އިންސައިޑް ޕްލަސް ޕްރައިވެޓް ލިމިޓެޑް ވ. އާރކް އެން ސިއެލް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 472-CVC-2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ނުދައްކާ ހުރި މަސައްކަތުގެ އަގާއި ގެއްލުމުގެ ބަދަލާއި ޝަރީޢަތުގެ ޚަރަދަށް އެދޭ ދަޢުވާއެއްގައި ފޯމު 26 (ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދޭ ފޯމް) މެދުވެރިކޮށް ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނެތޯ ނުވަތަ ކޯޓު އަމުރަށް އެދޭ ފޯމުން އެދެންޖެހޭތޯ. އަދި ސަބަބު ބަޔާންނުކޮށް ނިންމުމާއި، ކުރީގެ ނިންމުންތަކާ ޚިލާފަށް ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ނިންމުން ބާޠިލުކޮށް، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދުނު ފޯމާމެދު 117 ވަނަ މާއްދާގެ ތަރަހައިން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21، 111، 112 އަދި 115 ވަނަ މާއްދާގެ ދަށުން، ދަޢުވާލިބޭ ފަރާތް ދަޢުވާއާ ޙަވާލުވުމަށްފަހު ކަނޑައަޅާފައިވާ މުއްދަތުގައި ޙަވާލުވިކަމުގެ ލިޔުމެއް ނުވަތަ ދިފާޢެއް ހުށަނާޅައިފިނަމަ، ޝަރީޢަތެއް ހިންގުމަކާނުލައި އަދި އިތުރު ނޯޓިހަކާނުލައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވިދާނެއެވެ.
HN2 ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދެވެނީ ދެ ގޮތަކަށެވެ: (1) 117 ވަނަ މާއްދާގެ (ހ) ގައިވާ ދަޢުވާތަކުގައި (ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާ، ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާ، މުދަލުގެ އަގު ދެއްކުމުގެ އިޚްތިޔާރު ދީފައިވާ މުދާ ފޯރުކޮށްދިނުމުގެ ދަޢުވާ، އަދި މީގެ ތެރެއިން އެއަށްވުރެ ގިނަ ފަރުވާ ހިމެނޭ ދަޢުވާ) ޚާއްޞަ ފޯމު (ސިވިލް ކޯޓުގައި ފޯމު 26) މެދުވެރިކޮށް؛ (2) އެނޫން ފަރުވާއަކަށް އެދޭ ދަޢުވާތަކާއި 122 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި، 21 ވަނަ ބާބު 'ކޯޓު އަމުރު' ގެ ދަށުން (ސިވިލް ކޯޓުގައި ފޯމު 31) މެދުވެރިކޮށެވެ. މި ދެ ގޮތުގައި ފޯމާއި ކޯޓުން ޢަމަލުކުރަންޖެހޭ ގޮތް ތަފާތެވެ.
HN3 118 ވަނަ މާއްދާގެ ދަށުން، ކަނޑައެޅިފައިވާ އަދަދެއްގެ ދަޢުވާއެއްގައި ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ ދައްކައި ޚަލާޞްނުކުރާ އަދަދާއި ޝަރީޢަތުގެ ޚަރަދު، ހުށަހެޅުމުގައިވާ ތާރީޚުގައި ނުވަތަ ރޭޓުގައި، އެއް ނެތްނަމަ ވަގުތުން ދެއްކުމަށް ކުރާ ޙުކުމެވެ. އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ދަޢުވާއެއްގައި އަދަދާއި ޝަރީޢަތުގެ ޚަރަދު ކަނޑައަޅާނީ ކޯޓުންނެވެ. ކޯޓު އަމުރުގެ ދަށުން އެދޭ ޙާލަތުގައި 123 ވަނަ މާއްދާގެ ދަށުން ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށް ޙުކުމްކުރެއެވެ.
HN4 'ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާ' (specified amount of money) އަކީ ހަމައެކަނި ދަރަންޏަށް ޚާއްޞަ ކަމެއް ނޫނެވެ؛ ދަޢުވާކުރާ ފަރާތުން ދަޢުވާގައި ވަކި އަދަދެއް ޖަހާފައިވާނަމަ، ވަކިވަކިން ތަފްޞީލުކޮށް ބަޔާންކުރާ ގެއްލުމުގެ ބަދަލުގެ ޖުމްލަ ހިމެނޭ ގޮތަށް، އެއީ މި ބާވަތުގެ ދަޢުވާއެއް ކަމުގައި ބެލިދާނެއެވެ. ދަރަނި، ކޮންޓްރެކްޓުގައި ކަނޑައެޅިފައިވާ އަދަދު، ވިއްކި މުދަލުގެ އަގު، އިންވޮއިސް، ލޯނު ނުވަތަ އޯވަރޑްރާފްޓްގެ ފައިސާ، ކުލި، އެއްބަސްވުމުގައި ކަނޑައެޅިފައިވާ އިންޓަރެސްޓް، ޤާނޫނުން ކަނޑައަޅާ ފައިސާ ނުވަތަ ޖޫރިމަނާ މީގެ ތެރޭގައި ހިމެނެއެވެ.
HN5 ކަނޑައެޅިފައިވާ އަދަދެއްގެ ދަޢުވާއެއްގައި ޣައިރު ޙާޟިރުގައި ޙުކުމްކުރާ ތާރީޚާ ހަމައަށް އިންޓަރެސްޓް ދެއްކުމަށް އެންގޭނީ، ދަޢުވާގެ ތަފްޞީލުގައި 92 ވަނަ މާއްދާގެ ތަފްޞީލުތައް ހިމަނާ، އިންޓަރެސްޓް ރޭޓް 8% އަށްވުރެ މަތިނުވެ، ހިސާބުކުރި ގޮތް ބަޔާންކޮށްފައިވާނަމައެވެ. ފައިސާއަށް އެދޭ ދަޢުވާއެއްގައި 92 ވަނަ މާއްދާގެ ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ.
HN6 ސާފު ދަރަންޏެއްގެ ގޮތުގައި ނުބެލެވޭ ކޮންމެ ދަޢުވާއެއް (މައިގަނޑު ގޮތެއްގައި unliquidated damages) ފެތެނީ 'ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާ' ގެ ގިންތިއަށެވެ؛ ގެއްލުމުގެ ބަދަލަށް ބިނާވާ ދަޢުވާއެއްގައި ވަކި އަދަދެއް ބަޔާންކުރުމުން އެކަނި އެއީ ކަނޑައެޅިފައިވާ އަދަދެއްގެ ދަޢުވާއަކަށް ނުވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި މި ދެ ބާވަތަށްވެސް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދެވެނީ އެއް ފޯމަކުން ކަމާއި، liability އާއި އަދަދާމެދު އެކުއެކީގައި ގޮތެއް ކަނޑައެޅެއެވެ.
HN7 30 އަދި 270 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ޚަރަދަކީ ދަޢުވާ ކާމިޔާބުވި ފަރާތަށް ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޚަރަދެވެ. ފައިސާގެ ދެ ބާވަތުގެ ދަޢުވާގައިވެސް ޣައިރު ޙާޟިރުގައި ޙުކުމްކުރާއިރު ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެއެވެ؛ ނަމަވެސް 274 އަދި 275 ވަނަ މާއްދާގެ ދަށުން އެއީ ކޮށްފައިވާ ޚަރަދެއްކަން އެނގޭ، އެކަށީގެންވާ އަދަދަކަށް ވާންވާނެއެވެ.
HN8 ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ އިންސާފުވެރި ޝަރީޢަތުގެ ޙައްޤުގެ މައިގަނޑު އުންޞުރެކެވެ (2020/SC-A/100)؛ ސަބަބު ބަޔާންނުކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން ލިބޭ ކަމެކެވެ. ދަޢުވާއެއް 117 ވަނަ މާއްދާގެ (ހ) ގެ އަކުރުތަކަށް ނުފެތޭނަމަ، އެކަން ވަޒަންކޮށް ސާފު ހުއްޖަތެއް ކޯޓުން ދޭންވާނެއެވެ؛ ސަބަބު ނުދީ ހަމައެކަނި ނުފެތޭކަމަށް ބުނުމުން ނުފުދެއެވެ.
HN9 ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދި ހުށަހެޅި ފޯމުގައި އެދިފައިވާ ހުރިހާ ފަރުވާއެއް (ނުދައްކާ ހުރި އަގާއި ޝަރީޢަތުގެ ޚަރަދު ހިމެނޭގޮތަށް) 117 ވަނަ މާއްދާގެ އަލީގައި ވަޒަންނުކޮށް ދޫކޮށްލުމަކީ ޣައިރު ޙާޟިރުގައި މައްސަލަ ނިންމުމުގެ އިޖުރާއަތާ ޚިލާފު ކަމެކެވެ؛ (ހ) ގެ (4) ވަނަ ނަންބަރު ތަޠުބީޤުވޭތޯވެސް ބަލަންޖެހެއެވެ.
HN10 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން (stare decisis) ދަށު ކޯޓުތަކުން ތަބާވާންޖެހެނީ މަތީ ކޯޓުތަކުން ކަނޑައަޅާފައިވާ ratio decidendi ނުވަތަ ޤާނޫނީ އުޞޫލަށް، މުހިންމު ވާޤިޢާތައް (material facts) އެއްގޮތް މައްސަލަތަކުގައެވެ؛ per incuriam ކަމަށް ކަނޑައަޅާ ނިންމުމަކަށް ތަބާވާކަށް ނުޖެހެއެވެ (2019/SC-A/15). ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން އެ ކޯޓުގެ ކުރީގެ ޙުކުމްތަކަށް ރިޢާޔަތްކުރުމަކީ ތަބާވުން ލާޒިމުކުރާ ކަމެއް ނޫނެވެ؛ treat like cases alike ގެ ޤާއިދާ ތަޠުބީޤުކުރަނީ ކޮންމެ މައްސަލައެއްގެ ވާޤިޢާތަކަށް ރިޢާޔަތްކޮށްގެންނެވެ (2021/SC-A/28).
HN11 އެހެންކަމުން ސިވިލް ކޯޓުން ކުރިން އެއްގޮތް މައްސަލަތަކުގައި ނިންމި ނިންމުންތަކާ ތަފާތަށް ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޣާ ބް އަޙްމަދ
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2024-CVC-472 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިންސައިޑް ޕްލަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓރަ ނަންބަރު 0984/2015-C) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އިންސައިޑް ޕްލަސް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އަރކް އެން ސިއެލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓރަ ނަންބަރު 0433/2015-C) (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އަރކް އެން ސިއެލް") ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3އިންސައިޑް ޕްލަސް އާއި އަރކް އެން ސިއެލްއ ދެމެދާ ވާހަކަދެކެވި އެއްބަސްވެވުނު ގޮތުގެ މަތިން ހުޅުމާލޭގައި ހުންނަ އެމް. ޑަބްލިއު. އެސް. ސީ. ގެ ބޮޓްލިންގ ޕްލާންޓްގައި އެމް. ޑަބްލިއު. އެސް. ސީ. އިން ދީފައިވާ ކުރެހުމާއި އެއްގޮތަށް އިންސައިޑް ޕްލަސްގެ އަމިއްލަ ތަކެތީގައި ވެންޓިލޭޝަން މަސައްކަތް ކޮށްފައިވާކަމަށާއި، އެ މަސައްކަތް ކުރުމަށް ދެ ފަރާތުން އެއްބަސްވި އަގަކީ -/2,000,000ރ. (ދެމިލިއަން ރުފިޔާ) ކަމަށާއި، މި މަސައްކަތް ކޯޓޭޝަންގެ ޒަރިއްޔާއިން އަރކް އެން ސިއެލްގެ ފަރާތުން ކޮންފަރމްކޮށް ސޮއިކޮށްފައިވާކަމަށް އިންސައިޑް ޕްލަސްގެ ފަރާތުން ބުނެއެވެ. އިންސައިޑް ޕްލަސްގެ ކޯޓޭޝަން ނަންބަރު 1047-QU (09 ފެބްރުއަރީ 2023)
4މި ވެންޓިލޭޝަންގެ މަސައްކަތް ކުރުމަށް އިންސައިޑް ޕްލަސްގެ ފަރާތުން ޕްރޯ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް (ސަބްކޮންޓްރެކްޓަރ) އާ ޙަވާލުކޮށް، މި މަސައްކަތް ނިންމުމަށްފަހު، 06 މެއި 2023 ގައި ސަބްކޮންޓްރެކްޓަރ ފޮނުވި ޑެލިވަރީ ނޯޓގައު އަރކް އެން ސިއެލް ގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށްފައިވާކަމަށް އިންސައިޑް ޕްލަސްގެ ފަރާތުން ބުނެއެވެ.
5މި ވެންޓިލޭޝަންގެ މަސައްކަތަށް 04 (ހަތަރެއް) ފަހަރެއްގެ މަތިން ޖުމްލަ -/1,000,000ރ. (އެއްމިލިއަން ރުފިޔާ) އަރކް އެން ސިއެލްގެ ފަރާތުން އިންސައިޑް ޕްލަސއަށް ދައްކާފައިވާކަމަށް ބުނެއެވެ. މި މަސައްކަތުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައިވާ -/2,000,000ރ. (ދެމިލިއަން ރުފިޔާ) ގެ ތެރެއިން ބާކީ -/1,000,000ރ. (އެއްމިލިއަން ރުފިޔާ) އަރކް އެން ސިއެލްގެ ފަރާތުން އިންސައިޑް ޕްލަސްއަށ މިހާތަނަށް ނުދައްކާކަމަށް އިންސައިޑް ޕްލަސްގެ ފަރާތުން ބުނެއެވެ. މި ފައިސާ ތަކުރާރުކޮށް ހޯދުމަށް އެދުނުކަމަށާއި، މި ފައިސާ ހޯދުމަށް ލީގަލް ނޯޓިސް ފޮނުވިނަމަވެސް، ލީގަލް ނޯޓިސްއާ އެއްގޮތަށް ފައިސާ ނުދައްކާކަމަށް އިންސައިޑް ޕްލަސްގެ ފަރާތުން ބުނެއެވެ.
