ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/15

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2024/SC-L/66)ޙުކުމުގެ ހާލަތު
ހައިކޯޓު · 14 ޖުލައި 2024ދަށު ކޯޓު: ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-G/2016/004ބާވަތް: ޓެކްސް

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-G/2016/004
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓެކްސް އެޕީލް ޓްރައިބިއުނަލުން 5 މެމްބަރުންގެ އިއްތިފާޤުން، މީރާގެ ނިންމުމަކީ ގަވާއިދުގެ 25 ވަނަ މާއްދާގައި ގުޅުންހުރި ފަރާތްތަކަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގު ކަނޑައެޅުމުގެ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، ނަގާފައިވާ ޢަދަދު 30 ދުވަހުގެ ތެރޭ އަނބުރާ ދީ، 25 (ހ)(2) ގެ ދަށުން އަލުން ޖީ.އެސް.ޓީ ކަނޑައެޅުމަށް މީރާއަށް އެންގިއެވެ.
ވާޤިޢާ
ޑީ.އައި ރިޒޯޓްސްއިން އެ ކުންފުނީގެ ޙިއްޞާދާރު ކުންފުނިތަކަށް (އަލްޕިޓުއަރ) ދިއްގިރި ރިޒޯޓުގެ ކޮޓަރިތައް/ޓްރެވެލް ޕެކޭޖްތައް ބާޒާރު އަގަށްވުރެ ކުޑަ އަގުގައި ވިއްކި ކަމަށް ބުނެ، އޮޑިޓަކަށްފަހު މީރާއިން ބާޒާރުގެ އަގު ކަނޑައަޅައި އިތުރަށް US$332,221 ޖީ.އެސް.ޓީ ދައްކަން އެންގިއެވެ. އިޢުތިރާޟަށްފަހުވެސް މީރާއިން އެ ނިންމުން ދެމެހެއްޓިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ގުޅުންހުރި ފަރާތަކަށް ޓްރެވެލް ޕެކޭޖް ވިއްކި އަގުގެ ޖީ.އެސް.ޓީ ހިސާބުކުރުމުގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާ (ޚާއްޞަކޮށް (ކ)) މާނަކުރަންވީ ގޮތާއި، މީރާއަށް ބާޒާރުގެ އަގު ކަނޑައެޅިދާނެ ގޮތް؛ އަދި ޚަސްމަކު ނޭދޭ ގޮތަކަށް (އަލުން ޓެކްސް ކަނޑައެޅުމަށް މީރާއަށް އަންގައި) ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ނިންމިދާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޑީ.އައި ރިޒޯޓްސްއިން ބުނީ ޓްރައިބިއުނަލަށް ނުލިބޭ ބާރެއް ބޭނުންކޮށް ޚަސްމަކު ނޭދޭ ފަރުވާއެއް ދީފައިވާ ކަމަށެވެ. މީރާއިން ބުނީ 25 (ކ) ޓްރައިބިއުނަލުން މާނަކުރީ ގޯހަށް ކަމަށާއި، ކޮންމެ ޓެކްސް މައްސަލައެއް ތަފާތުވާތީ ބާޒާރުގެ އަގު ކަނޑައަޅާ އެއް އުޞޫލެއް އެކުލަވާލުން މުސްތަޙީލު ކަމަށާއި، އަލުން ކަނޑައެޅުމަށް އެންގުމުން ޓެކްސް އިދާރީ ޤާނޫނުގެ މާއްދާއެއްގެ ބާރު ކެނޑޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސްޓަރ ރިޒޯޓް ޤަޟިއްޔާގައި 25 (ކ) މާނަކޮށްފައިވާ ގޮތަށް ތަބާވެ ޓްރައިބިއުނަލުގެ މާނަކުރުން ރަނގަޅުކަމަށް ބެލިއެވެ؛ މޯލްޑިވްސް ޕެޝަންސް ޤަޟިއްޔާތަކުގައިވާ ގޮތުން އަލުން ޓެކްސް ކަނޑައެޅުމަށް އެންގުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. މީރާގެ ފިޔަވަޅުތަކަކީ އިދާރީ ފިޔަވަޅުތަކެއް ކަމަށްވާތީ ހަމަހަމަކަމާއެކު އެއް ހަމައަކުން ޢަމަލުކުރުމަށް، އަލުން ހިސާބުކުރުމުގެ އިޖުރާއަތު ޝާއިޢުކުރަން ޖެހޭނެއެވެ. ޚިލާފު ރައުޔުގައި ފަނޑިޔާރު މުޙައްމަދު ނިޔާޒް ވިދާޅުވީ މަޤްޞަދަށް ބަލައި މާނަކުރާއިރު 25 (ކ)(1) މި މުޢާމަލާތަށް ހިނގާނެ ކަމަށާއި، އާމްސް ލެންތް އުޞޫލުން ބަލާއިރު މީރާގެ ނިންމުން ރަނގަޅު ކަމަށެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުން ޤާއިމް (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ގަވާއިދުގެ 25 ވަނަ މާއްދާގެ (ކ) ގައި "ގުޅުންހުރި އެހެން ފަރާތެއް މެދުވެރިވެގެން" ކަމަށް ބުނެފައިވާތީ، އެ މާއްދާގެ އެހެން އަކުރުތަކާއި ސުރުޚީއަށް އެކުގައި ބަލާއިރު، (ކ) ހިނގަނީ ޚިދުމަތް ފޯރުކޮށްދެވޭ ފަރާތަކީވެސް ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތާ ގުޅުންހުރި ފަރާތަކަށް ވާ ޙާލަތުގައެވެ. (ހައިކޯޓުގެ 2020/HC-A/145,156 ޤަޟިއްޔާއަށް ތަބާވެ؛ އެ މާނަކުރުމުން ދުރަށް ދާނެ އެކަށީގެންވާ ސަބަބެއް މީރާއަށް ބުނެދެވިފައި ނުވާތީ ޓްރައިބިއުނަލުގެ މާނަކުރުން ރަނގަޅެވެ.)

