެވިފައިވާ ކަމެއް ކަމަށް ބުރައެއް ނުވވެ އެވެ. މިމައްސަލައިގައި، ދަށުކޯޓުން ނެރެފައިވާ އަމުރަކީ ތަފާތު ކުރުމެއްނެތި، 87 މީހުންނަށްވެސް ވަގުތީ ފަރުވާ ލިބިދެވޭގޮތަށް ނެރެފައިވާ ވަގުތީ އަމުރެކެވެ. އިސްތިއުނާފު ރައްދުވާ 09 ފަރާތްފިޔަވައި، ދެން ބާކީ ތިބި ފަރާތްތަކުގެ ކިބައިން އަޑުއެހުމަކާއ ނުލައި ނުވަތި އެމީހުންގެ ބަހެއް ހޯދުމަކާއި ނުލައި، ޖުމްލަކޮށް އެންމެންނަށް ވަގުތީ ފަރުވާއެއް ދިނުމަކީ ކުރެވިދާނެ ކަމެއްކަމަށް ނުދެކެމެވެ. ވަގުތީ އަމުރަށްއެދޭ އިރު ހެކި ހުށަހެޅުން:
24ވަގުތީ އަމުރަށް އެދޭއިރު، ހެކި ހުށަހަޅަންޖެހޭ ގޮތް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ
(ނ) ގައި ބަޔާން ކޮށްފައިވާ ގޮތުން؛ ވަގުތީ 244. (ނ) ފައިސާއިން ނުވަތަ މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ އަމުރަށް ވަގުތީ އަމުރަކަށް ނުވަތަ ބަލައި ފާސްކުރުމުގެ ވަގުތީ އެދޭނެ ގޮތް އަމުރަކަށް އެދި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. އެން ން ބާވަތުގެ ވަގުތީ އަމުރަށް އެދެންވާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާ އެކުގައެވެ. މިފަދައިންނެވެ. ވީމާ، ވަގުތީ އަމުރަކަށް އެދި ހުށަހަޅާއިރު، ހެކި ހުށަހަޅަންޖެހެނީ އެފިޑެވިޓް މެދުވެރިކޮށް، ނުވަތަ ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށެވެ. "އެފިޑެވިޓް" ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 429 ވަނަ މާއްދާގެ (ލ). ގައިބަޔާނ ކުރަން " ހެކިބަސްދޭ މީހާ ހުވައި މަތީގައިހުރެ ލިޔުމުން ދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ." "ހެކި ބަސްދޭ ފަރާތުގެ ބަޔާން" ކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައިވަނީ، "ހެކިބަސްދޭ ފަރާތުގެ ބަޔާނަކީ ޝަރީޢަތުގައި އޭނާ ދޭން ބޭނުންވާ ހެކިބަސް ލިޔެ، ސޮއިކޮށްފައިވާ ބަޔާނެކެވެ."
25މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެދިޔަ އުޞލުނ ހެކް ހުށަހެޅުމަށް ލާޒިމުކުރާ އެއްސަބަބަކީ، އެހުށަހަޅާ ބަޔާނުގައި ހިމެނިފައިވާ ޙަޤީޤަތްތަކަކީ ތެދުކަން، އެބަޔާން ދޭމީހާއަށް ހެޔޮހިތުން ޤަބޫލުކުރެވިގެން ދޭ ބަޔާނެއްކަން ކަށަވަރުކުރުމާއިއެކު، އެއްވެސް ޙާލަތެއްގައި އެބަޔާނަކީ ދޮގު ބަޔާނެއްކަން އެނގޭހިނދު، ކޯޓުގެ ހުރުމަތުގެ ދަށުން އެބަޔާން ދިން މީހާއަށް ފިޔަވަޅުވެސް އެޅޭނެކަން އެމީހާއަށް އެނގިފައި އޮތުމެވެ. ވީމާ، އެފިޑެވިޓް މެދުވެރިކޮށް ނުވަތަ ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ލިޔުމުން ބަޔާން ދޭ މީހާއަށް އެބަޔާނުގައި ތެދުނނ ވާހަކަތަކެއް ހުރެއްޖެއްނަމަ، ލިޔެ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި ނޯޓަރީއެއްގެ ކުރިމަތީ ހުވައިކުރަންޖެހޭ ޙާލަތުގައި ހުވައިކޮށ ބަޔާން ދޭއިރު އެކުރެވެނީ ކިހާވަރެއްގެ ސީރިއަސް ކަމެއްކަން ދެނެގަނެވޭނެއެވެ. އަދި އެކަމުގެ ޢިތާބު އޭނާއަށް ޙައްޤުވެގެނ ދާނެކަން އޭނާއަށް ޤަބ ލ ކުރެވޭނެއެވެ.
26ބަޔާންވެދިޔަ އުޞލުނ ހެކް ހުށަހެޅުމަކާއި ނުލައި ވަގުތީ އަމުރުތައް ބަލައަ ގަނެ، ކުރިއެކޭ އެއްގޮތަށް ޢަމަލު ކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ، މަދަނީ އިޖުރާއަތުގެ ޤާނނ އޮތު ގޮތުން، ވަގުތީ އަމުރަށް އެދިހުހަޅާއިރު، ހެކި ހުށަހަޅަންޖެހޭ ވަކި ހަމައެއް މިހާރު ބަޔާން ކޮށްފައި އޮތުމުން، އެހަމަ ހިފެހެއްޓުމަކީ ކޯޓުން ކުރުން ލާޒިމު ކަމެއްކަމަށް ވާތީއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 325 ވަނަ މާއްދާގެ (ހ).
