ޙުސައިން ޝިހާމް ޢަލީ ވ. ކްރިސްޓިއަން ކަލްބް އަދި ސޭވް ދަ ޑްރީމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1952/Cv-C/2023
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ހުށަހަޅާ ކޯޓު އަމުރުގެ މައްސަލައެއް ނެރެދެވެން ނެތްކަމަށް ނިންމުމުން، އަމުރު ރައްދުވި ފަރާތްތަކަށް ޝަރީޢަތުގެ ޚަރަދު (ވަކީލު ފީ) ނަގައިދެވޭނެތޯއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން އެ ކޯޓުން ކުރިން ކުރި އެއްފަދަ ނިންމުމަކަށް ތަބާވުން ލާޒިމުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން (ޝަރީޢަތުގެ ޚަރަދު) ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރުމަށް ބާރުއަޅާއިރު، އެއީ ލާޒިމު ކަމެއްގެ ގޮތުގައި އެ ޤާނޫނު ތަޞައްވުރުކުރާ ކަމެއް ނޫނެވެ؛ އެއީ ކޮންސިސްޓެންސީ ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ. އެ ކޯޓުން ކުރިން ކުރި ނިންމުމުން ދުރަށް ދިޔުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ؛ އަދި އެ ކޯޓެއްގެ ކުރީގެ ނިންމުމަކާ ޚިލާފަށް ނިންމުމަކީ އެ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.
HN2 އެއްކަހަލަ މައްސަލަތަކާމެދު އެއްގޮތަކަށް ޢަމަލުކުރުމުގެ (treat like cases alike) ޤާޢިދާ ތަޠުބީޤުކުރަންވާނީ ކޮންމެ މައްސަލައެއްގެ ވާޤިޢާތަކަށާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، subjective application އެއްގެ ގޮތުގައެވެ (ސުޕްރީމް ކޯޓުގެ 2021/SC-A/28).
HN3 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަށު ކޯޓުތަކުން މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާން ޖެހެއެވެ (stare decisis)؛ ނަމަވެސް މަތީ ކޯޓުގެ ނިންމުމުގައިވާ ކޮންމެ ކަމަކަށް މުޠުލަޤުކޮށް ތަބާވުން ލާޒިމެއް ނޫނެވެ. ތަބާވާން ޖެހެނީ ޤާނޫނު މާނަކުރުމުގައި ކަނޑައަޅާފައިވާ ratio decidendi ނުވަތަ legal principle އަށް، މުހިންމު ވާޤިޢާތައް (material facts) އެއްގޮތްވާނަމައެވެ؛ per incuriam ކަމަށް މަތީ ކޯޓަކުން ކަނޑައަޅާ ނިންމުމަކަށް ތަބާވާކަށް ނުޖެހޭނެއެވެ (ސުޕްރީމް ކޯޓުގެ 2019/SC-A/15).
HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) ގެ ދަށުން އާންމު އުޞޫލަކީ ދަޢުވާ ކާމިޔާބުކުރާ ފަރާތަށް ކާމިޔާބުނުވި ފަރާތުގެ ކިބައިން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމެވެ (costs follow the event)؛ ޚަރަދު ދައްކަންޖެހޭތޯ، މިންވަރާއި މުއްދަތު ކަނޑައެޅުމުގެ އިޚްތިޔާރު 270 (ށ) ގެ ދަށުން ކޯޓަށް ލިބިގެންވާއިރު، އެ އިޚްތިޔާރު ބޭނުންކުރަންވާނީ ޤާނޫނީ އަސާސްތަކާ އެއްގޮތަށް، ވަކި އުޞޫލެއްގެ ތެރެއިން (principled and judicial basis)، arbitrary ނޫން ގޮތަކަށް، ހަމަހަމަ މިންގަނޑަކުންނެވެ.
HN5 costs follow the event އާންމު އުޞޫލުން ކޯޓު ދުރަށް ދާންވާނީ ވަރަށް އިސްތިސްނާ ޙާލަތްތަކުގައި، ސަބަބުވެރި އަދި ޢަދުލުވެރި އުޞޫލެއްގެ ތެރެއިންނެވެ؛ އާންމު އުޞޫލުން ދުރަށް ދާންޖެހޭ ސަބަބު ބަޔާންކުރުމުގެ ބުރަ އޮންނަނީ ކާމިޔާބުނުވި ފަރާތުގެ މައްޗަށެވެ. އިސްތިސްނާ ޙާލަތްތަކުގެ ތެރޭގައި ކާމިޔާބުވި ފަރާތުގެ ބޭކާރު ޚަރަދާއި ވަގުތު އިތުރުކުރުން، nominal ކާމިޔާބު، އާންމުންގެ މަޞްލަޙަތު ހިމެނޭ ދަޢުވާ ފަދަ ކަންކަން ހިމެނެއެވެ.
HN6 ދަޢުވާއެއް ކުރުމުގެ ކުރިން ކޯޓު އަމުރަށް ނުވަތަ ވަގުތީ އަމުރަށް އެދި ހުށަހަޅާ ހުށަހެޅުންތަކަކީވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަޢާރުފުގެ ތެރެއަށް ވަންނަ މަދަނީ މައްސަލަތަކެވެ؛ 271 ވަނަ މާއްދާގައި ޝަރީޢަތުގެ ޚަރަދުން އިސްތިސްނާކޮށްފައިވަނީ ޢާއިލީ މައްސަލަތަކާއި ތަރިކަ ބެހުމާ ގުޅޭ މައްސަލަތައް އެކަނި ކަމުން، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާނަމަ، ކާމިޔާބުކުރި ފަރާތަށް އެކަށީގެންވާ މިންވަރެއްގެ ޚަރަދު ނަގައިދޭން ޖެހެއެވެ.
HN7 ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގެ ބޭނުމަކީ ކާމިޔާބުކުރި ފަރާތުގެ ތަކުލީފަށް ބަދަލެއް ދިނުމާއި، މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމަށާއި ބޭކާރު ދަޢުވާތައް ހުށަނާޅުމަށް ބާރުއެޅުމެވެ. 272 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ޚަޞްމުން ޢަމަލުކުރި ގޮތަށް ބަލާއިރު ބަލަންވާނީ މުޅި މައްސަލައިގައި ޢަމަލުކުރި ގޮތަށެވެ؛ އެއީ މައުޟޫޢީ މައްސަލަތަކަށް އެކަނި ހަނިކުރެވޭ ކަމެއް ނޫނެވެ. 279 ވަނަ މާއްދާގައި ވަގުތީ އަމުރުގެ މައްސަލަތަކުގައި ވަކީލު ފީ ނަގައިދެވޭކަން ބަޔާންކުރުމުން، މައުޟޫޢީ މައްސަލައެއް ނެތި ހުށަހެޅޭ މައްސަލަތަކުގައިވެސް ވަކީލު ފީ ނަގައިދިނުމަށް ހުރަހެއް ނެތެވެ.
HN8 ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ކޯޓުން އިޚްތިޔާރު ބޭނުންކުރުމުގައި ބޭއިންޞާފު ވެފައިވާކަން ނުވަތަ އިސްތިސްނާއެއް ވާކަން ދަށު ކޯޓުގައި ބުނެދޭންވާނެއެވެ. ދަށު ކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރީ ނިންމުމެއްގެ ތެރެއަށް އިސްތިއުނާފީ ކޯޓު ވަންނާނީ، ނުރަނގަޅު އުޞޫލަކަށް ބިނާކޮށް ނިންމާފައިވާނަމަ، ވާޤިޢާތައް އޮޅިފައިވާނަމަ، މައިގަނޑު ވާޤިޢާއަކަށް ރިޢާޔަތްނުކޮށްފައިވާނަމަ، ނުވަތަ އެ ނިންމުމުގެ ސަބަބުން އެކަށީގެންވާ ބޭއިންޞާފެއް މެދުވެރިވެފައިވާނަމައެވެ (ސުޕްރީމް ކޯޓުގެ 2022/SC-A/51 ގެ 15 ވަނަ ނުކުތާ).
HN9 ދަށު ކޯޓުގައި ނޭރުއްވާ ޖަދަލެއް (އަދި ދަށު ކޯޓުގައި އަމުރު ނުނެރެވޭނަމަ ޚަރަދު ނަގައިދެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތް އެއްބަސްވެފައިވާއިރު) އިސްތިއުނާފުގައި އުފައްދައިގެން ދަށު ކޯޓުގެ އިޚްތިޔާރީ ނިންމުމުގެ ތެރެއަށް ވަނުމަށް ޤާނޫނީ ސަބަބެއް ނުވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓުގެ ނަންބަރ 1952-CVC-2023 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މާލެ، […] ޙުސައިން ޝިހާމް ޢަލީ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "ޙުސައިން ޝިހާމް ޢަލީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް"( ގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ކްރިސްޓިއަން ކަލްބް، Kalb) (Christian )ފްރާންސް / ޕާސްޕޯޓް ނަންބަރ 20ED33865( )މީގެ ފަހުން "ކްރިސޓިއަން ކަލްބް"( އަދި ސޭވް ދަ ޑްރީމުރް ) ރަޖިސްޓްރީ ނަންބަރ ( )މީގެ ފަހުން "ސޭވް ދަ ޑްރީމް"( )އެކުއެކީގައި "އިސްތިއުނާފ ރައްދުވު ފަރާތްތައް"( ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3ޙސައިނު ޝިހާމް ޢަލީގެ ފަރާތުން ސިވިލް ކޯޓަށް އެ ކޯޓުގ ނަންބަރ 1952-CVC-2023 ޤަޟިއްޔާއިން ހުށަހަޅާފައިވަނީ ކޯޓު އަމުރަކަށް އެދިއެވެ.ޙުސައިން ޝިހާމް ޢަލީގެ ފަރާތުން ކޯޓު އަމުރަކަށް އެދި ހުށަހެޅީ ޤާނޫނު ނަންބަރ 96/10 )ކުންފުންޏާބެހޭ ޤާނޫނު( )މީގެ ފަހުން "ކުންފުންޏާބެހޭ ޤާނޫނު"(ގ 73 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"(ގ 236 ވަން މާއްދާގަ ދަށުން ސޭވް ދަ ޑްރީމް ކްރިސްޓިއަން ކަލްބ އާއް ސޭވް ދަ ޑްރީމްއަށް އެކުއެކީގައި "އިސްތިއުނާފ ރައްދުވު ފަރާތްތައް"ގ ގޮތުގައެ ޙަވާލާދެވޭނެއެވެ. ޙުސައިން ޝިހާމް ޢަލީގެ ފަރާތުން 27 މެއި 2023 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ކޯޓު އަމުރަށް އެދޭ ފޯމު" )ފޯމު 31( މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ ( )މީގެ ފަހުން "ސޭވް ދަ ޑްރީމް މޯލްޑިވްސް"( ގިމައްޗަށ ވަޒީފާއާބެހް ޓްރައިބިއުނަލްގައި އުފުލާފައިވާ މައްސަލަތަކަށް ވަކީލަކު ޢައްޔަންކުރުމަށްޓަކައްސޭވް ދަ ޑްރީމް މޯލްޑިވްސްގެބޯޑު ރިޒޮލިއުޝަންގައި ސޮއިކުރުމަށް ކްރިސްޓިއަނ ކަލްބްގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ނުވަތަ ކުންފުންޏާބެހޭ ޤާނޫނުގެ 73 މާއްދެ އާއާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 236 ވެނ މާއްދާގަ ދަށުންސޭވް ދަ ޑްރީމް މޯލްޑިވްސްގިމައްޗަށ ވަޒީފާއާބެހް ޓްރައިބިއުނަލްގައި އުފުލާފައިވާ މައްސަލަތަކަށް ވަކީލަކު ޢައްޔަންކުރުމަށްޓަކައެ ސޭވް ދަ ޑްރީމް މޯލްޑިވްސްގެބޯޑު ރިޒޮލިއުޝަންގައި ހަމައެކަނި ކުންފް ނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސެކްރެޓަރީގެ ސޮއިއާއެކު ބޯޑުގެ ރިޒޮލިއުޝަންއެއ ފާސްކުރުމުން ބަލައިގަތުމަށް އަމުރުކޮށްދިނުމަށެވެ.މި އަމުރު ރައްދުވާ ފަރާތްތަކަކީވެސް މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ، ކްރިސްޓިއަން ކަލްބް އަދި ސޭވް ދަ ޑްރީމްއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
4ސިވިލް ކޯޓުގެ ނަންބަރު 1952-CVC-2023 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމެވެ.
