މެރިން ކޮރަލް މޯލްޑިވްސް ޕވޓ ލޓޑ ވ. ސަލްޓަންސް އޮފް ދަ ސީސް ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1922/Cv-C/2013
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ދަޢުވާލިބޭ ކުންފުނީގެ ޣައިރު ޙާޟިރުގައި 1,154,876.20 ރުފިޔާ 3 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
- ވާޤިޢާ
- އުޅަނދެއް ކުއްޔަށްދިނުމުގެ އެއްބަސްވުމާ ޚިލާފުވެގެން 1,154,876.20 ރުފިޔާ ހޯދުމަށް ހުށަހެޅި ދަޢުވާގައި، ދަޢުވާލިބޭ ކުންފުންޏަށް ދެ އެޑްރެހަކަށް ފޮނުވި ޙާޟިރުވުމުގެ އަމުރު ރައްދުނުކުރެވި، ދެ ފަހަރު އިޢުލާނުކޮށް (ފުރަތަމަ އިޢުލާނުގައި ނަން ގޯސްކޮށް) ޣައިރު ޙާޟިރުގައި މައްސަލަ ނިންމިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުންޏެއްގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ޙުކުމްކުރިއިރު، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާއާ އެއްގޮތަށް ޙާޟިރުވުމުގެ އަމުރު ރައްދުކޮށްފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ކުންފުނި ހިނގަމުންދިޔަ ތަނަށް ނުވަތަ މަސްޢޫލުވެރިންނަށް އަމުރު ފޮނުވާފައި ނުވާތީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ. ރައްދުވި ފަރާތުން ބުނީ ދަޢުވާ ފޯމުގެ އެޑްރެހަށާއި ވުޒާރާއިން ދިން އެޑްރެހަށް އަމުރު ފޮނުވައި އިޢުލާނުކުރުމަކީ ޢާންމު އުޞޫލު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކުންފުންޏަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، ޣައިރު ޙާޟިރުގައި ކުރި ޙުކުމަކީ ޤަވާޢިދާ ޚިލާފު ނިންމުމެކެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުންފުންޏެއްގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުނުކުރެވިއްޖެނަމަ، ރަޖިސްޓްރީކުރެވިފައިވާ އެޑްރެހަށް އަމުރު ރައްދުކުރަންވާނެ ކަމަށާއި، ރަޖިސްޓަރީ އެޑްރެހާ ގުޅުމެއް ނެތްނަމަ ރަޖިސްޓްރީކޮށްދިން ފަރާތުން މަސްޢޫލުވެރިން ސާފުކޮށް އެ މަސްޢޫލުވެރިންނަށް އަމުރު ފޮނުވަންވާނެ ކަމަށް ޤަވާޢިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
HN2 ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށް 28 ވަނަ މާއްދާގެ ދަށުން އިޢުލާންކުރުމުގެ ކުރިން، ކުންފުންޏަކަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި 26 ވަނަ މާއްދާގައިވާ ފިޔަވަޅުތައް ފުރިހަމަކުރަންވާނެއެވެ.
HN3 އެޑްރެސް ސާފުކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެންގުމެއް ފައިލުގައި އޮތަސް އެ ފަރާތުން ސޮއިކޮށްފައިނުވާނަމަ، އެ އެންގުން ލިބިފައިވާކަމަށް ނުބެލެވޭނެއެވެ.
HN4 ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި ޤަވާޢިދާ އެއްގޮތަށް ޢަމަލުނުކޮށް ޣައިރު ޙާޟިރުގައި ޝަރީޢަތް ކުރިއަށް ގެންގޮސް ކުރާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ބަލައި، އެ ޙުކުމް ބާޠިލުކޮށް މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ފޮނުވަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް، ފާޠިމަތު ފަރުހީޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ފާޠިމަތު ފަރުހީޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: (މިރައުޔަށް ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އާއި ފަނޑިޔާރު ފާޠިމަތު
ފަރްހީޒާ ތާއީދުކުރައްވައެވެ.)
ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރ C/2013-Cv/1922 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއް ގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކރުމަށު އެދި މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޓޯ ށ ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް އެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
2އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: "މިއީ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް (ސަލްޓަންސް) އާއި މެރިން ކޮރަލްސް މޯލްޑިވްސް ޕވޓ ލޓޑ (މެރިންކޮރަލް) އާ ދެމެދު 10 ސެޕްޓެންބަރު 2012 ގައި ކަނޑުގައި ދުއްވާ އުޅަނދެއްކަމަށްވާ "ސަލްޓަންސް ކެރިޔާ" ކުއްޔަށްދިނުމަށްވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މެރިން ކޮރަލް އިން އަމަލުކޮށްފައިނުވާތީ، ސަލްޓަންސް އަށް އެކަމުގެ ސަބަބުން ލިބިފައިވާ ޖުމްލަ ގެއްލުންކަމަށްވާ 1,154,876.20ރ. (އެއްމިލިއަން އެއްލައްކަ ފަންސާސް ހަތަރު ހާސް އަށްސަތޭކަ ހަތްދިހަ ހަ ރުފިޔާ ފަސްދޮޅަސް ލާރި) ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި ސަލޓަންސްގެ ފަރާތުން ހުށަހަޅާ ދަޢުވާއެކެވެ. " މި ފަދައިންކަނ އެނގެން އޮވެއެވެ. ރަޖިސްޓްރީ ނަންބަރު 89/38-C ރަޖިސްޓްރީ ނަންބަރު 67/95-C ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 6ވަނަ ނަންބަރު
3އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މި މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގި މައްޗަށް ޝަރީޢަތުން ރިޢީޔަތްކޮށް ބެލިއިރުގައި، ސަލްޓަންސް ކެރިޔާ އެވެކިޔުނު އުޅަނދު ކުއްޔަށްދިނުމަށްޓަކައި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާއި، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ނަންބަރު EC/081/2012-HR (10 ސެޕްޓެންބަރު 2012) އެއްބަސްވުމާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެ، މި މުޢާމަލާތާ ގުޅިގެން މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް އެކްޖުމްލަ 1,154,876/20ރ. (އެއްމިލިއަނ އެއްލައްކަ ފަންސާސްހަތަރުހާސް އަށްސަތޭކަ ހަތްދިހަ ރުފިޔާ / ވިހިލާރި) ދައްކަންޖެހި ނުދައްކައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމާއި، މި ފައިސާ މިއަދު 05 މެއި 2016 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭމިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކު ޖުމްލަ 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޣައިރު ހާޟިރުގައި އަންގައި ޙުކުމްކޮށްފީމެވެ].
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ
4ސިވިލް ކޯޓުގް ނަންބަރު C/2013-Cv/1922 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާ އާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1922 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް، ސަފުހާ ނަންބަރު 12-11
1.4 ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢމަލުކުރާނަ ގޮތުގެ ޤަވާއިދުގެ 26ވަނަ މާއްދާގަ (ށ) އަދި އެމާއްދާގެ (ރ) އާ ޚިލާފަށް ޢަމަލުކށްފައިވާކަމަށް ބުނޮ ހުށަހެޅި ނުކުތާ އެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
5އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު C/2013-CV/1922 ޤަޟިއްޔާ ނިންމިއިރު، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޟިރުގައި ޝަރީޢތަ ކުރިއަށް ގެންގޮސްފައިވަނީ "ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" އާ އެއްގޮތަށް ނުވާތީ، އެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމެވުމެއްކަމުގައ ކަނޑައަޅައި އެ ޙުކުމް ބާތިލްކޮށް، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ C/2013-Cv/1922 ޤަޟިއްޔާގައި ބެލެވުނު މައްސަލަ ސިވިލް ކޯޓަށް ތަޙުވީލްކޮށް އެމައްސަލަ ބައްލަވައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭކަމަށް ކަނޑައަޅައި މިމައްސަލަ ނިންމައިދިނުމެވެ". މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާއާ މެދު ދެފަރާތުގެ ޖަދަލާ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26ވަނަ މާއްދާގަ (ށ) އަދި އެމާއްދާގެ (ރ) އާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
6އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އޮޕެރާ ބިލްޑިންގ ގެ 4ވަނަ ފަންގިފިލާގައި މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިނގަމުންދާތާ 10 އަހަރު ވެއްޖެކަމަށާއި، 30 ސެޕްޓެންބަރު 2013 އިން އިސްތިއުނާފު ފޯމުގެ 10ވަނަ ނަންބަރު ފެށިގެން މިއަދާ ހަމައަށްވެސް ސިވިލް ކޯޓުގެ ޤަޟިއްޔާއާއި ގުޅިގެން އެއްވެސް އަމުރެއް އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަން ފާހަގަކުރާކަމަށެވެ.
