ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/08

އައިޝަތު ރަޝީދު ވ. މޯލްޑިވްސް ޕޮލިސް ސަރވިސަސް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 20 ފެބުރުއަރީ 2024ދަށު ކޯޓު: ސިވިލް ކޯޓު 2830/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2830/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ހުއްދަ ނުނަގާ ބޭއްވި އެއްވުމެއްގައި ބައިވެރިވިކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިވިލް (ޢާންމު) މުވައްޒަފަކު ވަޒީފާއިން ވަކިކުރި ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަކީ އިޢުތިރާފެއް، ތަޙްޤީޤުކުރި ތުހުމަތަކާ ދިމާވާ ބިންގާއެއް، ޞައްޙަ ޤަވާޢިދެއް އަދި ކުށާ ބައްދަލު އަދަބެއްގެ މައްޗަށް ނިންމި ޤާނޫނީ ނިންމުމެއްތޯ؛ އަދި އެ ނިންމުން ޤާނޫނާ ޚިލާފުނަމަ ދޭންވީ ފަރުވާ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ވަޒީފާ އިޢާދަކޮށް 6 މަހުގެ މުސާރައާއި އިނާޔަތް ދިނުމަށް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އިދާރީ ފިޔަވަޅުތަކާ ބެހޭ

HN1 އެއްވުމެއްގައި ބައިވެރިވިކަމަށް ބުނަމުން، އެ އެއްވުމަކީ ހުއްދަ ނުނަގާ ބާއްވާ އެއްވުމެއްކަން ނޭނގޭކަމަށް ބުނާ ބަޔާނަކީ ޤާނޫނާ ޚިލާފު އެއްވުމެއްގައި ބައިވެރިވިކަމުގެ އިޢުތިރާފެއް ނޫނެވެ. ތަޙްޤީޤުކުރި ފަރާތުގެ ކޮމެންޓަށް ބަލައި ބަޔާނުގައިވާ ގޮތާ ދިމާ އިދިކޮޅަށް އިޢުތިރާފު ލިބޭކަމަށް ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.

HN2 ތުހުމަތުކޮށް ތަޙްޤީޤުކުރި ޢަމަލާއި ފިޔަވަޅު އަޅާ ޢަމަލާ ދިމާވާން ޖެހޭނެއެވެ. ތަޙްޤީޤުކުރި ތުހުމަތަކީ ހުއްދަ ނުނަގާ ބޭއްވި އެއްވުމެއްގައި ބައިވެރިވުމަށްވާއިރު، އެ ތުހުމަތުގެ ބަދަލުގައި އެއްވުމުގައި ކަންކަން ވެގެންދިޔަ ގޮތަށް ބަލައި، ސަބަބުތައް ބަޔާންނުކޮށް ފިޔަވަޅު އެޅުމަކީ ހުއްދަ ކަމެއް ނޫނެވެ. ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ތަޙްޤީޤުކޮށް ފިޔަވަޅު އެޅެން އޮއްވާ، ތަޙްޤީޤު ނުކުރާ ތުހުމަތެއްގެ މައްޗަށް ފިޔަވަޅު ނާޅާނެއެވެ.

HN3 މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޢާންމު މުވައްޒަފުންނަށް ފިޔަވަޅު އެޅޭނެ ދެ ޤަވާޢިދެއް އޮތްހިނދު، ފިޔަވަޅު އަޅަންޖެހޭނީ ތުހުމަތުކުރާ ޢަމަލު ބަޔާންކުރާ ޤަވާޢިދުގެ ދަށުންނެވެ. ވަޒީފާއާބެހޭ ޤަވާޢިދުގެ 107 ވަނަ މާއްދާގެ (ހ) ގެ (4)، (5) ގައިވާ ޢަމަލަކަށް ފިޔަވަޅު އަޅަންވާނީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ؛ 12-2017/R ޤަވާޢިދުގެ ދަށުން އަދަބު ނުދެވޭނެއެވެ. ވަކި ޤަވާޢިދެއްގެ ދަށުން ތުހުމަތުކޮށް އެހެން ޤަވާޢިދެއްގެ ދަށުން އަދަބުދިނުމުގެ ފުރުޞަތު ހުޅުވާލުމަކީ ތަޢައްސުފީ ގޮތުން އަދަބުދިނުމުގެ ފުރުޞަތު ފަހިކުރުމެކެވެ.

މަދަނީ › އިދާރީ ފިޔަވަޅުތަކާ ބެހޭ

HN4 ފުލުހުންގެ ޤާނޫނުގެ 67 ވަނަ މާއްދާއަކީ ފުލުހުންނަށް ޚާއްޞަ މާއްދާއެއް ކަމުން، އެ މާއްދާގައިވާ އަދަބުތަކަށް ޤަވާޢިދުގައި ޙަވާލާދީ ޢާންމު (ސިވިލް) މުވައްޒަފުންނަށް އެ އަދަބުތައް ދިނުމަކީ އިޖުރާއީ ގޮތުން ހަމަޖެހޭ ކަމެއް ނޫނެވެ. އަދި ފަހުގެ ޤަވާޢިދުގެ ދަށުން ބަޔާން ނަގާނަމަ، ރޭންކާ ގުޅޭ އިޖުރާއަތު ފުރިހަމަވިކަން ސާފުކޮށް އެނގެންޖެހެއެވެ.

HN5 އަދަބު ކަނޑައެޅުމުގެ އަސާސީ އުޞޫލަކީ ކުށުގެ ކުޑަބޮޑު މިނަށް ރިޢާޔަތްކުރުމެވެ. ވަޒީފާއިން ވަކިކުރުމަކީ އެންމެ ބޮޑު އަދަބެވެ. ޢާންމު ގޮތެއްގައި އަދަބުތަކުގެ ތަރުތީބުން ފިޔަވަޅު އަޅަންވާނެއެވެ. އެ ތަރުތީބުން އެއްކިބާވާނަމަ ކުށުގެ ބާވަތް، ކުށްކުރި ގޮތް، މުވައްޒަފުގެ ރިކޯޑް ފަދަ ކަންކަން ބަލަންޖެހެއެވެ. ވައްކަން، ޚިޔާނާތް ނުވަތަ ތަނުގެ މަޞްލަޙަތު ގެއްލޭފަދަ ބޮޑު ކުށެއް ނަމަ މެނުވީ ފުރަތަމަ ފިޔަވަޅަކަށް ވަޒީފާއިން ވަކި ނުކުރެވޭނެއެވެ.

HN6 މީހަކު ވަޒީފާއިން ވަކިކުރުމަށް އެއްވުމަކީ 'ސިޔާސީ ކުލަޖެހި' ނުވަތަ 'ފުލުހުން ބަދުނާމުކުރި' އެއްވުމެކޭ ބުނުމަކުން ނުފުދެއެވެ. އެ ކަން ވެގެންދިޔަ ގޮތާއި އެޅުވި އިލްޒާމު ބަޔާންކޮށް ކުޑަބޮޑުމިން ވަޒަންކުރަންޖެހެއެވެ. ހަމައެކަނި ހުއްދަ ނުނަގާ އެއްވި އެއްވުމެއްގައި ބައިވެރިވުމާއި، އެހެން ބަޔަކު ކަންކުރި ގޮތުގެ ޒިންމާ ތުހުމަތުކުރެވޭ ފަރާތަށް އުފުލުވައި ވަޒީފާއިން ވަކި ނުކުރެވޭނެއެވެ.

HN7 ވަޒީފާއާބެހޭ ޤަވާޢިދުގެ 107 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނަޞޭޙަތާއި އިންޒާރު ދޭނީ ލިޔުމުންނެވެ. ތައުދީބީ ނަޞޭޙަތެއް ދީފައިވާކަން ސާބިތުވާނީ އެ ލިޔުމުން، ނުވަތަ ސޮއި ނުކުރިނަމަ ޤަވާޢިދުގައިވާ ގޮތަށް ދެމީހުންގެ ހެކިބަހުންނެވެ. އަނގަބަހުން ނަޞޭޙަތްދިންކަމަށް ބުނުމަށް ރިޢާޔަތް ނުކުރެވޭނެއެވެ.

HN8 ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ހެންވޭރު ކާނިވާ ސަރަޙައްދު ފިޔަވައި މާލޭގެ އެހެން ތަނެއްގައި އެއްވުމަށް ފުލުހުންގެ ހުއްދަ ހޯދަންޖެހެނީ އެއްވުން އިންތިޒާމުކުރާ ފަރާތުންނެވެ؛ ބައިވެރިވާ ކޮންމެ ފަރުދަކު ހުއްދަ ހޯދަން ނުޖެހެއެވެ. ހުއްދަ ނަގާފައިވޭތޯ ބައިވެރިއަކަށް ނޭނގުމަކީ ޤާނޫނު ނޭނގުމެއް (ignorance of law) ނޫން، ޙަޤީޤަތެއް ނޭނގުމެކެވެ (ignorance of fact). އެހެންކަމުން އިންތިޒާމުކުރީ ކާކުކަމާއި ހުއްދަ ނެގިތޯ، ބައިވެރިންނަށް އެންގިތޯ، ޤާނޫނާ ޚިލާފުކަން އެނގިހުރެ ބައިވެރިވީތޯ ނުވަތަ ފުރޮޅުމުންވެސް ދެމިހުރީތޯ ތަޙްޤީޤުން ސާފުކުރުމަކީ ތައުދީބީ ނުވަތަ ޖިނާއީ ފިޔަވަޅަކަށް ބަލަންޖެހޭ އަސާސީ ކަމެކެވެ.

މަދަނީ › އިދާރީ ފިޔަވަޅުތަކާ ބެހޭ

HN9 އެއްވެއުޅުމުގެ ދުސްތޫރީ ޙައްޤާ ގުޅޭ މައްސަލައެއްގައި، މީހެއްގެ ވަޒީފާ ވަކިކުރެވޭނީ ކުރި ޢަމަލުގެ ސީރިއަސްކަން ހަޤީޤަތުގައި ބަޔާންކޮށްދެވިގެންނެވެ؛ ޚިޔާލީ ތަޞައްވުރެއްގެ މައްޗަށް ނޫނެވެ.

HN10 ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން ވަޒީފާ އިޢާދަކުރުމާއެކު ގެއްލުނު މުސާރައާއި އިނާޔަތް ދިނުމަކީ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށް ކުރާ ކަމެއް ނަމަވެސް، މުޅި މުއްދަތުގެ މުސާރަ ދިނުން ލާޒިމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، ވަޒީފާ އިޢާދަކޮށް 6 މަހުގެ މުސާރައާއި އިނާޔަތް ދިނުމަށް ނިންމި.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް އިސްފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ދީބާނާޒް

ފަހުމީ ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2020 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޢާއިޝަތު ރަޝީދު (މީގެ ފަހުން "ޢާއިޝަތު ރަޝީދު" ނުވަތަ "އިސްތިއުނާފކުރު ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ދަޢުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) (މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:

2ޢާއިޝަތު ރަޝީދުއަކީ 05 މާރިޗް 2008 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޕޮލިސް ސަރޖަންޓްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ. އޭގެ ފަހުން، ޢާއިޝަތު ރަޝީދު 2008 ވަނަ އަހަރު ބައިވެރިވި އަސާސީ ތަމްރީނު ކޯހުގެ ފިޒިކަލް ޓެސްޓުން ފެއިލްވުމާއ ގުޅިގެނި ދެވުނު ފުރުސަތުތަކުގައި އެޓެސްޓުން ފާސްވެފައިނުވާތީ، ސިވިލް މުވައްޒަފެއްގެ ވަޒީފާއަށް ބަދަލުކޮށްދިނުމަށް ޢާއިޝަތު ރަޝީދުގެ ފަރާތުނާ އެދުމުން، ޢާއިޝަތު ރަޝީދާ ތައުލީމް ހާސިލްކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުހަނު ބޭނުންތެރި ދާއިރާއަކުން ކަމަށްވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިވިލް މުވައްޒަފެއްގެ މަޤާމްކަމުގައިވާ އެސިސްޓެންޓް ޑައިރެކްޓަރގެ ވަޒީފާއަށް ބަދަލުކުރުމަށް ފެންނަކަމަށް ނިންމާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިފޯމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ HR (A) /VDL/2008/133 ސަރުކާރުގެ ވަޒީފާ ދެއްވިކަން އަންގާ ލިޔުން ވަޒީފާ ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކާމެދު ނިންމާ ގޮތް (31 މެއި 2017) މުވައްޒަފެއްގެ ވަޒީފާއިން 04 ޖޫން 2017 ގައި ވަކިކުރިއެވެ. އަދި 08 ޖޫން 2017 ގައި އާއްމު މުވައްޒަފެއްގެ 6 5 ވަޒީފާދީ 2 އަހަރު ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޚިދުމަތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރިއެވެ.

