ސިބްކޯ ޕްރައިވެޓް ލިމިޓެޑް ވ. މަރްޔަމް ނިޝާނާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިޤްތިޞާދީ ސަބަބުތަކާ ގުޅިގެން (ރިޑަންޑަންސީ) މުވައްޒަފަކު ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4 ވަނަ މާއްދާގެ ޙާލަތްތައް މެދުވެރިވެފައިވާކަން ސާބިތު ނުވާކަމަށާއި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނުވާކަމަށް ހައިކޯޓުން ނިންމީ ރަނގަޅަށްތޯ؛ އަދި ހައިކޯޓުގައި އިސްތިއުނާފު ނުކުރި ބަދަލާބެހޭ ނުކުތާ ސުޕްރީމް ކޯޓުން ބެލޭނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ހުއްޓާލަން ޖެހުމާއި، ހިންގުމަށް ގެންނަ ބަދަލާއި، މާލީ ޙާލަތު ދަށްވުމާ ގުޅިގެން މަޤާމެއް އުނިކުރަން ޖެހިގެން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެ ނަމަވެސް، އެގޮތަށް ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމާއި ވަކި މުވައްޒަފަކު ވަކިކުރުމުގެ ނިޔަތުގައި ނޫންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
HN2 ވިޔަފާރިއެއް ހުއްޓާލުމުގެ ސަބަބުން ވަކިކުރާނަމަ، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން އުނިކުރާ މަޤާމަކީ ހުއްޓާލި ވިޔަފާރީގައި ސީދާ ޝާމިލުވާ މަޤާމެއް، ނުވަތަ ނުސީދާ ނަމަ މަޤާމުގެ ޒިންމާތަކުގެ 50% އަށްވުރެ ނުމަދު ނިސްބަތެއް ހުއްޓާލި ވިޔަފާރިއާ ގުޅޭ މަޤާމެއް ކަމުގައި ވާންވާނެއެވެ؛ ހުއްޓާލި އައުޓްލެޓްގައި މަސައްކަތް ނުކުރާ މުވައްޒަފަކަށް މިކަން ސާބިތު ނުވެއެވެ.
HN3 ހިންގުމަށް ބަދަލު ގެނައުމުގެ ސަބަބުން ވަކިކުރުމަކީ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން އުނިކުރި މަޤާމުތައް 12 މަސް ދުވަހުގެ ތެރޭގައި އަލުން ނުއުފައްދާ ޙާލަތެވެ؛ އަދި ބޯޑު ރިޒޮލިއުޝަނާ އެއްގޮތަށް އޮނިގަނޑު މުރާޖަޢާކޮށްފައިވާކަމާއި، އުނިކުރަން ކަނޑައެޅި މަޤާމުތައް ހޮވީ ކޮން އުސޫލަކުންކަން ނޭނގޭނަމަ މި ޙާލަތް ސާބިތު ނުވެއެވެ.
HN4 މާލީ ޙާލަތު ދަށްވުމުގެ ސަބަބުން ވަކިކުރުމުގައި ގަވާއިދުގެ 4 ވަނަ މާއްދާގެ (ޅ) އާއި (ކ) ގެ ބޭނުމަށް ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ސާބިތުކޮށްދެވޭނީ އެ ކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ތިންވަނަ ފަރާތަކުން ތައްޔާރުކުރާ ރިޕޯޓަކުންނެވެ؛ މާލީ ޙާލަތު ދަށްވެފައިވާ ކަމަށް ކުންފުނީގެ ބޯޑު ރިޒޮލިއުޝަނުގައި ބަޔާންކޮށްފައި އޮތުމުން ނުފުދޭނެއެވެ.
HN5 ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަކީ ވަކިކުރީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވުމެވެ (ސަންލޭންޑް ޓްރެވަލް ވ. އަންޖަލީން މޭރީ ނާޒިއު)؛ އިޤްތިޞާދީ ސަބަބުތަކުން ވަކިކުރާއިރު 21 ވަނަ މާއްދާގެ (ނ) އާއި ގަވާއިދުގެ 4 ވަނަ މާއްދާގެ ޙާލަތްތައް މެދުވެރިވިކަން ސާބިތުނުވާނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވި ކަމަށް ނުބެލެވޭނެއެވެ.
HN6 އިޤްތިޞާދީ ސަބަބުތަކުން ވަކިކުރުމުގައި ނޯޓިސް ދިނުމަކުން ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުމަކުން އެކަނި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުވެއެވެ؛ ވަކިކުރުމުގެ ކުރިން ސަބަބާއި ވަކިކުރުން ހުއްޓުވުމަށް/މަދުކުރުމަށް އަޅާ ފިޔަވަޅުތައް މުވައްޒަފުންނަށް އަންގަންވާނެއެވެ (21 ވަނަ މާއްދާގެ (ނ))، ގަވާއިދުގެ 6 ވަނަ މާއްދާގެ ފިޔަވަޅުތައް އަޅަންވާނެއެވެ، އަދި 7 ވަނަ މާއްދާގެ ދަށުން ވަކިކުރާ މުވައްޒަފުން ހޮވާނެ އުސޫލެއް ކަނޑައަޅައި 5 ވަނަ މާއްދާގެ ގޮތުގެ މަތިން އަންގައި، ކޮންމެ މުވައްޒަފަކު ހޮވުނު ގޮތް ޙިއްސާކުރަންވާނެއެވެ.
