ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/374

ސްވިމްސޯލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޝާޔާން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ފެބުރުއަރީ 2026ދަށު ކޯޓު: ސިވިލް ކޯޓު 2748-CVC-2023ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2748-CVC-2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުމުގައި، މުވައްޒަފު ކުރިން ވަޒީފާ އަދާކުރި ރަށް ނޫން އެހެން ރަށަކުން ވަޒީފާ ހަމަޖެއްސުމަކީ ޞައްޙަ ރުޖޫޢަކުރުމެއް ނޫންކަމަށް ސިވިލް ކޯޓުން ކަނޑައެޅުމަކީ ތަންފީޒު މައްސަލައެއްގައި މައުޟޫޢު އަލުން ހުޅުވުމެއްތޯ، އަދި ދަރަނިވެރިޔާއަށް ނޭނގި ބޭންކް އެކައުންޓުން ފައިސާ ހިފެހެއްޓުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ؛ އަދި ޙުކުމަށް ޢަމަލުކުރުމަށްފަހު އިސްތިއުނާފުކުރުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެއްކަމަށް ބުނެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ބާޠިލުކުރެވޭނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލު ކުރުމަށް ކުރި އެދުން ޤަބޫލުނުކުރި؛ ދަށުކޯޓުގެ ޙުކުމް ބާޠިލުކުރާނެ ތަނެއް ނެތް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަކީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައި ނުވަތަ ދަޢުވާއެއް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި ޚަޞްމަކު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތަކުން ކުރާ ކުރުމެވެ؛ 421 ވަނަ މާއްދާގެ (ށ) ގައިވާ ޢަމަލުތަކަކީ ނިހާއީ (exhaustive) ލިސްޓެއް ނޫނެވެ.

HN2 އިސްތިއުނާފު ހުށަހަޅާފައިވަނީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށްކަމަށް ބުނެ އިސްތިއުނާފު ބާޠިލުކުރުމަށް އެދެންވާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ހުށަހެޅިކަން އަންގާތާ 20 ދުވަހުގެ ތެރޭގައި ހުށަހަޅާ އިޖުރާއީ އިޢުތިރާޟަކުންނެވެ؛ 421 ވަނަ މާއްދާ (ރ) ތަންދެނީ ބަލަމުންދާ މައްސަލައެއްގައި ހުށަހަޅާ ހުށަހެޅުމެއް ބާޠިލުކުރުމަށް، އިސްތިއުނާފު ބާޠިލުކުރުމަށް ނޫނެވެ؛ އަދި އެ މަރުޙަލާގައި ނަހަމަ ބޭނުންކުރުން ކަނޑައަޅަންޖެހޭނީ އެކަން ސާފުކޮށް ފާޅުވާނަމައެވެ. [ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔުގައި 20 ދުވަހަށްފަހުވެސް އެދުމަށް ހުރަހެއް ނެތްކަމަށް ބަޔާންކުރައްވާފައިވޭ]

HN3 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއިން ކޯޓު ނިންމުމަކަށް ޢަމަލުކުރުން ލާޒިމުކުރާތީ، ޙުކުމާ އެއްގޮތަށް ޢަމަލުކުރި ފަރާތެއްގެ މައްޗަށް އެކަމަށްޓަކައި ފިޔަވަޅު އެޅުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ؛ ޙުކުމަށް ޢަމަލުކޮށް އިސްތިއުނާފުކުރުމަކީވެސް ޤާނޫނީ ޙައްޤެއް ކަމުން، ޙުކުމަށް ޢަމަލުކުރުމަށްފަހު އިސްތިއުނާފުކުރުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެއް ނޫނެވެ.

HN4 މައްސަލައެއްގެ ޤާނޫނީ ނުކުތާތައް ބަލިކަށިވުމަކީ ނުވަތަ ކާމިޔާބުވުމުގެ ފުރުޞަތު ހަނިވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ބަލައި މައްސަލަ ބާޠިލުކުރެވޭނެ ނުވަތަ ފިޔަވަޅު އެޅޭނެ ސަބަބެއް ނޫނެވެ.

HN5 ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި މައުޟޫޢު އަލުން ހުޅުވައި ނުބެލޭނެ ނަމަވެސް، ޙުކުމުގެ އަޞްލު ދެނެގަނެ، ޙުކުމުގެ ނައްޞު ފަހުމްކޮށް (ލަފްޒުގެ ސީދާ މާނައާއި ލަފްޒު ލާޒިމުކުރާ ކަންކަމާއި ޙުކުމުގެ މަޤްޞަދާއި ރޫޙަށް ބަލައި)، ތަންފީޒުކުރުމަށް ކުޅަ ޢަމަލަކީ ޙުކުމުގެ ސިޔާޤުގެ ތެރެއިން ކުޅަ ޢަމަލެއްތޯ ކޯޓުން ބެލުމަކީ މައުޟޫޢު އަލުން ހުޅުވުމެއް ނޫން، ތަންފީޒީ ދާއިރާގެ ތެރެއިން ކުރެވޭ ކަމެކެވެ.

HN6 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމެއް ތަންފީޒުކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތުން ކުޅަ ޢަމަލަކީ ހެޔޮ ނިޔަތުގައި ކުޅަ ޢަމަލެއްކަމާއި އެގޮތަށް ޢަމަލުކުރުމަށް މެދުވެރިވި ޙާލަތު ވަޒީފާދޭ ފަރާތުން މަދުވެގެން ބުނެދޭންވާނެއެވެ؛ ދަށުކޯޓުގެ ތަބްރީރު ޤާނޫނާ ނުވަތަ މަތީ ކޯޓުގެ ނިންމުމަކާ ޚިލާފުވާ ގޮތް އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންވާނެއެވެ.

HN7 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ހ) ގައިވާ ހެޔޮ ނިޔަތުގައި ޙުކުމް ތަންފީޒުކުރުމަށް އެއްބާރުލުން ދިނުމުގެ ޒިންމާ އަދި ހެޔޮ ނިޔަތް ދައްކުވައިދިނުމުގެ ޒިންމާ އޮތީ ދަރަނިވެރިޔާގެ މައްޗަށެވެ، އަރަނިވެރިޔާގެ މައްޗަށް ނޫނެވެ؛ ތަންފީޒުކުރުމުގެ ނޯޓިސް ރައްދުކުރުމަށްފަހު 369، 372، 373 އަދި 386 ވަނަ މާއްދާތަކުގެ ދަށުން ދަރަނިވެރިޔާގެ މުދާ (ފައިސާ) ހިފަހައްޓައި އަރަނިވެރިޔާއަށް ބެހުމަކީ ކޯޓަށް ލިބިދީފައިވާ ބާރެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން، ޢަބްދުﷲ ޖަމީލް މޫސާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ޢަބްދުލްމާނިޢު ޙުސައިން

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ސިވިލް ކޯޓުގެ ނަންބަރ 2748-CVC-2023 ޤަޟިއްޔާއެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތް ޤާނޫނަ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދްސްވިމްސޯލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު)ރަޖިސްޓްރީ ނަންބަރ C-0750/2012( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ސްވިމްސޯލް މޯލްޑިވްސް" ނުވަތަ "ކުންފުނި"( ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ ކ. ތުލުސްދޫ، ސެޓާން، މުޙައްމަދު ޝާޔާނު)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު ޝާޔާން"( ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3މުޙައްމަދު ޝާޔާން، ސްވިމްސޯލް މޯލްޑިވްސްގައި އެސިސްޓަންޓް އޮފީސް މެނޭޖަރެއްގެ މަޤާމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށްގެންވާ ސަބަބެއް ނެތިކަމަށް ކަނޑައަޅައިދިނުމަށާއި، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލު ނަގައިދިނުމަށާއި، މުޙައްމަދު ޝާޔާނ ވަޒީފާއިން ވަކިކުރިއިރ ހުރު މަޤާމަށް ނުވަތަ އެ މަޤާމާ އެއް ފެންވަރުގެ މަޤާމެއް ހަމަޖައްސައިދިނުމަށާއި، މުޙައަމަދު ޝާޔާނ ވަޒީފާއިން ވަކިކުރެވުނު ދުވަހުން ފެށިގެން ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަކުރެވޭ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދި ސްވިމްސޯލ މޯލްޑިވްސްއަށް ރައްދުވާގޮތަށް މުޙައްމަދު ޝާޔާނ ވަޒީފާއާބެހް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 177/VTR/2022 މައްސަލައިގް ގޮތުގައެ މި މައްސަލަ ބަލައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންނަނިވި ފަދައިން މި މައްސަލަ ނިންމާފައިވެއެވެ.

4.1. މުޙައްމަދު ޝާޔާނ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ޤާއިމުކޮށްފައިވާކަމަށ ބުރަނުވެވޭތީ، މުޙައްމަދު ޝާޔާނ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( )މީގެ ފަހުން "ވަޒީފާއާބެހޭ ޤާނޫނު"( އ ޚިލާފަށާ އެކަށްގެންވާ ސަބަބެއް ނެތިކަމަށް

4.2. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަން މާއްދާގަ )ހ( ގެ ދަށުން މުޙައްމަދު ޝާޔާން، ސްވިމްސޯލް މޯލްޑިވްސްގައި އަދާކުރަމުންދިޔަ މަޤާމަށް ނުވަތަ އެ މަޤާމާ އެއް ފެންވަރުގެ އެހެން މަޤާމަކަށް މުޙައްމަދު ޝާޔާން އަނބުރާ ރުޖޫޢަކުރުމަށް

4.3. މުޙައްމަދު ޝާޔާންއަކީ އެއްވެސް ޙާލެއްގައި ވަޒީ ފައިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށް

4.4. މުޙައްމަދު ޝާޔާނ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އެ ފަރާތް ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާ ތާރީޚާ ހަމައަށް އެ ފަރާތް ވަޒީފާގައި ހުރިނަމަ އެ ފަރާތަށް ޙައްޤުވާ މުސާރައާއި އިނާޔާތްތައ ނަގައިދިނުމަށް

4.5. އިސްވެ ބަޔާންކޮ ށްފައިވ އެންމެހައި ކަންކަން 23 ފެބީރު ވަރި 2023 އިން ފެށިގެން )ރަސްމީ ބަންދުނޫން( 21 )އެކާވީސް( ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށްފަހު، އެކަން ހަމަޖެހޭތާ )ރަސްމީ ބަންދުނޫން( 03 )ތިނެއް( ދުވަހުގެ ތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން އެންގުމަށް

5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 177/VTR/2022 މައްސަލައިގެ ނިންމުމާ އެއްގޮތަށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޝާޔާނ ވަޒީފާއަށް ރުޖޫޢަކޮށްފައިނުވާތީއާއި، މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދީފައިނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުން ތަންފީޒުކޮށްދިނުމަށް އެދި މުޙައްމަދު ޝާޔާންގެ ފަރާތުން ސްވިމްސޯލް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ ދަޢުވާ އެ ކޯޓުން ބަލައި ފައިސުލާކޮށްފައިވަނީ އ ކޯޓުގެ ނަންބަރ 2748-CVC-2023 ޤަޟިއްޔާއިންނެވެ. މި ކޯޓުގައި އިސްތިއުނާފުކުރެވިފައިވަނީ މި ޤަޟިއްޔާއެވެ.

6ސިވިލް ކޯޓުގެ ނަންބަރު 2748-CVC-2023 ޤްޟިއްޔާގައިމުޙައްމަދު ޝާޔާންގެ ފަރާތުނ ބުނެފައިވަނީ އޭނާގެ ވަޒީފާ ހަމަޖައްސައިދީފައިވަނީ ނ. ވެލިދޫ އިން ކަމަށާއި، ނަމަވެސް އޭނާ ވަޒީފާ އަދާކުރަމުންދިޔައީ މާލޭގައި ކަމަށާއި، އެހެންކަމުން މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމާ ޚިލާފަށް ކޮށްފައިވާކަމެއް ކަމަށާއި، އަދި މުޙައްމަދު ޝާޔާންއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ހިސާބުކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައެވެ.

7މި މައްސަލައާ ގުޅިގެން ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ 09 މެއި 2023 އިން ފެށިގެން ނ. ވެލިދޫއަށ ވަޒީފާއަށް ނިކުތުމަށް އަންގާފައިވާނެކަމަށާއި،އެ ފަރާތުން ޤަބޫލުކުރަނީ ވަޒީފާއާބެހޭ ޓްރައިބިއުލަންގެ ނިންމުމާ އެއްގޮތަށް މުޙައްމަދު ޝާޔާންއަށް ވަޒީފާ އަނބުރާ ރުޖޫޢަކޮށްފައިވާކަމަށާއި، އިނާޔަތް ލިބެންޖެހެނީ ވަޒީފާއަށް ނިކުންނަ ދުވަހަކަށް ކަމަށާއި، 09 މެއި 2023 ގުއިވަޒީފާއަށް ނިކތުމަށ މުޙައްމަދު ޝާޔާންއަށް އަންގާފައިވާކަމަށާއި، ނަމަވެސް މިހާތަނަށްވެސް އެ ފަރާތުން ވަޒީފާއަށް ނިކުމެފައިނުވާކަމަށާއި،އެހެންކަމުން މުސާރަ ދޭންޖެހޭނީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ދިން ތާރީޚުކަމަށްވާ 09 މެއި 2023 އަށް ހަމައަށް ކަމުގައެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

8ސިވިލް ކޯޓުގެ ނަންބަރު 2748-CVC-2023 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 177/VTR/2022 މައްސަލައިގެ ނިންމުމުގައިވާ ގޮތަށް ސްމިވްސޯލް މޯލްޑިވްސްގެ ފަރާތުން ޢަމަލުކޮށްފައިނުވާތީ، މުޙައްމަދު ޝާޔާނ ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވ 09 ޖޫން 2022 އިންފެށިގެން ވަޒީފާ ރުޖޫޢަކުރެވެންދެން، މުޙައްމަދު ޝާޔާންއަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތައް ކަމުގައިވާ 12,500/-ރ.)ބާރަހާސް ފަސްސަތޭކަ ރުފިޔާ( ގ މަގުން ވަޒީފާ ރުޖޫޢަކުރުމއ ހަމައަށް ޖެހޭ ޢަދަދަކީ މުޙައްމަދު ޝާޔާންއަށ ޙައްޤް އެއްޗެއްކަމަށާއި،މި ޙުކުމް ތަންފީޒުކުރުމުގެ ގޮތުނ 09 ޖޫން 2023 އިން ފެށިގެން 16 )ސޯޅަ( މަހާއި 20 )ވިހި( ދުވަހުގެ މުއްދަތަށް މުޙައްމަދު ޝާޔާންއަށް ޙައްޤުވާ 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ހަތަރު ލާރ( ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުނ މުޙައްމަދު ޝާޔާންއަށް ލިބިދީ، މި ޙުކުމްކުރުމާ ހަމައަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ބުނެވިދިޔ ނިންމުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، އެ ނިންމުމުގައި ހަމަޖައްސައިދިނުމަށް އަންގާފައިވާ ވަޒީފާއާއި އެ ވަޒީފާއަށް ހަމަޖައްސައިދޭންޖެހޭ މުސާރައާއި އިނާޔަތުގެ ތެރެއިން ނުލިބިވާ ބައި 12 ނޮވެންބަރު 2023 އިން ފެށިގެން 07 )ހަތެއް( ދުވަހުގެ ތެރޭގައި މުޙައްމަދު ޝާޔާންއަށަ ހަމަޖައްސައިދިނުމަށް ސްވިމްސޯލް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށެވެ.

9މި ނިންމުމަށް ވާސިލުވެފައިވަނީ އަންނަނިވި ކަންކަމަށް ބިނާކޮށެވެ.

