ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/86

އަޙްމަދު ޞަފްވާން ވ. މުޙައްމަދު ޝަފީޤު

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޭޕްރީލް 2022ދަށު ކޯޓު: ސިވިލް ކޯޓު 3543/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3543/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މައި ކުލި އެއްބަސްވުން ބާޠިލުވުމުން އޭގެ ދަށުން ހެދި ފަރުޢީ ކުލި އެއްބަސްވުމަށް ކުރާ އަސަރާއި، ގޭގެ ވެރިފަރާތުގެ ރުހުމެއްނެތި ތަނުގައި ހުރި ސަބް-ކުއްޔަށް ހިފި ފަރާތުން ތަން ހުސްކުރާ ދުވަހާ ހަމައަށް ވެރިފަރާތަށް ކުލި ދައްކަންޖެހޭތޯ؛ އަދި ތަން ހުސްކުރުމަށް ދިން 45 ދުވަހުގެ މުއްދަތު އެކަށީގެންވޭތޯ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި: ތަން ހުސްކުރުމާއި 45 ދުވަހުގެ މުއްދަތު ޤާއިމް، ކުލި/ޖޫރިމަނާގެ ބައި އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތަނެއް ހުސްކުރުމަށް މުއްދަތު ކަނޑައެޅުމަކީ މައްސަލައިގެ ވާޤިއާތަކާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް ދަށުކޯޓުގެ ފަނޑިޔާރަށް ކުރެވިދާނެ ކަމެކެވެ؛ އެ މުއްދަތު އެކަށީގެންނުވާކަމަށް ބުނާ ފަރާތުން ސަބަބު ބަޔާންކޮށްދީގެން މެނުވީ އިސްތިއުނާފީ މަރުޙަލާގައި އެ މުއްދަތަށް ބަދަލެއް ނުގެނެވޭނެއެވެ. މުދާ ނެރެ އެހެން ތަނަކަށް ބަދަލުކުރުމަށް ވަގުތު ނަގާތީ 45 ދުވަހަކީ އެކަށީގެންވާ މުއްދަތެކެވެ.

HN2 އާންމު އުޞޫލުގެ ގޮތުން، މައި އެއްބަސްވުން ބާޠިލުވުމުން ނުވަތަ އުވިދިއުމުން، އެ މައި އެއްބަސްވުމުން ބާރުލިބިގެން ހަދާފައިވާ ފަރުޢީ އެއްބަސްވުން ވެސް ބާޠިލުވެ، އޭގެ ދަށުން އުފެދުނު ތަޢާޤުދީ ގުޅުން ކެނޑިގެންދެއެވެ؛ މި އުޞޫލުން އިސްތިސްނާ ލިބެންޖެހޭނަމަ އެކަން ޤާނޫނީ ޙުއްޖަތާއެކު ބަޔާންކޮށްދޭންޖެހެނީ އެކަން ބުނާ ފަރާތުންނެވެ.

HN3 ސަބް-ކުއްޔަށް ހިފި ފަރާތާއި ދެމެދުގެ ފަރާތާ (މައި ކުއްޔަށް ހިފި ފަރާތާ) ދެމެދު ކުރެވުނު މުޢާމަލާތެއްގެ ތެރެއިން ދެއްކި ކުލިއަކީ އެ ދެފަރާތުގެ ދެމެދުގެ މުޢާމަލާތެކެވެ؛ އޭގެ ސަބަބުން ގޭގެ ވެރިފަރާތަށް ލިބިގެންވާ ޙައްޤަކަށް އުނިކަމެއް ނާދެއެވެ. އެކަމާ ގުޅޭ ޚުޞޫމާތެއް ވާނަމަ އޭގެ ޚަޞްމުންނަކީ އެ ދެފަރާތެވެ.

HN4 ގޭގެ ވެރިފަރާތުގެ ބިމުގައި ހުންނަ ފަރާތަކުން އެ ތަނަށް ކުލި ދައްކަންޖެހޭނެއެވެ؛ ވެރިފަރާތާ ތަޢާޤުދީ ގުޅުމެއް ނެތި، ވެރިފަރާތުގެ ރުހުމެއްނެތި، ކުލި ނުދައްކާ ތަނުގައި ހުރުމުގެ ޙައްޤެއް އެ ފަރާތަކަށް ނެތެވެ. އެހެންކަމުން، ވެރިފަރާތަށް ލިބެންޖެހޭ ކުލީގެ މަންފާއިން ވެރިފަރާތް މަޙްރޫމުކުރާ ނިންމުމަކީ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާނުވާ ބޭއިންސާފު ނިންމުމެކެވެ.

މަދަނީ › ބިމާއި އިމާރާތް ކުއްޔަށް ދިނުން

HN5 ފަނޑިޔާރު ޙުކުމަށް ވާޞިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި ނެތްނަމަ އެ ޝަރީޢަތަކީ ޞައްޙަ ޝަރީޢަތެއް ކަމަށް ނުބެލެވޭނެއެވެ ([2021] SC 30).

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އާއި ފަނޑިޔާރު ޙުސައިން

ޝަހީދު ތާއީދުކުރެއެވެ. )

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގް ނަންބަރު C/2017-Cv/3543 ޤަޟިއްޔާ އިސްތިއުނާފކު ރުމަށު އެދި […] އަޙްމަދު ޞަފްވާން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، […] މުޙައްމަދު ޝަފީޤއެވެ.

ކަނހިނގާފައިވް ގޮތް

2[…] އެވެކިޔާ ބަންޑާރަ ގޯތީގައި ހަދާފއިވަ 3 (ތިނެއް) ފަންގިފިލާގެ އ މާރާތ ކުއްޔަށދިނުމަށްޓަކައް […] އަޙްމަދް ޞަފްވާން އާއި އާމިނަތު ސަތުނާ އާއި މަރްޔަމް ޒާހިރާއާއި، ސ.ހިތަދޫ މާދގެ އިބްރާހީމޫ ލަޠީފއާ ދެމެދް 01 ސެޕްޓެންބަރު 2016 ގައި އެއްބަސްވުމެއް ވެފައިވެއެވެ. އެ އެއްބަސްވުމުގެ މުއްދަތަކީ އެއްބަސްވު މުގައި ސޮއިކުރާ ދުވަހުން ފެށގެނި 06 (ހައެއް) އަހަރާއި 11 (އެގާރަ) މަސްދުވަ ސްކަމަށް އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކް ށްފައިވެއެވެ.

3އިސް ވެ ބަޔާން ކުރެވުނު މައި އެއްބަސްވުމުގެ ދަށުން ބާރުލިބިގެން […] ގެ ތިރީބުރީގައި ވާ ފިހާރަ ކުއްޔަށް ދިނުމަށް އިބްރާހީމް ލަޠީފް 01 ނޮވެމްބަރު 2016 ގައި މުޙައްމަދު ޝަފީޤާއެކު އެއްބަސްވުމެއް ވެފައިވެއެވެ. އެ ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތަކީ އެ އެއްބަސްވުމުގައި ސޮއިކުރާ ދުވހުނަ ފެށގެނި މީލާދީ 06 (ހައެއް) އަހަރުގެ މުއްދަތު ކަމަށާއި އަދި އެއަށްފަހު އިތުރުކުރެވޭ 10 (ދިހައެ އ) މަސްދުވަހުގެ މުއްދަތުކަމަށް އެ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އައިޑީކާޑު ނަންބަރު […] އައިޑީ

4ބުނެވިދިޔަ އެއްބަސްވުމގު 3 ވަނަ މާއްދާގައިވާގޮތަށް މީލާދީ 06 (ހައެއް) އަހަ ރުދުވަހުގެ ކުއްޔަށްވާ 600,00.00ރ. (ހ ލައްކަ ރުފިޔާ) މުޙައްމަދު ޝަފީޤް އެކީ އެއްފަހަރާ އިބްރާހީމް ލަޠީފަށް ދައްކާފައިވެއެވެ.

5ގޭގެ ވެރިފަރާތްތަކާއި އިބްރާހީމް ލޠަ ފ އާއީ ދެމެދު 01 ސެޕްޓެމްބަރ 2016 ގައި ވެވިފައިވާ ކުއްޔަށްދިނުމުގެ މައި އެއްބަސްވުން ބާޠިލވެފައިވާކަމަށް އެއްބަސްވުމުގު ބައިވެރިން 12 ޑސި މްބަރެ 2016 ގައި އިޢު ތިރފާ ވ ލިޔުމެއްގައި ސޮއިކޮށްފައިވެއެވެ.

