ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/383

ވެލްލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވ. ނޫރިދޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 31 ޖަނަވަރީ 2022ދަށު ކޯޓު: ސިވިލް ކޯޓު 4685/Cv-C/2018ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 4685/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

—

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
(1) ވެލްލޭންޑުން ހުށަހެޅި ދެ ޝަފަހީ ހެކިން ޙާޟިރުނުކޮށް މައްސަލަ ނިންމުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއްތޯ؛ (2) ދަށުކޯޓުގައި ނުނަގާ، އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއްކަމުގެ ދިފާޢު (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 އަދި 17 ވަނަ މާއްދާ) އިސްތިއުނާފު މަރުޙަލާގައި ބެލޭނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޚަޞްމުންނަށް ޤާނޫނު ހުއްދަކުރާ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތު އުޞޫލެއްގެ ގޮތުން ޝަރީޢަތުން ތަނަވަސްކޮށްދޭންވާނެއެވެ. އެ ފުރުޞަތު ނުދީ ޚަޞްމު އެ ޙައްޤުން މަޙްރޫމުކުރުމަކީ މައްސަލަ އިސްތިއުނާފުކުރެވިދާނެ ޤާނޫނީ ސަބަބެކެވެ.

HN2 ހުށަހަޅާ ކޮންމެ ހެއްކަކީ މައްސަލައާ ގުޅުންހުރި ހެއްކަކަށް ނުވެދާނެތީ، ސާބިތުކުރަންޖެހޭ ކަމަކާ ގުޅުމެއް ނެތް ނުވަތަ ޙާޟިރުކުރުމުން އިތުރު ނަތީޖާއެއް ނުނިކުންނާނެ ހެކިން ޙާޟިރުނުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ގުޅުންހުރި ހެކިތަކާއި ގުޅުންނެތް ހެކިތައް ދަނެގަނެ، ހެކި ހުށަހަޅާފައިވަނީ ކޮންކަމެއް ސާބިތުކުރުމަށްކަން ބަލައި، ބަލައިގަނެވޭނެ ހެކިތަކާއި ޙާޟިރުކުރަންޖެހޭ ހެކިން ކަނޑައަޅާނީ މައްސަލަ ބަލާ ފަނޑިޔާރު ކަމަށްވާއިރު، އެއީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ.

HN3 ޚަޞްމު ހުށަހެޅި ހެކި ބަލައިނުގަތުމަށް ނުވަތަ ހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމައިފިނަމަ، އެގޮތަށް ނިންމި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށް، އެ ސަބަބަކީ އެކަށީގެންވާ ރަނގަޅު ސަބަބަކަށް ވާންޖެހޭނެއެވެ.

HN4 ހެކިން ޙާޟިރުނުކުރުމަށް ދަށުކޯޓުން ނިންމި ނިންމުން ބިނާކުރި އަސާސް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފުވާ ގޮތެއް، ނުވަތަ ބަޔާންކޮށްފައިވާ ސަބަބަކީ ރަނގަޅު ސަބަބެއް ނޫންކަން، އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައި ނުވާނަމަ، ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ދަށުން ކުރި އެ ނިންމުމަށް ބަދަލު ނުގެނެވޭނެއެވެ.

HN5 އެއްބަސްވުމުގައި ނޯޓިސްތަކާއި އެދޭ ކަންތައްތައް އަންގަންވާނީ ކަނޑައެޅިފައިވާ އެޑްރެހަށް ލިޔުމުން ކަމަށް ބަޔާންކޮށްފައިވާއިރު، ކުއްޔަށް ދިން އުޅަނދު ބޭނުންނުކުރެވޭ ޙާލަތުގައި އޮތްކަން ފޯނުން އެންގިކަމަށް ބުނުމަކީ، އެއްބަސްވުމުގައިވާ ގޮތަށް ލިޔުމުން އެކަން އަންގާފައިވާކަން ނޭނގޭ ޙާލަތުގައި، ހެކިން ޙާޟިރުކުރަންޖެހޭ ސަބަބެއް ނޫނެވެ.

