ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/295

ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑް ވ. ބްލޫ ލެގޫން އިންވެސްޓް މަންޓް ޕްރައިވެޓް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 15 ޖުލައި 2024ދަށު ކޯޓު: ސިވިލް ކޯޓު 1689/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1689/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރިން ސިވިލް ކޯޓުގެ 541/Cv-C/2015 ޤަޟިއްޔާއިން ނިންމާފައިވާ މައްސަލައެއްކަމަށްބުނެ، ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން ސިވިލް ކޯޓުގެ 1689/Cv-C/2020 ޤަޟިއްޔާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުމަކީ ސުޕްރީމް ކޯޓުގެ 2016/SC-A/25 ޤަޟިއްޔާގައިވާ ރެސް ޖުޑިކާޓާ (އިޝޫ އެސްޓޮޕަލް) ގެ އުޞޫލުތަކާ އެއްގޮތް ނިންމުމެއްތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފުނުކުރާ ދަށުކޯޓުގެ ޙުކުމެއްގައި ކަނޑައަޅާފައިވާ ކަންކަމަށް ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވެއެވެ؛ އަދި އެ ކަންކަމާ ޚިލާފަށް، ހަމަ އެ ފަރާތްތަކުގެ ދެމެދު ހަމަ އެ ނުކުތާއެއްގެ މައްޗަށް ފަހުން ހުށަހަޅާ މައްސަލައެއްގައި ކޯޓަކުން އަލުން ގޮތެއް ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN2 ކުރީގެ ޙުކުމަކުން ކޮންޓްރެކްޓަށް ބަދަލު ގެނެވިފައިނުވާކަމަށް ކަނޑައަޅާފައިވާނަމަ، އެއަށްފަހު އެ ކޮންޓްރެކްޓު ކިޔަންޖެހޭނީ ރޮނގުދަމައި އުނިކޮށްފައިވާ ބައިތައް އުނިކުރުމަކާނުލައި އަޞްލު އޮތް ގޮތަށެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN3 ކޮންޓްރެކްޓުގެ ދަށުން ފައިސާ ދޭންޖެހޭކަން ދެބަސްވެވެން ނެތް ޙަޤީޤަތަކަށްވެ، ޚިލާފު އުފެދިފައިވަނީ ހަމައެކަނި ދޭންޖެހޭ ޢަދަދާމެދުނަމަ، އުނިކުރަންޖެހޭ ޚަރަދުތައް އުނިކޮށްފައިނުވާކަމަށް ހަމައެކަނި ބުނުމަކުން ނުފުދޭނެއެވެ؛ އުނިކުރަންޖެހޭކަމަށް ޤަބޫލުކުރާ ޚަރަދުތަކާއި އެއިގެ މިންވަރު ބަޔާންކޮށްދިނުމަކީ އެ ޚިލާފު އުފައްދާ ފަރާތުގެ ޒިންމާއެކެވެ.

HN4 ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން ދަޢުވާއެއް މަނާވާނީ، އެ ދަޢުވާގައި ހުށަހަޅާ ނުކުތާއަށް ކުރީގެ ޤަޟިއްޔާގައި ކޯޓުން ހަޤީޤަތުގައި ގޮތެއް ނިންމާފައިވާނަމައެވެ؛ ކުރީގެ ޤަޟިއްޔާގައި ފަރުވާ ދޭންޖެހޭ ނުކުތާގެ މައްޗަށް ޝަރީޢަތެއް ނުކޮށް، ކަމާ ނުބެހޭ ނުކުތާއެއްގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމާފައިވާނަމަ، ފަހުން ހުށަހަޅާ ދަޢުވާއަކީ ރެސް ޖުޑިކާޓާގެ ދަށުން ނިންމާލެވޭނެ ދަޢުވާއެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ސައްފާޙް މުޙައްމަދު
ބެންޗު
މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް ފަނޑިޔާރު ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު

ސަލީމް ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް

1މިއީ، ސިވިލް ކޯޓުގެ ނަންބަރު:2020C/-Cv/1689 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ބެސްޓް ޑައިވްސް" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ބްލޫ ލެގޫން" ނުވަތަ "އިސްތިއުނާފ ރައްދވު ފަރާތް)" އެވެ. މައްސަލައިގެ ފަސްފަހަތް:

2ބްލޫ ލެގޫންއިން ހިނގަމުންދިޔަ މަޑގަލޫ އައިލަންޑް ރިޒޯޓް ("ރިޒޯޓް") ގައި ޑައިވިންގ ސެންޓަރެއް ހިންގުމަށް ބްލޫ ލެގޫން އާއި ބެސްޓް ޑައިވްސް އާ ދެމެދު 02 މެއި 2009 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މިއެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރި ތާރީޚުން ފެށިގެން މިލާދީ 10 އަހަރު ދުވަހެވެ.

3މިއެއްބަސްވުމާއިމެދ ޚިލާފު އުފެދިގެން ބެސްޓް ޑައިވްސގެ ފަރާތުން، ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާއިން 15 މެއި 2013 ގައެވެ. އެޤަޟިއްޔާގައި ބެސްޓް ޑައިވސްގެ ފަރާތުން ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ؛

1.3. އެ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (a) ގެ ދަށުން ބެސްޓް ޑައިވްސްއިން ބެހެއްޓި USD$300,000.00 (ތިންލައްކަ އެމެރިކާ ޑޮލަރު) ޑިޕސިޓޮ ފައިސާ، އެއެއްބަސްވުމުގެ 7 ވަނަ މާއްދާއާ އެއްގޮތަށް ދައްކާފައިނުވާތީ ؛

2.3. އެއެއްބަސްވުމުގެ 4 ވަނަ މާއްދާގެ (c) ގެ ދަށުން ދައްކަންޖެހޭ ޑައިވް ސެންޓަރު ހިންގައިގެން ލިބޭ ފައިދާގެ %50 ދައްކާފައިނުވާތީ؛ C- 1085/2008 C- 0013/1983 އެއްބަސްވުމުގައި 2 ވަނަ މާއްދާ. މިމާއްދާގައި އޮތް ގޮތުން އެއްބަސްވުމުގެ މުއްދަތު ހަމަވާތާރީޚަކީ 2 މެއި 2019 އެވެ.

3.3. ބެސްޓް ޑައިވްސގް ފަރާތުން ރިޒޯޓް ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖު ލިބިދީފައިވާ ނުވާތީ؛

4.3. ޖުމްލަ ހޯދުމަށް އެދިފައިވަނީ US$303,809/98 (ތިންލައްކަ ތިންހާސް އައްސަތޭކަ ނުވަ ޑޮލަރު ނުވަދިހަ އަށެއް ސެންޓް) އެވެ. މިކަންކަމެވެ.

4ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާ ބަލައި އެކޯޓުން ފާހަގަކޮށްފައިވާ ކަންކަމަކީ؛

1.4. 02 މެއި 2009 ގައި ބްލޫ ލެގޫން އާއި ބެސްޓް ޑައިވްސް އާ ދެމެދު އެއްބަސްވުމެއް ވެފައިވާކަމާމެދު ދެފަރާތުގެ ދެމެދުގައި ޚިލާފެއް ނެތްކަން.

2.4. ބެސްޓް ޑައިވް ސްގެ ފަރާތުން ކުރި ދަޢުވާ އާއި ގުޅިގެން، ބްލޫ ލެގޫން އިން ޚިލާފުއުފެދިފައިވަނީ ބެސްޑް ޑައިވް ސީއަށް ލިބެންޖެހޭ ފައިސާގެ ޢަދަދާ މެދުގައިކަން.

3.4. ޑިޕޮސިޓް ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތާމެދު އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުން އެފައިސާ ދެއްކިފައި ނުވާކަން. ޑިޕޮސިޓް ފައިސާއަކީ ބްލޫ ލެގޫންއަށ އެއިން އުނިކުރެވޭނެ ފައިސާއެއް ނޫންކަން. 02 މެއި 9020 އިން ފެށިގެން ފެބްރުއަރީ 2014 ގެ ނިޔަލަށް ބްލޫ ލެގޫން އިން ޑިޕޮސިޓް ފައިސާ އނަ ބުރާ ދެއްކުމުގެ ގޮތނު ބެސްޓް ޑައިވް ސްއަށް -US$142,500/ (އެއްލައްކަ ސާޅީސްދެހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ދައްކަންޖެހޭ ކަމާއި، އެފައިސާގެ ތެރެއިން ބްލޫ ލެގޫނުން ދެއްކި ޢަދަދު އުނިކުރުމުން ދައްކަންޖެހި ނުދައްކާ -$135,000/US (އެއްލައްކަ ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) އޮތްކަން.

4.4. އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (c) ގެ ދަށުން ޑައިވް ސެންޓަރު ހިންގައިގެން ލިބެންޖެހޭ ފައިދާގެ %50 އަކީ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތައް އުނިކޮށް ދޭންޖެހޭ ފައިސާއެއްކަން.

5.4. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ކަމުގައި ބުނެ ހުށަހެޅި ބެސްޓް ޑައިވްސްގެ ފަރާތުން ހުށަހެޅި އެއްބަސްވުމުގައި ކަނޑާ އުނިއިތުރު ކޮށްފައިވާ މާއްދާތަކެއް ހުރިކަމާއި ބްލޫ ލެގޫންގެ ފަރާތުން ހުށަހެޅި އެއްބަސްވުމުގައި އެފަދަ އުނިއިތުރެއް ނެތުމުން، އެއްބަސްވުމުގެ 32 ވަނަ މާއްދާއަށް ރިޢާޔާތްކޮށ އެއްބަސްވުމަށް އެއްވެސް އުނިއިތުރެއް ގެނެސްފައިވާކަމަށް ބެލެވެން ނެތްކަން.

6.4. އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (c) ގެ ދަށުން ބެސްޓް ޑައިވްސްގެ ފަރާތުން ހޯދުމަށް ދަޢުވާ ކުރާ ޑައިވްސް ސެންޓަރު ހިންގައިގެން ލިބޭ ފައިދާގެ 50% އަކީ ކޮބައިކަން، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ ކަމަށް ބަޔާންކުރާ ޚަރަދުތައް އުނިކޮށްފައި ނެތުމުން، ދެނެގަނެވެން ނެތްކަން. ނަމަވެސް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ ޚަރަދުތައް އުނިކޮށް، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (c) ގެ ދަށުން ފައިސާއެއް ލިބެންހުރިނަމަ، އެފައިސާއެއްގެ ތަފްޞީލާއެކު ހުށަހަޅައިފިނަމަ، އެކަން ބެލުމުގެ ފުރުޞަތު އޮތްކަން.

7.4. ބެސްޓް ޑައިވް ސްގެ މުވައްޒަފުންގެ ތެރެއިން ރިޒޯޓްގައ މަސައްކަތްކުރި މުވައްޒަފުންނަށް ލިބެންޖެހޭ ސަރވިސް ޗާޖު ހޯދުމަށް އެދިފައިވާއިރު،އެއްބަސްވުމުގައި ސަރވިސް ޗާޖު ހިމެނުމަކީ ބެސްޓް ޑައިވްސްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވާއިރު، ސަރވިސް ޗާޖު ބެސްޓް ޑައިވްސްއިން ފޯރުކޮށްދޭ ޚިދުމަތުގެ އަގުގެ ތެރޭގައި ހިމަނާފައި ނެތް ޙާލަތުގައި އެފައިސާ އެއްބަސްވުމުގެ ދަށުން ނަގައިދެވެން ނެތްކަން.

5މަތީގައިވާ ކަންކަން ފާހަގަކުރުމަށްފަހު، ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާއިން ނަގައިދީފައިވަނީ ހަމައެކަނި ޑިޕޮސިޓް ފައިސާގެ ތެރެއިން ބްލޫ ލެގޫން އިން ނުދައްކާ ފައިސާ އެކަންޏެވެ. އިތުރު އެހެން ފައިސާއެއް މިޤަޟިއްޔާގައި ނަގައިދީފައެއް ނެތެވެ.

6މަތީގައި ބަޔާން ކުރި ސިވިލް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކުރަނީ، ޑައިވް ސެންޓަރު ހިންގައިގެން ބެސްޓް ޑައިވސްއަށް ލިބެންޖެހޭ ފައިދާގެ %50 ފައިސާ ހޯދުމަށް ދަޢުވާ ކުރުމަށް ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތައް އުނިކޮށް ހުށަހެޅުމަށެވެ. އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތަކަކީ؛ .6 For expenses means: a. Rental cost for the dhoni and speed boat. b. All staffs salary and commissions and food costs. c. Teaching materials and Certificate. d. Fuel. މިއެވެ.

