ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޔޫސުފް މާނިޢު މުޙައްމަދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2056/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިސްތިއުނާފު ރައްދުވާ ފަރާތުން ޙަޤީޤަތާ ޚިލާފު ހުށަހެޅުމެއް ("މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް" އާއި ޑރ. ޝަޒްމާ ޢަބްދުﷲ މަސައްކަތްކުރާނެކަމުގެ ވަޢުދު) ހުށަހަޅައިގެން އެއްބަސްވުމަށް ވެއްދިކަމަށް ބުނާތީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16، 12 އަދި 13 ވަނަ މާއްދާތަކުގެ ދަށުން އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްތޯ، އަދި ދައްކާފައިވާ 666,000 ރުފިޔާ އަނބުރާ ހޯދިދާނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުގައި ހުށަހަޅައި ބަހުސްކުރެވިފައިނުވާ ކަންކަމާމެދު (މިސާލަކަށް މުޅި އެއްބަސްވުން މާނަކުރުމާއި އެއްބަސްވުމުގެ މާއްދާތައް ފުށުއެރުން) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ އުޞޫލަށް ރިޢާޔަތްކޮށް އިސްތިއުނާފުގެ މަރުޙަލާގައި ގޮތެއް ނުނިންމޭނެއެވެ.
HN2 ވަކީލުން މެދުވެރިކޮށް އެއްބަސްވުމެއް ތައްޔާރުކުރުމުގެ އިޚްތިޔާރު އޮވެ، އެކަން ނުކޮށް ތައްޔާރުކުރާ އެއްބަސްވުމެއްގެ ލިޔުމުގެ އައިބުތަކުން ނުކުންނަ ނަތީޖާތަކާ ކުރިމަތިލާންޖެހޭނީ އެއްބަސްވުމުގެ ބައިވެރިންނެވެ.
HN3 މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ؛ އެހެންކަމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ޙަޤީޤަތް އޮޅުވާލުން ސާބިތުކުރަންޖެހޭނީ އެކަން ދަޢުވާކުރާ ފަރާތުންނެވެ.
HN4 ބުއްދި ސަލާމަތުންހުރެ އަމިއްލަ އިޚްތިޔާރުގައި އެއްބަސްވުމެއްގައި ބައިވެރިވާ މީހުންގެ މައްޗަށް Pacta sunt servanda (އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން) ގެ އުޞޫލުގެ ދަށުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވެއެވެ؛ އަދި އެފަދަ ބައިވެރިން ބުއްދީގެ ޢާއްމު ހަމަތަކާއި ވިޔަފާރިއެއްގައި ބައިވެރިވާ މީހަކު ޢާއްމުކޮށް ޢަމަލުކުރާނެ ހަމަތަކުގެމަތިން ކަންކުރާނެކަމަށް ޤާނޫނީގޮތުން އިފްތިރާޟުކުރަންޖެހެއެވެ.
HN5 ޚަޞްމަކަށް ޝަރީޢަތުގައި އެއިރަކަށް ފަހިވާގޮތަށް ވާހަކަ ބަދަލުކުރުމުގެ ޙައްޤެއް ނުލިބޭނެއެވެ؛ އެއްބަސްވުން ވެވުނީ ވަކި ފަރާތަކާކަމަށް ބުނެ، ހަމަ އެދުލުން ތިންވަނަ ފަރާތެއްގެ (ކުންފުންޏެއްގެ) ލިޔުމަކަށް ބަރޯސާވިކަމަށް ބުނެ ޙަޤީޤަތް އޮޅުވާލުމުގެ ދަޢުވާއެއް ސާބިތެއް ނުކުރެވޭނެއެވެ.
HN6 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ޙަޤީޤަތާ ޚިލާފު ހުށަހެޅުން ހުށަހަޅަންޖެހެނީ އެއްބަސްވުމުގެ އެއް ބައިވެރިއެއްގެ ފަރާތުން އަނެއް ބައިވެރިއަކަށެވެ؛ ބަރޯސާވި ޙަޤީޤަތާ ޚިލާފު ކަމަކީ އަނެއް ބައިވެރިޔާ ހުށަހެޅި ކަމަކަށް ނުވާނަމަ، 12 އަދި 13 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ފެށުނީއްސުރެ ބާޠިލުވާކަމަށް ނުބެލެވޭނެއެވެ.
HN7 ހެކިން ޙާޟިރުނުކުރި ކަމަށް ޝަކުވާކުރި ނަމަވެސް، ސާބިތުކުރަން އުޅޭ ވާޤިޢާއަކީ މައްސަލަ ނިންމުމަށް ބޭނުންވާ ވާޤިޢާއަކަށް ނުވާނަމަ، އެ ހެކިން ޙާޟިރުނުކުރުމަކީ ޙުކުމް ބާޠިލުކުރާނެ ސަބަބަކަށް ނުވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢާއިޝަތު އިބްތިޙާލް އަބްދުލްޣަފޫރު، ނަޖްވާ ނަސީމު، ޗެމްބަރސް އިން
- ބެންޗު
- ދީބާނާޒް ފަހުމީ، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު (މި ރައުޔަށް އިސފަނޑިޔާރް ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު
ސަލީމް ތާއީދު ކުރައްވައެވެ).
ތަޢާރަފު
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2056/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ލައިފް ސަޕޯޓް" ކަމަށްބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] ޔޫސުފް މާނިޢު މުޙައްމަދު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޔޫސުފް މާނިޢު މުޙައްމަދު" ކަމަށްބުނެފައިވާ ) އެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
2ލައިފް ސަޕޯޓްއާއި ޔޫސުފް މާނިޢު މުޙައްމަދއު ދެމެދާ "އެލައިޒާ މެޑިކަލް ސެންޓަރ" ނަމަކަށްކިޔާ ކްލިނިކެއް .002,200,000 (ދެމިލިއަން ދެ ލައްކަ ދިވެހި ރުފިޔާ)އަށް ގަތުމާގުޅޭގޮތުން 01 ފެބްރުއަރީ 2018 ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި އެ އެއްބަސްވުމުގެ 3.2.1 އަދި 3.2.2 ވަނަ މާއްދާގެ ދަށުން، އެޑްވާންސް ފައިސާގެ ގޮތުގައި، ލައިފް ސަޕޯޓްގެ ފަރާތުން 07 ޖަނަވަރީ 2018 ދުވަހު .00333333,ރ. (ތިންލައްކަ ތެއްތިރީސް ހާސް ތިންސަތޭކަ ތެއްތިރީސް ދިވެހި ރުފިޔާ) އަދި 28 ޖަނަވަރީ ކުންފުނި ރަޖިސްޓަރީ ނަންބަރު 0350/2011-C. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […]. 2018 ދުވަހު 333,000.00ރ (ތިންލައްކަ ތިރީސް ތިންހާސް ދިވެހި ރުފިޔާ) ޔޫސުފް މާނިޢު މުޙައްމަދއު ޙަވާލުކޮށްފައިވާކަމަށް ލައިފް ސަޕޯޓްގެ ފަރާތުން ބުނެފައިވެއެވެ.
3ނަމަވެސް، އެއްބަސްވުމަށް އައުމަށް ޔޫސުފް މާނިޢު މުޙައްމަދުގެ ހުށަހެޅުމުގައިހުރި މަޢުލޫމާތަކީ ޙަޤީޤަތަ ޚިލާފު މަޢުލޫމާތުކަމަށްބުނެ، އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި 14 މާރިޗް 2018 ދުވަހު ލައިފް ސަޕޯޓްގެ ފަރާތުން ޔޫސުފް މާނިޢު މުޙައްމަދުއަށް ނޯޓިސް ފޮނުވާފައިވެއެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް ޔޫސުފް މާނިޢު މުޙައްމަދުގެ ފަރާތުން ޖަވާބެއް ލިބިފައިނުވާ ކަމަށްބުނެ، ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާކަމަށް ބުނާ 666,000.00ރ (ހ ލައްކަ ފަސްދޮޅަސް ހަހާސް ދިވެހި ރުފިޔާ) ހޯދުމަށއެދް އިސްތިއުނާފުކުރި ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.
4އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ފައިސާއަކީ އެއްބަސްވުމުގެ ދަށުން ދައްކާފައިވާ ފައިސާއަކަށްވާތީ، އެ ފައިސާ އަނބުރާ ދައްކަން ނުޖެހޭކަމަށްބުނެ ޔޫސުފް މާނިޢު ސިވިލް ކޯޓުގައި ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ.
