ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/296

މާޔާ ފުށި ރިސޯޓް މެނޭޖްމެންޓް ޕވޓ ލޓޑ ވ. އޮސްމޯސިސް އޭޝިއާ ޕވޓ ލޓޑ

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 8 މާރިޗު 2021ދަށު ކޯޓު: ސިވިލް ކޯޓު 1080/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1080/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2021/SC-A/60 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ދަޢުވާ ލިބުނު ރިސޯޓު ކުންފުނިން US$53,576.34 ދައްކަންޖެހޭކަމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ރިސޯޓަކަށް ތިން ކޯލްޑް ރޫމް ސަޕްލައިކޮށް އެސެމްބަލްކުރުމަށް ޕްރޮފޯމާ އިންވޮއިސްއެއްގެ ދަށުން އެއްބަސްވެ، 35% އެޑްވާންސް ދައްކައި، ފަހުން ފްލޯ ޕެނަލްއަށް ބަދަލުކުރުމުގެ ޕްރޮފޯމާ އިންވޮއިސްއެއްވެސް ކުރިއެވެ. ދެ ކޯލްޑް ރޫމް ރިސޯޓަށް ގެނެސް އިންސްޓޯލްކުރަމުން ދަނިކޮށް ރިސޯޓުން މަސައްކަތް ހުއްޓުވައި ޕްރޮޖެކްޓު ކެންސަލްކުރުމުން ސަޕްލަޔަރު ބާކީ އަގު ހޯދުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޯލްޑް ރޫމްތައް ސަޕްލައިކޮށް އެސެމްބަލްކުރުމުގެ މުޢާމަލާތުގައި ސަޕްލައިކުރި މުދަލަކީ އެއްބަސްވި މުދާތޯ، ހެކި ވަޒަންކުރުމުގައި ދަށުކޯޓުން ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފުވެފައިވޭތޯ، އަދި ގަންނަ ފަރާތަށް ފޯރުކޮށްނުދެވޭ މުދަލާއި މަސައްކަތުގެ އަގު ހިމެނޭގޮތަށް ޕްރޮފޯމާ އިންވޮއިސްގެ މުޅި އަގު ދައްކަން ލާޒިމުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ބެލެންސް އޮފް ޕްރޮބެބިލިޓީސް ރަނގަޅަށް ތަޠުބީޤު ނުކުރާކަމަށާއި، 2008/SC-A/13 އާއި 2010/SC-A/02 ގެ އުޞޫލުތަކާ ޚިލާފަށް ޝަފަހީ ހެކިބަހަށް އިސްކަންދީފައިވާކަމަށާއި، މުޢާމަލާތުގެ ބާވަތަށް ނުބަލައި ގެއްލުން ކުޑަކުރަން މަސައްކަތްނުކޮށް މުޅި ބިލު ދައްކަން ނިންމާފައިވާކަމަށެވެ. ސަޕްލަޔަރު ބުނީ ފޯރުކޮށްދިނީ އެއްބަސްވި މުދާކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަށުކޯޓުން ހެކި ވަޒަންކުރި ގޮތަކީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފު ގޮތެއް ނޫންކަމަށާއި، ފޯރުކޮށްދިން ދެ ކޯލްޑް ރޫމަކީ އެއްބަސްވި މުދާކަމަށް ކަނޑައެޅި ނަމަވެސް، ފޯރުކޮށްނުދެވޭ ތިންވަނަ ކޯލްޑް ރޫމާއި ފްލޯ ޕެނަލްގެ އަގު މުދަލުގެ އަގުގެ ގޮތުގައި ދައްކަން ލާޒިމު ނުވާތީ، ދައްކަންޖެހޭނީ ދެ ކޯލްޑް ރޫމުގެ އަގު US$52,000 އިން ދައްކާފައިވާ އެޑްވާންސް US$28,615 އުނިކޮށްގެންކަމަށް ކަނޑައަޅައި ދަށުކޯޓުގެ ޙުކުމަށް ބަދަލުގެނައެވެ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN1 މުދާ ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ވަކި މޮޑެލް ނަންބަރާއި ސައިޒުތައް ބަޔާންކޮށްފައިވާ އެއްބަސްވުމަކީ މުދާ ވިއްކުމުގެ ކޮންޓްރެކްޓެކެވެ. ޤާނޫނު ނަންބަރު 6/91 ގެ ދަށުން ވިއްކާ މީހާގެ ވާޖިބަކީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށް މުދާ ދިނުމާއި، ގަންނަ މީހާގެ ވާޖިބަކީ މުދާ ޤަބޫލުކޮށް އަގު ދިނުމެވެ؛ އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ މުދާ ދިނުމާއި އަގު ދިނުމަކީ އެކުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކެކެވެ.

HN2 މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތުންނެވެ. ދަޢުވާ ރައްދުވާ ފަރާތުން ހުށަހަޅާ ދިފާޢެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ އެ ދިފާޢު ކުރިމަތިކުރާ ފަރާތުންނެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN3 ވަކި މޮޑެލް ނަންބަރަކާއި ސައިޒުތަކެއްގެ މުދަލެއް ގަތުމަށް އެއްބަސްވެފައިވާނަމަ، އެ މޮޑެލް ނަންބަރާއި ސައިޒުތައް ހިމެނޭގޮތަށް މުދާ ފޯރުކޮށްދެވިފައިވާނަމަ ޢާންމު ހަމައަކުން ބަލަންޖެހޭނީ އެއްބަސްވި މުދާ ފޯރުކޮށްދެވިފައިވާ ކަމަށެވެ. އިންސްޓޯލްކުރުމުގެ ތެރޭގައި މުދަލަށް ގެއްލުމެއް ލިބުމަކީ ނުވަތަ އެއްބަސްވި ގޮތަށް އިންސްޓޯލް ނުކުރުމަކީ ފޯރުކޮށްދިން މުދަލަކީ އެއްބަސްވި މުދާ ނޫންކަމަށް ކަނޑައެޅޭނެ ސަބަބެއް ނޫނެވެ؛ އޭގެ ފަރުވާއަކީ ގެއްލުން ރަނގަޅުކޮށް ޞައްޙަ ގޮތަށް އިންސްޓޯލްކުރަން އެކަށީގެންވާ މުއްދަތެއްގައި އެންގުމެވެ.

HN4 ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އެއަށް ބުރަދަންދޭ މިންވަރު ކަނޑައެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ތަޤްދީރީ ބާރެއް ނަމަވެސް، ހެކި ވަޒަންކުރި ގޮތަކީ މަޤްބޫލު ގޮތަކަށް ވާންޖެހެއެވެ. މިނިވަން އެކަށޭނެ ފަރާތަކުން ހަދާފައިވާކަން ސާބިތުނުވާ ރިޕޯޓަކަށް ބުރަދަން ނުދިނުމަކީ މަޤްބޫލު ސަބަބެކެވެ.

HN5 ގަންނަ މީހާ މުދާ ޤަބޫލުނުކުރާކަން ވިއްކާ މީހާއަށް ނާންގައި އެކަށީގެންވާ މުއްދަތެއްގައި މުދާ ބެހެއްޓުމަކީ ޤާނޫނީ ގޮތުން މުދާ ޤަބޫލުކުރުމެވެ. އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ މުދަލުގެ އަގު ދައްކަންޖެހެނީ މުދާ ޙަވާލުކޮށްފިނަމައެވެ. މުދާ ޙަވާލުކުރުމުގެ ކުރިން ގަންނަ ފަރާތުން މުޢާމަލާތް ރޫޅާލައިފިނަމަ ވިއްކާ ފަރާތަށް ލިބެންޖެހެނީ މުދަލުގެ އަގެއް ނޫން، ސާބިތުކޮށްދޭ ގެއްލުމުގެ ބަދަލެވެ.