9.1. މީހަކު އަދާކުރާ ވަޒީފާއަކީ އެ މީހެއްގެ ޒާތީ ދިރިއުޅުމާ ގުޅިފައިއޮންނަ އެއްޗަކަށްވާއިރު، ވަޒީފާއަކަށް ކުރިމަތިލާއިރުގައ ވަޒީފި އަދާކުރަންޖެހޭ ތަނަކީ އެ ވަޒީފާއަކަށް ކުރިމަތިލާ އެންމެ އަސާސާ އެއީ ސަބަބުކަމީ ދެބަސްވެވެންނެތް ޙަޤީޤަތެއްކަމެށުއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2019/SC-A/07 ދައުލަތް )މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ( ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގެ 16 ވަނަ ނުކުތާގައި ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒު ކުރުމަށް އެދޭ މައްސަލައިގޯ ޙުކުމް ތަންފީޒުކުރުމާއި ގުޅޭ ގޮތުން އެކަނިކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނިންނާނެކަމށާއ، ޙުކުމެއް ކޯޓަކުން ކުރުމާއެކު އެ ޙުކުމެއް ރައްދުވާ ފަރާތަކުން އެ ޙުކުމުގައިވާ ގޮތަކަށް ޢަމަލު ކުރުން ލާޒިމުވާނެކަމަށ އޮންން އޮތުމަށް ބަލާއިރު، ކުރިން އަދާކުރި ވަޒީފާއާ އެއްފެންވަރުގެ ވަޒްފާއެއ ދިނުމަށް އޮތް އޮތުމާ ގުޅިގެން ކުރިންވަޒީފާއަދާކުރި ތަން ފިޔަވައި އެހެން ތަނެއްގައި ވަޒީފާއެއް ހަމަޖައްސާފައިވުމުނ ޙުކުމް ތަންފީޒުކުރެވިފައިނުވާކަމަށް ބެލުމަކީ، ތަންފީޒުކުރުމަށް ހުށަހެޅިފައިވާ މައުޟޫޢާ އަލުން ހުޅުވާ ބެލުންނޫންކަމީށަ އ، އޭގެ ބަދަލުގައި އެއީ ތަންފީޒުކުރުމަށ އޮތް ޙުކުމުގައި އޮތް ނައްޞެއް ފަހުމުކުރުންކަމްށައި، ނައްޞެއް ފަހުމުކުރުނ ބިނާވަނީ، ލަފްޒުގެ ސީދާ މާނައިގެ މައްޗަށް އެކަނި ނޫންކަމާށް އ، އެ ލަފްޒުން ލާޒިމުކުރާ ކަންކަމަކީވެސ ނައްޞެއް ފަހުމުކުރުމުގައި ބޭނުންކުރަންޖެހޭ ވަސީލަތެއްކަނ

9.2. މިގޮތުން ޙުކުމެއްގެ ނައްޞެއް ދެނެގަތުމަކީ، އޭގެ މައުޟޫޢު އަލުން ހުޅުވި ބަދަލާ ގެނައުމުގެ މަފްހޫމްގެ ތެރެއަށް ވަންނާނެކަމެއް ނޫންކަމު ށއި، އެގޮތުން މި ޙާލަތަށް މިކަން ތަޠުބީޤކްރާއިރު، މުޙައްމަދު ޝާޔާން ވަޒީފާއަދާކުރަމުންދިޔަ ރަށް ނޫން އެހެން ރަށަކުން މުޙައްމަދު ޝާޔާނ ކުރިން ހުރި މަޤާމާ އެއް ފެންވަރުގެ މަޤާމެއް މުޙައްމަދު ޝާޔާންއަށް ހަމަޖައްސައިދިނުމަކ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ ރޫހާއި މަޤްޞަދާ ޚިލާފުކަމެއްކަމަށުއި، މުޙައްމަދ ޝާޔާން ވަޒީފާއަދާކުރަމުންދިޔަ ރަށްނޫނ އެހެން ރަށަކުން ވަޒީފާ ހަމަޖެއްސުމަށް ސްވިމްސޯލ މޯލްޑިވްސްއަށް އިޚްތިޔާރު ލިބިގެންވާކަމަށް ޤަބޫލުނުކުރާކަމށާއ، ވުމާއެކު ވަޒީފާއާބެހް ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކޮށްފައިވާކަމުގައި ބެލެން ނެތްކަން

9.3. ސަވިމްސޯލް މޯލްޑިވްސްގެ ފަރާތުން މުސާރައާއި އިނާޔަތް ލިބިދޭންޖެހޭނީ ވަޒީފާއިން ވަކިކުރި ތާރީޚުނ ފެށިގެން އެ ފަރާތް އަނބުރާ ރުޖޫޢަކުރާ ތާރީޚާ ހަމައަށް އެ ފަރާތް ވަޒީފާގައި ހުރިނަމަ ޙައްޤުވާ މުސާރައާއި އިނާޔަތްތައް ކަމުގައިވާއިރު، މުޙައްމަދު ޝާޔާން ވަޒާފާއިން ވަކިކުރި ތާރީޚުކަމުގައިވ 09 ޖޫން 2022 އިން ފެށިގެން 16 )ސޯޅަ( މަހާއި 20 )ވިހި( ދުވަހގު މުއްދަތަށ މުޙައްމަދް ޝާޔާންއަށ ޙައްޤުވާ 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސ ތިން ރުފިޔް ތިރީސް ހަތަރު ލާރި( ސްވިމްސޯލް މޯލްޑިވްސްގެ ފަރަތުން މުޙައްމް ދ ޝާޔާންއަށް ލިބިދޭންޖެހޭކަނ

9.4. 16 )ސޯޅަ( މަހާއި 20 )ވިހި( ދުވަހުގެ މުއްދަތަކީ، މި ފައިސާ ހިފަހައްޓާ ކޯޓަށް ޖަމާކުރުމަށް ކޯޓުގެ ނަންބަރ B14/CA/2023/180-144 އަމުރުން ބޭންކް އޮފް މޯލްޑިވްސްއަށް އެންގި އަމުރާ ގުޅިގެން ކޯޓަށް ފައިސާ ޖަމާކުރުމާ ހަމައަށް ޖެހޭ މުއްދަތުކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

10ސިވިލް ކޯޓުގެ ނަންބަރު 2748-CVC-2023 ޤަޟިއްޔާއެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދާ ޤާނޫނި ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ އިސްތިއުނާފުކުރެ، ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 02 )ދޭއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

10.1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ދައުލަތް )މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ( ވ. މަޢުރޫފާ އަބޫބަކުރުޤަޟިއްޔާގައި ޙުކުމް މި އަމުރުގައި ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2748 ޤަޟިއްޔާއާ ގުޅިގެން، ސްވިމްސޯލް މޯލްޑިވްސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާކަމަށް ބޭންކްގެ ނަންބަރ BML/LEGAL/2023/2727 ސިޓީގައި ބަޔާންކޮށްފައިވާ އެކައުންޓްތަކުގައިވާ ފައިސާގެ ތެރެއިން 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ހަތަރު ލާރި( 29 އޮކްޓޫބަރު 2023ގެ 14:00 ގެ ކުރިން ސިވިލް ކޯޓަށު ޖަމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކްއަށް އަންގައި އަމރުކޮށފައިވެއެވެ. ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނެ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާއި ގުޅޭގޮތުން އެކަނިކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެކަމަށް ބަޔާންކޮށްފައިވާއިރު، ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުނ 09މޭ 2023 ގައިމުޙައްމަދު ޝާޔާންއަށް ވަޒީފާ ދިންކަމުގައި ނުބެލެވޭނެކަމަށް ދަށު ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ އިސްވެ ބަޔާންކޮށްފައިވ ޤަޟިއްޔާއާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާއާއި،

10.2. ވަޒީފާ ދިނުންލަސްވީ މުޙައްމަދު ޝާޔާންގެ ފަރާތުންނާއި ސިވިލް ކޯޓުގެ އިހުމާލުންކަމުގައިވާއިރު، އެ ކަންކަމަށް ރިޢާޔަތްކުރުމެއްނެތ 09 ޖޫން 2022 އިން ފެށިގެން

16 )ސޯޅަ( މަހާއި 20 )ވިހި( ދުވަހުގެ މުއްދަތަށް މުޙައްމަދު ޝާޔާންއަށް 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ހަތަރު ލާރި( ސީވިމްސޯލ މޯލްޑިވްސްގެ އެކައުންޓުން، ސްމިމްސޯލ މޯލްޑިވްސްއަށް އެންގުމަކާއ ނުލައި ނަގައިދިން ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"( ގ 368 ވަނި މާއްދާގައި ބަޔާންކުރާ ހެޔޮ ނިޔަތާ ޚިލާފަށްކަމުގައި ބުނެ ހުށަހެޅު ނުކުތާއެވެ.

11ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުނ ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށްފަހު، 09 މެއި 2023 ގައި، މުޙައްމަދު ޝާޔާންއަށް، ސްވިމްސޯލް މޯލްޑިވްސްގެ ނ. ވެލިދޫ ސައިޓުން ވަޒީފާ ހަމަޖައްސައި އޭނާއަށް އެންގުނުކަމަށާއި، މިގޮތުން އެންގީ މުޙައްމަދު ޝާޔާންއާއެކު ސްވިމްސޯލ މޯލްޑިވްސް ކުރިއަށް ގެންދނަހަމަޖެހިފައިވާ އެއްބަސްވުމުގެ ވޯކް ސައިޓަކަށ އޮތް ކޮންމެހެން ހަމައެކަނި މާލެ ނޫންކަމށއި، Project Installation Sites މިހެން ކަމުގައިވެފައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި އޮތީ އޭނާ "އަދާކުރަމުންދިޔަ މަޤާމަށް ނުވަތަ އެ މަޤާމާ އެއް ފެންވަރުގެ އެހެން މަޤާމެއް" ހަމަޖައްސައިދިނުމަށް ކަމުގައެވެ.

12ނަމަވެސް ސިވިލް ކޯޓުން ނިންމީ 09 މެއި 2023 ގައި ސްވިމްސޯލ މޯލްޑިވްސްއިން މުޙައްމަދު ޝާޔާންއަށް ވަޒީފާ ރުޖޫޢަކުރިކުރުމަކީ ޞައްޙަ ރުޖޫޢަކުރުމެއްނޫންކަމުގައެވެ.

13މިފަދައިން ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ދައުލަތް )މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ( ވ. މަޢުރޫފާ އަބޫބަކުރު( ޤަޟިއްޔާއާ ޚިލާފަށްކަމުގައެވެ. މިގޮތުން މި ޤަޟިއްޔާގައި ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާގުޅޭ ގޮތުން އެކަނ ކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައް ޟޫޢު އަލުން ހުޅުވައި ބެލުމެއްނޯންނާނެކަމުގައ ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރ 2748-CVC-2023 މައްސަލައިގައި، މުޙައްމަދު ޝާޔާން ހުންނަންޖެހެނ މާލީ ވަޒީފާގައިކަމަށ ކޯޓުން ނިންމި ނިންމުމަކެ،ދިވެހިރާއްޖޭގެސުޕްރީމ ކޯޓުގ ބުނެވިދިޔަ ޙުކުމާ ޚިލާފަށް މައުޟޫޢު އަލުން ހުޅުވައި ބެލުންކަމުގައ ދެކި ކަމުގައެވެ.

14ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، އެންމެ ފުރަތަމައިނުންވެސް، މި މައްސަލައިގައި އަޑުއެހުމެއް ނުބާއްވައި، ސްވިމްސޯލް މޯލްޑިވްސްގެ ޣައިރު ޙާޟިރުގައި، މި މައްސަލައިގައި ވަގުތީ އަމުރު ނަންބަރ 144-B14/VA/2023/03 )17 އޮގަސްޓް 2023( ނެރެފައިވާކަމަށާއި، އެ އަމުރުގައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2748-CVC-2023 ޤަޟިއްޔާގައ ވަކި ގޮތެއް ކަނޑައަޅަންދެންވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 177/VTR/2022 މައްސަލައިގަ ނިންމުމަށް ހުރަސްއެޅޭގޮތަށް މުޙައްމަދު ޝާޔާންގެ ވަޒީފާ ނ. ވެލިދޫއަށް ބަދލުކުރުމުގ ގޮތުނެ އެއްވެސް ކަމެއް ނުކުރުމަށާއި، މުޙައްމަދު ޝާޔާނ އަދާކުރަމުންދިޔަ މަޤާމަށް އެއްވެސް މީހަކު ނުނެގުމަށްކަމުގައިވާއިރު، މި އަމުރު ނެރެފައިވަނީ ސްވިމްސޯލް މޯލްޑިވްސްގެ ޣައިރު ޙާޟިރުގައިކަމުގައެވެ.

15ޣައިރު ޙާޟިރުގައި ވަގުތީ އަމުރު ނެރުމުން، އެ އަމުރު މުރާޖަޢާކުރުމަށް ހުށަހެޅުމުން، އެ އަމުރު ބާޠިލުކޮށްދީފައިނުވާކަމުގައެވެ.

16އޭގެ ފަހުން، ކުއްލިއަކަށް 30 އޮކްޓޫބަރު 2023 ގައި، ސްވިމްސޯލް މޯލްޑިވްސްގެ ބޭންކް އެކައުންޓުން އެއްވެސް އަހާލުމެއް ކަހާލުމެއް ނެތި، 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ހަތަރު ލާރި( ސިވިލުކޯޓގ ކޯޓެ އަމުރު ނަންބަރު 144-B14/CA/2023/180 ގ ދަށުން ހިފަހައްޓާފައިވާކަމަށއި، މިއީ ޝަރީޢަތްކުރުމުގެ އިޖުރާއީ އުޞޫލާއި ޚިލާފަށް ކޮށްފައިވާކަމެއް ކަމުގައެވެ.

17ސްވެމި ސޯލް މޯލްޑިވްސްއަށް އެންގުމަކާ ނުލައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާކަމުގައވ "ޙުކުމް ތަންފީޒުކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޙައްޤުތަކާއި އިލްތިޒާމްތައް"، މ މާއްދާގައި ބަޔާންކުރި ހެޔޮ ނިޔަތް، މުޙައްމަދު ޝާޔާންގެ ފަރާތުން ދައްކާފައިނުވާއިރު، މި މާއްދާއަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ. ހެޔޮ ނިޔަތް ނެތްކަން އެނގެން މުޙައްމަދު ޝާޔާން ތަންފީޒަށް ލީ ދެވަނަ ފަހަރުކަން ހާމަކޮށްފައިނުވާތީ ކަމުގައެވެ.

18ސްވިމްސޯލް މޯލްޑިވްސްގެ އެކައުންޓުން ފައިސާ ނެގުމަށް ކޯޓުން ޢަމަލުކުރީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ރޫހާއި ޚިލާފަށްކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ ބާބު "ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުން") 366 ވަނަ މާއްދާ އިން ފެށިގެން 386 ވަނަ މާއްދާއަށް(މ ބާބުގައި ކަނޑައެޅިގެން ބަޔާންކުރަނީ އެއްވެސް މުދަލެއް ހިފެހެއްޓޭނީ ނުވަތަ ނެގޭނީ ދަރަނިވެރިޔާގެ އެނގުމާއި ފެނުމާ އެކުގައި ކަމުގައެވެ. މި ބާބުގައި ބަޔާންކުރާ "މުދާ" މި ލަފްޒުގެ ތެރޭގައި "ފައިސާ" ހިމެނޭކަމުގައެވެ.

19މި މައްސަލައިގައި މުޙައްމަދު ޝާޔާންއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޙައްޤުވަނީ 80,467/-ރ. )އަށްޑިހަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ( ކަމުގައި ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން އަންގާފައިވާއިރު، މި ހުށަހެޅުމަށް ކޯޓުން ވަކި އެއްޗެއް ނުބުނެ، ކުއްލިއަކަށް 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ހަތަރު ލާރި( ކޯޓު އަމުރުގެ ދަށުން ހިފެހެއްޓިކަމުގައެވެ.

