އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕވޓ ލޓޑ ވ. އެމްވީކޭ މޯލްޑިވްސް ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2673/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2021/SC-A/41 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ހެކިންގެ ހެކިބަހަށް ބުރަވެ ކުލި މަހަކަށް US$8,000 ކަމަށް ބަލައި، US$176,000 ދައްކަންޖެހޭކަމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- އެމް.ވީ.ކޭ މޯލްޑިވްސް އިން 2012 އާއި 2013 ގެ އެއްބަސްވުންތަކުގެ ދަށުން ކުއްޔަށް ދިން ތަނުގެ ނުދައްކާ ހުރި ކުލިއާއި، މުއްދަތު ހަމަވުމަށްފަހު 15 މަސްދުވަހު ތަން ބޭނުންކުރި ކުލި (މަހަކަށް US$12,000 ކަމަށް ބުނެ) އާއި ގެއްލުމުގެ ބަދަލު ހޯދުމަށް އޭ.ޖީ މެލްކޯ (ކުރީގެ އީ.ޓީ.އޭ. މެލްކޯ) ގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުއްޔަށް ދިން ތަނުގެ ކުލި ނުދެއްކުމުގެ މައްސަލައެއްގައި، އެއްބަސްވުމުގެ ފަރާތެއް ނޫންކަމަށް (privity of contract) ބުނާ ދައުވާ ހައިކޯޓުގައި ހުށަހެޅޭތޯއާއި، ސޮއިނުކުރެވި އޮތް އާ އެއްބަސްވުމެއްގެ ދަށުން ކުލި އިތުރުކުރިކަން ހެކިބަހުން ސާބިތުވޭތޯ، އަދި މުއްދަތު ހަމަވުމަށްފަހު ތަން ބޭނުންކުރި މުއްދަތަށް ދައްކަންޖެހޭ ކުލީގެ މިންވަރަކީ ކޮބައިތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ދެފަރާތާ ދެމެދު ޤާނޫނީ ގުޅުމެއް (privity of contract) ނެތްކަމަށް ރިޢާޔަތްނުކޮށް ނިންމި ކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ހުށަހެޅި ހެކިތަކަށް ރިޢާޔަތްނުކޮށް ނިންމި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތް ކުރިން އެ އެއްބަސްވުމުގެ ދަށުން ދައުވާކޮށް އިސްތިއުނާފުވެސް ކޮށްފައިވާތީ privity ނުކުތާ ބަލައިނުގަނެވުނެވެ. ކުލި ބޮޑުކުރިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިބަސް ތަފާތުވެ ލިޔުމާ ދިމާނުވާތީ، ކުލި ކުރިން އާކުރަމުން އައި ގޮތަށް US$4,000 ކަމަށް ބަލައި ޖުމްލަ US$116,000 ދައްކަންޖެހޭކަމަށް ކަނޑައެޅިއެވެ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: US$176,000 ދައްކަންޖެހޭކަމަށް ކަނޑައެޅި ބައި ބާޠިލުކޮށް، ކުލި މަހަކަށް US$4,000 ގެ މަގުން ހިސާބުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުރިން އެ އެއްބަސްވުމުގެ ދަށުން ދައުވާކޮށް، އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައިވާ ކުންފުންޏަކަށް، މިހާރު އެއީ އެ ކުންފުންޏާ ގުޅުމެއްނެތް އެއްބަސްވުމެއްކަމަށް ބުނެ އިސްތިއުނާފުގައި ނުކުތާއެއް ހުށަހެޅުމުގެ ފުރުޞަތު ނުލިބެއެވެ؛ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސްލަކަށް ބަލައިގެންނެވެ.
HN2 ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތަށެވެ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)).
HN3 އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާކުރުމަށް ފޮނުވި އެއްބަސްވުމުގެ ކުލި ބަދަލުކޮށް ފޮނުވިކަން މަދަނީ މިންގަނޑުން ސާބިތުވާވަރުގެ ހެކި ހުށަނާޅާނަމަ، ހަމައެކަނި ކުލި ބޮޑުކުރިކަމަށް ބުނާ ހެކިބަހަށް ބުރަވެ ކުލި ބޮޑުކުރެވިފައިވާކަމަށް ނުބެލެވޭނެއެވެ؛ ހެކިވެރިންގެ ބަސް ތަފާތުވެ ލިޔެކިޔުމާ ދިމާނުވާނަމަ އެ ހެކިބަހަށް ބުރަނުވެވޭނެއެވެ.
