ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ރިޝާނު (އެޑްރެސް ސިއްރުކޮށްފައި)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކޯޓުގެ ނަން ސިއްރު ކުރެވިފައި XXXXXX
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ދަށުކޯޓުން ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށާއި ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ފުރަތަމަ ނަޒަރުގެ މިންގަނޑުން ސާބިތުވާކަމަށް ބަލައި، ތަޙްޤީޤު މަރުޙަލާ ނިމެންދެން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ.
- ވާޤިޢާ
- ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތް ތަޙްޤީޤާއި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް 12/2009 ގެ 30 އަދި 35 ވަނަ މާއްދާގެ ދަށުން ދައުލަތުން އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބަންދުކުރާނީ ހަމައެކަނި ޝަރީޢަތް ނިމެންދެންތޯ، ނުވަތަ ތަޙްޤީޤު މަރުޙަލާ ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯއާއި، ވަކި ދުވަސްތަކަކަށް (60 ދުވަސް) ބަންދުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން (33 ވަނަ މާއްދާގެ ވަގުތީ އަމުރު ފިޔަވައި) ވަކި މުއްދަތަކަށް ބަންދުނުކުރެވޭނެކަމަށާއި ތަޙްޤީޤާއި ޝަރީޢަތް ވަކިނުކުރެވޭނެކަމަށެވެ؛ ރައްދުވާ ފަރާތުން ބުނީ ކޮންމެހެން ޝަރީޢަތް ނިމެންދެން ބަންދުކުރަންނުޖެހޭނެކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ "ކުރެވިދާނެ" އިބާރާތުން ފަނޑިޔާރަށް އިޚްތިޔާރު ދީފައިވާތީ ތަޙްޤީޤު މަރުޙަލާއަށް ބަންދުކުރެވޭނެ ނަމަވެސް، 60 ދުވަސް ކަނޑައެޅި ޤާނޫނީ ސަބަބު ސާފެއް ނުވެއެވެ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: 60 ދުވަހަށް ބަންދުކުރުމަށް ނިންމި ބައި ބާޠިލު، ތަޙްޤީޤު މަރުޙަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކުރި ބައި ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި "ކުރެވިދާނެއެވެ" ކަމަށް ބަޔާންކޮށްފައިވާތީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، އެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހަކު "ޝަރީޢަތް ނިމެންދެން" ބަންދުކުރުމަކީ ފަނޑިޔާރަށް ލާޒިމު ކަމެއް ނޫނެވެ.
HN2 އެ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ކަންކަމަށާއި ހުށަހަޅާ ހެކި ޤަރީނާއަށާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، 31 ވަނަ މާއްދާގައިވާ ކަންކަން ދައުލަތަށް ސާބިތުކޮށްދެވިއްޖެނަމަ، 35 ވަނަ މާއްދާގެ ދަށުން ތަޙްޤީޤު މަރުޙަލާ ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
HN3 ތަޙްޤީޤު މަރުޙަލާއަށް ބަންދުކޮށްފައިވާ ފަރާތެއްގެ މައްޗަށް ދަޢުވާ އުފުލާއިރު، ބަންދު ދެމެހެއްޓުމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދެވިދާނެއެވެ؛ އެ ހުށަހެޅުމާމެދު ގޮތެއް ނިންމަންދެން ތަޙްޤީޤަށް ކުރެވުނު ބަންދު ދެމިގެންދާނެއެވެ؛ ޝަރީޢަތުގެ މަރުޙަލާގައި އެ އަމުރު ދެމެހެއްޓުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
HN4 ޤާނޫނުގެ މަޤްޞަދުގައި "ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި" ބަންދުގައި ބޭތިއްބުން ބަޔާންކޮށްފައިވުމުން، ވަކި މުއްދަތަކަށް ބަންދުކުރުމުގެ ޖާގަ ނެތްކަމަށް ދައުލަތުން ކުރާ ހަރުކަށި މާނަކުރުން ދޭހައެއް ނުވެއެވެ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ވެސް ލާޒިމުކަމެއްގެ ގޮތުގައި މާނަނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.
