ޢަބްދުލްލަޠީފް ޢަބްދުލްޤާދިރު ވ. އާމިނަތު ޝީރީނާ އަދި އއ. ތޮއްޑޫ ކައުންސިލްގެ އިދާރާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- އއ. ތޮއްޑޫ މެޖިސްޓްރޭޓް ކޯޓު U1MC/VA/2023/03
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަންޑާރަ ގޯތި ދޫކުރުމުގައި ކައިވެނީގެ ބަޔަށް ޕޮއިންޓް ދިނުމާމެދު ޖަދަލުކޮށް ހުށަހެޅި ދަޢުވާއެއްގައި، އެ ޕޮއިންޓް ލިބުނު ފަރާތާ ގޯތި ހަވާލުނުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ސުޕްރީމް ކޯޓުގެ ނެކްސްބިޒް ޤަޟިއްޔާގައިވާ ވަގުތީ އަމުރުގެ ޝަރުޠުތައް ފުރިހަމަވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތަކަކީ: (1) ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެން އޮތުން، (2) ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، (3) އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށް ވުމެވެ.
HN2 ގޯތި ދޫކުރުމުގެ އިޢުލާނަކާ ގުޅިގެން ގޯއްޗަށް އެދި ކުރިމަތިލި މީހަކަށް، ކައުންސިލުން ހަދާފައިވާ އުޞޫލުން ބޭރުން ޕޮއިންޓް ދީގެން އެއްވެސް މީހަކަށް ގޯތި ދޫނުކުރާކަން ކަށަވަރުކުރުމުގެ ޙައްޤު ފާޅުކަން ބޮޑުގޮތެއްގައި ލިބިގެންވެއެވެ؛ ސަބަބަކީ އުޞޫލާ ޚިލާފަށް ޕޮއިންޓް ދިނުމުން އުޞޫލާ އެއްގޮތަށް ޕޮއިންޓް ލިބޭ މީހުންނަށް ގޯތި ލިބުމުގެ ފުރުޞަތު ހަނިވާތީއެވެ.
HN3 ކައިވެނީގެ ޙާލަތާ ގުޅުވައިގެން ގޯތި ދިނުމަށް ދެވޭ ޕޮއިންޓާމެދު ޖަދަލުކޮށް ހުށަހަޅާ ދަޢުވާއަކީ ވަރި ކާވެނީގެ ނުވަތަ ޢާއިލީ މައްސަލައެއް ނޫން، ޕޮއިންޓްދޭ އުޞޫލާ ގުޅިގެން ޕޮއިންޓް ދިން ގޮތާމެދު ހުށަހަޅާ މައްސަލައެކެވެ؛ އެހެންކަމުން ދަޢުވާކުރާ ފަރާތަކީ ކައިވެނީގެ ފަރާތެއް ނުވުމަކީ ދަޢުވާގެ ޙައިޘިއްޔަތު ނެތުމުގެ ސަބަބެއް ނޫނެވެ.
HN4 ޝަރުޠު ހަމަނުވާ ފަރާތަކާ ގޯތި ހަވާލުކޮށްފިނަމަ، އުޞޫލާ އެއްގޮތަށް ޕޮއިންޓް ލިބިގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހަކަށް އިޢާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވާނެތީ، ވަގުތީ އަމުރުގެ ދެވަނަ ޝަރުޠު ހަމަވެއެވެ.
HN5 މި ޝަރުޠުތައް ފުރިހަމަވާއިރު، މައުޟޫޢީ ޙުކުމް ކުރެވެންދެން ގޯތި ހަވާލުނުކުރުމަށް ނެރުނު ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ސަޢީދު، ލޯ ކްރާފްޓް ލޯ ފަރމް ލލޕ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އުއްމުކުލްޘޫމް އަބޫބަކުރު
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް ފަނޑިޔާރު ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު ދީބާނާޒް
ފަހުމީ ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް
1މިއީ، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2023-C1U-CIV-45 ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު U1MC/VA/2023/03 ވަގުތީ އަމުރު އެކޯޓުން ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، […]، އއ.ތޮއްޑޫ / ޢަބްދުއްލަޠީފް ޢަބްދުލްޤާދިރު (މީގެ ފަހުން "ޢަބްދުއްލަޠީފް" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ އއ.ތޮއްޑޫ، […] / އާމިނަތު ޝީރީނާ (މީގެ ފަހުން "އާމިނަތު ޝީރީނ" ) އަދި އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ (މީގެ ފަހުން "ތޮއްޑޫ ކައުންސިލްގެ އިދާރާ") އެވެ. މައްސަލައިގައި ކަންހިނގާ ދިޔަގޮތް:
2އިސްތިއުނާފު ކުރާ ޢަބްދުއްލަޠީފު ޢަބްދުލްޤާދިރު އަކީ، ތޮއްޑޫނ ގޯއްޗަށް އެދް ކުރިމަތިލީ މީހުންގެ ދާއިމީ ލިސްޓުގެ 65 ވަނަ ގައި އޮތް ފަރާތެވެ. އިސްތިއުނާފު ރައްދުވާ އާމިނަތު ޝިރީނާ ތުހުމަތު ކުރާ ގޮތުގައި، ޢަބްދުއްލަތީފު ޢަބްދުލްޤާދިރަކީ ގެވަޅ ފޯމު ހުށަހެޅިއިރު އަދި ވަގުތީ އަމުރަށް އެދުނު އިރުވެސް ޝަރުޢީ ހަމަތަކުގެ މަތީން ކައިވެންޏެއްގެ މަތީގައި ހުރި މީހެއް ނޫނެވެ.
