އައިޑިއަލް ބޯޓް ބިލްޑިންގ ޕވޓ ލޓޑ އަދި ޙުސައިން މާހިރު ވ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2578/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ލިޔުމުން ވެފައިވާ އިންސްޓޯލްމަންޓަށް މުދާ ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ދީފައިވާ ޗެކުތައް ރިޓާންވުމުން ކުރި ދަޢުވާގައި، ފައިސާގެ ބަދަލުގައި ދޯންޏެއް ބަނދެދިނުމަށް އަނގަބަހުން އެއްބަސްވިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިން ދަށުކޯޓުން ނުގެނައުމާއި، ޗެކުތައް ކެންސަލްކުރިކަމަށް އިސްތިއުނާފުގައި ފުރަތަމަ ފާހަގަކުރި ނުކުތާއަށް ރިޢާޔަތްނުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު މަސްދަރަކީ ކޮންޓްރެކްޓް ކަމާއި، 'العقد شريعة المتعاقدين' (pacta sunt servanda) ގެ އުޞޫލުގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޙަކަމަކީ އެ ކޮންޓްރެކްޓެވެ؛ މި އުޞޫލު ދިވެހި ޝަރުޢީ ނިޒާމުގައި ބަލައިގަނެ އިސްތިޤްރާރުވެފައިވެއެވެ.
HN2 ލިޔެކިޔުމުން ވެފައިވާ މުޢާމަލާތެއް ސާބިތުކުރުމަށް ޢާއްމު އުޞޫލުން ހުށަހެޅޭނީ އެ ލިޔެކިޔުންތަކެވެ (ކިތާބީ ހެކި)؛ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ޙަޤީޤަތެއް ސާބިތުވީ ކަމަށް ބެލޭނީ ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ޝަރީޢަތަށް ޤަބޫލުކުރެވިއްޖެ ހިނދެވެ. މަދަނީ މުޢާމަލާތު ސާބިތުކުރުމުގެ އެންމެ ހަރުދަނާ ވަޞީލަތަކީ ކިތާބީ މުސްތަނަދެވެ (ސުޕްރީމް ކޯޓު، އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ).
HN3 ލިޔުމުން ވެފައިވާ ކްރެޑިޓް އެއްބަސްވުމެއް އޮއްވާ، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ބަދަލުގައި ދޯންޏެއް ބަނދެދިނުމަށް އަނގަބަހުން އެއްބަސްވުމެއް ވެދާނެ ކަމަކީ މިބާވަތުގެ މުޢާމަލާތުކުރާ ޢާއްމު ހަމަތަކަށާއި ސަބަބުވެރި އިންސާނެއްގެ (reasonable man) ވިސްނުމުން ބަލާއިރުވެސް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ.
HN4 ޕެރޯލް އެވިޑެންސްގެ ރޫލްގެ ދަށުން، ޢާއްމު އުޞޫލުން ކިތާބީ ހެއްކަކުން ސާބިތުވާން އޮތް ކަމެއްގެ މައްޗަށް ޝަފަހީ ހެކި ޤަބޫލެއް ނުކުރެވޭނެއެވެ؛ ލިޔުމުން ވެފައިވާ އެއްބަސްވުމެއްގައި ބަޔާންނުކުރާ ކަމެއް ސާބިތުކުރުމަށް ޝަފަހީ ހެކި ބަލައެއް ނުގަނެވޭނެއެވެ. މި އުޞޫލަށް އިސްތިސްނާތައް ހުރި ނަމަވެސް، އިސްތިސްނާ ޙާލަތެއް އޮތްކަން ދައްކައިދީފައިނުވާނަމަ، ދަށުކޯޓުން އެފަދަ ހެކިން ޙާޟިރުނުކުރުމަކީ ޤާނޫނީ އުޞޫލަކާ ޚިލާފު ކަމެއް ނޫނެވެ.
HN5 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށެވެ؛ މިއާ ޚިލާފަށް ޢަމަލުކުރެވޭނީ އަނެއް ބައިވެރިޔާ އެ ލާޒިމުކަމަށް ލުއިދީފިނަމަ ނުވަތަ އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމައެވެ.
HN6 ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުން، ދަށުކޯޓުގައި ފާހަގަކުރުމުގެ ފުރުޞަތު ލިބިހުރެ ފާހަގަނުކުރާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެއެވެ (ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ސުޕްރީމް ކޯޓުން ތާއީދުކޮށްފައި).
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1އަދި އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތާރީޚުތަކަށް ފައިސާ ނުލިބި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އެހާތަނަށް ޖުމްލަ އަގުގެ 0.1% (ސުމެއ ޕޮއިންޓް އެކެއް އިންސައްތަ) ޖ ރިމަނާ ކުރެވޭނެކަމަށް އެއްބަސްވުމުގެ 3.3 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.
