ބްލޫ ލެގޫން އިންވެސްޓްމެންޓް ޕވޓ ލޓޑ ވ. ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1567/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ޕްރިންސިޕަލް ޢަދަދާއި ޖޫރިމަނާގެ ގޮތުގައި 744,385.43 ރުފިޔާއާއި ޗެކް ބައުންސް ޗާޖާއެކު ޖުމްލަ 1,912,405.43 ރުފިޔާ ދެއްކުމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- ތެލާއި ގުޅޭ ބާވަތްތައް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގެ ދަށުން ދޫކުރި ތެލުގެ އަގު 1,167,820 ރުފިޔާ ނުދެއްކުމުން، އަގާއި، ސްޓޭންޑަރޑް ކޮންޑިޝަންސްގެ 6 (g) ގެ ދަށުން ކްރެޑިޓް މުއްދަތުގެ ފަހުން ދުވާލަކަށް 0.05% ގެ ނިސްބަތުން އަރާ ޖޫރިމަނާއާއި ޗެކް ބައުންސް ޗާޖު ހޯދުމަށް ސަޕްލައިކުރި ކުންފުނިން ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތެޔޮ ސަޕްލައިކުރުމުގެ އެއްބަސްވުމުގެ ޖަޒާއީ ޝަރުޠުގެ ދަށުން ސިވިލް ކޯޓުން ނަގައިދިން ޖޫރިމަނާގެ ފައިސާއަކީ ސުޕްރީމް ކޯޓުގެ 2015/SC-A/16 އާއި ހައިކޯޓުގެ 2015/HC-A/177 ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ނަގައިދީފައިވާ ފައިސާއެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ނަގައިދިން ޖޫރިމަނާއަކީ 2015/SC-A/16 އާއި 2015/HC-A/177 ގެ މަފްހޫމާ ޚިލާފު ފައިސާއެއް ކަމަށެވެ. ރައްދުވި ފަރާތުން ބުނީ ޖޫރިމަނާ ނެގޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފު ނުވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޖޫރިމަނާ ނެގުމަށް ދެފަރާތް އެއްބަސްވުމުގައި އެއްބަސްވެފައިވާތީ 2015/SC-A/16 ގެ ހާލަތާ ތަފާތުކަމާއި، ނަގައިދިން ޖޫރިމަނާއަކީ އަޞްލީ ދަރަނިއަށްވުރެ ބޮޑު، ގެއްލުމާ ނުބައްދަލު، ތަޢައްސުފު ކޮށްފައިވާ މިންވަރެއް ނޫންކަމަށް ހައިކޯޓުން ފާހަގަކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިނިމުނު ގޮތް ލިޔުމުގައި ނުހިމެނޭ (ތަޙުލީލުން ފެންނަނީ ދަށުކޯޓުގެ ޙުކުމް ޤާއިމްކުރާ ގޮތަށް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝަރުޠު ޖަޒާއީ (Penalty Clause) އަކީ ކޮންޓްރެކްޓެއްގެ ބައިވެރިއަކު ލާޒިމް އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި ދިނުމަށް ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމެއް ނުވަތަ ކުރެވޭ ޝަރުޠެކެވެ.
HN2 ދަށު މަރުޙަލާގެ ކޯޓުތަކުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާންވާނެއެވެ؛ އަދި ފަނޑިޔާރުން އެއްފަދަ މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ނުވަތަ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމްތަކަށް ރިޢާޔަތްކުރަންވާނެއެވެ (ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)).
HN3 އިންވޮއިސްގައި ބަޔާންކުރާ ޖޫރިމަނާއަށް ދެފަރާތް އެއްބަސްވެފައިނުވާ ހާލަތުގައި ޖޫރިމަނާ ނުނެގޭނެކަމަށް 2015/SC-A/16 ގައި ކަނޑައެޅި އުޞޫލު، ދެފަރާތުގެ އެއްބަސްވުމުގައިވެސް ޖޫރިމަނާ ނެގުމަށް އެއްބަސްވެފައިވާ މައްސަލައެއްގެ ހާލަތާ ތަފާތެވެ.