3ކަންމިހެން އޮތްއިރު، ޢަބްދުއްލަޠީފު ޢަބްދުލްޤާދިރަކީ ކާވެނިކޮށްގެން ހުރި މީހެއްކަމަށް ތޮއްޑޫ ކައުންސިލުން ބަލާ ފައިވާ ކަމަށެވެ. ނާތީޖާއެއްގެ ގޮތުން، ތޮއްޑޫ ކައުންސިލް ހަދާފައިވާ، "ބަންޑާރަ ގޯތި ދޫކުރުމުގެ އައި.ޑީ ކާރޑް ނަންބަރު: އައި.ޑީ ކާރޑް ނަންބަރު: ތޮއްޑޫ ކައުންސިލް އިދާރާގެ ނަންބަރު ESMS/339/2022/126-(IUL)339 (13 އޮކްޓޫބަރު 2022) އިއުލާނާގުޅިގެން. ތޮއްޑޫ ކައުންސިލުން 14 މެއި 2023 ގައި ޢާއްމުކޮށްފައިވާ "ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް" އުސޫލު"ގެ 2.2 ގެ ދަށުން ކައިވެނީގެ ބަޔަށް ޢަބްދުއްލަތީފު ޢަބްދުލްޤާދިރުއަށް 25 ޕޮއިންޓް ލިބި ދީފައިވާ ކަމަށެވެ. މީގެ އިތުރުން، ޙަވާލާދިން މާއްދާގެ (ރ) ގެ ދަށުން، ޢަބުދުއްލަޠީފު ޢަބުދުލްޤާދިރަކީ ގޯއްޗަށް އެދި ފޯމް ހުށަހަޅާއިރު ކައިވެނިކޮށްގެންހުރި ފަރާތެއްކަމަށް ބަލައި، އަދި އެކައިވެނީގެ މުއްދަތު 5 އަހަރަށްވުރެ އިތުރުވެފައިވާ ކަމަށްބަލައި، އިތުރުވާ ކޮންމެ އަހަރަކަށް 1 ޕޮއިންޓް ދޭ އުޞޫލުން، ޢަބުދުލްލަޠީފު ޢަބުދުލްޤާދިރުއަށް 10 ޕޮއިންޓް ދީފައިވާ ކަމަށެވެ.
4މި ފޮއިންޓް ތަކަކީ ޢަބދުލްލާޠީފު ޢަބްދުލްޤާދިރށަ ލިބިގެން ނުވާން ޕޮއިޓްތަކެއ ކަމަށް ޤަބޫލް ކުރެވިގެން، އޭނާއަކީ ޝަރުޢީ ހަމަތަކުން ބަލާއިރު، ކާވެނި ރޫޅިފައިވާ ފަރާތެއް ކަމަށް ޝަރީޢަތުން ކަނޑައަޅާދިނުމަށް އެދި އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާއަށް ދަޢުވާ ރައްދުކޮށް، އާމިނަތު ޝީރީނާގެ ފަރާތުން ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
5މިދެންނެވި ދަޢުވާއާއެކު، ޙަވާލާދިން އިޢުލާނުގެ ދަށުން، ތޮއްޑޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެހައި ކަންކަން ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ތޮއްޑޫ ކައުންސިލްގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދި އަމީނަތު ޝީރީނާގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނެވެ. އއެމުރަށ އެދް ސަބަބުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ؛
1.5.މިމައްސަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތަކީ ތޮއްޑޫ އިން ބަންޑާރަގޯތި ދޫކުރުމަށްކުރި އިއުލާނަށް އިޖާބަދީ ގޯއްޗަށް އެދި ހުށަހެޅި ފަރާތެއްކަމަށާއި، ނަމަވެސް ތޮއްޑޫ ކައުންސިލުން ގޯތި ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތުން ދަޢުވާކުރާ ފަރާތުގެ އިތުރުންވެސް ގޯއްޗަށްއެދި ފޯމް ހުށަހަޅާފައިވާ އެހެން ފަރާތްތަކުގެވެސް އެ ޙައްޤު ގެއްލިގެން ދިޔުން.
