ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-B12/12,13,14

ސަހުބާން ފަހްމީ އަދި އިތުރު ފަރާތްތައް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2025/SC-L/43)ޙުކުމުގެ ހާލަތު
ހައިކޯޓު · 12 މޭ 2025ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-B6/SHN/(629-641-2023)/2025/02ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-B6/SHN/(629-641-2023)/2025/02
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން، ހުށަހެޅުނު ދިފާޢަކީ ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބުގައިވާ ދިފާޢެއް ނޫންކަމަށާއި، ހެކި ވަޒަންކޮށް މައުޟޫޢީ ގޮތުން ނުބަލައި ނިންމޭނެ ކަމެއް ނޫންކަމަށް ބުނެ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމިއެވެ.
ވާޤިޢާ
ކުންފުންޏެއްގެ ނަމުގައި ކުރެވުނު 13 މުޢާމަލާތަކާ ގުޅިގެން، އެ ކުންފުނީގެ ޙިއްޞާދާރުންނާއި އެހެން ފަރާތެއްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 210 އާއި 212 ވަނަ މާއްދާގެ ދަށުން ޓެކުމުގެ ކުށުގެ 13 ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލުނެވެ. ދަޢުވާ ލިބުނު ފަރާތްތަކުން ކޯޕަރޭޓް ވެއިލް ނުނަގައި ފަރުދީ ދަޢުވާ ކުރެވިފައިވާކަމަށާއި ހެކި ނުފުދޭކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުންޏެއްގެ ނަމުގައި ކުރި މުޢާމަލާތަކާ ގުޅިގެން ކޯޕަރޭޓް ވެއިލް ނުނަގައި ޙިއްޞާދާރުންގެ މައްޗަށް ޓެކުމުގެ ކުށުގެ ދަޢުވާ ކުރެވޭނެތޯ ކަމަށް އުފައްދާ ދިފާޢަކީ ޝަރީޢަތުގެ ކުރިން، މައުޟޫޢީ ގޮތުން ބެލުމަކާ ނުލައި ނިންމޭނެ ދިފާޢެއްތޯއާއި، ދަޢުވާކުރުމަށް ހުރަހަކަށްވާ ދިފާޢު ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބަށް މަޙްދޫދުތޯއާއި، ހެކި ނުފުދޭކަމުގެ ހުށަހެޅުން ޝަރީޢަތުގެ ކުރިން ބަލަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ދިފާޢު 60 ވަނަ ބާބަށް މަޙްދޫދުކުރުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާއާ ޚިލާފުކަމަށާއި، ކުންފުނިތަކުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންވީ ކުންފުނިން ކަމަށާއި، ހެކި ނުފުދޭކަމަށެވެ. ދައުލަތުން ބުނީ މި ނިންމުމަކީ އިސްތިއުނާފުކުރެވޭ ނިންމުމެއް ނޫންކަމަށާއި، ދިފާޢަކީ މައުޟޫޢީ ގޮތުން ނުބަލައި ނިންމޭނެ ދިފާޢެއް ނޫންކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދިފާޢު 60 ވަނަ ބާބަށް މަޙްދޫދު ނުވި ނަމަވެސް، ކޯޕަރޭޓް ވެއިލްއާއި ފަރުދީ މަސްއޫލިއްޔަތާ ބެހޭ ބަހުސަކީ ޤާނޫނުލްޢުޤޫބާތުގެ 71 ވަނަ މާއްދާއާ ގުޅޭ ޤާނޫނީ ޚިލާފެއް ކަމުން ޝަރީޢަތުގެ ތެރެއިން ނިންމަންޖެހޭ ކަމެކެވެ. ހެކީގެ ޖަދަލުވެސް ނިންމާނީ މައުޟޫޢުގެ ތެރެއިންނެވެ. އެހެންކަމުން ދަށުކޯޓުގެ ނިންމުމުގައި ޤާނޫނީ ގޯހެއް ނެތެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ނިންމާ ނިންމުމަށް ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށް ނިންމި ނިންމުމެއް ކަމުގައިވިޔަސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފަށް ހުށަހެޅޭތީ، ހުށަހެޅުނު ނުކުތާތަކުގެ އަލީގައި އިސްތިއުނާފީ ކޯޓުން މައުޟޫޢަށް ޖަވާބުދޭންޖެހެއެވެ.

HN2 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުޟޫޢަށް ސީދާ އަސަރުކުރާ ގޮތަކަށް ނުނިންމޭނެއެވެ؛ މި މަރުޙަލާގެ ނިންމުމަކީ މަތިމަތިން ބަލައި ނިންމާ ނިންމުމެއް ކަމުން، ދެފަރާތުގެ މެދުގައި ޤާނޫނީ ގޮތުން ޚިޔާލުތަފާތުވާ ކަންކަމުގައި ގޮތެއް ނުނިންމޭނެއެވެ؛ މި އުޞޫލު 119(ހ)(3) ގެ ހުށަހެޅުންތަކަށް ޚާއްޞަ ނޫނެވެ.

HN3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (2) އާއި 120 ވަނަ މާއްދާގައިވާ 'ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢު' ޢާންމު އުޞޫލުން ބަޔާންކުރަނީ ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބުގައި ނަމަވެސް، އެ ދިފާޢު ހަމައެކަނި 60 ވަނަ ބާބަށް މަޙްދޫދެއް ނުކުރެވޭނެއެވެ.

HN4 ކޯޕަރޭޓް ވެއިލް ނުނަގައި ޙިއްޞާދާރުން/މުވައްޒަފުންގެ މައްޗަށް ފަރުދީ ގޮތުން ދަޢުވާ ކުރެވޭނެތޯ އާއި ކުންފުނީގެ މުޢާމަލާތަކަށް ފަރުދީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެތޯ ކަމުގެ ބަހުސަކީ، ޤާނޫނުލްޢުޤޫބާތުގެ 71 ވަނަ މާއްދާއަށް ބަލާއިރު، ދެފަރާތުގެ މެދުގައި ޤާނޫނީ ޚިލާފެއް އޮތް ކަމަކަށްވާތީ، މައުޟޫޢީ ގޮތުން ބެލުމަކާ ނުލައި ޝަރީޢަތުގެ ކުރިން ނިންމޭނެ ކަމެއް ނޫނެވެ؛ ކުންފުނީގެ ޙިއްޞާދާރަކު ނޫންކަމުގެ ނުކުތާވެސް ޝަރީޢަތުގެ ތެރެއިން ބަހުސްކުރަންވާނެއެވެ.

HN5 ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހެކި ވަޒަންކުރާނީ ޖުމްލަ ހެކިތަކުގެ ނަތީޖާއަށް ބަލައި، ޝަރީޢަތް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ކަނޑައެޅުމަށް، އެބަހީ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިތޯ ބެލުމަށެވެ؛ ހުށަހެޅިފައިވާ ހެކިތަކާ ގުޅިގެން ޖަދަލެއް އުފެދޭނަމަ އެކަން ވަޒަންކޮށް ގޮތް ކަނޑައަޅާނީ މައުޟޫޢުގެ ތެރެއިންނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަލީ ސަޢީދު، ޢާއިޝަތު ޢާޒިމާ ޝަކޫރު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މަރްޔަމް ޝަހުމާ، ޙައްވާ ނާހީ، ސުލްޠާނާ ޢާދަމް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ބެންޗު
ޙުޒައިފާ މުޙައްމަދު، މުޙައްމަދު ސަލީމް، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރުފު

1މިއީ، ކްރިމިނަލުގެކޯޓ ނަންބަރ 145-B6/SHN/(629-641-2023)/2025/02 )18 މާރިޗު 2025( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އަކި ޝަރުޢީ އަދި ޤާނޫނީ އުޞޫލތަކާއު ޚިލާފު ނިންމުމެއްކަމަށް ބުނެއ ނިންމުން އިސްތިއުނާފުކުރުމަށް އެދި މާލެ، […] 2 ނަންބަރުބައި، 2 1 ޞަޙުބާން ފަހުމީއާއި، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މާލެ، […] 2 ނަންބަރުބައި، އަލްހާނު ފަހުމް)މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތްތައް"(ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނ ބެލެވޭ ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް"( މައްޗަށެވެ.

3އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/12 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަކީ މާލެ، […] 2 ނަންބަރުބައި، ޞަޙުބާން ފަހުމީއެވެ.

4ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/13 ޤަޟިއްޔާގައ އިސްތިއުނާފުކުރި ފަރާތަކާ ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއެވެ. އަދި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2025/HC-B12/14 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަކީ މާލެ، […] 2 ނަންބަރުބައި، އަލްހާނު ފަހުމީއެވެ .

5މި ޤަޟިއްޔާތަކުގައި އިސްތިއުނާފުކޮށްފައިވަނީ އެއް ނިންމުން ކަމަށްވެފައި އެ ނިންމުން އިސްތިއުނާފުކޮށްފައިވަނީ ޤާނޫނީ އެއް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއިދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށި ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން މ 3 )ތިނެއް( ޤަޟިއްޔާ އެކުއެކީގައި ކަމަށް ވުމާއެކު "ޝަރީޢަތްނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ.

މައްސަލައިގައި ކަންހނި ގާފައިވާގޮތް

6ދައުލަތުން، ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު(ގެ 212 ވެނ މާއްދާގަ )ހ( ގ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޙަވާލާދީ، 210 ވަނަ މާއްދާގެ )ށ( ގެ 2 ވަނަ ނަންބަރުގެ ދަށުން ޓެކުމުގެ 3 ދަޢުވާއާކާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ )ހ( ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޙަވާލާދީ، 210ވ ނ މާއްދާގަ )ށ( ގ 3 ވަނަ ނަންބަރުގެ ދަށުން ޓެކުމުގެ

13 )ތޭރަ( ދަޢުވާ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށ 23 ނޮވެންބަރު 2023 ގައި ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ.

7މި ދަޢުވާތައް ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 629,630,631,632,633,634,635,636,637,638,639,640,641/Cr-C/2023 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގެ އިބްތިދާއީ މަރުޙަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޝަރީޢަތުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި . ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރ: 02/FAM/2021 ) 27 ޖަނަވަރީ 2021 ( ގައި ފާސްކުރައްވާފައިވާ އުޞޫލު. މީގެފަހުން "ޤާނޫނުލްޢުޤޫބާތު" ކަމަށް ބުނެފައި. ކުރިން ހުށަހަޅް ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމުގައިވަނީޝަރީޢަތުގައި މައުޟޫޢީގޮތުން ބެލުމަކާނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ ހުށަހެޅުމެއްގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވެނ މާއްދާގަ ދަށުން ހުށަހަޅާ ހުށަހެޅުމަކާއި، ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢުގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )2(ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާއި، ދަޢުވާ އުފުލުމުގައި ހުރި އުނިކަމެއްގެ ގޮތުގައި ޖިނާއީ އޖުރާއަތގ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )1( ގެ ދަށުން ހުށަހަޅާ ހުށަހެޅުމެކެވެ.

8އގޮތުނެ ފުރަތަމް ހުށަހެޅުމުގަ ތަފްޞީލުގައި ފާހަގަކޮށްފައިވަނީ މައްސަލައިގައި ތުހުމަތު އުފެދިފައިވަނީ ޤާނޫނ ޝަޚްސެއްކަމަށްވާ ކުންފުންޏެއްގެ މައްޗަށް ކަމަށާއި، ކުންފުނިން ހިންގާފައިވާ ޢަމަލަކަށް ހިއްސާދާރުންނާއި މުވައްޒަފުން ޖަވާބުދާރީވާންޖެހޭނީ ޤާނޫނީ ޝަޚްސުގެ ފަރުދާ )ކޯޕަރޭޓް ވެއިލް( ނަގައިގެން ކަމަށެވެ. އެހެންނަމަވެސ ކޯޕަރޭޓް ވެއިލް ނަގާފައިނުވާކަމަށާއި، ކޯޕަރޭޓް ވްއެ ލ ނެގުމާބެހޭ އެއްވެސް ވާހަކައެއްވެސް ދަޢުވާގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.ދެވަނަ ހުށަހެޅުމުގަ ތަފްޞީލުގައި ފާހަގަކޮށްފައިވަނީ ޖިނާއީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި، ކުންފުނިތަކުން ހިންގާ ޖިނާއީ ޢަމަލުތަކަށް ޒިންމާވާންޖެހޭ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، މި ދަޢުވާތައް ކުންފުނީގެ މައްޗަށް ނުކޮށް ފަރުދީ ދަޢުވާ އުފުލާފައިވާކަމަށެވެ. ތިންވަނަ ނުކުތާގެ ތަފްޞީލުގައި ފާހަގަކޮށްފައިވަނީ ދަޢުވާ ކުރިއަށް ގެންދެވޭނެ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައިނުވާކަމެވެ.

9މ ހުށަހެޅުންތަކާގުޅިގެން ކރިމިނަލ ކޯޓުގް ނަންބަރ 145-B6/SHN/(629-641-2023)/2025/02 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުން ނިންމާފައިވަނީ އަންނަނިވިފަދައިންނެވެ. ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(. މީގެފަހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ކަމަށް ބުނެފައި. 12 ނޮވެންބަރު 2024 ގައި އިސްތިއުނާފު ރައްދުވާފަރާތްތަކުނ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ފޯމު. "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، މާލެ […] 2 ނަންބަރުބައި، އަލްހާނު ފަހުމީ އާއި ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީ އަދި މާލެ، […] 2 ނަންބަރުބައި، ޞަޙުބާން ފަހުމީގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ޓެކުމުގެ ކުށުގެ ދައުވާތަކުގައު ދައުވާލިބޭ ފަރާތްތަކުން ހެށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ނިންމާ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާގެ ދަށުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާމެދު ގޮތް ނިންމީމެވެ."

10މި ނިންމުމަށް ވާސިލުވި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

10.1. ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބުގައި ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢުތައް ބަޔާންކޮށްފައިވާއިރު، އެ ބާބުގައި ބަޔާންވެފައިވާ ދިފާއެއް ދަޢުވާލިބޭ ފަރާތްތަކުން ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިނުވާކަން.

10.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާއި 120 ވަނަ މާއްދާއަށް ބަލާއިރު، އެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 2 ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ދިފާއު ވާންވާނީ ހުށަހެޅިފައިވާ ދައުވާ މައުލޫއީގޮތުން ބެލުމަކާނުލައި ގޮތެއް ނިންމޭފަދަ ދިފާއަކަށްކަން.

10.3. ދިފާއުގެ ހުށަހެޅުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 2 ވަނަ ނަންބަރާ ހަވާލާދީ ފާހަގަކޮށްފައިވާ ކަންކަމަކީ ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބުގައި ހިމެނޭކަމެއް ނޫންކަން.