HN5 ތަޙްޤީޤު މަރުޙަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ އަމުރެއްގައި، ޤާނޫނީ ސަބަބެއް ބަޔާންނުކޮށް ވަކި ދުވަސްތަކެއް (60 ދުވަސް) ކަނޑައެޅިފައިވާ ބައި ބާޠިލުކުރަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، )ކޯޓުގެ ނަން ސިއްރުކޮށްފައި( ކޯޓު ގެ ނަންބަރ )ނަންބަރ ސިއްރުކޮށްފައި( )28 ފެބުރުވަރީ 2024( ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް"( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މ ޤަޟިއްޔާގައިއިސްތިއުނާފު ރައްދުވާފަރާތަކީ )އެޑްރެސް ސިއްރުކޮށްފައި(، މުޙައްމަދު ރިޝާނު )މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު ރިޝާނު"( އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
22024 ފެބުރުވަރީ 11 ވަނަ ދުވަހު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ ގުޅިގެން ކޯޓު އަމުރެއްގެ ދަށުނ 2024 ފެބުރުވަރީ 16 ވަނަ ދުވަހު މުޙައްމަދު ރިޝާނު ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހު، މި މައްސަލައިގައި ޤާނޫނު ނަންބަރު: 12/2009 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ގ 31 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާތީއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުގެ ތެރެއިން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތަތީއާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ އިހްތިމެ ލ އޮތަތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 31 ދރކ ނަންބަރު . )ކޯޓުގެ ނަން ސިއްރުކޮށްފައި( ކޯޓުގެ ނަންބަރު )ނަންބަރު ސިއްރުކޮށްފައި( )15 ފެބުރުވަރީ 2024( ކޯޓު އަމުރު. މީގެފަހުން، " ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު " ކަމަށް ބުނެފައި. ވަނަ މާއްދާއާ ޙަވާލާދީ، 35 ވަނަ މާއްދާގެ ދަށުން މުޙައްމަދު ރިޝާނާތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބހައްޓައިދިނުމުގެ އަމުރަކަށް އެދި ދައުލަތުން ދަށު ކޯޓަށް ހުށަހަޅާފައިވެއެވެ.
3މި ހުށަހެޅުމާގުޅިގެން، މުޙައްމަދު ރިޝާނު ފުރަތަމަ ބަންދުކޮށްފައިވަނީ 05 )ފަހެއް( ދުވަހަށެވެ.އެއީ، މުޙައްމަދު ރިޝާނުއަށް ވަކީލުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ. އެއަށްފަހު، ދައުލަތުގެ ހުށަހެޅުމާމެދު ބުނެވިދިޔ 5 )ފަހެއް( ދުވަސް ހަމަވުމުގެ ކުރިން ގޮތެއް ނިންމައިދިނުމަށް އެދި ދައުލަތުން ދަށު ކޯޓގައު 7 6 އެދުމުން، އެ ކޯޓުން މުޙައްމަދު ރިޝާނު 07 )ހަތެއް( ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އެފަދައިން އަމުރުކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 33 ވަނަ މާއްދާގެ )ހ( އާއި ޙަވާލާދީ، ދާއިމީ އަމުރާމެދު ގޮތެއް ނިންމަންދެންކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ. މި މުއްދަތު ހަމަވުމުން، 28 ފެބުރުވަރީ 2024 ގައި ދށަ ކޯޓުނ އަންނަނިވި ފަދައިން އަމުރުކޮށްފައިވެއެވެ. " ތުހުމަތުކުރެވޭ މިންވަރަށްހެކި ހުރުމުން ޤާނޫނު ނަންބަރު 2009/12 ގެ 28 ވަނަ މާއްދާގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުވަތަ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރިމީހަކށަ ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ މީހަކުކަމަށް