HN6 އެއްބަސްވުމުގެ ދަށުން މުދަލުގެ އަގުގެ ގޮތުގައި ދައްކަންޖެހެނީ ހަމައެކަނި ފޯރުކޮށްދެވިފައިވާ މުދަލުގެ އަގެވެ. ގަންނަ ފަރާތަށް ފޯރުކޮށްނުދެވޭ މުދަލާއި މަސައްކަތުގެ އަގު، އެއްބަސްވުމުގެ ދަށުން މުދަލުގެ އަގުގެ ގޮތުގައި ދައްކަން ލާޒިމެއް ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މާޔާފުށި ރިސޯޓް މެނޭޖްމަންޓޯ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން ގެންދާ މާޔާފުށި ރިސޯޓް އެންޑް ސްޕާ އަށް ކާބޯތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ކޯލްޑް ރޫމަކާއި ދެ ފްރީޒަރ ރޫމް (ކޯލްޑް ރޫމް) ތަކެއް ބޭނުންވެ އެ ކޯލްޑް ރޫމްތައ ސަޕްލައިކޮށް އެސެމބްލް ކުރުމާއި ގުޅޭ ގޮތުން މާޔާފުށި ރިސޓޯ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި އޮސްމޯސިސް އޭޝއި ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑުން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ނަންބަރު OSM/16/872 ޕްރޮފޯމާ އިންވޮއިސް ފޮނުވިއެވެ.

2އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޮނުވި ބުނެވުނު ޕްރޮފޯމާ އިންވޮއިސްގެ މައްޗަށް ބިނާކޮށް، ކޯލްޑް ރޫމްތައ ސަޕްލައިކޮށް އެސެމބަލް ކުރުމުގެ މަސައްކަތް މާޔާފުށި ރިސޓޯ މެނޭޖްމަންޓް ޕްރަ އިވެޓް ލިމިޓެޑްގެ ފަރާތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކުރިއެވެ. ކޯލްޑް ރޫމްތައ ސަޕްލައިކޮށް އެސެމްބަލް ކުރުމުގެ މަސައްކަތާއި ގުޅިގެން މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަކީ ކޮބައިކަން ލިޔެކިޔުމުން ފެންނަންއޮތް ޑޮކިއުމަންޓަކް މި ބުނެވުނު ޕްރޮފޯމާ އިންވޮއިސް އެވެ.

3އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ނަންބަރު OSM/16/872 ޕްރޮފޯމާ އިންވޮއިސްއަށް ބަލާއިރު، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑުން މާޔާފުށި ރސ ޓޯ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވަން ހުށަހެޅް އަދި އެމް ދަލަކާއި މެދު މާޔާފުށި ރިސޯޓު މެނޭޖްމަންޓާ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވި މުދަލާއި އ މުދަލުގެ އަގުތަކަކީ،

(ހ) މޮޑެލް ނަންބަރު KMSU HM25 Z.T (TFH 4531) 2.50 HP ކޯލްޑް ރޫމް (މީގެ އަގަކީ، 22 ހާސް އެމެރިކާ ޑޮލަރެވެ)

(ށ) މޮޑެލް ނަންބަރު 511) 3 HPKMSU HL 30 ZT(TFH 2 ފްރީޒަރ ރޫމް (މީގެ އަގަކީ، 25 ހާސް އެމެރިކާ ޑޮލަރެވެ)

(ނ) މޮޑެލް ނަންބަރު KMSU hl 50 Z.T (TAG 2516) 5.0 HP ފްރީޒަރ ރޫމް ( މީގެ އަގަކީ، 27 ހާސް އެމެރިކާ ޑޮލަރެވެ)؛ މިމުދާތަކެވެ. ބުނެވުނު ޕްރޮފޯމާ އިންވޮއިސްގައި، މި ކޯލްޑް ރ މްތަކުގެ މިންތަކާއި މި ނޫންވެސް އެންމެހައި ތަފްސީލުތައް ހިމެނިފައިވެއެވެ.

4އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑގް ނަންބަރު OSM/16/872 ޕްރޮފޯމާ އިންވޮއިސްގައި ބުނާ ގޮތުން، ބުނެވުނު މުދާ ސަޕްލައިކޮށް އެސެމްބަލް ކުރުމުގެ އަގަކީ، އެކު ޖުމްލަ US$74,518 (ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ އަށާރަ) ޔޫ.އެސް ޑޮލަރެވެ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައިވާ ގޮތުން ކޯލްޑް ރޫމްތައް ހެދުމުގައި ދެ ފަރާތުން އެއްބަސްވެފައިވަނީ، ފްލޯގައި ޓައިލް ނުވަތަ މާބްލް ޖެހުމަށެވެ. ނަމަވެސް ފްލޯގައި ޓައިލްސް ނުވަތަ މާބްލް ޖެހުމުގެ ބަދަލުގައި ފްލޯ ޕެނަ ލ ބޭނުންކުރުމަށް މާޔާފުށި ރިސޓ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑޯ ގެ ފަރާތުން އެދުނެވެ. މިފަދައިން ފްލޯ ޕެނަލް ބޭނުންކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މާޔާފުށި ރިސޓޯ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޯޓޭޝަނެއް ފޮނުވައި ދިނުމަށް އެދުމުން، ފްލޯ ޕެނަލްތަކާއ ގުޅިގެނި އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ކޯޓޭޝަން ގައިވާ މުދަލުގެ އަގުގެ ގޮތުގައި ކަނޑައެޅުނު އަގަކީ 34.US$7673 (ހަތްހާސް ހަސަތޭކަ ހަތްދިހަ ތިން ޑޮލަރު ތިރީސް ހަތަރު ސެންޓް) އެވެ.

5އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޮނުވި ދެ ޕްރޮފޯމާ އިންވޮއިސްގައިވާ މުދަލާއި މަސައްކަތުގެ އަގުތަކަށް މާޔާފުށި ރިސޓޯ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވިއެވެ. އަދި ބުނެވުނު މުދަލާއި މަސައްކަތުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ފައިސާގެ %35 އިންސައްތަ އަށްވާ ފައިސާ އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްއަށް، މާޔާފުށި ރިސޓޯ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރތުނާ ދެއްކިއެވެ. މިގޮތުން ކޯލްޑް ރޫމްތައ ސަޕްލައިކޮށް އެސެމްބަލް ކުރުމުގެ އަގުގެ %35 އިންސައްތައަށްވާ US$26,081 (ސައްބީސްހާސް އަށްޑިހަ އެކެއް) ޔޫ. އެސް ޑޮލަރު 18 ޖޫން 2016 މި ތާރީޚުގައި އަދި ފްލޯ ޕެނަލްތަކާއ ގުޅިގެނި ފަހުން އެއްބަސްވި މަސައްކަތާއި ތަކެތގީ އަގުގެ %35 އިންސައްތައަށްވާ US$2,534 (ދެހާސް ފަސްސަތޭކަ ތިރީސް ހަތަރެއް) ޔޫ.އެސް ޑޮލަރު 09 ޖުލައި 2016 މި ތާރީޚުގައި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް އަށް ދައްކާފައިވާކަން އެނގެއެވެ.

6އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑގް ފަރތުނާ ހުށަހެޅް އަގުތަކަށް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވެ، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ބުނާގޮތަށް މަސައްކަތާއި މުދަލުގެ އަގުގެ ތެރެއިން ކޯލްޑް ރޫމްތަކުގެ އަގުގެ %35 އިންސައްތަ ފައިސާ ލިބުމުން، 03 އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ނަންބަރު OSM/16/0014 ޕްރޮފޯމާ އިންވޮއިސް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ނަންބަރު OSM/16/872 ޕްރޮފޯމާ އިންވޮއިސް އަދި ނަންބަރު OSM/16/0014 ޕްރޮފޯމާ އިންވޮއިސް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ނަންބަރު OSM/16/872 ޕްރޮފޯމާ އިންވޮއިސް ގައި ބުނާ ގޮތުން މުދަލާއި މަސައްކަތަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތަކީ، މަސައްކަތާއި މުދަލުގެ އެޑްވާންސްގެ ގޮތުގައި %35 އިންސައްތަ ފައިސާ ދެއްކުމަށްފަހު %60 އިންސައްތަ މަސައްކަތް ނިމުމުން ދެއްކުމެވެ. ކޯލްޑް ރޫމް ގެނައުމުގެ މަސައްކަތް އޮސްމޯސިސް އޭޝިއާ ޕްރައިވެޓ ލިމިޓެޑުން ފެށިކަމަށާއަ، އެގޮތުނެ ފުރަތަމް ޝިޕްމަންޓުގ ގޮތުގައި 29 ޖޫން 2016 ވީ ދުވަހު 05 އެޗް.ޕީގެ ކޫލް ރޫމާއި، 03 އެޗް. ޕީގެ ކޫލް ރޫމގް ބައިތައް މާޔާފުށި ރިސޯޓަށް ސަޕްލައިކޮށްދީފައިވާނެކަމަށާއި، މި ދެ ކޯލްޑް ރޫމްގެ ބައިތައް މާޔާފުށި ރސ ޓަށ ސަޕްލައިކޮށްދިންއިރު، 3 ވަނަ ކޯލްޑް ރޫމް ރާއްޖެ ގެނައުމަށް އޯޑަރު ކޮށްފައިވާނެކަމަށް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެއެވެ.

7އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މާޔާފުށި ރިސޯޓް އަށް ސަޕްލައިކޮށްދިން 02 ކޯލްޑް ރޫމް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށުނުކަމަށާއ އެގޮތުނި ކޯލްޑް ރޫމްގެ ފްލޯރ ގައި އަޅަންޖެހޭ ބައިތައް އަޅާ ފްލޯރ ތައްޔާރުކޮށް ވޯލް ޕެނަލްތައް ހަރުކޮށް މަސައްކަތުގެ ބޮޑު ބައެއް ނިންމިކަމަށް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެއެވެ. އަދި މަސައްކަތުގެ ބާކީބައި ނިންމަން ދެވަނަ ދުވަހުގެ މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް، މާޔާފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރ މަސައްކަތް ހުއްޓާލުމަށް އެންގިކަމަށާއި، މަސައްކަތް ހުއްޓާލަން އެންގީ ކޯލްޑް ރޫމްތަކުގެ ފްލޯރ ކޮންކްރީޓުން ހެދުމުގެ ބަދަލުގައި ފްލޯރ ޕެނަލް ޖަހައިގެން މަސައްކަތް ކުރުމަށްކަމަށެވެ. އަދި ދެން މަސައްކަތް ކުރިއަށް ގެންދާނީ ފްލޯރ ޕެނަލް ޖަހައިގެންކަމަށާއި ފްލޯރ ޕެނަލް ރާއްޖެ ގެނެވެންދެން މަސައް ކަތ ހުއްޓާލުމަށް މާޔާފުށި ރިސޓޯ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެދުނު އެދުމާއި އެއްގޮތަށް މަސައްކަތް ހުއްޓާލިކަމަށް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެއެވެ.

8މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އެދުނު އެދުމާއި އެއްގޮތަށް ފްލޯރ ޕެނަލް އަށް ބަދަލު ގެންނަން ނިންމާ، ފްލޯރ ޕެނަލ އަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރަށް އޯޑަރު ކޮށްފައިވަނިކޮށް، އަދި އެތަކެތި ޝިޕްވެސް ކޮށްފައިވަނިކޮށް، މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް އަށް ކޯލްޑް ރޫމްގެ ޕްރޮޖެކްޓް ކުރިއަށް ގެން ދަނީ ބޭނުން ނުވާކަމަށްބުނެ ރިސޯޓުގައި ހުރި ކޯލްޑް ރ މްގެ ބައިތައް ނަގަން ރިސެޓުން އެންގިކަމަށާއި، އެހެންނަމަވެސް ސަޕްލައިކޮށް އިންސްޓޯލް ކޮށްފައިވާ ކޯލްޑް ރޫމްގެ ބައިތަކަކީ، އ ތަކެއްޗަށް ގެއްލުމެއްނުވެ ނައްޓާލައިގެން ގެންދެވޭނެ ތަކެތި ނޫންކަމަށްވާތީ އާއި އެހެން ފަރާތަކިށް ވިއްކޭނެވެސް ތަކެތި ނޫންކަމުން އަދ މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބޭނުންވެގެން ރާއްޖެއަށް ގެނެސްފައިވާ ފްލޯރ ޕެނަލް ތަކަކީވެސް އްއިގެ ބޭނުމެއް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑި އަށް ހިފެންނެތ އެއްޗެއްކަމަށް ފާހަގަކޮށް އަނން ން ވި ގޮތުގެ މަތީނ އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުނ މާޔާފުށި ރިސޯޓް މެނޭޖްމަންޓެ ޕްރައިވެޓް ލިމިޓެޑާ ގ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ.

ދަށުކޯޓުގައި އުފުލުނު ދަޢުވއާއ މައްސަލި ނިމުނަ ގޮތާ

9އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް މައްޗަށް ރައްދުވާގޮތަށް އުފުލާފައިވާ ދަޢުވާގެ ސީޣާގައި ބުނަނީ " ކޫލްރޫމްތަކެއް ގަނެވިއްކުމާއި އިންސްޓޯލް ކޮށްދިނުމާބެހޭ ގޮތުން އޮސްމޯސސް އޭޝިއި ޕްރައިވެޓް ލިމިޓެޑްއާއި، މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި ވާހަކަދެކެވި އޯޑަރ ކޮންފާމްކޮށް، އެޑްވާންސް ޕޭމަންޓް ދެއްކުމުން މުދާ ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަސައްކަތަށް ބަދަލުގެންނަން ބޭނުންވާކަމަށް ބުނެ މަސައްކަތް ހުއްޓުވާ ކޮންކްރީޓް ފްލޯގެ ބަދަލުގައި ބޭނުންވަނީ ފްލޯ ޕެނަލްއެއްކަމަށް ބުނެ، ފްލޯ ޕެނަލް ޖަހާގޮތަށް ނިންމައި، ފްލޯ ޕެނަލްގ އަގުގެ އެޑްވާންސް ޕޭމަންޓް ދެއްކުމަށްފަހު އަދި ފްލޯ ޕެނަލް ރާއްޖެ ގެންނަން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރަށް އޯޑަރ ފޮނުވާ، އެތަކެތި އައުމުގެ މަގުމަތީގައި ވަނިކޮށް، އޯޑަރ ކެންސަލްކޮށްފައިވާތީ، މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އޯޑަރަށް ގެނެވުނު މުދަލުގެ އަގަށް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ޒިންމާވާންޖެހޭނޭކަމަށް ޤަބޫލުކުރެވޭތީ، ބުނެވުނު މުދަލުގެ އަގުގެ ތެރެއިން ނުދައްކައި ބާކީހުރި ފައިސާއާއި، ފައިސާ ނުދެއްކުމުގެ ސަބަބުން ޝަރީޢަތަށް އަންނަންޖެހުމުގެ ސަބަބުނ ޤާނޫން މަސައްކަތަށް ޚަރަދުވި ފައިސާ މާޔާފް ށ ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލ މިޓެޑްގެ ކިބައިން ހޯދުމަށް" އެދޭކަމުގައެވެ. އެމައްސަލ ސިވިލް ކޯޓުގެ ނަންބަރ C/2017-/Cv1080 ޤަޟިއްޔާއިން ބެލުމަށްފަހު ޙުކުމްކޮށްފައިވަނީ؛ " ދެންފަހެ، އިސްވެބުނެވިދިޔަ ކަންކަން އެގޮތާގައި ހުރުމުން، އޮސްމޯސިސެއޭޝިއާ ޕްރައިވެޓް ލިމިޓެޑގް ފަރާތުން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށްފައިވާ މިމައްސަލާގައި، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ ކިބައިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން US$53,576.34 (ފަންސާސްތިންހާސް ފަސްސަތޭކަ ހަތްދިހަ ހަޔެއް އެމެރިކާ ޑޮލަރު ތިރީސް ހަތަރެއް ސެންޓް) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 28 ނޮވެމްބަރު 2017 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި US$53,576.34 (ފަންސާސްތިންހާސް ފަސްސަތޭކަ ހަތްދިހަ ހަޔެއް އެމެރިކާ ޑޮލަރު ތިރީސް ހަތަރެއް ސެންޓް) ނުވަތަ މިޢަދަދަށް ދިވެހި ފައިސާއިން ޖެހޭ މިންވަރު ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާޞްކުރުމަށް، ދަޢުވާލިބުނު މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

10މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2017-/Cv1080 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0132/2011-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފއިވަ ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0357/2012-C( އެ ވެ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

11ސިވިލް ކޯޓު ގެ ނަންބަރު 1080/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢތުގަ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

11.1 މައްސަލައިގައި ހުށަހެޅުނު ހެއްކަށް ރިޢާޔަތްކުރައްވުމުގައި ބެލެންސް އޮފް ޕްރޮބެބިލިޓީސްގެ މިންގަނޑު ތ ޠބު ޤީ ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.

