އޭ.އޭ.އޭ އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޔުނައިޓެޑް ފުޑް ސަޕްލަޔަރސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1575/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޕްރިންސިޕަލް 5,374,827.18 ރުފިޔާއާއި ޖޫރިމަނާ 3,394,074.10 ރުފިޔާ ހިމެނޭގޮތަށް 8,751,941.28 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
- ވާޤިޢާ
- ލިޔުމުން އެއްބަސްވުމެއް ނެތި އިންވޮއިސްތަކުގެ މައްޗަށް ވިޔަފާރި ކުރަމުން އައި ދެ ކުންފުންޏެއްގެ ތެރެއިން ގަތް ފަރާތުން 5,374,827.18 ރުފިޔާގެ އިންވޮއިސްތައް ނުދައްކައި، އިންވޮއިސްތަކުގައި 30 ދުވަސް ފަހުން ދުވާލަކަށް 0.5% ޖޫރިމަނާ ބަޔާންކޮށްފައި ހުއްޓެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރީގެ ބައެއް އިންވޮއިސްތަކުގެ ފައިސާ ޖޫރިމަނާއާނުލައި ބަލައިގަތުމަކީ، ކޮންމެ އިންވޮއިސެއްގައި ލިޔުމުން ބަޔާންކޮށްފައިވާ ޖޫރިމަނާ (ދުވާލަކަށް 0.5%) ދާއިމީގޮތުން މަޢާފުކުރުމެއް/ޤަބޫލުކުރުމެއްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 އާއި 9 ވަނަ މާއްދާގެ ދަށުން ބެލެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ 2015 ގައި ބައެއް އިންވޮއިސްތަކުގެ ފައިސާ ޖޫރިމަނާއާނުލައި ބަލައިގަތުމަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 އާއި 9 ވަނަ މާއްދާގެ ދަށުން ޤަބޫލުކުރުމެއް ކަމަށެވެ. ރައްދުވި ފަރާތުން ބުނީ ބައެއް އިންވޮއިސްތަކުގެ ޖޫރިމަނާ މާފުކުރުމަކީ ދެން ކުރާ މުޢާމަލާތްތަކުގައިވެސް މާފުކުރަން ލާޒިމުވާ ކަމެއް ނޫން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކޮންމެ މުޢާމަލާތެއް ވަކިން ބަލަންޖެހޭ؛ ދަޢުވާގައިވާ އިންވޮއިސްތަކުގެ ޖޫރިމަނާ މަޢާފުކުރިކަން ދައްކާފައި ނުވެ؛ ކުރީގެ މަޢާފަކީ ލިޔުމުން ބަޔާންކޮށްފައިވާ ޖޫރިމަނާ ދާއިމީކޮށް ނަފީކުރާ ކަމެއް ނޫނެވެ.
ނިންމުން
ނިންމި ގޮތް ލިޔުމުގައި ނުފެނޭ (ތަޙުލީލު އިސްތިއުނާފުކުރި ފަރާތުގެ…ނިންމި ގޮތް ލިޔުމުގައި ނުފެނޭ (ތަޙުލީލު އިސްތިއުނާފުކުރި ފަރާތުގެ ނުކުތާއާ ދެކޮޅަށް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވިޔަފާރީގެ ކޮންމެ މުޢާމަލާތަކީ ޢާންމު އުޞޫލަކުން އަނެއް މުޢާމަލާތާ ވަކިން މުސްތަޤިއްލުކޮށް ބަލަންޖެހޭ މުޢާމަލާތެއް ކަމަށާއި، އެއް ފަރާތްތަކުގެ ދެމެދުވެސް ތަފާތު މުޢާމަލާތް ތަފާތު ޓާމްސްތަކުގެ މައްޗަށް ހެދިދާނެއެވެ.
HN2 ވިޔަފާރީގެ މުޢާމަލާތްތަކުގައި ހިމެނޭ ކަންކަން، ޕާޗޭސް އޯޑަރާއި އިންވޮއިސް ފަދަ ސްޓޭންޑަޑް ފޯމްތަކުގެ މައްޗަށް ވެވޭ އެއްބަސްވުންތަކުގައިވެސް، ތަރުޖަމާކުރަންވާނީ މިނިވަން ވިޔަފާރިއަށް ހުރަސް ނޭޅޭނެ ގޮތަށެވެ.
HN3 ކުރީގެ މުޢާމަލާތެއްގައި ޖޫރިމަނާ މަޢާފުކޮށްދިނުމަކީ، ފަހުގެ މުޢާމަލާތެއްގައި ލިޔުމުން ސީދާ ޖޫރިމަނާ ބަޔާންކޮށްފައިވާއިރު، ތާއަބަދަށް ޖޫރިމަނާ މަޢާފުވުމުގެ ހުއްދައެއްކަމަށް ބެލުމަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ގޮތެއް ނޫނެވެ.
HN4 ޖޫރިމަނާ މަޢާފުކުރުމާއި ދެމެހެއްޓުމަކީ އެ ޝަރުޠު ހިމެނި ފަރާތަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށާއި، ވަކި އިންވޮއިސަކާ ގުޅޭ ޖޫރިމަނާ ބަހުން، ލިޔުމުން ނުވަތަ ޢަމަލުން (ޖޫރިމަނާއާނުލައި ފައިސާ ބަލައިގަތުމުން) މަޢާފުކުރެވިދާނެ ނަމަވެސް، އެ މަޢާފަކީ އެ އިންވޮއިހާ ސީދާ ގުޅޭ ކަމެކެވެ.