27މަތީގައި ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދަށު ކޯޓުން މިމައްސަލައިގައި ވ ގޮތު އަމުރު ނެރެފައިވަނީ، ހަމައެކަނި ސިވިލް ކޯޓުގައި ވަގުތީ އަމުރަށް އެދޭ ފޯމް (ފޯމް 32) އިން އެދިފައިވާތީ އެވެ. އެން ން އެއްވެސް ކަމެއް މަދަނީ އިޖުރާއަތުގެ ޤާނޫނާއި އެއްގޮތަށް ހުރިތޯ ބަލާފައި އޮތްކަން އެނގޭކަށް ނެތެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ:
28އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކުރާ މައިގަނޑު ވާހަކައަކީ، ސުވާލު އުފައްދާފައިވާ ރަޖިސްޓްރީތަކަކީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އުފައްދާފައިވާ ރަޖިސްޓްރީތަކެއްކަނ އެނގެން އޮތްއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއްއޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއް އޮތްކަމަށް ބަލާފައިވަނީ، ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައާ ޚިލާފަށް ކަމަށެވެ. ބާޠިލު ކުރިކަމަށް ބަޔާންކުރާ ރަޖިސްޓްރީތައް :
29ޤާނޫނު ނަންބަރު: 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)ގެ ތަޢާރަފުގައ ބަޔާނި ކުރަނީ؛ ތަޢާރަފު 1. މި ޤާނޫނަކީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާއި، ދުއްވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރު ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމތާއަ ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ތަންތަން ރަޖިސްޓަރީ ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، މި ނޫނަސް އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހައި ކަންތައްތަކާބެހޭ ޤާނޫނެވެ. މިމާއްދާއިން ސާފުވާ ގޮތުގައި، އެއްގަމު ދަތުރުފަތުގެ ޤާނޫނަކީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ކަންކަން ނޫނަސް އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ "އެންމެހައި" ކަންތައތަކާބެހޭ ޤާނޫނެއް ކަމެވެ.
30ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވައި ބޭނުން ކުރެވޭނީ، ރަޖިސްޓަރީ ކޮށްގެންނެވެ. ރަޖިސްޓްރީ ކުރަންވީގޮތ ބަޔާން ކުރަން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައެވެ. އެއަކުރުގައި ބަޔާން ކުރަނީ؛ ދުއްވުމާއި 13. (ހ) ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، މި ޤާނ ނާއި މި ޤާނ ނުގެ ދަށުން ބޭނުންކުރުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެންނެވެ. މަތީގައިވާ މާއްދާއިން އެނގޭގޮތުގައި، އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަންޖެހެނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ކަމަށްވާ "އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" އާ އެއްގޮތަށެވެ. އެޤަވާއިދގު 4 ވަނަ މާއްދގައާ ބަޔާނި ކުރަނީ؛ ރަޖިސްޓްރީ 4. (ހ) އިންޖީނުލީ ކޮންމެ އުޅަނދެއް ރަޖިސްޓްރީ ކުރަން ހުށަހަޅަންވާނީ ކުރުން އެނެކްސް 01 ގައިވާ "އެއްގަމު އުޅަނދުގެ ޚިދުމަތަށް އެދޭ ފޯމް" ގައި ބުނެފައިވާ ފޯމް، އެއްގަމު އުޅަނދުގެ ރަޖިސްޓްރރާރަށް ނުވަތަ މިނިސްޓްރީ ކަނޑައަޅާ ފަރާތަކަށެވެ.
(ށ) އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހަޅާއިރު، އެދޭ ޚިދުމަތަކާއ ގުޅި ގޮތުން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތަކެއްގެ އަސްލު ހުށަހަޅަން ވާނެއެވެ.
(ނ) ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
1. އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރިކަން އެނގޭނެ ލިޔުމެއް؛
2. އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ އުޅަނދެއްނަމަ ޑިއުޓީ ދެއްކިކަމުގެ ލިޔުން؛
3. ޚިދުމަތަށް އެދޭ ފަރާތުގެ އައިޑެންޓިފިކޭޝަން؛
4. ރީޑްވާދިނަސް ރިޕޯރޓް؛
5. މީގެ އިތުރުންވެސް އެވަގުތަކު ހުށަހަޅަންޖެހޭ ކަމުގައި އެއްގަމު ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާ ލިޔުންތައް.
(ރ). އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީއަކާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންނެވެ. މި މާއްދާގައި ވާ އުޅަނދުތަކުގެ މާނައިގާ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ޚާއްޞަކުރެވިފައިވާ 2 – 4 ފުރޮޅުލީ ސައިކަލު ނުހިމެނެއެވެ.
(ބ) އެއްގަމުގައ ދުއްވި އިންޖީނުލީ އުލަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ވަކި ޢުމުރަކަށް ފެތޭ އެއްގަމު އުޅަނދުތަކެވެ. ރަޖިސްޓްރީކޮށް ނުދެވޭނެ އިންޖީނުލީ އުޅަނދުތައް ތިރީގައި އެވަނީއެވެ.
1. ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 150 ކޮޑި ސެންޓިމީޓަރުނ ފެށިގެން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު؛
2. އުފެއްދި ތާރީޚުން ފެށިގެން 3 އަހަރަށްވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިލު؛
3. އުފެއްދި އަހަރުން ފެށިގެން 5 އަހަރަށްވުރެ އިތުރުވެފައިވާ ކާރު، ވޭން، ބަސް، ލޭންޑްރޯވަރ ފަދަ ދަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއ އުފުލި ބަރުދަން 1 ޓަނު ހަމަނުވާ ޕިކަޕު؛
4. އުފެއްދި ތާރީޚުން ފެށިގެން 7 އަހަރަށްވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން 1 ޓަނުން ފެށިގެން 4 ޓަނު ހަމަނުވާ ޕިކަޕާއި ލޮރީ؛ ގަވާއިދު ނަންބަރު 3-2013/R ( 21 ޖަނަވަރީ 2014) ގައި "އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު"އަށް ގެނެވުނު 1 ވަނަ އިޞްލާޙުން "އުފެއްދި ތާރީޚުން" މިހެން އޮތް އޮތުން، "އުފެއްދި އަހަރުން" މިހެން ބަދަލު ކުރެވިފައިވެއެވެ.
5. އުފެއްދު ތާރީޚުން ފެށިގެން 10 އަހަރަށްވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން 4 ޓަނުން ފެށިގެން 10 ޓަނު ހަމަނުވާ އުޅަނދު؛
6. އުފެއްދި ތާރީޚުން ފެށިގެން 15 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވ އުފުލާ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އުޅނދަ
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން މިނިސްޓްރީން ކަނޑައަޅާ އުމުރަށް ނުފެތޭ އުޅަނދެއް، މިނިސްޓްރީން ރަޖިސްޓަރީކޮށްދިނުމަށް ކަނޑައަޅައިފިނަމަ، އެ އުޅަނދެއް ރަޖިސްޓަރީކޮށް ދެވިދާނެއެވެ.