HN2 ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން މީރާއިން ހުއްދަކުރާ އުޞޫލަކުން ބާޒާރުގެ އަގު ކަނޑައަޅާއިރު، އެ އުޞޫލު ޢާއްމުކޮށް ޝާއިޢުކުރަން ޖެހޭނެކަމަށް ޤާނޫނާއި ގަވާއިދުގައި ބުނެފައި ނެތް ނަމަވެސް، އެފަދަ އުޞޫލެއް އޮތުމަކީ ޓެކްސް ދައްކާ ފަރާތްތަކަށް ދައްކަންޖެހޭ ޓެކްސްގެ މިންވަރު ދަނެގަތުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. (2020/HC-A/145,156)

ޓެކްސް › ޓެކްސްއާ ބެހޭ

HN3 ބާޒާރުގެ އަގު ކަނޑައެޅުމުގައި ވެބްސައިޓެއްގައިވާ އަގުތަކަށް ބެލުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ނަމަވެސް، އަގު އަޅައިކިޔަންވާނީ އެއް ބާވަތެއްގެ، އެއް ފެންވަރެއްގެ، އެއް ޙާލަތެއްގައިވާ މުދަލާއި ޚިދުމަތާއެވެ.

HN4 ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގަވާއިދުގެ ދަށުން، އަލުން ޓެކްސްގެ އަދަދު ކަނޑައެޅުމަށް މީރާއަށް އެންގުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. (2019/HC-A/339 އަދި 2021/SC-A/112 (މޯލްޑިވްސް ޕެޝަންސް) އަށް ތަބާވެ)

HN5 ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، ޓެކްސް ނެގުމުގައި މީރާއިން އަޅާ ކޮންމެ ފިޔަވަޅަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ބޭނުމަށް އިދާރީ ފިޔަވަޅެކެވެ. އެ ފިޔަވަޅު ޤާނޫނާ އެއްގޮތަށާއި ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް، ސަބަބު ސާފުވާ ގޮތަށް އަޅަންވާނެއެވެ؛ އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ހަމަހަމަކަމުގެ އުޞޫލުން، ޓެކްސްގެ އިލްތިޒާމު އެއް ބާވަތެއްގެ މައްސަލަތަކުގައި އަދާކުރަންޖެހޭނީ އެއް ހަމައަކުންނެވެ. ([2023] SC 45 (މައިނަރ އިންޓަރނޭޝަނަލް) އަށް ތަބާވެ)

HN6 އެހެންކަމުން، މިފަދަ މައްސަލަތަކުގައި އަލުން ޓެކްސް ހިސާބުކުރުމުގެ ކުރިން، ހިސާބުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތެއް މީރާއިން އެކުލަވާލައި ޢާއްމުކޮށް ޝާއިޢުކުރަން ޖެހޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ފަތުޙުﷲ އިސްމާޢީލް، ޢަބްދުﷲ ވާރިޘް، މަރްޔަމް ޔާޝާ، އީމާން އަޙުމަދު ޝަރީފް، މުޖީބާ މުޙައްމަދު، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މަރްޔަމް ޔާޝާ، އީމާން އަޙުމަދު ޝަރީފް، މުޖީބާ މުޙައްމަދު، ފަތުޙުﷲ އިސްމާޢީލް، ޢަބްދުﷲ ވާރިޘް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
ބެންޗު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ފަނޑިޔާރު މުޙައްމަދު ނިޔާޒް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ނިންމަން ފެންނަ ގޮތް

25އެހެންކަމުން އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު G/2016/004-CA-TAT މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުދެކެމެވެ. އެހެންކަމުން އެ ޓްރައިބިއުނަލުގެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމަން ފެނެއެވެ. ފަންޑު ޔާރ މުޙައްމަދު ނިޔާޒި ގެ ރައުޔު:

ތަޢާރަފު

26އަލްޕިޓުއަރ އެސް.ޕީ.އ Alpitour S.p.A.)( އާއި އަލްޕިޓުއަރ ވާރލްޑް ހޮޓެލް އެންޑް ރިޒޯޓްސް އެސް.ޕީ.އޭ Alpitour World Hotels & Resorts S.p.A)( އަކީ، ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (D.I Resorts Pvt Ltd) (މީގެ ފަހުން "ޑީއައި ރިޒޯޓްސް") އާ ގުޅުން ހުރި ފަރާތް ތަކެއް ކަމާމެދު ދެބަސްވުމެއް ނެތެވެ.