HN6 ޤާނޫނު ނަންބަރު 22/2010 ގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށްވާތީ، ދަށުކޯޓުގައި ނަގާ ވާހަކަދެއްކުމުގެ ފުރުޞަތު ލިބިހުރެ ނުނަގާ ދިފާޢެއް ނުވަތަ ނުކުތާއެއް (މިސާލަކަށް، އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއްކަމުގެ ދިފާޢު) އިސްތިއުނާފު މަރުޙަލާގައި ބަލައެއް ނުގަނެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ · ތާއީދުކުރެއްވީ: ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ސިވިލ ކޯޓުގު ނަންބަރ 4685/Cv-C/2018 ޤަޟިއްޔާނިންމާފައިވަނ ޝަރުޢީ އަދި ޤާނޫނ އުޞޫލުތަކ ޚިލާފަށާ ކަމަށް ބުނެ، އ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދް ވެލްލޭންޑ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް )މީގެފަހުން މި ރިޕޯޓުގައި، "ވެލްލޭންޑް" މިފަދައިން އިޝާރާތްކުރެވިފައިވާ( ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނި ބަލާފައިވާޤަޟިއްޔާއެކެވެ. މ ޤަޟިއްޔާގައި އިސްތިއުނާފުރައްދުވ ފަރާތަކީ،ނޫރިދޫ މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑި )މީގެފަހުން މި ރިޕޯޓުގައި، "ނޫރިދޫ" މިފަދައިން އިޝާރާތްކުރެވިފައިވާ( އެވެ. މައްސަލާގައި ކަންހިނގާފައިވާ ގޮތް:

2ނޫރިދޫގެ ފަރާތުންވެހިކަލްތަކެއް ވެލްލޭނޑަށ 22 އެޕްރީލް 2018 އިން ފެށިގެން ކުއްޔަށްދިނުމާ ބެހޭގޮތުން މި ދެ ފަރާތުގެ ދެމެދު 21 އެޕްރީލް 2018 ގައި އެއްބަސްވުމެއް ހެދުނެވެ.

3ދެފަރާތުން އެއްބަސްވެފައިވަނީ،ކޮންމެ އުޅަނދަކަށިމަސައްކަތްކުރާ ކޮންމެ ދުވަހަކަށް ކުލީގެ ގޮތުގައި 9,000.00 ރ.)ނުވަހާސް ރުފިޔާ( ގ ރޭޓުން ވެލްލޭންޑުން ނޫރިދޫއަށް ދިނުމަށެވެ.

4ވެލްލޭންޑުނ ވެހިކަލް ބޭނުންކޮށްގެން 19 ދުވަހު މަސައްކަތް ކޮށްފައިވާތީ ކޮންމެ ދުވަހަކަށް 9,000.00ރ. )ނުވަހާސް ރުފިޔާ( ގެ މަގުން ޖުމލް 171,000.00ރ. )އެއްލައްކ ހަތްދިހަ އެއްހާސް ރުފިޔާ( ގ ތެރެއިން، މަސައްކަތް ނުކޮށް ހުރި 4 ދުވަހަށް، ކޮންމެ ދުވަހަކަށް 9,000.00 ރ. )ނުވަހާސް ރ ފިޔާ( ގ ރޭޓުން 36,000.00ރ. )ތ ރ ސ ހަހާސް ރުފިޔާ( އާއި ޑުރައިވަރުގ މުސާރައިގެ ގޮތުގައި ދުވަހަކަށް

500.00ރ. )ފަސްސަތޭކަ ރުފިޔާ( ގެ ރޭޓުން ޖެހޭ 9,500.00ރ . )ނުވަހާސް ފަސްސަތޭކަ ރުފިޔާ( އުނިކުރުމުން ބާކީވާ 125,000.00 ރ. )އެއްލައްކަ ފަންސަވީސްހާސް ރުފިޔާ( ވެލްލޭޑުގެ ފަރާތުނ ދައްކަންޖެހޭކަމަށް ނޫރިދޫއިނ ބަޔާންކޮށް ވެލްލޭންޑަށ 13 ޖޫން 2018 ގައި އިންވޮއިސް ފޮނުވިއެވެ.

5އަދި ކުލީގެ ފައިސާ ދެއްކުމަށް ވެލާލޭންޑަށް އ ންގައި ނޫރިދޫގެ ފަރެތުން މެއިލްވެސް ކޮށްފައިވެއެވެ. ނަމަވެސް މި ދަޢުވާ ސިވިލް ކޯޓަށް ހުށަހެޅުމާ ހަމައަށްވެސް އ ފައިސާ ވެލްލޭންޑުގެ ފަރާތުން ދައްކާފައި ނުވެއެވެ. ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ:

6ސިވިލް ކޯޓުގެ ނަންބަރ 4685/Cv-C/2018 ޤަޟިއްޔާގައ ހުށަހެޅި ދަޢުވާއަކީ،ނޫރިދި އްއާ ވެލްލޭނުޑ ދެމެދު 22 އޭޕްރީލް 2018 ގައް ވެހިކަލްތަކެއ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ހެދި، އެ އެއްބަސްވުމުގެ ދަށުނު ވެލްލޭންޑަން ނޫރިދޭ އަށް ދައްކަންޖެހޭ 125,000.00 ރ. )އެއްލައްކަ ފަންސަވީސްހާސި ރުފިޔާ( ހޯދުމަށެ އެދް ނޫރިދޫގެ ފަރާތުން ވެލްލޭންޑުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުނ ނިންމގޮތި :

7ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ، ނޫރިދޫގްފަރާތުނެ ވެލްލޭން ޑުގެ މައްޗަށް ދަޢުވާކުރި ފައިސާގެ ތެރެއިން 117,000.00 ރ.)އެއްލައްކަ ސަތާރަހާސް ރުފިޔާ( އަކީ އުޅަނދުގެ ކުލީގެ ގޮތުގައެ ވެލްލޭން ޑުގެ ފަރާތުނަނޫރިދަ އާ ށ އަދާކުރަންޖެހޭ ފައިސާއެއްކަން މަދް ނ މިންގަނޑުން ޝަރީޢަތަށް ސ ބިތުވާކަމަށ ކަނޑައަޅައި، އެފައިސާ 22 މެއި 2019 އިން ފެށިގެން 30 )ތިރީސް( ދުވަސް ތެރޭގައި ދެއްކުމަށް ވެލްލޭނެ ޑަށް އަންގައެއެގޮތުގ މަތިންނެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް:

8ސިވިލް ކޯޓުގެ ނަންބަރު 4685/Cv-C/2018 ޤަޟިއްޔާގައިނިންމާފައިވ ނިންމުނާ ޝަރުޢީ އަދ ޤާނޫނީ އުޞޫލުތަކެޚިލާފިކަމަށް ބުނެ، އްޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދެވެލްލޭންޑުގ ފަރާތުނ

02 )ދޭއް( ނުކުތާ ހުށަހަޅައި އެނުކުތާތަކާއްބެހި ގޮތުން ދިވެހިރާއޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ؛

8.1. މ މައްސަލާގައި ދަޢުވާއިން ދިފާޢުވުމަށް ވެލްލޭންޑުގް ފަރާތުނަސިވިލިކޯޓަށް ހުށެހެޅި ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމާފައިވަނީ ޤާނޫނީ އުޞޫލަތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅ ނުކުތާއެވެ.

8.2. މައްސަލަ ނިންމުމުގައިވެލްލޭނީޑުގަފަރާތުނ ފައިސް ދެއްކުމަށް އަމުރުކޮށްފައިވަނ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއްގެ ދަށުން ކ މަށްވާ މުން އެއެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ވެލްލޭންޑުގެ ފަރާތުން ހައިކޯޓުގައި އެދުނު ގޮތް:

9އިސްތިއުނާފީ ނުކުތާތަކާއި އޭގެ ތަފްޞީލު ބަޔާންކޮށް، ވެލްލޭންޑުގެ ފަރާތުން ހުއިކޯޓުގައި އެދިފައިވަނީ، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރ 4685/Cv-C/2018 ޤަޟިއްޔާގައި ސިވިލް ކޯޓުނާ ކޮށްފައިވް ޙެ ކުމް ބާޠިލުކޮށްދީ، އެ މައްސަލް ގައި ނޫރިދޫއިނ ހޯދުމަށް އެދުން ފައިސާއަކީ ވެލްލޭންޑުގ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމުގައި ކަނޑައަޅައި، އެގޮތުގެމަތިން މިމައްސަލ ނިންމައިދިނުމަށެވެ. . އިސްތިއުނާފީ ނުކުތާތަކުގެ ތަފް ޞލު، އިސްތިއުނާފު ފޯމުގެ 8.1 އަދި 8.2 ގެ ދަށުން ބަޔާންކޮށްފައި ވުމުގެ އިތުރުން މި މައްސަލި ގެ އަޑުއެހުމުގައި ބަޔާންކޮށްދީފައވެއެވެ. ނޫރިދޫގެ ފަރާތުން ހައިކޯޓުގައި އެދުނު ގޮތް:

10އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ހުށަހަޅައި، ނޫރިދޫގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރ 4685/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ހައިކޯޓުން ޖަވާބުދޭންޖެހޭ ނުކުތާތައް:

11ވެލްލޭންޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށާއި އެ ދެ ނުކުތާގެ މައްޗަށ ބިނާކޮށް ދެފަރާތުން ދައްކީ ފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މި މައްސަލާގައި ހައިކޯޓުން ޖަވާބުދޭންޖެހެނ އަންނަނިވި ދެ ނުކުތާއަށެވެ؛

11.1. ވެލްލޭންޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމާފައުވަނ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާއި ޚިލާފަށްތޯ؟

