ފާޠިމަތު ޝަޛިއްޔާ ވ. އައްޑޫ ސިޓި ކައުންސިލް އަދި އިބްރާހީމް ޠާހިރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު 203/S2C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2022/SC-A/65 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރިން ހުށަހެޅި ދަޢުވާ ދޫކޮށްލުމުން އެ ދަޢުވާ އެ ކޯޓަށް ދެން ހުށަނޭޅޭނެކަމަށް ޙުކުމްކުރެވިފައިވާއިރު، ހަމަ އެ މައުޟޫޢުގެ ދަޢުވާއެއް ހަމަ އެ ކޯޓުން އަލުން ބަލައި ޙުކުމްކުރުމަކީ ޤާނޫނުއަސާސީގެ 143 (ނ) އާއި ދަޢުވާ ހުށަހެޅުމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 143 (ނ) ގައި ކޯޓަކަށް ބަދަލުކުރުމުގެ ބާރު ލިބިދީފައިވަނީ އޭގެ ދަށު މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ކަމުން، މަފްހޫމް މުޚާލަފާގެ އުޞޫލުން، އިސްތިސްނާއީ ޙާލަތެއް ނެތި ހަމަ އެ މަރުޙަލާގެ ކޯޓަކަށް އެ ކޯޓުގެ ނިންމުމެއް ބަދަލުކުރުމުގެ އިޚްތިޔާރު ނުލިބެއެވެ؛ 143 (ރ) ގެ ދަށުން ކޯޓުތައް ތަބާވާންޖެހޭނީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށެވެ.
HN2 ޤާނޫނީ ޙުއްޖަތެއް ނުވަތަ ޤަޟާއީގޮތުން ސާބިތުވެފައިވާ އިސްތިސްނާއެއް ނެތި، އެއް ކޯޓަކުން އެއް ވާޤިޢާއާއި އެއް މައުޟޫޢު ހިމެނޭ ދަޢުވާއެއް ދެވަނަ ފަހަރަށް ބަލައި ފުރަތަމަ ޙުކުމާ ފުށުއަރާ ގޮތަށް ޙުކުމްކުރުމަކީ އެ ކޯޓުގެ ޙުކުމް އެ ކޯޓުން ބަދަލުކުރުމެވެ؛ މިއީ ޤާނޫނީ ނިޒާމާ ޚިލާފު ކަމެކެވެ.
HN3 ދަޢުވާ ހުށަހެޅުމާބެހޭ ޤާނޫނު (81/78) ގެ 2 ވަނަ މާއްދާގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާ ދޫކޮށްލައިފިނަމަ އެ ދަޢުވާ އަލުން ނުއުފުލޭނެއެވެ.
HN4 އަލުން ހުށަހެޅުމުގެ ފުރުޞަތު ލިބޭގޮތަށް ދަޢުވާ އަނބުރާ ގެންދިއުމަކީ ދަޢުވާ ދޫކޮށްލުމެއްކަމަށް ނުބެލެވޭނެ ނަމަވެސް (2020/SC-A/89)، އެފަދަ ފުރުޞަތަކަށް ނޭދި ދަޢުވާ އަނބުރާ ގެންދާ ޙާލަތަށް އެ އުޞޫލު ތަޠުބީޤު ނުކުރެވޭނެއެވެ.
HN5 މައިގަނޑު ނުކުތާއަކުން ދަށުކޯޓުގެ ޙުކުމް ބާޠިލުވާނަމަ، ބާކީ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރަން ނުޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސ. ހިތަދޫ، ޝަޒާ، ފާޠިމަތު ޝަޛިއްޔާ (ދރއ އާއި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާތަކެވެ.
1.1. އެގޮތުން ސ. ހިތަދޫ، ޝަޒާ، ފާޠިމަތު ޝަޛިއްޔާ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ޤަޟއްޔާގި ނަންބަރަކީ A/23-S-2021/HC އެވެ. އަދި މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކކަ އައްޑޫސިޓީ ކައުންސިލް އާއި ސ. ހިތަދޫ، ސެވެންސްޓަރ، އިބްރާހީމް ޠާހިރު (ދރއ އެވެ.
2.1. އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށު ހުށަހެޅި މައްސަލައަށް ދެވިފައިވާ ޤަޟިއްޔާގެ ނަންބަރަކީ 37A/-S-2021/HC އެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހިތަދޫ، ސެވެންސްޓަރ، އިބްރާހީމް ޠާހިރު (ދރއ އެވެ. އަދި ސ. ހިތަދޫ، ޝަޒާ، ފާޠިމަތު ޝަޛިއްޔާ (ދރއ ވަނީ މި ޤަޟިއްޔާގައި ތަދައްޚުލުވެފައެވެ.
2ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގެ އިސްވެ ބުނެވުނު ދެ ޤަޟިއްޔާ އަކީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އައްޑޫސިޓީ ކައުންސިލް އާއި ފާޠިމަތު ޝަޛިއްޔއާ މި ދެފަރާތުން ހުށަހެޅި އިސްތިއުނާފީ ޤަޟިއްޔާތަކެއް ކަމަށްވާ ތ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް 2 1 (2020) ޤަޟިއްޔާ ގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅއްވު ފައިވާ އުޞޫލަށާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން ދެ ޤަޟިއްޔާ އެކުއެކީގައެވެ.
