ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/299

ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޭޕްރީލް 2022ދަށު ކޯޓު: ސިވިލް ކޯޓު 1549/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1549/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޮންސްޓްރަކްޝަން އެއްބަސްވުމެއްގެ ދަށުން ސައިޓް ލަސްވެ ޙަވާލުކުރުމާއި، ބިންގަނޑު ލެވެލްކުރުމާއި، ވޭރިއޭޝަންތަކަށް ކޮންޓްރެކްޓަރު ހޯދަން އެދުނު ކޮމްޕެންސޭޝަން/އިތުރު އަގު ނަގައިނުދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ، ވާޤިއާތައް ކަށަވަރުކޮށް، އެދުނު ހެކިން ހާޟިރުކޮށްގެން ނިންމި ނިންމުމެއްތޯ؛ އަދި ކޮންޓްރެކްޓުގެ އިލްތިޒާމްތައް ފުރިހަމަވެފައިވޭތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސައިޓް ކޮންޓްރެކްޓުގައިވާ މުއްދަތުގައި ޙަވާލުނުކުރުމަކީ ކޮމްޕެންސޭޝަން އިވެންޓެއް ކަމަށް ދަޢުވާކުރާ ފަރާތުން ބުނެ، އެކަމަށް ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީވެފައި ނުވާނަމަ، އެއީ ޚުޞޫމާތު އުފެދިފައިވާ ވާޤިއާއެއް ކަމަށްވާތީ ދަށުކޯޓުން އެ ވާޤިއާ ކަށަވަރުކޮށް ގޮތެއް ކަނޑައަޅަން ޖެހޭނެއެވެ. އެކަން ސާބިތުކުރުމަށް ހެކިން ޙާޟިރުކުރަން އެދިފައިވާއިރު، ފުރުޞަތު ނުދިން ސަބަބު ބަޔާންނުކޮށް މައްސަލަ ނިންމާފައިވާނަމަ، އެ ނުކުތާ ބެލުމަށް މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރަންޖެހޭނެއެވެ.

HN2 ސައިޓް އިންވެސްޓިގޭޝަން ރިޕޯޓު ހެދުމަކީ ކޮން ފަރާތެއްގެ ޒިންމާއެއްކަމާއި، ބިންގަނޑު ލެވެލްކުރުމުގެ މަސައްކަތަކީ އެއްބަސްވުމުގެ 41.1 (ބިމުގެ ޙާލަތު ކުރިން ބެލެވިދާނެ ވަރަށްވުރެ ނުބައިވުން) ގެ ދަށުން ކޮމްޕެންސޭޝަން ލިބެންޖެހޭ ކަމެއްތޯ ވަޒަންނުކޮށް ދަށުކޯޓުން ނިންމާފައިވާނަމަ، އެއީ އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ޚުޞޫމާތެކެވެ.

HN3 ވޭރިއޭޝަނަކަށް ކޮންޓްރެކްޓުގެ އަގަށް ވަކި ޢަދަދެއް އިތުރުކޮށް، މަސައްކަތަށް އިތުރު އަގެއް ޗާޖުނުކޮށް ކުރިއަށް ގެންދަން ކޮންޓްރެކްޓަރު ލިޔުމުން އެއްބަސްވެ، އެ އަގު އަދާކޮށްފައިވާނަމަ، އެ ވޭރިއޭޝަނަށް އިތުރު އަގެއް ހޯދުމުގެ ޙައްޤެއް ނެތެވެ؛ މި ބައިގައި ސިވިލް ކޯޓުގެ ނިންމުން ރަނގަޅެވެ.

HN4 ކޮންޓްރެކްޓުގެ އިލްތިޒާމްތައް ފުރިހަމަވެފައިވޭތޯ ކަނޑައެޅޭނީ، އޭގެ ބިނާވާ ވާޤިއާތައް ކަށަވަރުކުރުމަށްފަހުގައެވެ؛ އެ ވާޤިއާތައް އަލުން ބަލަންޖެހޭ ހާލަތުގައި، ކޮންޓްރެކްޓު ނިމިފައިވާކަމާމެދު އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ނުކަނޑައެޅޭނެއެވެ.

HN5 ޚަޞްމުން ޙާޟިރުކޮށްދިނުމަށް އެދޭ ހެކިން، ނުވަތަ ހުށަހަޅާ ހެއްކަކަށް ރިޢާޔަތްނުކުރަން ފަނޑިޔާރު ނިންމާނަމަ، އެ ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަންޖެހޭނެއެވެ (2017/SC-A/26). ދަޢުވާގެ މައިގަނޑު ވާޤިއާތައް ސާބިތުކުރުމަށް ހުށަހެޅި ހެކިން ސަބަބެއް ބަޔާންނުކޮށް ޙާޟިރުނުކޮށް ނިންމާ ނިންމުމަކީ ވާޤިއާތައް ފުރިހަމައަށް ކަށަވަރުނުކޮށް ނިންމާފައިވާ ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1549 ޤަޟިއްޔާ އެކޯޓުން ނިނމް ފ އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑގު ފރާތުނަ އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު އެވެ.