HN7 ޓްރައިބިއުނަލުން ނިންމި ބައެއް (ވަޒީފާއަށް ރުޖޫޢަކުރުމާއި ބަދަލު) ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާނަމަ، ހައިކޯޓުން ގޮތެއް ނިންމާފައިނުވާ އެފަދަ ކަމަކާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ އިސްތިއުނާފީ އުސޫލުތަކާ އެއްގޮތްވާ ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޑރ. މުޙައްމަދު އިބްރާހީމް، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު މުޙައްމަދު
سސަލީމް ތާއީދުކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/344 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ ސިބްކޯ ءُبْرَامِ مَوْسَى مَرْجَعَ ގެ (މީގެ ފަހުން "ސިބްކޯ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމުގައި އިޝާރާތްކުރެވޭ) ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ […] މަރްޔަމް ނިޝާނާ (މީގެ ފަހުން "މަރްޔަމް ނިޝާނާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމުގައި އިޝާރާތްކުރެވޭ ފަރާތް) އަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2ސިބްކޯގެ ސީނިއަރ އެޗް.އާރު އެންޑް އެޑްމިން އޮފިސަރުގެ މަޤާމަށް، މަރްޔަމް ނިޝާނާ ޢައްޔަންކުރެވިފައި ވަނީ 8 މާރިޗު 2020 ގައެވެ.
3ސިބްކޯގެ މާލީ ޙާލަތު ދަށަށް ދިއުމުގެ ސަބަބުން ސިބްކޯ ގްރޫޕުން ހިންގަމުން އަންނަ "ވަން ބާޒާރު" އައުޓްލެޓް ބަންދުކޮށް މުވައްޒަފުން މަދުކުރުމަށް 15 ޑިސެންބަރު 2021 ގައި ބޭއްވުނު ކުންފުނީގެ ބޯޑުން ނިންމާފައިވެއެވެ.
4ކުންފުނީގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ކުންފުނީގެ އޯގަނައިޒޭޝަން ސްޓްރަކްޗަރ ރިވިއުކޮށް ކުންފުނީގެ އިސް 3 މަޤާމެއް އުނިކުރުމަށް ނިންމައި، އެ މަޤާމުތަކުގައި ތިބި މުވައްޒަފުން ރިޑަންޑަންޓްކުރުމަށް 26 ޑިސެންބަރު 2021 ގައި ނިންމައި އެގޮތުގެ މަތިން އެ މުވައްޒަފުންނަށް އެކަން އަންގާފައިވެއެވެ.
5ރިޑަންޑަންޓްކުރުމަށް ނިންމި 3 މަޤާމުގެ ތެރެއިން މަރްޔަމް ނިޝާނާ އަދާކުރަމުންދިޔަ މަޤާމު ހިމެނިފައިވާތީ، އެ ކަން މަރްޔަމް ނިޝާނާއަށް ވެސް އަންގައި މަރްޔަމް ނިޝާނާ ރިޑަންޑަންޓްކުރެވިފައިވެއެވެ.
6މަރްޔަމް ނިޝާނާ ރިޑަންޑަންޓްކުރުމަށް ނިންމުމުން، މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން
7ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވަނީ، މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، މަރްޔަމް ނިޝާނާ އަދާކުރަމުންދިޔަ މަޤާމަށް އެ ފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، މަރްޔަމް ނިޝާނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމުގައި ނުބެލުމަށް އަންގައި މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ނަގައިދިނުމަށެވެ.
8މި މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ދެކި، އެ ނިންމުން ސިބްކޯގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާ
9ސިބްކޯގެ ފަރާތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2022/HC-A/344 ޤަޟިއްޔާ އިންނެވެ.
10ދިވެހިރާއްޖޭގެ ހައިކޯޓުގައި ސިބްކޯއިން އިސްތިއުނާފީ 2 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވ.
10.1 ފުރަތަމަ ނުކުތާއަކީ، މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ނ)، (ރ) އަދި (ޅ) ގައިވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށް އެ ކަން ސާބިތުކޮށްދީފައިވާއިރު، އެ މާއްދާގައިވާ ކަންކަން ސާބިތުކޮށްދީފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޤާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
10.2 ދެވަނަ ނުކުތާއަކީ، މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާ އާއި، ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި 8 ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި 9 ނިންމާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 70/VTR/2022 މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި ސިބްކޯގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ނުވަތަ އެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
12ހައިކޯޓުން މި ނިންމުމަށް ވާޞިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
12.1 ސިބްކޯގެ މާލީ ޙާލަތު ދަށްވެފައިވާކަން ދެއްކުމުގެ ގޮތުން ސިބްކޯއިން ހުށަހަޅާފައިވަނީ އެ ކުންފުނީގެ 2021 ޑިސެންބަރު 15ވަނަ ދުވަހުގެ ބޯޑު ރިޒޮލިއުޝަން ކަމާއި، މި ބޯޑު ރިޒޮލިއުޝަނަށް ބަލާއިރު، "ވަންބާޒާރު އައުޓްލެޓް" ހުޅުވުމަށްފަހު، ސިބްކޯގެ މާލީ ޙާލަތު ދަށްވުމާ ގުޅިގެން ކުންފުނީގެ "ވަންބާޒާރު އައުޓްލެޓް" ބަންދުކުރުމަށް ނިންމާފައިވާކަމާއި، އަދި މީގެ އިތުރުން ސިބްކޯ ގްރޫޕް ކޮމްޕެނީސްގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް، މުވައްޒަފުން ރިޑަންޑަންޓްކުރަން ޖެހިއްޖެނަމަ ރިޑަންޑަންޓް ކުރުމަށް ނިންމާފައިވާކަމާއި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ފަދައިން، ސިބްކޯ ގްރޫޕް ކޮމްޕެނީސްގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށްފައިވާކަން އެނގެން ނެތްކަމާއި، ކުންފުނީގެ ބޯޑު ރިޒޮލިއުޝަން ފިޔަވައި އިތުރު ޑޮކިއުމެންޓެއް ނެތް ކަމުގައި ސިބްކޯގެ ފަރާތުން ބުނެފައިވާކަން. 8 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު 9 ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/344 ޤަސިއްޔާ
12.2 ކުންފުނީގެ މާލީ ޙާލަތު ދަށްވުމާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓް ކުރެވޭނަމަ، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ކަންކަން ވަޒީފާ ދޭ ފަރާތުން ސާބިތުކޮށްދޭން ޖެހޭއިރު، މި ކަންކަން ސިބްކޯގެ ފަރާތުން ސާބިތުކޮށްދީފައި ނުވާކަން.
