އަޙްމަދު ޖިހާދު ޢަބްދުﷲ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 552/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2021/SC-A/80 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖީ.އެސް.ޓީ އާއި ޖޫރިމަނާ ހޯދުމަށް މީރާއިން ކުރި ދަޢުވާގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނިންމުމެއް ނެތި މަދަނީ އަދަބު (ޖޫރިމަނާ) ނަގައިދެވޭނެތޯ؛ އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނުދިޔަ ކަމުގައިވިޔަސް ކޯޓު މަރުޙަލާގައި ޓެކްސް ދައްކާ ފަރާތަށް ޢަދަދާމެދު އިޢުތިރާޟުކުރެވޭނެތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި ބާޠިލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓެކްސް ޤާނޫނެއްގެ ދަށުން ކަނޑައަޅަންޖެހޭ މަދަނީ އަދަބު ކަނޑައަޅާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނިންމުމަކުން ކަމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ހަތްވަނަ ބާބުގައިވާ ކުށާއި އަދަބުގެ ތެރޭގައި ހިމެނޭ ފައިސާ ހޯދުމަށް މީރާއިން ދަޢުވާކުރާނަމަ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރެވޭ އެފަދަ ނިންމުމެއް އޮންނަން ޖެހޭ ކަމަށް.
HN2 ކޮމިޝަނަރ އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ދަޢުވާ ފޯމަކީ ނުވަތަ 'ދިވެހި ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިޔުމަކީ' މީހަކަށް މަދަނީ އަދަބު ކަނޑައެޅުމުގެ ގޮތުން ކޮމިޝަނަރ ނިންމާ ނިންމުމެއް ނޫން ކަމަށް.
HN3 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) އާއި ސުޕްރީމް ކޯޓު 2016/SC-A/23 ގެ ދަށުން، ޓެކްސްގެ ފައިސާ ހޯދުމަށް މީރާއިން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ޓެކްސް ދައްކާ ފަރާތަށް ޢަދަދާމެދު އިޢުތިރާޟުކުރުމާއި މައްސަލާގައި ހިމެނޭ އެހެން ކަންކަން ހުށަހެޅުމުގެ ފުރުޞަތު ސީދާ ޤާނޫނުން ލިބިދޭ ކަމަށް؛ އެހެންކަމުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނުދިޔަ ކަމުގައިވިޔަސް ދަޢުވާގައިވާ ފައިސާއަށް އިންކާރުކުރެވޭނެ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމުމަކީ 49 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއް ކަމަށް.
HN4 މީރާއިން ފައިނަލްކުރި އޮޑިޓް ރިޕޯޓު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ މުއްދަތުގައި ޓެކްސް ދައްކާ ފަރާތަށް ލިބުނުކަން ސާބިތުކުރުމަށް ހެއްކެއް ނެތްނަމަ، 42 ވަނަ މާއްދާގެ ދަށުން އިޢުތިރާޟުކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުޞަތު އޭނާއަށް ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށް.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞ ލަކާ ޚިލާފަށްކަމަށް ބުނެ ބ.ކެންދޫ/ ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲ ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރާ ތކަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓއެވެ.
3އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، މި މައްސަލައަކީ، ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)ގެ ދަށުން ބ.ކެންދޫ/ ގަދަގެ، އަޙްމަދު ޖިހާދު ޢަބްދު ﷲ، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ، ޖުމްލަ -/673،498ރ. (ހަލައްކަ ހަތްދިހަ ތިންހާސް ހަތަރުސަތޭކަ ނުވަދިހަ އަށް ރުފިޔާ) އާއި، ކަނޑައެޅިފައިވާ ތާރީޚަށް ޤާނޫނާއި އެއްގޮތްވާގޮތުގެ މަތީން ޓެކްސް ދައްކާ ފައި ނުވުމުން 11 ޖަނަވަރީ 2018 އާ ހަމައަށް ކޮށްފައިވާ ޖޫރިމަނާގެ ޖުމްލަ -/864،363ރ. (އަށްލައްކަ ފަސްދޮޅަސް ހަތަރު ހާސް ތިންސަތޭކަ ފަސްދޮޅަސް ތިންރުފިޔާ) އާއި އެކު މުޅި ޖުމްލަ -/1،537،861ރ. (އެއްމިލިއަން ފަސްލައްކަ ތިރީސްހަތްހާސް އަށްސަތޭކަ ފަސްދޮޅަސް އެކެއް ރުފިޔާ) އާއި، މި ދަޢުވާގައި ބަޔާންކޮށްފައިވާ ޓެކްސް ނެގޭ މުއްދަތުތަކާ ގުޅިގެން ދައްކަންޖެހޭ ޓެކުހާއި، ޓެކުހުގެ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 ވަނަ މާއްދާއާއި، 66 ވަނަ މާއްދާގެ ދަށުން އަރަމުންދާ ޖޫރިމަނާގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ބ.ކެންދޫ، […] އަޙްމަދު ޖިހާދު ޢަބްދު ﷲގެމައްޗަށ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދަޢުވާކޮށް ހުށައަޅާފައިވާ މައްސަލައެކެވެ.