(ކ) ޑިޕްލޮމެޓިކް އިމިއުނިޓީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ނުދައްކާ، ރާއްޖެ އެތެރެކޮށްފައިވާ އުޅަނދެއް، ޑިޕްލޮމޭޓަކަށް ނ ން އެހެން ފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދަށް، ދިވެހި ސަރުކާރަށް ދައްކަން ޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމުންނެވެ.
(އ) މި މާއްދާގެ ދަށުން ރަޖިސްޓަރީ ކުރާ އެއްގަމު އުޅަނދުގެތެރެއިން ސައިކަލު ނުވަތަ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިއަވައި ދެންހުރި ހުރިހައި އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން އެ އުޅަނދެއް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ނަގަންވާނެއެވެ. އަދި ހުއްދަ ނަގަން ހުށަހަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.
ބްރޭންޑް ނިއު އުޅަނދެއް އެތެރެކުރާނަމަ
1. ފުރިހަމަކޮށްފައިވާ 10)-(L އެޕްލިކޭޝަން ފޯމު.
2. އުޅަނދު ގެންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ކޮމްޕެނީ ރަޖިސްޓްރޭޝަން ކޮޕީ.
3. މެނިފެކްޗަރ ސެޓްފިކެޓްގެ ނުވަތަ އިންވޮއިސްގެ ކޮޕީ، ތިރީގައި ބަޔާންކޮށްފައިވާ މަޢުލ މާތު ހިމެނޭގޮތަށް:- - އުޅަނދު އުފެއްދި ކުންފުނި - މޮޑެލް - ޗެސިސް ނަންބަރު ގަވާއިދު ނަންބަރު 175-2015/R (15 ސެޕްޓެމްބަރު 2015) އިން "އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" އަށް ގެނެވުނު 2 ވަނަ އިޞްލާޙު. ގަވާއިދު ނަންބަރު 3-2013/R ( 21 ޖަނަވަރީ 2014) ގައި "އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު"އަށް ގެނެވުނު 1 ވަނަ އިޞްލާޙުން (ކ)ގ ގޮތުގައެ އިތުރުކުރެވި، ދެވަނަ އިޞްލާޙުން އަކުރު ތަރުތީބު ކުރުމުން، އެ ގަވާއިދުގެ (އ)ގ ގޮތުގައެ ހިމެނިފައި. - އިންޖީނު ނަންބަރު - އުފުލޭ ބަރުދަން ނުވަތަ އުފުލޭ މީހުންގެ އަދަދު
4. އުޅަނދު އުފެއްދި ތާރީޚު އެނގޭނެ ރަސްމީފަރާތެއްގެ ލިއުން. ގަރާޖް ހުއްދަ.
ބޭނުންކޮށްފައިވާ އުޅަނދެއް އެތެރެކުރާނަމަ
1. ފުރިހަމަކޮށްފައިވާ 10)-(L އެޕްލިކޭޝަން ފޯމު.
2. އުޅަނދު ގެންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ކޮމްޕެނީ ރަޖިސްޓްރޭޝަން ކޮޕީ.
3. ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްނަމަ ޑީ ރެޖިސްޓްރޭޝަނުގެ އަސްލާއި ކޮޕީ ( އިނގިރޭސިބަހުން ނެތްނަމަ ތަރުޖަމާއާއެކު)
4. ރަޖިސްޓަރީ ނުކުރާ އުލަނދެއްނަމަ މެނިފެކްޗަރ ސެޓިފިކެޓްގ ނުވަތެ އިންވޮއިސްގެ އަސްލާއި ކޮޕީ، ތިރީގައި ބަޔާންކޮށްފައިވާ މަޢުލ މާތު ހިމެނޭގޮތަށް:- - އުޅަނދު އުފެއްދި ކުންފުނި - މޮޑެލް - ޗެސިސް ނަންބަރު - އިންޖީނު ނަންބަރު އުފުލޭ ބަރުދަން ނުވަތަ އުފުލޭ މީހުންގެ އަދަދު - އުޅަނދު އުފެއްދި އަހަރު
5. އުޅަނދު އުފެއްދި ތާރީޚު އެނގޭނެ ރަސްމީފަރާތެއްގެ ލިއުން.
6. ގަރާޖް ހުއްދަ ވީމާ އެއްގަމު އުޅަނދެއް ރަޖިސްޓްރީ ކުރެވިފައި ވާންޖެހޭނީ މިދެންނެވި ގޮތުގެ މަތިންނެވެ.
31ޓްރާންސްޕޯޓް މިނިސްޓްރީން އުފައްދާ ސުވާލަކީ ކުރިން ބަޔާންވެދިޔަ ދެ އިޢުލާނުގެ ދަށުން ބާޠިލުކުރިކަމަށް ކަނޑައެޅި ރަޖިސްޓްރީތަކުގެ އަޞްލުގެ ޞައްޙަކަމާމެދުގައެވެ. އެމިނިސްޓްރީން ބަޔާންކުރާގޮތުގައި އެރަޖިސްޓްރީތަކަކީ، އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ހެއްދުމުގައި ޢަމަލކުރު ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ބައިވެރިވުމެއް އޮވެގެން އުފައްދާފައިވާ، އެރަޖިސްޓްރީތައް އުފެދުމުގައިވެސް ބާޠިލު (void ab initio) އިޖުރާއަތްތަކެއްގެ މައްޗަށް އުފަންކޮށްފައިވާ ރަޖިސްޓްރީތަކެކެވެ.
