ކޯސްޓަލް ވެންޗަރ ޕްރައިވެޓް ލިމިޓެޑް ވ. ވޯރކްސް ކޯޕަރޭޝަން ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2117/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރިން ނިމިފައިވާ ދަޢުވާއެއްގެ އެއް އެއްބަސްވުމަކާ ގުޅިގެން ގެއްލުމުގެ ބަދަލާއި މަސައްކަތުގެ އަގަށް ފަހުން ހުށަހެޅި ދަޢުވާއަށް ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުކުރެވޭނެތޯ، އަދި ދަޢުވާ ހުށަހެޅުމަށްފަހު ސުޕްރީމް ކޯޓުން ކަނޑައެޅި އުޞޫލެއް އެ ދަޢުވާއަށް ތަޠުބީޤުކުރުމަކީ ފަހުން އުފަންވާ ގަވާއިދެއް ކުރިން ހިނގި ކަމަކަށް ހިންގުމާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ޖެހޭތީ، ދަށު ކޯޓަކުން މައްސަލައެއް ނިންމާއިރު އެ ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ތަބާވުން ލާޒިމްވެއެވެ.
HN2 ދަޢުވާ ހުށަހެޅުމަށްފަހު ނަމަވެސް ދަށު ކޯޓުން ޙުކުމް ކުރުމުގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލަކަށް (2016/SC-A/25) ރިޢާޔަތްކޮށް މައްސަލަ ނިންމުމަކީ ކުރިން ހިނގާފައިވާ ކަމަކަށް ފަހުން އުފަންވާ ގަވާއިދެއް ހިންގުމުގެ އުޞޫލާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ އިންސާފުވެރި ޝަރީޢަތުގެ ހަމަތަކާ ޚިލާފުވުމެއް ނޫނެވެ.
HN3 ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުވާނީ (ހ) ކުރިން އުފުލާފައިވާ ދަޢުވާއަކާ ގުޅިގެން އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުމާއި، (ށ) ދެ މައްސަލައިގައި އެއް ފަރާތްތައް ހިމެނުމާއި، (ނ) ދެ މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލަ ކަމުގައި ނުވުމާއި، (ރ) ފަހުން ހުށަހެޅި ނުކުތާތަކަކީ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު (reasonable diligence) ހުށަހެޅިނަމަ ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި ގޮތް ކަނޑައެޅޭނެ ނުކުތާތަކަކަށް ވުން ފުރިހަމަވެގެންނެވެ.
HN4 އެއް އެއްބަސްވުމަކާ ގުޅިގެން މަސައްކަތުގެ އަގު ހޯދުމަށް ކުރިން ދަޢުވާކޮށް ޙުކުމް ލިބިފައިވާއިރު، ފުރަތަމަ ދަޢުވާގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ގެއްލުމުގެ ބަދަލު ފަހުން އެހެން ދަޢުވާއަކުން ހޯދަން އެދުމަކީ ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުވާ ކަމެއް ކަމަށްވާތީ، އެ ދަޢުވާ މައުޟޫޢީ ގޮތުން ބެލެން ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ހާތިފް ޙިލްމީ، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
g ދިވެހިރާއްޖގޭ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނަންބަރު: 2021/HC-A/117 އިސްތިއުނާފުކުރި ފަރާތް: ކޯސްޓަލް ވެންޗަރސ ޕްރައިވެޓް ލިމިޓެޑް އިސްތިއުނާފު ރައްދުވި ފަރާތް:ވޯރކްސް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގެ ބާވަތް: މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް ހުށަހަޅާ މައްސަލަ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޙުސައިން މަޒީދު އިސްފަނޑިޔާރު ހާތިފް ޙިލްމީ ފަނޑިޔާރު ޙުސައިން ޝަހީދު 33 ޖުމާދަލްއާޚިރ 3112 ނިމުނު ތާރީޚް: 20 ޖަނަވަރީ 3323 22 ރމަޟާނަ 3113 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 35 އެޕްރީލް 3233 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 19C/20-/Cv7211 ޤަޟިއްޔާ ނިންމި ތަން: ސިވިލް ކޯޓު ބާވަތް: މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް ހުށަހަޅާ މައްސަލަ ހުށަހެޅުނު ތާރީޚް: 22 މޭ 3233 ނިމުނު ތާރީޚް: 22 ފެބުރުވަރީ 3233 މަދަނީ - މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް ހުށަހަޅާ މައްސަލް- ކޯސް އޮފް އެކްޝަން އެސްޓޮޕަލް ފަނޑިޔާރު ޙުސައިން މަޒީދުގެ ރއަ ޔު، (މި ރއަ ޔަށު އިސފަނޑިޔާރް ހާތިފް ޙިލްމީ އަދި ފަނޑިޔާރު ޙުސައިން ޝަހީދު ތާއީދު ކުރައވާފައި) މައްސަލައިގެ ތަޢާރަފު
3މިއީ ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ކޯސްޓަލް ވެންޗަރސ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު : 0481/2010-C، މީގެފަހުން "ކޯސްޓަލް ވެންޗަރސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" މިފަދައިން ބަޔާންކުރެވިފައި) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ވޯރކްސް ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 09/20550-C) އެވެ.
