އިސްމާޢީލް ޝުޖާޢު ވ. އިސްމާޢީލް ރިޟާ، އަދި އިތުރު 2 ފަރާތެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2972/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހ.މާރަމްގެ ފަންގިފިލާ ކުއްޔަށް ދިނުމުގެ އަނގަބަހުން ވެވުނު އެއްބަސްވުމާ ގުޅޭ ކުރީގެ ޙުކުމްތަކެއް ހުރިއިރު، އެ ޙުކުމްތަކުގެ ފަހުން ތަނުގެ އަތުގެ ވެރިކަން (possession) ބަދަލުވުމާ ގުޅިގެން ހުށަހެޅި ދަޢުވާއަކީ ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން ކުރިއަށް ނުގެންދެވޭނެ ދަޢުވާއެއްތޯ؛ އަދި އިސްތިއުނާފީ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާތަކެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ނިންމުން ބާޠިލު، ދަޢުވާއާމެދު ގޮތެއް ކަނޑައެޅުމަށް ސިވިލް ކޯޓަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ރެސް ޖުޑިކާޓާގެ މަބްދައު ކުރީގެ މައްސަލަތަކުގެ ފަހުން ހިނގާފައިވާ ވާޤިއާއަކަށް ތަޠްބީޤުކުރެވިދާނެތޯ ކަމަކީ ޤާނޫނީ ބަހުޘެއް އުފެދޭ ސުވާލެއްކަމުން، އެ ނުކުތާއާމެދު ހައިކޯޓުން ގޮތެއް ނިންމަންޖެހޭނެއެވެ؛ އެހެންކަމުން އެ ނުކުތާ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއްގެ ގޮތުގައި ބާޠިލުނުކުރެވޭނެއެވެ.
HN2 މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެކަމަށް އިޖުރާއީ ގޮތުން ބާޠިލުކުރި މައްސަލައެއްގައި ދަޢުވާގައި އެދުނު މައުޟޫއީ ފަރުވާ ނުދިނުމަށް އިއުތިރާޒުކުރާ ނުކުތާއަކީ (މައުޟޫއީ ގޮތުން ބަލައި ނިންމި މައްސަލައެއްގައި ކަނޑައެޅުނު 2010/HC-A/47 ގެ އުޞޫލަށް ބިނާކޮށް)، ޤާނޫނީ ބަހުޘެއް ނެތް ހުށަހެޅުމެއް ކަމަށް ބަލައި، އެ ނުކުތާއާމެދު ގޮތެއް ކަނޑައަޅަންޖެހޭކަމަށް ހައިކޯޓުން ނުދެކެއެވެ.
HN3 ކޯޓަކުން މައްސަލައެއް މައުޟޫއީ ގޮތުން ބަލައި ފައިޞަލާކުރުމަށްފަހު ނިންމާ ނިންމުމެއް އަލުން އެ ޓްރައިބިއުނަލުން ނުވަތަ އެ ކޯޓުން ނުވަތަ އެ ދަރަޖައިގެ އެހެން ތަނަކުން ބެލުން ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން ޢާންމު އުޞޫލެއްގެ ގޮތުން ހުއްދަނުކުރެއެވެ.
HN4 ރެސް ޖުޑިކާޓާގެ މަބްދައު ބިނާވެފައިވަނީ އިޝޫ އެސްޓޮޕަލް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް އަދި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) މި ތިން އުޞޫލުގެ މައްޗަށެވެ؛ އިޝޫ އެސްޓޮޕަލް ޤާއިމުވާނީ (ހ) ހުށަހަޅާ ނުކުތާއަކީ ކުރިން ގޮތެއް ނިންމާފައިވާ ނުކުތާއަކަށްވުން، (ށ) އެ ނިންމުމަކީ ނިހާއީ ނިންމުމަކަށްވުން، އަދި (ނ) ދެ މައްސަލައިގައިވެސް ހިމެނެނީ އެއް ފަރާތްތަކަކަށްވުން ފުރިހަމަވާނަމައެވެ.
HN5 މައްސަލައިގެ ޚަޞްމުންނާއި ކުއްޔަށްދޭ ތަނާއި ކުލީގެ އެއްބަސްވުން ކުރީގެ މައްސަލަތަކާ އެއްގޮތް ނަމަވެސް، ކުރީގެ ޙުކުމްތަކުގެ ފަހުން ތަނުގެ އަތުގެ ވެރިކަން ވާޤިޢީ ގޮތުން ބަދަލުވުމާ ގުޅިގެން ހުށަހަޅާ ދަޢުވާއަކީ އަލަށް އުފެދުނު ޚުޞޫމާތެކެވެ. އެ ޚުޞޫމާތުގެ މައްޗަށް ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިންމުމެއް ނުވާތީ، އެ ދަޢުވާއަށް ރެސް ޖުޑިކާޓާ ތަޠްބީޤު ނުކުރެވޭނެއެވެ.
HN6 ރެސް ޖުޑިކާޓާގެ މަބްދައު ރަނގަޅަށް ތަޠްބީޤުނުކޮށް ދަށުކޯޓުން ދަޢުވާ ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާނަމަ، ދަޢުވާއާމެދު ގޮތެއް ކަނޑައެޅުމަށް މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރެވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ރަފާޙާ ރަޝީދު، ޝަމީލް އެންޑް ކޯ އެލް.އެލް.ޕީ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
3މިއީ ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް […] ކ.މާލެ އިސްމާޢީލް ޝުޖާޢު (މީގެ ފަހުން "އިސްމާޢީލް ޝުޖާޢު" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
3. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކީ، ކ.މާލެ، […] އިސްމާޢީލް ރިޟާ އާއި، ޔޫސުފް ރިޟާ އަދި މަރްޔަމް ރިޟާ (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތްތައް " ގެ ގޮތުގައި މުޚާތަބް ކުރެވޭ) އެވެ. މައްސަލައިގެ ފަސްފަހަތް:
2އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކީ، […] ގެ 3 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމާ ގުޅޭގޮތުން އަނގަބަހުން އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެމެދު ކުރެވުނު އެއްބަސްވުމަކާ ގުޅިގެން އުފެދިފައިވާ ޚުސޫމާތު ގުޅިފައިވާ މައްސަލައެކެވެ. އަދި މިޚުސޫމާތެ ގުޅިގެން އެކި މަރޙު ލާގައަ އެކި މައްސަލަތައް ހުށަހެޅި ނިމިފައިވެއެވެ. އެމައްސަލަތަކުގެ ތަފްސީލް ތިރީގައި ބަޔާންވެފައިއެވަނީއެވެ.
ސިވިލް ކޯޓުގެ ނަންބަރު 2028/Cv-C/2015
1. […] ގެ 32 ފްލޯރ 25 އަހަރު ދުވަހުގެ މުއްދަތށަ ކުއްޔަށް ދިނުމަށް އިސްމާޢީލް ޝުޖާޢު އާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެމެދު އަނގަބަހުން އެއްބަސްވުމެއް ވެވުނެވެ. މިއެއްބަސްވުމުގެ މައްޗަށް ބިނާކޮށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ކުލީގެ ގޮތުގައި އެޑްވާންސްކޮށް -1,201,912 33 ނޮވެމްބަރު 3235 ގައި. ޙުކުމްކޮށްފައިވަނީ 32 ޖުލައި 3236 ގައި (އެއްމިލިއަން ދެލައްކަ އެއްހާސް ނުވަސަތޭކަ ބާރަ ރުފިޔާ) އާއި އެކިފަހަރު މަތިން -415,000/ރ. (ހަތަރުލައްކަ ފަނަރަހާސް ރުފިޔާ) އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދީފައިވެއެވެ.