މައްސަލައިގެ ފަސްފަހަތް
3ސ. ހިތަދޫ، ޝަޒާ ގޯއްޗާއި ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗާ ދެމެދުގައި އޮންނަ ގޯޅިގަނޑާ ގުޅޭގޮތުން އައްޑުއަތޮޅުއަތޮޅު އޮފީހުގެ ތަފާތު 2 އެންގުމެއް ސ. ހިތަދޫ އޮފީހަށް 2000 ވަނަ އަހަރާއި 2001 ވަނަ އަހަރު އަންގާފައިވެއެވެ. އެގޮތުން އައްޑުއަތޮޅުއަތޮޅު އޮފީހުން ސ. ހިތަދޫ އޮފީހަށް އެޑްރެސްކޮށްފައިވާ ނަންބަރު DA2/3019/2000/WT-S (9 ނޮވެންބަރު 2000) ފެކްސް މެސެޖުގައި އަންނަނިވި ފަދައިން ބަޔާންކޮށް އެ ގޯޅިގަނޑު ސ. ހިތަދޫ، ޝަޒާ ގޯއްޗަށް އިތުރުކޮށްދިނުމަށް އެދިފައިވެއެވެ. "ހިތަދޫ ޝަޒާގޯއްޗާއި ސެވެންސްޓަރ ގޯއްޗާއި ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އެދެގޯތީގެ ދެމެދުގައިވާ ހަނިގޯޅި ޝަޒާ ގޯއްޗަށް އިތުރުކޮށްދެއްވުނ އެދެން (.) އަދި ހަނިގޯޅީގެ ބޮޑުމިން ސެވެންސްޓަރ ގޯއްޗާއި ޖެހިގެން އޮތް ހުސްބިމުން ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދެއްވުންވެސ އެދެން (.)..."
4ނަމަވެސް އޭގެފަހުން 31 އޮކްޓޫބަރު 2001 ތާރީޚުގައި އައްޑުއަތޮޅު އަތޮޅު އޮފީހުން ސ. ހިތަދޫ އޮފީހަށް އެޑްރެސްކޮށްފައިވާ ނަންބަރު DA2/S2/2001/515-S (31 އޮކްޓޫބަރު 2001) ސިޓީއިންއަންނަނިވި . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި . ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު: 02/2021FAM/( 27 ޖަނަވަރީ 2021 )ގައި ފާސްކުރައްވާފައިވާ އުޞޫލު ފަދައިން ބަޔާންކޮށް އެ ގޯޅިގަނޑު ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށދޭގޮތަށް މައްސަލަ ނިންމާދިނުމަށް އެދިފައިވެއެވެ. "... އަދި ޝަޒާ ގޯތީގެ އިރުން 530 އަކަފޫޓުގެ ބިން ޝަޒާ ގޯއްޗަށް އިތުރުކޮށްދެއްވާ ދެގޯތި ދެމެދުގައިވާ ގޯޅިގަނޑު ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދެއްވާގޮތަށ މައްސަލް ނިންމެވުން އެދެމެވެ..."
5އެހެންކަމުން ބުނެވުނު ގޯޅިގަނޑު ސ. ހިތަދޫ، ޝަޒާ ގޯއްޗަށް އިތުރު ކޮށްދިނުމަށް އެންގުމަށްފަހު އެ ގޯޅިގަނޑު ސ. ހިތަދޫ ސެވެންސްޓަރ ގޯއްޗަށްވެސް އިތުރުކޮށްދިނުމަށް އައްޑުއަތޮޅުއަތޮޅު އޮފީހުން އައްޑުއަތޮޅު އަތޮޅުވެރިޔާ ސޮއިކުރައްވާ އަންގަވާފައިވާކަނ އެނގެން އޮވެއެވެ. ނަމަވެސް އެ އެންގވެމަށް ޢަމަލުކޮށް، އެ ގޯޅިގަނޑު އެ ދެ ގޯތިންކުރެ އެއްވެސް ގޯއްޗެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތެވެ.
6އިސްވެ ބަޔާންކުރެވުނު ގޯޅިގަނޑު/ހުސްބިން 2000 ވަނަ އަހަރު ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެބިން އެ ގޯތީގެ ރަޖިސެ ޓްރީގައި ހިމަނާދީފައިނުވް ކަމަށް ބުނެ، އެބަޔަކީ ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދީފައިވާ ބައެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި އެ މޭރުމުން ސ. ހިތަދޫ، ސެވެންސްޓަރ، އިބްރާހީމް ޠާހިރުގެ ފަރާތުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެކިފަހަރު މަތިން ދަޢުވާތައް ހުށަހެޅިއެވެ. އެގޮތުން ހުށަހެޅުނު ދަޢުވާތަކަށް ބަލާއިރު؛
1.6. 21 އެޕްރީލް 2014 ތާރީޚުގައި ނަންބަރު 198/S2C/2014 ޤަޟިއްޔާ އިބްރާހީމް ޠާހިރުގެ ފަރާތުން ހުށަހެޅިނަމަވެސް އެ މައްސަލަ ބާޠިލްކޮށްދިނުމަށް އިބްރާހީމް ޠާހިރުގެ ފަރާތުން އެދިފައިވާތީ 2 ފެބުރުވަރީ 2015 ގައި އެ ޤަޟިއްޔާގެ ދަޢުވާފޯމު ވަނީ ބާޠިލްކުރެވިފައެވެ.