12.3 ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަކީ ކުންފުނިން ބަންދުކުރުމަށް ނިންމި "ވަން ބާޒާރު އައުޓްލެޓް" ގައި ވަޒީފާ އަދާކުރާ މުވައްޒަފެއްކަން އެނގެން ނެތްކަން.
12.4 ވަޒީފާއާބެހޭ ޤާނުނުގެ 21ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު ޤަޟިއްޔާއިން ކަނޑައަޅާފައިވާކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އެ ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން ސާފުކޮށް ފެންނަން އޮންނަކަން.
12.5 އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމުގެ ބޭނުމުގައި މި މައްސަލައިގެ ޙަޤީޤަތްތައް ވަޒަންކުރާއިރު، މުވައްޒަފުން ރިޑަންޑަންޓްކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައަޅާފައިވާކަން އެނގެން ނެތްކަމާއި، ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުމަށް ބަލާއިރު ރިޑަންޑަންޓްކުރުމުގެ ޟަރޫރަތެއް އޮތްކަން އެނގެން ނެތްކަމާއި، ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވެ ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 5ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަންގާފައިވާކަން އެނގެން ނެތްކަމާއި، ވަޒީފާއިން ވަކިކުރުމަށް ނިންމާ މުވައްޒަފުން ކަނޑައަޅާނެ އުސޫލެއް ސިބްކޯއިން ކަނޑައަޅާފައިނުވާކަން.
12.6 މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާއާއި ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޢާންމު މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ނ)، (ރ)، އަދި (ޅ) އާއި ވަޒީފާއާބެހޭ ޢާންމު ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ދެކޭކަން.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ސިބްކޯގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/344 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ސިބްކޯގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވ. އެއީ:
14.1. ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 18 21ވަނަ މާއްދާގެ (ނ) ގައި ރިޑަންޑަންސީ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެ ޙާލަތް މެދުވެރިވެގެންކަމަށާއި، އަދި އެ ޤާނޫނުގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއްވެސް ގޮތެއް ނިންމާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
14.2. ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 19 4ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް މެދުވެރިވެފައިވާކަން ސިބްކޯގެ ފަރާތުން ސާބިތުކޮށްދީފައިވާއިރު، އެ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
14.3. ތިންވަނަ ނުކުތާއަކީ، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާއިރުވެސް، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އަލުން އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމިއިރު، މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
15މަތީގައި ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާތައް ފާހަގަކުރުމަށްފަހު، ސިބްކޯގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/344 ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 70/VTR/2022 މައްސަލައިގެ ނިންމުންވެސް ބާޠިލުކަމަށް ކަނޑައަޅައި، މައްސަލަ ނިންމަވައި ދިނުމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މަރްޔަމް ނިޝާނާގެ ފަރާތުން ދެއްކި ވާހަކަ
16ސިބްކޯގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މަރްޔަމް ނިޝާނާގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޖަވާބު ފޯމުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
16.1 އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި މަރްޔަމް ނިޝާނާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާޢްދާގެ (ނ) ގައި، އަދި (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް އެއްވެސް ގޮތެއް ހައިކޯޓުން ނިންމަވާފައިނުވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ވަރަށް ތަފްސީލުކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ނ) ގައި، އަދި (ރ) ގައި ބަޔާންކޮށްފައިވާ ޢިބާރާތްތަކާއި އެ މާއްދާތައް ތަޠުބީޤުކުރުމުން ނުކުންނަ ނަތީޖާ ބަޔާންކޮށްފައިވާކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓްގެ 45ވަނަ ނުކުތާގައި، ”އިސްވެބަޔާންކުރަނިވި ކަންކަމުގެ އަލީގައި، ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ނ)، (ރ) އަދި (ޅ) ގައިވާ ކަންކަން ސިބްކޯ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، އަދި އެ ކަމާ ގުޅޭ ގަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމުގައި ނުދެކެމެވެ.“ މިފަދައިން ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑަނާޅައި ދޫކޮށްލާފައިވާކަމަށް ބުނާބުނުމަކީ، ޙަޤީގަތެއް ނޫންކަން އެނގޭ ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 22 21ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވީނަމަވެސް، އެއީ އެއްވެސް ޤާނޫނީ އަސާސަކާ ނުވަތަ އުސޫލަކާ ހަވާލާދީ ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި، މި ނުކުތާގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައަޅާފައިވާއިރު، އެ ދެ މަރުޙަލާއިން ހަދާފައިވާ ގޯހަކީ ކޮބައިކަން ބަޔާންކޮށްފައި ނުވާކަމަށެވެ.
