ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/SC-HCL/07, 2025/SC-L/37

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ ވ. ޢާއިޝަތު ޢަބްދުﷲ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ޖޫން 2025ދަށު ކޯޓު: ހައިކޯޓު HC-IH/2025/03ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2025/03، 2023-RIC-CIV-542
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޢާއިޝަތު ޢަބްދުﷲ ހުށަހެޅި ދަޢުވާއެއްގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ 2023-RIC-CIV-542 ގައި 17 ޑިސެމްބަރު 2024 ގައި ޙުކުމްކުރީ، ދަޢުވާގައި ބުނާ ބިމުގެ ބަދަލު އެއް މަސް ދުވަހުގެ ތެރޭގައި ދިނުމަށް ކައުންސިލަށް އަމުރުކޮށެވެ. މުއްދަތު ފާއިތުވުމަށްފަހު އެދުނު އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ފަނޑިޔާރުން HC-IH/2025/03 ގައި ނުދިނެވެ.
ވާޤިޢާ
ހުދުކަނީރުގޯޅި މަގު ހެދުމުގައި ގޮގޮރެސްމާގެއިން ކެފިގެންދިޔަ ބިމަށް ބަދަލު ހޯދުމަށް ދަޢުވާކުރިއެވެ. ޙުކުމްކުރީ 17 ޑިސެމްބަރު 2024 ގައެވެ. ރިޕޯޓަށް 19 ޑިސެމްބަރު 2024 ގައި އެދި، ކޯޓުން 26 ޑިސެމްބަރު 2024 ގައި ރިޕޯޓު ޙަވާލުކުރިއެވެ. އިސްތިއުނާފުގެ މުއްދަތު ފާއިތުވުމަށްފަހު، 23 ޖަނަވަރީ 2025 ގައި ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިސްތިއުނާފުގެ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުގައި، ޙުކުމްކުރެވުނުތާ 10 ދުވަހުގެ ތެރޭގައި ލިބުނު މައްސަލައިގެ ރިޕޯޓު ލަސްވުމާއި، މައްސަލަ ޙަވާލުކޮށްފައިވާ ކައުންސިލުގެ މުވައްޒަފަކު ބަލިވުމަކީ، މުއްދަތުގައި އިސްތިއުނާފު ހުށަނޭޅުނުކަމަށް ބުނާ އެކަށީގެންވާ މަޤުބޫލު ސަބަބުތަކެއްތޯއާއި، ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކައުންސިލުން ބުނީ، މުއްދަތުގައި އިސްތިއުނާފު ހުށަނޭޅުނީ މައްސަލައިގެ ރިޕޯޓު ލިބުނީ 31 ޑިސެމްބަރު 2024 ގައި ކަމަށްވާތީއާއި، މައްސަލަ ޙަވާލުކޮށްފައިވާ މުވައްޒަފަށް ބޭސް ފަރުވާއަށް ރަށުން ބޭރަށް ދާން ޖެހުނީތީ ކަމަށެވެ. ހައިކޯޓުން ހުއްދަ ނުދިނީ، އަމިއްލަ ބާރު ނުފޯރާ ސަބަބެއް މެދުވެރިވިކަން އެނގޭނެ ލިޔެކިޔުމެއް ހުށަނާޅާތީއެވެ.
ކޯޓުގެ ސަބަބުތައް
ޙުކުމްކުރެވުނުތާ 10 ދުވަހުގެ ތެރޭގައި މައްސަލައިގެ ރިޕޯޓު ކައުންސިލަށް ލިބިފައިވާކަން އެނގެއެވެ. އަދި ކައުންސިލުގެ މުވައްޒަފަކު ބަލިވުމަކީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓުމެއް އަންނަންޖެހޭ ކަމެއްކަމަށް ޤަބޫލުނުކުރެވެއެވެ. އެހެންކަމުން ކައުންސިލުން ބުނާ ސަބަބަކީ އެކަށީގެންވާ މަޤުބޫލު ސަބަބެއްކަމަށް ނުބެލެވޭތީ، ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ 2023-RIC-CIV-542 ގެ ޙުކުމް އިސްތިއުނާފުގެ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ HC-IH/2025/03 ގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޙުކުމްކުރެވުނުތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލައިގެ ރިޕޯޓު އިސްތިއުނާފުކުރަން އެދޭ ފަރާތަށް ލިބިފައިވާއިރު، މައްސަލައިގެ ރިޕޯޓު ލިބުނު ލަސްވުމަކީ އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުނުކަމަށް ބުނާ އެކަށީގެންވާ މަޤުބޫލު ސަބަބެއްކަމަށް ނުބެލެވޭނެއެވެ.

HN2 ކައުންސިލުގެ މުވައްޒަފަކު ބަލިވުމަކީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓުމެއް އަންނަންޖެހޭ ކަމެއްކަމަށް ޤަބޫލުނުކުރެވޭތީ، މައްސަލަ ޙަވާލުކޮށްފައިވާ މުވައްޒަފުގެ ބަލި ޙާލަތުގެ ސަބަބުން އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުނުކަމަށް ބުނުމަކީ އެކަށީގެންވާ މަޤުބޫލު ސަބަބެއްކަމަށް ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު، މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2025/SC-HCL/07

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2025/SC-L/37

ހުށަހެޅުނު ތާރީޚު: 13 މޭ 2025

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ

ޢާންމު ނަން: ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ

ދާއިމީ އެޑްރެސް: ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ

މިހާރުގެ އެޑްރެސް: ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-IH/2025/03