10.4. ހުށަހަޅާފައިވާ ދައުވާކުރުމަށް ހުރަހަކަށްވެދާނެކަމަށް ބަޔާންކުރާ ހުށަހެޅުމަކީ މައްސަލައިގެ ހެކިވަޒަންކޮށް، މައުލޫއީގޮތުނ މައްސަލް ބެލުމަކާ ނުލައި އެއާމެދު ގޮތެއް ކަނޑައެޅޭނެ ކަމެއް ނޫންކަން.

10.5. ދައުލަތުން ހުށަހެޅި ހެކި ވަޒަންކޮށް އެކަމާމެދު ގޮތެއް ނިންމުމަކީ މި މަރުޙަލާގައި ކުރެވޭނެކަމަކަށް ނުވާތީ ފުރަތަމަ އަދި ދެވަނަ ހުށަހެޅުނެ ބަލައިނުގަތުމަށް.

10.6. ދައުވާ ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައި ނުވާކަމަށް ބުނާ ހުށަހެޅުމަކީވެސް މައްސަލަ މައުލޫއީ ގޮތެއް ނިންމޭނެ ކަމެއް ނޫންކަން.

އިސްތިއުނާފީ ނުކުތާ

11ކުރިމިނަލްކޯޓގެ ނަންބަރ 145-B6/SHN/(629-641-2023)/2025/02 )18 މާރިޗު 2025( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ނީރެފައިވަންޝަރުޢީ އަދި ޤާނޫނ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެއ ނިންމުން އިސްތިއުނާފުކުރުމަށ 3 )ތިނެއް( ނުކުތާ ހުށަހަޅައި، އެ ނުކުތާތައް ތަފްޞީލުކޮށްފައިވެއެވެ. މިގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަނިވ ނުކުތާތަކެވެ.

11.1. މައުޟޫޢީ ގޮތުން ދަޢުވާ ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ދިފާޢަކީ ހަމައެކަނި ޤާނޫނުލްޢުޤޫބާތުގ 60 ވަނަ ބާބުގައި ބަޔާންކުރާ ދިފާޢުތައް އެކަނި ކަމުގައި ބަލައި، ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތުގެ ކުރީގައި ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުގެ ނަންބަރ 145-B6/SHN/(629-641-2023)/2025/02 ނިންމުމުގައި ނިންމާފައިވާ ނިންމުމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާ އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި،

11.2. ކުށުގެ ޢަމަލާގުޅޭ ޒިންމާ ކުންފުނިން އުފުލަންޖެހޭ ޙާލަތްތައް ޤާނޫނުލްޢުޤޫބާތުގެ 70 ވަނަ ބާބުގައި ބަޔާންކޮށްފައިވާއިރ، ދަޢުވާގައި ހިމެނޭ 13 މުޢާމަލާތަކީ ކިންގްސ ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓ ލިމިޓެޑުން ކޮށްފައިވް މުޢާމަލާތަކަށްވާއިރު، ކިންގްސ ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަކ ދަޢުވީ އުފުލުނުއިރ އޭރު ޢަމަލުކުރަމުންދިޔަ ދިވެހިރާއްޖޭގ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައު ބަޔާންކުރާ ފަދަ ވަކި ޤާނޫނު ޝަޚްޞަކަށްވާއިރު، އެޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުނީގެ ފަރުދާ ނެގުމުގެ ކުރިއަށް ނުވަތަ އެމާއްދާގައި ބަޔާންކުރާފަދަ އެއްވެސް ކަމެއް ދަޢުވާގެ ސީޣާ ގައި އަދި އެދޭ ގޮތުގައި ހިމެނުމެއްނެތި، ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް މި ދަޢުވާ އުފުލާފައިވާކަމަށާއި،

11.3. އެކަށީގެންވާ މިންވަރަށް ހެކި ނެތުމާއި، ޝަރީޢަތް ކުރިއަށް ގެންދާނެ ޤާނޫނީ ސަބަބެއް ނެތުމަކީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/42,43 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު( ޤަޟިއްޔާއަށްބެލުމުނ އެނގެން އޮންނައިރު، މި މައްސަލާގައި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށ ދަޢުވާކުރިއަށ ގެންދިއުމަށް އެކަށީގެންވާ މންވަރަށ ހެކް ހުށަހެޅިފައިނުވާއިރު،އަދި ޝަރީޢަތް ކުރިއަށް ގެންދަންޖެހޭ ޤާނޫނީ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާއިރު، ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށ ދަޢުވާކުރިއަށ ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

12ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރްތްތަކްނ އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

12.1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވެނ މާއްދާގަ ދަށުންދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢުގެ ގޮތުގައި ހަމައެކަނި ހުށަހެޅޭނީ ޤާނޫނުލްޢުޤޫބާތުގ 60 ވަނީ ބާބުގައި ބަޔާންކުރާ ދިފާޢުތައް ކަމަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމާފައިވނަމަވެސ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދގާ ދަށުން ހުށަހެޅޭނީ ހަމައެކަނި ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ދިފާޢުތައް ނޫންކަމަށެވެ. ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއް ކަމަށް ޤާނޫނެއްގައި ބަޔާންވެގެންވާދިފާޢެއްވެސް ހުށަހެޅިދާނެކަމަށާއި، އެ ދިފާޢެއްގެ ނަތީޖާއަކީ ދަޢުވާ ކުރުމަށް ހުރަހަކަށްވުންކަމަށެވެ.ވީމާ، ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2016/SC-A/23 މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުން ބަލާއިރު، ޤާނޫނުގައި ސާފުކޮށް ވަކި ކަމެއް ކުރެވިދާނެކަމަށް އޮންނައޮތުމަށ ބަދަލެއް ނުގެނެވޭނެކަމަށެވެ.އެހެންކަމުން، ހުށަހަޅާފައިވާ ހުށަހެޅުމަކީ ޤާނޫނުލްޢުޤޫބާތުގ 60 ވަނަ ބާބުގައި ބަޔާންކުރާ ބާވަތުގެ ދިފާޢެއް ނޫންކަމަށް ކަނޑައަޅައި އެ ދިފާޢުތައް ބަލައިނުގަތުމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

12.2. މައްސަލައިގައި ކުންފުނީގެ މައްޗަށް ދަޢުވާ އުފުލާފައިނުވާކަމަށާއި، ތަޙްޤީޤުގައި ކޯޕަރޭޓް ވެއިލް ލިފްޓްކޮށްފައިނުވާކަމަށެވެ. މި މައްސަލައިގައި އެންމެންގެ މައްޗަށް އެއް ހަމައަކުން ދަޢުވާ ކޮށްފައިވާއިރު، މައްސަލައިގައި ދަޢުވާލިބޭ ޝަޒްބާން ފަހުމީ އަކީ ކުންފުނީގެ ހިއްސާދާރެއްވެސް ނޫންކަމަށެވެ.

12.3. ޤާނޫނުލްޢުޤޫބާތުގެ 70 ވަނަ ބާބުގައި ކުންފުންޏަކުން ކުރާ ޢަމަލަކާ ގުޅިގެންޖިނާއ މަސްޢޫލިއްޔަތު އުފުލަންޖެހޭނީ ކުންފުނންކަން އެނގޭކަމަށެވެ.ކުންފުނީގެ ޑިރެކްޓަރުންނަށް ނުވަތަ ހިއްސާދާރުންނަށް ޖަވާބުދާރީވާން ޖެހޭނީ ކުންފުނީގެ ފެރުދާ ނެގުމަށްފަހުކަނ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއިން 74 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށެވެ. އަދި ފަރުދީގޮތުން ޒިއްމާކުރެވޭނީ އެ ޤާނޫނުގެ 74 ވަނަ މާއްދާގައިވާ ފަދައިން ކޯޓެއްގެ އަމުރެއްގެ ދަށުން ކުންފުނީގެ ފަރުދާ ނެގުމަށްފަހުގައި ކަމަށެވެ.

