ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/38

ޙުސައިން އިބްރާހީމްފުޅު ވ. ޢަބްދުﷲ ރަޝީދު

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 5 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 5 ނޮވެމްބަރު 2026ދަށު ކޯޓު: ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު 10/C15C/2022ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު 10/C15C/2022
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ހިނގާފައިވާކަމަށާއި، ދަޢުވާގައި އެދުނު ފައިސާ ދަޢުވާ ލިބޭ ފަރާތުން ދޭންޖެހޭކަމަށް ކަނޑައަޅައި، ކޯޓުން ކަނޑައެޅި ތާވަލާ އެއްގޮތަށް ފައިސާ ދެއްކުމަށް މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރި.
ވާޤިޢާ
ދަރަންޏަށް (ކްރެޑިޓަށް) އެކިފަހަރު މަތިން ނަގާފައިވާ ޕެޓްރޯލްގެ އަގު ހޯދުމަށް އެދި ވިއްކި ފަރާތުން މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ކުރި. ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހަމައެކަނި ހެއްކަކީ އަތުން ލިޔެފައިވާ ވިކުރާ ފޮތެއްގެ ގަނޑުތަކުގެ ކޮޕީ އެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަރަންޏަށް ވިއްކި މުދަލުގެ އަގު ހޯދުމުގެ ދަޢުވާއެއްގައި، ދަޢުވާކުރާ ފަރާތުގެ އަމިއްލަ ހިސާބު ފޮތުގެ ގަނޑުތަކަކީ ދަޢުވާ ލިބޭ ފަރާތުން ދައްކަންޖެހޭ ވަކި އަދަދު މަދަނީ މިންގަނޑުން ސާބިތުކުރުމަށް ފުދޭ ހެއްކެއްތޯ، އަދި ދަށު ކޯޓުން އިޖުރާއީ ނުކުތާއާމެދު ގޮތެއް ނިންމާފައި ނުވާކަމަށް ބުނާ ބުނުމުން ޙުކުމް ބާޠިލުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހެކި ވަޒަންކުރުމެއްނެތި ހަމައެކަނި ދަޢުވާކުރާ ފަރާތުގެ ބަހަށް ޙުކުމްކުރީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އިޖުރާއީ ނުކުތާއާމެދު ގޮތެއް ނުނިންމާ ޙުކުމްކުރީ ކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނި. ވިޔަފާރި ކުރަމުން އައީ ޕީ.އޯ ނުވަތަ ބިލް ނުހަދައި ކްރެޑިޓަށް ކަމަށާއި ދަށު ކޯޓުން ނިންމީ ރަނގަޅަށް ކަމަށް އިސްތިއުނާފު ރައްދުވި ފަރާތުން ބުނި.
ކޯޓުގެ ސަބަބުތައް
ދަށު ކޯޓުން އިޖުރާއީ ނުކުތާއާމެދު ގޮތެއް ނިންމިކަން ރެކޯޑުން އެނގޭ. ލިޔުމެއް ނުވަތަ ޕީ.އޯ ނެތުމަކީ މުޢާމަލާތް ނުހިނގާކަމުގެ ދަލީލެއް ނޫން ނަމަވެސް، ވަކި އަދަދު ސާބިތުކުރުމުގެ ބުރަ ދަޢުވާކުރާ ފަރާތުގައި އޮވޭ؛ އަނެއް ފަރާތުގެ ސޮޔެއް ނުވަތަ އިޢުތިރާފެއް ނެތް، ތާއީދުކުރާ ޤަރީނާއެއް ނުވަތަ ޝަފަވީ ހެއްކެއް ނެތް އަމިއްލަ ހިސާބު ފޮތަކުން، ހިސާބުތަކުގައި ފުށުއެރުން ހުރުމާއެކު، އަދަދު ބެލެންސް އޮފް ޕްރޮބަބިލިޓީސް އިން ސާބިތު ނުވާތީ ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރި.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހުށަހެޅޭ އިޖުރާއީ ނުކުތާތަކާމެދު ވަކިން ލިޔުމުން ނިންމުމެއް ނިންމުމަކީ އިޖުރާއީގޮތުން އެންމެ ފުރިހަމަ ގޮތެވެ. ނަމަވެސް، މައްސަލަ ހިނގަމުންދާއިރު ދިމާވާ ކުދިކުދި އިޖުރާއީ މައްސަލަތައް މަޙްޟަރުގައި ރެކޯޑުކޮށްގެން ކުރިއަށް ގެންދިއުމަކީ ދަށު ކޯޓުތަކުގައި ހިނގާކަމެއް ކަމުގައިވާތީ، މައްސަލަ މައުޟޫޢީ ގޮތުން ނިމިފައިވާއިރު، އެ ސަބަބާހުރެ ދަށު ކޯޓުގެ ނިންމުން ބާޠިލުކުރެވިދާނެ ކަމަށް ނުދެކެމެވެ.

HN2 މުދަލެއް ވިއްކައިގެން ނުވަތަ ކުއްޔަށްދީގެން ފައިދާ ހޯދުމުގެ މަޤްޞަދުގައި މުދާ ގަތުން "ކޮމަރޝަލް ލޯ" ގައި ބެލެވެނީ ވިޔަފާރީގެ މުޢާމަލާތެއް ކަމުގައެވެ.

HN3 ޤާނޫނުގައިވާ ގޮތުގެ މަތިން ބޭންކު މުޢާމަލާތެއްގެ ގޮތުގައި ޢަޤުދު ކުރެވޭ ލޯނު ފިޔަވައި، ވިޔަފާރިއެއްގެ ގޮތުގައި ފަހުން އަދާކުރާގޮތަށް ދޫކުރެވޭ ފައިސާގެ އެހެން މުޢާމަލާތްތަކީ، ޤާނޫނުގައި އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ލިޔެފައިވާ ޢަޤުދެއްގައި އޮންނަންޖެހޭ މުޢާމަލާތެއް ނޫނެވެ. ދެ ފަރާތުގެ ދެމެދުގައި ރަސްމީ ކޮންޓްރެކްޓެއް ލިޔެފައި ނެތުމަކީ ނުވަތަ ޕަރޗޭސް އޯޑަރެއް ނެތުމަކީ، މުޢާމަލާތް ނުހިނގާކަމުގެ ދަލީލެއް ނޫނެވެ.

