ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/206

އިބްރާހީމް ޢާޒިމް އަދި 6 މީހުން ވ. ފާޠިމަތު އިބްރާހީމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ބައެއް ބަދަލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 14 މާރިޗު 2022ދަށު ކޯޓު: ސިވިލް ކޯޓު 1577/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1577/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/61, 2022/SC-A/62, 2022/SC-A/63 — ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލުކޮށް ނުވަތަ ބަދަލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އެކަކުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ޖެހިގެން އޮތް ދެ އަމިއްލަ/ބަންޑާރަ ގޯތި އެއްކޮށްލި ސިވިލް ކޯޓުގެ ޙުކުމަކީ ދަޢުވާގެ ޞީޣާއާ ބެހޭ އުޞޫލާއި ގޯތި އަމިއްލަކުރުމާ ބެހޭ ޤަވާއިދުގެ އިޖުރާއާތާ ޚިލާފަށް ނިންމި ޙުކުމެއްތޯ، އަދި މައިންބަފައިންގެ މުދަލުގައި ދަރިންނަށް ހުރި މަޞްލަޙަތު އެފަދަ މުޢާމަލާތަކަށް ހުރަހަކަށް ވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާ ފައިޞަލާކުރަނީ ދަޢުވާގެ ޞީޣާއަށް ބަލައި ދަޢުވާ ސާބިތުވޭތޯ ކަނޑައަޅައިގެން ކަމަށާއި، ޞީޣާގައި ނުހިމެނޭ ކަމެއް ޙުކުމުގައި ހިމަނާނަމަ އޭގެ ސަބަބު ބަޔާންކުރަން ޖެހޭނެއެވެ؛ ނަމަވެސް ޙުކުމުގައި ބަޔާންކޮށްފައިވަނީ ލިޔެކިޔުމުން ސާބިތުވާ ޙަޤީޤަތް (ދެ ގޯތި އެއްކޮށްލުމުން އަމިއްލަ ބިމާއި ބަންޑާރަ ބިމުގެ ނިސްބަތް ބަދަލުނުވާ ގޮތް) ނަމަ، އެއީ އެ އުޞޫލުން ބޭރުން ކަމެއް ހިމެނުމެއް ނޫނެވެ.

HN2 ގޯތި އަމިއްލަކުރުމާއި ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 2، 3، 10 އަދި 11 ވަނަ މާއްދާތަކަކީ ބަންޑާރަ ގޯތި އަމިއްލަކުރުމާއި އޭގެ އަގު ކަނޑައެޅުމާ ބެހޭ މާއްދާތަކެއް ކަމުން، އެކަކުގެ ނަމުގައިވާ ޖެހިގެން އޮތް ދެ ގޯތި، އަމިއްލަ ބިމާއި ބަންޑާރަ ބިމުގެ މިންވަރު ބަދަލުނުވާ ގޮތަށް އެއްކޮށްލުމުގެ މައްސަލައަށް އެ މާއްދާތައް ތަޠްބީޤު ނުކުރެވޭނެއެވެ؛ އަދި އެފަދަ ޙުކުމަކީ ކޯޓަށް ލިބިގެންވާ ބާރުގެ ބޭރުން ނިންމި ޙުކުމެއް ނޫނެވެ.

HN3 މައިންބަފައިންގެ މުދަލުގައި ދަރިންގެ މަޞްލަޙަތު އޮތުމުގެ މާނައަކީ ދަރިންނަށް އެ މުދަލުގައި މިލްކުވެރިކަމުގެ ޙައްޤެއް އޮތުމެއް ނޫނެވެ؛ މައިންބަފައިން އަމިއްލަ އިޚްތިޔާރުގައި ކުރާ ޖާއިޒު މުޢާމަލާތްތައް ދަރިންގެ ރުހުމެއް ނެތަސް ބާޠިލެއް ނުވާއިރު، ދަރިންގެ މަޞްލަޙަތަކީ އެފަދަ މުޢާމަލާތަކަށް ހުރަސްއަޅާނެ ނުވަތަ އެ މުޢާމަލާތް ރޫޅާލާނެ ސަބަބެއް ނޫނެވެ.

HN4 ބައްޕަގެ ނަމުގައިވާ ދެ ގޯތި އެއްކޮށްލުމުގައި ދަރިންގެ ރުހުން އޮތުމާ ނެތުމަކީ، ދަރިންނަކީ ބައްޕަގެ މައްޗަށް ބެލުން ލާޒިމުކުރާ ފަރާތެއް ނޫންނަމަ، އެ މުޢާމަލާތް ޞައްޙަވުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ހުރަހެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު ، މި ރައުޔަށް ފަނޑިޔާރު ޙަސަން ޝަފީޢުއާއި ފަނޑިޔާރުފާޠިމަތު ފަރްހީޒާ