HN4 ޖަޒާއީ ޝަރުޠުގެ ދަށުން ކަނޑައެޅޭ ބަދަލަކީ އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެ ކަމާއި، "ތަޢައްސުފު" ވެ، ލިބިދާނެކަމަށް ތަޞައްވަރުކުރެވޭ ގެއްލުމާ ނުބައްދަލު، އެކަށީގެންވާ ވަރަށްވުރެ މާބޮޑު ބަދަލެއް ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި އިސްތިޤްރާރުވެފައިވާ ޤާނޫނީ އަޙްކާމުތަކާ ތަޢާރުޟުވާ ކަމެކެވެ (2015/SC-A/16).
HN5 ޖަޒާއީ ޝަރުޠުގެ ގޮތުގައި ކޯޓުން ނަގައިދެވޭ ބަދަލުގެ މިންވަރު، އަޞްލީ އިލްތިޒާމުގެ ގޮތުގައި އަދާނުކުރެވިވާ މިންވަރަށްވުރެ އުޞޫލެއްގެ ގޮތުން ބޮޑުކުރެވިގެން ނުވާނެއެވެ.
HN6 ދެފަރާތް އެއްބަސްވެފައިވާ ދުވަހަކަށް ނިސްބަތެއްގެ ރޭޓުން އަރާ ޖޫރިމަނާ، އަޞްލީ އިލްތިޒާމުގެ ގޮތުގައި އަދާނުކުރެވިވާ ޢަދަދަށްވުރެ ބޮޑު ނުވާނަމަ އަދި ލިބިދާނެ ގެއްލުމާ ނުބައްދަލު ނުވާނަމަ، އެއީ 2015/SC-A/16 ގެ އުޞޫލުތަކާ ޚިލާފު މިންވަރެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
3މިއީ ސިވިލް ކޯޓުގެ ނަންބަރު 1567/Cv-C/2018 ޤަޟިއްޔާގައި ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ބްލޫލެގޫނ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑގް (ބްލޫ ލެގޫން/އިސްތިއުނާފުކުރް ފަރާތް) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލަ ފައިވާ ޤަޟިއްޔާ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ފިއުލް ސަޕްލައި /އިސްތިއުނާފުރައްދުވާ ފަރާތް) އެވެ.
ކަންހިނގާފައިވާ ގޮތް
3. ބްލޫ ލެގޫނގް އެދުމުގެ މަތިން ފަހުން ފައިސާ ދައްކާގޮތަށް ފިއުލް ސަޕްލައި އިން ދޫކޮށްފައިވާ ތެލުގެ ބާވަތްތަކަށް ފައިސާ ދައްކާފައިނުވާތީ އެ ފައިސާއާއި، ޗެކުބައުންސްވެ ޗެކް ރިޓާން ޗާޖުގެ ގޮތުގައި އަރާފައިވާ ފައިސާ އާއެކު އެއްފަހަރާ ހޯދުމަށް އެދި ފިއުލް ސަޕްލައިއިން ބްލޫ ލގޫނެގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރި އެވެ. އެމައްސަލަ ބަލާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1567/Cv-C/2018 ޤަޟިއްޔާ ގައެވެ. - ރަޖިސްޓްރީ ނަންބަރު 13/83-C - ރަޖިސްޓްރީ ނަންބަރު 358/2000-C
2އިސްވެބުނެވުނު މައްސަލަ އެކޯޓުން ބަލައި ނިންމާފައިވަނީ،ފިއުލް ސަޕްލައިގެ ފަރާތުން ބްލޫ ލެގޫނށަ އެކިފަހަރުމަތިން ފޯރުކޮށްދީފައިވާ ތެލުގެ ބާވަތްތަކަށް ޕްރިންސިޕަލް ޢަދަދެއްގެ ގޮތުގައި 1,167,820ރ. (އެއްމިލިއަން އެއްލައްކަ ފަސްދޮޅަސްހަތްހާސް އަށްސަތޭކަ ވިހިރުފިޔާ) އާއި، މި ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުމާ އެއްގޮތަށް ދުވާލަކަށް 0.05% (ސުމެއް ޕޮއިންޓް ސުމެއްފަހެއް އިންސައްތަ)ގެ ރޭޓުން 23 އޯގަސްޓް 3238 އާ ހަމައަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 744,385/43ރ (ހަތްލައްކަ ސާޅީސްހަތަރުހާސް ތިންސަތޭކަ އަށްޑިހަފަސްރުފިޔާ ސާޅިސްތިންލާރި) އާއި، ޗެކް ބައުންސް ޗާޖުގެ ގޮތުގައި -200/ރ. (ދުއިސައްތް ރުފިޔާ) އާއެކު ޖުމްލަ 1,912,405/43ރ (އެއްމިލިއަން ނުވަލައްކަ ބާރަހާސް ހަތަރުސަތޭކަ ފަސްރުފިޔާ ސާޅީސތިން ލާރި) އަކީ ބްލޫ ލެގޫނުނ ފިއުލް ސަޕްލައއިށް ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، އެފައިސާ 23 އޯގަސްޓް 3238 ދުވަހުން ފެށިގެން 22 (ތިނެއް) މަސް ދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ ބްލޫ ލެގޫނށް އަންގައި ޙަކުމްކޮށްކަން އެނގެއެވެ.