5[…] ގެ 23 ވަނަ ފްލޯރގެ އިންޓީރިއަރ މަސައްކަތްކުރުމަށް ސިންގަޕޫރު ގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސް އެކަމަށް ޚަރަދުތަކެއް ކޮށްފައި ވަނިކޮށް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ކުރީން އެއްބަސްވެފައިވާގޮތަށް ލިޔުމުން އެއްބަސްވުމަކަށް އައުމަށް އިންކާރުކޮށް ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް ޢމަލުނުކުރުމަ ށ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ނިންމާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނީ މަބާދީތަކާއި ޢަދުލުގެ ހަމަތަކުގެ ބޭރުންކަމަށްވާތީ، މި ކޮންޓްރެކްޓަށް ޢަމަލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ލާޒިމްކޮށްދެއްވައި، އަމުރުކޮށްދެއްވުން އެދި އިސްމާޢީލް ޝުޖާޢު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
6އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ދއުވަ ރައްދުވާ ގޮތަށާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވުނު އެކޯޓުގެ ނަންބަރު 2028/Cv-C/2015 ޤަޟިއްޔާގައި ނިންމަވާފައިވަނީ އަންނަނިވި ފަދައިންނެވެ. "... ދެފަރާތުން އިޚްތިޔާރުގައި އެއްބަސްވާގޮތ ނޫންގޮތަކަށް ޝަރީޢަތުގެ ފަރާތުން ވަކިގޮތަކަށް އެއްބަސްވުމަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ..."
3ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެނިންމުން އިސްތިއުނާފު ކުރުމަށް އެދި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.
8މިކޯޓުގެ ނަންބަރު 2016/HC-A/423 ޤަޟިއްޔާއިން ބެލުނު މައްސަލައިގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. ރަޖިސްޓްރީ ކުރެވުނީ 33 ސެޕްޓެމްބަރު 3236 ގައި. ޙުކުމްކޮށްފައިވަނީ 35 ފެބްރުއަރީ 3238 ގައި.
8.3. އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ކުރިއަށް ނުގެންދިޔުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިނުވާއިރު، އެފަރާތްތަކުން 23 އަހަރުގެ މުއްދަތެއް ފާއިތުވުމަށްފަހުވެސް އަދި އޭގެ ފަހުންވެސް ކުލި ބަލައިގެންފައިވާކަން ލިޔުންތކުނަ އެނގެން އޮންނަކަމުން، އެއީ އެއްބަސްވުން ކުރިއަށް ގެންދިޔުމަށް އެފަރާތުގެ ރުހުން އޮތްކަން ޟިމްނީގޮތެއްގައި އަންގައިދޭކަމެއްކަމާއި، އަދި އިސްމާޢީލް ޝުޖާޢު އެއްބަސްވުމާއި ޚިލާފުވެފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ސާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮތުމުން، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ ދަމަހައްޓަންޖެހޭ އެއްބަސްވުމެއްކަން؛
8.3. […] ގެ 23 ވަނަ ފަންގިފިލާ ހުރީ 3233 ވަނަ އަހަރުން ފެށިގެން އިސްމާޢީލް ޝުޖާޢުގެ ބެލުމުގެ ދަށުގައިކަން ވާހަކަތަކުންނާއި، ހެކި ޤަރީނާއިން އެނގެން އޮންނަކަން؛
8.2. ސިވިލް ކޯޓުގެ ނިންމުމުގައި "ދެފަރާތުން އިޚްތިޔާރުގައި އެއްބަސްވާގޮތ ނޫންގޮތަކަށް ޝަރީޢަތުގެ ފަރާތުން ވަކިގޮތަކަށް އެއްބަސްވުމަށް އަންގާނެތަނެއް ނެތްކަމަށް" ނިންމާފައިވާ ނިންމުމަށް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް؛ މިއެވެ.
3. ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުން ދެމެހެއްޓުމުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ގެންދަން ބޭނުން ނުވާކަން އަންގައި، އަދި ކުއްޔަށް ދެވުނު ތަން 2 ދުވަސް ތެރޭ ހުސްކުރުމަށް އަންގައި 38 ފެބްރުއަރީ 3238 ވަނަ ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިސްމާޢީލް ޝުޖާޢަށް ނޯޓިސް ފޮނުވިއެވެ. މައްސަލަ ހުށަހެޅީ 21 މާރިޗު 3238 ގައި. ނިންމާފައިވަނީ 36 އޭޕްރީލް 3238 ގައި
32.މިނޯޓިހަކީ ބާޠިލް ނޯޓިހެއްކަމަށ ކަނޑައަޅް ޙުކުމްކޮށްދެއްވުނ އެދް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 973/Cv-C/2018 ޤަޟިއްޔާއިން ބެލެވުނު މިމައްސަލައިގެ ދއުވަ ފޯމް 36 އޭޕްރީލް 3238 ވަނަ ދުވަހު އިސްމާޢީލް ޝުޖާޢުގ އެދުމުގެ މަތިން ވަނީ ބާޠިލް ކުރެވިފައެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު J/101-L-2018/SC އެންގުން
33.ހައިކޯޓުގެ ނަންބަރު 2016/HC-A/423 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް މިމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަން އެކޯޓުގެ ނަންބަރު J/101-L-2018/SC އިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އަންގާފައިވެއެވެ. ސބަބެއްގަ ގޮތުގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2028/Cv-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި ނުހިމެނޭ މުޅިން އައު ނުކުތާއެއްގެ މައްޗަށް ފައިޞަލާ ކޮށްދިނުމށަ އެދިކަމާއި، އެނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުން އެނުކުތާގެ މައްޗަށް ވަކިގޮތެއް ކަނޑައަޅާ އޭގެ މައްޗަށް ޙުކުމެއް ކޮށްފައިވާ ނުކުތާއަކަށް ނުވާތީއާއި، އަދި މިމައްސަލަ ސުޕްރީމް ކޯޓުގެ އިލްތިމާސްއަށ ހުށަހެޅް ސަބަބުތަކަށް ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ހުށަހެޅިފައި ނުވާކަމަށެވެ. މައްސަލަ ހުށަހެޅީ 32 މެއި 3238 ގައި . ޖަވާބު ދިނީ 32 ސެޕްޓެމްބަރު 3238
33.ހ.މާރަމް 3 ވަނަ ފަންގިފިލާ 23 އޕްރީލޭ 3233 ގައި އިސްމާޢީލް ޝުޖާޢު އަށް ކުއްޔަށްދީފައިވާއިރު، އެއްބަސްވުމުގެ މުއްދަތު 33 އޮގަސްޓް 3236 ގެ ނިޔަލަށް ހަމަވުމަށްފަހު، އިސްމާޢީލް ޝުޖާޢު ކުލި ދައްކާފައިނުވާތީއާއި، ތަން ހުސްކޮށް ޙަވާލުކުރުމަށް ފުރުސަތު ދިނުމުންވެސް އެއްވެސް އެއްބާރުލުމެއް ދީފައިނުވާތީއާއި، އަދި އެކަމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ގެއްލުން ލިބެމުންދާތީއާއި، ދެފަރާތުގެ ދެމެދުގައި އަނގަބަހުން ވެފައިވާ އެއްބަސްވުން ބާޠިލް ވެފައިވާކަމަށް ކަނޑައަޅައި، ތަނުގައި ހުރި މުދަލާއި އިސްމާޢީލް ޝުޖާޢުއަށް ނިސްބަތްވާ ތަކެތި ނެރެ، އެތަން، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދެނިވި އަމުރެއް އިސްމާޢީލް ޝުޖާޢުގެ މައްޗަށް ނެރެދިނުން އެދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
32.ސިވިލް ކޯޓުގައި ބެލެވުނު ނަންބަރު 4213/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، މިމައްސަލައަކީ، ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން ސިވިލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައެވެ.
31.ޚުސޫމާތު އުފެދިފައިވާ […] 3 ވަނަ ފަންގިފިލާ އާ ގުޅޭގޮތުން އިސްމާޢީލް ޝުޖާޢު ގެ ފަރާތުން އަނެއްކާވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އިސްތިއުނާފުން ބެލެވެމުން މިދަނީ ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާއެވެ.
