ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހޫދު މުޙައްމަދު ޒާހިރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 145-B8(214-218-2022)/(2024)/03
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު އިތުރު 60 ދުވަހަށް ސަސްޕެންޑްކޮށް، ޓެގް އެޅުވުމާއި ޑިވައިސްތައް ބެލުމަށް ހުއްދަދިނުން ފަދަ ޝަރުތުތަކާއެކު ދޫކޮށްލިއެވެ.
- ވާޤިޢާ
- ޓެރަރިޒަމާ ގުޅޭ ފަސް ދަޢުވާއެއްގައި 2022 ގައި ޝަރީޢަތް ނިމެންދެން ބަންދުކުރެވުނު ފަރާތެއް، ސިޓީއަކާ ގުޅިގެން 2024 އޮކްޓޫބަރުގައި 60 ދުވަހަށް ޝަރުތުތަކާއެކު ދޫކޮށްލިއެވެ. އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން، އިތުރު 60 ދުވަހަށް ޝަރުތުތަކާއެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ބަންދު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މުރާޖަޢާކޮށް ޝަރުތުތަކާއެކު ދޫކޮށްލެވިދާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ޓެރަރިޒަމް ޤާނޫނުގެ 26 (ފ) ގެ ދަށުން ބަންދުކުރެވޭ މީހަކު ޝަރުތުކޮށް ދޫކުރުމަކީ ޤާނޫނުން ހުއްދަކުރާ ކަމެއް ނޫންކަމަށާއި ޙާލަތު ބަދަލުވެފައި ނުވާކަމަށާއި ޝަރުތުތަކަކީ ޤާނޫނުގައި ނެތް ޝަރުތުތަކެއްކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ކުރިން ދޫކުރި އަމުރު ނިހާއީވެފައިވާކަމަށާއި ހެކިން ބަދަލު އައިކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޓެރަރިޒަމް ޤާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މީހެއްގެ ބަންދު މުރާޖަޢާކުރުމުގެ އިޖުރާއަތު 26 (ގ) ގައި ބަޔާންކޮށްފައިވާއިރު، އެ ހުށަހެޅުން ކުރެވޭނީ ޕްރޮސިކިއުޓަރ ޖެނެރަލަށް ކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދު މުރާޖަޢާކުރުމަކީ ރަނގަޅު އިޖުރާއަތެއް ނޫނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބަންދު މުރާޖަޢާކުރާ ކޮންމެ އަމުރެއް ބިނާވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރި އަސްލު އަމުރުގެ މައްޗަށް ކަމުން، ކުރިން ދޫކޮށްލި މުއްދަތު އިތުރުކުރުމުގެ އަމުރެއްގެ އިސްތިއުނާފުގައިވެސް ބަލަންޖެހޭނީ ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރަށެވެ.
HN2 ޚާއްޞަ އިޖުރާއަތެއްގެ ދަށުން ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖަޢާކޮށް އަލުން ގޮތެއް ކަނޑައަޅަންޖެހޭނީ، އެ ޚާއްޞަ ޤާނޫނުގައި ބަންދާމެދު ގޮތް ނިންމާ އުޞޫލުތައް ބަޔާންކޮށްފައިވާނަމަ، އެ އުޞޫލުތަކުންނެވެ.
HN3 ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރިފަރެންސް ދީފައިވުމަކުން، އެ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހެއްގެ ބަންދު މުރާޖަޢާކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢަވާންޖެހޭ ހަމައެއް ނެތެވެ.
HN4 ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ގ) ގެ ދަށުން، އެ މާއްދާގެ (ފ) ނުވަތަ (ލ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހެއްގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ނުހިނގައެވެ؛ އެފަދަ ބަންދު އަމުރު ބާޠިލުކުރަން އެދި ހުށަހެޅޭނީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި ޕްރޮސިކިއުޓަރ ޖެނެރަލަށެވެ.
HN5 އެހެންކަމުން، ތުހުމަތުކުރެވޭ ފަރާތުގެ ސިޓީއަކަށް ބިނާކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދު މުރާޖަޢާކޮށް ނެރުނު އަމުރަކީ ރަނގަޅު އިޖުރާއަތެއްގެ ތެރެއިން ނެރުނު އަމުރެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު،
މައްސަލައިގެ ތަޢާރަފު
1މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/03 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު () އެވެ.
