މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އެމްއެޗްއާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 447/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2022/SC-A/29 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރަށެއްގެ ލީސް އެކުއިޒިޝަން ޑިޕޮޒިޓަށް ދައުލަތަށް (އެމް.އެމް.ޕީ.އާރު.ސީ އަށް) ދޫކުރި ޗެކެއްގެ ފައިސާ އެހެން ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެފައިވާއިރު، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވޭތޯ، އަދި ދަށުކޯޓުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ؛ ޑޮލަރު ވިއްކުމުގެ މުޢާމަލާތެއްގެ ދަފްޢު ސާބިތުވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުން މައްސަލައިގައި ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް ގޮތް ކަނޑައަޅާފައިވާނަމަ، ހަމައެކަނި މައްސަލައިގެ ބާވަތަށް ބަލައިގެން ނިންމި ކަމަކަށް ނުބެލޭނެ ނަމަވެސް، ހައިކޯޓުން ބަލަންޖެހޭނީ ހެކިތައް ރަނގަޅަށް ވަޒަންކޮށް، ބަލަންޖެހޭ އަދި ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށްފައިވޭތޯއެވެ.
HN2 ކުންފުންޏެއްގެ ސިއްކަ ޖަހައި ފޮނުވި ސިޓީއެއްގައި، އެ ކުންފުނިން ދޫކުރި ޗެކެއް ވަކި ފަރާތަކަށް ދޫކުރި ޗެކެއް ކަމާއި އެކައުންޓް ޕޭއީ ނުޖަހާ ދެވުމުން އެހެން ފަރާތެއްގެ ނަމުގައި ޖަމާވީކަމަށް ބަޔާންކޮށް، އެ ބަޔާނަށް އިންކާރުކޮށްފައި ނުވާނަމަ، އެނޫން ގޮތަކަށްކަން ސާބިތުކޮށްނުދެވޭހާ ހިނދަކު އެކަން އޮތީ އެގޮތަށް ކަމަށް ބެލެވޭނެއެވެ.
HN3 ޗެކަކީ އޭގެ ޒާތުގައި މުޢާމަލާތެއް ސާބިތުކޮށްދެވޭނެ ކާފީ ހެއްކެއް ނޫން ކަމުން، ދަފްޢު ސާބިތުކުރުމަށް ހުށަހަޅާ، ދަޢުވާގައިވާ ޗެކު ޖަމާވުމުގެ މާފަހުގެ ތާރީޚެއްގެ ޗެކަކުން، ކުރީގެ ޗެކުން ކުރެވުނު މުޢާމަލާތެއް ސާބިތެއް ނުވާނެއެވެ.
HN4 ކަން ހިނގާފައިވާ ގޮތަށް ދެގޮތެއް ފަނޑިޔާރުގެ ކުރިމަތީގައި އޮވެ، އޭގެ އެއްވެސް ގޮތަކީ މުސްތަޙީލު ގޮތެއް ނޫންނަމަ، އޭގެ އެއް ގޮތަކީ ވުން މާދުރު ގޮތެއް ކަމަށް ކަނޑައަޅައިފިނަމަ، ބާކީ އޮންނަ ގޮތަކީ ބޮޑަށް ޤަބޫލުކުރެވޭ މިންގަނޑުން ކަން ހިނގާފައިވާ ގޮތް ކަމަށް ބެލެވިދާނެއެވެ.
HN5 ދައުލަތަށް ދޫކުރި ޗެކެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާވެފައިވާކަން އެނގި، އެ ފައިސާ އެ ފަރާތަށް ޙައްޤުވާނެ މުޢާމަލާތެއް ސާބިތުނުވާނަމަ، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް މަދަނީ މިންގަނޑުން ބުރަވެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު ޢަލީ
ސަމީރު ތާއީދު ކުރައވާފައި) މައްސަލައިގެ ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތް "މިނިސްޓްރީ އޮފް ޓޫރިޒަމް" ނުވަތަ "ދައުލަތް" މިފަދައިން ބަޔާންކުރެވިފައި) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 91/2006-C، މީގެ ފަހުން "އިސްތިއުނާފުރައްދުވާ ފަރާތް" ނުވަތަ " އެމް.އެޗް.އާރ" މިފަދައިން ބަޔާންކުރެވިފައި) އެވެ.