11.2މައްސަލަ ނިންމެވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/13 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތާ ޚލާފަށި ޝަފަހީ ހެކިންގެ ހެކިބަހަށް އިސްކަން ދެއްވއަ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

11.3މައްސަލަތަކުގައި ދަފްޢު ސާބިތުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައ ކަނޑައަޅުއްވާފައިވާ އ ޞު ލ ޚިލާފަށް މައްސަލި ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

11.4މުއާމަލާތުގެ ބާވަތަށް ބެލުމެއްނެތި، ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރަންޖެހޭ ފަރާތުން އެފަދަ މަސައްކަތެއްކޮށްފައިނުވާއިރު އަދި އެއް ފަރާތަށް ގެއްލުންވާ ގޮތަށް މޢު މަލާތުގެ މުޅި މާ ޤު ބިލު އަނެއާ ފަރާތަށް ދައްކަންޖެހޭކަމަށް ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑާއި މާޔާފުށި ރިސޓޯ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވެފައިވާ މުޢާމަލާތުގެ ބާވަތަ

12HN1މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅި ފަހު ނުކުތާގައި ބުނެފައިވަނީ، މި މައްސަލަ ސިވިލް ކޯޓުން ނިންމެވުމުގައި މި ދެފަރތުގާ ދެމެދުގައި ވެފައިވާ މުޢާމަލާތުގެ ބާވަތަށް ބައްލަވާފައިނުވާކަމަށެވެ. މި މައްސަލައިގައި ހިމެނޭ މުޢާމަލާތުގެ މައްޗަށް ގޮތެއް ކަނޑައެޅުމުގެ ކުރިން މި ދެފަރާތުގެ ދެމެދުގައި ވެފައިވާ މުޢާމަލާތަކީ ކޮން ބާވަތެއްގެ މުޢާމަލާތެއްކަމުގައި ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މި ގޮތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑާއި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހިނގާފައިވާ މުޢާމަލާތުގެ ތަބީޢަތަށް ބަލާއިރު، މިއީ މުދަލެއް ވިއްކުމުގެ މުޢާމަލާތެއްކަން އެނގެއެވެ. އެހެންކަމުން މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ މުދާ ވިއްކުމުގެ ކޮންޓްރެކްޓެކެވެ.

13މުދާ ވިއްކުމުގެ ކޮންޓްރެކްޓެއްގެ މައްޗަށް ހިނގާނެ ޚާއްސަ ޤާނޫނީ އުސޫލުތަކެއް، ޤާނޫނު ނަންބަރު 91/6 މުދާ ވިއްކުމާބެހޭ ޤާނޫނުގައި ކަނޑައަޅާފައި އެބައޮތެވެ. ބުނެވުނު ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތުން، މުދާ ވިއްކާ މީހާގެ ވާޖިބަކީ، ކޮންޓްރެކްޓުގެ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން، މުދާ ދިނުމެވެ. ގަންނަ މީހާގެ ވާޖިބަކީ، ކޮންޓްރެކްޓުގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން މުދާ ޤަބޫލުކުރުމާއި، އެއަށް އަގު ދިނުމެވެ. މީގެ އިތުރުން އެހެންގޮތަކަށް އެއްބަސްވެފައި ނުވާނަމަ، މުދާ ދިނުމާއި އެއަށް އަގު ދިނުން އެއީ އެކުގައި ފުރިހަމަވާންޖެހޭ ދެ ޝަރުތުކަމަށާއި، ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން ކަނޑައަޅާ ވަގުތެއްގައި ގަންނަ މީހާއަށް މުދަލުގެ މިލްކުވެރިކަން ބަދަލު ވާނެކަމަށާއި، އެހެންގޮތަކަށް އެއްބަސްވެފައި ނުވާނަމަ، މުދަލުގެ މިލްކުވެރިކަން ޤާނޫނު ނަންބަރު 6/91 މުދާ ވިއްކުމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާ. ޤާނޫނު ނަންބަރު 6/91 މުދާ ވިއްކުމާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ގެ (ހ). ބަދަލު ވުމާއެކު، އޭގެ ރިސްކުވެސް ވިއްކާމީހާގެ ކިބައިން ގަންނަ މީހާއަށް ބަދަލުވެގެންދާނެކަމަށާއި، އެ ގޮތުން ރިސްކޭ ބުނެފައި އެވަނީ، މުދަލުގެ މިލްކުވެރިކަން ބަދަލުވާހިނދު އެކަމުގައި އޮންނަ ކޮންމެވެސް މިންވަރެއްގެ ނުރަނގަޅު ނަތީޖާއެއް ކުރިމަތިވެދާނެ ކަމުގެ ނުރައްކަލަށް ކަމަށާއި، ގަންނަ މީހާ އެ މުދާ ގަބޫލު ނުކުރާކަން ވިއްކާމީހާއަށް ނާންގައި، އޭނާގެ އަތުގައި އެކަށީގެންވާ މުއްދަތެއް ވާއިރުވެސް އެ މުދާ ބެހެއްޓުމަކީ މުދާ ޤާނޫނީ ގޮތުން ޤަބޫލު ކުރުން ކަމުގައި ބެލެވޭނެ ކަމަށާއި އަދި އެހެންގޮތަކަށް އެއްބަސްވެފައިނުވާނަމަ މުދާ ވިއްކުމުގެ ވިޔަފާރި ނިންމައި ވިއްކާމީހާއާއި، ގަންނަ މީހާ ވަކިނުވެ ތިބި ހިނދެއްގައި އެވިޔަފާރި ރޫޅާލުމުގެ އިޚްތިޔާރު ދެ މީހުންކުރެ ކޮންމެ މީހަކަށް ލިބިގެންވާކަމަށްވެސް މުދާވިއްކުމާބެ ހ ޤާނޫނުގައި ބުނެފައި އެބައޮތެވެ.

14މުދާވިއްކުމާބެހޭ ޤާނޫނުގެ ބުނެވުނު އުސޫލުތަކުގައ ކަނޑައަޅާފައިވި ގޮތުން، މި މައްސަލައިގައި ޙަވާލާދޭ މުޢާމަލާތުގައި އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަދާކުރަންޖެހޭ ވާޖިބަކީ، އެއްބަސްވެފައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މާޔާފުށި ރިސޯޓް މެނޭޖްމަންޓޯ ޕްރައިވެޓް ލިމިޓެޑަށް 03 ކޯލްޑް ރޫމް ފޯރުކޮށްދިނުމެވެ. މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އަދާކުރަންޖެހޭނެ ވާޖިބަކީ، އެއްބަސްވުމުގައި ބުނާގޮތުގެ މަތިން މުދާ ޤަބޫލުކޮށް، އެއަށް އަގު ދިނުމެވެ.

15މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި އޮތް ޚިލާފަކީ، ދެފަރާތުގެ ދެމެދުގައި އއްބަސްވެވުނެ މުދާ ފޯރުކށްދީފައޮ ނެތްކަމަށް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދެކޭދެކުމެވެ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނަމުންދަނީ އެ ފަރާތުން ފޯރުކޮށްދީފައިވަނީ އެއްބަސްވި މުދާކަމަށާއި، އެހެންކަމުން މުދަލަށް ހަމަ އަގު ލބެންޖެހޭކަމަށެވެ. މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނަނީ، ފޯރުކޮށްދީފައިވަނީ އެއްބަސްވުމުގައި ބުނާ ޝަރުތުތައް ހިމެން ގޮތުން ހުރި މުދާ ނޫންކަމަށާއި، އެ ސަބަބަށްޓަކައި އެއްބަސްވުންވާނީ ބާޠިލް ކުރެވިފައިކަމަށާއި، އެހެންކަމުން މާޔާފުށި ރިސޯޓް މެނޭޖްމަންޓި ޕްރައިވެޓް ލިމިޓެޑް އ ންއޮސްމޯސިސް އޭޝިއާ ޕްރައިވެޓ ލިމިޓެޑްއަށ އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ލިބެންޖެހޭނެކަމަށެވެ.