2.5.ތޮއްޑޫ ކައުންސިލް އިދާރާއިން ދަޢުވާ ހުށަހެޅި ފަރާތާއި އަދި މަސްލަހަތު ހިމެނޭ އެހެން ފަރާތްތަކަށް ދޭންޖެހޭ ޙައްޤު ނުދީ ތޮއްޑޫ ކައުންސިލް އިދާރާގެ އިދާރީ ރޭވުންތަކާއި، އެއްގޮތަށް ނުވަތަ ތާވަލު ކުރެވިފައިވާ ގޮތުގެ މަތިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް، ދަޢުވާ ހުށަހެޅި ފަރަތާއ އަދި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެހެނިހެން ފަރާތްތަކަށް ލިބެންވާ ޙައްޤުން މަޙްރޫމްވެގެން ދިއުމުގެ ފުރުސަތު ފަހިވެފައި އޮތުން. އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު ނަންބަރު U1MC/2023/48 (22 އޮގަސްޓް 2023) ވަގުތީ އަމުރަށް އެދޭ ފޯމު ނަންބަރު U1MC/2023/120 (22 އޮގަސްޓް 2023)
3.5.ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ޤަވާއިދާއި އެ ޤަވާއިދުގެ ދަށުން ހެދިފައިވާ އުޞޫލު މާނަކުރުމުގައި ދަޢުވާ ކުރާ ފަރާތަށް އަދި މިހާރު ގޯއްޗަށް އެދިފައިވާ އެހެން ފަރާތްތަކަށްވެސް ކަށަވަރުވެފައިވާ ޙައްޤުތަކުން މަޙްރޫމްވެގެން ދިއުން، އަދި
4.5.މިމައްސަލައަކ ޝަރުޢީ އަދި ޤާނޫނީ ގޮތުން ބަލާއިރު ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާއިން ކަނޑައަޅާފައިވާ 3 ޝަރުތު ފުރިހަމަވާ މައްސަލައެއް ކަމަށްވާތީ، މިމައްސަލައިގައި ވަގުތީ އަމުރެއް ކޮންމެހެން ނެރެންޖެހޭނެ މައްސަލައެއްކަމަށްވުން. މިއެވެ.
6އާމިނަތު ޝީރީނާގެ ފަރާތުން ވަގުތީ އަމުރަށް އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދީފައެއް ނެތެވެ. ނަމަވެސް، ޢަބްދުއްލަތީފް ޢަބްދުލްޤާދިރުގެ ފަރާތުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ލިޔެކިޔުންތައް ކަށަވަރުކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޝަރީޢަތަށް ފެންނާތީ، މަޢުޟޫއީ މައްސަލައިގެ ފައިސަލާ ކުރަނިވި ޙުކުމެއް ކުރެވެންދެން ތޮއްޑޫ ކައުންސިލްގެ އިޢލާނާއ ގުޅިގެނި ޢަބްދުއްލަތީފް ޢަބްދުލްޤާދިރުގެ ޝަރުތު ހަމަވާ ކަމަށު ކަނޑައަޅައި އެފަރާތަށް ދިނުމަށް ތޮއްޑޫ ކައުންސިލުން ނިންމާފައިވާ ގޯތި އެފަރާތާއި ހަވާލުނުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެފައިވެއެވެ. ޢަބްދުއްލަތީފް ޢަބްދުލްޤާދިރުގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ މިއަމުރެވެ. އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އަމުރާއިމެދު ނިންމި ގޮތް:
7އއ. ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2023-C1U-CIV-45 ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު U1MC/VA/2023/03 ވަގުތީ އަމުރުން މައްސަލައާއި ގުޅޭ ބައި ތިރީގައި އެވަނީއެވެ؛ ".... ވަގުތީ އަމުރު ނެރެދިނުމާއި ވަގުތީ ފިޔަވަޅުތައް އެޅުމުގައި ކޯޓުތަކުން މައިގަނޑު ގޮތެއްގައި މިހާރު ޢަމަލުކުރަމުންދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާއެއްގޮތަށްކަމާއި، މިގޮތުން އެމައްސަލައިގައި ވަގުތީ އަމުރު ނެރެދިނުމުގައި ކޯޓުތަކުން ބަލަންވާނެ ތިންކަމެއް ބަޔާންކޮށްދީފައިވާކަމާއި، އެއީ ވަގުތީ އަމުރަށް އެދޭ ފަރާތަ ށ ޤާނޫން ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއ އަދި ވަގުތީ އަމުރެއް ނެރުމަކާ ނުލައި އަސްލު ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައިވުމާއި، ހުށަހެޅި ހިނގަމުންދާ ވަގުތީ އަމުރާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ވަގުތީ އަމުރި ނެރެދިނުމަށް އެދިފައިވާ ސަބަބުތަކަށް ބަލާއިރު، އިސްވެ ދެންނެވުނު ވަގުތީ އަމުރަށް އެދިފައިވަނީ މިކޯޓުގެ ނަންބަރު 2023-U1C-CIV-45 ޤަޟިއްޔާ އާއި ގުޅިގެންކަމާއި އިސްވެދެންނެވުނު ޤަޟިއްޔާ އާއި ގުޅިގެން ދަޢުވާކުރާ އާމިނަތު ޝީރީނާ ހުށަހަޅާދައިވ ދަޢުވާ ފޯމްގައިވަނީ "އއ.