16.2 އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި މަރްޔަމް ނިޝާނާގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި ނުކުތާގައި އުފައްދާފައިވާ ބަހުސަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ހުށަހަޅާފައިވާ ބަހުސެއްކަމަށާއި، އެބަހުސާއި ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުން ގޯސްވާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައި ނުވާކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައިވެސް ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 23 4ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިވާކަމަށާއި، އެކަން ޝަރީޢަތް ނިމުގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގެ 39ވަނަ ނުކުތާއިން ފެށިގެން 44ވަނަ ނުކުތާއާ ހަމައަށް ބަޔާންކޮށްފައިވާ ނުކުތާތަކުން ސާފުކޮށް އެނގޭކަމަށާއި، އެ ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން އެ ފަރާތަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާކަން ވަޒީފާއާބެހޭ ޢާންމު ގަވާއިދުގައި 24 ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ސާބިތު ނުވާކަމަށް ނިންމަވާފައިވަނީ ޤާނޫނީ އުޞޫލުން ބޭރުންކަމުގައި ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ.
16.3 އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި މަރްޔަމް ނިޝާނާގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ ތިންވަނަ ނުކުތާ ބިނާކޮށްފައިވާ ފެކްޓަކީ، ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގެ 38ވަނަ ނުކުތާ ކަމަށާއި، އެ ނުކުތާގައި ދީފައިވާ ސްޓޭޓްމަންޓަކީ، ރިޑަންޑަންސީގެ ޙާލަތުގައި ނުވަތަ މާލީ ޙާލަތު ދަށްވުމާ ގުޅިގެން މުވައްޒަފު ވަޒީފާއިން ވަކިކުރުމަކީ، ޖާއިޒުކަމެއް ކަމަށާއި، އަދި މި ސްޓޭޓްމަންޓް މިންކުރަންޖެހޭ ގޮތް އޭގެ ފަހަތަށް އަންނަ ނުކުތާތަކުގައި ތަފްޞީލުކޮށްދީފައިވާ ކަމަށާއި، މާލީ ޙާލަތު ދަށްވީކަމުގައި ބެލެވޭނެ މިންގަނޑުތަކަށް އިސްތިއުނާފުކުރާ އެ ފަރާތުގެ މާލީ ޙާލަތު ދަށްވެފައިވާކަން ސާބިތުކޮށްދީފައި ނުވާކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާކަމަށާއި، އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތަށް މާލީ ޙާލަތު ދަށްވެފައިވާކަން ސާބިތުކޮށް ނުދެވޭނަމަ، އެއީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވުން ކަމުގައި ބެލުމުގައި ޤާނޫނީ ގޯހެއް ނެތްކަން އެނގޭކަމަށާއި، ހައިކޯޓުގެ މި ނިންމުން ޚިލާފުވާ ޤާނޫނީ އުޞޫލެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައި ނުވާކަމަށެވެ.
17މަތީގައި ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދިނުމަށްފަހު، މަރްޔަމް ނިޝާނާގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/344 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ.
މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަން
18މި މައްސަލާގައި އޮތީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ 2 (ދޭއް) ނުކުތާއެވެ. އެއީ:
18.1 ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެފައިވޭތޯ ބެލުމުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށް ވަޒަންކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން؛ އަދި
18.2 މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ކަމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އަލުން އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން.
ރިޑަންޑަންސީގެ ޙާލަތް މެދުވެރިވުން
19އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގައި ސިބްކޯއިން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ނ)ގައި ރިޑަންޑަންސީ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެ ޙާލަތް މެދުވެރިވެގެން ކަމަށާއި، އެ ޤާނޫނުގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އަދި ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް މެދުވެރިވެފައިވާކަން އެ ފަރާތުން ސާބިތުކޮށްދީފައިވާއިރު، އެ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.
20HN1ވަޒީފާއާބެހޭ ޤާނޫނުގެ 29 21ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވުމާ ގުޅިގެން މަޤާމެއް އުނިކުރަންޖެހުމުގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، އެ މާއްދާގެ ބޭނުމަށްޓަކައި ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭނެކަން އެނގެއެވެ. ނަމަވެސް، ވަޒީފާދޭ ފަރާތުން އެފަދައިން ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި، އަދި ވަކި މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ ނިޔަތުގައި ނޫންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
21ވަޒީފާދޭ ފަރާތުގެ އިޤްތިޞާދީ ސަބަބަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެ ޙާލަތްތަކަކީ: (1) ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންދާ ޚިދުމަތެއް ހުއްޓާލަން ޖެހުން؛ (2) ވަޒީފާދޭ ފަރާތުގެ ހިންގުމަށް ބަދަލެއް ގެނައުން؛ (3) ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުން، މިއެވެ. މި ތިން ހާލަތާ ގުޅިގެން ފުރިހަމަވާންޖެހޭ އިތުރު ކަންކަން މި މާއްދާގައި ތަފްސީލުކޮށްދީފައިވެއެވެ.