35.އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށަހެޅި ދއުވާގައަ އެދިފައިވަނީ އަންނަނިވި ފަދައިންނެވެ. މައްސަލަ ހުށަހެޅީ 31 އޮކްޓޯބަރު 3238 ގައި. ނިމިފައިވަނީ 22 ޑިސެމްބަރު 3238 ގައި. މައްސަލަ ހުށަހެޅީ 33 އޮގަސްޓް 3233 ގައި. ނިމިފައިވަނީ 33 ސެޕްޓެމްބަރު 3233 ގައި. އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގެ ނަންބަރު 33- (ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019)
35.3. […] އެވެ ކިޔުނު ގޯތީގައި ހުރި ޢިމާރާތުގެ 23 ވަނަ ފަންގިފިލާ، 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާކަމާއި، އަދި މިއީ އެއްބަސްވުމުގެ މުއްދަތަށް ދަމަހައްޓަންޖެހޭ އެއްބަސްވުމެއްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/423 ޤަޟިއްޔާއިން އެނގޭކަމަށް ކަނޑައަޅައި ދީ ޙުކުމްކޮށްދިނުން؛
35.3. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން […] އެވެ ކިޔުނު ގޯތީގެ 3 ވަނަ ފަންގިފިލާ، އަތުލުމަށް މަސައްކަތްކޮށް، އަދި ގަދަކަމުން އެ ފަންގިފިލާއަށް ވެރިވެގަނެ، ތަނާއި ތަނުގައިހުރި މުދާތަކަށް ގެއްލުންދެމުންދަނީ، ދެފަރާތުގެ ދެމެދުގައި ވުޖޫދުވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުން؛
35.2. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޢަމަލުތަކަކީ އިސްމާޢީލް ޝުޖާޢުގެ ޢަޤްދީ ޙައްޤުތައް އެކުއެކީ ގެއްލޭގޮތަށް ކުރަމުންދާ ޢަމަލުތަކއްކަމަށް ކަނޑައަޅައިދިނުން؛
35.1. ތަން 25 އަހަރު ދުވަހުގެ މުއްދަތަށް އިސްމާޢީލް ޝުޖާޢުއަށް ލިބެންޖެހޭ ތަނެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އަންގަވައި އަމުރުކޮށް، ތަން އިސްމާޢީލް ޝުޖާޢުއަށް ވަގުތުން ޙަވާލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އަންގަވައި އަމުރުކޮށް ދެއްވައި، ޙުކުމްކުރުން؛
35.5. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އިސްމާޢީލް ޝުޖާޢު އަށާއި އޭނާގެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އިސްމާޢީލް ޝުޖާޢު އަށް ލިބިގެންވާކަމަށް ކަނޑައަޅައި ދީ ޙުކުމް ކޮށްދެއްވުން؛ މިއެވެ.
36.އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށހެޅަ ދައުވާގެ ރައްދުގައި އިސްތިއުނާފ ރައްދުވު ފަރާތްތަކުން ވަނީ އިޖުރާއީ އިޢުތިރާޟެއް ހުށަހަޅާފައެވެ. އެގޮތުން އެފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، […] އެވެ ކިޔުނު ގޯތީގައި ހުރި ޢިމާރާތުގެ 23 ފަންގިފިލާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށަހެޅި މައްސަލއިގައަ ހިމެނޭ ޚަސްމުންނަކީ، ސިވިލް ކޯޓުގެ ނަންބަރު 4213/Cv-C/2018 ޤަޟިއްޔާގައިވެސް ހިމެނުނު ޚަސްމުންކަމާއި، ފައިސަލާކުރުމަށް އެދިފައިއޮތީ އެއްކަމެއްގެ މައްޗަށްކަމާއި، އިތުރަށް ކަމެއް ހިމަނާފައިވާނަމަ، އެކަމެއް ސިވިލް ކޯޓުގެ 4213/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅުމުގެ ޙައްޤު ދެފަރާތަށްވެސް ލިބިފައިއޮތްކަމާއި، އަދި އެ މައްސަލައިގައި ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމާއި، އަދި އެއީ އިސްތިއުނާފުކުރުމުގެ އިތުރު ފުރުސަތެއްނެތް ނިހާއީ ނިންމުމެއްކަމަށްވާތީ، މިމައްސަލައަކީ މިހާރު ހުށަހަޅާފައިވާގތަށޮ މިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއްނޫންކަމުގައި ކަނޑައަޅައި، މައްސަލަ ނިންމައި ދިނުން އެދޭކަމަށެވެ.
33.ސިވިލ ކޯޓުގް ނަންބަރު 2972/Cv-C/2019 ޤަޟިއްޔާގައި ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައިހުރުމާއެކު، މާލެ، […] އިސްމާޢީލް ރިޟާއާއި، ޔޫސުފް ރިޟާއާއި މަރްޔަމް ރިޟާގެ މައްޗަށް މާލެ، […] އިސްމާޢީލް ޝުޖާޢުގެ ފަރާތުނ ހުށަހަޅާފައިވީ މ ދައުވާއަކީ "ރެސް ޖުޑިކާޓާ" judicata) (res ގެ ޤާނޫނީ މަބްދަޢުގެ ދަށުން، ހުށަހެޅިފައިވާ ފަދައިން ކުރިއަށް ގެންދެވިދާނި ދައުވާއެއްނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ."
38.ސިވިލް ކޯޓުގެ މިނިންމުން ބިނާކޮށްފައިވާ މައިގަނޑު އަސާސއް؛
38.3. އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށަހެޅި ދައުވާގައިވާ ކަންތައްތައް ބިނާވާ ޙަޤީޤަތަކީ، ދެފަރާތުގެ ދެމެދު އަނގަބަހުން ވެފައިވާކަމަށް ބުނާ އެއްބަސްވުންކަމާއި، މިޙަޤީޤަތުގެ މައްޗަށް މީގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 2028/Cv-C/2015 ޤަޟިއްޔާގައި ޙުކުމެއް ކުރެވި، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/423-C2016/H ޤަޟިއްޔާއިން އިސްތިއުނާފު ކުރެވި ޙުކުމް ކުރެވިފައިވާއިރު، މިދައުވާގައި އެދިފައިވާ ކަންކަން ބިނާވާ މައިގަނޑު އަސާސްއަކީ، ދެފަރާތުގެ ދެމެދު އަނގަބަހުން ވެވުނުކަމަށްބުނާ އެއްބަސްވުމާއި ގުޅިގެން އުފަންވެ ތަރަކްތުބްވާ ޢަޤްދީ ޙައްޤުތަކެއްކަނ އެނގެން އޮތްހިނދު، އެ ޙައްޤުތައް 2972/Cv-C/2019 ކަށަވަރުކުރުމަށް ޑެކްލަރޭޓަރީ ރިލީފް އަށް އެދާ ހުށަހެޅުމުގެ ފުރުސަތުވެސް ދައުވާކުރާ ފަރާތަށް އޮތްކަމާއި، މިދައުވާގައި ހިމެނޭ ޚަސްމުންނާއި، ސިވިލް ކޯޓުގެ ނަންބަރ 2028/Cv-C/2015 ޤަޟިއްޔާގެ ޚަސްމުންނަކީ އެއްބައެއްކަމާއި، އަދި އެޤަޟިއްޔާގައި ޙުކުމްކުރެވ އަދި އެ ޙުކުމްވެސް އިސްވެ ބަޔާންވެދިޔަގޮތަށް އިސްތިއުނާފު ކުރެވި ޙުކުމްކޮށްފައިވާކަން އެނގެން އޮތުން؛ މިއެވެ.