މައްސަލައިގެ ފަސްފަހަތް
3. ރ. ފައިނުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ކޯސްޓަލް ވެންޗަރސް އާއަ ވޯރކްސް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް 33 ޖަނަވަރީ 3233 ގައި އެކުލަވާލފައިވެއެވެ.
2މި އެއްބަސްވުމާ އެއްގޮތަށް ކޯސްޓަލް ވެންޗަރސ އިން މަސައްކަތްކޮށް، އެއްބަސްވުމުގެ ދަށުން ވޯރކްސް ކޯޕަރޭޝަން ލިމިޓެޑުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާކަމަށް ބުނެ، މަސައްކަތް އިތުރަށް ކުރިއަށް ނުގެންދެވި، މަސައްކަތް ހުއްޓުމަކަށް އައުމުގެ ސަބަބުން ކޯސްޓަލް ވެންޗަރސް އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި އެ ހިނދަށް ކޮށްފައިވާ މަސައްކަތުގެ އަގު ހޯދުމަށް އެދި ވޯރކްސް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ކޯސްޓަލް ވެންޗަރސް އިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. . ސިވިލް ކޯޓަށް ހުށަހެޅުނު ޖޮއިންޓް ވެންޗަރ އެގްރީމަންޓް (JV AGREEMENT NO: FAD/AGR/2011/03)
1. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާގައެވެ. އެ މައްސަލަ ނިމިފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކޯސްޓަލް ވެންޗަރސް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބު
5ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބަކީ، އެ ޤަޟިއްޔާގައި ހުށަހެޅުނު ޚުސޫމަތ ގުޅިގެނާ ކުރިން ސިވިލް ކޯޓަށް ހުށަހެޅުން ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވުމާއި، މި ދެ ޤަޟިއްޔާގައިވެސް ހުށަހެޅުނު މައްސަލައަކީ ކޯސްޓަލް ވެންޗަރސް އާއި ވޯރކްސް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު 33 ޖަނަވަރީ 3233 ގައި ވެވުނު އެގްރީމަންޓްއާ ގުޅިގެން ކޯސްޓަލް ވެންޗަރސ އަށް ޙައްޤުވާކަމަށް އެފަރާތުން ޤަބޫލުކުރާ ފައިސާ ހޯދުމަށް އެދި ހުށަހެޅި ދެ މައްސަލަ ކަމަށް ވެފައި، ފަހުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާގައި ހުށަހެޅި ކަންކަމަކީ ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ ކުރިން ބެލުނު ސިވިލް ކޯޓަށް ހުށަހެޅުނު ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގައި އެ މައްޗަށް ގޮތް ކަނޑައެޅޭނެ ކަންތައްތަކެއްކަން އެނގެން އޮތުން، މިއެވެ.