16މި ދެފަރާތުގެ ދެމެދުގައި، ތިން ކޯލްޑް ރޫމް ހޯދުމަށް އެއް ބަސްވެވުނުކަމާއި، އެއްބަސްވުމާއި އެއްގޮތަށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްއިން ފެށިކަމާއި، މަސައްކަތަށް ވޭރިއޭޝަނެއ ގެނައުމަށް އެއްބަސްވެ ކޯލްޑްރޫމްގެ ފްލޯރ ތަކުގައި ކޮންކްރީޓްގެ ބަދަލުގައި ފްލޯރ ޕެނަލް ބޭނުންކުރަން އެއްބަސްވެވުނުކަމީ މި ދެފަރާތުގެ ދެމެދުގައި އޮތް ޚިލާފެއްނޫނެވެ. އެއްބަސްވެފައިވާ މުދާ އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑގް ފަރާތުން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ފޯރުކޮށްދެވިފައިވޭތޯ ބެލުން

17އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑާއި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑއް އ ދެމެދުވެފައިވާ މުދާވިއްކުމުގެ އެއްބަސްވުން ބާޠިލް ކުރަންޖެހުނު ސަބަބާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެއްބަސްވުން ބާޠިލް ކުރަންޖެހުނީ މަސައްކަތް ލަސްވެގެންކަމަށ ސިވިލް ކޯޓުން މި މައްސަލަ ނިންމެވި ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. އެއްބަސްވުން ބާޠިލް ކުރަން ޖެހުނު ސަބަބާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ފާހަގަ ކުރައްވާފައިވަނީ، "މަސައްކަތް ހުއްޓާލަން ޖެހުން އެންމެ މުހިއްމު އަދި މައިގަނޑު ސަބަބަކީ، އސްމޯސިސޮ އޭޝިއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޑެލިވަރީ ކުރަމުންދިޔަ މުދަލަކީ، މާޔާފުށި ރިސޓޯ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިނުވާ މުދަލެއްކަމަށް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރޮފޯމާ އިންވޮއިސް ނަންބަރު OSM/16/872 (22 މެއި 2016) ޕްރައިވެޓ ލިމިޓެޑުން ބުނެފައިވީނަމަވެސ އެކަން މާޔާފުށްރިސްޓް މެނޭޖްމަންޓީޕްރައިވެޓ ލިމިޓެޑަށް ޝަރެޢަތަށ ސާބިތް ކޮށްދެވިފައިނުވާކަމަށެވ. އެ ނިންމުން ބިނާކުރި މައިގަނޑު އަސާސަކީ، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޯރުކޮށްދީފައިވަނީ، މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ހުށަހެޅުމުގައި ބުނާ މުދާކމަށަ އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނާއިރު، މި މައްސަލައާ ގުޅިގެން ދެފަރާތުންމެ ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބަލާއިރު، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ފޯރުކޮށްދީފައިވަނީ މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑނު އެދުން މުދާ ނޫންކަން ސާބިތުކުރުމަށް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅި ހެކިތަކުން، އެކަން ސާބިތު ކޮށްދެވިފައިނެތުމެވެ.

18HN2ޢާއްމު އުސޫލެއްގެ ގޮތުން، މަދަނީ ޚުސޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ، ދަޢުވާކުރާ ފަރާތެވެ. މި މާނައިގައި ދަޢުވާކުރާ ފަރާތަކީ، ހަމައެކަނި ކޯޓުގައި ދަޢުވާ އުފުލާ ފަރާތް ނޫންކަމާއި، ދަޢުވާ ރައްދުވާ ފަރާތުގެ ދިފާޢުގައި ހުށަހަޅާ ދިފާޢު ސާބިތު ކޮށްދިނުމުގެ ބުރައަކީ، އެ ދަފްޢުއެއް ކުރިމަތި ކުރާ ފަރާތަކުން އުފުލަންޖެހޭނެ މަސްއޫލިއްޔަތެކެވެ.

19އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް އާއި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވެފައިވާގޮތަށް، އެއްބަސްވެފައިވާ މުދާ ފޯރުކޮށްދީފައިވާކަމަށް ބުނެ އަގު ހޯދުމަށް ދަޢުވާކުރަނީ، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑުންނެވެ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ފޯރުކޮށްދިން މުދަލަކީ، އެއްބަސްވި މުދައު ނޫންކަމަށް ބުނެ ދިފާޢު ހުށަހަޅާ ފަރާތަކީ، މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. މިހެންކަމުން މިއިން ކޮންމެ ފަރާތަކުންވެސް އެ ބުނާ ބުނުން ސިވިލް ކޯޓުގެ ނަންބަރު 1080/Cv-C/2017 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ގެ (ރ) ސާބިތުކޮށްދޭންޖެހޭނީ އެފަދައިން ބުނާ ފަރާތަކެވެ. އެގޮތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑަގެ ފަރާތުނ ފުރަތަމަ ކަމްކޭ ށ ސާބިތުކޮށްދޭން ޖެހްނީ،އެއްބަސްވެފައިވާ މުދައު އެއްބަސްވުމުގައި ބުނާ އުސޫލުން ފޯރުކޮށްދިންކަމެވެ. އަދި ދެވަނަ ކަމަކަށް ސާބިތުކޮށްދޭނެ ޖެހޭނީ ފޮނުވުނު މުދަލަކީ އެއްބަސްވުމުގައި ބުނީ މުދާކަމެވެ. ދެ ފަރާތުން ހުށަހެޅި ހެކިތަކާއި އެހެކިތަކުގެ މައްޗަށް ބިނާކޮށް ދެވުނު ނަތީޖާ

20އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާ ފޯމަށް ބަލާއިރު، އަދި މައްސަލައިގައި އެކުންފުނިން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އެ ކުންފުނިން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށް ދީފައިވަނީ، އެއްބަސްވުމުގައި ބުނާ 3 ކޯލްޑް ރޫމްގެ ތެރެއިން 2 ކޯލްޑް ރޫމްގެ ބައިތައްކަނ އެނގެން އޮވެއެވެ. އެއީ 5 އެޗް.ޕީ.އެލްގެ ކޯލްޑް ރޫމާއި 3 އެޗް.ޕީ.އެލްގެ ކޯލްޑް ރޫމެވެ. 3 ވަނަ ކޯލް ޑް ރޫމްގެ ބައިތައް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދިންކަމަކަށް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިނުވެއެވެ. އެ ކުންފުނިން ބުނެފައިވަނީ 3 ވަނަ ކޯލްޑް ރޫމް ރާއްޖެ ގެނައުމަށް އޯޑަރު ކޮށްފައިވާކަމުގައެވެ.

21މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ބުނާ ގޮތުން އަދި މުދާވިއްކުމުގެ ޤާނޫނުގައި ބުނާ ގޮތުން ވިއްކި މުދަލުގެ އަގު ގަންނަ ފަރާތުން ދޭންޖެހޭނީ ގަންނަ ފަރާތަށް މުދާ ފޯރުކޮށްދިންކަން މުދާވިއްކި ފަރާތަށް ސާބިތުކޮށްދެވިގެންނެވެ.