33ބުނެވުނު ވާޤިއާތަކާއި މައްސަލަތައް ޚުލާސާކޮށް އަންނަނިވި ތާވަލްގައި ހިމެނީމެވެ. ޤަޟިއްޔާ ނަންބަރު ޚސްމުނަ ހުށަހެޅް ތާރީޚް ނިމުނު ތާރީޚް އެދުނުގޮތް ނިންމިގޮތް 3 /2015C-2028/Cv ޝުޖާޢު ވ. 2015-11-19 2015-07-20 ސޮއިކުރުމަށް އެންގުމަށް ސޮއިކުރަން އަންގާނެ ތަނެއް އިސްތިއުނާފު ރައްދުވާ ނެތް ކަމަށް 3 2016/HC-A/423 ޝުޖާޢު ވ. 33.23.3236 35.23.3238 ސިވިލް ކޯޓުގެ ނިންމުމުގެ ސިވިލް ކޯޓުގެ ނިންމުމަށް އިސްތިއުނާފު ރައްދުވާ އިސްތިއުނާފު ތޢާދުކޮށް އިސްތިއުނާފު ކުރާ ފަރާތްތަކުން އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ފޮނުވުން - 38.23.3238 2 973/Cv-C/2018 ޝުޖާޢު ވ. 04.03.2018 35.21.3238 ނޯޓިސް ބާޠިލްކުރުމަށް މައްސަލަ އަނބުރާ ގެންދިއުން އިސްތިއުނާފު ރައްދުވާ 1 J/101-L-2018/SC އިސްތިއުނާފު ރައްދުވާ .3238.2532 32.23.3238 ހައިކޯޓުގެ ނިންމުމުގެ މައްސަލަ ބަލައިނުގަތުމަށް ފަރާތްތަކުން ވ. އިސްތިއުނާފު ކުރުމުގެ ފަނޑިޔާރުން ނިންމެވި ޝުޖާޢު ހުއްދައަށް އެދި (2016/HC-A/423) 5 4213/Cv-C/2018 އިސްތިއުނާފު ރައްދުވާ 31.32.3238 22.33.3238 ޝުޖޢާ އަށު ތަން ހައިކޯޓުގެ މައްސަލައަށް ފަރާތްތަކުން ވ. ބޭނުންކުރުމުގެ ޙައްޤު ނެތް ޙަވާލާދީ ޝުޖާއަށް ޝުޖާޢު ކަމަށް ޙައްޤުއޮތކަމްއ މިއި ރެސް ކަނޑައަޅައިދިނުމަށާއި ޖުޑިކާޓާ ވެފައިވާ ތަން ޙަވާލުކުރުމަށް ޚުސޫމާތެއްކަމަށް އެންގުމަށް ސިވިލް ކޯޓުގެ ރިޕޯޓުގައި ތާރީޚް މިފަދައިން ޖަހާފައިވަނީ އިމްލާ ކުށަކުން ކަމަށް ބެލެވޭ. ރަނގަޅު 32 ޖުލައި 3236 އިސްތިއުނާފު ރައްދުވާ ފަރާ ތްތަކުގ ބެލުމުގެ ދަށަށް ތަން ގެނައުން 38 އޯގަސްޓް 3233 6 2972/Cv-C/2019 ޝުޖާޢު ވ. 33.28.3233 33.23.3233 ކުލީގެ މުއްދަތަށް ތަން ރެސްޖުޑިކާޓާގެ އުޞޫލުގެ (އިސްތިއުނާފު ކުރެވޭ އިސްތިއުނާފު ރައްދުވާ ހޯދުމަށާއި، ތަން ދަށުން މައްސަލަ ބަލައި މައްސަލަ) ފަރާތްތައް އަތުލުމުން ޝުޖާޢު އަށް ނުގަތުމަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް، އެއްބަސްވުން ތަންފީޛު ކުރުމަށް އިދާރާތަކަށް އަމުރުކޮށްދިނުމަށް އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތތާ ކާއި ތަފްސީލް:
32.ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްމާޢީލް ޝުޖާޢު ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަންނަނިވި ނުކތާތައު ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
32.3. ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާގެ މައްސަލަ "ރެސް ޖުޑިކާޓާ" ގެ ޤާނޫނީ އުޞޫލާއި ޙަވާލާދީ ސިވިލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/423 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކާއި، މި ދައުވާ ބިނާކުރާ ކުލީގެ މުޢާމަލާތުން އިސްމާޢީލް ޝުޖާޢު އަށް ގެރެންޓީކޮށްދޭ ޙައްޤުތައް ނަގާލެވޭ ގޮތަށްކަމާއި، ސިވިލް ކޯޓަށް ހުށަހެޅުނު ބުނެވިދިޔަ ދައުވާގެ ސީޣާ އާއި ކޯޓުން ޙުކުމް ކުރުމަށް އެދޭގޮތްތަކުގެ މައްޗަށް ރިޢާޔަތްކޮށް މިމައްސަލައަކީ "ރެސް ޖުޑިކާޓާ" މަބްދަޢުގެ ދަށުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، ޤާނޫނީ ގޮތުން ރަނގަޅު މާނަ ކުރުމެއްގެ މައްޗަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
32.3.3. މިނުކުތާގެ ތަފްސީލްގައި އިސްމާޢީލް ޝުޖާޢުގެ ފަރާ ތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2028/Cv-C/2015 ޤަޟިއްޔާއަކީ، ދެފަރާތުގެ ދެމެދުގައި އަނގަބަހުން ވެވުނު އެއްބަސްވުމެއްގައި ސޮއިކުރުމަށް ޓަކައި ހުށަހެޅުނު ޤަޟިއްޔާއެއްކަމަށާއި، އެހެންނަމަވެސް އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާއަކީ އަނގަބަހުން ކުއްޔަށް ދިނުމަށް އެއްބަސް ވެވުނު ތަން، އެތަނުގެ ހިޔާޒަތު ގެއްލުމާ ގުޅިގެން އެތަނުން ލިބެންޖެހޭ މަންފާތައް ގެއްލިފައިވާތީ، އެތަން އަނބުރާ ޙަވާލުކުރުމަށާއި، އެކަމށަ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިންކާރު ކުރާ ޙާލަތުގައި ތަންފީޛީ އިދާރާތަކުގެ މައްޗަށް އެތަން ޙަވާލުކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކޮށްފައިވާ ދައުވާއެއްކަމަށެވެ. އެހެންކަމުން މި ދެ ޤަޟިއްޔާގައި އެދިފައިވާ ފަރުވާއަކީ ތަފާތު ދެ ފަރުވާއެއްކަމަށް ވުމުން މިއީ ރެސް ޖުޑިކާޓާ (res judicata) ގެ މަބްދަޢު ތަތުބީޤުކޮށް، ކުރިއަށްނުގެންދެވޭނެ މައްސަލައެއްކަމަށް ކޯޓުން ނިންމާފައިވަނީ ރަނގަޅު މާނައެއްގައި ނޫންކަމަށެވެ.
32.3. ދެވަނަ ނުކުތާއަކީ، މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ޢަމަލު ކުރަންޖެހޭ އުޞޫލަކީ ދައުވާގެ ސީޣާގައި ބަޔާންކުރާ ކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅައި ފަރުވާއެއް ދިނުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، އިސްމާޢީލް ޝުޖާޢުގެ ފަރާތނު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާ ފޯމުގެ 3 ވަނަ ނަންބަރާއި، 33 ވަނަ ނަންބަރުގައި ޤާނޫނީ ފަރުވާ ހޯދުމަށް އެދިފައިވާކަންކަމަށ ސިވިލް ކޯޓުގް ނަންބަރު 2972/Cv-C/2019 ޤަޟިއްޔާގެ ޙުކުމުން ޤާނޫނީ ފަރުވާއެއް ދީފައިނުވަނީ ހަރުދަނާ ޤާނޫނީ ސަބަބެއްގެ މައްޗަށް ބުރަވެ ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2972/Cv-C/2019
32.3.3. މިނުކުތާގެ ތަފްސީލުގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ހައިކޯޓުގެ ނަންބަރު 2016/HC-A/423 އަދި ސިވިލް ކޯޓުގެ ނަންބަރު 4213/Cv-C/2018 ޤަޟިއްޔާގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެދައުވާގައި ޤާނޫނީ ފަރުވާ ހޯދުމަށް އެދިފައިވާ ކަންކަމަކީ، އެފަދައިން ކޯޓުގައި އެދުމުގެ މަސްލަހަތު އަދި ޙައިސިއްޔަތު އިސްމާޢީލް ޝުޖާޢު އަށް އޮތްކަންކަން ކަމަށާއި، އަދި އެ ފަރުވާއެއް ކޯޓުގައި އެދުމުގެ މަޤުބޫލު ޙާލަތު މެދުވެރިވެފައިވާކަމަށެވެ. ނަމަވެސް ރެސް ޖުޑިކާޓާ އުޞޫލަށް ރިޢާޔަތްކޮށް ދައުވާގައި އެދިފައިވާ އެއްވެސް ނުކުތާއަކަށް ޤާނޫނީ ފަރުވާ ނުދެއްވައި ކޯޓުން ޙުކުމް ކުރެއްވުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުކަމެއްކަމަށެވެ. މަދަނީ މައްސަލަތަކުގައި، އެއް މައްސަލައެއްގެ ތެރެއިން ޤާނޫނަ ފަރުވާ ހޯދުމަށް އެއްކަމަކަށް ވުރެ ގިނަ ކަންތައްތަކށަ އެދެވެނީ އޮންން އިރު، އެއިން ކޮންމެ ކަމެއްގެ މައްޗަށް ވަކިވަކިން ގޮތެއް ކަނޑައެޅުއްވުމަކީ، ޝަރީޢަތް ކުރުމުގައި ޢމަލުކުރަ އުޞޫލުކަމަށާއި، ނަމަވެސް އިސްތިއުނާފު މިކުރެވޭ ޙުކުމުން މިސިފަ ފެންނަން ނެތްކަމަށާއި، އަދި ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ހޯދުމަށް އެދުނު ޤާނޫނީ ފަރުވާ ދީފައި ނުވާ އަސާސެއް އިސްތިއުނާފު މިކުރެވޭ ޙުކުމުން އިސްމާޢީލް ޝުޖާޢު އަށް ކޮންވިންސް ނުވާކަމަށެވެ. ފާހަގަކުރެވުނު ނުކުތާ 2 ގެ (ރ) ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގެ 3 އަދި 33 ވަނަ ނަންބަރު އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވާހަކަ:
އިޖުރާއީ ނުކުތާ
33. އިސްތިއުނާފު ކުރާ ފަރާތުގެ އިސްތިއުނާފީ ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަނީ އިޖުރާއީ ނުކުތާއެއް ހުށަހަޅާފައެވެ. އެގޮތުން ފާހަގަކޮށްފައިވަނީ، އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 3 ނުކުތާއަކީވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ދަށު މަރުޙަލާގެ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެފަދަ ޙާލަތަކަށް ނުފެތޭ އަދި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫންކަމުގައި ދެކޭތީ، މި އިސްތިއުނާފަކީ، ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް އަންނަނިވި ސަބަބުތަކަށްޓަކައި ދެކޭކަމަށެވެ.
