ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/461

އޯޝަން ހާވެސްޓް މޯލްޑިވްސް ޕވޓ ލޓޑ ވ. އާދަމް ޢަބްދުލްޣަފޫރު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 29 މާރިޗު 2021ދަށު ކޯޓު: ސިވިލް ކޯޓު 3433/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3433/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2021/SC-A/77 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
އެ މުޢާމަލާތްތަކަށް ކުރީގެ ޑިރެކްޓަރު ފަރުދީ ގޮތުން ޒިންމާވާންޖެހޭނެކަން ސާބިތުނުވާތީ ފައިސާ ނަގައިނުދެވޭނެ ކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ވާޤިޢާ
ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޚިޔާނާތްތެރިވެ، މަޤާމުގެ ނުޙައްޤު ބޭނުންކޮށް އެކި ފަރާތްތަކަށް ޗެކުތަކުން ފައިސާ ދޫކުރިކަމަށް ބުނެ، ކުންފުނިން އެ ފައިސާ އޭނާގެ ކިބައިން ހޯދުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ސޮއިކޮށް ދޫކުރި ޗެކުތަކުގެ ފައިސާ ކުންފުނީގެ ބޭނުމަށް ޚަރަދުކުރިކަން ސާބިތުކުރުމުގެ ބުރަ އޮތީ ކޮން ފަރާތެއްގެ މައްޗަށްތޯ، އަދި ކުންފުނީގެ ދަޢުވާ ސާބިތުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ކުންފުނިން ބުނީ ސާބިތުކުރުމުގެ ބުރަ ކުންފުންޏަށް އެޅުމަކީ 2010/SC-A/02 ގެ މަފްހޫމާ ޚިލާފު ކަމަށެވެ. ރައްދުވި ފަރާތުން ބުނީ ފައިސާ ނެގިކަން ސާބިތުކުރާ ލިޔުން ހުށަނާޅާތީ ދަޢުވާ ސާބިތު ނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣުލަބިއްޔަތުގެ ރައުޔުގައި، ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރި ކުންފުނީގެ މައްޗަށް ކަމާއި، ކުންފުނިން ވަކިވެ ލިޔެކިޔުންތަކަށް ވާޞިލުނުވާ ރައްދުވި ފަރާތަށް ބުރަ ފުރޮޅާނެ ޙުއްޖަތެއް ނެތްކަމާއި، ސިޓީ ދޮގުކަން ސާބިތު ނުވާކަން ފާހަގަކޮށް ޙުކުމަށް ބަދަލު ނުގެނައެވެ. ފަނޑިޔާރު ނިޔާޒްގެ ޚިލާފު ރައުޔުގައި ބަލާފައިވަނީ ޗެކުތައް ދޫކުރިކަން ޤަބޫލުކުރާއިރު ބޭނުން ބަޔާންކުރުމުގެ ޒިންމާ ރައްދުވި ފަރާތަށް ފުރޮޅޭ ކަމަށެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އާންމު އުޞޫލެއްގެ ގޮތުން މަދަނީ ޚުޞޫމާތުތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތެވެ؛ އަދި ދަޢުވާ ރައްދުވާ ފަރާތުން ދިފާޢުގައި ކުރާ 'ދަފްޢު' (plea) ސާބިތުކުރުމުގެ ބުރަ އޮންނަނީ އެ ދަފްޢު ކުރާ ފަރާތުގެ މައްޗަށެވެ.

HN2 ދަޢުވާގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ސިޓީއެއް ދޫކުރި ފަރާތުން ދޫކޮށްފައިވާ ސިޓީއެއް ނޫންކަމަށް ބުނާ ފަރާތުން އެކަން ސާބިތުކުރާވަރުގެ ހެކި ހުށަނާޅައިފިނަމަ އެކަން ސާބިތު ނުވާނެއެވެ.

