ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/SC-HCL/06, 2025/SC-L/32

ފާރޫޤް ޢަބްދުﷲ ވ. މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލުޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 މޭ 2025ދަށު ކޯޓު: ހައިކޯޓު HC-RM/2025/01ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2025/01، 95-CR/INDIV/2024/451، 2023-D15C-CIV-14، 2023-D15C-CIV-47
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވެލިދޫ ކައުންސިލްގެ އިދާރާއިން ހުށަހެޅި ދެ މައްސަލަ އެކުއެކީ ބަލައި، ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ 2023-D15C-CIV-14 އަދި 2023-D15C-CIV-47 ގައި ދެ ބިން ހުސްކޮށް ކައުންސިލާ ޙަވާލުކުރުމަށް ފާރޫޤް ޢަބްދުﷲ އަށް އަމުރުކުރިއެވެ. ހައިކޯޓުގެ ރަޖިސްޓްރާރު 95-CR/INDIV/2024/451 ގައި އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީ، HC-RM/2025/01 ގައި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން އެ ނިންމުން ދެމެހެއްޓިއެވެ.
ވާޤިޢާ
ވެލިދޫ ކައުންސިލްގެ އިދާރާއާއި ފާރޫޤް ޢަބްދުﷲ އާ ދެމެދު ވެފައިވާ ކުލީގެ 2 އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ބިން ހުސްކޮށްފައި ނުވާތީ، ބިން ހުސްކޮށްދިނުމަށް އެދި ކައުންސިލްގެ އިދާރާއިން މެޖިސްޓްރޭޓް ކޯޓަށް ދެ މައްސަލައެއް ހުށަހެޅިއެވެ. ދެ އެއްބަސްވުމާވެސް ފާރޫޤް ޚިލާފުވެފައިވާކަން ސާބިތުވާތީ، 19 ނޮވެންބަރު 2024 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެ ބިން ހުސްކޮށް ސާފުކޮށް ކައުންސިލާ ޙަވާލުކުރުމަށް ކޯޓުން އަމުރުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުއްޔަށް ދޫކުރި ދެ ބިން ހުސްކޮށްދިނުމަށް ކައުންސިލްގެ އިދާރާއިން ހުށަހެޅި މައްސަލަތަކުގައި ކުރި މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް، ދަށު ކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 177 ވަނަ މާއްދާއާއި 185 ވަނަ މާއްދާގައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް ހެކި ހުށަހެޅުމުގެ ފުރުޞަތު ގެއްލުނުކަމަށް ބުނެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، ހުއްދަ ނުދިން ހައިކޯޓުގެ ނިންމުން ޤާނޫނާ އެއްގޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ރަޖިސްޓްރާރު ހުއްދަ ނުދިނީ ޙުކުމް ބަދަލުކުރަންޖެހޭ ސަބަބެއް ނެތުމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ޙާލަތެއް ނުވުމާއި، ޤާނޫނީ ބަޙުޘެއް ނެތުމުން، ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާއަށް ޙަވާލާދީއެވެ. ފާރޫޤް ބުނީ ދަށު ކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 177 ވަނަ މާއްދާއާއި 185 ވަނަ މާއްދާގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ކުރީގެ އިޖުރާއަތަށް ޢަމަލުކުރުމުން ހެކި ހުށަހެޅުމުގެ ފުރުޞަތު ގެއްލުނު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ފާރޫޤް ޢަބްދުﷲ ފާހަގަކޮށްފައިވާ ސަބަބުތަކަކީ ހަޤީޤަތަކެއްކަން ކަށަވަރުކުރުމާއެކު، އެކަންކަން ހިމެނޭހެން، އިސްތިއުނާފަށް ހުށަހަޅާފައިވާ މައުޟޫޢީ ނުކުތާތަކުގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ހައިކޯޓަށް ބަލައިގަންނަންޖެހޭކަމަށް ސުޕްރީމް ކޯޓުން ދެކުނެވެ. އެހެންކަމުން، ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހުށަހެޅުމަށް އެންގިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު: މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ 2023-D15C-CIV-14 އަދި 2023-D15C-CIV-47 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން HC-RM/2025/01 ގައި ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، ނިންމި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ފާރޫޤް ޢަބްދުﷲ އަށް އެންގި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށު ކޯޓުގައި މައްސަލަ ހިންގިއިރު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 177 ވަނަ މާއްދާއާއި 185 ވަނަ މާއްދާގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާކަމާއި، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ޢަމަލުކުރަމުންދިޔަ އިޖުރާއަތަށް ޢަމަލުކުރުމުގެ ސަބަބުން ހެކި ހުށަހެޅުމަށް އޮތް ފުރުޞަތު ގެއްލިފައިވާކަމަށް އިސްތިއުނާފުކުރަން އެދޭ ފަރާތުން ފާހަގަކޮށްފައިވާ ސަބަބުތަކަކީ ހަޤީޤަތަކެއްކަން ކަށަވަރުކުރުމާއެކު، އެކަންކަން ހިމެނޭހެން، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައުޟޫޢީ ނުކުތާތަކުގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، އެ މައްސަލަ ހައިކޯޓަށް ބަލައިގަންނަންޖެހެއެވެ.