ސިވިލް ކޯޓުގެ ޙުކުމް
6ސިވި ލ ކޯޓުގް ނަންބަރު 2117/Cv-C/2019 ޤަޟިއްޔާ ގެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. . ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު . ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު " ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، މި ޚުސޫމަތާ ގުޅޭގޮތުން ކުރިން ހުށަހެޅުނު މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 1087/Cv-C/2018 ޤަޟިއްޔާއިން ބަލައި، ޙުކުމްކޮށްފައިވާކަމާއި، މި ދެ މައްސަލައިގައި ހިމެނެނީވެސ ކޯސްޓަލް ވެންޗަރސް ޕްރައިވެޓް ލިމިޓެޑާއި، އަދި ވޯރކްސ ކޯޕަރޭޝަން ލިމިޓެޑް ކަމާއި، ކުރިން ހުށަހެޅި މައްސަލަ އާއި މި މައްސަލައަކީވެސް ކޯސްޓަލް ވެންޗަރސ ޕްރައިވެޓް ލިމިޓެޑާއި ވޯރކްސ ކޯޕަރޭޝަން ލިމިޓެޑް ދެމެދު 33 ޖެނުއަރީ 3233 ގައި ސޮއިކޮށްފައިވާ އެގްރީމެންޓްގެ ދަށުން ކޯސްޓަލް ވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް ޙައްޤުވާކަމަށް އެ ފަރާތުން ޤަބޫލުކުރާ ފައިސާ ހޯދުމަށް އެދި ހުށަހެޅި ދެ މައްސަލަކަމާއި، މި މައްސަލައިގައި ހުށަހަޅާފައިވާ ކަންކަމަކީ، ކޯސްޓަލް ވެންޗަރސ ޕްރައިވެޓް ލިމިޓެޑުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި، އެ މައްޗަށް ގޮތް ކަނޑައެޅޭނެ ކަންތައްތަކެއްކަން އެނގެން އޮތުމުން، ކޯސް އޮފް އެކްޝަން އެސްޓޮޕަލް މި މައްސަލައަށް ތަޠުބީޤުކުރެވޭތީ، މި މައްސަލަ މައުޟޫޢުގައި ބެލެން ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." އިސްތިއުނާފީ ނުކުތާ
3ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ކޯސްޓަލް ވެންޗަރސގް ފަރާތުން ހުށަހަޅާފައިވަނީ 3 (އެކެއް) ނުކުތާއެވެ. އެ ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 32 ވަނަ ނުކުތާގައި، "ކޯޓުތަކުން ޤާނޫން ތަޠުބީޤުކޮށް މާނަކުރަންޖެހޭނީ ހާދިސާ ހިނގިއިރު ކަން އޮތްގޮތުގެ މައްޗށަ " ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އަދި ޚުޞޫމަތެއްގައި، ޝަރީޢަތަށް ހުށަހެޅި ޝަރީއަތުން ފައިސަލާކޮށްފައިނުވާ ނުކުތާއަކަށް ގޮތެއް ނިންމުމަށް ޝަރީޢަތަށް ހުށަހެޅުމަކީ ރާއްޖޭގައި ކުރިއްސުރެވެސް ޢަމަލުކުރަމުން އައިސްފައިވާ ގޮތެއްކަން އެނގެން އޮތްހިނދު، ސިވިލް ކޯޓުގެ ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގެ ދަށުން ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ހުށަހެޅުނު ނުކުތާއަކީ ކުރިން އެއަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިނުވާ ނުކުތާއެއްކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ވެސް އެނގެން އޮތްހިނދު އެކަމަށް ރިޢާޔަތްނުކޮށް، ހުށަހެޅުނު ދަޢުވާގައިވާ ކަންކަމަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ ކުރިން ހުށަހެޅި މައްސަލައިގައި ހިމެނިދާނެ ނުކުތާއެއްކަމަށް ބުނެ އިސްތިއުނާފުކުރެވޭ މައްސަލަ ޝަރީޢަތަށް ހުށަހެޅި ހިނގަމުންދަނިކޮށް 3 އގަސްޓޮ 3232 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނމުނި 2016/SC-A/25 ޤަޟިއްޔާއަށް ޙަވާލާދީ މި މައްސަލަ މައުޟޫޢުގައި ބެލެންނެތްކަމަށް ނިންމާފައިވުމުން ކުރިން ހިނގާފައި ވާ ކަމަކަށް ފަހުން އުފަންވާ ގަވއިދެއާ ނުހިންގުމުގެ ޢާއްމު އުޞޫލުގެ އިތުރުން ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގައި، ޝަރީޢަތް ކުރަންވާނީ އިންސާފުންކަމަށ ބަޔާންކޮށްފައިވް އުޞޫލާއި ޢަދުލު އިންސާފުގެ ހަމަތަކާ ޚިލާފު ވެފައިވާކަމަށް ފެންނަ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ މެދު ދެފަރާތުނާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
