ޕަބްލިކް ސަރވިސް މީޑިއާ ވ. އައުޓްޑޯރ އެންޓަރޓެއިންމެންޓް ނެޓްވޯރކް ޕްރައިވެޓް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2329/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދެފަރާތުގެ އެއްބަސްވުމުގައި ސިންގަޕޫރުގެ ކޯޓުތަކަށް ޚާއްޞަ އިޚްތިޞާޞް ދީފައިވާއިރު، ސިވިލް ކޯޓަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ؛ އަދި މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ނިމުމަކަށް ގެނައުމުން، ޚިދުމަތް ނުހޯދާ ތިންވަނަ އަހަރުގެ ލައިސަންސް ފީ ޕީއެސްއެމުން ދައްކަންޖެހޭތޯ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި (ދައްކަންޖެހޭ ޢަދަދު US$26,476 އިން US$1,476 އަށް ކުޑަކުރި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިސްތިއުނާފީ ކޯޓެއްގެ ހައިޞިއްޔަތުން ހައިކޯޓުން މައްސަލަ ބަލަނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެން ކަމާއި އައު ހުށަހެޅުންތައް ބަލައި ނުދެވޭނެ ނަމަވެސް، އިޚްތިޞާޞާ ޚިލާފުވުމުގެ މައްސަލަތައް އެ އުޞޫލުން އިސްތިޘްނާވާތީ، އެފަދަ މައްސަލައެއްގައި ކޯޓުގެ އިސްނެގުމުން ގޮތެއް ނިންމަންޖެހޭނެއެވެ. (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، ޕެރ. 7)
HN2 އެއްބަސްވުމެއްގެ ދަށުން އުފެދޭ ދެބަސްވުންތައް ފައިޞަލާކުރުމުގެ އިޚްތިޞާޞް ކަނޑައެޅިގެން އެހެން ޤައުމެއްގެ ކޯޓުތަކަށް ދީފައިވާއިރު، އެގޮތް ބަދަލުނުކޮށް އެހެން ތަނަކަށް ހުށަހެޅުމުން ޞައްޙަ ޙުކުމެއް ނެރެވޭކަށް ނެތް؛ އިޚްތިޞާޞް ނެތް ކޯޓަކުން ނިންމާ ނިންމުމަކީ އެއްވެސް ފަރާތަކާ ބަނދެވިނުދާ، އަޞްލުން ބާޠިލު ނިންމުމެކެވެ. (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، ޕެރ. 9–10)
HN3 އެއްބަސްވުމުގެ މާއްދާތަކާއި ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ބައިވެރިންގެ މައްޗަށް ލާޒިމްކަމެއް ކަމުގައިވާ ފަދައިން، އެ ޝަރުޠުތައް ބަދަލުކުރުމުގެ އިޚްތިޔާރުވެސް ބައިވެރިންނަށް ލިބިގެންވާތީ، ބިދޭސީ ކޯޓުތަކަށް ޚާއްޞަ އިޚްތިޞާޞް ދީފައިވިނަމަވެސް ދަޢުވާކުރާ ފަރާތުން ދިވެހިރާއްޖޭގެ ކޯޓަށް ދަޢުވާ ހުށަހަޅައި، ދަޢުވާލިބޭ ފަރާތުން ދަށުކޯޓުގައި ނުވަތަ އިސްތިއުނާފުގައި އިޚްތިޞާޞަށް އިޢުތިރާޟު ނުކުރާނަމަ، އެ މާއްދާ ބަދަލުކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި މައްސަލަ ހިންގުމަށް ދެފަރާތުން އެއްބަސްވެއްޖެ ކަމަށް ބަލަންޖެހޭނެއެވެ. (އަޣްލަބިއްޔަތު، ޕެރ. 13)
HN4 ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާއިރު، ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން ލައިސަންސް ފީ ހޯދުމަށް ހުށަހަޅާ ދަޢުވާއަކީ ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. (އަޣްލަބިއްޔަތު، ޕެރ. 14)
HN5 އެއްބަސްވުމުގައި ފީ ދައްކަންޖެހޭނީ އިންވޮއިސް ފޮނުވުމުން އެ އިންވޮއިސް ލިބޭތާ 30 ދުވަހުގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިވާއިރު، އެ ފީއަށް އިންވޮއިސްއެއް ނުކޮށް، ދައްކަންޖެހޭނެކަމަށް އަންގާފައިވެސް ނުވާނަމަ، ޚިދުމަތް ނުހޯދާ މުއްދަތަކަށް އެ ފީ ދައްކަންޖެހޭނެ ސަބަބެއް ނެތެވެ. (އަޣްލަބިއްޔަތު، ޕެރ. 19–20)
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
މައްސަލައިގެ ތަޢާރަފު:
1މިއީ ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/2329 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޕަބްލިކް ސަރވިސް މީޑިއާ (ރަޖިސްޓްރޭޝަން ނަންބަރު 0732/2017-C) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤޟަ އްޔި ގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ އައުޓްޑޯރ އެންޓަރޓެއިންމަންޓް ނެޓްވަ ރކ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 201005494C) އެވެ.