HN4 ލިޔެފައިވާ ކޮންޓްރެކްޓެއް އޮތުން ލާޒިމުނުވި ނަމަވެސް، އެ މުޢާމަލާތުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ވަކި އަދަދަކާމެދު ޚިލާފު އުފެދިއްޖެނަމަ، އެ އަދަދެއް ޘާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އޮންނާނީ ދަޢުވާކުރާ ފަރާތަށެވެ. މަދަނީ ޚުޞޫމާތްތަކުގައި ޘާބިތުކުރުމުގެ ބުރަ އުފުލުމަކީ ޢާންމު އުޞޫލެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

HN5 ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅިގެން ޤަވާއިދުން ބަލަހައްޓާ ހިސާބު ފޮތްތަކާއި ލިޔުންތަކަކީ، ހެއްކާބެހޭ ޤާނޫނުގެ ދަށުންނާއި ވިޔަފާރީގެ ޢުރުފުގެ މަތިން، ގުޅުންހުރިނަމަ، ޝަރީޢަތަށް ހުށަހަޅައި ބަލައިގަނެވޭނެ އެއްޗެކެވެ. މިފަދަ ވިޔަފާރީގެ ރެކޯޑުތަކަކީ ޢާންމު އުޞޫލެއްގެ ގޮތުން ހެއްކާބެހޭ ޤާނޫނުގައިވާ ވިޔަފާރީގެ ލިޔުންތަކުގެ އިސްތިޘްނާ (Business Records Exception to Hearsay) ގެ ދަށުން ޝަރީޢަތުން ބަލައިގަނެ، އޭގެ ޒާތުގައި އެކަށީގެންވާ ބުރަދަނެއް ދެވޭނެ އެއްޗެކެވެ.

HN6 ޚަޞްމެއްގެ އަމިއްލަ މަންފާއަށްޓަކައި އަމިއްލަ އިޚްތިޔާރާ އެއްގޮތަށް، އަނެއް ފަރާތުގެ ބަހެއް ނެތި، ތައްޔާރުކުރާ (Self-serving Documents) ހަމައެކަނި ލިޔުމަކީ، ވުޖޫދުގައިވާ މުޢާމަލާތެއްގެ އަދަދު ސާބިތުކޮށްދިނުމަށް އެކަށީގެންވާ ފުރިހަމަ ޙުއްޖަތެއް ކަމަށް ޤާނޫނީ ގޮތުން ނުބެލެވޭނެއެވެ. ހިސާބު ފޮތްތަކުގައިވާ ލިޔުންތަކުގެ މައްޗަށް އެކަނި ބިނާކޮށް އެއްވެސް ފަރާތެއްގެ މައްޗަށް ޒިންމާއެއް ކަނޑަނޭޅޭނެއެވެ. ނަމަވެސް، ޒިންމާ އުފުލަންޖެހޭ ފަރާތުން އެ ހިސާބު ފޮތްތަކުގެ ޞައްޙަކަން ޤަބޫލުކޮށް، އެކަމަށް އިންކާރުނުކުރާ ޙާލަތެއްގައި މި އުޞޫލު ތަފާތުވާނެއެވެ.

HN7 އަމިއްލަ ހިސާބު ފޮތްތަކަކީ މުސްތަޤިއްލު ކިތާބީ ދަލީލެއް ނޫނެވެ. އެފަދަ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުން ދަރަންޏެއް ސާބިތުކުރުމަށްޓަކައި ޑެލިވަރީ ނޯޓު، އިންވޮއިސް، ނުވަތަ އެ ހިސާބުތައް ބެލެހެއްޓި ނުވަތަ މުޢާމަލާތް ހިންގި މުވައްޒަފެއްގެ ޝަފަވީ ހެކިބަސް ފަދަ މިނިވަން ޤަރީނާތަކުގެ ތާއީދު ލިބެންވާނެއެވެ. ޤާނޫނީ ގޮތުން، އަނެއް ފަރާތުގެ ސޮޔެއް ނުވަތަ އިޢުތިރާފެއް ނެތް ލިޔުމަކީ މުސްތަޤިއްލުކޮށް ދަރަންޏެއް ސާބިތުކުރެވޭނެ ފުރިހަމަ ޙުއްޖަތެއް ނޫނެވެ.

HN8 ދަޢުވާގައި އެދިފައިވާ ފައިސާގެ އަދަދު މަދަނީ މިންގަނޑުކަމަށްވާ 'ބެލެންސް އޮފް ޕްރޮބަބިލިޓީސް' އިން ސާބިތުކޮށްދެވިފައި ނުވާއިރު، ދަށު ކޯޓުން އަދަދު ސާބިތު ކުރުމުގައި ހެދިފައިވާ ގޯސްތަކަކީ، އިސްތިއުނާފީ ކޯޓުން ދަށު ކޯޓުގެ ނިންމުން ބާޠިލްކުރެވިދާނެ ފަދަ އިސްތިސްނާ ޙާލަތެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
މުޙައްމަދު ވަޙީދު
ބެންޗު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/C15C/2022 ޤަޟިއްޔާ އިސްތިއުނާފު ކޮށް ޙުސައިން އިބްރާހީމްފުޅު (މީގެ ފަހުން " ޙުސައިން އިބްރާހީމްފުޅު" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޢަބްދުﷲ ރަޝީދު (މީގެ ފަހުން " ޢަބްދުﷲ ރަޝީދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. ދަށުކޯޓުގެ މަރުހަލާ:

3ފަހުން ފައިސާދޭގޮތަށް ޢަބްދު ﷲ ރަޝީދުގެ އަތުން އެކި ފަހަރުމަތިން (ކްރެޑިޓަށް) ނަގާފައިވާ ޕެޓްރޯލްގެ އަގަށްވާ -/103,000ރ. (އެއްލައްކަ ތިންހާސް ރުފިޔާ) ލިބިފައި ނުވާތީ އެފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ޙުސައިން އިބްރާހީމްފުޅުގެ މައްޗަށް ރައްދުވާ ގޮތަށް ޢަބްދު ﷲ ރަޝީދުގެ ފަރާތުން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

4ނަމަވެސް މިދައުވާއަކީ އެފަރާތުގެ މައްޗަށް ރައްދުކޮށްގެން ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫންކަމަށް ދެކޭތީ، އިޖުރާއީ އިއުތިރާޟެއ ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން ހުށަހެޅިއެވެ. އެގޮތުން، މި އިޖުރާއީ އިއުތިރާޟްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ހުށަހެޅިފައިވާ ދައުވާގެ ބާވަތަކީ، ވިޔަފާރީގެ ގަނެވިއްކުމާއިބެހޭ މުޢާމަލާތެއްގައި އުފެދިފައިވާ ޚުސޫމާތެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއްކަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […] ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […] އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމިއްލަ ބޭނުމަކަށް ގެންގުޅެފައިވާ ފޮތެއްގައިވާ ލިޔުމެއް މެނުވީ އިތުރު ހެއްކެއް ހުށަހެޅިފައިނުވާއިރު، މިހެކި އިސްތިއުނާފު ކުރާ ފަރާތާ ޤާނޫނީ ގޮތުން ގުޅޭ ގޮތެއް ދައުވާއިން އެނގެން ނެތުމުން، އެހެކީގެ މައްޗަށް މިދައުވާއަކީ އެފަރާތުގެ މައްޗަށް ހުށަހަޅައިގެން ކުރިއަށް ގެންދެވެން އޮތް ދައުވާއެއްކަމުގައި ނުދެކޭކަމަށެވެ.