6ގޭގެ ވެރިފަރާތްތަކާއިއެކު އިބްރާހީމް ލަޠީފް ހަދާފައިވާ އެއްބަސްވުން ބާޠލުވެފައިވާކަނި އިބްރާހީމް ލަޠީފުގެ އަތުން އެ ތަން ކުއްޔަށްހިފާފައިވާ ފަރާތް ކަމުގައިވާ މުޙއްމަދަ ޝަފީޤަށް އަންގައި އަދި އެ ތަނުގައި މަޑުކުރަން މުޙައްމަދު ޝަފީޤް ބޭނުންނަމަ ގޭގެ ވެރިފަރާތތަކް އާ އެކި އެއްބަސްވުމެއް އެކުލަވާލާ ކުލިދައްކައިގެން އެ ތަނުގައި މަޑުކުރުމުގެ ފުރސު ތ ދެވިފައިވެއެވެ.

7ނަމަވެސް، މުޙައްމަދު ޝަފީޤަ ގޭގެ ވެރިފަރާތްތަކާއިއެކު މަޝްވަރާކުރުމެއް ނެތި އަދި ތަނުގައި މަޑުކުރުމަށް އިތުރު އެއްބަސްވމެއު ހެދުމެއް ނެތި ތަން ގުދަނެއްގެ ގޮތުގައި އެއްވެސް ކުއްޔެއްދެއްކުމަކާއި ނުލއަ ބޭނުންކުރަމުން ގެންދާކަމަށް ގޭގެ ވެރިފަރާތުން ބުނެއެވެ.

8މުޙައްމަދު ޝަފީޤް ތަނުން ނުނިކމު ތަނުގައި މުދާ ބަހއަ ޓް އިގެނަ ގުދނައްގ ގޮތުގައެ ބޭނުންކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމާއި ގޭގެ ވެރިފަރާތްތަކާއި މުޙައްމަދު ޝަފީޤަށް ތަން ދޫކުރިފަރާތާއި ދެމެދު އޮތް މައި އެއްބަސްވުން ބޠިލާ ވިކަނު މުޙައްމަދް ޝަފީޤަށް ލިޔުމުން އަންގނަ ކުރިމަސައްކަތުން އޭނާއަށް ލިޔުމުން އެކަން އެނގް ފައިވަނ 15 ޖެނުއަރީ 2017 ގައިކަމަށް ގޭގެވެރިފަރާތުން ބުނެއެވެ.

9މުޙައްމަދު ޝަފީޤާމެދު ވެފައިވާ އެއްބަސްވުމުގެ ޤާނޫނީ ބާރު ނެތްކަމާއި އެހެންކަމުން ތަނުގައި މަޑުކުރަން ބޭނުންނަމަ އެއްބަސްވުމެއް ގޭގެ ވެރިފަރާތްތަކާއއެކި ހެދުމަށް ހުށަހެޅުމުގެ އިތުރުން، ތަނުގައި މަޑުކުރުމަށް ގޭގެ ވރިފަރާތްތަކާއެއެކު އެއްބަސްވމު އ ނުހެދޭނެ މ ތަން ހުސްކޮށް ހވާލުކުރުމަށަ އެ ންގފައިވާކަމާއި އަދި އެގޮތުން 17 ޑިސެމްބަރު 2016 އިން ފެށިގެން ތަން ހުސްކޮށް ތަޅުދަނޑި ހަވާލުކުރާ ދުވަހާއި ހަމަޔަށް މިސްލީ ކުއްޔެއް ގޮތުގައި މުޙައްމަދު ޝަފީޤް އާއި އިބްރާހީމް ލޠަ ފީ މެދާ ވެފައިވާ އެއްބަސްވުމުގެ ކުލީގެ 20 އިންސައްތަ ދުވާލަކަށް ޖެހޭމަގުން ކުލި ދެއްކުމަށް ލިޔުމުން އެންގިފައިވާކަމާއި އަދި އެ ލިޔުމާ މުޙައްމަދު ޝަފީޤް ހަވާލުވެ ލިޔުންކިޔާ ސޮއިކޮށްފައިވުމުން، ތަން ހުސްނުކޮށް އިތުރަށް މަޑުކުރާ މުއްދަތަށް ހިނގާ ޒިންމާ އުފުލަން އެއްބަސް ވެވުނީކަން އަމަލުން ސާބިތުކުރުމުގެ އިތުރުން އެފަދަ ލިޔުމެއްގައި ސޮއިކުރެވި ކުއްޔަށް ޒިންމާ އުފުލަން އެއްބަސްވީކަމުގައި ގޭގެ ވެރިފަރާތުން ދެކެއެވެ.

10ކުލި ދައްކާފައިނުވާތީ 12 ޑިސެންބަރު 0172 ގައި ތަން ހުސްކުރުމަށް އިތުރު 2 (ދެއެއް) ދުވަހުގެ މުހުލަތެއް ދިނުމއާ އެކި ފާއިތުވި މުއްދަތުގެ ކުލި އެއްކޮށް ދައްކާ ހަލާސްކުރުމަށް 7 (ހަތެއް) ދުވަހުގެ މުއްދަތެއްދީ ސިޓީއެއް ހަވާލުކުރުމަ ށ މަސައްކަތް ކުރުމުން ލިޔުމާއި ހަ ވާލުނުވުމުން، ރަޖިސޓާރޑް ޕޯސްޓް މެދުވެރިކޮށް ލިޔުން ވާނީ ފޮނވު ފައިކަމަށް ގޭގެ ވެރިފަރާތުން ބުނެއެވެ. އަދި ތަނުގެ ދޮރުގައި ރަތްކުލައިން ނޯޓިސްގެ ގޮތުގައި އިސްވެ ބަޔާންކުރެވުނު ސިޓީ ތަތްކުރެވިފައިވއެވެ. އަދި ރަތް ނޯޓިސް ތަތް ކުރެވުމާއއެކި މުޙައްމަދު ޝަފީޤް މައް ސަލަ ފުލުސްއޮފީހަށް ހުށަހަޅާފައވި ކަމާއި އަދި މިކަމަކީ މުދަ ނ މައްސަލައެއްކަމާއަ އެހެންކަމުން ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް ފުލުސް އޮފީހުން އންގާފައިވާކަމަށަ ގޭގެ ވެރިފަރާތުން ފާހަގަކޮށްފައިވެއެވެ.

11ބުނެވިދިޔަ ޚުޞޫމާތާ ގުޅިގެން ގޭގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ ދަޢުވާ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3543 ޤަޟިއްޔާއިންނެވެ. އިސްތިއުނާފުކުރެވިފައިމިވަނީ އެ ޤަޟިއްޔާއެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

12ގޭގެ ވެރިފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާގައި ބުނެފައިވަނީ: "މި ދަޢުވާއަކީ، ކ.މާލެ، […] ކިޔް ބަންޑާރަ ގޯތީގައި ހަދާފައިވާ 3 (ތިނެއް) ފަންގިފިލާގެ އިމާރާތް ކުއްޔަށްހިފިފަރާތްކަމުގައިވާ ސ.ހިތަދޫ، މާދޫގ އިބްރާހީމެ ލަޠީފް (އައިޑީ. އާއި ގޭގެ ވެރިފަރާތްތަކާއި (އަޙްމަދު ޞަފްވާން (އައިޑީ.، އައިމިނަތު ސަތުނާ (އައިޑީ.ކާޑް ނަންބަރު: 102051A) މަރްޔަމް ޒާހިރާ (އައިޑީ.ކާޑް ނަންބަރު: 036039A)) އާއި ދެމެދު 01 ސެޕްޓެމްބަރ 2016 ގައި، ވެވިފައިވާ ކުއްޔަށްދިނުމުގެ އެއްބަސްވުން ބާޠިލުވެފައިވާކަމަށް އެއްބަސްވުމުގެ ބައިވެރިންގެ އިއްތިފާޤުން 12 ޑި ސެމްބަރ 2016 ގައި އިޢތިރު ފ ވެފައިވާތީވެ، އިބްރާހީމް ލ ޠަފްގެ ފަރާތުން، އިހު ދެންނެވުނު އެއްބަސްވުމުގެ ދަށުން ބާރުލިބިގެން ހަދާފައިވާ، […] ތިރީބުރީގައިވާ ފިހާރަ މުޙައްމަދު ޝަފީޤް (އައިޑީ. (ދަޢުވާލިބޭ ފަރާތް) އަށް ކުއްޔަށްދިނުމުގެ އެއްބަސްވުމަކް 12 ޑި ސެމްބަރ 2016 އިން ފެށިގެން ބާޠިލު ވެފައިވާ އެއްބަސްވުމެއްކަމަށް ކަނޑައަޅުއްވާދެއްވާ، އެފަރާތަށް ގޭގެވެރިފަރާތުން އެއްބަސްވުން ބޠިލާވެފައިވާކަނ އެންގުމަށްފަހުވެސް ތަނުން ނުނިކުމެ ހުރުމުގެ ސަބަބުން، ތަން ގޭގެ ވެރިފަރާތްތަކާއި ޙަވާލުކުރުމާއި ހަމަޔަށް ހިނގާ މުއްދަތަށް، ދަޢުވާލިބޭ ފަރާތަށް އަންގާފައިވާ އުޞޫލުގެ ދަށުން ތަނުގެ ކުއްޔާއި، ކުލި ނުދައްކާ ހިނގާދުވަސްތަކުގެ ޖޫރިމަނާ ފައިސާއަށް، ދޢަ ވާލިބު ފަރާތުން ޒިންމާއުފުލަންޖެހޭނެކަމަށް ކަނޑައަޅުއްވައި ދެއްވުންއެދ ކުރި ދޢަ ވާއެކެވެ. " މިފަދައިންކަން އެނގެން އޮވެއެވެ.

13އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، ބުނެވެދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، […] / މާލެ، އަޙްމަދު ޞަފްވާންގެ ފަރާތުން […] / މާލެ، މުޙައްމަދު ޝަފީޤްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި، […] އެވެކިޔާ ގޯތީގެ ބެހެނިވެރިންނާއި ސ.ހިތަދޫ / މާދޫގެ، އިބްރާހީމް ލަޠީފް އާދެމެދު ވެވުނު އެއްބަސްވުމާ އިބްރާހީމް ލަޠީފް ޚިލާފުވުމުގެ ސަބަބުން އެ އެއްބަސްވުމުގެ ބައިވެރީނ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވުމުގެ ސަބަބުން، މިބުނެވުނު އެއްބަސްވުމުގެ ދަށުން ބާރު ލިބިދީގެން ސ.ހިތަދޫ / މާދޫގެ، އިބްރާހީމް ލަޠީފްއާ އ، މި މައްސަލާގައި ދަޢުވާލިބޭ ފަރާތާ ދެމެދުގައި ވެވުނު އެއްބަސްވުމަކީ މިހާރު ނިމުމަކަށް އައިސްފައިވާ އެއްބަސްވުމެއްކަން އެނގެން އޮންނާތީ، 15 ނޮވެންބަރު 2018 އިން ފެށިގެން 45 (ސާޅީ ސ ފަހެއް) ދުވަހުގެ ތެރޭގައި […] އެވެކިޔާ އިމާރާތުގެ ތިރީބުރީގައިވާ ފިހާރައިގައިވ އުފުލާ މުދަލާއި ތަކެތި ތަނުންނެރެ އެތަން ހުސްކރުމަށު މި މައްސަލާގައި ދަޢުވާލިބުނު […] / މާލެ، މުޙައްމަދު ޝަފީޤއަށް އަންގައި، […] އެވެކިޔާ ގޯތީގެ ބެހެނިވެރިންނާއި އިބްރާހީމް ލަޠީފް އާދެމެދު ވެވުނު އެއްބަސްވުމުގައިވާ ކުލީގެ ނިސްބަތުން މިބުނެވުނު މުއްދަތާ ހަމައަށް ހިނގާ މުއްދަތުގެ ކުލި ހޯދުމަށް އިބްރާހީމް ލަޠީފްގެ މައްޗށަ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7 ވަނަ ނަންބަރު ދަޢުވާކުރުމުގެ ޙައްޤު މި މައްސަ ލާގައި ދަޢުވާކުރާ ފަރާތަށް ([…] އެވެކިޔާ ގޯތީގެ ބެހެނިވެރީންނަށް) ލިބިގެންވާކަމަށާއި، އަދި ދަޢުވާލިބޭ ފަރާތުން ކުލީގެ ގޮތުގައި އިބްރާހީމް ލަޠީފަށް އަދާކޮށްފައިވާ ފައިސާއިން ތަން ހުސްކުރުމާ ހަމައަށް ހިނގާ މުއްދަތުގެ ކުލީގެ މިންވަރު (ދަޢުވާލިބޭ ފަރާތާއި އިބްރާހީމް ލަޠީފް އާދެމެދު ވެވުނު އެއްބަސްވުމުގެ ކުލީގެ މިންވަރުން) އުނިކޮށް ބާކީ ފައިސާއާއި، ދަޢުވާލިބޭ ފަރާތާއި އިބްރާހީމް ލަޠީފް އާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެދި އިބްރާހީމް ލަޠީފްގެ މައްޗަށް ދަޢުވާކުރުމުގެ ޙއްޤަ މި މައްސަލާގައި ދަޢުވާލިބޭ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ.] މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

14ސިވިލް ކޯޓުގް ނަންބަރު C/2017-Cv/3543 ޤަޟިއްޔާ އިސްތިއުނާފކުރުމަށް އެދި […] އަޙްމަދު ޞަފްވާނގް ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެ ނުކުތާއާ ބެހގޮތުނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވ ކާލާތުކޮށަފައިވެއެވެ. އެގތުނ ހުށަހަޅާފައިވް ނުކުތާއަކީ:

1.14 އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާނީ، ދަޢުވާލިބޭ ފަރާތުން ދަޢވާގު މައުޟޫގައި ބަޔާންކޮށްފައިވާ […] ތިރީބައިގައި ހަދާފައިވާ ފިހާރަ ބޭނުންކުރުމުގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނެތްކަން އެންގުމަށްފަހުވެސް ތ ނ ދޫކުރުމަށް ދެކޮޅުހަދާ ތަން ޙިޞާރުކޮށްގެން ބޭނުންކރަމުނު ގޮސްފައިވާތީ، ތަކުރާރުކޮށް އެ ތަން ހުސްކުރުމަށާއި، އަދި ހުސްނުކޮށް ބޭނުންކުރާ މުއްދަތުގެ ކުއްޔަށް ގެއްލުމުގެ ބަދަލު ގެ ގޮތުން ޒިންމާ އުފުލަންޖެހޭނކަނ ލިޔުމުން އެންގުމުންވެސެ ތަން ބޭނުން ކުރަމުން ދިޔުމާއި، އަދި ތަން ބޭނުންކުރުމށްޓަކައަ ކަރަންޓް ގުޅާދިނުމަށާއި، ދަޢުވާލިބޭ ފަރާތާއި، ދަޢުވާލިބޭ ފަރާތަށު ތަން ކުރިން ކުއްޔަށްދިން ސ.ހިތަދޫ / މާދޫގެ އިބްރާހީމް ލަޠީފް އާއި ދެމެދު ވވުނެ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3543 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޞަފް ޙާ ނަންބަރު 10-09 އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ތަން ބޭނުންކުރެވޭނެ ކަމަށް ކަނޑއެޅުމަށާއަ އަދި ދަޢވު ލިބާ ފަރާތުން […] އެވެ ކިޔާ ގޭގެ ވެރިފަރާތްތަކުގެ މައްޗަށާއި، އިބްރާހީމަ ލަޠފްގީ މައްޗަށް ކިރު ދަޢވު ގައާ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1132 ޤަޟިއްޔާގެ ޙުކުމުގައި ވެސް ދަޢުވާލިބޭ ފަރާތަށް ތަން، […] […] ވެރިފަރާތްތަކުގެ ނުރުހުމުގައި ތަން ބޭނުންކުރަމުން ދިޔުމުގެ އެއްވެސް ޙައްޤެއް ނެތްކަމަށް ކަނޑައެޅުމާއި އެކުވެސ ތަން ހުސްކުރުމަށާއި، ތަން ހުސްނުކޮށް ބޭނުންކުރަމުންދާ މުއްދަތުގެ ކުއްޔަށް ޒިންމާ އުފުލަންޖެހޭނކަން އެންގުމުނެ ވެސް ތަން ހުސްނުކޮށް ބ ނުންކުރަމުން ގޮސްފައިވާތީ، ދޢަ ވާލިބޭ ފަރާތުނު ގަސްތުގައި ތަން ބޭނުން ކުރަމުން ގޮސްފައަ ވަނީ އ ފަރާތަށެ ބޭނުން ކުރުމުގެ އެއްވެސް ޤާނޫނީ ޙއްޤެއަ ނެތި ކަމުން، ސީދާ ދޢަ ވާލިބު ފަރާތުގެ އަމަލުން އިސްތިއުނާފކުރު ފަރާތަށް ލިބިފައިވާ ގެއްލުމަށް، ދަޢުވާލިބޭ ފަރާތަށް ލިޔުމުން އަންގާފައިވާ ގޮތުގެ މަތިން ޒިންމާ އުފުލަންޖެހޭނެ ނަމަވެސް، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އިސްވެ ބަޔާންކުރެވުނު މައްސަލައާއި ގުޅުން ހުރި ޙަޤީޤަތްތަކަށް ޤާނޫނީގޮތުން ރިޢާޔަތްކުރަންޖެހޭ ގޮތަށް ރިޢާޔަތްނުކޮށް، ޤާނޫނު ނަންބަރު 91/4 (ކޮން ޓްރެކްޓާ ބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ގޮތާ ޚިލާފަށް، އަދި ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ރިޢާޔަތްކުރުމެއް ނެތި، ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުގެ ނަންބަރު -SC/2008 A/09 ޤަޟިއްޔާގައި ކަނަ ޑައަޅުއްވ ނިންމަވާފައިވާ ގޮތާ ޚިލާފަށް، ދަޢުވާލިބޭ ފަރާތަށް "އަންޖަސޓް އެންރިޗްމަންޓް" ނުވަތަ "ނުޙައްޤު މުއްސަނދިކަމެއް" ލިބޭ ގޮތަށް، ތަނުން ގޭގެ ވެރިފަރާތަށް ލިބެންޖެހޭ އާމްދަނީ ބަންދުކޮށް، ދޢަ ވާލިބު ފަރާތުގެ ސީދާ އަމަލެއްގެ ސަބަބުން އެތަށް މަސްދުވަހެއް ވަންދެން ލިބެމުންދިޔަ ގެއްލުމަކީ ސީދި ދޢަ ވާލިބޭ ފަރާތުގު އަމަލުގެ ސަބަބުން ވީ ކަމެއް ނަމަވެސް އެ ފަރާތް ޒިންމާއިން ބަރީއަކުރުވާ، އެތަށް މަސްދުވަހެއް ފަހުން މައްސަލަ ނިންމިއިރުވެސް، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ މުއްދަތާ ޚިލާފަށް އެކަށީގެންނުވާ ދިގު މުއްދަތެއް ވަންދެން ތަނަށް ކުލި ނދައު ކ ބޭނުންކުރުމުގެ ފުރުސަތު، ގޭގެ ވެރިފަރާތްތަކަކަށ ކަނޑައެޅިގެން ގެއްލުންވާ ގޮތުގެ މަތިން ދީފައިވަނީ އިސްވެ ބަޔާންކުރެވުނު ފަދައިން "އަންޖަސްޓް އެންރިޗްމަންޓް" ނުވަތަ ނ ޙު އްޤަ މުއްސަނދިކަމެއް ދަޢުވާލިބޭ ފަރާތަށް ލިބޭނެ ފަދަ ގޮތަކަށް، ގޭގޮ ވެރިފަރާތްތަކުގެ ޙއްޤަ ގެއްލުވާލާފައ ކަމުގައި ފާހަގަކުރާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

15އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ދަޢުވާލިބޭ ފަރާތް ކަނޑަ އެޅިގން ގޭގެ ވެރިފަރާތްތަކަށް ގެއްލުންވާގޮތަށް ތަނު ބޭނުންކުރަމުން ގޮސްފައިވަނީ، ގޭގެ ވެރިފަރާތްތަކުގެ ނުރުހުމުގައި ތަން ބޭނުންކުރުމުގެ އެއްވެސް ޤާނޫނީ ޙޫއިޞިއްޔަތެއް ނެތިކަން އެނގިހުރެކަމާއި، އެހެންކަމުން ދަޢުވާލިބޭ ފަރާތް ތަން ބޭނުންކުރާނަމަ ކުލި ދެއްކުމަށާއި، ތަން ބޭނުންކުރާ މުއްދަތުގައި ކުލި ނުދައްކައިގެންވާ ގެއްލުމަކަށް ޒިންމާވާންޖެހޭނެކަނ ޝަރުތުކޮށް އެކަން އެފަރާތަށް އަންގާފައިވާ ލިޔުމުގައި ސޮއިކުރިނަމަވެސް ކުލި ނުދައްކާ ތަން ބޭނުންކުރަމުންދިޔައީ ސީދާ އެފަރާތް ކަމުން، އެކަމަކީ ސީދާ ދަޢުވާ ލިބޭ ފަރާތުގެ އަމަލެއްގެ ސަބަބުން ލިބިފައިވާ ގެއްލުމެއްކަމުން، އެކަމުން ބަރީއަ ވެވޭނެ އެއްވެސް ޤާނޫނީ ޙުއްޖަތެއް ދެއްކިފައި ނުވުމާއިއެކު، ގޭގެ ވެރިފަރާތްތަކުން ތަން ހުސްކުރުމަށާއި، ތަން ބޭނުންކުރަމުން ގޮސްފައިވާތީ، ސީދާ ދަޢުވާލިބޭ ފަރާތުގެ އަމަލުގެ ސަބަބުން ލިބެމުން ގޮސްފައިވާ ގެއްލުމަށް ދަޢުވާލިބޭ ފަރާތުން ފުރިހަމަޔަށް ޒިންމާ އުފުލަން ޖެހޭނެ ކަމަށް ކަނޑައަޅުއްވާ ދެއްވާ، އަދި ތަން ހުސްކުރުމަށްޓަކައި ދަޢުވާލިބޭ ފަރާތަށް ދީފައިވާ ދިގު މުއްދަތަކީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއްކަމާއި، އެ މުއްދަތުވެސް ހިމެނޭގޮތުން، ގޭގެ ވެރިފަރާތްތަކާއި ތަން ހުރިގޮތަށް ހަވާލުކުރާ ދުވަހާއި ހަމަޔަށް ލިބެމުންދާ ގެއްލުމުގެ ބަދަލަށް ދަޢުވާލިބޭ ފަރާތް ފުރިހަމަޔަށް ޒިންމާ އުފުލަންޖެހޭނެ ކަމަށް ކަނޑައަޅުއްވާ ދެއްވާ މައްސަލަ ނިންމަވާ ދެއްވުން އެދެމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު އިސްތިއުނާފުކުރާ ފަރާތުނު ފާހަގަކުރި ކަންކަން