ހުށަހެޅުނު ތާރީޚު: 23 ޖަނަވަރީ 2025

ނިމުނު ތާރީޚު: 13 އޭޕްރިލް 2025

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 1992 ވަނަ އަހަރު އޮފީސް ފޯރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިން (އޯޕީޕީޑީ) ގެ ޕްލޭނާއި އެއްގޮތަށް ޏ. ފުވައްމުލައް، ހަނަފަސްގެއާއި ޏ. ފުވައްމުލައް، ގޮގޮރެސްމާގެއާ ދެމެދު ހުދުކަނީރުގޯޅި މަގު ހެދުމާއި ގުޅިގެން ޏ. ފުވައްމުލައް މާލެގަން، ގޮގޮރެސްމާގެ މަގަށް ދިޔަ ބިމާއި، މަގުގެ އިރު ދެކުނު ފަރާތަށް ގޮގޮރެސްމާގެއިން ކެފިގެންދިޔަ ބިން ލިބިގަތުމަށާއި، ގޮގޮރެސްމާގޭގެ ރަޖިސްޓްރީ ބާޠިލުކޮށް ގޮގޮރެސްމާގެ ގޯތިން އުނިކުރެވިފައިވާ ބައި ގޮގޮރެސްމާގެ ގޯތީގެ ރަޖިސްޓްރީގައި ހިމަނައި އަލުން ރަޖިސްޓްރީ ހަދައި ދިނުމަށް އެދި ފުވައްމުލައް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޏ. ފުވައްމުލައް، ގޮގޮރެސްމާގެ، ޢާއިޝަތު ޢަބްދުﷲގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2023-RIC-CIV-542 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ޙުކުމްކުރީ ދަޢުވާގައި ބުނާ ބިމުގެ ބަދަލު 28 އޮކްޓޫބަރު 2024 އިން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ޢާއިޝަތު ޢަބްދުﷲއަށް ދިނުމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށެވެ.

[2]4.2 ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ 17 ޑިސެމްބަރު 2024 ގައެވެ. މައްސަލައިގެ ރިޕޯޓު ހޯދުމަށް އެދިފައިވަނީ 19 ޑިސެމްބަރު 2024 ގައެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ފުވައްމުލައް ސިޓީ ކައުންސިލް މައްސަލައިގެ ރިޕޯޓު ޙަވާލުކޮށްފައިވަނީ 26 ޑިސެމްބަރު 2024 ގައެވެ. އަދި އިސްތިއުނާފުގެ މުއްދަތު ފާއިތުވި ފަހުން، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހަޅާފައިވަނީ 23 ޖަނަވަރީ 2025 ގައެވެ.

[3]4.3 ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުގެ މުއްދަތުގައި މި މައްސަލަ ހުށަހެޅިފައިނުވަނީ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ 31 ޑިސެމްބަރު 2024 ގައި ކަމަށްވާތީއާއި، މި މައްސަލަ އިސްތިއުނާފުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ މުވައްޒަފުގެ ސިއްޙީ ހާލަތުހުރި ގޮތުން ބޭސް ފަރުވާއަށް ރަށުން ބޭރަށް ދާންޖެހުމުގެ ސަބަބުންކަމަށެވެ.

[4]4.4 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅުމުން ނަންބަރު 2025/03/HC-IH "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" ގައި އެ މައްސަލަ ބެލި ފަނޑިޔާރުން ނިންމާފައިވަނީ، އިސްތިއުނާފުކުރުމުގެ މުއްދަތުގައި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފައިނުވަނީ އަމިއްލަ ބާރު ނުފޯރާ ސަބަބެއް މެދުވެރިވެގެންކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ހުށަހެޅިފައިނުވާތީ، އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށެވެ.

[5]4.5 މިއީ ބުނެވުނު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އިސްތިއުނާފުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެވެ.

[6]4.6 މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލަ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަނޭޅުނުކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބަޔާންކޮށްފައިވަނީ މައްސަލައިގެ ރިޕޯޓު ލިބުނު ލަސްވުމާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފަކު ބަލިވުމުންނެވެ. ނަމަވެސް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 542-RIC-CIV-2023 ޤަޟިއްޔާގައި ޙުކުމްކުރެވުނީ 17 ޑިސެމްބަރު 2024 ކަމުގައިވާއިރު، މައްސަލައިގެ ރިޕޯޓު މައްސަލައިގައި ޙުކުމް ކުރެވުނުތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފުވައްމުލައް ސިޓީ ކައުންސިލަށް ލިބިފައިވާކަން އެނގެންއޮވެއެވެ. މީގެ އިތުރުން މައްސަލަ ޙަވާލުކޮށްފައިވާ މުވައްޒަފުގެ ބަލި ޙާލަތުގެ ސަބަބުން މައްސަލަ ހުށަނޭޅުނުކަމަށް ބުނާއިރު، ކައުންސިލުގެ މުވައްޒަފަކު ބަލިވުމަކީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓުމެއް އަންނަންޖެހޭ ޤަބޫލުނުކުރެވޭތީ، އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުނުކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނާ ސަބަބަކީ އެކަށީގެންވާ މަޤުބޫލު ސަބަބެއްކަމަށް ބެލެވެންނެތެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު HC-IH/2025/03 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢަލީ ރަޝީދު ޙުސައިން

ޙުސައިން ޝަހީދު

މުޙައްމަދު އިބްރާހީމް

08 ޛުލްޙިއްޖާ 1446

04 ޖޫން 2025

ފުޓްނޯޓު

  1. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025/02/RIC-LS/195 (11 ފެބްރުއަރީ 2025)
  2. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 27/RIC/2024 "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކުރާ"
  3. ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފޯމު" ގެ 3 ވަނަ ނަންބަރު
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