3އޭގެ ފަހުން، ފުލުހުންގެ ވަޒީފާގައި ހުރެ އެއްވުމެއްގައި ބައިވެރިވެފައިވާތީ މިއަމަލަކީ ފުލުހުންގެ ގަވާއިދުތަކާއި މަސްލަހަތަށް ފުށުއަރާ ޢަމަލަކަށްވާތީ، ވަޒީފާއާބެހޭ ގަވާއިދު ގެ 107 ވަނަ މާއްދާގެ (ހ) ގެ 4 އަދި 5 ވަނަ ނަންބަރާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާ އެކުށްތަކަށް އަދަބުދިނުމާބހެ ގަވާއިދު ގެ 11 ވަނަ މާއްދާގެ (ހ) ގެ 18 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާ އެކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ (ކ) ގެ ދަށުން ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާ 16 އޮގަސްޓް 2017 ގައި ވަޒީފާއިން ވަކިކުރިއެވެ.

4ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމޭ ތާރީޚާ ހަމައަށް އެފަރާތަށް ޙައްޤުވާ މުސާރައާއި ޢިނާޔަތާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ޢާއިޝަތު ރަޝީދަށް ލިބިފައިވާ ގެއްލުމުގެ ބަދަލު އެކީއެއްފަހަރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކިބައިން ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ ނިންމި ގޮތް ތިރީގައި އެވަނީއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ171/VKL/2017/44 ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 0107/VDL/2017-171 މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާދިންކަމުގެ ލިޔުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އާއްމު މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ171/VKL/2017/109 ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން (25 ސެޕްޓެންބަރު 2017) ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

5ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2020 ޤަޟިއްޔާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލާއިރު، ސ.ފޭދޫ ކޮކާގެ ޢާއިޝަތު ރަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ، ފުލުހުންގެ ޤާނޫނާއި އެޤާނ ނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ޚިލާފަށްކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާން ނެތަތީ، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށާއި، ދިވެހި ދައުލަތުގެ މައްޗަށް ޝަރީޢަތުން އަންގައި އަމުރު ކުރާނެ ތަނެއް ނެތްކަމުގައި، ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ. މިމައްސަލަ މިގޮތަށް ނިންމުމުން، ޢާއިޝަތު ރަޝީދުގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފީ ނުކުތާ:

6ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2020 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤނނީ ހަމަތަކާއާ ޚިލާފަށްކަމަށްބުނެ، ޢާއިޝަތު ރަޝީދުގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކއާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކާ ކ:

1.6 – އިސްތިއުނާފުކުރާ ފަރާތުން ބޭއްވި އެއްވުމެއްގައި އިސްތިއުނާފުކުރާ ފަރާތުން ބައިވެރިވިކަމަށް އިޢުތިރާފު ވެފައިވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްނންކަމަށްބުނެ ހުށަހެޅި ނުކުތާ.

2.6 – އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު ގެ 107 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރަށާއި 5 ވަނަ ނަންބަރަށް ޙަވާލާދީ ކަމަށްވެފައި، ގަވާއިދުގެ 107 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރަށާއި 5 ވަނަ ނަންބަރަށް ފެތޭކަމެއ ފުރިހަމަވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމަވާފައިވާ ސަބަބު ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައި ބަޔާންކޮށްފައި ނެތްއިރު އެކަމަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.

3.6 – އިސްތިއުނާފުކުރާ ފަރާތާމެދު އެޅުމަށް ނިންމި ފިޔަވަޅަކީ ގަވާއިދު ނަންބަރު 12-2017/R (ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު) ގެ ދަށުން ތައުދީބީ ފިޔަވަޅުގެ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅަށްވާއިރު، އެފިޔަވަޅަކީ އިސްތިއުނާފުކުރާ ފަރާތމެދާ ތުހުމަތު ކުރެވުނު ޢަމަލާ ނުބައްދަލު ފިޔަވަޅެއްކަމަށްވުމުގެ އިތުރުން، އެފަދަ މައްސަލަތައް ނިންމާއިރު، މައްސަލައިގެ ކުޑަބޮޑު މިނަށް ރިޢާޔަތްކުރަންވާނެކަމަށް އެގަވާއިދުގެ 23 ވަނަ މާއްދާގައި އޮންނަ އޮތުމަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.

4.6 – ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތަށް އަނގަބަހުން ނަސޭހަތް ދީފައިވާކަމަށް ބުނެފައިވާއިރު އެފަދަ ކަމެއް ހިނގާފައިވާކަން ސާބިތުވާނޭ ހއ ކެއްނެތް އެގޮތުގައި އެކަން ހިނގާފައިވާކަމަށް ބަލައި މައްސަލަ ނިންމަވާފައިވަނީ ގަވާއިދު ނަންބަރު 1-4/2009-MPS (ވަޒީފާއާބެހޭ ގަވާއިދު) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.

5.6 – އިސްތިއުނާފުކުރާ ފަރާތާމެދު އެޅުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ނިންމާފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ޤާނ ނ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

7އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާ ތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.7- ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ބަޔާނުގައި ޤާނޫނާ ޚިލާފު އެއްވުމެއްގައި ބައިވެރިވެފައިވާ ކަމަށް އިޢުތިރާފްވެފައިނުވާނެކަމަށެވެ. މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ 08 އޮގަސްޓް 2017 ގައި ބޭއްވުނު އެއްވުމުގައި ބައިވެރިވެފައިވާނެކަމަށާއި ނަމަވެސް އެ އެއްވުމަކީ އެއްވުން ބޭއްވުމަށް ހުއްދަ ނަގާފައިވާ އެއްވުމެއްކަނ ނުވަތް ނޫންކަން އެނގިފައިނުވާކަމަށެވެ. އެހެންކަމުން، 08 އޮގަސްޓް 2017 ގައި ބޭއްވުނު އެއްވުމުގައި ބައިވެރިވީކަމަށް ބުނުމަކީ ޤާނ ނ ޚިލާފުކަމެއް ކުރީކަމުގައި އިޢުތިރާފްވީކަމަކަށް ނުބެލެވޭނެކަމަށެވެ.

2.7- ދެވަނަ އިސްތިއުނާފީ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެއްވުމެއްގައި ބައިވެރިވުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދޭންޖެހޭ ސަބަބެއްނ ންކަމަށެވެ. އަދި އެފަދަ ކަމެއްވެފައިވާކަމަކަށް ޑިސިޕްލިނރަ ބޯޑުން ބުނެފައިނުވާކަމަށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއދި ގެ 107 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި އޮންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބިދާފަދަ ގޮތަކަށް ނޭދެވޭ ކަމެއްކުރުންކަމަށެވެ. 08 އޮގަސްޓް 2017 ގައި ބޭއްވި އެއްވުމުގައި އިސްތިއުނާފުކުރާ ފަރާތުން ބައިވެރިވުމުގެ ސަބަބުން މޯލްޑިވްސް ޕޮލިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ނެތްކަމަށެވެ. އެކަން ސާބިތުކޮށްދިނުމަކީ އެފަދައިން ބުނާ ފަރާތުގެ ޒިއްމާއެއްކަމަށެވެ. މީގެ އިތުރުން އަނިޔާވެރިކޮށް މަރާލެވިފައިވާ ފަރާތްތަކުގެ ހަނދާނުގައި ބާއވް އެއްވުންތަކާއި ހިނގާލުންތަކުގައ ބައިވެރިވި ހިތާމަ ފާޅުކޮށް ހެދުމަކީ ޤާނ ނ ގޮތުން މަނާކަމަކަށް ނުވުމުގެ އިތުރުން އެކަމުގެ ހުތުރުކަނ ސަރުކާރަށް ނިސްބަތްވާނެކަމެއް ނޫންކަމަށެވެ.

3.7- ތިންވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތާމެދު ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކީ ތައުދީބީ ކަމެއްގައި އެޅެނ އޮތް އެންމެ ބޮޑު ފިޔަވަޅުކަމަށެވެ. އެހެންނަމަވެސް، ގަވާއިދު ނަންބަރު 12-2017/R (ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު) ގެ 23 ވަނަ މާއްދާގައި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އެގަވާއިދުގެ ދަށުން އަދަބު ކަނޑައަޅާއިރު ކުށުގެ ކުޑަބޮޑު މިނަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މިގޮތުން އާއްމު އުސ ލެއްގެ ގޮތުން އަދަބު ކަނޑައަޅަންވާނީ އެގަވާއިދުގެ 18 ވަނަ މާއްދާގައި އަދަބުތައް ބަޔާންކޮށްފައިވާ ތަރުތީބަށް އިސްކަންދީގެންކަމަށެވެ. އެހެންނަމަވެސް އިސްތިއުނާފުކުރާ ފަރާތާމެދު އަޅާފައިވާ ފުރަތަމަ ފިޔަވަޅަކީވެސް ވަޒީފާއިން ވަކިކުރުންކަމަށް ވީއިރު، މިނިންމުމަކީ އިސްތިއުނާފުކުރާ ފަރާތަށް ތުހުމަތުކުރެވުނު ޢަމަލާއި ނުބައްދަލު އަދަބެއްކަމަށެވެ.

4.7- އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައި ނަސޭހަތްދީފައިވާކަމަށް ބަޔާންކޮށްފައިވާއިރު، ގަވާއިދު ނަންބަރު 1-4/2009-MPS (ވަޒީފާއާބެހޭ ގަވާއިދު) ގެ 107 ވަނަ މާއްދާގެ (ޅ) ގައި މުވައްޒަފުންނަށް ނަސޭހަތްދީ އިންޒާރުދީ ޖ ރިމަނާކުރަންވާނީ ލިޔުމުންކަމަށް ބަޔާންކޮށްފައިވާއިރު އެފަދަ ހެއްކެއް ދައުލަތަށް ދެއްކިފައިނުވާކަމަށެވެ.