33.3. އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ގެއްލިފައިވާ ކަމަށް ބުނާ ޙައްޤަކީ ކޮބައިކަމާއި، ޙައްޤު ގެއްލިފައިވަނީ ކޮން ހަމައެއްގެ މަތިންތޯ ސުވާލު އުފެދޭކަމަށާއި، ދަށުކޯޓުން މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅު މާނަކުރުމުގެ މައްޗަށް ނޫންކަމަށް ބުނާއިރު، މިމާނަކުރުން ރަނގަޅު ނުވާ ޤާނޫނީ އުޞޫލު ބުނެދެވިފއަ ނުވާކަމަށެވެ.
33.3. އިސްތިއުނާފީ ދެވަނަ ނުކުތާގައި، ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 2 ގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލު، މިމައްސަލައަށް ތަތުބީޤު ކުރުމަށް ހުށަހެޅި ނަމަވެސް އެ އުޞޫލު މިމައްސަލައަށް ތަތުބީޤު ނުކުރެވޭނެކަމަށެވެ. ސަބަބަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމް" ގެ 1.3 ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އޞުލަށ ބަލާއިރުވެސް މަތީ މަރޙު ލާގެ ކޯޓުތަކުގެ ނިންމުންތަކަށް ފަހުން ދށަ ކޯޓުތަކުން ތަބަޢުވުމުގއި މައިގަނޑު އަސާސްއަކީވެސް މަތީ މަރަ ޙު ލާގެ ކޯޓުގެ ނިންމުމާއި ފަހުނަ ދަށު ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ މުހިންމު ވާޤިޢާތައް އެއްގޮތްވުންކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެގޮތުން ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާއަކީ ދަށުކޯޓުން މައުޟޫއީ ގޮތުން ހިންގައި، ނިމިފައިވާ މައްސަލައެއްގެ އިސްތިއުނާފު ކަމަށާއި، އެއާ ޚިލާފަށް އިސްތިއުނާފު ކުރެވޭ މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެކަމަށް އިޖުރާއީ ގޮތުން ކަނޑައަޅައި ބާޠިލްކޮށްފައިވާ މައްސަލައެއްކަމަށާއި، އެހެންކަމުން އިޖުރާއީ ގޮތުން ބާޠިލްކުރާ މައްސަލައެއްގައި މައުޟޫއުގައި އެދިފައިވާ ކަންކަމަށް ކޯޓުން ފަރުވާ ދެވޭނެ ހަމައެއް ނޯންނާނެތީ އިސްތިއުނާފުކުރެވޭ މައްސަލައަށް ހައިކޯޓުގެ އެޤަޟިއްޔާގެ ނިންމުން ތަޠުބީޤު ކުރެވޭނެ ހަމައެއް ނޯންނާނެކަމަށެވެ. އޭގެ އިތުރަށް ޙުކުމް ކުރެއްވި އަސާސް "ކޮންވިންސް" ނުވާކަމަށް ބަޔާންކޮށްފައިވާއިރު، މިއީ އިސްތިއުނާފު ކުރެވޭނެ ސަބަބެއް ނޫންކަން ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް އަފްރާޙް ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ އޞުލަށ ބެލުމުން އެނގޭކަމަށެވެ.
އިޖުރާއީ ނުކުތާގެ ރައްދާ
33. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅި އިޖުރާއީ ނުކުތާގެ ރައްދުގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބުނެފައިވަނީ، މިއިސްތިއުނާފަކީ އޮޅިގަނޑު ގިރ ކުރާ މައްސަލައެއްކަމަށާއި، އެއީ އިސްތިއުނާފު ސުޕްރީމް ކޯޓުގެ ނަންބަރު /15A-2019/HC ޑރ.އަޒްމިރާލްދާ ޒާހިރާ ރައުޔު 18 ހައިކޯޓުގެ ނަންބަރު 2012/HC-B12/76 ފާހަގަކުރެވުނު ނުކުތާ 33 ކުރެވު ދަށުކޯޓު ޤަޟިއްޔާގައި ދިމާވެފައިވަނ އައީ ޙާލަތެއްކަމަށާ އ، މިޙާލަތު މެދުވެރިވީ ކުރިން ހުށަހެޅުން ޤަޟިއްޔާގެ ފަހުން އުފެދުނު ޙާލަތަކާ ގުޅިގެންކަމަށެވެ. އިސްތިއުނާފީ ނުކުތާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު:
32. އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސުވާލު އުފައްދަނީ، މައުޟޫގައި އެދިފައިވާ ކަންކަމުގެ މައްޗަށް ރެސް ޖުޑިކާޓާގެ އޞު ލ ތަތުބީޤު ކުރޫ ވުނީ ކިހިނެއްކަމާމެދުގައި ކަމާއި، ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 1.31 އަދި 1.35 އަށް ބަލާއިރު، އެ އުޞޫލު ތތުބީޤަ ކުރިގޮތް ސާފުވާކަމަށެވެ. މުޅި މުޢާމަލާތާ ގުޅިގެން ސިވިލް ކޯޓަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުނު އިރުވެސް، ކުއްޔަށް ދިން ތަން ހުރީ އިސްމާޢީލް ޝުޖާޢުގެ ހިޔާޒަތުގައި ނޫންކަމަށް ބުނެފައިވީނަމަވެސް، މިނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2028/Cv-C/2015 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2016/HC-A/423 ޤަޟިއްޔާގައިވެސް ޝަރީޢަތަށް ހުށަހެޅި، އެކަމާމެދު ބަހުސްކުރެވި، އަދި އެ ނުކުތާއާމެދު ދެ މަރުޙަލާގެ ކޯޓުންވެސް ގޮތެއް ކަނޑައަޅާފައިވާ ނުކުތާއެއްކަމަށެވެ. ތަނުގެ ހިޔާޒަތު ނެތްކަމަށް ވާނަމަ އެކަމާ ގުޅިގެން ނުވަތަ އެއްބަސްވުން ތަންފީޛު ނުކުރެވިގެން ގެއްލުމެއް ލިބޭނަމަ ގެއްލުމުގެ ބަދަލު ހޯދުމަށް ނަންބަރު 2028/Cv-C/2015 ޤަޟިއްޔާގެ ދަށުން އިސްމާޢީލް ޝުޖާޢު އަށް އެދުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން މިއިސްތިއުނާފީ މައްސަލައިގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން އެދިފައިވާ ކަންކަމަކީ، ސިވިލް ކޯޓުގެ 2028/Cv-C/2015 ޤަޟިއްޔާގައިވެސް އެދުމުގެ ފުރުސަތު އޮތް ކަންކަމަށްވާތީ، އަދި މިކަމާ ގުޅިގެން މިމައުޟޫގައި 2028/Cv-C/2015 ބަލައި ގޮތެއް ކަނޑައަޅާފައިވާތީ، ރެސް ޖުޑިކާޓާގެ އޞުލުނ ސިވިލް ކޯޓުގް ނަންބަރު 2972/Cv-C/2019 އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި (22 ޖުލައި 3231) ދުވަހު ދީފައިވާ މަޙްޟަރު ބަޔާން ޤަޟިއްޔާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނ ންމާފައިވަނީ ރަނގަޅަށް ކަމަށް އިސްތިއުނާފުރައްދުވ ފަރާތްތަކުން ދެކޭކަމަށެވެ.
