ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-S-A/10

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުރާޝް ޞާލިޙް އަލި

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 30 ނޮވެމްބަރު 2021ދަށު ކޯޓު: ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު 414/S2C/2020ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު 414/S2C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހައްޔަރުކުރިތާ 15 ދުވަހުގެ މުއްދަތާއި އޭގެ އިތުރުކުރެވޭ އެންމެ ކުރު މުއްދަތު ފަހަނައަޅައިގެން ދަޢުވާ ހުށަހެޅި ކަމަށާއި ޚާއްޞަ ޤާނޫނު ތުހުމަތުކުރެވޭ މީހާއަށް ފައިދާވާ ގޮތަށް މާނަކުރަންޖެހޭ ކަމަށް ބުނެ، ދަޢުވާ މައުޟޫޢީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ.
ވާޤިޢާ
ވަޅިއެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް 17/2010 ގެ ދަށުން ދަޢުވާ ކުރުމުގައި، ހައްޔަރުކުރިތާ 15 ދުވަސް ފަހަނައަޅައިގެން ދިޔަފަހުން ދަޢުވާ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ 15 ދުވަހުގެ މުއްދަތު ފަހަނައަޅައިގެން ދިޔަފަހުން ދަޢުވާ ހުށަހެޅުމުން، މައްސަލަ މައުޟޫޢީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމީ ރަނގަޅަށްތޯ؛ އަދި 'އެކަށީގެންވާ އެންމެ ކުރު މުއްދަތު' ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢުވާންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މި މައްސަލައަކީ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަޙްޤީޤުގެ މުއްދަތު އިތުރުކުރެވޭނެ ބާވަތުގެ މައްސަލައެއް ކަމަށާއި، 'އެންމެ ކުރު މުއްދަތު' ދެނެގަންނަން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢުވާންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުގެ 2021/SC-A/12 ގެ ދަށުން 15 ދުވަހުގެ ތެރޭގައި ދަޢުވާ ނުކުރެވިއްޖެނަމަ އެކަށީގެންވާ އެންމެ ކުރު މުއްދަތެއް ކަނޑައަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށާއި، ޚާއްޞަ ޤާނޫނާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢުވާން ނުޖެހޭތީ، ދަށުކޯޓުގެ ނިންމުން ރަނގަޅު ނޫނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު؛ މައްސަލަ އަލުން ހުށަހަޅައިފިނަމަ ބަލައިގަނެ ކުރިއަށް ގެންދަންޖެހޭ

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސުޕްރީމް ކޯޓުގެ 2021/SC-A/12 ޤަޟިއްޔާގެ އަލީގައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން ހައްޔަރުކުރާތާ 15 ދުވަހުގެ ތެރޭގައި ދަޢުވާ ނުކުރެވިއްޖެނަމަ، އެ މާއްދާގެ (ނ) ގެ ދަށުން ތަޙްޤީޤުކުރުމާއި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ އެކަށީގެންވާ އެންމެ ކުރު މުއްދަތެއް އިތުރުކުރެވިދާނެއެވެ.

HN2 އެ ޤާނޫނުގައި 'އެކަށީގެންވާ އެންމެ ކުރު މުއްދަތު' ކަނޑައަޅާނެ ހަމައެއް ބަޔާންކޮށްފައި ނުވާތީ، އެ މުއްދަތަކީ ކޮންމެ މައްސަލައެއްގެ ތަބީޢަތަށާއި ތަޙްޤީޤަށް ހުރި ގޮންޖެހުންތަކަށް ބަލައި ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުމެކެވެ؛ ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމެއް ކުރަންވާނީ ބޭކާރު ލަސްވުމެއް ނެތި، އެކަށީގެންވާ އަވަސްމިނުގައެވެ. (ސުޕްރީމް ކޯޓުގެ ނިންމުމުގެ ޚުލާޞާ)