8އިސްތިއުނާފި ނުކުތާއާ ގުޅޭގޮތުން ކޯސްޓަލް ވެންޗަރސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާގައި ހުށަހެޅުނީ ސިވިލް ކޯޓުގެ ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގައި ގޮތް ކަނޑައަޅާފައިވާ ކަންކަން ނޫންކަމަށެވެ. އެހެންކަމުން ފަހުން ހުށަހެޅުނު ދަޢުވާއަކީ ޤާނޫނީގޮތުން ރަނގަޅު ދަޢުވާއެއް ކަމަށެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފަހުން ކަނޑައެޅި އުސޫލެއް އޭގެ ކުރިން ހުށަހެޅިފައި އޮތް މައްސަލައަކަށް ތަޠުބީޤުނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކޮށް، އެ މައްސަލައަކީ މައުޟޫއީގޮތުން ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުންކަމަށެވެ.
3. ޖަވާބުގައި ވޯރކްސ ކޯޕަރޭޝަން ލިމިޓެޑުން ބުނެފައިވަން ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ އެ ނިންމާ ވަގުތުން ފެށިގެން ޢަމަލުކުރަންޖެހޭ ނިންމުންތަކެއް ކަމަށާއި ޤާ ނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުމުގެ އުސޫލަކީ އަދި ތަފާތު އުސޫލެއް ކަމަށެވެ. އަދި ސިވިލް ކޯޓުން ރެސްޖުޑިކާޓާގެ މަބްދައު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމަށެވެ. އެހެންކަމުން އެދެނީ ދަށު ކޯޓުގެ ނިންމުމަށް ތާއިދުކޮށ މައްސަލް ނިންމައދިނުނި ކަމަށެވެ.
އިސްތިއުނާފީ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތ
32މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަކާ ސިވިލް ކޯޓުގެ ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގެ ދަށުން ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ހުށަހެޅުނު ނުކުތާއަކީ ކުރިން އެއަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިނުވާ ނުކުތާއެއްކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ވެސް އެނގެން އޮތްހިނދު އެކަމަށް ރިޢާޔަތްނުކޮށް، ހުށަހެޅުނު ދަޢުވާގައިވާ ކަންކަމަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ ކުރިން ހުށަހެޅި މައްސަލައިގައި ހިމެނިދާނެ ނުކުތާއެއްކަމަށް ބުނެ އިސްތިއުނާފުކުރެވޭ މައްސަލަ ޝަރީޢަތަށް ހުށަހެޅަ ހިނގަމުންދަނިކޮށް 3 އގަސްޓޮ 3232 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނމުނި 2016/SC-A/25 ޤަޟިއްޔާއަށް ޙަވާލާދީ މި މައްސަލަ މަޢުޟޫޢުގައި ބެލެންނެތްކަމަށް ނިންމާފައިވުމުން ކުރިން ހިނގާފައިވާ ކަމަކަށް ފަހުން އުފަންވާ ގަވއިދެއާ ނުހިންގުމުގެ ޢާއްމު އުޞޫލުގެ އިތުރުން ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގައި، ޝަރީޢަތް ކުރަންވާނީ އިންސާފުންކަމަށ ބަޔާންކޮށްފައިވް އުޞޫލާއި ޢަދުލު އިންސާފުގެ ހަމަތަކާ ޚިލާފު ވެފައިވާކަމަށް ފެންނަ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
32.3. ސިވިލް ކޯޓުގެ ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލއަކަ ރ. ފައިނުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ކޯސްޓަލް ވެންޗަރސް އާއި ވޯރކްސް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް އެކުލަވާލައި، މި އެއްބަސްވުމާ އެއްގޮތަށް ކޯސްޓަލް ކޯސްޓަލް ވެންޗަރސ އިން މަސައްކަތްކޮށް، އެއްބަސްވުމުގެ ދަށުން ކޯސްޓަލް ވެންޗަރސ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ 9,179,873/09ރ. (ނުވަމިލިއަން އެއްލައްކަ ހަތްދިހަ ނުވަހާސް އަށްސަތޭކަ ހަތްދިހަތިނެއ ރުފިޔް ނުވަލާރި) ލިބިފައި ނުވާކަމަށް ބުނެ، އެ ފައިސާ ހދުމަށ އެދް ކޯސްޓަލް ވެންޗަރސޯ ގެ ފަރާތުން ވޯރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް 3 މާރިޗު 3238 ގައި ސިވިލް ކޯޓުގައި ދަޢުވާކޮށް ހުށހެޅަ މައްސަލައެވެ.
