ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/152

ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 31 އޮކްޓޫބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 700/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 700/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/22 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާއާ ގުޅުމެއް ނެތް (އެހެން ޤަޟިއްޔާއެއްގެ އެއްބަސްވުމާއި އިންވޮއިސްތަކާއި ޢަދަދުތައް ހިމެނޭ) ނުކުތާތަކާއި ތަފްޞީލާއި އެދޭ ގޮތް ހިމެނޭ އިސްތިއުނާފު ފޯމެއްގެ މައްޗަށް އިސްތިއުނާފު ކުރިއަށް ގެންދެވޭނެތޯ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

އިސްތިއުނާފީ ދަޢުވާ ފޯމް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓެއް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް ހައިކޯޓަށް އިސްތިއުނާފު ކުރެވޭނީ (ހ) ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމާއި، (ށ) އަޑުއެހުން ޤާނޫނާ ޚިލާފުވުން، މައްސަލަ ބެލުމަށް ހުރަސްއަޅާ ސަބަބެއް ހުރި ފަނޑިޔާރަކު ނިންމުން، ފަނޑިޔާރުގެ ސޮއި ނެތުން، ނުވަތަ ސަބަބުތައް ބަޔާންނުކުރުން ފަދަ އައިބެއްގެ ސަބަބުން ނިންމުމަށް އަސަރުކުރި އިޖުރާއަތަކީ ބާޠިލް އިޖުރާއަތެއް ކަމުގައި ވުމުގެ ދެ ޙާލަތުގައެވެ (ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ).

HN2 ސުޕްރީމް ކޯޓުގެ 2019/SC-L/87 (ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) ގައިވާ ގޮތުން، ޤާނޫނީ ގޯހެއް ހެދިކަމަށް ނުވަތަ ޙައްޤު ގެއްލިކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުޘަކީ ކޮބައިކަން އިސްތިއުނާފަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ. އިސްތިއުނާފަށް ހުއްދަ ހޯދަން އޮތުމަކީ މެރިޓެއް ނެތް މައްސަލަތައް ބަލައި ޢަދުލު އިންޞާފުގެ މަދު ވަސީލަތްތައް އިސްރާފުނުވުމަށާއި، ފައިސާ ދެއްކުން ނުވަތަ ޙުކުމަށް ޢަމަލުކުރުން ލަސްކުރުމަށް އިސްތިއުނާފީ މަރުޙަލާ ބޭނުންކުރުން ހުއްޓުވުމަށެވެ.

HN3 މައްސަލައެއް ރައްދުވާ ފަރާތަށް ޖަވާބުދާރީވުމާއި ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ލިބިދޭންޖެހެއެވެ. ދިފާޢުވުމުގެ ޙައްޤު ފުރިހަމައަށް ބޭނުންކުރެވޭނީ މައްސަލައިގެ ޙަޤީޤަތްތަކާއި ހެއްކާއި ޤަރީނާގެ ތެދު މަޢުލޫމާތު ސާފުކޮށް އެނގިގެންނެވެ. އިސްތިއުނާފު ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުކޮށް، ޙަޤީޤަތްތަކުގައި ބޮޑެތި ފުށުއެރުންތައް ހުރި ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

HN4 އިސްތިއުނާފީ ނުކުތާތަކާއި ތަފްޞީލާއި އެދޭ ގޮތުގައިވާ ކަންކަމަކީ އިސްތިއުނާފުކުރެވުނު ޤަޟިއްޔާގެ ވާޤިޢާއާއި މައުޟޫޢާ ގުޅުމެއް ނެތް ކަންކަމަށް ވާނަމަ، އެ ފޯމުގެ މައްޗަށް އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެއެވެ؛ އެފަދަ ދަޢުވާ ފޯމް ބާޠިލުކުރަންޖެހޭނެއެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN5 ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން، މަދަނީ މައްސަލައެއްގައި ކަނޑައަޅާ ތާރީޚާއި ގަޑިއަށް މަޤްބޫލު ޢުޒުރެއްނެތި ދަޢުވާކުރާ ފަރާތް ނުވަތަ އޭނާގެ ބަދަލުގައި ފޮނުވާ މީހަކު ޙާޟިރުނުވިނަމަ، އެ ފަރާތުގެ ޣައިރު ޙާޟިރުގައި މައުޟޫޢާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާ އެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑެވެ. މި މައްސަލައިގައި ހުށަހެޅި ދަޢުވާ :