23.މި ކުންފުނިތަކުގެ މެދުގައި ގުޅުން އޮތް ގޮތަކީ، ޑީ.އައި. ރިޒޯޓްސް ގެ %33 (ނުވަދިހަ ނުވައެއް އިންސައްތަ) ޙިއްޞާދާރަކީ އަލްޕިޓުއަރ އެސް.ޕީ.އޭ އެވެ. އަދި ބާކީ އޮތް %3 (އެކެއް އިންސައްތަ) ގަވާއިދު ނަންބަރު:43-2011/R (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު" ގެ 326 ވަނަ މާއްދާގައި "ގުޅުންހުރި ފަރާތް" ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކަށް ބަލާއިރު، "(ހ) ގްރޫޕްގައި ހިމެނޭ އެންމެހައި ކުންފުނިތައް" "(ށ) ހިއްސާދާރަކާއި،އެހިއްސާދާރެއްގެ %5 (ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ ކުންފުނި." ހިމެނިފައިވެއެވެ. ޙިއްޞާދާރަކީ އަލްޕިޓުއަރ ވާރލްޑް ހޮޓެލް އެންޑް ރިޒޯޓްސް އެސް.ޕީ.އޭ އެވެ. (މީގެ ފަހުން "އަލްޕިޓުއަރ" ކަމުގައި ބަޔާން ކުރާނީ މިދެކުންފުންޏަށެވެ.)

20.ދިއްގިރި ރޒި ޓަކޯ ޑީ.އައި ރޒި ޓްސޯ އިން ހިންގާ ރިޒޯޓެކެވެ. ޑީ.އައި ރިޒޯޓްސްގެ ވިޔަފާރިއަކީ ދިއްގިރި ރިޒޯޓްގއަ އެފަރާތުން ތަރައްޤީކޮށްފައިވާ 15 ކޮޓަރި ހޯލްސޭލްކޮށް ދިގު މުއްދަތަކަށް އިޓަލީގެ އޮޕަރޭޓަރުން ކަމަށްވާ އަލްޕިޓުއަރއަށް ވިއްކުމެވެ. މިގޮތުން އަލްޕިޓުއަރ އެސްޕީ.އޭ އަށް (15 ކޮޓަރީގެ ތެރެއިން) 35 ކޮޓަރި އަދި އަލްޕިޓުއަރ ވަރލްޑް ހޮޓެލް އެންޑް ރިޒޯޓްސް އެސް.ޕީ.އޭ އަށް (15 ކޮޓަރީގެ ތެރެއިން) 32 ކޮޓަރި ދިގު މުއްދަތަށް ވިއްކުމެވެ. މިގޮތުން ޑީ.އައި ރިޒޯޓްސް އިން އަލްޕިޓުއަރއަށް ކޮޓަރި ވިއްކާ ރޭޓަކީ 75.61++$ ކަން މީރާއިން ބަޔާންކުރެއެވެ.

23.މީރާއިން ބަޔާންކުރަނީ، ޑީ.އައި ރިޒޯޓްސްއިން އެކުންފުންޏާ ގުޅުން އޮތް އަލްޕިޓުއަރ އަށް ކޮޓަރި ވިއްކާ މިދެންނެވި އަގަކީ ބާޒާރުގެ އަގުތަކަށްވުރެ "މެޓީރިއަލީ" ކުޑަ އަގެއް ކަމަށެވެ. ގުޅުން ހުރި މި ފަރާތްތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގެ އަގު ކަނޑައަޅަންޖެހޭނީ "ގުޅުން ހުރި ފަރާތް" ތަކުގެ މެދުގައި އަގު ކަނޑައެޅުމަށް އޮތް އުޞޫލުން ކަމަށެވެ. މިގޮތުން މީރާއިން އަގު ކަނޑައަޅާފައިވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު ގެ (މީގެ ފަހުން "ޖީ.އެސް.ޓީ ގަވާއިދު" ނުވަތަ "ގަވާއިދު ނަންބަރު:43-2011/R") 35 ވަނަ މާއްދާގެ (ކ) ގެ (3) ގެ ދަށުންނެވެ.