5އެއަށްފަހު، ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުވާއަށް ޖަވާބުދާރީވަމުން، ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ހުށަހެޅިފައިވާ ޑޮކިއުމެންޓް ތަކުގައިހުރި އަދަދުތަކުގެ ސައްޙަކަން ޗެކްކުރަން ބޭނުންވާކަމަށާއި، ދޭންޖެހޭ ފައިސާއެއްނަމަ ދޭނެކަމަށާއި، ކްރެޑިޓަށް ނެގިނަމެ އޮންނާނީ ދައްކާފައިކަމަށާއި، އެހެންނަމަވެސް ނުދެއްކޭ އަދަދެއްވެސް އޮވެދާނެކަމަށާއި، މިހާބޮޑު އަދަދެއްގެ ފައިސާއެއް ދޭންޖެހިފައި ނޯންނާނެކަމަށެވެ.

6މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/C15C/2022 ޤަޟިއްޔާގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.

6.1. ދެފަރާތުގެ ދެމެދު 2018 އަދި 2019 ވަނަ އަހަރުގެ އެކި ދުވަސްމަތީން ކޮށްފައިވާ މިމުޢާމަލާތަކީ މިދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތެއްކަން؛

6.2. މުޢާމަލާތު ކޮށްފައިވާ ގޮތުގެ ތަފްސީލީ ލިޔުންތަކުގައިއޮތް އަދަދަކީ 103,750/-ރ. ކަމާއި، ދައުވާގައި އެދިފައިވަނީ -/103,000ރ. (އެއްލައްކަ ތިންހާސް ރުފިޔާ) ކަމުން، ފައިސާގެ އަދަދު ދިމާނުވެ، -750/ ރ. (ހަތްސަތޭކަ ފަންސާސް) ރުފިޔާގެ ތަފާތެއް އޮތްކަން؛

6.3. ފައިސާގެ އަދަދާއިމެދު ޚިޔާލު ތަފާތުވެފައިވާތީ، އެކަން ރަނގަޅު ކުރުމަށް ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް ޢަބްދުﷲ ރަޝީދު ބުނެފައިވާކަމަށާއި، ދަށު ކޯޓުގެ ރިޕޯޓުގެ ޕްރެގްރާފް 12 އބޙގެ ޕްރެގްރާފް 17 ނުދެއްކި އޮތްކަމަށް ޙުސައިން އިބްރާހީމްފުޅު ޤަބޫލުކުރާ އަދަދަކީ ކޮބައިކަން ޙުސައިން އިބްރާހީމްފުޅަށް ބުނެދެވިފައި ނުވާކަން؛

6.4. ފަހުން ފައިސާދޭ ގޮތަށް އެކިފަހަރު މަތިން ނަގާފައިވާ ޕެޓްރޯލްގެ އަގަށްވާ -103,000/ރ. (އެއްލައްކަ ތިންހާސް ރުފިޔާ) އަކީ ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން ޢަބްދުﷲ ރަޝީދަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅާ ކޯޓުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ފައިސާ ދެއްކުމަށް އަންގާ؛ މިފަދައިންނެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ ތަކާއި ދެފަރާތުގެ ވާހަކަ:

7މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/C15C/2022 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތތަކާމެދާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛

7.1. ފުރަތަމަ ނުކުތާއަކީ ؛ ޝަރީޢަތުން މައްސަލަ ނިންމުމުގައި ޝަރީޢަތް ހިންގުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (އ) ގެ (1) ނަންބަރުގައި ބަޔާންކުރާ ހެކިތައް ވަޒަންކުރުމެއް ނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

7.1.1. މިނުކުތާގެ ތަފްސީލުގައި ޙުސައިން އިބްރާހީމްފުޅު ފާހަގަކޮށްފައިވަނީ، ޢަބްދުﷲ ރަޝީދުގެ އުފަންދަރިއެއް އަމިއްލަ ގޮތުން ފޮތެއްގައި ނޯޓްކޮށްފައިވާ ހިސާބުތަކެއް ފިޔަވާ އިތުރު ކިތާބީ އަދި ޝަފަވީ ހެއްކެއްވެސް ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިނުވާއިރު، ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން ދައުވާއަށް އިންކާރުކުރުމުން އެއިންކާރަކީ އެއްވެސް ބުރަދަނެއް ހުރި ދަށު ކޯޓުގެ ރިޕޯޓުގެ ޕްރެގްރާފް 18 އބޙގެ ޙުކުމް އިންކާރެއްކަމަށް ޝަރީޢަތުން ނުބައްލަވާ ހަމައެކަނި ޢަބްދު ﷲ ރަޝީދުގެ ބަހަށް ޝަރީޢަތުން ޙުކުމް ކޮށްފައިވާކަމަށެވެ.

7.2. ދެވަނަ ނުކުތާއަކީ ؛ ޝަރީޢަތުން މައްސަލަ ނިންމުމުގައި ޝަރީޢަތް ހިންގުމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ޝަރީޢަތުން ހިފަހައްޓަން ޖެހޭ އުޞޫލު ހިފެހެއްޓުމަށް ނެތި ދައުވާ ލިބޭ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވަނިކޮށް އިޖުރާއީ ނުކުތާއެއް ގައި ޢަމަލުކުރަންޖެހޭ ޝަރުޢީ ހަމަ ނުހިފައްޓާ، ކަށަވަރުކޮށްދީފައިވާ އިންސާފުވެރިކަން ގެއްލިގެންދާ ގޮތަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

7.2.1. މިނުކުތާގެ ތަފްސީލުގައި ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އުޞޫލެއްގެ ގޮތުން އިޖުރާއީ ނުކުތާއަކީ މައްސަލައަށް ޖަވާބުދާރީވުމުގެ ކުރިން ދައުވާ ލިބޭ ފަރާތަށް ދައުވާއާއި ގުޅިގެން ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމަށް ލިބޭ ފުރުސަތެއް ކަމާއި އިޖުރާއީ ނުކުތާއެއް ދައުވާގައި ނަގައިފިނަމަ އެކަމާމެދު ޝަރީޢަތުން ގޮތެއް ނިންމަންޖެހޭކަމަށެވެ. ނަމަވެސް ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅުމުން އެނުކުތާއާއިމެދު ޝަރީޢަތުން ގޮތެއް ނުނިންމާ ކުއްލިގޮތަކަށް މައްސަލަ ސާބިތުވާކަމަށް ޙުކުމްކޮށްފައިވާކަމަށާއި، މިކަމުގެ ސަބަބުން ޙުސައިން އިބްރާހީމްފުޅަށް ދައުވާއަށް ޖަވާބުދާރީވުމަށް ލިބިދޭ ފުރުސަތާއި ދިފާއީ ހެކި ހުށަހަޅަން ލިބޭ ފުރުސަތާއި ހެކި ތައުނުކުރުމަށް ލިބޭ ފުރުސަތާއި އަދި ޚުލާސާ ބަޔާން ހުށަހަޅަން ލިބޭ ފުރުސަތު ޝަރީޢަތުން ބަންދުކޮށްފައިވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:

8އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ދައުވާގެ ޖަވާބުގައި ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވިޔަފާރި ކުރަމުން އައީ ޕީ.އޯ ނުވަތަ ބިލް ހަދައިގެން ނޫންކަމަށާއި، މައްސަލަ ދަށުކޯޓުގައި ހިންގާފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލާއެކު ކަމަށާއި، އާންމު ގޮތެއްގައި ވިޔަފާރި ކުރާ ގޮތަކީ، ލާރި ދައްކާފައި ތެޔޮ އަޅާދެނީ ކަމަށާއި، ކްރެޑިޓަށް ނަމަ ވަކި ދުވަހަކު ފައިސާ ދައްކާނެކަމަށް ބުނުމުން ކްރެޑިޓަށް ޖެހުމަށްފަހު ތެޔޮ ދޫކުރަނީކަމަށެވެ. އެގޮތުން މިމައްސަލައިގައި ޙުސައިން އިބްރާހީމްފުޅު ފައިސާ ނުދައްކާ މާބޮޑު އަދަދެއް އެރުމުން އެކަން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ފުރުސަތު ދެވުނު ކަމަށާއި، އަދި ކުޑަ އަދަދަކުން ދައްކާ ޚަލާސް ކުރާ ގޮތަށްވެސް ފުރުސަތު ދެވުނުކަމަށާއި، ނަމަވެސް އެކަމަށް ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން އެއްބާރުލުން ލިބިފައިނުވުމުން މައްސަލަ ޝަރީޢަތަށް ހުށަހެޅީކަމަށާއި، ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. އެދޭގޮތް :

9އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/C15C/2022 މައްސަލަ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅައިދީ މިޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދީ މައްސަލަ ނިންމައިދިނުމަށެވެ. އަދި، މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/C15C/2022 ޤަޟިއްޔާއާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް :

މައްސަލައިގެ ފެށުމާއި ޤާނޫނީ ޚު ސޫމާތްތައް

10މި މައްސަލައަކީ، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އެކި ދުވަސްމަތީން ޢަބްދުﷲ ރަޝީދުގެ އަތުން ކްރެޑިޓަށް ނަގާފައިވާ ކަމަށް ބުނާ ޕެޓްރޯލްގެ އަގަށްވާ ޖުމްލަ -103,000/ރ. (އެއްލައްކަ ޙުސައިން އިބްރާހީމްފުޅު ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާގެ ފޯމުގެ ނަންބަރު 9- "އެދޭގޮތް" ތިންހާސް) ރުފިޔާ ހޯދުމަށް އެދި ޢަބްދުﷲ ރަޝީދުގެ ފަރާތުން، ޙުސައިން އިބްރާހީމްފުޅުގެ މައްޗަށް ރައްދުވާގޮތަށް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައި، އެ ކޯޓުން ޙުސައިން އިބްރާހީމްފުޅު އާއި ދެކޮޅަށް ނިންމާފައިވާ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޙުސައިން އިބްރާހީމްފުޅު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ޤާނޫނީ ޚުސޫމާތެކެވެ.

11ދަށު ކޯޓު މަރުހަލާގައި ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން މައިގަނޑު ގޮތެއްގައި ދެ ކަމެއް ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ކަމަކަށް، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މިއީ އެ ފަރާތުގެ މައްޗަށް ސާބިތުކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ އިޖުރާއީ އިއުތިރާޟެއ ހުށަހަޅާފައިވެއެވެ. ދެވަނަ ކަމަކަށް، މައްސަލައިގެ ހުށަހެޅުނު ހެކިތަކުން، ދައުވާގައި އެދޭ ފައިސާގެ އަދަދު ސާބިތުނުވާކަމުގައި ފާހަގަކޮށްފައިވެއެވެ.

12މިއިސްތިއުނާފުގައި އުފެދިފައިވާ ޚުސޫމާތަކީ، ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޟާ މެދު ވަކި ގޮތެއް ކަނޑައެޅުމެއްނެތި، އަދި ހެކި ވަޒަންކުރުމުގެ ރަނގަޅު މިންގަނޑުތަކަށް ރިޢާޔަތްކުރުމެއްނެތި، ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފައިވޭތޯއެވެ. އިޖުރާއީ އިއުތިރާޟުތަކާމެދު ގޮތެއް ނިންމުމާއި، އިޖުރާއީ އަދުލުވެރިކަން

13ދަށު ކޯޓުގެ ރެކޯޑު (ޚާއްޞަކޮށް މަޙްޟަރު ނަންބަރު B3 ގެ 25 ގެ 337) އަށް ބަލާއިރު، ދަށު ކޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޟާ މެދު ގޮތެއް ނިންމާފައިވާކަން އެނގެން އޮވެއެވެ. އެގޮތުން، ދައުވާ ކުރިއަށް ނުގެންދެވޭނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށާއި، ސަބަބެއްގެ ގޮތުގައި ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން މުޢާމަލާތްތަކަށް މުޅިން އިންކާރުކޮށްފައި ނުވާކަމަށް ބަޔާންކޮށް ކޯޓުން އެ ނުކުތާ ބަލައިގަނެފައެއް ނުވެއެވެ.

ދަށުކޯޓުގެ ރިޕޯޓުގެ ޕްރެގްރާފް 14

14HN1ވީމާ، ދަށު ކޯޓުން އިޖުރާއީ އިއުތިރާޟާމެދު ގޮތެއް ނިންމާފައި ނުވާކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ބަހުޘަކީ މައްސަލައިގެ ރެކޯޑުތަކުން ތާއީދުލިބޭ ކަމަކަށް ނުވާތީ، އެ ސަބަބާހުރެ ދަށު ކޯޓުގެ ނިންމުން ބާޠިލުކުރެވޭނެ ޖާގައެއް ނެތެވެ.

15މިފަދަ އިން ހުށަހެޅޭ އިޖުރާއީ ނުކުތާތަކާމެދު ވަކިން ލިޔުމުން ނިންމުމެއް ނިންމުމަކީ އިޖުރާއީގޮތުން އެންމެ ފުރިހަމަ ގޮތެވެ. މިމައްސަލައިގެ ރެކޯޑުތަކަށް ބެލުމުން ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން އެފަދަ ނިންމުމެއް ލިޔުމުން ދިނުމަށް އެދިފައިވާކަން އެނގެން ނެތްކަމާއި، އަދި، މައްސަލަ ހިނގަމުންދާއިރު، ދިމާވާ ކުދިކުދި އިޖުރާއީ މައްސަލަތައް މަޙްޟަރުގައި ރެކޯޑުކޮށްގެން ކުރިއަށް ގެންދިއުމަކީ ދަށު ކޯޓުތަކުގައި ހިނގާކަމެއް ކަމުގައިވާތީ، މައްސަލަ މއ ޟޫއީ ގޮތުން ނިމިފައިވާ އިރު، އިޖުރާއީ ނުކުތާގެ ނިންމުމުގެ ސަބަބުން މައުޟޫއީ މައްސަލަ އަށް ކުރާ އަސަރު ދެން ހުރި އިސްތިއުނާފީ ބަހުޘްތަކުން ސާފުވާތީ، މި ސަބަބާހުރެ އެ ނިންމު މުމުގެ ސަބަބުން ދަށު ކޯޓުގެ ނިންމުން ބާޠިލުކުރެވިދާނެ ކަމަށް ނުދެކެމެވެ.