HN4 ސޮއިނުކުރެވި އޮތް އާ އެއްބަސްވުމެއްގެ ކުލި ސާބިތުނުވާ ޙާލަތުގައި، މުއްދަތު ހަމަވުމަށްފަހު ތަން ބޭނުންކުރި މުއްދަތަށް ބަލަންޖެހޭނީ ދެފަރާތުގެ ދެމެދު ކުރިން އާކުރަމުން އައި އެއްބަސްވުންތަކުގައިވާ ކުލީގެ މިންވަރަށެވެ.
HN5 ދަށުކޯޓުގައި މައްސަލަ ހިނގަމުންދިޔައިރާއި ހައިކޯޓުގެ އަޑުއެހުންތައް ނިމުމާ ހަމައަށް ތަދައްޚުލްވުމަށް ނޭދޭ ފަރާތަކަށް، އަޑުއެހުންތައް ނިމުމަށްފަހު ތަދައްޚުލްވުމުގެ ފުރުޞަތެއް ނޯވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓ ލިމިޓެޑް) (ރަޖިސްޓްރީ ނަންބަރު: 0838/2014-C)ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށް ދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 28/87-C)އެވެ.
3އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް) އާ ދެމެދު 28 ސެޕްޓެންބަރު 2012 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް)އިން ދައްކަންޖެހޭ ދެ މަސްދުވަހުގެ ކުލިކަމަށްވާ 8,000.00 US$ (އަށްހާސް އެމެރިކާ ޑޮލަރު) އާއި، 28 ސެޕްޓެންބަރު 2013 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަނޖެހް 12 (ބާރަ) މަސްދުވަހުގެ ކުއްޔަށްވާ US$ 48,000.00 (ސާޅީސ އަށްހާސް އެމެރިކާ ޑޮލަރު) އާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ތަން ބޭނުންކޮށްފައިވާތީ ކުލީގެ ގޮތުގައި ދައްކަންޖެހޭ US$ 180,000.00 (އެއްލައްކަ އަށްޑިހަހާސް އެމެރިކާ ޑޮލަރު) އާއެކު ޖުމްލަ 236,000.00 US$ (ދެލައްކަ ތިރީސް ހަހާސް އެމެރިކާ ޑޮލަރު) އާއި، ތަން ޙަވާލުނުކޮށް ތަން ބޭނުން ކޮށްފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 4,500.00 US$ (ހަތަރު ހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އާއި، ކުލި ނުދެއްކުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 22,800.00 US$ (ބާވީސް ހާސް އަށްސަތޭކަ އެމެރިކާ ޑޮލަރު) އާއި އަދި އެއްބަސްވުމުގެ ދަށުން ދަންކަންޖެހޭ ޕސެންޓަ ދައްކާފައި ނުވާތީ އެފައިސާއާއި، އެ ފައިސާ ނުދައްކާ އޮތް ކޮންމެ ދުވަހަކަށް %10 (ދިހަ އިންސައްތަ) ގެއްލުމުގެ ބަދަލުގެ ގޮތުގައި މައްސަލަ ނިމޭ ދުވަހާއި ހަމައަށް އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓ ލިމިޓެޑް) ގެ ކިބައިން ނަގައިދިނުމަށް އެދި އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެކެވެ.
