އަޙްމަދު ނަސީމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/59، 95-CR/INDIV/2023/295، 2009/Cv-C/2021
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 22 ޖޫން 2023 ގައި 2009/Cv-C/2021 ގައި ޙުކުމްކުރުމުން، 16 އޮގަސްޓް 2023 ގައި ހުށަހެޅި އިސްތިއުނާފު، މުއްދަތު 23 ޖުލައި 2023 ގައި ހަމަވެފައިވާތީ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/295 ގައި ބަލައިނުގަތެވެ. ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/59 ގައި ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- އިމާރާތްކުރުމުގެ އެއްބަސްވުމަކާމެދު ޚިލާފު އުފެދިގެން ވެންކުއިޝަރ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން އަޙްމަދު ނަސީމްގެ މައްޗަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުން 22 ޖޫން 2023 ގައި ޙުކުމްކުރުމުން، އެ ޙުކުމް ޤާނޫނާ ޚިލާފު ކަމަށް ބުނެ ނަސީމް 16 އޮގަސްޓް 2023 ގައި ހައިކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނެވެ. 30 ދުވަހުގެ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން ގުނުމުން މުއްދަތު ހަމަވެފައިވާ ކަމަށް ހައިކޯޓުން ބެލިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓަށް އިސްތިއުނާފުކުރުމުގެ 30 ދުވަހުގެ މުއްދަތު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނާ އެއްގޮތަށް ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ގުނުމަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުކުރުމުގެ ޙައްޤު ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ހަނިކުރުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ނަސީމް ބުނީ، އިސްތިއުނާފުކުރުމުގެ 30 ދުވަހުގެ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން ހައިކޯޓުން ހަމަކުރީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ އުސޫލާ ޚިލާފަށް ހަނިވާގޮތަށް ކަމަށާއި، ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކުރި ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައި އެ ނިންމުން ބިނާކުރި އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އިސްތިއުނާފުގެ 30 ދުވަސް ގުނާނެ އުސޫލެއް ނެތުމުން ޢަމަލުކުރަނީ އެ ޤާނޫނުގެ 424 ވަނަ މާއްދާއަށެވެ. އޭގެ (ހ) ގެ (2) ގައި ބަންދު ދުވަސް ނުހިމެނެނީ ހަތް ދުވަހަށްވުރެ ކުރު މުއްދަތުތަކުގައެވެ. އިސްލާޙުކުރެވުނު ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 37 ވަނަ މާއްދާގެ (ހ) އާއި SCPD-01/2023 ޕްރެކްޓިސް ޑައިރެކްޝަންގެ ދަށުން ދިގު މުއްދަތުތަކުގައި ބަންދު ދުވަސްތައް ހިމެނެއެވެ. މިއީ މަޖިލީހުން ފާސްކުރި ޤާނޫނަކުން ކަނޑައަޅާފައިވާ ކަމަކަށްވެ، އިސްތިއުނާފުގެ ޙައްޤަކީ ޤައިދެއް، މުއްދަތެއް ނެތި ލިބޭ ޙައްޤެއް ނޫންކަމުން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޙައްޤު ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ހަނިކުރުމެއް ނޫނެވެ. އެހެންކަމުން ރަޖިސްޓްރާރގެ ނިންމުމަށް ފަނޑިޔާރުން ތާއީދުކުރީ ރަނގަޅަށެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާތީ ސިވިލް ކޯޓުގެ 2009/Cv-C/2021 ގެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/INDIV/2023/295 ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/59 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އިސްތިއުނާފުކުރުމުގެ 30 ދުވަހުގެ މުއްދަތު ގުނާނެ އުސޫލެއް ބަޔާންވެފައި ނުވާއިރު، އެ ޤާނޫނުގައި ކަނޑައެޅިގެން ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ ޙާލަތުގައި މުއްދަތު ގުނުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންވެފައިވަނީ އެ ޤާނޫނުގެ 424 ވަނަ މާއްދާގައެވެ.
HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ، މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި މުއްދަތު ގުނުމުގެ އުސޫލު ތަތުބީގުވަނީ ހަތް ދުވަހަށްވުރެ ކުރު މުއްދަތުތަކަށެވެ. އެއީ ހަތް ދުވަހަށްވުރެ ދިގު މުއްދަތުތަކުގައި ތަތުބީގު ކުރެވޭ އުސޫލެއް ނޫނެވެ.
