ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B10/VN/2022/10
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮންޓްރެކްޓް ބާޠިލުކުރުމާ ގުޅިގެން ހުށަހެޅި ދަޢުވާއެއްގައި، ބާޠިލުކުރުމުގެ ނޯޓިސްއަށް ޢަމަލުކުރުން ފަސްކުރުމަށާއި މަސައްކަތް އެހެން ފަރާތަކާ ޙަވާލުނުކުރުމަށް ވަގުތީ އަމުރު ނެރެ ނުދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅުތޯ (ތަދާރުކު ނުކުރެވޭ ގެއްލުމާއި ބެލެންސް އޮފް ކޮންވީނިއަންސް).
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ވަގުތީ އަމުރު ނެރެ ނުދިނުމަށް ދަށުކޯޓުން ނިންމި ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރަކީ ކޯޓުގެ އިޚްތިޔާރީ ބާރުގެ ދަށުގައި އޮތް ކަމެކެވެ.
HN2 ވަގުތީ އަމުރަކަށް އެދޭއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ ކޮން ނަންބަރެއްގައިވާ ކޮން ބާވަތެއްގެ އަމުރެއްކަން ސާފުވާންޖެހެއެވެ؛ 236 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން އަމުރަށް އެދޭ ފޯމުގައި ނެރެދިނުމަށް އެދޭ އަމުރުގެ ބާވަތް ހިމަނަންވާނެއެވެ؛ ޤާނޫނުގެ މާއްދާއަކާ ޙަވާލާނުދީ ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެވިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ؛ ކޯޓުތަކުން ކުރިއެކޭ އެއްގޮތަށް ޢަމަލުކުރާނަމަ މަދަނީ އިޖުރާއަތުގެ ބޭނުމެއް ނެތެވެ.
HN3 އެދޭ އަމުރަކީ އެފިޑެވިޓް އާއެކު ހުށަހަޅަންޖެހޭ އަމުރެއްތޯ (244(ނ)، 337(ހ)(2)) ދެނެގަނެވޭނީ ޤާނޫނުގެ ކަމާގުޅޭ މާއްދާއާ ޙަވާލާދީގެންނެވެ.
HN4 ވަގުތީ އަމުރަކަށް އެދިއްޖެނަމަ ފުރަތަމަ ބަލަންވީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވޭތޯއެވެ؛ ކޮންޓްރެކްޓާ ޚިލާފުވެއްޖެކަމަށް ބުނާ ޖަދަލުކުރެވިދާނެ މައްސަލައެއް އޮތުމުން މި ޝަރުޠު ފުރިހަމަވެއެވެ.
HN5 ދެވަނަ ސުވާލަކީ ވަގުތީ އަމުރު ނުނެރެއްޖެނަމަ ލިބިދާނެ ގެއްލުމަށް އެކަށީގެންވާ ބަދަލެއް (adequate remedy) ދެވިދާނެތޯއެވެ؛ ދެވޭނަމަ ޢާންމު އުޞޫލަކީ ވަގުތީ އަމުރު ނުނެރުމެވެ؛ ކޮންޓްރެކްޓާ ޚިލާފުވުމުގެ މައްސަލަތަކުގައި އަސާސީ ފަރުވާއަކީ ގެއްލުމުގެ ބަދަލެވެ؛ އިކުއިޓީގެ ދަށުން ދެވޭ އިންޖަންކްޓިވް ރިލީފަކީ އިސްތިސްނާއީ، ކޯޓުގެ އިޚްތިޔާރީ ފަރުވާއެކެވެ.
HN6 ބެލެންސް އޮފް ކޮންވީނިއަންސް ބަލާއިރު، ވަގުތީ އަމުރު ނެރުމުން ނުވަތަ ނުނެރުމުން ބޮޑަށް ގެއްލުމާއި އުނދަގޫ ތަޙައްމަލުކުރަންޖެހޭނީ ކޮން ފަރާތެއްތޯ ވަޒަންކުރަންޖެހެއެވެ؛ އާންމު ބޭނުންތަކާ ގުޅިފައިވާ މަސައްކަތެއް ހުއްޓުވުމުގެ ގެއްލުން ޢާންމު ރައްޔިތުންނަށް ކުރާނަމަ އެކަމަށް ރިޢާޔަތްކުރެވޭނެއެވެ.
