ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/19

މާލޭ ސިޓީ ކައުންސިލް ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 މާރިޗު 2022ދަށު ކޯޓު: ސިވިލް ކޯޓު B4-CR2/VA/2021/02ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު B4-CR2/VA/2021/02
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިމުގެ ރަޖިސްޓްރީތައް މާލޭ ސިޓީ ކައުންސިލުން ބާޠިލުކުރި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކީ، ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ ވަގުތީ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަގުތީ އަމުރަކާމެދު ގޮތެއް ކަނޑައަޅާ މަރުޙަލާއަކީ މައުޟޫޢީ ޙައްޤު ނުވަތަ ޤާނޫނީ މަރުކަޒު ސާބިތުކުރެވޭ ނުވަތަ ނަފީކުރެވޭ މަރުޙަލާއެއް ނޫނެވެ؛ ވަގުތީ އަމުރެއްގެ މަޤްޞަދަކީ މައްސަލައާމެދު ގޮތެއް ކަނޑައެޅެންދެން މައްސަލަ ހުށަހެޅިއިރު ކަންއޮތް ޙާލަތު ދަމަހައްޓަންޖެހޭތޯ ކަނޑައެޅުމެވެ. އެގޮތުން ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެދާނެ ސަބަބު ހުރިތޯއާއި، އަމުރު ނެރުމުން ނުވަތަ ނުނެރުމުން ފަރާތްތަކަށް ލިބިދާނެ ގެއްލުމާއި އެ ގެއްލުން އަނބުރާ އިޢާދަކުރެވޭ މިންވަރު ވަޒަންކުރަންޖެހެއެވެ.

HN2 ސުޕްރީމް ކޯޓުގެ 2012/SC-A/21 ގައި ކަނޑައަޅާފައިވާ ގޮތުން ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާއްމު ޝަރުޠުތަކަކީ: ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވުން (fumus boni iuris)؛ އަމުރު ނުނެރެ ދަޢުވާ ލަސްވެއްޖެނަމަ ނުރައްކަލެއް ކުރިމަތިވުން (periculum in mora)؛ އަދި އަމުރަށް އެދޭ ފަރާތަށް އެކަމަށް އެދުމުގެ ޞިފަތު (capacity) ލިބިގެންވުމެވެ.

HN3 ވަގުތީ އަމުރުގެ ކޮންމެ މައްސަލައެއް ވަކިން ބަލައި ވަޒަންކުރަންޖެހޭނެއެވެ؛ ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާ އުޞޫލުތަކަކީ މައްސަލައިގެ ޙަޤީޤަތްތަކާއި ވަށައިގެންވާ ކަންކަމާއި ޠަބީޢަތާ ގުޅިގެން ބަދަލުވާ އުޞޫލުތަކެކެވެ.

HN4 ބިމެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކީ، އެ ރަޖިސްޓްރީ ބާޠިލުކުރުމާ ގުޅޭ ދަޢުވާގައި ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު އޮތް ފަރާތެކެވެ؛ ރަޖިސްޓްރީއަށް ބަރޯސާވެ ބިން ވިއްކުމާއި ރަހުނުކުރުން ފަދަ މުޢާމަލާތު ކުރަމުންދާއިރު، ޚުޞޫމާތު ނިމުމުގެ ކުރިން އެހެން ފަރާތަކަށް މިލްކުވެރިކަން ދިއުމުން ތިންވަނަ ފަރާތްތަކުގެ ޙައްޤުތަކަށްވެސް އަސަރުކޮށް އަނބުރާ އިޢާދަކުރަން ދަތި ގެއްލުން ކުރިމަތިވެދާނެތީ، އަދި ދަޢުވާކުރާ ފަރާތަށް ލިބޭ ގެއްލުމާއި އުނދަގޫ ބޮޑުވާތީ، ވަގުތީ އަމުރު ނެރުން ޞައްޙައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢަލީ ސަމީރު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ސަމީރު ގެ ރައުޔު،މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒްއާއި ފަނޑިޔާރު މުޙައްމަދު ފައިޞަލް

ތާއީދު ކުރެއެވެ .