ތޮއްޑޫ ހަނދުވަރުމަތީގެ ޢަބްދުއްލަތީފު ޢަބްދުލްޤާދިރުގެ ކައިވެނީގެ ބަޔަށާއި ކައިވެނީގެ މުއްދަތު ވަޒަންކުރާ ބަޔަށް ޕޮއިންޓް ދީފައިވަނީ އއ.ތޮއްޑޫ ކައުންސިލުން އެކުލަވާލި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި ޚިލާފަށްކަމަށް ކަނޑައަޅުއްވައި ދެއްވައި އއ.ތޮއްޑޫ ހަނދުވަރުމަތީގެ ޢަބްދުއްލަޠީފު ޢަބްދުލްޤާދިރު ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމް ހުށަހަޅާފައިވަނީ ޞައްޙަނޫން ކައިވެނީގެ ސެޓްފިކެޓެއްކަމަށާއި، އެހެންކަމުން އެފޯމްއަކީ ބާޠިލް ފޯމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި" ކަމާއި، އެހެންކަމުން، މިކޯޓުގެ ނަންބަރު 45-CIV-1CU-2023 ޤަޟިއްޔާގައި މައުޟޫޢީ ގޮތުން ބަލަންޖެހޭކަމަށް މިވަގުތަށް ފެންނަންއޮތީ، ޢަބްދުއްލަޠީފު ޢަބްދުލްޤާދިރުގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯކަމުގައި ވާތީ، ޢަބްދުލްލަޠީފު ޢަބްދުލްޤާދިރުއަށް ޝަރުތު ހަމަނުވާކަމަށް ކޯޓުން ކަނޑައަޅާ ޙާލަތެއްގައި އެގޯއްޗާއިމެދު ޢަމަލްކުރަންވާނެ ވަކިގޮތެއް ޝަރީޢަތުން އަދި އއ.ތޮއްޑޫ ކައުންސިލުންވެސ ކަނޑައެޅިދާނެކަމަށް ޝަރީޢަތަށް ފެންނާތީ، އއ.ތޮއްޑޫއިން ބާންޑާރަ ގޯތި ދޫކުރުމުގެ އެންމެހައި ކަންކަން ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ މައްޗަށް އަންގައި އަމުރުކޮށް ވަގުތީ އަމުރެއް ނެރެދޭނެތަނެއް ނެތްކަމަށާއި، ނަމަވެސް އއ.ތޮއްޑޫ ހަނދުވަރުމަތީގެ ޢަބްދުއްލަތީފު ޢަބްދުލްޤާދިރުގެ ހުށަހަޅާފައިވާ ލިޔެކިޔުންތައް ކަށަވަރު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޝަރީޢަތަށް ފެންނާތީ، މިކޯޓުގެ ނަންބަރު 45-CIV-1CU-2023 ޤަޟިއްޔާއިން ފައިސަލާ ކުރަނިވި ޙުކުމެއް ކުރެވެންދެން އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލް އިދާރާގެ ނަންބަރު ESMS/339/2022/126-(IUL)339 އިޢލާނާއު ގުޅިގެން އއ.ތޮއްޑޫ ހަނދުވަރުމަތީގެ ޢަބްދުލްލަޠީފު ޢަބްދުލްޤާދިރުގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އެފަރާތަށް ދިނުމަށް އއ.ތޮއްޑޫ ކައުންސިލުން ނިންމާފައިވާ ގޯތި އެފަރާތާއި ހަވާލު ނުކުރުމަށް އއ.ތޮއްޑޫ ކައުންސިލްގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
8މިދެންނެވި، ވަގުތީ އަމުރު، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓނު ވަގުތީ އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ޢަބްދުއްލަޠީފް ޢަބްދުލްޤާދިރު ގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތއާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
1.8.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓިކޮރަޕްޝަން ކޮމިޝަން) ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-C1U-CIV-45 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރުގައި އެ ޝަރުތުތައް ފުރިހަމަނުވާކަން ފާޅުކަންބޮޑުގޮތެއްގައި އެނގެން އޮތްއިރު، އެޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް އެކޯޓުގެ ނަންބަރު MC/VA/2023/031U ވަގުތީ އަމުރު ނެރެދީފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
9އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ތަފާ ޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.9.އިސްތިއުނާފީ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ވަގުތީ އަމުރު ނެރެމުގައި ބަލަންޖެހޭ ޢާންމު ޝަރުތުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓީ ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، މިމައްސަލާގައި އެ ޝަރުތުތައް ފުރިހަމަނުވާކަމަށެވެ.
