ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/356

ބީއެމްސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕވޓ ލޓޑ ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 17 މާރިޗު 2021ދަށު ކޯޓު: ސިވިލް ކޯޓު 3439/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3439/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2021/SC-A/65 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ދަޢުވާކުރި ފައިސާގެ ތެރެއިން 628,999/37 ރުފިޔާ ދަޢުވާލިބުނު ފަރާތުން ދައްކަންޖެހޭކަމަށް ކަނޑައަޅައި، 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީއާ ދެމެދު ލިޔުމުން ވެވުނު އެއްބަސްވުމެއްގެ ދަށުން ބާޖެއް މަރާމާތުކޮށްގެން ބޭނުންކުރުމަށް ކުއްޔަށް ދިނެވެ. ބާޖު ގެންގޮސް އަނބުރާ ޙަވާލުކުރުމާ ދެމެދު ހިނގި މުއްދަތުގެ ތެރެއިން މަދު ދުވަސްތަކަކަށް ކުލި ދައްކާފައިވާތީ، ބާކީ ކުލި ހޯދުމަށް ޕޯޓްސް ލިމިޓެޑުން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ބާޖު މަރާމާތުކޮށްގެން ބޭނުންކުރުމަށް ކުއްޔަށް ދިން އެއްބަސްވުމެއްގެ ދަށުން، ބާޖު މަރާމާތުގައި އޮތް މުއްދަތަށްވެސް ކުލި ހިނގާނެތޯ؛ އަދި ދަޢުވާލިބުނު ފަރާތުގެ ހެކިން ޙާޟިރުނުކޮށް މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ބާޖު ކުއްޔަށް ދިނީ މަރާމާތުކޮށް ނިމުމުން ބޭނުންކުރުމަށް ކަމުން މަރާމާތުގެ މުއްދަތަށް ކުލި ނުހިނގާނެ ކަމަށާއި، އެ ފަރާތުގެ ހެކިން ޙާޟިރުނުކޮށް މައްސަލަ ނިންމުމަކީ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤާ ޚިލާފު ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ އެއްބަސްވުމުގައި ކުލި ހިސާބުކުރާ ގޮތް ސާފުކަމަށާއި، ހެކިން ޙާޟިރުކުރަން ތިން ފަހަރު ފުރުޞަތު ދީފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އެއްބަސްވުމުގައި ކުލި ހިނގާނީ ބާޖު އެމްޕީއެލްގެ ސަރަޙައްދުން ނުކުތީއްސުރެ އަނބުރާ ވަންނަންދެން ކަމަށް ބުނެފައިވާއިރު، މަރާމާތުގެ މުއްދަތު އިސްތިސްނާކޮށްފައި ނުވާތީ، ކޯޓަށް އެއްބަސްވުމަށް މާއްދާއެއް އިތުރުކުރެވޭނެ ހަމައެއް ނެތެވެ. ހެކިން ޙާޟިރުކުރަން އެކަށީގެންވާ ފުރުޞަތު ދީފައިވާއިރު، ޝަފަހީ ހެކި ކިތާބީ ހެއްކަށްވުރެ ބަލިކަމާއި، މަރާމާތުގެ ޚަރަދު އެއްބަސްވުމުގައިވެސް ދަޢުވާއެއްގައިވެސް ނެތުމުން އެ ނުކުތާވެސް ބަލައިނުގަނެވުނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ދެ ނުކުތާއެއްވެސް ބަލައިނުގަނެވޭ (ތަޙުލީލުން ފެންނަނީ ދަށުކޯޓުގެ ޙުކުމް ޤާއިމްވާ ގޮތް؛ ނިންމުމުގެ ބައި ލިޔުމުގައި ނެތް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، އެ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުމުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމުންނެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN2 ކޮންޓްރެކްޓަކީ ދެމީހެއްގެ ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ، ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމެކެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN3 ކުލީގެ މުއްދަތު ގުނާނެ ގޮތް އެއްބަސްވުމުގައި ކަނޑައަޅާފައިވާނަމަ (ބާޖު އެމްޕީއެލްގެ ސަރަޙައްދުން ނުކުތީއްސުރެ އަނބުރާ ހާބަރަށް ވަންނަ ވަގުތާ ހަމައަށް)، އަދި މަރާމާތުގެ މުއްދަތު އިސްތިސްނާކުރާކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާނަމަ، މަރާމާތުގައި އޮތް މުއްދަތަށްވެސް ކުލި ހިނގާނެއެވެ.

HN4 ދެފަރާތުގެ މެދުގައިވާ އެއްބަސްވުމުގައި ނެތް މާއްދާއެއް އިތުރުވާގޮތަށް ނުވަތަ އެއްބަސްވުމުގައިވާ މާއްދާއެއް އުނިވާގޮތަށް ކޯޓަށް އެއްބަސްވުން މާނަކުރެވިދާނެ ޤާނޫނީ ހަމައެއް ނެތެވެ.

HN5 ކަންކަން ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ ސާބިތުވުމުގެ ބާރުގެ ޙައިޘިއްޔަތުން ބަލި ވަސީލަތެކެވެ.

HN6 ހެކިން ޙާޟިރުކުރުމަށް ދަށުކޯޓުން އެކަށީގެންވާ ފުރުޞަތު ދީފައިވާއިރު އެ ފަރާތުން ހެކިން ޙާޟިރުނުކުރުމުން ހެކިބަސް ނުނަގައި މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައިވާ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤާ ޚިލާފު ކަމެއް ނޫނެވެ؛ އަދި ހެކިންނަށް ސާބިތުކުރަން އެދުނު ކަމަކީ (މަރާމާތުގެ ޚަރަދު) އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް، ދިފާޢީ ދަޢުވާއެއްގެ ގޮތުގައިވެސް އެދިފައި ނެތް ކަމެއްނަމަ އެކަމުން ޙުކުމަށް އަސަރެއް ނުކުރެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: ( މިރައުޔަށް ފަނޑިޔާރު ޢަބްދު ﷲ ޙަމީދު އާއު ފަނޑިޔާރި މުޙައްމަދ

ފައިޞަލް ތާއީދުކުރައްވައެވ). މައްސަލައިގެ ތަޢާރަފު:

2މިއީ، ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑނު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އޮވެ .