12.4. މި މައްސަލައިގައި ކޮށްފައިވާ ދަޢުވާތަކަށް ބަލާއިރު މަކަރާ ޙީލާތުނ ކުންފުން ބޭނުންކޮށްގެން އެއްވެސް ކަމެއް ކޮށްފައިވާ ކަމުގެ ދަޢުވާއެއް ކޮށްފައިނުވާކަމަށެވެ.

12.5. މ މައްސަލި އުފެދިފައިވަނީ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މަދަނީ މުޢާމަލާތެއްގެ ތެރެއިން ކަމަށާއި، މި މައްސަލައަކީ މަދަނީ މައްސަލައަކަށް ވާތީ، ހައްލު ހޯދުމަށް ދާންޖެހޭނީ އެއްބަސްވުމުގައިވާ ގޮތުގެމަތިންކަމަށެވެ. ޤާނޫނު ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު(. މީގެފަހުން "ކުންފުންޏާބެހޭ ޤާނޫނު" ކަމަށް ބުނެފައި.

13ތިންވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރތްތަކން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

13.1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރުޤަޟިއްޔާގައ ދަޢުވި ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ އަދި މައުޟޫޢީ ގޮތުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގައި ހުރަހަކަށްވެދާނެ އަދި ޝަރީޢަތުން ރިޢާޔަތްކުރެވިދާނެ ކަންކަމުގެ ތެރޭގައި، އެކަށީގެންވާ މިންވަރަށް ހެކި ނެތުމާއި، ޝަރީޢަތް ކުރިއަށް ގެންދާނެ ޤާނޫނީ ސަބަބެއް ނެތުން ފަދަ ސަބަބުތައް ފާހަގަކޮށްފައިވާކަމަށެވެ.

13.2. މ މައްސަލައިގައި އެންމެންގެ މައްޗަށް އެއްހަމައަކަށ ދަޢުވް ކޮށްފައިވީނަމަވެސް އެންމެންގެ ޙާލަތ ތަފާތު ކަމަށާއި، އެގޮތުން، ޞަޙުބާމް ފަހުމީ އަކީ ހިއްސާދާރެއްކަމަށްވީނަމަވެސް ކުންފުނީގެ އެއްވެސް މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިނުވާކަމަށާއި، ޝަޒްބާން ފާހުމީއަކީ ކުންފުނީގެ ހިއްސާދާރެއްވެސް އަދި ކުންފުނީގެ އެއްވެސް މަސައްކަތެއް ކުރާމީހެއް ނޫންކަމަށެވެ. ވީމާ، ދަޢުވާ ފްރޭމްކޮށްފައިވާ ގޮތަށްބަލާއިރުވެސ ދަޢުވް ކުރިއަށް ގެންދާނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

އިސްތިއުނާފކު ރ ފަރާތް ތަކުން އެދގޮތޭ

14އިސްތިއުނާފުކުރާ ފަރާ ތީތަކު ން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރ 145-B6/SHN/(629-641-2023)/2025/02 ނިންމުމުގައި ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދ ޤާނޫން އުޞޫލީ ޚިލާފަށާ ނިންމާފައިވާ ނިންމުމެއް ކަމުގައި ކަނޑައަޅައި ބުނެވިދިޔީނިންމުނ ބާޠިލްކޮށްދިނުމަށާއި، ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބަޔާންކުރާފަދަ މައުޞޫޢީ ގޮތުން ދަޢުވާ ކުރިއަށް ގެންދިޔުމަށް ހުރަހަކަށްވެދާނެ ކަމަށް ޤާނޫނުތަކުގައި ބަޔާންވެގެންދާ ދިފާޢުތަކެއ ކަމުގައް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރު 629-641/Cr-C/2023 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށ ހުށަހަޅާފައިވާ 13 )ތޭރަ( ދަޢުވާ މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ދަޢުވާ ފޯމު ބާޠިލުކޮށް، މި މައްސަލަ ނިންމައިދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު

15އިސްތިއުނާފީ ނުކުތާގެ ޖަވާބުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނ؛

15.1. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ނިންމާ ނިންމުންތައް އިސްތިއުނާފުކުރާ ގުޅޭ ގޮތުނުދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/85 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިއުޝާރު ޞާލިޙް ޤަޟިއްޔާގެ 20 ވަނަ ނުކުތާގައި މި މަރްޙުލާގައ ނިންމި ނިންމުންތައް އިސްތިއުނާފު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން ތަންދެނީ، މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް އެ ކަންކަމާމެދު ވާހަކަ ދައްކައި ގޮތް ނިންމުމުގެ ފުރުސަތު ނެތް ނިންމުންތަކަށް ކަމަށެވެ. ޝަރީޢަތުގެ ކުރީގެ މޭރުޙަލާގައި، ޝަރުޢަތުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމާމެދު ދަށުކޯޓުންވެސް އަދި އިސްތިއުނާފީ މަރޙިލާއިންވެސ ގޮތް ކަނޑައެޅުމުގެ ނަތީޖާއަކީ، ޤާނޫނުން ލާޒިމްކުރާ ކުރު މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ ބަހުސެއް ނުވަތަ ދިރާސާއެއް ނުކުރެވޭ މައްސަލައިގެ މައުޟޫޢު ނުވަތަ ވާޤިޢާތަކާ ސީދާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅިގެން ދިޔުން ކަމަށާއި، ޝަރީޢަތް ކުރުމެއްންތި، ޝަރީޢަތުގެ ކުރިން ނިންމާ ނިންމުންތަކުގެ ތެރޭގައި، ދެފަރާތުގެ ދެމެދު ޤާނޫނ ގޮތުން ޚިޔާލު ތަފާތުވާ ކަންކަމުގައި ގޮތެއް ނިންމިދާނެކަމަށް ނުދެކޭކަމަށ ދިވެހިރާއްޖޭގްސުޕްރުމ ކޯޓުގެ ނަންބަރ 2022/SC-A/75 )އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށެވެ.

15.2. މ މައްސަލައިގައި އޮތި މައިގަނޑު ބަހުސަކީ ހެކި ޤަރީނާ ވަޒަންކޮށްގެން މެނުވީ ގޮތެއް ނިންމޭނެ ބަހުސެއް ނޫންކަމަށާއި، އެ ސަބަބަށްޓަކައި ދަށުކޯޓުން އެ ޤާނޫނީ ނުކުތާއާމެދު މި މަރްޙލާގައ ގޮތި ނިންމާފައިނުވާކަމަށެވެ.

15.3. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވެނ މާއްދާގަ ދަށުން ޝަރީޢަތުގެ ކުރިން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ލިބިދީފައިވާ ޙައްޤަކީ އ މަރުޙަލާގައި ފައިނެލިޓީއެއ އޮތް ގޮތަށް ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އޮތްހައްޤެއްކަމަށް ދެކޭކަމަށެވެ. މި މައްސަލައިގައ ބަހުސްކުރެވެނީ އެފަދަ ނިންމުމެއް ކަމުގައިނުވާތީ، މި މައްސަލައަކީ ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ފަދަ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.

16އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

16.1. ޢާންމު އުސޫލުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބަޔާންކުރާ ދަޢުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢަކީ ޤާނޫނުލްޢުޤޫބާތުގ 60 ވަނި ބާބުގައި ބަޔާންކުރާ ދިފާޢުތައް ކަމަށާއި، އެހެ ންނަމަވެސ ޤާނޫން އެހެނީ ދިފާޢުތައް ނެގުމަށް ހުރަހެއްނާޅާކަނ ހައިކޯޓުގެ ނަންބަރު 2023/HC-B12/2 ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ޝިފާޢަ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމަށާއި، އެ ޤަޟިއްޔާ ނިމުނުފަހުން ހައިކޯޓުން ނިންމާފައިވާ ނަންބަރ 2020/HC-A/183 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދް ޤަޟިއްޔާގެ 23 ވަނަ ނުކުތާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާޢަކީ ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބުގައި ބަޔާންކޮށްފައިވާފަދަ ދިފާޢަކަށް ވާންޖެހޭނެ ކަމަށް ދެކޭކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

16.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބަޔާންކުރާ "ޤާނޫނެއްގައި ބަޔާނެވެގެންވް ދިފާޢު" ހަމައެކަނި ޤާނޫނުލްޢުޤޫބާތުގ 60 ވަނަ ބާބުގައި ބަޔާންކުރާ ދިފާޢުތަކަށް މަހުދޫދުނުކުރެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަށް އެއްބަސްވާކަމަށެވެ.

16.3. ދަށުކޯޓުގެ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ދިފާޢާމެދު ގޮތެއް ކަނޑައަޅާފައިނުވާކަމަށާއި، ދަށުކޯޓުން ކަނޑައަޅާފައިވަނީ އެ ހުށަހެޅުމަކީ މައްސަލައިގެ ހެކި ވަޒަންކޮށް، މައުޟޫޢީ ގޮތުން މައްސަލަ ބެލުމަކާ ނުލައި އެއާމެދު ގޮތް ކަނޑައެޅޭނެ ކަންކަމެއް ނޫންކަމަށްކަނ އިސްތިއުނާފުކުރެވޭ ނިންމުމުގެ 3 ވަނަ ނުކުތާއިން އެނގޭކަމަށެވެ.

16.4. ޤާނޫނުލްޢުޤޫބާތުގެ 71 ވަނަމާއްދާގެ އަލީގައި ބަލާއިރު، މި ހުށަހެޅުމަކީ މްއޟޫޢީގޮތުނ ބެލުމަކާ ނުލައި ގޮތެއް ނިންމޭނެ ދިފާޢެއްނޫންކަން އެނގޭކަމަށެވެ.

17އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ މި ނުކުތާއަކީ ޤާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު(ގެ 43 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ބަޔާންކޮށްދީފައިނުވާ ނުކުތާއެއްކަމަށާއި، އިޖުރާއީ އިޢުތިރާޒުގައި ފަހަގަކޮށްފައިވ ކަންކަނާ މި ނުކުތާގައިވެސް ފާހަގަކުރާކަމަށެވެ.

18ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފަށް ހުށަހަޅާފައިވާ ނުކުތާއަކީ މި މަރްޙްލާގައި އިސްތިއުނާފުކުރެވޭނެ ނިންމުމެއް ނޫންކަނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު އާޒިމާ ޝަކޫރު ޤަޟިއްޔާގެ 19 ވަނަ ނުކުތާއިން އެނގެން އޮންނަކަމަށާއި، ވީމާ މި ނުކުތާއަކީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫންކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދަ ގޮތޭ

19އިސްތިއުނާފު ރައްދުވާ ފަރާތުންއެދިފައިވަނީ އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށި ؛ އަދ

20ޝަރީޢަތުގެ ކުރިން ނިންމާ ނިންމުންތަކުގެ ތެރެއިން ފައިނެލިޓީ އޮތްކަމަށް ބެލުމުގެ ފުރުސަތު ނެތް ނިންމުންތައް، ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި ހުށަހަޅައިގެން ބަހުސްކުރުމުގެ ފުރުސަތު ލިބިދޭ ގޮތަށް ދަށު ކޯޓުން ނިންމާ ނިންމުންތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ )ހ( ގެ 3 ވަން ނަންބަރުގެ ދަށުން އިސްތިއުނާފު ނުކުރެވޭނެކަމަށި ؛ އަދ

21މަދަނީ މިންގަނޑުން މައްސަލައެއް ކުރިއަށް ގެންދެވޭނެކަމަށް ދަށު ކޯޓަކުން ނިންމާ ނިންމުމެއް އިސްތިއުނާފުކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން ތަން ނުދޭކަމަށް ކަނޑައެޅުމަށެވެ.

22މި މައްސަލައިގެ ނިސްބަތުން ބަލާއިރު ދައުލަތުގެ ޖަވާބުގައިވެސް ފާހަގަކޮށްޖަދަލުކޮށްފައިވަނީ މައިގަނޑު ގޮތެއްގައިއިޖުރާޢީ އިޢުތިރާޒުގައިވެސް ފާހަގަކޮށްފައިވާ ކަންކަންކަމަށްވާތއާއ، މައްސަލައިގައި ހުށަހަޅާފައިވާ ބަހުސަށް ބަލައަމ މައްސަލައިގައި އިސްތިއުނާފުގެ ނުކުތާތަކާ ގުޅިގެން ގޮތެއް ކަނޑައޅަންފެނެއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ދައުލަތުން ހުށަހެޅިއިޖުރާއީ އިޢުތިރޭޟއ ގުޅި

23ދައުލަތުން މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކުރި އިޢުތިރީޟާކްދިވެހިރާއްޖޭގެސުޕްރީމ ކޯޓުގު ނަންބަރ 2022/SC-A/85 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މޢި ޝާރު ޞާލިޙް( ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2022/SC-A/75 )އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާ ޙަވާލާދީ، ޝަރީޢަތުގެ ކުރިން ނިންމާ ނިންމުން އިސްތިއުނާފުކުރެވޭނީ ފައިނެލިޓީ އޮތްކަމަށް ބެލުމުގެ ފުރުސަތު އޮތް ނިންމުންތައްކަމަށާއި އެ ނޫން ނިންމުންތައް އިސްތިއުނާފުނުކުރެވޭނ ކަމަށެ ކަނޑައަޅައި، މި މައްސަލައަކީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޖަވާބު ފޯމުގެ 2.1 – 2.8 ވަނަ ނުކުތާ.

24HN1ދެށުކޯޓުނ ނިންމް ނިންމުންތަކުގެ ތެރެއިން ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށް ނިންމާ ނިންމުންތަކަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭފަދަ ޙާލަތްތަކެއް ހުރުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ )ށ( އިން ޝަރީޢަތގްކުރިނ ހުށަހަޅް ހުށެހެޅުންތަކ ގުޅިގެނާ ނިންމް ނިންމުންތައް އިސްތިއުނާފުކުރުމަށް ހުށަހެޅޭނެކަމަށޫބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި، މި މައްސަލައިގެ އިސްތިއުނާފީ މައުޟޢއަށް ޖަވާބުދޭންޖެހޭކަމުގައި ދެކެމެވެ.

