ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/564

އަހްމަދު ލަބީބް ވ. ސަލީމް ޙުސެއިން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 19 އޭޕްރީލް 2021ދަށު ކޯޓު: ސިވިލް ކޯޓު 726/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 726/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދަޢުވާކުރި 126,800 ރުފިޔާ ދައްކަންޖެހޭކަން ސާބިތުނުވާތީ ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ވާޤިޢާ
މއ. މަރުޖާނުގެ ތިރީބުރީގެ އެޕާޓްމަންޓެއް 2014 އެޕްރީލުން ފެށިގެން 2 އަހަރަށް މަހަކު 12,000 ރުފިޔާއަށް ކުއްޔަށް ދީފައިވާ އެއްބަސްވުމުގައި، ކުލި ލަސްވާ ކޮންމެ ދުވަހަކަށް މަހު ކުލީގެ 3% ޖޫރިމަނާ ހިމެނެއެވެ. ކުއްޔަށް ދިން ފަރާތުން 114,800 ރުފިޔާގެ ޖޫރިމަނާއާއި 2015 މެއި މަހުގެ ކުލި ހޯދުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުލި ލަސްވުމުން ޖޫރިމަނާ ނަގާ ގޮތަށް ކުލީގެ އެއްބަސްވުމުގައި އޮތްނަމަވެސް، ކުލި ބަލައިގަނެފައިވަނީ ޖޫރިމަނާއާ ނުލައިކަމަށްވާއިރު، އެއްބަސްވުން ނިމުމަށްފަހު ޖޫރިމަނާއާއި ނުދައްކާ ކުލި ހޯދުމަށް ކުރާ ދަޢުވާ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 އަދި 23 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރާ ފަރާތުން ބުނީ ސުޕްރީމް ކޯޓުގެ 2014/SC-A/47 ގައިވާ ގޮތުން ބައިވެރިންގެ މެދުގައި ޙަކަމަކަށްވާނީ ކޮންޓްރެކްޓް ކަމަށާއި، ލުޔެއް ދެވޭނީ އެއްބަސްވުމުގެ 15 ވަނަ މާއްދާގައިވާ ގޮތަށް ލިޔުމަކުން ކަމަށާއި، ޙުކުމް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23(ހ) އާ ޚިލާފު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ނުދައްކާ ކުލި ޑިޕޮސިޓުން އުނިކުރެވޭތީއާއި، އެއްބަސްވުމުގެ މުއްދަތުގައި ޖޫރިމަނާއާ ނުލައި ކުލި ބަލައިގަނެ ޖޫރިމަނާ ނުހޯދުމުން އެ މާއްދާއަށް ލުޔެއް ދީފައިވާތީއާއި، އިތުރު ގެއްލުމެއް ފާހަގަކޮށްފައި ނުވާތީ، ދަށުކޯޓުގެ ނިންމުމަކީ ޤާނޫނީ ހަމަތަކުން ބޭރުން ކަމަކަށް ނުފެނުނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުއްޔަށް ދިން ފަރާތުގެ އަތުގައި ޑިޕޮސިޓް ފައިސާ ހުރެ، ތަނަށް މަރާމާތެއް ނުވަތަ ނުދައްކާ ޚިދުމަތެއްގެ އަގު އެ ފައިސާއިން ދައްކާފައިވާ ކަމަށް ބުނެފައި ނުވާނަމަ، ނުދައްކާ ކުލި ޑިޕޮސިޓް ފައިސާއިން އުނިކުރެވިދާނެތީ އެ ކުލި އިތުރަށް ނަގައިދިނުމަށް ކަނޑައެޅިދާނެ ކަމަށް ނުފެނެއެވެ.

HN2 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮންޓްރެކްޓުގެ ބައިވެރިއަކު އަނެއް ބައިވެރިޔާއަށް ލުޔެއް ދީފިނަމަ ކޮންޓްރެކްޓުގެ ޝަރުޠާ ޚިލާފު ގޮތަކަށް ޢަމަލުކުރެވިދާނެއެވެ؛ ކުލި ލަސްވިނަމަވެސް އެއްބަސްވުމުގެ މުއްދަތުގައި ޖޫރިމަނާއާ ނުލައި ކުލި ބަލައިގަނެ، ޖޫރިމަނާ ހޯދުމަށް މަސައްކަތެއް ނުކުރާނަމަ، ޖޫރިމަނާގެ މާއްދާއަށް ލުޔެއް ދީފައިވާ ކަމަށް ބަލަންޖެހެއެވެ.