ތާއީދުކުރެއެވެ .  މައްސަލައިގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ނިންމަވާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނީ […] / މާލެ، އިބްރާހީމް އާޒިމާއި، ޞފީނާޒް އިސްމާޢީ ލާއި، މާޙު ޠަލްޢަތާއި، އިބްރާހީމް ނަބީލާއި، ޝާހް އިސްމާޢީލާ އ، ޙޫރުޝީދު އިސްމާޢީލާއި، […] / މާލެ، އަޙްމަދު ފިރާޤު ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ، […] / މާލެ، ފާޠިމަތު އިބްރާހީމެވެ . މައްސަލައިގައި ކަން ހިނގާފައިވާގޮތް : 2- […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ )އައި .ޑީ ކާޑު ނަންބަރު:( ގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ […] / މާލެ އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗާއި، […] ފިނި / މާލެ އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗާ އ، މި 02 )ދޭއް ( ގޯތި އެއްކޮށްލައި އެއްބިމެއްގެ ގޮތުގައި ހަމަޖެއްސެވުމަށް އެދި އިސްމާޢީލް ޒަކަރިއްޔާ ގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާއިން އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވެއެވެ . 3- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާއިން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، […] / މާލެ އެވެކިޔާ އަމިއްލަ / ބަންޑާރަ ގޯއްޗާއި، […] ފިނި / މާލެ އެވެކިޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/06 ނިންމުމާގުޅިގެން. އަމިއްލަ/ ބަންޑާރަ ގޯތި އެއްކޮށްލުމަށް ޝަރީޢަތަށް ހުށަހަޅާފައިވާ ކުރެހުން ނަމޫނާއަކަށް ބަލައިގެން ކުރަހައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އެ ކޯޓަށް ފޮނުވާފައިވާ ޗާޓާއެއްގޮތަށް އެ ދެ ގޯތީގެ ބިން އެއްކޮށްލައި، އެ ބިމުގެ 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 2000 )ދެހާސް ( އަކަފޫޓުގެ ބަންޑާރަ ބިން ހިމެނޭހެން އެކުޖުމްލަ 4000 )ހަތަރުހާސް ( އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ބިމެއްގެ ގޮތުގައި ހަމަޖައްސައި، އެ ބިމުގައިވާ އެންމެހައި ޢިމާރާތް ތަކާއި ނުއުފުލޭ މުދައު […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ އަށް މިލްކުވެގެންވާ ކަމުގައެވެ . މައްސަލަ އެ ކޯޓުން ނިމިފައިވަނީ، 2016 އޮކްޓޫބަރު 11ވަނަ ދުވަހުއެވެ . 4- 2020 ސެޕްޓެންބަރު 14ވަނަ ދުވަހު […] / މާލެ އިސްމާޢީލް ޒަކަރިއްޔާ ވަނީ ނިޔާވެފައެވެ . ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ނިމުނުތާ 4 )ހަތަރެއް ( އަހަރު ފަހުން، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދިމ.ހަވީރީފިނި/ މާލެ އިސްމާޢީލް ޒަކަރިއްޔާގެ ދަރިން ގެ ތެރެއިން […] / މާލެ، އިބްރާހީމް އާޒިމާއި، ޞަފީނާޒް އިސްމާޢީ ލާ އ، މާޙު ޠަލްޢަތއި، އިބްރާހީމް ނަބީލާއި، މާދިހު އިސްމާޢީލާއި، ޝާހް އިސްމާޢީލާ އ، ޙޫރުޝީދު އިސްމާޢީލާއި، […] / މާލެ، އަޙްމަދު ފިރާޤުގެ ފަރާތުނ، 19 ނޮވެންބަރު 2020ގެ ތާރީޚުގެ ސިޓީން، 2020 ނޮވެންބަރު 23ވަނަ ދުވަހު ދިވެހިރާ އްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ . 5- އިސްތިއުނާފުކުރުމަށ ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާ ފަދަ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެ ކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަން ލިބިގެންވާކަމަށް ހައިކޯޓުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ . 6- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ގައި ބަޔާންކުރާ 2 ގޯތި އެއްކޮށްލުމުގެ މައްސަލަ ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ގޮތަށް ބަލައި، އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށާއި، އިސްތިއުނާފުކުރަން އެދި ހުށަހެޅި ސަބަބުތަކުގެ މައްޗަށް ބަލާއިރު، އެ މައްސަލަ ] .ހައިކޯޓުގެ ޤަވާޢިދު [ގެ 29ވަނަ މާއްދާގެ )ނ.( އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ ފަދަ މ ޤު ބޫލު، ޤާނޫނީ ރަނގަޅު ސަބަބެއް ފެންނަން ނެތަތީ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް 2021 ޖަނަވަރީ 11ވަނަ ދުވަހު ހައިކޯޓުން ނިންމާފައިވެއެވެ . 7- ހައިކޯޓުގެ ބަޔާންކުރެވުނު ނިންމުން، އިސްތިއުނާފުކުރުމަށް، […] / މާލެ އިސްމާޢީލް ޒަކަރިއްޔާގެ ދަރިންކަމުގައިވާ، […] / މާލެ، އިބްރާހީމް އާޒިމާއި، ޞަފީނާޒް އިސްމާޢީ ލާ އ، މާޙު ޠަލްޢަތާ އ، އިބްރާހީމް ނަބީލާއި، މާދިހު އިސްމާޢީލާއި، ޝާހް އިސްމާޢީލއި، ޙޫރުޝީދު އިސްމާޢީލާއި، […] / މާލެ، އަޙްމަދު ފިރާޤުގެ ފަރާތުން 2021 ފެބުރުވަރީ 03ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ . 8- އިސްމާޢީލް ޒަކަރިއްޔާގެ އިޝާރާތްކުރެވުނު ދަރިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 3 ނުކުތާއެއް ހުށަހެޅިއެވެ . އެއީ :

8.1- ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަށް ވާޞިލުވީ ޤާނޫނީ ސަބަބުތައް ބަޔާންކޮށްފައިނުވުން .

8.2- ހުށަހެޅޭ ދަޢުވާއެއްގެ ސީޣާއަށް ބެލުމަށްފަހު، ސީޣާގައި ނުހިމެނުންނަމަވެސް ޙުކުމުގައި ހިމަނަށްޖެހޭކަމެއްކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ އެ ކަން އެ ގޮތަށް ކުރަންޖެހުނު ސަބަބެއް ޙުކުމުގައި ބަޔާންކުރުމަކީ ޝަރުޢީ ނިޒާމުގައިވެސް ޢަމަލުކުރަމުންދާ އުޞޫލުކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާއަށްވެސް ބެލުމުން އެނގެން އޮންނާތީ، ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ނިންމަވާފައިވަނީ މި އުޞޫލާ ޚިލާފަށްކަން .

