ޢަޒީޒާ ޔޫސުފް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/35، 95-CR/INDIV/2023/171، 573/HMC/2022
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 30 މާރިޗު 2023 ގައި ނިންމި 573/HMC/2022 ގެ އިސްތިއުނާފު، މުއްދަތު ފަހަނަޅައި ދިޔަފަހުން ހުށަހެޅި ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/171 ގައި ބަލައިނުގަތެވެ. ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/35 ގައި ނިންމީ، މުއްދަތުގައި ހުށަނާޅާ މަޤުބޫލު ސަބަބެއް އެނގެން ނެތީތީ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށެވެ.
- ވާޤިޢާ
- ޢަޒީޒާ ޔޫސުފް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 573/HMC/2022 ގެ ޝަރީޢަތް ނިމުނުގޮތަށް ބިނާކޮށް 15 މޭ 2023 ގައި ހައިކޯޓަށް އިސްތިއުނާފު ހުށަހެޅިއެވެ. ޝަރީޢަތް ނިމުނުގޮތަށް ބިނާކޮށް އިސްތިއުނާފުކުރާނަމަ ހުށަހަޅަންޖެހުނީ 30 އޭޕްރީލް 2023 ގެ ނިޔަލަށެވެ. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އޭނާ އެދުނީ 30 ދުވަހުގެ މުއްދަތު ފާއިތުވި ފަހުން، 10 މެއި 2023 ގައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާއަށް ބިނާކޮށް ހައިކޯޓަށް ކުރާ އިސްތިއުނާފު ހުށަހަޅަންޖެހޭ މުއްދަތާއި، އެ މުއްދަތު ގުނާއިރު ބަންދު ދުވަސްތައް ހިމެނޭތޯއާއި، 30 ދުވަހުގެ މުއްދަތު ފާއިތުވި ފަހުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފުގެ މުއްދަތު ގުނަން ފަށާނީ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޢަޒީޒާ ބުނީ، ހައިކޯޓުން އިސްތިއުނާފުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށާއި ދަށު ކޯޓުންވެސް އެގޮތަށް މަޢުލޫމާތު ދިން ކަމަށާއި، އެކަން ދަލާލަތުކުރާ ހައިކޯޓުގެ ވެބްސައިޓުގެ ލިންކާއި ސްކްރީންޝޮޓް ހުށަހެޅި ނަމަވެސް، ހުށަހަޅާ ދަލީލުތައް ވަޒަންކުރަންޖެހޭ ކަމަށް އަޙުމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ([2021] SC 30) ގައިވާ އުޞޫލަށް ރިޢާޔަތްނުކޮށް ހައިކޯޓުން މައްސަލަ ނިންމި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފުކުރަންވީ ނިންމާތާ 30 ދުވަހުގެ ތެރޭގައެވެ. ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ ފުރަތަމަ އިސްލާޙާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާއަށް ބަލާއިރު، މި މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އިސްތިއުނާފު ހުށަހެޅީ މުއްދަތު ފާއިތުވި ފަހުންނެވެ. ރިޕޯޓަށް އެދުނީވެސް 30 ދުވަސް ފާއިތުވި ފަހުން ކަމަށްވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ތަޠުބީޤުކުރާނެ ޙާލަތެއް މެދުވެރިވެފައި ނުވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 573/HMC/2022 ގެ އިސްތިއުނާފު މުއްދަތު ފަހަނަޅައި ދިޔަފަހުން ހުށަހެޅުނީތީ ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން (95-CR/INDIV/2023/171) ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/35 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދަށުކޯޓުން މައްސަލަ ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. އެ މާއްދާގެ (ނ) ގެ ދަށުން ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފުކުރެވޭނީވެސް މި މުއްދަތުގެ ތެރޭގައެވެ.
HN2 ހައިކޯޓަށް އިސްތިއުނާފުކުރުމުގެ 30 ދުވަހުގެ މުއްދަތު ގުނާނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ ފުރަތަމަ އިސްލާޙާ އެއްގޮތަށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
HN3 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައި ނުވާނަމަ، އެ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ.
HN4 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ މުއްދަތު ފާއިތުވި ފަހުން ކަމުގައިވާނަމަ، އެ މާއްދާގެ (ށ) ތަޠުބީޤުކުރާނެ ޙާލަތެއް މެދުވެރިވެފައި ނުވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު، އަޒްމިރާލްދާ ޒާހިރު، މުޙައްމަދު އިބްރާހީމް (ރިޔާސަތު)
- ރިޔާސަތު
- މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2023/SC-HCL/21
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/90
ހުށަހެޅުނު ތާރީޚު: 20 ޖުލައި 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޢަޒީޒާ ޔޫސުފް
ޢާންމު ނަން: ޢަޒީޒާ
ދާއިމީ އެޑްރެސް: ހުޅުމާލެ ފްލެޓް ނަންބަރު 05-3-1، މާލެ
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް ނަންބަރު 05-3-1، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/35
ހުށަހެޅުނު ތާރީޚު: 24 މެއި 2023
ނިމުނު ތާރީޚު: 18 ޖޫން 2023
4. ހުށަހެޅިފައިވާ މައްސަލަ
130 މާރިޗު 2023 ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 573/HMC/2022 ގަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ޢަޒީޒާ ޔޫސުފްގެ ފަރާތުން 15 މޭ 2023 ގައި ހުށަހަޅާފައިވެއެވެ.