ސިވިލް ކޯޓުގައި ކުރެވުނު ދަޢުވާ
2ސިވިލް ކޯޓުގައި ކުރެވުނު ދަޢުވާއަކީ، އދ. ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް 50 (ފަންސާސް) އަހަރަށް ކުއްޔަށް ހިފުމަށްޓަކައި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެރަށުގެ ހެޑްލީސް 'އެކުއަރ' ކުރުމަށް ދައްކަންޖެހޭ ޖުމްލަ ލީސް އެކުއިޒިޝަން ކޯސްޓަށްވާ 3,000,000.00 US$ (ތިންމިލިއަން އެމެރިކާ ޑޮލަރު) ގެ ތެރެއިން US$ 50,000.00 (ފަންސާސްހާސް އެމެރިކާ ޑޮލަރު) ޑިޕޮސިޓްގެ ގޮތުގައި ދައުލަތަށް ދެއްކުމަށްޓަކައި، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓޑުނެ ދޫކުރި ޗެކް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އާ ޙަވާލުކޮށްފައި ވަނިކޮށް އެފައިސާ އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައވާކަމަށާއި އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށްބުނެ، އެ ޗެކުގައިވާ ޖުމްލަ ފައިސާކަމަށްވާ US$ 50,000.00 (ފަންސާސްހާސް އެމެރިކާ ޑޮލަރު) ދައުލަތަށް އަނބުރާ ދިނުމަށް އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) ގެ ފަރާތުން އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށހެޅަ ދަޢުވާއެވެ. ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
3ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.
3.1. "ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ" އެއްގެ ތަބީޢަތުގައި ކޮށްފައިވާ ދޢަ ވާއެއް ކަމަށް ވުން.
3.2. އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484876 ޗެކުގައިވާ 50,000.00$US (ފަންސާސްހާސް އެމެރިކާ ޑޮލަރު) ޖަމާވެފައިވަނީ އެމް.އެޗް.އާރު ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު 02126038319202 އެކައުންޓަށްކަން ސިވިލް ކޯޓުގެ ނަންބަރު CR2/CA/2018/03-B3 ކޯޓު އަމުރާ ޙަވާލާދީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ފޮނުވާފައިވާ އެ ބޭންކުގެ ނަންބަރު MST/88 ސިޓީއަށް ބެލުމުން އެނގެން އޮތުން.
3.3. އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޑިޓަރ ޖެނެރަލގް އޮފީހުގެ ނަންބަރު AUD/PRIV/2016/1-7 ސިޓީއާ ޙަވާލާދީ އެ އޮފީހަށް 10 ޖަނަވަރީ 2016 ތާރީޚުގައި ފޮނުވި ސިޓީގައި، ނަންބަރ 0484876 ޗެކަކީ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވީ ޗެކެއް ނަމަވެސް، ޗެކުގައި އެކައުންޓް ޕޭއީ ނުޖަހައި ދެވުމުގެ ސަބަބުން އެ ޗެކް އެމް.އެޗް.އާރު ޓްރޭޑިންގ ކިޔާ ކުންފުންޏެއްގެ ނަމުގައި ޖަމާވެފައިވާކަމަށާއި، އަދި އެމް.އެމް.ޕީ.އާރު.ސީގެ އިސްވެރިއެއް ކަމަށްވާ ޢަބްދު ﷲ ޒިޔަތުގެ ކިބައިން މަޢުލޫމާތު ސާފުކުރުމުން، އެމް.އެޗް.އާރު ޓްރޭޑިންގ އެވެ ކިޔާ ކުންފުންޏަކީ އެމް.އެމް.ޕީ.އާރު.ސީގެ ދަށުނ ހިނގާ ދައުލަތުގެ ކުންފުންޏެއް ކަމަށް އެފަރާތުން ބުނެފައިވީނަމް ވެސް، މި ވާހަކަތަކަކީ އާންމު ބުއްދީގެ ހަމައިން ވިސްނި ނަމަވެސް އެކަމުގައި ދެކޮޅު ނުޖެހޭ ކަންކަން ހިމެނިގެންވާ ވާހަކަތަކެއް ކަމަށް ބެލެވުން.
3.4. އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 1200 ޕޭމަންޓް ވައުޗަރގައި ނަންބަރު 0484876 ޗެކް އެމް.އެމް.ޕީ.އާރު.ސީ އަށް ލިބިފައިވާ ކަމުގައި ބުނެ އެ ވައުޗަރގައި އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން "ޢަބްދުﷲ ޒިޔަތު" އެވެ ކިޔާ މީހަކު ސޮއިކޮށް އެމް.އެމް.ޕީ.އާރު.ސީގެ ސިއްކަ ޖަހާފައިވުމަކީ، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 0484876 ޗެކް އެމް .އެޗް.އާރ އަށު ދޫނުކުރާކަން ދޭހަކޮށްދޭ، އަދި އޭގެ ސަބަބުން ނަންބަރު 0484876 ޗެކްގެ ޞައްޙަ ކަމާއި، އެޗެކު މެދުވެރިކޮށް ޤާނޫނީގޮތުން އެމް.އެޗް.އާރު އަށް ލިބިދިނުން ކަށަވަރު ކޮށްދިން ފައިސާ އެފަރާތަށް ލިބިދިނުމަށް އޮތް ހުރަހެއް ނޫންކަން.