HN7 މައުޟޫޢީ މައްސަލަ ނިމުމުން ދަޢުވާކުރާ ފަރާތަށް ލިބޭ ގެއްލުމަކީ މާލީގޮތުން އެކަށީގެންވާ ބަދަލު ދެވިދާނެ ގެއްލުމެއްނަމަ، ސްޓޭޓަސް ކުއޯ ހިފެހެއްޓުމަށް ވަގުތީ އަމުރު ނެރެންޖެހޭ ސަބަބެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒގް ރައުޔު (މިރައުޔަށް ފަނޑިޔާރް މުޙައްމަދު ފައިޞަލް އާއި ފަނޑިޔާރު ފާޠިމަތު
ފަރްހީޒާ ތާޢީދުކުރެއެވެ.) މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓު ގެ ނަންބަރު 10VN/2022//10B-144 (27 ޑިސެންބަރު 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 0339/2005-C) މީގެ ފަހުން ("އިސްތިއުނާފުކރު ފަރާތް" ނުވަތަ "ނާސާ ލިންކް)"ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ސްޓޭޓް އިލެކްޓްރިކް ކޮމެޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 0486/2012-C) މީގެ ފަހުން ("އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ސްޓެލްކ" )ގެ މައްޗަށެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
3އއ.ހިމަންދޫ އިންޖީނުގޭގެ އިމާރާތް، ކަސްޓަމަރ ސާވިސ ޢިމާރާތް އަދި ވަށާފާރު ހަދައިދޭނެ ފަރާތެއް ހޯދުމަށް 2021 ފެބުރުއަރީ ގައި ސްޓެލްކޯއިން ހުޅުވާލި ފުރުޞަތާއި ގުޅިގެން، 4 މެއި 2021 ގައި ނާސާ ލިންކުން ހުށަހެޅި ހުށަހެޅުންތައް ސްޓެލްކއިނޯ ޤަބލުކޮށްފައިވެއެވެ. އަދި މިކަމުގެ މައްޗަށް 29 ޖޫން 2021 ގައި މިދެފަރާތުގެ ދެމެދު އެއްބަސްވުމުގައި ސޮއިކުރިއެވެ.
އެގްރީމަންޓް ނަންބަރު 2021/93-RAG
4މި އެއްބަސްވުމުގެ ދަށުން، ނާސާ ލިންކުން މަސައްކަތްކުރަމުން ދަނިކޮށް 16 ނޮވެންބަރު 2022 ވަނަ ދުވަހު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއާއި އަދި ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ކޮންޓްރެކްޓް ޑާޓއާއާ އަދި އެއްބަސްވުމުގެ 3.2، 17، 19، 20 އަދި 51 ވަނަ މާއްދާއާ ޚިލާފަށް އެއެއްބަސްވުން ސްޓެލްކޯ އިނެ ބާޠިލްކޮށްފައިވާކަމަށް ނާސާ ލިންކްގެ ފަރާތުން ބުނެއެވެ.
5މިއެއްބަސްވުން ބާޠިލްކޮށްފައިވާ ސަބަބަކީ ދެފަރާތުގެ ދެމެދު ވެފައިވާ ކޮންޓްރެކްޓުގެ މުއްދަތް ދެފަހަރެއްގެ މަތިން އިތުރުކޮށްދިން އިރުވެސް، ޙާޞިލުކުރަން ކަނޑައެޅި ލަޑުދަނޑިތައް ހާސިލްކުރެވިފައި ނުވުމުގެ އިތުރުން، ނިންމިފައިވަނީ މުޅި ޕްރޮޖެކްޓުގެ %50 (ފަންސާސް އިންސައްތަ) ކަމަށް ވުން ކަމުގައި ބަޔާން ކުރެއެވެ. މަސައްކަތް ނިންމުމަށް ބޭނުންވާ މޭން ޕަވަރ އިތުރުކުރުމަށް ނާސާ ލިންކަށ ސްޓެލްކޯއިން ދިން އިރުޝާދާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަންވެސް ފާހަގަ ކުރެއެވެ. އެހެންވެ، ނާސާ ލިންކް އާއިއެކު ވެފައިވާ އެއްބަސްވުން ބާޠިލްކޮށް، ނާސާ ލިންކް ކުރިއަށް އޮތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ބްލެކްލިސްޓްކޮށް، މިމުއްދަތުގައި ސްޓެލްކޯގެ އެއްވެސް ބީލަމެއްގައި ބައިވެރިނުވެވޭނެކަން ނާސާ ލިންކްއަށް އަންގާފައިވާ ކަމަށެވެ.
6އެއްބަސްވުން ބާޠިލު ކުރިކުރުމަށް ނާސާ ލިންކުން އިޢުތިރާޟްކޮށް، އަލުން މިކަމާއިމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި ނާސާ ލިންކްގެ ފަރާތުން ސްޓެލްކޯއަށް 19 ނޮވެންބަރު 2022 ގައި ސިޓީ ފޮނުވިއެވެ. މިސިޓީއަށް ސްޓެލްކޯގެ ފަރާތުން ޖަވާބުދިންކަމެއް އެނގޭކަ ށ ނެތެވެ. އިޙްތިލާފު އޮންނަ ބާވަތުގެ ދައުވާ ހުށަހަޅާ ފޯމުގެ 3 ވަނަ ނަންބަރު ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 19 ނޮވެންބަރު 2022 ސިޓީ
7އޭގެފަހުން، 28 ނޮވެންބަރު 2022 ގައި އއ.ހިމަންދޫ އިންޖީނުގޭގެ އިމާރާތް، ކަސްޓަމަރސަވިސް އިމާރާތް އަދި ވަށާފާރު ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހަޅުމަށް ސްޓެލްކޯއިން އިޢުލާނެއް ކުރިއެވެ.
8މި އެއްބަސްވުން ބާޠިލު ކުރި ކުރުން ރަގަޅު ނޫންކަމަށް ބަޔާންކޮށް، ނާސާ ލިންކުގެ ފަރާތުން، ސްޓެލްކޯގެ މައްޗަށް 18 ޑިސެންބަރު 2022 ގައި ދަޢުވާކުރިއެވެ. މިމައްސަލަ ބަލަނީ ސިވިލް ކޯޓުގެ ނަންބަރު :2022/C-CV/5001 ޤަޟިއްޔާއިންނެވެ.