2.9.ދިވެހިރާއްޖޭގ ހައިކޯޓުގެ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު ޤަޟިއްޔާގައި ވަގުތީ އަމުރު ނެރެމުގައި ކޮންމެ މައްސަލައަކީވެސް ވަކިން ބަލައި ވަޒަންކުރަންޖެހޭނެ މައްސަލައެއްކަމަށާއި، ވަގުތީ އަމުރެއް ކޯޓުން ނެރެމަށްޓަކއި ބަލަންޖެހޭ ކަނޑައެޅަ ބަޔާންވެފައިވާ ވަކި ތައްތަގަނޑެއ ނުވަތް ފޯމިއުލާއެއް ނެތްކަމާއި ކޮންމެ މައްސަލައެއްވެސް ވަކިން އެމައްސަލައެއްގައި ޙަޤީޤަތްތަކާއި ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، ވަގުތީ އަމުރު ނެރުމުގެ އުޞޫލަކީ ޙާލަތާއި ގުޅޭގޮތުން ބަދަލުވާ ގޮތުގައި އޮންނަ އެއްޗެއްކަން ފާހަގަކޮށްފައިވާކަމަށެވެ.
3.9.މިގޮތުން އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރަށް ބަލާއިރު، ވަގުތީ އަމުރަށް އެދުނު ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްތޯ ބަލާއިރު، ވަގުތީ އަމުރަށް އެދުނު ފަރާތުން ހުށަހެޅި ދަޢުވާއަކީ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ނުކުތާތަކެއް ހިމެނޭ ގޮތުން ހުށަހަޅާފައިވާ ދައުވާއެއްނޫންކަމަށާއި، ދައުވާގެ ސީޣާ އަށާއި އެދިފައިވާ ފަރުވާއަށް ބަލާއިރު މިމައްސަލައަކީ ދައުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްނޫންކަމަށެވެ. މިމައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ކައިވެނީގެ ޙާލަތާ މެދުގައިކަމަށާއި، ވަގުތީ އަމުރަށް އެދުނު ފަރާތަކީ އިސްތިއުނާފުކުރާ ފަރާތާއި ކައިވެނިކޮށްގެން އުޅޭ ފަރާތެއް ނޫންކަމަށެވެ. އަދި މިއީ އަނބިމހީ ފިރިމީހާގެ ހައިސިއްޔަތުގެ މައްޗަށް ހުށަހެޅިފައިވާ އާއިލީ މައްސަލައެއްވެސް ނޫންކަމަށެވެ.
