ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް) ވ. ޙަސަން ޙަލީމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2019/68(RN)، 95-CR/32/2019/10، 1713/Cv-C/2016، 2006/HC-A/43
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހައިކޯޓުގެ 2006/HC-A/43 ގެ ޙުކުމުން ސާބިތުވި ދަރަނި ނުދެއްކުމުން، ސިވިލް ކޯޓުގެ 1713/Cv-C/2016 ގައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ބެލިއެވެ. އެ ޙުކުމުގެ އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ރަޖިސްޓްރާރު ނުދީ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2019/68(RN) ގައި އެ ނިންމުން ދެމެހެއްޓިއެވެ.
- ވާޤިޢާ
- ހައިކޯޓުގެ 2006/HC-A/43 ގެ ޙުކުމުން ސާބިތުވި ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާތީ، ސިވިލް ކޯޓުގައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ފެށިއެވެ. ދައުލަތުން ހުށަހެޅި އިސްތިއުނާފު ރަޖިސްޓްރާރު ބަލައިނުގަތީ، ތަންފީޛީ މައްސަލަތަކުގައި އިލްތިޒާމު އަދާކޮށްފައިވޭތޯ ބަލާނެ އުޞޫލެއް 2012/HC-A/254 ގައި ކަނޑައަޅާފައިވާކަމަށް ބުނެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓުގެ 2012/HC-A/254 ޤަޟިއްޔާއަށް ޙަވާލާދީ، ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުން ޤާނޫނާ އެއްގޮތްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އެޓަރނީ ޖެނެރަލްގެ އޮފީހުން ރަޖިސްޓްރާރުގެ ނިންމުން މުރާޖަޢާކުރުމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅިއެވެ. ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ފަނޑިޔާރުން ނިންމުމުން، އެ ނިންމުން މުރާޖަޢާކޮށް އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ސުޕްރީމް ކޯޓަށް އެދުނެވެ. ފަރާތްތަކުގެ ހުށަހެޅުންތަކުގެ ތަފްޞީލު ނިންމުމުގައި ނެތެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ޙަވާލާދިން 2012/HC-A/254 ގައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރާނެ އުޞޫލެއް ކަނޑައަޅާފައިނުވާކަން އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) އިން އެނގެއެވެ. އަދި މި މުޢާމަލާތުގައި ގިނަ ފަރާތްތަކެއްގެ ޙައްޤުތައް ހިމެނި، އެކަންކަމާ ގުޅޭ ނުކުތާތައް ހުށަހަޅާފައިވާތީ، މިއީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެކެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 1713/Cv-C/2016 ގެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، ނިންމުނު ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ދައުލަތަށް އެންގި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާގައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ހައިކޯޓުން ޢަމަލުކުރާނެ އުޞޫލެއް ކަނޑައަޅާފައިނުވެއެވެ. ވުމާއެކު، ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާއަށް ޙަވާލާދީ އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރަންޖެހޭ ކަމަށް ފެނެއެވެ.
HN2 މުޢާމަލާތުގައި އެތައް ބައެއްގެ ގިނަ ޙައްޤުތަކެއް ހިމެނިފައިވާއިރު، އަދި އެ ޙައްޤުތަކާ ގުޅޭ އެކި ކަންކަން އިސްތިއުނާފުކުރަން އެދޭ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ފެނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު:
2020/SC-HCL/08
މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު:
(2019/SC-A/83) 2019/SC-L/123
ހުށަހެޅުނު ތާރީޚު:
17 ޖުލައި 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް)
ޢާންމު ނަން:
މިނިސްޓްރީ އޮފް ފިނޭންސް
ދާއިމީ އެޑްރެސް:
ހ. ވެލާނާގެ، މާލެ
މިހާރުގެ އެޑްރެސް:
ހ. ވެލާނާގެ، މާލެ
ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު:
HC-RM/2019/68(RN)
ހުށަހެޅުނު ތާރީޚު:
20 ފެބުރުއަރީ 2019ނިމުނު ތާރީޚު:
15 އެޕްރީލް 2019
ހުށަހެޅިފައިވާ މައްސަލަ
[1]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާއިން ސ. ހިތަދޫ، ހެޕީގާޑަން، ޙަސަން ޙަލީމްގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ޙުކުމާ އެއްގޮތަށް ދައްކާ ޙަލާސްކޮށްފައިނުވާތީ، ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސ. ހިތަދޫ، ހެޕީގާޑަން، ޙަސަން ޙަލީމްގެ މައްޗަށް ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ފެށިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު1713/Cv-C/2016 ޤަޟިއްޔާއިންނެވެ.
[2]ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި ދައުލަތު (މިނިސްޓްރީ އޮފް ފިނޭންސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިއެވެ. އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، "ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ސ. ހިތަދޫ / ހެޕީގާޑަން ޙަސަން ޙަލީމްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލް ކޯޓުން ބަލާފައިވާ މައްސަލައެއްކަމަށްވާތީއާއި ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި އަދާކުރަންޖެހޭ އިލްތިޒާމްތައް ޙުކުމާއި އެއްގޮތަށް އަދާކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާގައި އުޞޫލެއް ކަނޑައެޅިފައިވާކަން އެނގެން އޮންނާތީ، މި ސަބަބުތަކަށްޓަކައި މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް" ކަނޑައަޅައެވެ.
[3]ހައިކޯޓުގެ ނަންބަރު 95-CR/32/2019/10 (10 ފެބުރުވަރީ 2019) ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުމަށް އެދި އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހަޅާފައިވެއެވެ. ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ދިނުމުގެ ހުއްދައަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނެތުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވެއެވެ.
[4]މި މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އެ ނިންމުންތަކުގައި ޙަވާލާ ދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާގައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ހައިކޯޓުން ޢަމަލުކުރާނެ އުޞޫލެއް ކަނޑައަޅާފައިނުވެއެވެ. މިކަން އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) އަށް ބެލުމުން އެނގެއެވެ. ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާއަށް ހަވާލާދީ މި މައްސަލައިގެ އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރަންޖެހޭ ކަމަށް ފެނެއެވެ.
[5]މީގެ އިތުރުން، މި މުޢާމަލާތުގައި އެތައް ބައެއްގެ ގިނަ ޙައްޤުތަކެއް ހިމެނިފައިވާއިރު، އަދި އެ ޙައްޤުތަކާ ގުޅޭ އެކި ކަންކަން އިސްތިއުނާފުކުރަން އެދޭ ފަރާތުން ހުށަހަޅާފައިވާތީ، މި މައްސަލައަކީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ފެނެއެވެ.
[6]މި ބުނެވިދިޔަ ކަންކަން އެގޮތަށް ހުރުމުން މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމުގައި ދެކެމެވެ.
ނިންމުން
[7]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1713/Cv-V/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ދިވެހި ދައުލަތުގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ބުރަވެވޭތީ، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
ޑރ. އަޒްމިރާލްދާ ޒާހިރު
ޙުސްނުއްސުޢޫދު
07 ޞަފަރު 1441
24 ސެޕްޓެމްބަރ 2020
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ 2012/HC-A/254
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.