7އަދި 10 އޭޕްރީލް 2014 ގައި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެޑްރެސް ސާފުކުރަން އެންގުމުން، އެޑްރެހަކީ ކޭޑީއެމް 2، މާލެ، ދިވެހިރާއްޖެކަމަށް އަންގާފައިވާކަމާއި، އެހެންނަމަވެސް އެއިރުވެސް ކުންފުނި ހިނގަމުންދިޔައީ އޮޕެރާ ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ކަން ފާހަގަކުރާކަމަށެވެ.
828 ސެޕްޓެންބަރު 2014 ގައި ސިވިލް ކޯޓުގެ ނަންބަރު 2014/955//-CR-B-144 އިޢުލާން ދިވެހިރާއްޖޭގެ އަޑުން ފޮނުވާފައިވާކަން އިސްތިއުނާފުކުރާ ފަރާތަށް އަދި އެއްވެސް ހިއްސާދާރަކަށްވެސް އަދި މުވައްޒަފަކަށްވެސް އެނގިފައިނުވކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
9ސިވިލް ކޯޓުން ޤަޟިއްޔާ ނިންމިކަން އެނގުނީ ކުންފުނީގެ ހިއްސާދާރުންގެ ދާއިމީ އެޑުރެހުގައި އެ މައްސަލައިގެ ތަންފީޛީ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް 6 ޑިސެންބަރު 2016 ގައި ޙާޟިރުވުމަށް ޗިޓު ތަތްކޮށްފައި ހުރުމުން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
10ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤވާޢިދުގަ 26ވަނަ މާއްދާގަ (ހ)ގައި ބަޔާންކޮށްފައިވަނީ ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚުޞެއް ކަމަށްވާނަމަ، އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުމުން އެފަރާތަކަށް އަމުރު ރައްދުވީކަމަށް ބެލޭނެކަމަށާއި މިގޮތުން، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މަސައްކަތް ހިނގަމުންދާ އޮޕެރާ ބިންޑިންގގެ 4 ވަނަ ފަންގިފިލާއަށް އަމުރު ފޮނުވާފައިނުވާކަން ފާހަގަކުރާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
11ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26ވަނަ މާއްދާގަ (ށ)ގައި ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚުޞަކަށް މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން ނެތްނަމަ އެފަރާތެއް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުން، އެފަރާތަށް އަމުރު ރައްދުވީކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން ކުންފުނި ރަޖިސްޓްރީކޮށްފައިވާ އެޑްރެހަށް އަމުރުފޮނުވާފައިވާކަން އެނގެން ނެތްކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26ވަނަ މާއްދާގަ (ނ)ގައި ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚުޞެއްވިޔަސް، ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހާ އެތަނަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި، އެފަރާތެއް ރަޖިސްޓްރީކޮށްދީފައިވާ ފަރާތަކަށް ލިޔެގެން މަސްޢޫލުވެރިންގެ މަޢުލޫމާތު ސާފުކުރުމަށްފަހު، އެތަނެއްގެ މަސްޢޫލުވެރިންގެ ތެރެއިން މީހަކަށް އަމުރު ފޮނުވުމުން އެތަނަކަށް އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ޤަޟިއްޔާއާ ގުޅިގެން މެރިން ކޮރަލް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑްގެ އެއްވެސް މަސްޢޫލުވެރިއަކަށް އަދި ހިއްސާދާރަކަށްވެސް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވާފައި ނުވާކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
13ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26ވަނަ މާއްދާގަ (ރ)ގައި މި ޤަވާޢިދުގެ 10ވަނަ މާއްދާގަ (ހ)ގައި ބަޔާންކުރި ފަދައިން އަމުރު ރައްދުކުރެވެން ނެތްނަމަ، މި ޤަވާޢިދުގެ 10ވަނަ މާއްދާގެ (ރ)ގައި ބަޔާންކުރާގޮތަށް ޢަމަލުކުރުމުން ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، މި ޤަވާޢިދުގެ 10ވަނަ މާއްދާގަ (ރ) ގައި ބަޔާންކޮށްފައިވަނީ ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި، ނުވަތަ އުޅަނދެއްގައި އަމުރު ހިއްޕުމުނ ނުވަތް އަމުރަ ފަސޭހައިން ފެންނާނެ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމުން ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށ ބެލެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، މިއިން އެއްވެސް ފިޔަވަޅެއް ސިވިލް ކޯޓުން އަޅާފައި ނުވާކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަ ގޮތުގައި މި މައްސަލައިގެ ޚުލާޞާ ބަޔާން އިއްވުމުގެ މަޖިލިސް ބާއްވާފައިވަނީ 21 އެޕްރީލް 2015 ގައި ކަމަށާއި، އެއިގެ ފަހުން ޙުކުމް ކުރުމަށް ބޭއްވުނު މަޖިލިސް ބާއްވާފައިވަނީ 5 މެއި 2016 ގައި ކަން އެނގެން އޮތްއިރު، މިއިން އެއްވެސް ޝަރީޢަތުގެ މަޖިލީހަކަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަމަށާއި، ޚުލާޞާ ބަޔާނާއި ޙުކުމްކުރުމާ ދެމެދު ގިނަ ދުވަސްތަކެއް ހޭދަވެފައިވާއިރު އަދި ސިވިލް ކޯޓުގެ ޝަރީޢަތްކުރަމުން ދިޔަ ސެކްޝަންތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އެއިން އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމކޮށްފައިވާކަން އިސްތިއުނާފުކުރް ފަރާތުން ފާހަގަކުރެއެވެ.
15އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރިމެންޓާ އިސްތިއުނާފުކުރާ ފަރާތުން ޚިލާފުވެފައިވާތީ އިސްތިއުނާފުރައްދުވ ފަރާތުގާ ޙައްޤު ހޯދުމަށްޓަކައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު އިސްތިއުނާފުކުރާ ފަރާތް މިހާރު އުޅޭ އެޑްރެސްގެ ގޮތުގައި ދަޢުވާ ފޯމްގައި ލިޔެފައިވާނީ އޮޕެރާ ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތް ސިވިލް ކޯޓަށް ހާޟިރުވުމަށް އަންގާ އަމުރު ސިވިލް ކޯޓުން ފޮނވު ފާއިވަނީވެސް އޮޕެރާ ބިލްޑިންގ އަށެވެ. ނަމަވެސް އެ އަމުރު އެފަރާތަށް ރައްދު ކުރަން ކޯޓުން މަސައްކަތް ކުރުމަށްފަހު، ކޯޓަށް ޙާޟިރުވުމަށް އަންގާ އަމުރު އިސްތިއުނާފުކުރާ ފަރާތަށް ރައްދު ކުރެވޭގޮތ ނުވުމުން މެނުވީ އިސްތިއުނާފުކުރާ ފަރާތުގެ އެޑްރެސް ސާފުކުރަން ކޯޓުން ނާންގާނެކަމަށް ޤަބޫލުކުރާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތް އުޅޭ އެޑްރެސް ސާފުކުރަން ކޯޓުން އިސްތިއުނާފުރައްދުވާ ފަރާތަށް އެންގުމުން އެ މަޢުލޫމާތު ސާފުކޮށްފައިވަނީ ކުންފުނިތައް ރަޖިސްޓަރީކޮށް، ކުނފުނިތަކުގް ރަޖިސްޓަރީ ބަލަހައޓް ސަރުކާރުގެ ކަމާބެހޭ ވޒުރ ކަމުގައިވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އެޑްރެހަކީ ކޭޑީއެމް ނަންބަރު 2 މާލެ ކަމުގައެވެ. އަދި ޝަރުޢީ ކޯޓުތަކުން މިހތަނަށާ ޢަމަލުކުރާ ގޮތަކީ ކޯޓަށް ހާޟިރުކުރުމަށް ބޭނުންވާ ފަރާތަށް ކޯޓަށް ހާޟިރުވުމަށް އަންގާ އަމުރު ރައްދުކުރަން މަސައްކަތްކޮށް ކޯޓަށް ހާޟިރުވުމަށް އަންގާ އަމުރު ރައްދުކުރެވޭ ގޮތް ނުވެއްޖެނަމަ ވަކި ތާރީޚަކަށް ކޯޓަށް ހާޟިރުވުމަށް އަންގާ ޢާ ންމުކޮށ އިޢުލާން ކުރުމެވެ. މިގޮތުން، މި މައްސަލާގައިވެސް ސިވިލް ކޯޓުން ޢަމަލު ކޮށްފައިވަނީ މި ދެންނެވި އުސޫލަށެވެ. އެހެންކަމުން މި މައްސަލާގައި ސިވިލް ކޯޓުން ޢަމަލު ކޮށްފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26 ވަނަ މާއްދާގެ (ށ) އަދި އެމާއްދާގެ (ރ) އާ ޚިލާފަށްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ނުދެކޭކަމަށް ބުނެފައިވެއެވެ.