8.3- […] އާއި […] އެވެކިޔާ ކޮންމެ ބިމެއްގައިވާ 1000 އަކަފޫޓުގެ އަމިއްލަ ބިމާއި 1000 އަކަފޫޓުގެ ބަންޑާރަބިން ބަދަލުވާގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާއިން ނިންމާފައިވަނީ އެކަމުގައި ޢަމަލުކުރާ އިޖުރާއާތުތަކަށް ރިޢާޔަތްކުރުމެއް ނެތިކަން . . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 04/IH/2021(NR)-HC ]އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދު ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް[ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/06 ]އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް 9- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އެ ޤަޟިއްޔާގައި ހިމެނޭ ޚަޞްމުންތަކެއް ނޫންކަމަށާއި، އިސްތިއުނާފުކުރާ ފަރާތަކީ ދަށުކޯޓުގައި ހިނގި ޤަޟިއްޔާގައި ޚަޞްމެއްގެ ގޮތުގައި ހިމެނުނު ފަރާތަކަށް ނުވި ނަމަވެސް އެ ޤަޟިއްޔާ އިސްތިއުނާފުކުރާ ފަރާތަކީ އެ މައްސަލައިގެ މަޞްލަޙަތު އޮތް ފަރާތެއްނަމަ އެ ޤަޟިއްޔާއެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤުއޮތް ކަމަށް ޤާނޫނީ ގޮތުން ޤަބޫލުކުރެވި މަޞްލަޙަތު އޮންނަ ފަރާތްތަކުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަތައް މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަ ށާއި، އަދި ބިން ވިއްކުމުގެ މައްސަލަތަކުގައި ބިން ވިއްކާމީހާގެ ދަރިންގެ މަޞްލަޙަތު މައިންބަފައިން ވިއްކާލާ ބިމުގައި އޮންނަކަމަށް ޤަބޫލުކުރެވިގެން، މައިންބފައިން އެ މީހުންގެ ދަރިންގެ ނުރުހުމުގައި ވިއްކާ ބިމާގުޅިގެން ދަށުކޯޓުގައި ހިނގި ޤަޟިއްޔާގައި ޚަޞްމުންގެ ގޮތުގައި ދަރިން ނުހިމެނުނު ނަމަވެސް، އެ ފަދަ ޤަޟިއްޔާތަކުގައި ދަރިންގެ މަޞްލަޙަތު ހިމެނޭކަމަށް ޤަބޫލުކުރެވޭތީވެ، އެ ފަދަ މައްސަލަތައް އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ހައިކޯޓަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ޤާނޫނީ ހައިސިއްޔަތު ދަރިންނަށް ލިބިގެންވާތީވެ، އެ ފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މީގެ ކުރިން ހިންގާފައިވާކަމަށާއި، އެ ގޮތުން […] ގޯތީގެ މައްސަލަ ހިންގުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/57 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/28 ޤަޟިއްޔާ ފާހަގަކުރުމަށްފަހު މި މައްސަލަ […] / މާލެ އިސްމާޢީލް ޒަކަރިއްޔާގެ ދަރިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅުމަށް ޤާނޫނީ ހުރަހެއް އޮތްކަމަށް ނެދެކޭކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/06 ނިންމުމުގެ 6ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ . 10- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ […] / މާލެ އިސްމާޢީލް ޒަކަރިއްޔާގެ ދަރިން ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތުގެ ނަންބަރު HC-04/IH/2021(NR) ނިންމުމުން މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅަށް ކަމަށް ނުވާތީވެ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ސަބަބަށާއި، އަދި އިސްތިއުނާފުކުރުމަށް ހުށަހަޅާ ނުކުތާތަކުގެ މައްޗަށް ބަލައި، މިމައްސަލައަކ އިސްތިއުނާފުކުރުމުގެ ހުއްދަދޭންޖެހޭ މައްސަލައެއްކަމަށް ފެންނާތީ، 2021 ޖޫން 17ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް […] / މާލެ، އިބްރާހީމް އާޒިމާއި، ޞަފީނާޒް އިސްމާޢީ ލާ އ، މާޙު ޠަލްޢަތއި، އިބްރާހީމް ނަބީލާއި، މާދިހު އިސްމާޢީލާއި، ޝާހް އިސްމާޢީލާ އ، ޙޫރުޝީދު އިސްމާޢީލާއި، […] / މާލެ، އަޙްމަދު ފިރާޤަށް އަންގާ ސުޕްރީމް ކޯޓުން ނިންމަވާފައިވެއެވެ . 11- […] / މާލެ، މާދިޙް އިސްމާޢީލް 2021 ޖޫން 08ވަނަ ދުވަހު ގ 02:55 ގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ނިޔާވެފައިވާކަން އެނގެން އޮވެއެވެ . 12- މިއީ، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/06 ނިންމުމާ ގުޅިގެން […] / މާލެ، އިބްރާހީމް އާޒިމާއި، ޞަފީނާޒް އިސްމާޢީލާއި، މާޙު ޠަލްޢަތާއި، އިބްރާހީމް ނަބީލާއި، ޝާހް އިސްމާޢީލާއި، ޙޫރުޝީދު އިސްމާޢީލާއި، […] / މާލެ، އަޙްމަދު ފިރާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެވެ .  ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 13- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ގެ ޙުކުމުގައިވަނީ : ]ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، […] /މާލެ އެވެކިޔާ )ރަޖިސްޓަރީ ނަންބަރު : ބ.11735( 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗާއި، […] ފިނި / މާލެ އެވެކިޔާ )ރަޖިސްޓަރީ ނަންބަރު : ބ.4578( 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗާ، މި 02 )ދޭއް ( ގޯތި އެއްކޮށްލައި އެއްބިމެއްގެ . ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/06 ނިންމމު ގޮތުގައި ހަމަޖެއްސެވުމަށް އެދި […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ )އައި .ޑީ ކާޑު ނަންބަރު: ( މައްސަލަ ހުށަހަޅާފައި ވާކަމާއި؛ […] / މާލެ އެވެކިޔާ )ރަޖިސްޓަރީ ނަންބަރު : ބ.11735( 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗަކީ […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ )އައި .ޑީ ކާޑު ނަންބަރު : ( ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްކަމާއި، އެގޯތީގެ 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 1000 އަކަފޫޓަކީ އަމިއްލަ ބިންކަމާއި، އަނެއް 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 1000 އަކަފޫޓަކީ ބަންޑާރަ ބިންކަން 21 ޑިސެންބަރު 1998މ. ދުވަހު […] / މާލެ އެވެކިޔާ އަމިއްލަ / ބަންޑާރަ ގޯއްޗަށް މާލޭ މުނިސިޕަލްޓީ އިން ހައްދައިދީފައިވާ ނަންބަރު : ބ.11735 'ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އިން އެނގެން އޮންނަކަމާއި ؛ […] ފިނި / މާލެ އެވެކިޔާ )ރަޖިސްޓަރީ ނަންބަރު: ބ.4578( 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗަ ކީވެސް […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ )އައި .ޑީ ކާޑު ނަންބަރު : ( ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްކަމާއި، އެގޯތީގެ 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 1000 އަކަފޫޓަކީ އަމިއްލަ ބިންކަމާއި، އަނެއް 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 1000 އަކަފޫޓަކީ ބަންޑާރަ ބިންކަން 19 މެއި 1976މ. ދުވަހު […] / މާލެ އެވެކިޔާ އަމިއްލަ / ބަންޑާރަ ގޯއްޗަށް ޑިޕާޓްމަންޓް އޮފް ހޯމްއެފެއަރޒްގެ ރެޖިސްޓްރޭޝަނސް ޑިވިޝނަ )ށ( އިން ހައްދައިދީފައިވާ ނަންބަރު : ބ.8745 'ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ' އިން އެނގެން އޮންނަކަމާއި، އަދި ހަމަ އެހެންމެ އިސްވެ ބުނެވިދިޔަ