12.ނަމަވެސް ޑީ .އައި ރިޒޯޓްސްއިން ބަޔާންކުރަނީ، މީރާއިން އަގު ކަނޑައެޅީ ޖީ.އެސް.ޓީ ޤާނޫނު (މީގެ ފަހުން "ޖީ.އެސް.ޓީ ޤާނޫނު" ނުވަތަ " ޤާނޫނު ނަންބަރު:3233/32 )" ގެ 33 ވަނަ މާއްދާ އާއި ޖީ.އެސް.ޓީ ގަވާއިދު ގެ 35 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. ސަބަބެއްކަމަށް ބަޔާންކުރަނީ، ޑީ.އައި އޮބްޖެކްޝަން ރިވިއު ރިޕޯޓް 5 ވަނަ ނަންބަރު. ރިޒޯޓްސް އިން އަލްޕިޓުއަރއަށް ދިއްގިރި ރިޒޯޓްގެ ކޮޓަރިތައް ވަކި ޕެކޭޖެއްގެ ގޮތުގައި ވިއްކުމުން، އަލްޕިޓުއަރއިން ޓޫރިސްޓުންނަށް އެޕެކޭޖްތައް އެހެން ބައެއް ޚިދުމަތްތައް އިތުރުކޮށްގެން ބޮޑު އަގުގައި (3235 ގައި ދުވާލަކަށް ރޫމް ރޭޓް 131$ ގައި ކަމަށް ބަލައިގެން ) ޚިދުމަތް ވިއްކުމާއި އަދި އެހެން ޓުއަރ އޮޕަރޭޓަރުން އަލްޕިޓުއަރ އަތުން އެޕެކޭޖްތައް ގަނެގެން ޓޫރިސްޓުންނަށް ބޮޑު އަގުގައި އެ ޚިދުމަތް ވިއްކުން އެއީ ޑީ.އައި ރިޒޯޓްސްއިން ވިއްކާ މުދަލެއް ނުވަތަ ދޭ ޚިދުމަތެއް ކަމުގައި ނުވާނެތީ އާއި އަލްޕިޓުއަރ އަކީ ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމަށް ނުވާތީ އާއި އަދި އެ ޚިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދޭ ޚިދުމަތްތަކެއްކަމަށް ނުވާތީ ކަމަށެވެ. ޑީ.އައި ރޒި ޓްސްގެ އިސްތިއުނާފީ ނުކުތާތަކާއިގުޅޭ:

13.މިމައްސަލައިގައި، ޑީ.އައި ރީ ޒި ޓޯ ސްއްން ކޮށްފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކުރާ، ނޭދޭ ފަރުވާއެއް ދިނުމުގެ މަފްހޫމް ބަޔާންކުރަނީ ރނަ ގަޅަށް ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވވެ އެވެ.

13.މިމައްސަލައިގައި، ދައުލަތަށް ދައްކަންޖެހޭ ޓެކްސް މީރާއިން ހިސާބުކޮށްފައިވަނީ ގޯސްކޮށްކަމަށް ޓްރައިބިއުނަލަށް ބުރަވެވޭ ޙާލަތުގައި، އެތަނުން ނިންމާ މައްސަލައިގެ ނަތީޖާއަކަށް ވާންޖެހޭނީ ޓެކްސް ދައްކަންޖެހޭ މީހާ އެޓެކްސް ފައިސާ ދެއްކުމުން މުޅިން ބަރީއަވެގެންދާ ގޮތަށް އެ މައްސަލައެއް ނިންމުމެއް ނޫނެވެ. ޑީ.އައި ރިޒޯޓްސްގެ އިސްތިއުނާފީ މައިގަނޑު ބަހުޘަކީ ޓްރައިބިއުނަލްގެ ނިންމުން ވާންޖެހޭނީ މިދެންނެވި ނަތީޖާ އެބަހީ އަލުން ޓެކްސްގެ މިންވަރު ހިސާބުކޮށް ޑީ.އައި ރިޒޯޓްސްއަށް އެޓެކްސް ދައްކަން އެންގުމުގެ ފުރުޞަތު މީރާއަށް ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް މިއީ ޤަބޫލުކުރެވޭނެ ބަހުޘެއް ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.

12.ވީމާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އަލުން ޓެކްސް ކަނޑައެޅުމަށް ނޭންގޭނެކަމަށްބުނާ ބުނުމަކީ ރނަ ގަޅު ބުނުމެއް ނޫނެވެ. ސަބަބަކީ އިދާރީ ޤާނޫނު ގެ 51 ވަނަ މާއްދާގެ (ށ) ގައި "ޓްރައިބިއުނަލަށް ރަނގަޅު ކަމަށް ފެންނަ ގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލްއަށް ލިބިގެން" ވާކަމަށް ބަޔާންކުރާތީއެވެ. ވީމާ، ޑީ.އައި ރިޒޯޓްސް އިން ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާ އާއި ގުޅިގެން ރިޔާސަތުން ނިންމާފައިވާ ނިންމުމަށް އަހުރެން ތާއީދު ކުރަމެވެ. މީރާގެ އިސްތިއުނާފީ ނުކުތާއާ ގުޅޭ:

11. މީރާއިން ހުށަހަޅާފައި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން، ފުރަތަމަ ނުކުތާގައި ބަޔާންކުރަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން މިމައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 3233/32 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު )ގެ 33 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގު ކަނޑައެޅުމަށްޓަކައި ގަވާއިދު ނަންބަރު 43-2011/R (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 35 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް ގުޅުންހުރި ފަރާތްތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީ .އެސް. ޓީ ނެގުމަށް އޮންނަ އުޞޫލާ ކަނޑައެޅިގެން ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.