7ބެސްޓް ޑައިވސްގެ ފަރާތުން ހުށަހެޅި އެގްރީމެންޓްގައި މި ޚަރަދުތައް ބަޔާންކުރި ބައިގައި އޮތީ؛ .6 For expenses means: a. Rental cost for the dhoni and speed boat. b. All staffs salary and commissions and food costs. c. Teaching materials and Certificate. d. Fuel. މިގޮތަށް އަތުން ދެފަހަރަށް ރޮނގެއްދަމައި ކަނޑާލުމަށްފަހު ދެފަރާތުން ސޮއިކޮށްފައެވެ. ބްލޫ ލެގޫންއިން އެކަމަށް އިންކާރު ކުރެއެވެ. ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ އެއްބަސްވުމަށް ބަދަލު ގެންނަން ޖެހޭ ގޮތް އެއްބަސްވުމުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެގޮތަށް ގެނެވިފައިވާ ބަދަލަކަށް ނުވާތީ، އެއްބަސްވުމަށް އެއްވެސް އުނިއިތުރެއް ގެނެވިފައިވާކަމަށް ބެލެވެން ނެތްކަމަށެވެ.

8HN1ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާއަކީ ބްލޫ ލެގޫންގެ ފަރާތުން އަދި ބެސްޓް ޑައިވްސގް ފަރާތުން އިސްތިއުނާފު ކުރި މައްސަލައެއް ނޫނެވެ. އެހެންކަމުން، އެޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމަށް ކަނޑައެޅި ނިޔާގެ ބާރުވަނީ ލިބިފައެވެ.

ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2015 ޤަޟިއްޔާ

9ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާ، 01 އޭޕްރީލް 2014 ގައި ނިންމިފަހުން، 26 މާރިޗް 2015 ގައި، 02 މެއި 2009 ގެ އެއްބަސްވުމާއި ޙަވާލާދީ ދެވަނަ ފަހަރަށް ސިވިލް ކޯޓުގެ ނަންބަރު:541/Cv-C/2015 ޤަޟިއްޔާއިން މައްސަލަ ހުށަހެޅިއެވެ. ބެސްޓް ޑައިވސްގެ ފަރާތުން، މިޤަޟިއްޔާގައި ހޯދުމަށް އެދިފައިވަނީ، US$252,212.78 (ދެލައްކަ ފަންސާސް ދެހާސް ދުއިސައްތަ ބާރަ އެމެރިކާ ޑޮލަރު ހަތްދިހަ އަށެއް ސެންޓް) އެވެ.

10މިދަޢުވާ ތަފްސީލްކުރަމުން ބެސްޓް ޑައިވްސްގެ ފަރާތުން ދައުވާ ފޯމްގައި ބަޔާންކޮށްފައިވަނީ ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ 3 ވަނަ ނުކުތާގެ ދަށުން އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚަރަދުތައް ކެނޑުމަށްފަހު ބެސްޓް ޑައިވްސްއަށ ޑައިވް ސެންޓަރު ހިންގައިގެން ލިބޭ ފައިދާގެ %50 ހަމަހަމައަށް ބަހާލަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 979/Cv-C/2013 ޤަޟިއްޔާގައި ބެސްޓް ޑައިވްސްއަށް ހައްޤުވާ ފައިސާގެ ތަފްސީލާއެކު ހުށަހަޅާފިނަމަ އެކަން ބެލުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް ދައުވާ ފޯމް ހުށަހެޅުމާއި ހަމައަށް 24 އިންވޮއިސްއަކަށް USD$251,335.76 (ދެލައްކަ ފަންސާސް އެއްހާސް ތިންސަތޭކަ ތިރީސް ފަހެއް އެމެރިކާ ޑޮލަރު ހަތްދިހަ ހައެއް ސެންޓް) ނުދައްކާވާކަމަށާއި، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގައިވާ ގޮތުގެ މަތިން ސަރވިސް ޗާރޖްގެ ގޮތުގައި USD$877.22 (އަށްސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު ބާވީސް ސެންޓް) ނުދައްކާވާކަމަށެވެ.

11ސިވިލ ކޯޓުން މިމައްސަލަ ބެލުމަށްފަހު ފާހަގަ ކޮށްފައިވަނީ ؛

1.11. ދަޢުވާ ކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއާ މެދު ސިވިލް ކޯޓުގެ ނަންބަރު 979/Cv-C/2013 ޤަޟިއްޔާގައި މިދަޢުވާގައިހޯދުމަށް އެދިފައިވާ ފައިސާއާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާ (c) ގެ ދަށުން ދަޢުވާ ކުރާ ފަރާތަށް ލިބެންޖެހޭފައިސާ ކަނޑައެޅޭނީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (c) ގެ ދަށުން އުނިކުރަންޖެހޭ ފައިސާ އުނިކުރުމަށްފަހުގައ ކަމަށި ފާހަގަކޮށްފައިވާ ކަމަށާއި، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (c) ގެދަށުން ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭކަމަށް ދަޢުވާ ކުރާ ފަރާތުން ދަޢުވާގައި ބަޔާންކޮށްފައިވާ ޢަދަދަކީ، ޞައްޙަ ޢަދަދުކަނ ސާބިތް ކުރުމަށްޓަކައި، ދަޢުވާ ކުރާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އަމިއްލަ އިންވޮއިސްތަކުގައި، އެއްބަސްވުމުގެ ބޭރުން ޢަދަދުތަކެއް ހިމަނައިގެން، ހުށަހަޅާފައިވާ އިންވޮސްއިސްތަކެއް ކަމަށްބުނެ، ބްލޫ ލެގޫން އިން ދަޢުވާއަށް އިންކާރު ކޮށްފައިވާކަން.

2.11. ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމަކީ ބަދަލު ގެނެވިފައިވާ އެއްބަސްވުމެއްކަމާއި، މި ދަޢުވާ ބިނާކޮށްފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާ އާއި 6 ވަނަ މާއްދާ އާއި ދެމާއްދާއަކީވެސް ބަދަލު ގެނެސްފައިވާ ދެ މާއްދާކަން ހުށަހެޅިފައިވާ އެއްބަސްވުމުން އެނގެން އޮންނަކަމާއި، އެހެންކަމުން ނަގައިދިނުމަށް ދަޢުވާ ކުރާ ފަރާތުން އެދިފައިވާ ފައިސާ ނަގައިދެވޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން.

12މިމައްސަލަ ބެސްޓް ޑައިވްސްގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކުރުމުން މިކޯޓުގެ ނަންބަރު 2016/HC-A/282 ޤަޟިއްޔާއިން ބަލަމުންދަނިކޮށް، 18 އޭޕްރީލް 2019 ގައި ވަނީ ބެސްޓް ޑައިވްސްގެ ފަރާތުން އެދިގެން ބާޠިލްކޮށްފައެވެ. ސިވިލް ކޯޓުގެ ދަޢުވާ ފޯމް (އެންޓްރީ ނަންބަރު 567، 15 މާރިޗް 2015) ސިވިލް ކޯޓުގެ ނަންބަރު:1689/Cv-C/2020 ޤަޟިއްޔާ:

13ސިވިލ ކޯޓުގް ނަންބަރު:541/Cv-C/2015 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށްފަހު، އެމައްސަލަ ބެސްޓް ޑައިވްސްގެ ފަރާތުން އަނބުރާ ގެންދިއުމަށްފަހު، އަނެއްކާވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު:1689/Cv-C/2020 ޤަޟިއްޔާއެވެ. އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާއަކީ މިއެވެ.