HN3 ކުންފުނިން ވަކިވެ، ކުންފުނީގެ ލިޔެކިޔުންތަކަށް ވާޞިލުވުމުގެ ފުރުޞަތު ނެތް ކުރީގެ ޑިރެކްޓަރެއްގެ މައްޗަށް، ތުހުމަތުކުރެވޭ މުޢާމަލާތްތަކުގެ ފައިސާ ކުންފުނީގެ ބޭނުމަށް ޚަރަދުކުރިކަން ސާބިތުކުރުމުގެ ބުރަ ޖެހޭނެ ޝަރުޢީ ނުވަތަ ޤާނޫނީ ޙުއްޖަތެއް ދަޢުވާކުރި ފަރާތުން ދައްކާފައި ނުވާތީ، ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރި ކުންފުނީގެ މައްޗަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 8C/201-/Cv3433 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރ: 345/2000-C)ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ކ.މާލެ، އާދަމް ޢަބްދުލްޣަފޫރު (އައިޑީއެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ

2ސިވިލް ކޯޓުގެ ނަންބަރު 8C/201-/Cv3433 ޤޟިއްޔާއަށަ ބަލާއިރު، އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑގް މެނޭޖިންގ ޑިރެކްޓަރގ ގޮތުގައެ އާދަމް ޢަބްދުލްޣަފޫރު ހުރެ އެ ކުންފުންޏަށް ޚިޔާނާތްތެރިވެ، މަޤާމުގެ ނުޙައްޤު ބޭނުންކޮށްފައިވާތީ، އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުން އަނބުރާ ހޯދުމަށް އެދި އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

ސިވިލް ކޯޓުން ނިންމގޮތި

3ސިވިލް ކޯޓުގެ ނަންބަރު 8C/201-/Cv3433 ޤޟިއްޔަ ނިންމާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައް ހުރުމާއެކު، ދަޢުވާގައި އޯޝަން ހާވެސްޓް (މޯލްޑިވްސ ) ޕްރައިވެޓް ލިމިޓެޑުން ޙަވާލދީފައިވ މުޢާމަލާތްތަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ […] / މާލެ، އާދަމް ޢަބްދުލްޣފޫރޭ ފަރުދީ ގޮތުން ޒިންމާވާންޖެހޭނެކަނ ޝަރީޢަތަށް ސާބިތުނުވާތީ، އެ މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ ފައިސާ އާދަމް ޢަބްދލު ޣަފޫރުގް ކިބައިން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

4ސިވިލް ކޯޓުގެ ނަންބަރު 8C/201-/Cv3433 ޤޟިއްޔަ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 01 (އެކެއް) ނުކުތާ ހުށަހަޅައި އެ ނުކުތާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތަކަކީ؛

4.1- އިސްތިއުނާފު ރައްދުވާ ފަރާތަކީ ތުހުމަތުކުރެވޭ މުޢާމަލާތްކުރިއިރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި ފަރާތްކަމަށްވާއިރު، ތުހުމަތުކުރެވޭ މުޢާމަލާތްތަކަކީ ކުންފުނީގެ ބޭނުމަށް ޚަރަދު ކުރެވުނު ފައިސާކަން އެނގޭ އެއްވެސް ލިޔެކިޔުމެއް ދެއްކިފައިނުވާއިރު، އަދި ތުހުމަތުކުރެވޭ މުޢާމަލާތްތަކުގެ ތެރެއިން ދެ މުޢާމަލާތަކީ ސީދާ އިސްތިއުނާފ ރައްދުވް ފަރާތާ ހިއްސާ އޮންނަ އެހެން ދެ ކުންފުންޏަކަށް ޖަމާކޮށްފައިވާ ފައިސާކަން ސާބިތުވާއިރު، ސާބިތުކުރުމުގެ ބުރަ އިސްތިއުނާފކުރު ފަރާތަށް އޮތްކަމަށް ބުނެފައިވަނީ ސާބިތުކުރުމާއި، ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު: 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ މަފްހޫމާ ޚިލާފަށާ ކަމުގައިވުންކަމަށް ބުން ހުށަހެޅި ނުކުތާއެވެ.