ކަންހިނގާފައިވާ ގޮތް

3މާލޭގެ ވިޔަފާރި ބުނަ ދަރުގެ މުދާ ވައްދާ ގުދަނުގައި ކޮންކްރީޓް ތަޅުމެއް އެޅުމުގެ މަސައްކަތްކުރުމަށްޓަކައި އެކަމަށް ހާއްސަ ކުރެވިފައިވާ ކުރެހުމާއި ޕްލޭނާއި އެއްގޮތަށް މަސައްކަ ތްކުރާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ކުރި އިޢުލާނު ގެ ދަށުން ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލމިޓެޑަށި އެމަސައްކަތް ހވާލުކުރެވިފައިވެއެވެ. ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑނު މި މަސައްކަތްކުރުމަށް ހުށަހެޅި ޖމު ލ އަގަކީ -/3,806,415 (ތިން މިލިޔަން އަށް ލައްކަ ހަހާސް ހަތަރު ސަތޭކަ ފަނަރަ) ރުފިޔާއެވެ.

4މިމަސައްކަތާއި ގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި 26 ނޮވެމްބަރު 2014 ގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރު PRC/TND/2014/009-MPL އިޢުލާނުގެ ކޮޕީ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރުPRC/MISC/2014/456-113 ސިޓީގެ ކޮޕީ . މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ނަންބަރު CWD/AG/2014/029-MPL އެއްބަސްވުން

5މިއެއްބަސްވުމުގެ ދަށުން ކުރެވުނު ވޭރިއޭޝަންސް މަސައްކަތްތަކުގެ އަގުގެ ގޮތުގއާއަ ކޮނޕް ންސެ ޝަންގޭ ގޮތުގައި އިތުރަށް ދައްކަން ޖެހޭ 1,693,018/55 (އެއްމިލިޔަން ހަލައްކަ ނުވަދިހަ ތިންހާސް އަށާރަ ރުފިޔާ/ ފަންސާސް ފަސްލާރި ) ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑގު ފރާތުނަ ދައްކާފައިނުވާތީ އެ ފައިސާ އެއްފަހަރާ ވަގުތުން ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ރައްދުވާ ގޮތަށް ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު ނ ސިވިލް ކޯޓުގައި ދައުވާކޮށްފައވެއެވެ.

6އެމައްސަލަ އެކޯޓުން ބަލާފައިވަނީ އިސްތިއުނާފުކުރެވިފއަ މިވާ ސިވިލ ކޯޓުގް ނަންބަރު 7C/201-Cv/9154 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓު މަރުހަލާ

7ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ ފޯމަށް ބަލާއިރު ދައުވާގައި އެދިފައިވާ ކޮމްޕެންސޭޝަން އަދި ވޭރިއޭޝަންގެ އަގު ހޯދުމަށް އެދިފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ. އެއީ

1.7. މަސައްކަތްކުރަންޖެހޭ ސައިޓް އެއްބަސްވުމް އެއްގތަށ ޙަވާލުނުކުރުމުން އެއްބޮ ސްވުމުގަ ދށުނަ ކޮންޕެންސޭޝަން ލިބެންޖެހޭކަން؛

2.7. ތަން ޙަވާލުކުރިއިރު ތަން އޮތް ގޮތުން ބިންގަނޑު ލެވެލްކުރުމަށް ބޮޑެތި ޚަރަދުކުރަންޖެހި މިކަމަށް ޚަރަދު ހިނގާފައިވާއިރު މިކަން މިގޮތަށް ހިނގާފައިވަނީ ބިޑް ޙަވާލކު ރ ފަރާތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްނުދިނުމުން ކަމުގައިވާތީ ކުރަންޖެހިފައިވާ މިއިތުރު މަސައްކަތަށް ފައިސާ ދައްކަންޖެހޭކަން؛

3.7. ބިޑް އެވޯޑް ކުރެވި މަސައްކަތަށް ތައްޔާރީތައް ވީ ފަހުން 19 ނޮވެންބަރު 2014 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އެދުމަކަށް ތަނުގެ މަސައްކަތަށް ބޮޑެތި ބަދަލުތައް އައުމުން މިމަސައްކަތަ ށ ކުރެވިފައިވާ ޚަރަދު އަދި މަސައްކަތުގެ އަގު ދައްކަންޖެހޭކަން؛

8މިދައުވާގެ ޖަވާބުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ބުނެވުނުދަޢުވާގައި އެދިފައިވާ ފައިސާއަކީ އެފަރާތުން ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށެވެ. ސަބަބެއްގެ ގޮތުގައެ ފާހަގަކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.

