އަމީން ފައިޞަލް ވ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 39/VTR/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓުގެ މުވައްޒަފަކަށް ދިން ލިޔުމުން ދޭ އިންޒާރު ޤާއިމްކުރި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ 2020/SC-A/69 ޤަޟިއްޔާގައި ކަނޑައެޅި މެޓީރިއަލް ފެކްޓާބެހޭ އުޞޫލާ ޚިލާފު ނިންމުމެއްތޯ، އަދި އެ އިސްތިއުނާފީ ނުކުތާއިން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ދަށުކޯޓެއް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، (ހ) ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރުމާއި، (ށ) އިޖުރާއީ އައިބެއްގެ ސަބަބުން ނިންމުމަށް އަސަރުކުރި އިޖުރާއަތު ބާޠިލުވުން ފަދަ ޙާލަތެއްގައެވެ؛ އިސްތިއުނާފަށް ހުއްދަ ހޯދަން އޮންނަނީ މެރިޓެއް ނެތް މައްސަލަތަކުގައި މަދު ވަޞީލަތްތައް އިސްރާފުނުވުމަށެވެ.
HN2 ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހެދިކަމަށް ނުވަތަ ހެކިތަކަށް ނުވަތަ ދެއްކި ވާހަކަތަކަށް ރިޢާޔަތްނުކުރިކަމަށް ހަމައެކަނި ބުނުމުން 43 ވަނަ މާއްދާގެ މިންގަނޑަށް ނުފޯރާނެއެވެ؛ މައްސަލައިގައިވާ ޤާނޫނީ ބަޙުޘު ތަފުސީލާއެކު، ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ޙަވާލާދީ ސާފުކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.
HN3 އިސްތިއުނާފީ އޮޅިގަނޑު ގިރާކުރޭތޯ ޝަރީޢަތުން ނިންމާއިރު އިސްތިއުނާފު ފޯމާއި ޖަވާބު ފޯމުގެ އިތުރުން ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދައްކާ ވާހަކައާއި ފަނޑިޔާރުގެ ސުވާލުތަކަށް ދޭ ޖަވާބަށްވެސް ރިޢާޔަތްކުރަންވާނެއެވެ؛ ނަމަވެސް ދަށުކޯޓަށް ހުށަނާޅާ، ދަށުކޯޓުގެ ނިންމުމާ ގުޅުމެއްނެތް، ނުވަތަ އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިން ބޭރުގެ ހުށަހެޅުންތައް އިސްތިސްނާ ޙާލަތެއް ނެތި ބަލައެއް ނުގަނެވޭނެއެވެ.
HN4 އަމާނާ ތަކަފުލް ވ. ޝަރ ލޯންޗް ސަރވިސަސް (2020/SC-A/69) ޤަޟިއްޔާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިންޝުއަރެންސް އެއްބަސްވުމެއްގައި މެޓީރިއަލް ފެކްޓާއި ހާމަކުރުމުގެ ޒިންމާ ބަޔާންކުރާ ޤަޟިއްޔާއަކަށްވާތީ، ވަޒީފާގެ އިޞްލާޙީ ފިޔަވަޅެއްގެ މައްސަލައެއްގައި ޓްރައިބިއުނަލުން އެ ޤަޟިއްޔާއާ ޚިލާފުވިކަމަށް ބުނުމުން ސާފު ޤާނޫނީ ބަޙުޘެއް ނުއުފެދެއެވެ.
HN5 ދަށު މަރުޙަލާގައި ޠަޢުނުނުކުރާ ވާޤިޢާއެއް (މިސާލަކަށް އެޗް.އާރު ކޮމިޓީން ސުވާލުކުރިކަމާއި ތުހުމަތާ އެއްބަސްވިކަން) އިސްތިއުނާފު މަރުޙަލާގައި ސުވާލުކޮށް ގޮތެއް ކަނޑައެޅިދާނެ ކަމެއް ނޫނެވެ؛ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުގައި މައްސަލަ ބެލުމުގެ އަސާސަކީ ދަށުކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތަކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 39/VTR/2021 މައްސަލަ އިސްތިއުނާފު ކޮށް ދޮންވެލި، ފ.ނިލަންދޫ އަމީން ފައިޞަލް (މީގެ ފަހުން "އަމީން ފައިޞަލް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދައުވާ ފޯމުގައި ބަޔާންކޮށްފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (މީގެ ފަހުން "ޖޭ.އެސް.ސީ" ގެ ގޮތުގައި މުޚާތަބް ކުރެވޭ) އެވެ. ނަމަވެސް ޖޭ.އެސް.ސީގެ ނަންބަރު D/95/2024/25-195 (27 ޖޫން 2024) ގެ ސިޓީއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ޝާކިރު އަދި އިތުރު 9 ފަރާތް ޤަޟިއްޔާގެ ޙުކުމާއެއްގޮތަށް ޢަމަލުކުރުމަށް އެކޮމިޝަނުން ނިންމާފައިވާތީ، އެކޮމިޝަނުން ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތަމްސީލްކުރުމަށް ދިޔަ ދިއުން ހުއްޓާލުމަށް ނިންމާފައިވާކަން މިކޯޓަށް އަންގާފައިވެއެވެ.