32މިމައްސަލައިގއަ ބަޔާނި ކުރް ރަޖިސްޓްރީތައް ހައްދާފައިވަނީ، އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ފަހަރު ރަޖިސްޓްރީކުރުމަށް ދައުލަތުން ޤާއިމްކޮށްފައިވާ ނިޒާމުގެ ބޭނުން ނަހަމައިންކަން ދަލީލުކޮށްދޭ ހެކި ހުށަހަޅާފައި އެބަހުއްޓެވެ. މިބުނުމަށް ފުރަތަމަ ނަޒަރުން ބަލާއިރު ބާރުދޭ އެކަށީގެންވާ ހެކި ޤަރީނާ ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހަޅާފައި ވެއެވެ. ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅި ވާޤިޢާތަކެއްގެ މައްޗަށް ބުރަވެ ވަގުތީ އަމުރެއް ނެރުމުގައި މިދެންނެވި ހެކިޤަރީނާތައް އެއްފަރާތްކޮށް، ހަމައެކަނި ރަޖިސްޓްރީއެއް ވުޖދުކޮށްފައ އޮތި އޮތުމުގެ މައްޗަށް ބުރަވުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. ސަބަބަކީ، ރަޖިސްޓްރީއެއް އުފެއްދި ގޮތުގެ އަޞްލާމެދ ސުވާލު އުފައްދާ ޙާލަތުގައި އެރަޖިސްޓްރީއަކީ އޭގެ ޒާތުގައި ހުއްޖަތަކަށް ވެގެންދާނެ ލިޔުމަކަށް ނުވާނެތީއެވެ. އެޙާލަތުގައި އެރަޖިސްޓްރީވެގެންދާނީ، އެސުވާލު އަމާޒުކުރެވޭ ލިޔުމަށެވެ. އަދި އެސުވާލ ކުރެވު ކަންކަން ކޯޓުން ބަލައި އެރަޖިސްޓްރީއާމެދ ކޯޓުނު ގޮތެއް ކަނޑައަޅަންޖެހޭ މައުޟ އަށެވެ.
33ވީމާ، މިމައްސަލައިގައި، ފާޅުވެގެންވާ މައުޟޫޢީ ޙައްޤެއް އެރަޖިސްޓްރީ ތަކުގެ މައްޗަށް އޮތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނާ ބުނުން ރަނގަޅެއް ނޫނެވެ.
34މީގެ އިތުރުން، ވަގުތީ ފަރުވާއެއްގެ ދަށުން، ސުވާލު ކުރެވޭ ރަޖިސްޓްރީތައް ބާޠިލުކުރިކުރުން ނިމުމަކަށް ގެނައުމަށް އެދުނު ފަރާތަކީ އެރަޖިސްޓްރީތައް ޤާނޫނާއި ޤަވާޢީދ ޚިލާފަށާ އުފެއްދމު ގައި ސީދާ ބައިވެރިވު ފަރާތްތައްކަމަށް ކުރެވޭ ތުހުމަތު އެގޮތުގައި އޮވެ، އެކަމަށް ބާރުދޭ ހެކި ޤަރީނާ ހުރިއިރު، ނުތާހިރު އަތަކާއިގެން ކޯޓަށް އަންނަ ފަރާތްތަކަށް ވަގުތީ އަމުރެއްގެ ދަށުން ފަރުވާދިނުމަކީ، ވަގުތީ އަމުރުގެ ޠަބީޢަތާ ތަޢާރުޟުވާ ކަމެކެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:
35މިނުކުތާގައ ބަޔާނި ކުރަނީ، ވަގުތީ އަމުރު ނެރުމުގައި، ބެލެންސް އޮފް ކޮންވީނިއެންސް (balance of convenience) އުޞ ލ މިމައްސަލައިގައި ބޭނުންކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
36ވާހަކަ ދެކެވޭ މި މައްސަލައަކީ، ޕަބްލިކް ލޯ އާ ގުޅޭ މައްސަލައެކެވެ. އެހެނީ، ދައުލަތުގެ އިދާރާއަކުން، އެއިދާރާއަށް ލިބިދީފައިވާ ޤާނޫނީ ބާރެއް ބޭނުންކުރި ގޮތާއި ގުޅިގެން، އެބާރުގެ ބޭނުން ކޮށްފައިވަނީ ޤާނޫނީ އިމުން ނންކަމަށ ބުން ކޯޓަށެ ހުށަހެޅިފައިވާ ޖުޑީޝަލް ރިވިއުގެ މައްސަލައެކެވެ.
37މިބާވަތުގެ މައްސަލައަކާއި ގުޅިގެން، ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭ ކަމަށް ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ބަޔާންކުރާ ހަމަތައް ތަޠްބީޤު ކުރުމުގައި ޕަބްލިކް ލޯ އާއި ގުޅޭ ޖުޑީޝަލް ރިވިއުގެ މައްސަލަތަކާއިގުޅިގެން ބަދަލުވެގެންދާ ކަންކަމަށް ބަލަންޖެހެއެވެ. ނިޒާމު ޢާންމާއާއި ބެލެންސް އޮފް ކޮންވީނިއެންސް:
38ޢާންމު އުޞޫލުން ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭކަމަށް ބަޔާންކުރާ ހަމަތަކަށް ނިޒާމު ޢާންމާއާ ގުޅިގެން ހުށަހެޅޭ ޖުޑީޝަލް ރިވިއުގެ މައްސަލަތަކާއި ގުޅިގެން ބަލާއިރު ބަދަލުތަކެއް އާދެއެވެ. މިގޮތުން؛
1.38- ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމެއްގެ ޞައްޚަކަން ބެލެވި، އެނިންމުން އެއްފަރާތް ނުކުރާހާހިނދު، ދައުލަތުގެ އިދާރާއިން ނިންމި ނިންމުމަކީ އެނިންމުމަށް އިޚްތިރާމް ކުރެވެންޖެހޭ ނިންމުމެކެވެ. އަދި އެއީ ޢާންމު މަޞްލަޙަތު އެކަމުގައި އޮންނާނެ ގޮތެވެ. އެހެންކަމުން، ޖުޑީޝަލް ރިވިއުގެ މައްސަލައެއް ބަލައި ގޮތެއް ކަނޑައެޅެންދެން، ދައުލަތުގެ އިދާރާގެ ނިންމުމުގެ ޞައްޙަކަން ދެމި އޮތްކަމަށް އިފްތިރާޟު ކުރިވެގެން ދާނެއެވެ.