5.7- އިސްތިއުނާފީ ފަސްވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ގަވާއިދު ނަންބަރު 12-2017/R (ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު) ގެ 19 ވަނަ މާއްދާގެ (ހ) އަދި (ނ) ގައި ބޯޑަށް ހުށަހެޅޭ މައްސަލަތައް ނިންމަންވީ ގޮތް ބަޔާންކޮށްފައިވާއިރު، ބޯޑުގައި ހިމެނެނީ ކިތައް މެންބަރުންކަމެއް، އަޣުލަބިއްޔަތަކީ ކޮބައިކަމެއް، އިސްތިއުނާފުކުރާ ފަރާތާމެދު ގޮތެއް ނިންމި ބައްދަލުވުމަށް ޙާޟިރުވި މެންބަރުން ވޯޓުދިނ ގޮތެއް އެނގެން ނެތްކަމަށެވެ. ނިންމުން ނިންމައި އިސްތިއުނާފުކުރާ ފަރާތާއި ހަވާލުކޮށްފައްވަނީ ނިންމުން ބަޔާންކުރާ ލިޔުންކަމަށެވެ. އިދާރީ ނިންމުމެއް ސައްހަވުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެނިންމުން ނިންމުމުގައި ނުވަތަ އެ އެންގުން އެންގުމުގައި ޤާނޫނުއަސާސީން ނުވަތަ ޤާނނަކުނ ނުވަތް ގަވާއިދަކުން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމުކޮށްފައިވާ ކަންކަމަށް ތަބާވެފައިވޭތޯ ބަލަންޖެހޭއިރު، ޑިސިޕްލިނަރީ ބޯޑުން އިސްތިއުނާފުކުރާ ފަރާތް ވަކިކުރުމުގައި ޢަމަލުކޮށްފައިވަނީ އެހެން ނ ންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:

8އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭކަމަށް ކަނޑައަޅުއްވައިދެއްވައި، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، ޤާނ ނ ޚިލާފަށާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ބަދަލު އިސްތިއުނާފުކުރާ ފަރާތަށް ލިބިދިނުމަށް ކަނޑައަޅުއްވައިދެއްވައި، މައްސަލަ ނިންމަވައި ދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

9އިސްތިއުނާފރައްދުވު ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ވަރަށް ތަފްޞީލްކޮށް ލިޔުމުން ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކުގެ ރައްދުގައި ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.9- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުން ޤާނ ނ ޚިލާފަށާ ބޭއްވި އެއްވުމެއްގައި ބައިވެރިވެފައިވާކަމަށް އިޢުތިރާފްވެފައިވާކަމަށ ނިންމާފައިވަން ދެކަމެއްގެ މައްޗަށް ބިނާކޮށްކަމަށާއި، ފުރަތަމަކަމަކަށް އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ބަޔާނުގައި 08 އޮގަސްޓް 2017 ދުވަހު ބޭއްވި އެއްވުމުގައި ބައިވެރިވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން އިޢުތިރާފްވެފައިވާތީކަމަށާއި، ދެވަނަ ކަމަކީ އެ އެއްވުމަކީ ޤާނ ނ ޚިލާފަށާ ބޭއްވުން އެއްވުމެއްކަން އިސްތިއުނާފުކުރާ ފަރާތުން ނޭނގޭކަމަށް ބުނި ނަމަވެސް، ޤާނޫނު ނޭނގޭކަމަށް ބުނުމަކީ ދެއްކޭނެ އުޛުރެއް ނޫންކަމަށް ބަޔާންކުރާ އުސޫލަށް ބަލައި، ޤާނ ނ ޚިލާފަށާ ބޭއްވުން އެއްވުމެއްކަން އިސްތިއުނާފުކުރާ ފަރާތަށް ނޭނގޭކަމަށް ބުނާ ބުނުމަށް ބުރަދަނެއް ދެވެން ނެތުމުންކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ އެނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ދައުލަތުން ދެކޭކަމަށެވެ.

2.9- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު ގެ 107 ވަނަ މާއްދާގެ (ހ) ގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އާންމު މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅުތައް އެޅިދާނެ ޙާލަތްތަކެއް ބަޔާންކޮށްފައިވާކަމަށެވެ. މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއިން ވަކިކޮށްފައިވަނީ އިޝާރާތްކުރެވުނު ގަވާއިދުގެ 107 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރަށާއި 5 ވަނަ ނަންބަރަށް ފެތޭ ކަމެއް އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ކަމުގައި ޑިސިޕްލިނަރީ ބޯޑަށް ޤަބލުކުރެވޭތީކަން ބޯޑުގެ ނިންމުމަށް ބެލުމުން އެނގޭކަމަށެވެ.

3.9- އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ގޮތުގައި އެފަރާތާއިމެދ ފިޔަވަޅު އަޅަންޖެހޭނީ ގަވާއިދު ނަންބަރު 12-2017/R (ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު) ގެ 18 ވަނަ މާއްދާގައި އަދަބުތައް ބަޔާންކޮށްފައިވާ ތަރުތީބަށް އިސްކަން ދީގެންކަމަށެވެ. އެހެންނަމަވެސް އެ ތަރުތީބަށް އިސްކަންދިނުމަކީ ލާޒިމުކަމެއް ނޫންކަން އެގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮންނަކަމަށެވެ. އެހެންކަމުން ތަރުތީބަށް ބަދަލު ގެނައުމގު އިޚްތިޔާރު ޑިސިޕްލިނަރީ ބޯޑަށާއި އިސްތިއުނާފު ކޮމިޓީއަށް ލިބިދީފައިވާކަން އެނގެން އޮންނަކަމެށެވެ.

4.9- އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނިންމުމުގައި ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި ހަތަރުވަނަ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންތައްތއަކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއިން ވަކިކުރުމުގައި މައުޟ ޢީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ކަނޑައެޅުއްވުމުގައި ރިޢާތަކޮށްފައިވ ކަންކަނާ ބަޔާންކޮށްފައިވަނީ ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަމުގެ (ޅ) ގއ ހަވަނަ ކަމެއްގެ ގޮތުގައިކަމަށާއި، އެނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފެނިފައިވާ ޢަމަލަކީ ފުރަތަމަ ފަހަރުންވެސ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވކަމެއާކަމަށްވާތީ، ކުރިން ނަސޭހަތްދީފައިނުވިނަމަވެސް، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ ގަވާއިދާ ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތްކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން މީގެ ކުރިން އަނގަބަހުން ނަސޭހަތް ދީފައިވާކަމުގެ މައްޗަށް ސިވިލް ކޯޓުގެ ނިންމުމުގައި ބަލާފައި ނެތުމުން އެކަން ހިނގާފައިވާކަމުގެ ހެއްކެއް ހުށަހެޅިފައިނެތުމަކީ ސިވިލް ކޯޓުގެ ނިންމުން ގޯސްކަމުގައި ބެލެވިދނާ ސަބަބެއް ނޫންކަމަށެވެ.

5.9- ފަސްވަނަ ނުކުތާގެ ރައްދު ގައި ބުނެފައިވަނީ، ސިވިލް ކޯޓަށް ދައުލަތުން ހުށަހެޅި ޖަވާބުގެ އެގްޒިބިޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމަށް ބެލުމުން، އެބޯޑުގެ ބައްދަލުވުމަށް ޙާޟިރުވި މެންބަރުންގެ އަދަދާއި ނަންތަކާއި، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައި ސޮއިކުރައްވާފަކަން އެނގޭކަމަށެވެ. އެހެންކަމުން، ބޯޑުގެ ބައްދަލުވުމަށް ޙާޟިރުވި މެންބަރުންގެ އަދަދާއި ބޯޑުގެ ނިންމުމަށް ތާއީދުކުރި މެންބަރުންގެ އަދަދު އެލިޔުމަށ ބެލުން އެނގެން އޮތްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

10އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2020 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކަމަށ ބަދަލް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެމޭރުމުން ފައިސަލާކުރަނިވި ޙުކުމެއް ނެރުއްވައިދެއްވައި މިމައްސަލަ ނިންމައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް :

11މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2020 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޢާއިޝަތު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރަ އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ. ފުރަތަމަ ނުކުތާއާގުޅޭ: ޤާނޫނާއި ޚިލާފު އެއްވުމެއްގައި ބައިވެރިވީކަމަށ އިޢުތިރާފް ލިބޭތޯ؟

12ސިވިލް ކޯޓުން މިމައްސަލަ ނިންމިއިރު، އިސްތިއުނާފުކުރާ ފަރާތް ޤާނޫނާއި ޚިލާފު އެއްވުމެއްގައި ބައިވެރިވިކަމުގެ މައްޗަށް އިޢުތިރާފުވާކަމަށ ބަޔާން ކޮށްފައިވެއެވެ. އެޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ؛ ..."2017 އޮގަސްޓް 08 ވަނަ ދުވަހު ބޭއްވުނު މި އެއްވުމަކީ ސިޔާސީ ކުލަޖެހި ފުލުހުން ބަދުނާމުވާފަދަ ގޮތަކަށް ބޭއްވުނު އެއްވުމެއްކަމަށް ޑިސިޕްލިނަރީ ބޯޑުން ފާހަގަކޮށްފައިވާ ކަމަށާއި، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ޤަވާޢިދާ ޚިލާފަށް މާލޭގައި ބޭއްވި މިއެއްވުމެއްގައި ދަޢުވާކުރާ ފަރާތުން ބައިވެރިވެފައިވާ ކަމަށް ދަޢުވާކުރާ ފަރާތުން ޑިސިޕްލިނަރީ ބޯޑަށް ދީފައިވާ ބަޔާނުގައި އިޢުތިރާފުވެފައިވާ ކަމަށާއި.....އަދި ޙަވާލާދެވިފައިވާ އެއްވުން އިންތިޒާމްކޮށް، ބާއްވާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތިކަން ދަޢުވާކުރާ ފަރާތަށް އެނގިފައިނުވާ ކަމަށާއި، އަދި އެގޮތަށް ކަމާބެހޭ ފަރާތްތަކަށް އެއްވުމުގެ ނޯޓިސް ދިނުމަކީ އެއްވުން އިންތިޒާމްކުރާ ފަރާތުގެ ޒިންމާއެއްކަމުގައި ދަޢުވާކުރާ ފަރާތުން ބުނިނަމަވެސް، ފުލުހުންގެ ވަޒީފާގައި ހުރެ، ފުލުހުންގެ މަޤްޞަދާއި މަސްއ ލިއްޔަތު އަދާކުރުމަށް ހުރަސްއެޅި، ފުލުހުންގެ މުއައްސަސާގައ މަސައްކަތްކުރި ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ އެއްވުމެއްގައި ބައިވެރިވުމަށްފަހު، ދަޢުވާކުރާ ފަރާތުން އެކަމުގެ ޒިންމާ އުފުލަން ނުޖެހޭނެކަމަށާއި، ޤާނޫނު ނޭނގޭކަމަށް ބުނުމަކީ، ދެއްކޭނެ އުޛުރެއްނ ންކަމާއި...."

13HN1ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން، 10 އޮގަސްޓް 2017 ގައި ތަޙްޤީޤަށް ދިން ބަޔާނުގައި، ޤާނޫނާއި ޚިލާފު އެއްވުމެއްގައި އޭނާ ބައިވެރިވިކަމަށް އިޢުތިރާފެއް ނުލިބެއެވެ. އޭނާ ދިން ބަޔާނުގައި ބުނެފައިވަނީ؛ ...."2017 އޮގަސްޓް 08 ވަނަ ދުވަހު ބޭއްވި އެއްވުމެއްގައި އަޅުގަނޑު ބައިވެރިވީމެވެ. .... މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ ހުއްދައަކާއެކު (ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ޤާނ ނ 2013/1 ގެ 24 އަދި 27 ވަނަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ (3) ވަނަ ނުކުތާގެ (ޅ). މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ) ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށްކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހަނި ގާލުމެއ ނުވަތް އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާރޒްއިން ކަނޑައަޅައި އާންމުކޮށް އިޢުލާންކޮށްފައި ތަންތަނުގައި އެކަނިކަމަށް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނ ނ (2013/1 ގެ 24 ވަނަ މާއްދާގެ (ޅ)އަށް ގެނެވިފައިވާ އިޞްލާޙް) ގައި ބަޔާންކޮށްފައިވެއެވެ. 2017 އޮގަސްޓް 08 ވަނަ ދުވަހު އަޅުގަނޑު ބައިވެރިވި އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނ ނުގެ ދަށުން އެއްވެ އުޅުމަށް ނަގަންޖެހޭ ހުއްދަ ނުނަގާ ކުރިއަށް ގެންދިޔަ އެއްވުމެއްކަމެއ އަޅުގަނޑަކަށް އނެ ގިފައި ނުވެއެވެ. ޤާނ ނާއި ޤަވާޢިދާ ޚިލާފަށް ބާއްވާ އެއްވުމެއްކަނ އެނގިގެން އަޅުގަނޑު އެއްވެސް އެއްވުމެއްގައި ބައިވެރިވެފައި ނުވާނެއެވެ. އަދި އެއްވެސް ސިޔާސީ އެއްވުމެއްގައި އަޅުގަނޑު ބައިވެރި ނުވަމެވެ." މިފަދައިން ކަމަށްވާއިރު، މިބަޔާނުން އެނގެނީ، އިސްތިއުނާފުކުރާ ފަރާތް އެއްވުމެއްގައި ބައިވެރިވިކަމެވެ. އަދި އެއެއްވުމަކީ ޤާނނުގައ ބަޔާންކުރި ހުއްދަ ނުނަގާ ކުރިއަށް ގެންދިޔަ އެއްވުމެއް ކަމެއް އޭނާއަށް އެނގިފައި ނެތްކަމަށެވެ. އަދި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބާއްވާ އެއްވުމެއްކަނ އެނގިގެން އެއްވެސް އެއްވުމެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ. ވީމާ، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ޤަވާޢިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި ޢާއިޝަތު ރަޝީދު ބައިވެރިވިކަމަށް އޭނާ އިޢުތިރާފުވާކަމަށް ދަށުކޯޓުން ބަޔާންކޮށްފައިވަނީ، އޭނާ ދިން ބަޔާނުން ފެންނނަ އޮތް ކަންކަމާއި ދިމާ އިދިކޮޅަށްކަން އެނގެއެވެ.