ފާހަގަކުރެވުނު ނުކުތާތައް

5ސިވިލް ކޯޓުގެ ނަންބަރު 8C/201-3433/Cv ޤަޟިއްޔާ އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވް ނުކުތތަކަށާ އާ އެ ނުކުތާތަކާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުންނާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށާއި، މައްސަލައާއި ގުޅު ންހުރ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

6HN1ސޕްރީމު ކޯޓުގް ނަންބަރު 2010/SC-A/02 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި "އެ ނ މ އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި، ޘާބިތުކުރުމުގެ ބުރަ (onus probandi) އުފލުމަކ ދަޢުވާކުރީ ފަރާތުގާ މ ސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢު' ކުރާ ފަރާތްކަން އެނގެން އޮތުމެވެ." ބަޔާންކޮށްފައިވެއެވެ.

7މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ، ކުރީގައި އޯޝަން ހާވެސްޓް (މޯލްޑިވް ސ) ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިން ޑިރެކްޓަރުކަން ދެފަރާތުގެ ބަހުން އެނގެއެވެ. އަދި 2015 ވަނަ އަހަރު އެ ކުންފުނިން އާދަމް ޢަބްދުލްޣަފޫރު ވަކިވެފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އަދި އެކަމަށް އިސްތިއުނާފު ކުރާ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ.

8އިސްތިއުނާފުކުރާ ފަރާތުން ޗެކްތަކެއް ދަޢުވާއެކު ހުށަހަޅާފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރ ޖެނރަލަކަށ އާދަމް ޢަބްދެ ލ ޣަފޫރް އުޅުނުއިރު ސޮއިކޮށްފައިވާ ޗެކުތަކެއް ހުށަހަޅާފައިވެއެވެ. އެގޮތުން އެ ކުންފުނީގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތނު ހޯދުމަށް އެދިފައިވަނީ، ރިސޯޓް ލައިސަންސް އަށް ދޫކޮށްފައިވާ USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) އާއި، ސޮނީ ހާރޑްވެއަރ އަށް ދޫކޮށްފައިވާ USD31,050.87 (އެއްތިރީސް ހާސް ފަންސާސް ޕޮއިންޓް އަށްޑިހަ ހަތެއް އެމެރިކާ ޑޮލަރު)އާ އ، ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ USD20,000 (ވިހިހާސް އެމެރިކާ ޑޮލަރު) އާއި، މޫސާ މުޙައްމަދު ފުޅަށް ދޫކޮށްފައިވާ USD32,000(ތިރީސ ދެހާސް އެމެރިކާ ޑޮލަރު) އާއި ދަޢުވާލިބޭ ފަރާތުގެ އަމިއްލަ ނަމުގައި ދޫކޮށްފައިވާ USD50,000 (ފަންސާސ ހާސް އެމެރިކާ ޑޮލަރު) އާއި އިބްރާހީމް ޚަލީލަށް ދޫކޮށްފައިވާ 0USD150,00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އާއި ސްމާރޓ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ USD20,000 (ވިހި ހާސް އެމެރިކާ ޑޮލަރު) އެވެ.

9HN2އިސްތިއުނާފުކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު 000USD200, (ދެލައްކަ އެމެރިކާ ޑޮލަރު) ދައްކާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމގް ނަންބަރު MBR/PRIV/2014/195-88 ސިޓީއާއި ގުޅިގެން ކަމަށެވެ. އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވަނީ އެއީ އެ މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ. އެކަން ސާބިތުކުރުމަށް އިތުރުއެއްވެސ ހެއްކެއް ހުށަހަޅާފައި ނުވެއެވެ. އެހެންކަމުން އެކަން ސާބިތުވާވަރަށް ހެކި ހުށަހެޅިފައި ނުވާކަން އެނގެއެވެ.