މައްސަލައިގަ ކަންހިނގާފައިވާ ގޮތާ
2ޕަބްލިކް ސަރވިސް މީޑިޔ އާއާ އައުޓްޑޯރ އެންޓަރޓެއިންމަންޓ ނެޓްވޯރކް ޕްރައިވެޓް ލ މިޓެޑާއ ދެމެދި "ޗެނަލް ލައިސެނސިންގ އެގްރިމެންޓް – އައުޓް ޑރ ޗެނަލް" މިނަމުގައި 22 މެއި 2017 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން 01 އޭޕްރީލް 2019 މިދުވަހުނ ފެށިގެން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން އައުޓްޑޯރ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާތީ، މިކަމާ ގުޅިގެން އެއްބަސްވުން ނިމުމަކަށް ގެނައުމާއި ގުޅިގެން އައުޓްޑޯރ އެންޓަރޓެއިންމަންޓް ނެޓްވަރކ ޕްރައިވެޓް ލިމިޓެޑްއަށް ލިބެންޖެހޭ USD$35,500.00 (ތިރީސްފަސްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ހޯދުމަށް އެދި އައުޓްޑޯރ އެންޓަރޓެއިންމަންޓް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑް ފަރާތުން ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
3ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/2329 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ " ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ސިންގަޕޫރުގެ ކުންފންޏެއު ކަމުގައިވާ އައުޓްޑޯރ އެންޓަރޓެއިންމަންޓް ނެޓްވަރކ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޕު ބްލިކަ ސަރވިސް މީޑިއާގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މިމައްސަލާގައި، ދަޢުވާކުރާ ފަރާތުން ހޯދު މަށު އެދި ދަޢުވާކުޅަ ފައިސާގެ ތެރެއިން USD$26,476.00 (ސައްބީސްހާސް ހަތަރު ސަތޭކަ ހަތްދިހަ ހަޔެއް އެމެރިކާ ޑޮލަރު) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު USD$26,476.00 (ސައްބީސްހާސް ހަތަރުސަތޭކަ ހަތްދިހަ ހަޔެއް އެމެރިކާ ޑޮލަރު) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 12 ޖުލައި 2020 އިން ފށިގެނެ 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް، ދަޢުވާލިބުނު ޕބްލިކަ ސަރވިސް މީޑިއާއަށް އަންގައި، މިގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ". މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
4ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/2329 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.4- ފުރަތަމަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ޚިލާފަށް ދެފަރާތުންކުރެ ފަރާ ތަކުން އެއްބަސްވުން ބާޠިލުކުރި ކަމުގައި (ވިޔަސް)* ނުލިބޭ ޚިދުމަތަކަށް ނުވަތަ އެއްބަސްވުމުގެ މުޅި މުއްދަތަށް ފައިސާ ދައްކަން ޖެހޭނެކަމަށް އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ކަނޑައަޅައި ބަޔާންކޮށްފައިނުވާކަމާއި، (އަދި އެފަދައިން)* ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާއިބެހޭ ޤާނޫނު) ގެ އެއްވެސް މާއްދާއެއްގައި (ބަޔާން ކޮށްފައި)* ނުވާހިނދު ބުނެވިދިޔަ ޤާނޫނާއި ޚިލާފަށް ޙުކުމް ކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.4- ދެވަނަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވަނީ ޚިދުމަތް ލިބޭ މިންވަރަކުން އަގު އަދާކުރާ ގޮތަށްކަމާއި، ޚިދުމަތްދޭ ފަރާތުން އިންވޮއިސް ކުރަމުން އައިސްފައި ވ ނީވެސް އެފަރާތުން ޚިދުމަތް ދެވޭ މިންވަރަކުން ވަކި ވަކި އިންވޮއިސްތަކެއްގެ ގޮތުގައިކަމާއި، އެއްބަސްވުމުގެ މުޅި މުއްދަތަށް ޚިދުމަތް ނުދީ އަގު ހޯދުމަށް މިހާތަނަށް އިންވޮއިސްކޮށްފައިނުވާކަމާއި، އެފަދަ ގޮތަކށ ފައިސް ދިނުމަށަ ޚިދުމަތް ލިބިގަންނަ ފަރާތުން މިހާތަނަށް އެއްބަސްވެފައި ނުވާހިނދު މިމައްސަލައިގެ ޙު ކުމް ކޮށްފައިވަނީ މިނުކުތާއަށް ރިޢާޔަތް ނުކުރަ އްވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.4- ތިންވަނަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްވުމުގެ ސަބަބުން އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން އެއްވެސް ގެއްލުމެއް ލިބޭނެކަމަށް