14މި ޤަޟިއްޔާގައިވެސް ބެސްޓް ޑައިވްސްގެ ފަރާތުން އެދިފައިވަނީ 02 މެއި 2009 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ލިބެންޖެހޭ USD$252,212.78 (ދެލައްކަ ފަންސާސް ދެހާސް ދުއިސައްތަ ބާރަ އެމެރިކާ ޑޮލަރު ހަތްދިހަ އަށެއް ސެންޓް) ބްލޫ ލެގޫން އިންވެސްޓްމަންޓްގެ އަތުން ހޯދުމަށެވެ.

15މިޤަޟިއްޔާ ހުށަހެޅުމުން، ބްލޫ ލެގޫންގެ ފަރާތުން ބުނެފައިވަނީ، މިއީ ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2015 ޤަޟިއްޔާގޮތެއ ކަނޑައަޅާފައިވް މައްސަލައަކަށްވާތީ، ރެސް ޖުޑިކާޓާގެ މަބްދަޢުއަށޫ ރިޢާޔަތްކޮށް މިމައްސަލަ މިހާރު ހުށަހެޅިފައިވާ ގޮތަށް ސިވިލް ކޯޓުގައި ބަލައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ސިވިލް ކޯޓުން އެމައްސަލަ ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ. ސިވިލް ކޯޓުން ނިންމި ގޮތް:

16ސިވިލ ކޯޓުގް ނަންބަރު: 1689/Cv-C/2020 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑާއި ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 02 މެއި 2009 ގައި ސޮއިކޮށްފައިވާ އެއްބަސް ވުމުގެ 6 ވަނަ މާއްދާގެ ދަށުން ދަޢުވާކުރާ ފަރާތަށް ޙައްޤުވާ ފައިސާގެ ތަފްޞީލާއެކު ހުށަހަޅައިފިނަމަ އެކަން ބެލުމުގެ ފުރުސަތު އޮތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 979/Cv-C/2013 ޤަޟިއްޔާގައި ކަނޑައަޅަފައިވުމާއ ގުޅިގެނި ބަޔާންވެދިޔަ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދަޢުވާކުރާ ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރި ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2015 ޤަޟިއްޔާއިން އެނުކުތާއާއިމެދު ގޮތެއް ކަނޑައަޅާފައިވާކަމާއި، ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިހާރު ހުށަހަޅާފައިމިވާ ދަޢުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2015 ޤަޟިއްޔާއިންވެސް ހުށަހަޅާފައިވާ މަޢުޟޫއުގައި ހަމަ، އެނުކުތާތަކުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން އޮތުމުން، ރެސް ޖުޑިކާޓާގެ މަބްދައުއަށް ރިޢާޔަތްކޮށް، ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުޅަ މިޤަޟިއްޔާއަކީ މިހާރު ހުށަހަޅާފައިވާ ގޮތަށް ސިވިލް ކޯޓުގައި ބަލައި ކުރިއަށް ގެންދެވޭނެ ޤަޟިއްޔާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:

17ސިވިލް ކޯޓުގެ ނަންބަރު: 1689/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ބެސްޓް ޑައިވްސްގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތއާ އާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛

1.17. ސިވިލް ކޯޓުގެ ނަންބަރު 1689/Cv-C/2020 ޤަޟިއްޔާއިން ހުށަހެޅިފައިވާ ދަޢުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2015 ޤަޟިއްޔާއިންވެސް ހުށަހެޅިފައިވާ މަޢުޟޫއުގައި ހަމަ އެނުކުތާތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ދައުވާއެއްކަނ އެނގެން އޮތުމުން "ރެސް ޖޫޑިކާޓާ" ގެ މަބްދަޢުއަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 1689/Cv-C/2020 ޤަޟިއްޔާއަކީ މިހާރު ހުށަހެޅިފައިވާ ގޮތަށް ސިވިލް ކޯޓުން ބަލައި ކުރިއަށް ގެންދެވޭނެ ދަޢުވާއެއްނޫންކަމަށް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގައި ކަނޑައަޅާފައިވަ ރެސް ޖޫޑިކާޓާގެ އުސޫލްތަކާއި ޚިލާފަށްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

18އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ތަފްސީލްތައާ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.18. އިސްތިއުނާފީ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 979/Cv-C/2013 ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ކަންކަމަކީ ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2015 ޤަޟިއްޔާއިން އެނުކުތާއާމެދު ގޮތެއް ކަނޑައަޅާފައިވާކަންކަން ކަމަށެވެ. މިގޮތުން ސިވިލް ކޯޓުގެ ނަންބަރު 979/Cv-C/2013 ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާގެ (ބ) ގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (c) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހި ނުލިބިވާ އަދަދު މިޤަޟިއްޔާގެ ތެރެއިން ދެނެގަނެވޭނެ ގޮތެއް ނެތްކަމުން، އެފައިސާ މި ޤަޟިއްޔާގެ ތެރެއިން ކަނޑައަޅާފައިނުވާކަމަށާއި، އެހެނަސް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ މިންވަރުތައް އުނިކުރުމަށްފަހު އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (c) ގެ ދަށުން ފައިސާއެއް ލިބެންހުރިނަމަ އެ ފައިސާއެއްގެ ތަފްސީލާއެކު ހުށަހަޅައިފިނަމަ، އެކަން ބެލުމގު ފުރުސަތު އޮތްކަމަށެވެ.

2.18. އަދި ސިވިލް ކޯޓުގެ ނަންބަރު 5C/201-541/Cv ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 979/Cv-C/2013 ޤަޟިއްޔާގައި ދެފަރާތުގެ ދެމެދު ކޮށްފައިވާ އެއްބަސްވުމުގެ 04 ވަނަ މާއްދާގެ ދަށުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ މިންވަރުތައް އުނިކުރުމަށްފަހު އެފައިސާއެއްގެ ތަފްސީލާއެކު ހުށަހަޅައިފިނަމަ، އެކަން ބެލުމުގެ ފުރުސަތު އޮތްކަމަށް ކަނޑައެޅުމުން، އެގޮތުގެ މަތިން އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ނަގައިދިނުމަށް އެދޭ ފައިސާ ނަގައިދި ނުމަށްއެދި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ މިންވަރުތައް އުނިކުރުމަށްފަހު ހޯދުމަށްއެދޭ ފައިސާގެ ތަފްސީލއެކާ ހުށަހެޅުނު މައްސައެއްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެފަދައިން ހުށަހެޅި ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 5C/201-541/Cv ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާފައިވަނީ މިނުކުތާއަށް ނޫންކަމަށާއި މި މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދު ކޮށްފައިވާ އެއްބަސްވުމުގެ 06 އަދި 4 ވަނަ މާއްދާއަށް ބަދަލު ގެނެސްފައިވާތީ، މިބަދަލަކީ އެއްބަސްވުމުގެ 32 ވަނަ މާއްދާއާ އެއްގޮތަށް ގެނެސްފައިވާ ބަދަލެއްތޯ ބެލުމަށްކަމަށެވެ. އަދި މި ޤަޟިއްޔާގައި އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އެއްބަސވުމުގް 6 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ މިންވަރުތައް އުނިކުރުމަށްފަހު އެފައިސާއެއްގެ ތަފްސީލާއެކު ހުށަހެޅުމުން އެކަމުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިނުވާކަމަށެވެ.

3.18. އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ރެސް ޖޫޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ އިޝޫ އެސްޓޮޕަލްގެ ދަށުން މައްސަލައެއް ނުބެލޭނެކަމަށް ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ އުންސުރުތަކުގެ ތެރޭގައި ހިމެނޭ ހުށަހަޅާފައިވާ ނުކުތާއަކީ އެނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނިންމުމއެކަމުގައިނުވުން، މި އުންސުރު އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ފުރިހަމަވެފައިނުވާކަމަށެވެ. އަދި މިސަބަބުތައ މިހެން ހުރުމުން ރެސް ޖޫޑިކާޓާގެ މަބްދައުގެ ދަށުން އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާފައިވަނީ އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޝޫ އެސްޓޮޕަލްގެ ދަށުން މައްސަލައެއް ބަލައިނުގަތމަށު ފުރިހަމަވާންޖެހޭ ޝަރުތު ހަމަވުމެއްނެތިކަމަށްވާތީ، ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:

19އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1689/Cv-C/2020 ޤޟިއްޔަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލްތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1689/Cv-C/2020 ޤަޟިއްޔާ ޙުކުމް ބާޠިލްކޮށްދެއްވައި، ސިވިލް ކޯޓުގެ ނަންބަރު 1689/Cv-C/2020 ޤަޟިއްޔާއަކީ ސިވިލް ކޯޓުން ބަލައި ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވައި ދެއްވައި ޙުކުމްކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

20ބްލޫ ލެގޫންއިން އިސްތިއުނާފީ ނުކުތާގެ ޖަވާބު ވަރަށް ތަފްޞީލްކޮށް ލިޔުމުން ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާގެ ރައްދުގައި ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.20. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރެވިމިވާ ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2015 ޤަޟިއްޔާއިން ބަލައި ނިޔާ ކަނޑައަޅާފައިވާ މައްސަލައެއްކަމަށެވެ. ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާ އާއި އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި ކޮށްފައިވާ ދައުވާގެ މައުޟޫއަކީ އެއް މައުޟޫއެއްކަމަށާއި، މި ދެ ޤަޟިއްޔާގެވެސް ދަޢވާވެސު ބިނާކޮށްފައިވަނީ އެއް އެއްބަސްވުމެއްގެ މައްޗަށްކަ މަށާއި، ދެ ދަޢުވާގެވެސ ހޯދުމަށް އެދިފައިވަނީ އެއްކަމަކާގުޅޭ އެއް ޢަދަދެއްގެ ފައިސާކަމަށާއި، ދެ ދަޢުވާވެސް ބިނކޮށްފައިވަނާ އެއް ލިޔެކިޔުންތަކެއްގެ މައްޗަށްކަން އަދި ދެ ދަޢވާގެވެސު ހިމެނެނީ އެއްފަރާތްތަކެއްކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގއަ ކަނޑައަޅުއްވާފައިވާ ރެސް ޖޫޑިކާޓާގެ އުސޫލަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރެވިމިވާ ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ ރެސް ޖ ޑިކާޓާގ މަބްދައުގެ ދަށުން ކުރިއަށް ދިއުން ހުއްޓުވަންޖެހޭ އަދި މި ދަޢުވާގެ މައްޗަށް މައުޟޫޢީގޮތުން ބަލައި ގޮތެއް ކަނޑައެޅޭނެ ފުރުސަތު ގެއްލިފައިވާ ދަޢުވާއެއްކަމުގައި ކަނޑައަޅަންޖެހޭކަމުގައި ދެކޭކަމަށެވެ.

2.20. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 541/Cv-C/2015 ޤަޟިއްޔާގައި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ މިންވަރުތައް އުނިކުރުމަށްފަހު އެ ފައިސާއެއްގެ ތަފްސީލާއެކު ހުށަހެޅުމުން އެކަމުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިނުވާކަމަށް ބުނާއިރު، ބަހުޘްގެ ބޭނުމަށް އެހެން ބެލިކަމުގައި ވީނަމަވެސް، އެކަމަކީ އެފައިސާގެ މައްޗަށް ދެވަނަ މައްސަލައެއް އެހެން މޭރުމަކުން ސިވިލް ކޯޓަށް ހުށަހަޅައިގެން ބެލޭނެކަމެއްނޫންކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާއަކާމެދު ގޮތެއް ކަނޑައަޅާފައިނުވާނަމަ، އިސްތިއުނާފުކުރާ ފަރާތަށް އޮތް ހައްލަކީ އެކަމެއް އިސްތިއުނާފަށް ހުށަހެޅުންކަމަށާއި، ކޯޓުން ބަލާފައިނުވާކަމެއްގެ މައްޗަށް ނުވަތަ ނުދީ އޮތް ފަރުވާއެއް ހޯދަން އެހެން މޭރުމަކުން ހަމަ އެކޯޓަށް މައްސަލައެއް ހުށަހެޅުމެއް ނޫންކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު: 541/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ވަނީ އެމައްސަލަ އަނބުރާ ގެންގޮސްފައިކަމަށެވެ. އޭގެ ނަތީޖާއަކީ އެޤަޟިއްޔާގައި ހޯދުމަށް އެދުނު ފައިސާ ހުށަހެޅިފައިވާ އެއްބަސްވުމުގެ މައްޗަށް ނ ގައިދެވެނ ނެތްކަމަށް ސިވިލް ކޯޓުން ކުރް ޙުކުމް ނިހާއީ ވުންކަމަށެވެ. އަދި އެހެން ދޮރާއްޓަކުން ހަމަ އެއް ފައިސާއެއް ހޯދުމަށް އަދި ސިވިލް ކޯޓުން އެ އެއްބަސްވުމުގެ މައްޗަށް އެ ފައިސާ ނަގައިދެވެން ނެތްކަމަށް ނިންމި އެއްބަސްވުމުގެ މައްޗަށް ދަޢުވާކުރުމުގެ ނަތޖީއަކ ނިހާއީ ވެފައިވާ ނުކުތާއަކާމެދު އޮތް ނިންމުމެއް ބެލުމަށް ހުޅުވާލެވޭ ދޮރަކަށް ވެގެން ދިއުންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

21އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1689/Cv-C/2020 ޤަޟިއްޔާގައި ނިންމުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާޠިލްކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެޤަޟިއްޔާގެ ނިންމުމަށް ތާޢީދުކޮށ މައްސަލް ނިންމަވައި ދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

22މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: 1689/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް ބެސްޓް ޑައިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ށާއި، އެނުކުތއާ އާ ގުޅިގެނި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

2302 މެއި 2009 ގައި ބެސްޓް ޑައިވްސް އާއި ބްލޫ ލެގޫން އާ ދެމެދު އެއްބަސްވުމެއް ވެފައި އޮތްކަން، ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ. އެއީ ޚިލާފެއް ނެތް ކަމކެ ވެ. ހަމައެހެންމެ، މިދެންނެވި އެއްބަސްވުމުގެ ދަށުން، ބްލޫ ލެގޫންގެ ފަރާތުން ބެސްޓް ޑައިވްސް އަށް ފައިސާ ދޭންޖެހޭކަމަށް އެޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. ބްލޫ ލެގޫންގެ ފަރާތުން ހަމައެކަނި ޚިލާފު އުފައްދަނީ ދޭންޖެހޭ ފައިސާގެ ޢަދަދާ މެދުގައި ކަމަށްވެސް އެޤަޟިއްޔާގައި ކަނޑައަޅާފައެވެ. ވީމާ، 02 މެއި 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޫ ލެގޫން އިން ބެސްޓް ޑައިވސްއަށ ފައިސް ދޭންޖެހޭކަން އެއީ ޚިލާފު އުފެއްދެނ އޮތް ނުކުތާއެއް ނޫނެއެވެ.

24HN2ހަމައެހެންމެ، ސިވިލް ކޯޓުގެ ނަންބަރު: 979/Cv-C/2013 ޤަޟިއްޔާއިން ކަނޑައަޅާފައި އޮތް އަނެއް ކަމަކީ، 02 މެއި 2009 ގައި ބެސްޓް ޑައިވްސް އާއި ބްލޫ ލެގޫންއ ދެމެދާ ވެފައިވާ އެއްބަސްވުމުގައި ކނަ ޑާ އުނިއިތުރު ކޮށްފައިވާ ބައިތަކަކީ، އެއެއްބަސްވުމުގެ 32 ވަނަ މާއްދާއާ އެއްގޮތަށް ކޮށްފައިވާ ކަމަކަށް ނުވާތީ، އެއްބަސްވުމަށް ބަދަލެއް ގެނެސްފައިވާކަން ބެލެވެން ނެތްކަމަށެވެ. އެހެންކަމުން، އެޤަޟިއްޔާއަށްފަހު، 02 މެއި 2009 ގައި ބްލޫ ލެގޫން އާ ބެސްޓް ޑައިވްސް އާ ދެމެދު އޮތް އެއްބަސްވުން ކިޔަންޖެހޭނީ ރޮގުދަމައި އުނިކޮށްފައިވާ ބައިތައް އުނި ކުރުމަކާއި ނުލައި، އެ އެއްބަސްވުން އަޞްލު އޮތް ގޮތަށެވެ.

25ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާ އިން ކަނޑައެޅި އަނެއްކަމަކީ، 02 މެއި 2009 ގައި ބެސްޓް ޑައިވްސް އާއި ބްލޫ ލެގޫންއ ދެމެދާ ވެވުނު އެއްބަސްވުމުގެ ދަށުން، ބްލޫ ލެގޫން އިން ޑިޕޮސިޓް ފައިސާ އަނބުރާ ބެސްޓް ޑައިވސްއަށް ދޭންޖެހޭނީ އެއެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ކަމެވެ. އަދި ޑިޕޮސިޓް ފައިސާ އަނބުރާ ދިނުމުގައި އެއިން އުނިނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ޑައިވް ސެންޓަރު ހިންގައިގެން ލިބޭ ފައިދާގެ %50 ހިސާބު ކުރުމުގެ ގޮތުން، އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތައް އުނިކުރަންޖެހޭނެ ކަމެވެ. އަދި އެޚަރަދުތައް އުނިކޮށްގެން އެފައިސާ ހޯދުމަށް އަލުން ދަޢުވާ ކުރެވިދާނެ ކަމެވެ.

26ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާގައި، ޑައިވް ސެންޓަރު ހިންގައިގެން ލިބޭ ފައިދާގެ %50 ހޯދުމަށް ޢަމަލު ކުރަންވީ ގޮތް ބަޔާން ކޮށްދިނުމުން، ބެސްޓް ޑައިވްސް ގެ ފަރާތުން އެފައިސާ ހޯދުމަށް ހުށަހެޅީ ސިވިލް ކޯޓުގެ ނަންބަރު:541/Cv-C/2015 ޤަޟިއްޔާއިންނެވެ. އެއީ، އުނިކުރަންޖެހޭ ކަމަށް ސިވިލް ކޯޓުގެ 979/Cv-C/2013 ޤަޟިއްޔާގައި ބަޔާންކުރި ޚަރަދުތައް އުނިކުރުމަށްފަހުގައެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު:541/Cv-C/2015 ޤަޟިއްޔާގައި ނިންމާފައިވަނީ، ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުން އޮތީ ބަދަލު ގެނެސްފައިކަމަށ ބުން އެ އެއްބަސްވުމުގެ ދަށުން ނަގައިދެވޭނެ ފައިސާއެއް ނެތްކަމަށް ބުނެއެވެ. ސިވިލް ކޯޓުން މިނިންމި ނިންމުމަކީ، އެކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމާއި ޚިލާފަށް ނިންމި ނިންމުމެކެވެ. އެޤަޟިއްޔާގައި ސިވިލް ކޯޓުން ސާފުކޮށް ބުނެފައިވަނީ، އެއެއްބަސްވުމުގެ 32 ވަނަ މާއްދާއާ އެއްގޮތަށް ގެނެސްފައިވާ ބަދަލެއް ކަމަށް ނުވާތީ، އެއެއްބަސްވުމަށް ބަދަލު ގެނެސްފައިވާކަމަށް ބެލެވެން ނެތްކަމަށެވެ. ވީމާ، ސިވިލް ކޯޓުގެ ނަންބަރު:541/Cv-C/2015 ޤަޟިއްޔާ ކުރިއަށް ގެންދަންޖެހޭނީ، އެއެއްބަސްވުމަށް ބަދަލެއް ގެނެސްފައި ނެތްކަމަށް ބަލައިގެން، އެއެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތައް އުނިކޮށްގެނ ޑައިވް ސެންޓަރު ހިންގައިގެން ލިބޭ ފައިދާގެ %50 ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުމުގެ މައްޗަށެވެ.