ސިވިލް ކޯޓުން ނިންމިގޮތް
5އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "ދެންފަހެ، އިސްވެދިޔަ ނުކުތާތަކަށް ރިޢާޔަތްކޮށް، ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު -C 0350/2011)ގެ ފަރާތުން […] ޔޫސުފް މާނިޢު މުޙައްމަދު (ދ.ރ.ކ ނަންބަރު )ގެ މައްޗަށް ކޮށްފައިވާ މިދަޢުވާ ބިނާކޮށްފައިވާ އަސާސް ކަމުގައިވާ Misrepresentation ގެ އުންސުރުތައް ފުރިހަމަވެފައިވާކަން ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގައި ސާބިތުކޮށްދެވިފައިނުވާތީވެ، ދަޢުވާގައި ހޯދުމަށްއެދިފައިވާ -666,000/ރ. (ހަސަތޭކަ ފަސްދޮޅަސް ހަހާސް ދިވެހި ރުފިޔާ) ދަޢުވާލިބޭ […] ޔޫސުފް މާނިޢު މުޙައްމަދުގެ ކިބައިން ނަގައިދެވޭނެތަނެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
6ސިވިލް ކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށްބުނެ، ލައިފް ސަޕޯޓްގެ ފަރާތުން ހުށަހެޅި 2 (ދޭއް) ނުކުތާއާއި، އިސްތިއުނާފު ނުކުތިތަކގެ ތަފު ސީލާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
7"އެލައިޒާ މެޑިކަލް ސެންޓަރ"އެވެ ކިޔާ ކްލިނިކު ވިއްކުމާ ގުޅޭގޮތުން 01 ފެބްރުއަރީ 2018 ދުވަހު ވެވުނުއެއްބަސްވުމަށް އިސްތިއުނާފުކުރާ ފަރާތް ވެއްދުމުގައި ހަޤީޤަތް އޮޅުވލާފައިވާތީ، އެ އެއްބަސްވުނ ބާޠިލުކޮށް، އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، Misreperesentation ގެ އުންސުރުތައް ފުރިހަމަ ވެފައިވާކަން ސާބިތު ކޮށްނުދެވޭކަމަށ ސިވިލް ކޯޓުން ނިންމަވާފައިވަނީ، އެއްބަސްވުމަށް ވަނުމުގައ އިސްތިއުނާފުކުރި ފަރާތުން ބަރޯސާވެފައިވާ ކަންތައްތަކާއި، އެއްބަސްވުމަށް ވަނުމުގައި އެއްފަރާތުން އަނެއް ފަރާތާއި ޙިއްޞާކޮށް ދައްކާ ވާހަކަތަކާއި، ވާ އަހުދުތަކަށް އެއްބަސްވުމަށް ޢަމަލު ކުރުމުގައި ބުރަދަންދެވޭ ދިނުމުގެ ޤާނޫނީ އުސޫލަށް ރިޢާޔަތް ކުރެއްވުމެއްނެތި، އަދި އިސްތިއުނާފުކުރާ ފަރާތުގެ ހައްޤު އެކުއެކީ ގެއްލިގެންދާނެގޮތަށް، އަދި އަދާލަތުގެ ހަމަތަކުން އިސްތިއުނާފުކުރާ ފަރާތަށް ލިބިދެވޭނެ މިނިމަމް ރެމެޑީތަކަށްވެސް ބެއްލެވުމެއްނެތި ކަމަށެވެ.
1.7. 01 ފެބްރުއަރީ 2018 ދުވަހު އެއްބަސްވުމުގައި އިސްތިއުނާފުކުރާ ފަރާތުން ސޮއިކުރިފަހުން، އެއްބަސްވުމާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މަޢުލޫމާތަކީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތުކަން އެނގުމުން، އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން 14 މރިޗާ 2018 ދުވަހު ނޯޓިސް ފޮނުވާފައިވާއިރު، އެކަމަށް ޗެލެންޖްކޮށް ފިޔަވަޅެއް އަޅާފައި ނުވުމުގެ އިތުރުން، ޔޫސުފް މާނިޢު މުޙައްމަދުގެ ފަރާތުން އެ ނޯޓިސްއަށް ޖަވާބެއްވެސު ދީފައިނުވާކަމަށެވެ. އަދި އިސްތިއުނާ ފ ރައްދުވު ފަރާތުގާ މި ޢަމަލާއި، ނޯޓިސްގެ މުއްދަތު ހަމަވުމުން އިސްތިއުނާފުކުރާ ފަރާތުން ތަން ހުސްކުރުމުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އެކަމާގުޅިގެން ފިޔަވަޅެއް އަޅާފައިނުވުމަކީ، އެކަމަށް ރުހޭކަނ ނުވަތް "Tacit acceptance" ކަމުގައި ބެލެވޭނެކަމަށެވެ.
2.7. ޔޫސުފް މާނިޢުގެ ފަރާތުން ހުށަހެޅި "މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް" އަކީ އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމަށް އައުމަށްޓަކައި ބަރޯސާވި ލިޔުމެއްކަމަށެވެ. އެ ލިޔުމަކީ މުޢާމަލާތަށް ވަނުމުގެގޮތުން ދީފައިވާ ޕްރޮޕޯސަލްއެއް ނޫންކަމުގައި ބެލިނަމަވެސް، އިސްތިއުނާފުކުރާ ފަރާތުންގަތް ވިޔަފާރި ދެނެގަތުމަށާއި ތަނުގެ ވެލިއު ކަނޑައެޅުމުގެ ބޭނުމަށް ދީފައިވާ ޕްރޮޕޯސަލް އެއްކަމަށެވެ. އަދި މި ޙާލަތުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުމާއި އަނގަބަހުން ހުށަހަޅާފައިވާ ކަންކަމަކީވެސ އެއްބަސްވުމަށް ވަނުމުގައި "ފޭސްވެލިއުގއި" ބަރޯސާވި މަޢުލޫމާތުކަމަށް، އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ އަޑުއެހުމުގައި ބުނެފައިވެއެވެ.
3.7. ބުނެވިދިޔަ ޕްރޮޕޯސަލްގައި، 2,251,679.45ރ (ދެ މިލިއަން ދެލައްކަ ފަންސާސް އެއްހާސް ހަސަތޭކަ ހަތްދިހަ ނުވަ ދިވެހި ރުފިޔާ ސާޅީސް ފަހެއް ލާރި)އަށް އެލައިޒާ މެޑިކަލް ސެންޓަރ އަގުކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ޢައްޔަނުކުރި އިންޑިޕެންޑަންޓް ސަރވޭޔަރު އެތަނުގެއަގަކީ 534،438.00ރ (ފަސްލައްކަ ތިރީސް ހަތަރުހާސް ހަތަރު ސަތޭކަ ތިރީސް މި މައްސަލައިގައި 19 ސެޕްޓެމްބަރ 2019 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގެ މަހުޟަރު ބަޔާން. އަށެއް ދިވެހި ރުފިޔާ)ކަމަށް ބުނެފައިވާތީ، އެ ޕްރޮޕޯސަލްއަކ ޤާނޫނީ ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 61 ވަނަ މާއްދާއާއި 12 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، އެއްބަސްވުން ބާޠިލު ކުރިކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައި ވާނެކަމަށެވެ.
4.7. ބުނެވިދިޔަ ޕްރޮޕޯސަލްއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ޕްރޮޕޯސަލްއެއް ކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތުގެ ބޭނުމަށް ޕްރޮޕޯސަލްއެއް ހުށަހަޅާފައި ނުވާނެކަމަށާއި، އެ ލިޔުމަށް ބަރޯސާވާނ ނުޖެހޭކަމަށް ޔޫސުފް މާނިޢު ބުނެފައިވާއިރު، އެ ޕްރޮޕޯސަލް އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި އޮންނަންޖެހޭ އެހެން ސަބަބެއް ނެތްކަމަށެވެ.