ތަޢާރުފު

1މި އ ސިވިލް ކޯޓުގެ ނަންބަރ B4-CR2/VA/2021/02 "ވަގުތީ އަމުރު" ގައިއެ ކޯޓުން ނިންމާފައިވާ ނިންމުމަކާ، ޤާނޫނީ ހަމަތަކާއެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމުގައި ބުނީ އެނިންމުން އިސްތިއުނާފު ކުރުމަށް އެދި މާލޭ ސިޓީ ކައުންސިލް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުންބެލުނު މައްސަލައެވެ. މި މައްސަލައިގައ އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް )ރަޖިސްޓްރޭޝަން ނަންބަރ C-0793/2008( އެވެ.

ސިވިލް ކޯޓުގައި ހިނގަމުންދާ މައުޟޫޢީ މައްސަލަ

2ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް )އެޗް.ޑީ.ސީ( ގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުގެ ނަންބަރު 4313/Cv-C/2021 ޤަޟިއްޔާ އިން ބެލެވޭ މައުޟޫޢީ މައްސަލައަކީ، 2021 ޑިސެމްބަރު 8 ވަން ދުވަހު، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެޗް.ޑީ.ސީއަށް ސިޓީއެއް ފޮނުވައި، އެޗް.ޑީ.ސީގެ ނަމުގައި ހުޅުމާލެ ފޭސީ 1 އަދި ފޭސް 2 އަކަށް ހަދާފައިވާ ބިމުގެ ރަޖިސްޓްރީތައް މާލޭ ސިޓި ކައުންސިލުން ބާޠިލްކޮށްފައިވާ ކަމުގައި އަންގާފައިވާކަމަށާއ މާލެ ސިޓީ ކައުންސިލްގެ މިނިންމުމަކ ޤާނޫނީ އަސާސީގެ 40 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 233 ވަނަ މާއްދާއާއި، ބިމާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގމުގ ޤާނޫނުގެ 2-56 ވަނީ މާއްދާގަ )ށ( އާއި ޚިލާފަށް އެ ކައުންސިލުން ނިންމާފައިވާ ޣައިރު ޤާނޫން ނިންމުމެއް ކަމުގައިވާތީ، އެޗް.ޑީ.ސްގެ ނަންމަތީގައި ހުޅުމާލެ ފޭސީ 1 އަދި ފޭސް 2 އަކަށް ހަދާފައިވާ ބިމުގެ ރަޖިސްޓްރީތައް މާލޭ ސިޓީ ކައުންސިލުން ބާޠިލްކުރި ކުރުމަކީ ޣައިރު ޤާނޫނ (ultra vires) ނިންމުމެއް ކަމުގައި ކަނޑައަޅައިދިނުމަށާއިމާލޭ ސ ޓީ ކައުންސިލުން ނިންމާފައިވާ ޣައިރު ޤާނޫނީ ނިންމުމާ ގުޅިގެނ އެޗް.ޑީ.ސީއަށް ލިބިދާނެ އެންމެހާ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ޙައްޤު އެޗް.ޑީ.ސީއަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިން ން އެދްއެޗް.ޑީ.ސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލ ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގް ފަރާތުން ސިވިލް ކޯޓުގައި ނެރެދިނުމަށް އެދުނު ވަގުތީ އަމުރު:

3އެޗް.ޑީ.ސީ ގެ ފަރާތުންސިވިލ ކޯޓުގައި އެދިފައިވަނީ އެޗް.ޑީ.ސ ގެ ފަރާތުން އެ ކޯޓަށް ހުށަހެޅި ބުނެވުނު މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައެޅުމުގެ ކުރިން، މާލޭ ސިޓީ ކައުންސިލުން 08 ޑިސެމްބަރު 2021 ވަނަ ދުވަހު ނިންމާފައިވާ ނިންމުމުގެ ސަބަބުން އެޗް.ޑީ.ސީ އިން ވެފައިވް މަދަނީ އެއީބަސްވުންތަކާއި، އެޗް.ޑީ.ސީއިން ވެފައިވް ލޯނާ އެއްބަސްވުންތަކާއ އެޗް.ޑީ.ސ އިން ޚިލާފުވެ، "ކްރޮސް- ޑީފޯލްޓް" ޙު ލަތަކަށާ ދިއުމުގެ ބޮޑަ އިޙުތިމާލެއް އޮތުމާއި، އެފަދަ ޙީލަތެއް މެދުވެރިވެއްޖެނަމް އެޗް.ޑީ.ސިއާއ ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތައް އެއްފަހަރާ ޑީފޯލްޓް ވުމުގެ އިހުތިމާލު އޮތުމުން މާލޭ ސިޓީ ކައުންސިލްގެ އިސްވެދެންނެވުނު ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށާއި، އެނިންމުން ތަންފީޛު ކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށާއި، ހުޅުމާލޭގެ ބިމުގެ މިލްކުވެރިފަރާތުގެ ހައިސިއްޔަތުން ލިބިދީފައިވާ އެންމެހައި ޤާނޫން ޙައްޤުތަކާއި، ބިމާއި ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްޤީކުރުމާއ ބެލެހެއްޓުމުގ ގޮތުނެ އެޗް.ޑީ.ސ އިނަ ކުރަމުން އައި ކަންކަމަށް، ހުރަސްއެޅޭފަދަ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކުރާނަމުއެކަމެއް ހުއްޓުވައިދިނުމަށް ކަމާބެހޭ އިދާރާތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރު އަމުރުކޮށްދިނުމުގެ ވަގުތީ އަމުރަކަށެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑެ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ވަގުތީ އަމުރަށް އެދް ފޯމް" ގ 6,1 ވަނަ ނަންބަރު ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ކަނޑައެޅގޮތި:

4އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ B4-CR2/VA/2021/02 ވަގުތީ އަމުރުގައިބުނެފައި އޮންނަނީ ......." ދެންފަހެ، ބުނެވިދިޔަ ގޮތުގެ މައްޗަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގް ފަރާތުނު މާލް ސިޓީ ކައުންސިލްގެ މައްޗށަ ހުށަހެޅް މިކޯޓުގެ ނަންބަރ 4313/Cv-C/2021 ޤަޟިއްޔާގެ މައުޟޫއުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން، މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޢާންމު ޖަލްސާއިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ހަދާފައިވާ ހުޅުމާލެ ފޭސީ 1 އަދި ހުޅުމާލެ ފޭސް 2 ގެ ދެ ރަޖިސްޓްރީ ބާޠިލް ކުރުމަށް ނިންމާފައިވާ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށާއި، މާލޭ ސިޓީ ކައުންސިލްގެ މި ނިންމުން ތަންފީޛު ކުރުމުގެ ގޮތުން ދައުލާ ތުގެ އެއްވެސ އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށާއި، ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ޙައިސިއްޔަތުން ލިބިފައިވާ އެންމެހައި ޤާނޫނީ ޙައްޤުތަކާއި، ބިމާއި ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްޤީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗް.ޑީ.ސ އިން ކުރަމުން އައި ކަންކަމަށް ހުރަސްއެޅޭފަދަ އެއްވެސްކަމެއ އެއްވެސް ފަރާތަކުން ނުކުރުމަށާއި، ކުރަމުންދާނަމަ އެކަމެއް ހުއްޓުވައި ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ". މިފަދައިންނެވެ.

5މާލޭ ސިޓީ ކައުންސިލް ގެ ފަރާތުން އިސްތިއުނާފްކުރުމަށް ހުށަހަޅާފައިމިވަނީ، ސިވިލް ކޯޓުގެ ނަންބަރު B4-CR2/VA/2021/02 ވަގުތީ އަމުރެވެ. އިސްތިއުނާފީ ނުކުތާތައް:

6ސިވިލް ކޯޓުގެ ނަންބަރު B4-CR2/VA/2021/02 "ވަގުތީ އަމުރު" ގައީ ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެނިންމުން އިސްތިއުނާފ ކުރުމަށް އެދް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 3 )ތިނެއް( ނުކުތާއެވެ.