ސިވިލް ކޯޓުން ނިންމި ގޮތް
4ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަ ކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައޭޗަށ ޝަރީޢަތުން ރިޢާޔަތްކޮށް ބެލާއިރު، ދަޢުވާލިބުބ.ކެންދޫ، ގަދަގ އަޙްމަދު ޖިހާދު ޢަބްދު ﷲ އަކީ، ޤާނ ނ ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކުސް ނެގުމުގެ ޤާނ ނ)ގެ 51 ވަނަ މާއްދާގެ ދަށުން، ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްގެ ގޮތުގައި 02 އޮކްޓބަރޯ 2011 ގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމާއި، މި ގޮތުން 11 ޖަނަވަރީ 2018 ނިޔަލަށް ޖީ އެސް.ޓީ ގެ ގޮތުގައި -/673،498ރ. (ހަލައްކަ ހަތްދިހަ ތިންހާސް ހަތަރުސަތޭކަ ނުވަދިހަ އަށް ރުފިޔާ) އާއި، އަދި މި ފައިސާ ދައްކަންޖެހޭ ތާރީޚުގައި ދައްކާފައި ނުވާތީ 03 އޮކްޓބަރޯ 2018 ގެ ނިޔަލަށް ޖ ރިމަނާގެ ގޮތުގައި -/941،920ރ. (ނުވަލައްކަ ސާޅީސް އެއްހާސް ނުވަސަތޭކަ ވިހި ރުފިޔާ) ދަޢުވާ ލިބޭ ބ.ކެންދޫ / ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހިފައި އޮންނަކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ދަޢުވާލިބޭ ބ.ކެންދޫ / ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲގެ ފަރާތުން ޖީ.އެސް.ޓީ އާއި ޖ ރިމަނާގެ ގޮތުގައި 03 އޮކްޓބަރޯ 2018 ގެ ނިޔަލަށް ދައްކަންޖެހޭ ޖުމްލަ -1,615,418/ (އެއްމިލިއަން ހަލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށާރަ ރުފިޔާ) އާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގޭ މުއްދަތުތަކާއި ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ބ.ކެންދޫ / ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲގެ ފަރާތުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ޚަލާޞްކުރުމާއި ހަމައަށް އަރަމުންދާ ޖ ރިމަނާގެ ފައިސާ އަކީ، ދަޢުވލިބާ ބ.ކެންދޫ / ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲގެ ފަރާތުން، ދަޢުވާކުރާ މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި، މި އެންމެހައި ފައިސާ ދަޢުވާކުރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދިނުމުގެ ގޮތުން މިއަދު 04 އޮކްޓބަރޯ 2018 އިން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ޚަލާޞްކުރުމަށް، ދަޢުވާލިބުނު ބ.ކެންދޫ/ ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲ އަށް އަންގައި، ޙުކުމް ކޮށްފީމެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ .
އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
5ޤާނޫނު ނަންބަރު 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށައެޅި ނުކުތާއެވެ.