ކަން ހިނގާފައިވާގޮތް

1. އެމްޕީއެލ އާއް ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 1422 އޯގަސްޓް 12 ގައި ލިޔުމުން އެއްބަސްވުމެއް ވެވުނެވެ. އެއްބަސްވެވުނީ އެމްޕީއެލްގެ 21 ނަންބަރ ބާޖު މަރާމާތުކޮށްގެން ބޭނުންކުރުމަށް ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށެވެ.

3ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންބާޖު ކުއްޔަށް ގެންގޮސްފައިވަނީ 1422 އޯގަސްޓް 12 ވަނަ ދުވަހުގެ 20:34 ގައެވެ. އަދި ބާޖު އަނބުރާ އެމްޕީއެލްއާ ޙަވާލުކޮށްފައިވަނީ 1422 ފެބްރުއަރީ 22 ވަނަ ދުވަހުގެ 14:22 ގައެވެ. އެހެންކަމުން، މިދެމެދަށް ހިނގާފައިވަނީ 220 (ސަތޭކ ހަތްދިހަ ހަތަރެއް) ދުވަހެވެ.

0. ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުލި ދައްކާފައިވަނެ 12 (ސައްބީސް) ދުވަހަށެވެ. ރަޖިސްޓްރީ ނަންބަރު 0190/2014-C (B.M.C SLIPWAY AND SALVAGE COMPANY PRIVATE LIMITED) (ނޯޓު: ކުންފުނީގެ ނަން ރެޖިސްޓްރޭޝަން ސެޓްފިކެޓްގައި ލިޔެފައިވަނީ އިނގިރޭސި ބަހުން ބުނެވިދިޔަ ގޮތަށެވެ. ނަމަވެސް އިސްތިއުނާފަށް ހުށަހެޅި ފޯމުގައި ދިވެހިން ލިޔެފައިވަނީ "ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" އެވެ.) ރަޖިސްޓްރީ ނަންބަރު 846/2008-C

1. އެމްޕީއެލްގެ ބާޖު ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ގެންގޮސް ކުލި އަދާނުކޮށް ވޭތުވި 202 (ސަތޭކަ ސާޅީސް އަށެއް) ދުވަހަށްވާ ކުލި ހޯދުމަށް އެމްޕީއެލްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

2. ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: " މި މައްސަލައަކީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ޕްރައިވެޓް ލިމިޓެޑއާ ދެމެދުގައް12 އޮގަސްޓް 1422 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑގު21 ނަންބަރު ބާޖު މަރާމާތުކޮށްގެން ބޭނުންކުރުމަށް ދުވާލަކު -009.43/4 (ހަތަރުހާސް ނުވަ ރުފިޔާ ސާޅީސް ތިން ލާރި) ރުފިޔާއަށް ކުއްޔަށް ގެންދިއުމަށްފަހު މިބާޖު 220 ދުވަހު ބޭނުންކޮށް އޭގެތެރެއިން 12 ދުވަހަށްވާ ފައިސާ ދެއްކުމަށްފަހު ބާކީ 202 ދުވަހަށްވާ ފައިސާ މިކުންފުންޏަށް ލިބިފައިނުވާތީ ބީ.އެމް.ސ ސިލިޕްވޭ އެންޑް ސަލްވޭޖްގެ ފަރާތުން މިފައިސާ އެކީ އެއްފަހަރާ ނަގާދިނުމަށް އެދި ކުރާ ދަޢުވާއެކެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.

2. އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، ބުނެވެދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ބީ.އެމް.ސ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މިމައްސަލާގައ ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ ކިބައިން ހޯދުމަށް އެދި ދަޢުވާކުރި ފައިސާގެ ތެރެއިން 628,999/37ރ (ހަލައްކަ އަށާވީސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ތިރީސް ހަތްލާރި) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 12 އޭޕްރީލް 1422 އިން ފެށިގެން 34 (ތިރީސް) ދުވަހުގެ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 2 ވަނަ ނަންބަރު ތެރޭގައި އެފައިސާ ސިވިލް ކޯޓީ ށ ދައްކައި، މި ދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު ބ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖެކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި މިގޮތުގެ މަތިން ޙުކުމް ކޮށްފީމެވ]. މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

2. ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

2.2 ދޢަ ވާގައު ބަޔާންކޮށްފައިވާ ރ. ނަންބަރު T-10-03-21”C3203A-“HB ގެ ބާޖު ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދިނީ ތިލަފުއްޓަށް ގެންގޮސް މަރާމާތުކޮށްގެން ބޭނުންކުރުމށަކަނ އެއްބަސްވުމުގް ތައާރަފުން ސާބިތުވާއިރު، އެމައްޗަށް އިންސާފުވެރި ރިޢާޔަތްކުރުމެއްނެތި ކަނޑައެޅި ޙުކުމްގައި އަދުލވެރިކަމެއު ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި

2.1 ”15-HB“ ގެ ބާޖު ބީ .އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖްއަށް، ކުއްޔަށްހިފި އެއްބަސްވުން ފިޔަވައި، ދަޢުވާކުރާ ފަރާތުން ހެކިންގެ ލިސްޓުގައި ބަޔާންކޮށްފައިވާ ލިއުންތަކުގެ މައްޗަށް އެއްޗެއް ބުނުމުގެ ފުރުސަތު ހެކިން ޙާޟިރު ނުކުރުމުގެ ސަބަބުން ގެއްލިފައިވާކަން އަދި ހެކިބަސް ނުނގުމަކެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 01ވަނަ މާއްދާގަ (ށ) އާއި ޚިލާފަށް ކުރި ކަމެއްކަމަށް ބެލެވޭކަމަށ ބުން ހުށަހެޅި ނުކުތާ އެވެ.