11.2. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއްކަމަށް މ މައްސަލާގައި ހައިކޯޓުން ކަނޑައެޅިދާނެތޯ؟ ވެލްލޭންޑުގެފަރާތުނ ހުށަހެޅް ހެކިންގެ ހެކިބަސް ނުނެގުމަށް ސިވިލް ކޯޓށ ނިންމް ނިންމުން:

12HN1ޚަޞިމުންގް ފަރާތުން ޝަރީޢަތަށް ހުށަހަޅަން ބޭނުންވާ،ޤާނޫނު ހުއްދަކުރާ ހެކިތަކާއުދަލީލުތައ ހުށަހެޅުމުގަ ފުރަޞް ތ ޚެ ޞުމުންނަށް ފަހިކޮށްދޭންވާނެކަމާއި، އެ ފުރުޞަތު ނުދީ އ ޙައްޤް ން ޚަޞަމުނ މ ޙްރޫމެކުރުމަކ މައްސަލީ އިސްތިއުނާފުކުރެވިދާނެ ޤާނޫނީ ސަބަބެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގ ނަންބަރ 2010/SC-A/02 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަނ ބަލާއިރް އެނގެނު އޮވެއެވެ. . ނޫރިދޫގެ ފަރާތުން ހުށަހެޅި ޖަވާބުގެ ތަފްޞީލު، ޖަވާބު ފޯމގު 4 ވަނަ ނަންބަރުގެ ދަށުން ބަޔާންކޮށްފައި ވުމުގެ އިތުރުން މިމައްސަލައިގ އަޑުއެހުމުގައި ބަޔާންކޮށްދީފައވެއެވެ. ވުމާއެކު، ޝަރީޢަތަށް ޚަޞްމުންގެ ފަރާތުން ހުށަހަޅާ އެންމެހައި ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތު އުޞޫލެއްގެ ގޮތުން ޝަރީޢަތުގެ ފަރާތުން ތަނަވަސްކޮށްދީފައި އޮންނަންވާނެކން އެނގެއެވެ.

13HN2ނަމަވެސް، ހުށަހަޅާ ކޮންމެ ހެއްކަކީ މައްސަލައާ ގުޅުންހުރި ހެއްކަކަށް ނުވެ ހިނގައިދާނެއެވެ. މައްސަލައެއްގައ ހުށަހަޅި ހެކިންގެ ތެރެއިން އެމައްސަލައެއްގައި ސާބިތުކޮށްދޭންޖެހޭ ކަމަކާ ގުޅުމެއްނެތް އަދި އިހެކިނިޙާޟް ރުކުރުމަކުން ނުކުންނާނެ އިތުރު ނަތީޖާއެއް ނެތް ހެކިނި ޙާޟަރުނުކުރުމާއ އަދި މައްސިލައެއްގައ ހުށަހަޅި ހެކިނެޙާޟްރުކުރުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނަ ޙާލަތެއްގައި އިހެކިނ ޙާޟރނުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ގުޅުން ނެތް ހެކިން ޙާޟިރުކޮށް ޝަރީޢަތުގެ ވަގުތު ނގައިލުމަކ ކުރަންޖެހޭނީ ކަމެއްނޫނެވެ. ވުމާއެކު، ޚަޞްމުންގެ ފަރް ތުން ހުށަހަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި ހެކިތަކާއި ގުޅުންނެތް ހެކިތައިދަނެގަނެ، އަދި ހެކިތައް ހުށަހަޅާފައިވަނީ ކޮންކަމެއް ސާބިތުކުރުމަށްކަން ފަނޑިޔާރު ބަލަންވާނެއެވެ. އަދި އެކަންކަން ވަޒަންކުރުމަށްފަހު، ޝަރީޢަތުގެ ފަރާތުން ބަލައިގަނެވޭނެ ހެކިތަކާއި ބަލައިނުގަނެވޭނެ ހެކް ތަކުގެ އިތުރުން، ޝަރީޢަތަށުޙާޟރިކުރަންޖެހޭ ހެކިންނާއި،ޙާޟާ ރެނުކުރެވޭނެ ހެކިން ކަނޑައަޅާނީ އެ މައްސަލައެއް ބަލާ ފަނޑިޔާރެވެ. އ ބާރަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ.