މުޢާމަލާތުގެ ބާ ވަތް ދެނެގަތުން

16އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ރަޝީދުގެ ފަރާތުން މި މުޢާމަލާތް ސިފަކޮށްފައިވަނީ، 2018 އާއި 2019 ވަނަ އަހަރުގެ އެކި ދުވަސްމަތީން އިތުބާރުގެ މައްޗަށް ބިނާކޮށް ދިގު މުއްދަތަކަށް ދަރަންޏަށް (ކްރެޑިޓަށް) ޕެޓްރޯލް ދޫކުރަމުން ދިޔަ ވިޔަފާރީގެ ގުޅުމެއްގެ ގޮތުގައެވެ. އެފަރާތުން ބަޔާންކުރާ ގޮތުގައި، މި މުޢާމަލާތްތައް ހިންގާފައިވަނީ ރަސްމީ ޕަރޗޭސް އޯޑަރު (PO) ނުވަތަ ބިލު ހަދައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، މުޢާމަލާތްތައް ރެކޯޑުކުރަމުން ދިޔައީ އެމީހުން ބަލަހައްޓަމުންދިޔަ އާދައިގެ ވިކުރާ ފޮތެއްގައެވެ. އެހެންކަމުން، ޢަބްދުﷲ ރަޝީދުގެ ނަޒަރުގައި މިއީ ފަހުން ފައިސާ ދައްކާ ގޮތަށް، ދަރަނި ޖަމާވަމުންގޮސް -103,000/ރ. (އެއްލައްކަ ތިންހާސް ރުފިޔާ) އަށް އެރި މެދުކެނޑުމެއްނެތި ހިނގަމުންދިޔަކްރެޑިޓް މުޢާމަލާތެކެވެ.

17އިސްތިއުނާފު ކުރާ ޙުސައިން އިބްރާހީމްފުޅު ގެ ފަރާތުން ބަޔާންކުރާ ގޮތުގައި، ޢާންމުކޮށް މުޢާމަލާތު ކުރަމުން އައިސްފައިވާ ގޮތަކީ، އެ ދުވަހު އަޅާ ޕެޓްރޯލަކަށް އަނެއް ދުވަހު ފައިސާ ދިނުމުން އަނެއްކާވެސް ޕެޓްރޯލް އަޅައިދެނީ ކަމަށެވެ. އަދި އެއްވެސް ޙާލަތެއްގައި މިއީ ކްރެޑިޓަށް ކުރަމުން އައި ވިޔަފާރިއެއް ނޫންކަމަށާއި، މުޢާމަލާތް އޮންނަ ގޮތަކީ ދަތުރު ނިންމާފައި އައިސްފައި އޭގެ ފައިސާ ދޭގޮތަށް ކަމަށާއި، އަދި އަނެއް ދަތުރަށް ދެވޭނީވެސް އެ ފައިސާ ދިނުމަށްފަހު ކަމުގައި އޭނާ ފާހަގަކުރެއެވެ. އެހެންކަމުން، އެއްވެސް ޙާލަތެއްގައި ފައިސާ ނުދައްކާ އެހާ ބޮޑު އަދަދެއްގެ ދަރަންޏެއް އޮތުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ .

18HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަ ސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ ފަދައިން، މުދަލެއް ވިއްކައިގެން ނުވަތަ ކުއްޔަށްދީގެން ފައިދާ ހޯދުމުގެ މަޤްޞަދުގައި މުދާ ގަތުން "ކޮމަރޝަލް ލޯ" ގައި ބެލެވެނީ ވިޔަފާރީގެ މުޢާމަލާތެއް ކަމުގައެވެ.

19މި މައްސަލައިގައި، ޕަރޗޭސް އޯޑަރ (PO) ފަދަ ލިޔުމެއް ނެތްކަމަށް ޙުސައިން އިބްރާހީމްފުޅުގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ކޮންމެ ވިޔަފާރީގެ މުޢާމަލާތަކަށް ރަސްމީ ޕަރޗޭސް އޯޑަރ ފޮނުވުމާއި، ޑެލިވަރީ ނޯޓު ހެދުމާއި، މުދާ ޙަވާލުކުރިކަމުގެ ރަސްމީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުމަކީ އަބަދުމެ ކުރެވޭ ކަމަކަށް ނުވެދާނެއެވެ.

20HN3ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅޭގޮތުން ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، "ޤާނޫނުގައިވާ ގޮތުގެ މަތިން ބޭންކު މުޢާމަލާތެއްގެ ގޮތުގައި ޢަޤުދު ކުރެވޭ ލޯނު ފިޔަވައި، ވިޔަފާރިއެއްގެ ގޮތުގައި ފަހުން އަދާކުރާގޮތަށް ދޫކުރެވޭ ފައިސާގެ، އެހެން މުޢާމަލާތްތަކީ އޭގެޒާތުގައި – ޤާނޫނުގައި އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު- ލިޔެފައިވާ ޢަޤުދެއްގައި އޮންނަންޖެހޭ މުޢާމަލާތަކަށް ވާން ހައިކޯޓުގެ މަޙްޟަރު ބަޔާން (12 މެއި 2025) ޞަފްޙާ 14 ނުޖެހޭ " ކަމަށެވެ. އަދި "އެއްބަސްވެ، ކޮށްފައިވާ ކޮންޓްރެކްޓަކީ އޭގެ ޒާތުގައި ވިޔަފާރީގެ ކޮންޓްރެކްޓެއްކަމަށް ވީހިނދު... ލިޔެފައިވާ މުސްތަނަދެއްގައި ނެތުމަކީ، އެ ދެފަރާތުން ރުހި އެއްބަސްވެފައިވާ 'ރިޟާއީ' ކޮންޓްރެކްޓެއް ނެތްކަމުގެ ދަލީލެއް ނޫން" ކަމަށެވެ. އެމައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ރަސްމީ ކޮންޓްރެކްޓެއް ނުވަތަ ޕަރޗޭސް އޯޑަރެއް ނެތުމަކީ، މުޢާމަލާތް ނުހިނގާކަމުގެ ދަލީލެއް ނޫން ކަމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން، މި މައްސަލައިގައިވެސް ދެ ފަރާތުގެ ދެމެދުގައި ރަސްމީ ކޮންޓްރެކްޓެއް ލިޔެފައި ނެތުމަކީ ނުވަތަ ޕަރޗޭސް އޯޑަރެއް ނެތުމަކީ، މުޢާމަލާތް ނުހިނގާކަމުގެ ދަލީލެއް ނޫނެވެ. ދަށުކޯޓު މަރުހަލާއިން ފެށިގެން ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު، މިދެފަރާތުގެ މެދުގައި ފަހުން ފައިސާދޭގޮތަށް ޕެޓްރޯލް ވިއްކުމުގެ މުޢާމަލާތެއް ހިނގާފައިވާކަމަށް ބުރަވެވެއެވެ.