ސިވިލް ކޯޓުން ނިންމގޮތި
4އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، " ދެންފަހެ، އެމް.ވީ.ކުމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރ 28/87-C) އިން އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިން ގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0838/2014-C)ގެ މައްޗަށް ކޮށްފައިވާ މި ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން .000176,00 US$ (އެއްލައްކ ހަތްދިހަ ހަހާސް އެމެރިކާ ޑޮލަރު) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، މިފައިސ ދައުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުނ 30 ސ ޕްޓެން ބަރު 2017 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި، މި ދަރަނި ޚަލާސްކުރުމަށް ދަޢުވާ ލިބުނު އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިން ގ ޕްރައިވެޓް ލިމިޓެޑްއަށް އަންގާ ޙުކުމްކޮށް ޙުކުމްކޮށްފީމެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
5ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/359 ޤަޟިއްޔާއާއި ނަންބަރު 2010/HC-A/144 ޤަޟިއްޔާ ގައި ފާހަގަކޮށްފައިވާ ފަދައިން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ލިބޭ ފަރާތާއި ޤާނޫނީ ގޮތުން ބަނދެވެން ނެތްހިނދު ( Privity of contract) މިކަމަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/24) ގެ 6 ވަނަ މާއްދާގައި ވާގޮތުގެ މަތިން "ހަގީގަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެ މައްޗަށް އަމަލުކުރެވޭފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޙާއްސަ ޙާލަތައް ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެކަމެއްގެ ޙަޤީގަތ ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެވެ." މިފަދައިން ޤާނޫނު ނަންބަރ 76/24 ގައި ބަޔާންކޮށްފައިވހިނދު، އަދި އީ. ޓީ.އޭ. މެލްކޯ އިންޖިނިއަރިން ގ ޕްރައިވެޓް ލިމިޓެޑް (ދިވެހިރާއްޖެ) އިން ހުށަހަޅާފައި ވާ އެތަކެއް ހެކި އަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައަ ތައް
7އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް)އިން 14 ޖެނުއަރީ 2018 ގައި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕނެ ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލުކާ ށްފައިވާކަން މިނިސްޓްރީ އޮފް އީކޮނޮމިކ ޑިވެލޮޕްމަންޓުން އެ ކުންފުންޏަށް ދީފައިވާ ރަޖިސްޓްރީ (ރަޖިސްޓްރީ ނަންބަރު: 0838/2014-C)އިން އެނގެއެވެ. އެހެންކަމުން މި ޤަޟިއްޔާގައި ބޭނުން ކުރެވިފައިވާނީ 'އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް' މިފަދައިންނެވެ.
8HN1އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، އިސްތިއުނާފު ލިބޭ އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އ ޤާނޫނި ގޮތުން ބަނދެވެން ނެތހިނދް (contract of Privity) މިކަމަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރ 2673/Cv-C/2016 ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުން ދިޔައިރު އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓޑުނެ 16 ޖެނުއަރީ 2017 ގައި ދީފައިވާ ބަޔާނުގައި "އީ.ޓީ.އޭ އާއި އެމް.ވީ.ކޭ ވަނީ 28 ސެޕްޓެންބަރު 2013 ގައި ދިވެހިރާއްޖޭގައި މިޓިސުބީޝީ ލިފްޓް ހަރުކޮށް ސަރވިސްކުރުމާ ގުޅޭގޮތުން އެޖެންސީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި މީގެ ކުރިންވެސް އެމް.ވީ.ކޭ އާއި އީ.ޓީ.އޭ ދެމެދު ވިޔަފާރި ގުޅުންތައް އޮވެއެވެ. މި އެޖެންސީ އެއްބަސްވުމުގެ މުއްދަތު 31 ޑިސެންބަރު 2014 ގައި ހަމަވާނެކަމުގައި އެ ޖެންސީގ އެއްބަސްވުމުގެ ފުރަތަމަ ޕެރެގްރާފުގައި ބަޔާންކޮށްފައިވެއެވެ." ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ސިވިލް ކޯޓުގެ ނަންބަރު 5C/201-/Cv539 ޤަޟިއްޔާގައި އޭ. ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ކުރީގެ ނަން: އީ. ޓީ. އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަން ބަރު: 0838/2014-C)) އިން ދަޢުވާކޮށްފައި ވަނީ އެޖެންސީ އެއްބަސްވުމުގެ 31 ޑިސެންބަރު 2014 ގެ ދަށުންކަން އެނގޭކަމެވެ. އެގތޮ ން އެ ޤަޟިއްޔާގެ ޙުކުމުގައިވަނު "...31 ޖުލައި 2014 ގެ ނިޔަލަށް ދިވެހިރާއްޖޭގައި މިޓިސުބުށީ ލިފްޓާއި އެކްސަލޭޓާރުގެ އެޖެންސީ އެއްބަސްވުމުގައި އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިން ގ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއް ވެފައިވާކަމާއި، މި އެއްބަސްވުމުގެ ދަށުން އީ .ޓީ.އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން އަދާކުރަން ޖެހޭ ޒިއްމާތަ ކަށް އެމް.ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ލުޔެއް ދީފައިނުވާކަމާއި، މި އެއްބަސްވުމުގެ ދަށުން އެމް .ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އީ .ޓީ.އޭ. މެލްކޯ އިންޖިނިއަރިން ގ ޕްރައިވެޓް ލިމިޓެޑަށް US$40,852 (ސާޅީށ ހާސް އަށްސަތޭކަ ފަންސާސް ދެ އެމެރިކާ ޑޮލަރު) ދައްކަންޖެހޭކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާކަމާއި، އަދި އެމް.ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސަބަބުން އީ. ޓީ.އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވާލަން ޖެހިފައިވާކަނ ޝަރީޢަތަށް ސާބިތުވެފައި ނުވާތީ، އެކަމާއި ޙަވާލާދީ އީ.ޓީ.އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ US$30,000 (ތިރީސް ހާސް އެމެރިކާ ޑޮލަރު) އަކީ އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން މިޙާލަތުގައި ނަގައިދެވެން އޮތް ފައިސާއެއް ނޫންކަމަށް ކަނޑައަޅާ ޙުކުމް ކޮށްފީމެވ". މިފަދައިނ ޙުކުމް ކޮށްފައިވެއެވެ. ސިވިލް ކޯޓުގެ އެ ޤަޟިޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/250 ޤަޟިއްޔާއި ނިންމަވާފައިވެއެވެ. އެ ޤަޟިއްޔާގެ އިސްތިއުނާފުގައިވެސް ބެލިފައިވަނީ 31 ޑިސެންބަރު 2014 ގައި ވެފައިވާ އެޖެންސީ އެއްބަސްވުމުގެކަން އެނގެއެވެ. އަދިއެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ އޭ. ޖީ މެލްކޯ އެލެވޭޓަރސް މޯލްޑިވްސް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑުން (ކުރީގެ ނަން: އީ. ޓީ. އޭ. މެލްކޮމ އިންޖިނިއަރިން ފްރައިވެޓް ލިމިޓެޑް) ކަން އެނގޭއެވެ.
9ޤާނޫނު ނަންބަރު: 2010/22 (ކޯޓުތަކުގެ ޤާނޫނު) ގެ 32 ވނ މާއްދާގަ (ހ) ގައަ "ހއ ކޯޓަށި މައްސަލް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއިދިފާޢުތައް އަސްލަކަށް ބަލައިގެންނެވެ". ބަޔާންކޮށްފައިވެއެވެ. އެގޮތުން ބަޔާންކުރެވިފައިވާ މާއްދާއަށް މި ނުކުތާއަށް ތަޠުބީޤު ކުރާއިރު މިހާރު އެއީ އޭ.ޖީ މެލްކޯ އެލެވޭޓަރސ މޯލްޑިވްސް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ކުރީގެ ނަން: އީ. ޓީ. އޭ. މެލްކޮމް އިންޖިނިއަރިން ފްރައިވެޓް ލިމިޓެޑް ) އާއި ގުޅުންހުރި އެއްބަސްވުމެއް ނޫންކަމަށްބުނެ އެ ނުކުތާ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެ ކުންފުންޏައ ލިބިގެން ނުވާކަން އެނގެއެވެ.
10ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/24) ގެ 6 ވަނަ މާއްދާގައި ވާގޮތުގެ މަތިން "ހަގީގަތެއ ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލެވޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށްބަލައި، އެ މައްޗަށް އަމަލުކުރެވޭފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޙާއްސަ ޙާލަތަށް ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެކަމެއްގެ ޙަޤީގަތ ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެވ". މިފަދައިންނެވެ. އަދި އީ. ޓީ. އޭ. މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ދިވެހިރާއްޖެ) އިން ހުށަހަޅާފައިވާ އެތަކެއް ހެކިއަށ ރިޢާޔަތް ނުކޮށް މައްސަލް ނިންމާފައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