HN5 ދަޢުވާގައި ހިމެނޭ އިންވޮއިސްތަކާ ގުޅޭ ޖޫރިމަނާ މަޢާފުކޮށްފައިވާކަން ސާބިތުކުރުމަކީ އެކަން ބުނާ ފަރާތުގެ ޒިންމާއެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: (މިރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު
ޙުސައިން ޝަހީދު ތާއީދުކުރައްވައެވެ.)
ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1575 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އޭ.އޭ.އޭ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޓަށޯ ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ޔުނައިޓެޑް ފުޑް ސަޕްލަޔަރޒ ޕްރައިވެޓް ލިމިޓެޑް އެ ވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
2އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާގައި ބުނެފައިވަނީ: "މއ ދަޢުވާކުރީ ފަރާތުން ދަޢުވާލިބޭ ފަރާތަށް، އެކި ފަހަރު މަތިން ވިއްކާފައިވާ މުދަލަށް ކޮށްފައިވާ އިންވޮއިސްއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، އެ އިންވޮއިސްތަކަށްވާ ޖުމްލަ ޢަދަދު ކަމަށްވާ MVR5,374,827.18 (ފަސްމިލިއަން ތިންލައްކަ ހަތްދިހަހަ ތަރުހާސް އަށްސަތޭކަ ހަތާވީސް ދިވެހި ރުފިޔާ އަށާރަ ލާރި) އާއި އިންވޮއިސްތަކުގައިވާ ތާރީޚަށް ފައިސާ ދައްކާފައިނުވާތީ އެއިގެ ތެރެއިން ބައެއް އިންވޮއިސްތަކުގައިވާ ގޮތުގެ މަތިން ޖޫރިމަނާ/ ޝަރުތު ޖަޒާއީގެ ގޮތުގައި ފައިސާ ދައްކަންޖެހޭ ތާރީޚުން ފެށިގެން ފައިސާ ދައްކާ ޚަލާޞްކުރަންދެނ ދުވާލަކަށް އިންވޮއިސްތަކުގައިވާ ޢަދަދުތަކުގެ 0.5% (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ދަޢުވާލިބޭ ފަރާތުގެ އަތުން ހޯދުމަށް އެދި ކުރާ ދަޢުވާއެކެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ. ރަޖިސްޓްރީ ނަންބަރު 28/2007-C ރަޖިސްޓްރީ ނަންބަރު 714/2007-C ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7ވަނަ ނަންބަރު
3އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، ޔުނައިޓެޑް ފުޑް ސަޕްލަޔަރޒ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު -C 714/2007) ގެ ފަރާތުން އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 28/2007-C) އަށް އެކިފަހަރުމަތިން ވިއްކާފައިވާ މުދަލަށް ފައިސާ ހޯދުމަށްޓަކައި ފޮނުވާފައިވާ އިންވޮއިސްތަކުގައިވާ ޖުމްލަ 5,374,827/18ރ. (ފަސް މިލިއަން ތިންލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ ހަތާވިސ ރުފިޔް އަށާރަ ލާރި) ދައްކާފައިނުވާކަމަށްބުނެ، އެ ފައިސާ ނުލިބި ލަސްވާ ކޮންމެ ދުވަހަކަށް އިންވޮއިސްތަކުގައި ވާފަދައިން 0.5% (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ޖޫރިމަނާއާއެކު ލިބިގަތުމަށް އެދި ޔުނައިޓެޑް ފުޑް ސަޕްލަޔަރޒ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި، ދަޢުވާލިބޭ ފަރާތަކީ ދަޢުވާކުރާ ފަރާތާއެކު ވިޔަފާރި ކުރަމުންދާ ފަރާތެއްކަމަށާއި، ދަޢުވާކުރާ ފަރާތުން އިންވޮއިސްތަކަށް ވަކި މުއްދަތެއްގެކުރިން ފައިސާ ދައްކަން ޝަރުތުކޮށްފައިނުވާކަމަށާއި، އިންވޮއިސްތަކަށް ފައިސާ ދައްކަމުން ގޮސްފައިވަނީ ވަކި މުއްދަތަކަށް ބަލައިގެން ނޫންކަމަށާއި، އިންވޮއިސްގައި 30 ދުވަސް ހިމަނައިގެން 0.5% (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ޖޫރިމަނާ ކުރަންފެށީ ދެފަރާތުގެ މެދުގައި އެއްބަސްވުމެއްނެތި އެއްވެސް މަޝްވަރާއެއް ކުރުމަކާނުލައިކަމަށާއި، 30 ދުވަސް ހަމަވެފައިވާ ބައެއް އިންވޮއިސްތަކުގެ ފައިސާ 2015މ ގެ ފަހުންވެސް ބަލައިގެންފައިވަނީ ޖޫރިމަނާ އެކުގައިކަމަށް ނުވާއިރު ދަޢުވާގައިވާ އިންވޮއިސްތަކުގެ ފައިސާ ޖޫރިމަނާ އާއެކު ދެއްކުމަށް ދަޢުވާ ކޮށްފައިވާތީ މި ދަޢުވާއަކީ ހޮޔެނިޔަތުގައި ކޮށްފައިވާ ދަޢުވާއެއްކަމުގައި ދަޢުވާލިބޭ ފަރާތުން ނުދެކޭކަމަށާއި، ބައެއް