ބަލަންޖެހޭނކަނެ އެނގެން އޮންނާތީ ޤާނޫނުގެ 31 ވަނަ މާއްދާއާއި ހަވާލާދީ މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށް ޓަކައިމިތހުމަތު ގުޅިގެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ފުރަތަމަ ނަޒަރުގެ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅަމެވެ. ހެކިތަކަށް ބަލައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަޅުގަނޑަށް އުނދަގޫވާ ސަބަބަކީ ޕެރ 5.5 ގައި ބަޔާންކުރާ ވާހަކައެވެ . އެކަށީގެންވާ ތުހުމަތެއް އޮވެފައި ޤާނޫނުގެ 28 ވަނަ މާއްދާ އެހެން އޮތުމުން ދޫކޮށްލުމަށްވެސް ދަތިވެއެވެ . މިބާވަތުގެ މައްސަލައިގައި ޤާނޫނުގެ 30 ވަނަ މާއްދާގެ މަންޠޫގު /ޓޭކްސްޓު އަށް)"ތަހުޤީޤު މަރުޙަލާއާއި، ޝަރީއަތުގެ މަރުޙަލާ ނިމެންދެން" މިއިބާރާތަށ( ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރ )ނަންބަރު ސިއްރުކޮށްފައި( )16 ފެބުރުވަރީ 2024( ސިޓީ. )ކޯޓުގެ ނަން ސިއްރުކޮށްފައި( ކޯޓުގެ ނަންބަރު )ނަންބަރު ސިއްރުކޮށްފައި( )17 ފެބުރުވަރީ 2024( ކޯޓު އަމުރު. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު )ނަންބަރު ސިއްރުކޮށްފައި( )20 ފެބުރުވަރީ 2024( ސިޓީ. )ކޯޓުގެ ނަން ސިއްރުކޮށްފައި( ކޯޓުގެ ނަންބަރު )ނަންބަރ ސިއްރުކޮށްފައި( )21 ފެބުރުވަރީ 2024( ކޯޓު އަމުރު. ބަލާއިރު ތަހުޤީޤު ނިމެން ދެން ނުވަތަޝަރީޢތަ ނިމެންދެންމި ދެގޮތުން ކުރެ ގޮތަކަށް ބަންދުގައި ބެހެއްޓިދާނެކަމަށް ދެކެން. ވީމާ 32 ވަނަ މާއްދާއާއި ހަވާލާދީ 35 ވަނަމާއްދާގެ ދަށުން ތަހުޤީޤު މަރުހަލާ ނިމެންދެން 60 )ފަސްދޮޅަސ( ދުވަހަށް )އެޑްރެސް ސިއްރުކޮށްފައި( މުޙައްމަދު ރިޝާން )( ބަންދުގައި ބެހެއްޓުމަށް އަމުރުކުރަމެވެ ."
4ދަށު ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފި ޤަޟިއްޔާއެވެ .
އިސްތިއުނާފީ ނުކތާތައު
5)ކޯޓުގެ ނަން ސިއްރުކޮށްފައި( ކޯޓުގެ ނަންބަރު )ނަންބަރު ސިއްރުކޮށްފައި( )28 ފެބުރުވަރީ 2024 ( ކޯޓު އަމުރެނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އ ނިންމުން އިސްތިއުނާފު ކުރުމަށް 01 ) އެކެއ( ނުކުތާ ހުށަހަޅައާ އެނުކުތު އާމެދ ދިވެހިރާއެޖޭގިހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅ ނުކުތާއަކީ ؛
5.1. އިސްތިއުނާފުކުރެވޭ އަމުރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 33 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 35 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 28 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި މަތީ މަރުޙަލާގެ ކޯޓުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނކުތާއެވެ. އިސްތިއުނާފކުރު ފަރާތުން އެދޭގޮތް:
6އިސްތިއުނާފުކުރެވޭ އަމުރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 33 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 35 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ އަމުރެއްކަމަށް ކަނޑައަޅައި، އެ ޤާނޫނުގެ ދަށުން ބަންދުގައި ބެހެއްޓުމަށް ނެރޭ އަމުރަކީ )އެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ވަގުތީ އަމުރު ފިޔަވައި( ވަކި މުއްދަތެއް ބަޔާންކޮށް ނެރެވޭނެ އަމުރެއް ނޫންކަމަށެ ކަނޑައަޅައި،