14ސިވިލް ކޯޓުން އިސްތިއުނާފުކުރާ ފަރާތުގެ އިޢުތިރާފު އެގޮތަށް ލިބޭ ކަމަށް ނިންމާފައިވަނީ، ތަޙްޤީޤުކުރި ފަރާތުން ދިން "ކޮމެންޓް" ގައި؛ "2017 އޮގަސްޓް 08 ވަނަ ދުވަހު، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ޤަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ރަޝީދު (ސ.ނަންބަރު:C1764) ބައިވެރިވެފައިވާކަމަށް އޭނާގެ އަމިއްލަ އިޢުތިރާފު ބަހުންނާއި، އެއްވުމުގައި ބައިވެރިވެފައިވާ ފޮޓޯތަކުން އެގެއެވެ." މިގޮތަށް ބަޔާންކޮށްފައިވާތީ ކަމަށް ވެދާނެއެވެ. ނަމަވެސް، އެއީ ރަނގަޅު ކޮމެންޓެއް ނޫންކަން ޢާއިޝަތު ރަޝީދު ދީފައިވާ ބަޔާނުން ސާފުވެއެވެ. ޑިސިޕިލިނަ ރީ ބޯޑުގެ މައްސަލަ ހުށަހަޅާ ފޯމުގެ ނަންބަރު: 2017/65/FDBM ދެވަނަ ނުކުތާއާގުޅޭ:

15މޯލްޑިވްސ ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު ގެ 107 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރަށާއި 5 ވަނަ ނަންބަރަށް ފެތޭކަމެއް އިސްތިއުނާފުކުރާ ފަރާތުގެ ޢަމަލުން ފުރިހަމަވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ސަބަބު އެބޯޑުގެ ނިންމުމުގައި ބަޔާންކޮށްފައި ނެތް ކަމަށް ބުނާ ނުކުތާއަށް ބަލާއިރު، އެބޯޑުގެ ނިންމުމުގައި "އެސިސްޓެންޓް ޑައިރެކްޓަރ ޢާއިޝަތު ރަޝީދު – C1764 އާ ބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލައިގައި ހުށަހެޅިފައިވާ ހުށަހެޅުންތަކަށާއި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރާއިރު ޢާއިޝަތު ރަޝީދު ބައިވެރިވެފައިވާ އެއްވުމަކީ މީހަކަށް ގެއްލިގެން އުޅޭ ޙައްޤެއް ހޯދައިދިނުމަށް އެއްވި އެއްވުމަކަށްވުރެ ސިޔާސީ ކުލަޖެހިގެން، ޚާއްޞަކޮށް ފުލުހުން ބަދުނާމުކޮށް ފުލުހުންގެ މައްޗަށް ކަމެއްގެ ތުހުމަތުކޮށް އަޑު އުފުލާ ގޮވުންތައް ގޮވާ ހެދި އެއްވުމެއްކަނ އެގެން އޮތުމާއި، އެއެއްވުމުގެ ބައިވެރިން ގެންގުޅުނު ލިޔުންތަކާއި ބިލް ބޯޑުތަކުން މިކަމަށް އިތުރަށް ބާރު ލިބިދޭހިނދު، އަދި މީގެ ކުރިންވެސް މިފަދަ ކަމަކާ ގުޅިގެން ފުލުހުންގެ ފަރާތުން ޢާއިޝަތު ރަޝީދުއަށް ނަޞޭހަތްތެރިވެ އަނގަބަހުން ވާހަކަ ދައްކާފައިވާހިނދު، ޢާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާގައިހުރެ މިފަދަ އެއްވުމެއްގައި ބައިވެރިވުމަކީ ފުލުހުންގެ ޤަވާޢިދުތަކާއި މަޞްލަޙަތާ ފުށުއަރާ ކަމަކަށްވާތީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ (107) ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރާއި އަދި ޑިސިޕްލިނަރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ (11) ވަނަ މާއްދާގެ (ހ) ގެ (18) ވަނަ ނަންބަރާއި ޙަވާލާދީ އެ ޤަވާޢިދުގެ (18) ވަނަ މާއްދާގެ (ކ) ގެ ދަށުން އެސިސްޓެންޓް ޑައިރެކްޓަރ ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރަން ނިންމި." މިފަދައިންނެވެ.

16ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދު ގެ 107 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގައި އިޞްލާޙީ ފިޔަވަޅު 107. (ހ) އިޞްލާޙީ ފިޔަވަޅު އަޅަންވާނީ ޢާންމު މުވައްޒަފަކު މިޤަވާޢިދުގައި ޢާންމު މުވައްޒަފުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ކަމަކުންކުރެކަމަކާ ޚިލާފުވެގެން ނުވަތަ ޤަވާޢިދަކާއި ޚިލާފުވެގެން ނުވަތަ ތިރީގައިއެވާ ކަންތައްތަކުގެ ޑިސިޕިލިނަ ރީ ބޯޑުގެ މައްސަލަ ހުށަހަޅާ ފޯމުގެ ނަންބަރު: 2017/65/FDBM ތެރެއިން ކަމެއް ނުވަތަ އެން ންވެސ އެފަދް ކަމެއް މުވައްޒަފެއްގެ ފުށުން ފެނިގެން، އެކަމެއް ރަނގަޅު ކުރުމަށެވެ. (4) މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ ޢަމަލެއް ކުރުން. (5) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބިދާފަދަ ގޮތަކަށް ނޭދެވޭ ކަމެއް ކުރުން. މިފަދައިންނެވެ. އަދި "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާއިބެހޭ ގަވާއިދު" ގެ 11 ވަނަ މާއްދާގެ (ހ) ގެ 18 ވަނަ ނަންބަރުގައި ބަޔާންކުރަނީ؛ ޑިސިޕްލިނަރީ އަދި 11. (ހ) މި ޤަވާއިދުގެ މަޤްޞަދަށްޓަކައި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތައް އިދާރީ ކުށްތައް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ. (18) ޤާނ ނ ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އަދި (ނ) އިން ބާރު ލިބިގެން އެކުލަވައިލާފައިވާ ގަވާއިދަކާ ޚިލާފުވުމާއި، ނެރެފައިވާ އޯޑަރުތަކާ ޚިލާފުވުން. މިފަދައިންނެވެ.

17ވީމާ، ޢާއިޝަތު ރަޝީދުގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ކުރާ ތުހުމަތަކީ، ޤާނޫނު ނަންބަރު: 2008/5 (ފުލުހުންގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން ހަދާފައިވާ ވަޒީފާއާބެހޭ ޤަވާއިދު ގެ 107 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، މުވައްޒަފުންގެ މެދުގައި ހަމނުޖެހުނަ އުފެދިދާފަދަ ޢަމަލެއް ކުރުމާއި، އެއަކުރުގެ (5) ވަނަ ނަންބަރުގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބިދާފަދަ ގޮތަކަށް ނޭދެވޭ ކަމެއް ކުރުމުގެ ތުހުމަތުކަން އެނގެއެވެ. ނަމަވެސް، ޢާއިޝަތު ރަޝީދުގެ މައްޗަށް ތަޙްޤީޤުކޮށްފައިވާ މައްސަލައަކީ، ޤާނޫނު ނަންބަރު: 2013/1 (ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާ ޚިލާފަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ޤަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުގެ ތުހުމަތެވެ.

18HN2ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަށާއި މަތީގައިވާ ޤަވާޢިދުތަކުގެ ނައްޞުތަކަށް ބަލާއިރު، ޢާއިޝަތު ރަޝީދގު މައްޗަށް ތުހުމަތުކުރެވުނު، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ޤަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވި ބައިވެރިވުމާއި ވަޒީފާއާބެހޭ ގަވާއިދުގެ 107 ވަނަ މާއްދާގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި ގުޅިގެންދާ ގޮތެއް ބަޔާންކޮށްފައެއް ނެތެވެ.

19ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ޤަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވި އެޢަމަލުގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ފިޔަވަޅެއް އަޅާފައެއްނެތެވެ. ޢާއިޝަތު ރަޝީދުގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ، އެއްވުމުގައި ކަންކަން ވެގެންދިޔަ ގޮތުގެ މައްޗަށް ބަލާފައެވެ. އެބޯޑުން ބުނެފައިވަނީ"ޢާއިޝަތު ރަޝީދު ބައިވެރިވެފައިވާ އެއްވުމަކީ މީހަކަށް ގެއްލިގެން އުޅޭ ޙައްޤެއް ހޯދައިދިނުމަށް އެއްވި އެއްވުމަކަށްވުރެ ސިޔާސީ ކުލަޖެހިގެން، ޚާއްޞަކޮށް ފުލުހުން ބަދުނާމުކޮށް ފުލުހުންގެ މައްޗަށް ކަމެއްގެ ތުހުމަތުކޮށް އަޑު އުފުލާ ގޮވުންތައް ގޮވާ ހެދި އެއްވުމެއްކަން އނެ ގެނ..." އޮން ންކަމަށެވެ. ވީމާ، އެއެއްވުން ބޭއްވީ ކަމާބެހޭ ފަރާތުގެ ހުއްދަ އޮވެގެން ކަމަށްވާނަމަ، ފުރަތަމަ ކަމަކަށް، ޢާއިޝަތު ރަޝީދުގެ މައްޗަށް ކުރި ތުހުމަތު އެގޮތުގައި ނުއޮންނާނެއެވެ. މިއިން އަންގައިދޭކަމަކީ، އާއިޝަތު ރަޝީދުގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ، ކަމާބެހޭ ފަރާތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލާ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވީތީ ނޫންކަމާއި އެއާޚިލާފަށް، އޭނާ ބައިވެރިވި އެއްވުމުގައި ކަންކަން ވެގެން ދިޔަ ގޮތުން ކަމެވެ. ވީމާ، ތުހުމަތު ކުރެވިގެން ތަޙްޤީޤުކުރި ޢަމަލާއި ފިޔަވަޅު އެޅުމަށް ތުހުމަތުކުރި ޢަމަލާއި ދިމާވާކަމަށ ބެލެވޭކަށް ނެތެވެ. އަދި އެކަމުގެ ސަބަބުތައް ބަޔާންކޮށްފައެއްވެސް ނެތެވެ.