1.8. ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ ޕަރ ޓިކިއުލަރ ކޮންޑިޝަންސްގެ 1.1 ގެ ދަށުން ތަނުގަ މަސައްކަތް ފަށަންޖެހެނީ އެއްބަސްވުމުގެ ސޮއިކުރާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި ކަމުގައިވާއިރަ ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑނު ހުށަހެޅް ދައުވާ ފޯމުންވެސް މި ތާރީޚުގެ މާކުރިނު ތަން ޙަވާލުވެފައވި ކަން އެނގޭކަން؛

2.8. ތަން ޙަވާލުކުރުމުގެ ކުރިން ތަން ދެއްކިފައިވާކަމަށާއ ޕްރި ބިޑް މީޓިންގ ގައި ދެވިފައި ވާ ޓެކްނިކަލް ސްޕެސިފިކޭޝަންގައި ބިންގަނޑު ލެވެލް ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާތީ މިއީ އެއްބަސްވުމުގެ ތެރަ އިނެ ކުރަންޖެހޭ ކަމެއްކަން؛

3.8. 19 ނޮވެންބަރު 2014 ގައި ފޮނުވުނު ސިޓީއާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލާއިރު މިވޭރއި ޝަނޭށް އެފަރާތުން ހުށަހެޅި އަގަށް މލްޑިވްސޯ ޕޯޓްސް ލިމިޓެޑަށް އެއްބަސްނުވެވުމުން އެކަން ޤަބޫލުކޮށް، ހަމައެކަނި މި ވޭރިއޭޝަންގެ މެޓީރިއަލް ކޮސްޓް ދެއްކުމުން މަސައްކަތް ކުރުމަށް އިޢުތިރާޟްނުކުރާކަމަށް އެއްބަސްވެ އެކަން ލިޔުމުން އަންގާފައިވާ ކަން؛

9ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1549 ޤަޟިއްޔާ ނިންމާފއިވަނަ އަންނނިވި ފަދައިންނެވެ. މ......" މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކށްފައިވޮ މަސައްކަތުގެ އަގާއި، އެމަސައްކަތުގެ އިތުރަށް ދައުވާކުރާ ފަރާތުން ކުރަންޖެހުނު މަސައްކަތަށް ދެފަރާތުން އެއްބަސްވެފައިވާ އަގު ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ދައްކައި ޚަލާސްކޮށްފައިވާކަން ދެފަރާތުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ މަސައްކަތުގެ އިތުރަށް ދައުވާކުރާ ފަރާތުން ކުރަންޖެހުނު މަސައްކަތާއި، ބަދަލުގެ ގޮތުގައި ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތުގެ ކިބައިން ހޯދުމަށް އެދިފައިވާ 1,693,018/55 (އެއްމިލިއަން ހަލައްކަ ނުވަދިހަ ތިންހާސް އަށާރަ ރުފިޔާ ފަންސާސް ފަސްލާރި) ދައުވާލިބޭ ފަރާތުގެ ކިބައިން ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ.

10ސިވިލް ކޯޓުގެ ނިންމުން ބިނކޮށްފައާ ވަނީ އަންނަނިވި އަސާސްތަކުގެ މައްޗަށް ކަމަށް ބެލެވެއެވެ.

1.10. ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ "ވޯކް ޑަން ބައި ކޮންޓްރެކްޓަރ" މިސުރުޚީގެ ދަށުން ހުށަހަޅާފައިވާ ފައިސާކަން އެނގެން އޮންނައިރު މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން އެއަށް އިންކާރުކޮށްފައިވާ ލިޔުމެއްކަމުގައިވުން

2.10. 19 ނޮވެންބަރު 2014 ގެ ސިޓީގައި އެދިފައިވާ ބަދަލު ފިޔަވައި މަސައްކަތަށް އިތުރު ބަދަލެއް ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އެނގެންނެތްކަން.

3.10. ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކުގެ ތެރެއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރު CWD/MISC/2014/460-113 ( 26 ނޮވެމްބަރު 2014) ސިޓީ ގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1549 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 3 ގެ (ށ) ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1549 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ގެ ފާހަގަކުރެވުނު ނުކުތާ 2 ގެ (ށ) ކަންކަމަށް ބަލާއިރު، ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ފޮނުވި ސިޓީގައި ކޮންޓްރެކްޓުގެ އަގުގެ ތެރެއަށް -/7،340ރ. (ހަތްހާސް ތިންސަތޭކަ ސާޅީސް ރުފިޔާ ) އިތުރުކޮށދީ، އިތުރަށް ކުރަންޖެހޭ މަސައްކަތަށް އިތުރު އަގެއް ޗާޖުނުކުރާ ގޮތަށް، މިބަދަލާއެކު ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދަން އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަމާއި އަދި މަސައްކަތުގެ އަގު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަދާކޮށްފައިވާކަން އެފަރާތުން 28 އެޕްރީލް 2015 ގައި ހުށަހަޅާފައިވާ ޕޭމަންޓް އެޑްވައިސ އަށް ބެލުމުން އެނގެން އޮންނަކަން.