މައްސަލައިގެ ފަސްފަހަތް
2މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޓެރަރިޒަމާ ގުޅޭ 5 (ފަހެއް) ދައުވާއަކާ ގުޅިގެން ހޫދު މުޙައްމަދު ޒާހިރު 19 އެޕްރީލް 2022 ދުވަހު ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވެއެވެ.
3މި މައްސަލައިގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ. އެގޮތުން 16 އޮކްޓޫބަރު 2024 ދުވަހު ބޭއްވުނު ހެކިބަސްނެގުމުގެ ޝަރީޢަތުގެ މަޖިލީހުގައި، ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ހުށަހެޅި ސިޓީއަކާ ގުޅިގެން، ދެފަރާތުގެ ބަސް އަޑުއެހުމަށްފަހު ، ހޫދު މުޙައްމަދު ޒާހިރުގެ ބަންދާމެދު 16 އޮކްޓޫބަރު 2024 ދުވަހު ކްރިމިނަލް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރު ގޮތް ކަނޑައަޅާފައިވެއެވެ.
4އެގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ހޫދު މުޙައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކަނޑައެޅި އަމުރު 60 (ފަސްދޮޅަސް) ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު، ޝަރުތުތަކާއެކު، އެ މުއްދަތަށް ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫކޮށްލުމަށެވެ.
5ބުނެވުނު އަމުރުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން 08 ޑިސެންބަރު 2024 ދުވަހު ހުށަހެޅި ސިޓީއާ ގުޅިގެން ހޫދު މުޙައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކަނޑައެޅި އަމުރު އިތުރު 60 (ފަސްދޮޅަސް) ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު، ޝަރުތުތަކާއެކު، އެ މުއްދަތަށް ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުނެފައިވެއެވެ.
6ދައުލަތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާ
7ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/03 ކޯޓު އަމުރު އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 4 (ހަތަރެއް) ނުކުތާއެވެ.
7.1 ފުރަތަމަ ނުކުތާއަކީ: ހޫދު މުޙައްމަދު ޒާހިރަކީ ޤާނޫނުގައިވާ ގޮތުގެ މަތިން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށްވާއިރު، މީނާ ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 26 ވަނަ . ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2022/656 (19 އެޕްރީލް 2022) ކޯޓު އަމުރު . ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/02 ކޯޓު އަމުރު . ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/03 ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv މާއްދާގެ (ފ) އާއި، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ) އާ ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
7.1.1 މި ނުކުތާގެ ތަފްޞީލުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރެވިފައިވާ އަމުރު ނެރުނު މައްސަލައަކީ ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށްވުރެވެސް އިތުރަށް ހެކި ޤަރީނާ ލިބިފައިވާތީ، އޭނާގެ މައްޗަށް 05 ދައުވާއެއްކޮށްފައިވާ މައްސަލައެއްކަމަށާއި، ޝަރުތުކޮށް މޮނިޓަރ ކުރެވޭގޮތަށް ބަންދުން ދޫކުރުމުން ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ފިލުވައިނުލެވޭ ކަމަށާއި، ހޫދު މުޙައްމަދު ޒާހިރުއަކީ ސިއްރުން ފަރުދާއެއްގެ ފަހަތުގައި ހުރެގެން ކުށުގެ ޢަމަލުހިންގާ ފަރާތެއްކަމަށާއި، އެހެންކަމުން ކުރަނީ ކޮން ޢަމަލެއްކަން ވަގުތުން ވަގުތަށް ދެނެނުގަނެވޭނެކަމަށާއި މިފަދަ ކަންކަމަކީ ފަސޭހައިން މޮނިޓަރކުރެވޭ ކަންކަމަށް ނުވާއިރު ހޫދު މުޙައްމަދު ޒާހިރު ދޫވެފައި ހުރެއްޖެނަމަ މުޖުތަމައުއަށް ނުރައްކާވާފަދަ އަމަލެއް ހިންގުމުގެ އިހްތިމާލު އޮންނާނެކަމަށާއި، އަދި އެންމެ ފުރަތަމައިން ބަންދު ކުރެވުނީ ވެސް އެ އިހްތިމާލުތައް އެހެން ހުރުމުން މުޖުތަމައަށް ނުރައްކަލެއް ފޯރާނެކަމަށް ބެލެވިގެންކަމަށްވާއިރު، ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރެފައި ބަންދުގައި ބަހައްޓަންޖެހޭ ގާނޫނީ ސަބަބު ގާއިމްވެފައިވާއިރު ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ މި ނުކުތާގައި ފާހަގަކޮށްފައިވާ ގާނޫނީ ނައްސުތަކާއި ޚިލާފަށްކަމަށެވެ.