6އިންސައިޑް ޕްލަސްއިން އަރކް އެން ސިއެލގް އެދުމުގެ މަތިން ހުޅުމާލޭގައި ހުންނަ އެމް. ޑަބްލިއު. އެސް. ސީ. ގެ ބޮޓްލިންގ ޕްލާންޓްގައި ޖީއައި ޑަކްޓްސް، ވީއެފްޕީ ޕެނަލްސް އަދި އެހެން އެކްސަސަރީޒްއާއެކު އެލްޓީއައި ބޮކްސް ފޭނ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް (ވެންޓިލޭޝަން މަސައްކަތް) އިންސައިޑް ޕްލަސްއިން ފުރިހަމަކުރުމުން، އެ މަސައްކަތުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައިވާ -/2,000,000ރ. (ދެމިލިއަން ރުފިޔާ) ގެ ތެރެއިން އަރކް އެން ސިއެލއިން މިހާތަނަށް ނުދައްކައިވާ -/1,000,000ރ. (އެއްމިލިއަން ރުފިޔާ) އާއި، އިންސައިޑް ޕްލަސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/80,000ރ. (އަށްޑިހަހާސް ރުފިޔާ) އާއި، އެ ފައިސާ ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީގެ ނަންބަރު CCLP/02/2024 (4 ޖަނަވަރީ 2024) ހޯދުމަށް މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހުމުގެ ސަބަބުން ޚަރަދުވި -/50,000ރ. (ފަންސާސްހާސް ރުފިޔާ) އާއެކު ޖުމްލަ -/1,130,000ރ. (އެއްމިލިއަން އެއްލައްކަ ތިރީސްހާސް ރުފިޔާ) އަރކް އެން ސިއެލްގެ ކިބައިން ހޯދުމަށް އެދި، އިންސައިޑް ޕްލަސްގެ ފަރާތުން އަރކް އެން ސިއެލްގެ މައްޗަށ ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި ދަޢުވާ އެ ކޯޓުން ބަލައި، ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 2024-CVC-472 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ބެލެނީ މި ޤަޟިއްޔާގެ އިސްތިއުނާފެވެ.
7އިންސައިޑް ޕްލަސްގެ ފަރާތުން އަރކް އެން ސިއެލްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގެ ދަޢުވާ ފޯމްއާ ލިޔުންތައް އަރކް އެން ސިއެލއަށް 05 މާރިޗް 2024 ގައި ރައްދުވެ، ދަޢުވާގެ ރައްދު ހުށަހެޅުމަށް ލިބޭ މުއްދަތު ހަމަވުމަށްފަހު، އަރކް އެން ސިއެލގެ ފަރާތުން ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ނުވަތް ދަޢުވާއާ ގުޅިގެން އެއްވެސް ރައްދެއް ހުށަހަޅާފައިނުވާތީ، މި މައްސަލައިގައި "ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމް" އިންސައިޑް ޕްލަސްގެ ފަރާތުން 18 މޭ 2024 ގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ.
ދަށު ކޯޓުން މައްސަލަ ނިންމިގޮތް
8ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ، އިންސައިޑް ޕްލަސްއިން އަރކް އެން ސިއެލގް މައްޗަށް ހުށަހަޅާފައިވާ މި ދަޢުވާގައި އެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާއަކީ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމެއް މެދުވެރިކޮށް ނަގައިދެވިދާނެ ފަރުވާއެއްކަމުގައި ނުވާތީ، އިންސައިޑް ޕްލަސްއިން އެދިފައިވާގޮތަށް އަރކް އެން ސިއެލްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދެވެން ނެތްކަމުގައި ކަނޑައަޅައެވެ.
9މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ނަޒަރުކޮށްފައިވެއެވެ.
1.9. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު") ގެ 115 ވަނަ މާއްދާއަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ހުށަހަޅާފައިނުވާނަމަ ނުވަތަ އެ ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާނަމަ، އަދި އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާނަމަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދެވިދާނެކަނާ
2.9. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާ ފިޔަވައި އިތުރު ފަރުވާއަކަށް (އެއީ ފައިސާގެ ޢަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާ، ފައިސާގެ އަދަދު ކޯޓުން ކަނޑައަޅާންޖެހޭ ދަޢުވާ، މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާގެ ތެރެއިން މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމުގައި ދީފައިވާ ދަޢުވާ އަދި އިސްވެ ބަޔާންކޮށްފައިވާ ފަރުވާތަކުގެ ތެރެއިން އެއް ފަރުވާއަށް ވުރެ ގިނަ ފަރުވާ ހިމެނޭ ދަޢުވާ) އެދޭ ޙާލަތުގައިއާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހުށަހެޅުމަށް ހުށަހަޅަންޖެހޭ ޙާލަތުގައި، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާނަމަ، އެކަމަށް އެދި ހުށަހަޅަންޖެހޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެކާވީސް ވަނަ ބާބު "ކޯޓު އަމުރު"ގެ ދަށުންކަން
3.9. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާއަށް ބަލާއިރު، "ކޯޓު އަމުރު"ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ދަޢުވާކުރާ ފަރާތުން އެދޭ ޙާލަތުގައި، ކޯޓުން ޙުކުމްކުރަންވާނީ، ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަށްކަމަށާއި، އަދި އެ ޙާލަތުގައި ދަޢުވާކުރާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައިވާ ކަންކަން ސާބިތުކުރުމަށް ހުށަހަޅާ ހެކީގެ ނޯޓިސް ދަޢުވާލިބޭ ފަރތަށާ ދިނުން ލާޒިމްނޫންކަން އެނގެން އޮންނަކަން
4.9. ކޯޓު އަމުރެއްގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ އެފަދަ ދަޢުވާއެއް ސާބިތުވާކަން ނުވަތަ ނޫންކަން ނުވަތަ އެ ދަޢުވާއަކާ ގުޅިގެން ނަގައިދިނުމަށް އެދިފައިވާ ފަރުވާތައް ނަގައިދޭންޖެހޭކަނ ނުވަތް ނޫންކަން ހުށަހެޅިފައިވާ ހެއްކަށް ރިޢާޔަތްކޮށް ކޯޓުން ކަނޑައަޅަން ޖެހޭނެކަމަށާއި، މި ޙާލަތުގައި ޙުކުމްކުރަންވާނީ ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލައި އެ މައްސަލައިގައި ޙާޟިރުވާ ފަރާތެއްގެ ވާހަކަ އަޑުއެހުމަށްފަހުކަން
5.9. މި ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާގެ ތެރެއިން އިންސައިޑް ޕްލަސްގެ ފަރާތުން ކޮށްފައިވާ ވެންޓިލޭޝަނ މަސައްކަތަށް އާރކ އެން ސިއެލްއިން އަދާކުރަންޖެހޭ އަގުގެ ތެރެއިން މިހާތަނަށް ދައްކަންޖެހި ނުދައްކައިވާ -/1,000,000ރ. (އެއްމިލިއަން ރުފިޔާ) ގ 8% (އަށެއ އިންސައްތަ) ކަމުގައިވާ -/80,000ރ. (އަށްޑިހަހާސް ރުފިޔާ) ގެއްލުމުގެ ބަދަލާ ގ ގޮތުގައި ހޯދަން އެދިފައިވާކަން އެނގެން އޮތުމުން، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާތަކާ ތަފާތު އެހެން ފަރުވއެއ ހޯދުމަށް އެދާ ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގޭކަމަށާއި، މި ޙާލަތުގައި ދަޢުވާކުރާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭނަމަ އެކަން ކުރަންވާނީ ކޯޓު އަމުރަށް އެދޭ ފޯމަކުންކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާއަށް ބެލުމުން އެނގޭކަން
6.9. އެހެންނަމަވެސް، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކުރާ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމަކުންކަން
7.9. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ވަކި ކަމެއް ކުރުމަށްޓަކައި ވަކި އިޖުރާއަތުތަކެއް ބަޔާންކޮށްފައިވަނިކޮށް އެކަމަށް ބެލުމެއްނެތި ޚަޞްމުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަންނަން ދޫކޮށްލާނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބޭނުން ނެތިގެން ދާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/13 ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން
8.9. ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާއިރު، އެ ހުށަހެޅުން ހުށަހަޅަނީ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމުން ކަމުގައިވާނަމަ ޝަރީޢަތުން ޢަމަލުކުރަންޖެހޭ ގޮތާއި، ކޯޓު އަމުރަކުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ މެދު ކޯޓުން ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ތަފާތުވާއިރު، ކޯޓު އަމުރެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ލާޒިމްކުރާ ދަޢުވާތަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމު މެދުވެ ރިކޮށް، އެ ދަޢުވާއަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދޭން އެދިފައިވާނަމަ، އެފަދަ ފޯމެއް ބަލައިގަނެ އެ ދަޢުވާއަކާ ގުޅޭގޮތުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ގޮތެއް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއްކަމަށް ނުދެކޭކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
10ސިވިލް ކޯޓުގެ ނަންބަރު 2024-CVC-472 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 01 (އެކެއް) ނުކުތާއާ ވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއާ ކ؛
1.10. ސިވިލް ކޯޓުގެ ނަންބަރު 2024-CVC-472 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާއަކީ ޣައިރު ހާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމެއް މެދުވެރިކޮށް ނަގައިދެވިދާނެ ފަރުވާއެއް ކަމުގައި ނުވާތީ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި ޙުކުމް ކޮށްދެވެން ނެތް ކަމަށް ކަނޑައަޅުއްވާފައި ވަނީ މަދަނީ އިޖުރާއަތު ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު") ގެ 5 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤޟިއްޔާގައަ ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11މި އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިންސައިޑް ޕްލަސްގެ ފަރާތުން ބުނެފައިވަނީ އިންސައިޑް ޕްލަސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި، އެ ފަރާތުން އެދިފައިވަނީ ދެ ފަރާތުގެ ދެމެދު ކުރުމަށް އެއްބަސްވި މަސައްކަތް ފުރިހަމަކުރުމުން މަސައްކަތުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައިވާ -/2,000,000ރ. (ދެމިލިއަން ރުފިޔާ) ގެ ތެރެއިން، އެ ފަރާތަށް ލިބިފައިނުވާ -1,000,000/ރ. (އެއްމިލިއަން ރުފިޔާ) އާއި، އެ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި -80,000/ރ. (އަށްޑިހަހާސް ރުފިޔާ) އާއި، ފައިސާ ހޯދުމަށް މައްސަލަ ޝަރީޢަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ޚަރަދުވި -50,000/ރ. (ފަންސާސްހާސް ރުފިޔާ) އާއެކު ޖުމްލަ -1,130,000/ ރ. (އެއްމިލިއަން އެއްލައްކަ ތިރީސްހާސް ރުފިޔާ) އަރކް އެން ސިއެލްގެ ކިބައިން ހޯދުމަށް ކަމުގައެވެ.
12މި ދަޢުވާއަށް އަރކް އެން ސިއެލްގެ ފަރާތުން އެއްވެސް ރައްދެއް ހުށަހަޅާފައިނުވާތީ އެ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި އިންސައިޑް ޕްލަސްގެ ފަރާތުން ފޯމު ހުށަހެޅިކަމަށާއި، މި ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިންސައިޑް ޕްލަސްގެ ފަރާތުން އެދިފައިވާ ފަރުވާއަކީ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅި ފޯމެއް މެދުވެރިކޮށް ނަގައިދެވިދާނެ ފަރުވާއެއް ނޫންކަމުގައެވެ.
13މިގޮތުން އެ ނިންމުމުގައިވަނީ އަރކް އެން ސިއެލްގެ ފަރާތުން އަދާކުރަންޖެހޭ އަގުގެ ތެރެއިން ދައްކަންޖެހި ދައްކާފައިނުވާ -1,000,000/ރ. (އެއްމިލިއަން ރުފިޔާ) ގެ %8 (އަށެއް އިންސައްތަ) ކަމުގައިވާ -80,000/ރ. (އަށްޑިހަހާސް ރުފިޔާ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދނަ އެދިފައިވުމުން، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް ކަމުގައެވެ. އަދި މި މައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭނަމަ، އެކަން ކުރަންވާނީ ކޯޓު އަމުރަކަށް އެދޭ ފޯމުންކަނ މަދަން އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމުގައެވެ.
14އެހެންނަމަވެސް، މި މައްސަލައިގައި އިންސައިޑް ޕްލަސްގެ ފަރާތުން އަރކް އެން ސިއެލްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމަކުން ކަމުގައެވެ.
15މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް 02 (ދޭއް) ޙާލަތެއްގައި ދެ ގޮތަކަށް އެދެވޭއިރު، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި އެކަމަކަށް ޚާއްޞަ ފޯމެއް މެދުވެރިކޮށް ދަޢުވާކުރާ ފަރާތަށް އެދެވޭނެ ޙާލަތްތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމަށާއި، އެއީ ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާތަކާއި، ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާތަކާއި، މުދާ ފޯރުކޮށްދިނުމާ ގުޅޭ ދަޢުވާއެއްގެ ތެރެއިން، މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ދީފައިވާ ދަޢުވާއާއި، މި ފަރުވާތަކުގެ ތެރެއިން އެއް ފަރުވާއަށް ވުރެ ގިނަ ފަރުވާ ހިމެނޭ ދަޢުވާތައް ކަމުގައެވެ.
16މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ޚާއްޞަ ކޮށްފައިވާ ފޯމަކީ ފޯމު 26 ކަމަށްވާއިރު، މި ފޯމުން އަރކް އެން ސިއެލްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އިންސައިޑް ޕްލަސްގެ ފަރާތުން އެދިފައިވާކަމުގައެވެ.
17އިންސައިޑް ޕްލަސްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި އެދިފައިވާ ފަރުވާއަކީ އެ ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގަށް އަރކް އެން ސިއެލްގެ ފަރާތުން އަދާކުރަންޖެހޭ -1,000,000/ރ. (އެއްމިލިއަން ރުފިޔާ) އާއި، މި ފައިސާ ދައްކާފައިނުވާތީ އިންސައިޑް ޕްލަސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލު ފީ އަރކް އެން ސިއެލގެ ކިބައިން ނަގައިދިނުމަށް އެދި ކަމުގައެވެ. މި ފަރުވާތަކަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރުވާތައް ކަމުގައެވެ.
18އިންސައިޑް ޕްލަސްގެ ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގަށް އަރކް އެން ސިއެލްގެ ފަރާތުން ދައްކަންޖެހޭ ފައިސާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ "ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކުރާ ދަޢުވާ" އަށް ފެތޭ ބާވަތުގެ ފަރުވާއެއްކަމާއި، އަދި އެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއާއި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ކޮށްފައިވާ ޚަރަދަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ "ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާ" މި ބަޔަށް ފެތޭ ފަރުވާއެއް ކަމުގައެވެ.
19އެހެނަސް، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ފައިސާއަށް އެދެންވާނީ ކޯޓު އަމުރަކުން އެދޭ ފޯމަކުންކަމަށ މަދަން އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ކޯޓު އަމުރަކުން އެދެންޖެހޭ ޙާލަތްތައް ކަމަށް ބުނެފައިވާ ޙާލަތްތައް މި ޤަޟިއްޔާގައި އެދިފައިވާ ފަރުވާ ނުފެތޭކަމުގައެވެ. އެހެންކަމުން، ސިވިލް ކޯޓުގެ މި ނިންމުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، މި ޤާނޫނުގެ 122 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއްކަމުގައެވެ.
20މި ނިންމުމަކީ މި ބާވަތުގެ މައްސަލަތަކުގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފު ނިންމުމެއްކަމަށާއި، އެއީ އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާތަކުގައި، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށް ހުށަހެޅުމުން، އެއް ޚަޞްމު އަނެއް ޚަޞްމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާމެދު އެ ކޯޓުން ޙުކުމްކޮށްފައިވާތީ ކަމުގައެވެ. މިގޮތުން، އެ ކޯޓުގެ ނަންބަރު 2024-CVC-942 ލިލީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޚަލީލާ ޙުސައިން ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު 2023-CVCHD-411 ޢަލީ ބުޝްރީ ވ. ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި، އެކޯޓުގެ ނަންބަރު 2023-CVC-2993 ޝާއިލ މުޙައްމަދް ޝާކިރު ވ. ކިންގްސ ކެޕިޓަލް ހޯލްޑިންގްސް ޕވޓ ލޓޑ އަދި އިތުރު 2 ފަރާތެއް ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2023-CVC-2985 މުޙައްމަދު ނަޝާޠު ވ. ކިންގްސ ކެޕިޓަލް ހޯލްޑިންގްސް ޕވޓ ލޓޑ އަދި އިތުރު 2 ފަރާތެއް ޤަޟިއްޔާ އަދި އެކޯޓުގެ ނަންބަރު 2022-CVC-5033 މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް ވ. ސަރޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާތައް ފާހަގަކުރާކަމުގައެވެ.
21ފަނޑިޔާރުނގް މަސްއޫލިއްޔަތު އަދާކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރޭގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި ކުރިން ކޮށްފައިވާ ޙުކުމް، ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 11 ވަނަ ޕެރެގްރާފްގައި އެއްކަހަލަ މައްސަލަތަކާމެދު ޢަމަލުކުރަންވާނީ އެއްގޮތަކަށްކަމުގައި އޮންނަ ޤާއިދާއަކީ ގޮތް ކަނޑައެޅުމުގައި ވަކި ފަރާތަކަށް ބުރަނުވުމާއި، ނަޒާހަތްތެރިކަމާއި، އެއްގޮތް ކުރުމާ ގުޅުވާ އިންސާފު ޤާއިމުކުރުމުގެ މުހިންމު އަދި މައި ދައުރެއް އަދާކުރާ ޤާއިދާއެއްކަމަށާއި، އަދި މިއީ އެ ޤާއިދާއެއްގެ މައްޗަށް، މަތީ މަރުޙަލާގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ގޮތަށް ތަބާވުމުގެ އުޞޫލު ބިނާވާ ޤާއިދާކަމުގައި ފާހަގަކޮށްފައިވާކަމުގައެވެ.
22މި އުޞޫލު މިފަދައިން އޮތްއިރު، ފައިސާ ހޯދުމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށާއި، ޝަރީޢަތުގެ ޚަރަދު ހޯދުމަށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމުން ސިވިލް ކޯޓަށް ހުށަހެޅުމުން ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދަޢުވާކުރާ ފަރާތުން އެދޭ ފަރުވާ ނަގައިދޭއިރު، މި މައްސަލަގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމުން ހުށަހެޅުމުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދެވެން ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމީ، އިންސައިޑް ޕްލަސްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާތީކަނ ސިވިލް ކޯޓުގް ނިންމުމުގެ 9 ވަނަ ނުކުތާއިން އެނގޭތީ، މިއީ ސިވިލް ކޯޓުން މީގެ ކުރިން މި ބާވަތުގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާ ޚިލާފު ނިންމުމެއްކަމުގައެވެ.
23އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2024-CVC-472 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އެ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށާއި، އެ މައްސަލައިގެ ޙުކުމް ކުރުމަށްޓަކައި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
24މި އިސްތިއުނާފަށް އަރކް އެން ސިއެލގް ފަރާތުން ރައްދު ދިނުމުގެ ގޮތުން ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އެކަމެއް ކުރުމަށް ޓކައަ ވަކި އިޖުރާއަތެއް ބަޔާންކޮށްފައި ވަނިކޮށް އެ ކަމަށް ބެލުމެއް ނެތި ޚަޞމުނ ހުށަހަޅް ހުށަހެޅުންތައް ކޯޓުން ބަލައިގަންނަން ކޯޓުން ދޫކޮށްލާނަމް މަދަނީ އިޖުރއާ ތ ގ ޤާނޫނުގެ ބޭނުން ނެތިގެން ދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/13 ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާކަމަށާއި، މިއީ ވެސް ޣައިރު ޙާޟިރުގައި ޙުކުމކުރާއިރް ފާހަގަކުރަންޖެހޭ ނުކުތއެއާ ކަމަށް ބަލަންޖެހޭކަމަށް ދެކޭކަމަށާއި، ދަށު ކޯޓުގެ ނިންމުމުގެ 11 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ދަޢުވާކުރާ ފަރާތުން ހުށަހަޅާއިރު އެފަދަ ޙުކުމެއް ކޮށްދިނުމަށް އެދޭ ދަޢުވާއެއްގައި މަދަނީ އިޖުރއާ ތުގެ ޤާނޫނުގަ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ފަރުވާއަކއާ ތަފާތު ފަރުވާއަކަށް އެދި ހުށަހަޅާފައިވާނަމަ އެފަދަ ހުށަހެޅުމަކީ ކޯޓު އަމުރެއް މެދުވެރިކޮށް ހުށަހަޅަންޖެހޭ ހުށަހެޅުމެއް ކަމަށް މަދަނީ އިޖުރއާ ތުގ ޤާނޫނުގެ 122 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނާތީ އާއި އަދި ޣައިރު ޙާޟިރުގައި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ އަރކް އނެ ސިއެލްގެ ފަރާތުން ޖަވާބުދާރީވެފައިވަނީ މި ކޯޓުގައި 16 ފެބުރުވަރީ 2026 ގައި ބޭއްވުނު އަޑުއެހުމުގައި އަނގަބަހުންނެވެ. ޙުކުމްކޮށްދިނުމަށް ހުށަހަޅާއިރު އެ ހުށަހެޅުން ހުށަހަޅާނީ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދޭން އެދޭ ފޯމުންކަމުގައިވާނަމަ ޝަރީޢަތުން ޢަމަލުކުރަންޖެހޭ ގޮތާއި ކޯޓު އަމުރަކުން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދިހުށަހަޅާ ހުށަހެޅުމަކާއި މެދު ކޯޓުން ޢަމަލުކުރަންޖެހޭ އިޖުރއާ ތްތައް ތަފާތުވާއިރަ ކޯޓުގެ އަމުރެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދުމަށް މަދަނީ އިޖުރއާ ތުގ ޤާނޫނުގެ ދަށުން ލާޒިމްކުރާ ދަޢުވާތަކާއި ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދޭ ފޯމު މެދުވެރިކޮށް އެ ދަޢުވާއަކާއި ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދޭން އެދިފައިވާނަމަ އެފަދަ ފޯމެއް ބަލައިގަނެ އެ ދަޢުވާއަކާއި ގުޅޭ ގޮތުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ގޮތެއް ކަނޑައެޅުމަކީ ކުރެވިދާނެކަމެއް ކަމުގައި ނުދެކޭކަމުގައެވެ. އެހެންކަމުން، ޣައިރު ޙާޟިރުގައި ޙުކުމްކުރަން ހަމައެކަނި ފޯމެއް ލުމަކުން އޭގެ މައްޗަށް ބިނާކޮށް ޣައިރު ޙާޟިރުގައި ޙުކުމެއް ކުރަން ކޯޓަށް ލާޒިމްނުވާކަމުގައ އިސްތިއުނާފި ރައްދުވު ފަރާތުން ދެކޭކަމުގައެވެ.
25އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ޣައިރު ޙާޟިރުގައި ޙުކުމްނުކުރެވޭނެކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޝަރުޢީ އެކިއެކި ނިންމުންތަކަށް ޙަވާލާދީ އަދި މަތީ މަރުޙަލާގެ ނިންމުންތަކަށް ރިޢާޔަތްކޮށްގެން ކަމުގައިވާތީ، އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
26މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، މި މައްސަލަ ސިވިލް ކޯޓުން ފައިސަލާކުރުމުގައި، އިންސައިޑް ޕްލަސްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވއަކާ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމެއް މެދުވެރިކޮށް ނަގައިދެވިދާނެ ފަރުވާއެއް ކަމުގައިނުވާތީ، އިންސައިޑް ޕްލަސްގެ ފަރާތުން އެދިފައިވާ ގޮތަށް އަރކް އެން ސިއެލްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދެވެނ ނެތްކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ ނުވަތަ ނޫންތޯއެވެ.
27ބަޔާނވެދިޔް ފަދައިން ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމުގައި އިންސައިޑް ޕްލަސްގެ ފަރާތުން ދެކި، އެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނީ އުޞޫލުތައް އެ ފަރާތުގެ އިސްތިއުނާފުގައި ތަފްޞީލުކޮށްފައިވާ މިންވަރު ތިރީގައި ބަޔާންކުރީމެވެ.
1.27. އެ ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި، އަދި
2.27. އެ ނިންމުމަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، ދިވެހިރޖާ އްގޭ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާފަދަ އެއް ބާވަތެއްގެ މައްސަލަތަކުގައި ކުރީގެ ނިންމުންތަކަށް ތަބާވުމުގެ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
28ބަޔާނވެދިޔް ސުވާލަށް ޖަވާބުދިނުމުގެ ބޭނުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތު ބަޔާންކުރީމެވެ.
ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ ތަޢުރީފު
29HN1މަދަނީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، މި ޤާނޫނުގައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބުނެފައިވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއްގެ ލިޔެކިޔުމާ ދަޢުވާލިބޭ ފަރާތުން ޙަވާލުވުމަށްފަހު، ދަޢުވާއަށް ރައްދުދި ނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ރައްދުދީފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ.
30ދަޢުވާއާ ގުޅޭ ލިޔެކިޔުންތަކާއި ދަޢުވާލިބޭ ފަރާތް ޙަވާލުވުމަށްފަހު، ދަޢުވާއަށް އެއްބަސްވެފައިނުވާނަމަ، ނުވަތަ ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާނަމަ، ދަޢުވާލިބޭ ފަރާތާއި ދެކޮޅަށް މައްސަލަ ނިންމައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދިހަވަނަ ބާބު "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެދެވިދާނެއެވެ.
31ދިހަވަނަ ބާބު ކަމުގައިވާ "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ހިނގާނެ ދާއިރާ ބަޔާންކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 112 ވަނަ މާއްދާގައެވެ. މިގޮތުން މި ބާބު (ދިހަވަނަ ބާބު) ގެ ބޭނުމަށް "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބުނެފައިވަނީ، ދަޢުވާލިބޭ ފަރާތުން ދޢުވާއަ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ.
32މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާއަށް ނަޒަރުކުރާއިރު، ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ހުށަހަޅާފައިނުވާނަމަ، ނުވަތަ އެ ދަޢުވާއަށް ދިފާޢުއެއް ހުށަހަޅާފައިނުވާނަމަ އަދި އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާނަމަ، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވިދާނެކަން އެނގެއެވެ. ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމުގެ އިޖުރާއަތު
33HN2ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމުގެ އިޖުރާއަތު މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ 02 (ދޭއް) ގޮތަކަށެވެ. އެއީ އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ފޯމެއް މެދުވެރިކޮށް ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެ ޙާލަތްތަކާއި، މަދަނީ އިޖުރާއަތުގެ ޤާނނުގޫ އެކާވީސްވަނަ ބާބު "ކޯޓު އަމުރު"ގެ ދަށުން ހުށަހެޅިދާނެ ޙާލަތްތަކެވެ.