20މޯލްޑިވްސ ޕޮލިސް ސަރވިސްގެ ނަންބަރު:1-4/2009-MPS (02 ޖެނުއަރީ 2009) "ވަޒީފާއާބެހޭ ޤަވާޢިދު" 24 ވަނަ މާއްދގާ (ށ) ގައި ބަޔާންކުރާ ގޮތުން، މުވައްޒަފަކު ޤާނނާއ ނުވަތި ޤަވާޢިދާއި ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެގެންދާނެ ނުވަތަ ބުރަ އަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން، ވަޒީފާއިން ވަކި ކުރެވިދާނެކަން އެނގެން އޮތްއިރު، ޤާނޫނާއި ޤަވާޢިދާ ޚިލާފުވެގެން ކުރި ތުހުމަތެއް ތަހުޤީޤުކޮށް، މި ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފިޔަވަޅު އެޅެން އޮއްވާ، އެގޮތަށް ޢަމަލު ނުކޮށް، ތަޙްޤީޤު ނުކުރާ ތުހުމަތެއްގެ މައްޗަށް ފިޔަވަޅު އެޅުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނ ނެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ އާއި ފަސްވަނަ ނުކުތާއާގުޅޭ:

21އިސްތިއުނާފުކުރ ފަރާތުގާ މައްޗަށް ފިޔަވަޅު އަޅާފައިވަނީ ތުހުމަތު ކުރެވުނު ޢަމަލާއި ނުބައްދަލު އަދި މައްސަލައިގެ ކުޑަބޮޑު މިނަށް ނުބަލާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރެއެވެ. އަދި ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ނިންމާފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެއެވެ.

22HN3މޯލްޑިވްސ ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާއިދު (ޤަވާޢިދު ނަންބަރު:1-4/2009-MPS) ބަޔާންކުރާ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ގިނތް ކޮށް ފައިވަނީ "ފުލުހުންގެ ވަޒީފާ" އަދި "ޢާންމު މުވައްޒަފުންގެ ވަޒީފާ" ގެ ގޮތުގައެވެ. މުވައްޒަފުންގެ ގޮތުގައި ފުލުހުންނަށް ނިސްބަތް ކުރާއިރު، އޭގެ ތެރޭގައި ވަޒީފާއާބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ށ) އަދި (ނ). "ސްޕެޝިއަލް ކޮންސްޓަބިއުލަރީގެ މުވައްފަޒުން ހިމެނެއެވެ. ފުލުހުންގެ ތެރޭގައި ޢާންމު މުވައްޒަފުންގެ ވަޒީފާގައި ތިބޭ މީހުން ނުހިމެނެއެވެ. އެހެންވެ، ފުލުހުންނާއި ސްޕެޝިއަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުންގެ މައްޗަށް ތުހުމަތު ކުރެވޭ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތައް ތަޙްޤީޤުކޮށް ފިޔަވަޅު އަޅަން އޮތީ، ޤަވާޢިދު ނަންބަރު:1-7/2009-MPS (02 ޖެނުއަރީ 2009) ޤަވާޢިދެވެ. ޢާންމު މުވައްޒަފުންގެ "ކޯޑް އޮފް 24 23 ކޮންޑަކްޓް" އަދި ޢާންމު މުވައްޒަފުންނަށް އިޞްލާޙީ ފިޔަވަޅު އެޅޭނެ ކަންކަމާއި ޢާންމު މުވައްޒަފަކު އެކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެއްޖެނަމަ، ވަޒީފާއާބެހޭ ޤަވާއިދުގެ ދަށުން ފިޔަޅު އެޅޭނެކަން ބަޔާން ކުރަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދުގައެވެ. ވީމާ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ފުލުހުންނާއި ޢާންމު މުވައްޒަފުންނާމެދު ވަޒީފާއާގުޅޭ ގޮތުން ތުހުމަތު ކުރެވޭ ކަންކަމުގައި ފިޔަވަޅު އެޅުމަށް ދެ ޤަވާޢިދެއް އޮތްކަން އެނގެއެވެ.

23މިގޮތަށް މިކަން އޮއްވައި، 26 ޖެނުއަރީ 2017 ގައި ގެޒެޓްކޮށް، 26 އޭޕްރީލް 2017 ގައި ޢަމަލު ކުރަންފެށި ޤަވާޢިދު ނަންބަރު: 12-2017/R (ޑިސިޕްލިނަރީ އަދި އިދާރީކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު) ގައި "މުވައްޒަފުން" ކަމުގައި ފުލުހުންނާއި، ސްޕެޝަލް ކޮންސްޓަބއިލަރީ އަދި ސިވިލް މުވައްޒަފުން ހިމަނައި، ޤަވާޢިދު ނަންބަރު:1-7/2009-MPS (ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު) އުވާލއެވި . ނަމަވެސް، ޤަވާއިދު ނަންބަރު: 1-4/2009-MPS (02 ޖެނުއަރީ 2009) (ވަޒީފާއާބެހޭ ޤަވާޢިދު) ގައި، ޢާންމު މުވައްޒަފުންނާބެހޭ ގޮތުން ޢަމަލު ކުރުމަށް އޮތް "ޢާންމު މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް" އަދި އިޞްލާޙީ ފިޔަވަޅު އެޅުމާބެހޭ ބައިތައް އުވާލާފައެއް ނެތެވެ. ނަތީޖާއަކީ، މޯލްޑިވްސް ޤަވާއިދު ނަންބަރު:1-7/2009-MPS (ޑިސިޕްލިނަރީ އަދި އިދާރީކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު) ގެ 13 ވަނަ މާއްދާ. ޤާނ ނ ނަންބަރު:2008/5 (ފުލުހުންގެ ޤާނޫނު) ގެ 76 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު. ވަޒީފާއާބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ރ) އަދި އެޤަވާއިދުގެ ހަތަރުވަނަ ބާބު. ވަޒީފާއާބެހޭ ޤަވާޢިދުގެ 107 ވަނަ މާއްދާ. ވަޒީފާއާބެހޭ ޤަވާޢިދުގެ 147 ވަނަ މާއްދާ. ޤަވާޢިދު ނަންބަރު:12-2017/R (ޑިސިޕްލިނަރީ އަދި އިދާރީކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު) ގެ 31 ވަނަ މާއްދާ. ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ޢާންމު މުވައްޒަފުންގެ މައްޗަށް ޑިސިޕްލިނަރީ ފިޔަވަޅު އެޅޭނެ ތަފާތު ދެ ޤަވާޢިދެއް އޮތުމެވެ. އެއާއެކު ކުރިން ޢަމަލުކުރި ޤަވާޢިދުގައި ފުލުހުންގެ މައްޗަށް ޚާއްޞަކޮށް ހިނގާގޮތަށް ބަޔާންކޮށްފައިވާ ބައެއް އިޖުރާއަތްތައް ފަހުން ހެދުނު ޤަވާޢިދުގައި ހިމަނާފައިވަނީ ފުލުހުންނާއި ޢާންމު މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެ ގޮތަށެވެ. ވީމާ ފުލުހުންގެ މައްޗަށް ހިނގާ އިޖުރާއަތާއި ޢާންމު މުވައްޒަފުންގެ މައްޗަށް ހިނގާ އިޖުރާއަތުތައް ވަކިވާ ގޮތެއް ނުވެއެވެ.

24HN4މިސާލަކަށް ޢާއިޝަތު ރަޝީދުގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ، ޑިސިޕްލިނަރީ އަދި އިދާރީކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާއިބެހޭ ގަވާއިދު" ގެ 18 ވަނަ މާއްދާގެ (ކ) ގެ ދަށުންކަން އެނގެއެވެ. މިޤަވާޢިދުގައި ހިމަނާފައިވާ އަދަބު ތަކަކީ، ޤާނޫނު ނަންބަރު: 2008/5 (ފުލުހުންގެ ޤާނޫނު)ގެ 67 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭނެ އަދަބުތައް ކަމުގައި ބަޔާންކުރާ އަދަބުތަކެވެ. އެ މާއްދާގައި ބަޔާންކުރަނީ؛ ޑިސިޕްލިނަރީ އަދި 18. ޤާނ ނ ނަންބަރު: 2008/5 (ފުލުހުންގެ ޤާނ ނ) ގެ 67 ވަނަ މާއްދާގެ އިދާރީ ކުށްތަކަށް (ށ) ގައިވާ ގޮތުގެމަތިން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް ކަނޑައެޅޭނެ އަދަބު ކަނޑައެޅުން އަދަބުތައް ތިރީގައި މިވަނީއެވެ.

(ކ) ވަޒީފާއިން ވަކިކުރުން. މުވައްޒަފަކު ކުރާ ޑިސިޕްލިނަރީ ނުވަތަ އިދާރީ ކުށަކާއި ގުޅިގެން އަދަބެއް ދިނުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމައިފިނަމަ، އެކަން އެ މީހަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި ވަޒީފާއިން ވަކިކުރުމަށްފަހު އެކަން ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތައް ބަލާ ފަރާތަށް އަންގަންވާނެއެވެ. މިފަދައިން ކަމަށްވާއިރު، ފުލުހުންގެ ޤާނޫނުގެ 67 ވަނަ މާއްދާއަކީ ފުލުހުންނަށް ޚާއްޞަ މާއްދާއެކެވެ. އެމާއްދާގައި ބަޔާންކުރާ އަދަބު ތަކަކީ، އިދާރީ މުވައްޒަފުންގެ މައްޗަށް ކަނޑައަޅާނެ އަދަބުތައް ބަޔާންކުރާ މާއްދާއެއް ނ ނެވެ. އެމާއްދާގައި ބަޔާންކުރަނީ؛ ފުލުހުންނަށްދެވޭ 67. (ހ) މި ޤާނ ނާއި މި ޤާނ ނުގެ ދަށުން ހަދާ ގަވާއިދުގައި ފުލުހުން އިދާރީ އަދަބު ޢަމަލުކުރުމަށް ކަނޑައެޅިފައިވާގޮތާ ޚިލާފުވެއްޖެނަމަ، އެކުޅަ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި މި ޤާނ ނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އެކަމަކަށް ކަނޑައެޅިފައިވާ އިދާރީ އަދަބެއް ދެވޭނެއެވެ.

(ށ) މިމައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި، ކަނޑައަޅަންވާނީ އަންނިވި އަދަބުތަކެވެ.

7. ވަޒީފާއިން ވަކިކުރުން. ވީމާ، ޤާނޫނުގައި ފުލުހުންގެ މައްޗަށް ކަނޑައެޅޭނެ އަދަބުތައް ބަޔާންކުރާ މާއްދާއަކަށް ޤަވާޢިދުގައި ޙަވާލާދީ، އަދަބުތަކެއް ހިމަނައި، އެއަދަބުތައް ޢާންމު މުވައްޒަފުންނަށްވެސް ދެވޭނެ ކަމަށް ބެލުމަކީ، އިޖުރާއީ ގޮތުން ހަމަޖެހޭނެ ކަމެއް ނޫނެވެ.