އިސްތިއުނާފުކުރާފަރާތުން އެދޭގޮތް

2. އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "މޯލްޑިވްސ ޕޯޓްސް ލިމިޓެޑްގެ ނަމުގައި ރަޖިސްޓަރީ ކޮށްދެއްވާފައިވާ ރ. ނަންބަރ T-10-03-C3143A 21”-“HB ގެ 214 ޓަނުގެ ހެޗް ބާޖު ބީ.އެމް.ސީ ސިލިޕްވޭ އެން ޑް ސަލްވޭޖް ޕްރައިވެޓް ލިމިޓަޑް އަށް 12 އޮގަސްޓް 1422 ގައި ކުއްޔަށް ދިނީ ބާޖު ތިލަފުއްޓަށ ގެންގޮސް މަރާމާތުކުރުމަށްފަހ މާލު ކޮމާޝަލް ހާބަރ އިން އޮޕަރޭޝަނަށް (ބޭނުންކުރުމަށް) ނުކުންނަ ވަގުތުން ފެށިގެން އަނބުރާ ކޮމާޝަލް ހާބަރަށް ވަންނަ ތާރީޚާއި ދެމެދުގައި ހިނގާ މުއްދަތަށް ކުލި ދައްކާ ގޮތަށްކަމަށްވުމުން، ބޭނުންނުކުރެވޭ ގޮތަށް އޮތް (ތ ލަފުށީގައ މަރާމާތުގައި އޮތް) 0 މަހާއި 12 ދުވަހަށް ކުލި ނަގައި ދިނުމަށް ކަނޑައަޅުއްވާފައިވ ޙުކުމަކާ ސައްހަ ޙުކުމެއްނޫނ ކަމަށް ކަނޑައަޅުއްވައިދެއްވައި ނަންބަރު 3439/Cv-C/2018 މި ޤަޟިއްޔާގެ ޙުކުމް ބާތިލް ކޮށްދެއްވުން އެދެމެވެ". މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުގެ ޖަދަލު ފުރަތަމަ ނުކުތާ: ދޢަ ވާގައި ބަޔާންކޮށްފައިވާ ރ. ނަންބަރު T-10-03-21”C3203A-“HB ގެ ބާޖު ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދިނީ ތިލަފުއްޓަށ ގެންގޮސް މަރާމާތުކޮށްގެން ބޭނުންކުރުމށަ ކަން އެއްބަސްވުމުގް ތައާރަފުން ސާބިތުވާއިރު، އެމައްޗަށް އިންސާފުވެރި ރިޢާޔަތްކުރުމެއްނެތި ކަނޑައެޅި ޙުކުމްގައި އަދުލުވެރިކަމެއް ނެތްކަމަށް ބުން ހުށަހެޅި ނުކުތާ

24އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ރ. ނަންބަރު T-10-03-C3143A21”-“HB ޓަނުގެ ހެޗް ބާޖު ކުއްޔަށްހިފަން ބެލިއިރު އެ ބާޖު އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށެ ވެ. ނަމަވެސް ކުރަންޖެހުނު މަސައްކތަށަ އެފަދް ބާޖެއ ކޮންމެހެން ހިފަންޖެހޭތީއާއި، އެހެންތާކުނ ކުއްޔަށް ލބޭނި އެފަދަ ބާޖެއް ނެތުމުންނާއި، އެ ބާޖު މަރާމާތުކުރުމުގެ ޤާބިލްކަން އިސްތިއުނާފުކުރާ ފަރާތުގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އިސްތިއުނާފު ފޯމުގެ 24 ވަނަ ނަންބަރު ތަޖު ރިބާކާރު ބައެއްގެ ކިބައިގައި ހުރުމުން ފުރަތަމްޖެހުނީ އެ ބާޖު މަރާމާތުކުރުމަށް ތިލަފުއްޓަށް ގެންދިޔމަށ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

22. އެގޮތުން، އެ ބާޖު ތިލަފުއްޓަށ ގެންގޮސް އެ ބޮޑު މަރާމާތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑށްވެސަ އެންގުމާއި ފެނުމާއި އަދި ރުހުމާއި އަދި އެފަދައިން އެދުމުގެ ދަށުން ކޮށްނިންމާލެވުނީ 0 މަހާއި 12 ދުވަހުގެ ތެރޭގައިކަމށަ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

21. އޭގެފަހުން، އެ ބާޖު ކޮމާޝަލް ހާބަރަށް ގެންގޮސް އެތަނުން ފަށައިގެން 12 (ސައްބީސް) ދުވަހުގެ ޓެސްޓަށް ދުއްވުމަށްފަހު އަނބުރާ ކޮމާޝަލް ހާބަރަށް ގެނެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ޙަވލުކުރެވިފައިވާކަމަށާ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

23. އެ 12 (ސައްބީސް) ދުވަހު ޓެސްޓަށް އެ ބާޖު ބޭނުންކުރީ ތިލަފުއްޓަށް އެ ބާޖު ގެންދިޔަ ވަގުތު ކުއްޔަށްހިފި އެއްބަސްވުމުގައި ސޮއިކުރވައު އެޑްވާންސްކޮށް 12 (ސައްބީސް) ދުވަހުގެ ކުލި މޯލްޑިވްސް ޕޯޓްސް ލިމިޓެޑގު ފަރާތު ން ލިބިގެންފައިވާތީ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.

20. އެ ބާވަތުގެ އުޅަނދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުއްޔަށް ދޫކުރުމުގައި އެޑްވާންސްކޮށް ކޮންމެވެސް ޢަދަދަކަށް ކުލި ނެގުމަކީ އެ ފަރާތުން ހަމަޖައްސާފައި އޮންނަ އުސޫލެއްކަމަށާއި އިތުރަށް އެބާޖު ބޭނުން ނުކުރީ އެފަދަ ބޮޑު މަރާމާތެއްކުރުމަށްފަހު ޓެސްޓަށް ދުއްވި މުއްދަތުގައިވެސް އޭގެ ދުވެލީގައި ހިންހަމަނުޖެހުން ވަރަށް ބޮޑަށް އޮތުމުން އިތުރު ގެއްލުމަކާއި ކުރިމަތިލާންޖެހުމުގެ ބިރު އޮތުމުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

21. ބާޖު ބޭނުންކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ކުއްޔަށް ދީފައިވާ މުއްދަތު ފެށޭނީ ބާޖު މަރާމާތުކޮށް ނިމުމުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެއީ އެ ބާޖު އޮތީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ކަމަށް ވާތީއާއި އެއްބަސްވުމުގެ ތަޢާރަފުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު ނ ބަޔާންކޮށްފައިވް ވާހަކަތަކުން އެކަން ސާފުކޮށް އެނގެން އޮންނާތީކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.

22. އޮޕރޭޝަނަށް ނުކުތުމުގެ މާނައަކީ ބޭނުންކުރަން ފެށުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އޮޕަރޭޝަނަށ ނުވަތް ބޭނުންކުރުމަށް ބާޖު ނެރުމުގައި ވަގުތު ފަށާނެތަން ކަނޑައެޅުމުގައި އެއްބަސްވުމުގެ 2ވަނަ މާއްދާގައި ބުނެފައިވަނީ އެމްޕީއެލި ގ ސަރަހައްދުން އެބޭނުމަށް ބާޖު ނެރޭ ވަގުތުކަމަ ށ އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެއްބަސްވުމުގެ 1ވަނަ މާއްދާގައި ފުރަތަމަ ބުނަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުކަމަށާއި އެ އަށްފަހު ބުނަނީ އެވަގުތަކު އެ އުޅަނދު އޮތް ހިސާބަކުން އެ ބޭނުމަށް ބާޖު ނިކުންނަށް ވަގުތުން ފެށިގެން ކަމަށާއި، އެ ތަންތަން އެގޮތަށް ކަނޑައެޅުމަށްފު އެއްބަސްވުމުގެ 1ވަނަ މާއްދާގަ ޖަދުވަލު 2 ގައި އެ ބޭނުމަށް ދަތުރު ފަށާނީ ކޮމާޝަލް ހާބަރުންކަމަށާއި ދަތުރު ނިމޭނީ ކޮމާޝަލް ހާބަރަށް ކަމަށް ބަޔާންކޮށްފައި އޮތުމުންއެބޭނުމަށް ދަތުރު ފަށާނެ ވަގުތާއި މުއްދަތު ކަނޑައެޅުމަށް ހުރަހެއް ނެތްކަމަށާއި، އެ ދެމެދުގައިވީ 12 (ސައްބީސް) ދުވަސް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

22. "ބާޖު ތިލަފުއްޓަށ ގެންގޮސް މަރާމާތުކޮށްގެން ބޭނުންކުރުމަށް ކުއްޔަށްދިނުމަށް" އެއްބަސްވުމުގެ ތަޢާރަފުގައަ ބަޔާންކޮށްފައިވާ މި ޢބާރާތުނި ތިންކަމެއ ސާބިތުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެ ތިން ކަމަކީ:

22.2ބާޖުއޮތީ މަރާމާތުކޮށްގެން ނޫނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިކަމާއި؛

22.1މަރާމާތުކުރުމަށް އެދިފައިވާކަމާއި؛

22.3ދުއްވޭވަރަށ މަރާމާތުކޮށް ނިމުމުން ބޭނުންކުރުމަށް ކުށްޔަށް ދިނުނކަނ އެނގެން އޮވެއެވެ.

22. ފުރަތަމަ ޙާލަތުގައި ކުއްޔަށް ދޫކުރުމަށް ނިންމިކަމުގައިވިޔަސ މަރާމާތުކޮށް ނިމުމުގެ ކުރިން ނުވަތަ މަރާމާތުގައި އޮންނަ މުއްދަތުގައި ހަލާލުގޮތުގައ ކުލި ނުނެގޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެހެނީ، ކުލި ހަލާލުވާނީ ކުއްޔަށް ހިފި އެއްޗަކުން ކުއްޔަށްހިފި ބޭނުން ކުރެވޭނަމަކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެ އިބާރާތުގައި ފުރަތަމަ ކަމެއްގެ ގޮތުގައި އޮންނަނީވެސ ބޭނުންކުރުމަށް ކުއްޔަށް ދިނުމަށް ކަނޑައަޅާފައި އޮންނަ ކަނޑައެޅުމެއްކަމަށާއި ދެވަނަ ކަމެއްގެ ގޮތުގައި އެދިފައި އޮންނަނީ ދުއްވޭވަރަށް މަރާމާތުކުރުނ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.

