ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/100

މޯލްޑިވްސް ޕޮލިސް ސަރވިސް ވ. އައިއައި ޝުޖާއު އެންޑް ކޮމްޕެނީ ޕވޓ ލޓޑ

ދަށުކޯޓުގެ ޙުކުމުގައި ޑެމެރޭޖްގެ ގޮތުގައި 691,509.68 ރުފިޔާ…
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 30 މޭ 2021ދަށު ކޯޓު: ސިވިލް ކޯޓު 602/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 602/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ބަންދުކުރި މުއްދަތުގައި އެތެރެކުރި މުދަލަށް ޑެމެރޭޖްގެ ގޮތުގައި ކުންފުނިން ޕޯޓްސް އޮތޯރިޓީއަށް ދެއްކި 691,509.68 ރުފިޔާ ކަސްޓަމްސްއިން ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ޙުކުމްކޮށް، ވަކީލު ފީއާއި ޕިއުނިޓިވް ޑެމެޖަސް ސާބިތުނުވާކަމަށް ކަނޑައެޅިއެވެ.
ވާޤިޢާ
2005 ގައި ކަސްޓަމްސްއިން ބޮންޑެޑް ވެއަރހައުސް ބަންދުކުރުމާ ގުޅިގެން، އެ ބަންދުކުރުމަކީ ޤާނޫނީ ސަބަބެއް އޮވެގެން ނޫންކަމަށާއި ގެއްލުމުގެ މިންވަރު ދަށުކޯޓުން ބަލަންވާނެކަމަށް ހައިކޯޓުގެ 2006/HC-A/200 ގައި ނިންމިއެވެ. އޭގެ ފަހުން ކުންފުނިން ކުރި ގިނަ ދަޢުވާތައް ބާޠިލުވެ/ސާބިތުނުވުމަށްފަހު، 2016 ގައި ޑެމެރޭޖް، ވަކީލު ފީ އަދި ޕިއުނިޓިވް ޑެމެޖަސް ހޯދުމަށް އަލުން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ބޮންޑެޑް ވެއަރހައުސް ކަސްޓަމްސްއިން ޤަވާޢިދާ ޚިލާފަށް ބަންދުކުރި މުއްދަތުގައި، ރާއްޖެ އެތެރެކުރި މުދަލަށް ޑެމެރޭޖްގެ ގޮތުގައި ޕޯޓްސް އޮތޯރިޓީއަށް 691,509.68 ރުފިޔާ ދައްކާފައިވާކަން ދަޢުވާކުރި ފަރާތުން ސާބިތުކޮށްފައިވޭތޯ، އަދި އެ ފައިސާ ކަސްޓަމްސްއިން ދައްކަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރާ ފަރާތުގައި ކަމަށާއި (2010/SC-A/02)، ބިލުތަކަކީ ކުންފުނިން އަމިއްލައަށް ތައްޔާރުކުރި ލިސްޓެއްގެ މައްޗަށް ބިނާވާ، ގެއްލުން ސާބިތުވާވަރުގެ ހެކި ނޫން ކަމަށެވެ. ދަށުކޯޓުގައި ރެސް ޖުޑިކާޓާގެ ދިފާޢުވެސް ދައުލަތުން ހުށަހެޅިއެވެ.
ކޯޓުގެ ސަބަބުތައް
ބަންދުކުރި މުއްދަތުގައި ކުންފުނީގެ ނަމުގައި އެއްވެސް މުދަލެއް އެތެރެކޮށްފައި ނުވާކަމަށް ޕޯޓްސް އޮތޯރިޓީގެ ސިޓީ ދައުލަތުން ހުށަހަޅާފައި ވާއިރު، އެ ނަފީކުރާނެ ހެއްކެއް ކުންފުނިން ހުށަނާޅާތީ، ސާބިތުނުވާ މުދަލަކަށް ޑެމެރޭޖް ދައްކަން ޖެހޭނެ ގޮތެއް ނެތެވެ.

ނިންމުން

ދަށުކޯޓުގެ ޙުކުމުގައި ޑެމެރޭޖްގެ ގޮތުގައި 691,509.68 ރުފިޔާ…

ދަށުކޯޓުގެ ޙުކުމުގައި ޑެމެރޭޖްގެ ގޮތުގައި 691,509.68 ރުފިޔާ ކަސްޓަމްސްއިން ދައްކަންޖެހޭކަމަށް ކަނޑައެޅި ބައި ބަދަލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަޢުވާކުރާ ފަރާތް ވަކި މުއްދަތެއްގައި ރާއްޖެ އެތެރެކުރި މުދަލަށް ޑެމެރޭޖް ދައްކަން ޖެހުނުކަމަށް ބުނާނަމަ، އެ މުއްދަތުގައި އެ ފަރާތުގެ ނަމުގައި އެއްވެސް މުދަލެއް އެތެރެކޮށްފައި ނުވާކަމަށް ބުނާ ލިޔުމެއް (ޕޯޓްސް އޮތޯރިޓީގެ ސިޓީ) ދިފާޢުގައި ހުށަހަޅައި، އެ ބުނުން ނަފީކުރާނެ އެކަށީގެންވާ ސަބަބުތަކާއި ހެކި ދަށުކޯޓުގައިވެސް ހައިކޯޓުގައިވެސް ދަޢުވާކުރާ ފަރާތުން ހުށަހަޅައިފިނަމަ، އެ ލިޔުމުގައިވާ ބުނުން ނަފީ ނުވެއެވެ.