02 )ދޭއް ( ގޯތި ރަޖިސްޓްރީ ކުރެވިފައިވަނީ […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ )އައި .ޑީ ކާޑު ނަންބަރު : ( ގެ ނަމުގައި ކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138-LBSI/144/2016/281 )21 އޯގަސްޓް 2016މ(. ސިޓީ އިންވެސް އެނގެން އޮންނަކަމާއި، ބުނެވިދިޔަ

02 )ދޭއް ( ގޯތީގެ ބިން އެއްކޮށްލުމުގައި ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތްކަން އެނގެން ނެތަތީވެ؛ […] / މާލެ އެވެކިޔާ )ރަޖިސްޓަރީ ނަންބަރު : ބ.11735( 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗާއި، […] ފިނި / މާލެ އެވެކިޔާ )ރަޖިސްޓަރީ ނަންބަރު : ބ.4578( 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯތި އެއްކޮށްލުމަށް ޝަރީޢަތަށް ހުށަހަޅާފައިވާ ކުރެހުން ނަމޫނާއަކަށް ބަލައިގެން ކުރަހައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަންބަރު 138-LBSI/144/2016/307 )19 ސެޕްޓެންބަރު 2016މ(. ސިޓީ އާއެކު މި ކޯޓަށް ފޮނުވާފައިވާ ޗާޓާ އެއްގޮތަށް އިސްވެ ބުނެވިދިޔަ ދެ ގޯތީގެ ބިން އެއްކޮށްލައި، އެ ބިމުގެ 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 2000 )ދެހާސް ( އަކަފޫޓުގެ ބަންޑާރަ ބިން ހިމެނޭހެން އެކުޖުމްލަ 4000 )ހަތަރުހާސް ( އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ބިމެއްގެ ގޮތުގައި ހަމަޖައްސައި، އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދައު […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ )އައި .ޑީ ކާޑު ނަންބަރު: ( އަށް މިލްކުވެގެންވާ ކަމުގައި ކަނޑައަޅައި މި ޤަޟިއްޔާ ނިންމީއެވެ .[ މިފަދައިން ކަން އެނގެން އޮވެއެވެ .  އިސްތިއުނާފީ ނުކުތާތައް : 14- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާތައް ހުށަހަޅައި އެ ނުކުތާ ތަކާ މެދު ވާހަކަދައްކާފައިވެއެވެ .  ފުރަތަމަ ނުކުތާއަކީ : ޢާންމު އުޞޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާކުރުމުގައި ޢަމަލުކުރަމުންދާ ގޮތަކީ ހުށަހެޅޭ ދަޢުވާގެ ސީޣާއަށް ބެލުމަށްފަހު، ހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުންކަމާއި، ސީޣާގައި ނުހިމެނުނު ނަމަވެސް އެކަމަކީ ޙުކުމުގައި ހިމަނަން ޖެހޭ ކަމެއްކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ އެ ކަން ކުރަނީ އެ ކަން އެ ގޮތަށް . ސިވިލް ކޯޓުގެ ނަންބަރު 6C/201-77/Cv15 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް . ކުރަންޖެހުނު މަސްލަޙަތެއް ނުވަތަ ސަބަބެއް ބަޔާންކުރުމަށް ފަހުގައިކަމަށްވާއިރު، އެ އުޞޫލަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައިވެސް ޢަމަލުކުރާ އުޞޫލެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 )އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު ( ޤަޟިއްޔާއަށް ބެލުމުންވެސް އެނގެން އޮތްއިރު، ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ނިންމަވާފައިވަނީ އެ އުޞޫލާ ޚިލާފުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ދެވަނަ ނުކުތާއަކީ : ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދުގެ 2ވަނަ މާއްދާއާއި 3ވަނަ މާއްދާއާއި 10ވަނަ މާއްދާއާއި 11ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ބަންޑާރަ ބިމެއް އަމިއްލަކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއާތުތަކެއްވާއިރު، އިސްމާޢީލް ޒަކރިއްޔާގަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ބިމާއި، […] އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ބިން އެއްކޮށްލުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި […] އާއި […] އެވެކިޔާ ކޮންމެ ބިމެއްގައި 1000 އަކަފޫޓުގެ އަމިއްލަ ބިމާއި 1000 އަކަފޫޓުގެ ބަންޑާރަ ބިމުގެ ބާވަތް ބަދަލުވާގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާއިން ނިންމަވާފައިވަނީ އެ ކަމުގައި ޢަމަލުކުރާ އިޖުރާއާތުތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި، އެ ކޯޓަށް ލިބިގެންވާ ބާރުގެ ބޭރުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވާގޮތް : 15- އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވައި މައްސަލަ ނިންމައިދިނުމަށެވެ .  ފާހަގަކުރެވުނު ނުކުތާތައް : 16- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .

16.1- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ އަކީ، […] / މާލެ އެވެކިޔާ 2000 އަކަފޫޓުގެއަމިއްލަ/ ބަންޑާރަ ގޯއްޗާއި، […] / މާލެ އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ގޯއްޗާއި، މި 02 )ދޭއް ( ގޯތި އެއްކޮށްލައި އެއްބިމެއްގެ ގޮތުގައި ހަމަޖެއްސެވުމަށް އެދި އިސްމާޢީލް ޒަކަރިއްޔާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވައި ނިންމަވާފައިވާ މައްސަލައެކެވެ . އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ 2016 އޮގަސްޓު 1ވަނަ ދުވަހުއެވެ . މައްސަލަ އެ ކޯޓުން ނިމިފައިވަނީ، 2016 އޮކްޓޫބަރު 11ވަނަ ދުވަހުއެވެ .