2202 ކޯލް ޑް ރޫމްގެ ބައިތައް މާޔާފުށި ރިސޯޓަށް ގެންގޮސް އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ކުރިއަށް ގެންދިއަކަމަށް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވާ ބުނުމި މެދްމާޔާފުށ ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ އިންކާރުކްށްފައެއް ނުވެއެވެ. މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުންބުނަމުންދަނީ، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޮނުވި ކޯލްޑް ރޫމްތަކަކީ، އެއްބަސްވެފައިވާ ޝަރުތުތްކަށ ފެތޭގޮތަށ ހުރް ކޯލްޑް ރޫމްތަކަކަށނވާތީ، އެއީ ފައިސާ ދައްކަންޖެހޭ މުދަލެއް ނޫންކަމަށެވެ.

23އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް ސަޕްލައި ކޮށްދީފައިވަނީ ދެ ފަރާތުން އެއްބަސްވި ސްޕެސިފިކޭޝަންގެ ކޯލްޑް ރޫމްތަކެއްކަމަށް ބުނާބުނުން ސާބިތުކޮށްދިނުމަށް އެ ކުންފުނިން ހުށަހަޅާފައިވަނީ، ޝަފަހީ ހެކިންގެ ގޮތުގައި ދެފަރާތެކެވެ. އެއީ މި މަސައްކަތް ކުރުމުގައި ޢަމަލީ ގޮތުން އުޅުނު ދެފަރާތްކަމަށްވާ،ސްރީލަ ންކާގ ދެ ރައްޔިތުންކަމަށްވާ ކއިންޓަސު ސިވަލިންގަމް އާއި، ޖޭ.ޕީ.ޑިސިލްވާ މަހާރަމްބެގެ އެވެ. މި ދެފަރާތުގެ ހެކިބަސް ދަށުކޯޓުން ވަނީ ނަގާފައެވެ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޯރުކޮށްދީފައިވަނީ، އެއްބަސްވެފައިވާ މުދާނޫންކަން ސާބިތުކޮށްދިނުމަށް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވަނީ، މި ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުން ހިމެނޭ ލިޔުންކަމަށްވ ޕްރޮފޯމާ އިންވޮއިސްއާއި، ކޯލްޑް ރޫމްގެ ޙާލަތާއި ގުޅޭ ގޮތުން ރެފްކޫލްގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ދަށު ކޯޓަށް ހުށަހެޅުނު މި ހެކިތަކާއި ގުޅޭ ގޮތުން ޝަރީޢަތުން ދެކޭގޮތް މި މައްސަލަ ނިންމެވުމުގައި ދަށުކޯޓުން ފާހަގަކުރައްވާފައިވެއެވެ.

24HN3ކޯލްޑް ރޫމްތައް ގަތމުގައު މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ޕްރޮފޯމާ އިންވޮއިސްގައި ބުނާ ގޮތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއަށ ސަޕްލައިކޮށްދޭންޖެހެނީ، ސިވިލް ކޯޓުގެ ނަންބަރު 1080/Cv-C/2017 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ރ). ވަކި މޮޑެލް ނަންބަރުތަކެއ ހުރް ވަކި ސައި ޒެއްގެ މުދަލެއްކަން އެނގެއެވެ. މި ގޮތުން ސަޕްލައި ކޮށްދޭންޖެހޭ 3 ކޯލްޑް ރޫމްގެ ވެސް ވަކި މޮޑެލް ނަންބަރުތަކަކާއި ސައިޒުތަކެއް އަދި ޚާއްސަ ސްޕެސިފިކޭޝަންތަކެއް ބަޔާންކޮށްފައި އޮވެއެވެ. ގަތުމަށް ބޭނުންވެގެން އުޅެނީ ވަކި މޮޑެލް ނަންބަރެއްގެ ވަކި ސައިޒެއްގެ މުދަލެއް ނަމަ، އެ މުދަލެއް ދެނެގަނެވޭނެ އެންމެ ޔަޤީން އެއް ގޮތަކީ، އެ މުދަލަކީ ޙަޤީޤަތުގައިވެސް އެއްބަސްވި މޮޑެލް ނަންބަރުގެ އއްބަސްވެފައިވެ ސައިޒު ތައް ހިމެނޭ ގޮތުން އޮތް މުދާތޯ ބެލުމެވެ. މި މައްސަލައިގައި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ބޭނުންވެގެން އެއްބަސްވެފައިވަނީ ވަކި މޮޑެލް ނަންބަރެއްގެ ވަކި ސައިޒެއްގެ މުދާ ހޯދުމަށްކަން އެނގެއެވެ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވި މުދލުގަ އެއްބަސްވި މޮޑެލް ނަންބަރުތައް ދިމާނުވާ ކަމަށް ބުނާ އެކަމުގެ މައްޗަށް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަކުވާއެއް ކޮށްފައް ނުވެއެވެ. މި މައްސަލައިގައި ދަށުކޯޓަށް ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހުގައި، މާޔފުށާ ރިސޯޓަށް ގެންދެވިފައިވާ މުދަލަކީ، ދެފަރާތުންމެ އެއްބަސްވެފައިވާ މޮޑެލް ނަންބަރުގެ މުދާކަމަށބުން ހެކި ބަސް ދީފައިވެއެވެ.

25މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްކި ވާހަކަތަކުގައި، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޮނުވި މުދަލަކީ އެއްބަސްވި މުދާ ނޫން ކަމަށް ބުނާ ބުނުމުގައި، އެ ފަރާތުގެ މައިގަނޑު ވާހަކައަކީ، ޕްރޮފޯމާ އިންވޮއިސްގައި، ކޯލްޑް ރޫމްތައް ރާވަންޖެހެނީ އެސެންޓްރިކް ލޮކް ތަކެއް ބޭނުންކޮށްގެންކަމަށް ބުނެފައި އޮންނައިރު، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ކުރި މަސައްކަތުގެ ތެރޭގައި، ވިލް ޕެނަލްތަކުގެ ބައެއްތަންތަނޯ ކަފާ ތަތްކުރިކރުމާއި، ވޯލު ޕެނަލްތައް ތަތްކުރުމުގައި ސިލިކަނ ބޭނުންކޮށްފައިވާކަން އެނގެން އޮތް އޮތުމަކީ، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޯރުކޮށްދިން އެއްބަސްވީ މުދައު ނޫންކަން ދަލީލުކޮށްދޭކަމެއްކަމަށް ބުނާ ބުނުމެވެ.

26މި މައްސަލައިގައި، ދަށު ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަހުގެ މައްޗަށް ބަލާއިރު، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޯރުކޮށްދިން ކޯލްޑް ރޫމްތަކުގައި އެސެންޓްރިކ ލޮކް ހުރިކަމަށް ބުނެފައިވެއެވެ. އަދި ކޯލްޑް ރޫމްތަކުގެ ވޯލް ޕެނަލް ގުޅުވުމުގައި އެސެންޓްރިކ ލޮކް ބޭނުންކޮށްފައިވާނެކަމަށް ބުނެފައިވެއެވެ. މިހެންކަމުން މި ނުކުތާގައި ދެން އުފައްދަން އޮތް ސުވާލަކީ، ކޯލްޑް ރޫމްތަކުގައި އެސެންޓްރިކ ލޮކް ހުރް ނަމަވެސް އަދި ކޯލްޑް ރޫމްތަކުގެ ވޯލް ޕެނަލްތައް ގުޅުވުމުގައި އެ ލޮކް ބޭނުންކުރެވިފައިވާނަމަވެސް މި މައްސަލައިގައި ހެކިބަސް ދިން ފަރާތްތަކުން ދީފައިވާ ހެކިބަހުގައި، ވޯލް ޕެނަލްގެ ބައެއް ތަންތަން ކަފާ ހެދިކަމަށް ބުނެފައި އޮންނަ އޮތުމަށާއެ ވޯލް ޕެނަލްތައް ތަތްކުރުމުގެ ތެރޭގައި ސިލިކަން ބޭނުންކޮށްފައިވާކަމަށް ބުނެފައި އޮންނަ އޮތުމަކީ، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޯރުކޮށްދިން މުދަލަކީ، އެއްބަސްވި މުދާ ނންކަނ ސާބިތވާކަމަށު ބެލުންތޯއެވެ. ގަތުމަށް އެއްބަސްވެފައިވާ މުދަލަކީ ވަކި މޮޑެލް ނަންބަރެއް އޮތް ވަކި ސައިޒުތަކެއ ހުރް މުދަލެއްނަމަ، އެ މޮޑެލް ނަންބަރުގެ އަދި ސައިޒުތައް ހިމެނޭ ގޮތުން އމުދައު ފެރުކޮށްދެވިފައިވާކަމަށ ފެންނަން އޮތްނަމަ ޢާއްމު ހަމައަކުން ބަލަން ޖެހޭނީ އެއްބަސްވި މުދައު ފޯރުކޮށްދެވުނީކަމަށެވެ.