16އިސްތިއުނާފު ކުރާ ފަރާތާއި، އިސްތިއުނާފރައްދުވު ފަރާތަށް ތަން ކުއްޔަށްދިން ފަރާތް ކަމުގައިވާ ސ.ހިތަދޫ މާދޫގެ އިބްރާހމީ ލޠަ ފީ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުއްޔަށްދީފައިވަނީ […] ގއ ހަދާފައިވާ 3 ބުރގީ އިމާރާތް ކ މާއި، އަދި އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައިވާ 2 ފިހާރއިގަ ތެރެއިން 1 ފިހާރަ އިބްރާހީމް ލީ ޠީފަ ވަނީ އިސްތިއުނާފރައްދުވު ފަރާތަށް ކުއްޔަށްދީފައި ކަމާއި، އ ދ، އިބްރާހީމް ލޠަ ފ އާއް ގޭގީ ވެރިފަރާތްތަކާއި ދެމެދު ވެވުނު އެއްބަސްވުމާއި އެއްގޮތަށް އިބްރާހެ މ ލީ ޠަ ފީ ކުލި ނުދެއްކުމުގެ ސަބަބުން އެއްބަސްވުން ބޠާ ލުކޮށް، ބާޠިލު ކރުމާއ ގުޅި ލިޔުމުގައި އިބްރާހީމް ލޠަ ފީ ވެސް ސޮއިކޮށް، އިމާރާތުގި ތިރީބުރީގައި ހަދާފައިވާ 2 ފިހާރައިގެ ތެރެއިން ދ ޢަ ވާލިބޭ މުޙއްމަދު ޝަފީޤަ ށ ކުއްޔަށްދިން ފިހާރަ ފިޔަވާ އިމާރާތުގެ އެހެނިހެން އެންމެހާ ބައިތއަ ގޭގެ ވެރިފަރާތްތަކާއި ވަނަ ހަވާލު ކޮށްފައެވެ. ނަމަވެސް، އިސްތިއުނާފރައްދުވު މުޙައްމަދ ޝަފީޤު ތަން ހުސްކޮށް ހަވާލުކުރުމަށް ދެކޮޅުހަދާ ތަން ޙޞި ރުކުރުމާއާއެކު، އެ ފަރާތުން އެ ތަން ބނުންކުރޭ ނަމަ، ގޭގެ ވެރިފަރާތްތަކާއި ދެމެދު އައު އެއްބަސްވުމެއް އެކުލަ ވާލމުށ ހުށަހަޅް ނަމަވެސް އެއްބަސްވުމެއް ވެސް އެކުލަވާލައިގެނ ކުރިޔަށް ދިޔުމަށް އިޖާބަ ނުދިނުމުގެ ސަބަބުން ތަން ހުސް ކުރުމަށާއި، ތަން ހުސްނުކޮށް ބޭނުންކުރަމުންދާ މުއްދަތުގައި ވެރިފަރާތްތަކަށް ލިބެމުންދާ ގެއްލުމަށް ފުރިހަމައަށް ޒިންމާ އުފުލަންޖެހޭނެ ކަން އެންގިފައިވެއެވެ. އަދި، އިސްތިއުނާފ ރައްދުވު ފަރާތަށް ތަން ކ އްޔަށ ދިން އެއްބަސްވުން ބާޠިލވެފައިވާކަމާއި، ތަނު ހަވާލުނުކޮށް ބޭނުންކުރާނަމަ، އެ މުއްދަތުގެ ގެއްލުމަށް ޒިންމާ އުފުލަންޖެހޭނެ އުޞޫލު 15 ޖނަވަރަ 2017 ގައި ލިޔުމުނއް ންގާފައިވެއެވެ. އަދި އެ ލިޔުން އިސްތިއުނާފ ރައްދުވު ފަރާތުން ކިޔާ، އެއްބަސްވެ ސޮއިކޮށް އިނގިލީގެ ނިޝާން ވެސް ޖަހާފައި ވެއެވެ. ނަމަވެސް، އޭގެ ފަހުންވެސް އެ ލިޔުމާ އެއްގޮތަށް ފައިސާ ނުދައްކާ ތަން ބޭނުންކުރަމުން ދިޔުމާއއެކު، 12 ޑިސެންބަރު 2017 ގައި ލިޔުމުން ތަން ހުސްކުރުމަށާއި، ތަން ބޭނުންކުރަމުންދާ މުއްދަތަށް 15 ޖނަވަރަ 2017 ގައި އިސްތިއުނާފުރައްދުވާ ފަރާތުން ސޮއި ކުރި ލިޔުމުގައި ބަޔާންކޮށްފައިވާ އުޞޫލުގެ ދަށުން ދއްކަ ންޖެހޭ ފައިސާ 7 ދުވަހުގެ ތެރޭގައި ދެއްކުމަށާއި، އދ އެ މުއްދަތަ ގައު ދައްކަންޖެހި ފައިސާ ނުދައްކާނަމަ، ސިޓީގައި ބަޔާންކޮށްފައިވާ އުޞޫލުގެ ދަށުން ޖޫރިމަނާ ފައިސާވެސް ދެއްކުމަށް އެއްބަސްވަނީ ކަމުގައި ބަލާނކަމަށް ވާނެ ލިޔުމުން އަންގާފައެވެ.

17އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ތަކުރާރުކޮށް ލިޔުމުން ތަން ހުސްކުރުމަށާއި ތަން ބޭނުންކުރާ ނަމަ ތަން ބޭނުން ކުރާ މުއްދަތުގެ ކުއްޔަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޒިންމާ އުފުލަން ޖެހޭނެ ކަންވެސް އަންގާފައި ވަނިކޮށް، އިސްތިއުނާފރައްދުވު ފަރާތުން ގޭގެ ވެރި ފަރާތްތަކާއި ދެކޮޅަށް، ތަން ބޭނުންކުރމުގު ޙއްޤ އޮތު ކަމަށާއި، އަދ ތަނަށް ހޯދަންޖެހޭ ކަރަންޓު ފަދަ ހދުމަތްތި އ ގުޅާދިނުމަށ އެދް ސިވިލް ކޯޓަށް ހުށަހެޅި ދޢަ ވާގައު ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1132 ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަށް […] ގޭގެ ވެރިފަރާތްތަކުގެ ނުރުހުމުގައި ތަން ބޭނުންކުރުމުގެ އެއްވެސް ޤާނޫނީ ހައިސއްޔަތެއި ނެތްކމަށާއަ އިސްތިއުނާފރައްދުވި ފަރާތު ށ ތަން ކުއްޔަށް ދިން އެއްބަސްވުމަށް ބާރު ލިބިދިން އއްބަސްވުނެ ބާޠިލުކުރި ތާރީޚުން ފެށިގެން، އިސްތިއުނާފުރައްދުވާ ފަރާތަށް ތަން ބޭނުން ކުރަމުންދިޔަ އެއްބަސްވުންވެސު ބާޠިލވެފައިވު ކަމަށް ކަނޑައެ ޅުމާއއެކު، އިސްތިއުނާފރައްދުވު ފަރާތށަ ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމަކަށް އިސްތިއުނާފރައްދުވާ ފަރާތު ށ ތަން ކުއްޔަށްދިން ފަރާތަ ކަމުގައިވާ، ސ.ހިތަދޫ މާދޫގެ އިބްރހާ މ ލަޠފީ ގ މައްޗަށް ދަޢުވާކުރުމުގެ ޙއްޤަ އޮތްކަމަށް، 10 ޖުލައި 2018 ގައި ޙުކުމް ކުރުމާއިއެކު، އަނެއްކާވެސްތަނ ހުސްކުރުމަށް ނޯޓިސް ދީ، ތަން ހުސްނުކުރާނަމަ، އިސްތިއުނާފރައްދުވު ފަރާތށަ ކުރިންވެސް ލިޔުމުން އަންގާފައިވާ ގޮތުގެ މަތިން،އެ ތަން އޭނާ ބޭނުންކުރަމުންދާ މުއްދަތުގެ ކުއްޔަށް ޒިންމާ އުފުލަން ޖެހޭނެ ކަނވާނީ އެންގިފައެވެ. ނަމަވެސް، އެއްވެސް ވަރަކަށް މިއިން ކަމަކަށް އިޖާބަ ދިނުމެއް ނެތި، ތަން ޙިޞާރުރުކޮށްގެނ ތަން ބޭނުން ކުރަމުން ގޮސްފައިވެއެވެ. އަދި މި މުއްދަތުގައި ތަން ހުސްކުރުވުމަށް މޯލްޑިވް ސ ޕޮލިސް ސާރވިސްއަށ މައްސަލް ހުށަހެޅުމުން މަދަނީ ކަމެއް ކަމުގައިވާތީ، ކޯޓަ މެދުވެރިކޮށް ކުރިޔަށެ ގެންދިޔުމަށް އެދިފައިވާތީ، ކޯޓު މަރުޙަލާ މެދުވެރިކޮށް ވަނީ މަސައްކަތް ކުރެވިފައެވެ.