3އެހެންކަމުން، މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (މީގެ ފަހުން "ޑީ.ޖޭ.އޭ " ގެ ގޮތުގައި މުޚާތަބް ކުރެވޭ) އިން މިކޯޓަށް ޝަރީޢަތަށް ޙާޟިރުވެގެންނެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުހަލާ
4އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 39/VTR/2021 މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހިއުމަން ރިސޯސް ކޮމިޓީ އިން އަމީން ފައިޞަލްއަށް ދީފައިވާ ނަންބަރު A/INDIV/2020/01-(OTHERS)95 "ލިޔުމުން ދޭ އިންޒާރު" އަކީ ޤާނޫނާ ޚިލާފު ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް އިޖުރާއީ އަދުލުވެރިކަމެއް ނެތް އިންޒާރެއްކަމުގައިވާތީ، އެއިންޒާރު ބާޠިލުކަމަށް ކަނޑައަޅައި ދިނުން އެދި ޖޭ.އެސް.ސީގެ މައްޗަށް ރައްދުވާ ގޮތަށް އަމީން ފައިޞަލްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވުނު މައްސަލައެކެވެ.
5މި އިންޒާރަށް ބަލާއިރު، މިއީ ހައިކޯޓުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކާރއެ އިސްތިއުނާފު ކުރާ ފަރާތުން ދުއްވި ދުއްވުމުގައި ކާރަށް ގެއްލުން ލިބިފައިވާކަމަށް ބުނެ ކުރެވުނު ތުހުމަތަކާ ގުޅިގެން ލިޔުމުން ދީފާއިވާ އިންޒާރެކެވެ.
6އަމީން ފައިޞަލް ގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާޙްގެ ދަށުން ގެނެވުނު އިޞްލާޙްތަކަށްފަހު، ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަން ކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި ވަކިކުރުމަކީ ޑީ. ޖޭ. އޭ ގެ މަސްޢލިއްޔަތެއްކަމަށާއި، އަމީން ފައިޞަލް އަށް އިޞްލާޙީ ފިޔަވަޅު އެޅުނު މައްސަލައިގައި އެފަރާތާ ސުވާލު ކޮށްފައިވަނީ، އެއިސްލާޙަށް ޢަމަލުކުރަން ފެށިފަހުން 27 އޮކްޓޯބަރު 2019 ވަނަ ދުވަހު ހައިކޯޓުގެ 3 (ތިން) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މީގެ ފަހުން "އެޗް.އާރު" ގެ ގޮތުގައި މުޚާތަބް ކުރެވޭ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނ ނުގެ 21 ވަނަ މާއްދާގެ 1 ގެ (ރ) ގެ 2 ވަނަ ނަންބަރު 4 3 ތަޙުޤީޤު ކޮމިޓީއަކުން ކަމަށާއި، ފަނޑިޔާރުންގެ ސުލ ކ މިންގަނޑުގެ އުޞ ލ 2 ގެ 2.2 އަދި 2.3 އަށް ރިޢާޔަތްކުރުމުން މިމައްސަލައަކީ ފަނޑިޔާރުންނަށް ތަޙުޤީޤު ކުރެވޭނެ މައްސަލައެއް ނޫންކަމަށާއި، އެހެންކަމުން އަމީން ފައިޞަލަށ ލިޔުމުން ދީފައިވާ އިންޒާރަކީ، ޤާނޫނާ ޚިލާފު ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ އަދި އިޖުރާއީ އަދުލުވެރިކަން ނެތް ނިންމުމެއްކަމަށް ދެކޭކަމަށެވެ.