އިންވޮއިސް ލިބިފައިވާކަން އެނގެން ނެތްކަމުގައިބުނެ ދަޢުވާއަށް އިންކާރުކޮށްފައިވާކަމާއަ، ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކާބޯތަކެތީގ ބާވަތްތަކުގެ މުދާ ދަޢުވާލިބޭ ފަރާތަށް ފޯރުކޮށްދީފައިވާކަމާއި، އެ މުދަލަށް އިންވޮއިސް ފޮނުވި ފައިސާ ނުލިބިވާ އިންވޮއިސްތަކުގެ ޕްރިންސިޕަލް ޢަދަދެއްގެ ގޮތުގައި 5,374,827/18ރ. (ފަސްމިލިއަން ތިންލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ ހަތާވީސް ރުފިޔާ އަށާރަ ލާރި) ވާކަން އިންވޮއިސްތަކާއި، ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާކަމަށް ބެލެވޭ އީމެއިލްތަކާއި، ސްޓޭޓްމަންޓް އޮފް އެކައުންޓްސް އިން އެނގެން އޮންނަކަމާއި، އިންވޮއިސްގައި އެއްވެސް މައްސަލައެއް ވާނަމަ ވަކި މުއްދަތެއްގެ ތެރޭގައި ދަޢުވާކުރާ ފަރާތަށް އެންގުމަށް ބަޔާންކޮށްފައިވާއިރު ދަޢުވާލިބޭ ފަރާތުން އެފަދަކަމެއް ފާހަގަކޮށް އަންގާފައި ނުވާކަމާއި، ދެފަރާތުގެ މެދުގައި ބަދަ ލުކޮށްފައިވާ އީމެއިލް ތަކަށް ބެލުމުން އިންވޮއިސްތަކަށް ދަޢުވާލިބޭ ފަރާތުން ކުރިން އިންކާރުކޮށްފައި ނުވާކަމާއި ހަމައެކަނި އަރާފައިވާ އޮޅުމަކީ އެއް ޕާރޗޭސް އޯޑަރަކަށ ދެފަހަރަށް އިންވޮއިސް ކުރެވިފައިވުންކަމާއި އިތުރު އެއްވެސް އޮޅުމެއް ނެތި ދެފަރާތުގެ ފޮތްތައް ދިމާވާކަމުގައި ބަޔާންކޮށްފައިވުމުން ހުރިހާ އިންވޮއިސްތައް ދަޢުވާލިބޭ ފަރާތައް ލިބިފައިވާކަމުގައި ބަލަންޖެހޭކަމާ އ، މުދާ ގަނެވިއްކުމުގައި މުދާ ގަންނަ ފަރާތަށް މުދާ ފޯރުކޮށްދިނުމަށްފަހު އިންވޮއިސް ފޮނުވައި އިންވޮއިސް އާމެދު އެއްވެސް އިޢުތިރާޟެއް އޮތްނަމަ އކަނެ އެންގުމަށް ފުރުޞަތު ދިނުމާއެކު އިންވޮއިސްގައިވާ ފައިސާ ދައްކަން ދެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އިންވޮއިސްގައިވާ ގޮތުގެމަތިން ޖޫރިމަނާވާގޮތަށް ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ކޮށްފައިވާ މި މުޢާމަލާތުގައި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ އާއި، 8 ވަނަ މާއްދާގެ
(ހ) އާއި (ނ) އަށް ރިޢާޔަތްކުރާއިރު ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއް ޤާއިމްވެފައިވާކަން އެނގެން އޮންނަކަމާއި 2015މ. ގައި ބައެއް އިންވޮއިސްތަކަށް ފައިސާ ބަލައިގަތުމުގައި ޖޫރިމަނާގެ ފައިސާ ނަގާފައި ނުވުމަކީ އެ އިންވޮއިސްތަކުގައިވާ ޖޫރިމަނާގެ ފައިސާ ލިބިގަތުމުގައި ޖޫރިމަނާ ފައިސާ ނަގާފައި ނުވުމަކީ އެ އިންވޮއިސްތަކުގައިވާ ޖޫރިމަނާގެ ފައިސާ ލިބިގަތުމުގެ ޙައްޤު ދޫކޮށްލުން ކަމުގައި ބެލެވުނުކަމުގައިވިޔަސް ދަޢުވާ ބިނާކޮށްފައިވަނީ ދައްކާފައިވާ އިންވޮއިސްތަކުގެ މައްޗަށް ނޫންކަމާއި، ދަޢުވާގައި އެދިފައިވާ އިންވޮއިސްތަކުގެ ޕްރިންސިޕަލް ޢަދަދު ދައްކާފައިވާކަން އެނގެން ނެތުމުން އެ އިންވޮއިސްތަކުގެ ޖޫރިމަނާ ލިބިގަތމަށު އޮތް ޙައްޤު ދަޢުވާކުރާ ފަރާތުން ދޫކޮށްލިކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވުން ނެތްކަމާއި، ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ނަގައިދެވޭނެ ބަދަލަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޮންޓްރެކްޓާއި ޚިލާފްވުމުގެ ސަބަބުން ސީދާ ލިބޭނެ ގެއްލުމަކަށް ނުވަތަ ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމަކަށް ވާންޖެހޭއިރު ހަމައެކަނި ކޮންޓްރެކްޓްގައި ޢަދަދެއް ނުވަތަ ނިސްބަތެއް ހިމަނާލުމަކުން ނުފުދޭކަމާއި، ލިބިގަތުމަށް އެދޭ ގެއްލުމުގެ ބަދަލަކީ ޚިޔާލީ )maginary of HypothesisI( ޢަދަދަކަށް ވެގެން ނުވާނެކަމާއި، އެ ޢަދަދަކީ އަސްލުގައިވެސް ވެފައިވާ ގެއްލުމަކަށް )Actual Loss( ނުވަތަ ޢާއްމު ސިކުނޑި )Reasonable Mind( އަށް ޤަބޫލުކުރެވޭ ވިޔަފާރީގެ ޢާއްމު މިންގަނޑަށް ފެތޭ ގެއްލުމުގެ ޢަދަދަކަށް ވާންޖެހޭނެކަމާއި، އިސްލާމީ ޝަރީޢަތަކީ މީސްތަކުންނަށް ލިބެމުންދާ ޖިނާޢީ އަދި މަދަނީ އެންމެހައި އަނިޔާއިން ސަލާމަތްކޮށްދީ އިންސާފު ޤާއިމުކޮށް މުޖުތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ނިޡާމެއ ކަމުގައް ވެފައި އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ކަނޑައެޅުއްވުމުގައި އިންސާނުންގެ ފިޠުރަތަށާއި، ކެރިކުޅަދާނަކަމަށް ބެލވިފައެ ވާކަމާއި، ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގް ނަންބަރު A/16-SC/2015 ޤަޟިއްޔާގައި ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އަސްލު ޒިންމާއަށްވުރެ ޖަޒާއީ ޝަރުތުގެ ދަށުން ނެގޭ ބަދަލުގެ މިންވަރު ބޮޑުވާނަމަ މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ޤާނޫނުތަކާއި ކޯޓުތަކުގެ ނިންމުންތަކުން އެކަން މަނާކުރުމުގައި ފާހަގަކުރައްވާފައިވާކަމާއި، ޖަޒާއީ ޝަރުތުގެ ދަށުން ނަގައިދެވޭ ބަދަލަކީ ޝަރުޢީ އަޞްލަކާ ޚިލާފުނޫން ބަދަލަކަށް ވާންޖެހޭނެކަމާއި، އެ ބަދަލަކީ ތަޢައްސުފުކޮށް ނެގޭ ލިބިދާނެކަމަށް ބެލެވޭ ހަޤީޤީ ގެއްލުމަކާ ނުވަތަ ފައިދާވެދާނެ މަޞްލަޙަތަކީ ނުވަތާ ފައިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެން މާބޮޑު ބަދަލަކަށް ވާނަމަ އެއީ ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެކަމާއި، އެފަދަ ބަދަލު ނެގުމަށް ޝަރުތުކުރުމަކ އިސްލާމީ ޝަރީޢަތުގެ ނައްޞުން ހަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައިމީހުންގެ ރުހުމަކާނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެކަމުގައި އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، ހުށަހެޅިފައިވާ ދަޢުވާގައި ނަގައިދިނުމަށް އެދިފައިވާ ޖޫރިމަނާގެ މިންވަރަކީ ދުވާލަކަށް 0.5% (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ކަމާއި، މިއީ ވިޔަފާރީގެ މާހައުލުގައި ބަލައިގަނެވޭނެ ވަރުގެ ނިސްބަތެއްކަމާއ އަދި ދައްކަންޖެހި އިންވޮއިސްތަކުގެ ޕްރިންސިޕަލް ޢަދަދަށް ވުރެން އެދިފައިވާ ޖޫރިމަނާގެ މިންވަރު ކުޑަކަމާއި، އެއްވެސް ބަދަލަކާނުލައި އިންވޮއިސްތަކުގެ ހަމައެކަނި ޕްރިންސިޕަލް ޢަދަދު ދަޢުވާކުރާ ފަރާތަށް ނަގައި ދިނުމަކީ ދަޢުވާކުރާ ފަރާތަށް ވެވޭ ނާއިންސާފެއްކަމާއި އެހެނީ އިންވޮއިސތަކުގައިވް ޕްރިންސިޕަލް ޢަދަދު 30 ދުވަހުގެ މުހުލަތުގެ ތެރޭގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދެއްކި ނަމަ އެ ފައިސާއިން ވިޔަފާރިކޮށް ނަފާ ހާސިލްކުރުމުގެ ފުރުޞަތު ދަޢުވާކުރާ ފަރާތަށް ލިބުނީސްކަމާއި، އެހެންކަމުން ދަޢުވާކުރާ ފަރާތުން އެދިފައިވާ ޖޫރިމަނާގެ ބަދަލަކީ ތަޢައްސުފުކޮށް ނެގޭ ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފައިދާވެދާނެ މަޞްލަޙަތަކީ ނުވަތާ ފައިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަކަށްވުރެ މާބޮޑު ބަދަލެއްކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެންނެތްކަމާއި، އެހެންކަމުން ޔުނައިޓެޑް ފްޑް ސަޕްލަޔަރޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެކިފަހަރުމަތިން ވިއްކާފައިވާ މުދަލަށް ފައިސާ ހޯދުމަށްޓަކައި ފޮނުވާފައިވާ އިންވޮއިސްތަކުގައިވާ 5,374,827/18ރ. (ފަސްމިލިއަން ތިންލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ ހަތާވީސް ރުފިޔާ އަށާރަ ލާރި) އާއި، ފައިސާ ނުލިބި ލަސްވެފައިވާ އިންވޮއިސްތަކުގައި ވާފަދައިން 30 ޖޫން 2016މ. ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ކޮންމެ ދުވަހަކަށް 0.5% (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) އަށްވާ 3,394,074/10ރ. (ތންމިލިއަނި ތިންލައްކަ ނުވަދިހަ ހަތަރުހާސް ހަތްދިހަ ހަތަރެއް ރުފިޔާ ދިހަލާރި) އާއެކު ޖުމްލަ 8,751,941/28ރ. (އަށްމިލިއަން ހަތްލައްކަ ފަންސާސްއެއްހާސް ނުވަސަތޭކަ ސާޅިސް އެއްރުފިޔާ އަށާވީސްލާރި) އަކީ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޔުނައިޓެޑް ފުޑް ސަޕްލަޔަރޒ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، އިސްވެ ބުނެވިދިޔަ 8,751,941/28ރ. (އަށްމިލިއަން ހަތްލައްކަ ފަންސާސްއެއްހާސް ނުވަސަތޭކަ ސާޅިސް އެއްރުފިޔާ އަށާވީސްލާރި) ޔުނައިޓެޑް ފުޑް ސަޕްލަޔަރޒ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު (27 ފެބުރުވަރީ 2017މ.) ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތުގައި އެމަހަކަށް ޖެހޭ މިންވަރުގެ ފައިސާ މަދުވެގެން އެމަހަކު ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު -C 28/2007) އަށް އަންގައި ޙުކުމްކޮށްފީމެވެ. ] މިފަދައިންނެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
4ސިވިލް ކޯޓު ގެ ނަންބަރު C/2016-Cv/1575 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު އޭ.އޭ.އޭ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ. އެގޮތުން، އިސްތިއުނާފު ފޯމުގައި ބަޔާންކޮށް ހުށަހަޅާފައިވާ ނުކުތާތަކަކީ:
4.1 ދަޢުވާކުރި ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވާފައިވާ އިންވޮއިސްކަމަށ ބުން ޝަރީޢަތަށް ހުށަހެޅި ގިނަ އިންވޮއިސްތަކަކީ ދަޢުވާލިބޭ ފަރާތަށް ރައްދުވެފައިނުވާ އިންވޮއިސްތަކެއް ކަމުގައި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުން ޘާބިތުކަމާއިއެކ ބުނު އެ (ލިބިފައިނުވާ) އިންވއިސްތައޮ 28 ޑިސެންބަރު 2016 ގއ ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯ މުގެ 7ވަނަ ނަންބަރު ހުށަހެޅި ބަޔާނަކާއިއެކު (ޑޮކިއުމަންޓް 3 އަދި 4 ގެ ގޮތުގައި ) ހުށަހަޅާފައިވަނިކޮށް ދަޢުވާލިބޭ ފަރާތަށް ރައްދުކުރެވިފައނުވި އަދި ދަޢުވލިބާ ފަރާތުން ބަލައިގެންފައި ނުވާ އިންވޮއިސްތަކެއްގެ ފައިސާއާއި، އެ އިންވޮއިސްތަކުގެ ޖޫރިމަނާވެސ ދެއްކުމަށް ޙުކުމް ކުރެއްވުން، އެހެންކަމުން މިކަމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5ވަނަ މާއްދާގަ (ށ) 1 އާއި ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމުގައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
4.2 ދޢަ ވާކުރި ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވަމުންގެންދިޔަ އިންވޮއިސްތަކުގައި ޖޫރިމަނާ ހިމަނާފައިވީނަމަވެސް، އިންވޮއިސްގައި ބުނާ މުއްދަތުގެ ފަހުން ދަޢުވާލިބޭ ފަރާތުން ފައިސާ ދައްކަމުން ގެންދިޔައިރު ޖޫރިމަނާ ފައިސާ ނަގާފައި ނުވާއިރު، އެއީ ދަޢުވާކުރި ފަރާތުން ފަހުން ޤަބޫލު ކޮށްފައިވާ ޤަބޫލް ކުރުމެއްކަމުގައި ޤާނޫނީ ގޮތުން ބެލެވޭއިރުވެސ ސިވިލް ކޯޓުގް ނަންބަރު C/2016-Cv/1575 ޤަޟިއްޔާގައި ޖޫރިމަނާ ނަގައިދިނުމަށް ޙުކުމް ކުރައްވާފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމުގައިވާކަމށ ބުން ހުށެހެޅި ނުކުތަ އެވެ.
އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކަށް ބަދަލު ގެނައުން
5ޕްރިންސިޕަލްއަމައުންޓާމެދު ޚިލާފެއް ނެތްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އެފަރާތުގެ އިސްތިއުނާފީ ފުރަތަމަ ނުކުތާ އުނިކޮށްދިނުމަށެވެ. ބުނެވިދިޔަ ގޮތަށް، އިސްތިއުނާފީ ނުކުތާ އުނިކޮށް ދިނުމަށް އެދުނުއިރު، އިސްތިއުނާފު ފޯމާއި ގުޅިގެން އިސްތިއުނާފު ރައްދުވިފަރާތުން ވަނީ އެ ނުކުތާވެސް ހިމެނޭގޮތަށް ޖަވާބު ހުށަހަޅާފައެވެ.
6އިސްތިއުނާފުކުރާ ފަރާތުން އެދުނު އެދުން ކަށަވަރުކުރުމަށްފަހު، ޝަރީޢަތުން މި އިސްތިއުނާފީ ދަޢުވާ ދެން ކުރިއަށް ގެންގޮސްފައިވަނީ އެފަރާތުން އެދުނު ފަދައިން އިސްތިއުނާފު ފޯމުގެ ފރަތަމ އިސްތިއުނާފަ ނުކުތު އުނިކުރުމަށްފަހު ހަމައެކަނި ދެވަނަ އިސްތިއުނާފީ ނުކުތާގެ މައްޗަށެވެ. އެހެންކަމުން، މި ޤަޟިއްޔާގައި ވަނީ އެންމެ އިސްތިއުނާފީ ނުކުތާއެކެވެ.