27ބެސްޓް ޑައިވް ސްގެ ފަރާތުން، ސިވިލް ކޯޓުގެ ނަންބަރު:541/Cv-C/2015 ޤަޟިއްޔާއިން ހޯދުމަށް އެދި ހުށަހެޅި ފައިސާއަކީ، އެއްބަސްވުމުގެ ދަށުން ޑައިވް ސެންޓަރު ހިންގައިގެން ލިބެންޖެހޭ %50 ފައިދާ، އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާން ކުރާ ޚަރަދުތައް އުނިކުރުމަށްފަހު ހޯދުމަށް ހުށަހެޅި ފައިސާއެކެވެ. ނަމަވެސް ބްލޫ ލެގޫން ގެ ފަރާތުން އެކަމުގެ ރައްދުގައި ބަޔާން ކުރަނީ، އެފައިސާ ހޯދުމަށް އެދިފައިވަނީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތައް އުނި ނުކޮށް ކަމަށެވެ.

28HN3ބެސްޓް ޑައިވްސް ގެ ފަރާތުން ހުށަހެޅި އިންވޮއިސްތަކުގައި، އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތައް އުނިކޮށްފައި ނެތްކަމަށް ބްލޫ ލެގޫންގެ ފަރާތުން ހަމައެކަނި ބުނުމަކުން ނުފުދޭނެއެވެ. ބެސްޓް ޑައިވސްގެ ފަރާތުން އުނިކުރި ޚަރަދުތައް ޤަބޫލުނުކުރެވޭނަމަ، އުނިކުރަންޖެހޭކަމަށް ބްލޫ ލެގޫންއިން ޤަބޫލުކުރާ ޚަރަދު ތަކަކީ ކޮބައިކަމާއި އެޚަރަދުގެ މިންވަރަކީ ކޮބއަ ކަންވެސި ބަޔާންކޮށްދޭންޖެހޭ ފަރާތަށްވާނީ ބްލޫ ލެގޫންއެވެ. ސަބަބަކީ، 02 މެއި 2009 ގއ ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ ދޭންޖެހޭކަން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތަކަށްވާއިރު، ދޭންޖެހޭ ފައިސާގެ ޢަދަދާއިމެދ ޚިލާފު އުފައްދާ ފަރާތަކީ، ބްލޫ ލެގޫން ކަމަށްވާތީ، އެއުފައްދާ ޚިލާފު ޝަރީޢަތަށް ބަޔާންކޮށްދިނުމަކީ އެޚިލާފު އުފައްދާ ފަރާތުގެ ޒިންމާއެއް ކަމަށްވާތީއެވެ. ރެސް ޖޫޑިކާޓާ (Res Judicata) އާއި ގުޅޭ:

29HN4މިމައްސަލައިގައި، ބްލޫ ލެގޫންގެ މައިގަޑު ދިފާޢުއަކީ ރެސް ޖޫޑިކާޓާގެ (Res Judicata) ގެ ދިފާޢު އެވެ. ރެސް ޖޫޑިކާޓާގެ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގައި ތަފްޞީލުކޮށް ބަޔާންކޮށްދީފައިވެއެވެ. އެތަފްޞީލުތައް މިތަނުގައި ބަޔާން ނުކުރިނަމަވެސް، މިމައްސަލައާ ގުޅޭ ގޮތުން ރެސް ޖުޑިކާޓާގެ މަބްދައުއަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު:541/Cv-C/2015 ޤަޟިއްޔާގައި ހުށަހެޅި ނުކުތާއަށް އެކޯޓުން އެޤަޟިއްޔާގައި ގޮތެއް ނިންމާފައެއް ނެތެވެ. އެކޯޓުން އެޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާފައިވާ ނުކުތާއެއްގެ މައްޗަށް އެ ނުކުތާގައި ކަނޑައެޅި ގޮތާއި ޚިލާފަށް އަނެއްކާވެސް ހަމަ އެނުކުތާގެ މައްޗަށެވެ. އެއީ 02 މެއި 2009 ގައި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާކަމަށް ވާހަކަ ދެކެވޭ ނުކުތާއެވެ. ވީމާ، ފަރުވާ ދޭންޖެހޭ ނުކުތާގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު:541/Cv-C/2015 ޤަޟިއްޔާއިން ޝަރީޢަތެއް ނުކޮށް، ކަމާ ނުބެހޭ ނުކުތާއެއްގެ މައްޗަށް ބިނާކޮށް އަސްލު ޝަރީޢަތުން ބަލަންޖެހޭ ނުކުތާގެ މައްޗަށް ޝަރީޢަތެއް ނުކޮށް އެމައްސަލަ ނިންމާފައިވަނީކަން ސާފުވެއެވެ.

30ވީމާ، މިމައްސަލައާއި ގުޅޭ ގޮތުން ރެސް ޖޫޑިކާގެ އުޞޫލާ ގުޅުވައި ކުރަންޖެހޭ ސުވާލަކީ، ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 އާއި ގުޅިގެން، ބެސްޓް ޑައިވްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު:541/Cv-C/2015 ޤަޟިއްޔާގައި ބެސްޓް ޑައިވްސް އިން ހުށަހެޅި ނުކުތާއަށް އެކޯޓުން ގޮތެއް ނިންމިހޭ؟ ޖަވާބަކީ ނުނިންމައެވެ. ވީމާ، އިސްތިއުނާފަށް ހުށަހެޅިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1689/Cv-C/2020 ޤަޟިއްޔާއަކީ ރެސާ ޖޫޑިކާޓާގެ މަބްދަޢުގެ ދަށުން ނިންމާލެވޭނެ ޤަޟިއްޔާއެއް ނޫނެވެ. ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ. މައްސަލަ ނިންމުން:

31ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1689/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރުމަށްފަހު، ތިރީގައިވާ ކަންކަމުގެ އަލީގައި މިމައްސަލައަކީ އަލުން ސިވިލް ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށް އަހުރެންނަށް ބުރަވވެ އެވެ.