7.2 ދެވަނަ ނުކުތާއަކީ: ހޫދު މުޙައްމަދު ޒާހިރު ޝަރުތުތަކަކާއެކު ބަންދުންދޫކޮށްލުން ޤާނޫނީ آلامން ހުއްދަކޮށްފައިނުވާއިރު، މީނާ ޝަރުޠުކޮށް ވަގުތީ آلامން ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުމަކީ، ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ފ) އާއި، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 16 ވަނަ މާއްދާއާ ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7.2.1 މި ނުކުތާގެ ތަފްޞީލުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ 26 ވަނަ މާއްދާއިން ބަންދުގައި ހުންނަ ފަރާތެއް ދޫކޮށްލާ ނުވަތަ ޝަރުޠުތަކާއެކު ދޫކޮށްލާ އެއްވެސް ހާލަތެއް ޓެރަރިޒަމް މަނާކުރާ ގާނޫނުގެ 26 ވަނަ މައްދާގައި ނެތްކަމަށާއި އެ މާއްދާގައި މުޅިންވެސް ވަނީ ވަކި ހާލަތެއްގައި ވަކި آلامކަށް ބަންދު ކުރަންޖެހޭ ވާހަކަކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ޝަރުތުކޮށް ބަންދުން ދޫކޮށްލުމުގެވާހަކަ ބަޔާންކޮށްފައިވީނަމަވެސް އެއީ ވަކި ޙާލަތެއްގައި ހުންނަ މީހެއްގެ މައްޗަށް ތަތުބީގުވާ ހާލަތެއްކަން 60 ވަނަ މާއްދާގެ (ރ) އަށް ބެލުމުން އެނގޭކަމަށާއި، މި މާއްދާގެ ދަށުން ޝަރުތުކޮށް ނުވަތަ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުން ހުއްދަވަނީ "ބަންދުގައި ބެހެއްޓުން ހުއްދަކުރާ ގާނޫނީ ސަބަބު ނުވަތަ ހާލަތު ނެތް" މީހުންކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާއަކީ ކޯޓުން ކަނޑައަޅާ އިތުރު ޝަރުތަކާ އެކު ބަންދުން ދޫކުރުމުގެ އިޖުރާއަތު ބަޔާންކުރާ މާއްދާ ކަމަށާއި އެމާއްދާ އޮތީ 7 ވަނަ ބާބުކަމަށްވާ ކަފާލާތުގެ ދަށުން ދޫކުރުމުގެ ބާބުގައިކަމަށާއި ކަފާލާތުގެ ވާހަކަ އައީ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގައި ކަމުން އެ ބާބު ތަބާވާނީ 60 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތަށްކަމަށާއި، މިކަމަދޫ ބާރު ލިބެނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ
(ހ) އިން ކަމަށާއި އެމާއްދާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ
(ރ) ގައިވާ ގޮތުގެމަތިން، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު އެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ނުވަތަ ޝަރުތުތަކެއް ކަނޑައަޅައި ދޫކޮށްލުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި އޮތުމުން އެކަން ސާފުކޮށް އެނގިގެންދާ ކަމަށާއި، އެހެންކަމުން ގާނޫނު ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު ބަންދުގައި ހުންނަންޖެހޭ މީހަކު ޝަރުތުކޮށްފައި ދޫކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންކަމަށެވެ.
7.3 ތިންވަނަ ނުކުތާއަކީ: ހޫދު މުޙައްމަދު ޒާހިރު ކުރިން ބަންދުކުރަމުންއައި ޙާލަތު ބަދަލުވެފައި ނެތީސް، ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7.3.1 މި ނުކުތާގެ ތަފްސީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ހޫދު މުހައްމަދު ޒާހިރު ބަންދުން ދޫކޮށްލި އަމުރުގައި ހާލަތު ބަދަލުވެފައި އޮވެގެންކަމަށް ބަޔާންކޮށް، ޝަރީޢަތުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ އެއްވެސް ހާލަތެއްގައި ހޫދު މުޙައްމަދު ޒާހިރު ބަންދުކުރި އިރުގެ ހާލަތަށް ބަދަލެއް އައިސް ނުވަތަ ބަންދުކުރި ހާލަތު ފިލާދާނެފަދަ ނުކުތާތަކެއް ނޫންކަމަށާއި، ހާލަތަށް ބަދަލެއް އައިސްފައިވާކަމަށް ދަލާލަތު ކޮށްދޭނެ އެކަށީގެންވާ ހާލަތެއް ޝަރީޢަތަށްވެސް އަދި ދިފާއަށްވެސް ދެއްކިފައިނުވާކަމަށެވެ.
7.4 ހަތަރުވަނަ ނުކުތާއަކީ: ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫކޮށްލުމުގައި ކަނޑައަޅުއްވާފައިވާ ޝަރުތުތަކަކީ، ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާއާއި 74 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއަށް ރިޢާޔަތްކުރެއްވުމެއް ނެތި ކަނޑައަޅުއްވާފައިވާ ޝަރުޠުތަކެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7.4.1 މި ނުކުތާގެ ތަފްސީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ޝަރުތު ކޮށް މީހަކު ބަންދުން ދޫކޮށްލާއިރު ކަނޑައެޅިދާނެ ޝަރުތުތައް ބަޔާންކޮށްފައިވާކަމަށާއި، އިސްތިއުނާފުކޮށްފައިމިވާ އަމުރުގެ ޝަރުތުތަކުގެ ތެރޭގައި ހޫދު މުޙައްމަދު ޒާހިރުގެ ހަށިގަނޑުގައި ޓެގް އެޅުވުމަށާއި، ހޫދު މުޙައްމަދު ޒާހިރު ބޭނުންކުރާ ފޯނާއި ޑިވައިސްތައް ފުލުހުން ބޭނުންވާ ކޮންމެ ވަގުތަކު ބެލުމަށް ހުއްދަ ދީފައިވާކަމަށާއި، ނަމަވެސް 66 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތަކުގެ ތެރޭގައި ޓެގް އެޅުވުމާއި ބޭނުންކުރާ ފޯނާއި ޑިވައިސްތައް ބަލައި ފާސްކުރުން ނުހިމެނޭ އިރު އަދި އެފަދަ ތަބީއަތުގެ ޝަރުތެއްވެސް ނުހިމެނޭއިރު ގާނޫނުގައި ނެތް ކަމަކަށް އަމުރުކުރުމަކީ ކުރެވިދާނެކަމެއް ނޫންކަމަށެވެ. އަދި މީހެއްގެ ހަށިގަނޑުގައި ޓެގް އަޅުވާނަމަ ގާނޫނީ ގޮތުން އެކަން ކުރެވެން އޮތް މަގަކީ މޮނިކޮން އަމުރަކަށް އެދިގެން ކަމަށާއި ގާނޫނުގައި މިފަދަ އަމުރު ނެރެވޭނީ ހައިކޯޓަށް ކަމަށް ކަނޑައަޅާފައި އޮތުމުން އާންމު އުސޫލަކުން ބަންދުން ދޫކުރެވޭ ކޮންމެ މީހަކު ބަންދުން ދޫކުރާއިރު ވަކި ހާއްސަ އިޖުރާއަތެއްގެ ތެރެއިން ގާނޫނީ ބާރު ލިބިގެން ކުރެވޭ ފަދަ ކަންކަން ޝަރުތުގެ ގޮތުގައި ނެރުމުގެ އިޙްތިޞާސް ކްރިމިނަލް ކޯޓަށް ލިބޭ ކަމާމެދު ސުވާލުއުފެދޭކަމަށެވެ. މީގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރުމުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތުގެ ފަހަތުގައި އެކި ގޮތްގޮތަށް ފުލުހުން ތިބޭ ގޮތަށް ޝަރުތުކޮށް މީހާ ދޫކޮށްލަންޖެހޭނަމަ އެއީ ތުހުމަތު ކުރެވޭ ހުރިހާ އެންމެންގެ މަސްލަހަތުގައިވެސް އަމަލުކުރަންޖެހޭ ގޮތްކަމަށާއި، އެހެންކަމުން މިއީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ހިލާފު ކަމެއްކަމަށެވެ.
ދައުލަތުން އެދޭގޮތް
8ދައުލަތުން މި މައްސަލައިގައި އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B8(214-218-2022)/(2024)/03 ބަންދުން ދޫކުރުމުގެ އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅައި ހޫދު މުޙައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރުގެ ދަށުން އޭނާއަކީ ބަންދުގައި ހުންނަންޖެހޭ މީހެއްކަމަށް ކަނޑައަޅައި ދިނުމަށެވެ.
ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ދެއްކި ވާހަކަ
9ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ފާހަގކޮށްފައިވަނީ ބަންދުގައި ހުރި މީހަކު ބަންދު ކުރި ސަބަބު ފިލާގޮސްފި ކަމަށް ބެލެވޭނަމަ އެމީހަކު ބަންދުން މިނިވަންކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިހްތިޔާރެއްކަމަށާއި، ހޫދު މުޙައްމަދު ޒާހިރު ފުރަތަމަ ފަހަރަށް ބަންދުން ދޫކޮށްފައިވަނީ މައްސަލައިގައި ނެގިފައިވާ ހެކިންގެ ހެކިބަހުގެ މައްޗަށް ބަލައި ކުށުގެ އަމަލު ހިންގުމުގައި ހޫދު މުޙައްމަދު ޒާހިރުގެ ބައިވެރިވުން އޮތް މިންވަރަށް އައި ބަދަލާއި، ބަންދުގައި ހޭދަކޮށްފައިވާ މުއްދަތުގައި އުޅުމާއި ޢަމަލުތައް ހުރި ނެތް ގޮތަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށާއި ހޫދު މުޙައްމަދު ޒާހިރުގެ ބަންދަށް 16 އޮކްޓޫބަރު 2024 ގައި ލުއި ދިނުމަށް ނިންމި ނިންމުން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން އެ ކޯޓު އަމުރު ހައިކޯޓުން ބާތިލުކޮށްފައި ނުވާކަމަށާއި ހައިކޯޓުގެ ނިންމުން ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފައިނުވާއިރު 2 ޑިސެންބަރު 2024 ގައި ހައިކޯޓުން އެ މައްސަލަ ނިންމުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫވެފައި ހުރި މުޢާދޫގެއާ އ އޭނާގެ ފަރާތުން ހިނގި އެއްވެސް އަމަލެއްގެ ސަބަބުން ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެއްވެސް ހުށަހެޅުމެއް ދައުލަތުން ހުށަހަޅާފައިނުވާކަމަށާއި، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގައި ބަހުސްތައް ބައްޓަންކޮށްފައިވަނީ 16 އޮކްޓޫބަރު 2024 ގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރި ކުރުންވެސް ގާނޫނާ ހިލާފުކަމަށް ދެކޭ ސަބަބުތަކުގެ މައްޗަށް ކަމަށާއި ނަމަވެސް 16 އޮކްޓޫބަރު 2024 ގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއްކަމަށް ކަނޑައެޅިފައިވާތީ، އެއީ މިހާރު ބަހުސް ކުރެވެން އޮތް ކަމެއް ނޫންކަމަށެވެ. އަދި މި އިސްތިއުނާފުގެ މައުޟޫއަކީ 16 އޮކްޓޫބަރު 2024 ގައި ބަންދުން ދޫކޮށްފައި ހުރި މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން އެ މުއްދަތު އިތުރު ކޮށްދިނުމަށް ފަނޑިޔާރު ނިންމި ނިންމުންކަމަށާއި، އެހެންކަމުން ދައުލަތުން މިހާރު ހުށަހަޅާފައިވާ އިސްތިއުނާފުގައި ދައުލަތުން ބަޔާންކޮށްދޭންޖެހޭނީ ބަންދުން ދޫކޮށްފައިހުރި އިރު އޭނާގެ ފުށުން ހިނގި ކަމަކާ ގުޅިގެން ބަންދުން ދޫކޮށްފައި ހުރި ހުރުމަށް ބަދަލު ގެންނަންޖެހޭ ސަބަބުތަކެއް ހުރިކަން ދައުލަތުން ދަށުކޯޓުގައި ބަޔްނާކޮށްދީފައި އެކަންކަމުގެ އަލީގައި ފަނޑިޔާރުގެ ނިންމުން ގޯސްވާ ސަބަބުތަކެއްކަމަށެވެ.