2.6. އޭގެ ފަހުން 27 އޮކްޓޫބަރު 2015 ގައި އެކޯޓުގެ ނަންބަރ 544/S2C/2015 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުން ނުވާކަމަށް ފާހަގަކުރުމާ ގުޅިގެން، އެއަށްފަހު ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗާ ގުޅިފައިވާ ގޯޅިގަނޑުގ ދަޢުވެ އިބްރާހީމާ ޠާހިރު އަށް އެ ކޯޓަށް ހުށަނޭޅޭނެކަމާއި، އެ ދަޢުވާ އިތުރަށް އެކޯޓުގައި ނުބެލޭނެ ކަމަށް އަންގާ 27 އޮކްޓޫބަރު 2015 ގައި ޙުކުމްކުރިއެވެ.
3.6. އެ ޤަޟިއްޔާ އެފަދައިން ނިންމި ފަހުން ނަންބަރު 378/S2C/2016 ޤަޟިއްޔާގއަ ވެސް އިބްރާހީމް ޠާހިރު ދަޢުވާ ހުށަހެޅިއެވެ. ނަމަވެސް މި ޤަޟިއްޔާގެ ދަޢުވާފޯމު ބާޠިލްކޮށްފައިވަނީ ބުނެވުނު ނަންބަރު 544/S2C/2015 ޤަޟިއްޔާގެ ޙުކުމް އެފަދައިން އޮތުމުންނެވެ.
4.6. އިބްރާހީމް ޠާހިރުގެ ފަރާތުން ދެން ހުށަހެޅި ދަޢުވާ ހުށަހަޅާފައިވަނީ އިސްތިއުނާފުކުރެވިފައިމިވާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާގައެވެ. އެ ޤަޟިއްޔާގައި ކުރެވުނު ދަޢުވާއަކީވެސް ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗާއި ސ. ހިތަދޫ، ޝަޒާ ގޯއްޗާ ދެމެދުގައި އޮތް ހުސްބިމަކީ ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދީފައިވާ ބައެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލްގެ މައްޗަށް ހުށަހެޅި ދަޢުވާއެކެވެ. އަދި ނަންބަރު 203/S2C/2018 ޤަޟިއްޔާގައި ސ. ހިތަދޫ،ޝަޒާ ގޯތީގެ ވެރިފަރާތްކަމަށްވާ ސ. ހިތަދޫ، ޝަޒާ، ފާޠިމަތު ޝަޛިއްޔާ ތަދައްޚުލުވެފައިވެއެވެ.
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް
7އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 203/S2C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މި މައްސަލާގައި ނެގުނު ދިފާޢު، ދަޢުވާ ދޫކޮށްލުން ނުވަތަ ޙައްޤުންތަނާޒުލްވުމުގެ ދިފާއާއި، ކަނޑައެޅިނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ މައްސަލައެއްކަމުގައިވުމުގެ، ދިފާޢު . އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާ . އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާގެ ޙުކުމް ސާބިތުނުވާކަމަށާއި، މިހާރު ޢަމަލުކުރެވެމުންމިދާ ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޝަޒާ ގޯއްޗާއި، ސެވެންސްޓަރ ގޯއްޗާދެމެދުގައ އޮތި ބިންކޮޅުގ މައްސަލެ އޭރުގެ ބިމުގެ ނާޟިރ ނުވަތު ބިމާބެހޭ އިދާރާއިން ސެވެންސްޓަރ ގޯތީގެ ބައެއްގެ ގޮތުގައި އިތުރުކޮށްދީފައިވާކަނ ސާބިތުވާކަމަށް ކަނޑައަޅަމެވެ. އަދި އަންނަނިވި އަމުރުތަކާއި އެންގުންތައް އަންގަމެވެ. 1 ދެންނެވުނު ގޮތަށް ކަނޑައެޅިގެން ދިއުމުން ސ. ހިތަދޫ ސެވެންސްޓަރ ގޯއްޗާއި ޝަޒ ގޯއްޗާ ދެމެދުގައި އޮތް ޚުސޫމަތ އުފެދުން ބިން ގޯޅިއެއް ކަމުގައި އައްޑޫސިޓީ ކައުންސިލުން ކަނޑައަޅާފައި އޮތް އޮތުން ބާޠިލްވެއްޖެކަން އަންގަމެވެ. 2 ދެންނެވުނުބިން ސ. ހިތަދޫ ސެވެންސްޓަރ ގޯތީގެ ރަޖިސްޓްރީއަށް އިތުރުކޮށްދިނުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާ/ އައްޑޫސިޓީ ކައުންސިލަށް އަންގާ އަމުރު ކުރަމެވެ."