6.1- ވަގުތީ އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމާބެހޭ ޤާނޫނީ އުސޫލުތަކާއި، "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ" ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ.އެންޓި ކޮރަޕްޝަން ކޮމިޝަން" ނަންބަރު 2012/SC-A/21 ޤަޟިއްޔއާއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ "ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދެ ﷲ. ސިވިލް ސަރވިސް ކޮމިޝަން" ޤަޟިއްޔާއިން ކަނޑައަޅާފައިވާ ވަގުތީ އަމުރު ނެރުމުގެ އުސޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުނކަމަށ ބުނެ ހުށަހެޅި ނުކުތާއާއި،

6.2- ސިވިލް ކޯޓުން ނެރެފައިވ ވަގުތާ އަމުރުގައި ބަޔާންކޮށްފައިވާ ހުޅުމާލެ އަދި ހުޅުމާލެ )ފޭސެ 2 އިން ހިއްކާފައިވާ ބިން( ހިމެނޭ ރަޖިސްޓްރީތަކަކ މާލޭސިޓީ ކައުންސިލުން ބާޠިލްކަމަށް ނިންމުމުގެ ކުރިންވެސް ބާޠިލް ރަޖިސްޓްރީ ތަކެއްކަން ސިވިލް ކޯޓަށް ހުށަހަޅާފައިވަނިކޮށް ބިމާބެހޭ ޤިނޫނުގެ ދަށުން އެކި ފަރާތްތަކަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިންތަކާއި އެބިންތަކަށް ވަދެ ނިކުމެހަދާ މަގުތައް އުން ނ ކޮށް އޮތުމުގެ ސަބަބުނ ޤާނޫނީ ގޮތުން ބާޠިލްވެފައިވާ ރަޖިސްޓްރީ ތަކަކަށް ޢަމަލުކުރަން ޖެހޭގޮތަށް ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި އާ ޚިލާފަށް އަމުރު ނެރުއްވާފައިވުންކަމަށ ބުނެ ހުށަހެޅި ނުކުތާއާއި

6.3 ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 39 ވަނަ މާއްދާއިން ފެށިގެން 42 ވަނި މާއްދާއާ ދެމެދު ހުރި މާއްދާތަކުގެ ބާރު ކެނެ ޑޭގޮތަށް އަދ އެޤާނޫނުގެ 1-56 އާއި ޚިލާފަށް ސިވިލް ކޯޓުން އަމުރު ނެރުއްވާފައިވުންކަމަށ ބުން ހުށަހެޅި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް:

7HN1ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފަރުވާއަކަށް އެދި ހުށަހެޅުމުން އެފަދަ އަމުރަކާމެދު ކޯޓުން ގޮތެއް ކަނޑައެޅޭ މަރުޙަލާއަކީ މައްސަލައިގައި ހިމެނޭ މައުޟޫއީ ޙައްޤު ނުވަތަ ޤާނޫނީ މަރުކަޒު ސާބިތުކޮށް ނުވަތަ ނަފީ ކުރެވޭ މަރުޙަލާއެއް ނޫނެވެ. ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ މަޤްސަދަކަށްވާނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާމެދު ޝަރީޢަތޯ ނ ގޮތެއް ކަނޑައެޅެންދެން މައްސަލި ހުށަހެޅިއިރު ކަންއޮތް ޙާލަތު އެގޮތުގައި ވަގުތީ އަމުރެއްގެ ދަށުން ދަމަހައްޓަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. މިގޮތުން ކަނޑައަޅާ ކަނޑައެޅުމެއްގައ މައްސަލައިގައި ޙުކުމް ކުރެވޭއިރު، އ ޙެ ކުމުގެ މ ޤޭ ސަދ ހާސިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިކަން ނުވަތް ނޫންކަން އަދި ވަގުތީ އަމުރެއް ނެރެފިނަމަ ނުވަތަ ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިދާނެކަން ނުވަތަ ނޫންކަން ބަލައި ލިބިދާނެކަމް ށ ލަފާކުރެވޭ ގެއްލުންތަކާއި ބުނެވުނު ގެއްލުންތައް އަނބުރާ އިޢާދަކުރެވެނ އޮތް މިންވަރެއް ވަޒަންކުރުމަކީ ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ކަމެއްކަން ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު )6(ގެ 295 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގެ )ހ( ގެ )4 ( ވަނަ ނަންބަރާއި )5( ވަނަ ނަންބަރަށް ބެލުމުން އެނގެއެވެ.

