ޙަސަން ޙަލީމް ވ. ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2019/70(RN)، 95-CR/32/2019/10، 1713/Cv-C/2016، 2006/HC-A/43
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހައިކޯޓުގެ 2006/HC-A/43 ގެ ޙުކުމުން ސާބިތުވި ދަރަނި ނުދެއްކުމުން، ސިވިލް ކޯޓުގެ 1713/Cv-C/2016 ގައި ފައިސާ ދެއްކުމަށް ޙުކުމްކުރިއެވެ. އެ ޙުކުމުގެ އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ރަޖިސްޓްރާރު ނުދީ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2019/70(RN) ގައި އެ ނިންމުން ދެމެހެއްޓިއެވެ.
- ވާޤިޢާ
- ހައިކޯޓުގެ 2006/HC-A/43 ގެ ޙުކުމުން ކުންފުންޏަށް ދައްކަންޖެހޭ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާތީ، ސިވިލް ކޯޓުގައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ފެށިއެވެ. ތަންފީޛީ ޙުކުމުގެ އިސްތިއުނާފު ރަޖިސްޓްރާރު ބަލައިނުގަތީ، ތަންފީޛީ މައްސަލަތަކުގައި އިލްތިޒާމު އަދާކޮށްފައިވޭތޯ ބަލާނެ އުޞޫލެއް 2012/HC-A/254 ގައި ކަނޑައަޅާފައިވާކަމަށް ބުނެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓުގެ 2012/HC-A/254 ޤަޟިއްޔާއަށް ޙަވާލާދީ، ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުން ޤާނޫނާ އެއްގޮތްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙަސަން ޙަލީމް ރަޖިސްޓްރާރުގެ ނިންމުން މުރާޖަޢާކުރުމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅިއެވެ. ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ފަނޑިޔާރުން ނިންމުމުން، އެ ނިންމުން މުރާޖަޢާކޮށް އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ސުޕްރީމް ކޯޓަށް އެދުނެވެ. ފަރާތްތަކުގެ ހުށަހެޅުންތަކުގެ ތަފްޞީލު ނިންމުމުގައި ނެތެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ޙަވާލާދިން 2012/HC-A/254 ގައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރާނެ އުޞޫލެއް ކަނޑައަޅާފައިނުވާކަން އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) އިން އެނގެއެވެ. އަދި މި މުޢާމަލާތުގައި ގިނަ ފަރާތްތަކެއްގެ ޙައްޤުތައް ހިމެނި، އެކަންކަމާ ގުޅޭ ނުކުތާތައް ހުށަހަޅާފައިވާތީ، މިއީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެކެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 1713/Cv-C/2016 ގެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، ނިންމުނު ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ޙަސަން ޙަލީމަށް އެންގި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާގައި ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަތަކުގައި ހައިކޯޓުން ޢަމަލު ކުރާނެ އުޞޫލެއް ކަނޑައަޅާފައިނުވެއެވެ. ވުމާއެކު، ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާއަށް ޙަވާލާދީ އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރަންޖެހޭ ކަމަށް ފެނެއެވެ.
HN2 މުޢާމަލާތުގައި އެތައް ބައެއްގެ ގިނަ ޙައްޤުތަކެއް ހިމެނިފައިވާއިރު، އަދި އެ ޙައްޤުތަކާ ގުޅޭ އެކި ކަންކަން އިސްތިއުނާފުކުރަން އެދޭ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ފެނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތްނަންބަރު:
2020/SC-HCL/06
މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު:
(2019/SC-A/76) 2019/SC-L/112
ހުށަހެޅުނު ތާރީޚު:
16 ޖޫން 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:
ޙަސަން ޙަލީމް
ޢާންމު ނަން:
ޙަސަން ޙަލީމް
ދާއިމީ އެޑްރެސް:
ހެޕީގާޑަން، ސ.ހިތަދޫ
މިހާރުގެ އެޑްރެސް:
ހުޅުމާލެ ފްލެޓް 117-1-02، ހުޅުމާލެ
ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު:
HC-RM/2019/70(RN)
ހުށަހެޅުނު ތާރީޚު:
17 ފެބުރުވަރީ 2019ނިމުނު ތާރީޚު:
16 އޭޕްރީލް 2019
ހުށަހެޅިފައިވާ މައްސަލަ
[1]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާއިން ސ.ހިތަދޫ، ހެޕީގާޑަން، ޙަސަން ޙަލީމްގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ޙުކުމާ އެއްގޮތަށް ދައްކާ ޚަލާސްކޮށްފައި ނުވާތީ، ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން ސ.ހިތަދޫ، ހެޕީގާޑަން، ޙަސަން ޙަލީމްގެ މައްޗަށް ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ފެށިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާއިންނެވެ.
[2]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާއިން ސާބިތުވެގެން ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ސ.ހިތަދޫ، ހެޕީގާޑަން ޙަސަން ޙަލީމް ދައްކަންޖެހޭ ސާބިތު ދަރަނީގެ ފައިސާ ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވެއެވެ.
[3]ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި ޙަސަން ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅިއެވެ. އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، "ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޙަސަން ހަލީމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާ ޙުކުމާ އެއްގޮތަށް ސ.ހިތަދޫ / ހެޕީގާޑަން، ޙަސަން ޙަލީމްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން ސިވިލް ކޯޓުން ބަލާފައިވާ މައްސަލައެއްކަމަށްވާތީއާއި ޙުކުމް ތަންފީޛު ކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި އަދާކުރަންޖެހޭ އިލްތިޒާމްތައް ޙުކުމާއި އެއްގޮތަށް އަދާކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާގައި އުޞޫލެއް ކަނޑައެޅިފައިވާކަން އެނގެން އޮންނާތީ، މި ސަބަބުތަކަށްޓަކައި މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް" ކަނޑައަޅައެވެ.
[4]ހައިކޯޓުގެ ނަންބަރު 95-CR/32/2019/10 (10 ފެބުރުވަރީ 2019) ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުމަށް އެދި ޙަސަން ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހަޅާފައިވެއެވެ. ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމުގެ ހުއްދައަށް އެދި ޙަސަން ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވެއެވެ.
[5]މި މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އެ ނިންމުންތަކުގައި ޙަވާލާ ދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާގައި ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަތަކުގައި ހައިކޯޓުން ޢަމަލު ކުރާނެ އުޞޫލެއް ކަނޑައަޅާފައިނުވެއެވެ. މިކަން އެ ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) އަށް ބެލުމުން އެނގެއެވެ. ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާއަށް ޙަވާލާދީ މި މައްސަލައިގެ އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރަންޖެހޭ ކަމަށް ފެނެއެވެ.
[6]މީގެ އިތުރުން،މި މުޢާމަލާތުގައި އެތައް ބައެއްގެ ގިނަ ޙައްޤުތަކެއް ހިމެނިފައިވާއިރު، އަދި އެ ޙައްޤުތަކާ ގުޅޭ އެކި ކަންކަން އިސްތިއުނާފުކުރަން އެދޭ ފަރާތުން ހުށަހަޅަފައިވާތީ ، މި މައްސަލައަކީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ފެނެއެވެ.
[7]މި ބުނެވިދިޔަ ކަންކަން އެގޮތަށް ހުރުމުން މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމުގައި ދެކެމެވެ.
5- ނިންމުން
[8]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޙަސަން ހަލީމްގގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ބުރަވެވޭތީ، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޙަސަން ޙަލީމަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
ޑރ. އަޒްމިރާލްދާ ޒާހިރު
ޙުސްނުއްސުޢޫދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ 2012/HC-A/254
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.