31.އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައަށް ހައިކޯޓުގެ ނަންބަރު 2010/HC-A/47 ތަޠުބީޤު ކުރެވޭނެތޯ ބަލާއިރު، ހައިކޯޓުގެ އެ ޤަޟިއްޔާއަކީ، ދަށު ކޯޓުން މައުޟއޫ ގޮތުން ހިންގައި (ދައުވާ ހުށަހަޅައި، ދިފާޢު ހުށަހަޅައި، ހެކި ހުށަހަޅައި) ނިންމާފައިވާ މައްސަލައެއްގެ އިސްތިއުނާފެއްކަމަށާއި، އެމައްސަލައިގައި މައުޟޫއީ ގޮތުން ދަށު ކޯޓުން ގޮތްތަކެއް ކަނޑައަޅާފައިވާކަމަށާއި، އެއާ ޚިލާފަށް އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ދަށު ކޯޓުގައި މައުޟޫއީ ގޮތުން ހިންގާފައިވާ މައްސަލައެއް ނޫންކަމަށެވެ. މިމައްސަލައަކީ މައުޟޫއީ ގޮތުން ދަށު ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް އިޖުރާއީ ގޮތުން ކަނޑައަޅާ ބާޠިލްކޮށްފައިވާ މައްސަލައެއްކަމުން އިޖުރާއީ ގޮތުން ބާޠިލް ކޮށްފައިވާ މައްސަލައެއްގެ މައުޟޫގައި އެދިފައިވކަންކަމަށ ކޯޓުން ފަރުވާ ދެވޭނާ ހަމައެއް ނޯންނާނެތީ، އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ހައިކޯޓުގެ 2010/HC-A/47 ޤަޟިއްޔާގެ ނިންމުން ތަޠުބީޤު ކުރެވޭނެ ކަމަށް ނުދެކޭކަމަށެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ނަންބަރު ޢަބްދުލްޣަފޫރު ޙާމިދު ވ. މސޫ ފަޠުހީ ޤަޟިއްޔާގައި މައުޟޫއުގައި އެދިފައިވާ ކަންކަމަށް ކޯޓުން ފައިސަލާކުރަން ލާޒިމްވަނީ އެމައްސަލަ ބެލުމަށް އެކޯޓަށް ޤާނޫނީގޮތުން ހުރަސްއަޅާ ސަބަބެއް ނެތްނަމަކަމަށް ފާހަގަކޮށްފައިވުމުން، ދަށު ކޯޓުން މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާ ސަބަ ބެއ އޮތްކަމަށް ފާހަގަކޮށްފައި އޮތުމުން، މައްސަލައިގެ މައުޟޫގައި އެދިފައިވާ ކަންކަމަށް ކޯޓުން ފައިސަލާ ކުރެވޭނެ ގޮތެއް ނޯންނާނެކަން އިނގޭކަމަށެވެ. އެހެންކަމުން، މިނުކުތާއަކީ ޤާނޫނީ ބަހުޘެއް ނެތް އަދި ޤާނޫނީ ގޮތުން ހަމަޖެހޭ ހުށަހެޅުމެއްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ނުދެކޭކަމަށެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/22 ގެ 6 ވަނަ ނަންބަރުގެ (ހ) އެދޭ ގޮތް:
35.އިސްތިއުނާފ ކުރު ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ދައުވާ ފޯމުގެ 3 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 019C/2-2972/Cv ޤަޟިއްޔާގެ މައްސަލަ، އެ މައްސަލައިގައި ހުށަހަޅާފައިވާ ދައުވާގެ މައުޟޫގައި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި، މިމައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލްކޮށް ދިނުމަށާއި، ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާގައި އެކޯޓުން މިހާރު ކޮށްފައިވާ ޙުކުމް ބާޠިލް ކޮށްދިނުމަށެވެ.
36.އ ސްތިއުނާފ ރައްދުވު ފަރާތްތަކުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
36.3. ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަކީ، ދަށު މަރުޙަލާގެ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ އިސްތިއުނާފެއް ނޫންކަމުގައި ކަނޑައަޅައި، މިމައްސަލައަކީ އިސްތިއުނާފީ ދއަވާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައިދިނުން؛
36.3. ސިވިލް ކޯޓުގެ ނަންބަރ 2972/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއްކަމުގައި ހައިކޯޓުން ކަނޑައަޅުއްވާނަމަ، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދައުވާ ފޯމު - އެދޭގޮތް، ނަންބަރު 32 އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅި އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމު - އެދޭގޮތް، ނަންބަރު 5 އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައިދިނުން؛
36.2. ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާއިން ބެލި މައްސަލަ ސިވިލް ކޯޓަށް އަލުން ތަޙުވީލުކުރަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ ސިވިލް ކޯޓުގެ ނަންބަރު 2972/Cv-C/2019 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށްދެއްވުން؛ މިއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
އިޖުރާއީ އިއުތިރާޟް: އިސްތިއުނާފީ އޮޅިގަނޑު ގިރކުރޭތާ
33. މަތީގައި ތަފްސީލުކުރެވިފައިވާ ފަދައިން، ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއަށް ޙަ ވާލާދީ، މިއިސްތިއުނާފަކީ ދަށު މަރުޙަލާގެ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެފަދަ ޙާލަތަކަށް ނުފެތޭ އަދި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫންކަމުގައި ދެކޭތީ، މިއީ ހައިކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވެއެވެ. މިހުށަހެޅުމާމެދު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ފުރަތަމަ ނުކުތާ: ރެސް ޖުޑިކާޓާ
33.3. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްމާޢީލް ޝުޖޢާ ގެ ފަރާތުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ސިވިލ ކޯޓުގް ނަންބަރު 2972/Cv-C/2019 ޤަޟިއްޔާގެ މައްސަލަ "ރެސް ޖުޑިކާޓާ " ގެ ޤާނޫނީ އ ޞލާއޫ ޙަވާލާދީ ސިވިލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/423 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކާއި، މި ދައުވާ ބިނާކުރާ ކުލީގެ މުޢާމަލާތުން އިސްމާޢީލް ޝުޖާޢު އަށް ގެރެންޓީކޮށްދޭ ޙައްޤުތައް ނަގާލެވޭ ގޮތަށްކަމާއި، ސިވިލް ކޯޓަށް ހުށަހެޅުނު ބުނެވިދިޔަ ދައުވާގެ ސީޣާ އާއި ކޯޓުން ޙުކުމް ކުރުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 އެދޭގޮތްތަކުގެ މައްޗަށް ރިޢާޔަތްކޮށް މިމައްސަލައަކީ "ރެސް ޖުޑިކާޓާ " މަބްދަޢުގެ ދަށުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅު މާނަ ކުރުމެއްގެ މައްޗަށް ނޫންކމަށަ ބުނެ ހުށަހެޅި ނުކުތާއެވެ. "
33.3. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ އިޖުރާޢީ އިއުތިރޟާ ކ، މިނުކުތާގައި އިސްތިއުނާފު ކުރާ ފަރާތަށް ގެއްލިފައިވާ ކަމަށް ބުނާ ޙައްޤަކީ ކޮބައިކަމާއި، އެޙައްޤު ގެއްލިފައިވަނީ ކޮން ހަމައެއްގެ މަތިންތޯ ސުވާލު އުފެދޭކަމަށާއި، ދަށުކޯޓުން މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅު މާނަކުރުމުގެ މައްޗަށް ނޫންކަމަށް ބުނާއިރު، މިމާނަކުރުން ރަނގަޅު ނުވާ ޤާނޫނީ އަސާސް ބަޔާންކޮށްދެވިފައިނުވާކަމަށެވެ.
33.2. އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމުގައި، ހައިކޯޓުގެ ނަންބަރު 2016/HC-A/423 ޤަޟިއްޔާގައި ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަކީ، ދަމަހައްޓަންޖެހޭ އެއްބަސްވުމެއް ކަމަށް ކަނޑައެޅިފައިވާކަމަށާއި، އެނިންމުމުން ކުލީގެ މުއްދަތު ފެށޭ ތާރީޚާއި ނިމޭނެ ތާރީޚު އެނގޭ ކަމަށާއި މިހެން އޮތްވައި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ހުށަހެޅުނު ދއަވާއެއްގައި ރެސް ޖުޑކާޓާގި މަބްދަޢުގެ ދަށުން މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައެޅުމަކީ ޤާނޫނީގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ.