2.38. ދައުލަތުގެ އިދާރާއަކުން ނިން މި ނިންމުމެއްގެ ޞައްޙަކަން ޝަރީޢަތުގެ ފަރާތުން ބަލަންޖެހޭފަދަ ސީރިއަސް އިޝއެއ އޮތްކަމަށް ޤަބޫލު ކުރެވިގެން، ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކޯޓުން ބަލައިގަތުމަށް ހުއްދަކުރުމަކީ، ވަގުތީ އަމުރެއް ނެރެދިނުމުގެ ހުއްޖަތެއް ނޫނެވެ.
3.38. އެކަށީގެންވާ ގޮތެއްގައި ބަދަލު ދެވިދާނެތޯ ކުރެވޭ ސުވާލު އެއީ ޕަބްލިކް ލޯއ ގުޅާ މައްސަލައެއްގައި އަސާސީ ސުވާލަކަށް ނުވެދާނެ ސުވާލެކެވެ. ސަބަބަކީ، ޕަބްލިކް ލޯ އާ ޚިލާފަށް ކަމެއް ކުރުން އޭގެ ޒާތުގައި، ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއްގެ މައުޟ ކަމުގައި ނުވާނެތީއެވެ. މަތީގައިވާ ކަންކަމުގެ އަލީގައި ބަލާއިރު، ޕަބްލިކް ލޯ އާއި ގުޅޭ މިބާވަތުގެ މައްސަލައަކާއި ގުޅިގެން، ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭ އެންމެ އަސާސީ ކަމަކީ ބެލެންސް އޮފް ކޮންވީނިއެންސްއެވެ.
39ޢާންމު މަސްލަޙަތާއި ގުޅިފައިވާ މިބާވަތުގެ މައްސަލައެއްގައި ދައުލަތުގެ އިދާރާއަކުން އަދާކުރަމުންދާ ޤާނޫނީ ވާޖިބުގެ މުހިންމުކަމުގެ މައްޗަށް ބެލުމަކީ ކޮންމެހެން ކުރަންޖެހނޭ ކަމެކެވެ. ވީމާ ބެލެންސް އޮފް ކޮންވީނިއެންސްއަކީ ކޮބާތޯ ބަލަންޖެހޭނީ ފުޅާ މާނައެއްގައި ފަރުދީ ޙައްޤުތަކާއި ޖަމާޢީހައްޤު، ދައުލަތުގެ ނިޒާމު ޢާންމާ ހިފެހެއްޓުގެ ވާޖިބުގެ މައްޗަށް ބުރަވެއެވެ.
40މިގޮތުން، ދައުލަތުގެ އިދާރާއިން އަދާކުރަމުންދާ ޤާނޫނީ ވާޖިބު އަމާޒުކުރެވޭ މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު އެކަމުގައި އޮތްގޮތް؛ ރާއްޖޭގައި ހިންގަމުންދާ ޤާނ ނުތައް ނެގެހެއްޓުމުގެ ޢާންމު މަޞްލަޙަތު؛ މުޖުތަމަޢުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަން؛ އަދި ބައެއް އިދާރާތަކުގައި، ޢާންމު މަސްލަޙަތު ނެގެހެއްޓުމުގެ ޤާނޫނީ ވާޖިބު އޮތްގޮތް، މިކަންކަމަކީ، ބެލެންސް އޮފް ކޮންވީނިއެންސްއަކީ ކޮބާތޯ ބެލުމުގައި މިބާވަތުގެ މައްސަލަތަކާއި ގުޅިގެން، ވިސްނުމުގައި ބަހައްޓަންޖެހޭ މުހިންމު އަސާސްތަކެކެވެ. ރަޖިސްޓްރީއަށް އުނިއިތުރު ގެނައުން:
41އެއްގަމުގައ ދުއްވި އުޅަނދުފަހަރުގ ރަޖިސްޓްރީގެ ދަފްތަރު ބެލެހެއްޓުމުގެ ބާރަކީ ޤާނޫނުން އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރއަށް ދީފައިވާ ބާރެކެވެ. ރަޖިސްޓްރާރގެ ބާރުގެ ތެރޭގައި އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓަރީއަށް "އުނި އިތުރު" ގެނައުމުގެ ބާރު ޤާނޫނުން ދީފައިވެއެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ އެއްގަމު 14. މި ޤާނނުގައ ބުނި އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓަރީ ބަލަހައްޓައި، އުނި އިތުރު ގެނެސް، ރަހުނުގެ ބައި ބަލަހައްޓައި ހެދުމަށްޓަކައި އުޅަނދުފަހަރުގެ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރެއް ޢައްޔަނުކޮށް، މިކަމާބެހޭ ރަޖިސްޓްރާރ މަސައްކަތް ހިންގޭނެ ގޮތް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ. ވީމާ، އެއްގަމު އުޅަނދު ފަހަރުގެ ރަޖިސްޓަރީން އުނިކުރުމާއި އެރަޖިސްޓަރީއަށް އިތުރު ކުރުމުގެ ބާރު ޤާނ ނުން ދީފައިވާތީ، އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓަރީގައިހިމަނާފައިވާ އުޅަނދެއްގެ ރަޖިސްޓަރީ އެދަފްތަރުން އުނި ކުރުމުގެ ބާރަކީ ޤާނޫނީ ގޮތުން ރަޖިސްޓްރާރގެ ކިބައިގައި އޮތް ބާރެކެވެ.
42އިސްތިއުނާފ ރައްދުވު ފަރާތްތަކުން، ދަށުކޯޓުގައި ވަގުތީ އަމުރަށް އެދި ހުށަހެޅިއިރު ބަޔާން ކޮށްފައިވެއެވެ. " މައުޟ ޢީ ދަޢުވާ ބިނާވެފައި އޮތީ، ދަޢުވާކުރާ ފަރާތްތަކުގެ ނަމުގައި ރަޖިސްޓަރީ ކޮށްދީ ދ ކޮށްފައިވާ ރަޖިސްޓްރީ ބާޠިލުކުރިކުރުމަކީ ޤާނ ނ ގޮތުން މިނިސްޓްރީ އަށް ލިބިގެންވާ ބާރުތަކުގް ތަރަހައިގެ ތެރެއިން މިނިސްޓްރީއިން ނިންމާފައިވާ ނިންމުމެއްތޯ ކަނޑައެޅިގެން ދިއުމުގެ މައްޗަށެވެ."
