ޙުސައިން ރަޝީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/18، 95-CR/INDIV/2024/66، 2818/Cv.C/2022
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 2818/Cv.C/2022 ގައި، އެއްބަސްވުމުގައިވާ މުދާ ފޯރުކޮށްދިންކަން ނުވަތަ -/330,000 ރުފިޔާ ދީފައިވާކަން ސާބިތު ނުކުރެވޭތީ ދަޢުވާ ނުލިބޭ ގޮތަށް ޙުކުމްކުރިއެވެ. އޭގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2024/66 ގައި މައްސަލަ ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/18 ގައި ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް އިއްތިފާޤުން ނިންމިއެވެ.
- ވާޤިޢާ
- 13 އޮގަސްޓް 2021 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން މުޙައްމަދު ސިޔާދަށް ވިއްކިކަމަށް ބުނާ މަހާއި ކާނާގެ ޝިޕްމެންޓަކަށް ދައްކަންޖެހޭ -/330,000 ރުފިޔާ ނުދައްކާ ކަމަށް ބުނެ، އެ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެދި ޙުސައިން ރަޝީދު ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ހާލަތެއް އޮތްކަމާއި އެކަމުގައި އުފެދޭ ޤާނޫނީ ބަހުސް ސާފުކޮށް ބަޔާންނުކޮށް، ހެކިތަކަށް ދަށު ކޯޓުން ރިޢާޔަތްނުކުރި ކަމަށް ބުނުމުން ހުއްދަ ދިނުމުގެ މިންގަނޑަށް ވާޞިލުވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙުސައިން ރަޝީދު ސުޕްރީމް ކޯޓަށް ހުށަހެޅި ފޯމުގައި މައިގަނޑު ގޮތެއްގައި ބުނީ، ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅި ފޯމުގައި ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކަށް ހައިކޯޓުގެ ފަނޑިޔާރުން ރަނގަޅަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ބުނެފައިވަނީ، އޭނާ ހުށަހެޅި ހެކިތަކަށް ސިވިލް ކޯޓުން ރިޢާޔަތް ނުކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ހާލަތެއް އޮތްކަން ތަފްސީލާއެކު ބަޔާންކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެވެ. ޤާނޫނީ ގޯހެއް ހަދާފައިވާ ކަމަށް، ނުވަތަ ހެކިތަކަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްނުކުރި ކަމަށް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސް ސާފުކޮށް ބަޔާންކުރަންވާނެއެވެ. ހެކިތަކަށް ރިޢާޔަތްނުކުރި ކަމަށް ބުނުމުގެ އިތުރަށް، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަމާއި، ސިވިލް ކޯޓުން ރިޢާޔަތްކުރި ކަންކަން ނަފީކުރެވޭ ބަހުސެއް ޤާނޫނީ އުޞޫލުތަކުގެ އަލީގައި ޙުސައިން ރަޝީދު ބަޔާންކޮށްދީފައި ނުވާތީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 2818/Cv.C/2022 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމި ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް (95-CR/INDIV/2024/66) ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/18 ގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްކަން އެކަމުގެ ތަފްސީލާއެކު ބަޔާންކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.
HN2 އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ ޤާނޫނީ މިންގަނޑަށް ވާޞިލުވުމަށްޓަކައި، ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް، ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް، ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.
HN3 ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް އެ ކޯޓުން ރިޢާޔަތް ނުކުރި ކަމަށް ބުނުމުގެ އިތުރަށް، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާނަމަ، އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާޞިލުވާ މިންވަރަށް އިސްތިއުނާފުގެ ބަހުސް ބަޔާންކޮށްދީފައިވާކަމަށް ނުބެލެވޭނެއެވެ.
HN4 ދަށު ކޯޓުގެ ޙުކުމަށް ވާޞިލުވުމުގައި އެ ކޯޓުން ރިޢާޔަތްކޮށްފައިވާ ކަންކަން ނަފީކުރެވޭފަދަ ބަހުސެއް ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބަޔާންކޮށްދީފައި ނުވާ ހުށަހެޅުމެއްގައި، އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމުގެ މިންގަނޑަށް ވާޞިލުވާ ބަހުސެއް ހުށަހަޅާފައިވާކަމަށް ނުބެލެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/12
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/56
ހުށަހެޅުނު ތާރީޚު: 15 އޮގަސްޓު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޙުސައިން ރަޝީދު
ޢާންމު ނަން: ރަޝީދު
ދާއިމީ އެޑްރެސް: މަތިމަރަދޫ.ނިކަގަސްދޮށުގެ، ލ.ގަން
މިހާރުގެ އެޑްރެސް: މަތިމަރަދޫ.ނިކަގަސްދޮށުގެ، ލ.ގަން
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/18
ހުށަހެޅުނު ތާރީޚު: 29 ފެބްރުއަރީ 2024
ނިމުނު ތާރީޚު: 11 ޖުލައި 2024
4. ހުށަހެޅިފައިވާ މައްސަލަ
1ލ.ގަން، ނިކަގަސްދޮށުގެ، ޙުސައިން ރަޝީދު (އައިޑީ ކާޑު ނަންބަރު: A046199) އާއި މ. ގޮގްރެސްމާގެ، ކ.މާލެ، މުޙައްމަދު ސިޔާދު (އައިޑީ ކާޑު ނަންބަރު: A115662) އާ ދެމެދު 13 އޮގަސްޓް 2021 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ޙުސައިން ރަޝީދު، މުޙައްމަދު ސިޔާދުއަށް ވިއްކާފައިވާކަމަށްބުނާ މަހާއި ކާނާގެ ޝިޕްމެންޓަކަށް މުޙައްމަދު ސިޔާދު ދައްކަންޖެހޭ -/330,000 ރުފިޔާ ނުދައްކާ ކަމަށް ބުނެ އެފައިސާ އާއި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެދި، މުޙައްމަދު ސިޔާދުގެ މައްޗަށް ޙުސައިން ރަޝީދު ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2818/Cv.C/2022 ގަޒިއްޔާއިންނެވެ.