33.1. އަދި، މިކޯޓުގެ އަޑުއެހުމުގައި މިއިޖުރާއީ އިއުތިރޟާ ގުޅިގެންނާއި ޝަރީޢަތުން ސާފުކުރަން ބޭނުންވި ކަންތައްތަކާއި ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ހައިކޯޓުގ ނަންބަރު 2016/HC-A/423 ޤަޟިއްޔއިނާ އިސްތިއުނާފުކުރާ ފަރާތަށް ކަށަވަރުވެފައިވާ ޙައްޤުތަކެއް ވާކަމަށާއި، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި އެޤަޟިއްޔާތަކުގެ މައުޟޫއިން ބޭރު އައު ކަންތައްތަކެއް ހުށަހެޅިފައިވާކމަށެވެ. އެގޮތުން، އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގައި ތަން ހުއްޓާ އެތަން އިސްތިއުނާފު ރައްދުވާ ފަރތްތަކުގާ ބެލުމުގެ ދަށަށް ގެންދިޔަ ދިއުމުގެ އިސްތިއުނާފު ފޯމުގެ 3.1 އިސްތިއުނާފު ފޯމުގެ 3.5 ވާޤިއާއަކީއިސްތިއުނާފުކުރާ ފަރާތުން ވިސްނައިގެން ސަބަބުވެރި މީހެއްގެ ވިސްނުމުން ވިސްނައިގެނ އުޅުން ކަމުގައި ވްނަމަވެސައެފަރާތަށ ހުށއެޅޭނެ ވާޤިއާއެއް ނޫން ކަމަށެވެ.
33.5. އިސްތިއުނާފު ކުރާ ފަރާތު ގެ މިވާހަކަތަކުން ރެސް ޖުޑިކާޓާގެ މަބްދޢަ ތަޠްބީޤުކުރުމުގައި ފަހުން ހިނގާފައިވާ ވާޤިއާއަކަށް މިމަބްދަޢު ތަޠްބީޤުކުރެވިދާނެތޯ ބަހުޘެއް އުފެދޭކަމާއި، އެހެންކަމުން މިނުކުތާއާމެދު މިކޯޓުން ގޮތެއް ނިންމަންޖެހޭ ކަމުގައި ދެކެމެވެ.
ދެވަނަ ނުކުތާ: މައުޟޫއީގޮތުން ފަރުވާދީފައި ނުވުން
33.6. އިސްތިއުނާފީ ދެވަނަ ނުކުތާގައި، އިޖުރާއީ ނިންމުމުގައި މައުޟޫ އީ ގޮތުން އެދުނު ފަރުވާ ނަގާދީފައިނުވާކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތުން އުފައްދާ ބަހުޘަކީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ފަދައިން އަދި އެސަބަބުތަކަށްޓަކައި ޤާނޫނީ ބަހުޘެއް ނެތް އަދި ޤާނޫނީ ގޮތުން ހަމަޖެހޭ ހުށަހެޅުމެއްކަމުގައި ނުފެންނާތީ އެނުކުތާއާ މެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ.
ރެސް ޖުޑކާޓި
38HN6އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އުފައްދާފައިވާ ބަހުޘަކީ، ރެސް ޖުޑި ކާޓގެ މަފްހޫމާ މިމައްސަލައިގައި ތަޠްބީޤުކޮށްފައިވަނީ، ކުރީގެ މައްސަލަތަކުގެ ފަހުން ހިނގާފައިވާ ވާޤިއާއަކަށް ތަޠްބީޤުކޮށް މައްސަލައިގެ ވާޤިއާތަކަށާއި، އެދޭ ފަރުވާއަށާއި، އަދި، މޚިސޫމާތ ގުޅިގެނާ ކުރިން ނިންމާފައި ހުރި ނިންމުންތަކުން އިސްތިއުނާފު ކުރާ ފަރާތަށް ލިބޭ ހައްޤުތައް ގެއްލޭގޮތަށތޯއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު SC 39 [2024] އިސްތިއުނާފު ރައްދުވާ ފަރާތު ގެ ޖަވާބު ފޯމުގައި ފާހަގަކޮށްފައިވާ އަދި މިރިޕޯޓުގެ 33.3 ގައި ޚުލާސާކޮށްފައިވާ ރެސް ޖުޑިކާޓާއާ ބެހޭ ޤާނޫނީ އޞު ލުތައޫ
33.ކޯޓަކުން މައްސަލައެއް މައުޟއޫ ގޮތުން ބަލައި ފައިސަލާކުރުމަށްފަހ ނިންމު ނިންމުމެއް އަލުން އެ ޓްރައިބިއުނަލުން ނުވަތަ އެކޯޓުން ނުވަތަ އެދަރަޖައިގ އެހެނެ ތަނަކުން ބެލުން judicata res ގެ މަބްދަޢުގެ ދަށުން ޢާންމު އުޞޫލެއްގެ ގޮތުން ހުއްދަ ނުކުރެއެވެ.
22.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދަޢު ބިނާވެފައިވާ 2 (ތިނެއް) އުޞޫލު ބަޔާންކޮށްފައި ވެއެވެ. އެއީ، އިޝޫ އެސްޓޮޕަލް (issue estoppel) އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލް estoppel) action of (cause އާއި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން process) (abuse of ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ތެރެއިން، އިޝޫ އެސްޓޮޕެލް ޤާއިމުކުރެވޭ ގޮތް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. “މައްސަލައެއްގެ މުހިއްމު ބައެއްގެ ގޮތުގައި ހިމެނޭ ނުކުތާއެއް، އެ ނުކުތާ ހިމެނޭ ގޮތުން ނުވަތަ އެމައްޗަށް ބިނާކޮށް ދައުވާއެއް ކުރެވި، އެނުކުތާއާމެދު ނިންމުމެއް ނިންމާފައިވާނަމަ، އެދއުވާގައަ ހިމެނުނު ފަރާތްތަކުގެ މެދުގައި އުފުލޭ އެހެން ދއުވަ އެއްގައާ، އެ ނުކުތާ( ކުރިން ގޮތް ކަނޑައެޅުނު ) އަކީ އެ މައްސަލައާ ގުޅޭ ނުކުތާއެއް ކަމުގައި ދެކިގެން، އެ ނުކުތާއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވާނަމަ، އިޝޫ އެސްޓޮޕަލް މެދުވެރިކޮށް، އެ ނުކުތާއާމެދު ގޮތް ކަނޑައެޅުން ހުއްޓުވުމަށެވެ. މިފަދައިންނެވެ. މައްސަލައެއްގެ މައްޗަށް އިޝޫ އެސްޓޮޕަލް ޤާއިމް ކުރަނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.
(ހ) ހުށަހަޅާފައިވާ ނުކުތާއަކީ (އެމަރުހަލާގައި) އެ ނުކުތާގެ މައްޗަށް ކުރިން ގޮތެއް ނިންމާފައިވާ ނުކުތާއއެ ކަމުގައިވުން ؛
(ށ) ހުށަހަޅާފައިވާ އެ ނުކުތާގެ މައްޗަށް (އެ މަރުޙަލާގައި) ކުރިން ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން؛
(ނ) އެނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން. 2016/SC-A/25 ތަޠބީޤުކުރުނު
23. އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނިންމުމުގައި ރެސް ޖުޑިކާޓާ ތަޠބީޤުކުރަމުނު ފާހަގަކޮށްފައިވަނީ، މިމައްސަލައިގައި ހުށަހަޅާފައިވާ ކަންތައްތައް ބިނާވެފައިވާ ޙަޤީޤަތަކީ ދެފަރާތުގެ ދެމެދުގައި އަނގަބަހުން ވެވިފައިވާ އެއްބަސްވުންކަމާއި، މިޙަޤީޤަތުގެ މައް ޗަށް ކުރިން ދއަ ވާކުރެވު ޙުކުމްކުރެވިފައިވާއިރު، މިއެއްބަސްވުމާ ގުޅިގެން އުފަންވެ ތަރަކްތުބުވާ ޢަޤްދީ ޙައްޤުތަކެއްކަން އެނގެން އޮތްއިރު، އެޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ޑެކްލެރޭޓަރީ ރިލީފ އަށް އެދް ހުށަހެޅުމުގެ ޙައްޤު އިސްތިއުނާފު ކުރާ ފަރާތަށް އޮތްކަމާއި އެހެންކަމުން، މިމައްސަލައިގެ ތެރޭގައި އިތުރު ދައުވާއެއް ކުރުން މަނާކުރާ ކަމަށެވެ.