އިސްތިއުނާފރައްދުވާ ފަރާތުން އެދޭގޮތު
16އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ: "އިސްވެ ދެންނެވި ކަންކަން މިދެންނެވި ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1922 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރައްވާފައިވާ ޙުކުމެއް ކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައި ދެއްވުން އެދެމެވެ". މި ފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާއާ މެދާ ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް
17ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެއް ވުޖޫދުގައި އެބައޮތެވެ. އެ ޤަވާޢިދުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާންވީ ގޮތްތައް ތަފުސީލީ ގޮތެއްގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުން
18ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 10ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "(ހ) ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ޙާޟިރުވުމުގެ އަމުރު އެމީހާއާ ޙަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ. އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5ވަނަ ނަންބަރު
(ށ) ޙާޟިރުވުމުގެ އަމުރު ޙާވާލުކުރި ފަރާތާއި، ޙަވާލުވި ފަރާތް އަމުރުގެ އަޞްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ. ސޮއިނުކޮށްފިނަމަ ބެލެވޭނީ ޙަވާލުނުވީކަމަށެވެ.
(ނ) ކޯޓަށް ހާޟިރުވާންޖެހޭ ފަރާތް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކރުމަށްފަހުގައިވެސް އެ މީހަކު ނުފެނިއްޖެ ޙާލަތެއްގައި، އެމީހަކީ ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓަށް ޙާޟިރުވާންޖެހޭ މީހާގެ ވަކީލާ، ނުވަތަ ބަދަލުގައި ހަމަޖައްސާފައިވާ މީހާއާ އަމުރު ހަވާލުކުރުމުން، ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ)، (ނ) ގައިވާ ގޮތަށް ޢަމަލުކުރެވެން ނެތްނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި، ނުވަތަ އުޅުނދެއްގައ އަމުރި ހިއްޕުމުނ ނުވަތް އެ އަމުރު ފަސޭހައިން ފެންނާނެ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމުން، ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ." ކުންފުނި ނުވަތަ ޖަމްޢިއްޔާފަދަ ތަންތަނަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުން
19HN1ބުނެވެދިޔަ ޤަވޢާ ދުގައި ކުންފުނި ނުވަތަ ޖަމްޢިއްޔާފިދަ ތަންތަނަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރާނެގޮތް 26ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ބަޔާންކޮށްފައިވަނީ: "(ހ) ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝާ ޚޞެއް ކަމަށްވާނަމަ، އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުމުން އެފަރާތަކަށް އަމުރު ރައްދުވީކަމަށް ބެލެވޭނެއެވެ.
(ށ) ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕ ނުވަތް ޖަމޢްއްޔާއެއ ނުވަތް އެނޫންވެސް ޤާނޫނީ ޝަޚްޞަކަށް މާ މައްދާގެ (ހ) ގައި ބަޔާންކުރާގޮތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން ނެތްނަމަ އެފަރާތެއް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުން، އެފަރާތަކަށް އަމުރު ރައްދުވީކަމަށް ބެލެވޭނެއެވެ.