18އ ސްވެ ބަޔާންކުރެވުނު ޙަޤީޤަތްތަކާއި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި، މައްސަލަ ނިންމުމުގައި ގޭގެ ވެރިފަރާތްތަކށަ އިސްތިއުނާފުރައްދުވާ ފަރާތް ގަސްދުގައި ދިން ގެއްލުމަށް ޒިންމާ އުފުލަންޖެހޭނީ އިބްރާހީމް ލޠަ ފ އެކަނ ކަމަށި ނިންމާފައިވާއިރު، އަދި އިސްތިއުނާފު ރައްދުވާ ފަރާތް ތަން ބޭނުންކުރި ދިގު މުއްދަތުގެ ކުލި ހޯދުމަށް އިބްރާހީމް ލޠަ ފ އާއީ ގޭގެ ވެރިފަރާތްތަކާއި ދެމެދު ވެވުނު އެއްބަސްވުމުގެ ނިޞްބަތުނ އިބްރާހީމް ލޠަ ފްގީ މައްޗަށް އެކަނި ދޢަ ވާކުރުމަށ ނިންމާފައިވަން އެއްވެސް ޤާނޫނީ އަދި ޝަރުއީ އުޞޫލެއްގެ ދަށކުންނޫނެވެ. އެހެނީ، އިބްރާހީމް ލޠަ ފީ ށ ކުއްޔަށްދީފައިވަނީ 3 ބުރި އިމާރާތެއް ކަމާއި، އިބްރާހީމް ލީ ޠަ ފ އާއް ދެމީ ދެ ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާ ކުލި ދައްކާފައިވަނީ 3 ބުރި އިމާރާތަކަށ ކަމަށް ވީއިރު އެ އެއްބަސްވުމުގެ ދަށުން ތިރީބައިގައި ހަދާ ފައިވާ ފިހާރައަށް އެކަނި ވަކި ކުއްޔެއް އިސްތިއުނާފރައްދުވާ ފަރާތު އެ ތަން ބޭނުންކުރާ މުއްދަތަށް އިބްރާހީމް ލޠަ ފީގެ މައްޗަށް ދެއްކުމށަ އެންގޭނެ ގޮތެއް ސާފު ނުވާކަމާއި، ދައްކަން އަންގނަ ކޮން މި ންވަރެއްކަނ ވެސް ސާފު ނުވުމުގެ އިތުރުން، އެ އެއްބަސްވުން ބާޠިލވުމާއު އެކި، އިމާރާތުގެ އެހެން ހުރިހާ ބައެއް، އަދި ތިރީ ބުރީގައި ހަދާފައިވާ 2 ފިހާރައިގެ ތެރެއިން 1 ފިހާރަވެސް ގޭގެ ވެރިފަރާތްތަކާއި އިބްރާހީމް ލަޠީފް ހަވާލު ކޮށްފައިވާ ކަމާއި، އިސްތިއުނާފރައްދުވާ ފަރާތަށް ކުއްޔަށްދީފައިވާ ބައި ހަވާލު ނުކުރެވިވަނީ އޭނާ އެ ތަން ބޭނުންކުރުމުގެ އެއްވެސް ޤާނޫނެ ހައިސިއްޔަތެއް ނެތްކަން އެނގިހުރް ހާލުވެސް، ގަދަބާރު ދައްކާ، ބާރާއި ނުފޫޒްގެ ބޭނުންކޮށްގެން ތަން ހަވާލުކުރުމަށް ކަނޑައެ ޅިގެން ދެކޮޅުހަދާ، ތަން ޙިޞާރުކުރުމުގެ ސަބަބުން ކަމާއި، އެހެންކަމުން، އެއްވެސް ޤާނޫނީ އަދި ޝަރުޢީ ގޮތުން އުޒުރެއް ދެއްކޭނެ އެއްވެސް ގޮތެއް ވެސް ނެތި، އިސްތިއުނާފރައްދުވު ފަރާތް ތަން ޙިޞރުކޮށްގެނާ ބޭނުނކުރުމުގް ޒިންމާއިން އޭނާ ބަރއީވެވޭ ނ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމާއި އަދި އެފަދަ އެއްވެސް ޙުއްޖަތެއް ޝަރީޢަތުގެ މަޖިލީހަށް އެނާގެ ފަރާތުން ހުށަހަޅާފައިވެސް ނތެ ކަމާއި، 15 ޖނަވަރަ 2017 ގައި އިސްތިއުނާފުރައްދުވާ ފަރާތް ގޭގެ ވެރިފަރާތްތަކާއިއެކު ސޮއިކުރި ލިޔުމުގައި އޭނާ އެ ތަން ބޭނުންކުރަމުންދިޔަ މުއްދަތުގެ ކުއްޔަށާއި، އަދި ބޭނުންކުރަމުންދާނަމަ ވެސް އެކަމަށް ޒިންމާ އުފުލންޖެހޭނަކަން ސާފުކޮށް ބަޔާންކޮށްފައިވީނަމަވެސް، މައްސަލަ ނިންމުމުގައި މައްސަލަ ބެއްލެވި ޤާޟީ އެ ލިޔުމަށްވެސް އަދި ކަމާއި ގުޅުން ހުރި އެހެނިހެން ލިޔުންތަކަށްވެސ އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިވެސ ނުވާކަން ފާހަގަ ކުރެވެއެވެ.

19އިސްތިއުނާފރައްދުވާ ފަރާތު ނ ތަން އިތުރަށް ބޭނުންކުރާނަމަ، ތަނަށް ކުލި ދެއްކުމަށް ކުލި ކަނޑައަޅާ، އަދި ކުލި ނުދައްކައިފިނަމވެސަ އިސްތިއުނާފރައްދުވާ ފަރާތު ށ ލިބް ގ އްލުމަށް ޒިންމާ އުފުލަންޖެހޭނެކަން އެނގެ ލިޔުމުގައި ސޮއިކުރުމަށްފަހު ވެސް ތަން ބޭނުންކުރުމުންދިޔުމަކ އަމަލީ ގޮތުން، ގޭގެ ވެރިފަރާތްތަކުން ކުރި ޝަރުތަށް ރުހުންކަން، (IMPLIED ACCEPTANCE) އެ ފަރާތް ތަން ބޭނުންކުރަމުން ދިޔަ ދިޔުމުން ސާފުވާކަމަށާއި، އެހެންކަމުން، ކުލި ނުދެއްކުމަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާއ ބެހި ޤާނޫނު)ގެ 23 ވަނަ މާއްދާގައި ބަޔާންކޮ ށްފައިވާގޮތުގެ މަތިން ސީދާ ދޢަ ވާލިބު ފަރާތުގެ އަމަލެއްގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާ ގެއްލުމެއްކަމުން، އެކަމުގެ ފުރިހަމަ ޒިންމާ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްތިއުނާފރައްދުވާ ފަރާތުން އުފުލަންޖެހޭނެއެވެ.

20ސުޕްރީމް ކޯޓުގް ނަންބަރު A/09-SC/2008 ޤަޟިއްޔާ ގެ ޙުކުމުގައި ތަން ބޭނުންކުރާ ފަރާތް ތަން ބޭނުންކުރާ މުއްދަތަކަށް ކުއްޔެއް ކަނޑައެޅުމުގެ އިޚްތިޔާރު ތަނުގެ ވެރިފަރާތަށް ލިބިގެންވާކަމަށާއި، އަދި އެގޮތުން ތަނުގައި ހުރި ފަރާތް ތަން ބޭނުންކުރާ މުއްދަތަށް ކުލި ކަނޑައެޅުމަށްފަހު ސިޓީއިން އެންގުމަށްފަހު ތަން ހަވާލު ކުރާ މުއްދަތަށް އެ ކުއްޔަށް އެ ފަރާތް ޒިންމާވާންޖެހޭނެކަން އެ ނންމުމުނ ސާފުކޮށް ފެންނަނި އޮތްއިރު، އިސްވެ ބަޔާންކުރެވުނު ސުޕްރީމް ކޯޓު ގެ ނިންމުން މި މައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލާގައި، އިސްތިއުނާފ ރައްދުވު މުޙައްމަދާ ޝަފީޤު ތަނަށް ވަނަ މަށްޓަކު އ ސ.ހިތަދޫ މާދޫގެ އިބްރާހމީ ލަޠީފް އާއއެކި ވެވުނު އެއްބަސްވުމަށް ބާރުލިބިދިން ގޭގެ ވެރިފަރާތްތކާއަ އިބްރާހީމް ލޠަ ފ އާއް ދެމެދީ ވެވުނު އެއްބަސްވުން ބާޠިލވެއްޖެ ކަމާއި، އެހެންކަމުން، ތަން ހަވާލު ކުރުމަށާއި ނުވަތަ ތަން ބޭނުންކުރާނަމަ، ކުލި ދެއްކުމަށް ވާނީ އެންގިފައެވެ. އަދި ފައިސާ ނުދައްކާނަމަ، ތަން ބޭނުންކުރު މުއްދަތުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ތަނުގެ ކުލީގެ ރޓުނޭ އިސްތިއުނާފރައްދުވު ފަރާތާ ޒިންމާ އުފުލަންޖެހޭނކަނެ ވެސް ވާނީ ލިޔުމުން ތަކުރާރުކޮށް އެންގިފައިކަމުން، އެ ފަރާތް ތަން ބޭނުންކުރަމުންދިޔަ މ އްދަތުގ ތަނުގެ ކުލީގެ ގތުގައޮ ދައްކަންޖެހޭ ފައިސާ އިސްވެ ބަޔާންކުރެވުނު ޤޟިއްޔާގައަ ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ދައްކަންޖެހޭނެކަން ފާހަގަ ކުރަމެވެ.