3.5. އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484876 ޗެކަކީ އެމް.އެޗް.އާރު އަށް ފައިސާ ނެގޭ ގޮތަށް އެފަރާތުގެ ނަމުގައި ދޫކޮށްފައިވާ ޗެކެއް ކަމަށް ވުން.
3.6. އެޗް.އެމް.އެޗް.އ އ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އެމް.އެޗް.އާރު އާ ދެމެދު ފައިސާގެ އިތުރު މުޢާމަލާތްތަކެއްވެސް ހިނގފައިވުން، މިއެވެ.
ސިވިލް ކޯޓުގެ ޙުކުމް
4ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ" އެއްގެ ޠަބީޢަތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) ގެ ފަރާތުން އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި، ދަޢުވާކުރާ ފަރާތުން އެދިފައިވާފަދައިން، ދަޢުވާލިބޭ ފަރާތުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12603831920202 އެކައުންޓަށް ޖަމާކޮށްފައިވާ، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކ އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484879 ޗެކުގައިވާ 50,000.00 US$ (ފަންސާސްހާސް އެމެރިކާ ޑޮލަރު) ދަޢުވާލިބޭ ފަރާތުގެ ކިބައިން ޝަރީޢަތް މެދުވެރިކޮށް ދަޢުވާކުރާ ފަރާތަށް ނަގައިދޭންޖެހޭފަދަ ޝަރުއީ އަދި ޤާނޫނީ ސ ބަބެއްވިޔަސް ނެތްކަމުގައި ކަނޑައަޅައި، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދަޢުވާކުރާ ފަރާތާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއް އެފަރާތުން ނުދައްކައިވާނަމ އެއްބަސްވުމުގަ ދަށުން އެފަރާތުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤުގެ އިތުރުން، އެޗް .އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދަޢުވާކުރާ ދިވެހި ދައުލަތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް އެއީ ލިބިފައިވާ ފައިސާއެއްކަމުގައި ދައްކައި، އެފަދަ ޒިންމާއަކާ ޙަވާލުވެ ހުރިފަރާތަކުން ނާޖާއިޒު މަންފާއެއް ޙާޞިލުކުރިކަން ޖިނާއީ ދަޢުވާއެއްގެ ތެރެއިން ޘާބިތުވެއްޖެނަމަ އެ މައްޗަށް ތަބަޢަވާ މަދަނީ ދަޢުވާއެއް އުފުލުމުގެ ޙައްޤު މައްސަލާގައި ދަޢުވާކުރި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތަށް) ލިބިގެންވާކަމަށް ޙުކުމްކޮށްފީމެވެ ." އިސްތިއުނާފީ ނުކުތާތައް
5ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދައުލަތުގެ ފަރާތުން އަންނަނިވި 04 (ހަތަރެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. އެއީ:- ފުރަތަމަ ނުކުތާ އަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ) ގައި "ޢާއްމު އުސޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާ ކުރުމުގައި ޢަމަލު ކުރަމުންދާގޮތަކީ ހުށަހެޅޭ ދަޢުވާގެ ސީޣއަށާ ބެލުމަށްފަހު، އެހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުން. ".. ކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާ ނިންމފައިވަނާ ދައުލަތުން ހުށަހެޅި ދަޢުވާގެ ޞީޣާގައި އެދިފައިވާގޮތަށް ރިޢާޔަތްކރު މެއްނެތި، ހަމައެކަނި މައްސަލައިގެ ބާވަތަށް ބލައިގެނަ ކަމުގައިވާތީ އެނިންމުމަކީ އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށް ނިންމާފައވި ނންމުމި އެ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ޝަރީޢަތުން ބައްލަވާ މައްސަލަތަކުގައި ނިޔާ ކަނޑައަޅަންވާނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށްފަހު، އަދި މައްސަލައިގެ ބާވަތުން ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރެވިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، އިސްތިއުނާފަށް އެދި ހުށަހަޅާފައިވާ މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަމަށް ނުބަލައި، އަދި ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޢާޔަތްނުކށޮ އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑަޅުއްވާފައިވާ އުސޫލާ ޚިލާފަށްކަމުގައިވާތީ އެކަމަކީ ޤާނޫނއަސާސީގު 143 (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމއެ ކަމަށް ބުން ފާހަގަކުރި ނުކުތާއެވެ. ތިނވަން ނުކުތަ އަކީ: އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 10 ޖަނަވަރީ 2016 ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ސިޓީއަކީ ބުއްދީގެ ހަމައިން ވިސްނާ ބެލިނަމަވެސް އެކަމުގައި ދެކޮޅު ނުޖެހޭ ކަންކަން ހިމެނިގެންވާ ސިޓީއެއްކަމުގައި ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އެ ސިޓީން ދައުލަތުން ސާބިތުކުރަން އެދިފައިވާ ކަންކަމާއި، މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ހެކިތައް ފުރިހަމައަށް ވަޒަންކރުމު އްނެތި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނ) ގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ހަތަރުވަނަ ނުކުތާ އަކީ: ސިވިލް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައަކީ ޢާންމު މަދަނީ މައްސަލައިގެ ޠަބީޢަތުގެ މައްސަލައެއްކަމަށްވެފައި ޢާންމު މަދަނީ މައްސަލަތަކުގައި ދިފާއީ ދަފޢް އެ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ދިފާޢެއް ކުރިމަތިކުރި ފަރާތަކުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/02-010/SC2 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ މި އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
6އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދައުލަތުން ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ބަލާ ނިންމާފައިވަނީ މައްސަލައިގެ ބާވަތަށް ބަލައިގެން ކަމަށާއި މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަމަށް ބަލާފައިނުވާ ކަމަށާއި ރިޢާޔަތްކުރަންޖެހޭ އެންމެހާ ކަންކަމަށް ރިޢާޔަތަށްކޮށް ފައިނުވާކަމަށެވެ. ނަމަވެސް ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކުން ދައުލަތުގެ ދަޢުވާ އާއި މައްސަލައާ ގުޅޭ މުޢާމަލާތް ސާބިތުވާކަމަށެވެ. އަދި އެޗް.އެމް.އެޗް .އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޑު ޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ސިޓީ ދެކޮޅުނުޖެހޭކަމަށ ނިންމާފައިވަން އެހެނިހެން ހެކި ފުރިހަމައަށް ވަޒަން ނުކޮށް ކަމަށެވެ. އަދި އެމް.އެޗް.އާރ އަށް އެފަރާތުގެ ދަފްޢު ސާބިތުކޮށްދެވިފައިނުވާކަމަށެވެ.އެހެންކަމުނ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކ ދަށު ކޯޓުގެ ނިންމުން ބާޠިލްކޮށްދިނުމއެކާ 50,000.00 US$ (ފަންސާސްހާސް އެމެރިކާ ޑޮލަރު) އަކީ އެމް.އެޗް.އާރު އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައިދިނުން ކަމަށެވެ.
7އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އެމް.އެޗް.އާރު އިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދައުލަތަށް ދަށު ކޯޓުގައި ދަޢުވާ ސާބތުކޮށްދެވި ފައިނުވާކަމަށާއ އެގޮތުނި ދައުލަތަށް 50,000.00 US$ (ފަންސާސްހާސް އެމެރިކާ ޑޮލަރު) ލިބެނެޖްހޭކަމަށް ބުނާ މުޢާމަލާތްވެސް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމަށެވެ. އަދި އެމް.އެޗް.އާރު އާއި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ޑޮލަރުވިއްކުމުގެ މުޢާމަލާތް ކުރެވޭ ކަމަށާއި އެކަން ދަށު ކޯޓުގައި ސާބިތުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484879 ޗެކަކީ އެފަދަ މުޢާމަލާތަކާ ގުޅިގެން އެމް.އެޗް.އާރ އަށު ދީފައިވާ ޗެކެއް ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމައިދިނުންކަމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ، ދެވަނަ ނުކުތާ އަދި ހަތަރުވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
8HN1HN2HN3HN4HN5ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު /47A-2010/HC ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ) ގައި "ޢާއްމު އުސޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާ ކުރުމުގައި ޢަމަލު ކުރަމުންދާގޮތަކީ ހުށަހެޅޭ ދަޢުވާގެ ސީޣއަށާ ބެލުމަށްފަހު، އެހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުން. ".. ކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2018 ޤަޟިއްޔާ ނިނމާފައް ވަނި ދައުލަތުން ހުށަހެޅި ދަޢުވާގެ ސީޣާގައި އެދިފައިވާގޮތަށް ރިޢާޔަތްކުރުމެއްނެތި، ހަމައެކަނި މައްސަލައިގެ ބާވަތަށް ބަލައިގެން ކަމުގައިވާތީ އެނިނމުމަކް އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިނމުމް އެ ކަމަށް ބުން ފާހަގަކުރި ނުކުތާ އާއި ޝަރީޢަތުން ބލަ މައްސަލަތަކުގައި ނިޔާ ކަނޑައަޅަންވާނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށްފަހު، އަދި މައްސަލައިގެ ބާވަތުން ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރެވިގެން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވއިރު، އިސްތިއުނާފަށާ އެދި ހުށަހަޅާފައިވާ މި މައްސަލަ ސިވިލް ކޯޓުން ނިނމާފައް ވަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަމަށް ނުބަލައި، އަދި ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޢާޔަތްނުކޮށް، އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑަޅުއްވާފައިވާ އުސޫލާ ޚިލާފަށްކަމުގައިވާތީ އެކަމަކީ ޤާނޫނު އަސާސީގެ 143 (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނަ ފާހަގަކުރި ނުކުތާ އާއި މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު A/02-010/SC2 ޤަޟިއްޔާގައި ދަފްޢު ސާބިތުކުރުމާގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާ އަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