HN3 އެއްބަސްވުމުގެ ދަށުން ކުރެވުނު މުޢާމަލާތު ނިމި ގިނަ ދުވަސް ފަހުން ކުލި ލަސްވި ދުވަސްތަކަށް ޖޫރިމަނާ ހޯދުމަށް ދަޢުވާކުރުމަކީ، ޖޫރިމަނާ ނެގުމަށް އެއްބަސްވުމުގައި ހިމެނިފައިވާ ސަބަބާއި މަޤްޞަދުގެ ބޭރުން ނުޙައްޤު ފައިސާ ލިބިގަތުމުގެ ގޮތުން ކުރެވޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

HN4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނަގައިދެވޭނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އެފަދަ ޢަމަލެއްގެ ސަބަބުން ލިބިދާނެ ކަމަށް ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލެވެ؛ ކުލި ލަސްވުމުން ގެއްލުން ވާނެކަމަށް ބެލިދާނެ ނަމަވެސް، އިތުރު ގެއްލުމެއް ފާހަގަކޮށްފައި ނުވާއިރު ޖޫރިމަނާއާ ނުލައި ކުލި ބަލައިގަނެފައިވާނަމަ، ބަދަލު ނަގައިނުދިނުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު، މި ރައުޔަށް އިސް ފަނޑިޔާރު ހާތިފް ޙިލްމީއާއި ފަނޑިޔާރު ޝުޢައިބު

ޙުސައިން ޒަކަރިއްޔާ ތާއީދުކުރަ އްވައެވެ .  ދަޢުވާގެ ޚުލާޞާ : 1- މިއީ، […] ގްރައުންޑް ފްލޯރ ކުއްޔަށްދިނުމާ ބެހޭގޮތުން ބ.އޭދަފުށި / ޕޭންޓްލޭންޑް، 2 1 އަޙްމަދު ލަބީބް އާއި ރ. ކިނޮޅަސް / ނިޔާމަ، ސަލީމް ޙުސައިން އާ ދެމެދު 2014 އެޕްރީލު 01 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއަށްވާ 114,800/-ރ. )އެއްލައްކަ ސާދަހާސް އަށްސަތޭކަ ރުފިޔާ( އާއި މެއި 2015ގެ ކުއްޔަށް 12,000/-ރ. )ބާރަ ހާސް ރުފިޔާ( އާއެކު ޖުމްލަ 126,800/-ރ. )އެއްލައްކަ ސައްބީސް ހާސް އަށްސަތޭކަ ރުފިޔާ ( ލިބިގަތުމަށް އެދި އަޙްމަދު ލަބީބގެ ފަރާތުން ސަލީމް ޙުސައިންގެ މައްޗަށް ސިވިލ ކޯޓަށްހުށަހެޅުމުން އެ ކޯޓުނ ބައްލަވާފައިވާ ނަންބަރު 726/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާއިސްތިއުނާފު ކުރުމަށް އަޙްމަދު ލަބީބގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސަލީމް ޙުސައިން އެ ވެ .  ދަށު ކޯޓުން މައްސަލަ ނިންމިގޮތް : 2- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓު ގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ: ]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ބ.އޭދަފުށި، ޕޭންޓްލޭންޑް، އަޙްމަދު ލަބީބް )ދ.ރ.ކ ނަންބަރު ( ގެ ފަރާތުން ރ. ކިނޮޅަސް، ނިޔާމަ، ސަލީމް ޙުސައިން )ދ.ރ.ކ ނަންބަރު ( ގެ މައްޗަށް ކޮށްފައިވާ މި ދަޢުވާގައި ހޯދުމަށް އެދިފައިވާ އައިޑީއައިޑީ ކާޑު ނަންބަރު […] -126,800/ރ. )އެއްލައްކަ ސައްބީސް ހާސް އަށްސަތޭކަ ރުފިޔާ ( އަކީ ސަލީމް ޙުސައިން ގެ ފަރާތުން އަޙްމަދު ލަބީބް އަށް ދައްކަންޖެހޭ ފައިސާކަން ޝަރު ޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ޘާބިތުނުވާކަމަށްޓަކައި އެ ފައިސާ ޝަރީޢަތުން ނަގައިދެވެން ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވ[. މިފަދައިން ކަން އެނގެން އޮވެއެވެ .  އިސްތިއުނާފީ ނުކުތާ ތައު: 3- ސިވިލް ކޯޓު ގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަޙްމަދު ލަބީބް ގެ ފަރާތުން އިސްތިއުނާފު ކުރުމަށް އަންނަނިވި 02 )ދޭއް ( ނުކުތާ ފާހަގަކޮށް އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ .  ފުރަތަމަ ނުކުތާއަކީ : ސިވިލް ކޯޓު ގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ދެވަނަ ނުކުތާއަކީ : ސިވިލް ކޯޓުގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު(ގެ 23ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓު ގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަޙްމަދު ލަބީބް ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަށާ އ، އެ ނުކުތާތަކާ ގުޅިގެން ދެފަރާތު ން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .

4.1- […] އިން 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދިނުމާބެހޭ ގޮތުން އަޙްމަދު ލަބީބާ އ ސަލީމް ޙުސައިން އާ ދެ ފަރާތުން 2014 އެޕްރީލު 27ވަނަ ދުވަހުގެ ތާރީޚުގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ . މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ އެޕާޓްމަންޓް ހުރީ […] ތިރީބުރީގައެވެ . އެ ތަން ކުއްޔަށް ދީފައިވަނީ 2014 އެޕްރީލު 01ވަނަ ދުވަހުން ފެށިގެން 2 )ދޭއް ( އަހަރު ދުވަހުގެ މުއްދަތަށެވެ . މަހު ކުއްޔަކީ -/12,000ރ. )ބާރަ ހާސް ރުފިޔާ ( އެވެ . އެޑްވާންސް ގޮތުގައި -/24,000ރ) .ސައުވީސްހާސް ރުފިޔާ ( ކުއްޔަށް ދިން ފަރާތާ ޙަވާލުކުރަންޖެހެއެވެ . ކޮންމެ މަހެއްގެ ކުލި އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހެއެވެ . އެ މުއްދަތުގައި ކުލި ނުދައްކައިފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް މަހު ކުލީގެ 3) %ތިނެއް ޕަސެންޓް ( ދައްކަންޖެހެއެވެ .

4.2- ސިވިލް ކޯޓުގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާގައި އަޙްމަދު ލަބީބގެ ފަރާތުން ދަޢުވާކޮށްފައިވަނީ […] ގްރައުންޑް ފްލޯރ ކުއްޔަށްދިނުމާ ބެހޭގޮތުން އަޙްމަދު ލަބީބާ އ ސަލީމް ޙުސައިން އާ ދެމެދު 2014 އެޕްރީލު 01ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ސަލީމް ޙުސައިން ގެ އަތުން ހޯދުމަށެވެ . ކުލީގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ 2015ވަނަ އަހަރުގެ މެއި މަހުގެ ކުއްޔަށްވާ 12,000/-ރ. )ބާރަ ހާސް ރުފިޔާ(އެވެ . ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވަނީ 114,800/-ރ. )އެއްލައްކަ ސާދަ ހާސް އަށްސަތޭކަ ރުފިޔާ( އެވެ .

