ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/SC-HCL/07, 2024/SC-L/30

މަރްޔަމް ޒުނައިރާ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 މޭ 2024ދަށު ކޯޓު: ހައިކޯޓު HC-IH/2024/03ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2024/03، 596/R1C-3/2011
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ 596/R1C-3/2011 ގައި 21 ނޮވެންބަރު 2011 ގައި ހިބަ ސާބިތުކުރި ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް 14 ފެބްރުއަރީ 2024 ގައި އެދުނުއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން HC-IH/2024/03 ގައި ހުއްދަ ދޭން ނުފެންނަކަމަށް ނިންމިއެވެ.
ވާޤިޢާ
ޚަދީޖާ މުޙައްމަދު ދީދީ ފުވައްމުލަކު ގޯލްޑަންގޭޓްގެ ގެއާއި ބިން 2011 ގައި ކޯޓުން ބޭރުގައި މާމަދަރިފުޅު މުޙައްމަދު ޝަހީދުއަށް ހިބައިން ދިނެވެ. 596/R1C-3/2011 ގައި ހިބަ ސާބިތުކުރިއިރު އިސްތިއުނާފެއް ނުކުރެވުނެވެ. ހިބައިން ރުޖޫޢަވުމަށް ކުރި ދަޢުވާ ނުހިނގައި 2013/HC-A/155 ގައި ދެމެހެއްޓުނެވެ. 2017/HC-S-A/07 ގައި ގޯތި ބައިކޮށް ޝަހީދުގެ ބައި ވަކިކުރަން ތަޙުވީލުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިސްތިއުނާފުކުރުމުގެ މުއްދަތުގައި އިސްތިއުނާފުނުކުރެވި ނިހާއީވެފައިވާ، އަދި ފަހުން ހައިކޯޓުގެ ޙުކުމްތަކުގައި ބިނާކޮށްފައިވާ ހިބަ ސާބިތުކުރި ޙުކުމެއް 12 އަހަރަށްވުރެ ގިނަ ދުވަސް ފަހުން އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭތޯއާއި، ސިއްރުން މައްސަލަ ހިންގިކަމަށް ބުނުމަކީ މަޤްބޫލު ސަބަބެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޚަދީޖާގެ ދަރިފުޅު މަރްޔަމް ޒުނައިރާ ބުނީ، ޙުކުމް ހިންގި ދުވަސްވަރު އޭނާ މާލޭގައި ވަޒީފާ އަދާކުރަމުން ދިޔައިރު ސިއްރުން ޤަޟިއްޔާ ހިންގީތީ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނު ކަމަށާއި، ހިބައަކީ ބިމާބެހޭ ޤާނޫނުގެ 2 އާއި 17 (ހ) ވަނަ މާއްދާއާއި މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 (ކ) އާ ޚިލާފު، ބޮޑެތި ދަރިންގެ ހުއްދަ ނުހޯދާ، އިޢުލާނު ނުކޮށް ދިން ހިބައެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
596/R1C-3/2011 ގެ ޙުކުމަކީ މުއްދަތުގައި އިސްތިއުނާފު ނުކުރެވި ނިހާއީވެފައިވާ ޙުކުމެކެވެ. އެ ހިބަ ސާބިތުވެފައިވާކަން 2013/HC-A/155 ގައި ފާހަގަކޮށް، 2017/HC-S-A/07 ގައި ގޯތި ބައިކޮށް މުޙައްމަދު ޝަހީދުގެ ބައި ވަކިކޮށްދޭން ކަނޑައަޅާފައިވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިސްތިއުނާފު ނުކުރެވުނު ސަބަބަކަށް ހުށަހެޅި ސަބަބަކީ މަޤްބޫލު ސަބަބެއް ނޫނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ 596/R1C-3/2011 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ފަނޑިޔާރުންގެ HC-IH/2024/03 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައެއްމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައި ނުވާ ޙުކުމަކީ ނިހާއީ ޙުކުމެކެވެ.