21ސިވިލ ކޯޓަށް ހުށަހެޅް ދަޢު ވާ ފޯމުގައިވެސް ގެއްލުމުގެ ބަދަލު ހޯދަން އެދިފައި ނެތްކަމަށާއި ހަމައެކަނި އެދިފައިވަނީ ވަކީލު ފީ ނަގައިދިނުމަށްކަމަށ ބުން އެކަން އެގޮތަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރުމުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ބަދަލުގެ ގޮތުގައި ވަކި މިންވަރެއް ހޯދަން އެދިފައިނުވިނަމަވެސް، އެދިފައިވާނީ އެ ޙައްޤު އެގޮތަށް އޮތްކަމަށް ކަނޑައަޅައިދިނުންކަމަށެވެ. އެކަން ފާހަގަކޮށް މަތީ މަރުހަލާގެ ކޯޓުތަކުންވެސް ބަދަލު ހޯދުމުގެ ޙައްޤު އޮތްކަން ސާބިތުކުރުމަށްފަހު އެ ބަދަލު ނެގުމަށްއެދ ވަކި ދަޢުވާކުރެވޭގޮތަށް އަމަލުކުރުމަކީ ދިވެހިރާއްޖޭގައި ކުރަމުން އަންނަ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން

22އިސްތިއުނާފީ ނުކުތާ ސާފުނުވާކަމަށާއި ނަމަވެސް ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު A/09-SC/2008 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

23މައްސަލާގައި ކަނި ހިނގާދިޔަ ގޮތާ ގުޅޭގޮތުން އިސްތިއުނާފުރައްދުވާ ފަރާތުން ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، ފާހަގަކޮށްފައިވަނީ މައި އެއްބަސްވުން އޮތީ ގޯތީގެ ވެރިފަރާތްތަކާއި އިބްރާހީމް ލަޠީފްއާ ދެމެދުކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވިދާނެކަން އެނގޭކަމަށާއި، އެގޮތުން އިބްރާހީމް ލަޠީފް ވަނީ ތަނުގެ ގްރައުންޑް ފްލޯރ މުޙައްމަދު ޝަފީޤަށް ކުއްޔަށްދީފައި ކަމަށާއި، އެ ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް 06 (ހައެއް) އަހަރުދުވަހުގެ ކުލި އެއްފަހަރާ އިބްރާހީމް ލަޠީފަށް ދައްކާފައިވާނެކަމަށް ބުނެފައިވެއެވެ.

24ސިވި ލ ކޯޓަށް ހުށަހެޅް ދަޢުވި ފޯމުގައިވެސް ގެއްލުމުގެ ބަދަލު ހޯދަން އެދިފައި ނެތްކަމަށާއި ހަމައެކަނި އެދިފައިވަނީ ވަކީލު ފީ ނަގައިދިނުމަށްކަމަށ ބުން އެކަން އެގޮތަށް ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފރައްދުވާ ފަރާތުން އެދޭގޮތު

25އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅައިދިނުމަށެވެ.

ފާހަގަކުރެވުނު ކަންކނަ

26ސވިލ ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ ގޭގެ ވެރިފަރާތާ އިބްރާހީމް ލަޠީފްއާ ދެމެދު 01 ސެޕްޓެމްބަރ 2016 ގައި ވެވިފައިވާ ކުއްޔަށްދިނުމުގެ އެއްބަސްވުން ބާޠިލުވެފައިވާކަމަށް އެއްބަސްވުމުގެ ބައިވެރިންގެ އިއްތިފާޤުން 21 ޑސި މްބަރެ 6201 ގައި އިޢތިރު ފ ވެފައިވާތީވެ، އިބްރާހީމް ލޠަ ފްގީ ފަރާތުން، ބުނެވިދިޔަ މައި އެއްބަސްވުމުގެ ދަށުން ބާރުލިބިގެން ހަދާފައިވާ، […] ތިރީބުރީ ގައިވާ ފިހާރަ މުޙައްމަދު ޝަފީޤށަ ކުއްޔަށްދިނުމުގެ އެއްބަސްވުމަކު 12 ޑސި މްބަރެ 2016 އިން ފެށިގެން ބާޠިލުވެފައިވާ އެއްބަސްވުމެއްކަމަށް ކަނޑައަޅާ ދިނުމަށާއި، އެ ފަރާތަށް ގޭގެވެރިފަރާތުން އެއްބަސްވުން ބާޠިލވެފައިވާކަން އ ންގުމަށްފަހުވެސެ ތަނުން ނުނިކުމެ ހުރުމުގެ ސަބަބުނ، ތަން ގޭގެ ވެރިފަރާތްތަކާއް ހަވާލުކުރުމާއި ހަމަޔަށް ހިނގާ މުއްދަތަށް، މުޙައްމަދު ޝަފީޤަށް އަންގާފައިވާ އުޞޫލުގެ ދަށުން ތަނުގެ ކުއްޔާއި، ކުލި ނުދައްކާ ހިނގާ ދުވަސްތަކުގެ ޖޫރިމަނާ ފައިސާއަށް، މުޙައްމަދު ޝަފީޤް ޒިންމާއުފުލަންޖެހޭނެކަމަށް ކަނޑއަޅައިދިނުމަށ އެދް ކޮށްފައިވާ ދަޢވާއެއްކަނު އެނގެއެވެ.

27ބުނެވިދިޔަ ދަޢު ވާއ ގުޅިގެނާ ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، މައި އެއްބަސްވުން ބާޠލުކުރެވިފައިވާތި މުޙައްމަދު ޝަފީޤާއި އިބްރާހީމް ލަޠީފާ ދެމެދު އޮތް އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެނގެން އޮންނާތީ އެ ޤަޟިއްޔާގައި ޙުކުމްކުރި ދުވަސްކަމުގައިވާ 15 ނޮވެމްބަރ 2018 އިން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި، އެ ތަން ހުސްކުރުމަށް އަންގައިކަން އެނގެންއޮވެއެވެ.

ޝަރީޢަތުގެ މަޖިލިސް (20 ފެބްރުވަރީ 2022)

28HN1އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ އެއްކަމަކީ އެ ތަން ހުސްކުރުމަށް ދީފައިވާ 45 (ސާޅީސް ފަހެއް) ދުވަހަކީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއްކަމަށް ބުނާ ބުނުމެވެ. އެހެންނަމަވެސް، އެ މުއްދަތު އެކަށީގެންނުވާކަމަށް ބުނެ އެ ފަރާތުން އެއްވެސް ސަބަބެއް ބަޔާންކޮށްފައެއްނުވެއެވެ. ތަން ހުސްކުރުމަށް މުއްދަތު ކަނޑައެޅޭ ހާލަތުގައި އެ މައްސަލައެއްގެ ވޤިޢާތަކަށާއާ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ވަކި މުއްދަތެއް ކަނޑައެޅުމަކީ އެ މައްސަލަ ބަލާ ދަށު ކޯޓުގެ ފަނޑިޔާރަށް ކުރެވިދާނެ ކަމެއްކަމުގައި އަހުރެންދެކެމެވެ. ތަނެއް ހުސްކުރުމަށް އަންގާއިރު އެ ތަނެއްގައި ހުރި މުދާ ނެރެ އެހެން ތަނަކަށް ބަދަލުކުރަންޖެހުމާއި އަދި އެ މުދާތައް ވައްދާނ އެހެނެ ތަނެއް ހޯދުމަކީވެސ އެކަމަށް ވަގުތުނަގނާ ކަންކަން ކަމަށްވާއިރު، 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތަކީ އެކަށޭނަ މިންވަރަށްވުރެ ދިގު މުއްދަތެއްކަމަށް ބުނާއިރު، އެ ބުނުމެއް އެގޮތަށް ބުނާ ފަރާތަކުން އެކަން އެގޮތަށް ފާހަގަކުރާ ސަބަބެއް ނުވަތަ ސަބަބުތަކެއް ބަޔާންކޮށްދެވިގެން މެނުވީ މި މަރުހަލާގައި އެކަމާމެދު އެހެންގޮތެއް ކަނޑައެޅުމަކީ ކުރެވޭނެކަމެއްކަމަކަށް އަހުރެންނުދެކެމެވެ. ސިވިލް ކޯޓުން ތަން ހުސްކުރުމަށް ދީފައިވާ މުއްދަތާމެދު ނިންމާފައިވާ ނިންމުމުގައި ޤާނޫނީ ގޮތުން ގޯހެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

29HN2މައި އެއްބަސްވުން ބާޠިލުވާ ހާލަތުގައި އެ މައި އެއްބަސްވުމުގެ ދަށުން ބުރާ ލިބިގެން ހަދާފައިވާ އެއްބަސްވުމެއް ވާނަމަ އެ އެއްބަސްވުން ބާޠިލުވާނެކަމަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ. ބުނެވިދިޔަ އުޞޫލަކީ މިފަދަ ހާލަތުގައި އަމަލުކުރާ އާންމު އުޞޫލެވެ. ބުނެވިދިޔަ އާންމު އުޞޫލުން އިސްތިސްނާ ލިބެންޖެހޭފަދަ ހާލަތެއް އޮތްކަމަށް ބުނެ މުޙައްމަދު ޝަފީޤްގެ ފަރާތުން ސިވިލްކޯޓުގައި ޤާނޫނީ ޙުއްޖަތާއެކު އެކަން ބަޔާންކޮށްދީފައި އޮތްކަން އެނގޭކަށްނެތެވެ.