7މިމައްސަލައިގެ ޖަވާބުގައި ޖޭ.އެސް.ސީގެ ފަރާތުން ޓްރައިބިއުނަލްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އަމީން ފައިޞަލްގެ ފަރާތުން ބުނާ މައްސަލައިގެ ތަޙުޤީޤުގައި ފަނޑިޔާރުންގެ އިތުރުން އިދާރީ މުވައްޒަފުންވެސް ހިމެނޭކަމަށާއި، ތަޙުޤީޤު ކޮމިޓީ އެކުލަވާލާފައިވަނީ އެފަރާތުން ޙަވާލާދޭ ޤާނޫނުގެ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން 29 އޮގަސްޓް 2019 ގައި ކަމަށާއި، ތަޙުޤީޤު ކޮމިޓީގައި ފަނޑިޔާރުން ހިމެނުމަށް ނިންމާފައިވަނީ އޭރު ކޯޓުގެ އިސްފަނޑިޔާރު އާއި އެހެން ފަނޑިޔާރުންގެ މަޝްވަރާގެ މަތިންކަމަށާއި، ފަނޑިޔާރުންގެ ޤާނޫނުގެ ދަށުންވެސް ކޯޓުގެ ކަންކަން ރާވައި ހިންގައި މަޝްވަރާއާއި، ލަފާ ދިނުމަކީ، އިސް ފަނޑިޔާރުންގެ މަސްއ ލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމުން، ތަޙުޤީޤު ކޮމިޓީގައި ފަނޑިޔާރުން ހިމެނިގެން ދިޔުމަކީ، ތަޙުޤީޤުން ވާސިލްވެވުނު ނަތީޖާ ބާޠިލްވެގެންދާނެ ފަދަ ސަބަބެއް ނޫންކަމަށާއި، އިންޒާރުގައި ސޮއިކޮށް އިންކާރުކޮށްފައިނުވުމުނ އެފަރާތުން ފިޔަވަޅު ޤަބ ލުކުރިކަމަށް ބެލެވޭކަމަށެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 2021VTR//39 މައްސަލއިގަ ނިންމުމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ އުޞޫލު 2 ގެ 2.2- ކޯޓުގައާއި ކޯޓުން ބޭރުގައި ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންވާނީ ޤާނ ނ އަދި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއި، މައްސަލަތަކުގައި ހިމެނޭ ޚަސްމުންނާއި ޢާންމުންގެ މެދުގައި ޢަދަލ އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ އިތުބާރު ދެމެހެއްޓޭ ފަދަ ގޮތަކަށްކަމަށާއި، މިގޮތުން އެއްވެސް ފަނޑިޔާރަކު ކޯޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ކަމަށް ލަފާކުރެވޭ މައްސަލައެއްގައި އެއްވެސް ފަރާތަކަށް އެއްވެސް ކަހަލަ ލަފައެއް ނުވަތަ މަޝްވަރާއެއް ދީގެން ނުވާނެކަމަށް. އބޙ އުޞޫލުގެ 2.3- ކޯޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ މައްސަލައެއްގައި ޙުކުމަށް އެއްވެސް އަސަރެއްކޮށްފާނ ނުވަތެ އިންސާފުވެރިކަމާއެކު ބެލުމަށް ހުރަސްއެޅޭ ފަދަ ލަފައެއް ނުވަތަ މަޝްވަރާއެއް ވިޔަސް ފަނޑިޔާރަކު އެއްވެސް ފަރާތަކަށް ދީގެން ނުވާނެކަމަށް. އަމީން ފައިޞަލްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލަ ހުށަހަޅަ ފޯމް" ގެ 7 ވަނަ ނަންބަރު "މައްސަލައިގައި ކަންހިނގާފައިވާ ގޮތް" ޖޭ.އެސް.ސީ ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމްގެ "މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ކުރު ޚުލާސާ" "މައްސަލަ ހުށަހެޅަ ފަރާތާމެދު އަޅާފައިވާ އިޞްލާޙީ ފިޔަވަޅަކީ ވަޒީފާއާބެހޭ ޤާނ ނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އާ ޚިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި ކަނޑައެޅިދާނެ ހަމައެއް އޮތްކަމުގައި ނުދެކޭތީ، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާފަދަ އަމުރެއް މައްސަލަ ރައްދުވި ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކުރާނެ ޤާނ ނ ހަމައެއް ނެތްކަމުގައި ކަނޑައަޅައި މިމައްސަލަ ނިންމައިފީމެވެ."