5.7. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއްގެ މައްޗަށް ބަރޯސާވެގެން އެއްބަސްވުމެއްގައި ބައިވެރިވެއްޖެނަމަ، އެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޙަޤީޤަތް އޮޅުވާލައިގެން ބައިވެރިވާ އެއްބަސްވުމަކީ އަމިއްލަ އިޚްތިޔާރުގައި ބައިވެރިވި އެއްބަސްވުމެއް ކަމުގައި ނުބެލެވޭނެކަމަށާއި، އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށްވާ އެއްބަސްވުމަކީ، އެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބާޠިލު ކޮންޓްރެކްޓެއް ކަމަށެވެ. އަދި މި ޙާލަތުގައި، އޮސްޓްރޭލިއާގެ Saleh v Ramanous [2010] 274 NSWCA ޤަޟިއްޔާގައިވާ ޕްރޮމިސޮރީ އެސްޓޮޕެލްގެ އުޞާލަށް ރިޢާޔަތް ކުރަންޖެހޭކަމަށާއި، އެއްބަސްވުން ނިމުމަކަށް ގެނައުމުން، އެއްބަސްވުމަށް އައުމުގެކުރިން އެއްބަސްވުމުގެ ބައިވެރިން ކުރިން ތިބިޙާލަތަށް ރުޖޫޢަ ކުރަންޖެހޭކަމަށާއި، އެގޮތުން މީގެފަހުން ކޮންޓްރެކްޓާބެހޭ ޤާނޫނުކަމަށް ބުނެފައިވާ. އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ 666,000.00ރ (ހަ ލައްކަ ފަސްދޮޅަސް ހަހާސް ދިވެހި ރުފިޔާ) އިސްތިއުނާފުކުރާ ފަރާތަށް އަނބުރާ ދޭންޖެހޭކަމަށެވެ.
6.7. ސިވިލް ކޯޓުގެ ނިންމެވުމުގައި، އެއްބަސްވުމަށް ވަނުމުގެކުރިން އެލައިޒާ މެޑިކަލް ސެންޓަރު އަގުމަގުކުރަން ފުރުޞަތު ލިބިފައިވާކަން އެނގެން އޮތުމުން، އިސްތިއުނާފުކުރާ ފަރާތާ "މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް" ހިއްސާ ކޮށްފައިވާކަމަށް ޝަރީޢަތަށް ބެލެވޭ ޙާލަތުގައިވެސް، misrepresentation Actionable އެއް އޮތްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ނުބެލެވޭނެކަމަށް ނިންމަވާފައިވަނީ، އޮސްޓްރޭލިއާގެ Saleh v Ramanous [2010] NSWCA 274 ޤަޟިއްޔާގައިވާ އުޞޫލާ ޚިލާފަށްކަމަށެވެ. އެގޮތުން، މި މައްސަލައިގައި "މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް" ގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ފުރިހަމަ ކޮށްދޭންޖހެ ވަޢުދު ތަކަކަށްވާއިރު، އެކަންކަން ފުރިހަމަކޮށްފައި ނެތުމަކީ ޙަޤީޤަތް އޮޅުވާލައި، ނުރަނގަޅު މަޢުލޫމާތު ދިނުންކަމަށް ބެލެވޭނެކަމަށެވެ.
8"އެލައިޒާ މެޑިކަލް ސެންޓަރ"ގައި ޑރ. ޝަޒްމާ އަބްދުﷲ މަސައްކަތް ކުރާނކަމަށްބުނެ، އެކަމުގެ ޔަޤީންކަން އިސްތިއުނާފު ރައްދުވާ ފަރާ ތުން ދީފައިވީނަމަވެސް، ޑރ. ޝަޒްމާ އަބްދުﷲއަކީ އެލައިޒާ މެޑިކަލް ސެންޓަރުގެ ވަޒީފާއެއްގައި އުޅުނު ފަރާތެއްކަމުގައިވާތީ، ވަޒީފާގައި ދެމިހުންނާނެކަމުގެ ޔަޤީންކަމަކީ ޑރ. ޝަޒްމާ އަބްދުﷲ ފިޔަވައި އެހެން ފަރާތަކަށް ދެވޭނެ ޔަޤީންކަމެއް ނޫންކަމަށް ޝަރީޢަތުން ނިންމާފައިވަނީ promissory estoppel ގެ އުޞޫލުތަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް އޮންނަ ޒިންމާއށަ ބެއްލެވުމެއް ނެތިކަމަށާއި، އަދި މި ނުކުތާ ސާބިތު ކުރުމަށްޓަކައ ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެންގެވުމެއްނެތި ކަމަށެވެ.
1.8. މެސިވް ޑައިނަމިކްސްގެ ޕްރޮޕޯސަލްގައި، ޑރ ޝަޒްމާ ޢަބްދުﷲ އެލައިޒާ މެޑިކަލް ސެންޓަރުގައި މަޑުކުރާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އަދި ޑރ. ޝަޒްމާ ޢަބްދުﷲއަކީ އެ މެޑިކަލް ސެންޓަރުގެ ޢާމްދަނީގެ ބޮޑުހިއްސާއެއްއޮތް ފަރާތެއްކަމށްވެފައި، އެލައިޒާ މެޑިކަލް ސެންޓަރުގައި ޑރ. ޝަޒްމާ ޢަބްދުﷲ މަސައްކަތް ކުރާނެކަމަށް ޔޫސުފް މާނިޢު ވަޢުދު ވެފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން އެލައިޒާ މެޑިކަލް ސެންޓަރު ގަތުމުގެ ކުޑަދުވަސްކޮޅެއ ފަހުން ޑރ. ޝަޒްމާ ޢަބްދުﷲ ވަކިވެފައިވާކަމަށެވެ. އިސްތިއުނަފުކުރާ ފަރާތަށް އެލައިޒާ މެޑިކަލް ސެންޓަރުގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ލިބިފައިނުވާކަމަށާއި، އެ ޙާލަތުގައި ވަޒީފާ އަދާކުރާ ފަރާތްތަކާ ގުޅޭގޮތުން ހުށަހަޅާ ކަންކަމަކީ ޙަޤީޤަތަށްވުމުގެ އިތުރުން، އެ މައްޗަށް ބަރޯސާ ވާނެކަމަށް ހުށަހަޅާފަރާތުން ބލަނަ ޖެހޭނެކަމަށެވެ.
2.8. މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެދުވަސްވަރުގައި ޔޫސުފް މާނިޢު މުޙައްމަދއަކު ޑރ. ޝަޒްމާ ޢަބްދުﷲ ގެ ފިރިމީހާ ކަމަށާއި، އަދި އަނބިމީހާ ވަޒީފާއަދާކުރާ ގޮތުގެމައްޗަށް ފިރިމީހާގެ ބާރުވެރިކަމެއް އޮންނާނެކަމަށް ވަކާލާތު ނުކުރައްވާކަމަށެވެ. އެހެންނަމަވެސް، އިސްތއުނާފި ކުރު ފަރާތުގެ ނަޒަރިއްޔާތުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމުގެ މައްޗަށް ބަރޯސާވުމަށް ބާރުލިބޭ އެކަށީގެވާ ޙާލަތްތަކެއް ހުރިކަމަށެވެ.
3.8. މި ކަންކަމަކީ ދެފަރާތުން އެއްބަސްވުމަކަށް އައުމުގައ އިސްތިއުނާފުކުރި ފަރާތުން ބަރޯސާވި ކަމެއްކަމަށްވާއިރު، މި މަޢުލޫމާތަކީވެސ ޙަޤީޤަތް ޚިލާފު ނުވަތަ މަކަރުވެރި ހުށަހެޅުމެއް ކަމަށްވާތީ، މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އޮޅުވާލުމެއް ކަމަށާއި، މިފަދަ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުންތަކެއް ކަމަށެވެ. “Dr Shazma Abdulla is the CEO of Massive Dynamics and she will manage the healthcare sector of MD until Eliza Medical Centre and Eliza Pharmaceuticals starts making reasonable profit”.
4.8. އެލައިޒާ މެޑިކަލް ސެންޓަރށަ އެކަށީގެންވާ ފައިދާއެއް ވަންދެން ޑރ. ޝަޒްމާ ޢަބްދުﷲ، އެ ސެންޓަރުގައި މައްސައްކަތް ކުރާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވަޢުދުވެފައިވާކަން ސާބިތުކުރުމަށާއި، އެ ސެންޓަރުގައި ޑރ. ޝަޒްމާ ޢަބްދުﷲ މަސައްކަތް ކުރާނެކަމުގެ ރެޕްރެޒެންޓޭޝަންއެއް ހުށަހަޅާފައިވާކަމާއި، އެ އެއްބަސްވުމަށް ވަނުމަށްޓަކައި އެ ހުށަހެޅުމުގެ މައްޗަށް ބަރޯސާ ވެފައިވާކަން ސާބިތު ކުރުމަށްޓަކައި ސިވިލް ކޯޓަށް ހެކިން ހުށަހަޅާފައިވާއިރު، އެ ހެކިން ޙާޟިރުކޮށް ހެކިބަސް ނަގާފައިނުވާ ހަރުދަނާ ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި ހެކިބަސް ނެގުނުނަމަ އިސްތިޢުނާފުކުރާ ފަރާތުގެ ހުށަހެޅުންތަކުގެ މައްޗަށް ބާރުލިބިދޭނެކަމަށް ދެކޭކަމަށެވެ.