8HN2ވގަ ތ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވާނުޖެހް ޢާންމު ޝަރުތުތަކެއް ވާކަމަށް ބަޔާންކޮށްދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާގައި ވީގ ތުއަމުރު ނެރުމުގައި ބަލަންޖެހޭ ޢާނމް ޝަރުޠުތަކަކީ ކޮބައިކަން ބުނެދީފައިވެއެވެ. އެގޮތުން ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޝަރުޠުތަކަކީ؛

1. ވ ގަތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައެ ޟް ޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން )fumus boni iuris(؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނަންބަރު.

2. ވ ގަތީ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން ؛(periculum in mora)

3. ވގަ ތ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" )capacity( ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ވުން.

9ވގަ ތ އަމުރު ނެރުމާއި ގުޅޭ ގޮތުން މިހިނދަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލަމުންދާ މައިގަނޑު ދެ މަސްދަރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލަ އާއި ޝަރީޢަތް ކުރުމާއި ބެހޭ ގޮތުނ ހެދިފައިވާ ޤަވާޢިދުގެ ކުރިން ޙަވާލާދެވުނު މާއްދާއެ ވެ.

10HN3HN4ވގަ ތ އަމުރް ނެރުމުގައި ކޮންމެ މައްސަލައަކީވެސް ވަކިން ބަލައި ވަޒަންކުރަންޖެހޭނެ މައްސަލައެކެވެ. މިގޮތުން ކުރިނަބުނެވުނު ޝަރުތުތައް ހަމަވާ ގޮތުނުވީގތެއަމުރުގެ މައްސަލަތައް ބެލުމުގައި ކޯޓުން ޢަމަލުކުރާ ގޮތުގައި މައްސަލައިގެ ޙަޤީޤަތްތަކާއި މައްސަލައިގެ ވަށައިގަންވާ ކަންކަމުގެ މައްޗަށް ބަލައުވީގތ އަމުރު ނެރުމުގައި ޢަމަލުކުރ އުސޫލަކާ ޙާލަތާއި މައްސަލައިގެ ތަބީޢަތާއި ގުޅޭ ގޮތުން ބަދަލުވަމުންދާ ގޮތަށް އޮންނަ އުސޫލުތަކެކެވެ. ވީގތ އަމުރެއް ނެރުމުގައި ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަނޑައަޅާފައާ ވި ޝަރުތުތައް އިސްތިއުނާފު ކުރެވިފައިމިވ ސިވިލް ކޯޓގު ނިންމުމަށް ތަތުބީޤު ކޮށްފައިވާ ގޮތުގެ ސައްޙަކަމުގެ މައްޗަށް ބަލާއިރު؛

10.1 މި މައްސަލައިގެ މައުޟޫޢުގައި ބެލެވޭ ކަމަކީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދްބިމެއްގ މައްސަލެ ކަނަ އެނގެއެވެ. މާލޭ ސިޓީ ކައުންސިލުން ބާޠިލުކުރިކަމަށް ބުނަނީ އެ ބިމުގެ ރަޖިސްޓްރީ ތަކެވެ. މިހެންކަމުން ވަގުތީ އަމުރެއް ހޯދުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑު ވ.މުޙައްމަދު ޞަދީފް މައްސަލައިގެ 22 ވަނަ ނަންބަރު . ސިވިލ ކޯޓަށް މައްސަލް ހުށަހެޅި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަކު ބުނެވުނުފަދަ ވަގުތީ އަމަ ރަކަށް އެދުމުގެ ޞިފަތު (Capacity) އޮތް ފަރާތެއްކަން މި މައްސަލައިގައި ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަށާއި މި މައްސަލައިގައި ޙަވާލާދެވޭ ކަންކަމުގެ މައްޗަށް ބެލުމުން އެނގެއެވެ.