10HN3އާންމު އުޞޫލުން މަދަނީ ޚުޞޫމާތުތަކުގައި ޘާބިތުކުރުމުގެ ބުރަ (probandi onus) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްޢލިއްޔަތެއްކަން އެނގޭކަމެވެ. މި މައްސަލާގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަނޖެހް ފަރާތަކީއޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑީ ކަން މި ޙާލަތަށް ބަލާއިރު އެނގެއެވެ. އެކަނ އެނގެންއާދަމް ޢަބްދީ ލޣަފޫރަކ 2015 އިން ފެށިގެން އެކުންފުނިން ވަކިވެފައިވާ ފަރާތެއްކަން އެނގެން އޮތުމާއި، އެ ފަރާތަށް މިހާރު ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އަދި އެ ލިޔެކިޔުންތަކަށް ބާރުލިބިދޭ ލިޔެކިޔުންތަކަށް ވާޞިލްވުމުގެ ދޮރު ބަންދުވެފައި ވާތީއެވެ. އަދި މިޙާލަތުގައ އިސްތިއުނާފި ރައްދުވާ ފަރާތުން ތުޙުމަތުކުރެވޭ މުޢާމަލާތްތަކާއި ގުޅިގެން ކުންފުނީގެ ބޭނުމަށް ޚަރަދު ކުރެވުނު ފައިސާކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ޙުއްޖަތެއް އިސްތިއުނާފކުރު ފަރާތުން ޝަރީޢަތުގައި ބުނެދެވިފައި ނުވެއެވެ.

11އެހެންކަމުން އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3433/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށާއި، އެ ޤަޟިއްޔާއާއިއެކ ހުށަހެޅުނު އެއްމެހައި ލިޔެކިޔުންތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

12ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައަށް ބަލާއިރު އިސްތިއުނާފ ކުރް އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން އޯޝަން ހާވެސްޓ ނުވަތް އިސްތިއުނާފަ ކުރް ފަރާތް) ގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާއަކީ، އޯޝަން ހާވެސްޓްގ ކުރީގެ މެނޭޖިންގ ޑިރެކްޓަރ […] އާދަމް ޢަބްދުލްޣަފޫރު، އޯޝަން ހާވެސްޓްގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހުރެ އޯޝަން ހާވެސްޓްއަށް ޚިޔާނާތްތެރިވެ މަޤާމުގެ ނުޙައްޤު ބޭނުންކޮށްފައިވާތީ އޯޝަން ހާވެސްޓްއަށް ލިބިފައިވާ ގެއްލުން އަނބުރާ އާދަމް ޢަބްދުލްޣަފޫރުގެ އަތުން ހޯދުމަށެވެ.

13އޯޝަން ހާވެސްޓްގެ ފަރާތުން ކުރާ ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތަކަކީ؛

1. އޯޝަން ހާވެސްޓުނ ހިންގަމުން އަންނަ ނ.ބޮމަސްދޫގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދޫކުރި ސިޓީއެއްކަމަށް ބުނާ ސިޓީއަކާއ ގުޅުވައި އޯޝަން ހާވެސްޓް އިން 200،000.00$ (ދެލައްކަ ޔޫ.އެސް ޑޮލަރު) ނަގާފައިވާއިރު އެސިޓީއަކީ އެމިނިސްޓްރީން ދޫކޮށްފައިވާ ސިޓީއެއް ނޫންކަމަށް ބުނެ ހުށަހެޅި ހެކި.

2. ވޯލްޕުޓީ ގަތުމަށް ސޮނީ ހޑްވެއަރާ އަށް 31،050.87$ (އެއްތިރީސްހާސް ފަންސާސް ޑޮލަރު އަށްޑިހަ ހަތެއް ސެންޓް) ދޫކޮށްފައިވާއިރު، އެއަގަށްވާ ވަރަށް އޯޝަން ހާވެސްޓް އަށް ވޯލްޕުޓީ ލިބިފައި ނުވާކަމަށް ބުނެ ހުށަހެޅި ހެކި.

3. އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ "އެކުއާ ސަން ހޮލިޑޭސް ޕވޓ ލޓޑ" އަށް 20،000.00$ (ވިހިހާސް ޔޫ.އެސް ޑޮލަރު ) ދޫކޮށްފައިވާކަމަށް ބުނެ ހުށަހެޅި ހެކި.

4. އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ނަމުގައި 50،000.00$ (ފަންސާސ ހާސް ޔޫ.އެސް ޑޮލަރު) ނެގި ކަމަށް ބުނެ ހުށަހެޅި ހެކި.

5. "އިބްރާހިމް ޚަލީލް" ކިޔާ އަމިއްލަ ފަރާތަކަށް 150،000$ (އެއްލައްކަ ފަންސާސްހާސް ޔޫ.އެސް ޑޮލަރު) ގެ ޗެކެއް ދޫކޮށްފައިވާއިރު، އެއީ ކޮން ބޭނުމެއްގައި ދޫކުރި ޗެކެއްކަން އެނގެން ނެތްކަމަށް ބުނެ ހުށަހެޅި ހެކި.