HN3 ހައިކޯޓަށް އިސްތިއުނާފުކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގައިވާ 30 ދުވަހުގެ މުއްދަތު ގުނާނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ ފުރަތަމަ އިސްލާޙުން އިސްލާޙުކުރެވުނު 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، އެ ޤާނޫނުގެ 424 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
HN4 ސުޕްރީމް ކޯޓުގެ ނަންބަރު SCPD-01/2023 ޕްރެކްޓިސް ޑައިރެކްޝަންގެ 1 ވަނަ ޕެރެގްރާފުގެ (ހ) ގައިވާ ގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާގެ ދަށުން ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
HN5 ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާ މާނަކޮށް، އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ބަންދު ދުވަސް ހިމެނޭގޮތަށް އޮންނަ އޮތުމަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ އުސޫލާ ޚިލާފަށް ހަނިކުރެވޭ ހަނިކުރެވުމެއް ކަމުގައި ނުބެލެވެއެވެ. އެއީ މުއްދަތު ގުނުމާ ގުޅޭ މި އެންމެހައި ކަންކަން ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ކަމުގައިވާތީއެވެ.
HN6 ޤާނޫނުއަސާސީއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤަކީ އެއްވެސް ގައިދުކުރުމެއް، މުއްދަތެއް، ކަނޑައެޅުމެއްނެތި ލިބިދެވޭ ޙައްޤެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޙުސްނުއްސުޢޫދު
- ރިޔާސަތު
- އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/01
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/129
ހުށަހެޅުނު ތާރީޚު: 30 ނޮވެމްބަރު 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އަޙްމަދު ނަސީމް
ޢާންމު ނަން: ނަސީމް
ދާއިމީ އެޑްރެސް: ގ. ނަންކުރާ، މާލެ
މިހާރުގެ އެޑްރެސް: ގ. ނަންކުރާ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/59
ހުށަހެޅުނު ތާރީޚު: 04 ސެޕްޓެމްބަރު 2023
ނިމުނު ތާރީޚު: 30 އޮކްޓޯބަރު 2023
4. ހުށަހެޅިފައިވާ މައްސަލަ
1އިމާރާތްކުރުމުގެ އެއްބަސްވުމަކާމެދު ޚިލާފު އުފެދިގެން ވެންކުއިޝަރ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަޙްމަދު ނަސީމް ގެ މައްޗަށް ރައްދުވާގޮތަށް ހުށަހަޅުނު މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2009/Cv-C/2021 ގަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ދެކިގެން، އަޙްމަދު ނަސީމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް 16 އޮގަސްޓް 2023 ގައި ހުށަހަޅާފައިވެއެވެ.
2މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ނަންބަރު 95-CR/INDIV/2023/295 "ރަޖިސްޓްރާރގެ ނިންމުން" ގައި ބަޔާންވެފައިވަނީ، ސިވިލް ކޯޓުން 22 ޖޫން 2023 ގައި މައްސަލަ ބަލައި ނިމިފައިވާއިރު، އިސްތިއުނާފުކުރުމުގެ މުއްދަތު ދެމިގެންދާނީ 23 ޖުލައި 2023 ގެ ނިޔަލަށް ކަމުން، އަޙްމަދު ނަސީމްގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރިއިރު އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާތީ، އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް މި މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
3ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުން އިސްތިއުނާފުކުރުމަށް ހައިކޯޓު ފަނޑިޔާރުންނަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު HC-RM/2023/59 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
4މިއީ، ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2023/59 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަޙްމަދު ނަސީމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި ކޯޓުން މި މައްސަލަ ބަލައި ނިމުނުގޮތެވެ.
5އަޙްމަދު ނަސީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރުމުގެ 30 ދުވަހުގެ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން ހައިކޯޓުން ހަމަކޮށްފައިވަނީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު ހަނިވާގޮތަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށާއި، އަދި ރަޖިސްޓްރާރ ގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމެވި ނިންމެވުން ބިނާކުރި އެއްވެސް ސަބަބެއް އެ ނިންމުމުގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
6HN1މަދަނީ އިޖުރާއަތުގެ ޤާނޫނު ގައި އިސްތިއުނާފުކުރުމުގެ 30 ދުވަހުގެ މުއްދަތު ގުނާނެ އުސޫލެއް ބަޔާންވެފައި ނުވެއެވެ. އަދި އެ ޤާނޫނުގައި ކަނޑައެޅިގެން ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ ޙާލަތުގައި މުއްދަތު ގުނުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންވެފައިވަނީ އެ ޤާނޫނުގެ 424 ވަނަ މާއްދާގައެވެ.
7HN2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާއަށް ބަލާއިރު، ހަތް ދުވަހަށްވުރެ ކުރު މުއްދަތެއް ގުނުމުގައި، އެ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭނަމަ، އެ ބަންދު ދުވަހެއް އެ މުއްދަތު ގުނުމުގައި ނުހިމެނޭނެކަމަށް، އެ މާއްދާ ގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ އެއްވެސް އަކުރެއްގައި ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނާނެ ގޮތް ބަޔާންކޮށްފައި ނުވެއެވެ.