9މިމައްސަލަ ސިވިލް ކޯޓުން ބަލައި، ޙުކުމް ކުރެވެންދެން، އެއްބަސްވުން ބާޠިލްކޮށް 16 ނޮވެންބަރު 2022 ގައި ފޮނުވި ނޯޓިސްއަށް ޢަމަލުކުރުން ފަސްކުރުމަށް އަންގައި، އއ.ހިމަންދގައި އިންޖީނުގެ ޢިމާރާތް ކުރުމުގެ މަސައްކަތް އެހެން ފަރާތަކާ ހަވާނުކުރުމަށާއި އެތަނުގައި އެހެން ތިންވަނަ ފަރާތެއްގެ މަސްލަހަތު އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ސްޓެލްކޯގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދި ނާސާ ލިންކްގެ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނެވެ.
10ނާސާ ލިންކްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނު ވަގުތީ އަމުރާއި ގުޅިގެން ނިންމާފައިވަނީ، ނާސާ ލިންކގް ފަރާތުން ނެރެދިނުމަށް އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ނާސާ ލިންކގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިނިންމުމެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު H/IUL/2022/237 އިއުލާން ސިވިލް ކޯޓުން ވަގުތީ އަމުރާއި މެދު ނިންމިގޮތް:
11ސިވިލް ކޯޓުގެ ނަންބަރު B10/VN/2022/10-144 (27 ޑިސެންބަރު 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" އިން ނިންމާފައިވަނީ؛ ".... 5. އިސްވެ ފާހަގަކުރެވުނު މަދަނީ އިޖުރާއަތުގެ ޤާނ ނުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ އިތުރަށް، ވަގުތީ އަމުރާއިމެދު ވަކިގޮތެއް ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔައިން ޢާންމު މައިގަނޑު 03 (ތިނެއް) ޝަރުތެއް ފުރިހަމަވާންޖެހޭ ކަމަށް ކަނޑައަޅާފައިވެއެވެ. އެއީ؛
5.1 ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނ ނ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނ ނ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްހައި ޤާއިމްވެގެންވުން (Fumus Boni Juris) އާއި،
5.2 ވަގުތީ އަމުރަކާއި ނުލައި އަސްލު މައުޟ ޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލެއް (Periculum in mora) އާއި،
5.3 ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު (Capacity) ނުވަތަ ހައިސިއްޔަތު ޤާނ ނ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުމެވެ. އަދި ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައްސަލައިގައި ހިމެނޭ މައުޟ ޢީ ޙައްޤަށް ނުވަތަ ޤާނ ނ މަރުކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް ނުވަތަ އެޙައްޤަށ ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަން އެނގެއެވެ.
5.4 ބުނެވިދިޔަ ކަންކަން މިމައްސަލައިގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ތަޠުބީޤުކުރާއިރު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު 2021 ޖ ން 29 ވަނަ ދުވަހު އއ.ހިމަންދޫ އިންޖީނުގެ އިމާރާތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އެނގެން އޮންނާތީ، މިމައްސަލައިގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނ ނ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނ ނ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެފައިވާކަނ އެނގެން އެބައޮތެވެ.
5.5 އަދި ވަގުތީ އަމުރަށް އެދި ހުށަހެޅި ނާސާ ލިންކް ޕްރައިވެޓް ލިމިޓަޑަކީ މި އެއްބަސްވުމުގައި ހިމެނޭ އެއްފަރާތްކަމުން މި އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ޙުޞ މަތަކާއ ގުޅިގެނި ވަގުތީ އަމުރަށް އެދި ހުށަހެޅުމުގެ ޞިފަތު (Capacity) ނުވަތަ ހައިސިއްޔަތު ޤާނ ނ ގޮތުން ލިބިގެންވާކަން އެނގެއެވެ.