9މި މައްސަލަ ބިނާވާ މައިގަނޑު އެއްމައުޟޫޢުއަކީ، އެއްބަސްވުމަށް ވަނުމުގެކުރިން، އަނގަބަހުން ހުށަހަޅާފައިވާ ކަންކަމާއި ބުނެވިދިޔަ ޕްރޮޕޯސަލްކަމަށެވެ. މި މައްސަލައިގައިވާ އެއްބަސްވުމުގެ ނަންބަރު
1.2.12 މާއްދާގައި، އެއްބަސްވުން މާނަކުރުމުގައި އެއްބްސްވުމަށް ވާސިލުވުމުގެ ކުރިން އަނގަބަހުން ހުށަހަޅާފައިވާ ކަންކަމަކީ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ބެލެވޭނެކަމަށެވެ.
8 7
10ދެފަރާތުގެ ދެމެދުގައި ލިޔުމުންވެވުނު އެއްބަސްވުމުގެ 6.5 ވަނަ މާއްދާއާއި 3 ވަނަ މާއްދާގައި “Entire Agreement” ކަމަށްބުނެ ކަންތައްތަކެއް ބަޔާންކޮށްފައިވާއިރު، މި އެއްބަސްވުން ތައްޔާރު “In this Agreement, unless the context otherwise requires: “1.2.12. references to agreement mean any agreement or commitment whether conditional or unconditional and whether by deed under, oral or otherwise.” މި މައްސަލައިގެ 01 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުމުގެ 6.5 ވަނަ މާއްދާގައި Entire Agreement ގެ ދަށުގައި ވަނީ:
6.5.1 This Agreement and each Transaction Document constitute the entire agreement and understanding between the Parties relating to the matters contemplated by this Agreement
6.5.2 This Agreement shall not be construed as creating any partnership or agency relationship between the parties. މި މައްސަލައިގެ 01 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުމުގެ 6.5 ވަނަ މާއްދާ އަށްފަހުއޮތް 3 ވަނަ މާއްދާގެ Entire Agreement ގެ ދަށުގައި ވަނީ: ކޮށްފައިވަނީ ވަކީލުން މެދުވެރިވެގެންކަމަށް ނުބެލެވޭކަމަށާއި، އެއްބަސްވުމުގެ ނަންބަރުތައް ތަރުތީބު ކުރުމުގައި އޮޅުންތަކާއި ފުށުއެރުން ހުރިކަމަށެވެ. އަދި އެއްމައުޟޫޢުއަކާ ގުޅޭގޮތުންއޮތް ދެ މާއްދާއާމެދު ކޯޓުން ގޮތެއް ނިންމުމަކާނުލައި، ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުން އެއްބަސްވުމަށް އަސަރުކުރާގޮތް ދެނެގަނެވޭނެކަމަށް ނުދެކޭކަމަށެވެ.
11އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ޖަވާބާ ގުޅިގެން އިތުރަށް ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައިއެވަނީއެވެ.
1.11. މި މައްސަލައިގައިވާ މުޢާމަލާތަކީ އިތުރު މީހުންގެ ބައިވެރިވުމާ ނުލައި ކުރިއަށް ގެންދެވުނު މުޢާމަލާތަކަށްވެފައި، ކަންހިނގާފައިވާގޮތް ސާބިތުކުރުމަށް ދަށުކޯޓުގައި ހުށަހަޅާފައިވާ ހެކިން ފިޔަވައި އިތުރު ހެއްކެއް ނެތްކަމަށެވެ. އަދި މި މައްސަލައިގައިވާ ޙާލަތުގައި ޑިރެކްޓަރުންގެ ހެކިބަސް ނެގޭނެކަމަށް ދެކޭކަމަށެވެ.
12މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.12. މި މައްސަލައިގައި އެންމެ ފުރަތަމަވެސް އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ފޮނުވީތޯއާއި މައްސަލަ ޙައްލުކުރަން މަސައްކަތް ކުރެވުންތޯ ޝަރީޢަތުން ސުވާލުކުރުމުން، ނޯޓިސް ފޮނުވިފަހުން އިސްތިއުނާފު ރައްދުވާ ފަރާތާ ވާހަކަ ދެކެވުނު ނަމަވެސް، މައްސަލަ ހައްލުވެފައި ނުވާކަމަށް ބުނެފައިވެއެވެ. This is the entire agreement between the parties. It replaces and supercedes any oral agreement between the parties, as well as prior writings.
2.12. މި މައްސަލަ ތަހުވީލުކުރުމަށް އެދިފައިވަނީ ކިހިނެތްވެގެންތޯ ސުވާލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުގެ ދަޢުވާ ސާބިތުކުރުމަށް ދަށުކޯޓުގައި ހުށަހަޅާފައިވާ ހެކިން ޙާޟިރު ކޮށްދީފއަ ނުވާތީކަމަށް ބުނެފައިވެއެވެ.
3.12. މި މައްސަލައިގައިވާ އެއްބަސްވުމަކީ އެއްވެސް މީހަކު ވިޓްނަސްކުރި އެއްބަސްވުމެއްތޯ ސުވާލުކުރުމުން، އެއްބަސްވުމުގައި ސޮއިކުރިއިރު ބަޔަކު ތިބިކަން އެނގެން ނެތްކަމަށް ބުނެފައިވެއެވެ.
4.12. އަނގަބަހުން ވެވުނުކަމަށްބުނ އެއްބަސްވުމުގައިވާ ކަންކަނާ ސާބިތުކުރުމަށް މިހާރު ހުށަހަޅާފައިވާ ހެކިން ފިޔަވައި އިތުރު ހެކިން ތިބޭނެތޯ ސުވާލުކުރުމުން، ކުންފުނީގެ ޑިރެކްޓަރުން ފިޔަވައި އިތުރު ހެކިން ނުތިބޭނެކަމަށް ބުނެފައިވެއެވެ.
5.12. އެއްބަސްވުމުގައި ބައިވެރިވުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން ސާފުކުރަން ބޭނުންވާކަމެއް ނުވަތަ ފަހުން ހެދިފަދަ ވެލުއޭޝަނެއް ހެދުމަށް ކުރިން ހުރަހެއް އޮތްކަމާމެދު ސުވާލުކުރުމުން، ހުރަހެއް އޮތްކަމަށް މަޢުލޫމާތު ލިބިފައިނުވާކަމަށާއި، އެއްބަސްވުމަށް ވާސިލުވީ ދެފަރާތުގެ ދެމެދުގައިއޮތް އިތުބާރުގެ ސަބަބުންކަމަށް ބުނެފައިވެއެވެ.