6ޤާނޫނު ނަންބަރު 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޓެކްސްއެއް ނުވަތަ ޖރިމަނާއެއ ނުވަތް އެހެންވެސް ޢަ ދަދެއ ހޯދުމަށް ކޯޓުގައި ދަޢުވާކުރުމުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ ރަނގަޅު ޢަދަދެއް ނންކަމަށްވާނަމ ނުވަތަ އެ ޢަދަދަކާމެދު އިޢުތިރާޟްކުރާކަމަށް ވަނީނަމަ ނުވަތަ އެ މައްސަލަ އަލުން ބަލައިދިނުމަށް އެދޭނަމަ އެ މައްސަލައެއް ނިންމާތާ 90 ދުވަހުގެ ތެރޭގައި ލިބިގެންވާ އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ގެ ދަށުން އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޝަރީޢަތަށް ފާހަގަ ކުރެވުނު ކަންތައްތައް
7ބ.ކެންދޫ/ ގަދަގެ، އަޙްމަދު ޖިހާދު ޢަބްދު ﷲ އަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ޖީ.އެސް. ޓީ ދައްކަންޖެހޭ ފަރާތެއްގެ ގޮތުގައި 02 އޮކްޓޯބަރު 2011 ގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔއާއެކ ހުށަހެޅުނު ލިޔުންތަކަށް ބެލުމުން އެނގެއެވެ.
8ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާ ގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދަޢުވާކޮށްފައިވަނީ "...ދަޢުވާގައި ބަޔާންކޮށްފައިވާ ޓެކްސް ނެގޭ މުއްދަތުތަކާ ގުޅިގެނ ދައްކަންޖެހޭ ޓެކްހާއި، ޓެކުހުގެ ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް ޤާނ ނ ނަންބަރ 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 ވަނަ މާއްދާ އާއި 66 ވަނަ މާއްދާގެ ދަށުން އަރަމުންދާ ޖޫރިމަނާގެ ފައިސާ އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން އެއްފަހަރާ ހޯދުމަށެވެ." މިފަދައިންނެވެ.
9HN1ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގައި ޓެކްސް ޤާ ނނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކާ ގުޅޭގޮތުން، މި ބާބުގައި ކުށެއްކަމަށް ބަޔާންވެގެންވާ ކަމެއްކޮށްފިނަމަ، އެ ފަދަ ކަމެއް ކުށަކަށްވާނީ، އަދި އެކުށަށް އަދަބު ކަނޑައަޅާނީ، މި ޤާނޫނުގައިވާ ގޮތުގެ މަތީންނެވެ." ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ 67 ވަނަ މާއްދާގައި "ޓެކްސް ޤާނޫނެއްގެ ދަށުން ކަނޑައަޅަންޖެހޭ މަދަނީ އަދަބު ޤާނ ނ ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނ ނ) ކަނޑައަޅާނީ ޤާނޫނުގައިވާ ގޮތުގަ މަތިނެކޮމިޝނަރ ޖެނިރަލ އޮފް ޓެކްސޭޝަންގެ ނިންމުމަކުންނެވެ." ބަޔާންކޮށްފައި ވެއެވެ.
10ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާ ގައި މީރާގެ ފަރާތުން އެދިފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ ކުށާއި އަދަބުގެ ތެރޭގައި ހިމެނޭ ފައިސާތަކެއް ހޯދުމަށް ކަން އެނގެއެވެ. އެހެންކަމުން އެ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ދަށުން ކޮމިޝަނަރ އޮފް ޓެކްސޭޝަން ނިންމާ ނިންމުމެއް އޮންނަންވާނެކަން އެނގެއެވެ.
11HN2އިސްތިއުނާފު މިކުރެވޭ މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އެފަދަ އެއްވެސް ނިންމުމެއް ފެންނާކަށް ނެތެވެ. މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ ދައުވާ ފޯމުގައި ކޮމިޝަނަރ އޮފް ޓެކްސޭޝަން ސޮއިކުރުމުން އެއީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާ ގެ (ހ) ގައި ބަޔާންކުރާ އަދަބު ކަނޑައެޅުނީކަމުގައި ބެލެވޭނެކަމެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި ހިމެނޭ "ދިވެހި ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މޢު ލ މާތު ހިމެނޭ ލިޔުން" އކީވެސަ އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅިކަން އެނގޭނެ ލިޔުމެއްކަމުގައި ބުނެފައިވެއެވެ. ނަމަވެސް ދަޢުވާ ފޯމަކީ މީހަކަށް މަދަނީ އަދަބު ކަނޑައެޅުމުގެ ގޮތުން ކޮމިޝަނަރ އޮފް ޓެކްސޭޝަން ނިންމާ ނިންމުމެއް ނޫނެވެ. އަދި "ދިވެހި ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލ މާތު ހިމެނޭ ލިޔުން" އަކީވެސް އެފަދަ ނިންމުމެއްކަމަށް ދަލާލަތުކޮށްދޭ ލިޔުމެއްކަންވެސް އެނގޭކަށްނެ ތެވެ. އެހެންކަމުން އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ނިންމުމެއް ކޮމިޝަނަރ އޮފް ޓެކްސޭޝަން ކަނޑައަޅާފައިވާކަމަށް ބެލެވޭ އެއްވެސް ލިޔުމެއް ހުށަހެޅިފައި ނުވާކަމުގައި އަހުރެން ދެކެމެވެ.