5ބުނެވިދިޔަ މުޢާމަލާތާ ގޅިގެނު ދައްކަންޖެހޭ ފައިސާ އަދާކުރުމަށް އައިޑިއަލް ބޯޓް ބިލްޑިންގގެ ފަރާތުން އެމް.ޓީ.ސީސީ އަށް ދ ކޮށްފައިވާ ޗެކްތަކުގެ ތެރެއިން ޗެކތް ކެއް ރިޓާންވެފައި ވާކަމަށް ބުނެ އެ ޗެކުތަކުގެ ފައިސާ އާއި، 36 ނޮވެންބަރު 3236ގެ ނިޔަލަށް އެއްބަސްވުމުގެ ދަށުން އަރާފައިވާ ޖޫރިމަނާ ފައިސާ ހޯދުމަށް އެމް.ޓީ.ސީ.ސީ ގެ ފަރާތުން އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ޙުސައިން މާހިރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައި ވެއެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ
6ސިވިލް ކޯޓުގެ ނަންބަރު 2578/Cv-C/2016 ޤަޟިއްޔާ ގައި ކުރެވުނު ދަޢުވާއަކީ، އެމް.ޓީ.ސީ.ސީގެ ކަށަވަރު ޑިޕާޓްމަންޓުން އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑްއިން އިންސްޓޯލްމަންޓަށް ގަނެފައިވާ ޔަންމާ ބްރޭންޑްގެ 23 (ދޭއް) އިންޖީނުގެ ޕޭމަންޓް އަދާކުރުމުގެ ގޮތުން އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑުން ދ ކޮށްފައިވާ ޑޭޓެޑް ޗެކްތަކުގެ ތެރެއިން 3235 އެޕްރީލް އިން ފެށިގެން ދަޢުވާކުރި ދުވަހާ ހަމައަށް ދ ކޮށްފައިވާ ހުރިހާޗެކްތަކެއް ރިޓާންވެފައިވާތީއާއި، 33 ޖޫން 3235 ގައި އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑގް ފަރާތުނު އެމް. ޓީ.ސީ.ސީއިން ގަނެފައިވާ ސްޕެއަރ ޕާޓްސްތަކަށ ފައިސް އަދާކުރުމުގެ ގޮތުނ އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކްވެސް ރިޓާންވެފައިވާތީ، އެ ޗެކެ ތ ކުގެ ޖުމްލަ ފައިސާއަށްވާ 1,714,780/21ރ. (އެއްމިލިއަން ހަތްލައްކަ ސާދަހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ އެކާވީސް ލާރި) އާއި، މި މުޢާމަލާތާ ގުޅިގެން ހެދިފައިވާ އެއްބަސްވުމުގައި ޖ ރިމަނާގެ ގޮތުގައި ނެގުމަށް އެއްބަސްވެފައިވާ %2.32 (ސުމެއ ޕޮއިންޓް އެކެއް ސުމެއް އިންސައްތަ) ގެ ޖ ރިމަނާގެ ފައިސާ ހޯދުމަށްއެދި އެމް.ޓީ.ސީ.ސީގެ ފަރާތުން އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑާއަ ޙުސައިން މާހިރުގެ މައްޗަށް ކުރި ދަޢުވާއެވެ.