ޤަބޫލުކުރާނޭ ޖާގައެއް އޮތްކަމަށް ނުފެންނަކަމާއި، އެހެނީ، އެއްބަސްވުން ބާޠިލުކުރި ތާރީޚުން ފެށިގެން ނުވަތަ ދަޢުވަކުރާ ފަރާތުގެ ޚިދުމަތް މެދުކަނޑާލާފައިވާކަމާއި، އެހެންކަމުން އެތާރީޚުނ ފެށިގެން އިސްތިއުނާފުކުރާ ފަރާތަށް * އިސްތިއުނާފު ފޯމުގައި ނުކުތާތައް ލިޔެފައިވާއިރު ޖުމްލަ ހަމަނުޖެހޭ ބައިތައް ހުށަހެޅުމުގައި ހަމަޖައްސާފައިވާތީ ބ ރެކެޓްގައ އެބައި ހިމެނިފައި. އެޚިދުމަތް ލިބިފައި ނުވާހިނދު އެއްބަސްވުމުގެ މުޅި މުއްދަތަށް ފައިސާ ދިނުމަށް ޙުކުމްކޮށްފައިވަނީ ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ރޫޙާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4.4- ހަތަރުވަނަ ނުކުތާއަކީ، މަތީގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތް ނުކޮށް ހަމައެކަނި އެގްރީމެންޓް ބާޠިލު ކުރެވޭނެ ޙާލަތްތަކަށް އެކަނި ރިޢާޔަތްކޮށްގެން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާއިބެހޭ ޤާނޫނު) އާއި ޚިލާފަށް ޙުކުމް ކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް:
5ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައަކީ ޕަބްލިކް ސަރވިސް މީޑިއާ އާއި އައުޓްޑޯރ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު، 22 މެއި 2017 ގައި ސޮއިކުރެވުނު ޗެނަލް ލައިސެންސިންގ އެގްރީމެންޓްއާއި ޚިލާފުވެގެން އެއެގްރީމެންޓްގެ ދަށުން އުފަންކުރުވި ޙައްޤެއް ހޯދުމަށް ހުށަހެޅުނު މައްސަލައެކެވެ. އެހެންކަމުން، މިދެޕާޓީގެ ދެމެދުގައި އުފެދުނު ޚުޞޫމާތުގެ އަސާސަކީ ބަޔާންވެދިޔަ އެގްރީމެންޓެވެ.
6ބަޔާންވެދިޔަ މިއެގްރީމެންޓްގެ ޓަރމްސް އެންޑް ކޮންޑިޝަންތަކުގެ 11 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ؛ “11.JURISDICTION AND GOVERNING LAW: This Agreement shall be governed by and construed in accordance with the laws of Singapore. The Courts of Singapore shall have exclusive jurisdiction over any issue arising from this Agreement.” މިފަދައިންނެވެ. އެހެންކަމުން، ބަޔާންވެދިޔަ އެގްރީމެންޓްގެ ދަށުން އުފެދިގެން އަންނަ އެއްވެސް ކަމެއް ފައިސަލާކރުމުގެ އިޚްތިޞާޞް މިއެގްރީމެންޓްގެ ދަށުން ދީފައިވަނީ ހަމައެކަނި ސިންގަޕޫރުގެ ކޯޓުތަކަށް ކަން ސާފުކޮށް އެނގެއެވެ. އެހެންކަމުން، ސުވާލަކީ، ދެފަރާތުގެ މެދުގައި ވެފައިވާ އެގްރީމެންޓްގެ 11 ވަނަ މާއްދާގައި ސާފުކޮށް އެހެން ބަޔާން ކޮށްފައި އޮށްވައި، ދެފަރާތުން އެނޫން ގޮތަކަށް އެގްރީމެންޓްއަށ ބަދަލް ގެނައުމަކާއި ނުލައި ދިވެހިރާއްޖޭގެ ކޯޓުތަކަށް އިޚްތިޞާޞް ލިބި ދެވި ދާނެ ހެއްޔެވެ؟
7އިސްތިއުނާފީ ކޯޓެއްގެ ހައިޞިއްޔަތުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އަދި އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އައު ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް އެނުކުތާތައް ބަލައި ނުދެވޭނެކަން ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންޖެހެއެވެ. މިއީ އިސްތިއުނާފީ ކޯޓެއްގެ ހައިޞިއްޔަތުން އިސްތިއުނާފީ މައްސަލަތައް ހައިކޯޓުން ބަލަންޖެހޭ ޢާންމު އުޞޫލެކެވެ. މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި ހައިކޯޓުން ޢަމަލު ކުރާނެ އުޞޫލު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާން ކޮށް ފައިވާއިރު، އިޙްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލަތައް އިސްތިޘްނާކޮށްފައިވެއެވެ. އެހެންކަމުން، އެމައްސަލައަކީ، އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއްކަން އެނގޭނަމަ، އެކަމާމެދު ކޯޓުގެ އިސްނެގުމުން ގޮތެއް ނިންމަންޖެހޭ ކަން އެނގެއެވެ. މިގޮތުން، ކޯޓުތަކުގެ ޤާނޫނުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައ ޤާނޫނި އެއްގޮތްވާ ގޮތުގެމަތިން ނެރެންޖެހޭ އެކިއެކި އަމުރުތައް ނެރުމުގެ ބާރު ހައިކޯޓުގެ ޒާތުގައި ލިބިގެންވާ އިޚްތިޞާޞްގެ ތެރޭގައި ހިމެނެއެވެ.