(ނ) ކުންފު ންޏެއ ނުވަތް ޕާޓްނަޝިޕ ނުވަތް ޖަމޢްއްޔާއެއ ނުވަތް އެނޫންވެސް ޤާނޫނީ ޝަޚްޞެއްވިޔަސް، ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހާ އެތަނަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި، އެފަރާތެއް ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތަކަށް ލިޔެގެން މަސްޢޫލުވެރިންގެ މަޢުލޫމާތު ސާފުކުރުމަށް ފަހު، އެތަނެއްގެ މަސޢްލުވެރިންނަށ ނުވަތް މަސްޢޫލުވެރިންގެ ތެރެއިން މީހަކަށް އަމުރު ފޮނުވުމުން އެތަނަކަށް އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ މަޤްޞަދަށްޓަކައި، މި ޤަވާއިދުގެ 10ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އަމުރު ރައްދުކުރެވެން ނެތްނަމަ، މި ޤަވާއިދުގެ 10ވަނަ މާއްދާގަ (ރ) ގައި ބަޔާންކުރާގޮތަށް ޢަމަލުކުރުމުނާ ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
(ބ) މި މާއްދާގެ މަޤްސަދަށްޓަކައި، މަސްއޫލްވެރިނ ކަމުގައް ބަޔާންކޮށް ފައިވަނީ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއް، ނުވަތަ ޖަމްއިއްޔާއެއ ނުވަތް އެނޫންވެސް ޤާނޫނީ ޝަޚްޞެއްގ ހިންގުމުގެ މަސްއޫލިއްޔަތާ ޙަވާލުވެހުރި ފަރާތަށެވެ. މިފަދައިން ބަޔާންކޮށްފައިވެ އެވެ.
ދަޢުވާލިބޭފަރާތ ކޯޓަށް ޙާޟިރުނުވުން
20HN2ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުމުން ޢަމަލުކުރާނެގޮތް ބުނެވެދިޔަ ޤަވާއިދުގެ 28ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވަނީ: "(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބި، މަޤްބޫލު ޢުޛުރެއްނެތު އަމުރުގައިވާ ތާރީޚަކާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ހާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ހާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތްތަކުން އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުނާ ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ."
21އިސްތިއުނާފު ކުރެވިފައިމިވ މައްސަލާ ސިވިލް ކޯޓުގައި ކުރިއަށް ގޮސްފައިވާގޮތަށް ބަލާއިރު، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާ ހުށަހަޅާފައިވަނީ 30 ސެޕްޓެންބަރު 0132 ގައިކަން މައްސަލައިގެ ދަޢުވާ ފޯމަށް ބެލުމުން އެނގެންއޮވެއެވެ.
22މިގޮތުން، މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 30 ޖަނަވަރީ 2014 ވަނަ ދުވަހަށް ތާވަލުކޮށް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުނު ނަންބަރު 8/2014/40-CR-B4 ކޯޓަށް ޙާޟިރުވުމުގެ އަމުރު މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑށަ ޙަވާލުކުރެވިފައެއް ނުވެއެވެ. އިޝާރާތްކުރެވުނު ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުނުކުރެވުނ ސަބަބު ކޯ ޓަށް ހާޟިރުވުމުގެ އަމުރުގެ ވާތް ފަރާތު މަތީ ކނުގައި ލިޔެފައިވެއެވެ.
23އެގޮތުން، ކޯޓަށް ހާޟިރުވުމުގެ އަމުރުގައި ލިޔެފައިވަނީ "މިތަން މިހާރު މިއެޑރެހުގައް ނހުރޭ، ހުންނަނު ތަޅުލާފައި" މިފަދައިންނެވެ. އެހެން ލިޔެފައިވާ ތާރީޚެއްކަމަށް ބަޔާންކޮށްފައިވަނީ 28 ޖނަވަރަ 2014 އެވެ.
24ބުނެވިދިޔަ އަމުރުގައި މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެޑްރެހުގެ ގޮތުގައި ލިޔެފައިވަނު "އޮޕެރާ ބިލްޑިންގ 4ވަނަ ފަންގިފިލާ" މިފަދައިންވެ. މި އެޑްރެހަކީ ދަޢުވާ ހުށަހެޅުނު އިރު ދަޢުވާ ފޯމުގައި އެ ފަރާތުގެ އެޑްރެސްކަމަށް ބުނެ ދަޢުވާ ހުށަހެޅި ސލްޓަނަ ސ އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން ބަޔާންކޮށްފައިވާ އެޑްރެހެވެ.