22ސިބްކޯއިން ބުނާގޮތުގައި، މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސިބްކޯއިން ހިންގަމުން އައި ވިޔަފާރިއެއް ހުއްޓާލަން ޖެހުމުންނާއި، މުވައްޒަފުން މަދުކުރަން ޖެހިގެންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ސިބްކޯއިން ދެކެއެވެ.
23HN2ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4ވަނަ މާއްދާގެ (ށ) ގައި، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލަންޖެހުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުމުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. (1) އުނިކުރި ނުވަތަ އުނިކުރާ މަޤާމަކީ، ހުއްޓައިލަން ޖެހުނު ވިޔަފާރި ނުވަތަ ޚިދުމަތްދިނުމުގައި ސީދާގޮތުން ޝާމިލުވާ މަޤާމެއް ކަމުގައިވުން؛ (2) އުނިކުރި ނުވަތަ އުނިކުރާ މަޤާމަކީ، ހުއްޓައިލަންޖެހުނު ވިޔަފާރި ހިންގުމުގައި ނުވަތަ ޚިދުމަތް ދިނުމުގައި ނުސީދާ ގޮތުން ޝާމިލްވާ މަޤާމެއްނަމަ، އެ މަޤާމުގެ ޒިންމާތަކުގެ %50 (ފަސްސާސް އިންސައްތަ) އަށްވުރެ މަދުނޫން ނިސްބަތެއް ހިމެނޭގޮތުން، ހުއްޓައިލަންޖެހުނު ވިޔަފާރި ހިންގުމުގައި ނުވަތަ ޚިދުމަތް ދިނުމުގައި ޝާމިލްވާ މަޤާމެއް ކަމުގައިވުން.
24ސިބްކޯއިން ބުނާގޮތުގައި ހުއްޓާލަން ޖެހުނު ވިޔަފާރިއަކީ ”ވަން ބާޒާރު“ އައުޓްލެޓް ކަމަށްވާއިރު، މަރްޔަމް ނިޝާނާއަކީ ”ވަން ބާޒާރު“ އައުޓްލެޓްގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފެއް ނޫނެވެ. މިއީ ”ވަން ބާޒާރު“ އައުޓްލެޓް ހުއްޓާލުމާ ގުޅިގެން މަދުކުރެވުނު މަޤާމެއް ނޫންކަމަށް ސިބްކޯއިން ބުނެފައިވެއެވެ. އަދި މަރްޔަމް ނިޝާނާ އަދާކުރަމުންދިޔަ ވަޒީފާގެ މަސްއޫލިއްޔަތާއި، ހުއްޓާލަން ޖެހުނު ވިޔަފާރި ހިންގުމާ ހުރި ގުޅުމަކީ ކޮބައިކަން ވެސް އެނގޭކަށް ނެތެވެ. އެހެންކަމުން، ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލަން ޖެހުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ ކަމަށް އިސްވެ ބަޔާންކުރެވުނު ވަޒީފާއާބެހޭ ޢާންމު ގަވާއިދު35ގެ 4ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަން ސިބްކޯއަށް ސާބިތުކޮށްދެވިފައިވާކަމަށް ނުފެނެއެވެ.
25HN3އިޤްތިޞާދީ ސަބަބުތަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ދެވަނަ ޙާލަތަކީ، ވަޒީފާދޭ ފަރާތުގެ ހިންގުމަށް ބަދަލެއް ގެނައުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވޭ ޙާލަތެވެ. ވަޒީފާދޭ ފަރާތުގެ ހިންގުމަށް ބަދަލެއް ގެނައުން ކަމަށް ބަލާނީ، އެ ގެނެވުނު ބަދަލާ ގުޅިގެން އުނިކުރި މަޤާމުތައް އުނިކުރި ތާރީޚުން ފެށިގެން ކުރިއަށް އޮންނަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަލުން އުފައްދާފައި ނުވާނަމަ ކަމަށް ވަޒީފާއާބެހޭ ޢާންމު ގަވާއިދު ގެ 4ވަނަ މާއްދާގެ (ރ) ގައި، ބަޔާންކޮށްފައިވެއެވެ. ސިބްކޯއިން އުނިކުރި މަޤާމުތައް އަލުން އުފައްދާފައި ނުވާނެކަމަށް އެ ފަރާތުން ބުނެފައިވާއިރު، އެ ކަމަށް މަރްޔަމް ނިޝާނާގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ.
26ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ، ސިބްކޯގެ ބޯޑް ރިޒޮލިއުޝަންގައި ބަޔާންކޮށްފައިވާ ފަދައިން، ކުންފުނީގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ކުންފުނީގެ އޮގަނައިޒޭޝަނަލް ސްޓްރަކްޗަރ މުރާޖަޢާކޮށްފައިވާކަން އެނގެން ނެތެވެ. އުވާލާފައިވަނީ މަރްޔަމް ނިޝާނާގެ މަޤާމު އެކަނި ނޫންކަމަށާއި، ޖުމްލަ 03 (ތިނެއް) މުވައްޒަފެއްގެ މަޤާމު އުވާލައި ވަކިކޮށްފައިވާކަމަށް ސިބްކޯއިން ބުނެފައިވާއިރު، ސިބްކޯގައި އުފައްދާފައިވާ މަޤާމުތަކުގެ ތެރެއިން އުނިކުރުމަށް އެ 03 (ތިނެއް) މުވައްޒަފުންގެ މަޤާމު ކަނޑައަޅާފައިވަނީ ކޮން އުސޫލަކުން ކަން، އަދި ކޮން ކަންތައްތަކަކަށް ރިޢާޔަތް ކުރުމަށްފަހުގައިކަން އެނގޭކަށް ނެތެވެ.