ސިވިލް ކޯޓުގެ ޙުކުމް
3ސިވިލް ކޯޓުގެ ނަންބަރު 2578/Cv-C/2016 ޤަޟިއްޔާގައި ޙުކުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ދަޢުވާކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ)ގެ ފަރާތުން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ 23 (ހަތެއް) ޗެކްގެ ތެރެއިން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ 21 (ހަތަރެއް) ޗެކށްވަ 956,036/92ރ. (ނުވަލައްކަ ފަންސާސް ހަހާސް ތިރީސް ހަރުފިޔާ ނުވަދިހަ ދެލާރި) އާއި، މި 21 (ހަތަރެއް) ޗެކާ ގުޅިގެން ޖ ރިމަނާގެ ގޮތުގައި އަރާފައިވާ 458,794/59ރ. (ހަތަރުލައްކަ ފަންސާސްއަށްހާސް ހަތްސަތޭކަ ނުވަދިހަ ހަތަރުރުފިޔާ ފަންސާސް ނުވަލާރި) އާއެކުޖުމްލަ 1,414,831/51ރ. (އެއްމިލިއަން ހަތަރުލައްކަ ސާދަހާސް އަށްސަތޭކަ ތިރީސް އެއްރުފިޔާ ފަންސާސް އެއްލާރި) އަކީ ދަޢުވާލިބޭ އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 80/2006-C) އާއި ރ.އިންނަމާދޫ / ރާސްތާ، ޙުސައިން . ސިވިލް ކޯޓުގެ ނަންބަރު 2578/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު. . ސިވިލް ކޯޓުގެ ނަންބަރު 2578/Cv-C/2016 ޤަޟިއްޔާގެ ޙުކުމް. މާހިރު (ދރކ ނަންބަރު ) ގެ ފަރާތުން އެމް.ޓީ.ސީ.ސީއަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަމާއި، ދަޢުވާކުރާ އެމް.ޓީ.ސީ.ސީގެ ފަރާތުން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ23 (ހަތެއް) ޗެކްގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރ 223323 ޗެކުގައިވާ 18,743/29ރ. (އަށާރަހާސް ހަތްސަތޭކަ ސާޅީސް ތިންރުފިޔާ ނަވާވީސް ލާރި) އަކީ ދަޢުވާލިބޭ އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމް.ޓީ.ސީ.ސީއަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގް21 (ހަތަރެއް) ޗެކުގައިވާ ފައިސާއާއި، މިފައިސާ ނުލިބުމުގެ ސަބަބުނ ޖ ރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއާއެކު ޖުމްލަ 831/511,414,ރ. (އެއްމިލިއަން ހަތަރުލައްކަ ސާދަހާސް އަށްސަތޭކަ ތިރީސް އެއްރުފިޔާ ފަންސާސް އެއްލާރި) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުނ 31 އޮގަސްޓް 3233 އިން ފެށިގެން 22 (ތިރީސް) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ރ. އިންނަމާދޫ / ރާސްތާ، ޙުސައިން މާހިރުއަށް އަންގައި، އަދި ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 223323 ޗެކުގައިވާ 18,743/29ރ. (އަށާރަހާސް ހަތްސަތޭކަ ސާޅީސް ތިންރުފިޔާ ނަވާވީސް ލާރި) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 31 އޯގަސްޓް 3233 އިން ފެށިގެން 32 (ދިހައެއް) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދއް ކައި، މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި، އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑްއާއި، ރ. އިންނަމާދޫ / ރާސްތާ، ޙުސައިން މާހިރުގެ ޣައިރުޙާޟިރުގައި ޙުކުމް ކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް
2. ސިވިލް ކޯޓުގެ ނަންބަރު 2578/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރަމުން އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން އަންނަނިވި 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ. ފުރަތަމަ ނުކުތާ އަކީ: އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން އެމް.ޓީ.ސީ.ސީ އަށް ދައްކަންޖެހޭ ފައިސާގެ ބަދަލުގައި ދޯންޏެއް ބަނދެދިނުމަށް އެއްބަސްވެފައިވާކަން އެނގޭނެ ހެކިންގެ ނަންތައް ހުށަހެޅުމުންވެސ ދަށް ކޯޓުނު އެ ހެކިންގެ ބަސް ނުހޯދައި މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 36/31 (ހެއްކާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: މައްސަލައިގައި ހިމެނޭ ޗެކްތަކަކީ އެމް.ޓީ.ސީ.ސީގެ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ކެންސަލްކޮށްފައިވާ ޗެކުތަކަކަށް ވާއިރު، މި ވާޤިއާއަށ ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 33/1 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
3. އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ، އެމް.ޓީ.ސީ.ސީ އަށް ދައްކަންޖެހޭ ފައިސާގެ ބަދަލުގައި ދޯންޏެއް ބަނދެދިނުމަށް އެއްބަސްވެފައިވާކަން އެނގޭނެ ހެކިންގެ ނަންތައް ހުށަހެޅުމުންވެސ ދަށް ކޯޓުނު އެ ހެކިންގެ ބަސް ނުހޯދައި މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 36/31 (ހެއްކާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ އާ ޚިލާފަށް ކަމަށާއި މައްސަލައިގައި ހިމެނޭ ޗެކްތަކަކީ އެމް.ޓީ.ސީ.ސީގެ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ކެންސަލްކޮށްފައިވާ ޗެކުތަކަކަށް ވާއިރު، މި ކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 33/ 1 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގ32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެދެނީ ދަށު ކޯޓުގެ ނިންމުން ބާޠިލްކޮށްދިނުން ކަމަށެވެ.
32ޖަވާބުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ބުނެފައިވަނީ އެމް.ޓީ.ސީ.ސީ އަށް ދައްކަންޖެހޭ ފައިސާގެ ބަދަލުގައި ދޯންޏެއް ބަނދެދިނުމަށް ދެފަރާތުގެ މެދުގައި އެއްބަސްވެފައިނުވާނެ ކަމަށާއި އަދި އެމް.ޓީ.ސީ.ސީ އަކީ އަނގަބަހުން އެއްބަސްވުން އެކުލަވާލާ ކުންފުޏެއްވެސް ނޫންކަމަށެވެ. މީގެ އިތުރުން ދަށު ކޯޓުން ހެކި ޙާޟިރުކޮށްދީފައިނުވަނީ އެ ހެކިންގެ ފަރާތުން ސާބިތުކޮށްދޭން ބޭނުންކަންކަން ޝަރީޢަތަށް ސާފުކޮށްދެވިފައިނުވާތީ ކަމަށެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ޗެކްތައް ކެންސަލްކޮށްފައިނުވާނ ކަމަށެ އެމް.ޓީ.ސީ.ސީން ބުނެފައިވެއެވެ. މީގެ އިތުރުން އެމް.ޓީ.ސީ.ސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށެވެ. ދެފަރާތުގެ މެދުގައި ވެފައިވާ މުޢާމަލާތަކީ ލިޔެކޔި މުނު ވެފައިވް މުޢާމަލާތެއް
33ޙުސައިން މާހިރު ޔަޤީންކަން ދީގެން އައިޑިއަލް ބޯޓް ބިލްޑިންގ އިން އިންސްޓޯލްމަންޓް އުސޫލުން އެމް.ޓީ.ސީ.ސީ އަށް އަގު ދައްކާގޮތަށް 125 ހޯސްޕަވަރުގެ ޔަންމާ 3 (ދޭއް) އީންޖީނު ގަނެފައިވަނީ ލޔި މުނު ވެފައިވާ އެއްބަސްވުމެއްގެ ދަށުނން ވެ. މީގެ އިތުރުން ކްރެޑިޓަށް ގަނެފައިވާ އިންޖީން ސްޕެއރތަ އ ގަނެފައވަނީވެސް ލިޔެކި ޔި ންތަކުނު ނެވެ. އަދި އަގު އަދާކުރުމުގެ ގޮތުން އައިޑިއަލް ބޯޓް ބިލްޑިންގގެ ފަރާތުން އެމް.ޓީ.ސީ.ސީ އަށް ދީފައިވާ ޑޭޓެޑް ޗެކުތަކަކީ ފައިސާއަށް ބަދަލުކުރެވޭ ލޔި ންތަކެކެވެ. ބުނެވިދިޔ އެއްބަސްވުމުގެ 3.3 ގައި އެ އެއްބަސްވުމގު ދަށުން ދޫކުރާ ޗެކެއް ބައުންސްވެއްޖެ ހިނދެއްގައި ޤާނޫނު ނަންބަރު 35/36 ގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވޭނެކނަ ބަޔާންކޮށްފައިވެއެވެ.
33. މި މުޢާމަލާތާ ގުޅިގެން އެމް.ޓީ.ސީ.ސީ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުޅަ ދަޢުވާ ސިވިލް ކޯޓުގައި ސާބިތުކުރުމަށް ހުށަހަޅާފައިވަނީ މުޅިންވެސް ކިތާބީ ހެކި (Evidence Documentary) ތަކެވެ. އޭގެރެތޭގައި ކްރެޑިޓަށް މުދާ ހޯދުމަށްއެދޭ ފޯމާއި، އިންސްޓޯލްމަންޓް އުސލުނާ125 ހޯސްޕަވަރުގެ ޔަންމ 3(ދޭއް) އީންޖީނު ގަތުމަށް ވެފައިވާ "އިންސްޓޯލްމަންޓަށް މުދާ ވިއްކުމުގެ އެއްބަސްވުން" އާއި، ފައިސ އަދާކުރުމަށްޓަކައި ދީފައިވާ ޑޭޓެޑް ޗެކުތަކާއި، އެ ޗެކުތައް ބައުންސްވެފައިވާކަމުގުލިޔންތަކާއ، މި މުޢާމަލާތާގުޅޭ މިފަދަ ލޔި ންތަކެވެ. އަދި ފައިސާ އަދާކުރުމަށްޓަކައި އެމް.ޓީ.ސީސީ އަށް ދ ކޮށފައިވް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު 2325653 ޗެކާއި، 2325652 ޗެކާއި، 2325653 ޗެކް ބައުންސްވެފައިވާކަމާއި، އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު 2325656 ޗެކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 108,018/46ރ. (އެއްލައްކަ އަށްހާސް އަށާރަ ރުފިޔާ ސާޅީސް ހަލާރި) ނުލިބިވާކަން ދަށު ކޯޓަށް ސާބިތުވެފައިވަނީ ލިޔެކޔިންތަކުންކަނ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ކިތާބީ ހެކީގެ (Documentary Evidence) މައްޗަށް ޝަފަހީ ހެކި (Oral Evidence) އިސްނުކުރުން
32. މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަސްދަރަކީ عقد (ކޮންޓްރެކްޓް) އެވެ. އެގޮތުން ކޮންޓްރެކްޓަކީ ދެފަރާތުގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި އެހެނިހެން ކަންކަން ހައްލުކުރުމަށް ދެފަރާތުންމެ ރުޖޫޢަވުން ލާޒިމުވާ މުސްތަނަދެއްކނަ ޝަރުޢީ ޤާއިދާއެއް ކަމުގައިވާ "١لعقد شريعة المتعاقدين" (އެކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޙަކަމަކީ އެކޮންޓްރެކްޓް) މި ޤާއިދާއިނވެސް އެނގެއެވެ. އަދި އެހެނިހެން ޤަޟާޢީ ނިޒާމްތަކެކޭ އެއްފަދައިން ދިވެހިރާ އްޖޭގެ ޝަރުޢީ ނިޒާމުގައިވެސް ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލކުރުމު ގ މި އުޞޫލު (Pacta sunt Servanda) ބަލައިގަނެ އިސްތިޤްރާރުވެފައި ވާކަން ކޯޓުތަކުނާ ނިންމާފައިވާ ގިނަ ނިންމުންތަކުން އެނގެއެވެ.
31. ލިޔެކިޔުމުން ވެފއިވަ މުޢމަލާތެއ ސާބިތުކުރުމަށް ޢާއްމު އާސލުން ހުށަހެޅޭނީ އެ ލިޔެކިޔުންތަކެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ކިތާބީ ހެކިތަކެވެ. އެގޮތުން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި އަންނަނިވި ފަދައިން ބަޔާންވެގެންވެއެވެ. "ހަގީގަތެއ ސާބިތް ވެއްޖެކަމަށ ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބލުކުރެވިއްޖ ހިނދެއްގައެވެ..." އެހެންކަމުން ހަގީގަތެއ ސާބިތު ވެއްޖެކަމަށް ޝރީޢަތުނަ ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބ ލުކުރެވިއްޖެ ހިނދެއްގައިކަން އެނގެއެވެ.
35މަދަނީ މުޢާމަލާތްތައް ސާބިތުކުރުމުގެ ވަޞީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަޞީލަތަކީ ކިތާބީ މުސްތަނަދު ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
36އެމް.ޓީ.ސީ.ސީގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ކިތާބީ ހެކި ދަށު ކޯޓަށް ހުށަހަޅާފައި ވާއިރު އެ ލިޔެކޔިންތަކ ގުޅާ މުޢާމަލާތާމެދު އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ދަށު ކޯޓުގައި އިންކާރުކޮށްފައި ނުވެއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ .
ސިވިލް ކޯޓުގައި ކުރިމަތިކުރުވި ދަފްޢި
33. އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ސިވިލް ކޯޓުގައި ކުރިމަތިކުރުވި ދަފްޢަކީ ކްރެޑިޓަށް މުދާ ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ބަދަލުގައި އެމް.ޓީ.ސީ.ސީ އަށް ދޯންޏެއް ބަނދެދިނުމަށް އެމް.ޓީ.ސީ.ސީ އާއެކު އެއްބަސްވެފައި ވާކަމަށް ބުނެ ހުށަހެޅި ދަފްޢެވެ. މިކަމަށް އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސިވިލް ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހަ އިކޯޓުގައިވެސ އިންކާރުކޮށް އެފަދަ އެއްބަސްވުމެއް ވެފައި ނުވާނެކަމުގައި ބުނެފައި ވެއެވެ. އެމް.ޓީ.ސީ.ސީ އަށް އަދާކުރަންޖެހޭ ފައިސާގެ ބަދަލުގައިދޯންޏެއް އެމް.ޓީ.ސީ.ސީ އަށް ބަނދެދިނުމަށް އެމް.ޓީ.ސީ.ސީ އާއެކު އެއްބަސްވެފައި ވާކަން ސާބިތުކުރުމަށް އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ސިވިލް ކޯޓަށް ދެ ހެކިންގެ ނަން ހުށަހަޅާފައިވެއެވެ. ނަމަވެސް ސިވިލް ކޯޓުން އެ ދެ ހެކިން ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނަގާފައި ނުވެއެވެ.
32. އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ހެކިން ޙާޟިރުނުކުރި ސަބަބު ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާގެ (ށ) ގެ 2 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައި ވަނީ ހެކި ޙާޟިރުކުރަން ބޭނުންވަނީ ކޮންކަމެއް ސާބިތުކޮށްދިނުމަށްކަނ ހެކް ލިސްޓުގައި ބަޔާންކޮށްފައިނުވާ ކަމަށާއި އަދި ދަށުކޯޓަށް އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ހުށަހެޅި ބަޔާންތަކުގައި އެއްބަސްވުމުގެ މާއްދާތަކެއްގެ ވާހަކަ ފާހަ ގަކޮށްފައިވުމުނ އެފަރާތުން އިޝރާތާ ކޮށްފައިވަނީ ލިޔެކިޔުމުން ވެފައިވާ އެއްބަސްވުމަކަށް ކަން އެނގެން އޮތުމުން އެފަދަ އެއްބަސްވުމެއް . ހެކިން ޙާޟިރުކުރަން ބޭނުންވަނީ ކޮންކަމެއް ސާބިތުކޮށްދިނުމަށްކަން ހެކިންގެ ނަންތައް ހުށަހެޅި ހެކި ލިސްޓުގައި ބަޔާންކޮށްފައިނުވި ނަމަވެސް އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން 31 ޖ ން 3233 ތާރީޚުގައި ދަށު ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކަށް ބެލުމުން ހެކިން ހުށަހަޅަން ބޭނުންވަނީ އެފަރާތްތަކުން އެމް .ޓީ.ސީ.ސީ އަށް އަދާކުރަންޖެހޭ ފައިސާގެ ބަދަލުގައި ދޯންޏެއް ބަނދެދިނުމަށް އެއްބަސްވެފައިވާކަން ސާބިތުކޮށް ދިނުމަށްކަން އެނގެއެވެ. ވެފައިވާނަމަ ހުށަހަޅަންޖެހޭނީ އެ އެއްބަސްވުން ކަމަށް ވާތީ، އެފަރާތުން ހުށަހެޅި ހެކިން ޙާޟިކުރަން ނުޖެހޭކަމަށެވެ. ދަށު ކޯޓުން ފާހަގަކޮށްފައިވާ މިކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ސުވާލުއުފައްދައި ނުކުތާއެއް ހުށަހަޅާފައި ނުވެއެވެ. އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ޖަވާބު ފޯމުގައި އެދޭގޮތް ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި "އެ އެއްބަސްވުމުގެ 2.32 އާއި 1.32 އާއި ޚިލާފުވާ ހިނދު" މި ޢިބާރާތް މިފަދައިން ބޭނުންކޮށްފައިވުމުނ އެފަރާތްތަކުން ނިސްބަތްކުރަނީ ލިޔެކިޔުމުން ވެފައިވާކަމަށް ބުނާ އެއްބަސްވުމަކަށް ކަމަށް ބެލެވުނު ނަމަވެސް ސިވިލް ކޯޓަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް އެފަދަ އެއްބަސްވުމެއް ހުށަހަޅާފައި ނުވެއެވެ.
33. އެމް.ޓީ.ސީ.ސީ އަށް އަދާކުރަންޖެހޭ ފައިސާގެ ބަދަލުގައި އެމް.ޓީ.ސީ.ސީ އަށް ދޯންޏެއް ބަނދެދިނުމަށް އެމް.ޓީ.ސީ.ސީ އާއެކު އެއްބަސްވެފައި ވާކަން ސާބިތުކުރުމަށް އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ދަށު ކޯޓަށް ދެ ހެކިންގެ ނަން ހުށަހަޅި ނަމަވެސް އެ ދެ ހެކިން ޝަރީޢަތަށް ޙާޟިރުކޮށް ދަށު ކޯޓުން ހެކިބަސް ނަގާފައި ނުވަނީ ހެއްކާބެހޭ ޤާނޫނު ގެ 3 ވަނަ މާއްދާ އާ ޚިލާފަށް ކަމުގައި އެފަރާތްތަކުން ބުނެއެވެ. ހެއްކާބެހޭ ޤާނޫނު ގެ 3 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ. "ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހަކަށް ދިނުން އެމަޖިލިސް ހުއްދަކުރާ ނުވަތެ ހެކިވެރިޔެއްގެ ކިބައިން ޝަރީޢަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ބަޔާނަކީ ޝަހަފީ (އޯރަލް) ހެއްކެވެ." މި މާއްދާއަކީޝަފަހ ހެއްކަކީ ކޮބައިކަން ބަޔާންކޮށްފައިވާ މާއްދާއެކާވެ. މި މާއްދާ، އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ދަށު ކޯޓުގައި ކުރިމަތިކުރުވި ދަފްޢާ ގުޅޭގޮތެއް އެ ފަރާތްތަކަށް ދިވެހރާއްޖޭގި ހައި ކޯޓުގައި ސާފުކޮށިދެވިފައި ނުވެއެވެ. އަދީއެފަރާތްތަކުންއެމް.ޓީ.ސީ.ސިއާއެކު ކްރެޑިޓަށް މުދާ ގަތުމަށް ވެފައިވާ އެއްބަސްވުން އެގޮތުގައި އޮއްވާ، އެ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ފައިސާގެ ބަދަލުގައި ދޯންޏެއް ބަނދެދިނުމި ށ އެފަރާތްތަކާއު އެމް.ޓީ.ސީ.ސްއާމެދ އަނގަބަހުން އެއްބަސްވުމެއް ވެދާނެކަމަށް މިހާރު ޢާއްމުކޮށް މިބާވަތުގެ މުޢާމަލާތްކުރާހަމިތަކަށި އެއަދ ސަބަބުވެރި އިންސާނެއްގެ (Reasonable Man) ވިސްނުމުން ބަލާއިރުވެސް ޤަބލުނުކުރެވެއެވެ.