6.12. އިސްތިއުނާފުކުރާ ފަރާތުން ގަނެފައިވަނީ ކލިނިކެއް ކަމަށްވާއިރު، އެއީ ކުންފުންޏެއްތޯއާއި ކްލިނކި ރަޖިސްޓަރީ ކޮށްފައިވާގޮތާއި ބާވަތާމެދު ސުވާލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ގަނެފައިވަނީ އެލައިޒާ މެޑިކަލް ސެންޓަރުގެ ވިޔަފާރިއާއި ގުޑްވިލްއާއި މެޝީނަރީ ކަމަށާއި، ކްލިނިކުގެ ކޯޕަރޭޓް ސްޓޭޓަސް ނޭނގޭކަމަށް ބުނެފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ސިވިލ ކޯޓުގް ނަންބަރު 2056/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް ދެއްވުމަށާއި، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 01 ފެބްރުއަރީ 2018 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމަށް ވަނުމުގައި އިސްތިއުނާފު ރައްދަވާ ފަރާތުން ހަޤީޤަތް އޮޅުވާލާފައިވާ ކަމަށާއި، މި ސަބަބަށްޓަކައި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާއި ބެހޭ ޤާނޫނު)ގެ 16 ވަނަ މާއްދާ އާއި، 13 ވަނަ މާއްދާ އަދި 12 ވަނަ މާއްދާއާ ޙަވާލާދީ، ބުނެވެދިޔަ އެއްބަސްވުން ބާޠިލް ކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ނިންމާފައިވާ ނިންމުކަމީ ޤާނޫނިގޮތުން ބުރަދަންދެވޭނެ ނިންމުމެއް ކަމަށާއި، އެއްބަސްވުން ބާޠިލް ކުރި ދުވަހާ ހަމައަށް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާފއިވަ 666,000.00ރ (ހ ލައްކަ ފަސްދޮޅަސް ހަހާސް ދިވެހި ރުފިޔާ) އެކީ އެއްފަހަރާ އިސްތިއުނާފުކުރާފަރާތަށް ދެއްކުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަންގަވައި އަމުރުކޮށް ދެއްވުމަށްއެދި، މި މައްސަލައިގައި ޢަދުލިވެރި ނިންމެވުމެއް ނިންމަވައި ދެއްވުން، ނުވަތަ މި މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަހްވީލުކޮށް ދެއްވުމށްއަދެމެވެ." އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަ
14މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހު ގައި، އސްތިއުނާފި ނުކުތާތަކުގެ ޖަވާބއާ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.14. ޔޫސުފް މާނިޢު މުޙައްމަދުގެ ފަރާތުން "މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް" ނަމަކަށްކިޔާ ޕްރޮޕޯސަލްއެއް އިސްތިއުނާފުކުރާ ފަރާތަށް ހުށަހަޅާފައި ނުވާނެކަމަށާއި، އެ ލިޔުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމިއްލަ ބޭނުމަކަށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަމަށެވެ.
2.14. 01 ފެބްރުއަރީ 2018 ދުވަހު ވެވުނު އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި "މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް"އަށް ޙަވާލާދީފައި ނުވުމުން، އެއީ އެއްބަސްވުމުގެ ޖައުހަރީ ލިޔުމެއްކަމަށް ނުބެލެވޭނެކަމަށެވެ. އަދި އެ ލިޔުމަކީ މެސިވް ޑައިނަމިކްސ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމަކަށްވުމުން، އެ ލިޔުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ގުޅުންހުރި ލިޔުމެއްކަމަށް ނުބެލެވޭނެކަމަށެވެ.
3.14. މި ނިންމުމުގެ ނަންބަރު 7.1 ނުކުތާގައި ބުނެފައިވާ ފަދައިން، 14 މާރިޗް 2018 ދުވަހު ފޮނުވާފައިވާ ނޯޓިސްއަށް އިޢުތިރާޟު ނުކުރުމަކީ ނުވަތަ ފިޔަވަޅެއް އަޅާފައި ނުވުމަކީ، އެ ނޯޓިސްއަށް ރުހުން ނުވަތަ acceptance tacit ކަމަށްބަލައި، ނަތީޖާ އެއްގެގޮތުން އެއްބަސްވުން ބާޠިލުވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، 01 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުން ނިމުމަކަށް ގެނެވޭނެގޮތެއް އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
4.14. އެއްބަސްވުން ބާޠިލުކުރާ clause Termination އެއްނެތްނަމަ، ދިވެހިރާއްޖޭގެ ޤާނޫނާއި ބޭރުގެ ޤާނޫނު ތަކުގައިވެސް އެއްބަސްވުން ބާޠިލުކުރެވޭނީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވުމުން ނުވަތަ Material breach ގެޙާލަތް މެދުވެރި ވުމުންކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުނުވެ، އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުންމަތީ ދެމިހުންނަ ޙާލަތުގައި އެއްބަސްވުން ބާޠިލުވެސް ނުކުރެވޭނެ ކަމަށާއި އަދި Rescind ވެސް ނުކުރެވޭނެކަމަށެވެ.
5.14. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ޙަޤީޤަތް އޮޅުވާލުމާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ އަމިއްލަ އިޚްތިޔާރު ނެތުމާއި، އެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ބާޠިލު ކޮންޓްރެކްޓްގެ މަފްހޫމްތަކަކީ މި މައްސަލައާ ގުޅުންހުރި މާއްދާތަކެއް ނޫންކަމަށެވެ. ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމަށް ވާސިލުވީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އަމިއްލައަށް ބަލަން ބޭނުންވާ ކަންކަން ބެލުމުގެ އިޚްތިޔާރާއި ބާރުލިބި، އިސްތިއުނާފުކުރާ ފަރާތުން ބޭނުންވާ މިންވަރަށް އެކަންކަން ކުރުމަށްފަހު ކަމަށެވެ.
6.14. މީގެއިތުރުން، އެއްބަސްވުމުގެ ދަށުން އެލައިޒާ މެޑިކަލް ސެންޓަރ ހިންގުމާ އިސްތުއުނާފުކުރާ ފަރާތުން ޙަވާލުވުމަށްފަހު، އިސްތިއުނާފުކުރާ ފަރާތް އަންދާޒާ ކޮށްފައިވާ މިންވަރަށް ފައިދާނުވުމަކ އިސްތިއުނާފީ ރައްދުވު ފަރާތުން ޙަޤީޤަތް އޮޅުވާލުން ކަމަށްބަލައި، އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށްއޮތް އިލްތިޒާމުތަކުން ބަރީޢަވެވޭނެ ސަބަބެއް ނޫންކަމަށެވެ. އަދި އިނގިރޭސިވިލާތުގެ Bisset v Wilkinson (1927) AC 177 މައްސަލައިގައި، ޚިޔާނާތުގެ ޢަމަލެއް އޮތްކަމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާއިރު، ދަޢުވާކުރާ ފަރާތަށް ޝަރީޢަތުގެ މަޖިލީހުގައި އެކަން ސަބިތު ކޮށްނުދެވޭހައި ހިނދަކު، އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު ނުލިބޭނެކަމަށް ކަނޑައަޅާފައި ވާކަމަށެވެ.
7.14. ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރާއިރު، އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ 666,000.00ރ (ހ ލައްކަ ފަސްދޮޅަސް ހަހާސް ދިވެހި ރުފިޔާ) ޔޫސުފް މާނިޢު މުޙައްމަދުގެ ފަރާތުން އަނބުރާ ދައްކަން ނުޖެހޭކަމަށް ބަލަންޖެހޭކަމަށެވެ.
8.14. އިސްތިއުނާފުކުރާ ފަރާތުން އެލައިޒާ މެޑިކަލް ސެންޓަރު ގަތުމުގެ އެއްސަބަބަކީ ޑރ. ޝަޒްމާ ޢަބްދުﷲ އެލައިޒާ މެޑިކަލް ސެންޓަރުގައި މަޑުކުރާނެކަމށް އެއްބަސްވެ ވަޢުދު ވެފައިވާތަކަމަށް ބުނާއިރު، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި އެކަން ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން އެލައިޒާ މެޑިކަލް ސެންޓަރު ވިއްކާލިއިރު ޑރ. ޝަޒްމާ ޢަބްދުﷲއަކީ އެ ސެންޓަރުގެ މުވައްޒަފަކަށް ވާއިރު، އެ މެޑިކަލް ސެންޓަރުގައި ޑރ. ޝަޒްމާ ޢަބްދުﷲ ވަޒީފާ އަދާކުރުންމަތީ ދެމިހުރުމަށް އެދޭކަމުގައިވާނަމަ، އެކަމަކީ އިސްތިއުނަފުކުރާ ފަރާތާއި ޑރ. ޝަޒްމާ ޢަބްދުﷲއ ދެމެދާ ވާހަކަދައްކައިގެން ޙައްލުކުރަންޖެހޭ ކަމެއްކަމަށާއި، އެއީ ޔޫސުފް މާނިޢު މުޙައްމަދުގެ މަސްއޫލިއްޔަތެއް ނޫންކަމަށެވެ.
9.14. މީގެއިތުރުން، އެލައިޒާ މެޑިކަލް ސެންޓަރުގައި ޑރ. ޝަޒްމާ ޢަބްދުﷲ ވަޒީފާ އަދާކުރުމަކީ ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމުގެ precedent Condition އެއް ނުވަތަ އެއްބަސްވުމަށް ވާސިލުވުމުގެ ޝަރުޠަކަށް ނުވާއިރު، ޑރ. ޝަޒްމާ ޢަބްދުﷲ އެ ސެންޓަރުން ވަކިވުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ޒިއްމާ ޔޫސުފް މނިޢާ މުޙައްމަދު އުފުލަން ނުޖެހޭނެކަމަށެވެ.