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.9. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/108 ޤަޟިއްޔާގައި"ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 227 އަދި 228 ވަނަ މާއްދާ އެކުއެކީ ކިޔުމުން، މުވައްޒަފާ ގުޅޭ އިދާރީ މައްސަލައެއް އެންމެ ފުރަތަމަ ބަލަންޖެހޭނީ އެމުވައްޒަފު މަސައްކަތްކުރާ އިދާރާއަކުންކަމަށާއި، އެފިޔަވަޅާމެދު ހިތްހަމަ ނުޖެހޭނަމަ، ދެން އެމައްސަލައެއް ޑީ.ޖޭ.އޭ އަށް ހުށަހެޅޭނެކަން" މިފަދައިން ބަޔާންކޮށްފައި އޮތުމުން، އަމީން ފައިޞަލްގެ މައްޗަށް އިސްލާޙީ ފިޔަވަޅު އެޅި މައްސަލަ ފުރަތަމަ ބަލާފައިވަނީ ކޯޓުންކަނ އެނގެން އޮތުމުން، ފިޔަވަޅު އެޅުން ޖޭ.އެސް.ސީ ޤާނޫނު އަދި ޝަރުޢީ ދާއިރާގެ މުވައްޒަފންގު ޤަވާއިދު 2011 އާ ޚިލާފުކަމަށް ނުބެލެވޭކަން؛
2.9. ފަނޑިޔާރުންގެ ސުލ ކ މިންގަނޑުގެ އުސ ލ 2 ގެ 2.2 އާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އާއި، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ އަދި 88 ވަނަ މާއްދާގެ (ށ) ގައި ވާ އިބާރާތްތަކަށް ރިޢާޔަތްކޮށް، މުވައްޒަފަކާމެދު އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއްކަމަށްކަމަށް ދެކޭނަމަ، އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅޭނެކަމަށާއި، އަދި އެޝަކުވާއާމެދު ޓްރައިބިއުނަލުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެކަން އެނގެން އޮތުމުން، ހައިކޯޓުގެ މުވައްޒަފުންނަށް އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްގެ ތަޙުޤީޤުގއަ ހައިކޯޓުގެ ފަނޑިޔާރަކަށް ބައިވެރިވެވޭނެކަމަށް ނުދެކޭކަމަށް؛
3.9. ލިޔުމުން ދޭ އިންޒާރުން މުވައްޒަފުގެ މަސައްކަތުގެ އަޚްލާޤު ބަހައްޓަންޖެހޭ މިންގަޑާ ޚިލާފު ޢަމަލެއް ހިންގާފައިވާތީ، ފިޔަވަޅު އެޅުމަށް ހައިކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފޮނުވަން ނިންމުން، މުވައްޒަފު އެކޮމިޓީއަށް ޙާޟިރުކޮށް، ސުވާލުކޮށް، އެމައްސަލަ ބަލާފައިވާކަމާއި، އަދި ސުވާލު ކުރުމުން ތުހުމަތު ކުރެވުނުކަމަށް އެއްބަސްވެފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި، އެކަމަށް އެފަރާތުން އިންކާރުކޮށްފައި ނުވާކަން؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތއާއާ ދެފަރާތުގެ ވާހަކަ:
10ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 2021VTR//39 މައްސަލަ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަމީން ފައިޞަލް ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
1.10. ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2021VTR//39 މައްސަލަ ނިންމުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ އުޞޫލުގެ 2 ގެ 2.2 އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުވައްޒަފުންނަށް އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްގެ ތަޙުޤީޤު ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ބައިވެރި ނުވެވޭނެކަމަށް އެ ނިންމުމުގެ 7.5 ގައި ކަނޑައަޅުއްވާފައި ވީނަމަވެސް، އެތަޙުޤީޤުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޗް.އާރު ކޮމިޓީން ދީފައިވާ ނަންބަރު A/INDIV/2020/01-(OTHER)95 "ލިޔުމުން ދޭ އިންޒާރު" ދީފައިވަނީ ރަނގަޅަށްކަމަށ ނިންމާފައިވަން މައްސަލައިގެ ފެކްޓްތަކަށ ވާޤިއާތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.1.10. މިނުކުތާގެ ތަފްސީލުގައި އަމީން ފައިޞަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި، މެޓީރިއަލް ފެކްޓަކީ ކޮބައިކަން ދެނެގަތުމަކީ ވާޤިއީ ކަމެއް ކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި މެޓީރިއަލް ފެކްޓް ބިނާވެގެންވަނީ އެ މައްސަލައިގެ ވާޤިއާތަކުގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާކަމަށެ ވެ. އަމީން ފައިޞަލްގެ މައްޗަށް ހުށަހެޅުނު މައްސަލަ ތަޙުޤީޤު ކޮށްފައިވަނީ، ހައިކޯޓުގެ 3 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންކަމަށާއި، އެކޮމިޓީން ތަޙުޤީޤު ކުރުމަށްފަހު އެޗް.އާރު ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް ތަހުޤީޤު ރިޕޯޓުގައި ފާހަގަކުރުމުން، އެޗް.އާރު ކޮމިޓީއަށް ޙާޟިރުކޮށް، ސުވާލުކޮށްފައިވަނީ ފަނޑިޔާރުންގެ ތަޙުޤީޤު ރިޕޯޓުގެ މައްޗަށް ބިނާކޮށްކަމަށެވެ. އެޗް.އާރު ކޮމިޓީން އެމައްސަލަ އެއްވެސް ވަރަކަށް ތަޙުޤީޤު ކޮށްފައިނުވާކަމަށާއި، އެހެންކަމުން ޓްރައިބިއުނަލްގެ ނިންމުމުގައި އެޗް.އާރު ކޮމިޓީން މައްސަލަ އަލުން ބަލާ ތަޙުޤީޤު ކުރިކަމަށް ބަޔާންކޮށްފައިވަނީ މައްސަލައިގެ ފެކްޓްތަކާ ކަނޑައެޅިގެން ޚިލާފަށްކަމަށް ފާހަގަކުރާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