3ހދ.ފިނޭގައ ޕްރި ފެބްރިކޭޓެޑް ޕަވަރ ހައުސް ޢިމާރާތް ކުރުމުގެ އެންމެހާ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 17 އގަސްޓޮ 2017 ގައި ވެފައިވަ އެއްބަސްވުމަށް 02 އޮގަސްޓް 2018 ގައި ގެނެވިފައިވާ ބަދަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވިފައިނުވަނީ ދަޢުވާލިބޭ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކުރުމުގެ ސަބަބުން ކަމުގައިވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވޭ ކމުގައަ ބުނި ހދ.ފިނޭގައި ޕްރީ ފެބްރިކޭޓެޑް ޕަވަރ ހައުސް ޢމާރާތި ކުރުމަށް ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން 25 ނޮވެމްބަރ 2018 ގައި ބާޠިލް ކޮށްފައިވާތީ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަށް ހުށަހެޅިފައިވާ ބިލުގެ ފައިސާއާއި، ބިލުގެ މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ބިލގައު ބަޔާންކުރި ޖޫރިމަނާ ފައިސާއާއި، އެއްބަސްވުން ބާޠިލް ކުރުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދލުގަ ގޮތުގައި ލިބެންޖެހޭ ފައިސާ ކަމުގައިވާ 2,080,873/20ރ (ދެމިލިއަން އަށްޑިހަ ހާސް އަށްސަތޭކަ ހަތްދިހަ ތިންރުފިޔާ ވިހި ލާރި) އާއި ބިލަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ބިލްގައ ބަޔާންކުރި ފައިސާ ޙުކުމްކުރާ ދުވަހާ ހަމައަށް އެކީ އެއްފަހަރާ ދަޢުވާކުރާ ފަރާތަށް ދެއްކުމަށް އަމުރުކޮށް ދިނުމަށް އެދި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ދަޢުވާކޮށްފައި ވެއެވެ. އެމައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެކޯޓުގެ ނަންބަރު 700/Cv-C/2019 ޤަޟިއްޔާގައެވެ.