15. މިނުކުތާއާއި ގުޅިގެން، ރިޔާސަތުން ބަޔާން ކުރިފަދައިން ގަވާއިދު ނަންބަރު:43-2011/R ގެ 35 ވަނަ މާއްދާގެ (ކ) ވަނީ މިކޯޓުން ނިންމި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސްޓަރ ރިޒޯޓް އެންޑް ހޮޓެލްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މާނަ ކޮށްދީފައެވެ.

16.ޤާނޫނެއް ނުވަތަ ޤަވާއިދެއް މާނަކުރުމުގައި، އެ ޤާނޫނެއް ނުވަތަ އޭގެ ވާއިދެއް އެކުލަވާލި މަޤްޞަދަށް، ނުވަތަ އެ ޤާނޫނުން ނުވަތަ ޤަވާއިދުން ޙސިލުކުރަނާ ބޭނުންވާ އަމާޒުތައް ޙސިލުވާނެގޮތަށާ ޤާނޫނު ނުވަތަ ޤަވާއިދު މާނަކުރުމަށް އިސްކަންދޭންޖެހެއެވެ. އަދި އެޤާނޫނުގެ ނުވަތަ ޤަވު އ ދުގެ މަޤްޞަދު ޙާސިލުނުވާނެގޮތަކަށް އެޤާނޫނު މާނަކުރެވިގެން ނުވާނެއެވެ. ޓެކްސް ނެގުމާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަޤްޞަދަކީ ނުވަތަ އަމާޒަކީ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކުރާ ގޮތަށު ސަރުކާރަށް ޓެކްސް ނެގުމެވެ. ޓެކްސްއާބެހޭ ޤާނޫނުތަކާއި ޤަވާއިދް ތައް މާނަކުރުމުގައި އެޤާނޫނުތަކާއި ޤަވާއިދުތަކުގ ސުރުޚީތަކާއި އަރިމަތީ ސުރުޚީތަކަށް ޙަވާލާދީގެންސަރުކާރަށެ ޓެކްސް ދައްކަން ނުޖެހޭނެ މާނަ ކުރުންތަކެއ ކޯޓުން ތަޢާރަފު ކުރުމަކީ ޓެކްސް ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަޤްޞަދު ނުވަތަ އަމާޒުކަމަށް ވެދާނެ ކަމަކަށެއަހުރެންނަކަށް ބުރައެއް ނުވވއެވެ.

74.ޤާނޫނެއް މާނަކުރުމުގައި އެންމެ ފުރަތަމަ ބަލަންޖެހެނީ ޢާންމު މާނަ ނުވަތަ ބަހަވީ މާނއިގަ ހަމަ (language rule) އަށެވެ. މިގޮތުން، ޤަވާއިދެއްގައި ކަމެއް ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ ޢިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ ޢާންމު މާނަ އެގޮތުގައި ދެމެހެއްޓެން ޖެހެއެވެ. ޢާންމު މާނައިން ފެއަށްގޮސް މާނަ ކުރުމުގެ އެހެން ހަމައެއްގައި ހިފަންޖެހޭނީ ޤާނޫނު ނުވަތަ ގަވާއިދުގެ މަޤްޞަދު ނުވަތް އަމާޒު ޙާސިލުނުވާނެ ނަމައެވެ. ޤާނޫނު ނުވަތަ ޤަވާއިދުގެ މަޤްޞަދު ނުވަތަ އަމާޒާ ދުރަށް ދިއުމަށް މާނަ ކުރުމުގެ އެކިއެކި ހަމަތައް ބޭނުން ކުރުމަކީ ކުރެވިދާނެ އަދި ހަމަޖެހޭ ގޮތެއް ކަމަކަށް ނުދެކެމެވެ.

10.ޤާނޫނު ނަންބަރު: 3233/32 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ) ގެ 33 ވަނަ މާއްދާގެ

(ރ) ގެ (3) ގައި ބަޔާން ކުރަނީ؛ މުދަލެއް ނުވަތަ 33. މި ޤާނޫނުގެ ދަށުން ޖީ .އެސް.ޓީ ނެގުމުގައި، މުދަލެއް ވިއްކި ޚިދުމަތެއްގެ އަގު އަގު ކަމުގައި ނުވަތަ ޚިދުމަތެއް ފޯރުކޮށްދިން އަގު ކަމުގައި ބަލާނީ، އަންނަނިވި އުޞޫލުން ހިސާބުކުރެވޭ އަގަށެވެ.