34މިގޮތުން އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ފޯމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެދެވޭނީ އަންނަނިވި ދަޢުވާތަކާއި ގުޅިގެންނެވެ.
1. ފައިސާގެ ޢަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާ؛
2. ފައިސާގެ ޢަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާ؛
3. މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާގެ ތެރެއިން، މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމުގައި ދީފައިވާ ދަޢުވާ؛
4. ބަޔާންކުރަނިވި (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ފަރުވާތަކުގެ ތެރެއިން އެއް ފަރުވާއަށްވުރެ ގިނަ ފަރުވާ ހިމެނޭ ދަޢުވާ.
35ސިވިލް ކޯޓުގައި މިކަމަށް ކަނޑައަޅާފައިވާ ފޯމަކީ ފޯމު 26 ކަން ގަވާއިދު ނަންބަރު 105-2022/R (ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު) (މީގެ ފަހުން "ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު") ގެ 75 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ. މި ފޯމަކީ، "ޣައިރު ހާޒިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމް" އެވެ.
36މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެކާވީސްވަނަ ބާބު "ކޯޓު އަމުރު"ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާނީ އަންނަނިވި ޙާލަތްތަކުގައެވެ.
1. ޚާއްޞަ ފޯމެއް މެދުވެރިކޮށް ފަރުވާއަށް އެދޭ ދަޢުވާތައް ފިޔަވައި ތަފާތު އެހެން ފަރުވާއަކަށް އެދޭ ދަޢުވާތައް
2. ދަޢުވާކުރާ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތަކަށްވާ ޙާލަތްތައް
3. ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައިނުވުމުގެ ސަބަބުން ދަޢުވާކުރާ ފަރާތުން އެ ފަރާތަކާ ދެކޮޅަށް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދޭ ދަޢުވާލިބޭ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތަކަށްވާ ޙާލަތްތައް
37ސިވިލް ކޯޓުގައި މިކަމަށް ކަނޑައަޅާފައިވާ ފޯމަކީ ފޯމު 31 ކަމުގައި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 75 ވަނަ މައްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެއީ "ކޯޓު އަމުރަށް އެދޭ ފޯމު" އެވެ.
38ޚާއްޞަ ފޯމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅަންޖެހޭ ޙާލަތްތައްކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތްތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި ޢަމަލުކުރާނެ ގޮތް އިތުރަށް ތަފްޞީލުކޮށްފައިވަނީ އެ ޤާނޫނުގެ 118 ވަނަ މާއްދާގައެވެ.
39HN3ފައިސާގެ އަދަދު ބަޔާންކޮށްފައިވާ ދަޢުވާއަކާ ގުޅިގެން ޚާއްޞަ ފޯމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކުރާނަމަ އެ ޙުކުމް ކުރާނީ، އެ ދަޢުވާގައި ބަޔާންކުރާ ފައިސާގެ އަދަދުގެ ތެރެއިން ދައްކައި ޚަލާޞްކޮށްފައިނުވާ ފައިސާގަ އަދަދާއި ޝަރީޢަތުގެ ޚަރަދުތައް ނަގައިދިނުމަށް، އަންނަނިވި ގޮތަށެވެ.
1. ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅުމުގައި ފައިސާ ދެއްކުމަށް ބަޔާންކުރާ ތަރީޚުގައ ފައިސި ދެއްކުމަށް ނުވަތަ ހުށަހަޅާ ރޭޓުގައި ފައިސާ ދެއްކުމަށް، ނުވަތަ
2. ހުށަހެޅުމުގައި ފައިސާ ދައްކަންވީ ތާރީޚެއް ނުވަތަ ރޭޓެއް ބަޔާންކޮށްފައިނުވާނަމަ، ވަގުތުން ފައިސާ ދެއްކުމަށް
40ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ދަޢުވާއެއްގައި، ޚާއްޞަ ފޯމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ކުރާ ޙުކުމުގައި ފައިސާގެ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް ކަނޑައަޅާނީ ކޯޓުންނެވެ.
41މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާގެ ތެރެއިން، އެ މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމުގައި ދީފައިވާނަމަ، ޚާއްޞަ ފޯމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ޣައިރު ޙާޟިރުގައި ޙުކުމްކުރާނަމަ، ޙުކުމްކުރާނީ، ދަޢުވާލިބޭ ފަރާތުން އަންނަނިވި ކަންކަން ކުރުމަށް ކަނޑައެޅުމާއެކުގައެވެ.
1. މުދާ ފޯރުކޮށްދިނުން، ނުވަތަ މުދާ ފޯރުކޮށްނުދެވޭނަމަ، މުދަލުގެ އަގަށްވާ ފައިސާ ކަމަށް ކޯޓުން ކަނޑައަޅާ އަދަދެއް ދެއްކުމަށް؛ އަދި
2. ޝަރީޢަތުގެ ޚަރަދުތައް ދެއްކުމަށް.
42ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް "ކޯޓު އަމުރު"ގެ ދަށުން ދަޢުވާކުރާ ފަރާތުން އެދޭ ޙާލަތުގައި، ޙުކުމްކުރުމުގައި ކޯޓުން ޢަމަލުކުރާނެ ގޮތް ބަޔާންކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގައެވެ. އެއީ ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކުގައ ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށް ކޯޓުން ޙުކުމްކުރުމަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 118 ވަނަ މާއްދާގެ (ނ) މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 118 ވަނަ މާއްދާގެ (ރ)
43މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) އެއާ (ށ) އާ ދެމެދު މައިގަނޑު ދެ ފަރަގެއްވާކަން މި ދެ މާއްދާ އެކުއެކީގައި ކިޔައިލުމުން އެނގެއެވެ. އެއީ މި ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ ދަޢުވާތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދެންޖެހޭ ފޯމާއި، މި މާއްދާގެ (ށ) ގައި ހިމެނޭ ދަޢުވާތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދެންޖެހޭ ފޯމުގައި ތަފާތެއްވާކަމެވެ. އަނެއް ފަރަގަކީ، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ގޮތުގެ ސަބަބުން، އެހެނީ އެކަމަށް އެދޭ ފޯމުގެ ގޮތުން، އެކަން ކޯޓުން ކުޅައުމުގައި ކޯޓުން ޢަމަލުކުރަންޖެހޭ ގޮތުގައި ތަފާތެއް ވާކަމެވެ. މި މައްސަލައިގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވާ އިޖުރާއަތު
44އިންސައިޑް ޕްލަސްގެ ފަރާތުން އަރކް އެން ސިއެލްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގެ ދަޢުވާ ފޯމާއި ލިޔުންތައް އަރކް އެން ސިއެލއަށް 05 މާރިޗް 2024 ގައި ރައްދުވެ، ދަޢުވާގެ ރައްދު ހުށަހެޅުމަށް ލިބޭ މުއްދަތު ހަމަވުމަށްފަހު، އަރކް އެން ސިއެލގެ ފަރާތުން ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ނުވަތް ދަޢުވާއާ ގުޅިގެން އެއްވެސް ރައްދެއް ހުށަހަޅާފައިނުވާތީ، މި މައްސަލައިގައި ފޯމު 26 "ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމް" އިންސައިޑް ޕްލަސްގެ ފަރާތުން 18 މޭ 2024 ގައި ސިވިލް ކޯޓަށް ހުށަހެޅިކަން ސިވިލް ކޯޓުގެ ނިންމުމުން އެނގެއެވެ.
45މި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން ބިނާވަނީ، މި ފޯމުގެ މައްޗަށެވެ. މި ނިންމުމުގައިވަނީ، ދަޢުވާގައި އިންސައިޑް ޕްލަސްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާގެ ތެރެއިން އެ ފަރާތުން ކޮށްފައިވާ ވެންޓިލޭޝަން މަސައްކަތަށް އރކަ އެން ސިއެލްއިން އަދާކުރަންޖެހޭ އަގުގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމުން، ކޯޓުން އެކަމުގައި ޢަމަލުކުރަންޖެހޭ ގޮތް މި ޤާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކުރާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި، ކޯޓުން ޙުކުމްރަންވާނ ގޮތެ މި ޤާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެއެވެ. ތެރެއިން މިހާތަނަށް ދައްކަންޖެހި ނުދައްކައިވާ -1,000,000/ރ. (އެއްމިލިއަން ރުފިޔާ) ގެ %8 (އަށެއް އިންސައްތަ) ކަމުގައިވާ -80,000/ރ. (އަށްޑިހަހާސް ރުފިޔާ) ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާކަން އެނގެން އޮތްކަމާއި، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާތަކާ ތަފާތު ފަރުވާއެއް ހޯދުމަށް ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައެވެ. އަދި މި ޙާލަތުގައި އެ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދޭނަމަ، އެކަން ކުރަންވާނީ ކޯޓު އަމުރަށް އެދޭ ފޯމަކުންކަނ މަދަން އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތްނަމަވެސް، މި މައްސަލައިގައި އިންސައިޑް ޕްލަސްގެ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމުން ކަމުގައިވާތީ، އެ ފޯމު ބަލައިގަނެ އެ ދަޢުވާއާ ގުޅޭ ގޮތުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ގޮތެއް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ނޫންކަމުގައެވެ.
46މި އިސްތިއުނާފު ބިނާވަނީ މި ނިންމުމުގެ މައްޗަށެވެ. އެހެނީ، އިންސައިޑް ޕްލަސްގެ ބަހުސަކީ، އެ ފަރާތުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ގޮތަށް ކަމުގައެވެ.
47ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދެންޖެހޭ ގޮތް ބިނާވަނީ، ދަޢުވާކުރާ ފަރާތުނާ ކުރާ ދަޢުވާއާއި އެދޭ ފަރުވާގެ މައްޗަށެވެ. ދަޢުވާކުރާ ފަރާތުގެ ދަޢުވާއަކީ ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކުރާ ދަޢުވާއެއްނަމަ، ނުވަތަ ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާއެއްނަމަ، ނުވަތަ މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާއެއްގެ ތެރެއިން، މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމުގައި ދީފައިވާ ދަޢުވާއެއްނަމަ، ނުވަތަ ބަޔާންކޮށްފައިވާ މި ފަރުވާތަކުގެ ތެރެއިން އެއް ފަރުވާއަކަށް ވުރެ ގިނަ ފަރުވާ ހިމެނޭ ދަޢުވާއެއްނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދެންޖެހެނީ، އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ފޯމު، އެހެނީ ފޯމު ނަންބަރު 26 މެދުވެރިކޮށެވެ. މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) އިން ދައްކައިދޭ މަގުކަން އިސްވެ ބަޔާންކުރެވިއްޖެއެވެ.
48މި މައްސަލައިގައި އަހުރެންގެ ކުރިމަތީގައި އޮތް ސުވާލަށް ޖަވާބުދިނުމުގެ ބޭނުމުގައި، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކުރާ ދަޢުވާތަކާއި، އަދި ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާތަކަކީ ކޮބައިކަން އިތުރަށް ތަފްޞީލުކުރީމެވެ.
49މީގެ އިތުރުން، މި މައްސަލައިގައި އިންސައިޑް ޕްލަސގެ ފަރާތުން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އެދިފައިވާއިރު، ޝަރީޢަތުގެ ޚަރަދާއި ގުޅޭ ނައްސުތައްވެސް ތަފްޞީލުކުރީމެވެ. ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާ (claims for specified amount of money)
50HN4އާންމު އުޞޫލުން ބަލާއިރު، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވުމަކީ، ފައިސާގެ އަދަދު ސާފުކޮށް ފެންނަން އޮތުމެވެ. ނުވަތަ ފަސޭހައިން އެ އަދަދު ހިސާބުކޮށްލެވުމެވެ. މި ލަފޒް demand/sum liquidated ގެ ގޮތުގައި މާނަކުރެވި ބަޔާންކުރެވުނނަމަވެސް، އިނގިރޭސިވިލާތުގެ The Civil Procedure Rules 1998 (މީގެ ފަހުން “Procedure Rules”) ވުޖޫދުވެ، މި ލަފްޒު specified amount of money ގެ ގޮތުގައި ބަޔާންކުރެވި، އެފަދައިން ބަދަލުވެގެން ދިޔައެވެ.
51މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާތަކާ ގުޅޭ އިޖުރާއަތު ބަޔާންކުރަނީ އިނގިރޭސިވިލާތުގެ Procedure Rules އިން މިކަމުގައި ކަނޑައަޅާފައިވާ އިޖުރާއަތާއި ދާދި އެއްގޮތަށްކަން މި ދެ އިޖުރާއަތު އަޅާކިޔުމުން ފާހަގަވެއެވެ. މިފަދައިން No. 1776 (l.23), The Rules of Supreme Court (Revised) 1965, Order 13 ބަޔާންކުރިނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް Procedure Rules ގައި ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާތަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމަށް، ވަކި ޚާއްޞަ ފޯމެއް ފަރުމާކުރެވިފައިވާކަން އެނގެއެވެ. އަދި ހަމައެއާއެކު، ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާތަކަށްވެސ ވަކް ޚާއްޞަ ފޯމެއްވާކަން އެނގެއެވެ.
52ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހަޅާ ހުށަހެ ޅުންތަކަކީ ހަމައެކަނި ދަރަންޏަށް ޚާއްޞަވެގެންވާ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭ އެދުންތަކާއި، ދަޢު ވާކުރާ ފަރާތުން ފައިސާގެ އަގެއް ކަނޑައެޅުމަށް ބޭނުންވާ ކޮންމެ ކަމެއްވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ހަމައެއާއެކު fixed costs އާއި، ޙުކުމަށް އެދޭ ތާރީޚާ ހަމައަށް ހިސާބުކުރެވޭ އިންޓްރެސްޓްވެސް ހިމެނިދާނެއެވެ. ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާކަމުގައި އާންމު އުޞޫލުން ބެލެވޭނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވަ ފައިސާގެ މިންވަރަށެވެ.
53ދަޢުވާކުރާ ފަރާތުން ދަޢުވާގެ އަދަދެއްގެ ގޮތުގައި ވަކި އަދަދެއް ޖަހާފައިވާނަމަ، އެއީ ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއެއް ކަމުގައި ބެލިދާނެއެވެ. ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ކުރާ ދޢަވާއެއްގ މަފްހޫމުގެ ތެރޭގައި، މަގުމަތީގެ އެކްސިޑެންޓަކާ ގުޅިގެން ނުވަތަ ސިއްޙީ ފަރުވާދިނުމުގައި ވެފައިވާ އިހުމާލަކާ ގުޅިގެން ދަޢުވާއެއް ހުށަހަޅާނަމަ، ދަޢވާކުރު ފަރާތުން އެ ދަޢުވާގެ ތަފޞް ލުގައި، ދަޢު ވ ރައްދުވާ ފަރާތުގާ އިހުމާލުން ލިބުނު އަނިޔާއާއި ތަހައްމަލުކުރަންޖެހުނު ވޭނުގ ބަދަލުގެ ގޮތުގައި "x" އަދަދެއްގެ ފައިސާ، އާމްދަނީން Rules Procedure ގެ 12.4 ވަނަ މާއްދާގެ (1) ގެ (a) އިން މިކަން އެނގެއެވެ. މިގޮތުން، ދަޢުވާއަކީ ފައިސާގެ އަދަދު ބަޔާންކުރާ ދަޢުވާއެއްނަމަ، އެކަމަށް އެދެންޖެހެނީ (filing a request) “Form N205A or N225” އިން ކަން ބަޔާންކުރެއެވެ. 14 th Adrian Zuckerman, Zuckerman on Civil Procedure: Principles of Practice (4 edn, Sweet & Maxwell 2021), page 401 Civil Procedure, White Book, Volume 1 (2016), Sweet & Maxwel, para 12.4.3 - “…if a claimant “places a figure on the amount of the claim…” ލިބުނު ގެއްލުމުގެ ގޮތުގައި "y" އަދަދެއްގެ ފައިސާ، އަދި މުދަލަށް ލިބުނު ގެއްލުމުގެ ގޮތުގައި "z" އަދަދެއްގެ ފައިސާ، މިފަދައިން ހުރިހާ ކަމެއް ވަކިވަކިން ތަފޞް ލުކޮށް ބަޔާންކުރުމަށްފަހު، އެ ހުރިހީ ކަމެއްގެ ޖުމްލަ އަދަދެއް (x+y+z) ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް، ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ކުރާ ދަޢުވާއެއްގެ ތެރޭގައި ފެންނަ ފެނުމަށް ބަލާއިރު އެ ލަފްޒުގެ ތަރުޖަމގައާ ޝާމިލުވެއެވެ.
54ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާތަކުގައި، ހަމައެކަނި liquidated sum މި ލަފްޒުގެ ލަފްޒީ މާނަ އަށް ބެލުމަށްވުރެ، އޭގެ ތަޢުރީފު އެއަށް ވުރެ ފުޅާ ދާއިރާގެ ތެރޭގައި މިހާރު ބޭނުންކުރެވެމުންދާކަން ފާހަގަވެއެވެ. މިގޮތުން، ދަރަންޏެއްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުވަތަ debt އަކަށްވުމުގެ އިތުރުން، ކޮންޓްރެކްޓެއްގެ ދަށުން ކަނޑައެޅިފައިވާ ފައިސާގެ އަދަދެއް ނުވަތަ ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ކަނޑައަޅާފައިވާ ފައިސާގެ އަދަދެއް، ނުވަތަ ވިއްކާފައިވާ މުދަލެއްގެ އަގެއް، ނުވަތަ އިންވޮއިސެއްގެ ދަށުން ދައްކަންޖެހޭ ފައިސާ، ނުވަތަ ލޯނެއްގެ ނުވަތަ އޯވަރޑްރާފްޓްގެ ދަށުން ދައްކަންޖެހޭ ފައިސާ، ނުވަތަ މަރާމާތަށް ހިނގާ ޚަރަދު، ނުވަތަ ކުލީގެ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ކުލީގެ ފައިސާ ހޯދުމުގެ ދަޢުވާތައް ހިމެނެއެވެ. މީގެ އިތުރުން، ލޯނއެ ނުވަތަ އޯވަރޑްރާފްޓެއްގެ ދަށުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ އިންޓްރެސްޓް ކަނޑައެޅިގެން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހިމެނޭ ދަޢުވާތައް މި ފަންތީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ޤާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ދައްކަންޖެހޭކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ފައިސާ ނުވަތަ ޖޫރިމަނާއަކީވެސް ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއެއް ކަމުގައި ބެލެވެއެވެ. Merito Financial Services Ltd v Yelloly [2016] EWHC 2067 (Ch) Civil Procedure, White Book, Volume 1 (2016), Sweet & Maxwell, para 12.4.4 th Stuart Sime, A Practical Approach to Civil Procedure (2022), 25 edition, Oxford University Press, Para 13.21
55ވަކި ދަޢުވާއަކީ ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއެއްނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅުމެއް ހުށަހަޅާއިރު އެ ހުށަހެޅުމުގައި، އަދާކުރަން އެދޭ ދަރަނީގެ ޖުމްލަ އަދަދު ދައްކައި ޚަލާޞްކުރަންޖެހޭ ތާރީޚު ނުވަތަ އިންސްޓޯލްމަންޓްތަކަކަށ ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތާއި މުއްދަތު ބަޔާންކުރަންވާނެއެވެ. ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށހަޅަ ހުށަހެޅުމަކާ ގުޅިގެނާ ޣައިރު ޙާޟިރުގައި ޙުކުމެއް ކުރާނަމަ އެ ޙުކުމް ކުރާނީ، އެ ދަޢުވާގައި ބަޔާންކުރާ ފައިސާގެ އަދަދުގެ ތެރެއިން، ދައްކައި ޚަލާޞްކޮށްފައިނުވާ ފައިސާގެ އަދަދާއި ޝަރީޢަތުގެ ޚަރަދުތައް، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅުމުގައި ފައިސާ ދެއްކުމަށް ބަޔާންކުރާ ތާރީޚުގައި ފައިސާ ދެއްކުމަށް ނުވަތަ ހުށަހަޅާ ރޭޓެއްގައި ދެއްކުމަށް؛ ނުވަތަ ހުށަހެޅުމުގައި ފައިސާ ދައްކަންވީ ތާރީޚެއް ނުވަތަ ރޭޓެއް ބަޔާންކޮށްފައިނުވާނަމަ ވަގުތުން ފައިސާ ދެއްކުމަށެވެ.
56މިސާލަކަށް، ލޯނެއްގެ ޕްރިންސިޕަލް އަދަދާއި، އޭގެ އިންޓްރެސްޓް އާއި ކޯޓުގެ ފީ، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި، ދަޢުވާގައި ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ކުރާ ދަޢވާއެއްގު ގޮތުގައެ ނަގައިދެވޭނެއެވެ. އިތުރު މިސާލަކީ، ވަކި މީހަކަށް ލިބިފައިވާ މަންފާއާއި، އަދި އޭގެ ސަބަބުން އޭނާއަށް ނަހަމަ ގޮތުގައި މަންފާ ލިބިފައިވި enriched) (unjustly އެންމެހައި ފައިސާގެ އަދަދު ކަނޑައެޅި، ވަކި އަދަދެއް ބަޔާންކުރާނަމަ، ދަޢުވާގައި ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ކުރާ ދޢަ ވާއެއްގު ގޮތުގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި، އެ މިންވަރު ނަގައިދެވޭނެއެވެ. Shobeiry v Patel [2023] EWHC 2549 (KB) Merito Financial Services Ltd v Yelloly [2016] EWHC 2067 (Ch)
57HN5ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއެއްގައި، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކުރާނަމަ ޙުކުމްކުރާ ތާރީޚާ ހަމައަށް އިންޓްރެސްޓް ދެއްކުމަށް އެންގޭނީ، ދަޢުވާގެ ތަފްޞީލުގައި މި ޤާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކުރާ ތަފްޞީލުތައް ހިމަނާފައިވާ ނަމަ، އިންޓްރެސްޓް ރޭޓް %8 (އަށެއް އިންސައްތަ) އަށްވުރެ މަތިނުވާނަމަ، އަދި އިންޓްރެސްޓް ހިސާބުކުރުމަށް އެދިފައިވާ ތާރީޚުން ފެށިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހެޅި ތާރީޚާ ހަމައަށް އިންޓްރެސްޓް ހިސާބުކުރެވުނު ގޮތް ބަޔާންކޮށްފައިވާނަމައެވެ.
58ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ބިނާވަނީ ފައިސާ ހޯދުމަށް އެދޭ ދަޢުވާއެއްގެ މައްޗަށްނަމަ، އެ ދަޢުވާއަކާގުޅޭ ދަޢުވާ ފޯމުގައި ބަޔާންކުރަންޖެހޭކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ. އެހެނަސް، އެފަދަ ދަޢުވާތަކާ ގުޅިގެން ހެކި ވަޒަންކުރަންޖެހޭކަމަށް ނުދެކޭހިނދު، އެ ހުށަހެޅުމުގައި މި ޤާނޫނުގެ 118 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަވާންވާނެއެވެ. ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާ (claims for amount of money to be decided by the court)
59HN6ސާފު ދަރަންޏެއްގެ ގޮތުގައި ނުބެލެވޭ ކޮންމެ ދަޢުވާއެއް ފެތޭނީ "ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާ"ގެ ގިންތިއަށެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ damages unliquidated އެވެ. އެއީ ކުރިން ކަނޑައެޅިފައިނުވާ ނުވަތަ ވަކި އަދަދެއް އޭގެ މައްޗަށް ކަނޑައެޅިފައިނުވާ ގެއްލުމުގެ ބަދަލެވެ. އާންމު ގޮތެއްގައި، ދަޢުވާއެއްގައި މިކަން ބަޔާންކުރާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކި އަދަދެއް ނުވަތަ ވަކި މިންވަރެއް ކަނޑައަޅަންޖެހޭ ގޮތަށެވެ.
60މި ގިންތި އަށް ނިސްބަތްވާ ދަޢުވާއެއްގައި، ދަޢުވާގައި އެދޭ ފަރުވާގައި ފައިސާގެ އަދަދު ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ ދަޢުވާގައި ވަކި އަދަދެއް ބަޔާންކޮށްފައި އޮތުމަކީ، އިތުރު ކަމަކަށް ބެލުމެއްނެތި، އެއީ "ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާ"އެއްގެ ގޮތުގައި ބެލުމެއްނޫނެވެ. އޭގެ ބަދަލުގައި، އެ ދަޢުވާ ބިނާވަނީ، އަދި އެދިފައިވާ ފަރުވާ ބިނާވަނީ ގެއްލުމުގެ ބަދަލުގެ މައްޗަށް ކަމުގައިވާނަމަ، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙޟިރުގައ ކުރި ޙުކުމާ ވާންވާނީ، ގެއްލުމުގެ ބަދަލު ކޯޓުން ކަނޑައެޅުމުގެ މައްޗަށެވެ.
61އާންމު އުޞޫލުން، މިބާވަތުގެ ދަޢުވާ ގައި ހިމެނޭނީ ސީދާ ނުވަތަ ނުސީދާ ގެއްލުމުގެ ބަދަލު ލިބިގަތުމަށް އެދި ހުށަހަޅާ ދަޢުވާތަކާއި، އެ ދަޢުވާއާ ގުޅިގެން އިންޓްރެސްޓް ނުވަތަ ޖޫރިމަނާގެ ގޮތުގައި ވަކި އަދަދެއް ކޯޓުން ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ދަޢުވާތަކާއި، އެއްބަސްވުމުގައި ވަކި އަދަދެއް ކަނޑައެޅިފައިނުވާ އަދި އެ ޚަރަދު ކޯޓުން ކަނޑައެޅުމަށް އެދޭ ދަޢުވާތަކެވެ.
62އިނގިރޭސިވިލާތުގެ Procedure Rules ގައި މިކަން ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު، ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާތަކުގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދުމަށް (on request) ވަކި ފޯމެއް ކަނޑައެޅިފައިވެއެވެ. މިފަދަ ހުށަހެޅުމަކާއެކު، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ދަޢުވާގެ މައްޗަށް ޙުކުމެއްކޮށް، ކޯޓުން ފައިސާގެ އަދަދު ކަނޑައެޅުމަށް Edward v. Okeke [2023] EWHC 2932 (KB) Procedure Rules ގެ 12.4 ވަނަ މާއްދާގެ (1) ގެ (b) އިން މިކަން އެނގެއެވެ. މިގޮތުން، ދަޢުވާއަކީ ކޯޓުން ފައިސާގެ އަދަދު ކަނޑައަޅަންޖެހޭ ދަޢުވާއެއްނަމަ، އެކަމަށް އެދެންޖެހެނީ (filing a request) “Form N205B or N227” އިން ކަން ބަޔާންކުރެއެވެ. ނިންމައެވެ. މިއީ liability އާ މެދު ނިންމާ ނިންމުމެކެވެ. އަދި ފައިސާގެ އަދަދާއިމެދު ގޮތެއް ނިންމިގެންދަނީ، ވަކި އިޖުރާއަތެއްގެ ތެރެއިންނެވެ.
63މަދަނީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާތަކުގައިވެސް ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދެންޖެހެނީ، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާތަކުގައިވެސް ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދޭ ފޯމުންނެވެ. އިނގިރޭސިވިލާތުގެ Rules Procedure އާ ޚިލާފަށް އެކަމަށް އެދެންޖެހޭ އިޖުރާއަތުގައި ދެ ބާވަތް ދެމެދު ފަރަގުކޮށްފައެއްނުވެއެވެ. މީގެ އިތުރުން، Procedure Rules އާ ޚިލާފަށް، ފައިސާގެ އަދަދު ކަނޑައަޅަންޖެހޭ ދަޢުވާއެއްގައި، ފައިސާގެ އަދަދު ކަނޑައެޅުމަށް ޢަމަލުކުރަންޖެހޭ ވަކި ޚާއްޞަ އިޖުރާއަތެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައެޅިފައެއްނުވެއެވެ. މިކަމުގައި ޢަމަލުކުރެވިގެންދާ ގޮތަކީ، ޣައިރު ޙާޟިރުގައި ގޮތެއް ނިންމުމަށް ހުށަހެޅުމުން އިތުރު އިޖުރާއަތެއް ހިންގުމެއް ނެތި އެކަން ވަޒަންކޮށް، liability އާ މެދު، އަދި ފައިސާގެ އަދަދާއިމެދުވެސް، އެކުއެކީގައި ގޮތެއް ކަނޑައެޅިގެން ދިޔުމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 118 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ދަޢުވާއެއްގައި، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ކުރާ ޙުކުމްގައި ފައިސާގެ އަދަދާއި ޝަރީޢަތުގެ ޚަރަދުތައް ކަނޑައަޅާނީ ކޯޓުންކަމުގައެވެ.
64އިނގިރޭސިވިލާތުގެ Procedure Rules ގެ ދަށުން ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާތަކުގައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމަކީ ދަޢުވާގެ liability ގެ މައްޗަށް ބިނާވާ ޙުކުމެއްކަމުގައިވާއިރު، އަދި ފައިސާގެ އަދަދާއި މެދު ގޮތެއް ކަނޑައެޅިގެންދަނީ Procedure Rules ގެ 12.5 (3) Civil Procedure, White Book, Volume 1 (2016), Sweet & Maxwell, para 12.4.3 and Rule 12.6 of Procedure Rules ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގައިވާ ފަދައިން ފޯމު 26، "ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދޭ ފޯމް" އެއަށް ފަހު ތަފާތު އިޖުރާއަތެއްގެ ތެރެއިން ކަމުގައިވާއިރު، ކޯޓުން އަދަދު ކަނޑައެޅުމުގައި ބިނާކުރާ މިންގަނޑަށް، ނުވަތަ އެ އަދަދަށް، ނުވަތަ އެކަމުގެ causation ގެ މައްޗަށް ޖަދަލުކުރުމަށް ހުރަހެއްނެތްކަން ނިންމާފައިވާ ނިންމުންތަކުން އެނގެއެވެ.
ޝަރީޢަތުގެ ޚަރަދާ ގުޅޭ
65އިންސައިޑް ޕްލަސްގެ ފަރާތުން އަރކް އެން ސިއެލް ގެ މައްޗަށް ކުޅަ ދަޢުވާގައި އެ ފަރާތުން އެދޭ ފަރުވާގެ ގޮތުގައި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ދައްކާފައިވާ -50,000/ރ. (ފަންސާސްހާސް ރުފިޔާ) އަރކް އެން ސިއެލްގެ ކިބައިން ނަގައިދިނުމަށް އެދިފައިވެއެވެ. އަދި މިފަދައިން އެ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމުގައިވެސް ބަޔާންކޮށްފައިވެއެވެ.
66HN7މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ބަލާއިރު، ޝަރީޢަތުގެ ޚަރަދަކީ، މަދަނީ ދަޢުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޚަރަދެވެ. އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާންމު އުޞޫލުން ޝަރީޢަތުގެ ޚަރަދު، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދެވޭކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއިން އެނގެއެވެ. އަދި މި ޚަރަދު ކަނޑައެޅުމުގައި Lunnun v Singh and Others [1999] All ER (D) 718 “…where judgment has been entered with damage to be assessed, the defendant could raise any point which went to the quantification of damages at the subsequent assessment of damage hearing, provided it was not inconsistent with any issue raised by the judgment. The default judgment was only conclusive as to the liability of the defendants as pleases in the statement of claim…” މި ޤަޟިއްޔާއަކީ Procedure Rules ވުޖޫދުވުމުގެ ކުރިން ނިންމާފައިވާ ޤަޟިއްޔާއެއްނަމަވެސް، މި ޤަޟިއްޔާގައި ކަނޑައެޅިފައިވާ މި އުޞޫލަށް [2001] CP Rep 74, CA International Fitzgerald Cantor v Pugh ޤަޟިއްޔާގައި ތާއީދުކޮށްފައިވެއެވެ. މި ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ؛ “In my judgment that view of the true principle survives the introduction of the new Common Procedure Rules.” މަދަނީ އިޖުރާއަތުގެ ޤާނޫނުގައި މި އިސްތިސްނާ މައްސަލަތައް އެ ޤާނޫނުގެ 271 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެގޮތުން، ޢާއިލީ މައްސަލަތަކާއި، ތަރިކައިގެ އުޞޫލުން މުދާބެހުމުގެ މައްސަލަތައް އިސްތިސްނާކޮށްފައިވެއެވެ. ކޯޓަށް ލިބިދީފައިވާ އިޚްތިޔާރުތަކާއި، މި ޚަރަދު ނަގައިދިނުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން މި ޤާނޫނުގެ 270 ވަނަ މާއްދާގެ (ށ) އާއި 272 ވަނަ މާއްދާއިން އެނގެއެވެ.
67ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތަކުގައި، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއަކާ ގުޅޭ ހުށަހެޅުމަކާ ގުޅިގެން، ޙުކުމެއް ކުރާނަމަ، ދަޢުވާގައި ބަޔާންކުރާ ފައިސާގެ ތެރެއިން، ދައްކައި ޚަލޞާކޮށްފައިނުވާ ފައިސާގެ އަދަދާއި ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެކަން މި ޤާނޫނުގެ 118 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ. އަދި ހަމަ އެ އުޞޫލުން، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ދަޢުވާއެއްގައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ކުރާ ޙުކުމުގައި ފައިސާގެ އަދަދާއި ޝަރީޢަތުގެ ޚަރަދު ކަނޑައަޅާނީ ކޯޓުންކަމުގައ މި ޤާނޫނުގެ 118 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކުރެއެވެ.
68އެހެންކަމުން، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާތަކާއި، ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާތަކުގައިވެސް، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެކަން އެނގެއެވެ. އަދި ޝަރީޢަތުގެ ޚަރަދުގެ އާންމު އުޞޫލަށް ބަލާއިރު، މި ޚަރަދު މި ޙާލަތުގައި ދަޢުވާކުރާ ފަރާތަށް ނަގައިދެވޭނީ އެ ދަޢުވާ ކާމިޔާބުވާނަމަކަން ޝަރީޢަތުގެ ޚަރަދުގެ އާންމު އުޞޫލަށް ބެލުމުން އެނގެއެވެ. މިގޮތުން އާންމު މިންގަނޑުން ޚރަދަ ނަގައިދިނުމުގައި ކޯޓުން ޢަމަލުކުރާ އުޞޫލަކީ، ދަޢުވާގައި ހިމެނޭ ކަންކަމާ ގުޅިގެން ކޮށްފައިވާ ޚަރަދާ އެކަށީގެންވާ މިންވަރެއް ދައްކަން އެންގުމާއި، އެ ޚަރަދެއް ކޮށްފައިވަނީ ކޮންމެހެން ކުރަންޖެހިގެންކަނ ނުވަތް އެކަށީގެންވާ ޙާލަތެއްގައިތޯ ނުވަތަ ޚަރަދުގެ މިންވަރަކީ އެކަށީގެންވާ އަދަދެއްތޯ، މި ސުވާލުތަކަށް ޙައްލެއް ލިބިގެންދާގޮތަށ ކޯޓުން ޚަރަދު ނަގައިދިނުމެވެ.
69ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި، އެ ޚަރަދަކީ ކޮށްފައިވާ ޚަރަދެއްކަން އެނގެން އޮންނަންވާނެއެވެ. އަދި އެ ޚަރަދަކީ އެކަށީގެންވާ އަދަދަކަށްވެސް ވާންވާނެއެވެ. މިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 274 ވަނަ މާއްދާއިންނާއި، 275 ވަނަ މާއްދާއިން ދެނެގަނެވެއެވެ. އެހެންކަމުން، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކުރާ ދަޢުވާތަކާއި، ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާތަކުގައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި މިކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެކަމުގައި ދެކެމެވެ.
ޤާނޫނީ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުން
70މި މައްސަލައިގައި ސިވިލް ކޯޓުގައި އިންސައިޑް ޕްލަސްގެ ފަރާތުން އެދިފައިވަނީ އަންނަނިވި ފަރުވާތައް ލިބިގަތުމަށެވެ.
1.70. އެ ފަރާތުން ކޮށްފައިވާ ވެންޓިލޭޝަން މަސައްކަތަށް އަރކް އެން ސިއެލްގެ ފަރާތުން އަދާކުރަންޖެހޭ އަގުގެ ތެރެއިން މިހާތަނަށް ނުދައްކއިވަ -1,000,000/ރ. (އެއްމިލިއަން ރުފިޔާ) ލިބިގަތުމަށް
2.70. މި ފައިސާ ނުދިނުމުގެ ސަބަބުން އިންސައިޑް ޕްލަސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަރކް އެން ސިއެލްގެ ފަރާތުން އިންސައިޑް ޕްލަސްއަށ މިހާތަނަށް ދައްކާފައިނުވާ -1,000,000/ރ. (އެއްމިލިއަން ރުފިޔާ) ގެ %8 (އަށެއް އިންސައްތަ) ކަމުގައިވަ -80,000/ ރ. (އަށްޑިހަހާސް ރުފިޔާ) ލިބިގަތުމަށް
3.70. ފައިސާ ހޯދުމަށްޓަކައި ޝަރީޢަތަށް ހުށަހަޅަން ޖެހުމުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ދައްކާފައިވާ -50,000/ރ. (ފަންސާސްހާސް ރުފިޔާ) ލިބިގަތުމަށް
71އަރކް އެން ސިއެލް ގެ ފަރާތުން ދަޢުވާއަށް ރައްދެއްދީފައިނުވާތީ، މިއީ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އިންސައިޑް ޕްލަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައިވެސް، އެ ފަރާތުން އެދުނު ކަންކަމެވެ.
72މި ދަޢުވާއާ ދަޢުވާ ހުށަހެޅިއިރު، ދެ ފަރާތް ދެމެދު މަސައްކަތުގެ އަގު ބަޔާންކޮށް ބަދަލުކުރެވުނު ކޯޓޭޝަންގެ ކޮޕީއަކާއި، ދެ ފަރާތުން އެއްބަސްވި ގޮތުގެ މަތިން އިންސައިޑް ޕްލަސްއިން ފޯރުކޮށްދިނުމަށް އެއްބަސްވި ތަކެތި ފޯރުކޮށްދީ، މަސައްކަތް ނިންމާފައިވާކަން އެނގޭނޭ ޑެލިވަރީ ނޯޓުގެ ކޮޕީއަކާއި، އެއްބަސްވެފައިވާ އަގުގެ ތެރެއިން ދައްކާފައިވާ ފައިސާ އެނގޭނެ ސްޓޭޓްމަންޓްގެ ކޮޕީއަކާއި، އިންސައިޑް ޕްލަސްއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ އީމެއިލްތަކުގެ ކޮޕީއާއި، އަރކް އެން ސިއެލްއަށް ފޮނުވާފައިވާ ލީގަލް ނޯޓިސްގެ ކޮޕީއަކާއި، ޤާނޫނާ ވަކީލަށް ދައްކާފައިވާ ފައިސާގެ އިންވޮއިސްގެ ކޮޕީއެއް ދަޢުވާ ފޯމާއެކު އިންސައިޑް ޕްލަސްގެ ފަރާތުނާ ހުށަހަޅާފައިވާކަން އެނގެއެވެ.
73ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުން ޚާއްޞަކޮށްފައިވަނީ އިންސައިޑް ޕްލަސްގެ ފަރާތުން އެދިފައިވާ ފަރުވާތަކުގެ ތެރެއިން، އިންސައިޑް ޕްލަސްއަށް އާރކް އެން ސިއެލްގެ ފަރާތުން އަދާކުރަންޖެހޭ އަގުގެ ތެރެއިން ދައްކަންޖެހި ނުދައްކއިވަ ފައިސާގެ %8 (އަށެއް އިންސައްތަ) ކަމުގައިވާ -80,000/ރ. (އަށްޑިހަހާސް ރުފިޔާ) ގެ ގެއްލުމުގެ ބަދަލަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާތަކާ ތަފާތު އެހެން ފަރުވާއެއް ހޯދުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގޭކމަށަ ބަޔާންކޮށް އަދި މި ޙާލަތުގައި ދޢަ ވާކުރާ ފަރާތުނު ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭނަމަ، އެދެންޖެހެނީ ކޯޓު އަމުރަށް އެދޭ ފޯމންކަމަށު ކަނޑައެޅުމުގެ މައްޗަށެވެ.