43ވީމާ، މިނިސްޓްރީއަށް ލިބިގެންވާ ބާރުތަކުގެ ތެރެއިންބާރެއ ބޭނުން ކުރިގޮތް ގޯސްވެގެން އުޅެނީކަން އެނގެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓަރީއަށް ނުވަތަ ދަފްތަރަށް އުނި އިތުރު ގެނައުމުގެ ބާރު ޤާނ ން ދީފައިވާތީ، އެބާރަކީ އެމިނިސްޓްރީއަށް ބޭނުން ކުރެވިދާނެ ބާރެއްކަމާމެދު ސުވާލެއް ނެތެވެ. ޖުޑީޝަލް ރިވިއުގެ މައްސަލައެއްގެ ތެރެއިން، އުފެއްދި ސުވާލަކީ، ރަޖިސްޓްރާރ މިބާރުގަ ބޭނުން ކުރި ގޮތެވެ. މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ސަރުކާރުގެ އޮފިޝަލަކު އޭނާގެ ޤާނޫނީ ބާރު ބޭނުންކުރިގޮތ ބެލެން އެންމެ އެކަށީގެންވާ އެއްގޮތެވެ.
44ކުރިންބަޔާން ކުރިހެން، އެއްގަމު އުޅަނދުފަހަރުގެ ދަފްތަރަށް އުނިއިތުރުގެނައުމުގެ ބާރު ރަޖިސްޓްރާރއަށް ޤާނ ނުން ލިބިދީފައިވާއިރު، ދަފްތަރުނ ރަޖިސްޓްރީއެއް އުނިކުރުން އޭގެ ޒާތުގައި ޤާނޫނާ ޚިލާފު ނުވިނަމަވެސް، އެބާރުގެ ބޭނުން ކުރިގޮތާއިމެދ ސުވާލު އުފައްދާ އުފެއްދުމާއި، އެރަޖިސްޓްރީތައް އުފެއްދި ގޮތާއި މެދު ޓްރާންސްޕޯޓް މިނިސްޓްރީ އުފައްދާ ސުވާލާއި އެމިނިސްޓްރީން ހުށަހެޅި ހެކި ޤަރީނާތަކަށް ބަލާއިރު، މިމައްސަލައިގައި ބަޔާން ކުރާ ރަޖިސްޓްރީތައް ވަގުތީ އަމުރެއްގެ ދަށުން ދޫކޮށްލުމަކީ، ޢަދުލުވެރި ހަމައަކުން ކުރެވިދާނެ ކަމެއް ކަމަކަށް ނުދެކމެ ވެ.
45އެހެނީ، ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ވަގުތީ އަމުރު ނެރުމުގައި، ކޯޓުގެ ދައުރަކަށްވާނީ ހަމައެކަނި ފަރުދީ ޙައްޤުތަކެއް ހިމާޔަތް ކުރުމެއް ނޫނެވެ. އެއާޚިލާފަށް ކޯޓުގެ ދައުރަކީ، ދައުލަތުގައި އެކަމެއް ކުރަން އެކަށައަޅާފައިވާ ނިޒާމު ޢާންމާ ހަލާކުކޮށްލައި، ނަހަމައިން މި ރަޖިސްޓްރީ ހެއްދުމުގައި ޢަމަލުތަކެއް ކޮށްފައިވާކަމަށް ބާރުދޭ ހެކި ޤަރީނާތަކެއް ހުށަހެޅިފައި ހުރުމުން، އެކަންކަމަށްވެސ ބުރަދަން ދިނުމާއިއެކު، ފަރުދީ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤު އެއްހަމަ ކުރެވޭފަދަ ހަމައަކުން އެމައްޗަށް ބަލައި ގޮތެއް ކަނޑައެޅުމެވެ. ހިނގަމުންދާ މި ޤައުމުގެ ޤާނޫނުތަކުގެ ދަށުން އެކަށައަޅާފައިވާދައުލަތުގެ ނިޒާމު ޢާންމާ ނެގެހެއްޓުމަކީ ޕަބްލިކް ލޯގެ ދަށުން، އިސްކަން ދޭންޖެހޭނެ ކަމެކެވެ. ޤައުމެއްގައި ހިނގަމުންދާ ޤާނ ނ of (Law Land) ގެ ދަށުން އެކަށައެޅިފައިވާ ނިޒާމެއް، މުގުރާލުމަށްވުރެ ބޮޑުގެއްލުމެއް ނުވާނެއެވެ. ފަނޑިޔާރާ މުޙައްމަދު ފައިޞަލްގެ ރައުޔު: ވަގުތީ އަމުރު ނެރުމާގުޅޭ އޞު ލުތައް:
46ރިޔާސަތު ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގައިވެސް ފާހަގަކޮށްފައިވާ ފަދައިން ޤާނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެފަހުން "މަދަނީ އިޖުރާއަތުގެ ޤާނ ނ") އާއި އެޤާނޫނުގެ ދަށުން، ސިވިލް ކޯޓުން ހަދާފައިވާ ގަވާއިދު ނަންބަރު 105-2022/R "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު" ގައި ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ބަޔާން ކުރެއެވެ. އެގޮތުން ވަގުތީ އަމުރަކީ ކޯޓުގެ އިޚްތިޔާރީ ބާރުގެ ދަށުގައި އޮތް ކަމެއްކަން އެނގެއެވެ.
47HN2ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތައް ބަޔާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައެވެ . އެ ޝަރުޠުތަކަކީ؛ ޤާނ ނ ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވ ނ މާއްދާގަ (ހ) އަދި (ށ). ގަވާއިދު ނަންބަރު 2022/105-R "ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު "ގެ 111 ވަނަ (ހ) އަދި (ށ).
1.47. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނ ނ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެގެންވުން؛
2.47. ވަގުތީ އަމުރަކާ ނުލައި އަސްލު މައުޟ ޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން؛ އަދި
3.47. ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަމުގައިވުންކަން މިއެވެ.