20ސުވިމްސޯލް މޯލްޑިވްސްއިންކޯޓ އަމުރުގެ ކޮޕީއެއް ހޯދުމަށް 31 އޮކްޓޫބަރު 2023 ގައި އީމެއިލްއިން އެދުމުން، އެ ކޮޕީ ޙަވާލުކުރި 07 ނޮވެންބަރު 2023 ގައި ކަމުގައެވެ.

21މ މައްސަލި ކުރިއަށް ގެންދިޔަގޮތުން، ސްވިމްސޯލ މޯލްޑިވްސްއަށް ގެއްލުނު ލިބުމުގެ އިހުތިމާލު އޮތްކަމަށާއި، އެގޮތުންއ ފަރާތުގެ ބައިވެރިވުން އޮތްވަރު ނޭނގުމާއި، އެ ފަރާތުގެ މުވައްޒަފުންނަށް މުސާރަ ނުދެވުން ހިމެނޭކަމުގައެވެ.

22ވީމާ، ސްވިމްސޯލ މޯލްޑިވްސްއަށް އެންގުމަކާނުލައި، ފައިސާ ނަގައިދިނީ ޤާނޫނާއި ޚިލާފަށްކަން އެނގޭކަމުގައެވެ.

23ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 177/VTR/2022 މައްސަލައިގެ ނިންމުން ތަންފީޒުކުރުމަށްކަމަށ ބުން ސިވިލް ކޯޓުގެ ނަންބަރު 2748-CVC-2023 ޤަޟިއްޔާގައި ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ޢަމަލުކޮށްފައިވަނ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ ޙުދޫދުގެ ތެރެއިންކަމަށް ކަނޑައަޅައި،މުޙައްމަދ ޝާޔާންއަށް ބަދަލުގެ ގޮތުގައު ލިބޭނީ މުޙައްމަދަޝާޔާނ ވަޒީފާއިން ވަކިކުރި ތާރީޚުކަމާ ގއިވ 09 ޖޫން 2022 އިން ފެށިގެން ވަޒީފާ ރުޖޫޢަކުރި ދުވަސްކަމުގައިވާ 09މޭ 2023 އޭ ހަމައަށް ހިސާބުކުރުމުންޖެހ 137,500/-ރ. )އެއްލައްކަ ތިރީސް ހަތްހާސް ފަސްސަތޭކަ ރުފިޔާ( ކަމުގައި ކަނޑައަޅައި އަދި މިއަށްވުރެ އިތުރަށް މުޙައްމަދު ޝާޔާންއަށް ލިބިފައިވާ ފައިސާ އަނބުރާ ސްވިމްސޯލ މޯލްޑިވްސްއަށް ދިނުމަށް އަމުރުކޮށްދިނުމަށާއި، ސިވިލް ކޯޓުގެ ނަންބަރު 144-B14/CA/2023/180 ކޯޓު އަމުރުގެ ދަށުން، ސްވިމްސޯލް މޯލްޑިވްސްގެ އެކައުންޓުން ބޭންކް އޮފް މޯލްޑިވްސ ޕލކ އިން ނަގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފު ނުކުތާތަކުގެ ރައްދު

24އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ، މުޙައްމަދު ޝާޔާންގެ ފަރާތުން ބުނެފައިވަނީ މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 18 ނޮވެންބަރު 2023 ގައި ކަމަށްވާއިރު، އިސްތިއުނާފުކުރުމުގެ ކުރިއަށް 14 ނޮވެންބަރު 2023 ގައު ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޝާޔާންއަށ ސިޓީއެއް ފޮނުވައި، ސިވިލް ކޯޓުގެ ނަންބަރ 2748-CVC-2023 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން މުޙައްމަދު ޝާޔާން އަދާކުރަމުންދިޔަ މަޤާމަށް އެ ފަރާތް އަނބުރާ ރުޖޫޢަކުރިކަން އަންގާފައިވާކަމުގައެވެ.

25މި މަޤާމަށް މުޙައްމަދު ޝާޔާން ރުޖޫޢަކުރުމަށްފަހު، 19 ނޮވުނެ ބަރް 2023 ގައި މުޙައްމަދު ޝާޔާން އިސްތިއފިދިނުމއާ ގުޅިގެން އެ އިސްތިއުފާ 21 ނޮވުނެ ބަރް 2023 ގައި ބަލައިގަނެފައިވާކަމުގައެވެ.

26އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2748-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މައްސަލަ ހުށަހެޅިއިރު، އިސްތިއުނާފުކުރާ ފަރާތުން އޮތީ ދަށު ކޯޓުގެ ޙުކުމް ބަލައިގަނެ، އެ ޙުކުމް އެއްގޮތަށް ޢަމަލުކޮށްފައިކަމުގައެވެ.

27ޝަރީޢަތުން ކޮށްފައިވާ ޙުކުމެއް ބަލައިގަނެ އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށްފަހު، އިތުރަށް އެ މައްސަލައިގައި ކުރަންޖެހޭ ޤާނޫނީ ބަހުސެއް އޮންނާނެ ކަމަށް ނުދެކޭކަމުގައެވެ.

28އެހެނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 362 ވާނަ މާއްދާގަ )ހ( އަށް ބެލުމުން، އާންމު އުޞޫލަކީ ޙުކުމް ތަންފީޒުކުރުމަށް އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި، އަމިއްލަ އިޚްތިޔާރުގައި، ފައިސ ދައްކައިގެން ނުވަތް މުދަލެއް ޙަވާލުކޮށްގެން ނުވަތަ އެ ޙުކުމުގައި ތަންފީޒުކުރުމަށް އަމުރުކޮށްފައިވާ އެނޫން އެހެންކަމެއް ކުރުމުންކަމަށް ބަޔާންކޮށްފައިވާއިރު، މި ޙުކުމާ އެއްގޮތަށް ސްވިމްސޯލ މޯލްޑިވްސްގެ ފަރާތުން ޢަމަލުކޮށްފައިވާތީ ކަމުގައެވެ.

29ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށްފަހު، އިސްތިއުނާފު މަރުޙަލާ ބޭނުންކުރުމަކީ، ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުން ހިފުން ކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތުން ބޭނުންވިނަމަ، އެ ޙުކުމް އަމިއްލައަށް ތަންފީޒުކުރުމުގެ ބަދަލުގައި އިސްތިއުނާފަށް ހުށަހަޅައި ޙުކްމް ތަންފީޒުކުރުމާގުޅޭ އަމުރެއް ހޯދުނީސްކަމަށާއި، އޭގެ ބަދަލުގައި ޙުކުމަށް ޢަމަލުކޮށް، ކޯޓަށް އައިސް ވަގުތު ނަގާލުމަކީ އެއްވެސ ހިފެހެއްޓުމެއްނެތް އަދި ހައްދެއްނެތްގޮތުގައި އަނެކާއަށް ގެންލުންވާގޮތަށ ކުރް ޢަމަލެއް ކަމުގައި ބެލެވޭނެކަމުގައެވެ. މިއީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުން ކަމުގައެވެ.

30ބިޔާންވެދީޔ ކަންކަނަ އެގޮތުގެ މަތިން ހުރުމުން، މި ޙާލަތަކީ އެކަށީގެންވާ ސަބަބެއް ނެތި އެހެނ ފަރާތަކަށް ގެއްލުންވާނެފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުން ކަމުގައި ބެލެވޭނެތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނި މާއްދާގަ )ށ(، )ނ( އަދި )ރ( އަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރާ ފަރާތާމެދު ފިޔަވަޅު އަޅަންޖެހޭކަމުގައ ދެކި ކަމުގައެވެ.

31އިސްތިއުނާފު ރައްދުވު ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 2748-CVC-2023 ޤަޟިއްޔ ޙުކުމާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން ޢަމަލުކޮށް އެ ޙުކުމް ތަންފީޒުކޮށްފައިވާތީ، މި މައްސަލައިގައި ޝަރީޢަތުން އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ )ށ(، )ނ( އަދ)ރ( އަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފާފައިވާކަމަށްކަނޑައަޅައިދިނުމަށާއި،ޝަރީޢަތުގެ ޚަރަދުގެ ގޮތުގައެ އިސްތިއުނާފި ރައާދުވ ފަރާތުން ޚަރަދުކޮށްފައިވާ 30,000/-ރ. )ތިރީސްހާސް ރުފިޔާ( އަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިދިނުމަށާއި، މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

32މި މައްސަލައިގައި ޝަރީޢަތުން ފުރަތަމަ ޖަވާބުދޭންޖެހޭނީ އަންނަނިވި ސުވާލަށެވެ.

32.1. މ މައްސަލައިގައި ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައިވާތީ، މ މައްސަލައިގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް ނެތްކަމަށް މުޙައްމަދު ޝާޔާންގ ފަރާތުން ބުނާ ބުނުމުގެ މައްޗަށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދޯގެ ދަށުނާ އިސްތިއުނާފު ފޯމު ބާޠިލުކުރެވޭނެތއެވެ.

33ފުރަތަމަ ސުވާލުގެ ޖަވާބުގައި، އިސްތިއުނާފު ފޯމު ބާޠިލުކުރާނެ ޙާލަތެއް ނެތްކަމަށް ކަނޑައަޅައިފިނަމަ،ޖަވާބުދޭންޖެހޭނ މި އިސްތިއުނާފުގައި ހިމެނޭ އަންނަނިވި ސުވާލުތަކަށެވެ.

33.1. މުޙައްމަދު ޝާޔާންއަށް ވަޒީފާ ދިންކަމަށް ނުބެލެވޭނެކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/07 ދައުލަތް )މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ( ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާއާ ޚިލާފަށްތޯއާއި،

33.2. މުޙައްމަދު ޝާޔާނ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން 16 )ސޯޅަ( މަހާއި 20 )ވިހި( ދުވަހުގެ މުއްދަތަށް މުޙައްމަދު ޝާޔާންއަށ 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ހަތަރު ލާރި( ސާވިމްސޯލް މޯލްޑިވްސްގެ އެކައުންޓުން، އ ފަރާތަށް އެނގުމަކެއ ނުލައި ނަގައިދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާކަމުގައިވާ "ޙުކުމް ތަންފީޒުކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޙައްޤުތަކާއި އިލްތިޒާމްތައް" މި މާއްދާގައި ބަޔާންކުރާ ހެޔޮ ނިޔަތާ ޚިލާފަށްތޯއެވެ.

އިސްތިއުނާފު ފޯމް ބާޠިލުކުރެވިދާނެތޯ

34HN1ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަކީ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގައި އުފުލި ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައިނުވަތަ އެފަދަ ދަޢުވާއެއް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި މައްސަލައިގެ ޚަޞްމަކު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތަކުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކުރުމެވެ.

35މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ )ށ( ގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ޢަމަލުތައް ބަޔާންކުރެއެވެ. އެއީ ؛ )ހ( ސަބަބެއް ނުވަތަ ބޭނުމެއްނެތ ކުރި ޢަމަލުތައް، )ށ( އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ ޢަމަލުތައް، )ނ( ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތު ބނު ންކުރުން، )ރ( އިންސާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުން، )ބ( ޢާންމު މަޝްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ ޢަމަލުތައް. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާ މި ނުކުތާގައި ބަޔާންކޮށްފައިވާ ޢަމަލުތަކަކީ، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފާފައިވާކަން ބަޔާންކޮށްދޭ ނިހާއީ ނުވަތަ exhaustive ލިސްޓެއްނޫންކަމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/46 އަޙްމަދު އަމީން )އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް( ވ. ދައުލަތް )މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް( ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.

36ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކުރުން މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކުރުން، 02 )ދޭއް( ޙާލަތަށް ބެހިފައިވާކަން އެނގެއެވެ. އެއީ؛

36.1. ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައި މައްސަލައިގެ ޚަޞްމަކު )ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތަކުން( ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކުރުމާއި،

36.2. ދަޢުވާއެއް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި މައްސަލައިގެ ޚަޞްމަކު )ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތަކުން( ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކުރުމެވެ.

37HN2މި މަރު ޙުލާއަކީ އިސްތިއުނާފުގެ މަރެ ޙިލާކަމަށްވާއިރު، އިސްތިއުނާފެއް ހުށަހެޅޭހިނދު، އ އިސްތިއުނާފި ހުށަހަޅާފައިވަނީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށް ކަމުގައި އިސްތިއުނާފެ ރައްދުވު ފަރާތުން ދެކޭނަމަ، އެ އިސްތިއުނާފު ބާޠިލުކުރުމަށް އެދުމުގެ އިޖުރާއަތު މ ޤާނޫނުގެ 287 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

38މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގައިވަނާ،އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅިފާއާ ވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20 )ވިހި( ދުވަހުގެ ތެރޭގައި، އެ އިސްތިއުނާފު ހުށަހަޅާފައިވަނީ، މި ޤާނޫނުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށް ކަމުގައިވނަމަ،އ އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށިއިސްތިއުނާފ ރައްދުވު ފަރާތަށް ކޯޓުގައި އެދެވިދާނެކްމުގައެވެ. މިއީ ދަޢުވާއެއް )މ ޙާލަތުގައި އިސްތިއުނާފެއް( ކޯޓަށް ހުށަހެޅުމުގައި މައްސަލައިގެ ޚަޞްމަކު )ނުވަތަ އެފަރާތ ތަމްސީލުކުރާ ފަރާތަކުން( ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ދެކޭނަމަ، އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކުރަންޖެހޭ އިޖުރާއަތެވެ.

39އިސްތިއުނާފެއް ހުށަހެޅޭހިނދު، މި ޤާނޫނުގެ 287 ވާނަ މާއްދާގަ ދަށުން އެ އިސްތިއުނާފު ހުށަހަޅާފައިވަނީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށްކަމަށް ދެކި އިސްތިއުނާފުރައްދުވ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ހުށަހަޅާ އެ މަރުޙލާއަކީ މައްސަލައިގެ އަލަތ މަރުޙަލާކަމުގައިވާއިރު، އެމަރުޙަލާގައި ގޮތެއް ކަނޑައަޅަންޖެހެނީ ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް މައްސަލައިގެމައުޟޫޢުގައެމައްސަލަ ބެލުމުގިކުރިންކަމުގައިވާތީ، އ މަރުޙލާގައަ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކަނޑައަޅަންޖެހޭނީ އެކަނ ސާފުކޮށް ފާޅުވާނަމައެވެ.

40މިއީ، އިސްތިއުނާފު ހުށަހަޅާފައިވަނީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށްކަމަށް ދެކި އިސްތިއުނާފު ރައްދުވާ ފަރާތުނ އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށް އެދި އިޖުރާއީ އިޢުތިރާޟެއް ހުށަހަޅާހިނދު، ޝަރީޢަތުން ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމެވެ.

41މި އިސްތިއުނާފު މިކޯޓުގައ 14 ޑިސެންބަރު 2023 ގައި ރަޖިސްޓަރީކުރެވި، އިސްތިއުނާފުކުރެވިފައިވާކަނ 21 ޑިސނެ ބަރް 2023 ގައި މުޙައްމަދު ޝާޔާންއަށް އަންގާފައިވީނަމަވެސް، އެ ފަރާތުން ވަކީލެއެޢުއްޔަންކޮށް، ޖަވާބު ހުށަހަޅާފައިވަނީ މިމައްސަލައިގ ފުރަތަމަ އަޑުއެހުމަށްފަހު 16 ސެޕްޓެންބަރު 5202 ގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާއާ ޙަވާލާދީ، އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށް މުޙައްމަދު ޝާޔާންގެ ފަރާތުން އެދިފައިވަނީ އެ ފަރާތުނ 16 ސެޕްޓެންބަރު 2025 ގއ ހުށަހެޅި ޖަވާބުގައިކަމަށްވާއިރު، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށް އެދުނު އެދުމެއްކަމުގައި ނުބެލެވޭނެއެވެ.އެހެނީ، އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ މި މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކަމުގައިނުވާތީއެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވިފައިވަނީ 03 ސެޕްޓެންބަރު 2025 ގައެވެ.