4.10. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ މަސައްކަތުގެ އަގަކީ ދުރާލާ ދެފަރާތުން އެއްބަސްވެ ރުހި ޤަބޫލުވެފައިވާ އަގެއްކަމަށް ވީހިނދު، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓުގައިވާ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތީން އަދި ކޮންޓްރެކްޓަކީ އެމައްޗަށް އަމަލުކޮށް ނިމިފައިވާ ކޮންޓްރެކްޓެއްކަން އޭގެ އިތުރަށް ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރަންޖެހުނު މަސައްކަތަށް، ބަދަލެއްގެ ގޮތުން ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައިދޭންޖެހޭ ތަނއ ނެތްކަމަށް ކަނޑައަޅާފައި. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތައު

11ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1549 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހއިކޯޓުގައަ އިސްތިއުނާފު ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1549 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ގެ ފާހަގަކުރެވުނު ނުކތު 3 ގެ (ނ) ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1549 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ގެ ފާހަގަކުރެވުނު ނުކުތާ 4 ގެ (ރ) ކުރަ މުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާ ތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛

1.11. ދައުވާގައި ލިބިގަތުމަށް އެދޭ ޙައްޤު ނުލިބި އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އިޙްމާލުންކަން ނުހަނު ސާފުކޮށް އެނގެން އޮތްއިރު، އެނުކުތާގެ މައްޗަށް އިންސާފުވެރި ރިޢާޔަތެއް ނުކުރެއްވުމުގެ ސަބަބުން ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ގެއްލިގެންދާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

2.11. ދައުވާގައި ބަޔާންކޮށްފައިވާ ކޮންޓްރެކްޓަކީ ނިމިފައިވާ ކޮންޓްރެކްޓެއްކަމަށް ޝަރީޢަތުން ބުރަވެވަޑައިގެން ފާހަގަކުރެއްވި 3 ވަނަ ނުކުތާގެ (ރ) ގެ 2 ވަނަ ޕެރެގްރާފުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވުމުން އެޙައްޤު ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް މަޙްރޫމްވެގެންދާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3.11. ހެކިން ހުށަހެޅުމުގެ ފުރުޞަތު ކުރިމަތިވެދާނެކަން ކޮންޓްރެކްޓުގެ ބައެއްކަމުގައިވާ "ޖެނެރަލް ކޮންޑިޝަންސް އޮފް ކޮންޓްރެކްޓް" ގެ 37 ވަނަ މާއްދާއާއި 41 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމުން އެނގިކަށަވަރުވާއިރު، ހެކިން ހާޟިރު ނުކުރައްވައި މައްސަލަ ނިންމެވުމުން ކުރެއްވި ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް

(ހ) އިސްތިއުނާފީ ނުކުތާ (1) އާ ގުޅޭ : ވާޤިއާތައް ކަށަވަރުނުކުރުން

12ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބަޔާންކޮށްފައިވަނީ ދައުވާގައި ލިބިގަތުމަށްއެދޭ ޙައްޤު ނުލިބިއޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އިޙްމާލުންކަން ނުހަނު ސާފުކޮށް އެނގެންއޮތްއިރު، އެނުކުތާގެ މައްޗަށް އިންސާފުވެރި ރިޢާޔަތެއް ނުކުރެއްވުމުގެ ސަބަބުން ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ގެއްލިގެންދާކަމަށް ބުނެއެވެ.

1.12. ތަފްސީލުގައި އެފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 37 ވަނަ މާއްދާއާއި 41 ވަނަ މާއްދާގެ ދަށުން ވޭރިއޭޝަންސްއާއި ކޮމްޕެންސޭޝަން ނަގައިދިނުމަށް އެދިފައިވީނަމަވެސް ކޮންޓްރެކްޓުގެ މިމާއްދާތަކަށް ރިއާޔަތްކޮށްފައިނުވާކަމަށެވެ.

2.12. އަދި ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ (ށ) (ނ) (ރ) ގައި ފާހަގަކޮށްފައިވަނީ މަސައްކަތަށް ބަދަލު ގެނައުމުގައި އެކަމަށް ހަމަޖެއްސި ގޮތުގެ މައްޗަށާއި އެއަގާއެކު ޖުމުލަ އަގު ދެއްކި ގޮތުގެ މައްޗަށާއި އަދި އަގުދިނުމުން ނަތީޖާ އަންނަ ގޮތަށް ކަމަށް ޝަރީޢަތަށް ބުރަވެވުނު ގޮތުގެ މައްޗަށް ކަމަށެވެ. ދަޢުވާ ފޯމުގެ 10.6 ގައި ހުށަހަޅާފައިވާ ޚަރަދު ތަފްސީލަކީވެސް އެ އިތުރު މަސައްކަތުގެ މައްޗަށް ތައްޔާރުކޮށްފައިވ ޚަރަދާ ތަފްސީލު ކަމަށެ ވެ. އެހެންކަމުން މިމައްސަލައިގައި ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށެވެ.

3.12. މަސައްކަތު ސައިޓު ޙަވާލުކުރުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ތަން ޙަވާލުކުރުމަށް ކަނޑައެޅިފައިވާ ތާރީހަށް ވުރެ 85 ދުވަސް ފަހުން ޙަވާލުކުރެވިފައިވުމުން ފާއިތުވި ދުވަސްތަކުގެ ޚަރަދު އިސްތިއުނާފު ކުރާ ފަރާތުން ކުރަންޖެހުނުކަމަށެވެ.