25ހަމައެހެންމެ، ފަހުން ޢަމަލު ކުރަން ފެށި ޤަވާއިދުގައި އެ ގަވާއިދުގެ ދަށުން ބަލާ މައްސަލަތަކުގައި ސުވާލުކޮށް ބަޔާން ނަގަންވާނީ ތުހުމަތު ކުރެވޭ މީހާއާ އެއް ރޭންކެއްގެ ނުވަތަ އެއަށްވުރެ ސީނިއާ ރޭންކެއްގެ މުވައްޒަފެއް ކަމަށް ބަޔާންކުރާއިރު، ޢާންމު މުވައްޒަފެއް ކަމަށްވާ ޢާއިޝަތު ރަޝީދުގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން އޭނާގެ ބަޔާން ނެނގުމުގައ މިދެންނެވި އިޖުރާއަތު ފުރިހަމަވިކަން އެނގޭނެ ގޮތެއް ނެތެވެ. ނަމަވެސް ވަޒީފާއާބެހަ ގަވާއިދު ގެ 107 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، ޢާންމު މުވައްޒަފެއްގެ ބަޔާން ނަގާކަށް ވަކި ރޭންކެއްގެ މީހަކަށް ވާކަށް ނުޖެހެއެވެ. ވީމާ، މި ދެޤަވާޢިދުނ ފަހުން ފާސްކުރި ޤަވާޢިދުގެ ދަށުން ބަޔާން ނަގާނަމަ، ސިވިލް މުވައްޒަފުންގެ ރޭންކުތަކާއި ފުލުހުންގެ ރޭންކުތައ އިޖުރާއަތް ފުރިހަމަ ކުރުމުގެ ގޮތުން ސާފުކޮށް އެނގެން ޖެހެއެވެ.

26ސިވިލް މުވައްޒަފުންގެ މައްޗަށް އިޞްލާޙީ ފިޔަވަޅު އެޅޭނެ ދެ ޤަވާޢިދެއް އޮތުމުން، ފިޔަވަޅު އަޅަންޖެހޭނީ، ކުރިކަމަށް ތުހުމަތުކުރާ ޢަމަލު ބަޔާންކުރާ ޤަވާޢިދެއްގެ ދަށުންނެވެ. މިގޮތުން، ޢާއިޝަތު ރަޝީދުގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ތުހުމަތު ކުރަނީ، ފުލުހުންގެ ވަޒީފާއާބެހޭ ޤވާއިދަ ގެ 107 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޢަމަލެއް ޢާއިޝަތު ރަޝީދުގެ ފުށުން ފެނުނުކަމަށް ކަމަށެވެ. ވީމާ، އޭނާގެ މައްޗަށް ފިޔަވަޅު އަޅަންޖެހެނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު ގެ 107 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 107 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޢަމަލެއްގެ މައްޗަށް ޤަވާޢިދު ނަންބަރު: 12-2017/R (ޑިސިޕްލިނަރީ އަދި އިދާރީކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާއިބެހޭ ގަވާއިދު)ގެ ދަށުން އަދަބެއް ނުދެވޭނެއެވެ. ދެ ޤަވާޢިދެއްގައި ބަޔާންކުރާ އަދަބަކީ އެއއްދަބެއް ކަމަށްވިޔަސް، ވަކި ޤަވާޢިދެއްގެ ދަށުން ވަކި ޢަމަލެއްގެ މައްޗަށް ތުހުމަތުކޮށް، އެޤަވާޢިދުގައި އެތުހުމަތުގެ މައްޗަށް އަދަބުދޭނ ގޮތެ ބަޔާން ކޮށްފައިވަނިކޮށް، އެނނ އެހެން ޤާވާޢިދެއްގެ ދަށުން އަދަބު ދިނުމުގެ ފުރުޞަތު ހުޅުވާލާނަމަ، ތަޢައްސުފީ ގޮތުން އަދަބު ދިނުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް ދެކެމެވެ. ތުހުމަތުކުރި ޢަމަލާއި ކަނޑައެޅި އަދަބގު ނިސްބަތް:

27HN5ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދު ގެ 104 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ޢާންމު 104. ޢާންމު މުވައްޒަފުންގެ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤުތައް ތިރީގައި މުވައްޒަފުންނަށް ބަޔާންވެގެން އެވަނީއެވެ. ލިބިގެންވާ ޙައްޤުތައް

(ރ) އެމުވައްޒަފަކު ކުރި ކުށަކަށް،އެކަށީގެންވާ ވަރަށްވުރެ ބޮޑު އަދަބެއް ނުދިނުން. މިފަދައިންނެވެ. ވަޒީފާ އަދާކުރަމުންދާ މީހަކު ވަޒީފާއިން ވަކި ކުރުމަށްވުރެ، ވަކި ބޮޑު އަދަބެއް އޮންނާނެ ކަމަކަށް ނުފެނެއެވެ. މީހަކު އަދާކުރަމުންދާ ވަޒީފާއިން ވަކިކުރުމަކީ އިޞްލާޙީ ފިޔަވަޅެއް ކަމުގައި ބަޔާންކުރިނަމަވެސް، އެއީ އިޞްލާޙީ ފިޔަވަޅަކަށްވުރެ، އިޞްލާޙު ނުވުމުން ވަޒީފާ އަދާކުރާތަނުން އެމީހާ ބޭރުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމުގައި ނޫނީ ނުވެއެވެ.

28މިމައްސަލައިގައި، ޢާއިޝަތު ރަޝީދުގެ މައްޗަށް ކުރި ތުހުތަކީ ޤާނޫނު ނަންބަރު: 2013/1 (ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާ ޚިލާފަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ޤަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުގެ ތުހުމަތެވެ. އެއެއްވުމާއިބެހޭ ގޮތުން މިރިޕޯޓްގައި ކުރިން ވާހަކަ ދެކެވިފައިވާތީ، އެވާހަކަތައް ތަކުރާރު ކުރުމުގެ ބޭނުމެއް ނެތެވެ.

29ވަޒީފާއާބެހޭ ގަވާއިދުގައި ޢާންމު މުވައްޒަފަކާބެހޭ ގޮތުން އަޅަންޖެހޭ ތައުދީބީ ފިޔަވަޅު އަޅާނެ އިޖުރާއަތު ބަޔާންކުރަނީ އެގަވާޢިދު ގެ 107 ވަނަ މާއްދާއެވެ. މިގަވާޢިދުން މިޤަޟިއްޔާއާގުޅޭ މާއްދާތައް ތިރީގައި އެވަނީއެވެ؛ އިޞްލާޙީ 107. (ށ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދަ ކަމެއް ނުވަތަ ޢަމަލެއް ޢާންމު ފިޔަވަޅު މުވައްޒަފެއްގެ ފުށުން ފެނިއްޖެނަމަ، އެމުވައްޒަފަކާމެދު، އެމީހަކު ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ރިޢާޔަތްކޮށް ތިރީގައިވާ އިޞްލާޙީ ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް އެޅިދާނެއެވެ. (1) ނަޞޭޙަތް ދިނުން ؛ (2) ނަޞޭޙަތާއި އިންޒާރުކުރުން؛ (3) ވަޒީފާއިން ވަކިކުރެވިދާނެކަމުގެ އިންޒާރުކުރުން؛ (4) ޙަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުން؛ (5) ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހަށްވުރެ ދިގު ނ ން މުއްދަތަކަށް ހުއްޓުވުން ؛ (6) އެމުވައްޒަފެއްގެ މަޤާމު ދަށްކުރުން؛ (7) ވަޒީފާއިން ވަކިކުރުން.

(ރ) އިޞްލާޙީ ފިޔަވަޅު އެޅުމުގެ ޢާންމު އުޞ ލެއްގެ ގޮތުން ޢަމަލުކުރަންވާނީ މިމާއްދާގެ (ށ) ގައިވާ ތަރުތީބުން، އެ ޢާންމު މުވައްޒަފަކާމެދު ފިޔަވަޅު އެޅުމެވެ. އެހެންނަމަވެސް މުވައްޒަފު ކޮށްފައިވާ ކުށުގެ ކުޑަބޮޑުމިނަށާއި، ކުށުގެ ބާވަތަށާއި، އެ ކުށެއްކޮށްފައިވާ ގޮތަށާއި، އެ މުވައްޒަފެއްގެ ރިކޯޑަށް ބެލުމަށްފަހު އެ މުވައްޒަފެއްގެ މައްސަލަތައް ހުރި ގޮތެއްގެ މައްޗަށް ބިނާކޮށް މީގެތެރެއިން އެފަހަރަކަށް އެކަށީގެންވާ ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑަށް ފެނުނު ފިޔަވަޅެއް އެޅިދާނެއެވެ.

(ބ) ވަޒީފާއިން ވަކިކުރުމަކީ އިޞްލާޙީ ފިޔަވަޅު އަޅައިގެންވެސް ރަނގަޅު ނުވެއްޖެނަމަ ކުރަން އޮންނަ ކަމެއް ކަމުގައިވިޔަސް، ވައްކަން، ޚިޔާނާތް، ތަނުގެ މަޞްލަޙަތު ގެއްލޭފަދަ ބޮޑެތި ކުށްކުރާ މުވައްޒަފުން، އެ މުވައްޒަފަކު އެކުރި ކުށުގެ ބާވަތުން އިތުރު ފިޔަވަޅެއް ނާޅައި ވަކިކުރުމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑަށް ފެނިއްޖެނަމަ، އެމުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެއެވެ.

(ޅ) ނަޞޭހަތްދީ، ޖ ރިމަނާކޮށް، އިންޒާރުކޮށް ހަދާނީ ލިޔުމުންނެވެ. މިލިޔުމުގައި މުވައްޒަފުން ސޮއި ނުކުރިނަމަ، ދެމީހުންގެ ޙާޟިރުގައި އެފިޔަވަޅެއް މުވައްޒަފަކަށް އަންގާނީއެވެ. މިގޮތަށް ޢަމަލުކުރާއިރ އެފިޔަވަޅު އެޅިކަމަށް އެދެމީހުން ހެކިވެ، އެލިޔުމުގައި އެދެމީހުން ސޮއިކުރަންވާނެއެވެ. މިއިޖުރާއަތްތަކާއ ދާދި އެއްގޮތް އިޖުރާއަތުތަކެއް ފަހުން ޢަމަލު ކުރަންފެށި ގަވާއިދުގައިވެސް ބަޔާންކުރެއެވެ. އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދެނީ ފަހުގެ ޤަވާއިދުގެ އިޖުރާއަތުތަކަށެވެ. އެޤަވާޢިދުގެ 23 ވަނަ މާއްދާގައި ޑިސިޕްލިނަރީ އަދި 23. (ހ) ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް މި ގަވާއިދުގެ ދަށުން އަދަބު އިދާރީ ކުށްތަކަށް ކަނޑައަޅާއިރު ކުށުގެ ކުޑަބޮޑުމިނަށް ރިޢާޔަތްކުރަންވާނެއެވެ. އަދި އަދަބު ޢާންމު އުސ ލެއްގެ ގޮތުން އަދަބު ކަނޑައަޅަންވާނީ މި ގަވާއިދުގެ ކަނޑައެޅުމުގައި 18 ވަނަ މާއްދާގައި އަދަބުތައް ބަޔާންކޮށްފައިވާ ތަރުތީބަށް ބަލާނެ މިންގަނޑު އިސްކަންދީގެންނެވެ.

(ށ) މުވައްޒަފަކު ކުރާ ޑިސިޕްލިނަރީ އަދި އިދާރީ ކުށެއްގެ ކުޑަ ބޮޑުމިނަށް ރިޢާޔަތްކޮށް މިގަވާއިދުގެ 18 ވަނަ މާއްދާގައި އަދަބުތައް ޤަވާޢިދު ނަންބަރު:12-2017/R (ޑިސިޕްލިނަރީ އަދި އިދާރީކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދު) ބަޔާންކޮށްފައިވާ ތަރުތީބަށް ބަދަލު ގެނައިކަމުގައިވިޔަސް، އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ޑިސިޕްލިނަރީ ބޯޑަށާއި އިސްތިއުނާފު ކޮމެޓީއަށް ލިބިގެންވެއެވެ. އަދި އަދަބެއް އެ މުވައްޒަފެއްގެ މައްޗަށް ކަނޑައަޅާނަމަ ދެ ކަމެއް އެކުއެކީގައި ފުރިހަމަކުރުމަށް ކަނޑައެޅުމާމެދު މި ގަވާއިދު ހުރަހެއް ނާޅައެވެ. މިފަދައިންނެވެ.