4.1. ޙުސައިން ޝިހާމް ޢަލީގެ ފަރާތުން އެދިފައިވާ ފަދަ ކޯޓު އަމުރު ނެރެދެވެން ނެތްކަމަށް.
4.2. ސޭވް ދަ ޑްރީމްގެ ފަރާތުން ޤާނޫނީ ވަކީލަށް ޚަރަދުކުރަންޖެހުނު 16,200/-ރ. )ސޯޅަހާސް ދުއިސައްތަ ރުފިޔާ( އަކީ ސޭވް ދަ ޑްރީމްއަށ ޙުސައިން ޝިހާމް ޢަލީ ދައްކަންޖެހޭ ފައިސާއެއްކަމަށް. ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނަކީ ޙުސައިން ޝިހާމް ޢަލީ އަދި ސޭވް ދަ ޑްރީމްކަމާއި، މެނޭޖިންގ ޑިރެކްޓަރަކ ޙުސައިން ޝިހާމް ޢަލީކަމާއި، ޑިރެކްޓަރުންގެ ބޯޑުގައި ތިބީ ޙުސައިން ޝިހާމް ޢަލީ އާއި ކްރިސްޓިއަން ކަލްބްކަމާއ އަދި ސެކްރޓަރީއަކ ޢަލީ އުސައިދުކަނ 29 އޭޕްރިލް 2018 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ތައްޔާރުކޮށްފައިވާ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ "ކޮމްޕނެ ޕްރޮފައިލް އިންފޮމޭޝަން ޝީޓް" އިން އެނގެން އޮވެއެވެ. ޙުސައިން ޝިހާމް ޢަލީގެ ފަރާތުން 27 މެއި 2023 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ކޯޓު އަމުރަށް އެދޭ ފޯމު" )ފޯމު 31( ގެ 5 ވަނަ ނަންބަރު. ޙުސައިން ޝިހާމް ޢަލީގެ ފަރާތުން 27 މެއި 2023 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ކޯޓު އަމުރަށް އެދޭ ފޯމު" )ފޯމު 31(
4.3. ކްރިސްޓިއަން ކަލްބްގެ ފަރާތުން ޤާނޫނީ ވަކީލަށް ޚަރަދުކުރަންޖެހުނު 16,200/-ރ. )ސޯޅަހާސް ދުއިސައްތަ ރުފިޔާ( އަކީ ކްރިސްޓިއަން ކަލްބްއަށް ޢަލީ ޝިހާމް ދައްކަންޖެހޭ ފައިސާއެއްކަމަށް.
4.4. ބުނެވިދިޔަ ފައިސާ ސޭވް ދަ ޑްރީމް އަދި ކްރިސްޓިއަން ކަލްބްއަށް ލިބިދިނުމުގެ ގޮތުން 22 ޖޫން 2023 އިން ފެށިގެން 14 )ސާދަ( ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކޯ ޚަލާޞްކުރުމަށް.
ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނީ
5ސިވިލް ކޯޓުގެ ނަންބަރު 1952-CVC-2023 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރަކަށ ޙުސައިން ޝިހާމް ޢަލގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުނު ހިނދު،މި ކޯޓުގެ ނަންބަރ 95-B8/CHT/2023/4005 )13 ސެޕްޓެންބަރު 2023( ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވެއެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
6ސިވިލް ކޯޓުގެ ނަންބަރު 1952-CVC-2023 ޤަޟިއްޔާއިސްތިއުނާފުކޮށްފައިވާކަން މި މައްސަލައިގެ އިސްތިއުނާފި ރައްދުވު ކްރިސްޓިއަން ކަލްބް އަދި ސޭވް ދަ ޑްރީމްއަށް އެންގުމާއި ގުޅިގެން ކްރިސްޓިއަނ ކަލްބް އަދި ސޭވް ދަ ޑްރީމްގެ ފަރާތުން އިޖުރާއީ އިޢުތރޟެއް ހުށަހެޅިއެވެ.އެ ފަރާތްތަކުން އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރުގެ (ii) ގެ ދަށުން، އެ ޤާނޫނުގެ 421 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ފަދައިން ޙުސައިން ޝިހާމް ޢަލީގެ "ޙުކުމް ތަންފީޛުކުރުން ފަސްކުރުމަށް އެދް ފޯމް" މި އަމުރުގައި ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1952 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޙުސައިން ޝިހާމް ޢަލީގެ ފަރާތުން ސިވިލް ކޯޓަށް ދައްކާ ފައިސާއާމެދު ވަކިގޮތަކަށް ޢަމަލުކުރަން މި ކޯޓުން އަންގަންދެން ނުވަތަ މި ކޯޓުގެ ނަންބަރ 2023/HC-A/273 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅަންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށް ސިވިލް ކޯޓުގެ މައްޗަށް އަމުރުކޮށްފައިވެއެވެ. 03 ސެޕްޓެންބަރު 2023 ގައި ސޭވް ދަ ޑްރީމްގެ ފަރާތުން "އިސްތިއުނާފު މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާދިނުމަށް އެދުން 2023/HC-A/273" ހުށަހަޅާފައިވެއެވެ. އަދ 04 ސެޕްޓެންބަރު 2023 ގައި ކްރިސްޓިއަން ކަލްބްގެ ފަރާތުން "އިސްތިއުނާފު މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާދިނުމަށް އެދުން 2023/HC-A/273" ހުށަހަޅާފައިވެއެވެ. ފަރާތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފާފައިވާތ މައްސަލީ ބާޠިލުކޮށްދިނުމަށާއި، މައްސަލަ ބާޠިލުކުރެވެނ ނެތްކަމަށް ހައިކޯޓުން ނިންމައިފިނަމަ، އެ ނިންމުން ނިންމާ ދުވަހުން ފެށިގެން
07 )ހަތެއް( ދުވަހުގެ ތެރޭގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފުކުރުމަށ ހިނގާ ޚަރަދުގެ ސެކިއުރިޓީއެއްގެ ބެހެއްޓުމަށް އިސްތިއުނާފުކުރ ފަރާތުގާ މައްޗަށް އަމުރުކުރުމަށާއި، އަދި ސެކިއުރިޓީ ކަނޑައަޅާފައިވާ މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބަހައްޓާފައި ނެތްނަމަ، މައްސަލަ ބާޠިލުކޮށްދިނުމަށެވެ.
7މ އިޖުރާއީ އިޢުތިރާޟާއި ގުޅިގެން ކޯޓުން ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ )ހ(ގެ )2( ވަނަ ނަންބަރުގެ (ii)ގެ ދަށުން އިސްތިއުނފުގާ މައްސަލަ ބާޠިލުކުރާނެތަނެއް ނެތްކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ )ހ(ގެ )1( ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފުކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް ޙުސައިން ޝިހާމް ޢަލީގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
8ސިވިލް ކޯޓުގެ ނަންބަރު 1952-CVC-2023 ޤަޟިއްޔާ އާ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރ ފަރާތުނ 3 )ތިނެއް( ނުކުތާ ހުށަހެޅިނަމަވެސް، ޙުސައިން ޝިހާމް ޢަލީގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅައި މި މުއްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓްރީވެފައިވަނިކޮށ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/81 ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއް ޤަޟިއްޔާއާ ޙަވާލާދީ،އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުން ޙުސައިން ޝިހާމް ޢަލީއަށް އިސްތިއުނާފުކުރުމުގެ ޞިފަތު އިސްތިއުނާފު ރައްދުވާ ފަރާތުން އިޖުރާއީ އިޢުތިރާޟާއި ގުޅިގެން 8 އޮކްޓބަރޯ 2023 ގައި މި ކޯޓުން ނިންމާފައިވާ "އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް" ގައި ނިންމިގޮތުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ. މި ޤަޟިއްޔާގެ ޙުކުމުގެ ތެރެއިން ޙަވަލާދޭ ބަޔަކީ، ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުގައ ހުރި ޑައިރެންޓަރުންގެ އަމާނާތްރިކަމުގެ ވާޖިބާއި ޙުސައިން ޝިހާމް ޢަލީ ޚިލާފުވެފައިވާ ކަމަށާއި، އެ ސަބަބަށްޓަކައި ޙުސައިން ޝިހާމް ޢަލީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޑައިރެކްޓަރުކަމުން ޑިސްކޮލިފައިކުރުމަށް ކަނޑައެޅި ކަނޑައެޅުމަށެވެ. ގެއްލިފައިވާކަމަށް ބުނެ މި މައްސަލަ ބާޠިލުކޮށްދިނުމަށް އެދި ކްރިސްޓިއަން ކަލްބް އަދި ސޭވް ދަ ޑްރީމްގެ ފަރާތުން މި ކޯޓުގައި އެދުނެވެ.
9ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/81 ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީ ވ. ޙުސައިން ޝިހާމް ޢަލީ އަދި އިތުރު ފަރާތެއްޤަޟްއްޔާއިނ ކޮށްފައިވް ޙުކުމި ގުޅިގެނ ޙުސައިން ޝިހާމް ޢަލީގެ ފަރާތުން އިސްތިއުނާފުކޮށްފައިވ ނުކުތާ އާއާ އެދިފައިވާ ފަރުވާތަކަށ ބަދަލު ގެންނަންޖެހޭކަމުގައި ދެކޭކަމަށާއި، އެގޮތުން ޙުސައިން ޝިހާމް ޢަލީގެ ފަރާތުން މިހާރު އެދެނީ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން 3 ވަނަ ނުކުތާ )ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ނިންމާފައިވާ ނިންމނުތަޢުނުކޮށްފްއިވަ ނުކުތާ( އާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް ކަމަށެވެ.
10އިސްތިއުނާފެ ރައްދުވު ފަރާތްތަކުން ހުށަހެޅި އިޢުތިރާޟާ ގުޅިގެން މި ކޯޓުން ނިންމާފައިވަނީ އ ފަރާތްތަކުން އިސްތިއުނާފުގެ މައްސަލަ ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި ކަންކަމުގެ އަލީގައި، އިސްތިއުނފުގާމުޅި މައްސަލަ ބާޠިލުކުރާނާތަނެއް ނެތްކަމުގައެވެ. އަދިޝަރީޢަތުގެ ޚަރަދު ގުޅިގެން ޙުސައިން ޝިހާމް ޢަލީގެ ފަރާތުނެއިސްތިއުނާފް ފޯމްގައިތަޢުނުކޮށްފައިވާ ނުކުތާއާމެދު ދިވެހިރާއްޖޭގ ހައިކޯޓނ ގޮތެއް ކަނޑައަޅަންޖެހޭކަމުގައެވެ.
11އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ނިންމުމގީއަލީގައި، މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހނޭ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އަންނަނިވި ނުކުތާއަށެވެ. ކްރިސްޓިއަން ކަލްބް އަދި ސޭވް ދަ ޑްރީމްގެ ފަރާތުން ޢައްޔަންކޮށްފައިވާ ވަކީލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނަންބަރު LIT/LET/2023/340 )09 ޑިސެންބަރު 2023( ސިޓީ. މިފަދައިން ޙުސައިން ޝިހާމް ޢަލީގެ ފަރާތުން ބުނެފައިވަނީ މި ޤަޟިއްޔާއާ ގުޅިގެން 25 ޖުލައި 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގެ 0:34:15 މިނިޓްގައެވެ. މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޢަލީ ޝީހާމްގެ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނަންބަރު 1952-Cv-C-2023 ޤަޟިއްޔާއިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ނަގައިދީފައިވާ ޝަރީޢަތުގެ ޚަރަދުގެ ބައި ބާޠިލުކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން 7 އޮގަސްޓް 2024 ގައި ނިންމާފައިވާ "އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް" ގައި ނިންމުމުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ.
11.1. ސިވިލް ކޯޓުގެ ނަންބަރު 1952-CVC-2023 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަށް/ފަރާތްތަކަށް ޤާނޫނީ ޚަރަދުގެ ގޮތުގައި ފައިސާ ނަގައިދިނުމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރ 2010/13 )ފަނޑިޔާރުންގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު"(ގެ 5 ވަނަ މާއްދާގެ )ށ( އާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވަނަ މާއްދާއާއި، 274 ވަނަ މާއްދާއާއި، 278 ވަނަ މާއްދާ އަދި 279 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12މި ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީދިވެހިރާއްޖޭފަނޑިޔާރުންގ ޤާނޫނުގެ 5 ވަން މާއްދާގަ )ށ( ގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންވާނ ކަންތައްތަކުގެ ތެރެއިނާ"މައްސަލައާއި އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުނ ކުރިނު ކޮށްފައިވް ޙެކުމ ނުވަތް އެކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް" ބަޔާންކޮށްފައިވާއިރު، ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރ 229-CVCHD-2023 ޤަޟިއްޔގާ ނިންމެ ގޮތުގައި މައުޟއެމައްސަލ ހުށަހެޅުމުގަ ކުރިޔަށް ހުށަހެޅޭ ވަގުތީ އަމުރަކީ ވަކި ދަޢުވާއެއް ނޫންކަމާއި، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ )ހ( އާއި ހަމަ އެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނައްސަށް ބަލާއިރު ޤާނޫނީ ޚަރަދަކީ މަދަނީ މައްސަލަތަކުގައު ނަގައިދެވޭނެ ޚަރަދެއްކަމާއި، އަދި މަދަނީ ދަޢުވާގެ ގޮތުގައި މައުޟޫއީ މައްސަލަ ހުށަހެޅުމުގެ ކުރިން ހުށަހެޅޭ ވަގުތީ އަމުރަކީ ވަކި މަދަނީ ދަޢުވާއެއްކަމުގައި ބަލާނެ ހަމައެއް ނެތްކަމުގައި ބަޔާންކޮށްފައިވާކަމުގައެވެ.
13ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަންގެ ނަންބަރ 229-CVCHD-2023 ޤަޟިއްޔާ ނިންމާފައިވަނީ 7 ޖޫން 2023 ގައި ކަމަށްވާއިރު، އަދި އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ނިންމާފައިވަނީ 22 ޖޫން 2023ގައި ކަމުން، ޤާނޫނީ ޚަރަދު ނަގައިދިނުމުގައިސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރ229- CVCHD-2023 ޤަޟިއްޔާގެ ނިންމުމަށް ރިޢާޔަތްކުރަންޖެހޭނެ ކަމުގައެވެ.
14މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވާނަ މާއްދާގަ )ހ( ގެ ދަށުން ޚަރަދު ނަގައިދިނުމުގައި ރިޢޔަތްކުރަންވާނެ ކަންކަން ބަޔާންކޮށްފައިވާއިރު، "ދަޢުވާ ހުށަހެޅުމާއި، ދަޢުވާއަށް ދިފާއު ހުށަހެޅުމާއި، މައްސަލައިގެ ބަޔާންތައް ހުށަހެޅުމުގައި އަމަލުކޮށްފައިވާ ގޮތް ހިމެނޭ ގޮތުން، ޚަޞްމުން އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތް" މ ނުކުތާގައި "ދަޢުވާ ހުށަހެޅުމާއި ދިފާޢު ހުށަހެޅުން" މި އިބާރާތުގައި ދިފާޢު ހުށަހަޅަނީ މަދަނީ މައްސަލަ )މައުޟޫއީ މައްސަލަ( ތަކުގައިކަނ މަދަން އިޖުރާއަތުގެ ޤާނޫނުގެ 18 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމުގައެވެ.
15މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވަނަ މާއްދާގެ )ހ( ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ޚަޞްމަށް މުޅި މައްސަލަ ކާމިޔާބުނުވި ކަމުގައިވީނަމަވެސް، ދަޢުވާގެ ބައެއް ކާމިޔާބުވެފައިވުން" ނުކުތާއަށް ބެލުމުން ދަޢުވާގެ ތެރެއިން ޤާނޫނީ ޚަރަދު ނަގައިދެވޭނީ މުޅި މައްސަލައަށް ގޮތެއް ނިމިގެންކަން އެނގޭކަމުގައެވެ.
16މި މައްސަލައިގައި ނަގައިދީފައިވާ ޚަރަދަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 274 ވަނަ މާއްދާގެ )ހ( އަދި )ށ( ގައި ބަޔާންކޮށްފައިވާ ފަދައިން، އެކަށީގެންވާ މިންވަރެއްކަނ ނުވަތް ނޫންކަން، އަދި އ މިންވަރު ކަނޑައަޅާފައިވާގޮތް ޤަޟިއްޔާގެ ނިންމުމުގައި ބަޔާންކޮށްފައިނވާކަމުގައެވެ.
17ޚަރަދުގެ މިންވަރު ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޤާނޫނީ ޚަރަދުގެ ގޮތުގައި ވަކީލް ފީގެ ގޮތުގައި ކަމަށްވާއިރު، މި މައްސަލައިގައި އެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ބަޔާނެއްކަމާއި، އަދި ޙާޟިރުވެފައިވަނީ އެންމެ އަޑުއެހުމަކަށް ކަމުގައެވެ. އެހެންކަމުން، މި ޚަރަދުގެ މިންވަރު ކަނޑައަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 274 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ.
18މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 78 ވަނި މާއްދާގަ )ހ( އަދި )ށ(އަށް ބެލުމުން، ޝަރީޢަތުގެ ޚަރަދަކީ މައުޟޫއީ މައްސަލައިގެ ޙުކުމަށްފަހު ކަނޑައެޅޭ ނުވަތަ ނަގައިދެވޭ ޚަރަދެއްކަމާއި، މި މައްސަލައިގައ ކޯޓު އަމުރުގެ މައްސަލައަކީ މައުޟޫއީ މައްސަލައިގެ ބައެއް ކަމުން، އ ފައިސާ ދެއްކުން ކަނޑައެޅިގެންދާނީ މައުޟޫއީ މައްސަލައިގައި ގޮތެއް ކަނޑައެޅިގެން ކަމުގައެވެ.
19އިސްތިއުނާފުކުރެވުނު މައްސަލައަކީ ކުދި މައްސަލަތަކުގެ ޓްރެކްގެ މައްސަލައެއްކަމުގައިވާއިރު، މިފަދަ މައްސަލަތަކުގައި ނަގައިދެވޭ ޚަރަދުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެކާވީސްވަނަ ބާބުގެ ދަށުން ހުށަހެޅޭ ކޯޓު އަމުރުގެ މައްސަލަތަކުގައި ޤާނޫނީ ވަކީލް ފީ ނަގައިދޭންވނެކަމުގައި ބަޔާންކޮށްފައިނުވާކަމުގައެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 279 ވަނަ މާއްދާއަށް ބެލުމުން، މަދަނީ މައްސަލަތަކުގައި ޚަރަދު ނަގައިދޭން މައުޟޫއީ މައްސަލައިގެ ތެރެއިންކަން ނުވަތަ މައުޟޫއީ މައްސަލައަށް ގޮތެއް ކަނޑައެޅުމަށްފަހުކަން ޔަގީންވެގެންދާކަމުގައެވެ.
20އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީސިވިލ ކޯޓުގް ނަންބަރ 1952-CVC-2023 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ ބައި ނުވަތަ ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އޮތ އޮތުން ބާޠިލުކުރުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
21ތިނވަން އިސްތިއުނާފަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފީ ރައްދުވު ފަރާތްތަކުގެ މައްޗަށް އިސްތިއުނާފުކޮށްފައިވާ މި މައްސަލައިގެ މައިގަނޑު ނުކުތާއަށް މިހާރު ފަރުވާއެއް ލިބިފައިވާކަމަށާއި، މިހާރު ހަމައެކަނި މިއޮތުފައިސާގެ މައްސަލަކަމަށާއި، އެކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނާ ބުނުމަށް އިންކާރުކުރާކަމަށާއި، އެ ފައިސާއަކީ ޙައްޤު ފައިސާއެއްކަމަށާއި، އަދި އެއް representation އަށް ލިބިންޖެހޭ ފައިސާކަމަށާއި، ސިވިލްކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު ޚަރަދުތައް އައި ގޮތް ސަރީހަކޮށް ބަޔާންކޮށްފައިވާކަމަށާއި، އަދި އެކަމަށް އިންވޮއިސް ހުށަހަޅާފައިވާކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
22މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ އަންނަނިވި ކަންކަމަށެވެ. މިފަދައިން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މި ކޯޓުގައި 28 ނޮވެމްބަރު 2024ގައި ބޭއްވުނު އަޑުއެހުމުގައެވެ. ތިންވަނަ އިސްތިއުނާފީ ނުކުތާއަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޖަވާބުދީފައިވަނީ 28 ނޮވެމްބަރު 2024ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައެވެ.
22.1. ސިވިލްކޯޓުގެ ނިންމުމުގައި ޤާނޫނީ ޚަރަދުގެ ގޮތުގައި ފައިސާ ނަގައިދިނުމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އާ ޚިލާފަށްތޯއާއި، އަދި
22.2. މި ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވަނަ މާއްދާއާއި، 274 ވަނަ މާއްދާއާއި، 278 ވަނަ މާއްދާ އަދި 279 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްތޯއެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އާ ޚިލާފުތޯ
23ތިނވަން އިސްތިއުނާފަ ނުކުތާގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ހުއްޖަތު ގުޅެނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މައްދާގެ )ށ( ގެ )2( ވަނަ ނަންބަރާއެވެ. މިގޮތުން މި މާއްދާގައިވަނީ،ފަނޑިޔާރުން ނިންމުންތައް ނިންމުމުގައި ޤާނޫނުއަސާސީއާއި، ޤާނޫނުތަކަށް ޢަމަލުކުރުމުގައި، އަދި ޤާނޫނުއަސާސީއާއި ޤާނޫނުގައްވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުނިރިޢާޔަތްކުރުމުގ މަސްޢޫލިއްޔަތު އަދާކުރުމުގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެ ކަމުގައެވެ.
24އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓު ހުޅުމާލެޑިވުޜަންގ ނަންބަރ 229-CVCHD-2023 ޤަޟިއްޔާގައިމައުޟއޫމައްސަލ ހުށަހެޅުމުގަ ކުރިޔަށް ހުށަހެޅޭ ވަގުތީ އެމުރަކީ ވަކި ދަޢުވާއެއް ނޫންކަމަށާއި، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވެނ މާއްދާގަ )ހ( އާއި ހަމަ އެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނައްސަށް ބަލާއިރު ޤާނޫނީ ޚަރަދަކީ މަދަނީ މައްސަލަތަކުގައި ނަގައިދެވޭނެ ޚަރަދެއްކަމުން، މަދަނީ ދަޢުވާގެ ގޮތުގައި މައުޟޫއީ މައްސަލަ ހުށަހެޅުމުގެ ކުރިން ހުށަހެޅޭ ވަގުތީ އަމުރަކީ ވަކި މަދަނީ ދަޢުވާއެއްކަމުގައި ބަލާނެ ހަމައެއް ނެތްކަމުގައި ނިންމާފައިވާކަމަށެވެ. އަދިސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރ 229-CVCHD-2023 ޤަޟިއްޔާއަކީ މި އިސްތިއުނާފުކުރެވޭ މައްސަލަ ނިންމުމުގެ ކުރިން ނިންމާފައިވާ ނިންމުމަކަށްވާއިރު، ސިވިލްކޯޓުން ޝަރީޢަތުގެ ޚަރަދާއި ގުޅޭ ގޮތުން ގޮތެއް ނިންމުމުގައި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނގް ނަންބަރ 229-CVCHD-2023 ޤަޟިއްޔާގެ ނިންމުމަށް ރިޢާޔަތްކުރަންޖެހޭނެ ކަމުގައެވެ.
25މ ނުކުތާގައި އުފެދި ޤާނޫނީ ބަހުސަކީ ފަނޑިޔާރުން މައްސަލަ ނިންމުމުގައި އެ މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ޢަމަލުކުރުމަށް ފަނޑިޔާރުންނަށް ލާޒިމުވާނެތޯއެވެ.
26HN2އެއްކަހަލަ މައްސަލަތަކާމެދު ޢަމަލުކުރަންވާނީ އެއްގޮތަކަށް alike) like cases (treat ކަމުގައި އޮންނަ ގާއިދާއަކީ ގޮތް ކަނޑައެޅުމުގައި ވަކި ފަރާތަކަށް ބުރަ ނުވުމާއި، ނަޒާހަތްތެރިކަމާއި، އެއްގޮތްކުރުމާއި ގުޅުވާ، އިންސާފު ޤާއިމުކުރުމުގެ މުހިންމު އަދި މައި ދައުރެއް އަދާކުރާ ގާއިދާއެއްކަމުގައިވީނަމަވެސް، އެއްގޮތް މައްސަލަތަކުގައި އެއް ނިންމުމަކަށް ވާޞިލުވުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ.
27މިގޮތުން އެއީ އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމުގައި، ކޮންމެ މައްސަލައެއްގެ ވާޤިއާތުތަކަށާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، application subjective އެއް ބޭނުންކޮށް، ރިޢާޔަތްކުރަންޖެހޭ އުޞޫލުތަކާއި މައްސަލައާގުޅޭ ޙަޤީޤަތްތަކުގެ އަލީގައި، ގޮތެއް ކަނޑައެޅުމެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/28 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވެއެވެ.
28HN3ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( ގައި މަތީ މަރުޙަލާގެ ކޯޓުތަކުނ ނިންމް ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށ ބަޔާންކޮށްފައިވެއެވެ. ޤާނޫނީ ޢިލްމުގެ ތެރޭގައި Stare Decisis ގެ ގޮތުގައި ދެނެގަނެވިފައިވާ މި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2021/SC-A/28 )މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 12 ވަނަ ނުކުތާ މަބްދަޢުއަކީ ޑްކްޓޮ ރިނ އޮފް ޕްރެސިޑެންޓ (doctrine of precedent) ގެ މައްޗަށް ބިނާވާ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުގައި ފައިސަލާކުރެވިފައިވާ އުޞޫލުތަކަށް ތަބާވުމަށާއި، ނިންމުންތަކުގައި ފައިސަލާކުރެވިފައިވ ނުކުތާ ފުރޮޅިގެންދާ ގޮތަކަށް އެ ނިންމުން ބަދަލުނުކުރުމުގ މަފްހޫމެވެ.
29މަތީ މަރުޙަލާގެ ކޯޓަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ޢަމަލުކުރުން ލާޒިމުވެގެން އޮންނަ އޮތުމަކީ އެއްވެސް ޙާލެއްގައި އިސްތިސްނާއެއް ނެތި އޮންނަ ކަމެއްނޫނެވެ. މަތީ މަރުޙަލާގެ ކޯޓަކުން ނިންމާ ކޮންމެ ނިންމުމެއްގައި ބަޔާންކުރެވިފައިވާ ހުރިހާ ކަންކަމަކީ މުޠުލަޤުކޮށް، އެކަމާމެދު އެއްވެސް ސުވާލުކުރުމެއްނެތި، ނުވަތަ އަޅާކިޔުމެއްނެތި، ދަށު ކޯޓުތަކުން ޢަމަލުކުރުން ލާޒިމު ކަންކަމެއްނޫނެވެ. މިކަނުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/15 އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރެއެވެ.
30މީގެ ޙަޤީޤީ މާނައަކީ،ޤާނޫނެއް މާނަކުރުމުގައި ނުވަތަ ތަރުޖަމާކުރުމުގައި ނުވަތަ ތަޠުބީޤުކުރުމުގައ މަތީ މަރުޙަލާގެ ކޯޓުތަކުން ވަކި ގޮތެއް ކަނޑައަޅާފައިވާނަމ (ratio decidendi) ނުވަތަ ވަކި ޤާނޫނީ ގާއިދާއެއް ކަނޑައަޅާފައިވާނަމ principle) (legal ނުވަތަ މަތީ މަރުހަލާގެ ކޯޓަކުން ނިންމާ ނިންމުމާއި، ފަހުން ދަށު ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ މުހިންމު ވާޤިއާތުތައ (material facts) އެއްގޮތްނަމަ، މަތީ މަރުޙަލާގެ ކޯޓުން ނިންމި ނިންމުން ނުވަތަ ކަނޑައެޅި އުޞޫލު ތަޠުބީޤުކުރުމެވެ. ހަމަ މި އުޞޫލުން، ނިންމި ނިންމުމަކީ ncuriumper i ނިންމުމެއްކަމަށް މަތީ މަރުޙަލާގެ ކޯޓަކުން ކަނޑައަޅައިފިނަމަ، އެ ނިންމުމާއި އެއްގޮތަށް ޢަމަލުކުރާކަށްނުޖެހޭނެއެވެ.
31HN1މައްސަލައާ އެއްގޮތް ނުވަތަ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރުމަކީ އެއްކަހަލަ މައްސަލަތަކާމެދު ޢަމަލުކުރަންވާނީ އެއްގޮތަކަށް cases like (treat Per incurium މައްސަލަތަކަކީ އެ މައްސަލަތަކުގައި އެދެވިގެންވާ މިންވަރަށް ކަމާގުޅޭ ޤާނޫނުތަކަށް ނުވަތަ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއްނެތި ނިންމާ ނިންމުންތަކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 )އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާ alike) ކަން އޮންނަ ގާއިދާއާ އެއްގޮތް ކަމަކަށް ވީނަމަވެސް، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި ކޯޓުން ކުރިން ކޮށްފައިވާ ޙުކުމާ ދުރަށްދެވިދާނެއެވެ. މިފަދައިން މިދެކެނީ، ޤާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( ގައިވާ އިބާރާތާއި ޚިލާފަށް، މައްސަލައާ އެއްފަދަ އެހެނެ މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްތެރިކަންދިނުމަށް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ 2 ވަނަ ނަންބަރުގައި ބާރު އަޅާއިރު، މިއީ ލާޒިމުކަމެއްގެ ގޮތުގައި ފަނޑިޔާރުންގެ ޤާނޫނު ތަޞައްވުރުކުރާކަމއ ކަމުގައް ނުދެކޭތީއެވެ.
32މިއީ ފަނޑިޔާރުންގެ މެދުގައި އެއްގޮތް ކަންކަމުގައި އެއްފަދައަކުނ ޢަމަލުކުރުމަށް ނުވަތަ consistency ދެމެހެއްޓުމެކީ މުހިންމުކަމެއްގ ގޮތުގައެ ބެލެވި، އެއަށް ބާރުއެޅުމުގެ ވިސްނުމުގައި އޮތް އޮތުމެއްކަމަށ ބެލެވެއެވެ. ހަމައެއާއެކު، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކާއި ދުރަށް ދެވޭނީ ޙާލަތްތައްވެސް ހުރިއިރު، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުނޭކުރިނ ކޮށްފައިވް ޙުކުމާ ދުރަށް ދިޔުމަކީ ޤާނޫނު ޖާގަނުދ (rigid) ކަމެއްގެ ގޮތުގައި ނުވަތަ ނުކުރެވޭނެކަމެއްގެ ގޮތުގައި މާނަކުރެވޭނެ ކަމުގައި ނުދެކެމެވެ.
33ޝަރީޢަތުގެ ޚަރަދާއި ގުޅޭ ގޮތުން ގޮތެއް ނިންމުމުގައިސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރ 229-CVCHD-2023 ޤަޟިއްޔާގެ ނިންމުމަށް ޢަމަލުކުރަންޖެހޭނެ ކަމަށްއިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، ހަމަ މި ޤާނޫނީ ނުކުތާގައި، ސިވިލް ކޯޓުގެ ނިންމުންތަކުގައި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މިސާލަކަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރ 222-CVCHD-2023 20 19 ޤަޟިއްޔާއާއި، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2023-CVCHD-224 ޤަޟިއްޔާއާއި އަދި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2023-CVCHD-227 ޤަޟިއްޔާއިން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންއިން 07 ޖޫން 2023 ގައާ ނިންމާފައިވާ އަޙްމަދު ޢަލީ އަދި ފައުޒިއްޔާ ޢަލީ ވ. ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންއިން 04 ޖޫން 2023ގައި ނިންމާފައިވާ އިސްމާޢީލް ޒާހިރު ވ. ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންއިން 07 ޖޫން 2023ގައި ނިންމާފައިވާ އަޙްމަދު އާޛާން ވ. ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ނިންމާފައިވާ ނިންމުމަކީ، ދަޢުވާއެއް ހުށަހެޅުމުގެ ކުރިއަށް ނެރެދިނުމަށް އެދޭ ވަގުތީއަމުރުތަކާއ ގުޅިގެން ހިނގާ ޝަރީޢަތުގެ ޚަރަދުތަކަކީ ނަގައިދެވިދާނެ ޚަރަދުތަކެއް ކަމެވެ. އެހެންކަމުން، މި ޤާނޫނ ނުކުތާގައި އެއް ކޯޓެއްގައި ދެ ވިސްނުމެއް ނުވަތަ ދެ ރައުޔެއް އޮތްކަން އެނގެއެވެ.