12HN3ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގެ ދަށުން ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ، ރަނގަޅު ޢަދަދެއް ނންކަމަށްވާނަމ ނުވަތަ އެ ޢަދަދަކާމެދ އިޢުތިރާޒު ކުރާކަމަށް ވަނީނަމަ ނުވަތަ އ މައްސަލައެއް އަލުން ބަލައިދިނުމަށް އެދޭނަމަ އެ މައްސަލައެއް ނިންމިތާ 90 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ." ބަޔާންކޮށްފައިވެއެވެ.
13ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/23 ޤަޟިއްޔާގައި "އެހެނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ސާފު އިބާރާތުން، ދަރަނި ސާބިތުކުރުމަށް ޝަރުޢީ ކޯޓުތަކަށް މީރާއިން ހުށަހަޅާ މައްސަލަތަކުގައި، މީރާއިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދުކަމަށް ބުނެ ހުށަހަޅާ ޢަދަދުތަކާމެދު ބަހުސްކޮށް، އިޢުތިރާޒު ކުރުމުގެ އިތުރުން، މުޅި މައްސަލާގައި ހިމެނޭ އެހެނިހެން ކަންކަމާ ގުޅޭގޮތުން ޓެކްސް ދައްކާ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ސީދާ ޤާނޫނުން ލިބިދެވެއެވެ." ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާގައި މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓީން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެކަމެއް އިސްތިއުނާފުކުރުމަށް އެ ނިންމުން ނިންމިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގައި "މ މަރުޙަލާގައި މި ދަޢުވާގައިވާ ފައިސާއާމެދުގައި ޤާނޫނުގައިވާ ގޮތުން ބ.ކެންދޫ ގަދަގެ އަޙްމަދު ޖިހާދު ޢަބްދުﷲ އަށް އިންކާރުކުރެވޭނެ ހަމައެއް ނެތްކަމަށް " ނިންމާފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަން އެނގެއެވެ.
14HN4މީރާއީނ ނިންމް ނިންމުމަކާ މެދާ ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒު ކުރާނަމަ، އެ އެންގުން އެންގި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން މީރާއަށް ޓެކްސް ދައްކާ ފަރާތުން ލިޔުމުން އަންގަންވާނެކަމާއ އަދި އެލިޔުމުގައި އޭނާ އެކަމަށް އިޢުތިރާޒުކުރާ ސަބަބު ތަފްޞީލުކޮށް ބަޔާން ކުރަންވާނެކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ސިވިލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/23 ޤަޟިއްޔާގެ 59 ވަނަ ނުކުތާ ކޯޓުގެ ނަންބަރ 522/Cv-C/2018 ޤަޟިއްޔާގެ ރިޕޯޓުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު މީރާގެ ނަންބަރު: GSTA/PRIV/2014/5334-220 ޖީ.އެސްޓީ. އޮޑިޓާބެހޭ ލިޔުމުގައި "މި އޮތޯރިޓީން 02 އޮކްޓޯބަރު 2011 އިން 30 ޖޫން 2014 އަށް ކޮށްފައިވާ ތިޔަ ފަރާތުގެ ނަމުގައި ޓެކްސް ނެގޭ ޙަ ރަކާތްތަކުގެ ޖީ.އެސް.ޓީ އޮޑިޓާ ގުޅޭގޮތުން ތައްޔާރުކޮށްފަ އިވާ އޮޑިޓް ރިޕޯޓުގެ ދެލި ކޮޕީ ތިޔަފަރާތުގެ ކޮމެންޓަށް ފޮނުވީމެވެ." މި ފަދައިން ބަޔާންކޮށްފައިވެއެވެ. އަދި އެ ސިޓީގައި "އެ ރިޕޯޓާއި މެދު ކޮމެންޓެއް ވާނަމަ 30 ނޮވެންބަރު 2014 ގެ ކުރިން ތިޔަފަރާތުގެ ކޮމެންޓާއި، ހުށަހަޅުއްވަން ބޭނުންފުޅުވާ ލިޔުމެއް މި އޮތޯރިޓީއަށް ހުށަހެޅުމަށް އެދިފައިވެއެވެ." މި ސިޓީ އަޙް މަދު ޖިހާދު ޢަބްދުﷲ އަށް ރައްދު ކުރެވިފައިވަނީ 12 ޖެނުއަރީ 2015 ގައެވެ. އެހެންކަމުން