30ވީމާ، ވަޒީފާއާބެހޭ ގަވާއިދުގެ ދަށުންވެސް އަދި ފަހުން އެކުލަވާލި ޑިސިޕްލިނަރީ މައްސަލަތައް ބެލުމުގެ ގަވާޢިދުގެ ދަށުންވެސް، އަދަބު ކަނޑައެޅުމުގެ އަސާސީ އުޞޫލަކީ ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅުމެވެ. އަދަބު ކަނޑައެޅުމުގެ އާސާސީ އުޞޫލުން އެއްކިބާވެ، އެން ނ ފިޔަވަޅެއް އަޅާނަމަ، މުވައްޒަފު ކޮށްފައިވާ ކުށުގެ ކުޑަބޮޑުމިނުގެ އިތުރުން، ކުށުގެ ބާވަތް، އެ ކުށެއްކޮށްފައިވާ ގޮތް، އެ މުވައްޒަފެއްގެ ރިކޯޑް، އެ މުވައްޒަފެއްގެ މައްސަލަތައް ހުރި ގޮތެއް ބަލަންޖެހެއެވެ. މިއިން އެއްވެސް ކަމެއްގެ މައްޗަށް ބަލަން ނުޖެހޭނީ، ވައްކަން، ޚިޔާނާތް، ތަނުގެ މަޞްލަޙަތު ގެއްލޭފަދަ ބޮޑު ކުށެއް ކަމުގައި އެތުހުމަތ ކުރެވުނު ކުށް ވާނަމަ އެވެ.

31HN6ޑިސިޕްލިނަރީ ބޯޑުން ޢާއިޝަތު ރަޝީދުގެ މައްޗަށް ފިޔަވަޅު އެޅީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ މައްޗކަ ށ ނޫނެވެ. އަދި އޭނާގެ މައްޗަށް އެކުރެވުނު ތުހުމަތުގެ ކުޑަބޮޑު މިނަށް ބަލައިގެންނެއްވެސް ނޫނެވެ. އެކަން އެކޮމެޓީގެ ރިމާރކްސ އިން ސާފުވެއެވެ. އެރިމާރކްސްގައ ބަޔާނި ކުރަނީ؛ ...." ޢާއިޝަތު ރަޝީދު ބައިވެރިވެފައިވާ އެއްވުމަކީ މީހަކަށް ގެއްލިގެން އުޅޭ ޙައްޤެއް ހޯދައިދިނުމަށް އެއްވި އެއްވުމަކަށްވުރެ ސިޔާސީ ކުލަޖެހިގެން، ޚާއްޞަކޮށް ފުލުހުން ބަދުނާމުކޮށް ފުލުހުންގެ މައްޗަށް ކަމެއްގެ ތުހުމަތުކޮށް އަޑު އުފުލާ ގޮވުންތައް ގޮވާ ހެދި އެއްވުމެއްކަނ އެގެން އޮތުމާއި..." މިފަދައިން ކަމަށްވާއިރު، އެއެއްވުމުގައި ސިޔާސީ ކުލަ ޖެހުނު ގޮތެއް، އެއެއްވުމުގައި، ފުލުހުން ބަދުނާމު ކުރިގޮތެއ ނުވަތް ފުލުހުންގެ މައްޗަށް ކުރީ ކޮން ތުހުމަތެއްކަން ތަޙުޤީޤުންވެސް އަދި ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުންވެސ އެނގޭކަށް ނެތެވެ. މީހަކު ވަޒީފާއިން ވަކިކޮށްލުމަށްޓަކައި، އެއެއްވުމަކ ސިޔާސީ ކުލަޖެހިފައިވާ އެއްވުމެކޭ ބުނުމަކުން ނުފުދެއެވެ. އެކުލަޖެހިގެން ދިޔަ ގޮތެއް ބަޔާން ކުރެވެން ޖެހެއެވެ. އަދި މީހަކު ވަޒީފާއިން ވަކި ކުރުމަށްޓަކައި ފުލުހުން ބަދުނާމު ވެއްޖޭ ބުނުމަކުން ނުފުދެއެވެ. ފުލުހުން ބަދުނާމ ކުރުމަށު ތުހުމަތު ކުރި ފަރާތުން ކުރިކަމެއް ފުލުހުންގެ މައްޗަށް އެޅުވި އިލްޒާމެއް ބަޔާންކޮށް އޭގެ ކުޑަބޮޑުމިން ވަޒަން ކުރަންޖެހޭނެއެވެ. ހަމައެކަނި ގަވާއިދާ ޚިލާފަށް އެއްވެ އެއްވުމެއްގައި ބައިވެރިވުމަކީ، އަދި އެއެއްވުމުގައ ބައިވެރިވި އެހެން ބަޔަކު ކަންކުރި ގޮތަކީ ތުހުމަތު ކުރެވުނު ފަރާތް މިމައްސަލައިގައި ޒިންމާ ކުރުވައި ވަޒީފާއިން ވަކި ކުރެވޭނެ ކަމެއް ނޫނެވެ. އެހެނ މިއީ ޖިނާއީ ކުށެއްގެ މައްސަލައެއް ނޫނެވެ. ވީމާ ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކި ކުރުމުގެ ފިޔަވަޅު ޑިސިޕްލިނަރީ ބޯޑުން އަޅާފައިވަނީ، އެހެން ބަޔަކު ފުލުހުންނަށް ރައްދު ކުރިކަމަށް ބުނާ ބަސްތަކެއްގެ ސަބަބުން އިމޯޝަނަލިޒަމްގެ ތެރެއިން ނުވަތަ ޖަޒުބާތީ ގޮތުން ކަމަށް ބުރަވެވެއެވެ. އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާގުޅޭ: އަނގަބަހުން ދިންކަމަށް ބަޔާންކުރާ ނަޞޭޙަތް:

32HN7ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައި ..." މީގެ ކުރިންވެސް މިފަދަ ކަމަކާ ގުޅިގެން ފުލުހުންގެ ފަރާތުން ޢާއިޝަތު ރަޝީދުއަށް ނަޞޭހަތްތެރިވެ އަނގަބަހުން ވާހަކަ ދައްކާފައިވާހިނދު،... " މިހެން ބަޔާންކުރާ ކުރުމަކީވެސް ސާބިތު ހިފޭ ވާހަކައެއް ނ ނެވެ. ވަޒީފާއާބެހޭ ޤަވާއިދުގައި، ނަސޭޙަތްދީ، ޖ ރިމަނާކޮށް އިންޒާރުކޮށް ހަދާނީ ލިޔުމުން ކަމަށް ބަޔާން ކުރެއެވެ. ވީމާ، އާއިޝަތު ރަޝީދުއަށް ތައުދީބީ ގޮތުން ނަޞޭޙަތެއް ދީފައި އޮތްނަމަ، އެކަން ސާބިތު ކުރުމަށް އެލިޔުމެއް، ނޫނީ އެލިޔުމުގައި އޭނާ ސޮއި ނުކުރިނަމަ، އެނަޞޭޙަތްދިންކަން ދެނަހުރި ވަޒީފާއާބެހޭ ޤަވާޢިދުގެ 107 ވަނަ މާއްދާގެ (ޅ). ދެމީހުންގެ ހެކިބަސް ވަޒީފާއާބެހޭ ގަވާއިދުގައި ބަޔާންކުރާ ގޮތުން ހޯދައިގެން މެނުވީ ތައުދީބީ ގޮތުން ނަޞޭޙަތްދިނ ކަމަށް ރިޢާޔަތްކޮށްގެން ނުވާނެއެވެ. ފިޔަވަޅު އަޅާފައިވަނީ ތަޙްޤީޤު ފުރިހަމަ ނުކޮށް:

33ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކި ކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރި ޢަމަލުގެ ތަޙުޤީޤު ފުރިހަމަ ކުރުމެއްނެތި، ޤަވާޢި ދ ޚިލާފަށާ އެއްވެ އެއްވުމެއްގައި އޭނާ ބައިވެރިވިކަމުގެ އިޢުތިރާފު ލިބޭ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެއިޢުތިރާފު ނުލިބޭކަން ކުރިން ބަޔާން ކުރެވިއްޖެއެވެ.

34ޤާނޫނު ނަންބަރު:2013/1 (ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2016/20) ގައި ބަޔާންކުރާ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުންދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރ ރަށާ ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއ ނުވަތް އުޅަނދު ބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒ އިން ކަނޑައަޅައި އިޢުލާން ކޮށްފައިވާ ހަމައެކަނި ތަނކަ ހެންވޭރު ކާނިވާ ސަރަޙައްދެވެ.

35HN8ނަމަވެސް، ހެންވޭރު ކާނިވާ ސަރަޙައްދު ފިޔަވައި މާލޭގެ އެހެންތަނެއްގައި އެއްވުމެއް ބާއްވާނަމަ، ހުއްދަ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދެންޖެހޭ ފަރާތަކީ ކޮބައިކަން ޤާނޫނުގެ އަދި ދެންނެވުނު އިޢުލާނުގައިވެސް ސާފުކޮށް ބަޔާންކޮށްފައެއް ނެތެވެ. މުޅި ޤާނޫނު އެއްރޮއްޖަކަށް ކިޔާލުމުން، އެކަން ކުރަންޖެހެނީ، އެ އެއްވުމެއް އިންތިޒާމު ކުރާ ފަރާތުން ކަމަށް ބުރަވެވެއެވެ. އަދި އެއްވުމެއްގައި ބައިވެރިވާ ވަކިވަކި މީހުން އެއިން ކޮންމެ އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ)ގައި. ނަންބަރު: F/1/2016/12-(IUL)10 (31 އޮގަސްޓް 2016) "އެއްވެއުޅުނ ހުއްދް ސަރަޙައްދާ ގުޅޭ" އިޢުލާން. މީހކަ ވަކި ހުއްދައެއް ހޯދުމަކީ ކުރަންޖެހޭނެ ކަމެއް ނޫންކަންވެސް ދޭހަވެއެވެ. އަދި އެއީ ޤާނޫނު މާނަކުރެވޭނެ ގޮތެއްވެސް ނޫނެވެ. ވީމާ، މިމައްސަލަ ތަޙްޤީޤު ކުރިކުރުމުގައި، ޢާއިޝަތު ރަޝީދުގެ ދައުރު މިއެއްވުމުގައި އޮތް ގޮތުގެ މައްޗަށް ބެލެވެންޖެހޭ ކަމަށް ދެކެމެވެ.

36އެހެނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުންދޭ ހުއްދައެއްގެ ދަށުން ހެންވޭރު ކާނިވާ ސަރަޙައްދު ފިޔަވައި މާލޭގެ އެހެން ތަންތަނުގައި ޤާނޫނާއި އެއްގޮތަށް އެއްވުންތައް ބޭއްވޭނެއެވެ. ޤާނޫނާއި އެއްގޮތަށް ބާއްވާ އެއްވުމެއް ހަމަކުއްލިއަކަށް ޤާނޫނާއި ޚިލާފު އެއްވުމަކަށވެސް ފުރޮޅިދާނެކަން ޤާނ ނ ނަންބަރު:2013/1 (ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އެނގެއެވެ. ވީމާ، އެއެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއްކަން އެނގިހުރެ އެއްވުމުގައި ބައިވެރިވީތޯ؟ ނުވަތަ ޤާނޫނާއި އެއްގޮތަށް ބޭއްވި އެއްވުމެއްގައި ބައިވެރިވީފަހުން، އެއެއްވުން ޤާނޫނާއި ޚިލާފު އެއްވުމަކަށް ފުރޮޅިއްޖެކަން އެންގުމުންވެސް އެއެއްވުމުގައި ދެމިހުރީތޯ؟ މިފަދަ އަސާސީ ކަންކަމަކީ އެމީހަކާމެދު ތައުދީބީ ގޮތުންވިޔަސް އަދި ޖިނާއީ ގޮތުންވިޔަސް ފިޔަވަޅު އަޅައި ކުށްވެރ ކުރުމުގައި ބަލަންޖެހޭ އެންމެ އަސާސީ ކަންކަމެވެ.