25ބުނެވެދިޔަ ކޯޓަށް ހާޟިރުވުމުގެ އަމުރު މެރިން ކޮރަލް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑށަ ރައްދުނުކުރެވުމުން، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މިހާރު ހުންނަ އެޑްރެސް ސާފުކުރުމަށްފަހު 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން ސިވިލް ކޯޓަށް އެންގުމަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް 07 މެއި 2014 ގައި އަންގާފައިވާކަން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1922 ޤަޟިއްޔާއާއި ގުޅިގެން އަންގާއެންގުން (ތާރީޚް: 10 އޭޕްރީލް 2014)
26ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓނު އެޑްރެސް ސާފުކުރުމަށްފހަ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެޑްރެހަކީ ކޭ.ޑީ.އެމް. ނަންބަރު 2 ކަމަށް 08 މެއި 2014 ގައި އަންގާފައިވެއެވެ.
27އޭގެފަހނު 02 ޖުލައި 2014 ގައި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލކުރެވި އ އޑުއެހުމަށަ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑށަ ކޯޓަށް ހާޟިރުވުމުގެ އަމުރު ފޮނުވުމަށް މަސައްކަތްކޮށްފައިވާކަން އެނގެއެވެ.
28އެގޮތުން ފޮނުވުނު ސިވިލް ކޯޓުގެ ނަންބަރ 8/2014/1795-CR-B ކޯޓަށް ޙާޟިރުވުމުގެ އަމުރު މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑށަ ޙަވާލުކުރެވިފައިނުވާކަން އެނގެއެވެ. ބނެވެދިޔު އަމުރު ރައްދުނުކުރެވުނ ސަބަބު ކަމަށު އެ އަމުރުގެ މަތީކަނުގައި، "މިފިހާރައެއް ނުފެނުނު ކޭ.ޑީ.އެމީ 1 ނަންބަރު އަށް ދިޔުމުން ބުނީ މިހާރު 2 ނުހުންނާނެކަމަށް އަދި މި ޗިޓު ނުނެގޭނެކަމަށް" މިފަދައިން ލޔިފައިވާކަން އެނގެން އޮވެއެވެ. އެ އަމުރުގައި މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެޑުރެސްކަމަށް ބަޔާންކޮށްފައިވަނީ ކޭ.ޑީ.އެމް. 2 ނަންބަރު ފިހާރައެވެ.
29HN3ބުނެވެދިޔަ ކޯޓަށް ހާޟިރުވުމުގެ އަމުރު މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑށަ ރައްދުނުކުރެވުމުން، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މިހާރު ހުންނަ އެޑްރެސްކަމަށް އަންގާފައިވާ ކޭ.ޑީ.އެމް 2 ނަނބް ރ ފިހާރަ ނުހުންނަ ކަމަށް ކޯޓަށް މަޢުލޫމާތު ލިބިފައިވާތީ، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މިހާރު ހުންނަ އެޑްރެސް ސާފކުރު މަށްފަހު 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން ސިވިލް ކޯޓަށް އެންގުމަށް ތައޔާރުކޮށްފައިވާ އެންގުމެއް މައްސަލް އިގެ ފައިލުގައި އޮތްނަމަވެސް، އެ އެންގުމުގައި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކޮށްފައިވާކަން އެނގޭކަށް ނެތެވެ. ޤަޟިއްޔާ ނަންބަރު C/2013-Cv/1922 މައްސަލައާ ގުޅިގެން ޝާހު، ހުސެއިން އެންޑް ކޯ އިން ފޮނުވާފައިވާ ސިޓީ (ތާރީޚް: 08 މެއި 2014) ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1922 ޤަޟިއްޔާއާއި ގުޅިގެން އަންގާއެންގުން (ތާރީޚް: 06 އޯގަސްޓް 2014 އެހެންކަމުން، ދެވަނަ ފަހަރަށް އެޑްރެސް ސާފުކޮށްދިނުމަށް އެނގިފައިވާކަމަށް ބެލެވިދާނެކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.
30މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ސިވިލްކޯޓަށް ޙާޟިރުކުރުމަށްޓަކައި ދެފަހަރު މަތީނ އިޢުލާނުކޮށްފައިވާކަނ އެނގެން އޮވެއެވެ. އެ ގޮތުން، ފުރަތަމަ ކުރެވުނު އިޢުލާނުގައި ވަނީ : "މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ މިކޯޓުގައި ހިނގަމުންދާ ނަންބަރު C/2013-CV/1922 ޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓަށް ޙާޟިރުކުރަން ބޭނުން ވެފައިވާ ފަރާތެކެވެ. ވީމާ، 28 ސެޕްޓެމްބަރ 2014 ވަނަ ދުވަހު 1511: އަށް ސިވިލް ކޯޓަށް ޙާޟިރުވުމަށް ސްޕޮއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ. އަދި މިދެންނެވި ތާރީޚަށް މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޙާޟިރުނުވެއްޖެނަމަ މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި މިމައްސަ ހިންގާ ނިންމާނެކަން އަންގަމަވެ."