22. މަރާމާތުކުރަންޖެހުނީ އިސްތިއުނާފުކުރާ ފަރާތުންކަމަށްވީނަމަވެސް، އެކަމަށް އިސްތިއުނާފުކުރާ ފަރާތުން ކުރާ ޚަރަދަކާއިމެދ ގޮތެއު ކަނޑައަޅާފައި ނުވާއިރު، އަދި އެއީ އެއްބަސްވުމުގެ 2ވަނަ މާއްދާގަ ދަށުން ހައްލު ހޯދަންޖެހޭ ކަމެއްކަމަށް ވާއިރު، އަދި ހަމައެފަދައިން އެ ޚަރަދާމެދު ދެފަރާތުން ވަކިގޮތެއް ހަމަޖައްސާފައި ނުވާއިރު، އެ ޙައްޤުގެ މައްޗަށް އެހެން ޤަޟިއްޔާއެއްގައި ކުރަންހުރި މަސައްކަތްތަކަކަށް ހުރަސްއެޅިގެން ދާފަދަގޮތަކަށް ޤާޟީ ފާހަގަކުރި 3ވަނަ ނުކުތާގެ (ރ)ގެ ދެވަނަ ޕެރެގްރާފުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 01ވަނަ މާއްދާގަ (ށ) އާއި ޚިލާފަށް ކަނޑައެޅި ޢަދުލުވެރިކަމެއްނެތް ކަނޑައެޅުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

14. އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ އެފަރާތާއި އިސްތިއުނާފުކުރާ ފަރާތާއި ދެމެދު ބާޖު ކުއްޔަށް ދިނުމަށް ވެފައިވާ ނަންބަރ MCD/AG/BRG/2016/003-MPL (12 އޯގަސްޓް 1422) އެއްބަސްވުމުގެތަޢާރަފަށް ބަލައިލުމުން މި އެއްބަސްވުން ހެދިފައިވަނީ ކުއްޔަށް ނަގާފަރާތުން ބާޖު ގެންގޮސް މަރާމާތުކޮށް ބޭނުންކުރުމަށްކަމާއ އަދި މި އެއްބަސްވުމުގައި ތަފްސީލްކޮށް ބާޖު ކުއްޔަށް ދިނުމަށްފަހު ކުލިނެގޭނެ ގޮތްވެސް ބަޔާންކުރެވިފައި ވުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ރ.ނަންބަރ T-10-03-3AC314 35”-HB" ބާޖަކީ ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖްއަށ ކުއްޔަށް ދޫކޮށްފައިވާ ބާޖެއްކަން ޔަޤީންކުރެވިގެންދކަމަށެވެ. އަދި އިސްތިއުނާފު ފޯމުގެ 1.3ވަނަ ނަންބަރުގެ ދެވަނަ ފޮޅުވަތަށް ބަލައިލުމުންވެސ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 35 ނަންބަރު ބާޖު ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް އަށް ކުއްޔަށް ދީފައިވާކަން އިސްތިއުނާފު ކުރިފަރާތުގެ ބަހުންވެސް ސާބިތު ކުރެވިގެން ދކަމަށް ބުނެފައާ ވެއެވެ.

12. މީގެ އިތުރުން ދަޢުވާ ފޯމާއި އެކު ހުށަހެޅިފައިވާ ރެންޓަލ ފޯމް އަދި ޕޭމަންޓް ރިސިޓް ތަކުންވެސް އިސްތިއުނާފުކުރާ ފަރތުނާ ބާޖު ގެންގޮސްފައިވަނީ ކުއްޔަށް ކަމާއި ކުލީގެ މުއްދަތުގެ ތެރެއިން ތަފާތު 2 ފަހަރު މަތިން ޖުމްލަ 36 (ސައްބީސް) ދުވަހަށް ކުލި ދައްކައިފައިވާކަނ ވެސް ޔަގީންކުރެވޭކަމށަ އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ.

11. އެމްޕީއެލްގެ ތަކެތި ކުއްޔަށް ދޫކުރާ ފޯމު، ފޯމު ނަންބަރު 2353 ފޯމުން 31 އޯގަސްޓް 3236 ވަނަ ދުވަހުގެ 31:22 ގައި ދަޢުވާގައި ހިމެނޭ ބާޖު ބީ.އެމް.ސީ ސިލިޕްވޭ އެން ޑް ސަލްވޭޖްގެ ފަރާތުން ކުއްޔަށް ގެންގޮސްފައިވާކަމާއި، 31 ފެބްރުއަރީ 3233 ވަނަ ދުވަހު 32:33 ގައި މަސައްކަތް ނިމުމަށްފަހު ބާޖު އަނބުރާ ޙަވާލުކޮށްފައިވާކަން އެނގެން އޮންނަ އޮތުމުންވެސ އެއްވެސް ޙާލެއްގައި ހަވާލާދެވިފައިވާ ބާޖަކީ މަރާމާތުކުރުމަށް ޙަވާލުކޮށްފައިވާ ބާޖެއްނޫންކަމާއި ކުއްޔަށްދީފައިވާ ބާޖެއްކަން ޝައްކެތ ނެތް މިންވަރަށް ސާބިތުވެގެންދާކަމުގައ ދެކޭކަމުގައި އިސްތިއުނާފުރައްދުވި ފަރާތުން ބުނެފައިވެއެވެ.

13. އަދި ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމާއި ރެންޓަލް ފޯމުގައި ސޮއިކޮށް ސިއްކަ ޖެހިއިރުވެސް އިސްތިއުނާފުކުރާ ފަރާތުގެ ވެރިންތިބީ އޭރުވެސް ސަލާމަތް ބުއްދީގައިކަމަށް އިސްތިއުނާފު ފޯމުގެ 3ވަނަ ނަންބަރުގެ (ށ)ގައި ފާހަގަކޮށްފައިވާއިރު، ބުނެވިދިޔަ އެއްބަސްވުމުގައި ވަރަށް ސާފު ޢިބާރާތުން މި އެއްބަސްވުމަކީ ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖަށ ކުއްޔަށް ދޫކޮށްފައިވާ ބާޖއްކަމާއި، މި އެއްބަސްވުމަކެ އެ ފަރާތުން މަރާމާތުކޮށްގެން ބޭނުންކުރާގޮތަށް ބާޖު ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމާއި މި އެއްބަސްވުމުގެ 3ވަނަ މާއްދާގައި ކުލި ނޭގޭނެގޮތާއި، ކުލީގެ ޢަދަދު ސާފުކޮށް އެނގެން އޮންނަކަމަށާއި، އަދި އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި މަރާމާތުގެ ޚަރަދުގެ ވާހަކައެއް ބަޔާންކޮށްފައި ނެތްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ. ދެވަނަ ނުކުތާ: ”15-HB“ ގެ ބާޖު ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖްއަށް ކުއްޔަށްހިފި އެއްބަސްވުން ފިޔަވައި، ދަޢުވާކުރާ ފަރާތުން ހެކިންގެ ލިސްޓުގައި ބަޔާންކޮށްފައިވާ ލިއުންތަކުގެ މައްޗަށް އެއްޗެއް ބުނުމުގެ ފުރުސަތު ހެކިން ޙާޟިރު ނުކުރުމުގެ ސަބަބުން ގެއްލިފައިވާކަން އަދި ހެކިބަސް ނުނެގުމަކީ ދިވެހިރާއްޖޭގު ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 01ވަނަ މާއްދާގަ (ށ) އާއި ޚިލާފަށް ކުރި ކަމެއްކަމަށް ބެލެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ

10. ހެކިންގެ ލިސްޓް ހުށަހެޅުމުގައި އެމްޕީއެލުނ ހުށަހެޅް ލިޔުންތަކާއި ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހެކިންގެ މަޢުލޫމާތާއި، ހެކިން ޙާޟިރުކުރުމުގައި ވަކި ކަންތައްތަކެއް ފާހަގަކޮށް ލިޔެފައިވާކަމަށާއި، ހެކިބަސް ނަގައި ފަހުން އެ ލިޔުންތަކާއި ބެހޭ ގޮތުން ދައްކަންޖެހޭ ވާހަކަތައް ދެއްކުމަށް ފަސޭހަވާނެކަމަށް ބެލެވިފައިވާކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެއެވެ.

11. ހެކިބަސް ނުގެ މުގައި ވަށާޖެހޭ ގޮތެއްގައި ސާފުކޮށް ހެކިބަސް ނގައަ ފިނަމަ އެއްބަސްވުމުގެ 2ވަނަ މާއްދާގެ ދަށުން ދެފަރާތުން ވާހަކަދައްކައިގެން ހައްލު ހޯދޭނެ ކަންތައްތަކެއްވެސް ތިލަވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އަދި ހެކިބަސް ނނެގުމުނު ކަމުގެ އެތައް ޙަޤީޤަތެއް ފޮރުވިގެން ގޮސްފައި ވުމުން އެކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 01ވަނަ މާއްދާގަ (ށ) އާ ޚލާފަށި ކުރިކަމެއްކަމުގައިވާތީ ހުކުމުގެ އަދުލްވެރިކަން ގެއްލިފައިވާކމަށަ ބަލަންޖެހޭކަމަށް އިސްތިއުނާފުކުރ ފަރާތުން ބުނެފައިވެއެވެ.

12. އަދި އެމްޕީއެލުން ޑޮކިއުމަންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާ ފޯމާއި 3 ވަނަ ޑޮކިއުމަންޓެއްގެ ގޮތުގައި ހުށަހަޅާފައިވާ ޓެކްސް އިންވޮއިސް ރިސިޕްޓްތަކަކީ ފަހުން އުފައްދާފައިވާ ފޭކު ލިޔުންތަކެއްކމަށާއަ، 12 (ސައްބީސް) ދުވަހަށް އޑްވާންސ ޕޭމަންޓް ދެއްކީވެސް އެއްފަހަރާ ކަމަށެ އަދި އެޑްވާންސް ޕޭމަންޓަކީ އެއް އިރެއްގައިވެސް އެތިއެތިކޮޅުން ދައްކާ އެއްޗެއް ނޫންކަ މަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ބޭނުންނުކުރެވޭ އެއްޗަކަށް ކުލި ދެއްކުމަކީވެސ ސަލާމަތް ބުއްދިހުރެގެން ކުރެވޭކަމެއް ނޫންކަމަށާއި މި ކުންފުނީގެ ވެރިންތިބީ އޭރުވެސް ސަލާމަތް ބުއްދީގައި ކަމަށްވުމުން މި ކުންފުނިން ކުލިދައްކާފައި ނުވާނެކަމަށް އިސްތިއުނާފުކުރާފަރާތުން ބުނެފައިވެއެވެ.

12. އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ ސިވިލްކޯޓުގައި ގަޟިއްޔާ ކުރިއަށް ދިޔަ އިރު ތަފާތު 2 (ތިނެއް) ފަހަރު މަތިން ހެކިން ހާޟިރުކުރުމަށް ބީ .އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖްއަށް ފުރުސަތު ދެވިފައިވކަށާއާ ނަމަވެސް އެފަރާތަށް ހެކިން ހާޟިރުކުރެވިފައިނުވާކމަށެވެ.

12. އިސްތިއުނާފު ފޯމުގެ 3ވަނަ ނަންބަރުގެ (ށ) ގެ ދަޢުވާ ފޯމާއި އެކު ޑޮކިއުމަންޓްގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތަކާއި މެދު ސުވާލު އުފައްދާ އެއީ ފޭކް ޑޮކިއުމަންޓެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު ޑޮކިއުމަންޓް 3 އަދި 2 ގައި އިސްތިއުނާފުހުށަހަޅާފައިވ ފަރާތުގާ މުވައްޒަފުނާސޮއިކޮށް އެ ފޯމުގައި ސިއްކަ ޖަހާފައިވް ކަމަ އަދ މި ފޯމާއި ފައިސި ދެއްކި ކަމުގެ ރިސިޓްތަކާއ ބެހި ގޮތުން ސިވިލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު އެއްވެސް ގޮތަކަށް ވާހަކަ ދައްކާފައިނުވާކަން އިސްތިއުނާފުރައްދުވާ ފަރާތނ ފާހަގަކށްފައިވެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

12. އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "ސިވިލް ކޯޓުގެ 3439/Cv-C/2018 ޤަޟިއްޔާއިން މި މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމާއި ސިވިލް ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި ކަނޑައަޅައި މައްސަލަ ނިންމަވައި ދެއްވުން." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝރީޢަތުނަ ރިޢާޔަތްކޮށްފައިވާ ގޮތް

34ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނޭކަން އެނގެންއޮވެއެވެ.