ސިވިލް ކޯޓުން ނިންމު ގޮތް

4ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު،ހދ.ފިނޭގައ ޕްރި ފެބްރިކޭޓް ޕަވަރ ހައުސްއެއް ޢިމާރާތް ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 17 އޮގަސްޓް 2017 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަމާއި، ބަޔާންވެ ދިޔަ އެއްބަސްވުމުގެ ދަށުން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވިފައިވާ މަސައްކަތް އެއްބަސްވުމުގައި ބަޔާންވެގެންވާ ޝެޑިއުލްތަކާ އެއްގޮތަށް ކުރިއަށް ނުދާތީ ތަފާތު އެކި ފަހަރު މަތިން ޝެޑިއުލްތަކުގައ ހިމެނި މުއްދަތުތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ލުއިދީފައިވާ ކަމާއި، މިގޮތުން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑަށް ދިމާވެފައިވާ ފައިސާގެ ދަތިތަކެއްގެ ސަބަބުން ހދ.ފިނޭގައ ޢިމާރާތްކުރި ޕްރީ ފެބްރިކޭޓް ޕަވަރ ހައުސްގެ ޕްރީ ފެބްރިކޭޓް ޕޯރޓަލް ސްޓްރަކްޗަރ އެއްފަހަރާ ފައިސާ ދީގެން ބޭރުން އިމްޕޯޓް ކުރުން ދަތިވާތީ މިތަކެތި ރާއްޖެ އެތެރެކުރުމށަޓަކައި ބީ.އޯ.ކިއުގައި ހިމަނާފައިވާ އަގުގެ ތެރެއިން މުދާ ގެނައުމަށް ޚަރަދުވާ ފައިސާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރަތުން ޚަރަދުކޮށްގެން އެލްސީ ހުޅުވައިގެން ގެނެސްދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 013/8PT/201 (11 ފެބުރުވަރީ 2018) ސިޓީ ން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގައި އެދުމާއި ގުޅިގެން ބަޔާންވެދިޔަ އެއްބަސްވުމުގައި ހިމެނޭ ޕޯރޓަލް ސްޓްރަކްޗަރ ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ކުރާގޮތަށް ހަމަޖައްސައި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން އެ މަސައްކަތް އުނިކޮށް ހުށަހަޅާފައިވާ ބީ.އޯ.ކިއުއަށް އެމަސައްކަތްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ނިންމައި، އެއްބަސްވުމުގެ މުއްދަތަށް 60 ދުވަސް އިތުރުކޮށްދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު 2414G/MISC/2018/-FNK (02 ސެޕްޓެމްބަރު 2018) ސިޓީއިން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތާއި، އެމަސައްކަތްކުރުމަށް ދީފައިވާ މުއްދަތުތަކަށް ލުއިތަކެއް ދިނުމަށްފަހު އެލުއިތައ ހިމެނޭގޮތުން މަސައްކަތް ނިންމަންޖެހޭ މުއްދަތަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތް ނިންމާފައި ނުވުމުން އިސްވެ ދެންނެވުނު ލުއިތައް ހިމެނޭ ގޮތުން މަސައކް ތ ނިންމަންޖެހޭ މުއްދަތު ވެސް ފަހަނައަޅާ ދިޔަ ފަހުން 25 ނޮވެމްބަރު 2018 ގައިކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ ދަޢުވާލިބޭ ފަރާތުން އެއްބަސްވުން ބާޠިލްކުރުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މިދަޢުވާގައި ހޯދުމަށް އެދިފައިވު ފައިސާއަކީ ޝަރީޢަތުން ނަގައަ ދެވޭނެ ފައިސާއެއްނޫން ކަމަށާއި، އަދި މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ އެކުންފުނީގެ ނަންބަރު 1/2018/038-P3 އިންވޮއިސްއާއި، ނަންބަރު 1/2018/54-P3 އިންވޮއިސްއަކީ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައ ފުރިހަމަކޮށްގެން އެއިންވޮއިސްތަކަށް ފައިސާ ހޯދުމަށްޓަކައި ފެނަކަ ކޕަރޭޝަނ ލިމިޓެޑަށް ހުށަހަޅަނޯ ޖެހޭ އިންވޮއިސްތަކެއްކަނ އެއްބަސްވުމަށް ބެލުމުން އެނގެން އޮންނައިރު، އިސްވެ ދެންނެވުނު ދެއިންވޮއިސްއަކީ އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައ ފުރިހަމަކޮށްގެން އެއިންވޮއިސްތަކަށ ފައިސް ހޯދުމަށް ހުށަހަޅާފައިވާ އިންވޮއިސްތަކެއްކަން ޝަރީޢަތަށް ސާބިތުނުވާތީ ބަޔާންވެދިޔަ 02 އިންވޮއިސްގައި ހިމެނޭ ޕްރިންސިޕަލް އެމައުންޓާއި ޖޫރިމަނާ ފައިސާގެ ގޮތުގައި މިދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީވެސް މިޤަޟިއްޔާގައި ޝަރީޢަތުން ނަގައި ދެވޭނެ ފައިސާއެއނޫން ކަމަށް ކަނޑައަޅައް ޙުކުމް ކޮށްފީމެވެ." މިގޮތަށެވެ.

5ބުނެވިދިޔަ ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ޢަދ ޤާނޫނި އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ ތައް:

1.5 ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކާއި، އެމަސައްކަތް ކުރުމަށް ދީފައިވާ މުއްދަތުތަކަށް ލުއިތަކެއް ދިނުމަށްފަހު އެލުއިތަކުގައި ހިމެނޭ ގޮތުން މަސައްކަތް ނިންމަންޖެހޭ މުއްދަތަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ނިންމާފައިނުވާތީ އެއްބަސްވުމުގެ 18 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށް ޝަރީޢަތަށް ސާބިތުވާ ކަމުގައި ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށްކަން؛

2.5 ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެއްބަސްވުން ބާޠިލްކުރުމުގެ ސަބަބުން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ޝަރީޢަތުން ނަގައިދެވޭނެ ފައިސާއެއްނޫން ކަމުގައި ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާއާއި ޚިލާފަށް ކަމުގައިވުން؛