7މުޙައްމަދު ރިޝާނުއަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއްކަމަށް ކަނޑައަޅައި، މުޙައްމަދު ރިޝާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް، އަލުން ދައުލަތުން ކޯޓަށް ހުށަހަޅައިފިނަމަ، މީނާގެ ބަންދާމެދެ އަވަސް މުއްދަތެއްގެ ތެރޭގައި، ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާސާ
8އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ކުޑަކުދިންނަށްޖިންސ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށެ ޢަމަލުކުރުމުގެ ޤާނޫނެ ގެ ދަށުން ކުށެއްގެ ތުހުމަތުގައިވާ މީހެއްގު ބަންދާމެދު ގޮތެއް ނިންމުމުގެ އިޖުރާއަތަކީ އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅުމުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށް ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އަމުރެއް ނެރުން ކަމަށެވެ. އަދި އެ ޤާނޫނުގެ 33 ވަނަ މާއްދާއަކީ އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހެޅި މައްސަލައާމެދު ގޮތެއް ނިމެންދެން ނެރޭ ވަގުތީ އަމުރެއް ކަމަށެވެ. ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން 30 ދުވަސް ހަމަވާއިރު، އެ މައްސަލައިގެ ތަޙްޤީޤު މުޅިން ނިންމާލެވިފައިނުވާނަމަ، އިތުރު 30 ދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާނެގޮ ތުގެމަތިނ، އޭނާ ބަންދުގައި ހުރި މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމަށެވެ. އަދި، ޤާނޫނުގެ 35 ވަނަ މާއްދާއަކީ ބަންދުގެ އަމުރު ނެރުމާ ގުޅޭ މާއްދާކަމަށެވެ. ބަންދާމެދު ގޮތެއް ނިންމުމުގައި މިފަދަ މައްސަލަތަކުގައި އޮތީ ދެގޮތެއް ކަމަށާއި، އެއީ، ވަގުތީ އަމުރެއްގެ ދަށުން ތަޙުޤީޤު މަރުޙަލާގައި ގިނަވެގެން 30 ދުވަހަށް ބަންދުކުރުން އަދި ތަޙްޤީޤް މަރުޙަލާ އަދ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކުރުން ކަމަށެވެ. އިސްތިއުނާފުކުރެވޭ އަމުރުން މުޙައްމަދު ރިޝާނ
60 )ފަސްދޮޅަސް( ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވީނަމަވެސް، މިއީ ޤާނޫނުގައިވާ އިޖުރާއަތެއް ނޫންކަމަށެވެ.ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށެ ޢަމަލުކުރުމުގެ ޤާނޫނގު 30 ވަނަ މާއްދާގައި ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ކަމަށް ބަޔާންކޮށްފައިވުމުން، މި ދެ މަރުޙަލާ ވަކިކޮށް ބަންދުކުރެވޭނެކަމަށް ނުދެކޭކަމަށެވެ. އަދި މިކަން ޤާނޫނުގެ 35 ވަނަ މާއްދާގެ އިބަރާތުންވެސް އެނގޭކަމަށެވެ. މީގެއިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށެ ޢަމަލުކުރުމުގެ ޤާނޫނގު 28 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށްއަމް ރުކުރުމަށ، ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެ މިންވަރަށް މި ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެން ވާކަން އެނގޭކަމަށެވެ. ހައިކޯޓުގެ ނަންބަރ 2019/HC-A/32 ޤަޟިއްޔާގެ 3.3 ވަނަ ނުކުތާގައި، ޤާނޫނުގެ 28 ވަނަ މާއްދާއާ ޙަވާލާދީ މިފަދަ މައްސަލަތަކުގެ ތުހުމަތުކުރެވޭ މީހުން މުޖުތަމަޢުގެ ސަލާމަތަށްނުރަ އްކަލެއ ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި ބަންދުގައި ބައިތިއްބަންޖެހޭ ބައެއްކަން އެނގޭކަމަށެވެ. އަދި އެ މީހަކު ހުންނަންޖެހެނީ ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެންކަންވެސް އެ ޤަޟިއްޔާއިން އެނގޭކަމަށެވެ.
9އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި، މުޙައްމަދު ރިޝާނުގެ ފަރާތުން ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށެ ޢަމަލުކުރުމުގެ ޤާނޫނގު 35 ވަނަ މާއްދާގެ ދަށުން ކޮންމެހެން ޝަރީޢަތް ނިމެންދެން ބަންދުކުރަންނުޖެހޭ ކަމަށާއި، އެ މާއްދާގައި ބަޔާންކޮށްފައިވަނީ ތަޙްޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ކަމަށްވާއިރު، އެއީ ދެ މަރުޙަލާގެ ވާހަކަ ކަމަށެވެ. އަދި އަމި ރ ނެރުމުގއ 32 ވަނަ މާއްދާގެ ދަށުން ރިޢް ޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ކުއްޖާއަށް ފިޒިކަލް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ދައުލަތުން ހުށަހަޅާފައިނުވާކަމަށެވެ. ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި ޝަރީޢަތްކުރުމާބހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢަޔަތްކުރާއި، ކުށުގެ ކުޑަ ބޮޑުމިނާއި ކުށްކޮށްފައިވާ ޙާލަތް ފަދަ ކަންކަމަށް ރިޢާޔަތްކުރަންޖެހޭ ކަމަށެވެ. އިސްތިއުނާފުރައްދުވާ ފ ރާތުން އެދޭގަ ތ :
10އިސްތިއުނާފުކުރެވޭ އަމުރުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމަކަށްވާތީ، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއްނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
11މި މައްސަލައިގައި އުފެދޭ ޤާނޫނީ ބަހުސަކީ، ކުޑަކުދިންނަށް ޖިންސްގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނީ ގައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށު ހެކިހުރި ޙާލަތުގައި އެމީހަކު ބަންދުކުރެވޭ މުއްދަތާ ގުޅޭ ބަހުސެވެ. ދައުލަތުން އެ ބަހުސް ބިނާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށެ ޢަމަލުކުރުމުގެ ޤާނޫނގު 33 ވަނަ މާއްދާއާއި، 35 ވަނަ މާއްދާއާއި އ ޤާނޫނުގެ 28 ވަނަ މާއްދާގެ އިތުރުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޙަވާލާދީއެވެ. އަދި ދައުލަތުން ބަހުސްކުރަނީ އިސްތިއުނާފުކުރެވޭ އަމުރަކީ ބުނެވިދިޔަ ޤާނޫނ ނައްސުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށެވެ.
12ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ނަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވުމުގެ މާކުރިން، 12 ނޮވެންބަރު 2009ގައި ޢަމަލުކުރަން ފަށާފައިވާ ޤާނޫނެކެވެ. އަދި އެ ޤާނޫނަށް މިހާތަނަށް އެއްވެސް އިސްލާޙެއް ގެނެވިފައިނުވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށެ ޢަމަލުކުރުމުގެ ޤާނޫނގު 2 ވަނަ މާއްދާގެ )ހ( ގައި އެ ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި އަންނަނިވިފަދައިނ ބަޔާންކޮށްފައިވެއެވެ. " )ހ( މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން، އެކުދިން ރައްކާތެރިކޮށް، އެގޮތުގައި އެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބޭތިއްބުމާއ، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާނެގޮތް ހެދުން"
13އަދި، އެ ޤާނޫނުގެ 30 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ. " )ހ( މި ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، މި ޤާނޫނުން ލިބިދޭ ޚާއްޞަ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެހިނދެއްގައި، މި ޤާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހު ތ ޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތްގެ މަރުޙަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށެ،ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާނެއެވެ. )ށ( މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާފަދަ އެދުމެއްކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް ފޮނުވި ލިޔުމަކުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅައިފި ހިނދެއްގް އ، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެއަވަސް ފުރުޞަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވނެއެވ."
14އެ ޤާނޫނުގެ 35 ވަނަ މާއްދާގައިވަނީ އަންނަނިވިފަދައިންނެވެ. ")ހ( ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި މީހަކު ބަންދުގައި ދަމަހައްޓަން ކޯޓަށް ފެނިއްޖެނަމަ، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ . )ށ( މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ އަމުރު ނިމުމަކަށްގެނެވޭނީ ކުށުގެ ޝަރީޢަތުގެ ފުރަތަމަ މަރުޙަލާ ނިމުމުން ނުވަތަ އެ އަމުރު ނެރުނު ކޯޓުން އެ އަމުރު ބާޠިލުކުރުމުންނެވެ. )ނ( މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ އަމުރެއް ނެރޭއިރު، އެ އަމުރު ނެރެން ކޯޓުން ބުރަވި ސަބަބުތައް ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ ."
15ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގައިވާ އިބާރާތަށް ބެލުމުން، އެ މާއްދާގެ )ހ( ގައި " ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި މީހަކު ބަންދުގައި ދަމަހައްޓަން ކޯޓަށް ފެނިއްޖެނަމަ، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާތީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ހ(ގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު ދައުލަތުން ބަހުސްކުރާފަދައިން އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހެއް "ޝަރީޢަތް ނިމެންދެން" ބަންދުކުރުމަށް ފަނޑިޔާރު މައްޗަށ ލާޒިމްވާކަމަށް ނުބެލެވެއެވެ.
16ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އެ ޤާނޫނުގައިވާ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް ބަންދުކުރުމުގައި، އެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާ ޤާރީނާ އަދި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރްޢާޔަތްކޮށް، ތުހުމަތުކުރެވޭ ފަރާތުގެ ތަޙްޤީޤް މަރުޙަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވާކަން އެ މާއްދާއިނައެނގެއެވެ. އަދި މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން ދައުލަތުން އެދެފިނަމް،ތަޙްޤީޤް މަރުޙަލާއަށް ބަންދުކުރިކުރުނ ޝަރީޢަތުގެ ޤާނޫނު ނަންބަރު 4/2011 )މީގެފަހުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ކަމަށް ބުނެފައި(. އެ މާއްދާގައިވަނީ؛ ޤާނޫނެއްގައި، ވަކިގޮތަކަށް ޢަމަލުކުރަންވާނެކަމަށް ކަނޑައެޅިގެންބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީޢަވުމެއްނެތ ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެއެވެ. އަދި ވަކިކަމެއް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާނަމަ، އެކަމަކީ އެކަމެއްކުރުމުގައި ލާޒިމުކަމެއްނެތް، އެހެންނަމަވެސް އެކަމެއކުރުމާއިނުކު ރުމުގައ އިޚުތިޔާރުއޮތް ހުއްދަކަމެއްކަމުގައި ބަލަންވާނެއެވެ. މަރުޙަލާގައި ދެމެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން އެމާއްދާގެ އިބާރަތަށް ބެލުމުން އެނގެއެވެ.
17ތަޙްޤީޤް މަރުޙަލާއަށް ބަންދުކޮށްފައިވާ ފަރާތެއްގެ މައްޗަށް ދަޢުވާ އުފުލުމަށް ދައުލަތުން ގަސްދުކުރާ ޙާލެތުގައި ކޯޓަށް ދަޢުވާ ހުށަހެޅުމާއެކު، ތަޙްޤީޤް މަރުޙަލާއަށް ބަންދުކޮށްފައިވާ ފަރާތުގެ ބަންދު ދެމެހެއްޓުމަށް އެދެވިދާނެއެވެ. މިފަދައިން އެދޭނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ )ނ( ގައި ވާފަދައިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފ ރާތުން ހުށަހަޅާ ހުށަހެޅުމަކުންނެވެ. އަދި، މިފަދައިން ދައުލަތުން ހުށަހަޅާ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން ތަޙްޤީޤް މަރުޙަލާއަށް ބަންދުކޮށްފައި ހުރި ހުރުން ދެމިގެންދާނެއެވެ.