14HN3ޚަޞްމަކު ޝަރީޢަތަށް ވަކި ހެކިތަކެއް ހުށަހަޅާފައިވާނަމަ ނުވަތަ ވަކި މީހަކު ނުވަތަ ބަޔަކު ހެކިންގެ ގޮތުގިއުޙާޟާ ރްކޮށްދިނުމަށް އެދިފައިވީނަމަ، ފަނޑިޔާރަށް ލިބިގެނެވާ، ބަޔާންކުރެވިދިޔަ ތަޤްދީރް ބާރުގެ މައްޗަށި ބިނާކޮށް، ޚަޞްމު ހުށަހެޅި ހެކިތަކުގެ ތެރޭގައި ބަލައިގަނެވެނ ނެތް ހެކް ހުރިނަމަ، ނުވަތަ ވ ކ ހެއްކަކ ނުވަތު ހެކިނުޙާޟެ ރކުރަންޖެހޭކަމަށް ނުފެނުނުނަމަ، އެކަން އެފަދައިން ނިންމި ސަބަބު، އ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަބްދުﷲ އަނީސް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ )2019/HC-A/216( ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 19 ވަނަ ނަންބަރު ބަލާ! މައްސަލައެއްގެ ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓުގައި ފާހަގަކޮށް ބަޔާންކށްފައޮ އޮންނަންވާނެއެވެ. އަދ އފަދައިނ ނިންމް ސަބަބަކީ އެކަށީގެންވާ ރަނގަޅު ސަބަބެއްކަމުގައިވެސް ވާންޖެހޭނެއެވެ.

15މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ވެލްލޭންޑުގެ ފަރާތުން ހުށަހެޅި "ހެކިންގެ ލިސަ ޓް" ގައި ދާ ޢވާއިނ ދިފާޢުވުމަށް ހުށަހަޅް ޝަފަވީ ހެކިންގެ ގޮތުގައި، 02 )ދޭއް( ހެއްކަކު ހުށަހަޅާފައިވެއެވެ. އެއީ؛

1. ޢަބްދު ﷲ އަބޫބަކުރު، ނަބީޒގެ.

2. އާދަމް ސަޢީދު، ދޭލިޔާގެ. މި ދެ ހެކިންވެސް ވެލްލޭންޑުގެ ފަރާތުން ހުށަހަޅާފައިވަނީ، "ކުއްޔަށް ދޫކުރި ވެހިކަލްތައް ހުރީބޭނުންކުރެވ ޙާލަތުގައި ނޫންކަނު ސާބިތުކުރުމަށް" އެވެ. ވެލްލޭންޑުގެ ފަރާތުން ހުށަހެޅި ހެކިންގެ ލިސްޓުގައި، ހެކިންގެ ފަރާތނ ސާބިތުކުރުމަށް ބޭނުންވާ ކަމަކީ ނުވަތަ ނުކުތާގެ ގޮތުގައި ބަޔާންކޮށްފައިވާ ގޮތަކީ މިއެވެ.

16ސިވިލ ކޯޓުން ފާހަގަކޮށްފައިވަނީ، ނޫރިދޫއް ން ކުއްޔަށްދޫކުރި އުޅަނދުތައް ހުރީ މަސައްކަތް ކުރުމަށް އެކަށީގެންވާ ރަނޭ ގަޅެ ޙާލަތެއްގައި ނޫންކަމަށް ވެލްލި ންޑުގެ ފަރާތުން ބުނެފައިވާއިރު، މި ދެ ފަރާތުގެ ދެމެދުގައި 21 އެޕްރީލް 2018 ގައި ވެފައިވާ އެއްބަސްވުމަކީ 22 އެޕްރީލް 2018 އިނާ ފެށިގެން އެ އެއްބަސްވުމުގައި ބުންއުޅަނދުތައް ވެލްލންޑަށް ކުއްޔަށިދިނުމަށ ވެފައިވް އެއްބަސްވުމެއްކަމަށާއި،މ މައްސަލާގައި ކުރް ވުނު ދަޢުވާއަކީ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރި އުޅަނދުތަކުގެ ތެރެއިން 01 )އެކެއް( އުޅަނދަށް 20 މެއި 2018 އިން ފެށިގެން 07 ޖޫން 2018 އަށި ހިނގާފައިވާ މުއްދަތުގެ ކުއްޔާ ގުޅާ ދަޢުވާއެއްކަމަށެވެ. އެހެންކަމުން، އެ އުޅަނދަކީ ކުއްޔަށް ދޫކުރި ތާރީޚް ކަމުގައވ 22 އެޕްރީލް 2018 އިން ފ ށިގެނ 20 މެއި 2018 އަށި ފާއިތުވެ ދިޔަ މުއްދަތުގައި މަސައްކަތުގައި ބޭނުންކުރި . ދިވެހިރާއްޖޭގެ ހައިކޯޓުގެމުޙައްމަދ ސަޢީދު ވ. ޤާސިމް އިބރާހީމ )2011/HC-A/192( ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ )ނ (. އަދ ދިވެހިރާއްޖޭގެ ހައިކޯޓުގ ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢާއިޝަތު އިބްރާހީމް )2017/HC-A/145( ޤަޟިއްޔގާ ފާހަގަކުރެވުނު ނުކުތާތަކގ 3.4 ގ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެމަޢު ނ މުޙައްމަދް ވ. އިބްރާހީމް މުޢިއްޒު އަދި އެހެން ފަރާތްތައް ) 2019/HC-A/25( ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3.10 ގައި މިކަންކަން މިފަދައިން ފާހަގަކޮށްފައިވެއެވެ. އުޅަނދެއްކަމަށް ބަލަންޖެހޭކަމަށާއި އެކަމާމެދު ސުވާލު ނުއުފެދޭކަމަށެވެ. އަދި އެ ސަބަބަށްޓަކައި، ނޫރިދޫއިނ ކުއްޔަށް ދޫކުރި އުޅަނދުތަކަކީ އެ އުޅަނދުތައިކުއްޔަށް ދޫކުރިއިރު، މަސައްކަތްކުރުމަށ ބޭނުންނުކުރެވޭ ޙާލަތެއްގައި ހުރު އުޅަނދުތަކެއްކަމަށް ވެލްލޭންޑގެ ފަރާތުން ބުނާ ބުނުމަކީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާވެފައިވާ ބުނުމެއް ނޫންކަމުގައެވެ.