10ދެވަނަ ނުކުތާގެ ޖަވާބުގައި ހޫދު މުހައްމަދު ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ހޫދު މުޙައްމަދު ޒާހިރު ޝަރުތުތަކާއެކު ބަންދުން ދޫކުރުމަށް 16 އޮކްޓޫބަރު 2024 ގައި ކުރި އަމުރަކީ މަތީ މަރުހަލާގެ ކޯޓަކުން ބާތިލުކޮށްފައިވާ ނިންމުމެއް ކަމުގައި ނުވާތީ މިހާރު އެއީ ނިހާއީ ވެފައިވާ ގާނޫނީ ގޮތުން ސައްހަ ނިންމުމެއްކަމަށާއި އެހެންކަމުން ޝަރުތުތަކާއެކު ވަގުތީ ގޮތުން ބަންދުން ދޫކުރި ކުރުމާމެދު މި އިސްތިއުނާފުގެ ތެރެއިން ބަހުސްކުރެވިދާނެކަމަށް ނުދެކޭ ކަމަށެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއިން ދޭހަވާ ކަންކަމަށް ރިއާޔަތްކޮށް ފާހަގަކުރާ ނުކުތާތަކަކީ 15 ޑިސެންބަރު 2024 ގައި ދަށު ކޯޓުގައި ކުރިއަށްދިޔަ އަޑު މޫރުގޮގައި ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއެއްނޫން ކަމަށާއި ބަހުސްގެ ބޭނުމަށް އެ ނުކުތާއަށް ބެލިކަމުގައިވިޔަސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ރ) އަކީ ތުހުމަތުކުރެވޭ މީހަކު ބަންދުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރަށް ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭ އިރު ފަނޑިޔާރަށް އަމަލުކުރެވިދާނެ ގޮތް ބަޔާންކުރާ މައްދާއެއް ކަމަށާއި، ބަންދުގެ މުރާޖައާގެ އުސޫލުން މީހެއްގެ ބަންދަށް ލުއި ދިނުމުގައި މި މާއްދާ ތަތުބީގުވާނެކަމަށް ނުދެކޭކަމަށެވެ. އަދި ބަންދަށް ލުއި ދިނުމަށް ފަނޑިޔާރު ނިންމާފައިވަނީ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ބެލެވުނު ސަބަބުތައް ފިލައިގޮސްފައިވާކަމަށް ގަބޫލުކުރެވިގެންކަމުން މި ހާލަތުގައި މި މާއްދާ ތަތުބީގުކުރިނަމަވެސް ޝަރުތުތަކާއެކު ބަންދުން ދޫކުރުމަށް ފަނޑިޔާރަށް އޮތް އިހްތިޔާރަކަށް އުނިކަމެއް ނޯންނާނެކަމަށެވެ.
11ތިންވަނަ ނުކުތާގެ ޖަވާބުގައި ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުންނަ ކޮންމެ މައްސަލައެއްގައި ދައުވާލިބޭ މީހާ ބަންދުކުރުމަކީ ލާޒިމްކަމެއް ނޫންކަމަށާއި ހެކި ހުރިމަނަވެސް ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތައް ނެތްނަމަ އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއް ނޫންކަމަށާއި، އެކަން ކަނޑައަޅަންޖެހޭނީ ޝަރީޢަތްކުރުމާބެހޭ އިޖުރާއަތުގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށްގެންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރިއިރު އޮތް ހާލަތު ބަދަލުވެފައިވާކަމަށް ކަނޑައެޅުމުގައި ދަށު ކޯޓުން ރިއާޔަތްކުރި މައިގަނޑު ކަމަކީ މައްސަލައިގައި ނެގިފައިވާ ހެކިންގެ ހެކިބަހުގެ އަލީގައި ކުށުގެ އަމަލު ހިންގުމުގައި ހޫދު މުޙައްމަދު ޒާހިރުގެ ބައިވެރިވުން އޮތް މިންވަރަށް އައި ބަދަލަށްކަމަށާއި، ހެކިންގެ ހެކިބަހަށް ބަލާއިރު މީހަކާމެދު ޖިސްމާނީ ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިނުވާކަން ކަށަވަރުވެފައިވާކަމަށާއި، ވަކި ވަގުތެއްގައި ވަކި ތަނެއްގައި ވަކި ކަމެއް ކުރުމަށް ރާވައި ތަންފީޒުކުރުމަށް މަސައްކަތްކޮށްފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާކަމަށެވެ. މީގެ އިތުރުން ބަންދުން ދޫކުރުމަށްފަހުވެސް 60 ދުވަހާ ގާތްކުރާ މުއްދަތަކަށް ބަންދުން ވީއްލިފައިހުރިއިރު، ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެފައިނުވާކަމަށެވެ.
12ހަތަރުވަނަ ނުކުތާގެ ޖަވާބުގައި ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ދަރުތު ފަތުރުކުރުމާއި އުޅޭ ނޫޅޭ ތަންތަނާއި މީހުންނާ މުއާމަލާތްކުރުމާމެދު ކޯޓުން ކަނޑައަޅާ ގޮތަކަށް އަމަލުކުރުން ހިމެނިފައިވާކަމަށާއި، ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫކޮށްފައިވަނީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ މުއާސަލާތްތައް ބަލައި ޓެގު އަޅުވައިފިނަމަ އޭނާގެ ހަރަކާތްތައް މޮނިޓަރ ކުރެވޭނެތީ އެކަންކަން ކުރުމަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައިކަމަށާއި، އެހެންކަމުން ފަނޑިޔާރުގެ ނިންމުމުގައި އެ ޝަރުތު ހިމަނާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުން ބާރު ލިބިގެންކަމަށާއި އަދި ޓެގް އެޅުވުމުގެ ޒަރޫރަތެއް އޮތް ނަމަ ހައިކޯޓުގައި އެދިގެން މޮނިކޮން އަމުރެއް މެދުވެރިކޮށް ދައުލަތަށް އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާ ގޮތަށްކަމަށާއި އެކަމަކީ ކޯޓު އަމުރުގައި ބަޔާންކޮށްފައިނުވިނަމަވެސް ދައުލަތަށް ކުރެވެން އޮތްކަމެއްކަމަށެވެ.
ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން އެދޭގޮތް
13ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/03 ކޯޓު އަމުރަކީ ގާނޫނީ ހަމަތަކުގެ މަތީން ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައި، އެ އަމުރު ބާތިލުކުރަންޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން:
14އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ހޫދު މުޙައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ޙާލަތު ބަދަލުވެފައިނުވަނީސް ޝަރުތުތަކާއެކު ބަންދުން ދޫކޮށްފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމުގެ މައްޗަށާއި، ހޫދު މުޙައްމަދު ޒާހިރު އަކީ ޝަރުތުތަކާއެކުވެސް ބަންދުން ދޫކޮށްލުން ގާނޫނީ ގޮތުން ހުއްދަކުރާ ފަރާތަކަށް ނުވުމުގެ މައްޗަށެވެ.
15މި މައްސަލައިގައި ހޫދު މުޙައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 60 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 26 ވަނަ މައްދާގެ (ފ) އަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށްޓަކައި ކަން ބަންދު ކުރި އަމުރަށް 7 ބެލުމުން އެނގެއެވެ. 7 ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2022/656 (19 އެޕްރީލް 2022) ކޯޓު އަމުރު
16އިސްތިއުނާފުކުރެވިފައިމިވާ އަމުރަކީ ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ހުށަހެޅި ސިޓީއަކާ ގުޅިގެން، ހޫދު މުހައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު މުރާޖައާ ކުރުމަށްފަހު އެ އަމުރު 16 އޮކްޓޫބަރު 2024 ދުވަހުން ފެށިގެން 15 ޑިސެންބަރު 2024 ދުވަހަށް ސަސްޕެންޑްކޮށް ޝަރުތަކާއެކު ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫކުރި އަމުރުގެ މުއްދަތު ހަމަވާން ކައިރިވުމުން ހޫދު މުހައްމަދު ޒާހިރުގެ ފަރާތުން ބަންދު މުރަޖަޢާކޮށްދިނުމަށް ފޮނުވި ސިޓީއާއި ގުޅިގެން 15 ޑިސެންބަރު 2024 އިން ފެށިގެން 12 ފެބްރުއަރީ 2025 ވަގުތީ ގޮތުން ދޫކޮށްލުމަށް ނިންމާފައިވާ އަމުރެކެވެ.
17HN1ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވަނީ މި އިސްތިއުނާފު ގައި ހޫދު މުޙައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދު ކުރި އަމުރުގެ ޙާލަތަށް ބަދަލެއް އައިސްފައިވޭތޯ ކަނޑައަޅަން ނުޖެހޭނެކަމަށާއި، މި އިސްތިއުނާފުގައި ޝަރީޢަތުން ބަލަންޖެހޭނީ 16 އޮކްޓޫބަރު 2024 ގައި ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫކޮށްލި އަމުރާއި ޚިލާފަށް ހޫދު މުޙައްމަދު ޒާހިރުގެ ފަރާތުން ކަމެއް ކޮށްފައިވޭތޯ ކަމަށް ނަމަވެސް މި އިސްތިއުނާފުގައިވެސް ބަލަންޖެހޭނީ ހޫދު މުޙައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރަށެވެ. ސަބަބަކީ މި އަމުރަކީވެސް ހޫދު މުހައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދު ކުރި އަމުރުގެ މުރާޖައާ އެއްކަމުން ކޮންމެ މުރާޖައާއެއްވެސް ބިނާ ވާނީ ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރުގެ މައްޗަށެވެ.