1. އެމައްސަލަ ސިވިލް ކޯޓުން ބަލައި ނިންމި ގޮތް ރަނގަޅުނޫން ކަމަށްބުނެ އެޤަޟިއްޔ އިސްތިއުނާފުކުރުމަށް ބްލޫ ލގޫނެގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާ:
5ސިވިލް ކޯޓުގެ ނަންބަރު 8C/201-/Cv1567 ޤަޟިއްޔާ އިސްތިއުނާފކުރުމަށު ބްލޫ ލެގޫނގް ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެނުކުތާއާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
5.3 ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/16 ޤަޟިއްޔާގައި ޝަރުޠު ޖަޒާއީ ނުވަތަ ޖޫރިމަނާއާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވ އުޞޫލާ ތަފްޞީލުކޮށް އަދި ރިއާޔަތްކޮށް ދިވެހިރާއްޖގޭ ހައިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމުގެ މަފްހޫމާ ޚިލާފަށް ޖޫރިމަނާ ނަގައިދީފައިވާ ކ މަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6ބްލޫ ލެގޫންގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1567/Cv-C/2018 ޤަޟިއްޔާ ގައި، ޖޫރިމަނާގެ ގޮތުގައި ނަގައިދފައިވީ 744,384.43ރ (ހަތްލައްކަ ސާޅީސްހަތަރުހާސް ރުފިޔާ) އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި ޝަރުޠު ޖަޒާއީ އާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލު ތަފްޞީލްކޮށް އަދި ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތް ކުރާއިރު ސާބިތުވާ ފައިސާއެއް ނޫންކަމުގައި ކަނޑައަޅައި، ޖޫރިމަނާގެ ޢަދަދު އުނިކޮށް ދިނުމަށެވެ.
3އިސްތިއުނާފުރައްދުވާފަރާތުނ ބުނެފައިވަން ދަށު ކޯޓުގެ ޤަޟިއްޔާގައި ޖޫރިމަނާގެ ގޮތުގައި ނަގައިދީފައިވާ ފައިސާއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ ތެލުގެ ބާވަތްތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ޖޫރިމަނާ ނެގޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ ނަގައިދީފައިވާ ފައިސާއެއް ކަމާއި އެއީ ޖޫރިމަނާ ނަގައި ދިނުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ނިންމާފައިހުރި ނިންމުންތަކާ ޚިލާފު ނިންމުމެއް ކަމަށް ނުވާތީ އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބަދަލުކުރާނެ ތަނެއްނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ހޯދުމަށް ދަޢުވާކުރް ފައިސގުޅާ:
8ތެލާއި އެއާގުޅުންހުރި ބާވަތްތައް ސަޕްލައިކޮށް ދިނުމާގުޅޭ ގޮތުން Fuel “Agreement to Supply items” and Related ބްލޫލެގޫން އާއި ފިއުލް ސަޕްލައއި ދެމެދު 26 ފެބުރުވަރީ 3232 ވަނަ ދުވަހު އެއްބަސްވުން (އެއްބަސްވުން)ގައި ސޮއިކޮށްފައި ވެއެވެ.
3. މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސަޕްލައިކޮށްދޭ ތެލުގެ ބާވަތްތަކަށް ދައްކަންޖެހޭ ފައިސާ، ތެޔޮ ސަޕްލައި ކުރާ ދުވަހުން ފެށިގެން 22 ދުވަހުގެ ތެރޭގައި ދެއްކުމަށް ބްލޫ ލެގޫންގެ ފަރާތުން އެއްބަސްވެފައި ވެއެވެ. އެ އެއްބަސްވުމުގެ ބައެއް ކަމަށްވާ “Fuel Supplies Maldives ”Pvt Ltd, Standard Conditions of Contract ގެ 6 ވަނަ މާއްދާގެ (g) ގައި، ފައިސާ ދައްކަންދީފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، ކްރެޑިޓް ޕީރިއަޑްގެ ފަހުން ހިނގާ ކޮންމެ ދުވަހަކަށް، 0.05% ގެ ނިސްބަތުން ޖޫރިމަނާ އަރަމުނ ދާނެކަމަށް ބަޔާންކޮށްފައި ވެއެވެ.
32.އެ އެއްބަސް ވުމުގެ ދަށުން ފިއުލް ސަޕްލައި ގެ ފަރާތުން ތެޔޮ ސަޕްލައި ކޮށްދެމުން ދިޔައެވެ. އެގޮތުން،ސަޕްލައިކޮށދީފައިވާ ތެލުގެ އަގުގެ ގޮތުގައް 33 މާރިޗް 3238 އާ ހަމައަށް -1,167,820/ (އެއްމިލިއަން އެއްލައްކަ ފަސްދޮޅަސް ހަތްހާސް އަށްސަތޭކަ ވިހިރުފިޔާ) ފިއުލް ސަޕްލައއަށި ބްލޫލެގޫންގެ ފަރާތުން ދައްކަންޖެހިފައިވެއެވެ. މިޢަދަދާމެދު ބްލޫ ލެގޫންގެ ފަރާތުން ސިވިލް ކޯޓުގައާއި އަދި މިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި އިޢުތިރާޒްކޮށްފައި ނުވެއެވެ.
އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (a)
33.ބުނެވިދިޔަ މާއްދާގައިވާ ގޮތުގެމަތިން މުދަލުގެ އަގު ދައްކާފައިނުވާތީ 33 މާރިޗު 3238 އާ ހަމައަށް ޖޫރިމަނާގެ ގތުގައޮ 663251.33ރ (ހަލައްކަފަސްދޮޅަސްދެހާސ ފަންސާސް ހަތަރު ރުފިޔާ ބާރަލާރި) ދައްކަންޖެހިފައިވެއެވެ. އަދި ދަށު ކޯޓުގެ ޤަޟިއްޔާގައި ޙުކުމް ކުރި ދުވަހާ ހަމައަށް ޖޫރިމަނާގެ ގޮތުގައި 331،285.12ރ (ހަތްލައްކަހަތްދިހަ ހަތަރުހާސް ތިންސަތޭކަ އައްޑިހަފަސްރުފިޔާ ސާޅީސްތިންލާރި) ދައްކަންޖެހިފައިވާކަން އެނގެއެވެ.
33.އޭގެ އިތުރުން މުދަލުގެ އަގު ދެއްކުމުގެ ގޮތުން ބްލޫލެގޫންގެ ފަރާތުން ފިއުލްސަޕްލައިސްއަށް ދޫކޮށްފައިވާ ޗެކް ބައުންސްވެގެން ބޭންކުން ޗާޖްކޮށްފައިވާ 322.22ރ (ދުއިސައްތަ ރުފިޔާ) ހޯދުމަށް ދަޢުވާގައި ހިމަނާފައި ވެއެވެ. މިފައިސާ ދެއްކުމާމެދު ބްލޫ ލެގޫންގެ ފަރާތުން އިންކާރެއް ނުކުރެވެއެވެ.
32.މި މައްސަލައިގައި ބްލޫ ލެގޫންގެ ފަރާތުން އިންކާރު ކޮށްފައިވަނީ ދަޢުވާ ގައި ހިމެނޭ ޖޫރިމަނާ ދެއްކުމާމެދުގައކަން އެނގެއެވެ.