37ހޯމް އެފެއާރޒްއިނ ކަނޑައަޅް ޢިއުލާނ ކުރު ތަނެއް ފިޔަވައި، މާލޭގެ އެހެންތަނަކަށް އެއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދުމަށް ޤާނޫނުގައި އޮތްކަން މީހަކަށް ނޭނގޭ ކަމަށް ބުނުމާއި (ignorance of the law) ޤާނނުގައ ބަޔާންކުރި ގޮތަށާ އެހުއްދަ ނެގިކަން ނުވަތަ ނުނަގާކަން އެނގިފައި ނެތްކަމަށް ignorance of( fact) މީހަކު ބުނުމާއި މިއީ ތަފާތު ދެކަމެކެވެ. މާލޭގެ އެހެން ތަނަކަށް އެއްވާކަމަށް ވާނަމަ، ފުލުހުންގެ ހުއްދަ ކުރިން ހޯދަންޖެހޭކަމާމެދ ޢާއިޝަތު ރަޝީދު އިންކާރެއް ނުކުރެއެވެ. ނަމަވެސް އޭނާ ބަޔާންކުރަނީ، އެހުއްދަ ނުނަގާކަނ އޭނާއަށް ނޭނގޭ ކަމަށެވެ. ކުރިން ބުނިހެން، އެއްވުމެއްގައި ބައިވެރިވާ ވަކިވަކި ފަރުދުން ފަރުދީގޮތުން އެހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. އެހުއްދަ ހޯދަންޖެހޭނީ އެއެއްވުމެއް އިންތިޒާމުކުރާ ފަރާތުންނެވެ. ވީމާ އެއްވުމެއްގެ ބައިވެރިއަކަށް އެހުއްދަ ކުރިން ނަގާފައިވާކަން ނުވަތަ ނ ންކަން އެނގިފައި އޮތުމާއި އެނގިފައި ނެތުމަކީ ޤާނޫނު ނ ނގިގެން އުފެދޭ ސުވާލެއް ނޫނެވެ. އެއީ ޙަޤީޤަތަކާއި މެދު އެރިކަމަށ ބުން އޮޅުމެއްގެ ވާހަކައެވެ. ވީމާ، މީހަކު ވަޒީފާއިން ވަކި ކުރުމުގެ ކުރިން ހަމަ ޙަޤީޤަތުގައިވެސް ޤާނޫނީ ގޮތުން ނަގަންޖެހޭ އެހުއްދަ ނަގާފައިވާކަން އެނާއަށް އެނގިފައި ނުވާކަމަށް ބާރުދޭ ކަންކަން ނުވަތަ އެކަން އެނާއަށ އެނގޭނެކަމަށް ބާރުދޭ ކަންކަން ހުރިކަން ތަޙްޤީޤުން ސާފު ކުރާންޖެހޭނެއެވެ.

38މިގޮތުން، އެއެއްވުނ އިންތިޒާމް ކުރު ކޮން ފަރާތަކުންތޯ؟ އެފަރާތަކުން އެނަގަންޖެހޭ ހުއްދައެއް ނެގިތޯ؟ އަދި އެހުއްދަ ނެގިކަން ނުވަތަ ނުނަގާކަން އެކަށީގެންވާ ގޮތަކަށް ބައިވެރިން ނަށް އެންގިތޯ ނުވަތަ ނޫންތޯ؟ އެއްވުން އިންތިޒާމު ކުރި މީހުންނާއި ތުހުމަތު ކުރެވޭ މީހުންނާއި އޮތް ގުޅުމަކީ ކޮބާތޯ؟ މިކަންކަން ސާފުކުރިނަމަ، އެހުއްދަ ކުރިންނެގިކަނ ނުވަތް ނުނަގާކަމާމެދު އުފައްދާ ސުވާލުގެ ޖަވާބެއް ލިބޭނެއެވެ. މިއާޚިލާފަށް، އެއްވުމުގައި ބައިވެރިވި ކަމަށް ބުނުމާއެކު، އެގޮތަށް ކަންކުރީ ހުއްދަ ނުނަގާކަން އެގިފައި ނެތުމުންކަމަށް ބުނެބުނެ ހުއްޓާ އެކަމަށް ޖަވާބެއް ނުދީ ތަޙުޤީޤުން އެކަންކަން ނުބަލާ ފިޔަވަޅު އެޅުމަކީ އިންޞާފުވެރި ގޮތެއް ނ ނެވެ. އަދި މިމައްސަލައިގ ތަޙްޤީޤަށް ބަލާއިރު، މިއެއްވުން އެއްވިތަނަކީ ކޮބާކަންވެސް އެނގޭނެ ގޮތެއްނެތެވެ.

39HN9އެއްވެ އުޅުމާއިބެހޭ ގޮތުން މިމައްސަލައިގައި ވާހަކަދެވޭ ނުކުތާއަކީ ދުސްތޫރީ ޙައްޤަކާއި ގުޅިފައިވާ އަދި އެޙައްޤު ހަނިކޮށްފައިވަނީ ދުސްތޫރީ ހަމައަކުންތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ގޮތަށް އޮތް މައްސަލައަކަށްވާއިރު، މީހެއްގެ ވަޒީފާ މިބާވަތުގެ ސަބަބެއް ދައްކައި ވަކިކުރެވޭނީ ހަމަހަޤީޤަތުގައިވެސް އޭނާ ކުޅަ ޢަމަލު ސީރިއަސްކަން ބަޔާން ކޮށްދެވިގެނ ކަމުގައް ދެކެމވެ. ޚިޔާލީ ތަސައްވުރެއްގެ މައްޗަށެ މީހެއްގެ ވަޒީފާއިން ވަކި ކުރެވިދާނެކަމަށް ބުރައެއް ނުވެވެއެވެ.

ބަދަލު ދިނުން

40އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީގެއްލުމުގ ބަދަލުގެ ގޮތުގައެ އިސްތިއުނާފުކުރި ފަރާތް ވަޒފާއިނީ ވަކިކުރި ތާރީޚުން ފެށިގެން މިމައްސަލަ ނިމޭ ތާރީޚާ ހަމައަށް އިސްތިއުނާފުކުރާ ފަރާތަށް ހައްޤުވާ މުސާރައާއި އިނާޔަތްތައް ނަގަދިނުމަށެވެ.

41HN10ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަހީދު ޤަޟިއްޔާގައި ވަޒީފާ އިޢާދަކުރުމ ދެމެދާ ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ދޭން އަމުރުކުރުމަކީ، އެމުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށާއި، ނަމަވެސް މުޅި މުއްދަތުގެ އެންމެހާ މުސާރަ އާއި އިނާޔަޔްތައް އެކުގައި ނަގައި ދިނުން ކޮންމެހެން ލާޒިމު ނ ންކަމަށް ފާހަގަކޮށްފައިވެއެވެ.

42މަތީގައި ޙަވާލާދެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާން ކުރާ ކަންކަމަށް ރިޢާޔަތް ކޮށް، ސ.ފޭދޫ ކޮކާގެ ޢާއިޝަތު ރަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުން ވަކިކުރުމަށް އެތަނުގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ، ފުލުހުންގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ޚިލާފަށްކަމަށްވާތީ، ޢާއިޝަތު ރަޝީދު އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށް، އޭނާ ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން 06 (ހައެއް) މަސް ދުވަހަށްވާ ފައިސާ އޭނާއަށް ނަގައިދިނުމަށް އަހުރެންނަށް ފެނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާ (ޢަލީ ވަހީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ)

ނިންމުން

43ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

44މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

45މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

46މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) ,.,., -- -- :c N -< u <"' GI\ ~~~~ • i'.\ "~ "~ "!I of' "~ "!I ~~ "\ o, ~~ 11"1 o, "\"\

0) 'I i::.. "" \\~ "\ ''''I Ri., ", \\ '''I ~~ 11"1 \'I u ----- u M N ;;> !Ii i!I ()\ I\'\ ", "~\ "~ 11!1 \ ~i l '\ \\ a i: "'\ "!I "\ "" ,, ot oa, "\ "'I ,~' ", 0!1 "!I '\ "\ o, "'I \'I 0~ ,~' \QJ ,I\ \\ "l '\ \i ~a ii\ i, i: i:"l ",I \\ o~' R\ o, "\ ~~ R\ ~\' )i ~i "l ,i \\ ia ,,,. i!I 0a., ol' \ '1. ,I \\ \ "'\ "!I ,,} "!I o, o, ,, R II~ ,, ,~' ,'1. \ 3, !Ii ,I\ ,. \\ 'IJ Xii i~ ,,,. \\~ \\' :} "\ o, "\ "~ "!I o, ,, "\ ~~ ,~' \~ ~ 3, '\ \\ \\ Xii Xii i i,. \\~ "}' ~} 0\ "'\ ol ,~' o, o, ,,-.., --- \0 r l il ii\ 0' "'I "!I o, "\ o, 11"1 \" \!I\" ,l \ a ~, \ !I 'IJ '\ ~, 'IJ ;} o, o, o, ~, "'IJ "'I 11"1 o, ,l \" 0 c--- ~~\ "\ "'I "'Io,

0) ~~ ~~ ,l "" "'I ,,-.., \'I '-....,;,., ·\ \ \ 'IJ :,~ "& "!I o, o, 0 "~ o, \ '''I ,..., ~\, · '\ !I ,I '.\i G GI\ ,:., '~ .. ,, I\' •}' \\' of' \\' ox, ox, \i ·~ ... ·~ -~' - .. :i ~'IJa~ •_'.- -~' -~ •.l. °' <n r<) r<) 0 ;::: ;:;;"'" '-0 r<) .. .., '\ ~ ~ \, ·.\ " .... ·= @) t2 ;:: ;:: J ] t:: t:: E bO ::, e.o E u ::, bO I'\ .., ~

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ)، (ނ) (4)؛ 67 ވަނަ މާއްދާ؛ 76 ވަނަ މާއްދާގެ (ށ) ގެ 2
  • ޤަވާޢިދު ނަންބަރު 1-4/2009-MPS (ވަޒީފާއާބެހޭ ޤަވާޢިދު) ގެ 5 ވަނަ މާއްދާ؛ 24 ވަނަ މާއްދާގެ (ށ)؛ 104 ވަނަ މާއްދާގެ (ރ)؛ 107 ވަނަ މާއްދާގެ (ހ) (4)، (5)، (ށ)، (ރ)، (ބ)، (ޅ)؛ 147 ވަނަ މާއްދާ
  • ޤަވާޢިދު ނަންބަރު 1-7/2009-MPS (ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު) ގެ 13 ވަނަ މާއްދާ
  • ޤަވާޢިދު ނަންބަރު 2017/R-12 (ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު) ގެ 11 ވަނަ މާއްދާގެ (ހ) (18)؛ 18 ވަނަ މާއްދާގެ (ކ)؛ 19 ވަނަ މާއްދާ؛ 23 ވަނަ މާއްދާ؛ 31 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 1/2013 (ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ޅ) އަދި 27 ވަނަ މާއްދާ؛ ޤާނޫނު ނަންބަރު 20/2016 (1 ވަނަ އިޞްލާޙު)
  • ހޯމް މިނިސްޓްރީގެ އިޢުލާން ނަންބަރު F/1/2016/12-(IUL)10 (އެއްވެއުޅުން ހުއްދަ ސަރަޙައްދު)
  • ސުޕްރީމް ކޯޓުގެ 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަޙީދު)
  • ސުޕްރީމް ކޯޓުގެ 2019/SC-A/27 (ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ))

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