27HN4އިޤްތިޞާދީ ސަބަބުތަކާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ތިންވަނަ ޙާލަތަކީ، ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން މުވައްޒަފުން މަދުކުރަން ޖެހޭ ޙާލަތެވެ. ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4ވަނަ މާއްދާގެ (ޅ) ގައި، ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވުން ކަމަށް ބަލާނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވުމުން ކަމުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން (1) ވަޒީފާދޭ ފަރާތަށް ލިބެމުންދާ އާމްދަނީ ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް ދަށްވުމާއި؛ (2) ވަޒީފާދޭ ފަރާތަށް ލިބެމުންދާ އާމްދަނީ، ކުރިއަށް އޮތް 6 (ހައެއް) މަސްދުވަހަށްވުރެ ކުރުނޫން ގަވާއިދު ނަންބަރު R-63/2021 ބޯޑު ރިޒޮލިއުޝަންގައި ބަޔާންކޮށްފައިވަނީ، “Review the organization structure of Sibco group companies and implement redundancy where necessary” މިފަދައިންނެވެ. މުއްދަތަކަށް ދަށްވާނެކަމަށް ލަފާކުރެވުމެވެ. މިއިން ޙާލަތެއް ކުރިމަތިވުމުގެ ސަބަބުން މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމަށް ދަތިވާނެކަން ނުވަތަ ދަތިވިކަން ކަމާބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށް ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 39 4ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވެއެވެ.
28އެ ގޮތުން ބަލާއިރު، ސިބްކޯގެ މާލީ ޙާލަތު ދަށްވެފައިވާކަމަށް އެ ކުންފުނީގެ ބޯޑުން ބަޔާންކޮށްފައި އޮތުން ފިޔަވައި، ކުންފުނީގެ މާލީ ޙާލަތު އެނގޭނެ ލިޔުމެއް މި މައްސަލައާ ގުޅިގެން ހުށަހަޅާފައި ނުވެއެވެ. ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 40 4ވަނަ މާއްދާގެ (ޅ) އަދި (ކ) ގެ ބޭނުމަށްޓަކައި، ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ހުރިނެތް ގޮތް ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ސާބިތުކޮށްދެވޭނީ، އެ ފަރާތުގެ މާލީ ޙާލަތު ވަޒަންކޮށް، ކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ތިންވަނަ ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓަކުންކަމުގައި ދެކެމެވެ. ކުންފުނީގެ މާލީ ޙާލަތު ދަށްވެފައިވާކަމަށް ކުންފުނީގެ ބޯޑު ރިޒޮލިއުޝަންގައި ބަޔާންކޮށްފައި އޮތުމަކުން ފުދޭނެކަމަކަށް ނުދެކެމެވެ.
29އިޤްތިޞާދީ ސަބަބުތަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ބެހޭގޮތުން އިސްވެ ބަޔާންކުރެވުނު ކަންކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ރިޢާޔަތްކޮށްފައިވާ ކަންކަމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓުގެ 35ވަނަ ނުކުތާއަށް ބަލާއިރު، ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެފައިވޭތޯ ބެލުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ 5 (ފަހެއް) ކަމަކަށް ރިޢާޔަތްކޮށްފައިވެއެވެ. އަދި ވަޒީފާއާބެހޭ ޤާނޫނުގެ 41 21ވަނަ މާއްދާއާއި، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 42 4ވަނަ މާއްދާގެ އަލީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ކަންކަމުން ވާސިލްވެވޭ ނަތީޖާ، އެ ރިޕޯޓުގެ 38ވަނަ ނުކުތާއިން ފެށިގެން 45ވަނަ ނުކުތާއާ ހަމައަށް ބަޔާންކޮށްފައިވެއެވެ. މި ނަތީޖާއަށް ވާސިލްވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނީ ގޮތުން ހަދާފައިވާ ގޯހެއް ސިބްކޯއަށް ސުޕްރީމް ކޯޓުގައި ބުނެދެވިފައިވާ ކަމަކަށް ނުފެނެއެވެ.
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން
30ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާއިރުވެސް، މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އަލުން އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވާއިރު، މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ސިބްކޯއިން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު ޤަޟިއްޔާއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއާއި، ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ސިބްކޯއިން ހަވާލާދީފައިވެއެވެ.
31HN5އިސްތިއުނާފުކުރާ ސިބްކޯގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަކީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިގެން ކަމަށްވުމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ނ) އާއި، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ދަށްވުމާ ގުޅިގެން މަޤާމެއް އުނިކުރަންޖެހުމުގެ ސަބަބުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމަށް ބެލެވިދާނެކަން އެނގެއެވެ.