11އިސްތިއުނާފ ރައްދުވު ފަރާތުން އިސްތިއުނާފީ ދައުވާގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ 2020/SC-A/69 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުތަކާ ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ ނިންމުން ޚިލާފުވި ގޮތެއް ނުވަތަ އޮތް ޤާނޫނީ ބަހުޘެއް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައި ނުވާތީ، މިއީ ސުޕްރީމް ކޯޓުގެ އިބްރާހިމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ޤަޟިއްޔާގައި ކަނޑައަޅާފައިވާގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދއިނާ ހުއްދް ކުރަ މިންގަނޑަށް ނުފެތޭ ނުކުތާއެއް ކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ހުށަހެޅުނު މައްސަލައިގައި ފަނޑިޔާރުން ބައިވެރިވި ނަމަވެސް، އެމައްސަލަ ތަޙުޤީޤު ކުރުމަށްފަހު އެޗް.އާރު ކޮމިޓީއަށް އެމައްސަލަ ފޮނުވުމުން، އެޗް.އާރު ކޮމިޓީން މައްސަލަ ބަލައި، އެފަރާތް ޙާޟިރުކޮށް، ސުވާލުކޮށްފައިވާ ވުމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ރިޢާޔަތްކޮށްފައިވާކަމަށާއި، އަދި ވެހިކަލަށް ލިބިފައިވާ ގެއްލުމާ ގުޅޭ މައްސަލަ އެޗް.އާރު ކޮމިޓީން ބެލުމަށްފަހުކަމަށ ޓްރައިބިއުނަލުން ނިންމާފައިވަނީ، އެކޮމިޓީއަށ އެފަރާތް ޙާޟިރުކޮށް، ވެހިކަލަށް ލިބިފައިވާ ގެއްލުމަކީ އެފަރާތުގެ ކިބައިން ލިބިފައިވާ ގެއްލުމެއްކަމަށް ކޮމިޓީއަށް ބަޔާންދީފައިވާކަނ ލިޔުމުން ދޭ އިންޒާރުގައި ބަޔާންކޮށްފައިވާވުމުގެ މައްޗަށް ރިޢާޔަތްކޮށްގެކަނ އެނގެން އޮތަތީ، މެޓީރިއަލް ފެކްޓަކަށ ރިޢާޔަތްނުކުރާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބުނުމުގައި ޤާނ ނ ބަހުޘެއް ނެތްކަމަށެވެ. ދެފަރާތުން އެދޭގޮތް:
12އިސްތިއުނާފ ކުރު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 39/VTR/2021 މައްސަލައިގެ ނިންމުމުގައި ފަނޑިޔާރުންގެ ސުލ ކ މިންގަނޑު އޞު ލުގެ 2 ގެ 2.2 އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުވައްޒަފުންނަށް އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްގެ ތަޙުޤީޤު ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ބައިވެރި ނުވެވޭނެކަމަށް އެ ނިންމުމުގެ 7.5 ގައި ކަނޑައަޅުއްވާފައިވ ނަމަވެސް، އެތަޙުޤީޤުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޗް.އާރު ކޮމިޓީން ދީފައިވާ ނަންބަރު A/INDIV/2020/01-(OTHERS)95 "ލިޔުމުން ދޭ އިންޒާރު" ދީފައިވަނީ ރަނގަޅަށްކަމަށް ނިންމާފައިވަނީ މައްސަލައިގެ ފެކްޓްތަކަށ ވާޤިޢާތަކަށް ރަނގަޅަން ރިޢާޔަތްކުރުމެއްނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅަދިނުމަށެވެ.
13އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އިސްތިއުނާފީ ދައުވާގެ ޖަވާބުގައި ފާހަގަކޮށްފައިވާ ސަބަބުތަކަށްޓަކައި، އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 39/VTR/2021 މައްސަލައިގައި ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމުގައި ނިންމައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
14އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 39/VTR/2021 މައްސަލަ ނިންމާފައިވަނީ މައްސަލައިގެ ފެކްޓްތަކއާ ވާޤިއާތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 69/A-2020/SC ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް ކަމަށެވެ. އެގޮތުން، ބުނެވުނު ޤަޟިއްޔާގެ 43 ވަނަ ޕެރެގްރާފްގައި، މެޓީރިއަލް ފެކްޓަކީ ކޮބައިކަން ދެނެގަތުމަކީ ވާޤިއީ ކަމެއް ކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި މެޓީރިއަލް ފެކްޓް ބިނާވެގެންވަނީ އެ މައްސަލައިގެ ވާޤިއާތަކުގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމުގައި، އިސްތިއުނާފު ކުރާ ފަރާތް އެޗް.އާރު ކޮމިޓީއަށް ޙާޟިރުކޮށް، ސުވާލުކޮށްފައިވަނީ ފަނޑިޔާރުންގެ ތަޙުޤީޤު ރިޕޯޓުގެ މައްޗަށް ބިނާކޮށްކަމަށއާ، އެޗް.އާރު ކޮމިޓީން އެމައްސަލަ އެއްވެސް ވަރަކަށް ތަޙުޤީޤު ކޮށްފައިނުވާކަމަށާއި، އެހެންކަމުން ޓްރައިބިއުނަލްގެ ނިންމުމުގައި އެޗް.އާރު ކޮމިޓީން މައްސަލަ އަލުން ބަލާ ތަޙުޤީޤު ކުރިކަމަށް ބަޔާންކޮށްފައިވަނީ، މައްސަލައިގެ ފެކްޓްތަކާ ކަނޑައެޅިގެން ޚިލާފަށްކަމަށވެސް ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފޯމުގެ ނަންބަރު 9- "އެދޭގޮތް" އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު" ފޯމުގެ ނަންބަރު 5 "އެދޭގޮތް"
15މިނުކުތާއަކ އިސްތިއުނާފީ އޮޅިގަނޑު ގިރ ނުކުރާ ނުކުތާއެއް ކަމަށް ފާހަގަކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ 69/A-2020/SC ޤަޟިއްޔާއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އެއްބަސްވުމެއްގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މެޓީރިއަލް ފެކްޓއެ ކަމުގައި ބެލެވިދާނެ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރާ ޤަޟިއްޔާއެއް ކަމަށާއި، މިމައްސަލައަކީ އެބާވަތުގެ އެގްރީމަންޓާއި ގުޅުން ހުރި މައްސަލައެއް ނންކަމަށއާ، އެހެންކަމުން މިނުކުތާއިން އުފައްދާ ބަހުޘް ސާފުނުވާކަމަށާއި، މއ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދއިނާ ހުއްދް ކުރާ މިންގަނޑަށް ފެތޭ ބަހުޘެއް ނ ން ކަމަށެވެ. އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމާ ގުޅޭ ޤާނ ނ އޞު ލުތައް
16HN1އިސްތިއުނާފ ކުރުމަށު އިސްތިއުނާފީ ކޯޓުގެ ހުއްދަ ހޯދަން އޮންނަ އޮތުމަކީ، އަދުލު އިންސާފު ގާއިމުކުރަން ލިބިފައިވާ މަދު ވަޞީލަތްތައް، މެރިޓެއް ނެތް މައްސަލަތައް ބަލައި އިސްރާފުވެގެން ނުދާނޭގޮތް ހެދުމުގެ ބޭނުމުގައި ޤާނޫނުން ހަމަޖައްސާފައި އޮންނަ އޮތުމއ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖުޑީޝަލް ސަރވިސް ކޮމިޝަން ވ .މުޙައްމަދު މާލިކު ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.
17ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖުޑީޝަލް ސަރވިސް ކޮމިޝަން ވ .މުޙައްމަދު މާލިކު ޤަޟިއްޔާގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމުގެ އޞު ލުތައް ބަޔާންކުރަމުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބުނާ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލަތައް ނުވަތަ ޓްރައިބިއުނަލް އަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ މައިގަނޑު ދެ ޙާލަތެއް މެދުވެރިވެފައި އޮތް ނަމކަމަށެވަ . އެއީ؛ (ހ) އިސްތިއުނާފު ކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައި އބޙ ވަނީ ޤާނނ ޚިލާފަށާ ކަމަށް ގަބޫލުކުރެވޭ ސަބަބު ތަކެއް ހުރުން ނުވަތަ ޤާނނ ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނ ނ މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބ ލުކުރެވޭ ސަބަބުތަކެއް ހުރުން އަދި، (ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އިޖުރާއީ އައިބެއްގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން ކަމަށެވެ.
18HN2ބުނެވުނު ދެޙާލަތު އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ތަފުސީލު ކޮށް ފާހަގަކޮށްފައިވާ"... މައްސަލަ ބަލާ ފަނޑިޔާރު ޤާނ ނ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނ ނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. "މއ ޞު ލ ނަކަލުކޮށް، ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމުގެ އޮޅިގަނޑު ގިރާކުރެވޭނީ، މައްސަލަ އެއްގައި އޮތް ޤާނ ނ ބަހުޘު ގެ މައްޗަށް ބިނާކޮށް ކަމަށެވެ. އިސްތިއުނާފު ކުރެވޭ މައްސަލަ އެއްގައި އޮތް ޤާނޫނީ ނުކުތާ ތަފުސީލު ތަކާއެކު ހުށަހަޅައި އިސްތިއުނާފެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަންނަންޖެހޭ ސަބަބުތައް ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ޙަވާލާދެވި ސާފުކޮށް ދިނުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާ އެއް ކަމަށެވެ.