HN2 ރާއްޖެ އެތެރެކުރިކަން ސާބިތުނުވާ މުދަލަކަށް ސްޓޯރޭޖް (ޑެމެރޭޖް) ގެ ގޮތުގައި ފައިސާ ދައްކަން ޖެހުނުކަމަށް ބެލޭނެ ގޮތެއް ނެތުމުން، މުދާ އެތެރެކުރިކަން ސާބިތުނުކޮށް އެ ފައިސާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުގެ އިދާރާއަކުން ދައްކަންޖެހޭކަމަށް ކަނޑައެޅިގެން ނުވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މި މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 602/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ދައުލަތް (މޯލްޑިވްސ ކަސްޓަމްސް ސަރވިސް)ގެ ފަރާތުން ދިވެހިރާއްޖޭގަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.

ކަން ހިނގާފައިވާ ގޮތް

2އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކ.ތިލަފުށީގައި ކުއްޔަށް ހިފާފައިވާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ބޮންޑެޑް ވެއަރހައުސް އިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަނެތި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް 24 ވެހިކަލް ނެރުނު މައްސަލައަކާ ގުޅިގެންކަމަށް ބުނެ އެ ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ދިނުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހުއްޓާލިއެވެ. ބުނެވުނު ޚިދުމަތް ހުއްޓާލެވިފައިވަނީ 27 ޖޫން 2005 ގައެވެ. އަދި ޚިދުމަތް އަލުންދޭން ފަށާފައިވަނީ 14 އޮގަސްޓް 2005 ގައެވެ.

3ކ.ތިލަފުށީގައި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ބޮންޑެޑް ވެއަރހައުސްގައި ހުރި އުޅަނދުތަކާއެކު އެ ބޮންޑެޑް ވެއަރހައުސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަންދުކޮށްފައިވުމުގެ ސަބަބުން ޑެމެރޭޖަސްގ ގޮތުގައެ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ އަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްކިކަމަށް ބުން ފައިސާއާއި އިތުރަށް ދައްކަންޖެހކަމަށޭ ބުނާ ފައިސާއަށް އަދި މިކަމުގެ ސަބަބުން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުންތަކުގެ ބަދަލު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހޯދުމަށް އެދި 16 މެއި 2006 މި ތާރީޚުގައި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރތުނ މަދަން ކޯޓަށް މައްސަލާ އެއަ ހުށަހެޅިއެވެ.

4އައު.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އެ މައްސަލަ މަދަނީ ކޯޓުން ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 828/MC/2006 ޤަޟިއްޔާއިންނެވެ. އެ މައްސަލަ މަދަނީ ކޯޓުން ބަލައި ޙުކުމް ކޮށްފައިވަނީ، " އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ބޮންޑެޑް ވެއަރހައުސް މޯލްޑވްސި ކަސްޓަމްސް ސަރވިސްއިން ބަންދުކޮށްފައިވަނީ، މި ބޮންޑެޑް ވެއަރހައުސްގައި މޯލްޑިވްސް ކަސްޓަމްސް ސަރވސްގ ކޮންޓްރޯލްގެ ދަށުގައި، ޑިއުޓީ ނުދައްކާހުރި، 24 (ސައުވީސް) ވެހިކަލްގެ ތެރެއިން ކަސްޓަމްސް އަށް ނާންގާ ކަސްޓަމްސްގެ ހުއްދަ ނުހޯދާ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 11 ވެހިކަލެއ ބޮންޑެޑް ވެއަރހައުސް އިން ނެރެ މާލެއާއި، ހުޅުމާލެއަށް ގެންގޮސްފައިވާތީއާއި، ބޮންޑެޑް ވެއަރހައުސް ތެރޭގައި ހުރި 13 ވެހިކަލެއް ކަސްޓަމްސްގެ ހުއްދަ ނުހޯދާ ބޮންޑެޑް ވެއަރހައުސް ހުޅުވައިގެން އެ ސަރަޙައްދުން ބޭރަށްނެރެ ބޮންޑެޑް ވެއަރހައުސްގެ ޤަވާޢިދާ ޚިލާފުވެފައިވާތީކަނ އެނގެން އޮންނާތީ، އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބޮންޑެޑި ވެއަރހައުސްގެ ޤަވާޢިދާ ޚިލާފަށް ކުރި ޢަމަލެއްގެ ސަބަބުން ކަސްޓަމްސްއިން އެ ކުންފުނީގެ ބޮންޑެޑް ވެއަރހައުސް ބަންދުކުރި ކުރުމުން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ތަޙައްމަލު ކުރަން ޖެހުނު ގެއްލުންތަކަކީ މޯލްޑިސް ކަސްޓަމްސް ސަރވިސްއިން އެ ގެއްލުންތަކަށް ޒިންމާ އުފުލަންޖެހޭ ގެއްލުން ތަކެއް ނޫންކަމަށެވެ."