23.މަތީގައި ތަފްސީލުކުރެވިފައިވާ ފަދައިން، މިއީ […] ގެ 3 ވަނަ ފަންގިފިލާ 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެމެދު ވެވިފައިވާ އެއްބަސްވުމަކާ ގުޅިގެން އުފެދިފައިވާ ޚުސޫމާތެކެވެ.
22.މިފަރާތްތަކުގެ މެދުގައި އެންމެ ފުރަތަމަ އުފެދުނު މައްސަލއިގަ ޚު ސޫމާތަކީ، ލިޔުމަށް ތިރިކުރެވިފައިވާ އެއްބަސްވުމުގައި ސޮއިނުކުރެވިގެން އުފެދުނު ޚސޫމާތެކެވެ. އިސްމާޢީލް ޝުޖޢާ ގ ފަރާތުން އެމައްސަލައިގައި މައިގަނޑު ގޮތެއްގައި އެދުނު ފަރުވާއަކީ، އެއްބަސްވުމުގައި ސޮއިކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ސިވިލް ކޯޓުން އެމައްސަލައިގައި ނިންމާފައިވަނީ، "... ދެފަރާތުން އިޚްތިޔާރުގައި އެއްބަސްވާގޮތ ނޫންގޮތަކަށް ޝަރީޢަތުގެ ފަރާތުން ވަކިގޮތަކަށް އެއްބަސްވުމަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ ." އެހެންނަމަވެސް، ދެފަރާތުގެ ދެމެދުގައި ކުލީގެ އެއްބަސްވުމެއް އޮތް 33 32 ކަމާއި ތަން ޙަވާލުކުރެވިފައިވާކަން އެކޯޓުން ބަލައިގަނެފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2028/Cv-C/2015 އާއި ހައިކޯޓުގެ ނަންބަރު 2016/HC-A/423 ސިވިލް ކޯޓުގެ C/2015-2028/Cvގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 2 (ކ) ސިވިލް ކޯޓުގެ C/2015-2028/Cvގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 2 (ބ) ސިވިލް ކޯޓުގެ C/2015-2028/Cvގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 2 (ޅ)
21.މިނިންމުން އިސްތިއުނާފު ކުރެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން 23 އަހަރުގެ މުއްދަތެއް ފާއިތުވުމަށްފަހުވެސް އަދި އޭގެ ފަހުންވެސް ކުލި ބަލައިގެންފައިވާކަން ލިޔުންތަކުން އެނގެން އޮންނަކަމުން، އެއީ އެއްބަސްވުން ކުރިއަށް ގެންދިޔުމަށް އެފަރާތުގެ ރުހުން އޮތްކަން ޟިމްނީގޮތެއްގައި އަންގައިދޭކަމެއްކަމާއި، އަދި އިސްމާޢީލް ޝުޖާޢު އެއްބަސްވުމާއި ޚިލާފުވެފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ސާބިތުކޮށްދެވިފައި ނވާކަނ އެނގެން އޮތުމުން، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ، ދަމަހައްޓަންޖެހޭ އެއްބަސްވުމެއްކަމަށާއި […] ގެ 23 ވަނަ ފަންގިފިލާ ހުރީ 3233 ވަނަ އަހަރުން ފެށިގެން އިސްމާޢީލް ޝުޖާޢުގ ބެލުމުގެ ދަށުގައިކަން ވާހަކަތަކުންނާއި، ހެކި ޤަރީނާއިން އެނގެން އޮންނަކަމަށ ކަނޑައަޅާފައިވެއެވެ.
25. ދެފަރާތުގެ ދެމެދުގައި ތައާޤުދީ ގުޅުން ޤާއިމުވެފައިވާކަމަށް އިސްވެ ބުނެވުނު ޤަޟިއްޔާތަކުގައި ކަނޑައެޅުނު ފަހުން، 38 އޯގަސްޓް 3233 ގައި ތަނުގެ ތަޅު ހަލާކުކޮށް ތަނަށް ވަދެ ތަނުގައި ހުރި މުދަލަށް ގެއްލުންދީ ބައެއް ތަކެތި ނެރެފައިވާކަމަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މިކޯޓަށް ހުށަހެޅި ޖަވާބު ފޯމުންވެސް ތަނުގެ އަތުގެ ވެރިކަން (possession) އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް (އެހެނިހެން ފަރާތްތަކުން) ބަދަލުވެފައިވާކަން އެފަރާތުގެ ބަހުން އެނގެއެވެ.
26.އިސްތިއުނާފ ކުރު ފަރާތުން ސިވިލް ކޯޓުގައި އެދުނު ފަރުވާތަކުގެ ތެރޭގައި […] ގެ 3 ވަނަ ފަންގިފިލާ 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުން ދަމަހައްޓަންޖެހޭ ކަން ހައިކޯޓުގެ 2016/HC-A/423 ޤަޟިއްޔާއިން އެނގޭކަމަށް ކަނޑައަޅައިދިނުމަށާއި، ތަނަށް "ވެރިވެގަނެ" ތަނަށާއި ތަނުގައި ހުރި މުދާތަކަށް ގެއްލުންދެމުން ދަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ހައިކޯޓުގެ ނަންބަރު 2016/HC-A/423 ހައިކޯޓުގެ ނަންބަރު 2016/HC-A/423 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 2 (ށ) ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގެ 8.1 އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގެ 8ގެ (ށ) ކަނޑައަޅައިދިނުމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ޢަމަ ލުތަކަކ އިސްތިއުނާފީ ކުރު ފަރާތުގާ ޢަޤްދީ ޙައްޤުތައް ގެއްލޭގޮތަށް ކުރަމުންދާ ޢަމަލުތަކެއް ކަމަށް ކަނޑައަޅާދިނުމަށާއި، ކުއްޔަށްދެވިފައިވާ ތަން ވަގުތުން ޙަވާލުކުރުމަށް އަމުރުކުރުމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތތަކުގް ޢަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ލިބިގެންވާ ކަމަށް ކަނޑައަޅާ ދިނުމަށް އެދިފައިވެއެވެ.
23.އެހެންކަމުން، މައްސަލައިގެ ޚަސްމުން އަދި ކުއްޔަށްދެވޭ ތަނާއި ކުލީގެ އެއްބަސްވުން އެއް ގޮތް ކަމުގައިވީނަމަވެސް، ހުށަހެޅުނު މައްސަލައަކީ، ތަނުގެ އަތުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް ކަން އެނގެއެވެ. ވާޤިއީ ގޮތުން އައިކަމަށް ބުނާ މިބަދަލުގެ ސަބަބުން މިއީ އަލަށް އުފެދުނު ޚުސޫމާތެއް ކަމާއި، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނންމިމއެ މި ޚސޫމާތާއި ގުޅިގެނު ނިމިފައިނުވާ ކަން އެނގެއެވެ.
28. އެހެންކަމުން، ސިވިލް ކޯޓުން މިމައްސަލައިގައި ރެސް ޖުޑިކާޓާގެ މަބްދަޢު ތަޠްބީޤުކޮށްފައިވަނީ އެންމެ ރަނގަޅަށްކަމުގައި ނުފެނެއެވެ. ވީމާ، އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދއުވާއަ މެދާ ގޮތެއް ކަނޑައެޅުމަށްޓަކައި މިމައްސަލަ ސިވިލް ކޯޓަށް ތޙަ ވީލުކުރުމަށް ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލް ގެ ރައުޔު
93.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
12.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
14. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 22 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 381 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 381 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 381 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 381 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2016/SC-A/25)
- ސުޕްރީމް ކޯޓުގެ [2024] SC 39
- ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2019/SC-L/91) — އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމާ ބެހޭ އިޖުރާއީ އިއުތިރާޒު ބަލާފައި
- ހައިކޯޓުގެ 2010/HC-A/47 (ތަޠްބީޤު ނުކުރެވޭ ކަމަށް ބަލާފައި)
- ހައިކޯޓުގެ 2016/HC-A/423، ސިވިލް ކޯޓުގެ 2028/Cv-C/2015، 4213/Cv-C/2018 (ކުރީގެ ޙުކުމްތައް)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.