21HN4ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް އޮތްކަމަށް ޤަބޫލުކުރެވުނު ނަމަވެސް، އެ މުޢާމަލާތުގެ ދަށުން ދައުވާ ލިބޭ މީހާ ދައްކަންޖެހޭ ވަކި އަދަދެއް ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދި ބުރަ ދައުވާކުރާ ފަރާތަށް އަބަދުމެ އޮންނާނެއެވެ. އަދި، މިމައްސަލައިގައި އޮތް މައިގަނޑު ޚުސޫމާތަކީ ވެސް މިއެވެ.

ހެކީގެ ބުރަދަނާއި ޘާބިތުކުރުމުގެ ބުރަ

22ލިޔެފައިވާ ކޮންޓްރެކްޓެއް އޮތުން ލާޒިމުނުވި ނަމަވެސް، އެ މުޢާމަލާތުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ވަކި އަދަދަކާމެދު ޚިލާފު އުފެދިއްޖެނަމަ، އެ އަދަދެއް ޘާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އޮންނާނީ ދައުވާކުރާ ފަރާތަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީތިރަށް 2009/SC-A/30 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތައް - (ބ) ފަސްވަނަ ކަމަކީ ގެ ނަންބަރު 4 2009/SC-A/30 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތައް - (ބ) ފަސްވަނަ ކަމަކީ ގެ ނަންބަރު 1 ރިސޯޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ގައި ކަނޑައަޅާފައިވަނީ، "މަދަނީ ޚުސޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ) އުފުލުމަކީ ޢާންމު އުޞޫލެއްގެ ގޮތުގައި ދައުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް" ކަމުގައެވެ.

23ހެކީގެ ފުރިހަމަކަމާމެދު، ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ: "ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ މަދަނީ ދައުވާ ޘާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެނމް ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ ހެކި (documentary evidence) ކަމާއި؛ ކިތާބީ ހެކީގެ ތެރޭގައި މައިގަނޑު ދެ ބާވަތެއްގެ މުސްތަނަދު ހިމެނޭކަމާއި، އެއީ ރަސްމީ މުސްތަނަދާއި ... 'ޢުރުފީ' ނުވަތަ އާދައިގެ މުސްތަނަދު ކަމާއި... 'ޢުރުފީ' ނުވަތަ އާދައިގެ މުސްތަނަދުން ޤާއިމުކުރެވޭ ޙުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ތައްޔާރުކޮށްފައިވާ މުސްތަނަދެއްކަމުގައި ޤާއިމުވާ ޙުއްޖަތާ، އަދި އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިއު ތަކަކީ އޭގެ އިދިކޮޅު ޘާބިތު ނުކޮށްދެވޭހާހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިއުތައް ކަމުގައި ޤާއިމުވާ ޙުއްޖަތްކަން...

އެނގެން އޮވެއެވެ."

24މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާ ގައި ކަނޑައަޅާ ފައިވަނީ އަންނަނިވި ފަދައިންނެވެ. "އެ ޚަޞްމެއްގެ މައްޗަށް ދަލީލު ޤާއިމުކުރަން ބޭނުންވާ ޚަޞްމުގެ އަމިއްލަ އަތުން ލިޔެފައިވާ، ޡާބިތުކުރަން ބޭނުންވާ މައްސަލައާއި ގުޅޭ ލިޔުމަކީ- ޡާބިތުކުރުމަށްޓަކާ އެކުލަވާލެވޭ ޚާއްޞަ މުސްތަނަދަކަށް ނުވާނަމަ- އޭގެ ޒާތުގައި ފުރިހަމަ ކިތާބީ ދަލީލެއް ނޫންކަމުގައި ވިއަސް، އެފަދަ ލިއުމަކުން ދައުވާގެ ޚަޞްމަކު ޡާބިތުކުރަން ބޭނުންވާ ކަމެއް ޡާބިތުވުމުގެ އިޙުތިމާލު އޮންނާތީ، އެފަދަ ފުރިހަމަނޫން ކިތާބީ ދަލީލަކީ ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން ފުރިހަމަ ކުރެވިދާނެ ދަލީލެއްކަން... އެނގެން އޮންނަކަމަވެ."

25މި މައްސަލައިގައި ޢަބްދުﷲ ރަޝީދުގެ ފަރާތުން ދައުވާ ސާބިތުކުރުމަށްޓަކައި ދަށު ކޯޓަށް ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ، އަތުން ލިޔެފައިވާ ވިކުރާ ނުވަތަ ހިސާބު ފޮތެއްގެ ގަނޑުތަކެއްގެ ކޮޕީއެވެ. ކޮމަރޝަލް ޤާނޫނާއި ވިޔަފާރީގެ ޢުރުފުގެ މަތިން ވިކުރާ ފޮތެއް ނުވަތަ Business Ledger އަކީ ވިޔަފާރިއެއްގެ ދުވަހީ މުޢާމަލާތްތަކާއި، މުދާ ވިއްކި ނުވަތަ ޚިދުމަތްދިން ގޮތާއި، ދަރަންޏާއި ފައިސާގެ ވިޔަފާރީގެ މަޢުލޫމާތު ޤަވާއިދުން ރެކޯޑުކޮށް ބަލަހައްޓާ އެތެރޭގެ މުސްތަނަދެކެވެ.

26HN5ޤާނޫނީ ހަމަތަކާއި ހެއްކާބެހޭ އުޞޫލުތަކުގެ ނަޒަރަކުން ބަލާއިރު، ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅިގެން ޤަވާއިދުން ބަލަހައްޓާ ހިސާބު ފޮތްތަކާއި ލިޔުންތަކަކީ، ހެއްކާބެހޭ ޤާނޫނު ގެ ދަށުންނާއި ވިޔަފާރީގެ ޢުރުފުގެ މަތިން، ގުޅުންހު ރިނަމަ، ޝަރީޢަތަށް ހުށަހަޅައި ބަލައިގަނެވޭނެ އެއްޗެ ކެވެ.