HN2 ނިހާއީ ޙުކުމެއްގައި ސާބިތުވި ކަމެއް ފަހުން ހައިކޯޓުގެ ޙުކުމްތަކުގައި ފާހަގަކޮށް، އޭގެ މައްޗަށް ބިނާކޮށް ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅާފައިވާނަމަ، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނުވެއެވެ.

HN3 ޙުކުމް ހިންގި ދުވަސްވަރު އިސްތިއުނާފުކުރަން އެދޭ ފަރާތް އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުން ދިޔައިރު ސިއްރުން މައްސަލަ ހިންގިކަމަށް ބުނުމަކީ، ވޭތުވެދިޔަ އަހަރުތަކުގައި އެ ޙުކުމް އިސްތިއުނާފު ނުކުރެވުނު މަޤްބޫލު ސަބަބެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2024/SC-HCL/07

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2024/SC-L/30

ހުށަހެޅުނު ތާރީޚު: 14 އޭޕްރިލް 2024

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: މަރްޔަމް ޒުނައިރާ

ޢާންމު ނަން: މަރްޔަމްދީދީ

ދާއިމީ އެޑްރެސް: ގޯލްޑަންގޭޓް، ދޫޑިގަން. ޏ. ފުވައްމުލައް

މިހާރުގެ އެޑްރެސް: މ. ރިފާ، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-IH/2024/03

ހުށަހެޅުނު ތާރީޚު: 14 ފެބްރުއަރީ 2024

ނިމުނު ތާރީޚު: 20 މާރިޗު 2024

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1. ފުވައްމުލަކު، ގޯލްޑަންގޭޓް، ޚަދީޖާ މުޙައްމަދު ދީދީ ގެ މިލްކުގައިވާ ގޯލްޑަންގޭޓް ކިޔާ ގެއާއި އިންވެގެން އުތުރަށް ރާނާ ހިޔާކޮށްފައިވާ ގެއާއި، ގޯތިން 4839 އަކަފޫޓް ބިމުގައިވާ އެންމެހައި ރުއްގަހާއި ވަޅުފަދަ ތަންތަން، ދެހެކިންގެ ހާޒިރުގައި، ކޯޓުން ބޭރުގައި 29 އޮކްޓޯބަރު 2011 ދުވަހު އޭނާގެ މާމަދަރިފުޅު މުޙައްމަދު ޝަހީދުއަށް ހިބައިން ދިނެވެ.

[2]4.2. މި ހިބަ ސާބިތުކުރުން އެދި މުޙައްމަދު ޝަހީދު، 1 ނޮވެމްބަރު 2011 ގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާއިން ބެލުމަށްފަހު 21 ނޮވެންބަރު 2011 ގައި ނިންމާފައިވަނީ މި ހިބައަކީ ޝަރީޢަތާ ޤާނޫނާ އެއްގޮތަށް ހިނގާފައިވާ ހިބައަކަށް ވާތީ، މި ހިބަ ސާބިތުވެއްޖެކަމަށް ކަނޑައަޅައެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވެއެވެ.