3.5 ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 2018/037/I-P3 އިންވޮއިސްއާއި، 1/2018/53-P3 އިންވޮއިސްއަކީ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާ އިޖުރާޢާތު ތައް ފުރިހަމަކޮށްގެން ފައިސާ ހޯދުމަށް ހުށަހަޅާފައިވާ އިންވޮއިސްއެއްކަން ޝަރީޢަތަށް ސާބިތުނުވާ ކަމުގައި ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބހެ ޤާނޫނު) ގެ 2 ވަނަ މާއްދާއއާ 6 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުން؛ އަދި

4.5 އެދެ އިންވޮއސި އަކް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވެފައިވާ އިންވޮއިސްތަކެއް ނޫން ކަމުގައި ނިންމާފައިވަނީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި ޚިލާފަށް ކަމުގައިވުން؛

5.5 ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ޤަޟިއްޔާގެ ހެކީންގެ ލިސްޓުގައި އެކްސްޕާރޓް އޮޕީނިއަނ ނެގުމަށް އެކްސްޕާޓަކު ޙާޟިރުކުރުމުގެ ފުރުޞަތަކަށް އެދިފައި ވާއިރު ޝަރީޢަތުން އެފުރުޞަތު ދީފައިނުވާއިރު، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް އެކްސްޕާޓް އޮޕީނިއަން ނުނެގުމަށް ނިންމި ސަބަބު މައްސަލައިގެ ޙުކުމުން ސާފުނުވާތީ އެކަމަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފު ކަމެއްކަން. އެވެ.

6އިސްވެ ބަޔާން ކުރެވުނު 5 (ފަހެއް) ނުކުތާ ހުށަހެޅުމަށްފަހު،ސިވިލ ކޯޓުގެ ނަންބަރ 700/Cv-C/2019 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙްކުމްއިކަމަށ ކަނޑައަޅައި ދިނުމަށާއި،ނ.މާޅެންދޫގއ ޕްރީ ފެބްރިކޭޓްޕަވަރ ހައްސ އިމާރާތްކުރުމުގެ އެންމެހައި މަސައްކަތައ ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ދެމެދު 17 އޮގަސްޓް 2017ގައި ވެފައިވާ ނަންބަރު FNK-K(T)/FNK/AGR/2017/071 އްގްރީމެންޓްގެ ދަށުން ނިންމަމުނުދާ މަސައްކަތްތަކަށް ބީ.އޯ.ކިއް. އާއި އެއްގޮތަށް ބިލކުރުމުނ ފައިސް ހިފަހައްޓާފައިވުމާއި، އެފައިސާ ނުލިބިގެން ތަކުރާރުކޮށެ، ކުރުވުން މަސައްކަތުން ފައިސާ ދޫކޮށފައިނުވާއިރ 2018 އޮގަސްޓް 02 ގައި މަސައްކަތް ހަވާލުކުރި ފރާތުނ އެއްބަސްވުމަށް ބަދަލް ގެނެވިފައިވާކަން އަންގައި، ގެނެވިފައިވާ ބަދަލާއި އެއްގޮތަށް ބީ.އޯ.ކިއު، އެޕްރޫވްކޮށްފައިނުވާތީ މަސައްކަތް ހުއްޓިފައިވުމާއި، މަސައްކަތްތައް ކުރިއަށް ގެންދެވިފައިނުވަނީ މަސައްކަތް ހަވާލުކުރި ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކުރުމުގެ ސަބަބުން ކަމުގައި ވީނަމަވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގންދެވެ ކަމުގައި ބުނެ، މަސައްކަތް ހަވާލުކުރި ފަރާތުން އެއްބަސްވުން ބާޠިލް ކޮށްފައިވާތީ، ބިލްތަކަށް ދޫކޮށްފައނުވާ ފައިސާއާއި ޖޫރިމަނި އާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ ލިބެންޖެހޭ ފައިސާ ކަމުގައިވާ 2588741.70 (ދެމިލިއަން ފަސްލައްކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ ސާޅީސް އެކެއް ރުފިޔާ ހަތްދިހަ ލާރި) އާއި ޙުކުމް ކުރާ ދުވަހާއި ހަމައަށް ބިލަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ބިލުގައި ބަޔާންކުރާ ފައިސާ އެކީ އެއްފަހަރާ ދަޢުވާކުރާ ފަރާތަށް ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަމުރު ކޮށްދިނުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައި ވެއެވެ. އިސްތިއުނާ ރައްދުވާ ފަރާތުން ފާހަގަކުރި ކަންތައްތައް:

7އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި އެނުކުތާތަކުގެ ތަފްސީލްގައި ފާހަގަ ކޮށްފައިވާ ކަންކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ޤަޟިއްޔާގައިވާ އެއްބަސްވުމާއި އިންވޮއިސް ނަންބަރުތަކާއި، އެހެން އަސްލުތައް ވެސް ތަފާތުކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މި ކުށްތަކަކީ ލިޔުމުގެ ކުށެއްނޫން ކަމަށާއި، އިސްތިއުނާފީ ނުކުތާތަކާއި ތަފްސީލްގައި ފާހަގަކޮށްފައިވަނީ އެހެން ޤަޟިއްޔާއެއްގެ ތަފްސީލްތައް ކަމަށް ފާހަގަކޮށްފައިވެއެވެ.

8ހައިކޯޓުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު އެމާއްދާގައި ބަޔާންކޮށްފައިވަނީ "ހއިކޯޓުނަ ބަލައިގެންފައިވާ މައްސަލައެއްގައި ކޮންމެހެން އޮންނަންޖެހޭ ބައެއް ނޫން ކަމަށް ފެންނަ ބައެއް ދަޢުވާގައި ހިމެނިފައިވާނަމަ، ޝަރީޢަތުގެ ކޮންމެ މަރުޙަލާއެއްގައިވެސް ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއިން އެބައެއް އުނިކުރުމަށް ނުވަތަ އިޞްލާޙް ކުރުމަށް ދަޢުވާކުރާ ފަރާތަށް އެންގުމުގެ އިޚްތިޔާރު އެމައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ." މިގޮތަށް ކަމަށް ފާހަގަކޮށް، މި މައްސަލައިގައި އިޞްލާޙު ކުރާނަމަ ކުރަންޖެހޭ އިސްތިއުނާފު ފޯމު އެއްކޮށް ކަމަށާއި، ނަމަވެސް ބަޔާން ކުރެވުނު މާއްދާގައި ފަނޑިޔާރުންނަށް ބާރު ލިބިދެނީ، އިސްތިއުނާފު ފޯމުގެ ބަޔާންކޮށްފައިވާ ވަކި ތަންކޮޅެއް ނުވަތަ ބައެއް އިޞްލާޙް ކުރަން ފުރުޞަތު ދިނުން ކަމަށާއި، މިކަންކަން ބުނެވި ދިޔަ ގޮތުގެމަތިން ހުރުމާއެކު މި އިސްތިއުނާފުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތނެއަ ނެތްކަމަށެ ކަނޑައަޅައް މި މައްސަލައިގެ އިސްތިއުނާފީ ދަޢުވާފޯމް ބާޠިލްކޮށް ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެދިފައިވެއެވެ. ޝަރީޢަތަށް ފާހަގަ ކުރެވުނު ކަންތައްތައް:

9އިސްތިއުނާފުކުރުމަށް ހުށަހެޅި ޤަޟިއްޔާއާއި އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމުގައި ހުރި މަޢުލޫމާތު އެއްގޮތްތޯ ބެލުން:

1.9 އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ޤަޟިއްޔާއަކީ، ހދ.ފިނޭގައ ޕްރި ފެބްރިކޭޓް ޕަވަރ ހައުސް ޢިމާރާތްކުރުމުގެ މުޢާމަލާތާ ގުޅިގެން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު ޤަޟިއްޔާއެކެވެ. ހދ.ފިނޭ ޕްރީ ފެބްރިކޭޓް ޕަވަރ ހައުސް ޢިމާރާތްކުރުމާގުޅޭ ގޮތުން ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ސޮއި ކުރެވިފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު K(T)FNK/AGR/2017/070-FNK) އެއްބަސްވުމުގައެވެ. ނަމަވެސް، މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު K(T)/FNK/AGR/2017/71-FNK އެއްބަސްވުމެވެ. އއ މި ދެކުންފުނީގެ ދެމެދުގައި ނ.މާޅެންދޫ ޕްރީ ފެބްރިކޭޓޑެ ޕަވަރ ހައުސް އިމާރާތްކުރުމާގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމެވެ.