17އަދި ވެލްލޭންޑުގެ ފަރާތުން ހުށަހެޅި، ބަޔާންކުރެވިދިޔަ ދެ ހެކިން ޙާޟިރުނުކުރުމަށް ސިވިލް ކޯޓުނ ނިންމާފައިވާއިރު، އެކަމުގެ ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ސިވިލ ކޯޓާން ފާހަގަކޮށްފައިވަނީ، ހެކިން ހުށަހެޅީ، ކުއްޔަށް ދޫކުރި ވި ހިކަލްތައ ހުރް ބޭނުންކުރެވޭ ޙ ލަތުގައި ނޫންކަން ސާބިތުކި ށްދިނުމަށް ކަމަށްވާއިރު، ވެލްލޭންޑުގެ ފަރާތުން ހެކިން ހުށަހަޅާފައިވަނީ، މަސައްކަތުގައި ބޭނުންކުރަނިކޮށ އުޅަނދެއް ހަލާކުވެ ބޭނުންނުކުރެވޭ ޙާލަތަކަށް ދިޔަކަން ސާބިތުކޮށްދިނުމަށް ނޫންކަމަށާއި، ނަމަވެސް، ދެފަރާތުގެ ދެމެދުގައި 21 އެޕްރީލް 2018 ގައި ވެވުނު އެއްބަސްވުމުގްދަށުން ވެހިކަލްތައ ކުއްޔަށް ދޫކުރިއިރުވެސް އެ އުޅި ނދުތައ ހުރް ބޭނުންނުކުރެވޭ ޙާލަތެއްގައިކަން ސާބިތުކޮށްދިނުމަށްކަނ އެނގޭކަމަށެވެ. އަދި އެކަން އެފަދައިން އެނގެން އޮތުމާއެކު، އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރި އުޅނދުތަކަކ 22 އޭޕްރީލް 2018 އިން ފެށިގެން 20 މެއި 2018 ގެ ނިޔަލަށް ހިނގި މުއްދަތުގައި މަސައްކަތްކުރުމުގައި ބޭނުންކުރަމުންދިޔަ އުޅަނދެއްކަމާމެދި ސުވާލެނުއުފެދޭކަމަށެވެ. އަދި އެސަބަބަށްޓަކައި ވެލްލޭންޑުގެ ފަރާތުން ޝަފަހީ ހެކިންގި ގޮތުގައެހުށަހެޅި ފަރާތްތައް ޙާޟްރުކޮށް އެފަރާތްތަކުގެ ހެކިބަސް ޝަރީޢަތުން ހޯދަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ.