އިސްތިއުނާފީ ނުކުތާތަކާ ގުޅޭ

25މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ އިސްތިއުނާފުގެ އަލީގައި، ޝަރީޢަތުން ގޮތެއް ނިންމަންޖެހޭނީ،

25.1. މީއުޟޫޢުގޮތުނ ދަޢުވް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅޭ ދިފާޢަކީ ހަމައެކަނި ޤާނޫނެލ ޢުޤޫބާތުގެ 60 ވަނަ ބާބުގައި ބަޔާންކުރާ ދިފާޢުތައް އެކަނި ކަމުގައި ދަށު ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވޭތޯއާއި، މިފަދައިން ކަނޑައަޅާފައިވާނަމަ، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްތޯއާއި،

25.2. ދަޢުވާ އުފުލުމުގައި އުނިކަމެއްވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާ ބުނުމުގެ މައްޗަށް ދަށު ކޯޓުން ނިންމި ނިންމުމުގައި ގޯހެއްވޭތޯއާއި،

25.3. އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ޝަރީޢަތް ކުރިއަށް ގެންދަންޖެހޭ ޤާނޫނީ ސަބަބެއް ދައުލަތުން ދެއްކިފައިނުވާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރިއަށް ގެންދިޔުމަށްދަށ ކޯޓުނ ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލަކާ ޚިލާފަށްތޯއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ( ޤަޟިއްޔާގެ 15 ވަނަ ނުކުތާ.

26މި މައްސަލައިގައި އިސްތިއުނާފުކުރި ފަރާތްތަކުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތގައު

3 )ތިނެއް( ހުށަހެޅުމެއް ހުށަހެޅިއެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާއި، 119 ވަނަ މާއްދާގެ )ހ( ގެ )2 ( ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާއި އަދ 119 ވަނަ މާއްދާގެ )ހ( ގެ )1 ( ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށެހެޅުމަ ކެވެ.

27ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ޙަވާލާދީފައިވާ ޤާނޫނީ ނައްސުތަކުގެ ތަފްޞީލަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގައި ބަޔާންކުރަނީ،ޝަރީޢަތުގައި މާއިޟޫޢީގޮތުން ބެލުމަކީ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައ ހިމެނޭ ފަރާތަކަށްޝަރީޢަތް ފެށުމުގެކުރިންކޯޓަށް ހުށަހެޅިދާނެކަމުގައެވެ. މީގެ އިތުރުން ހުށަހެޅުންތައް ބިނާކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )1( އާއި )2( ވަނަ ނަންބަރުގެ ދަށުނ ދަޢުވް އުފުލުމުގައި އުނިކަމެއްވާކަމާއި، އަދި ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް އޮތްކަމުގެ މައްޗަށެވެ.

28މި 3 )ތިނއް( ހުށަހެޅުންވެސް ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

28.1. ކުންފުނީގެ ކޯޕަރޭޓް ފަރުދާ )ވެއިލް( ނުނަގާ ކުންފުނީގެ ޙިއްޞާދާރުންގެ މައްޗަށް ދަޢުވާކޮށްފައިވުމާއި،

28.2. ދިވެހިރާއްޖޭގެ ޖިނާއީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި، ކުންފުނިތަކުން ހިންގާ ޖިނާއީ ޢަމަލުތަކަށް ޒިންމާވާންޖެހޭ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، މި ދަޢުވާތައް ކުންފުނީގެ މައްޗަށް ނުކޮށް ފަރުދީ ދަޢުވާ އުފުލާފައިވުމާއި،

28.3. ދަޢުވާ ކުރިއަށް ގެންދެވޭނެ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހާޅާފައިނުވާކަމެވެ.

29ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ޝަރީޢަތް ފެށުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާފައިވާ ބަހުސަކީ، ކުންފުނީގެ ކެޕ ރަޕޭޓ ވެއިލް ނުނަގާ ކުންފުނީގެ ޙިއްޞާދާރުންގެ މައްޗަށް ދަޢުވާކާރުވޭނެތޯ އަދި ކުންފުނީގެ ނަމުގައި ކޮށްފައިވް މުޢާމަލާތަކާ ގުޅިގެން ކުންފުނީގެ ޙިއްޞާދާރުން/މުވައްޒަފުން ފަރުދީ ގޮތުން ޖިނާއީ މަސިއޯލއްޔަތު އުފުލަންޖެހޭނެތއެވެ.

30ދްވެހިރާއްޖޭގެސުޕްރީމ ކޯޓުގެ ނަންބަރ 2022/SC-A/75 އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެ ފަހުން "އިސްމާޢީލް އިފްހާމް މުޙައްމަދު ޤަޟިއްޔާ" ކަމަށް ބުނެފައި( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2022/SC-A/85 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް )މީގެ ފަހުން "މިޢުޝާރު ޞާލިޙް ޤަޟިއްޔާ" ކަމަށް ބުނެފައި( ޤާޟިއްޔާއިނިނިންމާފައިވ ނންމުމާއި،އަދި އޭގެ ފަހުންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހުށަހެޅޭ ހުށަހެޅުންތައް މިނެކިރާނާގޮތ ނުވަތް ވަޒަންކުރާނެގޮތުގެ އިރޝު ދ ދީފައިވެއެވެ.

31HN2މިގޮތުންޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއިން މައްސަލައިގެ މައުޟާޢަ އަށް ސީދާ އަސަރުކުރާ ފަދަ މޭރުމަކުން ގޮތެއް ނިންމިދާނެކަމަށް ނުދެކޭކަމާށޫއި، ސަބަބަކީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުޟޢައަށް ސީދާ އަސަރުކުރާފަދަ ގޮތަކަށް މައްސަލަ ނިންމާނަމަ، މައްސަލައިގެ ޝަރީޢަތް ފެށެންވާއިރަށ ގޮތެއް ކަނޑައަޅާނެ ކަންކަން ނެތިދާނެތކަމަށާއި، ނުވަތަ ޝަރީޢަތަކާ ނުލައި މައްސަލައިގެ ޙުކުމަކާ ހަމައަށް ވާސިލުވާނެތީ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެއިސްމާޢު ލ އިފްހާމް މުޙައްމަދާޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އަދި ހަމައެއްއެކު، މިއީ ޝަރީޢަތުގެ ކުރީގެ މަރުޙލާގައަ ހުށަހަޅާފައިވި ހުށަހެޅުމެއްކަމަށްވާއިރު، މި މަރުޙަލާގައި ގޮތް ނިންމަންވާނީ އެންމެ އަޑިއަށް ފީނައި، މައުޟޢްމައްސަލ ބަލަ އުޞޫލުން ނޫންކަންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދ ޤަޟިއްޔާގެ ނިންމުމުން އެނގެއެވެ.

32ޝަރީޢަތުގެ ކުރިއަށް އަންނަ މަރުޙަލާގައި ޝަރީޢަތުގެ ތެރޭގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމަށް ގޮތް ކަނޑައެޅުމުގެ ނަތީޖާއަކީ، ޤާނޫނުން ލާޒިމުކުރާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ބަހުސެއް ނުވަތަ ދިރާސާއެއ ނުކުރެވި، މައްސަލައިގެ މައުޟޢޮ ނުވަތަ ވާޤިއާތަކާއި ސީދާ ގުޅޭ ކަންކަމުގައިގތ ކަނޑައެޅިގެންދިޔުންކަމަށާއި، ޝަރީޢަތްކުރުމެއ ނެތް ޝަރީޢަތުގެ ކުރިން ނިންމާ ނިންމުންތަކުގެ ތެރޭގައި، ދެ ފަރާތގު ދެމެދު ޤާނޫނީ ގޮތުން ޚިޔާލު ތަފާތުވާ ކަންކަމުގައި ގޮތެއް ނިންމިދާނެކަމަށް ނުދެކޭކަމުގައިވެސް އިސްމާޢީލް އިފްހާމް މުޙައްމަދ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

33ބަޔާންކުރަނިވިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެމަކ ގުޅިގެނާ ނިންމާފައިވާ ނިންމުމެއް ކަމުގައިވީނަމަވެސް، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއީކަނޑައެޅުމުގައ ބެލުންތައް ބަލަންޖެހޭ މިންގަނޑާ ގުޅޭ ގޮތުން، އެހެނީ، އެފަދަ ހުށަހެޅުންތަކާ ގުޅިގެން ނިންމާ ނިންމުންތަކަކީ މައްސަލައިގެ މައުޟަޢެއަށް ފީނުމުގެ ބަދަލުގައި، މަތިމަތިން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ނިންމުންތަކެއްކަމާއި، ޝަރީޢަތްކުރުމެއ ނެތް ޝަރީޢަތުގެ ކުރިން ނިންމާ ނިންމުންތަކުގު ތެރޭގައި، ދ ފަރާތުގެ ދެމެދު ޤާނޫނީ ގޮތުން ޚިޔާލު ތަފާތުވާ ކަންކަމުގައި ގޮތެއް ނުނިންމޭނެކަމަށް ކަނޑައަޅާފައިވާ އުޞޫލަކީ، މި މައްސަލައަށްވެސް ތަޠުބީޤުކުރެވޭނެ އުޞޫލެއްކަމުގައި ދެކެމެވެ.

34HN4މިކަންކަމުގެ އަލީގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ޝަރީޢަތް ފެށުމުގެ ކުރިން އިސްތިއުނާފުކުރަ ފަރާތްތަކުން އުފައްދާފައިވާ ބަހުސަކީ، އެހެނީ ކުންފުނީގެ ކާޕުރަޕޭޓ ވެއިލް ނުނަގާ ކުންފުނީގެ ޙިއްޞާދާރުންގެ މައްޗަށް ދަޢުވާކާރްވޭނެތޯ އަދި ކުންފުނީގެ ނަމުގައި ކޮށްފައިވާ މުޢާމަލާތަކީ ގުޅިގެން ކުންފުނީގެ ޙިއްޞާދާރުން/މުވައްޒަފުން ފަރުދީ ގޮތުން ޖިނާއީ މަސިއިލްއްޔަތު އުފުލަންޖެހޭނެތޯ، މ ބަހުސްތަކަކީ، މައްސަލަ މައުޟޫޢީ ގޮތުން ބެލުމަކާ ނުލައި އެއާ މެދު ގޮތެއް ނިންމޭނެ ކަންކަމެއް ނޫންކަމަށް ދަށު ކ ޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލާ ޚިލާފަށްކަމުގައި ނުދެކެމެވެ. މިފަދައިން މި ކަނޑައަޅަނީ، ޤާނޫނުލްޢުޤޫބާތުގ 71 ވަނަ މާއްދާއަށް ނަޒަރުކޮށެވެ.

35HN3މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތައް ހުށަހެޅި ހުށަހެޅުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރަށް ޙަވާލާދީފައިވެއެވެ. އެ މާއްދާގައި ބަޔާންކުރަނީ "ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް" ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅިދާނެކަމުގައެވެ. މި މާއްދގައެޙަވާލާދޭ "ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް" އިތުރަށް ތަފްޞީލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގައެވެ. މި މާއްދާގައި ބަޔާންކުރަނީދަޢުވާކުރުމަށ ހުރަހަކަށް ވެދާނެ ދިފާޢެއ ކަމަށް ޤާނޫނެއްގައި ބަޔާންވެގެންވާ ދިފާޢެއް އޮވެގެން، ދަޢުވާ ލިބޭ ފަރާތުން އެ ދިފާޢު ހުށަހަޅަން ބޭނުންވާނަމަ، ޝަރީޢަތުގެ ކުރިން އެ ދިފާޢު ހުށަހެޅުމެ ގެ ފުރުޞަތު ފަނޑިޔާރު ދޭންވާނުކަމަށވ. އާންމު އުޞޫލުން، ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢު ބަޔާންކުރަނީ ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބުގައެވެ.

36މި މައްސަލައިގައިދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢުކަމުގައ އިސްތިއުނާފުކުރި ފަރާތްތަކުން ފާހަގަކޮށްފައިވާ ކަންކަމކ ޤާނޫނުލްޢުޤޫބާތުގެ 60 ވަން މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމއެ ނޫންކަމަށް ދަށް ކޯޓުނު ކަނޑައެޅުމާއެކު، އެ ފަރާތްތަކުން ހުށަހަޅާފައިވާ ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެކަމަށް ބަޔާންކުރާ ހުށަހެޅުންތަކަކީ މައްސަލައިގެ ހެކިވަޒަންކޮށް މައުޟާޢ ގޮތުން މައްސަލަ ބެލުމަކީ ނުލައި އެއާމެދު ގޮތް ކަނޑައެޅޭނެ ކަމެއް ނޫންކަމަށް ދަށު ކޯޓުން ނިންމާފައިވެއެވެ.

37އިސްތިއުނާފުކުރާ ފަރާތްތަކުން ޝަރީޢަތުގެ ކުރިން ހުށަހަޅާފާއިވާ ހުށަހެޅުންތަކުގައި ޙަވާލާދީފައިވާ މާއްދާތަކުގެ މައްޗަށް ބިނާކޮށް، ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢު ހަމައެކަނި ޤާނޫނުލްޢުޤޫބާތުގ 60 ވަނަ ބާބަށް މަހުދޫދުކުރެވޭނެކަމަކަށ ނުދެކެމެވެ.

38އެހެނަސް، އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ހުށަހެޅި ހުށަހެޅުމުގެ މައްޗަށް ނަޒަރުކޮށް، ޖުމްލަކޮށް މިއާ ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމުގައި ޤާނޫނީ ގޯހެއް އޮތްކަމަކަށް ނުދެކެމެވެ. އެހެނީ، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، އެކަންކަމީ ހެކިވަޒަންކޮށް އިސްތިއުނާފުކޮށްފައިވާ ނިންމުމުގެ 3 ވަނަ ޕެރެގްރާފް. މައުޟޢޫ ގޮތުން މައްސަލަ ބެލުމަކާ ނުލައި އެއާމެދު ގޮތް ކަނޑައެޅޭނެ ކަމެއް ނޫންކަމަށް ދަށު ކޯޓުނ ނިންމާފައިވާތީއެވެ.

39ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފުކުރާ ފަރތްތަކުނ ހުށަހަޅް ހުށަހެޅުމުގައި، އެ ޤާނޫނުގެ 120 ވަނަ މައްދާއަށް ރުޖޫޢަވެ، އެ މާއްދާގެ ދަށުން ޤާނޫނުލްޢުޤޫބާތުގ 60 ވަނަ ބާބު ފިޔަވައި އެހެން ޤާނޫނީ ނައްސެއްގައ ބަޔާންކުރި ފަދަ ދިފާޢެއް ނުވަތަ ޤާނޫނެ ދިފާޢެއް އެކުލެވޭތޯ ބެލިނަމަވެސް، މި މައްސަލައިގެ ބަޔާންކުރަނިވި ނަތީޖާއަށް ބަދަލެއް އަންނާނެކަމަކަށް ނުދެކެމްވެ. އެހެނީ، ޤާނޫނޫ ލާ ޢުޤެބތުގ 71 ވަނަ މާއްދާ އެގޮތުގެ މަތިން އޮތަތީ، ކުންފުންޏާބެހޭ ޤާނޫނާއި ޙަވްލާދީ، އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާ ބަހުސަކީ، އިސްމާޢީލް އިފްހާމް މުޙައްމަދ ޤަޟިއްޔާ އަދ މި ޢު ޝާރ ޞާލިޙްޤާޟިއްޔާގައި ކަނޑައަޅަފައިވާ އުޞޫލުގެ ތެރެއިން، މ އީ ޟޢ ގޮތުން މައްސަލަ ބެލުމަކާ ނުލައި އެއާމެދު ގޮތެއް ކަނޑައެޅޭނެ ކަމެއް ކަމުގައި ންދެކޭތީއެވެ.މިފަދައިން މިދެކެނީ، ފަރުދީ ގޮތުން އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ދަޢުވާ ނުކުރެވޭނެކަމަށް ބުނާ ބުނުމުގެ މައްޗަށް މި މަރީޙ ލާގައިވެސް ޚަޞްމުންގެ މެދުގައި ޤާނޫނީގޮތުން ޚިޔާލުތަފާތުވެފައިވާތީ، މިއީ ޙަޤީޤަތުގައިވެސް ޤާނޫނީ ބަހުސެއް އޮތްކަމެއްކަމާމެދު ޝައްކެއްނެތަތީއެވެ.