8މި ނިންމުމާމެދު ހިތްހަމެނުޖެހިގެން އައްޑޫސިޓީ ކައުންސިލް އަދި ފާޠިމަތު ޝަޛިއްޔގާ ފަރާތުން ދެ އިސްތިއުނާފީ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާތަކެވެ. ފާޠިމަތު ޝަޛިއްޔާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް
9އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 203/S2C/2018 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/23-S-2021/HC ޤަޟިއްޔާގައި ފާޠިމަތު ޝަޛިއްޔާ ގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 03 (ތިނެއް) ނުކުތާއެވެ. • ފުރަތަމަ ނުކުތާ އަކީ: ޤާނޫނު ނަންބަރު 81/78 (ދައުލަތް ފިޔަވާ އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާއާއި، ދަޢުވާ ހުށަހެޅުމަށްފަހު ދަޢުވާ ދޫކޮށްލާ މައްސަލަތަކާ ގުޅޭ ގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ޤާއިމުކޮށްދީފައިވާ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ޤާނޫނީ އުޞޫލެއްކަމަށްވާ Res Judicata (ފައިސަލާކުރަނިވި ޙުކުމުގަ ބާރު) މަބްދަޢުއާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/25 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް ބަޔާންކުރުމުގައި، އެ އުޞޫލުތައް އިސްތިއުނާފުކުރެވޭ މައްސަލައަށް ތަޠުބީޤުކުރުމުގައި އޮޅުން އަރާފައިވުމާއި، Judicata Res ގެ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމުގައި ދަޢުވާއާ މަޢުޟޫއާ ގުޅޭގޮތުން ކުރިން ފައިސަލާކޮށްފައިވާ މައްސަލަތަކަށް ފަނޑިޔާރު ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކި ޤަރީނާ ވަޒަންކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށާއި، ޚަސްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އިސްތިއުނާފުރައްދުވާ ފަރާތުގެ މަސްލަޙަތަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އައްޑޫސިޓީ ކައުންސިލްގެ ފރާތުނަ ހުށަހޅެ އިސްތިއުނާފި ނުކުތާތައް
10އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 37A/-S-2021/HC ޤަޟިއްޔާގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 05 (ފަހެއް) ނުކުތާއެވެ. • ފުރަތަމަ ނުކުތާ އަކީ: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 378/S2C/2016 ޤަޟިއްޔާއިން އިބްރާހިމް ޠހިރާ ހުށަހެޅި ގޯޅިގަނޑުގ މައްސަލެ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަނޭޅޭނޭކަމަށާއި އެމައްސަލަ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ނުބެލޭނެކަމަށާއި މިމައްސަލަ އިތުރަށް ކުރިޔަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައް ޙުކުމްކޮށްފައިވާއިރު، އިސްތިއުނާފުކުރެވޭ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 203/S2C/2018 ޤަޟިއްޔާއިން ބެލި އިބްރާހީމް ޠާހިރު ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކުރިއަށް ގެންގޮސް ނިންމާފައި ވ ކަމަށާ ބުން ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 544/S2C/2015 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 378/S2C/2016 ޤަޟިއްޔާއިން ބަލައި ނިނމާފައް ވި މައްސަލައަކީ އިސްތިއުނާފުކުރެވޭ ނަންބަރު 203/S2C/2018 ޤަޟިއްޔާއާ އެއް މަޢުޟޫއެއްގެ މައްސަލައެއް ކަމާއި، ނަންބަރު 544/S2C/2015 ޤަޟިއްޔާއާއި ނަންބަރު 378/S2C/2016 ޤާޟިއްޔާއިން ބަލައި ނިންމި މައްސަލައިގައި ވެސް އިބްރާހިމް ޠާހިރު މައްސަލަ ކުރިއަށް ގެންދަން ބޭނުންނޫނ ކަމަށް ބުނެފައިވާއިރު، އިސްތިއުނާފުކުރެވޭ އިބްރާހީމް ޠާހިރު ހުށަހަޅައި ނަންބަރު 203/S2C/2018 ޤަޟިއްޔާއިން ބެލި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނު ނަންބަރު 78/81 (ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި "ރެސްޖުޑިކްޓަރ" ގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާއިން ބެލި މައްސަލާގައި ހުކުމކުރިއްރު، އެ ހުކުމްގައިވަނީ ޝަޒާ ގޯއްޗާއި ސެވެންސްޓަރ ގޯއްޗާއި ދެމެދުގައިވާ ބިންކޮޅުގެ މައްސަލަ އޭރުގެ ބިމުގެ ނޡާރުގ ނުވަތެ ބިމާބެހޭ އިދާރާއިން ސެވެންސްޓަރ ގޯތީގެ ބައެއްގެ ގޮތުގައި އިތުރުކޮށްދީފައިވާކަމަށް ބުނެ އެބިން ސެވެންސްޓަރ ގޯތީގެ ރަޖިސްޓަރީގައި ހިމެނުމަށް އަންގާފައިވާއިރު، މިއީ މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމެއް ނެތި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިނމުމް އެ ކަމަށް ބުން ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާ އަކީ: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާއިން ބެލި މައްސަލާގައި ހުކުމްކރިއުރު، އެ ހުކުމުގައި ސެވެންސްޓަރ އާއި ޝަޒާ އާ ދެމެދުގައިވާ ބިން ސ.