18HN4ވެލްލޭންޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި މި ނުކުތާއާ ގުޅިގެން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ވެލްލޭންޑުން ބަޔާންކޮށްފައިވަނީ، ވެލްލންޑުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގައި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާކަމަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ އެފަދައިން ހުށަހަޅާފައިވަނީ، . ސިވިލް ކޯޓުން މި މައްސަލައިގެ ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ )ރ(. . ސިވިލް ކޯޓުން މި މައްސަލައިގެ ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ )ކ.( އެފަދައިން ސިވިލް ކޯޓުން ނިންމފައިވާތީކަމުގައެވެ. ނަމަވެސް، ސިވިލް ކޯޓުން ހެކިން ހާޟިރުނުކުރުމަށް ނިން މި ނިންމުން ބިނާކުރި އަސާސް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ނުވަތަ އަސާސަކާ ޚިލާފުވާ ގޮތެއް ބަޔާންކޮށްދެވިފައި ނުވެއެވެ.އަދި ހެކިން ޙާޟިރުނުކަރުމަށ ނިންމް ސަބަބު ސިވިލް ކޯޓި ގެ ނިންމުމުގާއ ތަފްޞީލުކޮށް ސާފުކޮށްދީ، ބަޔްންކޮށްދީފައިވާއިރު، އެ ސަބަބަކީ ރަނގަޅު ސަބަބެއް ނޫންކަންވެސް ޤަބޫލުކުރެވި ހަމައަކުން ވެލްލޭންޑުގެ ފަރާތުން މިކޯޓުގައ ބަޔާންކޮށްދެވިފައި ނުވެއެވެ.

19HN5އަދި ވެލްލޭންޑުގެ ފަރާތުންމ ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި، ހަ ކިން ހުށަހެޅީ، ކުއްޔަށް ދޫކުރި އުޅަނދުތައް ހުރް ބޭނުން ނުކުރެވޭ ޙާލަތުގައިކނު ބަޔާންކުރުމަށާއި، އަދި އުޅަން ދަތައް ޙަ ވާލުކުރުމަށ އުޅުމުން ނޫރިދޫއިން އުޅީނދުތަކި ޙަވާލުނުވިކަން ސާބިތުކޮށްދިނުމަށްކަމަށާއި، އުޅަނދުތައް ހުރި ބޭނުންނުކުރެވޭ ޙާލަތުގައިކަން ފޯނުން ގުޅައި ނޫރިދޫއަށް އެންގި ކަމަށ ފާހަގަކޮށްފައެ ވާއިރު،ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގ 12 ވަނަ މާއްދާއަށް ބަލާއިރު، ދެވޭ ނޯޓިސްތަކާއި އެދޭ ކަންތައްތައް އަންގަންވާނީ ކަނޑައެޅިފައިވާ އެޑްރެހަށް ލިއުމުން އަދި މެއިލްއިންކަން އެނގެއެވެ. އަދި މި މައްސަލޭ ގައި ހިމެނާ އުޅަނދަށް ކުލި ދައްކާފައި ނުވަނީ، އެ އުޅަނދު ބ ނުންނުކުރެވޭ ޙާލަތުގައި އޮތުމުގެ ސަބަބުންކަމަށް ނޫރިދޫއަށ 14 ޖޫން 2018 ގައި އީމެއިލް މެދުވެރިކޮށް އަންގާފައިވާނެކަމަށް ބުނެފައިވާއިރު، އެފަދައިން އަންގާފައިވަނީ، ކުލި ނުދައްކައިގެން ކުލި ދެއްކުމަށް އަންގައި 13 ޖޫން 2018 ގައި ނޫރިދޫއިނ އިންވޮއިސް ފޮނުވުމުންކަން އެނގެއެވެ. އޭގެ ކުރިން، އެ އުޅަނދަކީ ކުއްޔަށް ދިންއިރު ބޭނުންނުކުރެވޭ ޙާލަތުގައި އޮތް އުޅަނދެއްކަމަށްބުނެ، އެއްބަސްވުމުގައިވާ ގ ތަށް ލިޔުމުން މުޢާމަލާތުކޮށް ނޫރިދޫއަށ އެކަން އަންގާފައިވާކަން އެނގެންނެތެވެ. . އިސްތިއުނާފު ފޯމުގެ 8.1 ގެ )ހ(. . އިސްތިއުނާފު ފޯމުގެ 8.1 ގެ )ނ( ގައި. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއްކަމަށް މި މައްސަލާގައި ހައިކޯޓުން ކަނޑައެޅިދާނެތޯ؟

20އިސްތިއުނާފި ދެވަނަ ނުކުތާގައި ވެލްލޭނެޑުގެ ފަރާތުން ބުނެފައިވަނީ، މައްސަލަ ނިންމުމުގައްވެލްލޭންޑުގ ފަރާތުން ފައިސް ދެއްކުމަށެ ސިވިލް ކޯޓުންއަމުރުކޮށްފައިވަނީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއްގެ ދަށުންކަމަށް ވުމުން، އެއެ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަން މާއްދާއާއިޚިލާފަށ ނިންމާފައިވާ ނިންމުމެއްކަމށެވެ.