42ދެން ބަލަންޖެހެނީ މި ޤާނޫނުގެ 421 ވަނަ މާއްދާގައި، އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމުގެ އިޖުރާއަތެއްވޭތޯއެވެ. މި މާއްދެއަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ޙާލަތުގައި ފިޔަވަޅު އެޅުމަށ ކޯޓަށް ލިބިދޭ ބާރު ބަޔާންކުރާ މާއްދާއކވެ.

43ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ތަޢުރީފުގ ތަރަހައިގެ ތެރެއިން މި ޤާނޫނުގެ 421 ވަނަ މާއްދާއަށް ޖުމްލަ ގޮތެއްގައި ނަޒަރުކުރުމުން، މި މާއްދާގައި ބަޔާންކުރަނީ ދަޢުވާއެއް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި މައްސަލައިގެ ޚަޞްމަކު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތަކުން ޝަރީޢަތުގެ ނިޒާމު ނހަމަގޮތުގައ ބޭނުންކުރި ކުރުމަށްކަމަށް ބުރަވެވެއެވެ.

44އެއީ، މި މާއްދާ ޚާއްޞަވަނީ، ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޯޓުގެ އަމިއްލަ އިސްނެގުމަށް ފިޔަވަޅު އެޅުމާއި، އަދި ޚަޞްމުގެ ފަރާތުން އެދިގެން ކޯޓުން ފިޔަވަޅު އެޅުމުގެ މައްޗަށްކަމަށް ބެލެވޭތީއެވެ. އެހެނީ، މި މާއްދާގެ )ހ( ގައި،ކޯޓަކުން ބަލަމުންދާ މައްސަލައަކީ ގުޅިގެން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ހިނގައިފިނަމަ، އެ ޢަމަލު ހިނގާތީ 30 )ތިރީސް( ދުވަހުގެ ތެރޭގައި ކޯޓުގެ އަމިއްލަ އިސްނެގުމުގައި އެ ޢަމަލު ހިންގި ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅިދާނާކަމަށް ބަޔާންކުރާތީއެވެ. އަދި ހަމައެއާއެކު،އެއް ޚަޞްމަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމުނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކަމުގައި އަނެއް ޚަޞްމު ބަޔާންކޮށް، ހުށަހެޅުމެއް ހުށަހެޅުމުގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށ ކޯޓަށް ސާބިތުވެއްޖެނަމަ، ކޯޓަށް އެ ޢަމަލު ހިންގި ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅިދާނެކަމަށް ބަޔާންކުރާތީއެވެ.

45މ މާއްދާގައި ބޭނުންކޮށްފައިވާ އިބާރާތްތަކަށް ބަލާއިރު، މި މާއްދާގައި ބަޔާންކުރަނީ "ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން" އެއް ޚަޞްމުގެ ފަރާތުން "ހުށަހަޅާ ހުށަހެޅުމަކާ" ގުޅުވައިގެން ތަރުތީބުވާ އިޖުރާއަތުތަކެވެ. މި މާއްދާގައިވާ ގޮތުން، އެއީ ޚަޞްމަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއްގެ ގޮތުގައި ބެލިދާނެކަމަށް އަނެއް ޚަޞްމަކު ކޯޓުގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދީފިނަމަ، އެ ހުށަހެޅުމަކީ ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ހުށަހަޅާފައިވާހުށހެޅުމެއަ ނޫންކަމާއި، އެފަދަ ހުށަހެޅުމެއް ހުށަހަޅަނ ޤާނޫނުން ތަންދޭކަން ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ހުށަހެޅުން ހުށަހެޅި ފަރާތުންނެވެ. އެފަދަ ހުށަހެޅުމަކާއި ދިފާޢެއް އަނގަބަހުން ހުށަހެޅުމަށްފަހު، ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށް ކޯޓުން ގޮތެއް ނިންމަންވާނކަމުގައި ބަޔާންކުރެއެވެ.

46ހުށަހެޅުމެއް ހުށަހެޅުމުގައި،ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، އެފަދަ ހުށަހެޅުމެއް ބާޠިލުކުރުމުގެ އިޚްތިޔާރު ކޯޓަށިލިބިގެންވާކަން މި މާއްދާގެ )ރ( ގައި ބަޔާންކުރާއިރު، މި މާއްދާގައިވާ ނަންބަރުތައް އެއް ރޮއްޖަކުން އެކުއެކީގައިކްޔުމުން، މ އިޖުރާއަތު ތަންދެނީ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިސްތިއުނާފުގެ ތެރެއިން ޙަޞްމުގ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ބާޠިލުކުރުމަށެވެ. މި މާއްދާގައި ދަޢުވާ ބާޠިލުކުރާ ވާހަކައެއް ނުވަތަ އިސްތިއުނާފު ބާޠިލުކުރާ ވާހަކައެއްނެތެވެ.

47ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމާއި ގުޅުވައިގެންއިސްތިއުނާފު ބާޠިލެކުރުމަށް މ އިޖުރާއަތު ތަންދެނީ، މި ޤާނޫނުގެ 287 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރުގެ (ii)ގެ ދަށުން، އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅާފައިވާކަންއިސްތިއުނާފ ރައްދުވު ފަރާތަށްކޯޓުނ އަންގާތާ 20 )ވިހި( ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާ އިޖުރާއީ އިޢުތިރާޟުގެ ޒަރިއްޔާއިންނެވެ.

48މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަން މާއްދާގަ ދަށުން ހުށަހެޅޭ އިޢުތިރާޟަކާ ގުޅިގެން، ހުށަހެޅުންތަކުގެ މައްޗަށ prima facie ނަޒަރަކުން ބަލައި އެ ހިނދު އިސްތިއުނާފު ބާޠިލުކުރެވޭނެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ )ނ( ތަނެއ ނެތްކަމަށް ޝަރީޢަތުން ކަނޑައަޅައިނަމަ، އިޖުރާއީ އިޢުތިރާޟުގައި ހުށަހެޅި ބަހުސް، އިސްތިއުނާފުގެ ޖަވާބުގައި ތަރައްޤީކުރުމަށް ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ. އެހެނަސް، އ މަރުޙަލާގައި އެ ބަހުސް ގުޅުވާލާންޖެހެނީ އެ ފަރާތުން އެދޭ ފަރުވާއާއެވެ. އެއީ އ ސަބަބަށް ބިނާކޮށް، ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރާނެ ނުވަތަ ބަދަލުކުރާނެ ތަނެއް ނެތްކަމުގެ މައްޗަށްކަމުގައި ދެކެމެވެ.

49މި މައްސަލައިގައި،ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ކުޅަ ޢަމަލަކީ ކޮބައިތޯ އިސްތިއުނާފު ރައްދުވާ ފަރާތާ ސުވާލުކުރުމުން، މުޙައްމަދު ޝީޔާންގ ފަރާތުން ދީފައިވާ ޖަވާބަކީ، ޙުކުމާއި އެއްގޮތަށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ޢަމަލުކުރުމަކީ ޙުކުމް ބަލައިގަތުންކަމަށް ބެލެވޭކަމށާއެ،އަދި ޙުކުމް ބަލައިގަނެ އިސްތިއުނާފުކުރުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ކަމުގައެވީ. މުޙައްމަދު ޝާޔާންގެ ފަރާތުން ދެކެނީ ޙުކުމް އެއްގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި، އިސްތިއުނާފުން ތަންފީޒު ފަސްކުރުމުގެ އަމުރެއް ހޯދުމަކީ މ މައްސަލައިގައި ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތް ކަމުގައެވެ.

50މީގެ ޖަވާބުގައި ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީޙުކުމެއްކޮށްފައި އޮތުމުން ޙުކުމަށް ތަބާވުމުގ ގޮތުނެ ފައިސް ދެއްކީކަމަށާއި، ފައިސާ ދެއްކުމުގެ މާނައަކީ އެއީ ދައްކަންޖެހޭ ފައިސާކަމަށް އިސްތިއުނާފުކުރާ ފަރާތުނ ޤަބޫލުކުރުމެއްނޫންކަމަށާއި، އަދ ދަށު ކޯޓުގެ ޙުކުމަށް ތަބާވުމުން އެކަމަށް އަދަބު ލިބެންޖެހޭކަމަށް ޤަބޫލުނުކުރެވޭކަމުގައެވެ. އިސްތިއުނާފު ރައްދުވާ ފަރާތުންމަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަން މާއްދާގަ ދަށުން ފިޔަވަޅު އަޅައިދޭން އެދިފައިވާއިރު، އެކަމަށް އެދެންޖެހޭނީ މައްސަލަ އިސްތިއުނާފުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާ ތާރީޚުން ފެށިގެން 20 )ވިހި( ދުވަހުގެ ތެރޭގައިކަމަށާއި، ނަމަވެސް އެ މުއްދަތު މިހާރު ފާއިތުވެފއިވާތަ އެފަދައިން އެދެވިދާނެކަމަށް ނުދެކޭކަމުގައެވެ. މި ކޯޓުގައި 16 ސެޕްޓެންބަރު 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މިފަދައިން މުޙައްމަދު ޝާޔާންގެ ފަރާތުން ބުނެފައިވެއެވެ. މި ކޯޓުގައި 16 ސެޕްޓެންބަރު 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މިފަދައިން ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.

51HN3ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު"(ގެ 77 ވަނަ މާއްދާގައިވަނީ، ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، އެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުމެއް ކަމުގައެވެ.

52ޙުކުމެއް ކުރުމނު އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަކީ ޤާނޫނުލާޒިމުކުރާގޮތެވެ.އާންމު އުޞޫލުން ޙުކުމެއް ބަދަލުކުރެވޭނީ އެއަށވުރ މަތީ މަރުޙަލާގެ ކޯޓެއްގެ ޙުކުމުންކަމުގައިވާއިރު، އެ ޙުކުމް ބަދަލުކޮށްފައިނުވާނަމަ، ނުވަތަ އެ ޙުކުމް ތަންފީޒުކުރުން ފަސްކޮށްފައިނުވާނަމަ، އެ ޙުކުމުގެ ބާރު ދެމިއޮންނާނެއެވެ.

53ޙުކުމެއް ކުރުމަށްފަހު، ތަންފީޒީ މަރް ޙުލާގެ ތެރެއިން ފިޔަވަޅު އެޅިގެންދަނީ އެ ޙުކުމެއް ތަންފަޒުކުރުމުގެ ގޮތުންނެވެ. އަދި އެ މަރްޙާލާގައިވެސް ދަމަހައްޓައި ނަގަހައްޓަނީވެސ ކޯޓުން ކޮށްފައިވާ ޙުކުމެވެ.ޙުކުމެއް ކުރުމަށްފަހު، އެ ޙުކުމުގެ މައްޗަށް ޢަމަލުކުރުން ލާޒިމުވާއިރު، އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރާ ފަރާތުގެ މައްޗަށް ޙުކުމާ އެއްގޮތަށް ޢަމަލުކުރިޔަތީ ފިޔަވަޅު އެޅުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ. އެއީ ޤާނޫނު ކޮށައިދީފައިވާ މަގެއްނޫނެވެ. އެކަން އެގޮތަށް ކ ށްފިނަމަ، އ މުގުރާލެވެނެދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއެވެ.

54އިސްތިއުނާފުކުރުމުގެ ޙައްޤަކީ ކޮންމެ ފަރާތަކަށްމެ ލިބިދޭ ޙައްޤަކަށްވާއިރު، ޙުކުމާއި އެއްގޮތަށް ޢަމަލުކޮށް، އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގަތުމަކީވެސް، އެކަން އ ބީދައިން ކުރިޔަތީ، އެ ފަރާތުގެ މައްޗަށް ފިޔަވަޅު އެޅޭނެ ކަމެއް ނޫނެވެ. ޤާނޫނީ އިމުގެ ތެރެއިން އިސްތިއުނާފުކުރުމަށް ލިބިދޭ ޙައްޤު ލިބިގަންނަފަރތެއްގާ މައްޗަށް ފިޔަވަޅު އެޅުމަށް އެދުމަކީ ޤާނޫނު ދަންނަ ގޮތެއްކަމުގައި ނުދެކެމެވެ.

55ދަށުކޯޓުން ކުރް ޙުކުމަކާ ޤާނޫނާއި ގަވާއިދާ އެއްގޮތް ނުވާ ނުވަތަ އެ ޙުކުމުން ޙައްލެއް ލިބެންޖެހޭ ކަމަކަށެޙއްލެއ ނުވަތް ޖަވާބެއް ލިބިފައި ނުވާ ޙުކުމެއް ކަމުގައި ވާނަމަވެސް، ދިވެހިރާއްޖޭގ ޝަރުޢީ ނިޒާމު ތަރުތީބުވެފައިވާ ގޮތުން އެފަދަ މައްސަލައެއްގެ ޙުކުމް ބަދަލުކުރެވޭނީ އިސްތިއުނާފުކޮށްގެންނެވ.

56HN4ޙުކުމެއް ކުރުމުން، އޮންނަނީ އެ ޙުކުމަށް ތަބާވެ އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމެވެ. އެ ޙުކުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެދުމަކީ، ނުވަތަ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދުމަކޭ އެ ފަރާތަށް ލިބިދުއިޚްތިޔާރެކެވެ. އަދި އެ ޙުކުމާ އެއްގޮތަށް ޢަމަލުކޮށް، އެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތުން އެ ނިންމުމުގައި އެކުލެވޭ ޤާނޫނީ ބަހުސްގެ މައްޗަށް އިސްތިއނާފުކުރުމަކީވެސް އެ ފަރާތަށް ލިބިދޭ އިޚްތިޔާރެކެވެ. މިފަދައިން ލިބިގަންނަ އިޚްތިޔާރުގެ ތެރެއިން،މައްސްލައެއްގ ޤާނޫނެ ނުކުތާތައް ބަލިކަށިވުމަކީ، ނުވަތަ އެ މައްސަލައެއް ކާމިޔާބުވާނެކަމުގެ ފުރުޞަތު ހަނިވުމަކީ ޢާންމު އުޞޫލުން ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، މައްސަލަ ހުށަހެޅުމުގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ބަލައް،މައްސަލަ ބާޠިލުކުރެވޭނެ ނުވަތަ ފިޔަވަޅު އެޅޭނެ ސަބަބެއްކަމަކަށ ނުދެކެމެވެ.ދަޢުވާ ފޯމުގައި ޚުޞޫމާތެއް އުފައްދާފައިވާނަމަ، އަދި އެ ދަފްޢަކީ ފަނޑިޔާރެއް ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ދަފްޢެއްނަމަ، ޚުޞޫމާތު ކަމިޔާބުވުން ހަނިވުމުގެ މައްޗަށް ބަލައި، މައްސަލަ ހުށަހެޅުމުގައި އިންސާފަށް ހުރަސްއަޅާފައިވާކަމަށް ބަލައިގެންނުވާނެއެވެ. ނުވަތަ އެކަމަކީ ވަގުތީ ބޭކާރުކުރުމުގެ ބޭނުމުގައި ކޮށްފައިވާ ޢަމަލެއްކަމަށްވެސް ބަލައިގެންނުވާނެއެވެ.

57މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވުނ މާއްދާގަ )ރ( ތަޠުބީޤުކުރުމަށް މި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބެލިނަމަވެސް، އިސްތިއުނާފުގެ މަރުޙަލާގެ ތެރެއިން، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ގޮތުން، އިސްތިއުނާފުކުރާ ފަރާތުނ ހުށަހެޅި ހުށަހެޅުމަކީ ކޮބައިކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމަކަށް ނުދެކެމެވެ. ދިވެހިރާއްޖޭގެސުޕްރީމ ކޯޓުގް ނަންބަރ 2019/SC-A/74 )އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާ Barron J, Farley v. Ireland, 1998 WJSC-SC 1512 Pertamina v Kartika Ratna Thahir & Or [1983] 1 MLJ 136

58ބަޔާނވެދިޔް ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާއާ ޙަވާލާދީ، މި އިސްތިއުނާފު ބާޠިލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވަނީ މި ޤާނޫނުގެ 287 ވަނަ މާއްދާގއަ ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާގޮތުގެ މަތިން ކަމުގައިނުވާތީ، މި އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރެވޭނެކަމަކަށް ނުދެކެމެވެ. މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާއާ ޚިލާފުވެފައިވޭތޯ

59HN5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. މަޢުރޫފާ އަބޫބަކުރުޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކަނިކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނަ ނިކަމށާއަ،ޙުކުމެއް ކޯޓަކުން ކުރުމާއެކު އެ ޙުކުމެއް ރައްދުވާ ފަރާތަކުން އެ ޙުކުމުގައިވާ ގޮތަކަށް ޢަމަލުކުރުން ލާޒިމުވާނޭކަމށާއް،ނަމަވެސް ޙުކމެއު ތަންފީޒުކުރުމުގައި އޮތް ތުރާލެއް ފިލުވުމަކީ ނެތްކަމެއް ނޫންކަމުގައެވެ.

60މ އޞު ލުން ބަލާއިރު، މައުޟޫޢީ މައްސަލަ 03 )ތިނެއް( މަރުޙަލާއިން ނިމި ތަންފީޒުކުރެވޭ ޙާލަތުގައިވެސް، ޢާންމު އްޞެލެކޭ އެއްގޮތަށް ތަންފީޒު ޤަޟިއްޔާގެ ތެރޭގައި މައުޟޫޢު އަލުން ހުޅުވައި، މައުޟޫޢީ މައްސަލައިގައި ނިމިފައިވާ ކަންކަމަށް އުނިއިތުރު ގެނެވިގެން ނުވާނކަމުގައ މިއަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2024/SC-A/21 )ސީމާ އަޙްމަދު އަދި އިތުރު 3 ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ )މާލެ ބްރާންޗް(( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/48 )ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް އާއި އިތުރު 3 ފަރާތެއް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/32 )މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަނ ޑިވެލޮޕްމެންޓް ވ. އަޙްމަދު ސިޔާމް( ޤަޟިއްޔާގައި ތަންފީޒުކުރުމުގެ މައްސަލަތަކުގެ ދާއިރާއާ ގުޅޭ ގޮތުން ޤާއިމުކުރެވިފައިވާ މި އުޞޫލަށް ޙަވާލާދީފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/48 ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް އާއި އިތުރު 3 ފަރާތެއް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

61މީގެ އިތުރުން، ތަންފީޒު މައްސަލަ ކުރިއަށް ގެންދިއުމުގެ ތެރޭގައި ނިންމާ ނިންމުންތަކަކީ މައުޟޫޢީ މައްސަލައިގެ ދާއިރާއިން ބޭރުން، ނުވަތަ މައްސަލައިގެ މައުޟޫޢާމެދު އަލުން ގޮތްތަކެއް ކަނޑައެޅި، މައުޟޢޫ މައްސަލީ ރޫޅިގެންދާ ފިޔަވަޅުތަކެއްނަމަ، ތަންފީޒީ މައްސަލައިގެ ތެރެއިން ންންމާ އެފަދަ ނިންމުންތައް އިސްތިއުނާފު ކުރެވިދާނެއެވެ. އަދި މައުޟޫޢީ މައްސަލަ ސުޕްރީމް ކޯޓުގެ މަރުޙަލާއިން ނިމިފައިވުމަކީ، ތަންފީޒު މައްސަލައިގައި އަޅާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އޮތިހުރަހެއްނޫންކަމުގައ ބުނެވިދިޔަ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

62އިސްވެ ބަޔާންކޮށްފައިވަނީ ތަންފޒުކުރުމުގ މައްސަލަތަކުގެ ދާއިރާއާ ގުޅޭ ގޮތުން ޤާއިމުކޮށްފައިވީ އުޞޫލެވެ.

63ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މުޙައްމަދު ޝާޔާން ކުންފުނީގައި އަދާކުރަމުންދިޔަ މަޤާމަށް ނުވަތަ އެ މަޤާމާ އެއް ފެންވަރުގެ މަޤާމަކަށް ރުޖޫޢަކުރުމަށް ނިންމާފައިވާތީ، 09 މެއި 2023 ގައި މުޙައްމަދު ޝާޔާން، ކުންފުނީގެ ނ. ވެލިދޫ ސައިޓުން ވަޒީފާ ހަމަޖައްސައި އެކަން އޭނާއަށް އަންގާފައިވާކަމަށާއި، އެހެނަސް، މުޙައްމަދު ޝާޔާން ވަޒީފާއަދާކުރަމުންދިޔަ ރަށް ނޫނު އެހެން ރަށަކުން ވަޒީފާ ހަމަޖެއްސުމަށް ސްވިމްސޯލ މޯލްޑިވްސްއަށް އިޚްތިޔާރު ލިބިގެންވާކަމަށް ޤަބޫލުނުކުރެވޭކަމަށާއި، މި ޙާލަތުގައި މުޙައްމަދ ޝާޔާންއަށް ވަޒީފާ ރުޖޫޢަކުރިކުރުމަކީ ޞައްޙަ ރުޖޫޢައެއްނޫންކަމަށ ސިވިލް ކޯޓުން މައްސަލް ނިންމާފައިވަނީ،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2019/SC-A/07 މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެ،މި މައްސަލައިގައަމ ބަހުސް އެ ފަރާތުން އުފައްދާފައިވެއެވެ.

64ސިވިލް ކޯޓުން މައްސަލަ ނިންމުމުގައިވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ މަޢުރޫފާ އަބޫބަކުރުޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލަށް ޙަވާލާދީފައިވެއެވެ. އަދި މި ޤަޟިއްޔާގައިވާ އުޞޫލު މި މައްސަލައިގެ ޙަޤީޤަތްތަކަށް ތަޠުބީޤުކޮށް، އަންނަނިވި ހުއްޖަތު ޤާއިމުކޮށްފައިވެއެވެ.

64.1. މީހަކު އަދާކުރާ ވަޒީފާއަކީ އެ މީހެއްގެ ޒާތީ ދިރިއުޅުމާއި ގުޅިފައި އޮންނަ އެއްޗަކަށްވާއިރު، ވަޒީފާއަދާކުރާ ތަނަކީ އެ ވަޒީފާއަކަށް ކުރިމަތިލާ އެންމެ އަސާސީ އެއް ސަބަބުކަނ

64.2. ކުރިން އަދާކުރި ވަޒީފާއާ އެއް ފެންވަރުގެ ވަޒީފާއެއް ދިނުމަށް އޮތް އޮތުމާ ގުޅިގެން ކުރިން ވަޒީފާއަދާކުރި ތަން ފިޔަވައި އެހެން ތަނެއްގައި ވަޒީފާއެއް ހަމަޖައްސާފައިވުމުނ ޙުކުމް ތަންފީޒުކުރެވިފައިނުވާކަމަށް ބެލުމަކީ، ތަންފީޒުކުރުމަށް ހުށަހަޅާފައިވާ ޤަޟިއްޔާގެ މައުޟޫޢު އަލުން ހުޅުވާ ބެލުން ނޫންކަމަށް އ، އޭގެ ބަދަލުގައި އެއީ ތަންފީޒުކުރުމަށް އޮތް ޙުކުމްގައި އޮތް ނައްޞެއް ފަހުމްކުރުންކަނ

64.3. ނައްޞެއް ފަހުމްކުރުން ބިނާވަނީ، ލަފްޒުގެ ސީދާ މާނައިގެ މައްޗަށް އެކަނިނޫންކަމަ ށާއި، އެ ލަފްޒު ލާޒިމުކުރާ ކަންކަމަކީވެސ ނައްޞެއް ފަހުމްކުރުމުގައި ބޭނުންކުރަންޖެހޭ ވަސީލަތެއްކަނ

64.4. ނައްޞު ފަހުމްކުރުމުގައ ބޭނުންކުރި "ދަލާލަތެލް އިލްތިމާޒް" ގެ ތެރޭގައި ހިމެނޭ "ދަލާލަތުލު އިޝާރާ" އަކީ އޭގެ ލަފްޒުން ދޭހަވާން ނެތް އެހެންނަމަވެސް އޭގެ ސިޔާޤުއިން ނގޭއެ ކަންކަމުގެ މައްޗަށް ބިނާކޮށް ނައްޞު ތަރުޖަމާކުރުމުގެ ވަސީލަތެއްކަނ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2748 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނުކުތާއާއި، 8 ވަނަ ނުކުތާ

64.5. މިގޮތަށް ޙުކުމުގެ ނައްޞެއް ދެނެގަތުމަކީ އޭގެ މައުޟޫޢު އަލުން ހުޅުވި ބަދަލާ ގެނައުމުގެ މަފްހޫމްގެ ތެރެއަށް ވަންނާނެކަމެއ ނޫންކަން

64.6. މުޙައްމަދު ޝާޔާން ވަޒީފާ އަދާކުރަމުންދިޔަ ރަށް ނޫން އެހެން ރަށަކުން އޭނާ ކުރިން ހުރި މަޤާމް އެއާ ފެންވަރުގެ މަޤާމެއް ހަމަޖައްސައިދިނުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރޫހާއި މަޤްޞަދާ ޚިލާފުކަމެއްކަނ

65ސިވިލް ކޯޓުން ނިންމި ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ މަޢުރޫފާ އަބޫބަކުރުޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލުގެ އިމުގެ ތެރެއިން ނިންމި ނިންމުމެއްކަމަށް އެ ކޯޓުން ޤާއިމުކޮށްފައިވާއިސްވެ ބަޔާންކޮށްފައިވްހުއްޖަތްތައ ނުވަތް ދީފައިވަ ތަބްރީރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނޮތަންފްޒުކުރުމުގ މައްސަލަތަކުގެ ދާއިރާއާ ގުޅޭ ގތުނޮ ޤާއިމުކޮށްފައިވ އުޞޫލާ ޚިލާފުވާގޮތެއް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެދީފައެއްނުވެއެވެ. އެ ފަރާތުން ހަމައެކަނި ބުނާ ބުނުމަކީ އެއީ މައުޟޫޢީ މައްސަލައިގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމުގައެވެ.

66ބައެއް ޙާލަތްތަކުގައި ޙުކުމުގައިވާ ނައްޞެއް މާނަކުރަންޖެހިދާނެއެވެ. އަދި ބައެއް ޙާލަތްތަކުގައި ނިންމާފައިވާ ނިންމުމަކުނި ދެ މާނައެއް ދޭހަވާނަމަ، އެ ނިންމުމުގެ ތެރެއަށް ތަރުޖަމާއެއް ދޭންޖެހޭފަދ ޙާލަތު މަދުންނަމަވެސް ފެންމަތާވެދާނެއެވެ. ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އަޅާ ފިޔަވަޅަކީ،އެ ޙުކުމުގ ތެރެއިން އަޅާފައިވާ ފިޔަވަޅެއްތޯ ނުވަތަ ނޫންތޯކަމުގެ މައްޗަށް ބަހުސެއުއުފައްދާ ޙާލަތުގައި، އެ ޙުކުމގައަބުނަނީ ކީކޭތޯއާއި، އެ ޙުކުމުގެ މަޤްޞަދާއި ރޫހަކީ ކޮބައިތޯ ބަލަންޖެހޭ ފަހަރުވެސް އާދެއެވެ. އަދި އެ ފިޔަވަޅަކީ މާއުޟޫޢީ ނިންމުމުގެ ތަރަހައިގެ ތެރެއިން، އަދި އެ ޙުކުމް ތަންފީޒުކުރުމުގެ ދއިރގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއްތޯ ކަށަވަރުކުރަންޖެހޭ ފަހަރުވެސް އާދެއެވެ.

67މިފަދަ ޙާލަތްތަކުގައި، އެ ނިންމުމުގެ ނުވަތަ ޙުކުމުގެ އަޞްލު ދެނެގަނެ، އެ ނިންމުން ނުވަތަ ޙުކުމުގައިވާ ނައްސު ފަހުމްކޮށް، އެ ތަންފީޒުކުރުމަށް ކުޅަ ޢަމަލަކީ، އެ ޙުކުމްގެ ސިޔާޤުގެ ތެރެއިން ކުޅަ ޢަމަލެއްތޯ ޝަރީޢަތުން ބެލުމަކީ،މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއްނޫނެވެ. އެއާ ޚިލާފަށް މިއްތަންފީޒީ މައްސަލަތަކުގެ ދާއިރާގެ ތެރެއިން ކުރެވޭ ކަމެއް ކަމުގައި ބަލަންޖެހެއެވެ.

68HN6މިއީ މި މައްސަލައިގައި ދަށު ކޯޓުންވެސް މިކަން ބަލައި އެ ކޯޓުން ނިންމި ނިންމުމަށް ވާސިލުވެފައިވާގޮތްކަމުގައިވާއިރު، އިސްވެ ބަޔާންކުރި ފަދައިން އެ ނިންމުމުގައިވާ ތަބްރީރު ޤާނޫނާ ޚިލާފުވާނަމަ، ނުވަތަ މަތީ މަރެ ޙު ލާގެ ނިންމުމަކާ ޚިލާފުވާނަމަ، ޤާނޫނާއި ނުވަތަ ނިންމުމާ ޚިލާފުވާގޮތެއް، އަދި ޚިލާފުވާ ދާއިރާއެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންވާނެއެވެ. އެހެނަސް، މިފަދައިން އިސްތިއުނާފުކުރާ ފަރާތުނ ބުނެދީފައެއްނުވެއެވެ.

69ހަމައެއާއެކު، ޙުކުމާއި އެއްގޮތަށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ކުޅަޢަމަލކަމަށް އެ ފަރާތުނު ދެކޭ ޢަމަލު،އެފަދައިން ކުރުމަށް މެދުވެރިވި ޙާލަތެއް އެ ފަރާތުން ބުނެދީފައެއްނުވެއެވެ. މިފަދައިން ވަޒީފާދޭ ފަރާތުނެވަޒީފާއާބެހ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ކުޅަ ޢަމަލަކީ، ހެޔޮ ނިޔަތުގައި ކުޅަ ޢަމަލެއްކަން އެ ފަރާތުން އެންމެ ކުޑަމިނުން ބުނެދޭންވާނެއެވެ.އަދި އެފަދައިން ޢަމަލުކުރުމަށް މެދުވެރިވި ޙާލަތު ބަޔާންކޮށްދޭންވާނެއެވެ. އެހެނަސް، މި މައްސަލައިގައި އެފަދަ އެއްވެސް ކަމެއް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައެއްނުވެއެވެ.

70ސިވިލ ކޯޓުން މައްސަލް ނިންމުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ މަޢުރޫފާ އަބޫބަކުރުޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލާ ޚިލާފުވެފައިވާކަމަށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނާ ބުނުމުގެ މައްޗަށް ބިނާކޮށް، އެފަދަ ޚިލާފެއް އޮތްކަމށ ކަނޑައެޅޭނެ ކަމަކަށް ނުދެކެމެވެ. މައްސަލަ ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާއާ ޚިލާފަށްތޯ

71މި ނުކުތާގައި ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ވަޒީފާ ދިނުން ލަސްވެފައިވަނީ މުޙައްމަދު ޝާޔާންއާއި ސިވިލް ކޯޓުގެ އިހުމާލުންކަމުގައިވާއިރު، މިކަންކަމަށް ރިޢާޔަތްކުރުމެއްނެތ 09 ޖޫން 2022 ވަނަ ދުވަހުން ފެށިގެން 16 )ސޯޅަ( މަހާއި 20 )ވިހި( ދުވަހުގެ މުއްދަތަށް މުޙައްމަދު ޝާޔާންއަށ 208,333/34 ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ހަތަރެއް ލާރި( ނަގައިދީފައިވަނީ ސްވިމްސޯލ މޯލްޑިވްސްއަށް އެންގުމަކާ ނުލައި ޤާނޫނާ ޚިލާފަށްކަމުގައެވެ. އެހެނީ، ސްވިމްސޯލ މޯލްޑިވްސްއަށް އެންގުމެއްނެތި، ކޯޓު އަމުރެއްގެ ދަށުން އ ފަރާތުގެ އެކައުންޓުން 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސ ހަތަރެއް ލާރި( ހިފަހައްޓާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގައިވާ "ހެޔޮ ނިޔަތް" މުޙައްމަދު ޝާޔާންގެ ފަރާތުން ދައްކާފައިނުވާއިރު، އެ މާއްދާއަށް ރިޢާޔަތްނުކޮށް ކަމުގައެވެ.

72މ މައްސަލައިގައި ތަންފީޒީ މަރުޙަލާ ކުރިއަށް ގޮސްފައިވާގޮތް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުނި ތަންފީޒުކުރުމަށް މުޙައްމަދް ޝާޔާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފުކުރެވޭ މިމައްސަލ އެ ކޯޓުގައި 23 އޮގަސްޓް 2023 ގައި ރަޖިސްޓަރީ ކުރެވުނެވެ.

73މައްސަލަ ހުށަހެޅި ފޯމުގައި، އެ ފަރާތަށް އަސާސީ މުސާރައަށް މަހަކު 8,000/-ރ. )އަށްހާސް ރުފިޔާ( އާއި، އިނާޔަތުގެ ގޮތުގައި މަހަކު 4,500/-ރ. )ހަތަރުހާސް ފަސްސަތޭކަ ރުފިޔު ( އާއެކ ޖުމްލަ 12,500/-ރ. )ބާރަހާސް ފަސްސަތޭކަ ރުފިޔާ( ލިބޭކަމަށް ބަޔާންކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން މައްސަލަ ހުށަހެޅި ތާރީޚާއި ހަމައަށް ތަންފީޒުކޮށްފައިނުވާތީ، 14 )ސާދަ( މަހާއި 12 )ބާރަ( ދުވަހަށް 180,000/-ރ. )އެއްލައްކަ އަށްޑިހަހާސް ރުފިޔާ( ލިބެންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.

74ސިވިލް ކޯޓުންތަންފީޒީ މައްސަލައެއް ހުށަހެޅިއްޖެ ކަމުގެ ނޯޓިސް ސްވިމްސޯލް މޯލްޑިވްސްއަށް ފޮނުވާފައިވެއެވެ. އަދ ތަންފީޒު ނޯޓިސް ރައްދުކުރި ލިޔުން ސްވިމްސޯލް މޯލްޑިވްސްއަށް ރައްދުކޮށްފައިވެއެވެ.

75މުޙައްމަދު ޝާޔާންގެ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވެއެވެ. އެއީ ތަންފްޒީ މައްސަލައިގައ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ޙުކުމެއް ކުރަންދެން، މުޙައްމަދު ޝާޔާނ ނ. ވެލިދޫއަށް ވަޒީފާ ބަދަލުކޮށް، އެކަމާ ވިއްދައިގެނ އެއްވެސް އެންގުމެއް ނޭންގުމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ހުރަސްއެޅޭ ފަދައަކުން މުޙައްމަދު ޝާޔާނ އަދާކުރަމުންދިޔަ ވަޒީފާއަށް މީހަކު ނުނެގުމަށާއި، އެ މަޤާމު އުވާނުލުމަށާއި، އަދި މިނޫންވެސ އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިދާނެ ފަދަ ކަމެއް ނުކުރުމަށުކުންފުނީގެ މައްޗަށް އަންގައި، އ ފަރާތުގެ ޣައިރު ޙާޟިރުގައި އަމުރުކކޮށްދިނުމަށެވެ.

76މިފަދައިން ސިވިލް ކޯޓުގެ ނަންބަރު 144-B14/VA/2023/03 ވަގުތީ އަމުރު ސްވިމްސޯލް މޯލްޑިވްސްގެ ޣައިރު ޙާޟިރުގައި 27 އޮގަސްޓް 2023 ގައި ނެރެފައިވެއެވެ.

77ޣައިރު ޙާޟިރުގައި ނެރެފައިވާ އަމުރު މުރާޖަޢާކުރުމަށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން 29 އޮގަސްޓް 2023 ގައި ހުށަހެޅިހިނދު، އެ ކޯޓުގެ ނަންބަރު 144-B14/VM/2023/02 "ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށްއެދ ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" އިން އެ ކޯޓުން 27 އޮގަސްޓް 2023 ގައި ނެރެފައިވާ ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް 14 ސެޕްޓެންބަރު 2023 ގައި ކަނޑައަޅާފައިވެއެވެ.

78މިއިން އެއްވެސް ނިންމުމެއް އިސްތިއުނާފު ކޮށްފައެއްނުވެއެވެ. މި ނޯޓިސްގައި ސްވިމްސޯލް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށްފައިވެއެވެ.

79ސްވިމްސޯލް މޯލްޑިވްސްގެ ނަމުގައި އެކައުންޓެއް ހުޅުވާފައިވާނަމަ، އެ އެކައުންޓާ ބެހޭ މަޢުލޫމާތު ސިވިލް ކޯޓަށް އެންގުމަށް، އެ ކޯޓުން ބޭންކްތަކުގެ މައްޗަށ 19 ސެޕްޓެންބަރު 2023 ގައި އަމުރުކޮށްފައިވެއެވެ. އަދި މި ތާރޚީ ގައި ސްވިމްސޯލް މޯލްޑިވްސްގެ މުދަލާއި ގުޅޭ މަޢުލޫމާތު ހޯދުމަށް ކޯޓުން އެކި އިދާރާތަކަށް ސިޓީ ފޮނުވާފައިވެއެވެ.

80އިސްވެ ބަޔާނވެދިޔް އަމުރުތަކުގެ އަލީގައި، ސިވިލް ކޯޓަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 26 އޮކްޓބަރޫ 2023 ގައި އެ ކޯޓުން ބޭންކް އޮފް މޯލްޑިވްސްއަށް ރައްދުކޮށް ނެރެފައިވާ އެ ކޯޓުގެ ނަންބަރ 144-B14/CA/2023/180 ކޯޓު އަމުރުން،ސްވިމްސޯލް މޯލްޑިވްސްގެ ނަމުގައި ބޭންކ އޮފް މޯލްޑިވްސްގެ އެކައުންޓްގައިވާ ފައިސާގެ ތެރެއިން 208,333/34ރ. )ދެލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ހަތަރު ލާރި( 29 އޮކްޓޫބަރު 2023ގެ 14:00ގެ ކުރިން ސިވިލް ކޯޓަށް ޖަމާކުރުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަންގައި އެ ކޯޓުން އަމުރުކުރިއެވެ.

81މިގޮތުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިންޢމަލުކޮށް، އެކަނ 31 އޮކްޓޫބަރު 2023 ގައި ސިވިލް ކޯޓަށް އަންގާފައިވެއެވެ.

82އިސްވެ ބަޔާނވެދިޔް ސިވިލް ކޯޓުގެ ނަންބަރު 144-B14/CA/2023/180 ކޯޓު އަމުރަކީ، އިސްތިއުނާފުކރެވިދާނ ނިންމުމެއްކަމުގައިވާއިރު، މި ކޯޓު އަމުރު ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފުކޮށްފައެއްނުވެއެވެ. ނުވަތަ މުއްދަތު ފާއިތުވެފައިވާކަމަށް ބެލިނަމަވެސް، އިސްތިއުނާފުކުރުމުގެ ހުއްދައަކަށްވެސް އެދިފައެއްނުވެއެވެ. ބޭންކް އޮފް ސިލޯންއަށް ރައްދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު B14/CA/2023/150-144 ކޯޓު އަމުރު، ބޭންކް އޮފް މޯލްޑިވްސްއަށް ރައްދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރ 144-B14/CA/2023/151 ކޯޓު އަމުރު،ހަބީބް ބޭންކް ލިމިޓެޑަށް ރައްދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރ 144-B14/CA/2023/152 ކޯޓު އަމުރު، ހޮނެ ގްކޮންގ އެންޑް ޝަންގހާއީ ބޭންކިންގ ކޯޕަރޭޝަންއަށް ރައްދުކޮށްފައިވާ ސިވިލް ކޯޓުގ ނަންބަރ 144-B14/CA/2023/153 ކޯޓު އަމުރު، މޯލްޑިވްސް އިސްލާމިކް ބޭންކަށް ރައްދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 144-B14/CA/2023/154 ކޯޓު އަމުރު، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ރައްދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 144-B14/CA/2023/155 ކޯޓު އަމުރު، ދަ މޮރިޝަސް ކޮމާޝަނ ބޭންކަށް ރައްދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 144-B14/CA/2023/156 ކޯޓު އަމުރު، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއަށް ރައްދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރ 144-B14/CA/2023/157 ކޯޓު އަމުރު ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/LEGAL/2023/3124 )31 އޮކްޓބަރޫ 2023( ސިޓީ

83އިސްވެ ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 177/VTR/2022 މައްސަލައިގެ ނިންމުން ތަންފީޒުކުރުމަށް މުޙައްމަދު ޝާޔާން ހުށަހެޅުމުން، ތަންފީޒީ މަރުޙަލާ ކުރިއަށް ގޮސްފައިވާ ގޮތެވެ.

84މި މަރުޙަލާ ކުރިއަށް ގެންދިޔުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާއާ ޚިލާފުވާކަމަށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.

85HN7މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބައްތިރީސްވަނަ ބާބުގެ އަލީގައި މިކަން ވަޒަންކުރާއިރު،ޙުކުމް ތަންފީޒުކުރުމަށ ކަނޑައަޅާފައިވް މުއްދަތުގައި ޙުކުމް ތަންފީޒުކޮށްފައިނުވާކަމަށ ބުން އަރަނިވެރިޔާގެ ފަރާތުނު ކޯޓަށް މައްސަލް ހުށަހެޅުމުން، މި ބާބުގައިވާ ގޮތުގެ މަތިން އެ ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލ ކޯޓުނާ ކުރިއަށް ގެންދަންވާނެކަމުގައ މި ޤާނޫނގ 367 ވެނ މާއްދާގަ )ހ( ގައި ބަޔާންކުރެއެވެ. ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި އަރަނިވެރިޔާ ހުށަހެޅުމުން، މި ޤާނޫނުގެ 367 ވަން މާއްދާގަ )ނ( ގައި ދަރަނިވެރިޔާއަށް ފޮނުވަންޖެހޭ ޙުކުމް ތަންފީޒުކުރުމުގެ ނޯޓިސް ކޯޓުނ ސްވިމްސޯލ މޯލްޑިވްސްއަށް ފޮނުވާފައިވެއެވެ.

86މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނީ މާއްދާގަ )ހ( ގައިވަނީ، ޙުކުމް ތަންފީޒުކުރުމުގެ ނޯޓިސް ދަރަނިވެރިޔާއަށް ލިބުމުން، ހެޔޮ ނިޔަތުގައި ޙުކުމް ތަންފިޒުކުރުމަށ އެއްބާރުލުން ދޭންވާނެކަމުގައެވެ. އަދި ޙުކުމް ތަންފީޒުކުރުމަށް ހުރަސްއެޅޭފަދަކަމެއް އެ ފަރާތުން ކޮށްގެންނުވާނެކަމުގައެވެ. މ މާއްދގައާ ބަޔާންކުރި ހެޔޮ ނިޔަތުގައި މަސައްކަތްކުރަންޖެހެނީ ދަރަނިވެރިޔާއެވެ. އަދި ހެޔޮނޔަތެއ އޮތްކަން ދައްކުވައިދޭންޖެހެނީވެސް ދަރަނިވެރިޔާގެ ފަރާތުންނެވެ.

87އިސްތިއުނާފަ ފޯމުގައި މި މާއްދާއާ ޙަވާލާދީ، ދަޢުވާކުރާ، އެހެނީ މުޙައްމަދު ޝާޔާންގެ ފަރާތުން ހެޔޮނިޔަތް ދައްކާފައިނުވާކަމް ށއި، އަދި އެ ފަރާތުގެ ހެޔޮނިޔަތް ނެތްކަން އެނގޭ ސަބަބުތައް މިކަން މި ނިންމުމުގެ 73 ވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވެއެވެ. ބަޔާންކޮށް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ، މި މާއްދާގައި ދަރަނިވެރިޔާގެ ފަރާތުން ހެޔޮނިޔަތުގައި މަސައްކަތްކުރަންޖެހޭކަނ އޮތް އޮތުމާއި މުޅިން ފުށުއަރާ، އަދި މި މާއްދާގެ ރޫހާއި ޚިލާފު ވާހަކަތަކެކެވެ.

88މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަން މާއްދާގަ )ހ( ގެ ދަށުން ދަރަނިވެރިޔާގެ އާމްދަނީއާއި، އިލްތިޒާމުތަކާއި، ދަރަނުޏއި، އަރަންޏާއި، މުދަލާއިގުޅޭ ދަރަނިވެރިޔާގެ މާލީ ޙާލަތާއި ގުޅޭ މަޢުލޫމާތު ބެލުމަށ ކޯޓަށް ބާރުދީފައިވެއެވެ. އަދި މިގޮތުން މުދާ ހިފެހެއްޓުމުގެ އުޞޫލުތައް މި ޤާނޫނުގެ 372 ވަން މާއްދާގައި ބަޔާންކުރާއިރު، އާންމު އުޞޫލުން މުދާ ހިފަހައްޓަންވާނީ ދަރަނިވެރިޔާއަށް ތަންފިޒީކުރުމުގެ ނޯޓިސް ރައްދުކުރުމަށްފަހުގައކަމަށް މި ޤާނޫނުގެ 373 ވަނަ މާއްދާގަ )ހ( ގައި ބަޔާންކުރެއެވެ. މި ނޯޓިސް ސްވިމްސޯލް މޯލްޑިވްސްއަށް ރައްދުކޮށްފައިވާކަން އިސްވެ ފާހަގަކުރެވިއްޖެއެވެ. ޙުކުމް ތަންފީޒުކުރުމުގެ ތެރޭގައި މުދާ ވިއްކާލައިގެން ލިބޭ ފައިސާއާއި، ހިފަހައްޓާފައިވެފއިސާ އަރަނިވެރިޔާއަށް ބެހުމަކީ ކޯޓުގެ ޒިންމާއެއްކަމުގައި މި ޤާނޫނުގެ 386 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާއިރު، ސިވިލް ކޯޓުން ޢަމަލުކުރިގޮތް ޚިލާފުވަނީ ކޮން އިޖުރާއަތަކާކަމެއް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ބުނެދީފައިވާކަމުގައި ނުދެކެމެވެ.