5.6 މިމައްސަލައިގެ މައުޟ ޢުގައި ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާޓުން އެދިފައިވާ ގޮތުގެ މަތިން މައުޟ ޢީ ޤަޟިއްޔާވަގުތ އަމުރަކީ ނުލައި ލަސްވެގެން ހިނގައްޖެނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލެއް އޮތްތޯ ޝަރީޢަތުން ބަލާއިރު، މި މައްސަލައިގައި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ހިމެނޭ ފަރާތްތައް އަދާކުރަންޖެހޭ އިލްތިޒާމްތަކާއި އެއްބަސްވުން ބާޠިލުކުރެވިދާނެ ޙާލަތްތަކާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ދެން ޢަމަލުކުރަންޖެހޭނެ ގޮތްވެސް އެއްބަސްވުމުގައި ބަޔާންވެގެންވާއިރު، އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ބަދަލު ނަގައިދެވިދާނެ ގޮތްތައް އެ އެއްބަސްވުމުގައި ބަޔާންވެފައިވާކަނ އެނގެން އޮތް ހިނދު، މި މައްސަލައިގައި އަސްލު މައުޟ ޢު ލަސްވެގެން ހިނގައްޖެނަމަ އެފަރާތަށް ތަދާރުކު ނުކުރެވޭ ގެއްލުމެއް ވުމުގެ އިހްތިމާލް އޮތްކަމަކަށް ޝަރީޢަތަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ދަޢުވާކުރާ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުގައި މި ޕްރޮޖެކްޓަށް ޙާއްސަކޮށ ވަކް މެޓީރިއަލްތަކެއް ހޯދާފައިވާނެކަމަށާއި، މި މެޓީރިއަލްސ ހޯދުމަށް ނާސާ ލިންކްއިނ ކޮށްފައިވް ޚަރަދަކީ އެއްބަސްވުމުގެ ދަށުން މައުޟ ޢީ ޤަޟިއްޔާގެ އަޑުއެހުންތައް ކުރިއަށްދާއިރު، ގޮތެއް ކަނޑައެޅިގެންދާނެ ކަންތައްތަކެއްކަންވެސް ޝަރީޢަތަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، އިސްވެ ފާހަގަކުރެވުނު ގޮތަށް އެކަންކަން ހުރުމާއެކު، ދަޢުވާކުރާ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0339/2005-C) އިން އެދިފައިވާ ގޮތުގެ މަތިން ވަގުތީ އަމުރެއް ނެރެދެވޭނެ ޝަރުޢީ އަދި ޤާނ ނ ހަމައެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
12ސިވިލް ކޯޓުގެ ނަންބަރު B10/VN/2022/10-144 (27 ޑިސެންބަރު 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ނާސާ ލިންކުން ހުށަހަޅާފައިވަނީ 03 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ: .121 މިމައްސަލައިގައި އަސްލު މައުޟޫޢު ލަސްވެގެން ހިނގައްޖެނަމަ އިސްތިއުނާފުކުރާ ފަރާތަށް ތަދާރުކު ނުކުރެވޭ ގެއްލުމެއް ލިބެންނެތ ކަމަށް ކަނޑައަޅައް މައްސަލި ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ އެންޓި-ކޮރަޕްޝަން ކޮމިޝަން) ގއ ކަނޑައަޅާފައިވި ޤާނޫނީ އުސޫލު މިމައްސަލައަށް ގޯސްކޮށް ތަޠުބީޤުކށްކަމަށ ބުން ހުށަހެޅި ނުކުތާ. .221- އިޢާދަނުކުރެވޭ ނުވަތަ ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ސުޕްރީމް ކޯޓގު ނަންބަރު 2020/SC-A/101 (އެސް.ޕީ-އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރ މެނޭޖްމަންޓާ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްއަށ ރިޢާޔަތްނުކޮށް ކަމުން މި ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ ގެ 5 ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ .321- މިމައްސަލައިގައި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ބަދަލު ނަގައިދެވޭނެ ގޮތްތައް އެ އެއްބަސްވުމުގެ ބަޔާންވެފައިވާކަމަށް ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ގޯސްކޮށް ރިޢާޔަތްކޮށްކަމަށްބުނެ ހުށަހެޅި ނުކުތާ.
އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް
13އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ވަރަށް ތަފްޞީލްގޮތެއްގައި އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އެހުރިހާ ވާހަކަތަކެއް މަޙްޟަރުކުރެވި މިޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެޓޭޗްކުރެވިފައިވާނެއެވެ. މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ބުނަނީ، ނާސާ ލިންކާއި ސްޓެލްކޯ އާއި ދެމެދު އެއްބަސްވުމެއް ވެފައިވާކަން އެނގެން އޮންނާތީ، އިސްތިއުނާފުކުރާ ނާސާ ލިންކްގެ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއްވާކަމާއި އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ހުރިކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވީނަމަވެސް، އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ބަދަލު ނަގައިދެވިދާނެ ގޮތްތައް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަނ އެނގެން އޮންނާތީ، މިމައްސަލައިގ އަސްލު މައުޟޫޢު ލަސްވެގެން ހިނގައްޖެނަމަ އެފަރާތަށް ތަދާރުކު ނުކުރެވޭ ގެއްލުމެއް ލިބެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްނންކަމަށެވެ. މިގޮތުން ތަދާރުކު ނުކުރެވޭ ފަދަ ގެއްލުމާ ކުރިމަތިލާން ޖެހުމަކީ، މައުޟ ޢީ މައްސަލަ އާންމު އުސޫލުގެ މަތިން ބަލައި ނިންމައިފިނަމަ، ފނުބެއްދޭވަރގު ގެއްލުމާ ކުރިމަތިލާންޖެހުންކަމަށެވެ. އަދި އިސްތިއުނާފުކުރާ ނާސާ ލިންކަށ އަލުން އިއާދަނުކުރެވޭނެ އެތައް ގެއްލުންތަކެއް ވެދާނެކަން ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާނެކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ވަގުތީ އަމުރާއިމެދު ގޮތެއް ނިންމިއިރު މިކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
14އިސްތިއުނާފުކުރާ ފަރާތނު އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު B10/VN/2022/10-144 (27 ޑިސެންބަރު 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" ބާޠިލްކަމަށް ކަނޑައަޅައި ދެއްވައި އއ.ހިމަންދގައި އިންޖީނުގެ ޢިމާރާތް ކުރުމާ ގުޅޭ ގޮތުން ނާސާ ލިންކް އާއި ސްޓެލްކޯ އާ ދެމެދު 29 ޖޫން 2021 ގައި ވެވުނު އެއްބަސްވުން ސްޓެލްކޯގެ ފަރާތުން 16 ނޮވެންބަރު 2022 ގައި ބާޠިލްކުރި ކުރުމަކީ ސައްޙަ ބާޠިލްކުރުމެއް ނންކަމަށ ކަނޑައަޅައް ދިނުމަށް އެދި ނާސާ ލިންކްގެ ފަރާތުން ސްޓެލްކައަށ ރައްދުވް ގޮތަށް ހުށަހަޅާފައިވާ މައްސަލައިގައި ޙުކުމެއް ކުރެވެންދެން އެއްބަސްވުން ބާޠިލްކޮށް 16 ނޮވެންބަރު 2022 ގައި ފޮނުވި ނޯޓިސްއަށް ޢަމަލުކުރުން ފަސްކުރުމަށް އަންގައި އއ.ހިމަންދގައި އިނޖީނުގް އިމާރާތްކުރުމުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުނުކުރުމަށާއ އެތަނުގައި އެހެން ތިންވަނަ ފަރާތެއްގެ މަސްލަހަތު އުފަންވެދާނެ އެއްވެސްކަމެއް ނުކުރުމަށް ސްޓެލްކޯގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކތައަ
15އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މިމައްސަލައިގެ ޕްރީމާ ފޭސީ ވާޤިޢާތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟ ޢީ ޙައްޤެއް ނުވަތަ ޤާނ ނ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ. މީގެ އިތުރުން، ވަގުތީ އަމުރު ނެރުމަކާއި ނުލައި އަސްލު މައުޟ ޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިޔާދ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާއި އިސްތިއުނާފުކުރާ ފަރާތުން ކުރިމަތިލާންޖެހިދާނެ ޙާލަތެއް އޮތްކަމުގައި ނުދެކޭކަމަށެވެ. އަދި އިސްތިއުނާފުކުރާ ނ ސާގެ ފަރާތުން އެދިފައިވަނީ ގެއްލުމުގެ ބަދަލު ލިބިދިނުންކަމަށްވާތީ، އިސްތިއުނާފުކުރާ ފަރާތަށް ލިބިދާނެ ގެއްލުމަކީ ތަދާރުކު ނުކުރެވޭ ގެއްލުމަކަށް ނުވާނެކަމުގައި ދެކޭކަމަށެވެ. އަދި މިމައްސަލައިގ ނާސާއަށް ދައުވާ ކާމިޔާބު ވެއްޖެނަމަވެސް، ފައިސާއިން ބަދަލުދީގެނ އެކަމަށް ފަރުވާ ނުކުރެވޭނޭ ހަރުދަނާ ސަބަބެއް ނާސާގެ ފަރާތުން ދެއްކިފައިނުވާކަމަށެވެ. އަދި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި ހިމެނޭ ފަރާތްތައް އިލްތިޒާމްތަކާއި އެއްބަސްވުން ބާޠިލްކުރެވިދާނެ ޙާލަތްތަކާއި އެފަދަކަމެއް ދިމާވެއްޖެނަމަ ދެން ޢަމަލުކުރަންޖެހޭ ގޮތްތަށްވެސް އެއްބަސްވުމުގައި ބަޔާންވެގެންވާކަމަށާއި، އަދި އެއްބަސްވުމާއި ޚިލާފްވުމުގެ ސަބަބުން ބަދަލުނަގައިދެވިދާނެ ގޮތްތަށްވެސް އެއްބަސްވުމުގައި ހިމެނިގެންވާކަމަށާއި، މިމައްސަލައިގެ އަސްލު މައުޟޫޢު ލަސްވެގެން ހިނގައްޖެނަމަ އިސްތިއުނާފުކުރާ ފަރާތަށް ތަދާރުކު ނކުރު ވޭވަރުގެ ގެއްލުމެއް އޮތްކަމަށް ނުދެކޭކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
16އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި ވަގުތީ އަމުރު ނެރުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސލުތަކުގެ ތެރެއިން އެންމެ ޝަރުތެއް އުނިވިކަމުގައިވޔަސް ވަގުތީ އަމުރެއި ނެރެދިނުމުގެ ޤާނޫނީ ރުކުން ފުރިހަމަ ނުވާތީއާއި، މިމައްސަލަ ހުށަހެޅި ދައުވާ ފޯމާއި ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުގައި ހޯދުމަށް އެދި ހުށަހެޅި ފަރުވާއަކީ ތަފާތު ފަރުވާއެއްކަމުގައި ވާތީއާއި، އިސްތިއުނާފުކުރާ ފަރާތަށް ބަދަލު ދޭންޖެހިއްޖެ ހިނދެއްގައި ސްޓެލްކޯއަކީ ބަދަލު ދިނުމުގެ ޤާބިލުކަން ހުރި ސަރުކާރުގެ ކުންފުންޏެއްކަމަށްވާތީއާއި، މިމައްސަލައިގެ ވާޤިއާތަކަށް ޖުމްލަގޮތެއްގައި ރިޢާޔަތްކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ބުރަވަނީ ސްޓެލްކޯ ކޮޅަށް ކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު B10/VN/2022/10-144 (27 ޑިސެންބަރު 2022) "ވަގުތީ އަމުރާމެދު ނިންމިގޮތް" އަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތަށް ނެރުއްވާފައިވާ އަމުރެއްކމަށަ ކަނޑައަޅުއްވައި ދެއްވުމަށްކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން:
17މިމައްސަލައާއި ގުޅިގެނ، ސިވިލް ކޯޓުގެ ނަންބަރ B10/VN/2022/10-144 (27 ޑިސެންބަރު 2022) ވަގުތީ އަމުރާއިމެދު ނިންމި ގޮތަށާއި، އެނިންމުން އިސްތިއުނާފުކުރުމަށް ނާސާ ލިންކުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
ޤާނ ނ ނަންބަރު: 2021/32 ( މަދަނީ އިޖުރާއަތުގެ ޤާނނ:)
18HN1ޤާނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެފަހުން "މަދަނީ އިޖުރާއަތު)" އާއި އެޤާނޫނުގެ ދަށުން، ސިވިލް ކޯޓުން ހަދާފައިވާ ގަވާއިދު ނަންބަރު 105-2022/R "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު" ގައި ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ބަޔާން ކުރެއެވެ. އެހެންކަމުން، ވަގުތީ އަމުރަކީ ކޯޓުގެ އިޚްތިޔާރީ ބާރުގެ ދަށުގައި އޮތް ކަމެކެވެ.
19HN2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަގުތީ އަމުރުގެ ގޮތުގައި ނެރެދިނުމަށް އެދެވިދާނެ ތަފާތު ބާވަތްތަކުގެ އަމުރުތަކެއް ބަޔާން ކުރެއެވެ. އެހެންކަމުން، ވަގުތީ އަމުރަކަށް އެދި ހުށަހަޅާއިރު، އެހުށަހަޅަނ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮން ނަނބަރެއްގއި ބަޔާންކުރަ ކޮން ބާވަތެއްގެ އަމުރެއްކަން ސާފުވާންޖެހެއެވެ. އެކަން އެގޮތަށް ބަޔާން ކުރުމަކާއި ނުލައި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެވި ދާނެކަމަށް ޤަބ ލެއް ނުކުރެވެއެވެ.
20މަދަނީ އިޖުރާއަތުގައި ވަގުތީ ގޮތުން ނެރެވިދާނެ އަމުރުތަކެއްގެ ވާހަކަ ބަޔާން ކޮށްފައިވަނިކޮށް، އެޤާނނގު އެއްވެސް މާއްދާއަކާއި ޙަވާލާދިނުމެއްނެތި، ހަމަ ކުރިއެކޭ އެއްގޮތަށް މިހާރުވެސް ޢަމަލު ކުރާން ކޯޓުތަކުން ދ ކޮށްލައިފިނަމަ، މަދަނަ އިޖުރއަތެއްގާ ބޭނުމެއް ހަޤީޤަތުގައި ނެތެވެ. މަދަނީ އިޖުރާއަތުގެ 236 ވަނަ މާއްދާގެ (ށ) ގައި ކޯޓު އަމުރަށް އެދޭ ފޯމުގައި މަދުވެގެން އަންނަނިވި މަޢުލޫމާތާއި ލިޔެކިޔުން އަމުރަށް ޤާނ ނ ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ) އަދި (ށ). ގަވާއިދު ނަންބަރު 2022/105-R "ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު "ގެ 111 ވަނަ (ހ) އަދި (ށ). އެދޭ ފަރާތުން ހިމަނަންވާނެ ކަމަށް ބަޔާންކޮށް އެއަކުރުގެ (2) ވަނަ ނަންބަރުގައި "ނެރެދިނުމަށް އެދޭ އަމުރުގެ ބާވަތް" ހިމަނަންވާނެ ކަމަށް ބަޔާން ކުރެއެވެ.
21މަދަނީ އިޖުރާއަތުގެ 224 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ގޮތުން، ވަގުތީ އަމުރުގެ ގޮތުގައި ތފާތަ 11 (އެގާރަ) ބާވަތެއްގެ ވަގުތީ އަމުރު ނެރެވިދާނެއެވެ. އޭގެ ތެރޭގައި، ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ އަމުރު (224 ވަނަ މާއްދާގެ (ށ) ގެ (2)) ވަކި މުދަލެއް ހިފެހެއްޓުމަށް ނެރޭ ވަގުތީ އަމުރު (224 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ i). މުދަލުން ތަޞައްރަފު ކުރުން ހުއްޓުވުމުގެ އަމުރު (242 ވަނަ މާއްދާގެ (ށ) ގެ (6)) ހިމެނެއެވެ.