4.3- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާގައި ކުލީގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ ހަމައެކަނި 2015ވަނަ އަހަރުގެ މެއި މަހުގެ ކުއްޔަށްވާ12,000/-ރ. )ބާރަ ހާސް ރުފިޔާ( އެވެ . އެ މަހުގެ ކުލި ދައްކާފައިނުވާކަން ސަލީމް ޙުސައިންގެ ބަހުން އެނގެއެވެ . އެއްބަސްވުމުގެ 1ވަނަ މާއްދާގެ ދަށުން ޑިޕޮސިޓްގެ ގޮތުގައި 24,000/-ރ. )ސައުވީސްހާސް ރުފިޔާ( އަޙްމަދު ލަބީބުގެ އަތުގައި އެއްބަސްވުމުގެ 2ވަނަ މާއްދާ. އެއްބަސްވުމުގެ 1ވަނަ މާއްދާ. އެއްބަސްވުމުގައި ސޮއިކުރި ތާރީޚެއްގެ ގޮތުގައި ލިޔެފައިވަނީ 27 އެޕްރީލު 2014 އެވެ . ބަހައްޓައިފައިވެއެވެ . އެ ފައިސާ އަނބުރާ ސަލީމް ޙުސައިން އަށް ދީފައިވާކަން އެނގެން ނެތްއިރު އެ ފައިސާއިން ސަލީމް ޙުސައިން ކުއްޔަށް ހިފިތަން ދޫކޮށްލިއިރު ތަނަށް ކުރަންޖެހިފައިވާ މަރާމާތެއް ނުވަތަ ކުއްޔަށް ތިބި މުއްދަތުގައި އެ ތަނަށް ހޯދާފައިވާ އެއްވެސް ޚިދުމަތަކަށް އަގު އަދާނުކޮށްގެން އެ ކަމަށް ފައިސާ ޚަރަދުކުރި ކަމަށް އަޙްމަދު ލަބީބގެ ފަރާތުން ބުނެފައިނުވާތީ ޑިޕޮސިޓުގެ ގޮތުގައި ބަހައްޓާފައިވާ އެންމެހައި ފައިސާއެއް އެގޮތުގައި އެއްވެސް މަދުވުމެއްނެތި ހުންނާނެކަން އެނގެއެވެ . އެހެންކަމުން، ސަލީމް ޙުސައިން ގެ ފަރާތުން ނުދައްކައިވާ 2015ވަނަ އަހަރުގެ މެއި މަހުގެ ކުލި ޑިޕޮސިޓް ފައިސާއިން އުނިކުރެވިދާނެކަމަށްޓަކައި 2015ވަނަ އަހަރުގެ މެއި މަހުގެ ކުއްޔަށްވާ 12,000/-ރ. )ބާރަ ހާސް ރުފިޔާ ( އިތުރަށް ނަގައިދިނުމަށް ކަނޑައެޅިދާނެކަމަށް ނުފެނެއެވެ .

4.4- ސިވިލް ކޯޓުގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްއަޙްމަދު ލަބީބގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . މި ނުކުތާތަކުގައި އަޙްމަދު ލަބީބުގެ ފަރާތުން ފާހަގަކޮށްފައިވަނީ އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންޓްރެކްޓެއްގެ ބައިވެރިންގެ މެދުގައި ޙަކަމަކަށްވާނީ ވެފައިވާ ކޮންޓްރެކްޓްކަމަށްވާތީ، ދެ ފަރާތުންވެސް ޢަމަލުކުރަންޖެހޭނީ އެ ކޮންޓްރެކްޓް )ކުއްޔަށްދިނުމާބެހޭ އެއްބަސްވުން( ގައިވާ ގޮތުގެ މަތިން ކަމަށާއި، ދެ ފަރާތުގެ މެދުގައި ކޮށްފައިވާ އެއްބަސްވުމުގެ 2ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކަންޖެހޭ މުއްދަތަށް ދައްކާފައިނުވާނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް މަހުކުލީގެ %3 ދައްކަންޖެހޭނެކަމަށް ކަނޑައަޅައިފައި ވާ ކަމަށެވެ . އަދި އެއްބަސްވުމުގެ 15ވަނަ މާއްދާގައި ހިމެނިފައިނުވާކަމެއް ދިމާވެއްޖެނަމަ އެކަމެއް ކުރަންވާނީ ދެ ފަރާތުން ވާހަކަދައްކައިގެން ދެކެވުނު ވާހަކަތަކަށް ލިޔެކިޔުމަކުން ހުއްދަލިބިގެން ކަމަށް ކަނޑައަޅާފައިވާކަމަށެވެ . އެހެންކަމުން ލުޔެއް ގެނެވޭނީ އެއްބަސްވުމުގެ 15ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމަކުން ކަމަށެވެ . އެހެންނަމަވެސް މި ކަންކަމަށް ސިވިލް ކޯޓުން މައްސަލަ ހިނގިއިރު ރިޢާޔަތްކޮށްފައިނުވާކަމަށެވެ .

4.5- ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނ( ގެ 20ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައި ވަނީ : ]ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަ ންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ . މިއާ ޚިލާފު ގޮތަކަށް ޢަމަލުކު ރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމުވާކަމަށް ލުޔެއް ދީފިނަމައެވެ . ނުވަތަ އޭނާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމައެވެ .[ މިފަދައިންނެވެ. ސަލީމް ޙުސައިންގެ ފަރާތުން ދައްކަންޖެހޭ ކުލި ދެއްކުމުގައި ލަސްވެފައިވީނަމަވެސް އެއްބަސްވުމުގެ 2ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ ނަގަމުން ނުދާކަން ޚުދު އަޙްމަދު ލަބީބު ގެ ބަހުން އެނގެން އޮވެއެވެ . ސަލީމް ޙުސައިން ތަން ބޭނުންކުރަމުން ދިޔަ މުއްދަތުގައި އެ ދުވަސްވަރު ޖޫރިމަނާގެ ފައިސާ ހޯދުމަށް އަޙްމަދު ލަބީބުގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތެވެ . އަޙްމަދު ލަބީބގެ ޢަމަލުން ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 2ވަނަ މާއްދާއަށް ލުޔެއް ދީފައިވާކަމަށް ބަލަންޖެހެއެވެ . ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތަކީ 2014 އެޕްރީލު 1ވަނަ ދުވަހުން ފެށިގެން