16.2- […] / މާލެ އެވެކިޔާ 2000 އަކަފޫޓުގެއަމިއްލަ/ ބަންޑާރަ ގޯއްޗަކީ […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެ ކެވެ. އެގޯތީގެ 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 1000 އަކަފޫޓަކީ އަމިއްލަ ބިމެވެ . އަދި އަނެއް 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 1000 އަކަފޫޓަކީ ބަންޑާރަ ބ މެވެ . . ރަޖިސްޓަރީ ނަންބަރު: ބ.11735 . ރަޖިސްޓަރީ ނަންބަރު: ބ.4578 . 21 ޑިސެންބަރު 1998މ. ދުވަހުމ. ހަވީރީއުފާ/ މާލެ އެވެކިޔާ ގޯއްޗަށް މާލޭ މުނިސިޕަލްޓީ އިން ހައްދައިދީފައިވާ ނަންބަރު : ބ.11735 'ޢިމާރާތާއި ގޯތީގެރަޖިސްޓްރީ .' އަދި […] ފިނި / މާލެ އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ/ ބަންޑާރަ ގޯއްޗަ ކީވެސް […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ . އެ ގޯތީގެ 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 1000 އަކަފޫޓަކީ އަމިއްލަ ބިމެވެ . އަނެއް 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 1000 އަކަފޫޓަކީ ބަންޑާރަ ބ މެވެ .

16.3- […] / މާލެ އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ގޯއްޗާއި […] / މާލެ އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ގޯއްޗަކީ ރަހުނު ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިނުވާ ދެ ގޯތިކަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138-LBSI/144/2016/281 )21 އޯގަސްޓް 2016މ(. ސިޓީން އެނގެން އޮވެއެވެ .

16.4- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ގެ ނިންމުމުގައި ނުވަތަ ޙުކުމުގައިވަނީ، […] / މާލެ އެވެކިޔާ އަމިއްލަ / ބަންޑާރަ ގޯއްޗާއި، […] ފިނި / މާލެ އެވެކިޔާ އަމިއްލަ/ ބަންޑާރަ ގޯތި އެއްކޮށްލުމަށް ޝަރީޢަތަށް ހުށަހަޅާފައިވާ ކުރެހުން ނަމޫނާއަކަށް ބަލައިގެން ކުރަހައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138-LBSI/144/2016/307 )19 ސެޕްޓެންބަރު 2016މ(. ސިޓީއާއެކު އެ ކޯޓަށް ފޮނުވާފައިވާ ޗާޓާއެއްގޮތަށް އެ ދެ ގޯތީގެ ބިން އެއްކޮށްލައި، އެ ބިމުގެ 2/1 )ދެބައިކުޅަ އެއްބައި ( ކަމުގައިވާ 2000 )ދެހާސް ( އަކަފޫޓުގެ ބަންޑާރަ ބިން ހިމެނޭހެން އެކުޖުމްލަ 4000 )ހަތަރުހާސް ( އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ބިމެއްގެ ގޮތުގައި ހަމަޖައްސައި، އެ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދައު […] / މާލެ، އިސްމާޢީލް ޒަކަރިއްޔާ އަށް މިލްކުވެގެންވާ ކަމުގައެވެ . . 19 މެއި 7619މ. ދުވަހު މި.ހަވީރީފިނ/ މާލެ އެވެކިޔާ އަމިއްލަ / ބަންޑާރަ ގޯއްޗަށް ޑިޕާޓްމަންޓް އޮފް ހޯމްއެފެއަރޒްގެ ރެޖިސްޓްރޭޝަންސް ޑިވިޝަން )ށ( އިން ހައްދައިދީފައިވާ ނަންބަރު : ބ.4578 'ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ'

16.5- ޢާންމު އުޞޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާކުރުމުގައި ޢަމަލުކުރަމުންދާ ގޮތަކީ ހުށަހެޅޭ ދަޢުވާގެ ސީޣާއަށް ބެލުމަށްފަހު، ހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުންކަމަށާއި، ސީޣާގައި ނުހިމެނުނު ނަމަ ވެސް އެ ކަމަކީ ޙުކުމުގައި ހިމަނަންޖެހޭ ކަމެއްކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ އެ ކަން ކުރަނީ އެ ކަން އެ ގޮތަށް ކުރަންޖެހުނު މަސްލަޙަތެއް ނުވަތަ ސަބަބެއް ބަޔާންކުރުމަށް ފަހުގައިކަމަށްވާއިރު، އެ އުޞޫލާ ޚިލާފަށް އިސްތިއުނާފުކުރެވިފައިވާ މައްސަލަ ނިންމަވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ .

16.5.1- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ގެ މައްސަލަ ހުށަހެޅި ފޯމަށް ބަލާއިރު، އެ ފޯމުގެ 7ވަނަ ނަންބަރުގައި ]ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާޞާ [ ނުވަތަ ޞީޣާގައި ބަޔާންކޮށްފައިވަނީ، ]އަޅުގަޑު )އިސްމާޢީލް ޒަކަރިއްޔާ […] އައިޑީ :(ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ އަމިއްލަ / ބަންޑާރަ 2000 އަކަފޫޓް ގޯއްޗާއި، އަދި ހަމަ މި ގޯއްޗާއި އިންވެގެން އިރަށް އޮތް […] އެވެކިޔާ އަމިއްލަ / ބަންޑާރަ 2000 އަކަފޫޓް ގޯއްޗާއި، މި ދެ ގޯތި އެއްކޮށްލަދެއްވައި މި ދެ ގޯއްޗަކީ އެއް ގޯއްޗެއްގެ ގޮތުގައި ކަނޑައަޅައިދެއްވައި، މި މައްސަލަ ނިންމަވައި ދެއްވުން އެދި [ މި ފަދައިންނެވެ . އެ ދެ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑާއި ދެ ގޯތި އެއްކޮށް ލުމުން އޮންނާނެ ގޮތް އެނގޭނެ ޗާޓެއްވެސް ހުށަހެޅިކަން މި މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ފޯމުން އެނގެން އޮވެއެވެ .