34ސިވިލް ކޯޓުހުޅުމާލ ޑިވިޜަންގެ ނަންބަރ 229-CVCHD-2023 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން މި މައްސަލައިގެ މައްޗަށް ލާޒިމުވާ ފަދައަކުން، ނުވަތަ އެ ޤަޟިއްޔާގެ ނިންމުމަށް ތަބާވާންޖެހޭ ފަދައަކުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރު މާނަކުރެވޭނެކަމުގައި ނުދެކެމެވެ.މިކަން ތަޠުބީޤުކޮށް، ސިވިލެކޯޓުގެ ނިންމުމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ.
ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގެ އިޖުރާއަތާއި ޚިލާފުތޯ
35މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ތައާރަފުވ އައި އެއްއިޖުރާއަތަކީ ޝަރީޢަތުގެ ޚަރަދު ނަގައިދިނުމެވެ. މއ މަދަނީ ދަޢުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޝަރީޢަތުގެ ޚަރަދެވެ.
36HN4އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާންމު އުސޫލުން،ޝަރީޢަތުގެ ޚަރަދު، ދަޢުވާ ކާމޔާބުކުރެފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދެވޭނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ )ހ( ގައިބަޔާންކުރެއެވެ. އަދި ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި، އެއް ޚަޞްމުގެ ފަރާތުން އަނެއް ޚަޞްމަށް ޝަރީޢަތުގެ ޚަރަދު ދައްކަންޖެހޭކަނ ނުވަތް ނޫންކަމާއި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރާއި، އަދި މ މިންވަރު ދައްކަންޖެހޭ މުއްދަތު ކަނޑައެޅުމުގެއިޚްތިޔާރ ކޯޓަށު ލިބިގެންވާކަން މަދަން އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރެއެވެ.
37މި މާއްދާއަށް ބެލުމުން، ޝަރީޢަތުގެ ޚަރަދާއި ގުޅޭ އާންމު އުޞޫލަކީ:
1. ޝަރީޢަތުގެ ޚަރަދު ނަގައިދިނުމގައު ކޯޓަށް އިޚްތިޔާރެއް ލިބިގެންވާކަމާއި، އަދި
2. އެއް ދަޢުވީ ކާމިޔާބުކުރާ ފަރާތަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ނަގައިދޭ ޚަރަދެއި ކަމެވެ.
38އެއް ޚަޞްމު އަނެއް ޚަޞްމަށް ޝަރީޢަތުގެ ޚަރަދު ދައްކަންޖެހޭތޯއާއި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރާއި، އަދި އެ ޚަރަދު ދައްކަންޖެހޭ މުއްދަތު ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިދީފައިވާއިރު، މި އިޚްތިޔާރު ކޯޓުން ބޭނުންކުރަންޖެހޭނ ޤާނޫނެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ވަކި އުސޫލެއްގެ (principled and judicial basis) ތެރެއިންނެވެ.މީގެ މާނައަކީ، މ އިޚްތިޔާރު ބޭނުންކުރުމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރުމާއިއެކު، އ ނިންމުމަކީ arbitrary ނިންމުމަކަށްނުވުމެވެ. ހަމައެއާއެކު، މި އިޚްތިޔާރީ ބާރު ބޭނުންކުރުމުގައި، އަސާސީ އެއް ހަމައަކީ ހަމަހަމަ މިންގަނޑަކުން މި ބާރު ބޭނުންކުރުމެވެ.
39ޝަރީޢަތުގެ ޚަރަދު އެއް ޚަޞްމަކު އަނެއް ޚަޞްމަކަށް ދައްކަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރެއެވެ. އެކަންކަމަކީ،
1. ދަޢުވާ ހުށަހެޅުމާއި، ދަޢުވާއަށް ދިފާޢު ހުށަހެޅުމާއި، މައްސަލައިގެ ބަޔާންތައް ހުށަހެޅުމުގައި ޢަމަލުކޮށްފައިވާ ގޮތް ހިމެނޭގޮތުން، ޚަޞްމުން އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތް؛
2. ޚަޞްމަކަށް މުޅި މައްސަލަ ކާމިޔާބުނުވި ކަމުގައިވީނަމަވެސް، ދަޢުވާގެ ބައެއް ކާމިޔާބުވެފައިވުން؛
3. މައްސަލަ ޙައްލުކުރުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެކަން؛
4. ހުށަހެޅިފައިވާ ދަޢުވާ ހުރިހާ ޚަޞްމުންނަށްވެސް މުހިންމުވާ މިންވަރު؛
5. މައްސަލައިގެ އުނދަގޫކަމާއި، މައްސަލައިގައި ނަގާފައިވާ ޤާނޫނީ ސުވާލުތަކުގެ މުހިންމުކަން؛ Nothern Territory v. Sangare [2019] 265 CLR 164
6. މައްސަލައަށް ހޭދަވި ވަގުތު؛
7. މައްސަލައަކީ މުދަލެއް ހިމެނޭ މައްސަލައެއްނަމަ އެ މުދަލުގެ އަގު؛
8. މައްސަލައިގައް ޚަޞްމަކު ޢަމަލުކޮށްފައިވާ ގޮތުން، ޝަރީޢަތް ހިންގުން ނުވަތަ ޝަރީޢަތުގެ މަރުޙަލާތައް ފުރިހަމަކުރުމުގައި އެއްވެސް ލަސްވުމެއް މެދުވެރިވެފައިވާނަމަ އެކަނ؛
9. އެނޫންވެސް މައްސަލައިގް ވަށައިގެންވާ އެފަދަ އެންމެހައި ކަނެ ކަމެވެ.
40އްސްވ ބަޔާންކުރެ ފަދައިން، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަކީ އާންމު އުޞޫލެވެ. މިއަށް ‘costs follow the event’ގެ ގޮތުގައިވެސް މުޚާތަބުކުރެވެއެވެ. މިފަދައިން މިކަން ކަނޑައެޅިފައިވަނު،މިސާލަކަށް ދަޢުވާކުރާ ފަރާތުން ދަޢުވާ ކާމިޔާބުވާ ޙާލަތުގައި، ދަޢުވާއެއް ކުރުމަށް ދަޢުވާކުރާ ފަރާތުން ޚަރަދުކުރަން ޖެހުނަސަބަބަކީ ދަޢުވާކުރާ ފަރާތަށް ހއްޤުވާ ކަމަކުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތޫ މަޙުރްމްކުރުމުނ ކަމުގައިވާތީއެވެ. އަދި އެ ދަޢުވާއެއް ކާމިޔާބުކުރަނީ ދަޢުވާލިބޭ ފަރާތުންނަމަ، ދަޢުވާލިބޭ ފަރާތުނ ދަޢުވާއަށް ދިފާއުވުމަށް ކޮށްފައިވާ ޚަރަދަކީ، ދަޢުވާކުރާ ފަރާތަށް ޙައްޤުނުވާ ކަމެއްގެ މައްޗަށް ބަރޯސާވެ ދަޢުވާކުރާ ފަރާތުން ދަޢުވާއެއް އުފުލާފައިވުމވެ.
41HN5މި އާންމު އުސޫލާއި ކޯޓުންދުރަ ށިދާންޖެހޭނީ ވަރަށް އިސްތިސްނާ ޙާލަތްތަކުގައެވެ. އަދި އެފަދައިން ދުރަށްދާންވާނީ، ސަބަބުވެރި އަދި އަދުލުވެރި justice) and reason of (rules އުޞޫލެއްގެ ތެރެއިންނެވެ. ހަމައެއާއެކު، އާންމު އުޞޫލުން ދުރަންދާންޖެހޭ ސަބަބު ބަޔާންކޮށްދިނުމުގެ ބުރަ އޮންނާނީ ދަޢުވާ ނުވަތަ މައްސަލަ ކާމިޔާބުނުވި ފަރާތުގެ މައްޗަށެވެ.މިފަދަ އިސްތިސްނާ ޙާލަތްތަކުގެ ތެރެއިން، ކާމިޔާބުކުރި ފަރާތުން ބޭކާރު ޚަރަދުކުރުމާއި، ވަގުތު އިތުރުކުރުމުގެ ސަބަބުން ހިނގާ William v. Lewer [1974] 2 NSWLR 91 Waterman v. Gerling Australia Co Pty Ltd (No 2) [2005] NSWSC 1111 ޚަރަދުތަކާއި، ކާމިޔާބުވި ފަރާތަށް nominally ކާމިޔާބުވުމާއި، ދަޢުވާއަކީ އާންމުންގެ މަޞްލަޙަތު ހިމެނެ ދަޢުވއަކަށްވުން ފަދަ އިސްތިސްނާތައް ހިމެނެއެވެ.
42ޝަރީޢަތުގެ ޚަރަދު ކަނޑައެޅުމުގައި ދެ ގޮތަށް ޢަމަލުކުރެވިގެންދާކަނ މަދަން އިޖުރާއަތުގެ ޤާނޫނުން ފާޅުވެއެވެ. އެއީ ޚަރަދުގެ ގޮތުގައި އެކަށީގެންވާ މިންވަރެއް ދެއްކުމަށް ކޯޓުން އެންގުމެވެ. ނުވަތަ ތަފްޞީލު އެސެސްމެންޓެއް ހެދުމަށްފަހު ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައެޅުމެވެ. އެސެސްމެންޓެއް ހެދުމަށްފަހު ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ޢަމަލުކުރާ ގޮތްތަކަކީ އާންމު އުޞޫލުން ޚަރަދު ނަގައިދިނުން ނުވަތަ ލިބުނު ގެއްލުން ފޫބެއްދޭނެ މިންވަރަށް ޚަރަދު ނަގައިދިނުމެވެ.
43ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ކޯޓުން ކުރާ އަމުރެއްގައި ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައަޅާފައިވާނަމަ، އެ އަމުރުގައިވާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ޚަރަދު ދައްކަންވާނެއެވެ. ޝަރީޢަތުގެ ޚަރަދު ނަގައިދެވޭ ފަރާތުން، ހަމަ އެ ޝަރީޢަތުގައި ޚަރަދުގެ ފައިސ ދޭންޖެހޭ ޙާލަތެއް ވުޖޫދުވެއްޖެނަމަ، ޚަރަދުގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި، ޚަރަދުގެ ގޮތުގައި ދައްކަންޖެހުފައިސާ އަޅައިކެނޑުމަށްފަހު، ބކ އޮތީ މިންވަރު ދެއްކުމަށް އެންގުން ޤާނޫނ ހުއްދަކުރެއެވެ. އަދި ޚަރަދުގެ ގޮތުގައި ފަހުން ލިބެންޖެހޭ ފައިސާ ދެއްކުމަށް ކޯޓުން އަންގާ އެންގުން، އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރަންދެން މަޑުޖެއްސުމަށް އެންގުންވެސ ޤާނޫން ހުއްދަކުރެއެވެ. 26 th އަދި edition (2022), Oxford Law Trove A Practical Approach to Civil Procedure, 24 Stuart Sime, Civil Trials Benchbook, Judicial Commission of New South Wales, retrieved from https://www.judcom.nsw.gov.au/publications/benchbks/civil/costs.html މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 276 ވަނަ މާއްދާގެ )ރ( އާއި 273 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 273 ވަނަ މައްދާގެ )ހ( އާއި، އެ ޤާނޫނުގެ 274 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 273 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 275 ވަނަ މާއްދާ
44ކުދި މައްސަލަތުގެ ޓްރެކުނ ބަލް މައްސަލަތަކުގައި ނަގައިދެވޭ ޚަރަދުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 279 ވަނަ މާއްދާގއަ ބަޔާންކުރާއިރު، އެއީ ދަޢުވާ ފޯމު ހުށަހެޅުމަށް ކޯޓަށް ދައްކާފައިވާ ފީއާއި، މީގެ އިތުރުނ ކޯޓަށް ދައްކާފައިވާ އެހެން ފީއާއި، ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ މައްސަލައެއްނަމަ، ޚަޞްމަކު ތަމްސީލުކުރަނ ޤާނޫނީ ވަކީލެއްނަމ ޤާނޫނަ ވަކީލު ފޯރުކޮށްދީފައިވާ ޚިދުމަތުގެ ފީއޯ އ،ކ ޓަށ ޙާޟިރުވމަށ ހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ޚަޞްމު އެއްރަށުންއަނެއް ރަށަށް ދަތުރުކުރުމަށާއާއެ ރަށެއްގާއަ ހުރުމަށް ކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޚަރަދްއި، ކޯޓަށު ޙާޟިރުވަމަށެހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ޚަޞްމު ދަތުރުކުރަންޖެހުމުގެ ސަބަބުން ނުވަތަ ރަށުން ބޭރުގައި ހުންނަންޖެހުމުގެ ސަބަބުން އެފަރާތެއް އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތުގެ އުޖޫރައިން އެއްވެސ މިންވަރެއް އުނިވެފައިވާނަމއެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އެކަށީގެންވާޢަދަދާއި،ޚަބީރަކު ޙާޟިރުކުރުމަށް ހިނގިއެކަށީގެންވާ މިންވަރެއްގެ ޚަރަދްއ އަދި ޚަޞްމުގެ ޢަމަލުތައް ހުރިގޮތުގެ ސަބަބުނެމައްސަލައިގައި ހިނގާފައިވާ އިތުރު ޚަރަދު ކަމަށް ކޯޓުނ ހަދާ އސެސްމަންޓަކުނ ކަނޑައަޅް ޢަދަދެވެ. މިނޫން ޚަރަދެއް ކޯޓުން ނަގައިދީގެންނުވާނެއެވެ.
45ޝަރީޢަތުގެ ޚަރަދާއި ގުޅޭ އުޞޫލުތައް ބަޔާންކުރުމަށްފަހު، އިސްތިއުނާފީ ނުކުތާގައި އިސްތިއުނުފުކުރާ ފަރާތުން އުފައްދާ ޖަދަލް ބަޔާންކުރަމެވެ. އެއީ ސިވިލިކޯޓުން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ނިންމި ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވަނަ މާއްދާއާއި، 274 ވަނަ މާއްދާއާއި، 278 ވަނަ މާއްދާ އަދި 279 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
46އެހެނީ، ޝަރީޢަތުގެ ޚަރަދަކީ މައުޟޫއީ މައްސަލައިގެ ޙުކުމަށްފަހު ކަނޑައެޅޭ ނުވަތަ ނަގައިދެވޭ ޚަރަދަކަށްވާތީ، މި މައްސަލައަކީ ކޯޓު އަމުރެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާއިރު، ކޯޓު އަމުރުގެ މައްސަލައަކީ މައުޟޫއީ މައްސަލައިގެ ބައެއް ކަމުން، އެ ފައިސްދެއްކުން ކަނޑައެޅިގެންދާނީ މައުޟޫއީ މައްސަލައިގައި ގޮތެއް ކަނޑައެޅިގެން ކަމަށާއި،އަދި އެކާވީސްވަނަ ބާބުގެ ދަށުން ހުށަހެޅ ކޯޓު އަމުރުގެ މައްސަލަތަކުގައި ޤާނޫނީ ވަކީލް ފީ ނަގައިދޭންވުނެކަމުގއި ބަޔާންކޮށްފައިނުވާއިރު، ކޯޓު އަމުރުގެ މައްސަލަތަކުގައި ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެ ކަމުގައި ނުދެކޭކަމުގައ އިސްތިއުނާފުކުރި
47މި އިސްތިއުނާފުން އުފެދޭ ސުވާލަކީ ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގެ ބޭނުމުގައި މަދަނީ ދަޢުވާއެއްގެ ގޮތުގައި ނުވަތަ މަދަނީ މައްސަލައެއްގެ ގޮތުގައި ބެލެވޭނީ ހަމައެކަނި މައުޟޫއީ މައްސަލައަށް ހެއްޔެވް؟ ޝަރީޢަތުގެ ޚަރަދަކީ ވަގުތީ އަމުރަކަށް ނުވަތަ ކޯޓު އަމުރަކަށް އެދެ ހުށަހެޅި މައްސަލަތަކުގައި ނަގައިދެވޭ ޚަރަދެއްނޫން ހެއްޔެވީ؟ މި ސުވާލަށް ޖަވާބު ދިނުމުގައި މަދަނީ ދަޢުވާ ނުވަތަ މަދަނީ މައްސަލައަކީ ކޮބައިކަން ބެލުން މުހިންމެވެ.
48HN6މަދަނީ ދަޢުވާ ނުވަތަ މަދަނީ މައްސަލައަކީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފެދޭ މަދަނީ ދަޢުވާތަކެވެ.މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތެޢަރަފަށް ބަލާއިރު، މީގެ ތެރޭގައި ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގެ އިތުރުން، މިނޫންވެސް ކޯޓަށް ހުށަހެޅޭ ތަފާތު އަމުރުތައްވެސް ޝާމިލުވެއެވެ. މިފަދައިން މިދެކެނީ، މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ދިވެހިރާއްޖޭގ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުހަލާ ހިނގާ ގޮތާއި، ހެކީގެ އުސޫލުތަކާއި، ގޮތެއް ނިންމުމުގައާއި، ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އާންމު އުޞޫލުތައް ބަޔާނކުރ ޤާނޫނާ ކަމުގައި ކަނޑައަޅާފައިވާތީއެވެ.
49ކޯޓު އަމުރުވެސް އަދި ވަގުތީ އަމުރުވެސް ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓަށް ހުށަހެޅިދާނެކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 235 ވަނަ މާއްދާއިންނާއި، 243 ވަނަ މާއްދާއިން އެނގެއެވެ. އެހެނަސް، މިފަދައިން އެދޭ އެދުމަކީ، ވަކި ޚާއްޞަ ޝަރުޠުތަކެއް އޭގައި ހިމެނޭގޮތުން، އަދި އެކަމުގެ ފުރިހަމަވާންޖެހޭ އުންސުރުތަކެއް ހުރެމެ، ކޯޓުން ނެރެދޭ އަމުރުތަކެވެ. އަމުރުން ހުށަހަޅާ ހުށަހެޅުންތަކަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 1 ވަނަ މާއްދާގެ )ހ( މި ހުށަހެޅްންތައް އެ ހުށަހެޅުން ރައްދުވާ ފަރާތަށް ފޮނުވައި، އެއަށްޖަވާބުދާރީވެ، އާންމު އުޞޫލުން އަޑުއެހުންތައް ބާއްވާ ގޮތެއް ކަނޑައަޅާ ހުށަހެޅުންތަކެކެވެ.
50ދަޢުވާއެއް ކުރުމުގެ ކުރިން ކޯޓު އަމުރަށް އެދި ހުށަހަޅާ ހުށަހެޅުންތަކަކީ ނުވަތަ ވަގުތީ އަމުރަށް އެދި ހުށަހަޅާ ހުށަހެޅުންތަކަކީ މަދަނީދަޢުވާއެއ ނުވަތް މަދަނަ މައްސަލަތަކުގެ ގޮތުގައި ނުބެލެވޭނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި މިފަދަ މައްސަލަތުގެ އިޖުރާއަތު ބަޔާންކުރުމގީބޭނުމެއްނެތެވެ. އަދި މިފަދަ މަދަނެދަޢުވާތައް ނުވަތަމައްސަލަތައ ހުށަހެޅުމަށް ވަކް އިޖުރާއަތުތަކެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައި ތަފްޞީލުކުރުމުގެ ބޭނުމެއްވެސް ނެތެވެ. ހަމަ އެއާއެކު، މިފަދަ މައްސަލަތްކަކ މަދަނީ ދަޢުވާއެއް ކަމުގައި ނުބަލާނަމަ،މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތެރެއިން އިޚްތިޞާޞެލިބިދެވޭކަމާމެދުވެސް ސުވާލު އުފެއްދުމުގެ ފުރުޞަތުވެސް ހުޅުވިގެންދުއެވެ. އެހެނީ، މަދަނު އިޖުރާއަތުގެ ޤާނޫނަކީ މަދަނީ ދަޢުވާތައް ނުވަތަ މަދަނީ މައްސަލަތައް ބެލުމުގެ އިޖުރާއަތު ބަޔާންކުރާ ޤާނޫނ ކަމުގައިވާތީއެވެ.
51އެހެންކަމުން، ބަޔާންކުރަނިވި އަމުރުތަކަކީވެސްމަދަނ ދަޢުވީ ނުވަތާ މަދަނަ މައްސަލަތަކުގެ ތައާރުފުގ ތެރެއަށް ވަދެގެންދަޒާތުގެމަދަނީ މައްސަލަތައް ކަމުގައި ދެކޭހިނދު، ދެން އޮތް ސުވާލަކީ މިފަދަ މައްސަލަތަކުގައި ޝަރީޢަތުގެ ޚަރަދު ނަގައިދިނުން މަނާކުރާ ނައްސެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ހިމެނޭތޯއެވެ.