6. "މޫސާ މުޙައްމަދު ފުޅު" އަށް 32،000.00$ (ބައްތިރީސްހާސް ޔޫ.އެސް.ޑޮލަރު) ގެ ޗެކެއް ދޫކޮށްފައިވާއިރު، އެއީ ކޮން ބޭނުމެއްގައި ދޫކޮށްފައިވާ ޗެކެއްކަން އެނގެން ނެތްކަމަށް ބުނެ ހުށަހެޅި ހެކި.

7. "ސްމާޓް ސޮލިއުޝަން ޕވޓ ލޓޑ" އަށް 20،000.00$ (ވިހާސް ޔޫ.އެސް ޑޮލަރު) ގެ ޗެކެއް ދޫކޮށްފައި ވާއިރު، އެކުންފުންޏަށް އެއަގު ދައްކަން ކުރި މުޢާމަލާތެއް ފެންނަން ނެތްކަމަށް ބުނެ ހުށަހެޅި ހެކި. މި ހެކިތަކެވެ.

14ބަޔާންވެދިޔަ ހެކިތަކުގެ ތެރެއިން، 14.1 ގައި ބަޔާން ކުރާ ދެލައްކަ ޔޫ.އެސް ޑޮލަރާއި ގުޅޭ އިތުރު ސާފު ހެއްކެއް ހުށަހަޅާފައެއް ނެތެވެ. ހުށަހަޅާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު: MBR/PRIV/2014/195-88 (14 ޑިސެމްބަރު 2014) ސިޓީއެވެ. މިސިޓީއަކީ ޓޫރިޒަމުން ދޫކުރި ސިޓީއެއް ނޫންކަ މަށް އޯޝަން ހާވެސްޓްގެ ފަރާތުން ބުނާ ބުނު ން ސާބިތުކޮށްދީފައެއް ނެތެވެ. އަދި އެސިޓީ އާއި ގުޅިގެން، ބޮމަސްދޫ ވީއައިޕީ އެކްސްޕެންސެސް ކަމަށް ބަޔާންކުރާ ލިޔުމެއް ޑޮކިއުމެންޓް 2 ގެ ގޮތުގައި ހުށަހަޅާފައިވާއިރު، އެޑޮކިއުމެންޓާއި ގުޅުވައި 200،000.00$ (ދެލައްކަ ޔޫ.އެސް ޑޮލަރު) ނެގިކަން އޯޝަން ހާވެސްޓް އަށް ސާބިތު ކޮށްދެވިފައެއް ނެތެވެ.