89މި މައްސަލައިގައި ސްވިމްސޯލްމޯލްޑިވްސްގް ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުނާމުޙައްމަދު ޝާޔާނެއަށް އެ ނިންމުމުގައިވާ ގޮތަށް ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްފައިވާކަމަށ ބެލެވެން ނެތްކަމަށް ނިންމާފައިވާހިނދު، އޭނާއަށް އެ ނިންމުމުގައިވާ ގޮތުގެ މަތިން )ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އެ ފަރާތް ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާ ތާރީޚާއި ހަމައަށް( ޙައްޤުވާ މުސާރައާއި އިނާޔާތްތައް ހިސާބުކޮށްފައިވަނީ، މި ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެ ކޯޓުގެ ނަންބަރ 144-B14/CA/2023/180 )26 އޮކްޓޫބަރު 2023( ކޯޓު އަމުރުގެ އިސްތިއުނާފުކުރާ ފަރާތުން މިކޯޓަށް ހުށަހަޅާފައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށި އެދެ ހުށަހަޅި ފޯމު" ގ 7.9 ވަނަ ނަންބަރު ދަށުން ފައިސާ ހިފެހެއްޓުމަށް އެންގި ތާރީޚާއި ހަމައަށް ކަން އެނގެއެވެ.މި ހިސާބުކުރުން ޤާނޫނީ ނައްސަކ ނުވަތާ އުޞޫލަކާ ޙަވާލާދީ، އެއާ ޚިލާފުވާގޮތެއް ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުނ ބުނެދެވިފައިވކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

90އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2748-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ސްވިމްސޯލް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް

91މަދަނީ އިޖުރާއަތުގެ ގާނޫނުގެ 421 ވަނަ މާއްދާގަ ދަށުން އިސްތިއުނާފަގު މައްސަލެ ބާތިލުކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ނުކުތާއާމެދު އަހުރެންނަށް ފެންނަ ގޮތް ފުރަތަމަ މި ބަޔާންކުރަނީއެވެ.

92އިސްތިއުނާފު ހުށަހަޅާފައި ވަނީ މަދަނީ އިޖުރާއާތުގެ ގާނޫނުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިނަސަރިޔތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންހިފުމަށްކަމުގައި ފެންނަ ހާލަތުގައާ، އިސްތިއުނާފު ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާތާ 20 ދުވަހުގެ ތެރޭގައި އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށްކޯޓުގައި އެދެވިދާނެކަން މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނަ މާއްދާގެ )ހ( އިން އެނގެއެވެ.

93ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަގައި ބަޔާންކުރައްވާފައިވާ ފަދައިން،އިސްތިއުނާފްގ މައްސަލެ ބާތިލުކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުނ އެދިފައްވަނީއިސްތިއުނާފު ހުށަހަޅާފައިވާކަނ އިސްތިއުނާފ ރައްދުވު ފަރާތަށް އންގިތ 20 ދުވަސް ހަމަވި ފަހުންނެވެ.

94ވީމާ، މި 20 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ސަރިޔެތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފްމުގ މައްޗަށް ބިނާކޮށް އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށެއެދެފިނަމަ އްހުށަހެޅުނ ބަލައިގަނެވިދާނެ

95މި ސުވާލުގެ ޖަވާބު ދެނެގަތުމަށްޓަކައި މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނަ މާއްދާއަށް ފުން ނަޒަރެއ ދޭން ޖެހެއެވެ. އެ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ.

287)ހ(. އިސްތިއުނާފުކުރ މައްސަލައެއް ހުށަހަޅާފައިވާކަން ނުވަތަ އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅާފައިވަނިކޮށް އިތުރު އިސްތިއުނާފު މައްސަލައެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20 )(ވިހި ދުވަހުގެ ތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓުގައި އެދެވިދާނެއެވެ . )1( އިސްތިއުނާފުކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް؛ އެފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން އެދިއްޖެނަމަ، އިސްތިއުނާފުކުރާ ފަރާތުން އެ ސެކިއުރިޓީ ބެހެއްޓުމަށް ކޯޓުން ޝަރުޠުކުރެވިދާނެއެވެ. )2( އަންނަނިވ ޙާލަތްތަކުގައި އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށް ؛ i. އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންނުވާ ފަރާތަކުން އިސްތިއުނާފު ހުށަހަޅާފައިވުން ނުވަތަ މި ޤާނޫނުގެ 285 ވަނަ މާއްދާއާ ޚިލާފަށް އިސްތިއުނާފު ހުށަހަޅާފައިވުން ؛ ii. އިސްތިއުނާފު ހުށަހަޅާފައިވަނީ، މި ޤާނޫނުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށް ކަމުގައިވުން؛ ނުވަތަ iii. މި މާއްދާގެ )(ހ ގ()1 ވަނަ ނަންބަރުގެ ދަށުން ބެހެއްޓުމަށް އެދިފައިވާ ސެކިއުރިޓީ ކަނޑައަޅާފައިވާ މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބަހައްޓާފައި ނުވުން . )ށ( މި މާއްދާގެ )ހ( ގ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ފަސްކުރަންވާނެއެވެ. އެގޮތުން ފަސްކުރެވޭނީ، ގިނަވެގެން 20 )ވިހި( ދުވަހުގެ މުއްދަތަށެވެ . )ނ( މ ބާބުގެ ދަށުން ހުށަހެޅޭ މައްސަލައެއް ބެލުމަށް ނިންމައިފިނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޖަވާބުދާރީވުމަށް މަދުވެގެން

20 )ވިހި( ދުވަސް ދޭންވާނެއެވެ .

96މި މާއްދއިނާ އެނގެން،އިސްތިއުނާފެއް ނުވަތް އިތުރު އިސްތިއުނާފެއް ހުށަހަޅާ އިފިކަނ އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާތާ 20 ދުވަހުގެ ތެރޭގައި މި މާއްދާގައި ބަޔާންކޮށްފައިވްދާ ކަމަކަށެއެދެވދާނކަމެވެ.އެ އީ،އިސްތިއުނާފުކުރުމަށ ހިންގާ ހރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް އެދުން ނުވަތަ މި މާއްދާގައި ބަޔާންކޮށްފައިވާ ތިން ހާލަތެއްގައި އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށް އެދުމެވެ.

97މި މާއްދާގެ )ހ( ގައި ....." އިސްތިއުނާފު މައްސަލައެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20) ވިހެ( ދުވަހުގެ ތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓުގައި އެދެވިދާނެ" މި ފަދައިން ބަޔާންކޮށްފައި ވަނމީ 20 ދުވަހަށް ފަހުގައި އެއިންކަމަކަށް ނޭދެވޭނެ ކަމަށް ކަނޑައެޅުމގ ގޮތުނެ ހެއްޔެވެ؟ މި މާއްދާގައވި "އެދެވިދާނެ" އިން ދޭހަދެނ 20 ދުވަހުގެ މުހުލަތްގައުއެއިން ކަމަކަށުކޯޓުގައ އެދުމާއި ނޭދުމުގ މައްޗަށ ގޮތެއް ހިޔާރުކރުވައ އެ ފުރުސަތު ބަންދުކުރުމަށް ހެއްޔެވެ؟ނުވަތައަބަދުމެ އެދުމަށް ޖާގަ އޮތް ކ ންކަމްކ ށ،ވަކި މަގުސަދަކަށްޓަކައި މ 20 ދުވަހުގެ ތެރޭގައި"އެދެވިދާނެ"ކަމަށެ އިޝާރާތްކުރުމަށް ހެއްޔެވެ؟ މި މާއްދާގައި "އިސްތިއުނާފު މައްސަލައެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުންއެ ންގުމާއެކު، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓުގައި އެދޭ ނަމަ 20 )ވިހި( ދުވަހުގެ ތެރޭގައި އެ ކަމަކަށް އެދި ހުށަހަޅަން ވާނެއެވެ" ފަދަ މޭރުމަކުން އިބާރާތްކޮށްފައި ނުވަނީ ކީއްވެ ހެއްޔެވެ ؟ ނުވަތަ އ މާއްދާގައިވާ ގޮތުގެ މަތިން އެއިން ކަމަށް ނޭދެފިނަމަ އެ ފުރުސަތު ބަންދުވާނެ ކަމަށްސާފުކޮށ ބަޔާނިކޮށެފައ ނެތީ ކީއްވެ ހެއްޔެވު؟ މިސާލަކަށް، ގާނޫނު ނަންބަރ 2016/12 )ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު(ގ 119 ވަނަ މާއްދާގެ )ހ( ގައި،

119)ހ( އަންނަނިވި ހުށަހެޅުންތަކަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެކެވެ. މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ . މި ފަދައިން ބަޔާންކޮށްފައިވާއިރު މި މޭރުމުނ މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނަ މާއްދާގެ )ހ( އިބާރާތްކޮށްފައި ނުވަނީ ގާނޫނު ހަދާ މަޖިލީހުގެ ސާފު ގަސްތެއ ނެތް ކަމަށި ބަލަންވީ ހެއްޔެވެ؟

98މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނަ މާއްދާގެފުނަށ ފީނައިފ ނަމަ ފެންނަ ހަގީގަތަކީ،މި މާއްދާގައި 20 ދުވަހުގެ ތެރޭގައި އެދެވިދާނެ ކަމަށް ހުރި ކޮންމެ ކަމަކީ 20 ދުވަހަށް ފަހުގައި ވެސް އެދެން ޖެހިދާނ ނުވަތަ އެދެވިދާނެ ކަމަށް ވަރަށް ފަސޭހައިން އަންދާޒާކުރެވެނ ހުރް ކަންކަން ކަމެވެ.

99މި 287 މާއްދާގައި 20 ދުވަހުގެ ތެރޭގައި އެދެވިދާނެކަމަށ އޮތް ފުރަތަމް ކަމަކީ، އިސްތިއުނާފުކުރުމަށް ހިނގާ ހރަދުގަ ސެކިއުރިޓީ ބެހެއްޓުމަށް ހުށަހެޅުމެވެ. މިކަމާގުޅވޭނ ތަފުސީލީ އިޖުރާއާތެއް ފެންނަން އޮތެ މަދަނީ އިޖުރާއާތުގެ ގާނޫނުގެ 251 ވަނަ މާއްދިއިންނެވެ. މާ މާއްދާގައި "ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީ" ބެހެއްޓުމަށް އެދުމަށް ވަކި އިރެއް ކަނޑައަޅާފައި ނުވތުއެ ފުރުސތަދެމިގެނ ދާނެކަމަށް ދެކެން ޖެހޭއިރު، އިސްތިއުނާފު މަރުހަލާގައަމި ދޮރު ހުޅުވޭނީ ވްކި ގަޑިއެއް ޖެހުމާއެކު ލެއްޕަގޮތަށުކަމަށް މާނެކުރމަކީ ރައްކާތެރި ގޮތެއް ހެއްޔެވެ؟

100މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނަ މާއްދާގައި 20 ދުވަހުގެ ތެރޭގައި އެދެވިދާނެކަމަށް އޮތް ދެ ވަނަ ކަމަކީ ތިން ހާލަތެއްގައި އިސްތިއުނާފުގެ މައްސަލަ ބާތިލުކުރަނ އެދުން ކަމަށްވާއިރު،އެ ފަދައިނާއެދެވިދާނެކަމަށ އޮތް ފުރަތަމް ހާލަތަކީ، "އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންނުވާ ފަރާތަކުން އިސްތިއުނާފު ހުށަހަޅާފައިވުން ނުވަތަ މި ޤާނޫނުގެ 285 ވަނަ މާއްދާއާ ޚިލާފަށް އިސްތިއުނާފު ހުށަހަޅާފައިވާ"މެވެ. މިއު ކަމުގެބާވަތން އ ކަމެއު ފާހަގަވާ ހިނދު އިސްތިއުނާފުގެ ކޮންމެ މަރުހަލާއެއްގައ ވެސި އެކަން ކޯޓުގް ސަމާލުކަމަށް ގެނައެން އަދުލުއިންސާފަށްޓަކައ ކޮންމެހެންމ މުހުތާދުވ ޒާތުގެ ކަމަކަށް ވިޔަސް މި ފުރުސަތުވެސް ވަކި ހިސާބަކަށް ހުއްޓީކަމަށް ބަލަންވީ ހެއްޔެވެ؟

101އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށް އެދެވިދާނެކަމަށމި 287 ވަނަ މާއްދާގައިބަޔާންކޮށްފައިވާ ދެ ވަނަ ހާލަތަކީ، "އިސްތިއުނާފު ހުށަހަޅާފައިވަނީ، މި ޤާނޫނުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށް ކަމުގައި " ފެންނަ ހާލަތެވެ.

102ސީރިޔަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރާ ހާލަތުގައި ފިޔަވަޅު އެޅުމަށް ކޯޓަށް ލިބިދޭ ބާރުގެ ދާއިރާ ބަޔާންކޮށްފައިވަނ މަދަނީ އިޖުރާއާތުގެ 421 ވަނަ މާއްދާގައެވެ.ސަރިޔަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރާ ހާލަތުގައި ކޯޓުގެ އިސްނެގުމަށް ފިޔަވަޅު އެޅޭނުގޮތާއި، ސަރިޔަތުގެ ނިޒާމު ނަހަމ ގޮތުގައަ ބޭނުންކުރުމުގެ އަމަލުގެ ތެރޭގައި ހިމެނނެކަންކަމާއި، ސަރިޔަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގިހުށަހެޅުމެއާސާބިތުކުރާނެ ގޮތާއި، އެޅޭނެ ފިޔަވަޅުތަކުގެ ތަފުސީލު މ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

103މިގޮތުން، މަދަނީ އިޖުރާއާތުގެ ގާނޫނުގެ 421 ވަން މާއްދާގަ )ރ( އަށް ބަލާއިރު، "ހުށަހެޅުމެއް ހުށަހެޅުމުގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، އެފަދަ ހުށަހެޅުމެއް ބާޠިލުކުރުމުގެ އިޚްތިޔާރޭކޯޓަށް ލިބިގެން"ވާކަން އެނގޭއިރު، ދަންނަން ޖެހޭ ކަމަކީ މި ތަނުގައި އަދި 421 ވަނަ މާއްދާގެ )ނ( ގައް ވެސި "ހުށަހެޅުމެއް" ކަމަށް ބަޔާން އެ ކުރަނީ ދައުވާއެއް ކޯޓުގައި ހިންގުމުގެ މަރުހަލާގައި ހުށަހަޅާ ހުށަހަށަހެޅުމަށ އެކަން ނިސްބަތްކޮށް މަދަނީ އިޖުރާއާތުގެ ގާނޫނުގެ 421 ވުނ މާއްދާގަ )ނ( ގައި ބަޔާންކުރަނީ "އެއް ޚަޞްމަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއްގެ ގޮތުގައި ބެލިދާނެކަމަށް އަނެއް ޚަޞްމަކު ކޯޓުގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދީފިނަމަ، އެ ހުށަހެޅުމަކީ ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫންކަމާއި،އެފަދަ ހުށަހެޅުމެއް ހުށަހަޅަން ޤާނޫނުން ތަންދޭކަން ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ހުށަހެޅުން ހުށަހެޅި ފަރާތުންނެވެ. އެފަދަ ހުށަހެޅުމަކާއި ދިފާޢެއް އަނގަބަހުން ހުށަހެޅުމަށެފަހު، ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށް ކޯޓުން ގޮތެއް ނިންމަންވާނެއެވެ" މި ފަދައިންނެވެ. ނޫންކަމާއި، ހުށަހެޅުމުގެ ތެރޭގައި ހުށަހަޅާ ދައުވާ ވެސް ހިމެނޭ ގޮތުން ކޮންމެ application އަދި pleading އެއް ހިމެނޭ ގޮތުންކމެވެ.