40ދައުލަތުން ކުޅަ ދަޢުވާ ބިނާކޮށްފައިވަނީ ކުންފުނިން ކޮށްފައިވާ މުޢާމަލާތެއްގެ މައްޗަށް ކަމަށްވާއިރު، ޝަޒްބާން ފަހުމީއަކީ އެ ކުންފުނީގެ ހިއްސާދާރެއްނޫންކަމަށާއި، މި ދަޢުވާ އޭނާގެ މައްޗަށް ނުކުރެވޭނެކަމަށް ބުނާ ބުނުމުގެ މައްޗަށް ބަލާއިރު، އިސްތިއުނާފުކުރާ ފެރާތްތަކުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައިވަނީ އެއް ފޯމަކުން ކަމަށްވެފައި، އަދި އެ ފޯމުގައި ކުންފުނީގެ veil corporate އ ގުޅޭ ނުކުތާތަކާއި، އަދި މި ދަޢުވާތައް ކުންފުނީގެ މައްޗަށް ނުކޮށް ފަރުދީ ދަޢުވާތައް ކޮށްފައިވާ ކަމުގެ މައްޗަށ ކޭމަށްވާއިރު، މިކަންކަމަކީ ޝަޒްބާން ފަހުމީއަށް ނިސްބަތްކޮށްވެސ ހުށަހަޅާފައިވް ކަންކަމެވެ. އ ހުށަހެޅުންތަކާ ގުޅިގެން ދަށު ކޯޓުން ގޮތް ކަނޑައަޅާފައިވަނީވެސް އެކުއެކީގައި، ދަޢުވާލިބޭ 3 )ތިނެއް( ފަރާތަށް ނިސްބަތްވާގޮތަށެވެ. ޝަޒްބާން ފަހުމީއާ ގުޅުވައިގެން ނަގފައިވާނުކުތާއަކީވެސް އެ ފަރާތަށް މައްސަލައިގެ ޝަރީޢަތުގެ ތެރެއިން ބަހުސްކުރެވޭނެ ނުކުތާއެއްކަމުން، މި މައްސަލައިގައި ވަކި އިސްތިސްނާއެއްނެތި، އިސްތިއުނާފުކުރާ ފަރާތްތަކުން ދަށު ކޯޓުގައި ހުށަހަޅާފައިވާ ކަންކަމީ މައުޟްޢި ގޮތުނ މައްސަލަ ބެލުމަކާ ނުލައި އެއާމެދު ގޮތް ކަނޑައެޅޭނެ ކަމެއް ނޫންކަމަށް ދަށު ކޯޓުން ނިންމި ނިންމުމުގައި ޤާނޫނީ ގޯހެއް އޮތްކަމަކަށް ނުދެކެމެވެ.

41ތިނވަން އިސްތިއުނާފަ ނުކުތާގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅައި ޖަދަލުކުރާކަމަކީ، މި މައްސަލައިގައ ދަޢުވި ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާއިރު، ދަޢުވާ ކުރިއަށ ގެންދިޔުމަށް ނިންމާފައިވާ ނިންމުމެވެ. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ މ މައްސަލައިގައި ޝަރީޢަތުން ގޮތެއް ނިންމާފައިވަނީ މަދަނީ މިންގަނޑނު މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމާއެކު، ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާއެކު ކަމުގައެވެ.

42އިސްތިއުނާފުކުރެވޭ ނިންމުމަށް ބަލާއިރު، މިފަދައިންކަނޑައެޅިގެނ ދަށު ކޯޓުގެ ނިންމުމުނާނިންމާފި އިވަ ތަނެއް ފެންނާކަށްނެތެވެ. މި ނިންމުމުގައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ނިންމާ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަން މާއްދާގަ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތް ނިނެމީކަމުގައެވެ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާގައިވަނީދެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ރިޢާޔަތްކޮށް، ހުށަހެޅުންތަކާމެދ ގތެއް ނިންމުމަށްޓަކައި ބާއްވާ އަޑުއެހުމުގައި، އެ ހުށަހެޅުންތަކާމެދު ފަނޑިޔާރު ގޮތެއް ނިންމަންވާނެކަމަށާއި، މިފަދައިންޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ފަނޑިޔާރު ނިންމިގޮތް، ދަޢުވާކުރާ ފަރާތަށާއި ދަޢުވާ ލިބާ ފަރާތަށް ކޯޓުނ ދޭންވނެކަމުގައެވެ.

އިސްތިއުނާފު ފޯމުގެ 8.2.1 ނުކުތާ

43HN5މ މައްސަލައިގައި ދައުލަތުގެ ފަރާތުން ކުޅަ ދަޢުވާ ސާބިތުކުރުމަށް ޝަފަހީ ހެއްކާއި ކިތާބީ ހެކި ހުށަހަޅާފައިވެއެވެ. މި މަރިޙުލާގައި ޝަރީޢަތުން ރިޢާޔަތްކުރާނީ ޖުމްލަ ހެކިތަކުގެ ނަތީޖާއަށެވެ. އަދި ހެކި ވަޒަންކުރާނީ ޝަރީޢަތް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ނުވަތަ ނެތްތޯ ކަނޑައެޅުމަށް ފުދޭ މިންވަރަށް ހެކި ހުރިތޯ ބެލުމަށެވެ. އެއީ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިތޯ ބެލުންކަމުގައްދިވެހިރާއްޖޭގުސުޕްރީމ ކޯޓުގެ ނަންބަރ 2022/SC-A/42,43 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު ޤަޟިއްޔާގައި ކަނޑައާ ޅާފައިވެއެވެ. ހުށަހްޅޫފައިވާ ހެކިޤަރީނާއ ގުޅިގެނާ ޖަދަލެއް އުފައްދާނަމަ، އެކަނ ވަޒަންކޮށް، އެއާމެދު ގޮތެއް ކަނޑައެޅޭނީ މައްސަލައިގެ މައުޟޢޫ ގެ ތެރެއިންނެވެ.

44އެހެންކަމުން، މި ނުކުތާއަކީ ބަލައިގަނެ، ގޮތެއް ނިންމަންޖެހޭ ނުކުތާއެއްކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

45ބުނެވިދިޔަ ކަންކަން އެފަދައިން ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 145-B6/SHN/(629-641-2023)/2025/02 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ބާޠިލުކުރާނެ ސަބަބެއްނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔް

46މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

47މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއިދުކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