8.1. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، "ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ" އެއްގެ ގޮތުގައި ދައުލަތނ ސިވިލް ކޯޓަށް މައްސަލު ހުށަހެޅި ހުށަހެޅުމަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށް އެކަން އެކި ފަހަރު މަތިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ދަށު ކޯޓުން މައްސަލަ ނިންމުމުގައި ހަމައެކަނި ރިޢާޔަތްކޮށްފައިވަނީ މައްސަލައިގެ ބާވަތަށް ކަމަކަށް ބުރައެއް ނުވެވެއެވެ. އެހެނީ މައްސަލައާ ގުޅިގެން ޚަސްމުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކޮށް އެހެކިތަކާމެދު ގޮތް ކަނޑައަޅާފައިވާކަން އެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
8.2. ނަމަވެސް ދެން ބަލާލަންޖެހެނީ، ދަށު ކޯޓުން ދައުލަތުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައެޅުމުގައި، ހެކިތަކަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ތއާއޯ މައްސަލައި ގުޅިގެނާ ބަލަންޖެހޭ އެންމެހައި ކަންކަމަށް ބަލައި، އަދި ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށްފައިވޭތޯއެވެ.
8.3. ދަށު ކޯޓަށް ހުށަހެޅުނު އެމް.އެމް.ޕީ.އާރު.ސީ އިން އެޗް.އެމް.އެޗް .އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެޑްރެސްކޮށްފައިވާ ނަންބަރު AFS/PRIVE/2014/42e-152 (20 އޮކްޓޫބަރު 2014) ސިޓީގައި އދ. ފުށިދިއްގ އާ ގުޅާ ގޮތުން އަންނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. “…We are pleased to inform you that the government is willing to lease the aforesaid island to your company; provided you agree to the following conditions.
1. Lease acquisition cost (LAC) of USD 3,000,000 (United States Dollars Three Million) shall be paid to the government within 45 (Forty Five) days from the date of this Letter…”
8.4. އަދި ހަމަ 20 އޮކްޓޫބަރު 2014 ތާރީޚުގައި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވާ ނަންބަރު 1200 ޕޭމަންޓް ވައުޗަރ (އެގްޒިބިޓް 1 ގެ ގޮތުގައި ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ލިޔުން) ގައި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 0484876 ޗެކް އެމް.އެމް.ޕީ.އާރު.ސީ އަށް ލިބިފައިވާ ކަމުގައި ބުނެ އެ ވައުޗަރގައި އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން "ޢަބްދުﷲ ޒިޔަތު" ސޮއިކޮށްފައިވާކަން އެނގެއެވެ.
8.5. މީގެ އިތުރުން އެގްޒިބިޓް 2 ގެ ގޮތުގައި ދައުލަތުން ދަށު ކޯޓަށް ހުށަހަޅާފައިވާ އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެޑްރެސްކޮށްފައިވާ ޕޭމަންޓް ރިސީޕްޓް (20 އޮކްޓޫބަރު 2014) އަށް ބެލިއިރު، އދ. ފުށިދިއްގާގެ އިކުއިޒިޝަންގެ ގޮތުގައި US$ 50,000.00 (ފަންސާ ސްހާސް އެމެރިކާ ޑޮލަރު) ލިބިއްޖެކަމަށް ބަޔާންކޮށް އެމް.އެމް.ޕީ.އާރު.ސީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ސޮއިކޮށްފައިވެއެވެ.
8.6. އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައިވާ ނަންބަރު 04068820202126 އެކައުންޓުގެ ނަންބަރު 0484876 ޗެކުގައިވާ 50,000.00$US (ފަންސާސްހާސް އެމެރިކާ ޑޮލަރު) 26 އޮކްޓޫބަރު 2014 ތާރީޚުގައި ޖަމާވެފައިވަނީ އެމް.އެޗް.އާރު ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު 12603831920202 އެކައުންޓަށްކަނ ސިވިލް ކޯޓުގް ނަންބަރު 2/CA/2018/03-CR-B3 ކޯޓު އަމުރާ ޙަވާލާދީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ފޮނުވާފައިވާ އެ ބޭންކުގެ ނަންބަރު MST/88 ސިޓީއަށާއި، ދައުލަތުން އެގްޒިބިޓް 3 ގެ ގޮތުގައި ހުށަހެޅި އެމް.އެޗް.އާރު ގެ ބޭންކް ސްޓޭޓްމަންޓަށް ބެލުމުން އެނގެއެވެ.