4.9.މިކަންކަމުގެ ތަފްސީލް ބަޔާންކުރަމުން ބުނެފައިވަނީ މިމައްސަލައަކީ ދައުވާ ހުށަހެޅި ފަރާތަށް ކާމިޔާބުވުމުގެ އިޚްތިމާލު އެއްވެސް މިންވަރަކަށް ނެތްމައްސަލައެއްކަމަށާއި، މިމައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ފަރާތަށް ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޚްތިމާލ ފާޅުކަންބޮޑު ގޮތެއްގައި ޤާއިމްވެގައިވުމުގެ ޝަރުތު ފުރިހަމަނުވާކަމަށެވެ. އެހެންކަމުން، މައުޟޫޢީ ޙައްޤެއް މިމައްސަލާގައި ނެތުމުން، އިސްތިއުނާފުރައްދުވާ ފަރާތަށް އިޢާދަނުކުރެވޭ ނުވަތަ ތަދާރުކުނުކުރެވޭ ވަރުގެ ގެއްލުމެއް އޮތްތޯ ބަލަންޖެހޭ ޟަރޫރަތެއް ނެތްކަމަށެވެ. މީގެ އިތުރުން މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 45-CIV-C1U-2023ޤަޟިއްޔާއިން ނެރެފައިވ ނަންބަރު U1MC/VA/2023/03 ވަގުތީ އަމުރަކީ ބާޠިލް އަމުރެއްކަމުގައި ކަނޑައަޅައި ދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ތޮއްޑޫ ކައުންސިލްގެ އދާރާގި ފަރާތުން ދެއްކި ވާހަކަތައް:
11އިސްތިއުނާފ ރައްދުވު ތޮއްޑޫ ކައުންސިލްގެ އިދާރާގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިސްތިއުނާފުކުރެވިފައިމިވާ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތަށް އިސްތިއުނާފުކުރާ ފަރާތް ފިޔަވައި ދެން ހުރި ފަރާތްތަކަށް މިހާރު ވަނީ ގޯތިތައް ހަވާލުކުރެވިފައިވާކަމަށެވެ. އަދި ކައުންސިލްތަކަކީ ރަށު ރައްޔިތުންގެ މަންފާއަށް އެރަށެއްގެ ބިންތަކާމެދު މުޢާމަލާތް ކުރަންޖެހޭ ޤާނޫނީ ޝަހުސެއްކަން ލާމަރުކަޒީ ޤާނޫނަށް ބެލުމުން ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށެވެ. މިމައްސަލައިގައި ހުށަހެޅިފައިވާ ކަންތައްތަކަށް ބަލާއިރު ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ މިމައްސަލައިގައި ސުވާލު އުފައްދާފައިވާ ކަމަކީ ކަށަވަރުކުރަންޖެހޭ ކަމެއްކަމަށް ކޯޓަށް ފެންނާތީވެ ވަގުތީ ގޮތުން އިސްތިއުނާފުކުރާ ފަރާތާއި ހަވާލުކުރަންޖެހޭ ގޯތި ނުދީ އިހަށް މަޑުޖައްސާލުމަށްކަމަށެވެ. އެކަންކަމަށް ބަލާއިރު ކައުންސިލްގެ ފަރާތުން ދެކެނީ ހުސޫމާތެއ އޮތްކަމަށް ނުވަތް ސުވާލަ އުފެދިއްޖެ ޙާލަތެއްގައި އެހުސޫމާތަކީ ސައްހަކަމެއތް ނުވަތަ ނޫންތޯ ކަށަވަރުކުރަންޖެހޭނެކަމަށވެ.
12ދެވަނަކަމަށް ފާހަގަކޮށްފައިވަނީ މިމައްސަލައަކީ ޢާއްމު މަސްލަހަތާއި ގުޅިފައިވާ މައްސަލައެއްކަމަށެވެ. އެހެންކަމުން މިހާލަތުގައި ޢާއްމު މަސްލަހަތާއި ގުޅިފައިވާކަމަށްވާތީ އެކަންކަން ހައްލުކުރުމުގެ ގޮތުން ޝަރީޢަތަށް މައްސަލައެއް ހުށަހަޅައި ސުވާލު އުފައްދާފައިވާ ހިނދު އެކަން ޝަރީޢަތުން ކަށަވަރުކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ކައުންސިލަށްވެސް ޤަބޫލުކުރެވޭކަމަށެވެ. ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައަކީ ދެމަފިރިއެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއް ނޫނީ ވަރީގެ މައްސަލައެއް ނޫންކަމަށއާ މިއި ގޯތި ދިނުމަށްޓަކައި ކުރެވިފައިވާ އިޢުލާނަކާއ ގުޅިގެނި ޕޮއިންޓް ދެވިފައިވާ ގޮތަކާއިމެދ އާއްމު ރައްޔިތެއް ސުވާލު އުފައްދއަގެނ ކޯޓަށް ހުށަހަޅާގެން އުޅޭ މައްސަލައެއްކަމަށެވެ. އެހެންކަމުން މިކަންކަމަށް ރިޢާޔަތްކޮށް ޝަރީޢަތުން ގޮތެއް ނިންމއަ ދެއްވުމަށް އެދޭކަމަށެވެ އިސްތިއުނާފު ރައްދުވާ ތޮއްޑޫ ކައުންސިލް އިދާރާގެ ފަރާތުން އެދޭގޮތް:
13އިސްތިއުނާފ ރައްދުވު ފަރާތުން އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2023-C1U-CIV-45 ޤަޟިއްޔާއިން ނެރެފައިވ ނަންބަރު U1MC/VA/2023/03 ވަގުތީ އަމުރާއި ގުޅިގެން އެދިފައިވަނީ މިމައްސަލައިގައި ޝަރީޢަތުން ގޮތެއް ނިންމާދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ އާމިނަތު ޝީރީނާގެ ފަރާތުން ދެއްކި ވާހަކަތައް:
14އިސްތިއުނާފ ރައްދުވު އާމިނަތު ޝީރީނާގެ ފަރާތުން ބުނެފައިވަނީ މިމައްސަލަ އިސްލާމީ ޝަރީޢަތނު ބެލިޔަސް ޢަބުދުއްލަޠީފު ޢަބުދުލްޤާދިރުގެ ކައިވެންޏަކީ ސައްހަ ކައިވެންޏެއްކަމަށ އޭނާއަށް ނުބެލެވޭކަމަށެވެ. އިސްތިއުނާފ ރައްދުވު ފަރާތަކީވެސް މި އިޢާލާނާއ ގުޅިގެނި ގޯއްޗަށް އެދް ފޯމް ލީ މީހެއްކަމަށެވެ. އެގޮތުން ޢާއްމު ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް މިފަދަ ކަމެއް ހިނގައިފިނަމަ ކުރިއަށް އޮތްތާގައިވެސް ޢާއްމު މަސްލަހަތު ގެއްލިދާނެކަމަށް ބެލެވޭތީ މިކަންކަން ފާހަގަކޮށް ހުށަހެޅި މައްސަލައެއްކަމަށެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ އާމިނަތު ޝީރީނާގެ ފަރާތުން ދެކެނީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ރަނގަޅަށްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
15އިސްތިއުނާފ ރައްދުވު ފަރާތުން ދެކެނީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ރަނގަޅަށްކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
16މި މައްސަލައާއި ގުޅިގެން އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-C1U-CIV-45 ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު U1MC/VA/2023/03 ވަގުތީ އަމުރަ ށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް ޢަބްދުއްލަތީފް ޢަބްދުލްޤާދިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާ އާ ގުޅިގެން މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
17HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2012/SC-A/21 ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތައް ކަމަށް ބަޔާންކުރަނީ؛
1.17. ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޞޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެން އޮތުން.
2.17. ވަޤުތީ އަމުރު ނެރުމަކާ ނުލާ އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން.
3.17. ވަޤުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" ނުވަތަ ހައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށް ވުމެވެ.
\
18HN2ތޮއްޑއޫން ގޯތި ދޫކުރުމަށް ކުރި އިޢުލާނާއި ގުޅިގެން، އާމިނަތު ޝީރާނާ ގޯއްޗަށް އެދި ކުރިމަތިލިއެވެ. އެހެންކަމުން، ތޮއްޑއޫން ގޯތި ދިނުމަށް އެކުލަވާލާފައިވާ އުޞޫލުން ބޭރުން ޕޮއިންޓް ދީގެން އެއްވެސް މީހަކަށް ގޯތި ދޫނުކުރާކަން ކަށަވަރު ކުރުމުގެ ޙައްޤު އާމިނަތު ޝީރީނާއަށ ފާޅުކަން ބޮޑް ގޮތެއްގައި ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓުގެ ތަރުތީބު ނަންބަރު 379 ގޯއްޗަށް އެދި ހުށަހެޅި ފޯމް ނަންބަރު 168 އޮތްކަން ސާފުވެއެވެ. އެހެނީ އުޞޫލާއި ޚިލާފަށް އެއްވެސް މީހަކަށް ޕޮއިންޓެއ ދީގެން ޝަރުޠު ހަމަވާކަމަށް ބެލޭ ގޮތްވެއްޖެނަމަ، އުޞޫލާ އެއްގޮތަށް ޕޮއިންޓް ލިބޭ މީހުންނަށް ގޯތި ލިބުމަށް އޮތް ފުރުޞަތު ހަނިވަމުން ދާނެއެވެ. ސަބަބަކީ ޙަވާލާދެވޭ އިޢުލާނުގެ ދަށުން ތޮއޑް އިން ދޫކުރަނީ 100 ގޯތި ކަމަށް ވާއިރު، ޝަރުޠު ހަމަވާ 503 މީހުން ހުށަހެޅިކަން އެނގޭތީއެވެ.