(ރ) ޓެކްސް ނެގޭ އަންނަނިވި ބާވަތްތަކުގެ ޙަރަކާތްތަކާ ގުޅިގެން މުދަލެއް ވިއްކި އަގު ނުވަތަ ޚިދުމަތެއް ފޯރުކޮށްދިން އަގު ކަނޑައަޅާނީ، މި ޤާނޫނުގެ މި މާއްދާގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. (3) ގުޅުންހުރި ފަރާތްތަކަށް ވިއްކާ މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތައް؛ ޤާނޫނުގެ މިމާއްދާއިން ސާފުކޮށް އެނގޭގޮތުގައި، ގުޅުން ހުރި ފަރާތްތަކަށް ވިއްކާ މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ކަނޑައަޅާނީ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

13.މިމައްސަލައިގައި ޙަވާލާދެވޭ ގަވާއިދަކީ ގަވާއިދު ނަންބަރު:43-2011/R އެވެ. މިމައްސަލައަށް މީރާ އިން ތަޠބީޤުކޮށްފައިވަނު އެ ގވާއިދުގަ 35 ވަނަ މާއްދާގެ (ކ) އެވެ. އެ ގަވާއިދުގެ ބައިތައް ތިރީގައި އެވަނީއެވެ.

ތިންވަނަ ބާބު: މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގު

35ގުޅުންހުރި ފަރާތްތަކަށް ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު

(ހ) ގުޅުންހުރި ފަރާތަކަށް ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގަކީ: (3) މުދާ ނުވަތަ ޚިދުމަތް ފޯރުވައިދެވެނީ ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމުގައިވާނަމަ، އެ މުދަލުގެ ނުވަތަ ޚިދުމަތުގެ ބާޒާރުގެ އަގނު ޖީ.އެސް.ޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ. (3) މުދާ ނުވަތަ ޚިދުމަތް ފޯރުވައިދެވެނީ ރަޖިސްޓްރީކޮށްފައިވާ ފަރާތާ ގުޅުންހުރި، ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ކަމުގައިވާނަމަ، އެ މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ މުޤާބިލުގެ ގޮތުގައި އެ ފަރާތުން ދެއްކި އަދަދުން ޖީ.އެސް.ޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ. (2) މުދާ ނުވަތަ ޚިދުމަތް ފޯރުވައިދެވެނީ ރަޖިސްޓްރީކޮށްފައިވާ ފަރާތާ ގުޅުންހުރި، ރަޖިސްޓްރީކޮށްފައިނުވާ ފަރާތަކަށް ކަމުގައިވާނަމަ، އެ މުދަލުގެ ނުވަތަ ޚިދުމަތުގެ ބާޒާރުގެ އަގާއި އެ ފަރާތުން ދެއްކި އަދަދާއި މި ދެ އަދަދުންކުރެ ބޮޑު އަދަދުން ޖީ.އެސް.ޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ.

(ށ) ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ ބާޒާރުގެ އަގު ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭ ދުވަހު، ހަމަ އެފަދަ ހާލަތުތަކުގައި، ގުޅުންހުރި ފަރާތެއް ނޫން އެހެން ފަރާތާ ކަށް، އެއްވެސް ޝަރުޠެއް ނެތި، ދިވެހިރާއްޖޭގައި މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދިނުމުން، އޭގެ މުޤާބިލުގެ ގޮތުގައި ފައިސާއިން ލިބޭނެކަމަށް އަންދާޒާކުރެވޭ އަދަދެވެ.

(ނ) ފޯރުވައިދޭ މުދާ ނުވަތަ ޚިދުމަތުގެ ބާޒާރުގެ އަގު މިމާއްދާގެ (ށ) ގެ ދަށުން ކަނޑައެޅެން ނެތްނަމަ، އެ މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ ބާޒާރުގެ އަގު ކަމަށް ބަލާނީ، އެ ބާވަތުގެ އެހެން މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭ ދުވަހު، ހަމަ އެފަދަ ހާލަތުތަކުގައި، ގުޅުންހުރި ފަރާތެއް ނޫން އެހެން ފަރާތަކަށް، އެއްވެސް ޝަރުޠެއް ނެތި، ދިވެހިރާއްޖޭގައި އެ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދިނުމުން، އޭގެ މުޤާބިލުގެ ގޮތުގައި ފައިސާއިން ލިބޭނެކަމަށް އަންދާޒާކުރެވޭ އަދަދެވެ.