8.7. ދަށު ކޯޓަށް އެގްޒިބިޓް 4 ގެ ގޮތުގައި ދައުލަތުން ހުށަހެޅި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު -7 AUD/PRIV/2016/1 ސިޓީއާ ޙަވާލާދީ) 10 ޖަނަވަރީ 2016 ތާރީޚުގައި ފޮނުވި ސިޓީގައި، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 0484876 ޗެކަކީ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވީ ޗެކެއް ނަމަވެސް، ޗެކުގައި އެކައުންޓް ޕޭއީ ނުޖަހައި ދެވުމުގެ ސަބަބުން އެ ޗެކް އެމް.އެޗް.އާރު ޓްރޭޑިންގ ކިޔާ ކުންފުންޏެއްގެ ނަމުގައި ޖަމާވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެ ސިޓީގައި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ސިއްކަ ޖަހާފައިވެއެވެ. އެސިޓީގައިވާ އެއްވެސް މަޢުލޫމާތަކާ މެދު އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިވާކަން އެނގެން ނެތެވެ. ނަންބަރު 0484876 ޗެކަކީ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވީ ޗެކެއްކަމަށް ވެފައި، އެ ޗެކުގައި އެކައުންޓް ޕޭއީ ނުޖަހައި ދެވުނު ކަމަށް އެކުންފުނިނ ބަޔާންކޮށްފައިވާއިރު، އެކަން އޮތީ އެނޫން ގޮތަކަށްކަން ސާބިތުކޮށްނުދެވޭހާ ހިނދަކު، އެގޮތުގައި އެކަން އޮތް ކަމަށް ބުރަވެވެއެވެ.
8.8. އިސްވެ ބަޔާންކުރެވުނު އެމް.އެމް.ޕީ.އާރު.ސީ އިން އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެޑްރެސްކޮށްފައިވާ ނަންބަރު AFS/PRIVE/2014/42e-215 (20 އޮކްޓޫބަރު 2014) ސިޓީ އަށާއި، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވާ ނަންބަރ 1200 ޕޭމަންޓް ވައުޗަރ އަށާއި، އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެޑްރެސްކޮށްފައިވާ ޕޭމަންޓް ރިސީޕްޓް އަށާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއިނ ސިވިލް ކޯޓަށް ފޮނުވާފައިވާ އެ ބޭންކުގެ ނަންބަރު MST/88 ސިޓީއަށާއި، ދައުލަތުން އެގްޒިބިޓް 3 ގެ ގޮތުގައި ހުށަހެޅި އެމް.އެޗް.އާރު ގެ ބޭންކް ސްޓޭޓްމަންޓް އަދި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 10 ޖަނަވަރީ 2016 ތާރީޚު ގައި ފޮނުވި ސިޓީ އަށް ބެލުމުން، އެ ޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 0484876 ޗެކަކީ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓޑުނެ އެމް.އެމް.ޕީ.އާރު.ސީއަށް ދޫކުރި ޗެކެއް ކަމާއި ނަމަވެސް އެ ޗެކު ޖަމާވީ އެމް.އެޗް.އާރު ގެ ބޭންކް އެކައުންޓަކަށްކަން އެނގެއެވެ.
8.9. ނަމަވެސް އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484879 ޗެކުން އެމް.އެޗް.އާރުގެ ބޭންކް އެކައުންޓަށް ޖަމާވެފައިވާ US$ 50,000.00 (ފަންސާސްހާސް އެމެރިކާ ޑޮލަރު) އަކީ އެ ދެ ކުންފުނީގެ މެދުގައި ޑޮލަރު ވިއްކުމުގެ މުޢާމަލަތަކާ ގުޅިގެން ޖަމާވެފައިވާ ޗެކެއް ކަމަށް ބުނެ އެމް.އެޗް.އާރު އިން ދަށު ކޯޓުގައި ދަފްޢެއް ކުރިމަތިކޮށްފައިވެއެވެ.