1.31. ބެސްޓް ޑައިވްސް އާ ބްލޫ ލެގޫން އާ ދެމެދު 02 މެއި 2009 ގައި އެއްބަސްވުމެއް ވެފައިވާކަން ސިވިލް ކޯޓުގެ ނަންބަރު: 979/Cv-C/2013 ޤަޟިއްޔާގައި ކަނޑައެޅި ކަނޑައެޅުން އެގޮތުގައި އޮތްކަން.

2.31. ބްލޫ ލެގޫން އާއި ބެސްޓް ޑައިވްސް އާ ދެމެދު އޮތް ޚިލާފަކީ 2 މެއި 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާގެ ޢަދަދާމެދުގައިކަން ސިވިލް ކޯޓުގެ ނަންބަރު: 979/Cv-C/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން. އެހެންކަމުން، ބްލޫ ލެގޫން އިން ބެސްޓް ޑައިވްސްއަށ ފައިސް ދޭންޖެހޭކަމާމެދު ޚިލާފެއް ނެތްކަން.

3.31. 02 މެއި 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބެސްޓް ޑައިވްސް އިން ދީފައިވާ ޑިޕޮސިޓް ފައިސާ އަކީ އުނިކުރުމެއްނެތި ބްލޫ ލެގޫން އިން އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަން ސިވިލް ކޯޓުގެ ނަންބަރު :979/Cv-C/2013 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން.

4.31. 02 މެއި 2009 ގައި ވެފައިވާ އެއްބަސްވުމަށް އުނިއިތުރު ގެނެވޭނެ ގޮތް އެ އެއްބަސްވުމުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެފަދައިން އެއެއްބަސްވުމަށް ބަދަލެއް ގެނައި އެހެން އެއްބަސްވުމެއް ޝަރީޢަތަށް ހުށަހަޅާފައި ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު:979/Cv-C/2013 ޤަޟިއްޔާގައި ބަޔާން ކުރާތީ، އެއެއްބަސްވުމުގެ 32 ވަނަ މާއްދާއާ އެއްގޮތަށް އެއްބަސްވުމަށް އުނިއިތުރު ގެނެވިފައިވާކަމަށް ބެލެވެން ނެތްކަމާއި އެހެންކަމުން، އެއެއްބަސްވުން ކިޔާންޖެހޭނީ އުނިއިތުރު ނުގެނެސް އަޞްލު އޮތް ގޮތަށްކަން.

5.31. ޑައިވް ސެންޓަރު ހިންގައިގެން ލިބެންވާ %50 ފައިދާ ނަގައިދެވޭނީ 02 މެއި 2009 ގައި ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތައް އުނިކޮށްގެން. އެމާއްދާގައި ބަޔާންކުރާ ޚަރަދު ތަކަކީ، ދޯންޏާއި ސްޕީޑް ބޯޓް ކުއްޔަށް ހިފަން ކުރާ ކުލީގެ ޚަރަދާއި، ސްޓާފުންގެ މުސާރައާއި ކޮމިޝަނާއި ކެއުމުގެ ޚަރަދުތަކާއި ކިޔަވައިދިނުމަށް ބޭނުންކުރާ މެޓީރިއަލްއާއި ސެޓްފިކެޓް ޚަރަދާއި ފިއުލް އަށް ކުރާ ޚަރަދުކަން.

6.31. މުވައްޒަފުންނަށް ދޭންޖެހޭ ސަރވިސް ޗާރޖް ފައިސާގެ ބިލްގައި ހިމެނުމުގެ ޒިންމާ އޮތް ފަރާތަކީ، ބެސްޓް ޑައިވްސް ކަމަށްވާތީ، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (f) ގެ ދަށުން، ބެސްޓް ޑައިވްސްގެ ޒިންމާއެއްކަމަށްވާތީ، އެއްބަސްވުމުގެ ދަށުން ބެސްޓް ޑައިވްސްއަށ ސާރވިސް ޗާރޖް ފައިސް ހޯދޭނީ އެފައިސާ ޚިދުމަތުގެ އަގުގެ ތެރޭގައި ހިމެނިފައި އޮވެގެންކަން ސިވިލް ކޯޓުގެ 979/Cv-C/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، ޚިދުމަތުގެ އަގުތެރޭގައި ސަރވިސް ޗާޖް ފައިސާ ހިމަނާފައި ނެތްނަމަ އެފައިސާ ނަގައިނުދެވޭނެކަން.

7.31. ޑައިވް ސެންޓަރު ހިންގައިގެން ލިބެންޖެހޭ %50 ފައިދާގެ ތެރެއިން އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޚަރަދުތައް އުނިކޮށް ބެސްޓް ޑައިވްސް އިން ފައިސާ ހޯދުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެފައިސާގެ ޢަދަދާއިމެދު ޚިލާފު އުފައްދާ ފަރާތަކީ ބްލޫ ލެގޫން ކަމަށްވާތީ، އުނިކުރަންޖެހޭ ޚަރަދާއި ޚަރަދުގެ ގޮތުގައި އުނިކުރަންޖެހޭ މިންވަރު ބަޔާން ކޮށްދިނުމަކީ ބްލޫ ލެގޫންގެ ޒިންމާއެއްކަން.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

32މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

34މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) ox:,;, 0,.,. .; 2021 / HC-A/295 .J'°.S.r'.?.r s"4-'_,.t:.J 20 , .. 0 0 t. t. /.I',-, .r'✓ A .J'A.,1* .,,.J,A*.,,,.,,,t..r'V.,,,. A.S.nA~.,,, * 0 .S.,,, .? l_rvox:,/~ ct>* ,?V0:,:,✓, .,,. .,,. .,,. .,,. .,,. 1689/Cv-C/2020 :, :,:, 1: 0 ,,.,,. 0 t. :, .,,,. 0.,,,. 22/2010 ..,.,..,.,.s .r'/A /.I',-, .S ,?V.r'V '(:,:,:,?, t,:,.,,,:,(':) t.U.O* t.) .S .r'.r'.S .sv.,oev .Sf:!A.J"'/.J'.,r o:,:, o>* o t.O>* / t. *O ✓ .,-:,(? / t.U.O* (. o_,,:,:, ,?V✓, .r'.S.,IJ"AA .s.r_,,c.n :t..r'.,I /"" .nA~ .S.? A.S ev.A ✓ .S f:!A.J"'/.J'.,r .r.?.J"'V .,,. .,,. .,, .,,, .,, .,, .,, .,, .,,. .,,. > O>> .,,,,,,,. 60 .,,, .J"'V ,?V✓• A/• .nA~ :J.? , .,, .,,, .,,, .,I A (! ✓:,• _,,c:,.n* t..r'.,I.,,, ot' c.o .;. c. c.,fl, o> >::>>+ ot',,, ,u.o,JI, c. www -hi ghcourt-gov-mv :e-:;:....,:; info@highcourt-gov- mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