2ޢަޒީޒާ ޔޫސުފްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ "ޝަރީޢަތް ނިމުނުގޮތް" އަށް ބިނާކޮށް ކަމަށް ވާތީ އާއި، "ޝަރީޢަތް ނިމުނުގޮތް" އަށް ބިނާކޮށް މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާނަމަ 30 އޭޕްރީލް 2023 ގެ ނިޔަލަށް ހުށަހަޅަންޖެހޭއިރު، ޢަޒީޒާ ޔޫސުފްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ އެ މުއްދަތު ފަހަނަޅައި ދިޔަފަހުން ކަމުގައިވާތީ، އިސްތިއުނާފު މައްސަލަ ބަލައިގަނެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2023/171 "ރަޖިސްޓްރާރ ގެ ނިންމުން" އިން ނިންމާފައި ވެއެވެ.
3މި ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ޢަޒީޒާ ޔޫސުފްގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 35/HC-RM/2023 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އިން ނިންމާފައި ވަނީ، އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތުގައި މައްސަލަ ހުށަހެޅިފައި ނުވާ މަޤުބޫލު ސަބަބެއް އެނގެން ނެތަތީ، ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށެވެ.
4މިއީ، ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު 35/HC-RM/2023 ނިންމުން ޢަޒީޒާ ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލައިގައި ނިންމި ގޮތެވެ.
5މައްސަލަ އިސްތިއުނާފު ކުރަމުން ޢަޒީޒާ ޔޫސުފްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ކަމަށާއި، މިފަދައިން ދަށު ކޯޓުން ވެސް މަޢުލޫމާތު ދީފައިވާތީ އެކަމަށް ބަރޯސާ ވެފައިވާ ކަމަށެވެ. އަދި މިކަން ދަލާލަތު ކޮށްދޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވެބްސައިޓުގެ ލިންކާއި ސްކްރީންޝޮޓް ހުށަހެޅި ނަމަވެސް އެއަށް ރިޢާޔަތް ކުރުމަކާ ނުލައި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އަޙުމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޟިއްޔާގައި، ޙުކުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމުގެ ވާޖިބުގެ ތެރޭގައި ހުށަހެޅިފައިވާ ދަލީލުތައްވެސް ވަޒަން ކުރެވެންވާނެ ކަން އެނގެން އޮންނަ އުސޫލަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށެވެ.
6HN1HN2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދަށުކޯޓުން މައްސަލަ ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައިއެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފު ކުރެވިދާނެކަން އެ މާއްދާގެ (ނ) އަށް ބެލުމުން އެނގެއެވެ. 06 ޑިސެންބަރު 2022 ގައި ގެޒެޓް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ ފުރަތަމަ އިސްލާޙަށް ބެލުމުން، މި މުއްދަތު ގުނާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަންދު ދުވަސްތައް ހިމަނައިގެންކަން އެނގެއެވެ. ހުށަހެޅިފައިވާ މި މައްސަލައިގައި ޢަޒީޒާ ޔޫސުފްގެ ފަރާތުން ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށް މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ ބަޔާންވެދިޔަ 30 (ތިރީސް) ދުވަހުގެ މުއްދަތު ފާއިތުވި ފަހުން 15 މޭ 2023 ގައެވެ.
7HN3HN4މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން، އެ މާއްދާގެ (ހ) ގައިވާ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. ޢަޒީޒާ ޔޫސުފްގެ ފަރާތުން ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް އެދިފައި ވަނީ، އެ މާއްދާގެ (ހ) ގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ މުއްދަތު ފާއިތުވިފަހުން 10 މެއި 2023 ގައި ކަން އިސްތިއުނާފު ފޯމަށް ބެލުމުން އެނގެއެވެ. އެހެންކަމުން މި މައްސަލައަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ތަޠުބީޤު ކުރާނެ ޙާލަތެއްވެސް މެދުވެރިވެފައި ނުވެއެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/35 "ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޒްމިރާލްދާ ޒާހިރު
މުޙައްމަދު އިބްރާހީމް (ރިޔާސަތު)
ޙުސްނުއްސުޢޫދު
27 މުޙައްރަމް 1445
14 އޮގަސްޓު 2023
ފުޓްނޯޓު
- [2021] SC 30
- ޤާނޫނު ނަންބަރު 32/2021
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ނ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 424 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ ފުރަތަމަ އިޞްލާޙު (06 ޑިސެންބަރު 2022 ގައި ގެޒެޓްކުރި)
- ސުޕްރީމް ކޯޓުގެ [2021] SC 30 (އަޙުމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.