8.10. އެ ދަފްޢު ސާބިތުކުރުމަށް އެމް.އެޗް.އާރު ގެ ފަރާތުން ދަށު ކޯޓަށް "ޑޮކިއުމަންޓް 2" ގެ ގޮތުގައި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އެމް.އެޗް.އާރު އަށް 21 ނޮވެންބަރު 2017 ތާރީޚުގައި ދޫކޮށްފައިވާ 21,000.00$US (އެކާވީސ ހާސް ޔޫ.އެސް ޑޮލަރު) ގެ ޗެކެއް ހުށަހަޅާފައިވެއެވެ. ނަމަވެސް މި ޗެކަކީ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484879 ޗެކުން އެމް.އެޗް.އާރުގެ ބޭންކް އެކައުންޓަށް 26 އޮކްޓޫބަރު 2014 ގައި ޖަމާވެފައިވާ US$ 50,000.00 (ފަންސާސްހާސް އެމެރިކާ ޑޮލަރު) ޖަމާވުމުގެ މާ ފަހުގެ ތާރީޚެއްގެ ޗެކެކެވެ. އަދި ޗެކަކީ އޭގެ ޒާތުގައި މުޢާމަލާތެއް ސާބިތުކޮށްދެވިދާނެ ކާފީ ހެއްކަކަށް ނުވާއިރު، ޑޮކިއުމަޓް 2 ގެ ގޮތުގައި އެމް.އެޗް.އާރު އިން ހުށަހެޅި އިސްވެ ބުނެވުނު ޗެކަކީ ނަންބަރު 0484879 ޗެކުން ކުރެވުނު މުޢާމަލާތް ސާބިތުކށްދެވިދާނޮ ހެއްކެއް ނޫނެވެ. އެހެންކަމުން އެމް.އެޗް.އާރ އަށު ދަށް ކޯޓުގައު އެފަރާތުގެ ދަފްޢު ސާބިތުކޮށްދެވިފައިވާކަމަކަށް ބުރަ ވެވިދާނެ ހަމައެއް ނެތެވެ. އިސްތިއުނާފު ރައްދުވާ އެމް.އެޗް.އާރު އިން އއ ހެކީގެ ގޮތުގައި ހުށަހެޅި ލިޔުން
8.11. މި މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅި އިރު، އެމް.އެޗް.އާރު ގެ ފަރާތުން އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު 2017/275-TR ތަޙްޤީޤު ރިޕޯޓުގެ ޞަފްހާ 467 އިން ފެށިގެން 493 ވަނަ ޞަފްޙާއާ ހަމައަށް ހުރި ޞަފްޙާތައް ހުށަހަޅާފައިވެއެވެ. އަދި އެ ރިޕޯޓަކީ ދަށު ކޯޓުން މައްސަލަ ނިމުނުފަހުން އާންމު ކޮށްފައިވާ ރިޕޯޓެއް ކަމަށް ފާހަގަކޮށް، އިސްތިއުނާފީ މަރުޙަލާގައި އެ ރިޕޯޓަށް ބުރަދަން ދިނުމަށް އެމް.އެޗް.އާރު ގެ ފަރާތުން އެދިފައިވެއެވެ. އެގޮތުން އެ ރިޕޯޓުގެ
5.3.52.13 ނުކުތާގައި ޢަބްދު ﷲ ޒިޔަތުގެ ފަރާތުން ފާހަގަކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ކަންކަން އެމް.އެޗް.އާރުގެ ފަރާތުން އިސްތިއުނާފީ މަރުޙަލާގައި ފާހަގަކޮށް، އެމް.އެމް.ޕީ.އާރު.ސީ އާއި އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އދ. ފުށިދިއްގާއ ގުޅިގެނާ ކުރެވުނު މުޢާމަލާތްތަކުގެ ސައްޙަކަމާމެދު ސުވާލު އުފައްދާފައިވެއެވެ. ނަމަވެސް އެ ރިޕޯޓުގެ އެނުކުތާގައި "...އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ....ޗެކުގައި އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޖަހާފައިވަނީ ކއީ ވެކަމެއް ޢަބްދުﷲ ޒިޔަތުއަށް ނޭނގޭކަމަށާއި، އެ އެޗެކާއި ޢަބަދﷲ ޒިޔަތު ޙަވާލުވި ހަނދާނެއްވެސް ނުވާކަމަށާއި، އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއަކީ ޢަބްދުﷲ ޒިޔަތުގެ ބޮޑުބޭބެއެއްގ އާއިލާގެ ކުންފންޏެއްކަމަށާއި،..." މިފަދައިން ބަޔާންކުރުމުގައި އެ އެޗެކާއި ޢަބަދﷲ ޒިޔަތު ޙަވާލުވި ހަނދާނެއްވެސް ނުވާކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއަކީ އެއިރު އެމް.އެމް.ޕީ.އާރު .ސީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައިހުރި ޢަބްދުﷲ ޒިޔަތުގެ ބޮޑުބޭބެއެއްގެ އާއިލާގެ ކުންފުންޏެއްކަމަށް ޢަބްދުﷲ ޒިޔަތު ބުނެފައިވުމުން، މި މުޢާމަލާތް ހިނގާފައިވާގޮތް ކަމަށް ދައުލަތުން ކިޔާއިދޭ ކިޔައިދިނުން ތެދުކަމުގެ މައްޗަށް އިތުރު ބުރަދަނެއް ލިބިގެންދާ ކަމުގައި އަހުރެން ދެކެމެވެ. އަދި އދ.ފުށިދިއްގ އެވެކިޔާ ރަށާ ގުޅިގެން އެ ރިޕޯރޓުގައިވާ މައިގަނޑު ނުކުތާކަމުގައިވާ 5.3.52 ނުކުތާގެ ދަށުން ފާހަގަކޮށްފައިވާ ނުކުތާތަކުގައި ހުރި ވާހަކަތަކަށް ބަލާއިރުވެސް އެ ޗެކްގެ ފައިސާ އެމް.އެޗް.އާރު އަށް ޙައްޤުވާގޮތެއް އެނގޭފަދަ މުޢާމަލާތަކާ ގުޅޭ އެއްވެސް ވާހަކައެއް ނެތްއިރު އެ ޗެކް އެމް.އެޗް.އާރުގެ އެކައުންޓަށް ޖަމާވެފައިވާކަން ނަފީވެގެންދާފަދަ ކަމެއްވެސް ނެތެވެ.