18HN4ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގައި އެ ޤާނޫނުގެ ދަށުން ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމުމަށް އޮންނައިރު އެ މާއްދާގެ (މ) ގައި "މިމާއްދާގެ ދަށުން ބަލާ މައްސަލައެއްގައި މީހެއްގެ ބަންދުގެ މުއްދަތު ފަނޑިޔާރު އިތުރުކޮށްދޭންވާނީ ފުރަތަމަ ފަހަރު ނަމަ، ބަންދުގެ މުއްދަތު 7 (ހަތެއް) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިންނެވެ. އަދި މި މާއްދާގެ ދަށުން މީހެއްގެ ބަންދުގެ މުއްދަތު އެންމެ ގިނަވެގެން އިތުރުކޮށްދެވޭނީ ޖުމްލަ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ." ކަމަށް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ފ) ގައި "މި މާއްދާގެ (މ) އެހެން އަދި އޭނާގެ ބަންދުން ދޫކޮށްލައިފިނަމަ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ
(ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ." މިފައިން ބަޔާންކޮށްފައިވެއެވެ.
19ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވަނީ "މި މާއްދާގެ (ފ) ނުވަތަ (ލ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ލ) އެއް ނުހިނގާނެއެވެ. އެހެންނަމަވެސް އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތެއް ނެތް ކަމަށް، މައްސަލައިގެ އެންމެހައި ކަންކަމަށް ރިޢާޔަތްކުރާއިރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ." މިފަދައިންނެވެ.
20HN2ހޫދު މުހައްމަދު ޒާހިރު ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް ހޫދު މުހައްމަދު ޒާހިރުގެ ބަންދު މުރާޖައާކޮށް ގޮތެއް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންނެވެ. ހާއްސަ އިޖުރާއަތެއްގެ ދަށުން ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖައާ ކޮށް އަލުން ގޮތެއް ކަނޑައަޅަންޖެހޭނީވެސް އެ ހާއްސަ އިޖުރާއަތު ބަޔާންކުރާ ގާނޫނުގައި ބަންދާމެދު ގޮތް ކަނޑައަޅަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވާނަމަ އެ އުސޫލުތަކުންނެވެ.
21HN3HN5ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރިފަރެންސެއް ދީފައި އޮތުމަކުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ ފަރާތެއްގެ ބަންދު މުރާޖައާކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫއަވާންޖެހޭނެ ހަމައެއްނެތެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ގ) ގައި އެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަ ފަރާތްތަކުގެ ބަންދު މުރާޖައާކުރެވޭނެ ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދާމެދު ގޮތް ކަނޑައަޅަންޖެހޭ ހާލަތެއް ވިޔަސް ސަބަބެއްވެސް ކަނޑައަޅާފައިނުވާއިރު އެމާއްދާގެ ނައްސައް ބެލުމުން އެ މާއްދާގައި ސަރީހަ ގޮތެއްގައި ބަޔާންކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއްގެ ބަންދު މުރާޖައާކުރުމަށް ހުށަހެޅޭނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށްކަމެވެ. އެހެންކަމުން އިސްތިއުނާފުކުރެވިމިވާ އަމުރުގައި ހޫދު މުޙައްމަދު ޒާހިރުގެ ބަންދު މުރާޖައާކޮށްފައިވަނީ ރަނގަޅު އިޖުރާއަތެއްގެ ތެރެއިން ކަމަށް ބެލެވެން ނެތެވެ.
ނިންމަން ފެންނަ ގޮތް
22އިސްވެ ބަޔާންކުރެވުނު ކަންކަން އެހެންހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/03 ކޯޓު އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅަންޖެހޭކަމެވެ.
އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލް ގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
24މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް ތާއިދުކުރަމެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/03 ކޯޓު އަމުރު ނެރެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ފެންނާތީ، އެ އަމުރު ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޝިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މިޤަޝިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2022/656 (19 އެޕްރީލް 2022) ކޯޓު އަމުރު
- ހޫދު މުޙައްމަދު ޒާހިރުގެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ދަށު ކޯޓުގައި ޖަވާބުދާރީ ވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން ބުނެފައިވެއެވެ.
- . ކްރިމިނަލް ކޯޓުގެ ނަންބަރު 19( 145-J/MA/2022/656 އެޕްރީލް 2022) ކޯޓު އަމުރު
- . ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/02 ކޯޓު އަމުރު
- . ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8(214-218-2022)/(2024)/03 ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 5 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/63
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޝިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 60 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (މ)، (ފ) އަދި (ގ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)(1)-(4) އަދި (ވ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާ (ބަހުސްތަކުގައި)
- ގަވާއިދު ނަންބަރު 2021-REG-SC-01 (ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 (ނ) އަދި 16 ވަނަ މާއްދާ (ބަހުސްތަކުގައި)
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.