ހިތަދޫ ސެވެންސްޓަރ ގޯތީގެ ރަޖިސްޓަރީއަށް އިތުރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް އަންގާ އަމުރުކުރާ ކަމަށް ބުނެފައިވާއިރު، މިއީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާ ފައިވާ ނިން މމެއު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ފަސްވަނަ ނުކުތާ އަކީ: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 203/S2C/2018 ޤަޟިއްޔާއިން ބެލި މައްސަލާގައި ހުކުމްކރިއު ރ، ސ.ހިތަދޫ ޝަޒާ އާއި ސެވެންސްޓަރ ގޯއްޗާއި ދެމެދުގައިވާ ގޯޅިގަނޑު މީހުން ހިނގާބިގާވެ އުޅޭ މަގެއް ކަމުގައި ކަނޑައަޅައި، އެމަގަށް "އަމާން ގޯޅި” ނަން ދިނުމަށް ކައުންސިލުން ނިންމާފައިވާ ނިންމުން ބާޠިލްވެއްޖެ ކަމަށް ނިންމާފައިވާއިރު، މިއީ ޤާނޫނު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ގ) އާއި (ޏ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
11އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުން މައްސަލަ ހިންގައި ނިންމި އިރު، އޭގެ ކުރިން އެކޯޓުން ނިންމާފައިވާ ނަންބަރު 544/S2C/2015 ޤަޟިއްޔާގައި ސ. ހިތަދޫ ސެވެންސަޓަރ ގޯއްޗާ ގުޅޭ ގޯޅިގަނޑުގ މައްސަލެ ދެން އެކޯޓަށް ހުށަނޭޅޭނެކަން އަންގައި ޙުކުމްކޮށްފައިވާކަމަށާއި އެހެންކަމުން އެ މައްސަލައަކީ ދަށު ކޯޓުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ނުދެކޭކަމަށެވެ. އަދި ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުންވެސް މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ނުދެކޭކަމަށެވެ. އަދި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވަނީ މައްސަލައިގައި ހުށަހެޅުނު ހެކި ޤަރީނާއަށް ދަށު ކޯޓުން ރަނގަޅަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އެހެންކަމުން މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
12ޖ ވާބުގައި އިބްރާހީމް ޠާހިރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ސ. ހިތަދޫ، ޝަޒ ގޯއްޗާ ދެމެދުގައި އޮތް ހުސްބިން 2000 ވަނަ އަހަރު ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދީފައިވާ ކަމަށާއި ނަމަވެސް މިބިން އެ ގޯތީގެ ރަޖިސްޓްރީގައި ހިމަނާދީފައިނުވާތީ، މިބަޔަކީ ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދޭންޖެހޭ ބައެއް ކަމަށް ދެކޭކަމަށެވެ. އަދި މިހާރު އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ ކުރިން އެ ދަޢުވާ އިބްރާހީމް ޠާހިރުއަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެނޭޅޭނެކަމަށް ކަނޑައަޅާފައިވީނަމަވެސް، އެފަދައިން ދަޢުވާ ހުށަނޭޅޭނެކަމަށް ނުދެކޭކަމަށެވެ. މިގޮތަށް ފާހަގަކުރަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/89 ޤަޟިއްޔާގައި ދަޢުވާ އަނބުރާ ގެންދިއުމަށްފަހު އަލުން ހުށަހެޅިދާނެކަމަށް ކަނޑައަޅުއްވާފައިވާކަމުގައި އިބްރާހިމް ޠާހިރު ބުނެފައިވެއެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެމުން އިބްރާހީމް ޠާހިރު ބުނެފައިވަނީ ނަންބަރު 544/S2C/2015 ޤަޟިއްޔާގެ ޙުކުމް ކޮށްފައިވާކަން އެނގިފައިވަނީ އެ ޤަޟިއްޔާ ނިންމތި 8 މަސްދުވަސް ފަހުން ކަމަށާއި އެހެންކަމުން އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިނުވާނެކަމަށެވެ. އަދި ދިވެހިރާއް ޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައިދިނުން ކަމަށެވެ. މައްސަލައާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެންގި އެންގުން
13ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު BB/S02C/2019/9-197 (16 ޖޫން 2019) ސިޓީއިން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 203/S2C/2018 ޤަޟިއްޔާއިން ބަލަމުންދޔި މައްސަލަ ގަވާއިދުން ކުރިއަށް ގެންދިއުމަށް ދެންނެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އަންގާފައިވާކަން ދަށު ކޯޓުގެ ފައިލުގައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެއެވެ. ނަމަވެސް އެ މައްސަލަ ވަކިގޮތަކަށް ނިންމުމަށް މި ސިޓީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، އަންގަވާފައިނުވެއެވެ. . ދަށު ކޯޓުގެ ލިޔުންތަކުގައި ހިމެނިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު BB/S02C/2019/9-197 (16 ޖޫން 2019) ސިޓީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ޤާނޫނު ނަންބަރު 81/78 (ދައުލަތް ފިޔަވާ އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާއާ ގުޅޭގޮތުން ފާޠިމަތު ޝަޛިއްޔާ އަދި އައްޑޫސިޓީ ކައުންސިލުން ހުށަހެޅި އިސްތިއުނާފީ ނުކުތއާމެދާ ޝަރީޢަތުން ރިޢާޔަތްކުރިގޮތް
14HN1HN2HN3HN4އައްޑޫސީޓި ކައުންސިލްގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ S2C/2018203/ ޤަޟިއްޔާއިން ބެލި އިބްރާހީމް ޠާހިރު ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކުރިއަށް ގެންގޮސް ނިންމާފައި ވ ކަމަށާ ބުން ފާހަގަކުރި ނުކުތާއެވެ. މީގެ އިތުރުން ޤާނޫނު ނަންބަރު 81/78 (ދައުލަތް ފިޔަވާ އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާއާއި، ދަޢުވާ ހުށަހެޅުމަށްފަހު ދަޢުވާ ދޫކޮށްލާ މައްސަލަތަކާ ގުޅޭ ގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ޤާއިމުކޮށްދީފައިވާ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާޠިމަތު ޝަޛިއްޔ އާއާ އައްޑޫސިޓީ ކައުންސިލްއާ މި ދެފަރާތުންވެސް އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވެއެވެ. މި ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.14. މި މައްސަލައިގެ ފަސްފަހަތް ބަޔާންކުރެވުނު އިރު ފާހަގަކުރެވުނު ފަދައިން ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗާއި ސ. ހިތަދޫ، ޝަޒ ގޯއްޗާ ދެމެދުގައި އޮތް ހުސްބިން 2000 ވަނަ އަހަރު ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދީފައިވާ ކަމަށާއި ނަމަވެސް މިބިން އެ ގޯތީގެ ރަޖިސްޓްރީގައި ހިމަނާދީފައިނުވާކަމަށްބުނެ، މިބަޔަކީ ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗަށް އިތުރުކޮށްދީފައިވާ ބައެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި އެ މޭރުމުންސ. ހިތަދޫ، ސެވެންސްޓަރ، އިބްރާހީމް ޠާހިރުގެ ފަރާތުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެކިފަހަ ރުމަތިނ ދަޢުވާތައް ހުށަހެޅިއެވެ. އެގޮތުން ހުށަހެޅުނު ދަޢުވާތަކުގެ ތެރެއިން 27 އޮކްޓޫބަރު 2015 ގައި އެކޯޓުގެ ނަންބަރު 544/S2C/2015 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުން ނުވާކަމަށް އިބްރާހީމް ޠާހިރުގެ ފަރާތުން ފާހަގަކުރުމާ ގުޅިގެން، އޭގެފަހުން ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗާ ގުޅިފައިވާ ގޯޅިގަނޑުގ ދަޢުވެ އިބްރާހީމާ ޠާހިރު އަށް އެ ކޯޓަށް ހުށަނޭޅޭނެކަމާއި، އެ ދަޢުވާ އިތުރަށް އެކޯޓުގައި ނުބެލޭނެ ކަމަށް އަންގާ، ދަޢުވާ ފޯމު ބާޠިލްކޮށް 27 އޮކްޓޫބަރު 2015 ގައި ޙުކުމްކުރިއެވެ.
2.14. އިސްވެ ބަޔާންކުރެވުނު 544/S2C/2015 ޤަޟިއްޔާގއަ 27 އޮކްޓޫބަރު 2015 ގައި ޙުކުމް ކޮށްފައި އެވަނީ ދެބައެއް އެ ޙުކުމުގައި ހިމެނޭ ގޮތަށެވެ. އެއީ އެ ދަޢުވާ ބާޠިލްކުރުމާއި އަދި ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗާ ގުޅިފައިވާ ގޯޅިގަނޑުގ ދަޢުވެ އިބްރާހީމާ ޠާހިރު އަށް އެ ކޯޓަށް ހުށަނޭޅޭނެކަމަށް ކަނޑައަޅާ ފައިވާ ބައެވެ. އެ ޤަޟިއްޔާގައި ޙުކުމް ކުރިކަން އެނގުނީ އެ ޤަޟިއްޔާ ނިމުނުތާ 8 މަސްފަހުން ކަމަށާއި އެ ޤަޟިއްޔާ މިހާތަނަށްވެސް އިސްތިއުނާފަށް ހުށަހަޅާފައިނުވާކަމަށް އިބްރާހީމް ޠާހިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި އެ ޤަޟިއްޔާގެ ޙުކުމް މަތީ މަރުޙަލާގެ ކޯޓަކުން މިހާތަނަށްވެސް ބާޠިލްކޮށްފައިނުވެއެވެ. މީގެ އިތުރުން އެ ޤަޟިއްޔާ ގައި ދަޢުވާ ފޯމު ބާޠިލުކުރުމުގެ އިތުރުން އެދަޢުވާ އިބްރާހީމް ޠާހިރު އަށް އެ ކޯޓަށް ހުށަނޭޅޭނެކަމާއި އެ ދަޢުވާ އިތުރަށް އެކޯޓުގައި ނުބެލޭނެ ކަމަށް ނިޔާ ކަނޑައަޅާފައިވާއިރު، އެޤަޟިއްޔާ ނިމުނުފަހުން ސ. ހިތަދޫ، ސެވެންސްޓަރ ގޯއްޗއާ ޝަޒ ގޯއްޗާ ދެމެދު އޮތް ގޯޅިގަނޑަކީ ވަކި ގޯއްޗެއްގެ ބައެއް ކަމަކަށް އައްޑޫސިޓީ ކައުންސިލުން ނިންމާފައިވާކަން އެނގެން ނެތެވެ. އަދި މައްސަލައިގެ ޙާލަތަށް އެއްވެސް ބަދަލެއް އައިސްފައިވާކަން އެނގޭކަށް ނެތެވެ.