11މި މައްސަލާގައި 28 ސެޕްޓެންބަރު 2013 ގައި ވެފައިވާ އެއްބަސްވުމުގައި ތަނުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ US$4,000 (ހަ ތަރުހާސް އެމެރިކާ ޑޮލަރު) އެވެ. 31 ޑިސެންބަރު 2014 ގއ މި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވެއެވެ. އެ އެއްބަސްވުން އާ ކުރުމަށްޓަކައި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އާ އެއްބަސްވުން ފޮނުވާފައިވާކަމަށް ދެ ފަރާތުގެ ބަހުން އެނގެއެވެ. އަދި އެއްބަސްވުމުގައި ދެފަރާތުން ކުރެ ފަރާތަކުން ސޮއިކޮށްފައި ނުވާކަންވެސް އެނގެއެވެ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނާގޮތުގައި އެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ ތަނުގެ ކުލި ބޮޑުކޮށް އެ އެއްބަސްވުން ސޮއިކުރުމަށްޓަކައި ފޮނުވާފައިވާނެއެވެ. ނަމަވެސް އެ އެއްބަސްވުމުގައި އެއްވެސް ފަރާތަކުން ސޮއިކޮށްފައިނުވެއެވެ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތަނުގެ ކުލީގެ ގޮތުގައި ކަނޑައަޅާ ފައިވަނީ 12000 (ބާރަ ހާސް އެމެރިކާ ޑޮލަރު) ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ އެ ކުންފުނީގެ ނަންބަރު: 111/MIS/2015-MVK ސިޓީގައި ..."އިސްވެ ދެންނެވި ތަންތަނުގެ ކުލި ބޮޑުކޮށް އެއްބަސްވުމުގައި ސޮއިކުރަން ފޮނުވުމުން އެ އެއްބަސްވުމުގައި ސޮއިނުކޮށް އަދި ކުލި ނުދައްކާ މިހާތަނަށް އިސްވެ ދެންނެވި ތަންތަން ބޭނުންކޮށްފައިވާތީ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީޚުކަމަށްވާ 03 ޖޫން 2014 މި ތާރީޚުން ފެށިގެން މީލާދީ ކޮންމެ މަހަކަށް ކުލީގެ ގޮތުގައި 12000 (ބާރަހާސް އެމެރިކާ ޑޮލަރު) އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީޚުން ފެށިގެން 15 މަސްދުވަހު ކުއްޔަށްވާ US$168,000 (އެއްލައްކަ ފަސް ދޮޅަސް އަށްހާސް އެމެރިކާ ޑޮލަރު) ދެއްކުމަށާއި .." ބަޔާކޮށްފައިވެއެވެ. އެ ސިޓީ ލިޔެފައިވާ ތާރީޚަކީ 11 އޮގަސްޓް 2015 އެވެ. ކުލި ބޮޑުކޮށް އެގްރީމަންޓު އޭ. ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވިކަމަށް ބުނެ އެކަން ސާބިތުކުރުމަށް ހެކިން ހުށަހަޅާފައިވެއެވެ. އެ ހެކިންގެ ހެކިބަހަށް ބަލާއިރު؛
12ކ.މާލެ، […] ގަނދަކޯޅިގެ އަޙްމަދު ނާޘިމް ހެކިބަސްދެމުން، އޭނާ އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި 1997 އިން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި މަސައްކަތް ކޮށްފައިވާކަމށަ ބުނެފައިވެއެވެ. އޭރު އެތަނުގައި އަދާކުރި ވަޒީފާއަކީ އެތަނުގެ ޖެނރަލެ މެނޭޖަރކަމަށު ބުނެފައިވެއެވެ. އަދި އެންމެ ފުރަތަމަ އެގްރީމަންޓުގައި އިންނާނީ US$4,000 (ހަ ތަރުހާސް އެމެރިކާ ޑޮލަރު) ކަމަށް ބުނެފައިވެއެވެ. އަދި US$8,000 (އަށް ހާސް އެމެރިކާ ޑޮލަރު) ބޮޑުކޮށް ފޮނުވި އެގްރީމަނޓުގައް ސޮއިކޮށްފައި ނުވާކަމަށް އަޙްމަދު ނާޘިމގް ހެކިބަހުގައިވެއެވެ.
13ގދ.ތިނަދޫ ވެސްޓްލައިޓް/ އަޙްމަދު ސައީދު ހެކިބަސް ދެމުން؛ އެ ކުންފުނީގައި 2002 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް މަސައްކަތް ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އެ ކުންފުނީގެ އެކިއެކި މަސައްކަތްކޮށް ފައިވާނެކަމަށާއި، އެކައުންޓްސް މަސައްކަތްވެސ ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި ރެންޓު ތަންކޮޅެއ ކުޑަވެގެން ރެންޓް ބޮޑުކުރުމަށް އެދި ޑިސްކަސ ކުރެވުން ކަމާއި، ރެންޓަށ އެއްބަސް ނުވެވިގެން އޭރު އަލަށް ތައްޔެ ރުކުރެވުނު އެގްރީމަންޓްގައި ދެފަރާތުންވެސް ސޮއިކޮށްފައި ނުވާކަމާއި، އީ.ޓީ.އޭ. މެލްކޯ އިން ފޮނުވި އެއްބަސްވުން ފޮނުވިކަމާއި، އެ އެއްބަސްވުން އިސްލާޙްކުރުމަށްފަހި އީ.ޓީ.އޭ. މެލްކޯއަށް ފޮނުވި އެގްރީމަންޓުގައި އެ ބޭފުޅުން ސޮއި ނުކުރާ ކަމަށެވެ. ފަހުން އިސްލާހުކޮށްފައ ފޮނުވި އެއްބަސްވުމުގައި އިންނާނީ US$8,000 (އަށހާސް އެމެރިކާ ޑޮލަރު) ކަމަށް ބުނެފައިވެއެވެ.
14އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް ފަރާތުން އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އެއްބަސްވުމުގެ ދަށުން US$12,000 (ބާރހާސަ އެމެރިކާ ޑޮލަރު) ކުލީގެ ގޮތުގައި ދެއްކމަށު އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިވެއެވެ. އަދި 31 ޖުލައި 2014 އިން ފެށިގެން US$8,000 (އަށހާސް އެމެރިކާ ޑޮލަރު) ދެއްކުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިންކާރު ކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާއިން US$8,000 (އަށް ހާސް އެމެރިކާ ޑޮލަރު) އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ހެކިންގެ ހެކިބަހަށް ބުރަވެކަން ސިވިލް ކޯޓުގެ އެ ޤަޟިއްޔާއަށް ބެލުމުން އެނގެއެވެ.
15HN2HN3ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި "ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ލާޒިމުވާކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓެއްގައިވާ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ، ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ލުޔެއް ދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމައެވ". އެމް. ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އޭ. ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުން އާކުރެވެމުނ ދިޔަކަން އިސްތިއުނާފު ކުރާ ފަރާތުންނާއި އސްތިއުނާފި ރައްދުވު ފަރާތުގެ ބަހުން އެނގެއެވެ. އެ އެއްބަސްވުމާމެދު މައްސަލަޖެހިފައިވަނީ 31 ޖުލައި 2014 އަށް މުއްދަތު ހަމަވެ، އެ އެއްބަސްވުން އާކުރުމަށް އޭ. ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމް. ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމުން، އެ އެއްބަސްވުމުގައި ހިމެނޭ ކުލީގެ މިންވރަ US$8,000 (އަށހާސް އެމެރިކާ ޑޮލަރު) އިތުރުކުރުމަށް އެމް. ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދުމުންކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންނާއި، އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެއެވެ. ނަމަވެސް އެމް. ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު: 111/MIS/2015-MVK ސިޓީއަށް ބެލުމުން އެ ކުންފުނިން އެއްބަސްވުމުގެ ކުލި US$12,000 (ބާރަހާސް އެމެރިކާ ޑޮލަރު) ކަމަށް ބުނެ އޭ. ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމާއި، ހެކިން ދީފައިވާ ބަޔާނާއި ދިމާނުވެއެވެ. އަދި ހަމައެހެންމެ އެއްބަސްވުން އިތުރުކުރަމުން ދިޔަ މުއްދަތު ތަކުގައި ދެ ހެކިވެރިންގެ ބަސް ތަފާތުވެފައިވާކަން އެނގެއެވެ. އަދި އެއްބަސްވުން އެންމެ ފުރަތަމަ ހެދި ފަރާތްތަކާއި މެދުވެސް އެމް. ވީ. ކޭ އިން އިސްތިއުނާފު މި ކުރެވޭ ޤަޟިއްޔާގައި ހުށަހަޅާފައިވާ ހެކިވެރިންގެ ބަސް ތަފާތުވެފައިވެއެވެ. އެހެންކަމުން 31 ޖުލައި 2014 ގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުން އާކުރުމަށްޓަކައި އޭ. ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އާ އެއްބަސްވުމެއް އެމް. ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވުމާއި، އެ އެއްބަސްވުމުގެ ކުއްޔަށް ބަދަލުގެނެސް އަލުން އެ އެއްބަސްވުން ފޮނުވިކަން މަދަނީ މިންގަނޑުން ސާބިތުވާ ވަރުގެ ހެކިތަކެއް ހުށަހަޅާފައިނުވުމުން، އޭ. ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕނެ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުން އާކުރުމަށް އެމް. ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި އެއްބަސްވުމުގައިވާ ކަންކަމަށް އެމް. ވީ. ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާކަމަށް މަދަނީ މިންގަނޑުން ބެލެވެއެވެ.