22HN3މިގޮތުން، ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރަކަށް އެދެވިދާނެކަން އެނގޭއިރު، "ފައިސާއިން ނުވަތަ މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް...އެދި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. "... މިފަދައިން ބަޔާން ކުރެއެވެ. ހަމައެހެންމެ، މުދަލުން ތަޞައްރަފު ކުރުން ހުއްޓުވުމުގެ އަމުރަކަށް އެދޭ ޙލާ ތަކަ އެފިޑެވިޓް ހުށަހަޅަންޖެހޭ ޙާލަތެއްކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 337 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން އެނގެއެވެ. ވީމާ، އެދިފައިވާ އަމުރަކީ އެފިޑެވިޓް އާއެކު ހުށަހަޅަންޖެހޭ އަމުރެއްކަން ނުވަތަ ނޫންކަން ޤާނޫނުގެ ކަމާގުޅޭ މާއްދާއާ ޙަވާލާ ނުދޭނަމަ، ފަނޑިޔާރަކަށް ދެނެއެއް ނުގަނެވޭނެއެވެ. މަދަނީ އިޖުރާއަތުގެ 242 ވަނަ މާއްދާގެ (ށ) (2) ވަނަ ނަންބަރު. މަދަނީ އިޖުރާއަތުގެ 244 ވަނަ މާއްދާގެ (ނ) ގައި.
23މިމައްސަލައިގައި ހުށަހަޅާފައިވާ ވަގުތީ އަމުރަށް ބަލާއިރު ދައުލަތުގެ އިދާރާއެއްގެ މުދަލަކުން ތަޞައްރަފު ކުރުން ހުއްޓުވުމަށް (freezing order) އެދިފައިވާކަމަށްވެސް ބެލެވިދާނެއެވެ. ނޫނީ ވަކިކަމެއް ނުކުރުމަށް އަންގައި އަމުރެއް ކުރުމަށް (prohibitory order) އެދުނީ ކަމަށްވެސް ބެލެވިދާނެއެވެ. އެދިފައިވާ ވަގުތީ އަމުރު:
24މިމައްސަލައިގައި ދަށު ކޯޓުގައި އެދިފައިވާ އަމުރަކީ؛
1.24 . ނާސާ ލިންކްގެ ފަރާތުން ހުށަހެޅިފައިވާ މައްސަލައިގައި ޙުކުމް ކުރެވެންދެން އެއްބަސްވުން ބާޠިލްކޮށް 16 ނޮވެންބަރު 2022 ގައި ފޮނުވި ނޯޓިސްއަށް ޢަމަލުކުރުން ފަސްކުރުމަށް އަންގައި؛
2.24. އއ.ހިމަންދގައި އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް އެހެން ފަރާތަކާ ޙަވާލާ ނުކުރުމަށާއު އެތަނުގައި އެހެން ތިންވަނަ ފަރާތެއްގެ މަސްލަހަތު އުފަންވެދާނެ އެއްވެސްކަމެއް ނުކުރުމަށް ސްޓެލްކޯގެ މައްޗަށް އަމުރުކޮށްދިނުމަށް، މިފަދައިންނެވެ.
25މި އަމުރަށް އެދުނު އިރު މަދަނީ އިޖުރާއަތުގެ އެއްވެސް މާއްދާއަކަށް ޙަވާލާދީފައެއް ނެތެވެ. ވީމާ، އަމުރެއް ނެރެންޖެހޭކަނ ނުވަތް ނޫންކަންވެސް ދެނެގަތުމަށް ފަނޑިޔާރު ބަލަންވީ ޤާނޫނުގެ ކޮން މާއްދާއެއްގެ ކޮން އަކުރަކަށް ނޫނީ ނަންބަރަކަށް ކަމެއް ނޭނގެއެވެ.
26ވަގުތީ އަމުރެއް ނެރުމުގައި ޢާންމު އުޞޫލުން ބަލަންޖެހޭ ކަންކަންކަމަކީ، ދިވެހިރާއްޖޭގެ ޤާނ ނ ނިޒާމުގައި މިހާރު އެކަށައެޅިފައިވާ ބަލައިގަނެފައިވާ ކަންތައްތަކެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2012/SC-A/21 ޤަޟިއްޔާ.
27HN4ވަގުތީ އަމުރު ނެރުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މައިގަނޑު ހަމަތަކުގެ އަލީގައި، ބަލާއިރު، ވަގުތީ އަމުރަކަށް އެދިއްޖެނަމަ، ކޯޓުން ފުރަތަމަ ކުރަންޖެހޭ ސުވާލަކީ، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވޭތޯ އެވެ. ހުށަހެޅިފައިވާ ވަގުތީ އަމުރާއި އެކު ހުށަހެޅުނު މައުޟޢއަށް ބަލާއިރު، ކޮންޓްރެކްޓާއި ޚިލާފުވެއްޖެކަމަށް ބުނު ހުށަހެޅި ޖަދަލު ކުރެވިދާނެ މައްސަލައެއް އޮތްކަމަށް ބުރަވެވެއެވެ.