10.14. އިސްތިއުނާފުކުރާ ފަރާތުން ޕްރޮމިސޮރީ އެސްޓޮޕެލްގެ ޤާނޫނީ މަފްހޫމްއަށް ރިޢާޔަތްކޮށް، އެއްބަސްވުމަށް ޢަމަލު ކުރަންޖެހޭނެކަމަށް ބުނެފައިވާއިރު، ދެފަރާތުގެ ދެމެމެދުގައި ވެފައިވާ އެއްބަސްވުމާ ގުޅުމެއްނެތް ލިޔުމެއްގައިވާ ކަންތައްތަކަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލު ނުކުރުމުގެ ސަބަބުން ޕްރޮމިސޮރީ އެސްޓޮޕެލްގެ އުޞޫލާ ޚިލާފުވިކަމަށް ނުބެލެވޭނެކަމަށެވެ.
11.14. ޕްރޮމިސޮރީ އެސްޓޮޕެލްގެ އުޞޫލު ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހެކިން ހުށަހަޅާފައިވާއިރު، އެ ހެކިންނަކީ މައްސަލައިގެ ޚަޞްމުން ކަމަށްވެފައި، މައްސަލައެއްގެ ޚަޞްމުންނަކ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކުގެ ދަށުން ޝަފަވީ ހެކިންގެ ގޮތުގައި ޙާޟިރުކެވޭނެ ބައެއްނޫންކަމަށެވެ.
12.14. އިނގިރޭސިވިލާތުގެ Attwood v Small (1838) UKHL J60 މައްސަލައިގައި، ދަޢުވާކުރާ ފަރާތުން އެސްޓޭޓްއެއް ގަތުމުގެ ކުރިން އެ އެސްޓޭޓްއާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި ހިސާބުތަށް ބެލުމަށްފަހުގަތް އެސްޓޭޓްއަކުނ ލިބުން ޢާމްދަނީ ކުޑަވުމުން ހުށަހެޅި misrepresentation ގެ މައްސަލައެއްގައި، އެއީ އެފަދަ ޙާލަތެއް ނޫންކަމަށް ކަނޑައެޅުމާއެކު، އެ ޙާލަތުގައި ދެފަރާތުގެ ދެމެދުގައިއޮތ ކޮންޓްރެކްޓް ރިސިންޑް ކުރާނެތަނެއް ނެތްކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ކަންހިނގާފައި ވާގޮތަށްބަލައި، 19 ސެޕްޓެމްބަރ 2019 ދުވަހުގެ މަހުޟަރު ބަޔާނުގައި، އިސްތިއުނާފުކުރާ ކުންފުނީގެ ޕްރޮފައިލް ޝީޓަށް ބަލާއިރު، ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މަރްޔމަ ރިސާ ވަސީމާއަކީ ލައިފް ސަޕޯޓުގެ މެނޭޖިންގ ޑިރެކްޓަރކަމަށާއި، އަދި އަޙްމަދު މައުމޫނަކީ ކުންފުނީގެ ޑިރެކްޓަރެއްކަމަށާއި، އެމީހުންނަކީ ކުންފުނީގެ އިސްމަޤާމު ތަކުގައިތިބ އަދި ކުންފުނިން މާލީފައިދާވާ ފަރާތްތަކަކަށްވެފައި، އެމީހުންނަކީ މައްސަލައިގެ ވާގިއާއެއ ސާބިތުކުރުމަށް ބަލައިގަނެވޭނެ ހެކިންކަމަށް ނުދެކޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ރިސިންޑް ކުރުމުގެ ޖާގައެއް ނެތްކަމަށް ދެކޭކަމަށެވެ.
13.14. އެއްބަސްވުމުގައި ފުށުއަރާ ދެ މާއްދާއެއް އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، އެ ކަންކަމަކީ ސިވިލް ކޯޓުގައި ދެކެވިފައިވާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެއްބަސްވުމަކީ ވަކީލުން ތައްޔާރުކުރި އެއްބަސްވުމަކަށް ނުވުމާއި، ފުށުއެރުންތައް ހުރުމަކީ އިސްތިއުނާފުކުރާ ފާރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަން ނުޖެހޭކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނޫންކަމަށެވެ.
15މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.15. މި މައްސަލައިގައި އެންމެ ފުރަތަމަވެސް އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ފޮނުވީތޯއާއި މައްސަލަ ޙައްލުކުރަން މަސައްކަތް ކުރެވުންތޯ ސުވާލުކުރުމުން، މި މައްސަލައިގައި އެންމެ ފުރަތަމަވެސް ލިބުނީ އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސްކަމަށާއި، ވާހަކަ ދައްކަން މައްސައްކަތް ކުރުމުން، އިތުރަށް ވާހަކަދެއްކޭނީ ވަކީލުން މެދުވެރިކޮށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
16އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ސ ވިލް ކޯޓު ނަންބަރު 2056/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިމައްސަލަ ނިންމަވައި ދެއްވުން އެދެމެވެ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
17މި މައްސަލައިގައި ކަންހިނގާފައި ވާގޮތަށް ބަލާއިރު، 01 ފެބްރުއަރީ 2018 ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ދެ ފަރާތުގެ މެދުގައި ޚިލާފެއްނެތެވެ.
18އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ހުށަހެޅުމަކީ، ލިޔުމުންވެފައިވ އެއްބަސްވުމުގާ ބޭރުން ޔޫސުފް މާނިޢު މުޙައްމަދުގެ ފަރާތުން ކަންތައްތަކެއް ހުށަހަޅާފައިވާކަމަށާއި، ހުށަހަޅާފައިވަނީ ޙަޤީޤަތް ނޫންކަމަށާއި، އެ ހުށަހެޅުމުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވެފައިވާކަމާއި، އަދި ޙަޤީޤަތާ ޚިލާފު ހުށަހެޅުމުގެ މައްޗަށް ބަރޯސާވުމުގެ ނަތީޖާއަކީ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމަކަށް ވުންކަމަށެވެ.
19އިސްތިއުނާފު ރައްދުވާ ފަރާތުގެ މައިގަނޑު ރައްދަކީ، ޙަޤީޤަތާ ޚިލާފު ކަންކަން ހުށަހަޅާފައި ނުވާނެކަމަށާއި، އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށާއި، އެއްބަސްވުމުގެ އިލްތިޒާމުތައް އިސްތިއުނާފުކުރާ ފަރާތުން އަދާކުރަންޖެހޭ ކަމަށެވެ.
20HN1މި ނިންމމުގު 10 ވަނަ ނުކުތާގައި، މުޅި އެއްބަސްވުމަށް ރިޢާޔަތް ކުރަންޖެހޭ ގޮތާމެދު ދައްކާފައިވާ ވާހަކަތަކީ، މި ނިންމމުގު ނަންބަރު 14.13 ނުކތު ގައި އިސްތިއުނާފާ ރައްދުވު ފަރާތުން ފާހަގަ ކޮށްފައިވާ ފަދައިން، ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅައި ބަހުސްކުރެވިފައިވާ ކަންކަމެއްނޫނެވެ. އެހެންކަމުން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 32 ވަނަ މާއްދާގައިވާ ޤާނޫނީ އުޞޫލަށް ރިޢާޔަތްކުރާއިރު، މުޅި އެއްބަސްވުން މާނަކުރުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް މި މަރުޙަލާގައި ގޮތެއް ނިންމޭނެކަމަކަށް ނުދެކެމެވެ.
21މައްސަލައިގެ ލިޔުން ތަކުން .002,200,000ރ (ދެ މިލިއަން ދެލައްކަ ދިވެހި ރުފިޔާ)ގެ އަގުހުރި އެއްބަސްވުމެއް ދެފަރާތުން ވެފައިވާކަމަށް ބެލެވޭއިރު، ގަނެ ވިއްކމުގު އެއްބަސްވުމުގައިވާ އެއްޗެއް ވިއްކުމުގެ ހައިސިއްޔަތު ދެފަރާތުންކުރެ އެއްވެސް ފަރާތަކުން ބަލާފައި ނުވުމަކީ މި ކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައިވާ ޤަޟިއްޔާގެ މައުޟޫޢުން ބޭރުގައިވާ ކަންކަމެވެ.