8.12. ބޮޑަށް ބުރަވެވޭ ގޮތެއް ކަނޑައެޅުމުގައި، ކަން ހިނގާފައިވާ ގޮތްކަމަށް ދެގޮތެއް ފަނޑިޔރެއްގާ ކުރިމަތީގައި އޮވެފައި، އެއިން އެއްވެސް ގޮތަކީ މުސްތަޙލ ގޮތެއު ކަމަށް ނުބެލެވޭނަމަ، އެ ތަނުނީ އެއް ގޮތަކީ ވުން މާދުރު ގޮތެއް ކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ޤަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތް ކަމަށް ބެލެވިދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ފަނޑިޔާރު ޙުސުނުއްސުޢޫދުގެ ރައުޔުގައި އެ މައްސަލައިގެ 40 ވަނަ ނުކުތާގައި ބަޔާންކުރައްވާފައިވެއެވެ.
8.13. އެ ޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484879 ޗެކަކީ އެ ކުންފުނިން އެމް.އެމް.ޕީ.އާރު.ސީ އަށް (ދައުލަތަށް) ދޫކޮށްފައިވާޗެކެއްކަން އެނގެންއޮތުމުން، އެ ޗެކުން އެމް.އެޗް.އާރުގެ ބޭންކް އެކައުންޓަށް 26 އޮކްޓޫބަރު 2014 ގައި ޖަމާވެފައިވާ US$50,000.00 (ފަންސާސްހާސް އެމެރިކާ ޑޮލަރު) އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް މަދަނީ މިންގަނޑުން ބުރަވެވެއެވެ. އެހެންކަމުން ބުނެވުނު ޗެކުގައިވާ ފައިސާ ލިބެންވީ ފަރާތާމެދު ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތ
9އިސްތިއުނާފީ ތިންވަނަ ނުކުތާ ކަމަށްވާ، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 10 ޖަނަވަރީ 2016 ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ސިޓީއަކީ ބުއްދީގެ ހަމައިން ވިސްނާ ބެލިނަމަވެސް އެކމުގައަ ދެކޮޅު ނުޖެހޭ ކަންކަން ހިމެނިގެންވާ ސިޓީއެއްކަމުގައި ސިވިލް ކޯޓުގެ ނަންބަރު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ 447/Cv-C/2018 ޤަޟިއްޔާގައި ކަނޑއަޅާފައަ ވަނި އެ ސިޓީން ދައުލަތުން ސާބިތުކުރަން އެދިފައިވާ ކަންކަމާއި، މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ހެކިތައް ފުރިހަމައަށް ވަޒަންކުރުމެއް ނެތް، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު )ގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް މި ރިޕޯރޓުގެ 8 ވަނަ ނަންބަރުގައި ޖަވާބުދެވިފައިވާނެއެވެ.
10އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން ސިވިލް ކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު؛
11ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު؛
12ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 447/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމް ބާޠިލްކޮށް، އެޗް. އެމް. އެޗް. އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484876 ޗެކުގައިވާ 50,000.00$US (ފަންސާސްހާސް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން، ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 40 ވަނަ ނުކުތާ)
- ހައިކޯޓުގެ 2010/HC-A/47 (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ސުޕްރީމް ކޯޓުގެ 2014/SC-A/52 (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ 1 (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.