32.3. ސިވިލް ކޯޓުގެ ނަންބަރ 1087/Cv-C/2018 ޤަޟިއްޔާގެ ނިންމުމަށް ބެލިއިރު، އެ ނިންމުމުގައި ވަނަ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ކޯސްޓަލް ވެންޗަރސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވޯރކްސ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދުގައި ރ. ފައިނުގެ ބަނދަރު ހެދުމުގެ މަޝްރޫއ ގުޅިގެނާ ވެވުނު ނަންބަރު D/AGR/2011/03FA ޖޮއިންޓް ވެންޗަރ އެއްބަސްވުން މާޔޫސްވެ، އެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެނގެން އޮންނާތީ، މި މައްސަލާގައި ދަޢުވާކުރާ ފަރާތުން އެދިފައިވާފަދައިން ކަނޑައަޅައިދެވޭނޭ ތަނެއް ނެތްކަމަށާއި، އަދި އެއްބަސްވުމުގައި މުޅި މަސައްކަތަށް ކަނޑައެޅުނު ޖުމްލަ ފައިސާގެ ބާކީއަށްވާ 9,179,873/09ރ. (ނުވަމިލިއަން އެއްލައްކަ ހަތްދިހަ ނުވަހާސް އަށްސަތޭކަ ހަތްދިހަތިނެއ ރުފިޔް ނުވަލާރި) ދަޢުވާލިބޭ ފަރާތުގެ ކިބައިން ދަޢުވާކުރާ ފަރާތަށް ނަގައިދެވެން ނެތްކަމަށްކަނޑައަޅައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." މި ނިންމުމަށް ބެލުމުން، ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުން މާޔޫސްވެ ނިމުމަކަށް އައިސްފައިވާކަން އެނގެން އޮންނާތީ، ކޯސްޓަލް ވެންޗަރސ އިން އެދިފައިވާފަދައިން އެއްބަސްވުމުގައި މުޅި މަސައްކަތަށް ކަނޑައެޅުނު ޖުމްލަ ފައިސާގެ ބާކީއަށްވާ 9,179,873/09ރ. (ނުވަމިލިއަން އެއްލައްކަ ހަތްދިހަ ނުވަހާސް އަށްސަތޭކަ ހަތްދިހަ ތިނެއް ރުފިޔާ ނުވަލާރި) ވޯރކްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާކަން އެނގެއެވެ. މި ނިންމުން ނިންމާފައިވަނީ 33 ސެޕްޓެންބަރު 3238 ގައެވެ.
32.2. އެ މައްސަލަ ނިމުމުން، 22 މޭ 3233 ތާރީޚުގައި ދެވަނަ ފަހަރަށް ސިވިލް ކޯޓަށް ކޯސްޓަލް ވެންޗަރސ އިން އެ މައުޟޫޢުގައި އެހެން މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލައަކީ އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާއެވެ. އެ ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައަކީ ރ. ފައިނުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ކޯސްޓަލް ވެންޗަރސް އާއި ވޯރކްސް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް އެކުލަވާލައި، މި އެއްބަސްވުމާ އެއްގޮތަށް ކޯސްޓަލް ކޯސްޓަލް ވެންޗަރސް އިން މަސައްކަތްކޮށް، އެއްބަސްވުމުގެ ދަށުން ވޯރކްސް ކޯޕަރޭޝަން ލިމިޓެޑުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާކަމަށް ބުނެ، މަސައްކަތް އިތުރަށް ކުރިއަށް ނުގެންދެވި، މަސައްކަތް ހުއްޓުމަކަށް އައުމުގެ ސަބަބުން ކޯސްޓަލް ވެންޗަރސް ޕްރަ އިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި އެ ހިނދަށް ކޮށްފައިވާ މަސައްކަތުގެ އަގު ހޯދުމަށް އެދި ވޯރކްސް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ކޯސްޓަލް ވެންޗަރސް އިން ހުށަހެޅި މައްސަލައެވެ.