8މަތީގައިވާ ހަމަތަކުން ބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ، ސިވިލް ކޯޓުގެ އިޚްތިޞާޞް ނެތި އެކޯޓުން ހިންގާ ފައިޞަލާ ކޮށްފައިވާ މައްސަލައެއްކަން ސާފުކޮށް އެނގެއެވެ. އަދި ސިވިލް ކޯޓަށް ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 33 ވަނަ މާއްދާގެ (ރ). ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްދާ. ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 48 ވަނަ މާއްދާގެ (ހ) އަދި (ށ). މިމައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބުނު ގޮތެއް އެކޯޓަށް މައްސަލަ ހުށަހެޅި ފަރާތަށް ބުނެދެވިފައެއް ނެތެވެ. ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގައި "އިޚްތިޞާޞް" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެމަތިން މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރު ހިނގާ ދާއިރާއަށާއި ކަންކަމަށެވެ.
9ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުފެދިގެން އަންނަ ދެބަސްވުންތަކާއި އެނޫންވެސް ކަންކަން ފައިސަލާކުރުމުގެ އިޚްތިޞާޞް އަދި ބާރު ކަނޑައެޅިގެން ކޮންމެވެސް އެހެން ޤައުމެއްގެ ކޯޓުތަކަށް ލިބިދީ އެފަދައިން އެއްބަސްވުމަށްފަހު، ދެން އެގޮތް އަލުން ބަދަލު ނުކޮށް އެނޫން އެހެންތަ ނަކަށް މައްސަލަ ހުށަހަޅައިގެން ޤާނޫނީ ގޮތުން ޞައްޙަ ޙުކުމެއް ނެރެވިދާނެ ކަމަކަށް ބުރައއެ ނުވެއެވެ.
10އެހެންކަމުން، އެމައްސަލަ ބަލާ ކޯޓަކީ ހުށަހެޅުނު އެމައްސަލަ އެކޯޓުގައި ކުރިއަށް ގެންދިއމުގު އިޚްތިޞާޞް އާއި ބާރު އޮތް ކޯޓެއްތޯ ދެނެގަތުމަކީ ވަރަށް އަސާސީ ކަމެކެވެ. ސަބަބަކީ، އެމައްސަލައެއް ބެލުމުގެ އިޚްތިޞާޞް އާއި ބާރު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންވިޔަސ ނުވަތް ޤާނޫނަކުންވިޔަސް އެކޯޓަކަށް ލިބިދީފައި ނެތްނަމަ، އެމައްސަލައަކާއ ގުޅިގެނި އެކޯޓުން ނިންމް ނިންމުމަކާ އެއްވެސް ކަމެއް ފައިޞަލާކުރާ ޞައްޙަ ނިންމުމަކަށް ނުވާނެތީއެވެ. އަދި އެނިންމުމަކީ މައްސަލައިގައި ހިމެނޭ އެއްވެސް ފަރތެއާ ބަނދެވިގެންދާނެ ނިންމުމެއްވެސް ނޫނެވެ. އަދި އެއީ އެއްވެސް ޙައްޤެއްގެ ތަރަހައެއް އެކަށަ އަޅާނެ ނިންމުމެއްވެސް ނޫނެވެ. އެނިންމުން ވެގެންދާނީ، އަޞްލުން ބާޠިލު، އެއްވެސް ދިރުމެއ ބާރެއް ނެތް ނިންމުމަކަށެވެ. ވީމާ، މައްސަލައެއްގައި ކޯޓަކުން ނިންމާ ނިންމުމެއް ޞައްޙަވާނީ، އެމައްސަލައެއް ބެލުމުގެ އިޚްތޞާޞި ޤާނޫނީ ގޮތުން އެކޯޓަކަށް ލިބިފައި އޮތުމުންނެވެ. އެހެންކަމުން، ޤާނޫނީ ގޮތުން އެކޯޓަކަށް އިޚްތޞާޞި އާއި ބާރު ލިބިދީފައި ނެތްކަމެއްގައި ނިންމުމެއް ނިންމި ނަމަވެސް އެކަން ވެގެންދާނީ އަޞްލުން ބާޠިލު ނިންމުމަކަށެވެ. ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 99 ވަނަ މާއްދާގެ (ކ).
11ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައިވާ މައްސަލަކީ، ސިވިލް ކޯޓަށް އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައި ނެތީސް އެކޯޓުން ބަލާފައިވާ މައްސަލައެއްކަން އެނގެން އޮތުމުން، މިއީ މުޅި މައްސަލަ އޭގޮ ޒާތުން ބާޠިލުވެގެންދާނ ޤާނޫނެ ސަބަބަކަށްވާތީ، އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އެހެން ނުކުތާތަކަށް އިތުރަށް ބަލައި ޖަވާބު ދޭންޖެހޭ ތަނެއް އޮތްކަމަކަށް ނުދެކެމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ތާއީދީ
ކުރެއެވެ.
މި މައްސަލަ ބެލުމުގެ އިޚްތިޞާޞާގުޅޭ
12ޕަބްލިކް ސަރވިސް މީޑިޔާ (ޑިސްޓްރިބިއުޓަރ/ޕީއެސްއެމް ) އާއި އައުޓްޑޯރ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް (އޯއީއެން) އާ ދެމެދު "ޗެނަލް ލައިސެންސިންގ އެގްރިމެންޓް – އައުޓް ޑރ ޗެނަލް" ގެ ޚިދުމަތް ފޯރުކޮށް ދިނުމަށް 22 މެއި 2017 ދުވަހު ސޮއިކޮށްފައވި އެއްބަސްވުމަކީ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އއްބަސްވުމެ ކެވެ. އެ އެއްބަސްވުމުގެ މުއްދަތު ފެށެނީ 01 ޖުލައި 2017 ގައި ކަމާއި އަދި މިތިން އަހަރު ހަމަވުމުގެ ކުރިން އެއްވެސް ސަބަބަކާ ގުޅިގެން އެއްބަސްވުން ބާޠިލްނުކުރާނަމަ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 30 ޖޫން 2020 ގައި ކަން އެ އެއްބަސްވުމަށް ބެލުމުން އެނގެއެވެ.
13މި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ޙައްލުކުރުމަށް އެއްބަސްވެފައިވަނީ
ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔުގައި (މިރިޕޯޓުގެ 6 ވަނަ ނަންބަރުގައި) ބަޔާންކޮށްފައިވާ ފަދައިން
ސިންގަޕޫރުގެ ކޯޓުތަކަށް ހުށަހަޅައިގެންނެވެ. މިގޮތަށް އެއްބަސްވެފައިވީނަމަވެސް، މި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާތީ އެކަމާގުޅިގެން އޯއީއެންއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅުމަށާއި އަދި އިސްތިއުނާފ ދިވެހިރާއްޖޭގު ކޯޓުތަކުގައި ހިންގުމަށް އެކުންފުނިން ނިންމާފައިވާކަން އެނގެއެވެ. އެގޮތުން މި މައްސަލައިގައި އެކުންފުނި ތަމްސީލުކުރުމަށް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްކަމުގައިވާ ސުޢޫދު އެންޑް އަންވަރު އެލްއެލްޕީ، އައްޔަންކުރުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، “That the company hereby authorizes the appointment of Messrs.Suood & Anwar LLP (Registration No.P-0178/2002)having registered address at Level 2, H. Orchidmaage’,Ameer Ahmed Magu,Male’-20095,Republic of Maldives as Attorney to represent the Company in the submission to the Civil Court against Public Service Media and in all appeal proceedings in regard to it including…” މި ފަދައިން ބަޔާންކޮށްފައި ވެއެވެ. މިދެފަރާތުގެދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ މައްޗަށް އޯއީއެންގެ ފަރާތުން ހުށަހަޅާ ދަޢުވާ ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވަނީ އޯއީއެންގެ ފަރާތުންނެވެ. އެފަރާތުން ސިވިލް ކޯޓަށް މިދަޢުވާ ހުށަހެޅުމުން ސިވިލް ކޯޓުގައި އެދަޢުވާގެ މައްސަލަ ނުބެލޭނެ ކަމަށް ޕީއެސްއެމްގެ ފަރާތުން ބުނފައެ އެ ނުވެއެވެ. އަދި ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެމައްސަލަ އިސްތިއުނާފުކުރުމަށް ޕީއެސްއެމްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައިވެސ ސިވިލް ކޯޓުން އެމައްސަލަ ބެލުން ޤާނޫނާ ޚިލާފުކަމަށް ބުނެފައެއް ނުވެއެވެ. އަދި މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ސިންގަޕޫރުގެ ކޯޓަށް ހުށަހެޅުމަށް ބަޔާންކޮށްފައިވާ ކަން ފާހަގަކުރުމުން، އެކަމާގުޅޭ ގޮތުން ދެއްކި ވާހަކަތަކުގައި ސިވިލް ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަކަށް މި މައްސަލައިގެ ޚަޞްމުންގެ ފަރާތުން ފާހަގަކޮށް ވާހަކަ ދައްކާފައިނުވާކަން ފާހަގަ ކުރެވެއެވެ. ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގެ މާއްދާތަކާއި ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ އެ އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ލާޒިމްކަމެކެވެ. ހަމައެފަދައިން އެއެއްބަސްވުމުގައިވާ ޝަރުޠުތަކާއި މާއްދާތަކަކީ އެހެންގޮތަކަށް ބަދަލު ކުރުމުގެ އިޚްތިޔާރު އެއްބަސްވުމުގެ ބައިވެރިންނަށް ލިބިގެންވެއެވެ. މި މައްސަލައިގައި ހިމެނޭ އެއްބަސްވމުގު ދަށުން އުފެދޭ މައްސަލަތަކުގެ ދަޢުވާ ސިންގަޕޫރގު ކޯޓުތަކަށް ހުށަހެޅުމަށް ބަޔާންކޮށްފައިވީނަމަވެސް، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާތީ އޯއީއެންއަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މައް ސަލަ ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެ ޅުމަށ އެކުންފުނިން ނިންމައި، ދަޢުވާކުރުމުން އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންނުވާކަމަށްބުނެ މި މައްސަލައިގެ ދަޢުވާލިބޭ ޕީއެސްއެމްގެ ފަރާތުން އިޢުތިރާޒު ކޮށްފައިނުވާތީ، މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށަހެޅުމަށް އޮތްއޮތުން ބަދަލުކޮށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ހިންގުމަށް މިދެފަރާތުން އެއްބަސްވެފައިވާ ކަމަށް ބަލަންޖެހެއެވެ.
14މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާއިރު، މަދަނީ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވާ މައްސަލަތަކުގެ ތެރޭގައި ވިޔަފާރީގެ މައްސަލަތަކާއި މަދަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތައް ހިމެނޭކަން އެނގެއެވެ. މި މައްސަލައަކީ ދެފަރާތުގެ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން އުފެދިފައިވާ މައްސަލައެއްކަމާއި، އެމުޢާމަލާތުގެ ދަށުން ލައިސަންސް ފީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހެޅި މައްސަލައެއް ކަމުގައިވާތީ މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ދެކެމެވެ.
މައުޟޫޢުއަށް ބެލުން
15އިސްވެ ބަޔާންކޮށްފައިވާ ފަދައިން މި މައްސަލައަކީ އޯއީއެންއާއި ޕީއެސްއެމ ދެމެދާ ވެފައވި އެއްބަސްވުމުގެ ދަށުން އޯއީއެންއިން ޑިސްޓްރިބިއުޓަރަށް ފޯރުކޮށްދޭ ޚިދުމަތުގެ ލައިސަންސް ފީގެ ގޮތުގައީ ދައްކަންޖެހޭ ފައިސާ ނުދައްކައިވާތީ އެފައިސާ ހޯދުމަށް ދަޢުވާކުރުމުން ބލާފައިވަ މައްސަލައެއްކަމާއި، ޚިދުމަތުގެ ލައިސަންސްގެ ފީ ދެއްކުމަށް މިދެފަރާތުން އެއްބަސްވެފައިވަނީ ؛
1.15- ފުރަތަމަ އަހަރު: US$15,000.00 (ފަނަރަހާސް ޔޫއެސް ޑޮލަރު) އާއި،
2.15- ދެވަނަ އަހަރު: US$18,000.00 (އަށާރަހާސް ޔޫއެސް ޑޮލަރު) އަދި
3.15- ތިންވަނަ އަހަރު: US$25,000.00 (ފަންސަވީސްހާސް ޔޫއެސް ޑޮލަރު) އެވެ. ޚިދުމަތް ދޭން ފެށުމުގެ 14 (ސާދަ ދުވަސް) ކުރިން ފުރަތަމަ އަހަރު ގެ ފީ އެޑްވާންސަށް ދައްކަންވާނކަމާއި، ދެވަނަ އަހަރުގެ ފީ ދެ ޕޭމަންޓަށ ހަމައަށް ބަހާލައިގެން ދެއްކުމަށާއި އަދި ތިންވަނަ އަހަރުގެ ފީ ހަތަރު އިންސްޓޯލްމަންޓަށް ހަމައަށް ބަހާލައިގެން ދެއްކުމަށް އެއްބަސްވެފައިވެއެވެ .