5މަދަނީ ކޯޓުގެ ނަންބަރު 828/MC/2006 ޤަޟިއްޔާ އެ ގޮތުގައި ނިމުމުން އެ މައްސަލަ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފީ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/200 ޤަޟިއްޔާއިންނެވެ. މަދަނީ ކޯޓުގެ ނަންބަރު 828/MC/2006 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާ ޠލު ކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓި ގ ނަންބަރު 2006/HC-A/200 ޤަޟިއްޔާގައި ނިންމާފައި ގޮތަކީ، "މޯލްޑިވްސ ކަސްޓަމްސް ސަރވިސްގެ ފަރާތުން ބޮންޑެޑް ވެއަރހައުސް ބަންދުކޮށްފައިވަނީ އެފަދަ ގޮތަކަށް ޢަމަލު ކުރުން ޤާނޫނީ ގޮތުން ހުއްދަވާ ސަބަބެއް އޮވެގެން ނޫންކަމަށް ކަނޑައަޅައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުން ބަލާ ވަޒަންކޮށް މިންވަރު ކުރުމުގެ މައްސަލައަކީ ދަށު ކޯޓުން ބަލަންޖެހޭނެ މައްސަލައެއްކަމަށެވެ."

6ހައިކޯޓުގެ ނަންބަރު 2006/HC-A/200 ޤަޟިއްޔާގައި ކޮށް ފައިވާ ޙުކުމަށް ޙަވާލާދީ، އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް 24 ވެހިކަލް ޤަވާއިދާއި ޚިލާފަށް މޯލްޑިވްސް ކަސްޓަމްސް ސރވިސްއިނަ ހިފަހައްޓައި ނައްތާލިކަމަށ ބުން ބަދަލެއްގެ ގޮތުނެ ކަސްޓަމްސްގެ ފަރާތުން 9,820,534.66ރ. (ނުވަމިލިއަން އަށްލައްކަ ވިހިހާސް ފަސްސަތޭކަ ތިރީސް ހަތަރު ރުފިޔާ/ ފަސްދޮޅަސް ހަލާރި) ހޯދުމަށް އެދި މަދަނީ ކޯޓަށް އައު.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 11 ޖެނުއަރީ 2009 މި ތާރީޚުގައި މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ މަދަނީ ކޯޓުގެ ނަންބަރު 112/MC/2009 ޤަޟިއްޔާއިން ބަލަމުންދަނިކޮށް، ދަޢުވާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އިތުރު ލިޔުން ހުށަހެޅުމަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބޭނުންވާކަމަށް ބުނެ މައްސަލަ އަނބުރާ ގެންދިއުމުގެ ސަބަބުން އެ މައްސަލައިގެ ފޯމް ސިވިލް ކޯޓުން ބާޠިލް ކޮށްފައިވެއެވެ. ސިވިލް ކޯޓުން އެ މައްސަލަ ބާޠިލް ކޮށްފައިވަނީ، 22 އޮކްޓބަރޯ 2009 މި ތާރީޚުގައެވެ.

7އައު.އައި. ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ނަންބަރު 112/MC/2009 ޤަޟިއްޔާއިން ބަލަމުންދަނިކޮށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތުގެ މަތިން މައްސަލަ ބާޠިލް ކުރެވިފައިވަނިކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/200 ޤަޟިއްޔާއި ން ކަނޑައަޅުއްވާފައިވާ ޙުކުމާއި ޙަވާލާދީ، އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް 24 ވެހިކަލް ޤަވާއިދާއި ޚިލާފަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ ނައްތާލިކަމަށ ބުން ބަދަލެއްގެ ގޮތުނެ ކަސްޓަމްސްގެ ފަރާތުން 9,470,489.27ރ. (ނުވަމިލިއަން ހަތަރުލައްކަ ހަތްދިހަހާސް ހަތަރުސަތޭކަ އަށްޑިހަ ނުވަރުފިޔާ/ ހަތާވީސްލާރި) ހޯދުމަށް އެދި 22 ޑިސެމްބަރު 2009 މި ތާރީޚުގައި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީ ކޓަށޯ މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ މަދަނީ ކޯޓުގެ ނަންބަރު /MC/20093177 ޤަޟިއްޔާއިން ބަލަމުން ދަނިކޮށް، އެ މައްސަލައިގައި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމް އިޞްލާޙު ކޮށްދިނުމަށް އެދި ހުށަހެޅި އެވެ. އެ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް އެ ޤަޟިއްޔާގައި މަދަނީ ކޯޓުން ނިންމި ގޮތަކީ، 24 ވެހިކަލް ނައްތާލިކަމަށ ބުނެފައިވަން ލިޔުމުގެ ކުށަކުން ކަމަށާ ދަޢުވާ ފޯމް އަލުން އިޞްލާޙުކޮށްގެނ ހުށަހެޅުމަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އެދިފައި ވީނަމަވެސް، މި އިޞްލާޙަކީ ދަޢުވާއަށް އަސަރު ކުރާނެ އިޞްލާޙެއްކަމުން މި މައްސަލަ އިތުރަށް ބަލައި ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައް މައްސަލައިގެ ދަޢުވާ ފޯމް ބާޠިލކުރާކަމަށެވެ. އެ މައްސަލަ މަދަނީ ކޯޓުން ނިންމާފައިވަނީ 26 މެއި 2010 މި ތާރީޚުގައެވެ.