32.1. ކުރިން ހުށަހެޅުނު މައްސަލައަށް (ސިވިލް ކޯޓުގެ ނަންބަރު 1087/Cv-C/2018 ޤަޟިއްޔާ ) އަށް ރިޢާޔަތްކޮށް، ފަހުން ހުށަހެޅި މައްސަލަ (ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާ ) އަށް ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުކުރެވކަމަށޭ ބަޔާންކޮށް، މައްސަލަ މައުޟޫޢުގައި ބެލެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން 2 ފެބުރުވަރީ 3233 ގައި ޙުކުމް ކޮށްފައިވެއެވެ.
32.5. އިސްވެ ބަޔާންކުރެވުނު ކުރނި ހުށަހެޅް މައްސަލައިގައި (ސިވިލ ކޯޓުގް ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގައި ) ކޯސްޓަލް ވެންޗަރސ އިން ދަޢުވާކޮށްފައިވަނީ ދެފަރާތުގެ މެދުގެ ވެވުނު އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި މުޅި މަސައްކަތަށް ކަނޑައެޅުނު ޖުމްލަ ފައިސާގެ ބާކީއަށްވާ 9,179,873/09ރ. (ނުވަމިލިއަން އެއްލައްކަ ހަތްދިހަ ނުވަހާސް އަށްސަތޭކަ ހަތްދިހަ ތިނެއް ރުފިޔާ ނުވަލާރި) ހޯދުމަށެވެ. އެ ދަޢުވާގައި ގެއްލުމުގެ ބަދަލަށްވެސް ދަޢުވާކުރުމުގެ ފުރުޞަތު އޮވެ، އެފަދައިން އެ ދަޢުވާ ބިނާކޮށްފައިނުވެއެވެ. ނަމަވެސް، ފަހުން ހުށަހެޅި މައްސަލައިގައި (ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާގައ) ކޯސްޓަލް ވެންޗަރސ އިން ދަޢުވާކޮށްފައިވަނީ ދެފަރާތުގެ މެދުގައި ވެވުނު އެއްބަސވުމުގް ދަށުން މަސައްކަތުގެ އަގގު އިތުރުން ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅު ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި ވަނީ ދެފަރތުގާ މެދުގައި އޮތް އެއްބަސްވުން މާޔޫސްވެ ނިމުމަކަށް އައިސްފައިވާކަމަށް ބަޔާންކޮށް، އެ ދަޢުވާގައި އެދިފައިވާ މަސައްކަތުގެ އަގު ނަގައިނުދެވޭނެ ކަމަށް ޙުކުމް ކޮށްފައެވެ. ވީއިރު، މަސައްކަތުގެ އަގު ލިބިގަތުމަށް ކުރިން ހުށަހެޅި ހުށަހޅުމަށެ ކޯޓުން ވަން ގޮތް ކަނޑައަޅާފައެ ވެ. އަދި ގެއްލުމުގެ ބަދަލަކީ ފުރަތަމަ ހުށަހެޅި ދަޢުވާގެ ތެރެއިން ހުށަހެޅުމުގެ ފުރުޞަތު އޮވެ، ހުށަހަޅާފައިނުވާ ކަމެކެވެ.
32.6. މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމާ ގުޅޭގޮތުން ޤާނޫނުއަސާސީގެ 312 ވަނަ މާއްދާގެ (ރ) ގައި އޮތީ "މަތީމަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ވާނެއެވެ ". މިފަދައިންނެވެ. އެހެންކަމުން ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އޭގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމެވުންތަކަށް ތަބާވުން ޤާނޫނުއަސާސީގެ 312 ވަނަ މާއްދާގެ (ރ) ލާޒިމް ކުރެއެވެ.