15ބަޔާންވެދިޔަ ހެކިތަކުގެ ތެރެއިން، 14.2، 14.3، 14.4، 14.5، 14.6 އަދި 14.7 ގައި ބަޔާން ކުރެވުނު ފައިސާ އޯޝަން ހާވެސްޓްގެ ނަންބަރު:06076 ޔޫ.އެސް. ޑޮލަރު އެކައުންޓުން ޗެކު ދޫކޮށްފައވާކަނި ހުށަހެޅި ޗެކުތަކުގެ ކޮޕީއިން އެނގެއެވެ. އަދި އެ ޗެކުތަކުގެ ތެރެއިން 05 ޗެކު އެކި ބޭންކް ތަކަށް ހުށަހަޅާފައިވަ ކަން އެނގެން އޮވެއެވެ. މިގޮތުން، އެކުއާސަން ހޮލިޑޭ ސ ޕްރައިވެޓް ލިމިޓެޑަށް 25 އޮގަސްޓް 2014 ގައި ދޫކުރި ނަންބަރު:0446174 ޔޫ.އެސް ޑޮލަރު ޗެކު، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ މަޖީދީމަގު ބްރާންޗަށް ހުށަހެޅިކަން އެނގެއެވެ. އާދަމް ޢަބްދުލްޣަފޫރުގެ އަމިއްލަ ނަމުގައި ދޫކުރި ނަންބަރު: 0515464 ޔޫ.އެސް.ޑޮލަރު ޗެކު، (ތާރީޚް ސާފެއްނޫން) މޯލްޑިވްސް އިސްލާމިކް ބޭންކްއަށ ހުށަހެޅިކަން އެނގެއެވެ. އިބްރާހިމް ޚަލީލް އަށް 21 އޮކްޓޯބަރު 2014ގައި ދޫކުރި ނަންބަރު:0515463 ޔޫ.އެސް ޑޮލަރު ޗެކް، މޯލްޑިވްސް އިސްލާމިކް ބޭންކަށް ހުށަހެޅިކަން އެނގެއެވެ. މޫސާ މުޙައްމަދު ފުޅަށް 03 އޮގަސްޓް 2014 ގައި ދޫކުރި ނަންބަރު: 0446160 ޔޫ.އެސް.ޑޮލަ ރ ޗެކު، މޯލްޑިވްސް އިސްލާމިކް ބޭންކަށް ހުށަހެޅިކަން އެނގެއެވެ. އަދި ސުމާޓް ސޮލިއުޝަނ ޕްރައިވެޓް ލިމިޓެޑަށް 27 އޮގަސްޓް 2014 ގައި ދޫކުރި ނަންބަރު: 0446178 ޔޫ.އެސް.ޑޮލަރު ޗެކު، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް މަޖީދީމަގު ބްރާންޗްއަށ ހުށަހެޅިކަން އެނގެއެވެ. ނަމަވެސް ސޮނީ ހާރޑްވެއަރއަށް 25 އޮގަސްޓް 2014 ގައި ދޫކުރި ނަންބަރު: 0446175 ޔޫ.އެސް ޑޮލަރު ޗެކު، އެއްވެސް ބޭންކް އކަށ ހުށަހެޅިކަން އެނގޭކަށް ނ ތެވެ.

16ބަޔާންވެދިޔަ ހެކިތައް ހުށަހެޅިފައިވީއިރު، އިސްތިއުނާފު ރައްދުވާ އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ދަށު ކޯޓުގައި ބުނެފައިވަނީ ދަޢުވާގައި ބަޔާން ކުރާ ފައިސާ ކުންފުނިން ނަގާފައިވާކަން ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން އެކަށީގެންވާ ލިޔުން ހުށަހަޅާފައިނުވާތީ މިދަޢުވާއަކީ ސާބިތުނުވާ ދަޢުވާއެއްކަމުގައި ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ. އަދި ފަހުން، މިދަޢުވާއަށް ކަނޑައެޅި ގެން އިންކާރު ކުރާކަމަށް ބުނެ، ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތކޮށްދިނުމަށު އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ ދަޢުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައި ވެއެވެ. ހުށަހެޅިފައިވާ ދަޢުވާއާ ގުޅި ފައިވާ ޙަޤީޤަތްތަކާއި ބެހޭގޮތުން އާދަމް ޢަބްދުލްޣަފޫރު އެއްވެސް ވާހަކައެއް ބަޔާންކޮށްފައެއް ނެތެވެ.

17ދަޢުވާ ސާބިތު ކުރުމުގެ ބުރައަކީ ދަޢުވާ ކުރާ ފަރާތުގައި އޮތް ބުރައެވެ. މަދަނީ މައްސަލަތަކުގައި ދަޢުވަ ސާބިތުކޮށްދޭންޖެހެނީ ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑަށެވެ. މަދަނީ މިންގަނޑު (civil standard) އަކީ އެއީއެވެ. މިގޮތުން ސާބިތު ކޮށްދިނުން (proof) ގެ މާނައަކީ، ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނެތްނަމަ، ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވޭ މިންވަރަށް އެ ޙަޤީޤަތެއް ހިނގާފައިވކަމަށާ ނުވަތް ހިނގާފައި ނުވާކަމަށްބަޔާންކޮށްދިނުމެވެ. ޤާނޫނީގޮތުން އ ފުލަންޖެހޭ ސާބިތު ކޮށްދިނުމުގެ ބުރައަކީ މިއީއެވެ. މިބުރ އުފުލުމަށް ހުށަހަޅާ ހެކީގެ މިންވަރު ވާންޖެހެނީ، ޖިނާއީ މައްސަލަތަކުގައި އެބުރަ އުފުލަންޖެހޭހާ މަތީ މިންވަރަކަށް ނުވާ ނަމަވެސް ސަބަބުވެރި އިންސާނެއްގެ ވިސްނުމަނ ބަލާއިރް އެކުން ހިނގާފައި އޮތްކަމަށް ޤަބޫލްކުރެވޭ ދަރަޖަ އަކަށެވެ. މިގޮތުން، ހުށަހެޅިފައިވާ ހެކިތަކަށް ބަލައި ރިޢާޔަތް ކުރާއިރު، އެކަން ނުވާކަމަށްވުރެ ބޮޑަށް އެކަނ ހިނގާފައިވާކަމަށް ވިސްނޭނަމަ، އެ ބުރަ އެވަނީ އުފުލިފައެވެ. ނަމަވެސް ހުށަހެޅިފައިވާ ހެކިތަކަށް ބަލައި ރިޢާޔަތް ކުރާއިރު، އެކަން ވުމާއި ނުވުން ހަމަހަމަކަމަށް ވިސްނޭނަމަ، އެބުރަ ނުއުފުލެނީއެވެ.