HN3 ޚާއްޞަ ޤާނޫނެއްގައި ވަކި އިޖުރާއަތެއް ކަނޑައަޅާފައިވާނަމަ، އެ ކަމަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢުވާން ނުޖެހެއެވެ؛ ޚާއްޞަ ޤާނޫނުގައިވާ ކަންކަން އެ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޛުކުރުން ލާޒިމުވާއިރު، އާންމު އިޖުރާއަތުގެ ޤާނޫނުތަކާ މަސްހުނި ނުކުރުމަކީ ޚާއްޞަ ޤާނޫނެއް އޮތުމުގެ މުހިންމު މަޤްޞަދެވެ.

ޖިނާއީ › ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ގޮތް

HN4 ދަޢުވާ ހުށަހެޅީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ 15 ދުވަހުގެ މުއްދަތު ފަހަނައަޅައިގެން ކަމުގައިވިޔަސް، އެ ސަބަބަށް މައްސަލަ މައުޟޫޢީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ؛ އެފަދަ މައްސަލައެއް އަލުން ހުށަހަޅައިފިނަމަ ކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ފައިޞަލް، ހާތިފް ޙިލްމީ، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މި މައްސަލައަކީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 414/S2C/2020 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓު ގައި އިސްތިއުނާފުކުރުމުނ ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ސ. ހިތަދޫ / އަލި، މިޢުޝާރު ޞާލިޙް އަދި ސ. ހިތަދޫ / ފުސްފަރު، އިބްރާހީމް ޝާހިދު އެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

2މިޢުޝާރު ޞާލިޙު އާއި އިބްރާހީމް ޝާހިދު އާއި ދެމީހުން 12 ފެބުރުވަރީ 2311 ދުވަހު 32:13 އެހައިކަށްހާއިރު […] ގޭގެ ސަރަހައްދުގައ އިތުރު ބަޔަކާއެކު ކިވީ ބްރޭންޑްގެ ވަޅިއެއް ބޭނުންކޮށްގެން ކ. މާލެ […] މުޙައްމަދު އިމްރާން އަޙްމަދު އާއި މެދު މާރާމާރީ ހިންގުމުގައި ބައިވެރިވެފައިވާތީ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 30 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ މި ދެމީހުންގެ މައްޗަށް ދަޢުލަތުން އުފުލިއެވެ . މި ދަޢުވާ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް ދ.ރ.ކދ.ރ.ކދަޢުވާ ފޯމުގެ ނަންބަރު 545/2018/KRK/195 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 11 ވަނަ މާއްދާގައި ބުނާ މުއްދަތާއި، ޖިނާއީ އިޖުރާއަތގު ޤާނޫނުގެ 04 ވަނަ މާއްދާގައި ބުނާ މުއްދަތު ފަހަނަޅައި ދިޔަފަހުން މައްސަލަ ހުށަހެޅިކަމަށް ލިޔެކިޔުންތަކުން ދައްކާތީއާއި، މި މައްސަލައަކީ ތަޙްޤީޤުކުރުމުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދީފއަވާ މައްސަލައެއް ކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައިނުވާކަމަށް ބުނެ މި މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލުމަށް ކްރިމިނަލް ކޯޓުގެ ރ ޖިސްޓްރަ ރ ނިންމިއެވެ .

1. ޕްރްސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދެވަނަ ފަހަރަށް ބުނެވުނު މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އަދި މި މައްސަލަ ބަލައިގަނެ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންވެސް ފެށިގެންދިޔައެވެ. އަދި އެ މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތައް މާލޭގައި ތިބުމަށް އުޛުރުވެރިވާ ކަމަށް ބުނެ ހުށަހެޅުމުން އެ މައްސަލަ 12 މާރިޗު 2323 ގައި ކްރިމިނަލް ކޯޓުން އަނބުރާ ނެގުމަށްފަހު 22 އޮކްޓޫބަރު 2323 ގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ .

4އެ މައްސަލައިގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ ދައުލަތުން ކުޅަ ދަޢުވާ މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށެވެ . މިގޮތުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި ތިރީގައި އެވާ ސަބަބުތައް ހިމެނެއެވެ .

4.1- މި ޢުޝާރު ޞާލިޙު އާއި އިބްރާހީމް ޝާހިދު އާއި ދެމީހުން އެންމެ ފުރަތަމަ ހައްޔަރުކުރެވުނީ 12 ފެބުރުވަރީ 2311 ގެ 31:13 ގައި ކަމަށްވެފައި، ދައުލަތުން މިދެމީހުންގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ 31 އެޕްރީލް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 414/S2C/2020 'ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމުން ދަޢުވާ ފޯމުގެ ނަންބަރު 545/2018/KRK/209 (31 އެޕްރީލް 2311 ވަނަ ދުވަހުގެ 11:22) އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 414/S2C/2020 'ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމުން 2311 ގ 11:22 ގައި ކަމުން، މި ދެމީހުން ހައްޔަރުކުރި ދުވަހުން ފެށިގެން ދާ ޢް ވާ އުފުލުމާ ހަމައަށި44 ދުވަހާއި0 ގަޑިއިރާއ 22 މިނެޓް ވެފައިވާކަން.

4.2- މޢު ޝާރު ޞާލިޙު އާއި އިބްރާހީމް ޝާހިދުގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އެންމެ ކުރު މުއްދަތު ފަހަނައަޅައި ދިޔަ ފަހުންކަން.

4.1- މި ޢޝާރު ޞާލު ޙު އާއި އިބްރާހީމް ޝާހިދު އާއި ދެމީހުންގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނީ ޖިނާއީ އިޖުރާއަތގު ޤާނޫނު ގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ބޮޑު ކުށެއް ނޫންކަމާއި ދައުލަތުން ދަޢުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު (0) ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ކަމަށްވާތީ އެއީ ޖިނާއީ ބޮޑު ކުށެއް ކަމަށް ނުބެލޭވޭކަން.

4.4- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ ދަށުން ދަޢުވާ އުފުލުމަށް ވަކި މުއްދަތު ތަކެއް ކަނޑައެޅި ބަޔާންވެފައިވަނީ އެ ޤާނޫނުގެ ދަށުން ޤާނޫނުއަސާސީ އާއި އާންމު ޖިނާއީ ޤާނޫނު ތަކުން އިންސާނުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއް މި ޤާނޫނުގެ 2 ވަނަ މާއްދާއިން 0 ވަނަ މާއްދާއާއި ހަމައަށް ބަޔާންވެގެންވާ ކުށެއްގެ ތުހުމަތުގައިވާ ފަރާތްތަކެއްގެ މައްޗަށް ކުށެއް ކުރިކަމަށް ތުހުމަތު ކުރެވި ހައްޔަރުކުރެވޭ ހިސާބުން ފެށިގެން ޝަރީޢަތް ނިމެންދެން ހިފެހެއްޓިފައިވާތީ ކަމަށް ޝަރީޢަތަށް ބުރެވޭކަން.

4.2- އެހެންކަމުން އެންމެ ކުރު މުއްދަތު ކަނޑައެޅުމުގެ ޚާއްސަ ޤާނޫނު ހަނިކުރީ 12 ދުވަހުގެ މުއްދަތުގެ ފުރިހަމަ ފައިދާ ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ނުލިބޭ ގޮތަށް ޤާނޫނުގެ އެމާއްދާ މާނަކުރުމަކީ 13 12 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ މަފްހޫމާއި ޚިލާފު ކަމެއްކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 212 ވަނަ މާއްދާގެ (ނ) ގައި ޖިނާއީ ކުށް ކަނޑައެޅުމުގއަ ޚާއްސަ ޤާނޫނުގައި ވަކި ކަމެއް ކުރުމުގެ ޚާއސް އުސޫލުތަކަށް އިސްކަން ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފު ކަމަށް ފެންނާތީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު 16 15 އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު، އެ ޤާނޫނަށް އިސްލާޙު ގެނެވި އެ ޤާނޫނު ގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތު ގުނުމުގައި ޖިނާއީ އިޖުރާއަތު ޤާނޫނު ގެ 04 ވަނަ މާއްދާގައިވާ 13 ދުވަހުގެ މުއްދަތު ހިމަނައިގެން ނުވާނެކަމާއި، ޢާއްމު ޤާނޫނު ތަކުގެ މައްޗަށް ޚާއސް ޤާނޫނުތައް އިސްވާނެކަން.