8މަދަނީ ކޯޓުގެ ނަންބަރު /MC/20093177 ޤަޟިއްޔާ އެ ގޮތުގައި ނިމިފައިވަނިކޮށް، ހައިކޯޓުގެ ނަންބަރު 2006/HC-A/200 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ޙުކުމަށް ޙަވާލާދީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބޮންޑެޑް ވެއަރހައުސް ބަންދުކޮށް އެފަރާތުގެ 24 ވެހިކަލް ހިފެހެއްޓުމުގެ ސަބަބުން އައު.އައި. ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 9,470,489.27ރ. (ނުވަމިލިއަން ހަތަރުލައްކަ ހަތްދިހަހާސް ހަތަރުސަތޭކަ އަށްޑިހަނުވަ ރުފިޔާ/ ހަތާވީސް ލާރި) ހޯދުމަށް އެދި، އައު.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/200 ޤަޟިއްޔާއާ ޙަވާލާދީ ގެއްލުމުގެ ބަދަލު ހޯދުމަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި 03 ވަނަ ފަހަރެވެ. އައި. އައި. ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލަ މަދަނީ ކޯޓަށް ހުށަހަޅާފައިވަނީ 08 ޖޫން 2010 މި ތާރީޚުގައެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 10C/20-704/Cv ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ، ބޮންޑެޑް ވެއަރހައުސް 27 ޖޫން 2005 ވަނަ ދުވަހުން ފެށިގެން 14 އޯގަސްޓް 2005 ވަނަ ދުވަހާއި ހަމައަށް، ޖުމްލަ 01 މަހާއި 18 ދުވަހުގެ މުއްދަތަށް ޤަވާއިދާއި ޚިލާފަށް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީޢަތަށް ޘާބިތުނުވާކަމަށް ކަނޑައަޅައެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ 13 އޮކްޓބަރޯ 2011 މި ތާރީޚުގައެވެ.

9ސިވިލް ކޯޓުގެ ނަންބަރު 10C/20-704/Cv ޤަޟިއްޔާ އެގޮތުގައި ނިމިފައިވަނިކޮށް، އެ މައްސަލަ ނިމުނުތާ ގާތްގަނޑަކަށް 5 އަހަރު ފަހުން ހައިކޯޓުގެ ނަންބަރު 2006/HC-A/200 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ޙުކުމަށް ޙަވާލާދީ، 27 ޖޫން 2005 އިން ފެށިގެން 14 އޯގަސްޓް 2005 ގެ ނިޔަލަށް ޤަވާޢިދާ ޚިލާފަށް މޯލްޑިވްސް ކަސްޓަމްސް ސރވިސ އިން ބަންދުކުރުމުގެ ސަބަބުން އައި.އައި.ޝުޖާޢު އެންޑަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމުއްދަތުގައި ގެނައި، މުދަލަށް އަރާފައިވާ ޑެމެރޭޖްގެ ޖުމްލަ 1,384,419/36ރ. (އެއްމިލިއަން ތިން ލައްކަ އަށްޑިހަ ހަތަރުހާސް ހަތަރު ސަތޭކަ ނަވާރަ ރުފިޔާ، ތިރީސް ހަ ލާރި) އާއި، މި ބޮންޑެޑް ވެއަރހައުސް ޤަވާޢިދާ ޚިލާފަށް ބަންދު ކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ހޯދާފައިވާ ޤާނޫނީ ވަކީލުންގެ އެހީއަށް ޚަރަދުވެފައިވާ -250,000/ރ. (ދެލައްކަ ފަންސާސ ހާސް ރުފިޔާ) އާއި، ޕިއުނިޓިވް ޑެމެޖަސް ހޯދުމަށް އެދި، އައި.އައި.ޝުޖާ ޢް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ، އިސު ތިއުނާފ ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ 602/Cv-C/2016 ޤަޟިއްޔާއިންނެވެ. މި މައްސަލަ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 30 މާރިޗް 2016 ގައެވެ.

10ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ބެލެވޭ މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 602/Cv-C/2016 ޤަޟިއްޔާގައި ސިވިލް ކޯޓުން ނިންމިގޮތް އިސްތިއުނާފު ކުރުމަށް ދައުލަތް (މޯލްޑިވްސ ކަސްޓަމްސް ސަރވަ ސ) ގެ ފަރާތުން ހުށަހެޅުމުން ބެލެވޭ މައްސަލައެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އައި. އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.

11އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 602/Cv-C/2016 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލާއިރު، ދަޢުވާކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ ބޮންޑެޑް ވެއަރހައުސް 27 ޖޫން 2005 އިން 14 އޯގަސްޓް 2005 އަށް، ޤަވާޢިދާއި ޚިލާފަށް ދަޢުވާލިބޭ ފަރާތުން ބަންދުކޮށްފައިވާކަމާއި، މި މުއްދަ ތުގެ ތެރޭގައި ދަޢުވާކުރާ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ މުދާ ވައްދާނެ ތަނެއް ނެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރެ، އެ މުދަލުގެ ޑެމެރޭޖްގެ ގޮތުގައި 691,509/68ރ. (ހަލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ނުވަރުފިޔާ، ފަސްދޮޅަސް އަށްލާރި)، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ އަށް ދަޢުވާކުރާ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ އާއި، މިފައިސާ ދަޢުވާކުރާ ފަރާތުން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއަށް ދައްކަންޖެހިފައިވަނީ، ދަޢުވާކުރާ ފަރާތުގެ އިސްވެ އިޝާރާތް ކުރެވުނު ބޮންޑެޑް ވެއަރހައުސް، ދަޢުވާލިބޭ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޤާވާޢިދާއި ޚިލާފަށް ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން އޮންނާތީ، މިއީ ދަޢުވާލިބޭ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޤަވާޢިދާއި ޚިލާފަށް ދަޢުވާކުރާ ފަރާތާއިމެދ ޢަމަލު ކުރުމުގު ސަބަބުން، ދަޢުވާކުރާ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށ ލިބިފައިވާ ގެއްލުމެއްކަމަށާއި، މި ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ، ދަޢުވާ ލިބުނު މޯލްޑިވްސް ކަސްޓަމްސް ސަރވިސް ކަމުގައި ކަނޑައަޅައި، 27 ޖޫން 2005 އިން 14 އޯގަސްޓް 2005 ހަމައަށް ދަޢުވާކުރާ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ މުދަލުގެ ޑެމެރޭޖްގެ ގޮތުގައި، އެ މުއްދަތުގައި ދަޢުވާކުރާ ފަރާތުން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއަށް ދައްކާފައިވާ 691,509/68ރ( .ހަލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ނުވަރުފިޔާ، ފަސްދޮޅަސް އަށްލާރި) އަކީ، ދަޢުވާކުރާ ފަރާތުގެ ބޮންޑެޑް ވެއަރހައުސް ޤަވާޢިދާ ޚިލާފަށް ދަޢުވާލިބޭ ފަރާތުން ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން، ދަޢުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަޢުވާލިބޭ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދަޢުވާކުރާ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ލިބިދިނުމުގެ ގޮތުން މިއަދު (04 އޮކްޓޯބަރު 2017) އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރަށްވުރެ މަދުނޫން ޢަދަދެއް، ސިވިލް ކޯޓަށް ދައްކާ ޚަލާޞް ކުރުމަށް، ދަޢުވާ ލިބުނު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ވަކީލު ފީ އާއި، ޕިއުނިޓިވް ޑެމެޖަސް، ޝަރީޢަތަށް ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައި ނުވާތީ، މި ދަޢުވާގައި ހިމެނޭ ވަކީލު ފީއާއި ޕިއުނިޓިވް ޑެމެޖަސް ދަޢުވާކުރާ ފަރާތަށް ނަގައިދޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވ". މިފަދައިންނެވެ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

12ސިވިލް ކޯޓު ގެ ނަންބަރު 602/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ދައުލަތް (މޯލްޑިވްސ ކަސްޓަމްސް ސަރވިސް)ގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާ ބެހޭގޮތުން ދިވެހިރާއޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ:

12.1 މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ ނުވަތަ “onus Probandi” އުފުލުމުގެ ޒިންމާއަކީ، ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 602/Cv-C/2016 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޑެމެ ރޭޖްގ ގޮތުގައެ ފައިސި ދައްކާފައިވާކަން ހުށަހެޅިފައިވާ ބިލްތަކުން އެނގޭކަމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފައިވަނީ، އިސްވެދެންނެވުނު އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 602/Cv-C/2016 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ދިފާޢު