އަޙްމަދު ޖިހާދު ޢަބްދުﷲ އަށް ދީފައިވާ ކޮމެންޓް ކުރުމުގެ މުއްދަތު ފާއިތުވެފައިވާކަން އެނގެއެވެ. ބަޔާންވެދިޔަގޮތަށ އަޙްމަދް ޖިހާދު ޢަބްދު ﷲ އަށް ސިޓީ ލިބުމުން އަޙްމަދު ޖިހާދު ޢަބްދުﷲގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށް އަޙްމަދު ޖިހާދު ޢަބްދު ﷲގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގައި ވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވެސް ބުނެފައިވެއެވެ. އެ ސިޓީ ލިބިފައިވާކަމަށް މީރާއިން ވެސް ބުނެފައިވެއެވެ. އެގޮތުން ކޮމެންޓް ކުރުމަށް ފޮނުވި އޮޑިޓް ރިޕޯޓުގައިވާ ވިޔަފާރިތައް ނުކުރާކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވާކަމަށް އަޙްމަދު ޖިހާދު ޢަބްދު ﷲގެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް އެ ސިޓީއަށް މީރާއިން ޖވާބަ ދިނުމަކާ ނުލައި އޮޑިޓް ރިޕޯޓު ފައިނަލް ކޮށްފައިވެއެވެ. ބަޔާންވެދިޔަ އޮޑިޓް ރިޕޯޓު ފައިނަލްކޮށް، އެ ރިޕޯޓު ވެސް އަޙްމަދު ޖިހާދު ޢަބްދު ﷲއާ ހިއްސާކޮށފައް ނުވާކަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން އަޙްމަދު ޖިހާދު ޢަބްދު ﷲ އަށް އެ ރިޕޯޓަށް އިޢުތިރާޟް ކުރުމުގެ ގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވެއެވެ. މ ރާއިނ އަޙްމަދް ޖިހާދު ޢަބްދު ﷲގެ ވިޔަފާރިތައް އޮޑިޓްކުރުމަށްފަހު ފައިނަލް ކުރި އޮޑިޓް ރިޕޯޓު އަޙްމަދު ޖިހާދު ޢަބްދުﷲ އަށް ފޮނުވާފައިވާކަމަށް ބުނެފައިވީނަމަވެސް އެކަން ސާބިތުކުރުމަށްޓަކައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ. އަދި ސިވިލް ކޯޓަށް އެ އޮޑިޓް ރިޕޯޓު ހުށަނާޅާކަމަށް މީރާއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީޤާނނުގ 44 ވަނަ މާއްދާ ގައި ބަޔާންކުރާ މުއްދަތުގައި އަޙްމަދު ޖިހާދު ޢަބްދު ﷲ އަށް އޮޑިޓް ރިޕޯޓު ލިބިފައިނުވުމާއި، އޭގެ ސަބަބުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އޮޑިޓް ރިޕޯޓާއި މެދު އެޕީލް ކުރުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް އަހުރެން ދެކެމެވެ.
15އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބ.ކެންދޫ/ ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރިޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާ އ، ހުށަހެޅިފައިވާ އެން މެހ ހެކާ ޤަރީނާތަކުގެ މައްޗަށް ބަލައި، ސިވިލް ކޯޓުގެ ނަންބަރު 522/Cv-C/2018 ޤަޟިއްޔގައާ ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް އަހުރެން ދެކެމެވެ. ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 522/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބ.ކެންދޫ/ ގަދަގެ، އަޙްމަދު ޖިހާދު ޢަބްދުﷲގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރިޢަތުގެ މަޖިލީހުގައި ދެފަރާތުން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ، 44 ވަނަ، 49 ވަނަ މާއްދާގެ (ށ)، 63 ވަނަ މާއްދާގެ (ށ)، 65 ވަނަ، 66 ވަނަ އަދި 67 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާ
- ސުޕްރީމް ކޯޓު 2016/SC-A/23 (59 ވަނަ ނުކުތާ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.