[3]4.3. މުހައްމަދު ޝަހީދުއަށް ޚަދީޖާ މުހައްމަދު ދީދީ ކުޅަ ހިބަ އަނބުރާ ނަގައި އެ ހިބައިން ރުޖޫޢަވުމަށް އެދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް 27 ނޮވެންބަރު 2012 ގައި ޚަދީޖާ މުހައްމަދު ދީދީ މައްސަލައެއް ހުށަހެޅުމުން އެކޯޓުގެ ނަންބަރު 609/R1C-3/2012 ގަޒިއްޔާއިން އެމައްސަލަ ބެލުމަށްފަހު 13 މާރިޗް 2013 ގައި ނިންމާފައިވަނީ މުހައްމަދު ޝަހީދު މި ހިބަ އަނބުރާ ދިނުމަށް އިންކާރުކޮށްފައިވާތީ، މި ހިބައިގެ ތެރޭގައި ހިމެނޭ ތަކެތި މުހައްމަދު ޝަހީދުގެ ނުރުހުމުގައި އޭނާގެ ކިބައިން ވަކިކޮށް ޚަދީޖާ މުޙައްމަދު ދީދީ އަށް ލިބިދެވެން ނެތްކަމަށް ކަނޑައަޅައެވެ. ޚަދީޖާ މުޙައްމަދު ދީދީގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން 9 މެއި 2013 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/155 ގަޒިއްޔާއިން މި މައްސަލަ ބެލުމަށްފަހު 18 ސެޕްޓެންބަރު 2013 ގައި ނިންމާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 609/R1C-3/2012 ގަޒިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއްކަމަށް ބަލާނޭ ތަނެއް ނެތް ކަމަށް ކަނޑައަޅައެވެ.

[4]4.4. އިސްވެ ބުނެވުނު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާއިން ސާބިތުވެފައިވާ ހިބަ އާ ގުޅިގެން ފުވައްމުލަކު ގޯލްޑަންގޭޓް އެވެ ކިޔާ ބަންޑާރަ ގޯތި ބައިކުރުމަށް އެދި މުޙައްމަދު ޝަހީދުގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް 29 ސެޕްޓެންބަރު 2016 ގައި މައްސަލައެއް ހުށަހެޅުމުން، އެކޯޓުގެ ނަންބަރު 473/R1C-2/2016 ގަޒިއްޔާއިން އެމައްސަލަ ބެލުމަށްފަހު 20 ޑިސެމްބަރު 2016 ގައި ނިންމާފައިވަނީ އެ ހިބައަކީ ސައްހަ ހިބައެއްކަމަށް ކަނޑައަޅާފައިނުވާތީ، އެމުއާމަލާތް ސައްޙަކަން ނުވަތަ ނޫންކަން ކޯޓަކަށް ހުށަހަޅައިގެން ކަނޑައަޅަން ޖެހޭކަންއެނގޭތީ ގޯލްޑަންގޭޓް ގޯތީގެ ބިން ބައިކޮށްދެވެން ނެތްކަމަށް ކަނޑައަޅައެވެ. މުޙައްމަދު ޝަހީދުގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-S-A/07 ގަޒިއްޔާއިން މި މައްސަލަ ބެލުމަށްފަހު 07 އޮގަސްޓް 2018 ގައި ނިންމާފައިވަނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާ އަކީ އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވާ ނިހާއީ ހުކުމެއްކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/155 ގަޒިއްޔާގައިވެސް އެ ހިބަ ސާބިތުވެފައިވާކަމަށް ފާހަގަކޮށްފައިވާކަމަށާއި، އެހެންކަމުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 473/R1C-3/2016 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭތީ މުހައްމަދު ޝަހީދުގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދައުވާއާ ގުޅިގެން އެމައްސަލައިގައި ބަޔާންކޮށްފައިވާ ގޯތީގެ ބިން ބައިކޮށް، މުހައްމަދު ޝަހީދުގެ ބައި ވަކިކޮށްދޭންޖެހޭތީ، އެމައްސަލަ އެގޮތުގެ މަތިން އަލުން ބަލައި ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރަން ޖެހޭކަމަށް ކަނޑައަޅައެވެ.