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/200 ޤަޟިއްޔާއަށް ޙަވާލާދީ، އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 602/Cv-C/2016 ޤަޟިއްޔާގައި އައި.އައި.ޝުޖާޢު އެން ޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އދ ފައިވަނ 03 ކަމަކަށެވެ. އެއީ 27 ޖޫން 2005 ކުން 14 އޯގަސްޓް 2005 ގެ ނިޔަލަށް ޤަވާޢިދާ ޚިލާފަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބޮންޑެޑް ވެއަރހައުސް ބަންދުކުރުމުގެ ސަބަބުން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމުއްދަތުގައި ގެނައި، މުދަލަށް އަރާފައިވާ ކަމަށްބުނާ ޑެމެރޭޖްގެ ޖުމްލަ 1,384,419/36ރ. (އެއްމިލިއަން ތިންލައްކަ އަށްޑިހަ ހަތަރުހާސް ހަތަރު ސަތޭކަ ނަވާރަ ރުފިޔާ، ތިރީސް ހަ ލާރި) ހޯދުމަށާއި، ބޮންޑެޑް ވެއަރހައުސް ޤަވާޢިދާ ޚިލާފަށް ބަންދު ކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ހޯދާފައިވާ ޤާނޫނީ ވަކީލުންގެ އެހީއަށް ޚަރަދުވެފައިވާ -250,000/ރ. (ދެލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދުމަށާއި، ޕިއުނިޓި ވ ޑެމެޖަސް ހޯދުމަށެވެ.

14ދަޢުވާއަށް ޖަވާބުދާރީވަމުން ދައުލަތުގެ ފަރާތުނަ ސިވިލް ކޯޓުގައި ބުނެފައިވަނީ މިދަޢުވާއަށް އިންކާރުކުރާކަމަށެވެ. އެ ގޮތުން މި މައްސަލައިގައި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ކުންފުންޏަށް ގެއްލުން ލިބިފައިވާކަމަށްބުނެ ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކަކީ ގެއްލުން ލިބިފައިވާކަން ސާބިތުވާ ވަރުގެ ހެކި ނޫންކަމަށާއި، އެއީ އައި.އައި.ޝުޖާޢު އެ ންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިސްޓެއްގެ މައްޗަށް ބިނާކޮށް އެފަރާތުން އެދޭ ޢަދަދަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނޯންނާނެތީކަމަށާއި، ޤާނޫނީ ވަކީލުގެ ފީ އާ ގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތުމުން ގެއްލުމުގެ ބަދަލު ހޯދުމަށް އެކި ފަހަރު މަތިން ދަޢުވާ ކުރުމަށްޓަކައި ވަކީލުންނަށް ކޮށްފައިވާ ޚަރަދަކީ މޯލްޑިވްސް ކަސްޓަމްސް އިން ޒިންމާވާންޖެހޭނެ ފައިސާއެއް ނޫންކަމުގައި ބުނަމުންނެވެ.

15ދަޢުވާއަށް ޖަވާބުދާރީވަމުން ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކުގައި އިތުރަށް ބުނެފައިވަނީ، ބޮންޑެޑް ވެއަރހައުސް ބަންދުކޮށްފައި ހުރި މުއްދަތަށް ޑެމެރޭޖްގެ ގޮތުގައި އަރާފައިވާކަމަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނާ 1,384,419/36ރ. (އެއްމިލިއަން ތިންސަތޭކަ އަށްޑިހަ ހަތަރުހާސް ހަތަރުސަތޭކަ ނަވާރަ ރުފިޔާ / ތިރީސް ހަލާރި) އަކީ އެ ކުންފުނިން ދައްކާފައިވާ ފައިސާއެއްކަމުގައި ޝަރީޢަތަށް ޘާބިތުކޮށްދިނުމަށ އެފަރާތުން ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ 704/Cv-C/2010 ޤަޟިއްޔާގައި ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ އެންމެހާ ލިޔެކިއުންތަކެއް ހިމެނޭ ގޮތުން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުކަމަށެވެ. އަދި އެ ރިޕޯޓުން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޤަޞްދުކުރާ ޑޮކިއުމަންޓަކީ އެ ޤަޟިއްޔާގައި ޑޮކިއުމަންޓް 3 ގެ ގޮތުގައި އެ ފަރާތުން ހުށަހެޅި ލިސްޓް (ސިވިލް ކޯޓުގެ ނަންބަރު 704/Cv-C/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 38 އަދި 39 ވަނަ ޞަފްޙާ) ކަމަށާއި، އލިސްޓަކެ ސިވިލް ކޯޓުގެ ނަންބަރު 704/Cv-C/2009 ޤަޟިއްޔާގެ ޙުކުމްގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށާއި، އެ ލިސްޓާމެދު ސިވިލ ކޯޓުގެ ނަންބަރ 704/Cv-C/2009 ޤަޟިއްޔާގައި ގޮތްތަކެއް ކަނޑައަޅުއްވާފައިކަމާއި، ސިވިލް ކޯޓުގެ ނަންބަރު 704/Cv-C/2009 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ މިހާރު ނިހާއީ ޙުކުމެއްކަމަށެވެ.