13އިސްތިއުނާފ ރައްދުވު ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވަނީ މިއެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ފުރިހަމައަށް ދައްކާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭކަމަށެވެ. އަދި މަސައްކަތއާ މަސައްކަތް ކުރާ ސަރަހައްދު މަސައްކަތް ފެށުމުގެ ކުރިން އަދި މަސައްކަތުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ ކުރިން ދެއްކިފައިވާ ކަމަށެވެ. މަސައްކަތްކުރާ ސަރަހައްދު ސާރވޭކުރުމަކީ މަސައްކަތާއި ޙަވާލުވާ ފަރާތުގެ ޒިންމާއެއް ކަމުން ސާރވޭކުރުމަކާ ނުލައި މަސައްކަތް ފ ށުމުނ ލިބް ގެއްލުމަކަށް ޒިންމާވާން ނުޖެހޭނެކަމަށެވެ. ޕްރޮޖެކްޓް އެއްބަސްވުމުގެ ކުރިން ގެނެވުނު ވޭރިއޭޝަންސްތަކ ގުޅިގެނާ ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރެވި ވަކި ގޮތަކަށް އެއްބަސްވެފައިވާއިރު އެކަމާ ގުޅިގެން އިތުރު ކޮމްޕެންޒޭޝަން ދޭން ނުޖެހޭނެކަން ވެސް ފާހަގަކޮށްފައިވެއެވެ.

(i) މުއްދަތަށް ތަން ޙވާލުކުރުނަ

14ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމގު ދަށުން އެގްރީމެންޓުގައި ސޮއިކުރާތާ 05 (ފަހެއް) ދުވަސގް ތެރޭގައި ކޮންޓްރެކްޓަރާ ސައިޓް ޙަވާލުކުރަންޖެހޭ ކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން އެމާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

20HN2Possession of the Site

20.1 The Employer shall give possession of all parts of the Site to the Contractor. If possession of a part is not given by the date stated in the PCC, the Employer shall be deemed to have delayed the start of the relevant activities, and this shall be a Compensation Event.

20.1 The Site Possession Date (s) shall be:05 days from signing of contract.

15HN1ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރެވުނީ 26 ނޮވެންބަރު 2014 ގައެވެ. އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ބަޔާންކޮށްފައިވަނީ ތަނަށް ވަނުމުގެ ހުއްދަ ލިބުނީ 06 ޑިސެންބަރު 2014 ގައި ކަމަށެވެ. އަދި އޭރު ތަން ޙަވާލުކުރީ މުޅި ގުދަން ދެބައި ކުރުމަށްފަހު ކަމާއި ދެން ހުރި ބައިގައި މުދާ ހުރުމުގެ ސަބަބުން ތަން ހުސްވެ އެބައި ޙަވާލުކޮށްފައިވަނީ 24 ފެބްރުއަރީ 2015 ގައި ޖެނެރަލް ކޮންޑިޝަންސް 20.1 ވަނަ މާއްދާ އަދި ޕަރޓިކިއުލަރ ކޮންޑިޝަންސް 20.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކޮންޓްރެކްޓް ދަޢުވާ ފޯމުގެ 8.2 ގައި ކަމަށެވެ. ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 20.1 ގައި " employer shall give possession ”contractor the to site the of parts all of މިހެން ބަޔާންވެގެންވާތީއާއި ”if posession of a part is not given by the date" އެއީ ކޮމްޕެންސޭޝަން އިވެންޓެއް ކަމުގައި ބެލެވެންވާނެކަމަށް އޮތުމުން މިއީ އެފަރާތަށް ބަދަލު ލިބެން ޖެހޭ ކަމެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވަނީ ޕަޓިކިއުލަރ ކޮންޑިޝަންސް އޮފް ދަ ކޮންޓްރެކްޓުގައި މަސައްކަތް ފަށަންޖެހެނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 21 ދުވަސްފަހުން ކަމަށް ބަޔާންކޮށްފައިވާއިރު، އޭގެ މާކުރިން ތަން ޙަވާލުވެފައިވާކަމަށެވެ. އެއްބަސްވުމުގެ ސޮއިކުރެވުނު ތާރީޚުން ފެށިގެން 5 ދުވަހުގެ ތެރޭގައި ތަން ޙަވާލުކުރެވުނު ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގައި ބުނެފައިނުވެއެވެ. އަދި ތަން އެކީ އެއްކޮށް ޙަވާލުކުރެވުނު ކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުދާރީ ވެފައިނުވެއެވެ. އެހެ ންކަމުން ހުށަހެޅިފައިވާ ދަޢުވާ އަށް ބަލާއިރު މިއީ ހުސޫމަތު އުފެދިފައިވާ ކަމެކެވެ. މިނުކުތާއާ މެދު ސިވިލް ކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ރިޢާޔަތްކޮށްފައިވާކަން އެނގެން ނެތުމުން ކަށަވަރުކުރަންޖެހޭ މިވާޤއި އެކޯޓުން ޤާއިމުކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. އަދި މި ނުކުތާގައި ބުނާ ކަންތައްތައް ސާބިތުކުރުމަށް ހެކިން ޙާޟިރު ކުރުމަށް އެދިފައިވާއިރު އެފުރުސަތު ނުދިން ސަބަބު ބަޔާންކުރުމެއް ނެތި މައްސަލަ ނިންމާފައިވުމުން މިވާޤިއާ ކަށަވަރުކޮށް މިނުކުތާއާ މެދު ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް މިމައްސަލަ ތަހްވީލުކުރަންޖެހޭ ކަމުގައި ދެކެމެވެ.