27މީގެ އިތުރުން، ވިޔަފާރީގެ މުޢާމަލާތްތަކުގައި ޢާންމުކޮށް ޤަވާއިދުން ބަލަހައްޓާ ހިސާބުތަކުގައި ހިމެނޭ މަޢުލޫމާތެއް ދުށް މީހަކު، އެ ހިސާބުތަކުން އެ އެއްޗެއް ދުށް ކަމަށް ކޯޓުގައި ބުނާ ބުނުމަކީ، އެ ހިސާބުތަކުގައި އޮތް އެއްޗެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށްޓަކައި ކޯޓަށް ހުށަހެޅިދާނެ ހެއްކެކެވެ. އަދި، މިފަދަ ވިޔަފާރީގެ ރެކޯޑުތަކަކީ ޢާންމު އުޞޫލެއްގެ ގޮތުން ހެއްކާބެހޭ ޤާނޫނުގައިވާ ވިޔަފާރީގެ ލިޔުންތަކުގެ އިސްތިޘްނާ to Hearsay) Records Exception (Business ގެ ދަށުން ޝަރީޢަތުން ބަލައިގަނެ، އޭގެ ޒާތުގައި އެކަށީގެންވާ ބުރަދަނެއް ދެވޭނެ އެއްޗެ ކެވެ.

28HN6އެހެންނަމަވެސް، ޚަޞްމެއްގެ އަމިއްލަ މަންފާއަށްޓަކައި އަމިއްލަ އިޚްތިޔާރާ އެއްގޮތަށް، އަނެއް ފަރާތުގެ ބަހެއް ނެތި، ތައްޔާރުކުރާ މިފަދަ )serving Documents-Self) ހަމައެކަނި ލިޔުމަކީ، ވުޖޫދުގައިވާ މުޢާމަލާތެއްގެ އަދަދު ސާބިތުކޮށްދިނުމަށް އެކަށީގެންވާ ފުރިހަމަ ޙުއްޖަތެއް ކަމަށް ޤާނޫނީ ގޮތުން ނުބެލެވޭނެއެވެ. އެހެންކަމުން،ހިސާބު ފޮތްތަކުގައިވާ ލިޔުންތަކުގެ މައްޗަށް އެކަނި ބިނާކޮށް އެއްވެސް ފަރާތެއްގެ މައްޗަށް ޒިންމާއެއް ކަނޑަނޭޅޭނެއެވެ. އެ ހިސާބު ފޮތްތަކުގައިވާ ފައިސާގެ އަދަދު ސާބިތުކޮށްދިނުމަށްޓަކައި އިތުރު ހެކި ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް، ޒިންމާ އުފުލަންޖެހޭ ފަރާތުން އެ ހިސާބު ފޮތްތަކުގެ ޞައްޙަކަން ޤަބޫލުކޮށް، އެކަމަށް އިންކާރުނުކުރާ ޙާލަތެއްގައި މިއުޞޫލު ތަފާތުވާނެއެވެ . ޤާނޫނު ނަންބަރު 11/2022 ޤާނޫނު ނަންބަރު 11/2022 ގެ 118 ވަނަ މާއްދާގެ (ޅ) Chandradhar Goswami & Ors vs The Gauhati Bank Ltd (AIR) 1967 SC 1058

29HN7މި އުޞޫލަށް ފުރިހަމައަށް ބާރު ލިބޭ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި އެކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ ހަމަތަކުން ދައްކައިދެނީ، އަމިއްލަ ހިސާބު ފޮތްތަކަކީ މުސްތަޤިއްލު ކިތާބީ ދަލީލެއް ނޫން ކަމާއި، އެފަދަ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުން ދަރަންޏެއް ސާބިތުކުރުމަށްޓަކައި ޑެލިވަރީ ނޯޓު، އިންވޮއިސް، ނުވަތަ އެ ހިސާބުތައް ބެލެހެއްޓި ނުވަތަ މުޢާމަލާތް ހިންގި މުވައްޒަފެއްގެ ޝަފަވީ ހެކިބަސް ފަދަ މިނިވަން ޤަރީނާތަކުގެ ތާއީދު ލިބެ ންވާނެކަމެވެ.

30މިމައްސަލައިގައި ހުށަހެޅުނު ހަމައެކަނި، ހެކި ކަމުގައިވާ ވިކުރާ ފޮތުގެ ގަނޑުތަކުގެ، ބައްޓަމަށާއި އެކުލެވިގެންވާ ބައިތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، އެއީ ރަސްމީ ސިފައެއް ނެތް، އާދައިގެ ރޮނގުދެމި ފޮތެއްގައި އަތުން ކުރަހައިގެން ތައްޔާރުކޮށްފައިވާ ވިޔަފާރީގެ އެތެރޭގެ ހިސާބުތަކެއްކަން ފާހަގަކުރެވެއެވެ.

31މި ލިޔުމުގެ ޤާނޫނީ ބުރަދަނަށް ބަލާއިރު، މި ފޮތުގެ ކޮލަމްތަކުން މުޅިންވެސް ފެންނަން ހުރީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ނުވަތަ ވިޔަފާރިވެރިޔާގެ އެތެރޭގެ އިންތިޒާމުތައް ހިނގާފައިވާ ގޮތްކަމާއި، ތެޔޮ އެޅީ ކާކުކަމާއި ފައިސާ ބަލައިގަތީ އޭނާގެ ކޮން މުވައްޒަފެއްކަން ލިޔެފައިވީ ނަމަވެސް، ދަރަނިވެރިޔާ ކަމަށް ބުނާ އިސްތިއުނާފު ކުރާ ފަރާތުން އެ މުޢާމަލާތްތަކަށް ނުވަތަ އެ އަދަދަށް އެއްބަސްވެ ސޮއިކޮށްފައިވާ ކަމުގެ އެއްވެސް ނިޝާނެއް މި ލިޔުމަކުން ފެންނާކަށް ނެތެވެ. ޤާނޫނީ ގޮތުން، އަނެއް ފަރާތުގެ ސޮޔެއް ނުވަތަ އިއުތިރާފެއް ނެތް ލިޔުމަކީ މުސްތަޤިއްލުކޮށް ދަރަންޏެއް ސާބިތުކުރެވޭނެ ފުރިހަމަ ޙުއްޖަތެއް ނޫނެވެ. މީގެއިތުރުން، މިއީ ވިޔަފާރިވެރިޔާ އޭނާގެ އަމިއްލަ ފައިދާއަށް އަމިއްލަ އަތުން ލިޔެ ބަލަހައްޓާފައިވާ އެއްފަރާތެއްގެ އަމިއްލަ ލިޔުމަކަށް ވާއިރު، މަދަނީ މިންގަނޑުން ބަލާއިރު ތިމާ އަމިއްލައަށް ފޮތެއްގައި އެއްލައްކަ ތިންހާސް ހަތްސަތޭކަ ފަންސާސް ރުފިޔާގެ ހިސާބެއް ލިޔެލުމަކީ، އެ އަދަދު އަނެއް ފަރާތުން ދޭންޖެހޭނެކަން ކޯޓަށް ޘާބިތުކޮށްދެވޭނެ ކަމެއް ނޫނެވެ.