16.5.2- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ގެ ޙުކުމަށް ނަޒަރުކުރާއިރު، އިސްމާޢީލް ޒަކަރިއްޔާގެ ފަރާތުން ހުށަހެޅީ އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ޖެހި ޖެހިގެން، އިންވެގެން އޮތް އަމިއްލަ / ބަންޑާރަ ދެ ގޯތި އެއްކޮށް ލުމަށެވެ . އެ ދެ ގޯއްޗަކީ އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ދެ ގޯތި ކަމާމެދު މި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައިނުވެއެވެ . އެ ދެ ގޯތީގެ ތެރެއިން ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީވެސް ހަމަ 2000 އަކަފޫޓެވެ . އަދި ކޮންމެ ގޯއްޗެއްގައިވެސް 1000 އަކަފޫޓުގެ އަމިއްލަބިމާއި، 1000 އަކަފޫޓުގެ ބަންޑާރަ ބިން ހިމެނެއެވެ . އިސްތިއުނާފުކުރެވިފައިވާ މައްސަލައިގެ ނިންމު މުގައި ބަޔާންކޮށްފައިވަނީ އެ ދެ ގޯތި އެއްކޮށްލުމުންވާ 4000 އަކަފޫޓުގެ ތެރެއިން 2000 އަކަފޫޓުގެ ބިމަކީ އަމިއްލަ ބިންކަމަށެވެ . އަދި އަނެއް 2000 އަކަފޫޓަކީ ބަންޑާރަ ބިންކަމަށެވެ . އެއީ ޙަޤީޤަތެ ވެ . އަދި އެއީ ލިޔެކިޔުމުން ޝަރީޢަތަށް ސާބިތުވާން އޮތްގޮތެވެ . އެހެން ކަމުން ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ގެ ޙުކުމުގައި ނިޔާ ކަނޑައެޅުމުގައި ޢަމަލުކުރާ ޢާންމު އުޞޫލުން ބޭރުން ނުވަތަ ޤާނޫނީ އުޞޫލުތަކުން ބޭރުން ކަމެއް ހިމަނާފައިވާކަމަށްނުފެނެއވެ .

16.6- ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދުގެ 2ވަނަ މާއްދާއާއި 3ވަނަ މާއްދާއާއި 10ވަނަ މާއްދާ އާއި 11ވަނަ މާއްދާ އަށް ރިޢާޔަތްކުރާއިރު، ބަންޑާރަ ބިމެއް އަމިއްލަކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއާތުތަކެއްވާއިރު، އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ބިމާއި، […] އެވެކިޔާ 2000 އަކަފޫޓުގެ އަމިއްލަ / ބަންޑާރަ ބިން އެއްކޮށްލުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި […] އާއި […] އެވެކިޔާ ކޮންމެ ބިމެއްގައި 1000 އަކަފޫޓުގެ އަމިއްލަ ބިމާއި 1000 އަކަފޫޓުގެ ބަންޑާރަ ބިމުގެ ބާވަތް ބަދަލުވާގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާއިން ނިންމަވާފައިވަނީ އެ ކަމުގައި ޢަމަލުކުރާ އިޖުރާއާތުތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި، އެ ކޯޓަށް ލިބިގެންވާ ބާރުގެ ބޭރުންކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ .

16.6.1- އިސްތިއުނާފުކުރާ ފަރާތްތަކުން ޙަވާލާދީފައިވާ ]ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު [ގެ 2ވަނަ މާއްދާގައިވަނީ : )ހ( ބަންޑާރަ ގޯތި، އެ ފަރާތަކަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި، މި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެއްފަހަރާ އަގު ދެއްކުމަށްފަހު، ނުވަތަ އކިފަހަރުމަތިނެ ފައިސާ ދައްކައި އަގު އަދާކުރުމަށްފަހު އަމިއްލަ ކުރެވިދާނެއެވެ . )ށ( މި މާއްދާގެ )ހ( ގައިވާ ގޮތުގެމަތިން ބަންޑާރަ ގޯތި އެއްކޮށް ނުވަތަ ގޯތިން ބައެއްވެސް އަމިއްލަކުރެވިދާނެއެވެ. )ނ( މި މާއްދާގެ )ށ( ގައި ކަނޑައަޅާފައިވާ ގޮތަށް ބަންޑާރަ ގޯއްޗެއގް އެކިބައިތައް ވަކިވަކިން ޢިމާރާތްކުރެވޭގޮތަށް ހުއްދަދީފައިވާ ތަންތަނުގެ ބައިބައި ވަކިން އަމިއްލަކުރެވިދާނެއެވ[. މިފަދައިންނެވެ. އަދި އެ ޤަވާއިދުގެ 3ވަނަ މާއްދާގައިވަނީ ]ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން، އެ ގްތި އަމިއްލަކުރަން ބޭނުންނަމަ، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅާނީ މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކޗަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ . އަތޮޅުތަކުގައިނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ[. މި ފަދައިންނެވެ . އަދި އެ ޤަވާއިދުގެ 10ވަނަ މާއްދާ ގައިވަނީ : )ހ( ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ޤާއިމުކުރެވިފައިވާ ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ މައްޗަށް އެކުލެވިފައިވާ ކޮމެޓީއެއްގެ މަޝްވަރާއާއެކު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ . )ށ( މި ގޮތުން ބަންޑރާ ގޯއްޗެއް ނުވަތަ ގޯތިން ބައެއް އަމިއްލަކުރާ އަގު ކަނޑައެޅުމުގައި އެއްފަހަރާ ފައިސާ ދައްކައިގެން އަމިއްލަކުރަން ދައްކަންޖެހޭ ރޭޓާއި، އެކިފަހަރުމަތިން ފައިސާ ދައްކާ އަމިއްލަކުރަން ދައްކަންޖެހޭ ރޭޓް ތަފާތުކުރެވިދާނެއެވެ . )ނ( މި ގަވާޢިދުގެ ދަށުން ކަނޑައަޅާފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމުގެ އަގު އާއްމުކޮށް އިޢުލާނުކުރަންވާނެއެވެ . އަދި މި އަގަށް ގެންނަން ފެންނަ ބަދަލު، މި މާއްދާގެ )ހ( ގައި ބުނެފައިވާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ގެންނަންވާނެއެވެ . )ރ( މި ގަވާއިދުގެ ބިން ވިއްކޭނެ އެންމެ ދަށް އަގު މި މާއްދާގެ )ހ( ގައި ބުނެފައިވާ ކޮމިޓީން ކަނޑައަޅާ އިޢުލާނު ކުރަންވާނެއެވެ . އަދި މި އަގަށް ގެންނަން ފެންނަ ބަދަލު، މި މާއްދާގެ )ހ( ގައި ބުނެފައިވާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ގެންނަންވާނެއެވ . މި ފަދައިންނެވެ . އަދި އެ ޤަވާއިދުގެ 11ވަނަ މާއްދާގައިވަނީ : ]ބިމުގެ އަގު ކަނޑައެޅުމުގައި، އެ ސަރަޙައްދެއްގެ އިޤްތިޞާދީ، އިޖްތިމާޢީ ހާލަތާއި، ބިމުގެ ތަނަވަސްކަމަށާއި، އަދި ބިމުގެ މުޢާމަލާތްތައް އެއިރަކު ހިންގަމުންދާ ގޮތަށް ބަލައި، މި ނޫންވެސް އެކަށޭނެ ކަންކަމަށް ބެލުމަށްފަހު، ރާއްޖޭގެ އެކި ސަރަހައްދަށް، އެކި ރަށްރަށަށް އަދި ރަށެއްގެ އެކި ހިސާބުތަކަށް، އަމިއްލަކުރާ އަގު އަދި ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގުވެސް ތަފާތުކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ 10ވަނަ މާއްދާގެ )ހ( ގައި ބުނާ ކޮމިޓީގެ މަޝްވަރާގެ މަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރށް ލިބިގެންވެއެވެ . [ މި ފަދައިންނެވެ .