10.2 މި މައްސަލައިގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެލިމިޓެޑގު ފަރާތުން ސވިލ ކޯޓަށް ހުށަހެޅި ދަޢުވާގެ އަސްލު ބިނާވެގެންވާ މައުޟޫއުގެ މައްޗަށް ބަލާއިރު، މައްސަލައިގް މައުޟޫޢުގައި ބެލެވިގެން ދަނީ ހުޅުމާލެ ފޭސީ 1 އަދި ފޭސް 2 ގ ބިމަށް ހަދާދެވިފައިވާ ދެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާޠިލުކުރި މައްސަލައެވެ. މިއީ ސީދާ ގޮތުންވެސްއަދި ނުސީދާ ގޮތުންވެސް އެކަމުގެ ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އަސަރުކުރާނެކަމެކެވެ. ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގެ މައްޗަށް ބަލާއިރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށ ޤާނޫނ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވާކަން އެނގެން އެބައޮތެވެ .

10.3ވަގުތީ އަމުރަކަށް އެދޭ ސަބަބު ބަޔާންކުރަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެ ލިމިޓެޑގް ފަރާތުން ދައްކާފައިވާ ވާހަކަތަކަށް އަދި ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށާއި މައްސަލައިގެ ވަށައިގެން ހުރިކަންކަމަށ ބެލުމުން މި މައްސަލައިގައަވަގުތީ އަމުރެއް ނރެނުދީފިނަމެ، އިއާދަ ނުކުރެވޭފަދަ ނުވަތަ އިޞްލާޙު ނުކުރެވޭފަދަ ގެއްލުމެއް ހައުސިންގ ޑިވެލޮޕްމްންޓ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެން ހިނގައިދާނެކަން އެނގެއެވެ. މި ގޮތުނި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެދަޢުވާގައ ބަޔާނެ ކުރް ތަނަކީ ނުވަތަ މައުޟްއުގައ ފާހަގަކުރި ބިމަކީ، އެކުންފުންޏަށް ހަދާދީފައިވާ ރަޖިސްޓްރީގެ މައްޗަށް ބަރޯސާވެ، ބިންވިއކުމާއި، ބިން ރަހުނުކުރުމާއ އަދި ބިމާގުޅޭ ގޮތުން ތަފާތު މުޢާމަލާތް ކުރަމުންދާ ތަނެއްކަން އެނގެން އޮތުމާއި ކޯޓުގައި ޚުސޫމަތެއްއޮތް މި މައްސަލައާމެދު ގޮތެއް ނުނިމެނީސް އެހެނެ ފަރާތަކުން މި ބިމުގެ މިލްކުވެރިކަމަށް ވަދެއްޖެނަމަ އެކަމުގެ ސަބަބުން މި މައްސަލައް ގ ޚަސްމުންގ ގޮތުގައެ ނެތި ތިންވަނަ ފަރާތްތަކެއްގެ ޙައްޤުތަކަށްވެސް އެކަމުގެ ސަބަބުން އަސަރުކޮށް އަނބުރާ އިޢާދަކުރަން ދަތި އަދި އުނދަގޫ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އެބައޮތެވެ. ވަގުތީ އަމުރު ނެރުމުގެ ސ ބަބުން، ދަޢުވާ ލިބޭ ފަރާތަށް ލިބޭ ގެއްލުމާއި އުނދަގުލާއި ވަގުތީ އަމުރެއް ނުނެރުމުން، ދަޢުވާ ކުރާ ފަރާތަށް ލިބޭ ގެއްލުމާއި އުނދަގުލުގެ މައްޗަށ ބަލާއިރު، މިމައްސަލައިގައި، ދަޢުވާކުރާ ފަރާތަށް ލިބޭ ގެއްލުމާއި އުނދަގުލުގެ މިންވަރު ދަޢުވާ ލިބޭ ފަރާތަށްވުރެ ބޮޑވުމުގެ ފުރުސަތު އެބައޮތްކަން އެނގެއެވެ.

11ބުނެވުނު ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ވަގުތީ އަމުރެއް ނެރުމުގައި ޝަރީޢަތުން ބަލަންޖެހޭ އެންމެހައި ކަންކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާގައި ފަނޑިޔާރުންފާހަގކުރައްވާފައިވަ މަބްދައުތަކާއި ޚިލާފަށް ކަމުގައި ބެލެވޭކަށްނެތެވެ.

12ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލައިގައި އަހުރެންގެ ރައުޔަކީ، ސިވިލް ކޯޓުގެ ނަންބަރ B4-CR2/VA/2021/02 ވަގުތީ އަމުރުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