8HN3ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތުތައް ބަޔާންކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގައެވެ. އެ ޤާނޫނުގެ 425 ވަނަ މާއްދާގެ (ހ) ގެ ދަށުން 16 ޖޫން 2022 ގައި ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 37 ވަނަ މާއްދާގެ (ހ) ގައިވާގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގައިވާ 30 ދުވަހުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައެވެ. އެހެން ނަމަވެސް 06 ޑިސެންބަރު 2022 ގައި މި ޤަވާޢިދަށް ގެނެވުނު ފުރަތަމަ އިސްލާޙުން 37 ވަނަ މާއްދާގެ (ހ) އިސްލާޙުކުރެވިފައިވެއެވެ. އެ އިސްލާޙުގައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ 30 ދުވަހުގެ މުއްދަތު ގުނާނީ، އެ ޤާނޫނުގެ 424 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައެވެ.
9HN4އޭގެފަހުން ސުޕްރީމް ކޯޓުގެ ނަންބަރު SCPD-01/2023 ޕްރެކްޓިސް ޑައިރެކްޝަން 05 ފެބުރުވަރީ 2023 ގައި ނެރެފައިވެއެވެ. މި ޕްރެކްޓިސް ޑައިރެކްޝަންގެ މަޤުޞަދަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާގެ ދަށުން މުއްދަތު ގުނުމުގައި ޝަރުޢީ އެންމެހައި ކޯޓަކުން ޢަމަލުކުރާ ގޮތް އެއްގޮތްކުރުމެވެ. އެގޮތުން، ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ކަމުގައި، ޕްރެކްޓިސް ޑައިރެކްޝަންގެ 1 ވަނަ ޕެރެގްރާޕްގެ (ހ) ގައި ބަޔާންވެފައިވެއެވެ. ހުށަހެޅިފައި މިވާ މައްސަލަ ފަދައިން ހުށަހެޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކުގައިވެސް މި އުސޫލު ތަތުބީގު ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
10HN5HN6މަދަނީ އިޖުރާއަތުގެ ޤާނޫނާއި، އަދި އެހެން ޤާނޫނަކާވެސް ފުށުނާރާ ފަދައިން ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން އިން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާ ބަޔާންވެދިޔަ ފަދައިން މާނަކޮށް، އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ބަންދު ދުވަސް ހިމެނޭގޮތަށް އޮންނަ އޮތުމަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ އުސޫލާ ޚިލާފަށް ހަނިކުރެވޭ ހަނިކުރެވުމެއް ކަމުގައި ނުބެލެވެއެވެ. ސަބަބަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ސާފު އިބާރާތުން ހަތް ދުވަހަށް ވުރެ ކުރު މުއްދަތުގައި ދުވަސް ގުނުމުގައި ބަންދު ދުވަސްތައް ނުހިމަނައި މުއްދަތު ގުނާނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަކީ، އެނޫން ދިގު މުއްދަތުތަކުގައި ތަތުބީގު ކުރެވޭ އުސޫލެއް ނޫންކަން އެ މާއްދާއަށް ބެލުމުން އެނގެން އޮތް ހިނދު، މި އެންމެހައި ކަންކަން ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ކަމުގައިވާތީއެވެ. އަދި ޤާނޫނުއަސާސީއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤަކީ އެއްވެސް ގައިދުކުރުމެއް، މުއްދަތެއް، ކަނޑައެޅުމެއްނެތި ލިބިދެވޭ ޙައްޤަކަށް ނުވާތީއެވެ.
11އެހެންކަމުން އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމުގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް، އެ ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ފެނެއެވެ.
5. ނިންމުން
އިސްވެ ބަޔާންދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/59 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)
ޙުސްނުއްސުޢޫދު
11 ރަޖަބް 1445
22 ޖަނަވަރީ 2024
ފުޓްނޯޓު
- ޤާނޫނު ނަންބަރު 32/2021
- ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/05 އާއި ނަންބަރު 2023/SC-HCL/21 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް"
- ސުޕްރީމް ކޯޓުގެ ނަންބަރު SCPD-01/2023 ޕްރެކްޓިސް ޑައިރެކްޝަން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 424 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 424 ވަނަ މާއްދާގެ (ހ) ގެ (2)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 425 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދު ގެ 37 ވަނަ މާއްދާގެ (ހ) (06 ޑިސެންބަރު 2022 ގެ ފުރަތަމަ އިސްލާޙާއެކު)
- ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ނަންބަރު SCPD-01/2023 (05 ފެބުރުވަރީ 2023) ގެ 1 ވަނަ ޕެރެގްރާފުގެ (ހ)
- ސުޕްރީމް ކޯޓުގެ 2023/SC-HCL/05
- ސުޕްރީމް ކޯޓުގެ 2023/SC-HCL/21
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.