28HN5މައުޟޫއީ ގޮތުން ބަލަންޖެހޭ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްނަމަ، ކޯޓުން ކުރާނެ ދެވަނަ ސުވާލަކީ، ވަގުތީ އަމުރު ނުނެރެއްޖެނަމަ، ކުރިމަތިވާނެ ނުރައްކާ ނުވަތަ ލިބިދާނެ ގެއްލުމަށް (irreparable damage) ދަޢުވާ ކުރާ ފަރާތަށް އެކަށީގެންވާ ގޮތަކަށް ބަދަލު ދެވިދާނެ ތޯ adequate remedy)( މިސުވާލެވެ. އެފަދަ ބަދަލެއް ދެވޭނަމަ، ޢާންމު އުޞ ލަކީ ވަގުތީ އަމުރެއް ނުނެރުމެވެ. ކޮންޓްރެކްޓާއި ޚިލާފުވެގެން ހުށަހެޅޭ މައްސަލަތަކުގައި ދެވޭ އަސާސީ ފަރުވާއަކީ، ގެއްލުމުގެ ބަދަލު ދިނުމެވެ. އިކުއިޓީ ނުވަތަ ޢަދަލާ-ވަލް އިންޞާފުގެ ދަށުން ދެވޭ ފަރުވާ ނުވަތަ އިންޖަކްޓވި ރލީފ އަކް އިސްތިސްނި އީ އަދ ކޯޓުގި އިޚްތިޔާރީ ފަރުވާއެކެވެ.
29މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ސްޓެލްކޯގެ ފަރާތުން، ގެއްލުމުގެބަދަލު ދޭންޖެހިއްޖެ ޙާލަތެއްގައި އެބަދަލު ދެވޭނެކަމަށް ބަޔާން ކުރެއެވެ.
30HN6މިމައްސަލައިގައި، ވަގުތީ އަމުރެއް ނެރެއްޖެނަމަ، އެކަމުގެ ގެއްލުމާއި އުނދަގޫ ބޮޑަށް އުފލަންޖެހޭނު އިސްތިއުނާފު ރައްދުވާ ފަރާތުންތޯ ނނ ވަގުތީ އަމުރު ނުނެރެއްޖެނަމަ، އެކަމުގެ ގެއްލުމާއި އުނދަގޫ ބޮޑަށް ތަހައްމަލު ކުރާނީ އިސްތިއުނާފު ކުރާ ފަރާތުންތޯ (balance of convenience) ބަލާއިރު، ސްޓެލްކޯގެ ފަރާތުން ޢިމާރާތް ކުރަމުންދާ އިންޖީނުގެއެއްގެ މަސައްކަތް ވަގުތީ އަމުރެއްގެ ދަށުން ހުއްޓުވާލުމަކީ، އެކަމުގެ ގެއްލުން ހަމައެކަނި ސްޓެލްކޯއަށް ލިބޭނެ ކަމެއް ނޫނެވެ. އެއީ އެތައްބައެއްގެ އަސާސީ ބޭނުންތަކާއި ގުޅިފައިވާ ކަމެއް ކަމަށްވާތީ، އެކަ މުގެ ގެއްލުން އއ.ހިމަންދޫ ގެ ޢާންމު ރައްޔިތުންނަށްވެސ ކުރާން ކަމަށެ ބުރަވެވެއެވެ. އެހެންކަމުން، މިކަމުގައި ބޮޑަށް ގެއްލުން ތަހައްމަލް ކުރަންޖެހޭ ފަރާތަކީ ފުރަތަމަ ނަޒަރުން ބަލާއިރުވެސް ސްޓެލްކޯ ކަމަށް ބުރަވެއެވެ.
31HN7ވީމާ، މައުޟ ޢީ ގޮތުން މިމައްސަލަ ދަށު ކޯޓުން ބަލާ މައްސަލަ ނިމުމަށްފަހު ދަޢުވާ ކުރާ ފަރާތަށް ލިބޭ ގެއްލުމަކީ މާލީގޮތުން އެކަށީގެންވާ ބަދަލު ދެވިދާނެ ގެއްލުމެއް ކަމަށް ފެންނާތީ، މިމައްސަލައިގެ މައުޟޫއު ޚުޞޫމާތް އުފެދުމާ ހަމައަށް އޮތް ޙާލަތުގައި ނުވަތަ މިހާރު އެއޮތް ޙާލަތުގައި ބއްވުމުގޭ މައްޗަށް maintain the status quo) ( ބޭއްވުމަށްޓަކައި އެހެންފަރާތަކަށް ކޮންޓްރެކްޓް ޙަވާލުކޮށް، އިންޖީނުގެ މަސައްކަތް އެހެން ފަރާތަކާ ޙަވާލު ނުކުރަންޖެހޭ ސަބަބެއް ނެތެވެ.
32ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ދަށު ކޯޓުން ވަގުތީ އަމުރު ނެރެ ނުދިނުމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ބުރަވެއެވެ. ފަނޑިޔާރާ މުޙައްމަދު ފައިޞަލްގެ ރައުޔު:
33ފަނޑިޔާރު މުޙައްމަދު ނިޔާޒް ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ފނޑިޔާރަ ފާތިމަތު ފަރްހީޒާގެ ރައުޔު:
34ފަނޑިޔާރު މުޙައްމަދު ނިޔާޒް ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
35މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞ ލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ) އަދި (ށ) (ޚާއްޞަކޮށް (ށ) ގެ (2)، (3)، (6))
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 236 ވަނަ މާއްދާގެ (ށ) ގެ (2)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 244 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 337 ވަނަ މާއްދާގެ (ހ) ގެ (2)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ، 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 111 ވަނަ މާއްދާގެ (ހ) އަދި (ށ)
- ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ (2012/SC-A/21)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.