HN2 އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައުޟޫޢީ ނުކުތާތަކުގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްގައި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫނެވެ. އެފަދަ މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2025/SC-HCL/06

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2025/SC-L/32

ހުށަހެޅުނު ތާރީޚު: 16 އޭޕްރިލް 2025

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ފާރޫޤް ޢަބްދުﷲ

ޢާންމު ނަން: ފާރޫޤް

ދާއިމީ އެޑްރެސް: ތަނޑިރަތްމާގެ، ނ.ވެލިދޫ

މިހާރުގެ އެޑްރެސް: ތަނޑިރަތްމާގެ، ނ.ވެލިދޫ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2025/01

ހުށަހެޅުނު ތާރީޚު: 13 ޖަނަވަރީ 2025

ނިމުނު ތާރީޚު: 16 މާރޗް 2025

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1. މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާއާއި ފާރޫޤް ޢަބްދުﷲ އާ ދެމެދު ވެފައިވާ ކުލީގެ 2 އެއްބަސްވުމާ އެއްގޮތަށް ކުއްޔަށް ދޫކޮށްފައިވާ ބިން ހުސްކޮށްފައި ނުވާތީ، އެއްބަސްވުމާ ޚިލާފު އުފެދިގެން ޝަރުޢީ މަރުޙަލާ މެދުވެރިކޮށް ބިން ހުސްކޮށްދިނުމަށް އެދި މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާގެ ފަރާތުން މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ދެ މައްސަލައެއް ހުށަހެޅިއެވެ. މި ދެ މައްސަލައިގެ ޝަރީޢަތް އެކުއެކީ ހިންގައި އެ ކޯޓުގެ ނަންބަރު 2023-D15C-CIV-14 އާއި ނަންބަރު 2023-D15C-CIV-47 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، އެ ދެ މައްސަލައިގައި ހިމެނޭ ދެ އެއްބަސްވުމާވެސް ފާރޫޤް ޢަބްދުﷲ ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، ދެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ ދެ ބިން 19 ނޮވެންބަރު 2024 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުސްކޮށް ސާފުކޮށް، ނ. ވެލިދޫ ކައުންސިލްގެ އިދާރާއާ ޙަވާލުކުރުމަށް ފާރޫޤް ޢަބްދުﷲ ގެ މައްޗަށް އަންގައި އަމުރުކޮށެވެ.

[2]4.2. މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ފާރޫޤް ޢަބްދުﷲ ގެ ފަރާތުން ހުށަހެޅުމުން، އެކޯޓުގެ ނަންބަރު 95-CR/INDIV/2024/451 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމާފައިވަނީ، ފާރޫޤް ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ޙުކުމް ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ޙުކުމަށް ވާޞިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބަޔާންކޮށްދީފައި ނުވާތީއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދެވިފައި ނުވާތީއާއި، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކުގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަޙުޘެއް މި އިސްތިއުނާފީ މައްސަލައިގައި އޮތްކަމަށް ބެލެވެން ނެތުމުން، އެ ނިންމުންތަކަށާއި، ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

[3]4.3. ބަޔާންވެދިޔަ ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ފާރޫޤް ޢަބްދުﷲ ގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، ރަޖިސްޓްރާރ ގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް އެކޯޓުގެ ނަންބަރު HC-RM/2025/01 ނިންމުމުގައި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވެއެވެ.

[4]4.4. ހައިކޯޓުގެ ނަންބަރު HC-RM/2025/01 ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ފެންނަ ނުކުތާތައް ތަފްޞީލު ކުރަމުން ފާރޫޤް ޢަބްދުﷲ ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ދަށު ކޯޓުގައި މައްސަލަ ހިންގިއިރު މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 177 ވަނަ މާއްދާއާއި 185 ވަނަ މާއްދާގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާ ކަމަށާއި، ދަށު ކޯޓުން ޢަމަލުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ޢަމަލުކުރަމުންދިޔަ އިޖުރާއަތަށް ކަމަށާއި، އޭގެ ސަބަބުން ހެކި ހުށަހެޅުމަށް އޮތް ފުރުޞަތު ގެއްލިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

[5]4.5. ފާރޫޤް ޢަބްދުﷲ ގެ ފަރާތުން ފާހަގަކޮށްފައިވާ ސަބަބުތަކަކީ، ހަޤީޤަތަކެއްކަން ކަށަވަރުކުރުމާއެކު، އެކަންކަން ހިމެނޭހެން، މިމައްސަލާގައި ފާރޫޤް ޢަބްދުﷲ ގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައުޟޫޢީ ނުކުތާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަންނަންޖެހޭކަމަށް ދެކެމެވެ.

5. ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D15C-CIV-14 އަދި ނަންބަރު 2023-D15C-CIV-47 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ފާރޫޤް ޢަބްދުﷲ ގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމެއް ނޫންކަމަށް ބުރަވެވޭތީ، މި މައްސަލައަކީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ފާރޫޤް ޢަބްދުﷲ އަށް އަންގައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު

ޢަލީ ރަޝީދު ޙުސައިން

މުޙައްމަދު އިބްރާހީމް

15 ޛުލްގަޢިދާ 1446

13 މެއި 2025

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 22/2010
  2. ސުޕްރީމް ކޯޓުގެ ޝަމްސުލްމުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ނަންބަރު 2019/SC-L/87) ޤަޟިއްޔާއާއި، އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ނަންބަރު 2019/SC-L/91) ޤަޟިއްޔާއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39 (ނަންބަރު 2022/SC-A/51) ޤަޟިއްޔާ
  3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/01 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" (16 މާރޗް 2025)
  4. ޤާނޫނު ނަންބަރު 32/2021
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