19HN3ވަގުތީ އަމުރު ނެރެދިނުމަށް އެދި ހުށަހެޅި މައުޞޫއ މައްސަލީ ބިނާވަނީ ދަޢުވާ ހުށަހެޅި ފަރާތާއި ދަޢުވާ ރައްދުވާ ފަރާތުގެ ކާވެނީގެ ގުޅުމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް ދަޢުވާ ބިނާކޮށްފައިވަނީ ތޮއްޑއޫ ނ ގޯތި ދިނުމަށް ޕޮއިންޓްދޭ ބައިތަކުގެ ތަފްޞީލުގައި "ގޯއްޗަށް އެދް ފަރާތް ކައިވެންޏެއްގެ މަތީގައި ހުރިނަމަ" ދެވޭ ޕޮއިންޓް އާއި " ގޯއްޗަށް އެދޭފަރާތަކީ ގޯއްޗަށް އެދި ފޯމް ހުށަހައަޅާއިރު ކައިވެނިކޮށްގެން ހުރި ފަރާތެއްނަމަ ކައިވެނީގެ މުއްދަތު 5 އަހަރަށްވުރެ އިތުރުވާ ކޮންމެ އަހަރަކަށް (މިބަޔަށް ގިނަވެގެން ދެވޭނީ 10 ޕޮއިންޓް)" ކަމަށް ބަޔާންކުރާ ބަޔާއެކު މި ދެބައިނ ޢަބްދުއްލަޠީފް ޢަބްދުލްޤާދިރުއަށް ޕޮއިންޓް ދީފައިވާތީއެވެ. ފުރަތަމަ ބައިން 25 ޕޮއިންޓް އަދި ދެވަނަ ބައިން 10 ޕޮއިންޓް ޖުމްލަ 35 ޕޮއިންޓް ލިބިދީފައިވާތީއެވެ.
20ގޯއްޗަށް އެދޭ ފަރާތް ކައިވެންޏެއްގެ މަތީގައި ނެތްނަމަ، 25 ޕޮއިންޓެއް އެބައިގެ ދަށުން ނުދެވޭނެއެވެ. އަދި ގޯއްޗަށް އެދޭ ފަރާތް ފޯމު ހުށަހަޅާއިރު ކައިވެނިކޮށްގެން ނެތްނަމަ، ކައިވެނިމަތީގައ ހުރި ވީ އަހަރުތަކަށް ބަލައިގެންދޭ ޕޮއިންޓެއް ނުދޭނެއެވެ. ވީމާ މައުޟޫއީ ދަޢުވާއަކީ ވަރި ކާވެނީގެ ނުވަތަ ޢާއިލީ މައްސަލައެއް ނޫނެވެ. މިއީ ވރަ ކާވެންޏާއ ގުޅުވައި ގޯތި ދިނުމަށް ޕޮއިންޓް ދިނުމާއި ގުޅިފައިވާ އުޞޫލަކާއި ގުޅިގެން ޕޮއިންޓް ދިންގޮތުގެ މައްޗަށް ޖަދަލުކޮށް ހުށަހެޅި މައްސަލައެކެވެ. މިމައުޟޫއު ޕޮއިންޓްދޭ އުޞޫލުގެ 2.2 (ހ) ޕޮއިންޓްދޭ އުޞޫލުގެ 2.2 (ރ) ނިމޭގޮތަކުން، ޢަބްދުއްލަޠީފު ޢަބދުލްޤަދިރުއަކީ ޝަރުޠުހަމަވާ ނަމަވެސް 100 ގޯތި ލިބޭ މީހުންގެ ތެރޭގައި ނުހިމެނޭ ހިސާބަށް ޕޮއިންޓް ދައްވުމުގެ ފުރުޞަތު އޮތް މީހެކެވެ.
21HN4މިޙާލަތު މިހެން އޮއްވައި، ޢަބްދުއްލަޠީފު ޢަބްދުލްޤާދިރުއަށް ގޯތި ޙަވާލު ކުރުމަކީ ޙަވާލާދެވޭ ގޯތި ދޫކުރުމުގެ އިޢުލާނާއި ގުޅިގެން، އުޞޫލާއި އެއްގޮތަށް ޕޮއިންޓް ލިބިގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހާއަށް އިޢާދަ ނުކުރެވޭފަދަ ގެއްލުމާއި ކުރިމަތި ލާންޖހެނެ ކަމެކެވެ. ވީމާ، ވަގުތީ އަމުރު ނެރުމާއި ގުޅޭ ގޮތުން ބަލަންޖެހޭ ދެވަނަ ޝަރުޠުވެސް މިމައްސަލައިގައި ހަމަވެއެވެ.
22HN5ވަގުތީ އަމުރަށް އެދުނު އާމިނަތު ޝިރީނާއަކ ވަގުތީ އަމުރު ނެރުމުގެ ޞިފަތު މިމައްސަލައިގައި ލިބިފައިވި މީހެއްކަން އިތުރު ބަހުޘެއް ކުރުމަކާއި ނުލައި ސާފުކޮށް އެނގޭވަރަށ ކުރިން ކަންކަން ބަޔާން ކުރެވިއްޖެއެވެ. މައްސަލަ ނިންމުން:
23ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 45-CIV-C1U-2023ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު U1MC/VA/2023/03 ވަގުތީ އަމުރަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
24މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
25މިދެމައްސަލައިގައ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ތޮއްޑޫ ކައުންސިލުގެ ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ 2.2 (ހ) އަދި 2.2 (ރ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.