2.9 އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވަނީ، އެކުންފުނީގެ ނަންބަރު 1/2018/038-P3 އިންވޮއިސްއާއި، ނަންބަރު 1/2018/54-P3 އިންވޮއިސްއަށް ކަމުގައިވާއިރު، އިސްތިއުނާފު ފޯމުގައި ފައިސާ ހޯދުމަށް އެދިފައިވާ އިންވޮއިސްތައް ކަމަށް ބަޔާންކޮށްފައިވަނީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 1/2018/53-3P އަދި ނަންބަރު 1/2018/37-P3 އިންވޮއިސްއަށެވެ.

3.9 މި މައްސަލަ އިސްތިއުނާފކުރުމަށު ހުށަހެޅް ފޯމުގައި، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު K(T)/FNK/AGR/2017/71-FNK އެއްބަސްވުން ބާޠިލްކުރުމުގެ ސަބަބުން އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 70/741,588,2 (ދެމިލިއަން ފަސްލައްކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ ސާޅީސް އެކެއް ރުފިޔާ ހަތްދިހަ ލާރި) ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވަނީ، 2,080,873/20ރ (ދެމިލިއަން އަށްޑިހަ ހާސް އަށްސަތޭކަ ހަތްދިހަ ތިން ރުފިޔާ ވިހި ލާރި) އެވެ.

10މަތީގައި ބަޔާންވެދިޔަ ކަންތައްތަކުގެ މައްޗަށް ބަލާއިރު، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި މައްސަލަ ބިނާކޮށްފައިވާ މުޢާމަލާތާގުޅޭ އެއްބަސްވުމާއި އެއެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް އެދުނު އިންވޮއިސްތަކާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ދަށު ކޯޓުގައާއި އިސްތިއުނާފު މަރުހަލާގައި އެދިފައިވާ ފައިސާގެ ޢަދަދު ގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމަށް ބަލާއިރު، އެފޯމުގައި ފާހަގަ ކޮށްފައިވަނީ ހދ.ފިނޭ ޕްރީ ފެބްރިކޭޓެޑް ޕަވަރ ހައުސް ޢިމާރާތް ކުރުމުގެ މުޢާމަލާތާގުޅޭ ކަންތައްތަކެއް ނޫންކަމާއި، އެއާޚިލާފަށް އެއީ، ނ.މާޅެންދޫގައ ޕްރި ފެބްރިކޭޓެޑް ޕަވަރ ހައުސް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭ ލިޔުންތައްކަމާއި ނ.މާޅެންދޫގައ ޕްރި ފެބްރިކޭޓެޑް ޕަވަރ ހައުސް ޢިމާރާތްކުރުމާގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމާގުޅޭ ގޮތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ބެލިފައިވަނީ އެކޯޓުގެ ނަންބަރު 701/Cv-C/2019 ޤަޟިއްޔާގައިކަން އެނގެއެވެ.

11HN1ދަށުކޯޓުން ނިންމް މައްސަލައެއް ނުވަތަ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް އިސްތިއުނާފު ކުރު މަށް ހައިކޯޓަށް ހުށަހެޅޭނީ 2 ޙާލަތެއްގައެވެ. އެއީ:

(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާ ކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލު ކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން.

(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުން ކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލް އިޖުރާޢަތެއް ކަމުގައިވުން.

1. އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން؛

2. ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިޔަކީ އެ މައްސަލަ ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން؛

3. ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން؛

4. ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން،އެވެ.

12HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ (ޝަމްސުލްމުނާ) ވ. (ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ބަޔާން ކުރައްވާފައިވަނީ، ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިޢާޔަތް ކުރަންޖެހޭ މިންވަރަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނާނަމަ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށފައިނުވާކަމަށް ބުނާނަމް ނުވަތަ ޙައްޤތައު ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެ ކަމަށެވެ. އަދި އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ، ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަ ދޭ މިންގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަނި ކަމަށާއި އެނޫން މައްސަލަތަކުގައި އިސްތިއުނާފު ކުރުމުގެ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކށްފައިވޮ ގޮތުގެމަތިން ހއްދު ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާރ އާއި ފަނޑިޔާރުންގެ ޒިއްމއެއާ ކަމަށާއި އިސްތިއުނާފުކުރުމަށް އިސްތިއުނާފީ ކޯޓުގެ ހއްދު ހޯދަން އޮންނަ އޮތުމަކީ، ޢަދުލުއިންޞާފު ޤާއިމުކުރަން ލިބިފައިވާ މަދު ވަސީލަތްތައް، މެރިޓެއް ނެތް މައްސަލަތައް ބަލައި އިސްރާފުވެގެން ނުދާނޭ ގޮތް ހެދުމުގެ ބޭނުމުގައި ޤާނޫނުން ހަމަޖައްސާފައި އޮންނަ އޮތުމެއް ކަމަށާއި ހަމައެއާއެކު، އިސްތިއުނާފުކުރާނޭ ޤާނޫނީ ސަބަބއެ ނެތް މައްސަލަތަކުގައި، ކަނޑައެޅިގެން ފައިސާ ދައްކަންޖެހޭ ފަރާތަށް ފައިސާ ދެއްކުން ލަސްކުރުމުގެ ބޭނުމުގައި ނުވަތަ ދަށު ކޯޓުން ކުރަން އަންގާފައިވާ ކަމެއް ނުކޮށް ލަސްކުރުމުގެ ބޭނުމުގައި އެ މައްސަލައެއް ކޯޓުތަކުގެ އިސްތިއުނާފީ މަރުހަލާއަށ ވައްދައިގެން އެ މަރުހަލާގެ ބޭނުން ތައައްސަފީ ގޮތުން ބޭނުކޮށް އަނެކުންނަށ ގެއްލުން ކުރުމުގެ ނިޔަތުގައި އެކަންކުރުން ހުއްޓުވައި އިންސާފުގެ ރާސްތާ ކުރުކުރުމަކީ ކޯޓުތަކުގެ މައްޗަށް ޤާނޫނުން ލާޒިމްކުރު ކަމެއް ކަމަށެ ވެ.

13HN3އެފަރާތަކާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޖަވާބުދާރީވުމާއި ދިފާޢު ހުށަހެޅުމުގެ ފުރުޞަތު އެމައްސަލަ ރައްދުވާ ފަރާތަށް ލިބދޭންޖެހިއެވެ. މައްސަލައެއްގެ ދިފާޢު ވުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނީ ހުށަހެޅިފައިވާ މައްސަލައިގެ ޙަޤީޤަތްތަކާއި އެމައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާގެ ތެދު މަޢުލޫމާތު އެފަރާތަށް ސާފުކޮށް އެނގިގެނން ވެ. މި ޤަޟިއްޔާގައި ބެލެވެނީ ސިވިލް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-L/87 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓް"ގެ 10 ވަނަ ނަންބަރު ޝަމްސުލްމުނާ ވ ހައަ ސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ދިވެހިރާއްޖޭގ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-L/87 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓް" ގެ 13 ވަނަ ނަންބަރު ކޯޓުގެ ނަންބަރު 2019/C-700/Cv ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ކަމުގައިވާއިރު، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ފޯމުގެ ނުކުތާތަކާއި އެނުކުތާތަކުގެ ތަފްސީލުތަކުގެ ގޮތުގައާއ އަދި އެދި ގޮތުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ، އެޤަޟިއްޔާގައި ގުޅުންނެތް (މިރިޕޯޓުގެ 9 ނަންބަރުގައި) ކަންތައްތަކކެ ވެ. އެހެންކަމުން، މި މައްސަލައިގެ އިސްތިއުނާފު ފޯމުގައި ބުނެވިދިޔަފަދަ މި މައްސަލައިގައި ޙަޤީޤަތްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުންނަ ގޮތަށް އިސްތިއުނާފު ފޯމު ހުށަހަޅާފައިވާތީއާއި އިސްތިއުނާފީ ދަޢުވާރައްދުވާ ފަރާތަށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދެވޭނީ އިސްތިއުނާފު ފޯމުގައި ބަޔާންކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ކުރެވިގެނކަމަށް ޤަބޫލުކުރެވޭތީއާއި، އިސްތިއުނާފުކުރުމަށް ހށަހަޅު ފޯމުގައި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަކޮށްފައިނުވާނަމަ އެފމޯ ބަލައި ނުގަނެވޭނެކަން އެނގޭއިރު، މިރިޕޯޓުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ބޮޑެތި ފުށުއެރުންތަކެއް އިސްތިއުނާފު ކުރުމަށް ހުށަހެޅި ފޯމުގައި ހުރުމުން އެފޯމަކީ މައުލޫމާތު ފުރިހަމަނުވާ ފޯމެއްކަން އެނގތޭ މި މައްސަލައިގެ އިސްތިއުނާފު ފޯމުގެ މައްޗަށް ބިނާކޮށް މި މައްސަލަ މިކޯޓުގައި ކުރިއަށް ގެންދެވޭނެ ތަނެއް އޮތްކަމަކަށް ނުފެނެއެވެ.