27ވޯލް ޕެނަލްތައް ތަތްކުރުމުގެ މަސައްކަތުގައި އެ ވޯލޕެނަލް ކެފިކެފމާއު ތަތްކުރުމުގައި ސިލިކަ ން ބޭނުންކުރި ސަބަބާއި ގުޅޭ ގޮތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހެކިބަސް ދިން ފަރާތްތަކުގެ ހެކިބަހުން އެނގެން އޮތީ އެކަން ކޮށްފައިވަނީ، ވޯލް ޕެނަލްތައް އެޖަސްޓްކޮށް ވޯލް ޕެނަލްތައް ރީތިކޮށްލުމުގެ ބޭނުމުގައި އަދި އެއީ ފިނިޝިންގ ގެ މަސައްކަތެއްގެ ގޮތުގައި ކުރިކަމެއް ކަމުގައެވެ. މިހެންކަމުން މި މައްސަލައިގައި ހެކިބަސް ދީފައިވާ ހެކިންގެ ބަހަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އަދި އެ ފަރާތުގެ ބަހުން މި މުޢާމަލާތް ހިނގާދިޔަ ގޮތްކަމަށް ބަޔާންކުރި ކަންކަމުގެ މައްޗަށް ބެލުމުން، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޯރުކޮށްދިން މުދަލަކީ އެއްބަސްވުމުގައި ބުނާ މުދާ ނޫންކަމުގައި ބެލެވޭކަށްނެތެވެ. މީގެ އިތުރުން މުދަލެއް ގަތުމަށްފަހު އެ މުދާ އިންސްޓޯލްކުރުމުގެ ތެރޭގައި މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ އިންސްޓޯލްކުރަން އެއްބަސްވި ގޮތަށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނުދާކަމަށް ބެލެވުމަކީ، ފޯރުކޮށްދިން މުދަލަކީ އެއްބަސްވި މުދައު ނޫންކަމަށް ކަނޑައެޅިދާނޭސަބަބެއް ނޫނެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމުގެ ފަރުވާއަކަށް ވާންޖެހޮ ނ، ލިބުނު ގެއްލުމެއް ރަނގަޅުކް ށ އެ މުދަލެއް އިންސްޓޯލް ކުރަންޖެހޭ ގޮތަށް އިންސްޓޯލްކުރަން އެންގުމެވެ. އެކަންމާޔާފުށި ރިސޯޓު މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނާއޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑއަށް އެކަށީގެންވި މުއްދަތެއްގެ ތެރޭގައި އަންގާފައިވާކަން އެނގޭކަށްނެތެވެ.

28HN4ދަޢުވާގެ ޚަސްމުން ހުށަހަޅާ ހެކިތަކއާ ދަލީލުތައް ހުށަހެޅުމުގެ ފުރުސަތުދެވި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ސައްޙަކަން ވަޒަންކުރުމާއި އެހެއްކެއްގެ މައްޗަށް ބުރަދަންދެވޭ މިންވަރެއް ވަޒަންކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ތަޤްދީރީ ބާރެކެވެ. އެހެންނަމަވެސް މިފަދައިން ހުށަހެޅޭ ހެކި ބަލައިގަންނަންޖެހޭކަނ ނުވަތް ނންކަނ ކަނޑައެޅިގޮތާއި ހެކި ވަޒަންކުރި ގޮތް އެއީ މަޤްބޫލު ގޮތަކަށްވާންޖެހެއެވެ. މި ގޮތުން މި މައްސަލައިގައި އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރް ތުން ޙަވާލާދާ މުދަލަކީ، އެއްބަސްވެފައިވާ މުދާ ނޫންކަން ސާބިތުކުރުމަށް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ހުށަހެޅި " ކޯލްޑް ރޫމްގެ ޙާލަތާއި ގުޅޭ ގޮތުން ރެފް ކޫލުން ތައްޔާރުކޮށްފައިވާ ރިޕޯޓު" އަށް ބަލައި އެ ރިޕޯޓަށް ބުރަދަނެއް ދެވެން ނެތް ސަބަބު މި މައްސަލަ ނިންމެވުމުގައި ދަށުކޯޓުން ފާހަގަކުރައްވާފައިވެއެވެ. ބުނެވުނު ރިޕޯޓަށް ބުރަދަންދެވެނ ނެތް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ "މި ރިޕޯޓަކީ، މިފަދަ ރިޕޯޓެއް އެކުލަވާލުމަށް އެކަށޭނެ ފަރާތަކުން ހަދާފައިވާ މިނިވަން ރިޕޯޓެއްކަން އެނގޭނެ އެއްވެސް ހެއްކެއް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިނުވާތީ، މިއީ އެ މައްޗަށް ބުރަދަނެއް ދެވެން ނެތް ރިޕޯޓެއް" ކަމަށެވެ. ދަށު ކޯޓުން ފާހަގަކުރި އެ ސަބަބު މަޤްބޫލެވެ. މުދާ ވިއްކުމުގެ އެއްބަސްވުމެއްގައ ގަންނަ ފަރާތުން މުދަލުގެ އަގު ދައްކަންޖެހުން

29HN5މުދާ ވިއްކުމަށް އެހެންގޮތަކަށް އެއްބަސްވެފައި ނުވާނަމަ، މުދާ ދިނުމާއި އެއަށް އަގު ދިނުން އެއީ އެކުގައި ފުރިހަމަވާންޖެހޭ ދެ ޝަރުތުކަން އަދި ގަންނަ މީހާ އެ މުދާ ގަބޫލު ނުކުރާކަން ވިއްކާމީހާއަށް ނާންގައި، އޭނާގެ އަތުގައި އެކަށީގެންވާ މުއްދަތެއް ވާއިރުވެސް ބެހެއްޓުމަކީ މުދާ ޤާނޫނީ ގޮތުން ޤަބޫލުކުރުން ކަމުގައި ބެލެވޭނެކަމެއްކަމަށް ޤާނޫނު ނަންބަރު 91/6 މުދާ ވިއްކުމާބެހޭ ޤާނޫނުގައި ބުނެފައި އެބައޮތެވެ. އަދި މުދާ ވިއްކުމުގެ އެއްބަސްވުންތަކުގެ ޢާއްމު ހަމައިގެ މައްޗަށް ބަލާއިރު، އެހެން ގޮތަކަށް އެއްބަސްވެފައިނެތްނަމަ މުދަލުގެ އަގު ދައްކަންޖެހޭނީ މުދާ ވިއްކާ ފަރާތުން ގަންނަ ފަރާތާއި މުދާ ޙަވާލުކޮށްފައިވާނަމައެވެ. މުދަލެއް ޙަވާލު ކުރުމުގެ ކުރިން ގަންނަ ފަރާތަކުން މުޢާމަލާތް ރޫޅާލަން ބޭނުންކަމުގައިވަނީނަމަ އެ ފުރުސަތު މުދާ ގަންނަ ފަރާތަކަށް އޮވެއެވެ. މި ގޮތަށް ދިމާވުމުން ވިއްކާފަރާތަށް ލިބެންޖެހޭނީ މުދަލުގެ އަގެއް ނޫނެވެ. އެއްބަސްވުން ރޫޅާލުމުގެ ސަބަބުން ވިއްކާފަރާތަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ބަދަލެކެވެ. ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގެއްލުން ލިބުނުކަން ސާބިތކޮށްދީގެންނެވެ.