4.2- މި ޢުޝާރު ޞާލިޙު އާއި އިބްރާހީމް ޝާހިދު އާއި ދެމީހުންގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކްރިމިނަލް ކޯޓަށް ދެވަނަ ފަހަރަށް ހުށަހަޅާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު އަށް 31 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އެޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގިނަ ވެގެން 12 (ފަނަރަ) ދުވަހުގެ ތެރޭގައި ކަމަށްނުވާތީ އާއި، އެ މާއްދާގެ (ނ) ގެ އުޤޫބާތް ކަނޑައެޅޭ ޤާނޫނުތައް ކުށުގެ ތުހުމަތުގައިވާ މީހާއަށް ފައިދާވާ ގޮތަށް މާނަކުރުން ދަށުން މުޖްތަމަޢުގެ އަމަންއަމާން ކަން ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެމުއްދަތު ކޮންމެހެން އިތުރުކުރަންޖެހޭ އެކަށީގެންވާ ޙާލަތެއް ވާކަން އެނގެންނތުނ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާ

2. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 414/S2C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ނުކުތާގައި ބުނެފައިވަނީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 414/S2C/2020 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން، މުޖްތަމަޢުގެ އަމަންއަމާންކަން ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެމާއްދާގައި ބަޔާންކުރާ މުއްދަތު ކޮންމެހެން އިތުރު ކުރަންޖެހޭ އެކަށީގެންވާ ޙާލަތެއް މިމައްސަލައިގައި ބަޔާންކޮށް، މިފަދަ މައްސަލަތަކުގައި ދަޢުވާ ހުށަހެޅުމަށް ޕްރިސކިއުޓަރ ޖެނެރަލް އަށް ލިބިދީފައިވާ މުއްދަތުހަމަވި ފަހުން މިމައްސަލައިގެ ދަޢުވާ ހުށަހަޅާފައިވާ ކަމަށް ބުނެ މިމައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ، އެޤާނޫނުގެ 11 ވަނަ މާއްދާއާއި ޚިލާފަށްކަމަށެވެ.

2. ބަޔާންވެދިޔަ ނުކުތާގެ މައްޗަށް ބިނާކޮށް ދައުލަތުން އެދިފައިވަނީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 414/S2C/2020 ޤަޟިއްޔާގައި ދައުލަތުން މިޢުޝާރު ޞާލިޙު އާއި އިބްރާހީމް ޝާހިދު އާއި ދެމީހުންގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއް ކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 30 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ދަޢުވާކުރާ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވިކަމުގެ ކުށުގެ ދަޢުވާގެ މައްސަލައަކީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަހުޤީޤުކުރުމުގެ މުއްދަތު އިތުރުކުރެވޭނެ ބާވަތުގެ މައްސަލައެއްކަމަށް ކަނޑައަޅައިދެއްވުމަށާއި، ދައުލަތުން އުފުލި ދޢަ ވ މައުޟ ޢޫ ގޮތުން ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމާފައިވޭ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި، މި މައްސަލައަކީ ދަށު ކޯޓުން އަލުން ބަލައި ފައިސަލާކުރަނިވި ޙުކުމެއްކުރަންޖެހ މައްސަލައެއްކަމަށް ކަނޑައަޅުއްވައި ދެއްވައި މައްސަލަ ދަށުކޯޓަށް ތަޙްވީލުކޮށްދިނުމަށެވ .

ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތް

1. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 2 ވަނަ މާއްދާއިން ފެށިގެން 0 ވަނަ މާއްދާ ގެ ނިޔަލަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ބަޔާންކޮށްފައިވެއެވެ. އެއީ؛ ޤާނޫނުގެ 2 ވަނަ މާއްދާ: ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށް ޤާނޫނުގެ 2 ވަނަ މާއްދާ:ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރެހިންގުމުގެ ސަބަބުނ މީހަކު މްރމުގެ ކުށް ޤާނޫނުގެ 1 ވަނަ މާއްދާ: މީހެއްގެ ގުނަވަނެއް ނެތިދާފަދްގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ޤާނޫނުގެ 1 ވަނަ މާއްދާ:މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ޤާނޫނުގެ 0 ވަނަ މާއްދާ: ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން. ދައުލަތުންމާޢެ ޝާރު ޞާލިޙުއަށާއި އިބްރާހީމް ޝހިދުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ މި މާއްދާގެ (ނ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުންނެވެ. އެ ދެ މާއްދާގެ އިބާރާތް ތިރީގައި ނަކަލު ކޮށްފައި އެވަނީއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ. އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ 'އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް' ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅެ މަނާކުރުމުގެ ޤާނޫނު)ގެ 30 ވަނަ މާއްދާ

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ،1 (ތިނެއް) އަހަރާއި 2 (ފަހެއް) އަހަރު ދެމެދު މުއްދަތަށް ޖަލަށްލުމެވެ.

1. ދައުލަތުން ހުށަހެޅި މައްސަލަ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްފައިވަނީ މި ޤާނޫނުގެ 11 ވަނަ މާއްދާއާއި ޙަވާލާދީކަމުން އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ތިރީގައި ފާހަގަކުރަމެވެ.

(ހ) މި ޤާނޫނުގެ2 ވަނަ މާއްދާއިން ފެށިގެނޭ0 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 12 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށެހުށަހަޅަންވާނެއެވެ. އަދި އ ދަޢުވާ ކޯޓަށް ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެނި13 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައިގައ ކޯޓުން ޙުކުމެއް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތަކުގައި އެކަށީގެންވާ ހެކި ލިބިފައިނުވާ ނަމަ، އ ފަދަ މައްސަލަތަކުގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެނެ12 (ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލައިގެ ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމުވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ މުއްދަތު ތަކަކީ ޢާންމު އުޞޫލުން ޢަމަލު ކުރެވޭ މުއްދަތުތަކެއް ކަމުގައިވީނަމަވެސް، ޢަދުލު އިންސާފު ޤާއިމުކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެއެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންތައް

0. ހުށަހެޅިފައިމިވާ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 414/S2C/2020 ޤަޟިއްޔާގައި ތަތުބީޤުކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއެވެ. މިކަމަށް ބަލާއިރު، މި މައުޟޫޢުއަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ ޤަޟިއްޔާގައި ބަހުޘު ކޮށް ޙައްލު ހޯދާފައިވާކަން އެނގެންއޮވެއެވެ. އެ ގޟިއްޔާގައަ ކަނޑައަޅަފައިވާ މުހިންމު ބައެއް ކަންކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (2021/SC-A/12) ޤަޟިއްޔާ

13ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅަފައިވާ މުހިންމު ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