32. އެމްޕީއެލް އާއި ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 1422 އޯގަސްޓް 12 ވަނަ ދުވަހު ވެވުނު އެއްބަސްވުމަކީ ލިޔުމުން ވެވިފައިވާ އެއްބަސްވުމެއްކަން އެނގެން އޮވެއެވެ. އެގޮތުން، "ބާޖު ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުން" ގައި މިދެފަރާތުން ސޮއިކޮށްފައިވާކަން އެނގެއެވެ. މި އެއްބަސްވުމުގެ ބައިވެރިންނަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ފަރާތަކީ އެމްޕީއެލްއެވެ. އިސްތިއުނާފު ފޯމުގެ 24 ވަނަ ނަންބަރު ޤާނޫނު ނަންބަރު 1424/11 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 03ވަނަ މާއްދާ އަދި ޚިދުމަތީ ށ އެދް ފަރާތަކީ ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. އެމްޕީއެލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތަކީ ބާޖު ކުއްޔަށްދިނުންކަން އެނގެއެވެ.

31. ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްކަމާއި އަދި އެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނު ބާރުދޭއެއްބަސްވުމަކަށްވެސް ވާންވާނެކަނ އެނގެން އޮތްހިނދު، މި ދެފަރާތުގެ ދެމެދު ލިޔުމުން އެއްބަސްވުމެއްވެފއިވާކަން ހުށަހެޅިފައިވަ ލިޔެކިއުންތަކުންނާއި ދެފަރާތުގެ ބަހުންވެސް އެނގެން އޮވެއެވެ.

33. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ބާޖު މަރާމާތުކުރުމަށް ހޭދަވި ދުވަސްތަކަށް ކުލި ނުހިނގާނެކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ބާޖު މަރާމާތުކުރަނ ޖެހުން ޖެހުމަށް ރިޢާޔަތްކުރުމެއްނެތި، ސިވިލް ކޯޓުގެ ޙުކުމުގައި އެދުވަސްތައ ހިމެނޭގޮތަށް ކުލި ހިސާބުކޮށް ކަނޑައެޅި ޙުކުމަކީ ޢަދުލުވެރިކަމެއްނެތ ޙުކުމެއްކަމަށް އިސްތިއުނާފުކުރާފަރާތުން ބުނެފައިވެއެވެ.

30. އެމްޕީއެލް އާއި ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 1422 އޯގަސްޓް 12 ވަނަ ދުވަހު ވެވިފައިވާ އެއްބަސްވުމުން އެނގޭގޮތުގައި ބާޖު ތިލަފުށްޓަށް ގެންގޮސް މަރާމާތުކޮށްގެން ބޭނުންކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާކަން އެނގެން އޮވެއެވެ. އެއްބަސްވުމަށް ބެލުމުން ބާޖު ކުއްޔަށް ދީފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި މި އެއްބަސްވުމުގެ މަޤްޞަދަކީ ބާޖު މަރާމާތުކުރުންކަން އެނގޭނެ އެއްވެސް މާއްދާއެއް ނެތްކަން ފާހަގަކުރެވެއެވެ. އެއްބަސްވުމުގެ ތަޢާރަފުން އެނގޭގޮތުގައި އެއްބަސްވުމުގެ ބައިވެރިންނަކީ ކޮންބައެއްކަމާއި، އެއްބަސްވުމުގެ ދަށުން ޚިދުމަތައ އެދް ފަރާތަކީ ކޮބައިކަން ސާފުކޮށް އެނގެންއޮވެއެވެ. އެގޮތުން، ޚިދުމަތަށް އެދޭ ފަރާތަކީ ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްކަނ އެނގެން އޮތްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދަށ އެދުން ޚިދުމަތަކީ ބާޖު ކުއްޔަށް ހިފުންކަން ބާޖު ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުން(12 އޯގަސްޓް 1422) ޤާނޫނު ނަންބަރު 22/0 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 1ވަނަ މާއްދާ އެނގެއެވެ. އަދި ބާޖު ކުއްޔަށް ހިފި އިރުވެސް އެ ބާޖަކީ މަރާމާތު ކުރަންޖެހިފައިވާ ބާޖެއްކަނ ކުއްޔަށް ހިފި ފަރާތަށް އެނގެއެވެ.

31. އަދި އެ އެއްބަސްވުމުގެ 2ވަނަ މާއްދާއާއި 1ވަނަ މާއްދާގައި ކުއްޔަށް ދޫކުރާ ފީ އާއި ކުލި ނެގުމުގައި ދަތުރުގެ ދިގުމިން ކަނޑައަޅާނެގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ދަތުރުގެ ދިގުމިން ކަނޑައަޅާނީ އެމްޕީއެލްގެ ސަރަހައްދުން އޮޕަރޭޝަނަށް ނުކުތީއްސުރެ އަނބުރާ އެމްޕީއެލްގެ ހާބަރަށް ވަންނަ ވަގުތާ ހަމައަށްކަން އެނގެން އޮވެއެވެ. ނަމަވެސް، "އޮޕަރޭޝަން" މި ބަހަށް އެއްވެސް ޚާއްޞަ މާނައެއް އެއްބަސްވުމުގައި ދީފައިވާކަން އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެއެވެ. އަދި ހަމައެހެންމެ، މަރާމާތުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާކަންވެސ އެއްބަސްވުމުން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. އޭގެ އިތުރުން، މަރާމާތަށް ހިނގާނެ މުއްދަތު އިސްތިސްނާކޮށ ދުވަސް ގުނުމުގައި ނުގުނޭނެކަމަށް ބަޔާންކޮށްފއެއްވެސަ ނުވެއެވެ. އެހެންކަމުން، އެމްޕީއެލްގެ ސަރަހައްދުން ބާޖު ނުކުތީއްސުރެ އަނބުރާ އެމްޕީއެލްގެ ހާބަރަށް ވަންނަ ވަގުތާހަމައަށް ކުލި ހިނގާނެކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ، އެއްބަސްވުގައި ބަޔާންވެގެންވާ މާއްދާތަކުގެ އިތުރުން، ކޯޓަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ނެތް މާއްދާއެއް އިތުރުވާގޮތަށް އަދި ހަމައެހެންމެ އެއްބަސްވުމުގައި ހިމެނިފައިވާ އެއްވެސް މާއްދާއެއް އުނިވާގޮތަށްވެސް އެއްބަސްވުން މާނަކުރުރެވިދާނ ޤާނޫނެ ހަމައެއް އޮތްކަމަށް އަހުރެންނަށް ޤަބޫލުނުކުރެވޭތީއެވެ.