32މަރްޔަމް ނިޝާނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިޤްތިޞާދީ ސަބަބުތަކާ ގުޅިގެން ކަމަށް ސިބްކޯއިން ބުނެފައިވާއިރު، މި ޙާލަތުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވޭތޯ ބެލުމުގައި ޖަވާބުދޭންޖެހޭ ސުވާލަކީ، ވަޒީފާއާބެހޭ ޤާނުނުގެ 21ވަނަ މާއްދާގެ (ނ) އާއި، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތައް މެދުވެރިވެފައިވާކަން ސާބިތުކޮށްދީފައިވޭތޯ ނުވަތަ ނޫންތޯއެވެ. އެ ޙާލަތްތައް މެދުވެރިވެފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ބުރަވެވޭ ސަބަބުތައް މި ރައުޔުގެ 19 އިން 29ވަނަ ނުކުތާގެ ނިޔަލަށް ހުރި ނުކުތާތަކުގައި ބަޔާންކޮށްފައިވާނެއެވެ. އެ ނުކުތާތަކަށް ރިޢާޔަތްކުރާއިރު މަރްޔަމް ނިޝާނާ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ބެލެވޭކަށް ނެތެވެ.
33HN6އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމާމެދު ސިބްކޯއިން ބުނެފައިވަނީ، މަރްޔަމް ނިޝާނާ ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގައި ބުނާ ގޮތަށް ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުމަށްފަހުގައި ކަމަށްވާތީ، މި މައްސަލާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ދެކޭކަމަށެވެ. ވަޒީފާއާބެހޭ ޤާނުނުގެ 21ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އިޤްތިޞާދީ ސަބަބުތަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުމަށްފަހު ވަޒީފާއިން ވަކިކުރެވިދާނެކަން އެ މާއްދާގެ (ޅ) އިން އެނގެއެވެ.
34އެހެން ނަމަވެސް އިޤްތިޞާދީ ސަބަބުތަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހަމައެކަނި ނޯޓިސް ދިނުމަކުން ނުފެދެއެވެ. އޭގެ އިތުރަށް އިޤްތިޞާދީ ސަބަބުތަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ޖެހިދާނެކަން ނުވަތަ ވަކިކުރަން ނިންމާ ނިންމުން، އެ މުވައްޒަފުންނަށް އަންގަންވާނެއެވެ. އެ ގޮތަށް އަންގާ އެންގުމުގައި، (1) މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަކިކުރުމަށް ނިންމާ ޙާލަތު ނުވަތަ ސަބަބާއި؛ (2) މުވައްޒަފުން ވަކިކުރުމުގެ ކުރިން، މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހުއްޓުވިދާނެ ނުވަތަ އެއްކިބާކުރެވިދާނެ ނުވަތަ ވަކިކުރަންޖެހޭ މުވައްޒަފުން މަދުކުރެވިދާނެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާނަމަ، އެ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިމަނަންވާނެއެވެ.
35އޭގެ އިތުރަށް ވަޒީފާދޭ ފަރާތުގެ އިޤްތިޞާދީ ސަބަބުތަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަޅަންޖެހޭ އިތުރު ވިޔަވަޅުތަކެއްވެސް ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 6ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން، މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހުއްޓުވިދާނެ ނުވަތަ އެއްކިބާކުރެވިދާނެ ނުވަތަ ވަކިކުރަންޖެހޭ މުވައްޒަފުން މަދުކުރެވިދާނެ ފިޔަވަޅުތަކެއް އެޅެން އޮތް މިންވަރަކުން ވަޒީފާދޭ ފަރާތުން އަޅަންވާނީ ކަމަށް ބަޔާންކޮށް، އެ މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކެއް ނުވަތަ ފިޔަވަޅެއް ވަޒީފާދޭ ފަރާތުން އަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
36ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 7ވަނަ މާއްދާއަށް ބަލާއިރު، ވަޒީފާދޭ ފަރާތަށް ކުރިމަތިވެފައިވާ ޙާލަތާ ގުޅިގެން ވަކިކުރުމަށް ނިންމާ މުވައްޒަފުން ކަނޑައަޅާނެ އުސޫލެއް ވަޒީފާދޭ ފަރާތުން ކަނޑައަޅައި އެ ގަވާއިދުގެ 5ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފުންނަށް އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ އުޞޫލުގައި މަދުވެގެން ހިމަނަށްޖެހޭ ކަންކަން ބަޔާންކުރުމަށްފަހު، ވަކިކުރުމަށް ކަނޑައަޅާ މުވައްޒަފުންނަށް، ބުނެވިދިޔަ އުސޫލުގެ ދަށުން އެ މުވައްޒަފަކު ކަނޑައެޅުނު ގޮތް ހިއްސާކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
37މި މައްސަލާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ބެލުމުގައި، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގައި ބަޔާންކުރާ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަން އެނގެން އޮވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވަނީ، މުވައްޒަފުން ރިޑަންޑަންޓްކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައަޅާފައިވާކަން އެނގެން ނެތްކަމަށާއި، ރިޑަންޑަންސީގެ ޙާލަތް މެދުވެރިވެ ވަޒީފާއިން ވަކިކުރަން ޖެހިފައިވާކަން މުވައްޒަފުންނަށް އަންގާފައިވާކަން ވެސް އެނގެން ނެތްކަމަށާއި، ވަޒީފާއިން ވަކިކުރުމަށް ނިންމާ މުވައްޒަފުން ކަނޑައަޅާނެ އުސޫލެއް ސިބްކޯއިން ކަނޑައަޅާފައިނުވާ ކަމަށާއި، ވަޒީފާއިން ވަކިކުރުމަށް މަރްޔަމް ނިޝާނާ ޚިޔާރުކުރި ގޮތެއްވެސް އެނގެން ނެތްކަމަށާއި، އެހެންކަމުން، މިމައްސަލާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ.