ޕެރޯލް އެވިޑެންސްގެ ރޫލް (Parol evidence rule)
32. ޢާއްމު އުސލުނ ބަލާއިރް ކިތާބީ ހެކި (Evidence Documentary) އިން ސާބިތުވާން އޮތްކަމެއްގެ މައްޗަށް ޝަފަހީ ހެކި ޤަބ ލުކުނުކުރެވޭނެއެވެ. ޕެރޯލް އެވިޑެންސްގެ ރޫލް އަކީ ލިޔުމެއްގެ ނުވަތަ ލިޔުމުން ވެފައިވާ އެއްބަސްވުމެއްގެ އަސްލު ހިފެހެއްޓުމުގެ ގޮތުން އެ ލިޔުމުގައިވާ ކަންކަމުގެ މާނަ އެހެންގޮތަކަށް ބަދަލުވެގެން ދިޔަ ނުދިނުމަށްޓަކައި އެ ލިޔުމެއް ނުވަތަ އެއްބަސްވުމެއްގައި ބަޔާންކޮށްފައިނުވާ ކަމެއް ސާބިތުކުރުމަށް ޝަފަހީ ހެކި ނުވަތަ އެހެންވެސް ކިތާބީ ހެކި ބަލައިނުގަތުމުގެ އުސ ލ ކެވެ. މިއީ އާންމު އުސ ލ ނަމަވެސު މި އުސޫލަށް އިސްތިސްނާތަކެއް ވާކަން އެނގެއެވެ. ނަމަވެސް ޝަފަހީ ހެކި ބަލައިގަންނަންޖެހޭ އިސްތިސްނާ ޙާލަތެއް އޮތްކަން އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރަށް ދަށު ކޯޓުގައިވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ބުނެދެވިފައިނުވެއެވެ. އެހެންކަމުން ސިވިލް ކޯޓުން ހެކިން ޙާޟިރުނުކޮށް ވަނީ ޤާނޫނީ އުސ ލަކާ ޚިލާފަށް ކަމަށް ނުދެކެމެވެ. . Hamid (trading as Hamid Properties) v Francis Bradshaw Partnership [2013] All ER (D) 108 އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
33. މި މައްސަލައިގައި ހިމެނޭ ޗެކްތަކަކީ އެމް.ޓީ.ސީ.ސީގެ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ކެންސަލކޮށްފައިވް ޗެކުތަކެއް ކަމަށާއި، މި ކަމަށް ރިޢާޔަތްނުކޮށް ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 33/1 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާއށަ ޝަރީޢަތުން ރިޢާޔަތްކުރިއިރު؛
33.3. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ވަނީ އަންނަނިވި ފަދައިންނެވެ. "ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓެއްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ". ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓެއްގައިވ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމާއި މިނޫނ ގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓެއްގ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވޮތ އޭނަ ކޮންމެވެސް އެހެނެ ގތަކަށ ޢަމަލުކުރަން އެއްބަސްވެއްޖްނަމ ކަނަ އެނގެއެވެ.އަދި ބުނެވިދިޔަ ފަދަ ލުޔެއް އެމް.ޓީ.ސީ.ސީގެ ފަރާތުން ދީފައިވާކަން އެނގެން ނެތެވެ. ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާ ނުކުތާ އިސްތިއުނާފީ މަރުހަލާގައި ހުށަހެޅުމުގެ ފުރުޞަތު ނެތުން
33.3. މި މައްސަލައި ގައި ހިނގާފައިވާ މުޢާމަލާތަކީ ލޔި މުނު ވެފައިވާ ކޮންޓްރެކްޓެކެވެ. މި މައްސަލައިގައި ހިމެނޭ ޗެކްތަކަކީ އެމް.ޓީ.ސީ.ސީގެ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ކެންސަލްކޮށްފައިވާ ޗެކުތަކެއް ކަމަށް އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ދވެހިރާއްޖޭގި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައި ވާއިރު، އެމް.ޓީ.ސީ.ސީގެ ފަރާތުން އެ ޗެކްތައް ކެންސަލްކުރިކަމަށް އިންކާރުކޮށްފައިވެއެވެ. އަދި އައިޑިއަލް ބޯޓް ބިލްޑިންގ އާއި ޙުސައިން މާހިރުގެ ފަރާތުން ދަށު ކޯޓަށް ދީފައިވާ އެއްވެސް ބަޔާނެއްގައި، މައްސަލައިގައިވާ ޗެކްތަކަކީ އެމް.ޓީ.ސީ.ސީގެ އަމިއްލަ އިޚްތިޔާރުގައި ކެންސަލްކޮށް ލުއިދފައިވާ ޗެކްތަކެއީ ކަމަށް ބުނެފައިވާކަން ފެންނާކަށވެސް ނެތެވެ. އަދި އެ ޗެކްތައް އެމް.ޓީ.ސީ.ސީގެ ފަރާތުން ކ ންސަލްކޮށްފައިވާކަން ސާބިތުކޮށްދިނުމަށް ދަށުކޯޓަށް ހެކި ހުށަހަޅާފައިވާކަންވެސ އެނގެން ނެތެވެ.