(ރ) ފޯރުވައިދޭ މުދާ ނުވަތަ ޚިދުމަތުގެ ބާޒާރުގެ އަގު މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ކަނދައެޅެން ނެތްނަމަ، އެ މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ ބާޒާރުގެ އަގު ކަމަށް ބަލާނީ، އެ މުދަލުގެ ނުވަތަ ޚިދުމަތުގެ މުޤާބިލުގެ ގޮތުގައި ފައިސާއިން ލިބޭނެކަމަށް، މީރާއިން ހުއްދަކޮށްފައިވާ އުސޫލަކުން އަންދާޒާކުރެވޭ އަދަދެވެ.

(ބ) މި މާއްދާގެ (ނ) ގެ ބޭނުމަށް، އެ ބާވަތުގެ އެހެން މުދަލެއް ނުވަތަ ޚިދުމަތެއް ކަމަށް ބުނެފައި އެވަނީ، ސިފަތަކަށާއި، ފެންވަރަށާއި، ބޭނުމަށާއި، އަދަދަށާއި، ބައިތަކަށާއި، މެޓީރިއަލްއަށާއި، ރެޕިއުޓޭޝަންއަށް ބަލާއިރު، ފޯރުވައިދިން މުދާ ނުވަތަ ޚިދުމަތާ އެއްގޮތް ނުވަތަ ވަރަށް އެއްގޮތް ނުވަތަ ބޮޑުބައެއް އެއްގޮތް މުދަލަކަށް ނުވަތަ ޚިދުމަތަކަށެވެ.

(ޅ) މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ ބާޒާރުގެ އަގުގެ ތެރޭގައި އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގުން، ޤާނޫނުގެ ދަށުން ނެގޭ ޖީ.އެސް.ޓީ ހިމެނެއެވެ.

(ކ) މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދެނީ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތާ ގުޅުންހުރި އެހެން ފަރާތެއް މެދުވެރިވެގެން، ނުސީދާކޮށް ކަމުގައިވާނަމަ، އެ މުޢާމަލާތުގެ މުޤާބިލު ކަމަށް ބަލާނީ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އަންނިވި އަދަދުތަކުގެ ތެރެއިން ބޮޑު އަދަދެވެ. (3) އެ މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ މަންފާ ލިބޭ ފަރާތުން އެ މަންފާގެ ބަދަލުގެ ގޮތުގައި އެހެން އެއްވެސް ފަރާތަކަށް ދައްކާ ޢަދަދު؛ ނުވަތަ (3) ފޯރުވައިދޭ މުދަލަށް ނުވަތަ ޚިދުމަތަށް ޓެކްސް އިންވޮއިސް ދޫކުރެވޭ ފަރާތުން އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގުގެ ގޮތުގައި އަދާކުރާ އަދަދެވެ.

52.ޖީ.އެސް.ޓީ ގަވާއިދު ގެ 35 ވަނަ މާއްދާގެ (ކ) މިކޯޓުން މާނަ ކޮށްފައިވަނީ، ގުޅުން ހުރި އެހެން ފަރާތެއް މެދުވެރިވެގެން ފޯރުކޮށްދޭ މުދައު ނުވަތަ ޚިދުމަތް ފޯރުކޮށްދެވޭ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތާ ގުޅުންހުރި ފަރާތަކަށް ވާންޖެހޭނެކަމަށެވެ. މިމާނަކުރުން މިމައްސަލައަށް ތޠަ ބީގުކުރާނަމަ، އެބުނވެނީ، ޑީ.އައީ ރިޒޯޓްސްއިން އަލްޕިޓުއަރއަށް ވިއްކި މުދަލާއި ޚިދުމަތް އަލްޕިޓުއަރއިން އެހެން ފަރާތްތަކަށް ފޯރުކޮށްދއިރު އޭފަރާތްވެސް ޑީ.އައި ރީ ޒިޓްސް އާ ގުޅުން އޮންނާންވާނެ ކަމަށެވެ. ނަމަވެސް މިއީ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިންގާ ޓެކްސްނެގޭ ޙަރަކާތް މާނަ ކުރެވޭނެ ގޮތެއް ކަމަކަށް ނުދެކެމެވެ. ސަބަބަކީ، ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ރަޖިސްޓްރީނުކުރާ ގުޅުން ހުރި ފަރާތެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ހިންގާ ޓެކްސް ނެގޭ ޙަރަކާތްތަކުން ޖީ.އެސް.ޓީ ނެގުމަށް މިމާނަކުރުމުނ ހުރަސް އެޅޭތީއެވެ.