19HN3ހަމަ އެފަދައިން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކުން އެ މިންވަރަށް ތަފްޞީލުކޮށްދިނުމުގައި ކާމިޔާބު ވެއްޖެނަމަ، އިސްތިއުނާފީ ނުކުތާތައް އިސްތިއުނާފުގެ އޮޅިގަނޑު ގިރާކޮށްފައިވާ ކަމުގައި ބަލައި، އެ ނުކުތާތަކުގައި މައްސަލަ ބަލާ ފަނޑިޔާރު ގޮތް ނިންމަން ވާނެ ކަމަށް ސުޕްރީމް ކޯޓުގެ ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ .ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. މައްސަލަ ކޯޓަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" ބަލައިގަތުމުގެ މަރުޙަލާގައި، މައްސަލަ ބަލައިގަތުމާމެދު ރަޖިސްޓްރާރ ގޮތެއް ނިންމާއިރު، އިސްތިއުނާފު ފޯމަށް ބަލާފައި ގޮތެއް ނިންމި ނަމަވެސް، މައްސަލަ ކޯޓަށް ބަލައިގަނެ، ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށްފަހު، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރޭތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ޙާލަތުގައި، އިސްތިއުނާފު ފޯމުގެ އިތުރުން ދެފަރާތުން ޝަރީޢަތުން ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރަންވާނކަމަށާއެ، ޚަސްމަކު އިސްތިއުނާފީ ކޯޓަކަށް ހުށަހަޅާ ހުށަހެޅުންތަކަކީ ހަމައެކަނި އިސްތިއުނާފު ފޯމަށް، ނުވަތަ ޖަވާބު ފޯމަށް ޤައިދުވެފައިވާ ކަންތައްތަކެއް ނޫނެވެ. ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާއާ ގުޅުވައިގެން ޚަޞްމުން ދައްކާ ވާހަކަތަކާއި، އެ ވާހަކަތަކާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރާ ސުވާލުތަކަށް ދެވޭ ޖަވާބަކީވެސް އެ ޚަސްމެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކެއް ކަމުގައި ބަލަންވާނކަމަށެ ވެސް އެޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.
20އިސްތިއުނާފުކުރާ ފަރާތުންނާއި، މައްސަލައެއްގައި ހިމެނޭ އެންމެހައި ޚަޞްމުން ޝަރީޢަތަށް ހުށަހަޅާ ބައެއް ހުށަހެޅުންތައް، ޢާންމު އޞު ލެއްގެ ގޮތުން އެއްފަރާތް ކުރެވޭ އިސްތިސްނާ ޙާލަތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި، ދަށު ކޯޓަށް ހުށަހެޅިފައި ނުވާ ހުށަހެޅުންތައް ނުވަތަ ދަށު ކޯޓުގެ ނިންމުމާ އެއްވެސް މިންވަރަކަށް ގުޅުމެއް ނެތް ހުށަހެޅުންތަކާއި، އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިން ބޭރުން ހުށހެޅަ ހުށަހެޅުންތައް ހިމެނޭކަމަށް އެޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެފަދަ ހުށަހެޅުންތަކަކީ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރ ޢި ޔަތްކޮށް އެ ހުށަހެޅުންތައް ބަލައިގަނެވޭނެ އިސްތިސްނާ ޙާލަތެއް އޮވެގެން މެނުވީ ބަލައި ނުގަނެވޭނެ ހުށަހެޅުންތަކެއް ކަމަށެ އެޤަޟިއްޔާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނގް ރަޢުޔުގައި ފާހަގަކޮށްފައިވެއެވެ.
އޞު ލުތައް މިމައްސަލައަށް ތަޠްބީޤުކުރުން
21މިއިސްތިއުނާފު ބިނާކުރުމުގައި އަމީން ފައިޞަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިގޮތުން، ޚިލާފުވެފައިވާ އުޞޫލެއްގެ ގޮތުގައި ފަހާގަކޮށްފައިވަނީ، އެޤަޟިއްޔާގައި މެޓީރިއަލް ފެކްޓަކީ ކޮބައިކަން ދެނެގަތުމަކީ ވާޤިއީ ކަމެއް ކަމަށް ބަޔާންކޮށްފައިވާކރުމަށާއު، މިމައްސަލައިގައި މެޓީރިއަލް ފެކްޓް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަށަވަރުކޮށްފައިނުވާކަމަށް ބުނެއެވެ.
22HN4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރީ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަކީ އިންޝުއަރެންސް އެއްބަސްވުމެއްގައި، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމުގެ ބައިވެރިންގެ ކުރިމައްޗަށް ހުށަހެޅޭ ހުށަހެޅުންތަކުގެ ތެރެއިން މެޓީރިއަލް ފެކްޓަކީ ކޮބައިކަމާއި، ހާމަކުރުމުގެ ޒިންމާއަކީ ކޮބައިކަމާއި އަދި އެއްބަސްވުމެއްވުމުގައި ވާޤިއާއެއް މެޓީރީއަލް ފެކްޓަކަށ ވާން ޤާނޫނީ ހަމަ ބަޔާންކުރާ ޤަޟިއްޔާއެކެވެ. އެހެންކަމުން، އިސްތިއުނާފު ބިނާކުރުމުގައި، ވަޒީފާއާބހެ ޓްރައިބިއުނަލުން ސުޕްރީމް ކޯޓުގެ އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރީ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޚިލާފުވާކަމަށް ބުނެ އުފައްދާ ބަހުޘު ސފުވާކަމުގައި ނުދެކެމެވެ.