30HN6އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލަ ދަށުކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ ތަފްސީލުގައި ހިމަނާފައިވާ ވާހަކަތަކުން އެނގެން އޮތީ، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްއިން މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވާފައިވަނީ ދެ ފަރާތުން އެއްބަސްވި މުދަލުގެ ތެރެއިން 02 ކޯލްޑް ރ މްކަމެވެ. މި ގޮތުން އެ ފަރާތަށް ފޯރުކޮށްދެވުނު 02 ކޯލްޑް ރޫމަކީ ކޮބައިކަން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާފޯމުގެ ތަފްސީލުތަކުގައި ބަޔާންކޮށްފއަ ވެއެވެ. އޮސްމޯސިސް އޭޝިއާ ޕްރައިވެޓް އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ދަޢުވާފޯމުގެ 8.7 ގައި ބުނެފައިވަނީ، ސަޕްލައިދޯންޏަށް ބަރުކޮށްފައި ފޮނުވި 2 ކޫލް ރޫމަކީ 5 އެޗް .ޕީގެ ކޫލް ރޫމާއި 3 އެޗް .ޕީގެ ކޫލް ރޫމްކަމަށާއި، އެ ކޫލް ރޫމްގެ އަގަކީ 25,000 އެމެރިކާ ޑޮލަރާއި 27,000 އެމެރިކާ ޑޮލަރުކަމަށެވެ. އަދި ދަޢުވާ ފޯމުގެ 8.8 ގައި ބުނެފައިވަނީ، 2 ކޫލް ރޫމްގެ ބައިތައް ސަޕްލައިކުރިއިރު 3 ވަނަ ކޫލ ރޫމް ރާއްޖެ ގެނައުމަށް ބޭރަށް އޯޑަރު ޖަހާފައިވާކަމަށެވެ. ލިމިޓެޑްގެ ފަރާތުން ފޮނުވާފައިވާ 02 ކޯލްޑްރޫމް މާޔާފުށި ރިސޯޓަށް ގެންދެވުނުކަން ހެކިންގެ ހެކިބަހުން އެނގެން އޮތް އިރު އެ މުދަލުގެ މައްޗަށް އިންކާރުނުކޮށް އެކަށީގެން ވާ މުއްދަތެއްގައި މާޔާފުށި ރިސޯޓުގައި ބަހައްޓާފައިވާކަން މި މައްސަލައިގައި ދެފަރާތުންމެ ދައްކާފައިވާ ވާހަކަތަކުން ދެނެގަނެވެން އެބައޮތެވެ. މިހެންކަމުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާޔާފުށި ރިސޯޓަށް ގެންގޮސްފައިވާ 02 ކޯލްޑް ރޫމަކީ، އެ ކޯލްޑް ރޫމްތަކުގެ އަގު، މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭނެކަން އެނގެއެވެ. ބުނެވުނު 2 ކޯލްޑް ރޫމުގެ އަގަކީ،52,000 އެމެރިކާ ޑޮލަރެވެ.

31އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު OSM/16/872 ޕްރޮފޯމާ އިންވޮއިސްގައި ހިމެނޭ 02 ކޯލްޑް ރޫމްގެ ތެރެއިން، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާޔާފުށި ރިސޯޓަށް ފޮނުވިކަން އެނގެން އޮތީ 02 ކޯލްޑް ރޫމްކަމުނ އެއްބަސްވުމުގް ދަށުން މުދަލގ އަގުގެ ގޮތުގައު މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކަންޖެހެނީ ހަމައެކަނި މި 02 ކޯލްޑް ރޫމަށް ކަނޑައެޅިފައިވާ އަގު އެކަންޏެވެ. ބުނެވުނު ޕްރޮފޯމާ އިންވޮއިސްގައި، ހިމެނޭ ކޯލްޑް ރޫމްތަކުގެ ތެރެއިން މޮޑެލް ނަންބަރު KMSU HM25 Z.T (TFH HP 2.50 4531) ކޯލްޑް ރޫމް މާޔާފުށި ރިސޯޓަށް ގެންދެވިފައި ނުވާކަން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގައިވެސް ފާހަގަކޮށްފައި އޮތުމުން، މާޔާފުށި ރިސޯޓަށް ލިބިފައި ނެތޯ މުދަލެއްގެ އަގު، އެއްބަސްވުމުގެ ދަށުން މުދަލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ. ހަމަ އެ ބީދައިން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު OSM/16/0014 ޕްރޮފޯމާ އިންވޮއިސްގައިވާ މަސައްކަތްތަކާއި ތަކެއްޗަކީ އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާޔާފުށި ރިސޯޓަށް ފޯރުކޮށްދެވިފައިވާ ތަކެތި ކަމުގައި ނުވާތީ، އެ ޕްރޮފޯމާ އިންވޮއިސްގައިވާ އަގަކީވެސ އެއްބަސްވުމުގް ދަށުން މުދަލުގެ އަގާއި މަސައްކަތުގެ އަގުގެ ގޮތުގައި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑު ން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭނެ ފައިސާއެއްކަމުގައި ބެލެވޭކަށްނެތެވެ.

މައްސަލަ ނިންމަން ފެނުނގޮތު

32އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލައިގައި އަހުރެން ދެކެނީ، މި މައްސަލައިގައި ހިމެނޭ ޚަސްމުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިބަސްތައް އެކޯޓުން ވަޒަންކޮށްފައިވާ އުސޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/13 ޤަޟއްޔި އާއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައ ކަނޑައަޅާފައިވާ ގޮތާއި އަދި ހެކި ވަޒަންކުރުމާގުޅޭ ގޮތުން ޢަމަލުކުރެވޭ ޢާއްމު އުސޫލުތަކާއި ޚިލާފު ނޫންކަމެވެ. އެހެންނަމަވެސް މި މައްސަލައިގައި ޙަވާލާދޭ މުޢާމަލާތުގެ އަދި ދެފަރާތުގެ މެދުގައި ވވެ ފައިވި އެއްބަސްވުމުގެ ތަބީޢަތާއި ބާވަތަށް ބަލާއިރު، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާޔާފުށި ރިސޯޓަށް ފޯރުކޮށްދީފައިވާކަން އެނގެންނެތް މުދަލެއްގެ އަގު އެއީ މުދަލުގެ އަގުގެ ގޮތުގައި ބަލައި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭނެ ފައިސާކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައި އޮތް އޮތުން ބާތިލުކުރަންޖެހޭކަމެވެ.

33މިހެންކަމުން މި މައްސަލަ ނިންމަން ފެންނަން ގޮތަކީ، އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްއިނ އެއްބަސްވެފައިވް ގޮތަށް 02 ކޯލްޑް ރޫމް މާޔާފުށި ރސ ޓަށ ފޯރުކޮށްދިންކަން ސާބިތުވާނއްތް 02 ކޯލްޑް ރޫމުގެ އަގަށްވާ US$52,000 (ފަންސާސް ދެ ހާސް އެމެރިކާ ޑޮލަރު) އކެ މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްއަށ ދ އްކަންޖެހޭ ފައިސާގެ ޢަދަދުކަނަ ސާބިތުވާން އޮންނަކަމާއި މި ބުނެވުނު ފައިސާގެ ޢަދަދުން އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު OSM/16/872 ޕްރޮފޯމާ އިންވޮއިސްއާއި ގުޅިގެން އެކުންފުންޏަށް އެޑްވާންސްގެ ގޮތުގައް މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދައްކާފައިވާ US$26,081 (ސައްބީސްހާސް އަށްޑިހަ އެކެއް) ޔޫ. އެސް ޑޮލރާއަ އޮސްމޯސިސް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު OSM/16/0014 ޕްރޮފޯމާ އިންވޮއިސް އާ ގުޅގެނި އެކުންފުންޏަށް އެޑވާންސްގް ގޮތުގައި މާޔާފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދައްކާފައިވާ US$2,534 (ދެހާސް ފަސްސަތޭކަ ތިރީސް ހަތަރެއް) ޔޫ. އެސް ޑޮލަރއާ އެކުޖުމްލަ US$28,615 (އަށާވީސްހާސް ހަސަތޭކަ ފަނަރަ )

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 8، 11، 12، 13 ވަނަ މާއްދާގެ (ހ)، 15، 16 ވަނަ މާއްދާ
  • 2008/SC-A/13
  • 2010/SC-A/02

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