33.2. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 23 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައަޅުއްވާފައިވާ މާއްދާއެކެވެ. މިގޮތުން މި މާއްދާގެ (ހ) ގައި ވަނީ އަންނަނިވި ފަދައިންނެވެ.
23. (ހ) ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.
33.1. ބުނެވިދިޔަ އަކުރުގައެ އެފަދައިން ބަޔާންވެގެން ވުމުން ދިވެހް ރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބަލްންވާނ ދަށް ކޯޓުގައު ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެނކަނ އެނގެއެވެ. ދަށު ކޯޓުގައި ފާހަގަކޮށް، ވާހަކަދެއްކުމަށް ފުރުޞަތު ލިބޭ، ދަށު ކޯޓަށް ހުށަހަޅާފައި ނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށްމސ ނަޞީރު ވ. މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވެއެވެ. އަދި މި ނިންމެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއިދު ކުރައްވައި އެހަމަ އެގޮތުގައި ދަމަހައްޓަވާފައިވެއެވެ. އެ ހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅުމަށް ފުރުޞަތު ލިބި ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާ ކަންކަން އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި ނަމަވެސް އެ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރަން ނުޖެހޭނެ ކަން އެނގެއެވެ. އަދި މިއީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވިދާނެ ނުކުތާއެއް ނންކަނވެސް އެނގެއެވެ.
33. އިސްވެ ފާހަގަކުރެވު ނ ކަންކަނު އެގޮތުގައި ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2578/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އައިޑިއލ ބޯޓް ބ ލްޑިންގ އާއި ޙުސައިން މާހިރުގި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެނިނމުން ބަދަލް ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު؛
32. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ . . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ .
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ މާއްދާއެއްގެ (ހ) (މާއްދާ ނަންބަރު ލިޔުމުގައި '32' ގެ ގޮތުގައި - ޑިޖިޓް ބަދަލުވެފައި؛ ޤާނޫނު ނަންބަރު ލިޔުމުގައި '33/1')
- ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާ އަދި 6 ވަނަ މާއްދާ (ޤާނޫނު ނަންބަރު ލިޔުމުގައި '36/31' - ޑިޖިޓް ބަދަލުވެފައި)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުޞޫލުތައް ކަނޑައަޅާ މާއްދާގެ (ހ) (ލިޔުމުގައި '23' ވަނަ މާއްދާ - ޑިޖިޓް ބަދަލުވެފައި)
- ޗެކު ބައުންސްވުމާ ބެހޭ ޤާނޫނު (ލިޔުމުގައި 'ޤާނޫނު ނަންބަރު 35/36 ގެ 23 ވަނަ މާއްދާ' - އެއްބަސްވުމުގެ 3.3 ގައި ޙަވާލާދީފައި)
- ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (ލިޔުމުގައި '2010/SC-A/02')
- ހައިކޯޓުގެ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (ލިޔުމުގައި '2014/HC-A/83')
- ސުޕްރީމް ކޯޓުގެ (ލިޔުމުގައި '2014/SC-A/41')
- Hamid (trading as Hamid Properties) v Francis Bradshaw Partnership [2013] All ER (D) 108
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.