(ii) ބިންގަނޑު ލެވެލްކުރުމަށް ހިނގި ޚަރަދު

16ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 41.1 ވަނަ މާއްދާއަށް ޙަވާލާ ދީ އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވަނީ މުދަލުން ފުރިފައ ހުރި ތަން ހުސްކޮށް، ތަން ޙަވާލުކުރި އިރު ބިމުގެ ޙާލަތު އޮތް ގޮތުން ބުނެވުނު ޙަވާލާ ބިން ލެވެލްކުރުމަށް ބޮޑެތި ޚަރަދުތައް ކުރަންޖެހިފައިވާކަމަށާއި މިގޮތަށް ބިމުގެ ހާލަތު ނޭނގުނީ ބުނެވުނު މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން ކުރނި ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީފައިނުވުމުގެ ސަބަބުން ކަމަށެވެ.

17އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖަވާބުގައި ފާހަގަކޮށްފައިވަނީ ޕްރީބިޑް އިންފޯރމޭޝަންގައި "ބިންގަނޑު ލެވެލްކޮށް" ކުރެހުމާ އެއްގޮތަށް ތަޅުމެއް އަޅަންޖެހޭކަމަށް އެންގިފައިވާނެކަމަށާއި އެހެންކަމުން ބިޑް ތައްޔާރުކުރިއިރުވެސ މިއް ލެވެލްކުރަންޖެހޭ ބިމެއް ކަން އެނގޭ ކަމަށެވެ.

18ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 41.1 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ އަންނަނިވި ފަދައިންނެވެ. (f) Ground conditions are substantially more adverse than could reasonably have been assumed before issuance of the Letter of Acceptance from the information issued to Tenderers (including the Site Investigation Reports), from information available publicly and from a visual inspection of the Site.

19އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ސަރވޭ ކުރުމުގެ ވާހަކަ ބަޔާންކޮށްފައިވަނީ ޓެކްނިކަލް ސްޕެސިފިކޭޝަންސްގެ 2 ވަނަ މާއްދާގައި ކަމަށް ބެލެވެއެވެ.އެމާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މަސައްކަތް އެއްކޮށް ނިންމުމަށް ފަހު ސްލެބްގެ ލެވެލް ޗެކުކުރުމަށްޓަކައި ސަރވޭއެއ ކުރަން ވާނެއެވެ"

20HN2މިތަނުގައި ޙަވާލާދެނީ މަސައްކަތް ނިމުމަށް ފަހު ކުރަންޖެހޭ ސަރވޭއެއްގެ ވާހަކަ ކަމަށް ބެލެވޭތީއާއި މަސައްކަތް ފެށުމުގެ ކުރިން ސައިޓް އިންވެސްޓިގޭޝަން ރިޕޯޓު ހެދިފައިވޭތޯ އެއީ ކޮން ފަރާތެއްގެ ޒިންމާއެއް ކަމާއި އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހުށަހަޅާ ފުރަތަމަ ބަޔާނުގެ 1 ވަނަ ޕެރެގްރާފް "މަސައްކަތުގެ ތަފްސީލް" މިސުރުހީގައި ވާ ލިޔުމުގެ 2 ވަނަ ނަންބަރުގެ ދަށުން ބަޔާންކޮށްފައި އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދޭ ބިން ލެވެލް ކުރުމުގެ މަސައްކަތަކީ މިމާއްދާގެ ދަށުން "ކޮމްޕެންސޭޝަން" ލިބެންޖެހޭ ކަމެއްތޯ މިއީ އުފެދިފައިވާ ހުސޫމާތެކެވެ. ދަށުކޯޓުން މިކަން ވަޒަންކޮށްފައިވާ ކަން އެނގެން ނެތެވެ. އެހެންކަމުން މިނުކުތާއާ މެދު ވެސް އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ. (iii) މޯލްޑިވްސް ޕޯޓްސް ލިމިޓެޑނު 19 ނޮވެންބަރު 2014 ގައި އެދިފައިވާ ބަދަލުތަކާ ގުޅިގެނ ދައްކަން ޖެހެ ވޭރިއޭޝަންސް އަގު