52HN7މ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން، ޝަރީޢަތުގެ ޚަރަދު ނަގައި ދިނުމުގްބޭނުމަށ ބަލައިލުން މުހިންމެވެ. އެކަމުގެ ބޭނުމަކީ ދަޢުވާ ކާމިޔާބުކުރި ފަރާތުން ދަޢުވާގެ ތެރެއިން އުފުލާފައިވާ ތަކުލީފަށ ކޮންމެވެސް މިންވަރެއްގެ ބަދަލެއް ދިނުމާއި، މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށް ބާރުއެޅުމާއި، އަދި ބޭކާރު ދަޢުވާތައް ކޯޓަށް ހުށަނޭޅުމަށް ބާރުއެޅުވުމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 238 ވަނަ މާއްދާއާއި 239 ވަނަ މާއްދާ
53ޝަރީޢަތުގެ ޚަރަދު ނަގައިދޭ ގޮތަށް ބަލާނަމަ، މިފަދަ މައްސަލައަކަށް ހިނގާ ޚަރަދުތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟މައުޟޫއީ ދަޢުވާއެއް އުފުލުމުގެ ކުރިން ހުށަހެޅޭ ވަގުތީ އަމުރުގެ މައްސަލަތަކާއި ކޯޓު އަމުރުގެ މައްސަލަތަކާއ ގުޅިގެނި ކޯޓް އަމުރު ނުވަތު ވަގުތީ އަމުރް ނެރެދޭނެ ޙާލަތެއް ނެތް ކަމަށ ނިންމައިފިނަމަ، މި ނިންމުމާއި އެއްގޮތަށް މައްސަލައިގެ ތެރެއިން ވަކާލާތުކުރި ޚަޞެ މ އެކަން އެފަދައިން ކާމިޔާބުކުރުމަށ ކުރް ޚަރަދަށް ޒިންމާވާނީ ކާކު ހެއްޔެވް؟އ ކަމުގެ ތެރޭގައި ހުށަހެޅުންތައް ޝަރީޢަތަށް ހުށަހެޅުމަށް ވަކީލަކެއައްޔަންކޮށް، އަދި އަޑުއެހުމަށް ޙާޟިރުވުމަށް ހިނގި ޚަރަދަށް ވާނީ ކިހިނެއް ހެއްޔެވި؟ޝަރީޢަތުގެ ޚަރަދު ދިނުމަށް އޮތް އުޞޫލަށް ބަލާއިރު، މިފަދަ ހުށަހެޅުންތައް ކާމިޔާބުކުރި ފަރާތުން ކުރި ޚަރަދަށް ލިބެންޖެހޭ ޙައްޤު ބަދަލު ނުލިބުމަކީ ޝަރީޢަތުގެ ޚަރަދު ދޭންޖެހޭ ދިނުމަށް އޮންނަ އާންމު ހަމައާއި ފުށުއަރާކަމެއ ކަމުގައް ބެލެވެއެވެ.
54މިފަދައިން މި ބަޔާންކުރަނީ،ޝަރީޢަތުގެ ޚަރަދުގެ އާންމު މާނައަށް ބެލުމުންވެސް، އެއީ މަދަނީ ދަޢުވާ ކާމިޔާބުކުރާ ފަރާތަކުން، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޚަރަދު ކަމުގައި ބަޔާންކުރާތީއެވެ. ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އިސްތިސްނާވާ ބާވަތުގެ މައްސަލަތައް މެދަނ އިޖުރާއަތުގެ ޤާނޫނުގެ 271 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކުރެއެވެ. އެއީ ޢާއިލީ މައްސަލަތަކާއި، ތަރިކައިގެ އުސޫލުން މުދާބެހުމާގުޅޭ މައްސަލަތެވެ. މި މާއްދާއިންވެސް ސފުވެގެންދާ ގޮތުގައްމަދަނީ މައްސަލަތަކުގެ ތެރެއިނޭޢާއިލީ މައްސަލަތަކާއި، ތަރިކައިގެ އުސޫލުން މުދާބެހުމާގުޅު މައްސަލަތަކުގެ މައްޗަށްޝަރީޢަތުގެ ޚަރަދުނެގުމާގުޅޭ އުސޫލުތައް ނުހިނގާއިރު، މަދަނީ މައްސަލަތަކުގެ ތެރެއިން ދަޢުވާކުރުމުގެ ކުރިޔަށް ހުށަހެޅޭ ކޯޓު އަމުރާއި ވަގުތީ އަމުރުގެ މައްސަލަތައް އިސްތިސްނާ ކޮށްފައިނުވާކަމެވެ. އޭގެ ނަތީޖާއަކީ، މި ބަޔާންކުރަނިވި އަމުރުތަކާއި ގުޅިގެން ހުށަހެޅޭ މަދަނީ މައްސަލަތުކުގައ އަމުރި ނެރެދެވެން ނެތްކަމަށް ނިންމުމުން، އެކަން ކާމިޔާބުކުރި ފަރާތުން، އެ ކާމިޔާބު ހޯދުމަށ ކޮށްފައިވް ޚަރަދާއި އެކަށީގެންވާ މިންވަރެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ޚަރަދު ނަގއިދޭންޖެހޭކަމެވެ.
55މީކަމަށ އިތުރަށް ބރުދެނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 274 ވަން މާއްދާގަ )ހ( އިންނެވެ. އެއީ ދަޢވާގައު ހިމެނި ކަންކަމާ ގުޅިގެން ކޮށްފައިވާ ޚަރަދާ އެކަށީގެންވާ މިންވަރެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ އެ ޚަރަދެއް ދެއްކުމަށް ކޯޓަށް އެންގިދާނެކަނ މި މާއްދާގައި ބަޔާންކުރާތީއެވެ.
56ހަމައެއާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވަނަ މާއްދާގެ )ހ( ގައި ޝަރީޢަތުގެ ޚަރަދު ކަނޑައެޅުމެގއި ކޯޓުން ރިޢާޔަތްކުރަންވާނ ކަންކަމުގެ ތެރޭގައި، އެ މާއްދާގެ )1( ވަނަ ނަންބަރުގެ ދަށުނ ޚަޞްމުން އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތަށް ބެލުމުގައި، ހަމައެކަނި ބަލަންޖެހޭނީ ދަޢުވާ އަދި ދިފާޢު ހުށަހެޅިގެންދ މައުޟޫއާ މައްސަލަތަކަށް އެކަނިނޫންކަމަށާއި،އޭގެ އިތުރުނވެސ ޚަޞްމުން ބަޔާންތައް ހުށަހެޅމުގައުޢަމަލުކޮށްފައިވާގޮތް ހިމެނޭގޮތުން، ޚަޞްމުންމުޅްމައްސަލައިގައ ޢަމަލުކޮށްފައިވާގޮތަށ ރިޢާޔަތްކުރުމަށް އިރުޝާދުދީފައިވެއެވެ. މިއަށް ތަރުޖަމާއެއް ދިނުމުގައި، މިކަން ތަޠުބީޤުވެގެންދަނީ ހަމައެކަނި މައުޟޫއީ މައްސަލަތަކަށިކަމަށް ތަރުޖަމާދިނުމަކީ ވަރަށްވެސްހަނ މާނަކުރުމެކެވެ. އަދި އެއި ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އޮންނަ އޮތުމުގެ މަގްސަދު ހާސިލުވާނެފަދ ތަރުޖަމާއަކަށްނުވާނެއެވެ. މި ނަންބަރުގެ ދަށުން ރިޢާޔަތްކުރަންޖެހޭނީ ޚަޞްމުން މުޅި މައްސަލައިގައ ޢަމަލުކޮށްފައިވާ ގޮތަށެވެ. މއ މަދަނީ މައްސަލަތަކުގެ ތެރެއިން ވަކި ބާވަތެއްގެ މައްސަލައަކަށް ނުވަތަ ވަކި ފަރާތަކަށް ޚަރަދު ލިބިދިނުމަކަށ އޮތް އިސްތިސްނާއެއްނޫނެވެ.
57މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 279 ވަނަ މާއްދާއަށް ބެލުމުން، މި މާއްދާގެ )ނ( ގައިވަގުތީ އަމުރުގެ މައްސަލަތަކުގައި ޤާނޫނީ ވަކީލް ފީ ނަގައިދެވޭކަން ބަޔާންކުރައިރު، ވަގުތީ އަމުރަކީވެސ ކޯޓް އަމުރުގެ މައްސަލަތަކާއ އެއި ފަދައަކުން މައުޟޫއީ މައްސަލައެއްނެތވެސިހުށަހެޅޭ ބާވަތުގެ މައްސަލަތަކެވެ. މިކމުންވެސް އެނގިގެންދަނީ، މައުޟޫއީމައްސަލަ ހުށަހެޅުމެއްނެތިވެސް،ހުށަހެޅޭ މަދަނީ މައްސަލައެއްގެ ތެރެއިންޝަރީޢަތުގެ ޚަރަދެއް ހިނގާފައިވާނަމަ، އަދި ޚާއްޞަކޮށް، އެފަދަ މައްސަލަތަކުގައި ވަކީލުން ޚަޞްމުން ތަމްސީލުކުރާނަމަ، ވަކީލު ފީ ނަގައިދިނުމުގައި ހުރަހެއް ނެތް ކަމެވެ.
58މިކަމަށް އިތުރަށް ބާރުދެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 79 ވަނަ މާއްދާއިންނެވެ. އެހެނީ، މި ޤާނޫނުގައި ނުވަތި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ކޯޓުތަކުގއ ޚަޞްމުން ތަމްސީލުކުރެވޭނ ޤާނޫނީ ވަކީލުންނަށް ކަމުގައިވާތީއެވެ.
59HN8ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި، ޝަރީޢަތުގެ ޚަރަދު ދައްކަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމްއި، ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައެޅުމާއި އަދި އެ ދައްކަންޖެހޭ މުއްދަތު ކަނޑައެޅުމަކީ ކޯޓަށް ލިބިދޭ އިޚްތިޔާރެއްކަމުގައިވާއިރު، މި އިޚްތިޔާރު ބޭނުންކުރުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާކަން، ނުވަތަ ޝަރީޢަތުގެ ޚަރަދު ނެގުމުގައި event’ the follow ‘costsގެ އިސްތިސްނާއެއްވާކަނ ދަށް ކޯޓުގައު ބުނެދޭންވާނެއެވެ.އަދި އާންމު އުޞޫލުން އިސްތިއުނާފީ ނުކުތާ ބިނާވަނީ، ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކޮށީގޮތެއް ކަނޑައަޅަންޖެހޭ ކަމެއްގެ މައްޗަށް ކަމަށްވާނަމަ، ދަށު ކޯޓުގެ ފަނޑިޔާރު އެ އިޚްތިޔާރުކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ޙާލަތެއްގައި މެނުވީ އިސްތިއުނާފ ކޯޓުން ކުރާނެ ކަމެއްނޫނެވެ. އެފަދަ އިޚްތިޔާރުގެ މައްޗަށް އިސްތިއުނާފީ ކޯޓުން ވަންނާނީ، ދަށު ކޯޓުގ ފަނޑިޔާރް ގޮތު ނިންމާފައިވަން ނުރަނގަޅު އުސޫލަކަށް ބިނާކޮށްގެންކަމުގައިވާނަމަ، ނުވަތަ ދަށު ކޯޓުގެ ފނޑިޔާރަ ގޮތު ނިންމުމުގައި ރިޢާޔަތްކުރި ވާގިއާތައް އޮޅިފައިވާނަމަ، ނުވަތަ މައިގަނޑު ވާގިއާއަށ ނުވަތަ ހަގީގަތަކަށް ރިޢާޔަތްކޮށްފައިނުވާނަމަ، ނުވަތަ ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންވާ ބޭއިންސާފެއް މެދުވެރިވެފައިވާނަމައެވެ.
60ސިވިލް ކޯޓުގައި މިކަން ހިނގާފައިވާގޮތަށް ބަލާއިރު، ސިވިލް ކޯޓުގެ ނިންމުމުގައިވެސް ފާހަގަކޮށްފައިވާ ފަދައިނ ސިވިލް ކޯޓަށް ހުށަހެޅުން ނަންބަރ 1952-CVC-2023 ޤަޟިއްޔިއާ ގުޅިގެން، މައްސަލައިގެ ލިޔެކިޔުންތައް އަމުރު ރައްދުވާ ފަރާތްތަކަށް ފޮނުވި، 19 ޖޫން 2023 ގ ކުރިން ޖަވާބދިނުމަށ އަންގާފައިވެއެވެ.ސޭވް ދަ ޑްރީމްގެ ފަރާތުން ބޯޑު ރިޒޮލިއުޝަނެއް 17 ޖޫން 2023ގައި ފާސްކޮށް، މި ޤަޟިއްޔާއާ ގުޅިގެން އެ ކުންފުނި ތަމްސީލުކުރުމަށް "ދ ލިޓިޖަންޓްސެއެލްއެލްޕ"ގ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 )ޕްރޮސިކިއުޓަރ ޖެނެރަލްފެ އޮފީސް ވ. އޚމ( ޤަޟިއްޔާގެ 15 ވަނަ ނުކުތާ އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު ވަކީލެއްގެ ގޮތުގައަ އައްޔަންކުށްފައިވާކަން އެނގެއެވެ. އަދި މިކަން ދަ ލިޓިޖް ންޓްސގެ ފަރާތުން ސިވިލް ކޯޓަށް 18 ޖޫން 2023ގައި އަންގާފައިވެއެވެ.