2 )ދޭއް ( އަހަރު ދުވަހެއެވެ . ކުލީގެ ފައިސާ ބަލައިގަންނަމުން ގޮސްފައިވަނީ ޖޫރިމަނާގެ ފައިސާއާ ނުލައެވެ . އެ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ހޯދުމަށް އުޅެފައިވާކަން ނުވަތަ އެ ފައިސާ ދެއްކުމަށް އަންގާ ފައިވާ ކަން އެނގެން ނެތެވެ . ދެ ފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގެ ދަށުން ކުރެވުނު މުޢާމަލާތު ނިމި އެތަށް ދުވަހެއް ފަހުން އެ އެއްބަސްވުމުގެ ދަށުން ކުލި ދެއްކިއިރު ކުލި ދެއްކުން ލަސްވެފައިވާކަމަށް ބުނެ އެ ދުވަސްތަކަށް ޖޫރިމަނާގެ ފައިސާ ހޯދުމަށް ދަޢުވާކުރުމަކީ، ޖޫރިމަނާ ނެގުމަށް އެއްބަސްވުމުގައި ހިމެނިފައިވާ ސަބަބާއި މަޤްޞަދުގެ ބޭރުން ސަލީމް ޙުސައިން ގެ އަތުން ނުޙައްޤު ޖޫރިމަނާގެ ބޮޑު ޢަދަދެއްގެ ފައިސާ ލިބިގަތުމުގެ ގޮތުން ކުރެވޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ . 09 ޖުލައި 2019ގެ ތާރީޚުގައި އަޙްމަދު ލަބީބް ސިވިލް ކޯޓަށް ދީފައިވާ ބަޔާން. އެހެންކަމުން، ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ސިވިލް ކޯޓުގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާގައި ނަންގަވައި ދެއްވާފައިނުވަނީ ޝަރުޢީ ޤާ ނޫނީ ހަމަތަކުން ބޭރުން ކަމަކަށް ނުފެނެއެވެ .