13.1- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅެ މަނާކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާ ޝަރަޙަ ކުރަމުން ސުޕްރީމްކޯޓުން ބުނެފައިވަނީ އެ މާއްދާގެ (ހ) ގައި ދައުލަތުގެ މައްޗަށް 12 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާކުރުމަށް ބަޔާންކޮށްފައި އޮވެ، ހަމަ އެ މާއްދާގެ (ށ) ގައި 12 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގައި ދަޢުވާކުރެވޭނީ އެކަށީގެންވާ ހެކި ހ ރެއްޖެ ކަމުގައިވާނަމަ ކަމާއި، އެ މާއްދާގެ (ނ) ގައި މި ދެންނެވި މުއްދަތު ފަހަނައަޅައި ދިޔައިރު ދަޢުވާކުރުމަށް ބޭނުންވާ ހެކި ލިބިފައި ނުވާނަމަ، ޢަދުލު އިންސާފު ޤާއިމުކުރުމަށާއި، މުޖްތަމަޢުގެ އަމަން ޢާންމުކަން ގެއްލި ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް އެގޮތުގެ މަތިން މުއްދަތު އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި، އެކަމަށް "އެކަށީގެންވާ ކުރު މުއްދަތު" މި މުއްދަތާއި، އެ މާއްދާގެ (ހ) ގައި ކޯޓަށް ދަޢުވާ ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 13 ސުޕްރީމް ކޯޓުގެ [2021]SC 34 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނެ ކަމަށް އޮވެ، 13 (ތިރީސް) ދުވަހުގެ މުއްދަތު އިތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި ކޯޓުން އެކަމަށް "އެކށީގެންވ އެންމެ ކުރު މުއްދަތު" މި މުއްދަތު ކަނޑައަޅާނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައިނެތުމާއި، އެކަމުގައި ބަލާނެ ހަމައެއްވެސް ޤާނޫނުގައި ބަޔާންކޮށްފައި ނެތްކުމެވެ. އެހެންކަމުން ވަކި ކަމެއް ކ ރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގައި ކަމަށެވެ.

13.2- މި މައުޟޫޢުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ބަޔާންކުރަމުން ސުޕްރީމްކޯޓުން ބުނެފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތެއްގެ މައްޗަށް 12 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާކުރުން ލާޒިމްކޮށްފާއިވާ ހިނދު، ބުނެވުނު 12 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގއަ ދަޢުވާނުކުރެވިއްޖެނަމަ، ޢަދުލު އިންސާފު ޤާއިމުކުރުމަށާއި، މުޖްތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި ވީ އެންމެ އަވަހަކަށް ދަޢުވާކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ވަނީ ޤާނޫނުން ދޫކޮށްލާފައިކަމާއި، ދަޢުވާއެއް ކުރެވޭނީ ހެކި ހުރެގެން ކަމާއި، ބޮޑު ކުށެއްގައި 12 (ފަނަރަ) ދުވަހުގެ ތެރޭގައި ހެކި އެއް ނުކުރެވި ހިންގައިދާނެކަމާއި، އެ މުއްދަތަށް ހެކި ނުލިބިއްޖެ ނަމަ، ތަޙްޤީޤު ކުރުމަށް ނުވަތަ ދަޢުވާކުރުމަށް އެކަށޭނެ ކުރު މުއްދަތެއް އިތުރު ކުރުމުގެ އިޚްތިޔާރަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ މުޠްލަޤު ބާރެއްކަމަށެވެ. އަދި ކުރު މުއްދަތު ބަޔާންކުރަމުން ސުޕްރީމް ކޯޓުން ބުނެފައިވަނީ އެއީ "ކޮންމެ މައްސަލައެއްގައި ވަކިވަކިން ތަބީޢަތަށާއި ތަޙްޤީޤަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުމެކެވެ. ފަހަރުގައި މިކަމުގައި، ދުވަސްތަކެއް، ހަފްތާއެއް އަދި މަސްތަކެއްވެސް ނެގުމުގެ އިޙްތިމާލު އޮވެދާނެއެވެ."

11. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅެ މަނާކުރުމުގެ ޤާނޫނު ގެ 11 ވަނަ މާއްދާގެ

(ނ) ގައި ބަޔާންކޮށް ފައިވާ މުއްދަތުތައް އެމާއްދާގައި ބަޔާންކުރާ ވަކި ޙާލަތްތަކެއްގައި އެކަމަށް އެކަށީގެންވާ "އެންމެ ކުރު މުއްދަތަކަށް" އިތުރުކުރެވިދާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް އެމާއްދާގައި ބަޔާންކުރާ "އެންމެ ކުރު މުއްދަތު" އެ ޤާނޫނުގައި ބުނެދީފައިނުވާއިރު، އެ ބުނާއެންމެ ކުރު މުއްދަތު ބެލުމުގައި ޢަމަލުކުރަންޖެހޭނީ ޖިނާއީ އިޖުރާއަތަށް ކަމަށް ދައުލަތުން ދެކެއެވެ. އެގޮތުން ބުނެވުނު މާއްދާގައި ބަޔާންކޮށްފައިވާ "އެކަށީގެންވާ އެންމެ ކުރު މުއްދަ ތ" އަކީ ކޮބައިކަން ދެނެގަންނަން ރުޖޫޢު ވާންޖެހޭނީ ޖިނާއީ އިޖުރާއަތގު ޤާނޫނގު 04 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ރ) އަށް ކަމަށް ދައުލަތުން ޤަބޫލުކުރެއެވެ.

12. ދައުލަތުން ހުށަހެޅި މި ނުކުތާއަށް ބަލާއިރު، މި ނުކުތާގައި ވާހަކަދެކެވޭ މައުޟޫޢާ ގުޅިގެންވެސް ބުނެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/12 ޤަޟިއްޔާގައި އަލިއަޅު ވާލާފައިވެއެވެ. އެގޮތުން މި މައުޟޫޢުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހތިޔާރާއަ ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގައި ކަނޑައަޅާފައިވާ އެއްވެސް ކަމަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢުވާން ނުޖެހޭނެކަމަށެވެ. އަދ ޚާއްސަ އުޞޫލުތަކެއް ޤާނޫނުގައި ކަނޑައަޅާފައިވަނީ އެކަމުގެ ޚާއސް މަޤުސަދުތަކެއް އޮވެގެން ކަމާއި، ޚާއސް ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަން އެ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޛުކުރުން ލާޒިމުވާނޭ ކަމާއި، ޚާއސް ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި، އާންމު އިޖުރާއަތުގެ ޤާނޫނު ތަކުގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ޚާއްސަ ޤާނޫނެއް އޮތުމުގެ އެންމެ މުހިންމު މަޤުސަދު ކަމެވެ. އިސްވެ ފާހަގަކުރެވުނު އުޞޫލުތައް ހުށަހެޅިފައިވާ މައްސަލައަށް ތަޠުބީޤުކުރުން

11. ސުޕްރީމް ކޯ ޓުގެ ނަންބަރު 2021/SC-A/12 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ އަލީގައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅެ މަނާކުރުމުގެ ޤާނޫނު ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 12 (ފަނަރަ) ދުވަހުގެ ތެރޭގައި ދައުލަތުން ދޢުވާނުކުރެވިއްޖެނަމަ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގައިވާ އުޞޫލުން ތަޙްޤީޤުކުރުމާއި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ އެކަށީގެންވާ އެންމެ ކުރު މުއްދަތެއް އިތުރުކުރެވިދާނެއެވެ.

14އެހެންކަމުން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 414/S2C/2020 ޤަޟިއްޔާ މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، މި މައްސަލައިގައި މައުޟޫޢުގައި ހިމެނޭ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ މެދު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތުގެ ސަބަބުން ކަމުގައިވާތީ، މި މައްސަލައިގެ މައުޟޫޢުއާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، މި މައްސަލަ އަކީ އެކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންވާނެ މައްސަލައެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިހަށް އިއްތިފާޤުވެވުނެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، މި މައްސަލައިގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 414/S2C/2020 ޤަޟިއްޔާގައި ޝަރީޢަތުގެ ކުރިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