އިސްތިއުނާފުކުރާފަރާތުން އެދޭގޮތް
7އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު C/2016-Cv/1575 ގެ ޤަޟިއްޔާ ނިންމެވުމުގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ބަލަންޖެހޭ ވަރަށް ބެލިފައިނުވާކަމާއި، މި ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން އެކަށީގެން ނުވާ ގެއްލުން ދަޢުވާ ލިބުނުފަރާތަށް ވެފައިވާކަމާއި، ސިވިލްކޯޓުގެ މި ޙުކުމަކީ ބަދަލުގެންނަންޖެހޭ ޙުކުމެއްކަމަށް ކަނޑައަޅުއްވައި، އިސްތިއުނާފުކުރި ފަރާތަށް ލިބިފައިނުވާ އިންވޮއިސްތަކާއި އަދި އިސްތިއުނާފުކުރި ފަރާތުން ޤަބޫލުކޮށްފައި ނުވާ އިންވޮއިސްތަކުގައި ހިމެނޭ ފައިސާއާއި، އަދި އެ އިންވޮއިސްތަކުގެ ޖޫރިމަނާ ފައިސާއަކީ އިސްތިއުނާފުކުރި ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭނެ ފައިސާ އެއް ނޫން ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަވައިދެއްވުން." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާއާ މެދު ދެފަރާތުގެ ޖަދަލާ ޖޫރިމަނާ ނަގައިދިނުމަށް ޙުކުމް ކށްފައިވަނޮ ޤާނޫނީ ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގ 8ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމަށް ބުނެ ހުށެހެޅި ނުކުތާ
8އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން ފޮނުވަމުން ގެންދިޔަ އިންވޮއިސްތަކުގައި 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ 0.5% ދުވާލަކަށް ޖޫރިމަނާ ވަމުން ދާނެކަމަށް އެ އިންވޮއިސްތަކުގައި ބަޔާންކޮށްފައި ވީނަމަވެސް އިސްތިއުނާފުކުރާ ފަރާތުން 2015 ވަނަ އަހަރުގެ 30 ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ އިންވޮއިސްތަކަށް ފައިސާ ދައްކަމުން ގެންދިޔައީ ޖޫރިމަނާ އާއި ނުލައިކަމާއި، އަދި އެކަމުގެ އެއްވެސް ޝަކުވާއެއް އިސްތިއުނާފުރައްދުވާ ފަރާތުން ކޮށްފައިނުވާއިރު، މިކަމަކީ އިސްތިއުނާފުރައްދުވާ ފަރާތުން ޤަބޫލުކޮށްފައިވާ ޤަބޫލުކުރުމެއްކަން ޤާނޫނީގޮތުން ބެލެވޭކަމަށެވެ. ކޮންޓްރެކްޓް ކުރެވުނު ފަހުން ކޮންޓްރެކްޓެއްގެ އެއްބައިވެރިޔަކު ހުށަހެޅުމެއް ހުށަހަޅައި ކޮންޓްރެކްޓްގެ އަނެއް އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު ބައިވެރިޔާ އެކަން ޤަބޫލުކޮށްފައިވާނަމަ، އެކަން ޤަބޫލުކުރެމެއ ކަމުގައް ޤާނޫނީގޮތުން ބެލެވޭކަމާއި، މިފަދަ ޤަބޫލުކުރުމެއް ޤަބޫލުކުރެވިފައިވާނަމަ ފަހުން އަމަލުކުރަންވާނީ މި ޤަބޫލުކުރުމުގެ މައްޗަށްކަން، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8ވަނަ މާއްދާގަ (ށ) އަދި 9ވަނަ މާއްދާއަށް ބެލުމުން އެނގޭތީ، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1575 ޤަޟިއްޔާއިން ކޮށްފައިވާ ޙުކމަކުޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8ވަނަ މާއްދާ އާއި ޚިލާފަށްކށްފައިވޮ ޙުކުމއްކަމުގައެ އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
9އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ އިންވޮއިސްގައިވާ ޝަރުތަކާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުން 2015 ވަނަ އަހަރު ޖުމްލަ 5 އިންވޮއިސްގައިވާ މުއްދަތު ފަހަނައަޅައި ދިޔުމަށްފަހު ޖޫރިމާ ނާއާނުލައި ފައިސާ ދެއްކުމުން ޖޫރިމަނާ ނުލައި އެއްވެސް ޝަރުތެއްނެތ އިސްތިއުނާފުރައްދުވި ފަރާތުން ފައިސާ ބަލައިގެންފައިވުމަކީ އުމުރު ދުވަހަށް އިސްތިއުނާފުރައްދުވ ފަރާތާ ނ އިސްތިއނާފުކުރު ފަރާތުގާ މައްޗަށް ޖޫރިމަނާއެއް ދެއްކުމަށް ލާޒިމްކޮށް އިންވޮއިސް ފޮނުވުން މަނާކުރާކަމެއ ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލގައާ ނުހިމެނި އިންވޮއިސްތަކެއްގެ ފައިސާ ބަލައިގަތުމުގައި އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ޖޫރިމަނާ މާފުކޮށްދީފައި ވުމަކީ ދެންކުރާ މުޢމަލާތްތަކުގައާ ވެސި ޖރިމަނޫ މަޢފުކުރަން ލާޒިމާ ވާފަދަ ޢަމަލެއް ކަމަށު ބުން އިސްތިއުނާފުކުރެ ފަރާތުން ކުރާ ބަހުސަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އާއި ވިޔަފާރީގެ އާއްމު އުސޫލާއި ބުއްދީގެ ހަމަތަކާއި ނުބައްދަލު ވާހަކަތަކެއްކަމށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
އިސްތިއުނާފރައްދުވާ ފަރާތުން އެދޭގޮތު
10އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ: "ދަށު ކޯޓު ޙުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ކަނޑައަޅައިދެއްވައި އެ ޙުކުމް ދަމަހައްޓަވައިދެއްވުމަށް". އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5ވަނަ ނަންބަރު މިފަދައިންކަން އެނގެނި އޮވެއެވެ. އިސްތިއުނާފީ ނުކުތާއާ މެދާ ޝަރީޢަތުން ރިޢާޔަތްކް ރިކުރުނު
11އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވ ފަރާތަކާ ވިޔަފާރީގެ ގުޅުން އޮންނަ ދެފަރާތްކަން އެނގެއެވެ. މި ދެފަރާތުގެ ބަހުންވެސް މިދެފަރާތަކީ ވިޔަފާރީގެ ގުޅުމުގެ ތާރީޚެއް އޮތް ފަރާތްތަކެއްކަން އެނގެންއޮވެއެވެ. ނަމަވެސް، މި ދެފަރާތުގެ ދެމެދުގައި ލިޔުމުންވެފައިވާ ވިޔަފާރީގެ އެއްބަސްވުމެއް ނެތްކަމަށާއި ވިޔަފާރިކުރަމުންދަނީ އިންވޮއިސްތަކުގެ މައްޗަށް ބިނާކޮށްކަން މިދެފަރާތުގެ ބަހުންވެސް އެނގެންއޮވެއެވެ.
12އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ބަހުސަކީ، ކުރިންވެސް އިންވޮއިސްއާ ގުޅިގެން ކުރެވޭ ޖޫރިމަނާ އިސްތިއުނާފު ރައްދުވާފަރާތުން މަޢާފުކޮށްދީފައިވާތީ، އިންވޮއިސްގައި ޖޫރިމަނާ ހިމަނާފައި ވީނަމަވެސް، އެ ފައިސާ މަޢާފުކޮށްދީފައިވާކަމަށް ޤާނޫނީގޮތުން ބަލަންޖެހޭކަމަށް ބުނެ ހުށަހަޅާ ބަހުސެކެވެ. އެ ބަހުސްގެ މައިގަނޑު ޤާނޫނީ އަސާސެއްކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 8ވަނަ މާއްދާއާ 9ވަނަ މާއްދާއެވެ.
13ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "(ހ) ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅާ ބުނެވިދާނެއެވެ. ނުވަތަ ޢަމަލުކުރާ ގޮތަކުން ގަބޫލު ކުރާކަން އެންގުނީކަމަށް ބެލިދާނެއެވެ.
(ށ) ގަބޫލު ކުރުމަށް އިތުރުގޮތެއް، ނުވަތަ ޝަރްޠެއ އޮވެގެން ނުވާނެއެވެ.
(ނ) ހުށަހަޅާ ފަރާތުން އެހުށަހެޅުން ގަބޫލުކުރާނެ ގޮތް ކަނޑައަޅާފައި އޮވެއްޖެނަމަ، ގަބޫލު ކުރަންވާނީ އެގޮތަކަށެވެ. ގަބޫލު ކުރާނެގޮތް ކަނޑައަޅާފައި ނުވާނަމަ، ގަބޫލުކުރާނީ، ޢާންމުކޮށް އެފަދަ ކަންތައް ކޮށްއުޅޭ ގޮތަކަށް ނުވަތަ އެކަށީގެންވާގޮތަކަށެވެ." 29 މާރިޗު 2021 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިސް ޤާނޫނު ނަންބަރު 91/4 މިފަދައިންކަން އެނގެންއޮވެއެވެ.
14އަދި ކޮންޓްރެކްޓާބެހޭ ޤނުނުގާ 9ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: " ހުށަހަޅާ ފަރާތަށް، ގަބޫލު ކުރާކަން އެންގުމުން، އެ ގަބޫލުކުރުން ފުރިހަމަވީއެވެ." މިފަދައިންކަން އެނގެންއޮވެއެވެ.
15HN5ބުނެވިދިޔަ ޤާނޫނީ މާއްދާތައް އެގޮތަށް ހުރިއިރު، ދަޢުވާގައި ސީދާ މި ހިމެނޭ މުޢާމަލާތާ ގުޅިގެން ނުވަތަ ދަޢުވާގައި ހިމެނިފައިވާ އެއްވެސް އިންވޮއިސަކ ގުޅިގެނާ އިސްތިއުނާފުރައްދުވާ ފަރާތުން ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދީފައިވާކަން އިސްތިއުނާފުކުރާ ފަރާތަކަށް ޝަރީޢަތަށް ދެއްކިފައެއްނުވެއެވެ. އަދި ހަމަ އެހެންމެ ދަޢުވާގައި މި ހިމެނޭ މުޢާމަލާތާ ގުޅިގެން ނުވަތަ ދަޢުވާގައި ހިމެނިފައިވާ އެއްވެސް އިންވޮއިސަކާ ގުޅިގެން ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދީފައިނުވާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
16HN1ވިޔަފާރީގެ ކޮންމެ މުޢާމަލާތަކީ، ޢާންމު އުސޫލަކުން އެއް މުޢާމަލާތް އަނެއް މުޢާމަލާތާ ވަކިން މުސްތަގިއްލުކަމާއެކު ބަލަންޖެހޭ މުޢާމަލާތެއްކަމުގައި އަހުރެންދެކެމެވެ. ވިޔަފާރީގައި ދެބައިވެރިންނަކީ އެއް ޕާޓީތަކެއ ކަމުގައް ވީނަމަވެސް، އެ ދެފަރާތުގެ ދެމެދު ތަފާތު މުޢާމަލާތް ތަފާތު ގޮތްގޮތަށް ތަފާތު ޓާރމްސްތަކުގެ މައްޗަށް ހެދިގެން ދިއުމަކީ ވަރަށް ގާތްކަމެއްކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.
17HN2ވިޔަފާރީގެ މުޢާމަލާތްތަކުގައި ހިމެނޭކަންކަން ތަރުޖަމާކުރެވެންޖެހޭނީ މިނިވަން ވިޔަފާރިއަށް ހުރަސް ނޭޅޭނެ ފަދައންކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެގޮތުން، ޕަރޗޭޒް އޯޑަރ އާއި އިންވޮއިސްގެ މައްޗަށް ބިނާވާ ސްޓޭންޑަރޑް ފޯމް ތަކުގެ މައްޗަށް ވެވޭ އެއްބަސްވުންތަކުގައިވެސް، ޢަމަލުކުރުމުގައި ބުނެވިދިޔަ ހަމައަށް ބަލަންޖެހޭނެކަމުގައި އަހުރެންދެކމެ ވެ.