22HN201 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުމަކީ ވަކީލުންގެ އެހީތެރިކަމާނުލައި ތައްޔާރުކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، އެއްބަސްވުމުގައި ލިޔުމުގެ އައިބުތަކުގެ އިތުރުން ޤާނޫނީ ސުވާލުއުފެދޭ ކަންކަން ހުރިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، ވަކީލުން މެދުވެރިކޮށް އެއްބަސްވުމެއް ތައްޔާރުކުރުމުގެ އިޚްތިޔާރުއޮވެ، އެކަން ނުކުރުމުގެ ސަބަބަބުން ނުކުންނަ އެންމެހައި ނަތީޖާއަކާ ކުރިމަތިލާންޖެހޭނީ އެއްބަސްވުމުގެ ބައިވެރިންނެވެ.
23ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލައާ ގުޅިގެން ދަށުކޯޓުގައި ބަހުސްކުރެވިފައިވާ ދާއިރާއަށް ބަލައި، މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ސުވާލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.23. 01 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުމަށް ވަނުމަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުމެއް ހުށަހެޅިތޯ؟ އަދި
2.23. ބުނެވިދިޔަ ހުށަހެޅުމަކީ ޙަޤީޤަތާ ޚިލާފު ހުށަހެޅުމަކަށްވުމުގެ ސަބަބުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދގައިވ ޙާލަތާ އޮތްތޯ؟ އަދި
3.23. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ޙާލަތު އޮތުމުގެ ސަބަބުން، އެއްބަސްވުމަކީ އެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިސްތިއުނާފުކުރާ ފަރާތުގެ އިޚްތިޔާރުނެތި ވެވިފައިވާ އެއްބަސްވުމަކަށްވާތީ، އެ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފެށުނީއްސުރެ ބާޠިލު ކޮންޓްރެކްޓެއްތޯއެވެ.
އެއްބަސްވުމުގެ ކުރީގެ ހުށަހެޅުން
24HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި، މަދަނީ ޚުޞޫމަތްތަކުގައި ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންކަމަށް ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލަށް ރިއާޔަތްކުރާއިރު، މި މައްސަލައިގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިސްތިއުނާފު ރައްދުވާފަރާތުން ޙަޤީޤަތެއް އޮޅުވާލާފައިވާކަން ސާބިތުކޮށްދޭންޖެހޭނީ އިސްތިއުނާފުކުރާ ފަރާތުންނެވެ.
25HN701 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުމަށް ވާސލި ވުމުގެ ބޭނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުމެއް ހުށަހެޅިކަމަށް އިންކާރުކުރާއިރު، އެފަދަ ވާގިއާއެއ އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިން ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާކމަށަ އިސްތިއުނާފުކުރާ ފަރާތުން ޝަކުވާ ކޮށްފައިވާއިރު، އެ ހެކިންނަކީ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވެފައި، އެ ހެކިން ޙާޟިރުކުރުމާމެދ ސުވާލު އުފެދެއެވެ.
26HN4HN5އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތުގެ ހެކިންނަކީ ހަމަހަޤީޤަތުގައިވެސް ޙާޟިރު ކުރަންޖެހި، އެކަށީގެންވާ ސަބަބެއްނެތި ކޯޓުން ޙާޟިރު ކޮށްދީފައިނުވާ ހެކިންތޯ ބަލާއިރު، ތިރީގައިވާ ކަންކަން ފާހަގަކުރެވެއެވެ.
1.26. ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމަކަށް ވުމުގެއިތުރުން، އެފަދަ އެއްބަސްވުމަކީ ޤާނޫނު ގަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށް ވާންޖެހެއެވެ. ކޮންޓްރެކްޓެއް ފުރިހަމަވުމުގެ ބޭނުމަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ހުރުން ލާޒިމު ސިފަތަކުގެ ތެރޭގައި އެއްބަސްވުމުގައި ބައިވެރިވުމުގެ ޤާނޫނީ ޤާބިލުކަން ހުންނަންޖެހެއެވެ. އަދި އެކަމުން ނުކުންނާނެކަމަށް ބަލަންޖެހޭ ނުވަތަ އިފްތިރާޟުކުރެވޭ ޤާނޫނީ ނަތީޖާތަކެއްވެސް ހުރެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ.
2.26. އެގޮތުން، ބުއްދި ސަލާމަތުންހުރެ އަމިއްލަ އިޚްތިޔާރުގައި އެއްބަސްވުމެއްގައި ބައިވެރިވާ މީހުންގެ މައްޗަށް، Pacta sunt servada ނުވަތަ "އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން"ގެ ޤާނޫނަ އުޞޫލުގެ ދަށުން، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވާނެއެވެ.
3.26. މި މައްސަލައިގައިވާ އެއްބަސްވުމަށް ވާސިލުވުމުގެ ބޭނުމަށް ޔޫސުފް މާނިޢު މުޙައްމަދުގެ ފަރާތުން ހުށަހެޅިކަމަށްބުނާ ޕްރޮޕޯސަލްގެ "Company The" ސުރުޚީގެ ދަށުގައި، މެސިވް ޑައިނަމިކްސ ޕްރައިވެޓް ލިމިޓެޑްއަކީ ގްލޯބަލް ޑައިނަމިކްސ ޕްރައިވެޓް ލިމިޓެޑްގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށް ބުނެފައިވެއެވެ. އަދި އެ ކުންފުނީގެ ބިޒްނަސް ސެކްޓަރ 1 ގެ ދަށުގައި، އެލައިޒާ މެޑިކަލް ސެންޓަރ ހިމެނޭކަމަށް ބުނެފައިވެއެވެ. އަދި އެލައިޒާއަކީ ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި ނަމެއްކަމަށް ބުނެފައިވެއެވެ.
4.26. "މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް"ގައި ބަޔާން ކޮށްފައިވާގޮތުގައި، ޑރ. ޝަޒްމާ ޢަބްދުﷲއަކީ މެސިވް ޑައިނަމިކްސްގެ ސީ.އީ.އޯއެވެ. އަދި އެ ޕްރޮޕޯސަލްގައި ޔޫސުފް މާނިޢު މުޙައްމަދުގެ ނަން ނުވަތަ އެ ޕްރޮޕޯސަލްއާ އިސްތިއުނާފު ރައްދުވާފަރާތާ ގުޅޭގޮތެއް އެނގޭކަށްނެތެވެ.
5.26. ބުއްދި ސަލާމަތުނހުރް އަދި ރުހުމާއެކު އެއްބަސްވުމެއްގައި ބައިވެރިވާ ފަރާތެއްގެ ހައިސިއްޔަތުން، އެއްބަސްވުމުގެ ހުރިހާ ބައިވެރިންގެ މައްޗަށްވެސް ބުއްދީގެ ޢާއްމު ހަމަތަކާއި ވިޔަފާރިއެއްގައި ބައިވެރިވާ މީހަކު ޢާއްމުގޮތެއްގައި ޢަމަލުކުރާނެ ހަމަތަކުގެމަތިން ކަންކުރާނެކަމަށ ޤާނޫނީގޮތުން އިފްތިރާޟް ކުރަންޖެހެއެވެ. އެހެނީ، ސަބަބުވެރި މީހެއްގެ ޢާއްމު ވިސްނުމުގެ ގާބިލުކަންނެތް މީހަކީ ކޮންޓްރެކްޓެއްގައި ބައިވެރިވުމުގެ ޤާނޫނީ ހައިސިއްޔަތު އޮންނާނެ މީހަކަކަށް ނުވާތީއެވެ.
6.26. އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ޖުމްލަކޮށް ބަލާއިރު، އެލައިޒާ މެޑިކަލް ސެންޓަރު ވިއްކުމުގެ ޤާނޫނީ ހައިސިއްޔަތު ޔޫސުފް މާނިޢު މުޙައްމަދުގެ ކިބައިގައި އޮތްކަމާމެދު ސުވާލު އުފެއްދުމަކާނުލައި، އެއްބަސްވުމަށް ވާސިލުވުމުގެ ބޭނުމަށް "މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް"ގައިވާ އެއްވެސް ވާހަކައަކަށް އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވިކަމަށް ޤާނޫނީގޮތުން ބެލެވޭކަށްނެތެވެ. ސަބަބަކީ، މެސިވ ޑައިނަމިކް ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާގޮތުން، އެލައިޒާ މެޑިކަލް ސެންޓަރ ގުޅޭގޮތުން ޤާނޫނީ މުޢާމަލާތް ކުރުމުގެ ގާބިލުކަން ލިބިފައިވަނީ ކުންފުންޏަކަށެވެ. ޔޫސުފް މާނިޢު މުޙައްމަދަކަށް ނޫނެ ވެ.