48އިސްތިއުނާފު ކުރާ ފަރާތުގެ ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނީ ބުނެވުނު ނެކްސ ބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ޤަޟިއްޔާއާ ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއް އޮތްކަމަށް ބަލާފައިވާކަމުގެ މައްޗަށްކަން އެނގެންއޮވެއެވެ. ވަގުތީ އަމުރަކާ ނުލައި މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއް އޮތުން
49HN3ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެގެންވާ ކަމުގައި ބެލޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ޙިމާޔަތްކުރާ ޤާނޫނީ ޤާއިދާއެއް (legal rule) އޮތުމުގެ އިތުރުން، ވ ގަތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢު (facts) ތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނ ނ މަރުކަޒެއް ވާކަމުގެ އިޙްތިމާލު ޤާއިމްވެގެންވާކަމުގައި ކޯޓަށް ޤަބ ލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތައް ކަމުގައިވާނަމައެވެ.
50ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އިސްތިއުނާފު ރައް ދުވާ ފަރާތްތަކުން އެދިފައިވަނީ ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް އެވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކޮށްފައިކަމަށ ބުން ޓްރާންސްޕޯޓް މިނިސްޓްރީގެ ނަންބަރު: 472/2022/3472/(IUL) (07 ސެޕްޓެމްބަރ 2022) އިޢުލާނާއި ހަމަ އެމިނިސްޓްރީގެ ނަންބަރު: ނަންބަރު:472/2022/5472/(IUL) (27 ސެޕްޓެމްބަރ 2022) އިޢުލާން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް މި ދެ އިޢުލާނުގެ ދަށުން، 87 ވެހިކަލްގެ ރަޖިސްޓްރީ ބާޠިލްކުރުމުން ޤާނ ނ ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާއި، "އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އާ ޙަވާލާދީ، ބަޔާންވެދިޔަ ދެ އިޢުލާނުގެ ޞައްޙަކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސުވާލު އުފައްދައި އެކަމާއި ގުޅިގެން ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވުމުން އެ ދަޢުވާގެ މައުޟ ޢު ނިމެންދެން ވަގުތީ އަމުރެއްގެ ދަށުން، ރަޖިސްޓްރީތައް ބާޠިލުކުރި ކުރުމުގެ މައްޗަށު ޢަމަލު ކުރުން ހުއްޓުވައިދިނުމަށ ކަން އެނގެންއޮވެއެވެ.
51އެގޮތުން ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެފަރާތްތަކުގެ އަތުގައި ވަނީ ޞައްހަ ރަޖިސްޓްރީތަކެއ ކަމަށް ބުނެއެވެ. އަދި އެފަރާތްތަކުގެ އަތުގައި އުޅަނދުގެ ރަޖިސްޓްރއެއީ އޮތްކަމާމެދު ދައުލަތުން އިންކާރެއް ނުކުރެއެވެ. ދައުލަތުން ބުނަނީ ބުނެވުނު ރަޖިސްޓްރީތައް އެފަރާތްތަކުން ހޯދާފައިވަނީ ރަޖިސްޓްރީތައް ހެއްދުމަށް އޮންނަ އުސޫލުގެ ބޭރުން ކަމަށެވެ. އެހެންކަމުން އެ ރަޖިސްޓްރީ ތަކަކީ ސައްޙަ ރަޖިސްޓްރީތަކެއް ކަމުގައި ނުބެލެވޭނެކަމަށެވެ.
52ވަގުތީ އަމުރަށް އެދުނު އަސްލު މައުޟޫއީ ދަޢވާއަށ ބަލާއިރް އެ ދަޢުވާ ބިނާކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ދަޢުވާއަކީ ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާއި،"އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އާ ޙަވާލާދީ، ރަޖިސްޓްރީތައް ބާޠިލްކުރުމަށް ކުރި އިޢުލާންތަކުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާފައެވެ.
53HN4އެހެންކަމުން ރަޖިސްޓްރީތައް ބާޠިލް ކުރި ކުރުމާއި، އެ ބާޠިލް ކުރި ކުރުމަކީ ސައްޙަ ބާޠިލް ކުރުމެއްތޯ ނުވަތަ ނޫންތޯ އެކަމަށް ގޮތެއް ކަނޑައެޅިގެންދާނީ މައުޟ ޢީ މައްސަލައިގައެވެ. މައުޟ ޢީ މައްސަލަ ނިމުމުގެ ކުރިއަށް އެ ރަޖިސްޓްރީތައް ބާޠިލްކުރި ކުރި ކުރުމަށް ގޮތެއް ކަނޑައެޅިގެން ދިއުމަކީ އަސްލު މައުޟޫޢީ މައްސަލައިގެ އަސާސް ނެތިގެން ދާނެ ކަމެއް ކަމުގައި އަހުރެން ދެކެމެވެ.
54އެހެންކަމުން، ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އިސްތިއުނާފު ރައްދުވު ފަރާތަތްކުގެ އަތުގައި އުޅަނދުގެ ރަޖިސްޓްރީއެއް އޮތް ކަން އެނގިގެންދާކަމުންނާއި، އަދި އެ ރަޖިސްޓްރީތަކާމެދު ސިވިލް ކޯޓުގެ ނަންބަރު: 2022-CVC-3647 ޤަޟިއްޔއަށާ ގޮތެއް ކަނޑައެޅިގެންދާނެތީ، މިހިނދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޙިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަމަށް އަހުރެން ދެކެމެވެ.