14HN4މި ޤަޟިއްޔާގައި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުތަކުގައާއ އަދި އެދި ގޮތްގައި ބަޔާންކޮށްފައިވާ ކަންކަމަކީ، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ޤަޟިއްޔާގެ ވާޤިޢާގެ މައްޗަށް ހުށަހަޅާފައިވާ ކަންތައްތަކެއް ކަމެ ށ ނުވާތީ އާއި އަދި އެކަންތައްތަކަކީ އިސްތިއުނާފކުރެވިފައު މިވާ މައްސަލައިގެ މައުޟޫޢުއާ ގުޅުމެއް ނެތް، އެ ޤަޟިއްޔާގައި ބަލާފައިވާ ކަންތައްތަކެއް ކަމުގައި ނުވާތީ މި މައްސަލަ އިސްތިއުނާފުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް (އިސްތިއުނާފު ފޯމުގެ މައްޗަށް) ކުރިއަށް ގެންދެވޭނެ ތަނެއް އޮތް ކަމަކަށް ނުފެނެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 - އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމުގެ "އިސްތިއުނާފުކުރުމަށ ހުށަހަޅް ފަރާތުގާ ސަމާލުކަމަށް" ގެ 2 ވަނަ ނަންބަރު. ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމް ބާޠިލް ކުރަންޖެހޭ ކަމަށް ދެކެމެވެ.

15HN5ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގައި، ހައިކޯޓުން ބަލާ ކޮންމެ މައްސަލައެއްގައިވެސް އެ ޤަޟިއްޔާ ބެލުމަށް ހައިކޯޓުން ކަނޑައަޅާ ތާރީޚާއި ގަޑިއަށް މަޤްބޫލު އުޒުރެއްނެތި ދަޢުވާކުރާ ފަރާތް ނުވަތަ އެ ޤަވާޢިދުގައިވާ ގޮތުގެ މަތީން އޭނާގެ ބަދަލުގައި ފޮނުވާ މީހަކު ހާޒިރުނުވިނަމަ ޢމަލުކުރާނަ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި، އެމައްސަލައަކީ މަދަނީ މައްސަލައެއްނަމަ، އެފަރާތެއްގެ ޣައިރު ހާޒިރުގައި މައްސަލައިގެ މައުޟޫއާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިދީފައިވެއެވެ. މިޤަޟިއްޔާގެ ޝަރީއަތުގެ މަޖިލީހަށް، 31 އޮކްޓޫބަރު 2021 ގެ 08:45އަށް (ދުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް) ހާޟިރުވުމަށް ފޮނުވުނު މިކޯޓުގެ ނަންބަރު 7963B7/CHT/2021/-95 "ކޯޓަށް ހާޟިރުވުމުގެ އަމުރު"، މި ޤަޟިއްޔާގައި އިސްތިއުނާފ ކުރާ، ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ހާޟިރުވުމަށް އައްޔަންކޮށްފައިވާ، ހުޅުމާލެ ލޮޓް 34-02-G/ މަޙްމޫދު ޞާލިޙްއަށް ރައްދުވެ އެއަމުރުގައިވާ ގަޑިއަށް ހާޟިރުވެފައިނުވާތީ، މި ޤަޟިއްޔާ ނިންމާފައިވަނީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޟިރުގައެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގކުރެވުނަ ކަންކަނު އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 700/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާތީ އެފޯމުގެ މައްޗަށް، މި ޤަޟިއްޔާ ކުރިއަށް ގެންދެވޭނެ ތަނެއްނެތް ކަމަށް، މި ޤަޟިއްޔާ އިސްތިއުނާފުކުރި ޕޮއިންޓް ތްރީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