16ދަޢުވާގެ ރައްދުގައި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ އިސްވެ ބުނެވުނު ވާހަކަތަކުގެ މައްޗަށް ބެލުމުން، މި މައްސަލައިގައި ސިވިލް ކޯޓުން ރެސް ޖުޑިކާޓާގެ މަބްދަޢު ތަޠުބީޤު ކުރަން ދައުލަތުން އެދިފައިވާކަން އެނގެއެވެ. އެހެންނަމަވެސް ރެސް ޖުޑިކާޓާގެ މަބްދއަ މި މައްސަލައަށް ތަޠުބީޤު ކުރަންޖެހޭކަން ނުވަތަ ނޫންކަން ސިވިލް ކޯޓުން މި މައްސަލައިގައި ކަނޑައަޅާފައެއް ނުވެއެވެ. އަދިދަޢުވާ ސާބިތުކުރުމަށް އައި. އައި ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ލިސްޓާމެދު ދައުލަތުގެ ފަރާތުން ކުޅަ އިޢުތިރާޟާއި މެދު ސިވިލް ކޯޓުގެ މައްސަލަ ބއްލެވެ ފަނޑިޔާރި ދެކުނު ގޮތެއު މި މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން ސާފުވާކަށްނެތެވެ. މައްސަލައިގެ ޙުކުމަށް ވާސިލުވުމަށް ސިވިލް ކޯޓުން ބިނާކުރި އަސާސްތައް

17އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ މިންވަރު ދެނެ ޙުކުމަށް ވާސިލުވުމުގައި ސިވިލް ކޯޓުން ބަލާފައިވަނީ، އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަމިއްލައަށް ތައްޔާރުކޮށް ހުށަހަޅާފައިވާ ލިސްޓުގައި ތަކުރާރުކޮށްފައިވާ ޕޭމަންޓްތަކާއި އިންވޮއިސްތައް އުނިކުރުމަށްފަހު، އަދި 27 ޖޫން 2005 ގެ ކުރިން ފއިސަ ދައްކާފައިވާ ބިލުތަކާއަ، 14 އޮގަސްޓް 2005 ގެ ފަހުން ފައިސާ ދައްކާފައިވާ ބިލުތައް އުނިކުރުމަށްފަހު، 27 ޖޫން 2005 އިން ފެށިގެން 41 އޮގަސްޓް 2005 ގެ ނިޔަލަށް ޑެމެ ރޭޖްގ ގޮތުގައެ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ޕޯޓްސް އ ތޯރިޓީއަށ ފައިސް ދައްކާފައިވާ ބިލުތަކަށ ރިޢާޔަތްކޮށްގެންކަމަށް މި މައްސަލަ ނިންމެވުމުގާ އ ސިވިލް ކޯޓުނ ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބެލުމުން އެނގެއެވެ.

18ސިވިލް ކޯޓުގެ ޙުކުމުގައި ހިމެނޭ ފައިސާގެ ޢަދަދު ސާބިތުވިގޮތް ބަޔާންކުރަމުން ސިވިލް ކޯޓުގެ ޙުކުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ބޮންޑެޑް ވެއަރހައުސް 27 ޖޫން 2005 އިން 14 އޯގަސްޓް 2005 އަށް ޤަވާޢިދާއި ޚިލާފަށް ކަސްޓަމްސް އިން ބަންދުކޮށްފައިވާކަމަށާއި މި މުއްދަތުގެ ތެރޭގއަ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެކޮށްފައިވާ މުދާ ވައްދާނެ ތަނެއް ނެތި، މޯލްޑި ވްސ ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގއަ ހުރެ، އެ މުދަލުގެ ޑެމެރޭޖްގެ ގޮތުގައި 691,509/68ރ. (ހަލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ނުވަރުފިޔާ ފަސްދޮޅަސް އަށްލާރި ) މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ އަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާން އޮންނަކަމަށެވެ.

19ސިވިލް ކޯޓުގެ ބުނެވުނު ނިންމުމަށް ވާސިލުވި ސަބަބުތަކަށް ބެލުމުން، ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައި އެވަނީ އެއްކަމަކަށް 27 ޖޫން 2005 އިން 14 އޮގަސްޓް 2005 އާ ދޭތެރޭގައި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް މުދާތަކެއް އެތެރެކުރިކަމަށެވެ. އަދި އެ ކުންފުނިން ރާއްޖެއަށް އެތެރެ ކުރި މުދާ ވައްދާނެ ތަނެއް ނެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރުމުން އެ މުދަލަށް ޑެމެރޭޖްގެ ގޮތުގައި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކަން ޖެހުނުކަމެވެ. ދެވަނަ ކަމަކަށް، ޑެމެރޭޖްގެ ގޮތުގައި ސިވިލް ކޯޓުގެ ޙުކުމުގައި ބުނެފައިވާ ޢަދަދުގެ ފައިސާ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދެއްކި ކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 602/Cv-C/2016 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (ބ).