21HN3ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމަށް ބަލާއިރު 19 ނޮވެންބަރު 2014 ގައި ގެނެވުނު ބަދަލާ ގުޅިގެން ކުރަންޖެހުނު މަސައްކަތަށް އަގު ހޯދުމަށް އެދިފައިވާއިރު، މިމަސައްކަތް ގުޅިގެނާ ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކުން، ޙަވާލާދޭ 19 ނޮވެންބަރު 2014 ގެ ސިޓީގެ ދަށުން މަސައްކަތަށް ގެންނަން އެދުނު ބަދަލާއި ގުޅިގެން -/7،340 (ހަތްހާސް ތިންސަތޭކަ ސާޅީސް) ރުފިޔާ ކޮންޓްރެކްޓުގެ އަގުގެ ތެރެއަށް އިތުރުކޮށް މަސައްކަތަށް އިތުރު އަގެއް ޗާޖުނުކޮށް ބަދަލާއެކު ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދަން އެއްބަސްވާކަން އެނގޭކަމާއި އަދި މަސައްކަތުގެ އަގު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަދާކޮށްފައިވާކަން އެފަރާތުން ހުށަހަޅާފައިވާ 28 އެޕްރީލް 2015 ޕޭމަންޓް އެޑްވައިސް އަށް ބެލުމުން އެނގެން އޮންނާތީ ސިވިލް ކޯޓު ގެ ރިޕޯޓުގައި މި ޚަރަދުތަކާ ގުޅިގެން ކަނޑައަޅާފައިވާ ނިންމނު ރަނގަޅު ކަމުގައި ދެކެމެވެ. ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 8.4 ވަނަ ނުކުތާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރު CWD/MISC/2014/458-113 ސިޓީ އާއި CWD/MISC/2014/460-131 އެއާ ޕްރިމިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު ގެ 19 އދ 26 ނޮވެމްބަރު 2014 ސިޓީ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވައުޗަރ ނަންބަރު 15/01380 އިސްތިއުނާފީ ނުކުތާ 2: ކޮންޓްރެކްޓްގެ އިލްތިޒާމްތައް އަދާކޮށްނިމިފައިވުން

22HN4މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، ދަޢުވާ ބިނާކޮށް ފައިވަނީ ޖެނެރަލް ކޮންޑިޝަން އޮފް ކޮންޓްރެކްޓްގެ 37 ވަނަ މާއްދާއާއި 41 ވަނަ މާއްދާގެ ދަށުން ކަމަށާއި އެ ދެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޙާލަތު ބަދަލުވެ މަސައްކަތް ނިމިފައިވާކަން ހެކިންގެ ބަހުން އނގޭނެތެ އާއީ އެބަދަލުތަކަށް އަގު އަދާކޮށްފައިނުވުމުން ކޮންޓްރެކްގ ބައިވެރިންގެ މައްޗަށް ލާޒިމުވާ ކަންތައްތައަ ކޮށް ނިމިއްޖެކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ތިންވަނަ ނުކުތާއާ ގުޅިގެން އަހުރެންނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު އެއްބަސްވުމުގެ އިލްތިޒާމްތައް ފުރިހަމަ ވެފައިވޭތޯ އަލުން ބަލަންޖެހޭތީ މިނުކުތާއާ މެދު މިހިނދުގައި ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.

އިސްތިއުނާފީ ނުކުތާ 3 : ހެކިން ޙާޟިރނު ކުރުނު

23މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ދައުވާ ކުރާ ޙައްޤު ޤާއިމުކުރުމުގައި ހެކިބަހުގެ މުހިއްމުކަން ފާޅުކަން ބޮޑު ގޮތެއްގައި އޮތް އިރު ހެކިން ޙާޟިރުނުކޮށް މައްސަލަ ނިމިފައިވަނީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

24HN5ސުޕްރީމް ކޯޓުގެ މެރީޑިއަމ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި މައްސަލައެއްގައި ޚަޞްމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކިން، ނުވަތަ ޚަޞްމުން ހުށަހަޅާ އެއްވެސް ހެއްކަކަށް މައްސަލަ ބަލައި ފަނޑިޔާރުން ރިޢާޔަތް ނުކުރަން ނިންމާނަމަ، ރިޢާޔަތް ނުކުރަން ނިންމި ސަބަބު ޝަރީޢަތް 2017/SC-A/26 ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަން ވާނެކަމަށް ކުރީގެ އިސްތިއުނާފީ ނިންމުންތަކަށް ހަވާލާދީ ކަނޑައެޅިފައިވެއެވެ. ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ފާހަގަކޮށްފައިވަނީ ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންވެސ ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމަށް އިސްކަންދޭންޖެހޭ ކަމަށާއި ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމުގައި ފަނޑިޔާރު ވަކި ނިންމުމަކަށް ވާސިލުވި ސަބަބު މައްސަލައިގެ ޚަޞްމުންނަށް ސާފުކޮށްދޭންޖެހޭކަމަށެވެ.

25މި އުސޫލުތައް މިމައްސަލަ އަށް ތަޠުބީޤުކުރުމަށް ބަލާއިރު، މިމައްސަލައާ ގުޅިގެން ހެކި ހުށަހެޅުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ކަން އެފަރާތުން 18 އޮކްޓޯބަރު 2017 ގައި ހުށަހެޅި ހެކި ލިސްޓުން އެނގެއެވެ. އެގޮތުން ހެކިންގެ ގޮތުގައި ޒާހިރު މުޙައްމަދު، މުހައްމަދު ޢަލީ، ޢަލީ ފާއިޒު، މަޙުދީ އިމާދު އަދި ޢަބްދުލް ވައްހާބުގެ ނަން ހިމަނާފައިވެއެވެ. މިހެކިންގެ ފަރާތުން ސާބިތުކުރަން ބޭނުންވަނީ އިތުރަށް ކުރަން ޖެހުނު މަސައްކަތްތަކާއި އެމަސައްކަތްތައ ނިންމް ކަމާއި އަދި އެއްބަސްވެވިފައިވާ މުއްދަތަށް ސައިޓް ހަވާލުނުކުރާކަމާއި އެކަމުގައި 50 ދުވަސް އިތުރު ވެފައިވާކމަ ވެ.