18ދައުލަތުގެ އެއް ބަހުސަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަކީ ވަކި މުއްދަތުތަކަށް މީހުން ބަންދުކުރެވޭ އަމުރެއް ނޫންކަން އެ ޤާނޫނުގެ މަޤްސަދަށް ބެލުމުން އެނގޭކަމަށް ބުނެ ހުށަހެޅި ބަހުސެވެ. އެހެންނަމަވެސް، ޤާނޫނުގެ މަޤްސަދުގައިވެސް ބަޔާންކޮށްފައިވަނީ " ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބޭތިއްބު ން..." ކަމުގައިވާއިރު، މި މާއްދާއިންވެސް، އަހުރެންނަށް ދައުލަތުން އ ބަހުސްކުރާފަދަ މާނައެއް ދޭހަނުވެއެވެ. އެހެނީ، މި މާއްދާގައިވެސް ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 35 ވ ނ މާއްދާގައި ބަޔާންކޮށްފައިވާ އިބާރާތްކަމުގައިވާތީއާއި، ދައުލަތުގެ ފަރާތުން ހުށަހަޅާ މައްސަލައާ ގުޅިގެނ ތަޙްޤީޤް މަރުޙަލާއަށް ބަންދުކުރުމަށް ފަނޑިޔާރަށް އިޚްތިޔާރު ލިބި އަދި ޝަރީޢަތަށް ހުށަހެޅުމުން ޝަރީޢަތުގެ މަރުޙަލާގައި އެ އަމުރު ދެމެހެއްޓުމާމެދު ގޮތއެ ކަނޑައެޅުމަށް ފަނޑިޔާރަށް އިޚްތިޔާރު ލިބިދިނުމަކީ ކުރިން ބަޔާންކުރިފަދައިން ޤާނޫނުގެ 35 ވަނަ މާއްދާއިން ބަޔާންކުރާ އިޖުރާއަތެވެ. ގަވާއިދު ނަންބަރު 01-REG-SC-2021.
19ބަހުސްގެ ބޭނުމަށް، ދައުލަތުން ބަޔާންކުރާފަދަ ހަރުކަށި މާނަކުރުމެއް މި މާއްދާއަށް ދެވޭނެތޯ ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނގ 60 ވަނަ މާއްދާގެ )ށ( ގައި " ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދ އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވް ." މިފަދައިން ސާފު އިބާރާތުން ބަޔާންކޮށްފައިވީނަމަވެސެސުޕްރީމް ކޯޓުނ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނިޝާމް ޤަޟިއްޔާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( މާނަކުރުމުގައި ބަޔާންކުރައްވާފައިވަނީ އަންނަނިވިފދައިންނެވެ. "... ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގެ އިބާރާތުގައި، މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ )1( އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގެ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހެއްކަމަށް ބެލެވޭނަމަ؛ ނުވަތަ )2( އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް؛ ނުވަތަ )3( އޭނާ ފިލައިފާނެ ކަމަށް؛ ނުވަތަ )4 ( އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް؛ ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވަނީ، އެއީ ފަނޑިޔާރަށް ކުރުން ލ ޒިމްކަމެއްގެ ގޮތުގައި ކަމުގައި ބެލުމަކީ ނުވަތަ އެގޮތަށް އެ މާއްދާ މާނަކުރުމަކީ އިންސާފުގެ ހަމަތަކަށާއި ބަންދުގައި ބެހެއްޓޭމީހާގެ އަސާސީ ޙައްޤުތަކަށް ބަލާއިރު، އެކަށީގެންވާ ގޮތެއް ކަމުގައި އަހުރެން ނުދެކެމެވެ." ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/61 ޤަޟިއްޔާގެ 21 ވަނަ ނުކުތާ. މި އުސޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، ތިޙްޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާއަކީ މުޅިން ދ މަރުޙަލާކަމުގައވާތީއާއު،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫން އައި ފަހުނާމިހާރު ޢަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވެސް މި ދެ މަރުޙަލީވަކިކޮށްފައިވ ހިނދު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހަޅާ މައްސަލައާއެކު ހުށަހަޅާ އެންމެހާ ކަންކަމަށާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް އަދި ޤާނޫނުގެ 32 ވ ނ މާއްދާގެ ދަށުން ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ އެންމެހަ ކަންކަމަށް ރިޢާޔަތްކޮށު،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގ 30 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހަޅާ މައްސަލައަކާ ގުޅިގެން އެ ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ކަންކަން ދައުލަތަށް ސާބިތުކޮށްދެވިއްޖެނަމަ، އެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ތަޙްޤީޤް މަރުޙަލާއަށް ބަންދުކުރުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވާކަމުގައި ދެކެމެވެ.