18ހުށަހެޅިފައިވާ ދަޢުވާއާއި ގުޅިގެން އިސްތިއުނާފ ކުރް ފަރާތުން ދަޢުވާ ސާބިތުކޮށްދިނުމަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، އާދަމް ޢަބްދުލްޣަފޫރު މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހުރެ އެކިއެކި ފަރތްތަކަށާ ޗެކްތަކެއ ދޫކުރިކަން ޤަބޫލް ކުރެއެވެ. ހަމައެހެންމެ، އެޗެކްތައް ބަޔާންވެދިޔަ ގޮތުގެ މަތިން ބޭންކްތަކަށް ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ. ދަޢުވާ ކުރާ ފަރާތުގެ ދަޢު ވާއަކީ، އެ ޗެކްތަކަކީ އާދަމް ޢަބދުލްޣަފޫރް އޯޝަން ހާވެސްޓްގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހުރެ، ކުންފުނީގެ ކޮން ބޭނުމަކަށްކަން ނޭނގޭ ގޮތަށް ދޫކޮށް ނަގާފައިވާ ފައިސާއެއްކަން އެނގެން ނެތްކަމަށެވެ. ސާބިތު ކޮށްދިނުމުގެ ޤާނޫނީ ޒިންމާ ފުރޮޅިގެން ނުދިޔަނަމަވެސ ހެކް ދެއްކުމުގެ ޒިންމާއަކީ އެއްފަރާތުން އަނެއް ފަރާތަށް ފުރޮޅެމުނދާން ޒިންމާއެކެވެ. މިޙާލަތުގައި، އެޗެކްތައް ދޫކުރެވުނީ އޯޝަން ހާވެސްޓްގެ ކޮން ބޭނުމެއްގައިކަން ބަޔާން ކޮށްދިނުމުގެ ޒިންމާ އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް ފުރޮޅިގެން ދެއެވެ. ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް ބަލާއިރު، ހަމައެކނަ އާދަމް ޢަބދުލްޣަފް ރުގެ ފަރާތުނ އިން ކާރު ކުރާ ކުރުމަކުން އާދަމް ޢަބްދުލްޣަފޫރުގެ ޒިންމާ ބަރީއަވެގެން ނުދެއެވެ.

19ވީމާ، އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން އެއްވެސް ވާހަކައެއް ބަޔާންކޮށް ނުދީ ހުރުމުގެ ސަބަބުން، ދަޢުވާ ކުރި ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުން ދަ ޢުވާގައ ބަޔާނި ކުރް މިރިޕޯޓްގެ [16] ނަންބަރުގައި ބަޔާން ކުރާ ޙަޤީޤަތްތައް ސާބިތވާކަމަށު ކަނޑައަޅައި، އެ ޙަޤީޤތްތަ ކުގަ މައްޗށަ ބިނާވާ ފައިސާއަކީ އާދަމް ޢަބްދުލްޣަފޫރު ޒިންމާ ކުރުވަންޖެހޭ ފައިސާއެއްކަމަށް އަހުރެންނަށް ބުރަވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