2ސިވިލް ކޯޓުގެ ނަންބަރު 2818/Cv.C/2022 ގަޒިއްޔާއިން ޙުކުމްކޮށްފައިވަނީ 13 އޮގަސްޓް 2021 ގައި ޙުސައިން ރަޝީދު އާއި މުޙައްމަދު ސިޔާދުއާ ދެމެދުވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ މުދާ ޙުސައިން ރަޝީދު ފޯރުކޮށްދިންކަން، ނުވަތަ އެނޫންގޮތަކަށް އެއްބަސްވެ އެ މުދާ ހޯދުމަށް -/330,000 ރުފިޔާ މުހައްމަދު ސިޔާދުއަށް ދީފައިވާކަން ޙުސައިން ރަޝީދުއަށް ސާބިތު ނުކުރެވުމުން، އެދައުވާގައި ހޯދުމަށް އެދުނު -/330,000 ރުފިޔާ އަދި ޖޫރިމަނާ ފައިސާ ދައްކަން މުޙައްމަދު ސިޔާދުއަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
3ސިވިލް ކޯޓުގެ ނަންބަރު 2818/Cv.C/2022 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޙުސައިން ރަޝީދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ޙުސައިން ރަޝީދު ހުށަހެޅި އިސްތިއުނާފުއާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޙުސައިން ރަޝީދުގެ ފަރާތުން އިސްތިއުނާފުކުރުމަށް ފުދޭ ހާލަތެއް ބަޔާންކޮށްދީފައި ނުވާތީއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި، ނަންބަރު 2019/SC-L/91 ނިންމުމާއި، އަދި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ގަޒިއްޔާ ގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ގާނޫނީ ބަހުސެއް ޙުސައިން ރަޝީދު ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި އޮތްކަމަށް ބެލެވެން ނެތަތީ، ސިވިލް ކޯޓުގެ ނަންބަރު 2818/Cv.C/2022 ގަޒިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޙުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތްކަމަށް އަންގާ ކަމަށެވެ.
4ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޙުސައިން ރަޝީދު ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 18/HC-RM/2024 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމާފައިވަނީ ރަޖިސްޓްރާރގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތްކަމަށެވެ.
5މިއީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ.
6ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށް އެކޯޓުން ފަނޑިޔާރުންގެ ނިންމި އިސްވެބުނެވުނު ނިންމުން އިސްތިއުނާފު ކުރުމަށް އެދި ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ފޯމުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2818/Cv.C/2022 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅި ފޯމުގައި ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކަށް ހައިކޯޓުގެ ފަނޑިޔާރުން ރަގަޅަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
7HN1HN2HN3ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްކަން އެކަމުގެ ތަފްސީލާއެކު ބަޔާންކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އަދި ހަމައެހެންމެ، އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް އިސްވެ ބުނެވުނު މާއްދާއިން ހުއްދަކުރާ ގާނޫނީ މިންގަނޑަށް ވާސިލުވުމަށްޓަކައި، ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.
8HN4ނަމަވެސް، ސިވިލް ކޯޓަށް ޙުސައިން ރަޝީދު ހުށަހެޅި ހެކިތަކަށް އެކޯޓުން ރިއާޔަތް ނުކުރާކަމަށް ބުނާ ބުނުމުގެ އިތުރަށް، އިސްވެ ބުނެވުނު މިންގަނޑަށް ވާސިލުވާ މިންވަރަށް، އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން ޙުސައިން ރަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ސާފުކޮށްދީފައިވާ ކަމަށް ނުދެކެމެވެ. އަދި މީގެ އިތުރަށް ސިވިލް ކޯޓުގެ ޙުކުމަށް ވާޞިލުވުމުގައި އެކޯޓުން ރިއާޔަތްކޮށްފައިވާ ކަންކަން ނަފީކުރެވޭ ފަދަ ބަހުސެއްވެސް ގާނޫނީ އުސޫލުތަކުގެ އަލީގައި ޙުސައިން ރަޝީދު ބަޔާންކޮށްދީފައިވާކަމަށް ނުދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2818/Cv.C/2022 ގަޒިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް ލ.ގަން، ނިކަގަސްދޮށުގެ، ޙުސައިން ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެމައްސަލަ އެ ކޯޓަށް ބަލައިގަނެވެނެ ނެތް ކަމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޒްމިރާލްދާ ޒާހިރު
ޙުސްނުއްސުޢޫދު
މަޙާޒު ޢަލީ ޒާހިރު
07 ރަބީޢުލްއައްވަލް 1446
10 ސެޕްޓެމްބަރ 2024
ފުޓްނޯޓު
- [2022] SC 39
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ނަންބަރު: 95-CR/INDIV/2024/66
- ފުޓްނޯޓް 2
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-L/87 (ޝަމްސުލް މުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ [2022] SC 39 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.