32އަދި ހަމައެހެންމެ، އެ ފޮތުގައި ތެޔޮ އަޅައިދިނީ އަދި ފައިސާ ބަލައިގަތީ ކަމަށް ބުނާ ކޮލަމްތަކުގައި މުވައްޒަފުންނަށް ނިސްބަތްވާ އަކުރުތައް ލިޔެފައި ހުރި ނަމަވެސް، މި މުޢާމަލާތްތައް ހިންގިކަމަށް ބުނާ މީހުންގެ ހެކިބަސް ނެގުމަށް އެފަރާތްތައް ޝަރީޢަތަށް ޙާޟިރުކުރުމަށް އެދިފައި ނުވެއެވެ. އެހެންކަމުން، އެ ކޮލަމްތަކުގައި ލިޔެފައިވާ އަދަދުތަކަކީ ޙަޤީޤަތުގައިވެސް ހިނގާފައިވާ މުޢާމަލާތްތަކެއްކަން ކަށަވަރުކުރެވޭނެ ގޮތެއް ނުވަތަ އެ ލިޔުމަށް ބާރުދޭނެ އެހެން ޤަރީނާއެއް ދަށު ކޯޓަށް ހުށަހެޅިފައި ނެތެވެ.

33ވީމާ، މި ހަމައެކަނި ހެއްކަކީ، ރަށްފުށުގައި އާދައިގެ މަތިން ވިޔަފާރީގެ މުޢާމަލާތްތަކެއް ހިނގިކަން ދައްކައިދޭ ހެއްކެއް ކަމުގައި ވިޔަސް، އިސްތިއުނާފު ކުރާ ފަރާތުން ދައްކަންޖެހޭ ފައިސާގެ ސީދާ އަދަދު މަދަނީ މިންގަނޑުން ނުވަތަ ބެލެންސް އޮފް ޕްރޮބަބިލިޓީސްގެ މައްޗަށް ބިނާކޮށް ސާބިތުކޮށްދެވޭ ވަރުގެ ބުރަދަނެއް ހުރި ލިޔުމެއް ނޫންކަމަށް ދެކެމެވެ. އަދި މިއީ ހުށަހެޅުނު ހަމައެކަނި ހެކިކަމުގައި ވުމުގެ އިތުރުން، މިމުޢާމަލާތާއި ގުޅިގެން އަންނަނި ވި ކަންކަން ފާހަގަކުރެވެއެވެ.

33.1. އ ދަދުތަކުގައި ހުރި ފުށުއެރުން: މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓުގައި ހޯދަން އެދިފައިވާ ފައިސާގެ އަދަދާއި، ދަށު ކޯޓުން އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ދައްކަން ޙުކުމްކޮށްފައިވާ ފައިސާގެ އަދަދު ދިމާނުވެއެވެ.. މިއީ އިސްތިއުނާފު ކުރާ ފަރާތުން ބުނާ ވަކި އަދަދު ބޮޑަށް ބުރަވެވޭ މިންވަރަށް ސާބިތުވެފައިނުވާކަން ހާމަކޮށްދޭ ދަލީލެވެ.

33.2. ހިސާބުތަކުގެ ޞައްޙަކަމާމެދު އުފެދޭ ސުވާލު: އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފުވިގޮތަށް، އޭނާ ޙައްޖަށް ދިޔަ ދުވަސްވަރު ވިޔަފާރި ބެލެހެއްޓި ކުއްޖާގެ ފަރުވާކުޑަކަމުން ކްރެޑިޓަށް ފައިސާ ދޫކުރުމުގައި ފައިސާ ދެއްކުން ވަރަށް ބޮޑަށް ދަށުކޯޓުގެ ރިޕޯޓުގެ ޕްރެގްރާފް 17 ޑިލޭވަމުންގޮސްފައިވާކަން އެފަރާތުގެ ބަހުން އެނގެން އޮވެއެވެ. މިއީ އެ ފޮތުގައިވާ އަދަދުތަކަކީ ޞައްޙަ އ ދަދުތަކެއްކަން ކަށަވަރުކުރުމަށް ހުރަސްއެޅޭ ކަންކަމެވެ.

33.3. ޝަފަވީ ހެކި ނެތުން: މިފަދަ ފުރިހަމަނޫން ކިތާބީ ހެއްކެއް ފުރިހަމަކުރުމަށްޓަކައި، ދަށު ކޯޓުގެ މަރުހަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ޝަފަވީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. (މިސާލަކަށް ފޮތުގައި ނަންލިޔެފައިވާ "ވިޝާލް" ފަދަ ފަރާތްތަކުގެ ހެކިބަސް ހޯދާފައެއް ނުވެއެވެ).

34HN8ވީމާ، މުޢާމަލާތްތަކެއް ހިނގާފައިވީނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ފައިސާގެ އަދަދު، މަދަނީ މިންގަނޑުކަމަށްވާ 'ބެލެންސް އޮފް ޕްރޮބަބިލިޓީސް' އިން ސާބިތުކޮށްދެވިފައި ވާ ކަމުގައި ނުދެކެމެވެ. އަދި ދަށު ކޯޓުން މިއަދަދު ސާބިތު ކުރުމުގައި ހެދިފައިވާ ގޯސްތަކަށް ބަލާއިރު މިއީ މިކޯޓުނ ދަށު ކޯޓުގެ ނިންމުން ބާޠިލްކުރެވިދާނެ ފަދަ، ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބަޔާންކުރާ ފަދަ އިސްތިސްނާ ޙާލަތެއް ކަމުގައި ދެކެމެވެ.

ނިންމަން ފެންނަ ގޮތް

35މަތީގައިވާ ނުކުތާތަކާއި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިޤްރާރުވެފައިވާ ޤަޟިއްޔާތަކަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ކުރާ ފަރާތުން ދައްކަންޖެހޭކަމަށް ބުނާ ފައިސާގެ އަދަދު މަދަނީ މިންގަނޑުން ސާބިތުކުރުމަށް ބޭނުންވާ ޤާނޫނީ ހެކި އިސްތިއުނާފު ރައްދުވާ ފަރާތަށް ހުށަހަޅައިދެވިފައި ނުވާތީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/C15C/2022 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

36ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު އިސްމާޢީލް ޝަފީޢު ގެ ރައުޔު

37ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

38މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްމައްސަލައިސްތިއުނާފުކުރުމަށްހުށަހެޅޭނީދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/C15C/2022 ޤަޟިއްޔާގެ ނިންމުން ބާޠިލްކުރަންޖެހޭކަމަށް ކަނޑައަޅައި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ފަނޑިޔާރު ޙަސަން ޝަފީޢު

ފަނޑިޔާރު އިސްމާޢީލް ޝަފީޢު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު)
  • ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 118 ވަނަ މާއްދާގެ (ޅ)
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (އ) ގެ (1)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
  • 2009/SC-A/30
  • 2013/SC-A/23
  • 2010/SC-A/02
  • 2018/SC-A/49
  • Chandradhar Goswami & Ors vs The Gauhati Bank Ltd AIR 1967 SC 1058

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