18HN3ދެފަރާތުގެ ދެމެދު ކުރިން ހިނގި މުޢާމަލާތަކާއި ގުޅިގެން ޖޫރިމަނާ މަޢާފުކޮށްފައިވުމަކީ، ފަހުން ކުރެވުނު މުޢާމަލާތާ ގުޅިގެން ލިޔުމުން ޖޫރިމަނާގެ ވާހަކަ ސީދާ ބަޔާންކޮށްފައިވަނިކޮށް، އެ ދެފަރާތް ދެމެދު ތާއަބަދު ޖޫރިމަނާ މަޢާފުވުމަށ އޮތް ހުއްދައެއްކަމުގައި ބެލު މަކީ ޢަދުލުވެރި ގޮތެއްކަމުގައި އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އެއީ އެކަށީގެންވާ ގޮތެއްކަމަކަށްވެސ އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އެ ގޮތަށް އެ ޢަމަލު ތަރުޖަމާކޮށްފިނަމަ ވިޔަފާރިއަށް ހުރަސްއެޅިގެން ނުދާނެކަމަކަށވެސް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.
19HN4ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭނެކަމަށް ލިޔުމުން ބަޔާންކޮށްފައިވާއިރު، ކޮންމެ އިންވޮއިސެއްގައިވެސް ވަކިން އެކަން ބަޔާންކޮށްފައިވެއެވެ. އެ ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދިނުމާއި އެ ޖޫރިމަނާ ދެމެހެއްޓުމަކީ އެ ޖޫރިމަނާގެ ފައިސާ އިންވޮއިސްގައި ހިމެނި ފަރާތަށް ލިބިގެންވާ އިޚްތިޔާރެކެވެ. އެހެންކަމުން، ވަކި އިންވޮއިސަކ ގުޅާ ޖޫރިމަނާއެއް މަޢާފުކޮށްދދިނުމަކޭ ދެފަރާތުގެ ދެމެދު ލިޔުމުން އެއްބަސްވެފައިވާ ގޮތަށް ޖޫރިމަނާގެ މާއްދާ ހިމެނި ފަރާތުން އެކަމަށް ލުޔެއްދޭ ޙާލަތެކެވެ. އެކަން އޭނާގެ ބަހުން ނުވަތަ ޢމަލުންވެސަ ކުރެވިދާނެއެވެ. މިސާލަކަށް، ވަކި އިންވޮއިސަކ ގުޅިގެނާ ޖޫރިމަނާގެ ފައިސާ މަޢާފުކޮށްފިކަމަށް ލިޔުމުން ވެސް އެންގިދާނެއެވެ. ނުވަތަ ވަކި އިންވޮއިސަކ ގުޅާ ފައިސާއެއް ބަލައިގަންނައިރު ޖޫރިމަނާގެ ފައިސާއާ ނުލައި އެ ފައިސާ ބަލައިގަނެ އެ ފައިސާ މަޢާފު ވެސް ކޮށްދެވިދާނެއެވެ.
20އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ރައްދުވިފަރާތުން ކުރިން ޖޫރިމަނާގެ ފައިސާ މަޢާފުކޮށްދިންކަމަށެވެ. އެހެންކަމުން، ޖޫރިމަނާގެ ފައިސާ މަޢާފުކޮށްފައިވާކަމުގައ ޤާނޫނި ގޮތުން ބަލަންޖެހޭނެކަމަށެވެ.
21ބުނެވިދިޔަ ބުނުމަށް ޤާނޫނީ ހަމައިން ބަލާއިރު، ޖޫރިމަނާގެ ވާހަކަ ލިޔުމުން އިންވޮއިސްގައި ބަޔާންކޮށްފައި އޮންނަ އޮތުމަކީ އެކްސްޕްރެސް ޓާރމެކެވެ. ސީދާ ކަނޑައެޅި ބަޔާންކުރާ ބަޔާންކުރުމެކެވެ. ދެން އޮތީ، ކުރިން މަޢާފުކޮށްދިން ދިނުމެވެ. އެ މަޢާފުކޮށްދިން ދިނުމަކީ އެ މަޢާފުކޮށްދިނ އިންވޮއިސް ސީދާ ގުޅުންހުރި ކަމެކެވެ. އެއީ ލިޔުމުން މަޢާފުކޮށްދިނ ކަމުގައް ވީނަމަވެސް ނުވަތަ ޢަމަލުން މަޢާފުކޮށްދިނ ކަމުގައް ވީނަމވެސްމެއެވެ. އިސްތިއުނާފުކުރާ ފަރާތުގެ ބުނުމަކީ ޖޫރިމަނާ މަޢާފުކުރިކަމަށް ކަނޑައެޅިގެން ބަޔާންނުކުރި ނަމަވެސް، ޖޫރިމަނާ މަޢާފުކުރިކަމުގައި ބަލަންޖެހޭނެކަމަށް ބުނާބުނުމެވެ. އެކަމަށް ބަލާއިރު، ސީދާ ޞަރީޙަ ނައްޞުން ޖޫރިމަނާގެ ވާހަކަ ކޮންމެ އިންވޮއިސެއްގައި ވަކިން ބަޔާންކޮށްފައި ވަނިކޮށް އެ ބަޔާންކޮށްފައިވާ ބަޔާންކުރުމާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ އަދި 23 ވަނަ މާއްދާ (ދަށުކޯޓުގެ ޙުކުމުގައި)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) (އުނިކުރެވުނު ނުކުތާގައި)
- 2015/SC-A/16 (ދަށުކޯޓުގެ ޙުކުމުގައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.