30HN3HN4އެހެންނަމަވެސް، ކުއްޔާއި ގެއްލުމުގެ ބަދަލާމެދު ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ބަޔަށް ބަދަލުގެންނަށް ޖެހޭކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ،އެ ނިންމުން ނިންމާފައި ވަނީ ގޭގެ ވެރިފަރާތައް ލިބުން ޙައްޤު މަން ފާއަކުން ގޭގެވެރިފަރާތް މަޙްރޫމުކުރެވިގެންކަމުގައި ވާތީއެވެ. އިބްރާހީމް ލަޠީފާއި މުޙައްމަދު ޝަފީޤު ދެމެދާ ކުރެވުނު މުޢާމަލާތެއްގެ ތެރެއިން އިބްރާހީމް ލަޠީފަށް މުޙައްމަދު ޝަފީޤް އެ ތަނުގެ ކުލީގެ ގޮތުގައި ފައިސާއެއް ދީފައިވާނަމަ އެކަމަކީ އެ ދެފަރާތުގެ ދެމެދު އޮތް މުޢާމަލާތެއްކަމުގައި އަހުރެންދެކެމެވެ. އެކަމުގެ ސަބަބުން ގޭގެވެރިފަރާތަށް ލިބިގެންވާ އެއްވެސް ޙައްޤަކަށް އުނިކަމެއް އަންނާނެފަދައަކުން ޢަމަލުކުރެވިގެންވާނެކަމަށް އަހުރެންނުދެކެމެވެ. އެހެންކަމުން، އިބްރާހީމް ލަޠީފާ މ ޙއަ މަދު ޝަފީޤާ ކުރެވުން މުޢާމަލާތުގެ ބައިވެރިންނަކީ އެ ދެފަރާތްކަމުގައި ވާއިރު، އެކަމުގައި އެއްވެސް ޚުޞޫމާތެއް އޮތް ނަމަ އެ ކަމެއްގެ ޚަޞްމުންނަކީ އެ ދެފަރާ ތ ކަމުގައް އަހުރެން ދެކެމެވެ.

31ގޭގެ ވެރިފަރާތުގެ ބިމުގައި ހުންނަނަމަ އެ ތަނަކަށް ކުލި ދެއްކުމަކީ އެ ތަނުގައި ހުންނަ ފަރާތަކުން ކުރަންޖެހޭނެކަމެކެވެ. ގޭގެ ވެރިފަރާތުގެ ރުހުމެއްނެތި ކުލި ދެއްކުމެއްނެތި އެ ތަނުގައި ހުރުމުގެ އެއްވެސް ޙައްޤެއް މުޙައްމަދު ޝަފީޤށ ނެތްކަން ކަން ހިންގައި ގޮސްފައިވާ ގޮތަށް ބެލުމުން އެނގެއެވެ.

32ގޭ ގެ ވެރިފަރާތުން އެއްބަސްވުން ބޠިލާވެފައިވާކަނ އެންގުމަށްފަހުވެސް ތަނުން ނުނިކުމެ ހުރުމުގެ ސަބަބުން، ތަން ގޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމާއި ހަމައަށް ހިނގާ މުއްދަތަށް، މުޙައްމަދު ޝަފީޤަށް އަންގާފައިވާ އުޞޫލުގެ ދަށުން ތަނުގެ ކުއްޔާއި، ކުލި ނުދައްކާ ހިނގާ ދުވަސްތަކުގެ ޖޫރިމަނާ ފައިސާއަށް، މުޙައްމަދު ޝަފީޤް ޒިންމާއުފުލަންޖެހޭނެކަމަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢވާގައު ކަނޑައަޅައިދިނުމަށް އެދިފައިވާއިރު އެ ކަމާމެދު ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން އެއީ ބުނެވިދިޔަ އަސާސީ ހަމަތަކުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމުގައި ބެލެވިދާނެ އެއްވެސް ހަމައެއް އިސްތިއުނާފުރައްދުވާ ފަރާތަކަށް ބުނެދެވިފައެއްނުވެއެވެ.

33ސިވިލ ކޯޓުގް އެ ނިންމުމުގެ ސަބަބުން ގޭގެވެރިފަރާތަށް ބޭއިންސާފު ލިބމުންދާކަމަށެ އަހުރެންނަށް ޤަބޫލުކުރެވެއެވެ. މި ހާދިސާގައި ކަން ހިނގާދިޔަގޮތަށް ބަލާއިރު، އެންމެ ފުރަތަމަ އޮތް މައި އެއްބަސްވުމުގެ ދަށުން ތަޢާޤުދީ ގުޅުމެއް އޮތީ ގޭގެ ވެރިފަރާތްތަކާއި އިބްރާހީމް ލަޠީފްއާ ދެމެދުއެވެ. ނަމަވެސް، އެ ގުޅުން ވަނީ ކެނޑިފައެވެ. އެހެންކަމުން، މައި އެއްބަސްވުމުން ބާރު ލިބިގެން އިބްރާހީމް ލަޠީފާއި މުޙައްމަދު ޝަފީޤާ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން އުފެދުނު ތަޢާޤުދީ ގުޅުންވެސް ކެނޑިފައިވާކަމުގައ ޤާނޫނި ހަމަތަކާއި ބުއްދީގެ ހަމަތަކުން ގަބޫލުކުރެވެއެވެ. ސަބަބަކީ، އާންމު އުޞޫލުން ބަލާއިރު، މައި އެއްބަސްވުން އުވިދިޔުމުން މައި އެއްބަސްވުމުން ބާރު ލިބިގެން ހެދުނު އެއްބަސްވުން ދެމިގެން ދާނެކަމަކަށް ނުބެލެވޭތީއެވެ.

34މި މައްސަލާގެ ވަޤާއިޢުތަކަށް ބަލާއިރު، މުޙައްމަދު ޝަފީޤާއި ގޭގެ ވެރިފަރާތްތަކާ ދެމެދު އެއްވެސް ތަޢާޤުދީ ގުޅުމެއްނެތްކަން އެނގެއެވެ. މުޙައްމަދު ޝަފީޤް ފައިސާއެއް ދައްކާފައިވާނަމަ އެ ފައިސާއއްވެސެ ދައްކާފައިވަނީ އޭނާއާމެދު ތަޢާޤުދީ ގުޅުން އޮތް ފަރާތްކަމުގައިވާ އިބްރާހީމް ލަޠީފަށެވެ. ގޭގެ ވެރިފަރާތަކަށް ނޫނެވެ.

35އެހެންކަމުން، ގޭގެ ވެރިފަރާތުގެ ބިމުގައި މުޙައްމަދު ޝަފީޤް ހުރުމުގެ ސަބަބުން އޭނާ އެ ބިމުގައި ހުންނަ ހުރުމާގުޅި ގެން ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ސިވިލް ކޯޓުގައި ދަޢުވާކޮށް ހދުމަށްއޯ ދުނެ ފަރުވާއަށް އިންސާފުވެރި ހައްލެއް ދެވިފައި އޮތްކަމަކަށް އަހުރެންނުދެކެމެވެ. އަދި އެ ނިންމުމަކީ ޤާނޫނާ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމެއްކަން އެނގޭކަށްވެސް ނެތެވެ.

36HN5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ނިންމާފައިވާ އަޙުމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގެ 36 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ: "ވީމާ، ފަނޑިޔާރު ހުކުމަށް ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި ނެތް ނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ކަމަށް ނުބެލެވޭނެއެވެ." މިފަދައިންނެވެ.

37އެހެންކަމުން، އަހުރެން ދެކެނީ ގގެވެރިފަރާތުން އެއްބަސްވޭ ން ބޠިލާ ވެފައިވާކަން އެންގމަށްފަހުވެސް ތަނުނު ނުނިކުމެ ހުރުމުގެ ސަބަބުން، ތަން ގޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމާއި ހަމަޔަ ށ ހިންގާ މުއްދަތަށް، މުޙައްމަދު ޝަފީޤަށް އަންގާފައިވާ އުޞޫލުގެ ދަށުން ތަނުގެ ކުއްޔާއި، ކުލި ނުދައްކާ ހިނގާ ދުވަސްތަކުގެ ޖޫރިމަނާ ފައިސާއަށް، މުޙައްމަދު ޝަފީޤް ޒިންމާއުފުލަންޖެހޭނެކަމަށް ސިވިލް ކޯޓަށް ހުށހެޅަ ދަޢވާގައު ކަނޑއަޅައިދިނުމަށް އެދިފައިވާތީ އެ ކަމާމެދު އެ ކޯޓުން، ބުނެވިދިޔަ ކަންކަމުގެ އަލީގއަ އިންސާފަށްޓަކައި އަލުން ގޮތެއް ކަނޑައަޅަންޖެހޭނެކަމަށެވެ. [2021] SC 30

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