21HN6މި ނުކުތާއަކީނޫރިދޫއިނ ހުށަހެޅް ދަޢުވާއަށް ވެލްލޭންޑުގެ ފަރާތުން ޖަވާބުދީ ސިވިލް ކޯޓަށް ހުށަހެޅ ޖަވާބު ފޯމުގައި ފާހަގަކޮށްފައިވާ ކަމެއްނޫނެވެ. އަދި ސިވިލ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ފާހަގަކޮށް، އެ ކަމާމދ ވާހަކު ދެކެވިފައިވާ ނުކުތާއެއް ނޫނެވެ.

22ދިވެހރާއްޖޭގި ކޯޓުތަކުގެ ޤާނޫނުގި 32 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައިއިސްތިއުނާފުކުރެވ މައްސަލު ތައޫ ބެލުމުގެ އާ ޞ ލ ކަނޑައަޅެފައިވާ މާއްދާއެކެވެ. އ މާއްދާގެ )ހ( ގައި ވަނަ؛ "ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ." މިފަދައިންނެވެ. މި މާއްދް އަށާ ބަލާއިރު،ޚަޞްމުންގެ ފަރާތުނެ ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާ ދިފާޢެއްއުޞޫލެއްގ ގޮތުނި އިސްތިއުނާފ މިމަރުޙަލާގައި ބަލައިނުގަނެވޭނެކަން އެނގެއެވެ. އަދިދަށ ކޯޓުގައު ފާހަގަކޮށް، ވާހަކަދެއްކުމަށް ފުރުޞަތު ލިބި،ދަށު ކޯޓަށް ހުށަހަޅާފައި ނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުނި މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ 11 10 މައްސަލާގައި ނިންމފައިވެއެވެ.އެ ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނުވަނީ ތާއިދަކޮށފއެވެ. . ޤާނޫނު ނަންބަރު 2010/22 . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ . . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ

23ވުމާއެކު، ބުނެވުނު އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާ ނުކުތާއެއްގެ މައްޗަށް ކަމަށް ވާތީ، އިސްތިއުނާފްމް މަރުޙަލާގައި މި ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތކޮށ ގޮތެއް ނިންމަންޖެހޭކަމަށް ނުދެކެމެވެ. ނިންމަން ފެންނަގޮތް:

24ވެލްލޭންޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދެ ހެކިން ޙާޟިރުނުކުރުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިފައިވާ ތަޤްދީރީ ބާރުގެ ދަށުންނެވެ. އެފަދައިން ނިންމު ސަބަބީ ސާފުކޮށްދީ، ތަފްޞާލުކޮށް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެ ސަބަބުގެ މައްޗަށް ބަލާއިރު، އެ ސަބަބު ބިނާކޮށްފައިވަނީ ރަނގަޅު އަސޭ ސެއްގެ މައްޗަށްކަން އެނގެއެވެ. މުޅި މައްސަލާގައް ކަނި ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، އެ އަސާސް ރަނގަޅު ނޫންކަމަށް ބަލަންޖެހޭ ސަބަބެއް ފެންނާކަށް ނެތެވެ. އަދި އެ އަސާސް ނުވަތަ އެ ސަބަބު ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސ ޚިލާފުވާގޮތެއް ވެލްލޭނޑުގެ ފަރާތުން ބަޔާންކޮށްދެވިފައި ނުވެއެވެ.

25މައްސަލަ ނިންމުމުގައިވެލްލޭންޑުގަފަރާތުނ ފައިސް ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއްގެ ދަށުންކަމެ ށ ވުމުން، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އިސްތިއުނާފީ ދެވިނ ނުކުތގާ ގޮތުގައެ ވެލްލޭންޑުގެ ފަރާތުން ހުށަހެޅި ނުކުތާއަކީ، ސިވިލް ކޯޓުގައިވެސް ފާހަގަކުރުމުގެ ފުރުޞަތު އޮތު ނުކުތާއަކަށިވާއިރު، ސިވިލް ކޯޓީގައި އެ ނުކުތާ ފާހަގަކޮށްފައި ނުވާތީ، އެ ނުކުތާއަކީ އިސްތިއުނާފީ މި މަރުޙަލާގައި ޝަރީޢަތުން ރިޢާޔަތްކޮށް ގޮތެއް ނިންމަންޖެހޭ ނުކުތާއެއްކަމަށް ނުފެނެއެވެ.

26އެހެންކަމުން، އިސްތިއުނާފުކުރެވިފައިމިވާ، ސިވިލް ކޯޓުގެ ނަންބަރު 4685/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް އޮތްކަމކަށް ނުފެނެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