55އިސްތިއުނާފު ކުރާ ފަރާތުގެ ދެވަނަ ނުކުތާގައި ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގި ނެކްސް ބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ޤަޟިއްޔާއާ ޚިލާފަށާ ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުޞ ލާއި، އެކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރ މެނޭޖްމަންޓާ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 43 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ Balance of Convenience ގެ ޓެސްޓު ތަޠުބީޤުކޮށްފައިވާކަމުގެ މައްޗަށެވެ. ވަގުތީ އަމުރަކާ ނުލައި އަސްލު މައުޟޢޫ ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން އަދި ބެލެންސް އޮފް ކޮންވީނިއެންސް
56HN5ވަގުތީ އަމުރު ނުނެރެއްޖެނަމަ ދެން އުފެދޭ ސުވާލަކީ، ކުރިމަތިވާނެ ނުރއްކ ނުވަތާ ލިބިދާނެ ގެއްލުމަށަ damage) irreparable( ވަގުތީ އަމުރަށްއެދޭ ފަރާތަށް އެކަށީގެންވާ ގޮތަކަށް ބަދަލު ދެވިދާނތެ )remedy adequate( މިސުވާލުކަމާއި، އެކަށީގެންވާ ގޮތަކަށް ބަދަލެއް ދެވޭ ނަމަ ޢާންމު އުޞޫލަކީ ވަގުތީ އަމުރެއް ނުނެރުމެވެ. ވަގުތީ އަމުރަށްއެދޭ ފަރާތަށް އެކަށީގެންވާ ގޮތަކަށް ބަދަލު ދެވިދާނތެ ކުރެވޭ ސުވާލާއި، ވަގުތީ އަމުރެއް ނެރުމުގެ ސަބަބުން އެއަމުރު ރައްދުވިފަރާތަށް ގެއްލުން ލިބިދާނެ ޙާލަތެއްގައި އަމުރަށް އެދުނު ފަރާތުން އެ ގެއްލުމަށް ބަދަލު ދެވިދާނެތޯ ކުރެވޭ ސުވާލު ހިމެނޭހެން ގެއްލުމާ ގުޅޭގޮތުން ބަޔާން ކުރެވުނު ދެސުވާލަށް ސާފު ޖަވާބެއް ލިބެން ނެތް ޙާލަތު ގައި، ދެން ކޯޓުން ބަލަންޖެހޭނީ ވަގުތީ އަމުރެއް ނެރެއޖެނަމަ، އެކަމުގެ ގެއްލުމާއި އުނދަގޫ ބޮޑަށް އުފުލަންޖެހޭން ވަގުތީ އަމުރު ރައްދުވާފަރާތްތޯ، ނ ނ ވަގުތީ އަމުރު ނުނެރެއްޖެނަމަ އެކަމުގެ ގެއްލުމާއި އނދަގު ބޮޑަށް ތަހައްމަލު ކުރާނީ ވަގުތީ އަމުރަށް އެދުނުފަރާތުނތް )convenience of (balance މކަމަށެވި. މިއީ ގެއްލުމާއި އުނދަގޫ ތޙަ އަމަލު ކުރަންޖެހޭ ފަރާތް އެއްހަމަ ކުރުމުގެ ގޮތުން ބަލަންޖެހޭ ކަމެކެވެ .
57އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ޚުސޫމާތު އުފެދިގެން މިއުޅެނީ އުޅަނދުތަކެއްގެ ރަޖިސްޓްރީއާ ގުޅިގެންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރއިނީ 87 ރެޖިސްޓްރީ ބާޠިލްކޮށްފައިވާކނަ އެނގެންއޮވެއެވެ. އެހެންކަމުން މި މައްސަލައަކީ ނިޒާމް ޢާންމުގެ މަސްލަޙަތު ހިމެނޭ މައްސަލައެއްކަން ވަރަށް ސާފެވެ. 27 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ ވ ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާ
58ދެން ބަލަންޖެހޭނީ ވަގުތީ އަމުރެއް ނެރެއްޖެނަމަ، އެކަމުގެ ގެއްލުމާއި އުނދަގޫ ބޮޑަށް އުފުލަންޖެހޭނީ ވަގުތީ އަމުރު ރައްދުވާފަރާތްތޯ، ނނ ވަގުތީ އަމުރު ނުނެރެއްޖެނަމަ އެކަމުގެ ގެއްލުމާއި އުނދަގޫ ބޮޑަށް ތަހައްމަލު ކުރާނީ ވަގުތީ އަމުރަށް އެދުނުފަރާތުނތް މިއެވެ.
59HN6ކުރިންވެސް ފާހަގަކުރި ފަދައިން މައުޟޫޢީ މައްސަލައިގެ ތެރެއިން ރަޖިސްޓްރީތަކުގެ ސައްޙަކަމާމެދު ގޮތެއް ކަނޑައެޅިގެންދާނެއެވެ. އަދި މައުޟ ޢީ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން ރަޖިސްޓްރީތައް ބާޠީލްކުރި ކުރުން ދަމަހައްޓައި ވަގުތީ އަމުރެއް ނެރެފިނަމަ އެކަމުގެ ގެއްލުމާއި އުނދަގޫ ތަޙައްމަލު ކުރަންޖެހޭ 87 މީހުން އެބަތިއްބެވެ. އެހެނީ ދައުލަތަށް ލިބޭނެ ސީދާ ގެއްލުމެއް ނެތެވެ.
60ވީމާ، convenience of balance މި އުސ ލުގެ ދަށުން ގެއްލުމާއި އުނދަގޫ ބޮޑަށް ތަޙއްމަލަ ކުރަންޖެހޭ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަށްކަމަށް ބަލަންޖެހެއެވެ. އަދި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޝަރުޠުތަކުގެ ތެރެއިން ވަގުތީ އަމުރަކާ ނުލައި އަސްލު މައުޟޢޫ ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމުގެ ޝަރުޠުވެސް ފުރިހަމަވާކަން އެނގެންއޮންނަކަމުން ސިވިލް ކޯޓުގެ ނަންބަރު B4/VA/2022/05-144 (17 އޮކްޓޫބަރު 2022) "ވަގުތީ އަމުރު" ނެރެފައިވަނީ ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ އުޞޫލުތަކާ އެއްގޮތަކަށް ކމުގައަ އަހުރެން ދެކެމެވެ. ފނޑިޔާރަ މުޙައްމަދު ސަލީމުގެ ރައުޔު:
61ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
62މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞ ލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމށަ ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފު ކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 1202/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 23 ވަނަ މާއްދާ (ވަގުތީ އަމުރުގެ ތަޢާރަފު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 236 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 244 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 325 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 429 ވަނަ މާއްދާގެ (ލ)
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 111 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 1 ވަނަ މާއްދާ، 13 ވަނަ މާއްދާގެ (ހ)، 14 ވަނަ މާއްދާ
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާ (ގަވާއިދު ނަންބަރު 2013/R-3 އާއި 2015/R-175 ގެ އިޞްލާޙުތަކާއެކު)
- ސުޕްރީމް ކޯޓުގެ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ (ޕެރ. 43)
- ހައިކޯޓުގެ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.