15. ޑީ.އައި ރީ ޒޓޯސްއިން އެފަރާތާއި ގުޅުންހުރި ފަރާތެއްކަމަށްވާ އަލްޕިޓުއަރ މެދުވެރިކޮށް ނުސީދާކޮށް ހިންގާ ޙަރަކާތަކީ ޑީ.އައި ރީ ޒިޓްސްއިން ހިންގާ ދިއްގިރި ރިޒޯޓްގެ ކޮޓަރިތަކުން ޓޫރިސްޓު ޚިދުމަތް ޓޫރިސްޓުންނަށް ދިވެހިރާއްޖޭގައި ދިނުމުގެ ޙަރަކާތެވެ. ވީމާ، އެޙަރަކާތުން ޓެކްސް ނަގަންޖެހޭނީ، ގުޅުހުންހުރި ފަރާތްތަކުންކުރާ މުޢާމަލާތުގައި ޓެކްސް އަގު ކުރުމަށް ޖީ.އެސް.ޓީ ގަވާއިދު ގެ 35 ވަނަ މާއްދާގެ (ކ) ގެ (3) ގައި ބަޔާންކުރާ ގޮތަށް ޤާނޫނު ނަންބަރު:3233/32 ގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ އުޞޫލުންނެވެ.

15.ގުޅުންހު ރ ފަރާތްތަކުންކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގައި މަސްލަޙަތުގެ ތަޢާރުޟުވުން އޮންނާނެ ކަމަށް ބެލެވޭތީ، އެކަން ކުޑަކުރުމުގެ ގޮތުން އެފަރާތްތަކުން ހިންގާ މިބާވަތުގެ މުޢާމަލާތްތަކުގެ އަގު ކަނޑައެޅުމުގައި ބަލާ ހަމައަކީ "އާމްސް ލެންތް" ހަމަ އެވެ. އެއީ ގުޅުންނެތް ދެއެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ވިޔަފާރިއެއް ކުރުމަށް އެއްބަސްވާ ޙާލަތުގައި މިނިވަންކަމާއެކު އެބައެއްގެ އަމިއްލަ މަސްލަޙަތުގައި ޙަރަކާތްތެރިވާ ވުމަށް ބޭނުންކުރާ ޖުމްލައެކެވެ. ގުޅުންހުރި ފަރާތްތަކުން ހިންގާ މުޢާމަލާތްތައް ޓެކްސްގެ ބޭނުމަށް ބަލާނީ މިއުޞޫލުގެ ދަށުންނެވެ. އެއީ، އެފަރާތްތަކަކީ ގުޅުން ނެތް ފަރާތްތަކެއް ފަދައިން މުޢާމަލާތު ކޮށްފައި ވޭތޯއެވެ؟ އަދި ވިޔާފަރީ އަގު ނުވަތަ މުޤާބިލު އަދާކޮށްފައިވަނީ "އާމްސް ލެންތް ޕްރައިޒް" ކަމަށް ބަލައިގަނެވޭ ފަދައަކުން ތޯއެވެ؟ "އާމްސް ލެންތް ޕްރައިޒް" އަކީ ގަންނަން ބޭނުންވާ މީހާ އާއި އަދި ވިއްކަން ބޭނުންވާ މިނިވަން މީހާ މިނިވަންކަމާއެކު އެދެފަރާތުގެ މެދުގައި ގަނެ ވިއްކާ މުޢާމަލާތު ހިންގާނެ އަގު ނޫނީ ގުޅުން އޮތް ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ކބމ ފަރާތްތަކެއްގެ މެދުގައި ވިޔަފާރީގެ މުޢާމަލާތް ހިންގާއިރު، އެބައިމީހުންނަކީ އެއްވެސް ގުޅުމެއްނެތް ބައެއް ފަދައިން އެމުޢާމަލާތް ހިންގާނެ އަގެވެ.

52.މިއުޞޫލުން ބަލާއިރު، ޑީ.އައީ ރިޒޯޓްސްއިން އެފަރާތާއި ގުޅުންހުރި ފަރާތެއްކަމަށްވާ އަލްޕިޓުއަރއަށް ވިއްކާފައިވާ ކޮޓަރިތައް ވިއްކާފައިވަނީ، ނުއަގުގައިކަން އެނގެއެވެ. އަދި އަލްޕިޓުއަރ މެދުވެރިވެގެން، އެ ކޮޓަރިތައް ޓޫރިސްޓުން ނަށާއި އަދި އެހެން ޓްރެވެލް އެޖެންޓުންނަށް ބޮޑު އަގުގައި ވިއްކާފައިވާކަން އެނގެއެވެ. ވީމާ، ޑީ.އީ އ ރ ޒި ޓްސޯ އާއި އަލްޕިޓުއަރ އާ ދެމެދު ހިންގާފައިވާ ޓެކްސްނެގޭ މިޙަރާކާތުން ޖީ.އެސް.ޓީ ހިސާބު ކުރަންޖެހޭނީ ޖީ.އެސް.ޓީ ގވާއިދަ ގެ 35 ވަނަ މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރުގައި ވާގޮތަށް ޖީ.އެސް.ޓީ ޤާނޫނު ގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށް މީރާއިން ކަނޑައަޅާފައިވަނީ ރނަ ގަޅަށް ކަމަށްވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށް، މީރާއިން ކޮށްފައިވާ އޮބްޖެކްޝަން ރިވިއު ރނަ ގަޅު ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

51ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