16އޯއީއެނ އިން ދޭ ޚިދުމަތުގެ ލައިސެންސް ފީ ދެއްކުމަށް އޯއއެނީ އިން ޕީއެސްއެމް (ޑިސްޓްރި ބިއުޓަރ) އަށް އަންގައިކުރާ އިންވޮއިސް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެއްވެސް އުނިކުރުމެއް ނުވަތަ އަޅައިކެނޑުމެއ ނެތް އެފައިސާ ދައްކަންވާނެކަމަށް ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވެއެވެ.
17އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، 1 ޑިސެނބަރް 2018 އިން ފެށިގެން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ވަގުތީ ގޮތުން، މެދުކަނޑާލުމަށް ޕީއެސްއެމްގެ ފަރާތުން އޯއީއެންގައި އެދިފައިވެއެވެ. މިގޮތަށް އެދިފައިވަނީ، ޕީއެސްއެމްގެ މާލީ ހާލަތު ތަންނުދޭތީކަން އެނގެއެވެ. ކުންފުނީގެ މާލީ ޙާލަތު ދައްވެ، ކުންފުންޏަށް ޚިދުމަތް ދޭފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ނުކުޅެދި، ކުންފުނި ބަނގުރޫޓްވެދާނެ ޙާލަތަކީ މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރެވިދާނެ ސަބަބެއްކަން އެ އެއްބަސްވުމުގެ 8.1 ގެ 3 ވަނަ ނަންބަރަށް ބެލުމުން އެނގޭއިރު، ޕީއެސްއެމްގ މާލެ ޙާލަތައް ދަތިތަކެއް ދިމާވެފައިވާތީ، މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއިގެނ އިތުރަށް ކުރިއަށްދެވޭނެ ތަނެއް އޮތްކަމަށް ނުފެންނާތީ، އެ އެއްބަސްވުން 05 މާރިޗް 2019 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން ބޭނުންވާ ކމަށަ ޕީއެސްއެމްގެ ފަރާތުން އޯއީއެންއަށ އީމެއިލަކުން އަންގާފައިވާ ކަމާއި، އެގޮތަށް އެންގި އެންގުމަށް އޯއީއެންގެ ފަރާތުން ލިޔުމުން ޖަވާބެއްދީފައި ނުވިނަމަވެސް، ޕީއެސްއެމްގެ ފަރާތުން އެންގި އެންގުމާ އެއްގޮތަށް އެތާރީޚުނ ފެށިގެން އޯއީއެންގެ ފަރާތުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތް ހުއްޓާލާފައިވާކަމަށް ޕީއެސްއެމްގެ ފަރާތުން ބުނެފައިވެއެވެ. އަދި އެއްބަސްވުން ބާޠިލްކުރުމާ ގުޅިގެން ލައިސަންސް ފީގެ ގޮތުގައި ތިންވަނަ އަހަރަށް ކަނޑައަޅާފައިވާ ފައިސާ ދެއްކުމަށް/ދައްކަންޖެހޭނެ ކަމަށެ އޯއީއެންއިން އަންގާފައިނުވާ ކަމަށާއި އެގޮތަށް އަންގާފައިނުވަނީ އެފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ނުވާތީކަމަށާއި، މި މުޢާމަ ލާތ ގުޅިގެނާ ދެފަރާތުގެ ދެމެދު ދެކެވުނު ވާހަކަތަކަށާއި ޢަމަލުކޮށްފައިވާ ގޮތުން އެއްބަސްވުން ބާޠިލްކޮށްފައިވަނީ އޯއީއެންގެ ރުހުން އޮވެގެން ކަމަށް ޕީއެސްއެމްގެ ފަރާތުން ބުނެފައިވެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ނަންބަރު PSM/PRIV/2018/337 ސިޓީ - 03 މާރިޗް 2019 ދުވަހު ޕީއެސްއެމްގެ ފަރާތުން އޯއީއެންއަށ ކޮށްފައިވް އީމެއިލް
18މި މައްސަލައިގައި އޯއީއެނގް ފަރާތުން ޕީއެސްއެމްގެ މައްޗަށް ދަޢުވާކޮށްފައިވަނީ، މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާތީ، އެކުންފުންޏަށް ލިބެންޖެހޭ -/,00035$US (ތިރީސް ފަސްހާސް އެމެރިކާ ޑޮލަރު) ހޯދުމަށެވެ. މި ފައިސާގެ ތަފްސީލުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 01 ޑިސެމްބަރު 2018 އިން 30 ޖޫން 2019 އަށް -/10,500$US (ދިހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އާއި، 01 ޖުލައި 2019 އިން 30 ޖޫން 2020 އަށް -/25,000$US (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) އެވެ. 