4.6- ސިވިލް ކޯޓުގެ ނަންބަރު 726/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު(ގެ 23ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ އަޙްމަދު ލަބީބު ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު (ގެ 23ވަނަ މާއްދާގެ )ހ( ގައި ބަޔާން ކޮށްފައި ވަނީ : ]ކޮންޓްރެކްޓެ އްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓކަ ޚިލާފް ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި މީހަކު ބަދަލުދޭންޖެހޭނެއެވެ .[ މިފަދައިންނެވެ . ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ނަގައިދެވޭނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި އެ ފަދަ ޚިލާފު ޢަމަލެއްގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލެވެ . ކުލީގެ އެއްބަސްވުންތަކުގެ ދަށުން ކުރެވޭ މުޢާމަލާތްތަކުގައި ކުލި ދައްކަން ކަނޑައެޅިފައިވާ ދުވަހަށް ކުލި ނުދައްކާނަމަ އަނެއް ފަރާތަށް ގެންލުންވާނެކަމަށް ބެލިދާނެއެވެ . މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ކުލި ދެއްކުން ލަސްވެފައިވާކަން އެނގެއެވެ . އެހެން ނަމަވެސް ކުލީގެ އެއްބަސްވުން ދެމި އޮތްއިރު ކުލި ދެއްކުން ލަސްވުމުގެ ސަބަބުން ކުއްޔަށް ދިން ފަރާތުން އެއްވެސް ކަމެއް ކޮށްފައިވާކަން އެނގެން ނ ތްއިރު، ކުލި ބަލައިގަނެފައިވަނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ޖޫރިމަނާއާ ނުލައިކަން ކުއްޔަށްދިން ފަރާތުގެ ބަހުން އެނގެއެވެ . މި މައްސަލައިގައި ހިމެނޭ އެއްބަސްވުމާ ގުޅިގެން އިތުރު ގެއްލުމެއް ވެފައިވާކަމަށް އަޙްމަދު ލަބީބގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ . މި މައްސަލައިގައި ކުލި ދެއްކުމާއި ކުލި ބަލައިގަތުމުގައި ޢަމަލުކޮށްފައިވާ ގޮތުން، ޤާނޫނު ނަންބަރު 91/4ގެ 23ވަނަ މާއްދާގެ )ށ(ގެ )1( އަދި )2(ވަނަ ނަންބަރު. N 0---0\:r:uI-<-- IF)\0"1" '"~\ ~'lJ al'""~ ,, ':\a\h at.;~,,,'"a\ '~ "\li'l"\ '"~\ ~'lJ a\~~ ol~~ ,, al \~ a\"~~~ "~ ""\'I "0..al ,,a'\"'\ \\ 0..~,.., \\ 0.. ,, ,.., "0.."'\"'I "'\ a\\~~~':'\ "!\'"0\ "'I"\ \ \~ ,.., '0.. ':\'"~0.. a~' ~,a'\'':"' r--N---\0u u---N 0 .........0'\ "\~} ,,""'"" ~~ o~' a~"'\\~a\"\"'\ \~ ,.., l ;>I l \ "0.."'\~~"' "\ '"a\ \:I. ~~~ ....._.,,.-...."'I''\a'\~'\ ,,'0..N M "'I"\~\\\ :'1 "'ll\''" ~} a a\h ....·\ \ a, '"a\ "~"'\ ~~':\''O..a'\'\"~ '"' ~,a'\' \:'1 r--N----\0u ----u N0 .......0'\ "\ ,,at.; ,, "'I"&J~~ a~' ~~~ ,.., l ;>I L ~ "0..~~"\ 0\'"\~ ~~ ll'\ "'a'\ ,,\l ll\"'lJat.;'\ a\"'I~~ ,, ..0'\"~.. • ~ I ""a) "\"\ at.;'" "'I"\ll'l"'\ a\\~a\\~ "\"0.."\"~at.;~,,, '"~~~ ~,"~"\ "\"0.."\"~'"~ ,,~:\"0..a~' ~~\' :~ ~~ "' '""\'"0'\ '"0\ "\"~" ''\"~' or 0'\"~"'\ ~o..~ ':\~0..0'\'\"~ ''I ~,C)'\' \ : r--0-l----\0u ----u 0-l0 ,........0'\ "\ ,,ot.;'\ "'I"&J~~ a~' '\' "' l '1 ;>I L '"a\ "~"\ ~o..~ ':\~0..a'\'\"~ ''I~,a'\ \ : "'\ '!\ ,, ~~'"C)'\ "'I~~''\"~"\ ~~\':\ ,,..._\\ ,,"\ at.;"\~;; "'"'I '!\ '\ ,.., l '1 ,.., '~ \ ' "' '"'"" ~~\,,"'Ili'lJa'\~\"~' ~,a'\' \ : '"a\ ~~"\ "'a'\ ,,\l ~\\\ "\\1 ~\ ll\"'lJat.;'\ a\"'I~~ ,, ,, ,.., ,, l '1"' \~ :'1 '\·~ "0.."'\ a\~~~a""~"'\ , ,,..\<I '~ O\1\ : ~ o~' "'I"\ '" "'Iat.;"\,, ':\ :\~ ,..,.... \ ~ ,, !\~'lJ, "-.~,\ ~ "~0'\"~"'\ \~,,~~ol' \:., \~ "'\\ "' I d (' ~, ~ - ' "t ,,, ~, ,, ,, a~'\~\ ~ "\ ':\ "\ ':\ C)\\ o\' "\ ':\ar XJ L ' <I\ -.~,\ "~ '\ '\ \ "\<I\ ....._.,"\ ,y,, ,.-.... \' MM ::::"" ;::::: ..·l ~~-MMN"'0 N 0\·.~ ~ - •'lJ·~•\'-~ · ~ ~~ .)\~ ,~\"\~}'" M .,~~ ·~ -~ ,,"\J:\~ "" ~ ,, .,~ ·~~\'- ' ~ , ~ \ " ~ ' ..s:::· - ..s::: ·~ \l Q' . ·=~@) ..s:::· -~ ·.\ · ~ OJ) ()0 :lt::OJ)0> ~ ; .._ 8 ~ 5 ~ > '\ ~ h '

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