16HN4އެގޮތުން ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާގައި އެ […] .ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބުރަވެ ކުލީގެ މިންވަރަކީ US$8,000 (އަށހާސް އެމެރިކާ ޑޮލަރު) ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަން ޖެހެއެވެ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 31 ޖުލައި 2014 ގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފޮނުވި އާ އެއްބަސްވުމުގައިވާ ކުލި އަދި ކުރިންވެސް އެ ދެފަރާތުގެ ދެމެދުގައި އާކުރަމުން އައިސްފައިވާ އެއްބަސްވުން ތަކުގައިވާ ގޮތުގެ މަތީން ކުލީގެ މިންވަރަކު US$4,000 (ހަ ތަރުހާސް އެމެރިކާ ޑޮލަރު) ކަމުގައި ބަލަންޖެހެއެވެ.
17އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ފްރައިވެޓް ލިމޓެޑި އ ދެމެދު 28 ސެޕްޓެންބަރު 2012 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކޯލު ނުދައްކާވާ 2 (ދޭއް) މަހުގެ ކުއްޔަށް، މަހަކށަ US$4,000 (ހަ ތަރުހާސް އެމެރިކާ ޑޮލަރު)ގެ މަގުން ދެމަހަށވް US$8,000 (އަށްހާސް އެމެރިކާ ޑޮލަރު) އާއި، 28 ސެޕްޓެންބަރު 2013 ގެ އެއްބަސްވުމުގެ ދަށުން 12 (ބާރަ) މަސްދުވަހުގެ ކުލި ދައްކާފައިނުވާތީ، މަހަކަށް US$4,000 (ހަ ތަރުހާސް އެމެރިކާ ޑޮލަރު)ގެ މަގުން 12 މަހަށް ޖުމްލަ US$48,000 (ސާޅީސ އަށްހާސް އެމެރިކާ ޑޮލަރު) އާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ތަން 15 (ފަނަރަ) މަސްދުވަހު ބޭނުންކޮށފައިވާތް މަހަކަށް US$4,000 (ހަ ތަރުހާސް އެމެރިކާ ޑޮލަރު) ގެ މަގުން ޖުމްލަ US$60,000 (ފަސް ދޮޅަސްހާސް އެމެރިކާ ޑޮލަރު)އާއި އެކުޖުމްލަ .000116,00 US$ (އެއްލައްކަ ސޯޅަ ހާސް އެމެރިކާ ޑޮލަރު) އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަން އެނގެން އޮންނަކަމެވެ.
18HN5އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމިފައިވަނިކޮށް އޭ.ޖީ މެލްކޯ އެލެވޭޓަރ ކޮމްޕެނީ ލަންކާ (ޕްރައިވެޓް) ލިމިޓެޑުން މި މައްސަލައަށް ތަދައްޚުލްވުމަށް އެދް ފޯމު ހުށަހަޅާފައިވެއެވެ. ނަމަވެސަ ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރުވެސ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލްއިގް ޝަރީޢަތުގެ އަޑުއެހުންތައް ނިމުނު އިރުވެސް މައްސަލައަށް ތަދައްޚުލްވުމަށި އެ ކުންފުނީގެ ފަރާތުން އެދިފެއިނުވެ އެވެ. އެހެންކަމުން، މި މައްސަލައް ގަތެރެއަށ ތަދައްޚުލްވުމުގެ ފުރުޞތަ މިހާރު އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
19އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށް ބަލައި އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަމަށް އަހުރެން ދެކެމެވެ. ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް ބަޔާންކުރެވުނު ގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާ ގައި އެމް. ވީކޭ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 28/87-C) އިން އޭ. ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އީ. ޓީ. އޭ. މެލްކޯ އިންޖިނިއަރިން ގ ޕްރައިވެޓް ލިމިޓެޑް) (ރަޖިސްޓްރީ ނަންބަރު: 40838/201-C) ގެ މައްޗަށް ކޮށްފައިވާ މި ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން 000.00,US$176 (އެއްލައްކަ ހަތްދިހަ ހަހާސް އެމެރިކާ ޑޮލަރު) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހި އަދ ނުކޮށްވާ ފައިސާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކަމަށް ކަނޑައަޅައި،
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- 2016/HC-A/250
- ސިވިލް ކޯޓުގެ 539/Cv-C/2015
- 2013/HC-A/359
- 2010/HC-A/144
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.