31ބުނެވިދިޔަ އިޢުލާނުގައިވާ ޢިބާރާތަށް ބަލާއިރު، ޙާޟިރުކުރަން ބޭނުންވާ ފަރާތަކީ މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްކަމަށް ބަޔާންކުރުމަށްފަހު، 28 ސެޕްޓެމްބަރ 2014 ގެ 11:15އަށް ސިވިލް ކޯޓަށް ޙާޟިރުވުމަށް އަންގާފައިވަނީ ސްޕޮއިނ މޯލްޑިވްސް ޕްރައިވެޓް ލ މިޓެޑަށ ކަން އެނގެއެވެ. އަދި އެ އިޢުލާނުގެ ފަހުބައިގައ ބުނެފައިވަނި މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޙާޟިރު ނުވެއޖެނަމް ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަމަށެވެ. އިޢުލާނުގައި "ސްޕޮއިނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ލިޔެވިފައިވަނީ ލިޔުމުގައި ހެދިފައިވާ ގޯހަކުނ ކަމުގައް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
32ދެވަނަ ފަހަރަށް ކުރެވުނު އިޢުލާނުގައި ބަޔާންކޮށްފައިވަނީ: "މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ މިކޯޓުގައި ހިނގަމުންދާ ނަންބަރު C/2013-CV/1922 ޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓަށް ޙާޟިރުކުރަން ބޭނުންވެފައިވާ ފަރާތެކެވެ. ވީމާ، 16 އޮކްޓބަރޯ 2014 ވަނަ ދުވަހު 3011: އަށް ސިވިލް ކޯޓަށް ޙާޟިރުވުމަށް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ. އަދި މިދެންނެވި ތާރީޚަށް ނަންބަރު 132014/9/8-CR-B-144 (ތާރީޚް: 21 ސެޕްޓެމްބަރު 2014) ނަންބަރު 552014/9/8-CR-B-144 (ތާރީޚް: 28 ސެޕްޓެމްބަރު 2014) މެރިންކޮރަލް މޯލްޑިވް ސ ޕްރައިވެޓް ލިމިޓެޑުން ޙާޟިރުނުވެއްޖެނަމަ މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި މިމައްސަލަ ހިންގާ ނިންމާނެކަން އަންގަމަވެ."
33ކޯޓަށް ޙާޟިކުރުކުރުމުގ އަމުރެ ރައްދުކުރުމުގައި ކަން ހިނގާފައިވަނީ ބުނެވިދިޔަ ގޮތަށްކަން އެނގެން އޮތް ހިނދު، އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިވާ ސުވާލަކީ ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔުމުގައ ކޯޓަށި މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގު 26ވަނަ މާއްދާގަ (ށ) އަދި އެމާއްދާގެ (ރ) އާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ.
34ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26ވަނަ މާއްދާއަކާ ކުންފުނި ނުވަތަ ޖަމްޢިއްޔާފަދަ ތަންތަނަށް ޙާޟިރުކުރުމުގެ އަމުރު ރައްދުކުރުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާއާ އެއްގޮތަށް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި ޢަމަލުކޮށްފައިވާކަން އެނގެން ނެތްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
35HN4ވީމާ، ސިވިލް ކޯޓުގެ ނަންބަރު C/2013-CV/1922 ޤަޟިއްޔާ ނިންމިއިރު، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޟިރުގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ "ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" އާ އެއްގޮތަށް ކަމުގައި ނުވާތީ، އެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއްކަމުގައި ކަނޑައަޅައި އެ ޙުކުމް ބާތިލްކޮށް، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1922 ޤަޟިއްޔާގައި ބެލެވުނު މައްސަލަ ސިވިލް ކޯޓަށް ތަޙުވީލްކޮށް އެ މައްސަލަ އަލުން ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭކަމަށް އަހުރެންނަށ ޤަބޫލުކުރެވެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާ
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާ
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.