ތަޠުބީޤުކުރުން
20އިސްތިއުނާފުކުރެވޭ އ މުރަށް ބަލާއިރު، އެ އަމުރުން މުޙައްމަދު ރިޝާނ ތަޙްޤީޤް މަރުޙަލާ ނިމެންދެން 60 )ފަސްދޮޅަސް( ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށެ ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ކަންކަމަށްރިޢާޔަތްކުރުމަށްފަހުކަނު އެ އަމުރަށް ބެލުމުން އެނގެއެވެ. އެގޮތުން، ކުށުގެ ރެކޯޑަށާއި، ސައިކޭޓްރިސްޓްގެ ބަހާއި މެޑިކަލް ރިޕޯޓު ލިބިފައިނުވާކަމުގެ މައްޗަށާއި، އަނިޔާ ލިބުނު ކުއްޖާގެ ސިއްޙީ ހާލަތާއި ނަފްސާނީ ޙާލަތު ބެލިފައިނުވާކަމުގ މައްޗަށް ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތްކޮށްފައިވކަން އެނގެއެވެ. މި ކަންކަމުގެ މައްޗަށް ބިނާކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދެވަނަ ބައި އަދި ފަސްވަނަ ބައި. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ތަޙްޤީޤް މަރުޙަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.މި މައްސަލައިގައ މުޙައްމަދ ރިޝާނު ބަންދުކުރުމަށް 60 )ފަސްދޮޅަސް( ދުވަސް ކަނޑައަޅާފައިވާ ޤާނޫނީ ސަބަބު ސާފު ނުވިނަމަވެސް، އެ އަމުރުގައި މުޙައްމަދ ރިޝާނު ތަޙްޤީޤް މަރުޙަލާ ނިމެންދެންބަންދުކުރުމަށ ނިންމްފައިވާތީ، މި ޤަޟިއްޔާގައި ބަޔާންކޮށްފައިވފަދައިންތަޙްޤީޤް މަރުޙަލާ ނިމެންދެނުބަންދުކުރުމަށް އަމުރުކުރުމަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއްކަމަށް ވީހިނދު، އިސްތިއުނާފުކޮށްފައިވާ އަމުރާ ގައި ބަޔާންކޮށްފައިވ 60 )ފަސްދޮޅަސް( ދުވަހަށް މުޙައްމަދު ރިޝާނު ބަންދުކުރުމަށް ނިންމި ބައި ބާޠިލުކުރުމަށް ފެނެއެވެ. އެހެންނަމަވެސް، އާއަމުރުގައި މުޙައްމަދު ރިޝާނު ތަޙްޤީޤް މަރުޙަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަ ބަޔަށްބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމކަށް ނުދެކެމެވެ.
ނިންމަން ފެންނަގޮތް
21ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު،ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ތަޙްޤީޤް މަރުޙަލާއަށް ބަންދުކުރުމަށް ފަނޑިޔާރަށް އިޚްތިޔާރު ލިބިދީފައިވާ ކަމަށް ކަނޑައަޅް އ، ތަޙްޤީޤް މަރުޙަލާއަށް ބަންދުކޮށްފައިވާ ފަރާތުގެ ބަންދު ދެމެހެއްޓުމަށު މައްސަލައިގެ ދަޢުވާ ކޯޓަށް ހުށަހަޅާއިރެ މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތަށް އެދެވިދާނީ ކަމަށާއި، މައްސަލައިގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމުން ޝަރު ޢަތުގެ މަރުޙަލާގައި އެ އަމުރު ދެމެހް އްޓުމާމެދަގޮތެއ ކަނޑައޅަންވާނެކަމަށް ދެކެމެވެ.
22)ކޯޓުގެ ނަން ސިއްރުކޮށްފައި( ކޯޓުގެ ނަންބަރު )ނަންބަރު ސިއްރުކޮށްފައި( )28 ފެބުރުވަރީ 2024( ކޯޓު އަމުރުން މުޙައްމަދު ރިޝާނ 60 )ފަސްދޮޅަސް( ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2009 ގެ 28 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 ގެ 30 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 ގެ 31 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 ގެ 33 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 ގެ 35 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)، ދެވަނަ ބައި އަދި ފަސްވަނަ ބައި
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (01-REG-SC-2021) ގެ 12 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ދައުލަތުގެ ނުކުތާ)
- 2020/SC-A/61 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނިޝާމް)، 21 ވަނަ ނުކުތާ
- 2019/HC-A/32
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.