01 ޑިސެމްބަރު 2018 އިން 30 ޖޫން 2019 އަށް ދައްކަންޖެހޭ -/10,500$US (ދިހަހާސް ފަސްސަތޭކަ ޑޮލަރު) ގެ ތެރެއިން -/9,024$US (ނުވަ ހާސް ސައުވީސް އެމެރިކާ ޑޮލަރު) ދައްކާފައިވާތީ، އެމުއްދަތުގައި ނުދައްކައި އޮތީ -/1,476$US (އެ އްހާސް ހަތަރުސަތޭކަ ހަތްދިހަ ހަޔެއް އެމެރިކާ ޑޮލަރު) އެވެ. މިފައިސާ ދެއްކުމަށް ޕީއެސްއެމްއިނ އިންކާރެއް ނުކުރެއެވެ. ނަމަވެސް،01 ޖުލައި 2019 އިން 30 ޖޫން 2020 އަށް -/25,000$US (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) ދެއްކުމަށް ޕީއެސްއެމްއިން އިންކާރުކުރެއެވެ. އެގޮތަށް އިންކާރުކުރާ ސަބަބަކީ އެފައިސާއަކީ 3 ވަނަ އަހަރުގެ ލައިސަންސް ފީގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދު ކަމުގައިވުމާއި، އެއާ ޚިދުމަތް ފޯރުކޮށްދީފައިނުވާ އަހަރެއްކަމުގައިވުމާއި، އެއަހަރު ފެށުމުގެ ކުރިން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވާތީ، އެއީ ދައްކަންޖެހޭނެ ފައިސާއެއް ނޫންކަމަށް ދެކޭތީކަން އެނގެއެވެ.
19މިދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގަ އ، ލައިސަންސް ފީއަށްވާ ފައިސާ ދައްކަންޖެހޭނެ ގޮތާއި ދައްކަންޖެހޭ ޢަދަދު ބަޔާންކޮށްފައި ވެއެވެ. އެގޮތުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ޓަރމްސް އެންޑް ކޮންޑިޝަންގެ 3 ވަނަ ނަންބަރުގައި، ލައިސަންސް ފީ ދައްކާނީ، އޯއީއެނގް ފަރާތުން އިންވޮއިސް ފޮނުވުމުންކަމަށް ބަޔާންކޮށްފައިވެއެވެ. ތިންވަނަ އަހަރު ލައިސަންސް ފީ ދައްކަންޖެހޭނީ ހަތަރު އިންސްޓޯލްމަންޓަކަށ ހަމައަށް ބަހާލައިގެން ކަމާއި އަދި އެފައިސާ ދެއްކުމަށް އަންގައި އިންވޮއިސް ކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ ފައިސާ ދެއްކުމަށް އަންގައި އޯއީއެންއިން ޕީއެސްއެމަށ އިންވޮއިސްއެއް ކޮށްފައިނުވުމުގެ އިތުރުން، ތިންވަނަ އަހަރުގެ ލައިސަންސް ފީ ދައްކަންޖެހޭނެ ކަމަށް އޯއީއެންގެ ފަރާތުން ޕީއެސްއެމަށް އަންގާފައިވެސް ނުވާތީ ޚިދުމަތް ނުހޯދާ މުއްދަތަކަށް ފައިސާ ދައްކަންޖެހޭނެ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.
20އެހެންކަމުން، މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި 3 ވަނަ އަހަރަށް ލައިސަންސް ފީގެ ގޮތުގައި ކަނޑައަޅާފައިވާ -/US$25,000(ފަންސަވީސ ހާސް އެމެރިކާ ޑޮލަރު) އަކީ ޕީއެސްއެމުން އޯއީއެންއަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައިނުވާތީ، އެފައިސާ ހިމަނައިގެން ޕީއެސްއެމުން އޯއީއެންއަށް -/US$26,476 (ސައްބީސްހާސް ހަތަރު ސަތޭކަ ހަތްދިހަ ހައެއް އެމެރިކާ ޑޮލަރު) ދައްކަންޖެހޭ ކަމަށް އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2329 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ އެޤަޟިއްޔާގެ ޙުކުމުގައި ޕީއެސްއެމުން އޯއީއެންއަށް ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ ފައިސާގެ ޢަދަދުން -/US$25,000(ފަންސަވީސްހާސް އެމެރިކާ ޑޮލަރު) އުނިކޮށް، މި މައްސަލައިގައި ޕީއެސްއެމުން އޯއީއެންއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ -/US$1,476(އެއްހާސް ހަތަރުސަތޭކަ ހަތްދިހަ ހަޔެއް އެމެރިކާ ޑޮލަރު) ކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގެ ޙުކުމް އިޞްލާޙް ކުރަންޖެހޭ ކަމަށް ދެކެމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 99 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) (އިސްތިއުނާފީ ނުކުތާތަކުގައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.