[5]4.5 ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން 21 ނޮވެންބަރު 2011 ގައި ނިންމާފައިވާ އިސްވެ ބުނެވުނު، އެކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޚަދީޖާ މުޙައްމަދު ދީދީގެ އުފަން ދަރިއެއްކަމަށްވާ މަރްޔަމް ޒުނައިރާ 14 ފެބުރުވަރީ 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މަރްޔަމް ޒުނައިރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ، އެގަޒިއްޔާ ހިންގި ދުވަސްވަރު އޭނާ މާލޭގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާއަށް ސިއްރުން އެގަޒިއްޔާ ހިންގާފައިވާތީ ކަމަށެވެ. އަދި، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާގައި ހިމެނޭ ހިބަ ދީފައިވަނީ ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ މ.2 އާއި އެ ގާނޫނުގެ މ.17 (ހ) އާއި އަދި ގާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ މ.1 (ކ) އާއި ޚިލާފަށް ކަމަށެވެ. އަދި މީގެ އިތުރަށް، އެ ހިބަ ހިންގިއިރު، ހިބަ ދިން ޚަދީޖާ މުހައްމަދު ދީދީގެ، ބޮޑުވެ ތަސައްރަފު ފުދިފައިވާ 3 ދަރިންނަށް އަންގައި ހުއްދަވެސް ހޯދާފައި ނުވާކަމަށާއި، އެ ހިބައިގައި ހިމެނޭ ތަކެތީގެ މިލްކުވެރި ކަމާމެދު ދަޢުވާ ކުރާ ފަރާތެއް ވޭތޯ ބެލުމަށް އިއުލާނެއްވެސް ކޮށްފައި ނުވާކަމަށާއި، އެ ހިބައަކީ ކޯޓުން ބޭރުގައި ހިންގާފައިވާ ހިބައެއް ނަމަވެސް އެ ހިބައަކީ ސައްޙަ ހިބައެއްކަމަށް ޝަރީޢަތުން ހުކުމް ކޮށްފައިނުވާކަމަށެވެ.

[6]4.6. މަރްޔަމް ޒުނައިރާގެ ފަރާތުން އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.

[7]4.7. މިއީ، ބަޔާންވެދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން މަރްޔަމް ޒުނައިރާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި ކޯޓުން މި މައްސަލަ ބަލައި ނިމުނުގޮތެވެ.

[8]4.8. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާގެ ޙުކުމަކީ އިސްތިއުނާފް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވާ ނިހާއީ ހުކުމެކެވެ. އަދި އިސްވެ ބުނެވުނު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާއިން ބެލި ހިބައިގެ މައްސަލަ ސާބިތުވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/155 ގަޒިއްޔާގެ ޙުކުމްގައިވެސް ފާހަގަކޮށްފައިވާމުގެ އިތުރަށް ޚަދީޖާ މުޙައްމަދު ދީދީ، މުހައްމަދު ޝަހީދުއަށް ހިބައިން ދީފައިވާ ބިމާއި ގޯތި ބައިކޮށް، މުހައްމަދު ޝަހީދުގެ ބައި ވަކިކޮށްދޭންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-S-A/07 ގަޒިއްޔާގެ ޙުކުމްގައި ކަނޑައަޅާފައިވެއެވެ.

[9]4.9. އަދި ހަމައެހެންމެ، ވޭތުވެދިޔަ އަހަރުތަކުގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 596/R1C-3/2011 ގަޒިއްޔާ އިސްތިއުނާފު ނުކުރެވުނު ސަބަބެއްކަމަށް މަރްޔަމް ޒުނައިރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް ނުދެކެމެވެ.

5. ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/03 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައެއްމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

މަޙާޒު ޢަލީ ޒާހިރު

ޙުސްނުއްސުޢޫދު (ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިން

07 ޛުލްޤަޢިދާ 1445

15 މެއި 2024

ފުޓްނޯޓު

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު : A006577
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު : A006450
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު : A006376
  4. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/03 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް"
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2002) ގެ 2 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2002) ގެ 17 ވަނަ މާއްދާގެ (ހ)
  • މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 9/68) ގެ 1 ވަނަ މާއްދާގެ (ކ)
  • ހައިކޯޓުގެ 2013/HC-A/155
  • ހައިކޯޓުގެ 2017/HC-S-A/07

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