74HN8އިންސައިޑް ޕްލަސްގެ ފަރާތުން އެދިފައިވާ މި ފަރުވާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) އަށް ފެތޭ ފަރުވާއެއް ނޫންކަމުގައި ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކުރިއިރު، އެ އަކުރަށް އެ ފަރުވާ ނުފެތޭ ސަބަބެއް އެ ނިންމުމުން ފެންނާކަށްނެތެވެ. އެއަށް ތަފްޞީލެއް ދިނުމެއް ނެތި، އަދި އެކަމުގެ މައްޗަށް ސަބަބެއް ދިނުމެއް ނެތި، އަދި އެއަށް ވާސިލުވި ހުއްޖަތެއްނެތި، ބަޔާނވެދިޔް ފަރުވާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާއާ ތަފާތު ފަރުވާއެއް ހޯދުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގޭކަން ހަމައެކަނި ބަޔާންކުރުމަކުން ނުފުދޭނެއެވެ. އެ ނިންމުން އިސްތިއުނާފު ކޯޓުން ވަޒަންކުރަން އެނގޭނީވެސް، އެ ނިންމުމަށް ވާސިލުވިގޮތެއް އެ ކޯޓުން ބަޔާންކުރުމުންނެވެ. މި މައްސަލައިގައި ހުށަހަޅާފައިވާ ދަޢުވާއަށާއި، ލިޔެކިޔުންތަކަށް މަތިމަތިން ބަލާއިރު، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައިވާ އަކުރުތަކަށް ނުވަތަ އަކުރުތަކުން ކުރެ އަކުރަކަށް ފެތޭ ފަރުވާއެއްކަމަށް ބެލެވޭހިނދު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުންނާއި (2) ވަނަ ނަންބަރުގެ ދަށުން، އެކަން ވަޒަންކޮށް، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ އެ އަކުރުތަކަށް ނުފެތޭނަމަ، އެކަމުގެ ސާފު ހުއްޖަތެއް އެކަން ބަލައި ވަޒަންކުރާ ކޯޓަކުން ދޭންވާނެއެވެ. އެހެނަސް، މި މައްސަލައިގައި އެފަދަ ހުއްޖަތެއް ދީފައިވާތަނެއ ފެންނާކަށް ނެތެވެ.
75HN9އިންސައިޑް ޕްލަސްގެ ފަރާތުން އިސްވެ ބަޔާންކޮށްފައިވާ ފަރުވާއަށް އެދުމުގެ އިތުރުން، އިތުރު 02 (ދޭއް) ކަމަކަށް އެދިފައިވެއެވެ. އެއީ، އިންސައިޑް ޕްލަސއިން ކޮށްފައިވް މަސައްކަތަށް އަރކް އެން ސިއެލްގެ ފަރާތުން ލިބެންޖެހި ނުލިބިވާ ފައިސާއާއި އަދި ޝަރީޢަތުގެ ޚަރަދު ލިބިގަތުމަށެވެ. އަދި އަރކް އެން ސިއެލގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އިންސައިޑް ޕްލަސްގެ ފަރާތުން އެދުނު ފޯމުންވެސް އެ ދެ ފަރުވާ ހޯދުމަށް އެ ފަރާތުން އެދިފައިވެއެވެ. އެ ފަރުވާތަކ ގުޅިގެނާ ސިވިލް ކޯޓުގެ ނިންމުމުގައި ވަކި ހަމައެއް ބަޔާންކޮށްފައިވާ ތަނެއް ފެންނާކަށްނެތެވެ. އެ ނިންމުމުގައި، އިންސައިޑް ޕްލަސއިން ކޮށްފައިވް މަސައްކަތަށް އަރކް އެން ސިއެލްގެ ފަރާތުން ލިބެންޖެހި ނުލިބިވާ ފައިސާއާއި އަދި ޝަރީޢަތުގެ ޚަރަދު ހޯދުމަށް އެދި ހުށަހެޅި ދަޢުވާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއަށް ފެތޭ ދަޢުވާއެއްތޯ ނުވަތަ ނޫންތޯ ބަލައި ވަޒަންކޮށްފައެއްނުވެއެވެ. މިކަން ބަލައި ވަޒަންކުރުން މުހިންމުވެގެންދަނީ، މި ޙާލަތަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު ތަޠުބީޤުވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ބޭނުމުގައެވެ. އެހެނީ، މި މާއްދާ މި ޙާލަތަށް ނުވަތަ މި ފަރުވާތަކުގެ މައްޗަށް ތަޠުބީޤުވާނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި އެކަމަށް ޚާއްޞަވާ ފޯމުން އެއަށް ޙައްލެއްނުދެވިވާ ސަބަބު ބަޔާންކުރަންޖެހޭތީއެވެ.
76ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމަކީ، ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅޭ ހުށަހެޅުމާމެދު ގޮތް ނިންމުމުގައި ތަބާވާންޖެހޭ އެންމެ އަސާސީ އެއް އުޞޫލެވެ. މިކަން ހިމެނެނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއްކުރުމުގ ޙައްޤުގެ ތެރޭގައެވެ. ޤާނޫނުއަސާސގީ 42 ވަނަ މާއްދާގެ (ހ) އިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ އެއް އަސާސީ ޙައްޤަކީ މީހެއްގެ މައްޗަށް އުފުލޭ ޖިނާއީ ދޢަވާތަކުގައާއި މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގެ މައްސަލަތަކުގައި އިންސާފުން ޝަރުޢީ ތ ކުރެވުމުގް ޙައްޤެވެ. މި އަސާސީ ޙައްޤު ލިބުނުކަން ކަށަވަރުކުރެވޭނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ގޮތަށް ހާމަކަމާއެކު އެ ޝަރީޢަތެއް ކުރެވިގެންނެވެ. ޝަރީޢަތަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ދަޢވާއެއްގައު ޚޞަ މުން ހުށަހަޅް ހެކިތައް ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދަޢވާއާމެދ ގޮތެއު ނިންމުމެވެ. ފަނޑިޔާރު ނިންމު ނިންމުމަކީ ހެއްކާ ޤަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއ އެކުގައި ކުރި ޙުކުމެއްކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާއި، އ ހެކިތައް ވަޒަންކުރި ގޮތާއި، އެ ޙުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމުންނެވެ. ޙުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި އޮތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤުގެ މައިގަނޑު އުންސުރެކެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
77ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވާ ސަބަބަކީ، އެ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް އެ ފަނޑިޔާރު ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީއެވެ.
78މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި، މައްސަލައިގައި ހިމެނޭ ދަޢު ވާގެ ކޮންމެ ބަޔަކާމެދު ދެފަރާތުން ދެއްކި ވާހަކަތަކުގެ މައިގަނޑު ނުކުތާތައް ބަޔާންކޮށް، އެ ނުކުތާތަކުގެ ތެރެއިން އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ ކޮބައިކަން ފާހަގަކޮށް، އެ ނުކުތާތަކާބެހޭ ގޮތުން ހުރި ހެކިތަކާއި، އެ ހެކިތައް ވަޒަންކުރިގޮތާއި އެ ހެކިތަކަށް ބުރަދަން ދެވުނު ގޮތް އަދި މައްސަލަ ސާބިތުނުވިނަމަ އެ މައްސަލަ ސާބިތުނުވި ސަބަބު އެ މައްސަލައިގައި ހިމެނޭ ޚޞަމުންނަށ ސާފުކޮށް އޮޅުންފިލާނޭ ގޮތަށް ތިލަބަހުން ފަނޑިޔާރު ބަޔާންކުރަންވާނެއެވެ. ޚޞަ މަކ ހުށަހެޅު ހެއްކެއް ބަލައިނުގަތުމށަ ފަނޑިޔާރް ނިންމައިފިނަމަ އެކަމުގެ ސަބަބުތައް ސާފުކޮށް ލިޔަންވާނެއެވެ. ފައިސާގެ އަދަދެއް ދައްކަން ޙުކުމްކުރާނަމަ އެ އަދަދަކަށް ވާސިލުވި ގޮތް ސަބަބާއެކު ބަޔާންކުރަންވާނެއެވެ. ޙުކުމަށް ވާސިލުވި ސަބަބުތައް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ މައްސަލަތަކުގައި މި އުޞޫލާ ޙަވާލާދީ، ނިންމުންތައް ނިންމާފައިވެއެވެ. އެގޮތުން، އެ ކޯޓުގެ ނަންބަރު 2022/SC-A/13 (މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2022/SC-A/37 (އޭ.ޑީ.ކ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2020/SC-A/107 (މުޙައްމަދ ޝަރީފު ވ. ފަރުހަތު ޢަލީ) ޤަޟިއްޔާ ހިމެނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) ޤަޟިއްޔާގެ 56 ވަނަ ނުކުތާ ޝަރީ ޢަތްކުރ ފަނޑިޔާރާ ބަޔާންކޮށްފައިނުވާނަމަ، އެ މައްސަލަ އިސްތިއުނާފުކުރަން ބޭނުންވާ ޚަޞްމަށް އޭނާ ތޢަނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން އެކަމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ޚޞަ މުންނަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙއަޤށްވެސ އުނިކަން ލިބޭނަ ކަމެކެވެ.
79މި މައް ސަލައިގައި، އިންސައިޑް ޕްލަސްއިން ދައްކަންޖެހި ނުދައްކއިވަ -1,000,000/ރ. (އެއްމިލިއަން ރުފިޔާ) ގެ %8 (އަށެއް އިންސައްތަ) ކަމުގައިވާ -80,000/ރ. (އަށްޑިހަހާސް ރުފިޔާ) ގެއްލުމުގެ ބަދަލު ލިބިގަތުމަށް އެދުނު އެދުމާ ގުޅިގެން، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާއާ ތަފާތު ފަރުވާއެއްކަމަށ ސިވިލް ކޯޓުން ނިންމި ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުން ނިންމުމަށް ވާސިލުވި ސަބަބު ބަޔާންވެފައި އޮތްކަމުގައި އަހަރެން ނުދެކެމެވެ. އަދި އެފަދައިން ސަބަބު ބަޔާންކުރުމެއްނެތި، އެ ކޯޓުން އެ ނިންމުން ނިންމާފައިވަނީ ބަޔާންކުރަނިވި ޤާނޫނީ އުޞޫލާ އެއްގޮތަށް ކަމުގައިވެސް އަހަރެން ނުދެކެމެވެ.
80މި މައްސަލައިގައި އަންސައިޑް ޕްލަސއިން ކޮށްފައިވް މަސައްކަތަށް އަރކް އެން ސިއެލްގެ ފަރާތުން ލިބެންޖެހި ނުލިބިވާ ފައިސާއާއި ޝަރީޢަތުގެ ޚަރަދު ލިބިގަތުމަށް އެ ފަރާތުން އެދުނު އެދުމާއި ގުޅޭ ގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ އަލީގައި، އެކަންކަން ވަޒަންކޮށްފައިނުވާތީ، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމުމުގައި އެކަން ކުޅައުމަށ އޮންން އިޖުރާއަތާ ޚިލާފު ކަމެއް ކަމުގައި ދެކެމެވެ. އަދި ހަމަ އެއާއެކު، އިންސައިޑް ޕްލަސްއިން ދައްކަންޖެހި ނުދައްކައިވާ -1,000,000/ރ. (އެއްމިލިއަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ) ޤަޟިއްޔާގެ 56 ވަނަ ނުކުތާ ރުފިޔާ) ގެ %8 (އަށެއް އިންސައްތަ) ކަމުގައިވާ -80,000/ރ. (އަށްޑިހަހާސް ރުފިޔާ) ގެއްލުމުގެ ބަދަލުގެ ގޮތުގައު ލިބިގަތުމަށް އެދުނު އެދުމުގެ މައްޗަށް، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާއާ ތަފާތު ފަރުވާއެއްކަމަށް ދެކި، މި ޙާލަތުގައި ދަޢުވާކުރާ ފަރާތުން އެދެންވާނީ ކޯޓު އަމުރަށް އެދޭ ފޯމުންކަމަށް ކަނޑައަޅާފައިވަނީ، އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމެއްނެތި ކަމުން، އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދެކެމެވެ.
81މި އިސްތިއުނާފުގައި، ފަނޑިޔާރުން މަސްއޫލިއްޔަތު އަދާކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރޭގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެކަމަށް ބުނެއެވެ. އަދި މިއާ ޙަވާލާދީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު ފާހަގަކުރެއެވެ.
82މި އިސްތިއުނާފުގައިވ މައްސަލައާ އެއްގޮތަށް ސިވިލް ކޯޓުން ފައިސަލާކޮށްފައިވާ މައްސަލަތައކަމަށް ބުނެ އިންސައިޑް ޕްލަސްއިނ ހުށަހަޅާފައިވް މައްސަލަތަކަށް ބަލާއިރު، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދޭ ފޯމު މެދުވެރިކޮށް ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދުމުން ކުލި ދައްކަންޖެހި ނުދައްކއިވަ މުއްދަތަށް ކުލީގެ ފައިސާއާއި، މި ފައިސާ ނުލިބުމުން ލިބިފައިވާ ގެއްލުމުގެ ލިކުއިޑޭޓަޑް ޑެމޭޖަސްއާއި، އިންވެސްޓްކުރެވުނު ފައިސާއާއި، އިންވެސްޓްމަންޓްގެ ފައިދާގެ ގޮތުގައި އެހާތަނަށް ލިބެންޖެހޭ ފައިދާއާއި، ކުލީގެ ފައިސާއާއި، ފާރު ރޭނުމަށް ކޮށްފައިވާ 37 36 ޚަރަދާއި، އެޕާރޓްމަންޓް ޙަވާލުކޮށްފައިނުވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލާއި، ކުލީގެ ފައިސާއާއި، 39 38 ޖޫރިމަނާގެ ފައިސާ ނަގައިދިނުމަށާއި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ވަކީލަށް ކުރި ޚަރަދު ނަގައިދީފައިވާކަން އެނގެއެވެ.