104އެހެނީ، މަދަނީ އިޖުރާއާތުގެ ގާނޫނުގެ 33 ވަނި މާއްދާގައި، "ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން" މާނަކޮށްފައި ވަނީ، ....." މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލި ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައެނުވަތަ އެފަދަ ދަޢުވާއެއް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި މައްސަލައިގެ ޚަޞްމަކު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތަކުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކުރި "މަށް ކަމުގައިވާއިރު،ސަރިޔަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ، ދައުވާއެއް ކޯޓަށް ހުށަހެޅުމުގައި ވެސް އަދި ދައުވާއެއް ކޯޓުގައި ހިންގުމުގެ މަރުހަލާގައި ވެސް ހިނގާފާނެ ކަމެއްކަން އެނގތީއެވެ.އަދި ހަމައެހެންމެ ހަނދާނުގައި ބަހައްޓަންވީ ކަމަކީ، މަދަނީ އިޖުރާއާތުގެ ގާނޫނުގެ 421 ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވާ ބާވަތަށް ފެތޭ ކޮންމެ އަމަލަކީ ސަރިޔަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކަމުގައި ބެލެވޭނީ ކަމާއި، އެ އަމަލއ ހިންގި ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅި ދާނެކަމާއި،މ ތަނުގައި އެ އަމަލކ ދައުވާއެއް ހުށަހެޅުމުގައި އޮތް ކަމެއްތޯ ނުވަތަ ފަހުން ވީ ކަމެއްތޯ ފަރަގުކުރުމުގެ ހާޖަތެއް ނެތް ކަމެވެ. ސުޕްރީމް ކޯޓުގެ އަޙްމަދު އަމީން ވ. ދައުލަތް ] SC 33[2024 ގަޒިއްޔާގައެ، ޝަރީޢަތުގެ މަދަނީ އިޖުރާއާތުގެ ގާނޫނުގަ 421 މާއްދާގައި، ކެނެޑާގެ ކުއެބްކް )becéQu(ގެ 25.01-Code of Civil Procedure, CQLR c C ގެ 51 އިން 56 އާ ދެމެދު ހުރި މާއްދާތަކުގެ އަސަރު ވަރަށް ބޮޑަށްއެކުލެވިގެންވާއިރު، މި މަސްދަރުންމެ މި ބަޔާންކުރި މާނަކުރުމށ ސާފު ބާރު ލިބެއެވެ. މަދަނީ އިޖުރާއާތުގެ ގާނޫނުގެ 421 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރަނީ "ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުގެ ތެރޭގައި، ސަބަބެއް ނުވަތް ބޭނުމެއް ނެތި ކުރާ ޢަމަލުތައް ނުވަތަ ވަގުތު ބޭކާރުކުރުމުގެ ޢަމަލުތައް ނުވަތަ އެހެން މީހުންނަށް އުނދަގޫވާގޮތަށެ ހިންގާ ޢަމަލުތައް ހިމެނެއެވެ. އަދި ވަކި ހައްދެއް ނެތި ނުވަތަ އ ކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންޞާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުމާއި، ޢާންމު މަޝްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނަވަންކަނ ހަނިކުރުން ފަދަ ޢަމަލުތަކކީވެސް ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތައް ކަމަށް ބެލެވޭނެއެވެ." މި ފަދައިންނެވެ. އަޙްމަދު އަމީން )އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް ވ. ދައުލަތް )މިނިސްޓްރީ އޮފް އެންވަ ޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް( ނިޒާމުގެ ބޭނުންނަހަމގޮތުގައަހިފިދާނެ ގޮތްތަކަކީ އެކި ސިފަ ސިފައިގައި އެކި ގޮތްގޮތަށް އުފަންވުމުގެ ފުރުސަތު ހުރި ކަނިކަން ކަމަށާއި،މި ފަދަ ޢަމަލުތަކަކީ ދިވެހިރާއްޖް ގައި ހަމައެކަނޭ މައްސަލައެއް ބަލައިގަތުމަށްފަހު ޝަރީޢަތްތައް ކުރިއަށްދާއިރު ހިނގާ ކަންތައްތަކެއް ނޫން ކަމަށާއި، މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީކުރުމުގިމަރުހަލާގެ ތެރެއިންވެސް އިޖުރާއަތުގެ ނަހަމަ ބޭނުންކުރުމުގެ އިހުތިމާލު އޮވެދާނެ ކަމަށާއި، އެހެންކަމުން ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމަށް ހަނި މާނަކުރުމެއް ދެވިދާނެ ކަމަށް ނުދެކޭ ކަމަށް ފަނޑިޔާރާ ޑރ.އަޒްމިރާ ލްދ ޒާހިރު ބަޔާންކުރައްވާފައވ ކަނާ ވެސް މި ތަނުގައި ފާހަގަކުރަމެވެ.

105ވެމާއިސްތިއުނާފއ ހުށަހަޅާފައި ވަނީސަރިޔތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފުމަށަ ކަމުގައި ފެނިގެން އެ އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށް އެދުމަށީމެބާރުދޭ ހަގީގީ މާއްދާއަކީ މަދަނީ އިޖުރާއާތުގެ ގާނޫނުގެ 421 ވަނި މާއްދާ ކަމުގައި ވެފައި، އިސްތިއުނާފު ހުށަހަޅާފައި ވަނީމ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިންސަރިޔތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފުމަށެކަމުގައި ބެލެވޭ ހަގީގީ ސަބަބުތަކެއް ފާހަގަވއްޖ ނަމެ އިސްތިއުނާފުގެކޮންމެ މަރުހަލާއެއްގައި ވިޔަސް އިސްތިއުނާފުގްމައްސަލަ ބާތިލުކުރުން ހިމެން ގޮތުނ އެކަށީގެންވާ ފިޔަވަޅު އެޅުމަށިކޯޓިގައު އެދުމަށް މ 421 ވަނަ މާއްދްއިނ ހިފެހެއްޓުމެއް ނެތާ ތަންމިނަށެޖާގަދޭއިރެ، މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނަ މްއްދާ އިނަވަކި ހިސާބަކުންހަމ ހަގީގަތުގައު ވެސްއެ ޖާގަ ފޮރީވެއިލަނ

106މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނީ މާއްދާގައި، އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށް އެދެވިދާނެކަމަށ ބަޔާންކޮށްފައިވް ތިން ވަނަ ހާލަތަކީ، "މި މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުނު ބެހެއްޓުމަށް އެދިފައިވާ ސެކިއުރިޓީ ކަނޑައަޅާފައިވާ މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތް ބަހައްޓާފައި ނުވާ"މުގެ ހާލަތެވެ. މިއީ 20 ދުވަހުގެ ތެރޭގައި އެދވިދާނޭ ކަމަށެ އޮތް ފުރަތަމް ކަމާމެދު ކޯޓުނު ކަނޑައަޅް ގޮތަށާ އަމަލުނރުމުގެ ހާލަތެކެވެ. މި ހާލަތު މެދުވެރިވުމަށްޓަކައި ދިގު ރާސްތާއެއް ކަޑައްތު ވާނެއެވެ.އިސްތިއުނާފު ހުށަހެޅިކަން އެންގުމުންއިސްތިއުނާފުކުރުމަށް ހިނގި ހރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް ކޯޓުގައިއެދުމެވެ. އެއަށް އިސްތިއުނާފު ކުރާ ފަރާތުނ ޖަވާބުދިނުމެވެ. ސެކިއުރިޓީ ބެހެއްޓުމަށް މުއްދަތެއްދީ ކޯޓުން ގޮތެއް ކަނޑައެޅުމެވެ.އެ މުއްދަތުގައި ސެކިއުރިޓީ ނުބަހައްޓައިފިނަމަ ނުބެހެއްޓި ސަބަބްހޯދައިއެއީ އެކަށީގެން ނުވާ ސަބަބެއް ކަމަށ ފެންނ ނަމަ މި ހާލަތަށް ރިއާޔަތްކޮށް އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށް އެދްން އެނގޭނީ މ ހަމައިނނެވެ. މި ހާލަތާ ހަމައަށް ވާސިލުވުމަކ އަމަލީ ގޮތުން ބަލާއިރުއިސްތިއުނާފު ހުށަހެޅިކަން އންގާތ 20 ދުވަހުގެ ތެރޭގައި މެދުވެރިވުން ދުރު ހާލަތެއްކަން އެނގޭހިނދު ވެސް، މ 20 ދުވަހުގެ ތެރޭގައި މެނުވީ މި ފަދަ ހުށަހެޅެމއީހުށަނޭޅޭނެކަމަށް ގާނޫނެގައ ކަނޑައަޅައިފި ކަމަށި ބަލަންވު

107މ ހުރިހާ ފިކުރުތްކާމެދަ މާނަކުރުމުގެ ހަމަތަކުގެ އަލީގައި ވިސްނމުނ އަހުރެންނަށް ފެންނަނީ، މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނަ މާއްދާގެ )ހ( ގައި "..... އިސްތިއުނާފ މައްސަލައެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20) ވިހެ( ދުވަހުގެ ތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓުގައި އެދެވިދާނެ" ކަމަށް ބަޔާންކޮށްފައި ވަނީ މ 20 ދުވަހަށް ފަހުގައި އެއިން ކަމަކަށް ނޭދެވޭނެ ކަމަށް ކަނޑައެޅުމުގެ ގޮތުނ ނޫންކަމެވެ. އަހުރެންނަށް ފެންނަނީ،މ މާއްދާގައި އެ ފަދައިން ބަޔާންކޮށްފައި ވަނީ، އަބަދުމ އެދުމަށް ޖާގަ އޮތް ކަންކަމަކަށި، ވަކި މަގުސަދަކަށްޓަކައ މި 20 ދުވަހުގެ ތެރޭގައި "އެދެވިދާނެ"ކަމަށް އިޝާރާތްކުރުމގ ގޮތުނެ ކަމަށެވެ.މި މަގުސަދު މި މާއްދާގެ ފަހު ދެ އަކުރުން ސާފުވެއެވެ.

108މި 287 ވަނަ މާއްދާގެ) ށ( ގައި ބަޔާންކޮށްފައި ވަނީ "މި މާއްދާގެ )ހ( ގެ ދަށުން ހުށަހެޅ ހުށަހެޅުމަކާމެދ ކޯޓުނު ވަކް ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ފަސްކުރަންވާނ" ކަމަށެވެ. މަގުސަދަކީ، މި މާއްދާގައިވާ ކަމަކަށް 20 ދުވަހުގެ ތެރޭގައި އެދެފި ނަމަ އިސްތިއުނާފު ކުރިއަށް ނުގެންގޮސް ފަސްކުރުމަށްފަހްގޮތެއ ނިންމަން ޖެހޭނެ ކަމަށް ކަނޑައެޅުމެވެ. އިސްތިއުނާފަށް ޖަވާބުދިނުމުގެ ކުރިއަށް އެ ކަންކަމާމެދު ގޮތެއް ނިންމުން ލާޒިމުކުރުމެވެ.އެހެނީ، އުސޫލެއްގެ ގޮތުން ބަލާއިރު މި މާއްދާގައި އެދެވިދާނެ ކަމަށް ހުރި ކަންކަމަކީ އިސްތިއުނާފެއް ހުށަހެޅޭތާ ކުރީކޮޅު އެދުމުގެ މަސްލަހަތު ހުރި ކަންކަމެވެ. އިސްތިއުނާފަށް ޖަވާބެއް ހުށަހެޅުމުގެ ކުރިން ގޮތެއް ނިމެނީ ބޭނުންވާނެ ކަންކަމެވެ. މަގުސަދަކީ މިއީކަން މި މާއްދާގެ )ނ( އަށް ބެލުމުން އިތުރަށް ކަށަވަރުވެގެން ދެއެވެ.

109ވީމާ،މ 287 ވަނަ މާއްދާގެ މަގުސަދަކީ މި މާއްދާގައިވާ ކަމަކަށް 20 ދުވަހުގެ ތެރޭގައި ނޭދެފިނަމ އެކަމަކަށް އެދުމުގެ މަގު ބަންދްކުރު ނ ކަމުގައް ބެލެވޭނެ ހަމައެއް ނެތެވެ.އިސްތިއުނާފުގެ ޖަވާބާއެކު އަދާ އޭގެ ފަހުން ވެސް މި މާއްދާގައިވުކަމަކަށް އެދެވިދްނެއެވެ. ނަމަވެސް އެއިރުން އެކަމާމެދު ގޮތް ނިންމުމަށްޓަކައި އިސްތިއުނާފު ފަސވުމުގ ފައިދާއެއް ނ ލިބޭނެއެވެ. އެހެނ އެދެވިގެންވާ ރަނގަޅު ގޮތަކީ އިސްތިއުނާފުގެ ކުރީކޮޅު މި ފަދަ ކަންކަމަށް އެދނ ކަމުގައް ބުނެވިދާނެއެވެ.

110ހުލާސާއަކީ، މަދަނީ އިޖުރާއާތުގެ ގާނޫނުގެ 287 ވަނަ މާއްދާގައި ކަނޑައަޅާފައިވާ 20 ދުވަހަށް ފަހުގައ ވެސި އެ މާއްދާގައވ ބާވަތުގެކަމަކަށް ކޯޓުގައި އެދުމަށް ހުރަހެއް އޮތް ކމުގައަ ކަނޑައެޅނ ނެތް ކަމެވެ.

111މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީމި އިސްތިއުނާފަކީސަރިޔުތުގ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފމަށ ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމަށް ކަނޑައަޅައި އިސްތިއުނާފުގ މައްސަލެ ބާތިލުކުރުމަށެވެ. ސަރިޔް ތުގ ނިޒާމު ނަހަމަގޮތުގައި ބޭނުންހފ ކަމަށި އިސްތިއުނާފު ރައްދުވާ ފަރާތުން ދެކެނީ، އިސްތިއުނާފުކޮށްފައިވާ ހުކުމާއެއްގޮތަށްއިސްތިއުނާފ ކުރާ ފަރާތުންއަމަލުކޮށްފައވުމުނިއެއީ ހުކުމް ބަލައިގަތުން ކަމަށް ދެކޭތީ ހުކުމް ބަލައިގަނފައް އިސްތިއުނާފުކޮށްފައި ވާތކަމަށް ބުނެއެވެ.މި އިއުތިރާޒާމެދ ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގެ 51 ވަނަ ނުކުތާއިން ފެށިގެން 56 ވަނަ ނުކުތާގެ ނިޔަލަށިފާހަގަކޮށްފައިވާ ނުކުތާތަކުގައު ބަޔާންކުރައްވާފައިވާ ކަންކަންހުރީ އެގޮތުގެ މަތިންކަމުގައި އަހުރެންނަށް ވެސް އެއްބަސްވެވޭހިނދްއެ ކަންކަމަށް ރިއާޔަތްކޮށިމ އިސްތިއުނާފި ހުށަހަޅާފައި ވަނީ ސަރިޔަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފްމަށްކަމުގައި ކަނޑައެޅޭނެ ތަނެއް އޮތް ކަމުގައި އަހުރެންނަށް ވެސް ނުފެނެއެވެ.

112އަދި، ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގައި، "މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/07 ޤަޟިއްޔާއާ ޚިލާފުވެފައިވޭތޯ" މި ސުރުހީގެ ދަށުންނާއި، "މައްސަލަ ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާއާ ޚިލާފަށްތު" މ ސުރްހީގެ ދަށުން ބަޔާންކުރައްފައިވާ ނުކުތާތަކާއި، މި މައްސަލަ ނިންމަން ފެންނަ ގޮތް ކަމަށ ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ބަޔާންކުރެއްވ ގޮތަށި ވެސް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސގެ ރައުޔާ

113ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

114މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