23މިމައްސަލައިގައި އިސްތިއުނާފު ބިނާކުރުމުގައި ޙަވާލާދޭ ޤާނޫނީ މަސްދަރު ގޯސް ކަމުގައި ބެލެވޭއިރު، އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވާ ގޮތާއި ތަފްސީލުގައި ދައްކާފައިވާ ވާހަކަތަކާއި އަދި ޝަރީޢަތުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ މިމައްސަލަ ނިންމުމުގައި މައްސަލައިގެ ވާޤިއާތައް ކަށަވަރުނުކުރާ ކަމަށް ބުނެ އުފައްދާ ބަހުޘެއްކަން ސާފެވެ. އެގޮތުން ފާހަގަކޮށްފައިވަނީ، މިމައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އިސްލާޙީ ފިޔަވަޅު އެޅުމުގައި، ފަނޑިޔާރުނގް މައްޗަށް އެކުލަވާލެވޭ ތަޙްޤީޤު ކޮމިޓީއަކުން ތަޙްޤީޤުކުރުމަށް ފަހު، އިތުރަށް ތަހުޤީޤުކޮށްފައިނުވާކަމަށާއި، އިސްތިއުނާފު ކުރާ ފަރާތް އެޗް. އާރު އަށް ޙާޟރުކުރެވުނި ނަމަވެސް އެފަރާތާއި އެއްވެސް ސުވާލެއް އެޗް. އާރު އިނ ކޮށްފައް ނުވާކަމަށެވެ.
24ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ 7.6 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު A/INDIV/2020/01-) 95(OTHER (12 ޖަނަވަރީ 2021) ލިޔުމުން ދޭ އިންޒާރު" އިން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 21 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤު ބަހައްޓަންޖެހޭ މިންގަނޑާ ޚިލާފު ޢަމަލެއް މައްސަލަ ހުށަހެޅި ފަރާތުން ކޮށްފައިވާކަމަށް ފާހަގަކުރެވޭތީ، މައްސަލަ ހުށަހެޅި ފަރާތަށް ފިޔަވަޅު އެޅުމަށް ހައިކޯޓުގެ ހިއުމަން ރިސޯސް ކޮމިޓީއަށް ހާޒިރުކޮށް މައްސަލަ ހުށަހެޅި ފަރާތާ ސުވާލުކޮށް، އެމައްސަލަ ބަލާފައިވާކަމާއި، މައްސަލަ ހުށަހެޅި ފަރާތް ހިއުމަން ރިސޯސް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން މައްސަލަ ހުށަހެޅި ފަރާތުން އެފަރާތުން ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކަމަށްއެއްބަސްވެފައިވާކަމަށް ބަޔާންކޮށްފައިވާއިރު، މައްސަލަ ހުށަހެޅި ފަރާތުން މިކަމަށް އިންކާރުކޮށްފައިނުވާކަން ފާހަގަކުރެވެއެވެ." (ދަށު ރޮނގު އިތުރުކުރެވިފައި)
25HN5އެހެންކަމުން މިމައްސަލަ އެޗް.އާރު އިން ތަޙްޤީޤުކުރެވުނުއިރ އިސްތިއުނާފު ކުރު ފަރާތާއި ސުވާލުކުރެވުނުކަމާއި، އެފަރާތުން މިކަމަށް އެއްބަސްވެފައިވާކަމުގެ މިވާޤިއާއަކީ، އިސްތިއުނާފު ކުރާ ފަރާތުން ދަށު މަރުޙލާގައަ ތައުނުކޮށްފައިވާކަމެއް ނނ ކަމުގައް ބެލެވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ ހައިކޯޓުގައި މައްސަލަ ބެލުމުގެ އަސާސްކަމަށް ބަޔާންކޮށްފައިވާއިރު، އެޗް. އާރަށް ޙާޟިރުކޮށް ބަޔާންދެވުނުގޮތާ މެދު މިމަރުޙަލާގައި މިއުފައްދ ސުވާލާ މެދާ ގޮތެއު ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ.
ނިންމަން ފެނުން ގޮތް
26އިސްވެ ބަޔާންކުރެ ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތގާ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 39/VTR/2021 ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނ ންކަމަށް ކަނޑައަޅާނީ އަހުރެންނަކަށް ނުފެނެއެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ :
27ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
28ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
29މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞ ލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- ސުޕްރީމް ކޯޓު: ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު [2023] SC 38
- ސުޕްރީމް ކޯޓު: އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ސުޕްރީމް ކޯޓު: ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް [2024] SC 39
- ސުޕްރީމް ކޯޓު: 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު)
- ސުޕްރީމް ކޯޓު: އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް 2020/SC-A/69 ([2021] SC 66)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.