16.6.2- އިސްވެ ބަޔާންކުރެވުނު ޤާނޫނީ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކުގައި ބަޔާންކުރެވިފައިވަނީ ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އެ ފަދަ ގޯއްޗެއްގެ ބައެއް އަމިއްލަކުރަން ބޭނުންވާނަމަ ޢަމަލުކުރަންޖެހޭނެ ގޮތާއި، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ ކޮންފަރާތަކުންކަމާއި، އަގަށް ބަދަލު ގެންނާނެ ގޮތާއި، އެ އަގު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަމެވެ .

16.6.3- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދަށުން ހުށަހެޅުނު މައްސަލައަކީ ބަންޑާރަ ބިން އަމިއްލަކުރުމުގެ މައްސަލައެއް ނޫނެވެ . ނުވަތަ ބަންޑާރަ ބިމުގެ އަގު ކަނޑައެޅުމާ ބެހޭ މައްސަލައެއް ނޫނެވެ . އެ ޤަޟިއްޔާގެ ދަށުން ހުށަހެޅުނީ އެކަކުގެ ނަމުގައި ރަޖިސްކުރެވިފައިވާ ޖެހި ޖެހިގެން އޮތް ދެ ގޯތި އެއްކޮށްލުމަށް ހުށަހެޅުނު މައްސަލައެކެވެ . އެ ދެ ގޯތި އެއްކޮށްލަން ހުށަހެޅިއިރު، އެއިން ކޮންމެ ގޯއްޗެއްގައިވެސް އޮތީ 1000 އަކަފޫޓުގެ އަމިއްލަ ބިމާއި، 1000 އަކަފޫޓުގެ ބަންޑާރަ ބިމެވެ . ދެ ގޯތި އެއްކޮށްލުމުން އެކުޖުމްލަ . ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދަށް 2016 ފެބުރުވަރީ 3ވަނަ ދުވަހު ގެނެވިފައިވާ 1ވަނަ އިޞްލާޙް 2000 އަކަފޫޓުގެ އަމިއްލަ ބިމާއި 2000 އަކަފޫޓުގެ ބަންޑާރަ ބިމެވެ . އެ މައްސަލައިގެ ނިންމުމުގެ އެއްވެސް ޢިބާރާތެއްގައި އެ ދެ ގޯތި އެއްކޮށްލުމުން އެ ގޯތީގައި 2000 އަކަފޫޓަށްވުރެ އިތުރަށް އަމިއްލަ ބިން އޮތްކަމަށް ބަޔާންކޮށްފައިނުވެއެވެ . ބަޔާންކުރެވިފައިވަނީ 2000 އަކަފޫޓުގެ އަމިއްލަ ބިމާއި 2000 އަކަފޫޓުގެ ބަންޑާރަ ބިންކަމަށެވެ . އެކަމުގައި ޤާނޫނީ އަދި އިޖުރާއީ ގޮތުން އޮޅުމެއް އޮތްކަމަކަށް ނުފެނެއެވެ . އަދި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ޤާނޫނީ މާއްދާތަކަކީ މި މައްސަލައިގައިހިމެނޭ މުޢާމަލާ ތުގ މައްޗަށް ތަޠްބީޤުކުރެވިދާނެ ރަނގަޅު އަސާސްތަކެއް ކަމަށް ނުފެނެއެވެ . އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ އެކަކުގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ޖެހި ޖެހިގެން އޮތް ދެ ބިން އެއްކޮށްލުމުގައި ޢަމަލުކުރާ އިޖުރާއާތުތަކަށް ރިޢާޔަތްކުރެއްވުމެއް ނެތިކަމަށް ބެލެވެން ނެތެވެ . އަދި އެ ޤަޟިއްޔާ ނިންމާފައިވަނީ އެ ކޯޓަށް ލިބިގެންވާ ބާރުގެ ބޭރުންކަމަށް ބަލާނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ .

16.7- ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ގައި ހިމެނޭ މައްސަލައަކީ އިސްތިއުނާފު ކުރި ފަރާތްތަކުގެ ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ދެ ގޯތި އެއްކޮށްލުމުގެ މައްސަލައެކެވެ . އެ ދެ ގޯއްޗަކީ ޖެހި ޖެހިގެން އިން ވެގެން އޮތް ދެ ގޯއްޗެވެ . އެ މައްސަލައިގެ ތެރެއިން ކުރެވިފައިވާ ކަމަކީ އެ ދެ ގޯތި އެއް ގޯތީގެ ގޮތުގައި ކަނޑައަޅައި އެބިމުގައިވާ އެންމެހައި ތަކެއްޗަކީ […] / މާލެ އިސްމާޢީލް ޒަކަރިއްޔާ ގެ މިލްކު ތަކެތި ކަމުގައި ކަނޑައެޅުމެވެ . އިސްތިއުނާފކުރެވިފައިވު ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މަރުޙޫމް އިސްމާޢީލް ޒަކަރިއްޔާގެ ބައެއް ދަރިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްމާޢީލް ޒަކަރިއްޔާ ނިޔާވި ފަހުން އަދި އެ ޤަޟިއްޔާ ސިވިލް ކޯޓުން ނިމުނުތާ 4 )ހަތަރެއް ( އަހަރު ފަހުން ނެވެ . މ އިން ބަފައިންގެ މުދަލުގައި ދަރިންގެ މަޞްލަޙަތު އޮންނާނެކަމީ ދެބަސްވެ ވެ ން ނެތް ޙަޤީޤަތެކެވެ . އޭގެ މާނައަކީ އެ މުދަލުގައި ދަރިންގެ މިލްކުވެރިކަމުގެ ޙައްޤެއް އޮތުމެއް ނޫނެވެ . އަދި ދަރިންގެ ރުހުމުގައި ނުވަތަ ރުހުމަކާނުލައި މައިންބަފައިން ގެ މުދަލުން އެ މީހުންގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ޖާއިޒު މުޢާމަލާތް ތައް ޞައްޙަ ނޫން ޣައިރު ޤާނޫނީ މުޢާމަލާތަކަށް ވުމެއް ވެސް ނޫނެވެ . އަދި އެ މުދަލުގައި ދަރިންގެ މަޞްލަޙަތެއް އޮތުމަކީ މައިންބަފައިންކުރާ އެ ފަދަ މުޢާމަލާތްތަކަށް ހުރަސްއަޅައި ސަބަބެއް ވެސް ނޫނެވެ . އަދި މައިންބަފައިން ކޮށްފައިވާ އެ ފަދަ މުޢާމަލާތެއް ރޫޅާލަން ހުއްދަކުރާ މަޤުބޫލު ސަބަބެއްވެސް ނޫނެވެ .

16.8- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ހިމެނޭ މުޢާމަލާތަށް ބަލާއިރު، އިސްމާޢީލް ޒަކަރިއްޔާގެ ނަމުގައި އޮތް ދެ ގޯއްޗެއް އެއްކޮށްލުމުގައި އޭނާގެ ދަރިންނަށް ގެއްލޭނެ މަންފާއެއް ނުވަތަ އެ ދަރިންގެ ޙައްޤުގައި ޙިމާޔަތްކުރަންޖެހޭ ކަމެއް އޮތްކަމަކަށް ނުފެނެއެވެ . އެ މުޢާމަލާތްކުރެވުނުއިރު އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކީ ޝަރުޢީ ޤާނޫނީ ގޮތުން އިސްމާޢީލް ޒަކަރިއްޔާގެ މައްޗަށް ބެލުން ލާޒިމުކުރާ ފަރާތެއްކަން ވެސް އެނގެން ނެތެވެ . އަދި އެއިން ފަރާ ތަކުން އެ ފަދަ ގޮތަކަށް މި މައްސަލައާ ގުޅިގެން ވާހަކަ ދައްކާފައިވެސް ނުވެއެވެ . އަދި އެ ދެ ގޯތި އެއްކޮށްލުމުގައި އިސްމާޢީލް ޒަކަރިއްޔާގެ ދަރިން ގެ ރުހުން އޮތުމާ ނެތުމަކީ އެ މުޢާމަލާތް ޞައްޙަވުމަށް ޤާނޫނީ ނުވަތަ ޝަރުޢީ ގޮތުންވެސް ހުރަސްއަޅައި ސަބަބެއް ކަމަކަށް ނުފެނެއެވެ . ވީމާ، އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންކަމަށް ނަޒަރުކުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ .  ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1577/Cv-C/2016 ޤަޟިއްޔާ ގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ox>> O/., .fO.S./"'.7./"' .J'0..-1~~ 2021/HC-N206 / "' 19 0"-'0t. Dt.,_, /'.,?VJO,/" .A<I><P- t. t. OX 0 :1 :1 D :1 ~ D •.J'.?.,J/'V.,?V/, ./"J.,JJO.A.A + , """' ;)0;);) .,., .,, ; .,.rv.,?V../. .A,?• ./1.A~ :J .? # , , , l!-"-""/~# "" JO.?.s<!J~~.,.. ; ~ .,.r,.n:1~ , t../".,J., ~/ff.~ ~ ,/"-./,~=--1-., -.,.r,.n ;) ......-. J .,t../" / ' >> :;,~ >i?.,. l."o+ ' WWW·highcourt-gov-mv :;::..- :; info@highcourt-gov-mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދުގެ 2، 3، 10 އަދި 11 ވަނަ މާއްދާ (ތަޠްބީޤު ނުވާކަމަށް ކަނޑައެޅި)
  • ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) (އިސްތިއުނާފުކުރުމުގެ ހުއްދަ)
  • ސުޕްރީމް ކޯޓުގެ 2021/SC-HCL/06 ނިންމުން (ދަރިންނަށް އިސްތިއުނާފުކުރުމުގެ ހުއްދަ)
  • ހައިކޯޓުގެ HC-IH/2021/04(NR) ނިންމުން
  • ހައިކޯޓުގެ 2009/HC-A/57 އަދި ސުޕްރީމް ކޯޓުގެ 2009/SC-A/28 (ސުޕްރީމް ކޯޓުގެ ނިންމުމުގައި ޙަވާލާދީފައި)
  • ހައިކޯޓުގެ 2010/HC-A/47 (އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު) - އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީ ޝަރީޢަތުން ބަލާފައި

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