32. އެހެންކަމުން، ސިވިލް ކޯޓުގެ ޙުކުމަކީ ޢަދުލުވެރިކަމެއްނެތް ޙުކުމެއްކަމުގައި ބެލެވިދާނެ ފަދަ މަޤްބޫލު އެއްވެސް ޤާނޫނީ އަސާސެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިވާކަމުގައި އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.

32. އިސްތިއުނާފީ ދެވަނަ ނުކުތާގެ މައިގަނޑު އަސާސަކީ ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހެކިން ޙާޟިރުނުކޮށް މައްސަލަ ނިންފާފައިވާކަމަށް ބުނެ، އެ ނިންމުން ޤާނޫނުއަސާސީގެ 01ވަނަ މާއްދާގަ (ށ) އާ ޚިލާފުކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

32. ޤާނޫނުއަސާސީގެ 01ވަނަ މާއްދާގަ (ށ) ގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ހިންގައި އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައިކަމަށެވެ.

32. ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން ކިތާބީ ހެއްކާއި ޝަފަހީ ހެއްކާއި މި ދެ ވަސީލަތުގެ ތެރެއިން، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ، ސާބިތުވުމުގެ ބާރުގެ ޙައިޘއްޔަތުނި ބަލި ވަސީލަތެއްކަން ޤާނޫނީ ހަމަތަކުން އެނގެން އޮންނަ އޮތުން ފާހަގަކުރެވެއެވެ.

4ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހެކިން ޙާޟިރުކުރުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަން ސިވިލް ކޯޓުގެ ރެކޯޑްތަކުނ އެނގެން އޮވެއެވެ. އަދި ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހެކި ލިސޓްގައް ބަޔާންކޮށްފައިވަނީ ޝަފަހީ ހެކި ހުށަހެޅުމަށްކަނ އެނގެން އޮވެއެވެ . އެ ހެކިން ޙާޟިރުކުރަން އެދެނީ އެމްޕީއެލްގެ 15-HB ބާޖު ބީ.އެމް.ސީ ސިލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑށަ މަރާމާތުކޮށްގެން ބޭނުންކުރުމަށަ ކުއްޔަށްދީގެން އެމްޕީއެލްގެ ސަރަޙައްދުން ނެރުނު އިރު އެ ބާޖު އޮތީ ބޭނުންކުރެވޭ ވަރަށްވުރެ މާބޮޑަށް ހަލާކުވެފައިކަމާއި، އެ ބާޖު މަރާމާތުކުރުމަށް ދިގުމުއްދަތެއްގައި ވަރަށް ބޮޑު ޚަރަދެއްކުރިކަމާއި މަރާމާތަށްފަހު އެ ބާޖު ޓެސްޓަށް 36 (ސައްބީސް) ދުވަހު ދުއްވުމަށްފަހު އަނބުރާ އެމްޕީއެލްއާ ޙަވާލުކުރިކަން ސާބިތުކޮށްދިނުމަށްކަނ އެނގެން އޮވެއެވެ.

02. ހެކިބަސް ނެގުމުގައި ވަށާޖެހޭ ގޮތެއްގައި ސާފުކޮށް ހެކިބަސް ނަގައިފިނަމަ އެއްބަސްވުމުގެ 2ވަނަ މާއްދާގެ ދަށުން ދެފަރާތުން ވާހަކަދައްކައިގެން ހައްލު ހޯދޭނެ ކަންތައްތަކެއްވެސް ތިލަވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އަދި ހެކިބަސް ނުނެގުމުން ކަމުގެ އެތައް ޙަޤީޤަތެއް ފރުވިގެނޮ ގޮސްފައި ވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، މަރާމާތުގެ ޚަރަދާމެދު އެއްބަސްވުމުގައި އެއްވެސް ވާހަކައެއް ބަޔާންކޮށްފައެއް ނެތެވެ. އަދި މަރާމާތުގެ ޚަރަދު ހޯދުމަށް އެދި މިހާތަނަށްވެސް އެއްވެސް ދަޢުވާއެއްވެސް ކޮށްފައިވާކަން އެނގޭކަށްނެތެވެ. ކުލި ހޯދުމަށް އެމްޕީއެލުން ދަޢުވާކުރުމާއި ގުޅިގެން ދިފާޢީ ދަޢުވާއެއްގެ ގޮތުގައިވެސް މަރާމާތުގެ ޚަރަދު ހޯދުމަށްއެދިފައި ނެތްކަން ފާހަގަކުރެވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) - އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ބަޔާންކުރާ މާއްދާ (ލިޔުމުގައި މާއްދާގެ ނަންބަރު އޮޅިފައި)
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) - ކޮންޓްރެކްޓުގެ ތަޢުރީފު ބަޔާންކުރާ މާއްދާ (ލިޔުމުގައި މާއްދާގެ ނަންބަރު އޮޅިފައި)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