38ރިޑަންޑަންސީގެ ޙާލަތް މެދުވެރިވެގެން މުވައްޒަފުން ވަކިކުރުމުގައި ވަޒީފާ ދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ވަޒީފާއާބެހޭ ޢާންމު ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، ހަމައެކަނި ނޯޓިސް ދިނުމަކުން ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުމަކުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރެވުނުކަމަކަށް ނުބެލެވޭނެއެވެ. އިޖުރާއީ ޢަދުލުވެރިކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ކަންކަމާއި، އެ ކަންކަމަށް ރިޢާޔަތްކޮށްފައިވާ ގޮތް ރަނގަޅު ނޫންކަމަށް ބަލަންޖެހޭ ސަބަބެއް ސިބްކޯއިން ފާހަގަކޮށްފައެއް ނުވެއެވެ.
ވަޒީފާއަށް ރުޖޫޢަކުރުމާއި ބަދަލު ނަގައިދިނުން
39HN7ތިންވަނަ އިސްތިއުނާފީ ނުކުތާގެ ދަށުން ސިބްކޯއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް، ސިބްކޯއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ޓްރައިބިއުނަލުން ނިންމި ގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެއް ނުވެއެވެ. އެހެންކަމުން، އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކަންކަމާމެދު ގޮތެއް ކަނޑައަޅާފައިވާ ކަންކަމެއްވެސް ނޫނެވެ.
40ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާތީއާއި، އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކަންކަމާމެދު ގޮތެއް ކަނޑައަޅާފައިނުވާ، ހައިކޯޓުގެ ފަނޑިޔާރުންނަށް އެ ކަމާމެދު ބަހުސްކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަންކަމަށްވާތީ، އެ ކަންކަމާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ، އިސްތިއުނާފީ އުސޫލުތަކާ އެއްގޮތްވާ ކަމެއްކަމުގައި ނުފެނެއެވެ. އެހެންކަމުން، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ސިބްކޯއިން ފާހަގަކޮށްފައިވާ ކަންކަމާމެދު މި އިސްތިއުނާފުގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ގަބޫލެއް ނުކުރެވެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
41އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ނަޒަރުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/344 ޤަޟިއްޔާގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމުމަށް ފެނެއެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
42މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
43މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/344 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބަލާނެ ތަނެއް ނެތް ކަމުގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ފުޓްނޯޓު
- ރަޖިސްޓްރޭޝަން ނަންބަރު: C-0029/2016
- އައިޑީ
- ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 70/VTR/2022 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 1.1 ވަނަ ނުކުތާ
- ޤާނޫނު ނަންބަރު 2/2008
- ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 70/VTR/2022 މައްސަލަ.
- ޤާނޫނު ނަންބަރު 2/2008
- ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުޢާޒު
- ގަވާއިދު ނަންބަރު R-63/2021
- ޤާނުނު ނަންބަރު 2/2008
- 2011/HC-A/134
- ގަވާއިދު ނަންބަރު R-63/2021
- ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުއާޒު
- މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު
- ޤާނޫނު ނަންބަރު 2/2008
- ގަވާއިދު ނަންބަރު R-63/2021
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 2/2008
- ގަވާއިދު ނަންބަރު R-63/2021
- ޤާނޫނު ނަންބަރު 2/2008
- ގަވާއިދު ނަންބަރު R-63/2021
- އ.ބ.މ ގެ 21 ވަނަ މާއްދާގެ (ރ)
- ގަވާއިދު ނަންބަރު 2021/R-63
- ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ 7 ވަނަ ނަންބަރުގެ 3 ވަނަ ނުކުތާ
- ގަވާއިދު ނަންބަރު R-63/2021
- ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ 7 ވަނަ ނަންބަރުގެ 3 ވަނަ ނުކުތާ
- ގަވާއިދު ނަންބަރު R-63/2021
- ގަވާއިދު ނަންބަރު R-63/2021
- ބޯޑު ރިޒޮލިއުޝަންގައި ބަޔާންކޮށްފައިވަނީ،
- ގަވާއިދު ނަންބަރު R-63/2021
- 2017/SC-A/44
- 2018/SC-A/49
- 2019/SC-A/27
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު ޤަޟިއްޔާގެ 9 ވަނަ ޕެރެގްރާފް
- ޤާނޫނު ނަންބަރު 2/2008
- ގަވާއިދު ނަންބަރު R-63/2021
- ޤާނުނު ނަންބަރު 2/2008
- ގަވާއިދު ނަންބަރު R-63/2021
- ޤާނުނު ނަންބަރު 2/2008
- ޤާނުނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 2/2008
- ގަވާއިދު ނަންބަރު R-63/2021
- ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 6ވަނަ މާއްދާ
- ގަވާއިދު ނަންބަރު R-63/2021
- ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 7ވަނަ މާއްދާގެ (ހ) އަދި (ހ)
- ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 7ވަނަ މާއްދާގެ (ރ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ)، (ރ) އަދި (ޅ)
- ގަވާއިދު ނަންބަރު 2021/R-63 (ވަޒީފާއާބެހޭ ޢާންމު ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ)، (ށ)، (ރ)، (ޅ)، (ކ)
- ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 5 ވަނަ މާއްދާ، 6 ވަނަ މާއްދާ، 7 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)
- ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު 2017/SC-A/44 (ޕެރ. 9)
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން 2018/SC-A/49
- ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) 2019/SC-A/27
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.