26އިސްތިއުނާފު ކުރާ ފަރާތުން ޙާޟިރުކުރުމަށް އެދިފައިވާ ހެކިންނާއެކު ޙާޟިރުވުމަށް އަންގައި ސިވިލް ކޯޓުން 02 ނޮވެންބަރު 2017 ގައި އިސްތިއުނާފު ކުރާ ފަރާތަށް ޗިޓް ފޮނުވާފައިވެއެވެ. އެހެންނަމަވެސް، މިޗިޓާ ގުޅިގެން 07 ނޮވެންބަރު 2017 ގައި އިސްތިއުނާފު ކުރާ ފަރާ ތުން ފޮނުވާފައިވާ ސިޓީގައި މައްސަލައިގައި ހިމެނޭ ގިނަ ހެކިންނަކީ އޭރު އިސްތިއުނާފު ރައްދުވާ ފަރާތުގެ ޒިންމާދާރު މަޤާމުގައި ތިބި ފަރާތްތަކަށް ވުމުން އިސްތިއުނާފު ކުރާ ފަރާތުގެ އެދުމަކަށް ކޯޓަށް ހާޟިރުނުވާނެ ކަމަށާއި ކޯޓުން އަންގައިފިނަމަ ހެކިވެރނި ޙާޟިރުވާ ނ ކަމަށެ ބުނެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ހެކިން ހާޟިރުކޮށް ދިނުން އެހެން ބުނެވުނު ޙަވާލާގެ 45 ވަނަ ޕެރެގްރާފް 18 އޮކްޓޯބަރު 2017 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކންގި ލިސްޓް 22 ސިވިލް ކޯޓުގެ ނަންބަރު CR3/2017/4528-B3 ކޯޓަށް ޙާޟިރުވުމުގެ އަމުރު ދުވަހަކަށް ހަމަޖައްސާދިނުމަށާއި އިތުރު ހެކިން ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައިވެއެވެ. ބުނެވުނު ސިޓީއާ ގުޅިގެން އެދުވަހަށ ތާވަލް ކުރެވުނު އަޑުއެހުން ކެންސަލްކރެވުނ ކަނު ސިވިލް ކޯޓުގް ރެކޯޑުތަކުން އެނގެއެވެ. އެހެންނަމަވެސް ހެކިން ހާޟިރުކުރުމާމެދު ޝަރީޢަތުން ނިންމި ގޮތެއް އެނގޭކަށް ނެތެވެ. މައްސަލައާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހުލާސާ ބަޔާނުގައި ހެކި ޙާޟިރުކުރަން އެދިފައިވެއެވެ.

27މިމައްސަލައިގައި ޙާޟިރުކޮށްދިނުމަށް އެދިފައިވާ ހެކިންނަށް ބަލާއިރު މިއެއްބަސްވުމުގެ ޕްރޮޖެކްޓް މެނޭޖަރު ވެސް ހިމެނޭ ކަމާއި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު ވޭރިއޭޝަންގެ މަސައްކަތް ކޯޓޭޝަނަކާ ނުލައި ޕްރޮޖެކްޓް މެނޭޖަރަށް އެޕްރޫވްކުރެވުންވެސް ހިމެނޭކަމާއި ސިވިލް ކޯޓުގެ ނިންމުމަށް ވާސިލްވި އެއް ސަބަބަކީ 19 ނޮވެންބަރު 2014 ގެ ސިޓީން އެދިފައިވާ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާކަން އެނގެން ނެތުން ކަމަށްވާއިރު އެކަން ސާބިތުކޮށްދިނުމަށް ހުށަހެޅުނު ހެކި ޝަރީޢަތަށް ޙާޟިރުކޮށްފައި ނުވުމަކީ މައްސަލައިގެ ވާޤިއާތައް ފުރިހަމަގޮތުގައި ކަށަވަރުކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމުގައި ދެކެމެވެ.

28ބުނެވިދިޔަ އެންމެހައި ކަންތައްތަކަށް ބަލާއިރު، މިޤަޟިއްޔާގައި ކަނޑައެޅިފައިވާ ކަންތައްތކަށަ ރިއާޔަތްކޮށް މިމައްސަލަ އަލުން ބލުމަށްޓަކައެ ސިވިލް ކޯޓަށް ތަހްވީލްކުރުމަށް ފެނެއެވެ. 07 ނޮވެންބަރު 2017 ގައި އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލު ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީ ސިވިލް ކޯޓުގެ މައްސަލައިގެ ރެކޯޑު ޝިޓް 12 ޑިސެމްބަރު 2017 ގައި ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހަޅާ ހުލާސާ ބަޔާން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ ޕަރޓިކިއުލަރ ކޮންޑިޝަންސް 1.1 (Y) ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1549 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ގެ ފާހަގަކުރެވުނު ނުކުތާ 2 ގެ (ށ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