3.14. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު އެ މާއްދާގައިވަނީ ކޮންމެ ކޯޓަކަށްވެސް އެކޯޓެއ ހިމެން މަރުޙަލާއަށްވުރެ ދަށު މަރުޙލާގަ ކޯޓަކުން ނިންމާފައިވާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމަށެވެ. އެހެންކަމުން ކޯޓަކުން ނިންމާ ނިންމުން އެއްވެސް އިސްތިސްނާއީ ޙާލަތެއް ނެތި ހަމަ އެމަރުޙަލާގެ ކޯޓަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެން ނުވާކަން މަފްހޫމް މުޚާލާފާގެ އުސޫލުން މި މާއްދާގެ ބުނެވިދިޔަ އަކުރުން އެނގެއެވެ. އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީމަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންވެގެންވެއެވެ" މިފަދައިން ބަޔާންކޮށްފައިވުމުން، ކޯޓުތަކުން ތަބާވާންޖެހޭނީ އެކޯޓަކަށްވުރެ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ކަން އެނގެއެވެ. އެއް ކޯޓަކުން އެއް އެއް ވާޤިޢާ އަދި އެއް މައުޟޫޢު (ame subject matterS/ Same facts) ހިމެނޭ ދަޢުވާއެއްގައި ޤާނޫނީ ހުއްޖަތެއް ނެތި ނުވަތަ ޤަޟާއީގޮތުން އިސްތިޤުރާރުވެފައިވާ އިސްތިސްނާއީ އުސޫލެއް ނެތި ދެވަނަ ފަހަރަށް އެ މައްސަލަ ބަލައި ފުރަތަމަ ޙުކުމާ ފުށުއަރާ ގޮތަށް ދެވަނަ މައްސަލައިގައި ޙުކުމް ކުރެވިގެން ދިއުމަކީ އެއް ކޯޓެއްގެ ޙުކުމް ހަމަ އެކޯޓަކުން ބަދަލުކުރނު ކަމުގައް ދެކެމެވެ. މިއީ ޤާނޫނީ ނިޒާމޫ ތަރުތީބުވެ ހަމަޖެހިފައިވާ ގޮތާ ޚިލާފު ކަމެކެވެ. މިކަން މިހެން ވާން ދޫވެފައި އޮވެއްޖެނަމަ ދަށު ކޯޓުގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފްކުރުމަށް ޤާނޫނުތަކުގައި ކޮށައިދީފައިވާ މަގު އެގޮތުގައި އޮތުމުގެ ބޭނުމެއް ނެތެވެ.
4.14. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާއަށް ބަލާއިރު އެ ޤަޟިއްޔާގައި ބަލާފައިވާ މައްސަލައަކީ އެކޯޓުގެ ނަންބަރު 544/S2C/2015 ޤަޟިއްޔާގެ 27 އޮކްޓޫބަރު 2015 ގެ ޙުކުމުގައި އިބްރާހީމް ޠާހިރުއަށް އެކޯޓަށް ހުށަނޭޅޭނެކަމަށް ކަނޑައަޅާފައިވާ މައްސަލައެކެވެ. އަދި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި އެކޯޓުގެ ނަންބަރު 544/S2C/2015 ޤަޟިއްޔާގައި އެފަދައިން ކަނޑައަޅާފައި އޮތް އޮތުމުގެ މައްޗަށް ކަންކަން ބަޔާންކޮށް، އެ ދަޢުވާ ހުށަހެޅުމުގެ ފުރުޞަތު އިބްރާހީމް ޠާހިރުއަށް ބަންދުވެފައިނުވާކަމުގެ މައްޗަށް ގޮތް ކަނޑައަޅާ، މައްސަލަ މައުޟޢޫ ގޮތުން ބަލާ ޙުކުމް ކޮށްފައިވެއެވެ. ނަމަވެސް ޤާނޫނީގޮތުން ބަލާއިރު މިއި އެއް މަރުޙަލާއެއްގެ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫން ކަން އިސްވެ ބަޔާންކުރެވުނު ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެއެވެ.
