ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/SC-HCL/10, 2019/SC-A/101, 2019/SC-L/153

މުޙައްމަދު ނާޝިދު ވ. ޢަލީ ރަޝީދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ސެޕްޓެމްބަރު 2020ދަށު ކޯޓު: ހައިކޯޓު HC-RM/2019/80(NR)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2019/80(NR)، 1762/Cv-C/2018، 1713/Cv-C/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 1713/Cv-C/2017 ގެ ޙުކުމުން ސާބިތުވި ދަރަނި ނުދެއްކުމުން، ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލް ކޯޓުން 1762/Cv-C/2018 ގައި ފިޔަވަޅު އެޅިއެވެ. އެ ޙުކުމުގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރު ބަލައިނުގަތުމުން، އެ ނިންމުން ހައިކޯޓުގެ ފަނޑިޔާރުން HC-RM/2019/80(NR) ގައި ދެމެހެއްޓިއެވެ.
ވާޤިޢާ
ސިވިލް ކޯޓުގެ 1713/Cv-C/2017 ގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަން ސާބިތުވާތީ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދަރަނިވެރިޔާ 1 މަސް ދުވަހަށް ގޭގައި ބަންދުކުރުމަށާއި، ޕާސްޕޯޓު ހިފެހެއްޓުމަށާއި، ބޭންކް އެކައުންޓް ފްރީޒްކުރުމަށް ސިވިލް ކޯޓުން 1762/Cv-C/2018 ގައި އަމުރުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުން ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ސަބަބެއް ނެތުމުން، އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުން ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޙުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ގޭގައި ބަންދުކުރުމަށާއި ޕާސްޕޯޓު ހިފެހެއްޓުމަށާއި އެކައުންޓް ފްރީޒްކުރުމަށް ކުރި އަމުރަކީ، މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށް ބުނާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާއާ ޚިލާފު އަމުރެއް ކަމަށެވެ. ޖަވާބުދާރީވާ ފަރާތުގެ ހުށަހެޅުމެއް ނިންމުމުގައި ނެތެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ފާހަގަކުރީ، ތަންފީޛީ މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ މަދަނީ އެއްބަސްވުމެއްގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ނޫންކަމާއި، ޙުކުމާ އެއްގޮތަށް ޢަމަލުނުކުރުމަކީ ކޯޓުގެ އަމުރަކާ ޚިލާފުވުން ކަމުގައިވާތީ ކަމަށެވެ. ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމާއި، އިޖުރާއަތުގައި ޖައުހަރީ އުނިކަމެއް އޮތްކަން ބުނެދެވިފައިނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ސަބަބެއް ނެތުމުން ހައިކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައެޅިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 1762/Cv-C/2018 ގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތުމުން، އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރު ނިންމި ނިންމުމާމެދު ހައިކޯޓުގެ ފަނޑިޔާރުން ނިންމި އިޖުރާއީ ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި ގޭގައި ބަންދުކުރުމަށާއި ބޭންކް އެކައުންޓް ފްރީޒްކުރުމަށާއި ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރާއިރު، އެ ފިޔަވަޅު އަޅަނީ މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން ނޫނެވެ. އެ އަމުރުކުރަނީ ޙުކުމާ އެއްގޮތަށް ޢަމަލުނުކުރާތީ، އަދި ޙުކުމާ އެއްގޮތަށް ޢަމަލުނުކުރުމަކީ ކޯޓުގެ އަމުރަކާ ޚިލާފުވުން ކަމަށްވާތީއެވެ.

HN2 ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، ޙުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްނަމަ، އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާ ނިންމުމާއި، އެ ނިންމުމާމެދު ހައިކޯޓުގެ ފަނޑިޔާރުން ނިންމާ އިޖުރާއީ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު:

2020/SC-HCL/10

މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު:

(2019/SC-A/101) 2019/SC-L/153

ހުށަހެޅުނު ތާރީޚު:

08 އޮގަސްޓް 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:

މުޙައްމަދު ނާޝިދު

ޢާންމު ނަން:

ނާސިދު

ދާއިމީ އެޑްރެސް:

ގ. އަލްމާސް، މާލެ

މިހާރުގެ އެޑްރެސް:

އަމީން އެވެނިއު ޓީކް 704، ހުޅުމާލެ

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު:

HC-RM/2019/80(NR)

ހުށަހެޅުނު ތާރީޚު:

25 މާރޗް 2019ނިމުނު ތާރީޚު:

19 ޖޫން 2019

ހުށަހެޅިފައިވާ މައްސަލަ

[1]ގ. އަލްމާސް، މުޙައްމަދު ނާޝިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅާފައިވާ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2017ގަޒިއްޔާގައި މުޙައްމަދު ނާޝިދުގެ މައްޗަށް ސާބިތުކޮށްފައިވާ ދަރަނި އެ ހުކުމުގައިވާ ގޮތަށް ނުދައްކައިގެން ސިވިލް ކޯޓުން ބެލި، ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކަމުގައިވާ އެ ކޯޓުގެ ނަންބަރު 1762/Cv-C/2018 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަކަމާމެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ މައްސަލައެކެވެ.

[2]ސިވިލް ކޯޓުގެ ނަންބަރު 1762/Cv-C/2018 ގަޒިއްޔާގައި ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މުޙައްމަދު ނާޝިދު ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2017 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަން ސާބިތުވާތީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ނާޝިދު 1 މަސް ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށެވެ.

[3]ސިވިލް ކޯޓުގެ ނަންބަރު 1762/Cv-C/2018 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ގާނޫނާ ޚިލާފުވާ ސަބަބެއް ކަމަށް މުޙައްމަދު ނާޝިދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ބުނެފައިވަނީ، މުޙައްމަދު ނާޝިދު ސިވިލް ކޯޓުގެ ނަންބަރު1713/Cv-C/2017 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ، މުޙައްމަދު ނާޝިދުގެ ޕާސްޕޯޓު ހިފަހައްޓައި، ބޭންކް އެކައުންޓް ފްރީޒްކޮށް، 1 މަސް ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަމަށެވެ.

[4]ޤާނޫނުއަސާސީގެ 55 ވަނަ މާއްދާގައި ބުނެފައިވަނީ މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށެވެ.

[5]ސިވިލް ކޯޓުގެ ނަންބަރު 1762/Cv-C/2018 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބެލުމުން އެނގެނީ މުހައްމަދު ނާޝިދުގެ މައްޗަށް އެ ގަޒިއްޔާގެ ހުކުމުން ފިޔަވަޅު އަޅާފައިވަނީ މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން ނޫންކަމާއި، އެ ގަޒިއްޔާގައި މުޙައްމަދު ނާޝިދުގެ 1 މަސްދުވަހަށް ގޭގައި ބަންދުކުރުމަށާއި ބޭންކް އެކައުންޓް ފްރީޒްކުރުމަށާއި، ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނާޝިދު ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2017 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް އަމަލުނުކުރާތީ ކަމަށާއި، ހުކުމާ އެއްގޮތަށް އަމަލުނުކުރުމަކީ ކޯޓުގެ އަމުރަކާ ޚިލާފުވުން ކަމަށްވާތީއެވެ. ވީމާ ސިވިލް ކޯޓުގެ ނަންބަރު 1762/Cv-C/2018 ގަޒިއްޔާ ނިންމުމުގައި ނުވަތަ އެ ގަޒިއްޔާގެ ހުކުމުގައި ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވެއެވެ. އަދި އެ ގަޒިއްޔާގެ ހުކުމުގެ ކުރިން އެ ގަޒިއްޔާގެ ޝަރީއަތުގެ އިޖުރާއަތު ހިންގުމުގައި ޖައުހަރީ އުނިކަމެއް އޮތްކަމަށްވެސް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވެއެވެ.

[6]މަތީގައި މި ބުނި ސަބަބުތައް އެހެންހުރުމުން، ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، ސިވިލް ކޯޓުގެ ނަންބަރު1762/Cv-C/2018 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްކަމަށާއި އެ ސަބަބަށްޓަކައި މުޙައްމަދު ނާޝިދު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ އިޖުރާއީ ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ގަބޫލުކުރެވެއެވެ.

ނިންމުން

[7]ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، ސިވިލް ކޯޓުގެ ނަންބަރު 1762/Cv-C/2018 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްކަމަށާއި އެ ސަބަބަށްޓަކައި މުޙައްމަދު ނާޝިދު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ އިޖުރާއީ ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:

ޙުސްނުއްސުޢޫދު (ރިޔާސަތު)

ޑރ. އަޒްމިރާލްދާ ޒާހިރު

ޢާއިޝާ ޝުޖޫން މުޙައްމަދު

21 މުޙައްރަމް 1442

09 ސެޕްޓެމްބަރ 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާ
  • ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