61އަމުރް ރައްދުވު ކްރިސްޓއަނި ކަލްބްގެފަރާތުންވެސ ސިވިލް ކޯޓުގެ ނަންބަރ 1952-CVC-2023 ޤަޟިއްޔާއ ގުޅިގެނާ އެ ފަރާތް ތަމްސީލުކުރުމަށް "ދަ ލިޓިޖަންޓްސްއެލްއެލްޕީ" އައްޔަންކޮށްފައިވާކަނ 18 ޖޫން 2023ގެ)ނޮޓަރައިޒްކޮށްފައިވާ( ޕަވަރ އޮފް އެޓަރނީއެއކަނ އެނގެއެވެ.
62ކޯޓުގެ އިޚްތިޞާޞްއާމެދު ޢިއުތިރާޟުކުރާ ފޯމެއް ސޭވް ދަ ޑްރީމގްފަރާތުނ ސިވިލް ކޯޓަށް ފޮނުވާފައިވެއެވެ. އަދި ސިވިލް ކޯޓުގ ނަންބަރ 1952-CVC-2023 ޤަޟިއްޔާއާ ގުޅިގެން ކްރިސްޓިއަން ކަލްބްގެ ފަރާތުންނާއި ސޭވް ދަ ޑްރީމގ ފަރާތުން ޖަވާބެއް ހުށަހަޅާފައިވެއެވެ. މި ދެ ޖަވާބުގައިވެސް ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް މި ދެ ފަރާތުން އެދި އެކަމާ ގުޅޭ އިންވޮއިސް ހުށަހަޅާފައިވެއެވެ. އެ އިންވޮއިސްއަކީ އަމުރު ރައްދުވާ ވަކީލުގެ މަސައްކަތަށު)ޖީ.އެސް.ޓީ(އާއެކު އަމުރު ރައްދުވާ ފަރާތްތަކުން ކޮށްފައިވާ ޚަރަދު ކަމުގައި ބަޔާންކޮށްފައިވެއެވެ. މި ޖަވާބާއި ޖަވާބާއިއެކ ފޮނުވާފައިވާ ލިޔެކިޔުންތައް އަމުރަށްއެދުނު ޙުސައިން ޝިހާމް ޢަލީއަށ ފޮނުވާފައިވާކަން ރެކޯޑު ޝީޓުން އެނގެއެވެ.
63މި މައްސަލައާ ގުޅިގެން 20 ޖޫން 2023ގައި އަޑުއެހުމެއް ބޭއްވުނެވެ.މ އަޑުއެހުމުގައި ސިވިލް ކޯޓުގ ނަންބަރ 1952-CVC-2023 ޤަޟިއްޔާހުށަހެޅުނ މައުޟޫއު ގުޅިގެނާ ޚަޞްމުން ތަމްސީލުކުރާ ވަކީލުން ވަކާލާތުކޮށްފައިވާކަން އެނގެއެވެ. އޭގެ އިތުރުން، މި މައްސަލައިގައި އަމުރު ރައްދުވާ ފަރާތުނ ދީފައިވާ ޖަވާބަށް އަމުރަށް އެދުނު ފަރާތުގެ ވަކީލު މި އަޑުއެހުމުގައި ރައްދު ދީފައިވާކަންވެސް އެނގެއެވެ. އ އަޑުއެހުމުގެ ތެރޭގައި އަމުރު ރައްދުވާ ފަރާތްތަކުން ކޮށްފައިވާ ޚަރަދު ނަގައިދިނުމުގެ ގޮތުން ސޭވް ނަންބަރު LIT/LET/2023/134 ސިޓީ މި ޖަވާބު ކްރިސްޓިއަން ކަލްބްގެ ފަރާތުން ހުށަހަޅާފައިވަނީ 19 ޖޫން 2023ގައެވެ. އަދި ސޭވް ދަ ޑްރީމް )ފްރާންސް(ގެ ފަރާތުން ހުށަހަޅާފައިވަނީ 18 ޖޫން 2023ގައެވެ. އިންވޮއިސް ނަންބަރު 0044/INV/2023 އަދި އިންވޮއިސް ނަންބަރު 0043/INV/2023 ދަ ޑްރީމް )ފްރާންސް( އ ށ16,200/-ރ. )ސޯޅަހާސް ދުއިސައްތަ ރުފިޔާ( އަދި ކްރިސްޓއަން ކަލްބްއަށ 16,200/-ރ. )ސޯޅަހާސް ދުއިސައްތަ ރުފިޔާ( ނަގައިދިނުމަށް އެ ފަރާތްތަކުގެ ވަކީލު ޝަރީޢަތުގައި އެދިފައިވެއެވެ.
64މިކަމުގެ ރައްދުގައި އަމުރަށް އެދީނުފަރާތުގެ ވަކީލު ބަޔާންކޮށްފައިވަންވަކީލުންގެ މަސައްކަތަށް ޖީއެސްޓީއާއެކު ޚަރަދުކޮށްފައިވާ ފައިސާ ނަގައިދެވޭނީ ރެސުޖްޑިކާޓ ނުވަތާ އަމުރަކީ ކޯޓުގެ ވަގުތީ ނަގާލުމުގ ގޮތުނެ ނުވަތް ޖެއްސުންކުރުމުގ ގޮތުނެ ހުށަހަޅާފައިވް އަމުރެއްކަން، ނުވަތަ އަމުރަށް އެދުމުގެ ހައިސިއްޔަތު ނެތްކަމަށް ކަނޑައަޅާ ޙާލަތުގައި، ނުވަތަ އަމުރަކީ ޤާނޫނީ ގޮތުން ނެރެދެވޭނެ އަމުރެއް ނޫން ކަމަށް ކަނޑައަޅާ ޙާލަތުގައި ނަގައިދެވޭނެ ފައިސާއެއް ކަމުގައެވެ.އެހެނަސް، "މި މައްސަލަގައި ޤާނޫނީގޮތުން މި އަމުރަކީ ނެރެދެވެންޖެހޭ އަމުރެއް ކަން balance of probabilities އެއްނޫން beyond reasonable doubt މިންގަނޑުން ސާބިތުވާ" ކަމުގައެވެ.
65HN9އިސްތިއުނާފީ މަރުހަލާގައި ޝަރީޢަތުގެ ޚަރަދާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ޖަދަލަކީ ސިވިލް ކޯޓުގައި އެއްވެސް މިންވަރަކަށް އެ ފަރާތުން އުފެއްދި ޖަދަލެއްނޫނެވެ. އިސްތިއުނާފުކުރ ފަރާތުން އެ މަހައްލުގައި ބުނެފައިވަނީ މި ޚަރަދު ނަގައިދެވޭނެ އެއް ޙާލަތަކީ ޤާނޫނީގޮތުން އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ކޯޓުން ނިންމާ ޙާލަތުގައި ކަމަށެވެ.
66މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމުގައެވެ. އެހެންކަމުން، މި ޙާލަތުގައްއަމުރ ރައްދުވު ފަރާތްތަކަށިޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެ ކަމަށ ސިވިލް ކޯޓުގެ މަހައްލުގައި އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވެފައިވާކަން ސިވިލް ކޯޓުގައި 20 ޖޫން 2023 ގައި ބޭއްވުނު އަޑުއެހުމުން އެނގެއެވެ. މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި 2023 ޖޫން 20 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގެ 46 ވަނަ މިނިޓުގައި މިފަދައިން އިސްތިއުނާފުކުރާ މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި 2023 ޖޫން 20 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގެ 47 ވަނަ މިނިޓުގައި މިފަދައިން އިސްތިއުނާފުކުރާ
67ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ކޯޓުން އިޚްތިޔާރު ބޭނުންކޮށްފައިވާ ގޮތުގެ ސަބަބުން ބޭއިންސާފެއް ނުވަތަ ޝަރީޢަތުގެ ޚަރަދު ނެގުމުގައި ‘costs follow the event’ ގ އިސްތިސްނާއެއްވާކަން ސިވިލްކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައިނުވާކަން ސާފެވެ. އަދި މިއީ ސިވިލ ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން އުފެއްދި ޖަދަލެއްނޫންކަންވެސް އިސްވެ ބަޔާންކުރެވިއްޖެއެވެ.
68ހަމައެއާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަން މާއްދާގަ )ހ( ގެ ދަށުން މި ބާވަތުގެ މައްސަލަތަކުގައިވެސް އާންމު އުޞޫލުން ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރއިނެ ޝަރީޢަތގު ޚަރަދު ނަގައިދެވޭނެކަމުގައި ދެކޭހިނދު، މި މައްސަލައިގައި ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ފަނޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންވ ޤާނޫނީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް އެކަށީގެންވާ ގޮތެއްގައި ބުނެދެވިފައިވާކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
69ބަޔާންވެދިޔަ ކަންކަމުގެ އަލީގައި ޝަރީޢަތުގެ ޚަރަދާގ ގޮތުގައެ އިސްތިއުނާފުކުރި ފަރާތުން ދައްކަންޖެހު ފައިސާއާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ ނަންބަރު 1952-CVC-2023 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔް
70ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
71ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
72މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮނު ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)، 7 ވަނަ މާއްދާ، 79 ވަނަ މާއްދާ، 235 ވަނަ މާއްދާ، 238 ވަނަ މާއްދާ، 239 ވަނަ މާއްދާ، 243 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 270 ވަނަ މާއްދާގެ (ހ) އަދި (ށ)، 271 ވަނަ މާއްދާ، 272 ވަނަ މާއްދާގެ (ހ)، 273 ވަނަ މާއްދާ، 274 ވަނަ މާއްދާ (ހ)، 275 ވަނަ މާއްދާ، 276 ވަނަ މާއްދާގެ (ރ)، 278 ވަނަ މާއްދާ، 279 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) (އިސްތިއުނާފުގެ އިޖުރާއަތު)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/28 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 12 ވަނަ ނުކުތާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ) ޤަޟިއްޔާގެ 15 ވަނަ ނުކުތާ
- ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ 229-CVCHD-2023، 222-CVCHD-2023، 224-CVCHD-2023، 227-CVCHD-2023 ޤަޟިއްޔާތައް (އެއް ކޯޓުގައި ދެ ރައުޔު އޮތްކަން ދައްކަން)
- Northern Territory v. Sangare [2019] 265 CLR 164
- William v. Lewer [1974] 2 NSWLR 91
- Waterman v. Gerling Australia Co Pty Ltd (No 2) [2005] NSWSC 1111
- Stuart Sime, A Practical Approach to Civil Procedure, 26th edition (2022)؛ Civil Trials Benchbook, Judicial Commission of New South Wales
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.