ފާހަގަކުރެވުނު ކަންތައްތައް
31."ޝަރުތު ޖަޒާއީ" Clause) (Penalty އަކީ ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެއިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުޠެކެވެ. - ނަންބަރު 683333 ޗެކް . ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުގެ ނަންބަރު /16A-/SC5201 ޤަޟިއްޔާގެ 5 ވަނަ ނަންބަރު
35.މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާ ގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށާއި، ފަނޑިޔާރުން މައްސަލަތައް ނިންމުމުގައި އެމައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމްތަކަށް ރޢާޔަތި ކުރަންވާނެ ކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގެއެވެ. މި މައްސަލަ އިސްތިއުނާފުކުރަމުން ބްލޫލެގޫންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/16-15/SC20 ޤަޟިއްޔާގައި ޝަރުޠު ޖަޒާއަ އާގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކަށާއި އަދި އެ އުޞޫލުތައް ތަފްސީލްކޮށްދީ، ޝަރުޠު ޖަޒާއީ އާގުޅޭ ގޮތުން ޢަމަލު ކުރުމަށް މިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތް ކުރާއިރު މި މައްސަލައިގައި ދަށު ކޯޓުން ޝަރުޠު ޖަޒާއީގެ ދަށުން ނަގައިދީފައިވާ ފައިސާއަކީ އިސްވެ ބުނެވުނު ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ މަފްހޫމާ ޚިލާފަށް ނަގައިދީފައިވާ ފައިސާއެއް ކަމށަ ވެ.
36.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި (އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ) ބަޔާންކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި، ޖޫރިމަނާއމެދު ވަކިގޮތަކަށާ ދެފަރާތުން އެއްބަސްވެފައިނެތި އިންވޮއިސް ފޮނުވާއިރު، ޖޫރިމަނާ އަރާނެ ގޮތް އިންވޮއިސްގައި ބަޔާންކޮށްފައިވަނިކޮށް އެ ޢަދަދާއިމެދު އެއްބަސްވުމުގައި ހިމެނޭ އަނެއް ފަރާތުން އިންކާރުކުރާ ހާލަތުގައި އަމަލުކުރާނެ ގޮތެވެ. އެގޮތުން،އިންވޮއިސް ރައްދުވް ފަރާތުން ޖޫރިމަނާގެ ޢަދަދަށް އެއްބަސްވެފައި ނުވާ ހާލަތެއްގައި ޖޫރިމަނާ ފައިސާ ނުނެގޭނެކަމަށެވެ. އެ ޤަޟިއްޔާގައި ކަން ހިނގާފައިވާ ގޮތާއި ޚިލާފަށް މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި -ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 312 ވަނަ މާއްދާގެ (ރ) ޖޫރިމަނާގެ ފައިސާ ނެގުމާ ގުޅޭ ގޮތުން ދެފަރާތުން އެއްބަސްވެފައިވާކަން އެނގެއެވެ. މި މައްސަލައިގައ ދަޢުވާގައި ޖޫރިމިނާގ ގޮތުގައެ ފައިސި ހޯދުމަށް ދަޢުވާކޮށްފައިވަނީ ބިލޫ ލެގޫންއާއި، ފިއުލް ސަޕްލައި އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާ ޖޫރިމަނާ އެއްކަން އެނގެއެވެ.
33.ޖަޒާއީ ޝަރުތުގެ ދަށުން ނަގައިދެވޭ ފައިސާގެ މިންވަރު ކަނޑައެޅުމާމެދު ދވެހިރާއްޖޭގި ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި އުޞޫލުތަކެއް ކަނޑައަޅާފައިވާ ކަމާއި، އެގޮތުން އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ބަލާއިރު، ދެފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ވެފައިވާ ހާލަތުގައި، އެ ކޮންޓްރެކްޓުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން، ނުވަތަ އަދާނުކޮށް ލަސްކުރުމުގެ ސަބަބުން އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބިދާނެކަމަށް ތަޞައްވަރުކުރެވޭ ގެއްލުމުގެ ބަދަލާމެދު ކުރިއާލައި ރުހި ދެފަރާތުން އެކަމުގެ މައްޗަށް އެއްބަސްވެ ކޮންޓްރެކްޓުގައި ޖަޒާއީ ޝަރުޠު ހިމެނިދާނެކަމާއި، މިފަދައިން ހިމަނާ ޝަރުތެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެ ކަމާއި، އެ ބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު" ވެ، ލިބޭ ގެއްލުމާ އެކަށީގެންނުވާވަރުގެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙުކާމުތަކާ ތަޢާރުޟުވާ ކަމެއްކަމުގައި ބަޔާންކޮށްފައި ވެއެވެ. އަދި ޖަޒާއީ ޝަރުތުގެ ދަށުން މިފަދައިން ނެގޭ ފައިސާގެ މިންވަރު، އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ޢަދަދަކަށް ނެގުން މަނާކުރުމުގެ ގޮތުން ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާގުޅޭ ޤާނޫނުތަކުގައި އެ މިންވަރު ޤައިދުކޮށްއެގޮތަށ އެކަން ތަންޒީމު ކުރެވިފައިވާކަމަށާއި، އަދި ބައެއް ޖުރިސްޑިކްޝަންތަކުގައި ޖަޒާއީ ޝަރުތުގެ ދަށުން ނެގޭ ބަދަލުގެ މިންވަރު، އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އަޞްލީ އިލްތިޒާމަށްވުރެ ބޮޑުވުން ހުއްދަނުކުރާކަމަށްވެސް ބަޔާންކޮށް، ފާހަގަކޮށްފައިވާކަން އެނގެއެވެ. އަދި ޢަޤްދުތަކުގައި ޖަޒާއީ ޝަރުތު ހިމެނުމަކީ މިޒަމާނުގެ އިސްލާމީ މުޖްތަމަޢުތަކުގައިވެސް އިސްތިޤްރާރުވެފައިވާ ޢރުފެއްކަމާއި، މިފަދައިން އެއްބަސްވެ، ކުރެވޭ ޝަރުތުގެ ދަށުން ނެގުމަށް އެއްބަސްވެވޭ ބަދަލަކީ ޝަރުޢީ އަޞްލަކާ ޚިލާފު ނޫން ބަދަލަކަށް ވާންޖެހޭނެކަމާއި، އެހެންކަމުން އެ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ތަޞައްވުރުކުރެވޭ ނުވަތަ ބެލެވޭ ގެއްލުމަކާ ނުވަތަ ފާއިތުވެދާނޭ މަޞްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު، އެކަށީގެންވާ ވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ އެބަދަލު އެއީ ޞައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނަގައިދެވޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ ބަޔާންކުރެވިދިޔަ ޤަޟިއްޔާގައި ފާހަގަކޮށްފައި ވެއެވެ. މިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާގައި ރިޢާޔަތްކޮށްފައިވަނީ ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޖަޒާއީ ޝަރުޠާ ގުޅޭ ގޮތނު ކަނޑައަޅާފައިވް އުޞޫލުތަކުގެ މައްޗަށު ކަން އ ނގެއެވެ.
38.މިމައްސަލައިގައި ފިއުލްސަޕްލައިސްގެ ފަރާތުން ބްލޫލެގޫންގެ މައްޗަށް ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާއަކީ އ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ބައެއް ކަމުގައިވާ “Fuel of Contract” Supplies Maldives Pvt Ltd, Standard Conditions ގެ 6 ވަނަ މާއްދާގެ (g) ގެ ދަށުން ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ނުދައްކައި ހުރި ޢަދަދެއްގެ ޖޫރިމަނާގެ ގޮތުގައި ނެގޭނެ ފައިސާކަމަށް ބްލޫލެގޫންގެ ފަރާތުން އެއްބަސްވެފައިވާ ކަމާއި، މި މައްސަލައިގައި ބްލޫ ލެގޫނަށް ފޯރުކޮށްދީފައިވާ ތެލުގެ ބާވަތްތަކަށީ -1,167,820/ރ (އެއްމިލިއަން އެއްލައްކަ ފަސްދޮޅަސް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާ. - ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ވ. ވައިޓްލައިނ ޕްރައިވެޓް ލިމިޓެޑް - އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ ހަތަރެއް އަދި ފަސްވަނަކަން. އެޤަޟިއްޔާގައި ޝަރުޠު ޖަޒާއީ ނަގައިނުދިނުމަށް ނިންމާފައިވަނީ ވައިޓްލައިނ ކުންފުންޏަށް ގެއްލުން ލިބުން ކަނު އެނގޭނޭ އެ އްވެސ ހުއްޖަތެއް އަދި ޤަރީނާއެއް ވިޔަސް ހުށަހަޅާފައިނުވާތީއާއި ގެއްލުން ލިބުނުކަން ސާބިތުނުވާތީއާއި ލިބުނު ކަމަށްބުނާ ގެއްލުމަކީ އެކަށީގެންވާ މުނާސިބު ބަދަލެއްކަން ސާބިތުކޮށްދެވިފައިނުވާތީކަން އެނގެއެވެ. ހަތްހާސް އަށްސަތޭކަ ވިހިރުފިޔާ) ފ އުލްސަޕްލައިސްއަށި ދައްކަންޖެހޭ ކަމާއި، އަދި އެފައިސާއަށް ބްލޫ ލެގޫނުން އިންކާރު ކޮށްފައިނުވާކަން އެނގެއެވެ. ތެލުގެ ބާވަތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކައި އޮންނަ ޢަދަދުގެ %2.25 އަށްވާ ފައިސާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ކަމާއި، އެގޮތުން މި މައްސަލައިގެ ޙުކުމް ކުރިދުވަހާ ހަމައަށް، ޖަޒާއީ ޝަރުޠގު ގޮތގައު 331،285.12ރ (ހަތްލައްކަހަތްދިހަ ހަތަރުހާސް ތިންސަތޭކަ އައްޑިހަފަސްރުފިޔާ ސާޅީސްތިންލާރި) ބްލޫ ލެގޫނުން ފިއުލްސަޕްލައިސްއަށް ދައްކަންޖެހިފައިވާ ކަމާއި، މިއީ މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޫ ލެގޫނުން އަޞްލީ އިލްތިޒާމުގެ ދަށުން އަދާކުރަންޖެހި އަދާނުކުރެވިވާ ފައިސާގެ ޢަދަދަށްވުރެ ބޮޑު ޢަދަދެއް ނޫންކަމާއި އަދި އެއީ އަސްލީ އިލްތިޒާމް އަދާނުކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކާ ނުބައްދަލު، އަދި އެފަދަ ގެއްލުމަކަށް ފަރުވާ ލިބިދިނުމަށް ޤަބޫލުކުރެވޭ މިންވަރަށްވުރެ ބޮޑު ޢަދަދެއް ނޫންކަން އެނގެއެވެ.
33.ވުމާއެކު، ޖަޒާއީ ޝަރުތުގެ ދަށުން ނަގައިދިނުމަށް ކަނޑައެޅިފައިވާ އެ މިންވަރަކީ ލިބިދާނެކަމަށް ތަޞައްވުރުކުރެވޭ ނުވަތަ ބެލެވޭ ގެއްލުމަކާ ނުވަތަ ފާއިތުވެދާނޭ މަޞްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު، އެކަށީގެންވާ ވަރަށްވުރެ މާބޮޑު، "ތަޢައްސުފު" ކޮށް، އަދި ޖަޒާއީ ޝަރުޠގު ދަށުން ކޯޓުން ނަގައިދެވޭ ބަދަލުގެ މިންވަރާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފު މިންވަރަކަށް ނުވާތީ އާއި ޖަޒާއީ ޝަރުޠު ގެ ގޮތުގައި ކޯޓުން ނަގައިދެވޭ ބަދަލުގެ މިންވަރު އަޞްލީ އިލްތިޒާމުގެ ގޮތުގައި އަދާނުކުރެވިވާ މިންވަރަށް ވުރެ އުޞޫލެއްގެ ގޮތުން ބޮޑުކުރެވިގެން ނުވާއިރު، މި މައްސަލައިގައި ޖަޒާއީ ޝަރުޠު ގެ ގޮތު ގައި ނަގައިދިނުމަށް ނިންމާފައިވާ ޢަދަދަކީ އަޞްލީ އިލްތިޒާމުގެ ގޮތުގައި ބްލޫ ލެގޫނުން އަދާނުކުރެވިވާ މިންވަރަށް ވުރެ ބޮޑު ޢަދަދެއް ނޫންކަން އެނގޭކަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރު [ނަންބަރު ޕީޑީއެފްގައިވާ ގޮތަށް]
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ [ފުޓްނޯޓުގައި '312 ވަނަ މާއްދާގެ (ރ)'؛ އަދަދު ބަދަލުވެފައިވާ ކަމަށް ބެލެވޭ]
- 2015/SC-A/16 (އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް)
- 2015/HC-A/177 (ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ވ. ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.