5.14. މީގެ އިތުރުން ދައުލަތް ފިޔަވާ އެހެން ފަރާތްތަކުން ދަޢވާއާއް މައްސަލި ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދގައާ "ޤަޟިއްޔާއެއްގައި ދަޢްވާކުރާ ފަރާތުން ދަޢްވާ ދޫކޮށްލައިފިނަމަ، އަލުން އެދަޢްވާއެއް ނުއުފެލޭނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުން، ދަޢްވ ދޫކޮށްލާފައިވާ ފަރާތަކަށް އަލުން އެ ދަޢުވާ ހުށަހެ ޅުން ސީދާ ޤާނޫނުންވެސް މަނާކޮށްފައިވާކަން އެނގެއެވެ. އަދި މިކަން މިގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ގެ 26 ވަނަ ނުކުތާގައި އެ މައްސަލައިގެ އިއްތިފާޤު ރައުޔު ލިޔުއްވ ފަނޑިޔާރި ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގައިވެސް ބަޔާންކުރައްވާފައިވެއެވެ. . ޤާނޫނު ނަންބަރު 81/78 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/89 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/89 ޤަޟިއްޔާ
6.14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަ ލ ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަށް ބަލާއިރު އެ ޤަޟިއްޔާއަކީ ދަޢުވާ ފޯމު އަލުން އިސްލާހުކޮށް ހުށަހެޅުމުގެ ފުރުޞަތު އޮންނަ ގޮތަށް ދަޢުވާ ފޯމު ބާޠިލްކޮށްދިނުމަށް އެދި ޝަރޫ ލޯންޗުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ފަދައިން އަލުން ހުށަހަޅައިފިނަމަ މައްސަލަ އަލުން ބެލޭ ގޮތަށް މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކޮށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކާ ގުޅޭ ޤަޟިއްޔާއެކެވެ. އެ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވަނީ އެފަދައިން ދަޢުވާ އަލުން ހުށަހެޅުމުގެ ފުރުޞަތު ލިބޭގޮތަށް ދަޢުވާ އަނބުރާ ގެންގޮސްފައިވމުނު ދައުވާ މުޅިން ދޫކޮށްލީކަމަށް ނުބެލެވޭނެކަމަށެވެ.
7.14. މި އުސޫލު، މިހާރު އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަށް ތަޠުބީޤުކުރެވދިނެތޯ ބަލާއިރު، ސ. ހިތަދޫ ޝަޒާ ގޯއްޗާއި ސ. ހިތަދޫ ސެވެންސްޓަރ ގޯއްޗާ ދެމެދުގައި އޮންނަ ގޯޅިގަނޑާ ގުޅޭގޮތުން އިބްރާހީމް ޠާހިރު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެކިފަހަރުމަތިން ދަޢުވާ ހުށަހަޅައި، އެ ދަޢުވާތައް އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ އަލުން ހުށަހެޅޭގޮތަށް އެފަދަ ފުރުޞަތަކަށް އެދުމަށްފަހުގައެއް ނޫނެވެ. އަދި ދަޢުވާތައް އަނބުރާ ގެންގޮސްފައިވަނީ އަލުން ހުށަހެޅުމުގެ ފުރުޞަތަށް އެދު މަށްފަހުގައި ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ޠާހިރު ވަނީ އިޤްރާރުވެފައެވެ. އެހެންކަމުން އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައާއި މި އިސްތިއުނާފީ މައްސަލައިގެ ވާޤިއާ ތަފާތުވާކަމަށްޓަކައި އެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/89 ޤަޟިއްޔާ ޤަޟިއްޔާގައި ދަޢުވާ ދޫކޮށްލީކަމަށް ނުބެލޭނެކަމަށް ކަނޑައަޅުއްވާފައިވާ ހަމަ، މި މައްސަލައަށް ތަޠުބީޤުކުރެވިދާނެ ކަމަކަށް ނުދެކެމެވެ.
15HN5އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރު މުން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާ އެކޯޓުގައި ހިންގާ، ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައި ދެކެމެވެ. އެހެންކަމުން މި މައްސަލައިގައި އިތުރަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރުމގު ބޭނުމެއް މިހިނދުގައި އޮތް ކަމަކަށް ނުދެކެމެވެ. އަދި ދަށު ކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ގެ ރައުޔު؛
16ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލް ގެ ރައުޔު؛
17ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 203/S2C/2018 ޤަޟިއްޔާ ގެ ޙުކުމް، މި 2021/HC-S- At23.37 !.t22r a.tr.L l9 2 ,4 . ..,. o,, . 2'-P2 J-?3 2 .'vrne t,/;/c2 t.r-J/, t2-J 2 e ., t e )/.r2. t e.4.r... t/, 2P.r2 '-JJf.r". . 4. 't 2) .,- t' 2 t'.. .,,, 3 2ra- rJ /t 2r-/.2 " t.PJ ., C 2 /-/,').'. .,/' t:.,'-J ,r.,. v € \u./!r-,.r or4t' .r, LrJ l? '-r./ I !, ? )i/ * ,, 6894702 ::-t;,6894701 ,689.1700 :rr';tir;, .37 3 *',i3 -": www.highcourlsouthe.:r.gov'tt'w:i,)3} infosouthcln(4lhiglrcotn got'tt:| -i-)'
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 81/78 (ދައުލަތް ފިޔަވާ އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ސުޕްރީމް ކޯޓު 2020/SC-A/89 (ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް) – ޕެރ. 26
- ސުޕްރީމް ކޯޓު 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް) – ގުޅުވައިގެން މައްސަލަ ބެލުމާ ބެހޭ
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ 02/2021/FAM (27 ޖަނަވަރީ 2021) – މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.