83މި ނުކުތާގައި އުފެދޭ ޤާނޫނީ ބަހުސަކީ ފަނޑިޔާރުން މައްސަލަ ނިންމުމުގައި އެ މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ޢަމަލުކުރުމަށް ފަނޑިޔާރުންނަށް ލާޒިމުވާނެތޯއެވެ.
84HN10އެއްކަހަލަ މައްސަލަތަކާމެދު ޢަމަލުކުރަންވާނީ އެއްގޮތަކަށް (treat like cases alike) ކަމުގައި އޮންނަ ޤާއިދާއަކީ ގޮތް ކަނޑައެޅުމުގައި ވަކި ފަރާތަކަށް ބުރަ ނުވުމާއި، ނަޒާހަތްތެރިކަމާއި، އެއްގޮތްކުރުމާއި ގުޅުވާ، އިންސާފު ޤާއިމުކުރުމުގެ މުހިންމު އަދި މައި ދައުރެއް އަދާކުރާ ޤާއިދާއެއްކަމުގައިވީނަމަވެސް، އެއްގޮތް މައްސަލަތަކުގައި އެއް ނިންމުމަކަށް ވިސާ ލުވުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިފަދައިން ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-5033 ޤަޟިއްޔާގައެވެ. މި ޤަޟިއްޔާގައި ކުލި ނުދެއްކުމުގެ ސަބަބުން ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ހޯދުމަށް އެދުނު އަދަދަކީ، ޕެނަލްޓީ ކްލޯސްއެއ ނުވަތް އޤު ބާތެއްގ ގޮތުގައެ ބެލެވޭ މާއްދާއެއްގެ ދަށުން ނަގައިދިނުމަށް އެދިފައިވާ ފައިސާއެއްކަމުގައި ދެކި، މި ފައިސާ ނަގައިދީފައެއްނުވެއެވެ. މިފަދައިން ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2023-CVCHD-411 ޤަޟިއްޔާގައެވެ. ޝަރީޢަތުގެ ޚަރަދާއި ގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކުގައި މެދުގައި ތަފާތުތަކެއްވެއެވެ. މިގޮތުން، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-942 ޤަޟިއްޔާގައި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ކުރި ޚަރަދުގެ ގޮތުގައި -50,000 ނަމަވެސް، ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ އިޖުރާއަތު ނޫން އިތުރު އިޖުރާއަތެއް މި މައްސަލައިގައި ހިންގާފައިނުވާތީ، ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ޚަރަދުގެ ތިންބައިކުޅަ އެއްބައި ދެއްކުމަށް އެންގުމަކީ އަދުލުވެރިގޮތެއ ކަމުގައް ދެކި، ޝަ ރީޢަތުގ ޚަރަދުގެ ގޮތުގައެ ވަކީލަށް ކުރި ޚަރަދުގެ ތެރެއިން ނަގައިދީފައިވަނީ 16,666/67ރ. އެވެ. ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2985 ޤަޟިއްޔާގައި، އެދުނު މިންވަރަށް، އެހެނީ -33,750. ސިވިލް ކޯޓުގެ ނަންބަރު 2022-CVC-5033 ޤަޟިއްޔާގައި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ޤާނޫނީ ވަކީލަށް ޚަރަދުކުރަންޖެހުނު ފީގެ ގޮތުގައި -50,000 ނަމަވެސް، އެއީ އެކަށީގެންވާ އަދަދަށް ވުރެ ބޮޑު އަދަދެއްކަމަށ ކޯޓަށް ޤަބޫލުކުރެވި، އެ އަދަދުގެ ތެރެއިން -25,000 އަދަދެއްކަމުގައި ދެކި، އެ އަދަދު ނަގައިދީފައިވެއެވެ. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2023-CVCHD-411 ޤަޟިއްޔާގައި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ލިބިގަތުމަށް އެދުނު ފައިސާ ނަގައިދީފައިނުވިނަމަވެސް، ވަކީލު ފީގެ ގޮތުގައި -12,000 އަދަދެއްކަމަށް ބަލައި، އެ މިންވަރަށް ޝަރީޢަތުގެ ޚަރަދު ނަގައިދީފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2022-CVC-2834 ޤަޟިއްޔާގައި ޝަރީޢަތުގެ ޚަރަދު ލިބިގަތުމަށް އެދުނު ނަމަވެސް، އެކަމުގެ ތަފްޞީލު ހުށަހެޅުމަށް އެންގުމުން، އެ ތަފްޞީލު ހިއްސާކޮށްފައިނުވާތީ، އެ ޚަރަދު ނަގައިދީފައެއްނުވެއެވެ.
85މިގޮތުން އެއީ އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމުގައި، ކޮންމެ މައްސަލައެއްގެ ވާޤިއާތުތަކަށާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، subjective application އެއް ބޭނުންކޮށް، ރިޢާޔަތްކުރަންޖެހޭ އުޞޫލުތަކާއި މައްސަލައާގުޅޭ ޙަޤީޤަތްތަކުގެ އަލީގައި، ގޮތެއް ކަނޑައެޅުމެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވެއެވެ.
86ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ޤާނޫނީ ޢިލްމުގެ ތެރޭގައި Decisis Stare ގެ ގޮތުގައި ދެނެގަނެވިފައިވާ މި މަބްދަޢުއަކީ ޑޮކްޓްރިން އޮފް ޕްރެސިޑެންޓް precedent) of (doctrine ގެ މައްޗަށް ބިނާވާ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުގައި ފައިސަލާކުރެވިފައިވާ އުޞޫލުތަކަށް ތަބާވުމަށާއި، ނިންމުންތަކުގައި ފައިސަލާކުރެވިފައިވ ނުކުތާ ފުރޮޅިގެންދާ ގޮތަކަށް އެ ނިންމުން ބަދަލުނުކުރުމގެ މަފްހޫމެވެ.
87މަތީ މަރުޙަލާގެ ކޯޓަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ޢަމަލުކުރުން ލާޒިމުވެގެން އޮންނަ އޮތުމަކީ އެއްވެސް ޙާލެއްގައި އިސްތިސްނާއެއް ނެތި އޮންނަ ކަމެއްނޫނެވެ. މަތީ މަރުޙަލާގެ ކޯޓަކުން ނިންމާ ކޮންމެ ނިންމުމެއްގައި ބަޔާންކުރެވިފައިވާ ހުރިހާ ކަންކަމަކީ މުޠުލަޤުކޮށް، އެކަމާމެދު އެއްވެސް ސުވާލުކުރުމެއްނެތި، ނުވަތަ އަޅާކިޔުމެއްނެތި، ދަށު ކޯޓުތަކުން ޢަމަލުކުރުން ލާޒިމު ކަންކަމެއްނޫނެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2021/SC-A/28 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 12 ވަނަ ނުކުތާ
88މީގެ ޙަޤީޤީ މާނައަކީ، ޤާނޫނެއް މާނަކުރުމުގައި ނުވަތަ ތަރުޖަމާކުރުމުގައި ނުވަތަ ތަޠުބީޤުކުރުމުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ވަކި ގޮތެއް ކަނޑައަޅާފައިވާނަމަ (ratio decidendi) ނުވަތަ ވަކި ޤާނޫނީ ޤާއިދާއެއް ކަނޑައަޅާފައިވާނަމަ principle) (legal ނުވަތަ މަތީ މަރޙު ލާގަ ކޯޓަކުން ނިންމާ ނިންމުމާއި، ފަހުން ދަށު ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ މުހިންމު ވާޤިއާތުތައް (material facts) އެއްގޮތްނަމަ، މަތީ މަރުޙަލާގެ ކޯޓުން ނިންމި ނިންމުން ނުވަތަ ކަނޑައެޅި އުޞޫލު ތަޠުބީޤުކުރުމެވެ. ހަމަ މި އުޞޫލުން، ނިންމި ނިންމުމަކީ incurium per ނިންމުމެއްކަމަށް މަތީ މަރުޙަލާގެ ކޯޓަކުން ކަނޑައަޅައިފިނަމަ، އެ ނިންމުމާއި އެއްގޮތަށް ޢަމަލުކުރާކަށް ނުޖެހޭނެއެވެ.
89މައްސަލައާ އެއްގޮތް ނުވަތަ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރުމަކީ އެއްކަހަލަ މައްސަލަތަކާމެދު ޢަމަލުކުރަންވާނީ އެއްގޮތަކަށް (treat like cases alike) ކަން އޮންނަ ޤާއިދާއާ އެއްގޮތް ކަމަކަށް ވީނަމަވެސް، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި ކޯޓުން ކުރިން ކޮށްފައިވާ ޙުކުމާ ދުރަށްދެވިދާނެއެވެ. މިފަދައިން މިދެކެނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ އިބާރާތާއި ޚިލާފަށް، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްތެރިކަންދިނުމަށް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2)) ވަނަ ނަންބަރުގައި ބާރު އަޅާއިރު، މިއީ ލާޒިމުކަމެއްގ ގޮތުގައެ ފަނޑިޔާރުންގެ ޤާނޫނު ތަޞައްވުރުކުރާކަމެއ ކަމުގައް ނުދެކޭތީއެވެ.
90މިއީ ފަނޑިޔާރުންގެ މެދުގައި އެއްގޮތް ކަންކަމުގައި އެއްފަދައަކުނ ޢަމަލުކުރުމަށް ނުވަތަ consistency ދެމެހެއްޓުމަކީ މުހިންމުކަމެއްގ ގޮތުގައެ ބެލެވި، އެއަށް ބާރުއެޅުމުގެ ވިސްނުމުގައި incurium Per މައްސަލަތަކަކީ އެ މައްސަލަތަކުގައި އެދެވިގެންވާ މިންވަރަށް ކަމާގުޅޭ ޤާނޫނުތަކަށް ނުވަތަ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއްނެތި ނިންމާ ނިންމުންތަކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ އޮތް އޮތުމެއްކަމަށް ބެލެވެއެވެ. ހަމައެއާއެކު، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކާއި ދުރަށް ދެވޭނެ ޙާލަތްތައްވެސް ހުރިއިރު، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމާ ދުރަށް ދިޔުމަކީ ޤާނޫނު ޖާގަނުދޭ (rigid) ކަމެއްގެ ގޮތުގައި ނުވަތަ ނުކުރެވޭނެކަމެއްގ ގޮތުގައެ މާނަކުރެވޭނެ ކަމުގައި ނުދެކެމެވެ.
91HN11މި އިސްތިއުނާފުގެ މައްސަލައާ އެއްގޮތް މައްސަލަތަކެއްކަމަށް ބުނެ އެ ކޯޓުން އެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތައް މި މައްސަލައިގެ މައްޗަށް ލާޒިމުވާ ފަދައަކުން، ނުވަތަ އެ ޤަޟިއްޔާތަކުގެ ނިންމުމަށް ތަބާވާންޖެހޭ ފަދައަކުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު މާނަކުރެވޭނެކަމުގައި ނުދެކެމެވެ. މިކަން ތަޠުބީޤުކޮށް، ސިވިލް ކޯޓުގެ ނިންމުމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ.
92މި ނިންމުމުގެ 79 ވަނަ ނުކުތާ އަދި 80 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، އަހުރެންނަށް ބުރަވެވެނީ، އިންސައިޑް ޕްލަސްގެ ފަރާތުން އަރކް އެން ސިއެލްގެ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެކަމަށް ޚާއްޞަވާ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމުން (ފޯމު ނަންބަރު
26) ހުށަހެޅި ހުށަހެޅުމާއިމެދު، އިންސައިޑް ޕްލަސްގެ ފަރާތުން އެދިފައިވާ ފަރުވާތަކުގެ އަލީގައި، އެކަން ވަޒަންކޮށް، ވަޒަންކުރި ކުރުމުގެ ނަތީޖާ ސަބަބާއިއެކު ބަޔާންކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ގޮތެއް ނިންމުމަށް މި މައްސަލަ ސިވިލް ކޯޓަށް ތަޙވީލުކުރުމަށެވެ.
މައްސަލަ ނިންމަން ފެންނަގޮތް
93އިސްވެ ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-472 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް، މި ޤަޟިއްޔާގައި ބަޔާންކުރާ ކަންކަމުގެ ތަރަހައިގެ ތެރެއިން، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި އިންސައިޑް ޕްލަސްގެ ފަރާތުން ހުށަހެޅި ފޯމުގައިވާ ކަންކަމާމެދު އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔާ
94ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފނޑިޔާރަ ދީބާނާޒް ފަހުމީގެ ރައުޔު
95ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައޔަށު އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
96މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފއަ އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 21، 30، 92، 111، 112، 115، 117، 118، 119، 122، 123، 268، 270، 271، 272، 274، 275 އަދި 284 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 75 ވަނަ މާއްދާގެ (ހ) (ފޯމު 26) އަދި (ށ) (ފޯމު 31)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (2)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)، 56 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ)
- 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- 2021/SC-A/28 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް)
- 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- 2022/SC-A/13 (މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- 2022/SC-A/37 (އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- 2020/SC-A/107 (މުޙައްމަދު ޝަރީފް ވ. ފަރުހަތު ޢަލީ)
- Civil Procedure Rules 1998 (England & Wales), r.12.4, r.12.5(3), r.12.6
- Rules of the Supreme Court (Revised) 1965, Order 13
- Merito Financial Services Ltd v Yelloly [2016] EWHC 2067 (Ch)
- Shobeiry v Patel [2023] EWHC 2549 (KB)
- Edward v Okeke [2023] EWHC 2932 (KB)
- Lunnun v Singh and Others [1999] All ER (D) 718
- Cantor Fitzgerald International v Pugh [2001] CP Rep 74, CA
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.