20HN1އެހެންނަމަވެސް، މި މައްސަލައަށް ޖަވާބުދާރީވަމުން ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ދީފައިވާ ބަޔާނުގައި، 27 ޖޫން 2005 އިން ފެށިގެން 14 އޮގަސްޓް 2005 އާ ދެމެދު އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެ ކުންފުންޏަށް އެއްވެސް މުދަލެއް ރާއްޖެއަށް އެތެރެ ކޮށްފައިނެތްކަމަށް ބުނެ އެކަން ސާބިތު ކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ސިޓީއެއް ޝަރީޢަ ތަށް ޙިއްސާކޮށްފައެވެ. ބުނެވުނު ސިޓީއަށް ބެލުމުން އެ ސިޓީގައި ބުނަނީ، އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅިކަމަށް ބުނާ މުއްދަތުގެ ތެރޭގައި (27 ޖޫން 2005 އިން 14 އޮގަސްޓް 2005 އަށް) އައި.އ އ.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށްފައި ނުވާކަމަށެވެ.

21HN2ދައުލަތުގެ ފަރާތުން ހުށަހެޅި މި ލިޔުމުގައި މި ބުނާ ބުނުން ނަފީކުރުމަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކަށީގެންވާ ސަބަބުތަކަކާއި ހެކިތަކެއް ދަށު ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް ބުނެދެވިފައެއް ނުވެއެވެ. މިހެންކަމުން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ބުނެވުނު ލިޔުމުގައި ބުނާ ބުނުން ނަފީވާން އޮތް ސަބަބެއް ފެންނަން ނެތަތީ، 27 ޖޫން 2005 އިން 14 އޮގަސްޓް 2005 އަށް އައި.ޝުޖާޢު އެންޑް ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެ ކުރިކަން ސާބިތުވާންނެތް މުދަލަކަށް ސްޓޯރޭޖް (ޑެމެރޭޖް)ގ ގޮތުގައެ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ އަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް ފައިސާއެއް ދއްކަނަ ޖެހޭނެގޮތ އެއް ނެތީ ގޮތެއްކަން އެނގެއެވެ. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ނަންބަރު CC/14/2007/55-113 ސިޓީ (30 އޮކްޓބަރޯ 2007.)

22ވީމާ، 27 ޖޫން 2005 އިން 14 އޮގަސްޓް 2005 އަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އަށް އެއްވެސް މުދަލެއް އެތެރެ ކޮށްފައިވާކަން އެ ކުންފުންޏަށް ސާބިތު ކޮށްދެވިފައި ނެތަތީ، ރާއްޖެ އެތެރެ ކުރިކަން ސާބިތުވންނެތ މުދަލަކަށް ސްޓޯރޭޖް (ޑެމާ ރޭޖް)ގ ގޮތުގައެ މޯލްޑިވްސް ޕޯޓްސް އޮތޯރިޓެ އަށް އެއްވެސް ފައިސާއެއް އެ ކުންފުނިން ދައްކަން ޖެހޭނެގޮތ އެއް ނެތީ ގޮތެއް ކަމުގައިވާތީ، މި މައްސަލައިގައި އަހުރެން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 602/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި، 27 ޖޫން 2005 އިން 14 އޯގަސްޓް 2005 އާއި ހަމައަށް އައު.އައި. ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެކޮށްފައިވާ މުދަލުގެ ޑެމެރޭޖްގެ ގޮތުގައި، އެ މުއްދަތުގައި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއަށް އައި. އައި. ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 691,509/68ރ. (ހަލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ނުވަރުފިޔާ، ފަސްދޮޅަސް އަށްލާރި) ދައްކާފައިވާ ކަމަށް އަދި މި ފައިސާ އަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި، އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞް ކުރުމަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައި، އެކޯޓުން ކުރައްވާފައިވާ ޙުކުމުގެ އެ ބަޔަށް ބަދަލު ގެންނަންޖެހޭނެކަމުގައެވެ.  ޙުކުމް: ދެންފަހެ، އިސްވެދިޔަ ސަބބުތައ އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 602/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި، 27 ޖޫން 2005 އިން 14 އޯގަސްޓް 2005 އާއި ހަމައަށް އައު.އައި. ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެކޮށްފައިވާ މުދަލުގެ ޑެމެރޭޖްގެ ގޮތުގައި، އެ މުއްދަތުގައި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއަށް އައު.އައި. ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 691,509/68ރ( .ހަ ލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ނުވަރުފިޔާ، ފަސްދޮޅަސް އަށްލާރި) ދައްކާފައިވާ ކަން ސާބިތުވާކަމަށް އަދި މި ފައިސާ އަކީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