7.26. "މެސިވް ޑައިނަމިކްސް ޕްރޮޕޯސަލް"އަކީ ޔޫސުފް މާނިޢު މުޙައްމަދު އިސްތިއުނާފުކުރާ ފަރާތަށް ދީފައިވާ ޕްރޮޕޯސަލްއެއްކަމަށ މަދަން މިންގަނޑުން ދަށުކޯޓުގައި ސާބިތު ކޮށްދިނުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް ވަކާލާތު ކުރާއިރު، އަދި އެ ޕްރޮޕޯސަލްއަކީ ޔޫސުފް މާނިޢު މުޙައްމަދު ހުށަހެޅި ޕްރޮޕޯސަލް އެއްކަމަށާއި އަދި އެ ލިޔުމުގައިހުރީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ކަމުގައި ވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން އެ ލިޔުމަށް ޙަޤީޤަތުގައިވެސް ބަރޯސާވިނަމަ، ވިޔަފާރި ވެރިއެއްގެ ހައިސިއްޔަތުން ޢާއްމު މިންގަނޑުން ބަލާއިރު، އެލައިޒާ މެޑިކަލް ސެންޓަރު ވިއްކުމުގެ ޤާނޫނީބާރ ޔޫސުފު މާނިޢު މުޙައްމަދުގެ ކިބައިގައި އޮންނާނެކަމަށް އިސްތިއުނާފުކުރާ ފަރާތަށް ބެލެވޭނެ ޤާނޫނީ އަދި ބުއްދީގެ ހަމައެއްވެސްނެތެވެ.
8.26. މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެންމެފަހުން ބޭއްވުނު އަޑުއެހުމާ ހަމައަށް، އެލައިޒާ މެޑިކަލް ސެންޓަރުގެ ވިޔަފާރީގެ ޤާނޫނީ ޠަބިއްޔަތަކީ ކޮބައިކަން ޚުދު އިސްތިއުނާފުކުރާ ފަރާތަށްވެސް ޝަރީޢަތަށް ބުނެދޭކަށް ނޭނގުނެވެ.
9.26. އިސްތިއުނާފުކުރާ ފަރާތުން 01 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުން ޔޫސުފް މާނިޢު މުޙައްމަދުއާއެކު ވެފައިވާކަމަށް އެއްދުލުން ބުނެފައި، "މެސިވް ޑައިނަމިކސް ޕްރޮޕޯސަލް"ގައި ބަޔާން ކޮށްފައިވާ ކަންކަމަށް ބަރޯސާވިކަމަށް ހަމައެދުލުން ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތަކަށް ނުބުނެވޭނެއެވެ. އަދި މިދެގޮތުންކުރެ ޙަޤީޤަތަކީ ކޮބައިކަން ބެލުމަށްޓަކައި ވިޔަފާރީގެ ޢާއްމު މިންގަނޑުން އެއްވެސް މަސައްކަތެއް އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާކަމަށް ބެލެވޭކަށްނެތެވެ.
10.26. ޢަދުލުގެ ނިޒާމުގެތެރޭގައ ލިޔެވިފައި ނެތްނަމަވެސް، ޤާނޫނީގޮތުން ގަބޫލުކުރާ ޢާއްމު ހަމަތަކެއްހުރެއެވެ. ކޮންމެ މީހަކަށް އެއިރަކަށް ފަހިވާގޮތަށް އަދި ހިތަށްއެރިއިރަކު ހިތަށްފެންނަ ގޮތަކަށް، ވާހަކަތައް ބަދަލުކުރުމުގެ ޙައްޤެއް ޝަރީޢަތުގައި ލިބިގެނެއްނުވެއެވެ. މިއީ، ޝަރީޢަތުގައި ތެދުބަހުން ވާހަކަދެއްކުމަށް ޚަޞްމުންނަށް އޮންނަ ޒިއްމާގެ ނަތީޖާއެކެވެ. އަދި ޝަރީޢަތުގައި ދޮގުހެދުމަކީ އެކަމަށް އަދަބު ކަނޑައަޅާފައިވާ ކަމަކަށްވެސް ވާތީއެވެ.
11.26. ބުނެވިދިޔަ ސަބަބުތަކަށްޓަކައި، 01 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުމުގެ ބޭނުމަށް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙަޤީޤަތާ ޚިލާފު ހުށަހެޅުމެއް ޔޫސުފް މާނިޢު މުޙައްމަދު ހުށަހަޅާފައިވޭ ތޯ، މި މައްސަލައިގެ ބޭނުމަށް އިތުރަށް ބަލަންޖެހޭފަދަ ޤާނޫނީ ސަބަބެއްނެތެވެ.
27އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ސާބިތުކުރުމަށް މަސައްކަތްކުރާ ވާޤިޢާއަކީ، މައުޟޫޢީ މައްސަލައިގެ ބޭނުމަށް ދަށުކޯޓުގައި ހެކިން ޙާޟިރުކޮށްގެން ސާބިތުކުރުމުގެ މަޞްލަޙަތުއޮތް ޙަޤީޤަތެއްނޫނެވެ.
ޙަޤީޤަތާ ޚިލާފު ހުށަހެޅުމުގެ ނަތީޖާ
28ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވަނީ ތިރީގައިވާ ގޮތަށެވެ. ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތު ކުރުމުން، އަނެކަކު އެކަކުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ހިންގީކަމަށް ބެލޭނެއެވެ.
29HN6ބުނެވިދިޔަ މާއްދާއަށް ބަލާއިރު، އެ މާއްދާގައިވާ "ޙަޤީޤަތާ ޚިލާފުކަމެއް" ދައްކަންޖެހެނީ އެއްބަސްވުމުގެ އެއްބައިވެރިއެއްގެ ފަރާތުން އަނެއް ބައިވެރިއަކަށެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ކަންކަން ތަޠުބީޤުކުރުމުގައި މި މައްސަލައިގައި ފުރިހަމަ ވާންޖެހޭ ފުރަތަމަ އަސާސީ އެއްޝަރުޠަކީ، އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވި ޙަޤީޤަތާ ޚިލާފުކަމަކީ ޔޫސުފް މާނިޢު މުޙައްމަދުގެ ފަރާތުން ހުށަހެޅި ކަމަކަށްވުމެވެ.
30މި ނިންމުމުގެ ނަންބަރު 26 އިން 29 އަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، "މެސިވް ޑައިނަމިކް ޕްރޮޕޯސަލް"އަކީ ޔޫސުފް މާނިޢު މުޙައްމަދު ހުށަހެޅި ލިޔުމެއްކަމަށް ޤާނޫނީގޮތުން ބެލެވޭކަށްނެތެވެ.
31ބުނެވިދިޔަ ސަބަބުތަކަށްޓަކައި، 01 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާފަދަ ޙަޤީޤަތާ ޚިލާފު އަދި އެ ސަބަބަށްޓަކައި، އެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމިއްލަ އިޚްތިޔާރުނެތި އުފައްދާފައިވާ އެއްބަސްވުމަކަށްވާތީ، އެ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ބަލަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތެވެ.
32ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، 01 ފެބްރުއަރީ 2018 ދުވަހުގެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމަކަށް ނުވާތީ، އެއްބަސްވުން ބާޠިލުވުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމުގެ ދަށުން ޔޫސުފް މާނިޢު މުޙައްމަދުއަށް ދައްކާފައިވާ 666,000.00ރ (ހ ލައްކަ ފަސްދޮޅަސް ހަހާސް ދިވެހި ރުފިޔާ) އަނބުރާ ދައްކަން ޖެހޭކަމަށް ކަނޑައެޅޭނެ ޤާނޫނީ ބިނާއެއްނެތެވެ.
މައްސަލަ ނިންމަން ފެންނަގޮތް
33އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން، މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 8C/201-Cv/2056 ޤަޟިއްޔާގައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
34މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
އިސްފަނޑިޔާރު ޙުސައިން ޝަހީދގު ރައުޔު
35މި މައްސަލައިގއަ ފަނޑިޔާރި ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ).
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ މުއްދަތު)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.