32.3. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާ ނިމުނު ތާރީޚަކީ 2 ފެބުރުވަރީ 3233 އެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލަ (ނަންބަރު 2016/SC-A/25 ޤަޟިއްޔާ ) އަކީ 23 އޮގަސްޓް 3232 ގައި އެކޯޓުން ނިންމަވާފައިވާ ޤަޟިއްޔާއެކެވެ.
32.8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯއރިޓީ މައްސަލައިގައި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަތުބީޤުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ ކަންކަން ބަޔާންކުރައްވާފައިވެއެވ. އެގޮތުން އެ މައްސަލައިގެ
32.3.2 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވަނީ އަންނަނިވި ކަންކަމެވެ. "މައްސަލައެއްގެ މައްޗަށް ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމުކުރަނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ .
(ހ) ކުރިން އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން، އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން؛
(ށ) ކުރިން ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން؛
(ނ) ކުރިން ހުށަހެޅި މައްސަލައާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލައެއް ކަމުގައި ނުވުން؛ އަދި
(ރ) ފަހުން ހުށަހެޅި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކަކީ، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު (diligence reasonable with) ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި، އެ މައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން."
32.3. "ކުރިން އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން، އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން" މި އުންސުރު ފުރިހަމަވޭތޯ ބަލާއިރު، ކޯސްޓަލް ވެންޗަރސ އިން ކުރިން ކޮށްފައިވް ދަޢުވާއާ ގުޅިގެނާ ސިވިލް ކޯޓުގެ ނަންބަރު 1087/Cv-C/2018 ޤަޟިއްޔާގެ ނިންމުން އެބައޮތެވެ. އަދި އެ މައްސަލަ އާއި ފަހުން ސިވިލް ކޯޓަށް ހުށަހެޅުނު ނަންބަރު 2117/Cv-C/2019 ޤަޟިއްޔާގައި ހިމެނެނީ އެއް ފަރާތްތަކެކެވެ. އަދި ދެ މައްސަލައަކީވެސް އެއް އެއްބަސްވުމަކާ ގުޅިގެން މަސައްކަތުގެ އަގު ހޯދުމަށް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ ހުށަހެޅުނު ދެ މައްސަލައެވެ. ފަރަޤަކީ ދެވަނަ މައްސަލައިގައި ކޯސްޓަލް ވެންޗަރސް އިން ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވުމެވެ. ނަމަވެސް އެކަމަކީ އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު (diligence reasonable with) ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި، އެ މައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާއެކެވެ.
32.32. ވުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2117/Cv-C/2019 ޤަޟިއްޔާ ގައި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުކުރުމަށްޓަކައި ފުރިހަމަވާންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯއރިޓީ މައްސަލައިގައި ކަނޑައަޅުއްވާފައިވ އެންމެހާ ކަންކަނާ ފުރިހަމަވެފައިވާކަމުގައި ދެކެމެވެ. އަދި ސިވިލް ކޯޓުން ނަންބަރު 2117/Cv-C/2019 ޤަޟިއްޔާ ނިންމުގައި ރިޢާޔތްކޮށްފައިވަނަ ރަނގަޅަށް ކަމުގައި ބުރަވެވެއެވެ. އެހެންކަމުން ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ކުރިން ހިނގާފައިވާ ކަމަކަށް ފަހުން އުފަންވާ ގަވާއިދެއް ނުހިންގުމުގެ ޢާއްމު އުޞޫލުގެ އިތުރުން ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގައި، ޝަރީޢަތް ކުރަންވާނީ އިންސާފުންކަމަށް ބަޔާންކޮށްފައިވާ އުޞޫލާއި ޢަދުލު އިންސާފުގެ ހަމަތަކާ ޚިލާފު ވެފައިވާކަމަށް ބުރަވެވޭނެ ހަމައެއް އޮތްކަމކަ ށ އަހުރެން ނުދެކެމެވެ.
33އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބއ އޮތް ކަމަކަށް އަހުރެން ނުދެކެމެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.